އެދެމޭ އުފާ…..(16)
ީ މިހާއަށް ހީވަނީއޭ އެމަންމަ އެކީ އެހެރީ ވާ އަންހެނެއްއިގޭ، ޕިސް ޕިސް އަޅެ މަންމަޔައް ހަމަ އެ ބަޑި ގަނޑު ނޫން އެހެން އެއްޗައް ނުލިބުނީތަ؟ ހުވާ މިބުނީ ހާދަ ނައްޓައޭ ” ރުޅިއާ އެއްވަރަށް ހާސް ވެގެން ވިނާްން ވާހަކަ ދައްކަމުން ދިޔައެވެ. ” މަހިތައް އަރާ އެއްބައިފަހަރު ނައްޓާ ވަރުން މަންމަމެންނާ ވެސް މިފާޑައް ވާހަކަ ދެއްކިދާނެޔޭ އެކަމާ ބިރު ވެސް ގަނޭ ހުވާ މިބުނީ ” އަނެއްކާވެސް ވިނާން ބުނެލިއެވެ. ވިނާން ހީވަނީ މިރުސް ކޮށި އަރައިގެން އުޅޭހެންނެވެ . އޯކޭޔޭ ބުރަދާ ކޫލް ވެބަލަ ވިނާ އަށް ފެންނަ ގޮތަކައް މަންމަ މެން ކައިރީގަ ބުނޭ ީ އެވަރުން ވެސް އޯކޭ ނުވެ އިންނަން ޖެހިއްޖެއްޔާ ފިރިހެނުންގެ އައްޑާއަކައް ވެދުން ކޮއްލާ އެެރުން އޯކެޭއްނޫން ހެެެހެ އެކަމަކު މަ ކޮއްމެ އެއްޗެއް ކިޔަސް ވިނާ އަށް ފެންނަ ގޮތަކައް އިގޭ ކަން ކުރާނީ މަށަށް ފެންނަ ގޮތް މަ ބުނަނީ ” މިހާލް ބުނީވެސް ދޮގު ވާހަކައެއް ނޫނެވެ އެކަމަކު އަންހެނެކޭ ކިޔާފަ އެވަރުގެ އަނިޔައެއް ދޭން ހެޔޮވާނެ ހެއްޔެވެ. ވިނާންގެ އުޅުމަށް ބަލާފަ އެކަމަކީ އޭނަޔާ ގުޅޭވެސް ކަމެއް ނޫނެވެ އެކަމަކު އިންސާނެއްގެ ހިތަކީ އެގޭނެ އެއްޗެއް ނޫން ވިއްޔާއެވެ.
އޯކޭ ބުރޯ ނައްޓާލީއޭ ހަބަރެއް ވެލާނަން ” އެހެން ކިޔާފަ ވިނާން ނުކުމެގެން ހިގައްޖެއެވެ. އަބަދު ވެސް ކޮޑަ ކަމެއް ވިޔަސް ބޮޑު ކަމެއް ވިޔަސް ވިނާން ދުވެފަ ދާނީ މިހާލް ގާތަށެވެ. އެއީ މިހާލް އަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ވީމައެވެ.
” އަލްޔާ އަލްޔާ މަންމާ ކޮބައިތަ އަލްޔާ؟ ” ވަޒުނާ ކަރުގެ ހަންދަންދެން ގޮވާ ގޮވާ ހަބަރެއް ނުވުމުން އަފީފާ ކުރެން އަހައިލިއެވެ. ” ނޭގެ ދަރިފުޅާ މަންމަ ވެސް މިނިކުތީއޭ، ބަލާބަލަ ބޭރުގަ ހުރިތޯ ފަހަރެއްގަ ބަގީޗާގަ ހުރެދާނެ ” އެހެން ބުނެފަ އަފީފާ ލޯދިއްކޮއްލީ ޓީވީން އަންނަމުން ދިޔަ ޑުރާމާއަކާ ދިމާލަށެވެ” ޕިސް ޕިސް ބޯހަލާކު ” އަފީފާ ޓީވީ އަށް ބޫތު ކައިފަ ހުރި ވަރު ހިތައް އަރާ ޕިސް ޕިސް ކަނޑަމުން ވަޒުނާ ނިކުތީ ބޭރަށެވެ. ވަޒުނާ ނިކޮއް އިރު ބޭރު ޖޯލީގައި އަލްޔާ އޮތީ ފުން ވިސްނުމައްގައެވެ. . ” ހާދަވަރުގަދަ ވިސްނުމެއްގަ އޮއްހެން ހީވެޔޭ؟ ހާދަ ވަރަކައް އަލް އަށް ގޮވައިފީމޭ. ” އަލްޔާ ފުން ވިސްނުމެއްގަ އޮއްވާ ވަޒުނާ އައިސް ބުނެލިއެވެ. ” އާނ ކީކޭތޯ؟ އަޅުަގަނޑު ރެޑީވެގެން މިހިރީ ވަޒުޫ ދުރު ވަންދެން ” ސިއްސައިގެން ގޮސް ވަޒުނާގެ ސުވާލައް ޖަވާބުވެސް ނުދީ އަލްޔާ ބުނެލިއެވެ” އަލް ކަމެއް ކޮއްދީފާނަންތަ؟ ވަޒުނާ ކޮޑަކޮއް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ” ލައްބަ ވިދާޅުވޭ. . ” އަދަބުވެރި ކަމާއެކު އަލްޔާ ބުނެލިއެވެ. ” ލައްބަ ލައްބަ އަޅުގަނޑު ކިޔާގެން ވާހަކަ ނުދައްކަފާނަންތަ؟ އެގޮތައް ވާހަކަ ދެއްކީމަ ވަޒޫ އަށް ފީލް ވަނީ ވަރަށް ދުރު ކޮއް ވަޒޫ އަކައް ފީލް އެއް ނުވޭ އަލް އަކީ އަހަރެންގެ ކޮއްކުއެއް ނޫން ގޮތަކައް” ވަޒުނާ އަލްޔާގެ ކައިރަޔައް ޖެހެމުން ބުނެލިއެވެ. ” ބުނާނެ އެއްޗެއް ނޭގިގެން އަލްޔާ ހުރީ އިސް ޖަހައިގެންނެވެ. ” ހެހެ ދެން އެކަމާ ނުވިސްނާ އަލް ދެނެއް އެގަތައް ވާހަކަ އެއް ނުދައްކާނަން ” އިސް އުފުލައިލާ ހިތްވަރު ކޮއްލާފަ ހިނިތުން ވުމަކާއެކު ބުނެލިއެވެ. ” އޯކޭ ތެންކޮސް ހިގާ އަވަހައްދާން ” އެހެން ކިޔާފަ އަލްޔާގެ އަތުގަ ހިފައިގެން ވަޒުނާ ނިކުތީ ބޭރަށެވެ. ” އަލް އަށް އިގޭތަ؟ މިދަނީ ނަންނަ މެންގެއަށޭ ނަންނަ ކޮއްކުގެ ބާތުޑޭއޭ މިއަދަކީ އެހެންވެޔޭ އަލް ގޮވައިގެން މިދަނީ” މަގުގެ އެއްފަރާތުން ދަމުން ވަޒުނާ ބުނެލިއެވެ. އެހެން ކިޔާފަ ވަޒުނާ ވަނީ ގިފުޓު ވިއްކާ ފިހާރަޔަކަށެވެ. ގިފުޓް ފިހާރައެކޭ ބުންޏަސް ކުޅޭ ސާމާނާ އެތާ ނެތް އެއްޗެއް ނެތޭ ބުންޏަސް ދޮގަކައް ނުވާނެއެވެ. ” އަލްވެސް ވާނެއް ނޫން ގިފުޓެއް ގެންނަން އަލް އާ ވެސް މިހާރު ނަންނަޔާ ނުލާހިކު ރައްޓެއްސެއް ނުންދޯ؟ ” ފަހަރަކު އެއްޗައް ހާވަމުން ވަޒުނާ ބުނެލިއެވެ. ބޮޑު ބޮޑު ބެއާއަކާ އެކި ފާޑު ފާޑުގެ އެއްޗެހިން ސާދަ ގިފުޓު ހަމަ ކޮއްގެން އެއައް ލާރި ދައްކާފަ ޕާރުސަލް ކޮއްގެން ދެމީހުން ނިކުތީ ބޭރަށެވެ. މިހުރިހާ ކަމެއް ބަލަން އަލްޔާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ ވާނީ އެހެންތާއެވެ. މީގެ ކުރިން ދުވަހަކުވެސް އަލްޔާ އެކަހަލަ ކޮޅިވަރެއް ނުދެކޭ ވިއްޔާއެވެ. ނުވިތާކައް އޭނަގެ އުފަން ދުވަސް އެއީ އޮންނަ ދުވަހެއްކަން އިގޭ އެކަކުވެސް ނެތް ވިއްޔާއެވެ. އެހެން ވީމަ ހައިރާން ވާނެތާއެވެ. އިރުކޮޅެއް ވަންދެން މަގުމަތީގަ ކާރެއްގެ އިންތިޒާރުގަ ތިބުމައް ފަހު ކާރެއް މަޑު ކުރުމުން އެއަށް އަރާގެން މިސްރާބު ޖެހީ ނަންނަމެން ގެއާ ދިމާލަށެވެ.
ވަޒުނާމެން އޭގޭ ދޮރުމައްޗައް ފައިބައިފަ ހަދިޔާތައް އެތައް ހާލަކުން ހިފައިގެން އެގެއަށް ވަނެވެ. އޭރު އެގޭތެރޭގަ ފުދޭވަރަކައް މީހުން އުޅެއެވެ”ސުބުހާނައްލާހި ހާދަ ސާމަނެކޭ ” ވަޒުނާމެން އެތެރެއަށް ވަނުމާއެކު އެމީހުން ކައިރިޔައް އައިސް ހުއްޓެމުން ނަންނަ ބުނެލިއެވެ”. . . ” ހެލޯ ޔާރައްބީ ހާދަ ސާމާނެއް ” ލީޒާ އައިސް ހުއްޓެމުން ބުނެލިއެވެ. “ހެހެ އާނދޯ ނަންނަ އަޅެ ދެން ލާރާ އަށް ގޮވައިބަލަ ” ހިނިގަނޑަކާ އެކު ސާމާނު ގަނޑު ހިފައިގެން ހުރެ ވަޒުނާ ބުނެލިއެވެ. ” ލާރާ ލާރާ އާދެބަލަ ބަލާބަލަ މިހިރީ ވަޒޫދައްތަ ބައިވެރު ގިފުޓު ގެނެސްސައޭ ” އެތެރައަށް ބޯދިއްކުއޮލަމުން ނަންނަ ގޮވައިލިއެވެ. ލާރާ އައުމުން ސާދަ ހަދިޔާ ދީފަ ވަޒުނާ އެބުރިގަތީ ލީޒާމެންނާ ދިމާލަށެވެ. ” ވަޒޫ އެކަމަކު ހާދާ ގިނަ ގިފުޓެކޭ ތިވަރު ނުކުރިޔަސް ވެދާނެއް ނޫން” ލާރާ އަތައް ގިފިޓުތައް ދީފާ ވަޒުނާ އެބުރުނު ތަނާ ނަންނަ ބުނެލިއެވެ. ” ސާބަސް އިގޭ އެދެން އެވަރުގެ ކަމެއްތަ؟ ސާދަ ގިފުޓު އެއީ އެހެން ނޫނަސް ލާރާ އަށް ސާދަ އަހަރު ވިއްޔާ އެވީ އެހެން ވިމަ އަދަދައްތާ ދޭން ވާނީ އޭރުންދޯ ލާރާ ހެޕީ ވާނީވެސް ތިމީހުންގެ ފަތަރާސީކަން މިނައް ވުރެ ބޮޑީ އިގޭ ވަރަށް ފޫހިވޭ ” ވަޒުނާ މަޖާ ގޮތަކައް ބުނެލިއެވެ. ” ދެން ވެސް ކާއެއްޗައް ދެެން ހީގާބަލަ ހާދަ ބަނޑުހައިއޭ ޕާޓީއަށް އައިމަ ކާނެ އެއްޗެއްވެސް ނުދީތިދެން ބޮުޑުވަރު “އަނައްކާވެސް ވަޒުނާ މަޖާވެފަ ބުނެލިއެވެ.
” ހޫމް މަވިއްޔާ ފަތަރާސީ އެހެރީ ކާއެއްޗެހި ކަމަނާގެ އިންތިޒާރުގަ ދެން ވެސް ހިގާބަލަ އެ ހުސްކުރެވޭތޯ ” ވަޒުނާޔާ ދިމާކުރަމުން އޭނަގެ އަތުގަ ހިފައިގެން ނަންނަ ހިގައިގަތީ ކާއެއްޗެހި ހުރި ދިމާލަށެވެ. އޭރު ލީޒާޔާ އަލްޔާއާ ދެމީހުން ތިބީ ތަންކޮޅެއް ދުރުގަ ހުރި ގޮނޑި ބަރިއެއްގަ ޖައްސާލާގެން އޮލަ ވާހަކައެއްގައެވެ. ” އޯހޯ ބަލާބަލަ ދެމީހުން ފިލާ ތިބިތަން މަށައް ހީވަނީ އެކަކާ އިންނަންހެން ދެމީހުން މިއުޅެނީ ހެހެ ” ލީޒާމެން ތިބި ތަނައް ވަޒުނާޔާ ނަންނަޔާ އައިސް އިށީންނަމުން ދިމާކޮއްލަން ބުނެލިއެވެ” އާޗާ ތީމާސަޅި ގޮތެއް ބަލަ އެކަކާ ނުއިނަސް އަހުރުންގެ ބުރަދާ ހުރީ ހުސްކޮށޭ އެހެންވެ އަލްޔާ ބާބީ އަކައް ހަދަން ވެގެން މިއުޅެނީ . ” ލީޒާވެސް ދެރަ ނުވާން ވެގެން ހިނިގަނޑަކާއެކު ބުނެލިއެވެ. ” ހައްހައް ބޮޑު ކަމެއް ހުވާ މިބުނީ ތިމީހުނާ ޖެހުނީމަ ހީހީ ހަލާކުވޭ އިގޭ” ވަޒުނާ ހެމުން ހެމުން ބުނެލިއެވެ. އެގޮތައް އެތައް ވާހަކައެއް ދައްކާ މަޖާކުރަން އެތައް އިރަކު ތިބެފަ ވަޒުނާމެން ގެއަށް ދާންނިކުތީ އަށެއް ވެސްޖެހި ފަހުންނެވެ ވަޒުނާ ނިކޮއްގޮތަށް ދިޔައީ ގެއަށެވެ. ގެއަށް ގޮސް ދޮރު ހުޅުވާލިއިރު ސައުދުއާ އަފީފާޔާ ދެމީހުން ތިބީ ކޮންމެވެސް ވަރެއްގަ ޒުވާބެއްގައެވެ. މަންމަމެން ޒުވާބެއްގަ ތިބީތީ އެކަމާ އަޅާވެސް ނުލާ ވަޒުނާ ހިގައިގަތީ އޭނަގެ ކޮޓަރިއަށް ދާން ވެގެން ސިޑިއާ ދިމާލަށެވެ. އަލްޔާގެ ކޮޓަރި ހުންނަނީ ތިރީގަ ކަމުން އޭނަ އަށް މާވަގުތު ނުނަގާ އޭނަގެ ކޮޓަރިއަށް ވަނދެވުނެވެ. ” ދަރިފުޅާ ވަޒުނާ އާދެބަލަ މިތާ އިށީދެލަން ” ވަޒުނާ ސިޑިން އަރަނިކޮއް އަފީފާ އަށް ފެނުމުން ގޮވައިފަ ބުނެލިއެވެ. އަފީފާ އެެހެން ުބުނުމުން އިތުރު އެއްޗެއް ނުބުނެ މަޑު މަޑުން އައިސް ސޯފައިގައި ވަޒުނާ އިށީނެވެ.
” މިރޭ ނުވައައް ޖަހައިއިރު އުޝާމެން އަންނާނެ އެގަޑިއަށް ދަރިފުޅު ވެސް ރެޑީވާތި ” އަފީފާ އެެހެން ބުނުމުން ލައްބައޭ ކިޔާފަ ވަޒުނާ ތެދުވެގެން ހިގައްޖެއެވެ. ” ބަލަ އަފީފާ ވިނާން އެބުނަނީ ނުން އޭނަ ތިކާވެންޏެއް ނުކުރާނަމޭ ދެން ކީއްކުރަންތަ؟ ތިވަރަކުން ތިކަމެއް ކުރުވަން ތިއުޅެނީ.؟ ބަލަ އެއީ ފިރިހެން ދަރިއެކޭ އެކޮއްޖާޔައް ވެސް ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް އޮންނަން ވާނެދޯ؟ ” ސައުދު ވަރަށް ހިތްހަމަ ނުޖެހިފަ ދެވަނަ ފަހަރައް ވެސް ތަކުރާރު ކޮއްލަމުން ބުނެލިއެވެ” ސައުދު ބުނަން ރަގަޅު ވާހަކައެއް ވިނާން މިހާރު ނުޫނެކޭ ކިޔަސް ވަގުތު ޖެހުނީމަ ނޫނެކޭ ނުބުނާނެ މަށައް އިގޭނެދޯ ؟މަގޭ ދަރިންގެގޮތް. . ” އަފީފާ ޔަގީން ކަމާއެކު ބުނެލިއެވެ. ” މަނެތިން އިތުރު އެއްެޗެއް ބުނާކައް ” އެހެން ކިޔާފަ ސައުދު ތެދުވެގެން ދިޔައީ އެނަގެ ކޮޓަރިއާ ދިމާލަށެވެ. ސައުދު ދިއުމުން އަފީފާ ވެސް ދިޔައީ ވަގުތު ކޮޑަތަން ވާތީ އަވަހަށް ތައްޔާރު ވާށެވެ.
” ވަޒޫ ކޮންތާކު؟ ބިޒީ ނޫނިއްޔާ އާދެބަލަ ކޮޑަބެ ކޮޓަރިއަށް ” ވަޒުނާގެ ފޯނައް ވިނާން މެސެޖު ކުރުމުން ވަޒުނާ އަވަހަށް ދިޔައީ ވިނާންގެ ކޮޓަރި އަށެވެ. ” ކީކޭ ކޮޑަބެ؟ ކިހިނެއްވީ؟ ކީއްކުރަން އަންނަންބުނީ؟ ” ކޮޓަރިއަށް ވަން ގޮތައް ވަޒުނާ އަަހައިލިއެވެ” ކޮޑަބެ މިއުޅެނީ ހަދާނެ ގޮތެއް ނޭގިގެން މަންމަ ހަމަ އެހެރީ އެކަމާ ފައިވިއްދާފަ މިރޭ ނުވައެއް ޖަހާއިރަށް ރެޑީވާންވެސް ބުނެފަ އޮތީ ވަޒޫ ބުނެބަލަ ދެން ކިހިނެއްތަ؟. ކޮޑަބެ ހަދަންވީ؟ ކޮޑަބެ ވަރަށް ލޯބިވާ ކޮއްޖަކު އެބަހުރި ކޮންމެ ގޮތައް ވިޔަސް ކޮޑަބެ ބޭނުމެން ނުން އެކޮއްޖާ ލޫޒު ވާކައް” ވިނާން ފެންކަޅިވެފަ ހުރެ ވަޒުނާޔާ ވާހަކަ ދައްކަމުން ދިޔައެވެ. ” ވަޒޫ ކައިރީގަ ވެސް ބުނެފި ނައިން އަށް ރެޑީވާން ދެން ވަޒޫ ބުނާނީކީކޭ؟ ކޮޑަބެއަށް ފެންނަ ގޮތަކައް ހަދާބަލަ ވަޒޫ މޮޅު ހިޔާލެއް ދީފާނަން އެކަމަކު ކޮޑަބެގެ ގާލް ފުރެންޑަކީ ކާކުކަން ބުނީމަ ބުނާނީ” ވަޒުނާ މަޖާވެފަ ބުނެލިއެވެ. ” ވަޒޫ ކޮޑަބެ ސީރިއަްސް އޭ މަޖަލެއް ނޫނޭ އިހައް މިކަމައު ވިސްނަބަލަ އެކާކުން ފަހުންވެސް ބުނެވިދާނެއް ނޫން އަދި އެހެން ނޫނަސް ކޮޑަބެ އެކުއްޖާޔާ ރިލޭޝަނަކައް ނުދަމޭ އެހެންވީމައޭ ކޮޑަބެ ބުނާނަން ފަހުން ޕުލީޒު ވަޒޫ ކިޔާބަލަ އެއްޗެކޭ” ވިނާން ވަރަށް ހާސްވެފަ ބުނެލިއެވެ. އޭރު ވިނާންގެ މޫނުމަތިން އެކަމައް އޭނަގެ ހާލަތު ކިތައްމެ ރީއްޗަކަސް ފެންނަން ހުއްޓެވެ. ” ވަޒޫ އަށް އެގޭނެ އެ އުޝާއެއް އުޅޭވައްތަރު މާރަގަޅައް ވެސް އެހެންވީމަ ތިމާގެ މީހެކޭ ކިޔާފަ ވެސް ކޮޑަބެ ބޭނުމެއް ނުން އެކަހަލަ މީހަކާ އިންނާކައް ވަޒޫ އަށް ރަގަޅައް އިގޭނެ އޭނަ ނުދައްނަ ފިރިހެނަކު ގައުމުގަ ވެސް ނުއުޅޭނެކަން މަންމައަށް ކޯއްޗައް އިގޭނީ މަންމަ ހިތުން އޭނައެކީ ހަތިމު ” ވަޒުނާ އެއްޗެއް ނުބުނެ ވިސްނަން ހުއްޓާ އަނެއްކާވެސް ވިނާން ވާހަކަ ދައްކަމުން ގޮސު ބުނެލިއެވެ.” އޯކޭ ކޮޑަބެއަށް ޓަކާ ވަޒޫ ދީފާނަން ހިޔާލެއް އެކަމަކު އެކަން ވާނީ ކޮޑަބެގެ ހިތްވަރެއް ހުރެގެން ކޮޑަބެއަށް ވާނެތަ.؟ ” ވަރަށް ވިސްނާފަ ވަޒުނާ އަހައިލިއެވެ”. ބުނެބަލަ ބުނީމަތާ އިގޭނީ ” ވަޒުނާ އެހެން ބުނުމުން އަވަސް އަރުވައިފަ ވިނާން އަހައިލިއެވެ. ” މިރޭ އޫޝާމެން އައިމަ ބުނޭ ކޮޑަބެ އަދި މެރީ ކުރާކައް ނުވެޔޭ އުޝާ އެހެން މީހަކު ހޯދާށޭ ކޮޑަބެ ތިކައިވެއްޏެއް ނުކުރާނަމޭ އޭރުން ނިމުނީ ” ވަޒުނާ ދެފައި ވަށް ކޮއްލައިގެން ހުރެ ބުނެލިއެވެ.
” ތީ ރަގަޅު ހިޔާލެއް އެކަމަކު މަންމަދޯ މައްސަލައެކީ ވަޒޫ އަށް އިގޭންނުން މަންމަގަ ފާޑު ޔަގީން މިގެވެސް ބޮލަށް ވައްޓާނެ ” މާޔޫސް ކަމާ ނާއުމްމީދާއެކު ވިނާން ބުނެލިއެވެ. ” ހަހަ ސީރާއަސް ކޮށޭ މިބުނީ ކޮޑަބެ އެހެން ހަދާ ވަޒޫ އަށް ޔަގީން ބައްޕަ އެ ނިއްމުމަކާ ދެކޮޅެއް ނަހަދާނެކަން ބައްޕަ މިއަދު ވެސް ބުނި އަހަރުން ބޭނުން މީހަކާ އެއްކޮއް އުުޅުމުގެ މިނިވަން ކަން އަހަރުންނައް އޮންނަން ވާނެޔޭ އެހެން ވީމަ އޯކެޭ އެއް ނުން އެހެން ނޫނަސް އުޝާގެ ބައްޕަ އަހަރުން ބައްޕަޔާ ދޭތެރޭކަންތައް ކުރި ގޮތް މަ އަދިވެސް ހަނދާން އެބަހުރި ” ވަޒުނާ މާޒީގެ ހަނދާންވެސް އާ ކޮއްލަމުން ބައިވަރު ވާހަކަ އެއްފަހަރާ ބުނެލިއެވެ. ދެކުދިން ވާހަކާގަ ތިއްބާ އަފީފާ އައިސް ވިނާންގެ ކޮޓަރީގަ ތަޅަމުން އުޝާ އައިސް ހުރިކަމާ އަވަހަށް ނިކުތުމައް ބުނެފަ ހިގައްޖެއެވެ. މިދަނީއޭ ބުނެ ވިނާން ޖަވާބު ދިނެވެ. އަފީފާ ދިއުމުން ވަޒުނާ ހިގައިގަތީ އޭނަގެ ކޮޓަރިއަށް ދާންށެވެ ދަމުން އަނެއްކާވެސް ބުނަން ވީ އެތި ހަނދާން ކޮންދެމުން ނިކުމެގެން ހިގައްޖެއެވެ. ވިނާްން ވެސް ކޮޑަކޮއް ރީތި ވެލައިގެން ހަމަ ޖެހޭ ގޮތް ދައްކަމުން ކޮޓަރިން ނުކުތެވެ.
… ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Ummeedhu kuran mi part ves kamu dhaane kamah pls ragalhu kuran vaa kanthah vidhaalhu be dhehvaathi thanks hurihaa kiyun therinnah ves
Wowo v nice habeyssss whn next part…
Thanks princess insha Allah maadhan rey
Al ah neyge mihaaru mi story up nuvegen belun vareh vex.. V nice mi part vex…
Hehe thanks finally vehjje dhw
Kudabe liyaa iru obofiyyehnun ingry.. Ubufili innany ranglhu kohllaa
V baaivau mistake thah eba huri.. V rythi mibaai vex kon irakun aneh part up koh lah dheyny..
v.shali
Thanks soooo assu ves mistake Thah ebahuri edit kuran huhtaa publish vee phone kuraathee v malhi araa Gina faharu sorry mistake hureethaa
Reethi
Thanks Mariyam ubaid
Nice
Haadha filithakuge massala ebahuttey mi baiga
Wow masha allah v v cute stry??? wazoo haadharangalhey wazoo kudabe dheke v loabivey dhw ? vinaan bunebala emmenkurimathy hivvaru kollaafa vinaan adhi myhakaa innanbeynumennooney adhi ushaadheke kudakovves loabinuveyey plx try kollabala mom hiyhama nujehunas ushaa kahalamyhakaa gulhegennoolheveyne dhw stry v v v awsome whn nxt prt plx avaskolladhybala can’t wait plx n thank u sooo much 4 the luvly stry adam gud nyt ly ???❤???
What is this..? 15 vana baiga innany mail ei mibaiga mihaal ei….? Fili massala ecaru, sukun massala evaru….assu plzz ragalhai nuliyennaamu post nukuraathi…cox mi vaahaka dhaa gothun mee vaany v reethi story akai ekamaku adam ai liyan evarakah neyge… So i advice u story liyefa ehen meehaku athu dhy publish kurevummai ….
Alhugan’du adam kairee bunelan beynunvey allaah e bas arabin liyunvan. Ok
Mibaiga v beykaaru vaahaka gina aslu storyn inee kuda thankolheh.ekam v salhi hama ingey.?☺
rangalhkuran alhugandah fennee emme kameh e ee selling mistake thhah
misaalakah:kodabe
aslu (kuabe) dho hehehe ekam vess v nice
Mihaaru ves nubaikoh ” kudabe ” thi liyuny. Ehen meehun kairi rangalhu kuran bunaa iru thimaa meehaa ves mistake aa nulaa liyan dhas kohbala
kodabe eh ves noon.kudabe hehe
Varah reethi.. ekm mibaiga fudhey varakah ginain fili thakuge massala hurikan faahaga kurevey.. dhen faharaku ebai ragalhu kollahchey.. 🙂