Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 7

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
September 19, 2017 10 Mins Read
63 Comments

އެ ފެންނަނީ އަޝްވާގެ އަތުގައި މީހަކު ބާރަށް ހިފަހައްޓައިގެން ހުރެ ކުރިއަށް ދާން ހުރަސް އަޅާ މަންޒަރެވެ. އެދިމާލަށް ދާ ވަރަކަށް އަޝްވާގެ މޫނު މަތީގައިވާ ހާސްކަން މަލަކާއަށް ފެންނަމުން ދެއެވެ. އަނެއްކާ ނުބައި ފިރިހެނެއްގެ ޝިކާރައަކަށް އަޝްވާ ވެގެން ދަނީބާވައެވެ.

“ހަމަ މިހާރު އަޝްވާ އަތުން ދޫކޮށްލާ” މަލަކާއަށް އެމީހުންގެ އަޑު ފޯރާ ހިސާބަށް ދެވުމުން ހިތްހަމަނުޖެހިފައި ބުންޏެވެ. ނަމަވެސް އެމީހާ ހުރީ މަލަކާގެ އެއަމުރަށް އަމަލުކުރަން ތައްޔާރަކަށް ނޫނެވެ. އެހެންކަމުން މަލަކާ އޭނާގެ ހިގުން އިތުރަށް ބާރު ކޮށްލިއެވެ.

“ދޫކުރޭ ހަމަމިހާރު” އަޝްވާމެންނާއި ހިސާބަށް ދެވުމާއި އެކު މަލަކާ އަޝްވާގެ އަތުގައި ހިފައި ދަމައިގަތެވެ.

“މަލަކާ ، ރުޅި ނާދެބަލަ.. އަހަރެން މިހެން ލާފަ ދިޔައިރު މިތާއޮތް ބިއްލޫރި އެތިކޮޅެއްގައި ޖެހި ފައި ކަފައިގެން ދިޔައީއޭ. އަހަރެން ގޮތް ދޫނުކޮށް ޓެންޓާއި ދިމާލަށް ދާން އުޅޭތީ އިމްޔާން އަހަރެން ހުއްޓުވަން އެއުޅެނީ ލޭ ބައިވަރެއް އެބަ އާދޭ ކިޔާފަ” އަޝްވާ ކުރު ގޮތަކަށް ކަން ހިގައިދިޔަ ގޮތް ކިޔައި ދިނެވެ. މަލަކާގެ ކުށްހީތައް ސާފުކޮށްދެމުންނެވެ.

“ސޮރީ އިމްޔާން….. ބަލާބަލަ ލޭ ބައިވަރެއް އެބައާދޭ. ނަސީބެއްނު އިމްޔާން ހުރިކަން، އެހެންނޫނީ އެހިސާބަށް ދެވޭއިރު…” މަލަކާ ވާހަކަ މެދުކަނޑާލުމަށްފަހު ކަރުގައި އަޅާފައި އޮތް ސްކާފު ނަގައި ލޭ އަންނަތަނުގައި އަޅަމުން ލޭ މަނާ ކުރަން މަސައްކަތް ކުރިއެވެ. އަދި އިމްޔާން ގާތުގައި ޓެންޓުން ފަސްޓް އެއިޑް ކިޓް ހިފައިގެން އަންނަން އެދުނެވެ.

“އަހަރެން ހީކުރީ އިމްޔާން އަޝްވާއަށް އަނިޔާއެއް ދޭން އުޅުނީ ކަމަށް. އިމްޔާން އަކީ ވަރަށް މަޑުމައިތިރި ކުއްޖަކަސް މީހެއްގެ ހަގީގަތެއް ނޭނގޭނެ ދޯ” އިމްޔާން ދިޔުމުން މަލަކާ އަޝްވާއަށް އޭނާ އެހާ ހާސްވި ސަބަބު ކިޔައިދިނެވެ.

“ހެހެ..އިރާދާކުރެއްވީތީ  އެކަހަލަ ކަމެއް ދިމާނުވޭ…ސުވާލެއް ކޮށްލަންތަ” އަޝްވާ ކުޑަކޮށްހީލަމުން ބުނެލިއެވެ.

“އާން ކޮން ސުވާލެއް” ޗުއްޓީއަށް އައިފަހުން އަޝްވާއާއި މަލަކާގެ ގުޅުން ބަދަހިވަމުން ދިޔަ ނަމަވެސް އަޝްވާ ހުންނަނީ ހިތުގައި އުފެދިފައިވާ ޝައްކުތަކަށް ޖަވާބު ލިބޭނެ ފުރުސަތެއްގެ އިންތިޒާރުގައެވެ.

“އަހަރެންނަށް އެނގޭ އަހަރެންގެ ދޮންބެ އަކީ ވަރަށް ރަގަޅު މީހެއްކަން. އެއްވެސް މީހަކަށް ދޮންބެ ދެރައެއް ނުދޭނެކަންވެސް އެނގޭ…. އެކަމަކު އަހަންނަށް އަބަދުވެސް މަލަކާއާއި ދޮންބެ އެއްކޮށް ފެންނައިރު މަލަކާ ރޯތަން ފެންނަނީ. ދޮންބެ މަލަކާއަށް…” އަޝްވާ އަމިއްލަ ބޭބެ އާއި ބެހޭގޮތުން އެކަހަލަ ސުވާލެއް ކުރަން ފަސްޖެހުނެވެ.

“އަޝްވާ ތިބުނި ގޮތަށް ޝައިމްއަކީ ވަރަށް ރަގަޅު މީހެއް. އަޝްވާ ހާސްވާ ވަރުގެ ކަމެއް ޝައިމް ނުކުރޭ، އަދި ނުވެސް ކުރާނެ” ސުވާލުކޮށް ނިމުމުން އަޝްވާ އިސްޖަހައިލުމުން މަލަކާއަށް އަޝްވާގެ ޝައްކުތައް އެގުނެވެ. އެހެންކަމުން އަޝްވާގެ ކޮނޑުމަތީ އަތް ބާއްވާލަމުން އެއީ ކުށް ހީތަކެއްކަން ޔަގީންކޮށްދިނެވެ.

“ދެން ކީއްވެ ކޮންމެ ފަހަރަކުވެސް މަލަކާ ރޮނީ، ދޮންބެ ކައިރީ އެރޭ އަހަން އުޅުމުން ވާހަކަ އޮޅުވާލީ” އަޝްވާ ބޭނުންވީ ސިކުޑީގައިވާ އޮޅުންބޮޅުންތައް ފިލުވާލާށެވެ.

“ވަރަށް ދިގު ވާހަކައެއްތީ.. ކުރުކޮށް ބުނާނަމަ ފުރަތަމަ ފަހަރު އަހަންނަށް ޝައިމް ރުޅި އަރުވާލެވުނީ ، އެހެންވެ ޝައިމް ހަޅޭއްލެވުމުން ރޮވުނީ. ދެވަނަ ދުވަހުވެސް އެކަހަލަ ކަމެއް ދިމާވީ..” މަލަކާ ތަފްސީލަށް ދާން ބޭނުންނުވާތީ ބުނެލިއެވެ.

އަޝްވާ އެއީ ކޮންކަމެއް ތޯ އަހަން އުޅުނީ ޝައިމްއަކީ އެއް އިރެއްގައިވެސް ރުޅިގަދަ މީހަކަށް ނުވާތީއެވެ. އަޝްވާއަށް ގޯސްކޮށް ކަމެއް ކުރެވުނަސް މާފުކޮށް ރަގަޅު ގޮތް ބުނެދޭތީއެވެ. އިމްޔާން އައުމުން މަލަކާ އަވަހަށް ކަނޑައިގެން ގޮސް އިންތަން ސާފުކޮށްލުމަށްފަހު ބޭސްއަޅައި ދިނުމައިގެން އުޅުނެވެ. އިމްޔާން ހުރުމުން އަޝްވާ އިނީ ޝައިމްއާއި ބެހޭ ގޮތުން މަލަކާއާއި ވާހަކަ ނުދެއްކިފައެވެ.

“އަޅުގަނޑު ދަނީ ދެން. އިރުއޮއްސެންވާ އިރަށް އަލިފާންގަނޑެއް ރޯކުރަން ދަރުހޮވަން މިއުޅެނީ” ބޭސް އަޅައި ނިމުމުން އިމްޔާން ދިޔައީ ގެނައި ފަސްޓް އެއިޑް ބޮކްސް ހިފައިގެންނެވެ.

“ދެން އަހަރެން ސުވާލެއް ކޮށްލަންތަ. ސަރާއާއި ޝައިމް ދުރުވީ ކީއްވެ، ވަރަށް ބޮޑު މައްސަލައެއް ދިމާވީތަ” މަލަކާ އަޝްވާގެ އަތުގައި ހިފައި އިންތަނުން ތެދުކުރަމުން އަހައިލިއެވެ.

“ދޮންބެ ސަރާ ދެކެ އަދިވެސް ވަރަށް ލޯބިވޭ. އެދެމީހުންގެ މެދުގަ އޮތީ މަލަކާ ތިހީކުރާ ވަރަށް ވުރެ ބޮޑު ގުޅުމެއް. އެކަމަކު ތަގުދީރު ގައި އެދެމީހުންގެ މުސްތަގުބަލެއް ލިޔެވިފައެއް ނެތް. ސަރާ މަރުވުމަށްފަހު އަހަންނަށް ހީވި ދޮންބެ ދުނިޔެއިން މޮޔަވެދާނެހެންވެސް. ގަޑިން ގަޑިއަށް ކެޔަސް މީހާ އެއްކޮށް އަނަރޫފަވެގެން ދިޔައީ ދެތިން މަސްތެރޭ. ކިޔެވުން މަޑު ޖައްސާލަންވެސް ޖެހުނީ އަބަދު ފިކުރު ކުރުމުގައި އުޅޭތީ..އިން ޝާ ﷲ އެކަން ރަގަޅުވެ ދޮންބެ ހަމަޖެހިލައިގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު އަދިވެސް ސަރާ ނޫން އެހެން އަންހެން ކުއްޖަކަށް ނުބަލާނެ. ބައްޕަމެން ކިތައްމެ ނަސޭހަތެއް ދިނަސް ބުނާނީ ސަރާ ނޫން މީހަކު ބޭނުމެއް ނޫނޭ.. އަހަރެން އުއްމީދު މިކުރަނީ ދޮންބެއަށް އާ އުފާވެރި ހަޔާތެއް ދެއްވުން، އިން ޝާ ﷲ ދޮންބެއަށް ހައްގު ލޯބި ލިބިގެންދާނެ” މަޑުމަޑުން ޓެންޓާއި ދިމާލަށް ހިގަމުން އަޝްވާ ޝައިމްއާއި ބެހޭ ގޮތުން މަލަކާއަށް ނޭނގޭ އެތައް ވާހަކައެއް ކިޔައިދިނެވެ. މަލަކާ ހިތުގައި ޝައިމްއާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. އެރޭ ޝައިމް އޭނާ ދެކެ ލޯބިވާ ވާހަކަ ބުނުމަށްފަހު މިއަދު އަޝްވާ އެކިޔައިދިން ގޮތުން ނަމަ ޝައިމް އޭނާ ދެކެ ހަމަ ހަގީގަތުގަވެސް ލޯބިވަނީ ބާވައެވެ؟ ޝައިމް އަލަތު ލޯބި ހަނދާން ނުނެތޭނެއޭ ބުނީ މިހާ ހިތި ތަޖުރިބާއެއް ކުރަން ޖެހުނީމައެވެ. ސަރާ ދެކެވީ ލޯބި ޝައިމް އޭނާ ދެކެވެސް ވާކަމަށް ބުނީ ކިހާ ހިތްވަރަކާއި ޔަގީންކަމަކާއި އެކީގައި ހެއްޔެވެ؟

“މަލަކާ… މިއާދެވުނީ އޭ.. ކޮންކަމަކަށް ގެއްލިފަ” ޓެންޓުތަކާއި ހިސާބަށް އާދެވުނު އިރުވެސް މަލަކާ އަޝްވާގެ އެވާހަކަ އަށް އެއްޗެކޭ ނުބުނެއެވެ. ސިކުޑީގެ ހިޔާލުތައް ހުރީ ޝައިމްއަށް ގެއްލި ހުސްވެފައެވެ.

“އާދޭ ސައިބޯން” ދަތުރުގައި ބައިވެރިވި ކުއްޖެއް މަލަކާ މެންނާއި މުހާތަބުކޮށް ގޮވާލިއެވެ. އޭރު އެއްމެން މޭޒު ދޮށުގައި އެއްވެ ތިބީ ރަށުން ގެނައި ހެދިކާތަކަށް އިންސާފުކުރުމަށް ތައްޔާރަށެވެ.

ޝައިމް އިން ދިގު ލަކުޑި ބުރިމަތީ އިތުރު މީހަކަށް އިދެވޭނެ ޖާގަ ހުއްޓަސް މަލަކާ އެތަން ފަސްދީފައި ގޮސް އިށީނީ ދުރުގައެވެ. ސަޔަށް އިންސާފުކުރަމުން ދިޔައިރު އެއްމެން ހެމުން ދިޔައީ ޝައިމްގެ ހެއްވާ މަޖާ ވާހަކަތަކުންނެވެ. ޝައިމްއަކީ މީހުންނާއި ގުޅޭ މީހަކަށް ވުމުން ރައްޓެހިން ހޯދުމަށް އުދަގޫވިހެން ހީނުވެއެވެ. ކޮންމެ މީހަކާއިވެސް ވާހަކަ ދައްކަމުން ދިޔައީ އެއީ ގާތް މީހެއްގެ ގޮތުގައެވެ. މަލަކާ ފިޔަވައެވެ. ޝައިމް މަލަކާއާއި އަގައިން ނުބުނާތާ  ބަލާލަނީ އެއްވެސް ނޫނެވެ. ކުރިން އެއިން ކަމަކުން އުދަގޫ ނުވިޔަސް މިއަދު މަލަކާއަށް އޭގެން ބުނަން ދަތި އިހްސާސެއް ވެރިވަމުން ދެއެވެ.

ސަޔަށްފަހު އޮތް ފައިގަތަޅާއަށް ދެބަޔަށް މީހުން ބެހިއިރުވެސް ކަންވީ މިހެންނެވެ. ޝައިމް އިސްކޮށް އެއްޓީމުގައި ހުރި އިރު މަލަކާ އެއްމެފަހު ދެތިން މީހުން ތެރޭގައި ހިމެނުއިރު ޝައިމް މަލަކާ އިހްތިޔާރެއް ނުކުރެއެވެ. ގަސްދުގައި މަލަކާ ހިތުގައި ޖައްސާލަން ކުރިކަމެއް ބާވައެވެ؟


 

އިރުއޮއްސި ނަމާދު ކުރުމަށްފަހު އަންހެން ކުދިން އިޝާ ނަމާދު ކުރުމާ ހަމަޔަށް ތިބީ އެމީހުންގެ ޓެންޓުގައެވެ. އިޝާ ނަމާދުކޮށް ނިމިގެން ބޭރަށް ނިކުތްއިރު ފިރިހެން ކުދިންތައް މަސްބާނަން ތައްޔާރުވަނީއެވެ. އެމީހުންނާއި އެއްކޮށް ދާން ބައެއް އަންހެން ކުދިންވެސް ތައްޔާރުވިއެވެ. މަލަކާ މަސްބާނަން ދާހިތްވެފައި ހުއްޓަސް ޝައިމް ދާ ހިތްވެފައި ހުރިތަން ފެނި މަޑުކޮށްލީއެވެ. ޝައިމް އޭނާ ދަންޏާ ނުދާން ނިއްމަފާނެއެވެ. ޝައިމްގެ އުފާތަކަށް ހުރަސްއެޅުމަކީ މަލަކާ ބޭނުންވާ ގޮތެއް ނޫނެވެ.

އެމީހުން މަސްބާނަން ދިޔުމުން މަލަކާމެން މަސްފިހުމަށް ލޮނުމިރުސްގަނޑާއި އެހެންތަކެތި ތައްޔާރު ކުރިއެވެ. އަދި އެޔަށްފަހު އިރުއޮއްސުނު ވަގުތު ރޯކުރި އަލިފާންގަނޑު ކައިރީގައި ތިބެ ބިރުވެރި ވާހަކަތައް ކިޔައިދޭން ފެށިއެވެ. ގިނަ ވާހަކަތަކަކީ މިރަށުގައި ހިނގާފައިވާ ހާދިސާތަކެވެ. މަލަކާއަށް ކުޑައިރު އެކަންތަކަކީ ތުންތުންމަތިން އިވިފައިވާ ވާހަކަތައް ކަމުގައި ވިޔަސް މިހާރުވެސް ބިރުވެރިކަން އިހްސާސްކުރެވި ދެކޮޅު ހޯދާލެވެއެވެ. މަސްބާނައިގެން އަވަހަށް އައުމަށް އެދި ހިތުން ދުއާކޮށްލަ ކޮށްލައި އިދެވުނެވެ.

ޝައިމްމެންނަށް މަސްބާނައިގެން އާދެވުނު އިރު ދިހަގަޑިބައިވަނީއެވެ. ބޭނި މަސްތައް ސާފުކުރަމުން ދިޔަ ވަރަކަށް އަންހެން ކުދިން ލޮނުމިރުސްލައި އަލިފާންގަނޑު މަތީގައި އަތުރަމުން ދިޔައެވެ.

ހުރިހާ މަސްތަކެއް އަތުރާލުމަށްފަހު މަލަކާ ޓެންޓާއި ދިމާލަށް ދިޔައީ އަތުގައި ހުރި މިރުސްކަން ކަނޑުވާލުމަށް ސައިބޯނި ފުޅި ބަލައެވެ. ޓެންޓު ތެރެއަށް ވަދެވުމާއެކު މަލަކާ ހަޅޭއްލަވައިގަތީ ބިރެއް ފެނިގެންނެވެ. ހުރި ފިޔަވަޅު މަތީ ހުރެ ދެލޯ ބާރުކޮށްގެން ހުރެއެވެ.

“ކިހިނެތް ވީތަ” މަލަކާގެ އަޑު އިވި އެއްމެންނަށް ވުރެ ކުރިން ޝައިމް އެހިސާބަށް އައެވެ. މަލަކާ އަށް ދެތިން ފަހަރު ގޮވާލުމުންވެސް ބަހެއް ނުބުނުމުން މަލަކާގެ ކޮނޑުމަތީގައި އަތް ޖައްސާލިއެވެ. އެޔާއެކު މަލަކާގެ އަޑު އިހުނަށް ވުރެ ބާރު ވިއެވެ. ޝައިމްގެ އަތް ފޮޅުވާލުމަށްފަހު ދުއްވައި ގަންނަން އުޅުމުން ބިންމަތީގައި އޮތް ދަބަހުގައި އަޅައިގެންފައި ވެއްޓުނެވެ.

“މަލަކާ… ހަމަޖެހިބަލަ.. ކިހިނެތްވީތަ” ޝައިމް ތިރިވެ މަލަކާގެ ދެކޮނޑުގައި ހިފައި ބާރަށް ތަޅުވާލަމުން ބުނެލިއެވެ. މަލަކާއަށް ވެފައި ހުރިވަރު ފެނި ޝައިމްވެސް ހާސްކުރުވަމުން ދިޔައެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި މަލަކާ އިގިލި ދިއްކޮށްލީ ޓެންޓުގެ އެއްކަނަށެވެ. ޝައިމް ދެތިން ފަހަރު ބެލުމަށްފަހު ވެސް މަލަކާ ބިރުގަންނަވަރުގެ ކަމެއް އެދިމާލުން ނުފެންނާތީ އެދިމާލަށް ހިގައިގަތެވެ.

“ޝައިމް ނޫން ނުދޭ” މަލަކާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް ހުއްޓުމެއް ނެތި ޝައިމް ދިޔައެވެ.

“ކޯއްޗެއްތަ މިތާ އޮތީ” ޝައިމް ޓެންޓުގެ ކަނުގެ ދަގަނޑުގައި އަޅުވާފައި އޮތް ކަޅު ކުލައިގެ ފޮތިގަނޑު ނަގަމުން ބުނެލިއެވެ. މަލަކާއަށް ވިސްނުނީ ދެނެވެ. ފޮތިގަނޑުގެ ދަށުގައި ކުޑަ ދެބޮކި ހުރުމުން މަލަކާއަށް ހީވީ އެއީ ދެލޯހެންނެވެ. އަދި ވައިޖެހުމުން އެޔަށްވެސް އަންނަމުން ދިޔަ ހަރަކާތުން އޮޅުން ބޮޑުވީއެވެ. މިރޭ ބިރުވެރި ވާހަކަ އަޑުއިވުނު ވަރުން ސިކުޑީގައި ހަރުލާފައިވަނީ އެހިޔާތަކެވެ.

“ސޮރީ. އަހަރެން ހީކުރީ އެހެން އެއްޗެއް ކަމަށް” މަލަކާ ގަތް ލަދުން އިސްޖަހައިލިއެވެ.

“މޮޔަ” ޝައިމް ޓެންޓުން ނިކުތްނަން ދިޔަ ވަގުތު ކުޑަކޮށް ހެމުން ބުނެލީ މަލަކާއާއި އަރާ ހަމަކުރަމުންނެވެ.

މަލަކާ ފަހަތައް އެބުރި ޝައިމްއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ އުފަލުންނެވެ. މަލާމާތެއް ނަމަވެސް ޝައިމް އޭނާ އާއި ވާހަކަ ދެއްކުމުން ހިތް ނަށާލި ކަހަލައެވެ.


 

ރޭގަނޑުގެ ކެއުން ނިއްމާލުމަށްފަހު އެއްމެން ނިދަން ދިޔައިރު ބާރަ ޖަހަނީއެވެ. ސަކަރާތާއި މަޖަލުގައި ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. ޝައިމްއާއި މަލަކާ އެކަކު އަނެކަކަށް ބަލަމުން ދިޔައީ ހިތް އޮބި ނޯންނާތީއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވާ ފަހަރު ފަހަރު އަވަހަށް އެހެން ދިމާލަކަށް ބަލާލައެވެ.  މަލަކާގެ މޫނަށް އަލިފާނުން އަލިއެޅިފައިވާ އިރު އެރީތިކަން އިތުރަށް ޝައިމްއަށް ސިފަވެއެވެ. މަލަކާގެ ހިތުގައިވެސް ޝައިމްގެ ސޫރަ ކުރެހެމުން ދިޔައީ ފަޑުނުވާނެ ވަރަށެވެ. އެދެލޮލުގެ ތޫނު ބެލުމާއި ހިނިތުންވެލާއި އިރު ހުންނަ ސަކަ މިޒާޖަށް ތައުރީފު ކުރެވެމުން ދެއެވެ.

އެއްމެންނާއެކު މަލަކާވެސް ނިދަން ޓެންޓަށް ދިޔައެވެ. ޓެންޓަށް ވަނުމުގެ ކުރިން މަލަކާ ފަހަތް ބަލާލީ ޝައިމް ފެންނަ ހިސާބުގައި ހުރި ތޯއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ފާލަމާއި ދިމާލަށް ހިގަމުން ދިޔަ ތަނެވެ. މަލަކާ ޓެންޓަށް ވަނުމުގެ ބަދަލުގައި ޝައިމްގެ ފަހަތުން ދިޔައެވެ. ނުނިދާ ޝައިމް ދަނީ ކޮންތާކަށް ތޯ ބަލާލުމަށެވެ.

ޝައިމް ގޮސް ފާލަމުގެ ކަނޑާއިވީ ފަޅީގައި އިށީނުމުން މަލަކާވެސް އެދިމާލަށް ދިޔައެވެ.

“ނުނިދަންތަ” މަލަކާ ޝައިމްއާއި ޖެހިގެން އިށީންނަމުން އަހާލިއެވެ.

“ނޫން. އަދި ވަގުތު އެބަ އޮތެއްނު، މަލަކާ ނުނިދާ ކީއްކުރަނީ” ޝައިމް ދުރަށް ބަލަމުން އަހާލިއެވެ.

“ޝައިމް ފަހަތުން މިއައީ، އެކަނި އިންދާ ޖިންނިއެއް އައިއްސިއްޔާ” މަލަކާ ނިތްކުރި މައްޗަށް އަރުވަމުން ސަމާސާ ރާގަކަށް ބުންޏެވެ.

“އަހަރެން މަލަކާ ހާ ފިޑިއެއްނުވާނެ. އެހެން ނޫނަސް ޖިންނިއެއް ފެންނަ އިރަށް މަލަކާ އަހަރެން އެކަނިކޮށްލާފަ ދުވެ ރައްކާވާނެ ” ޝައިމްވެސް މަލަކާގެ ސަމާސާގައި ބައިވެރިވިއެވެ.

“ދެން ބުނެބަލަ ކީއްކުރަން އަހަރެން ފަހަތުން ތިއައީ” ދެމީހުންގެ މެދަށް ކުޑަ ހަމަހިމޭންކަމެއް ވެރިވުމަށްފަހު ޝައިމް އަހާލިއެވެ.

“އަޝްވާ އަހަންނަށް ސަރާއާއި ބެހޭ ގޮތުން ކިޔާދީފި. ސޮރީ ޝައިމް” މަލަކާ ޝައިމްއަށް ބަލާލަމުން ބުނެލީ ހަމްދަރުދީއާއި އެކީގައެވެ.

” އެއީ މަލަކާ މާފަށް އެދެންވީ ކަމެއް ނޫން ، މަރަކީ ތަދުގީރުގައި ލިޔެވިފައިވާ އެއްޗެއް… ވަގުތު އައިސްޖެހުމުން އެއްވެސް މީހަކަށް މަޑެއް ނުކުރެވޭނެ” ހިންދިރުވާލަމުން ޝައިމް ބުނެލިއެވެ. އެޔާއެކު އެހަނދާންތަކުގެ ހިތިރަހަ މުޅި ހަށިގަނޑަށް އިހްސާސްވެގެން ދިޔައެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ޝައިމް ތިހާ ހިތްވަރުގަދަ މީހަކަށް ވީމަ… ޝައިމްއަށް ލޯތްބަކީ ހައްގު އެއްޗެއް.. އަހަރެން ބިރުގަންނަނީ އަހަރެންނަށް، ސަރާ ޝައިމް ދެކެވީ ލޯބި ނުދެވިދާނެތީ” ނުސީދާކޮށް ނަމަވެސް މަލަކާ ޝައިމްއަށްޓަކައި އެހިތުގައިވެސް ލޯބި އުފެދިއްޖެ ކަމަށް އިއުތިރާފުވިއެވެ.

“ޝައިމް ކީއްވެތަ އެއްޗެކޭ ނުބުނީ” މަލަކާއަށް ޝައިމްގެ ހަމަހިމޭންކަމުން އުދަގޫވިއެވެ.

“ލޯތްބަކީ ބައި އަޅާ މިނާފަ ދޭ އެއްޗެއް ނޫން، އެއީ ވެވޭ އިހްސާސެއް، ކުރެވޭ ޖަޒުބާތެއް، އެއީ އަނެކާއަށް އަޅާލުމާއި ކުލުނު ދިނުން.. އަނެކާގެ އަޑު އަހާލަން ކެތްމަދުވެފައި ހުރުން، އެ ހިނިތުންވުން ހިތުގައި ބިންވަޅު ނެގިފައި އޮތުން ” ޝައިމް މަލަކާއާއި ނަޒަރު ސީދާކޮށްލަމުން ހިތުގައި މަލަކާއަށް ދެވިފައިވާ މަގާމް އަންގާލަ ދިނެވެ.

” އަހަރެންވެސް ތިއިހްސާސް އެބަ ކުރަން. އެކަމަކު ޝައިމް، އަހަރެން ބިރުގަނޭ ޝައިމްއަށް އަހަރެންގެ ފަރާތުން ބޭނުންވާ ވަރަށް ލޯބި ނުދެވި ޝައިމް ދެރަވާވަރުގެ ކަމެއް ކުރެވިދާނެތީ.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ކުށަކުން ޝައިމްއަށް ވޭނެއް ލިބެން… އެކަހަލަ ދުވަހެއް އައިސްފިނަމަ އަހަރެން އަމިއްލަ ނަފުސު ކުށްވެރިކުރާނަން” މަލަކާ ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ.

“އެނގޭ ކުށްވެރި ކުރާނެކަން . އެއީ އަހަރެންވެސް މަލަކާއަށް އަހަރެންގެ ފުށުން ގެއްލުމެއް ލިބިއްޖެއްޔާ އަހަރެންވެސް ތި އިހްސާސް ކުރާނެތީ. ލޯބިން އެކުގައި އުޅޭ އިރު އަންނާނެ އަޑިގުޑަންތައް. އޭގެ މާނައެއްނޫން އަނެކާ ދޫކޮށްލާފަ ދާށޭ.. ލޯތްބަކީ އެޔަށްވުރެ މާތް ގުޅުމެއް. އުފާތަކާއި ހިތާމަތަކުގައި ބައިވެރިވާންވާނެ. އޭރުން ގުޅުން ބަދަހިވެ ކުރިއަރާނީ.. އަހަރެންނަށް މަލަކާ ދެކެ މިއަދު ލޯބިވެވިއްޖެ. އަހަރެން ބޭނުން މަލަކާގެ އުފާތަކާއި ހިތާމަތަކުގެ ބައިވެރިއަކަށް ވާން. އަހަރެން ހީކުރީ ސަރާއަށްފަހު އަހަންނަށް ދެން ލޯބި ނުވެވޭނެ ކަމަށް. އެކަމަކު މަލަކާގެ ތި ހިނިތުންވުން ފެނި އަހަރެންގެ ހިތް އޮބިއޮންނަ ވަރެއް ނޫން. އަހަރެން ބޭނުން މަލަކާގެ ހިތުގެ މިލްކުވެރިޔާއަށް ވާން. އެފުރަސަތު އަހަންނަށް ނުދޭނަންތަ މަލަކާ” މަލަކާގެ އަތުގައި ބާރަށް ހިފަމުން ޝައިމް ވާހަކަ ދެއްކިއެވެ.

“ޝައިމް އާދޭސްކުރަން” މަލަކާ ލޮލުން ކަރުނަ ފޭބުމާއި އެކު އެތާ އިންނަން ކެތްނުވުން ދާން އުޅުނެވެ. ނަމަވެސް ޝައިމް މަލަކާގެ އަތުގައި ހިފައި ގާތަށް ގެނައެވެ.

“ޝައިމް މީހަކަށް ފެނިދާނެއޭ” މަލަކާ ޝައިމްގެ އަތުން ވީއްލެން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ނޫން.. ހެޔޮ މީހަކަށް ފެނުނަސް. އަހަންނަށް ވަރަށް ކެތްކުރެވިއްޖެ މަލަކާ. މަލަކާއަށް ނޭނގުނަސް އެރެއަށްފަހު އަހަރެން  މަލަކާ ފެންނަ ހިސާބަށްވެސް ނައިސް މިއުޅެނީ ބިރުން. އަހަރެން ބިރުގަންނަނީ މަލަކާ ދޭނެ ޖަވާބެއް ނޭނގޭތީ. އެރެއަށްފަހު އެއްމެ ރެއެއްގެ ހަމަ ނިދިވެސް ނުލިބޭ. މަލަކާ ނޫނެކޭ ބުނެފާނެތީ މަލަކާގެ ހިޔާލުތަކާއި ދުރުވާން އުޅުނަސް އަހަރެންގެ މި ބަސްނާހާ ހިތަށް އެކަން ކުރެވޭ ވަރެއް ނޫން. އެކަމަކު މިރޭ މަލަކާ ތިދަނީތަ ހަމަ އެހާ ފަސޭހައިން އަހަރެންގެ ހިތް ކުދިކުދި ކޮށްލާފަ. އަހަރެންނަށް މަލަކާ ދެކެ މިވެވެނީ އާދައިގެ ލޯތްބެއް ނޫންކަން ސާބިތުކޮށްދޭން އަހަރެން ކުރަންވީ ކޮންކަމެއްތަ. ވޭނީ އިންތިޒާރެއްގައި މުޅި އުމުރު ނަނގާލަންވީތަ. އޭރުން މަލަކާ ގަބޫލުކުރާނަންތަ މިއީ ތެދުވެރި ލޯތްބެއްކަން” ޝައިމް މަލަކާ އިތުރަށް އޭނާއާއި ކައިރިކޮށްލީ ފިނި ޖައްވުގައި ޖެހެމުން ދިޔަ ވައިރޯޅިތަކަށްވެސް އެދެމެދަށް ނުވަދެވޭހާ ގާތަށެވެ.

” މަލަކާ މީ ސަމާސާ ކުރަންވީ ވަގުތެއް ނޫން. އަހަރެންގެ ހިތް އިތުރަށް ނުތަޅުވާ. އަހަރެންނަށް ތިލޯބިދީ. މި ނިކަމެތި ހިތަށް ރަހުމް ވެދީ. ތިދުލުން ބުނޭ އަހަރެން ދެކެވެސް ލޯބިވަމޭ… ބުނޭ އެކުގަ އުޅެން ބޭނުމޭ..”ޝައިމް ބޭގަރާރުވަމުން ދިޔަ ހިތުގެ އާދޭސްތައް މަލަކާއަށް އިއްވާލިއެވެ.

“ޝައިމް..އަހަރެން ޝައިމް ދެކެ ކުޑަކޮށްވެސް ލޯބިނުވޭ” މަލަކާ ޝައިމް އަތު ތެރެއިން ދޫވަމުން ބުނެލި ޖުމްލައިން ޝައިމްގެ ހިތް މިހާރަށް ވުރެ ބޮޑަށް ކުދިކުދިވެގެން ދިޔައެވެ.

“ނުވާނެ ތިހެން. ދެން ކީއްވެ މަލަކާ މިތަނަށް އައިސް އަހަންނާ އެހެން ވާހަކަ ދެއްކީ” ޝައިމްއަށް ހިތުގައި އުފެދުނު އުމްމީދުގެ ހުޅުކޮޅު އޭގެ އަލިކަން ދައްކާނުލެވެނީސް ނިވިގެން ދިޔައެވެ.

“މިއޮތް ހާއިރު މަލަކާގެ ދުލުން ތިބޭރުވީ އަޅާލުމުގެ ބަސްތަކަކީ ހަމްދަރުދީއޭތަ ތިބުނަނީ. އޭ…!” ޝައިމް މަލަކާ ކައިރިއަށް ޖެހެން އުޅުމުން މަލަކާ ފަހަތަށް ޖެހުނެވެ. ޝައިމްގެ ލޮލުގައި ކުރިންވި ލޯބީގެ ބެލުން ތަފާތުވެގެން ދިޔަ މަންޒަރު މަލަކާއަށް ފާހަގަވިއެވެ.

“ޝައިމް އަހަންނަށް މާފުކުރޭ” މަލަކާ ރޮމުން އެތަނުން ދުއްވައިގަތީ ޝައިމް ކުރިމަތީ ހުންނަން ކެތްނުވުމުންނެވެ. ހިތާމަތަކާއި އެއްކޮށް އެއަޑު އެއްކޮށް ބެދިފައިވާ ކަމުގެ އިހްސާސް ކުރެވުނެވެ.

މުޅި ރޭ ފާއިތުވެގެން ދިޔައީ ދެހިތަށްވެސް ކަރުނައިގެ ތޫފާނެއް ގެންނަމުންނެވެ. މަލަކާ ނުނިދި ދެކޮޅަށް ހެލިލަ ހެލިލަ އޮތީ ޝައިމްގެ ހިތް އޭނާ އަތުން ކުދިކޮށްލެވުމުންނެވެ. ނަމަވެސް މިއަށްވުރެ ރަގަޅު ގޮތެއް މަލަކާއަށް ނުވިސްނުނެވެ. މަލަކާއަށް ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތު ޝައިމްއަށް އެނގޭ ނަމަ ޝައިމްގެ ލޮލުން މިރޭ އެފެނުނު ނަފުރަތަށް މަލަކާ ނޭދޭނެއެވެ. މަލަކާ ބޭނުމީ ޝައިމް އޭނާ މަތިން ހަނދާން ނައްތާލުމަށެވެ. ޝައިމްއާއި ގުޅުމުން މަންމަގެ ނުރުހުމާއި ކުރިމަތިވާނެ ކަން މަލަކާއަށް އެނގެއެވެ. އެދުވަހަކުން ޝައިމްއާއި ދުރުވުމަށްވުރެ ބޮޑަށް މިއަދު އެކަން ކުރުން މާ ރަގަޅެވެ.


 

ފަތިހުގެ ރަންދޯދިތައް ފަޒާއަށް ދިރުން ގެނެސްދީފިއެވެ. ނަމަވެސް ރޭގެ ރިހުމާއި އެކު ބައެއް ހިތްތައް ވަނީ މިލާފައެވެ.

ކަންނެތް ކަމާއި އެކު ތެދުވެ ފެންވަރާލައިގެން އައިސް މަލަކާ އެހެން ކުދިންނާއި އެކު ފަތިސް ނަމާދުގައި ބައިވެރިވިއެވެ. އަދި އެޔަށްފަހު ފެތުމަށް ބޭނުންވާ މާސްކާއި އެހެނިހެން ސާމާނު ހިފައިގެން މޫދާއި ދިމާލަށް ދިޔައެވެ. އޭރު ފިރިހެން ކުދިންތައް ވެސް އެދިމާލުގައި ފުޓްބޯޅަ ކުޅުމުގައި އުޅެއެވެ.

މަލަކާމެން ގުރޫޕުގެ ބައެއް ކުދިންވެސް މޫދަށް ދިޔުމުގެ ބަދަލުގައި އެދިމާލަށް ދިޔައީ އެތާނގައި މާ ފޯރި އޮތީމައެވެ. ބާކީ ތިބި ކުދިންނާއި އެކު މަލަކާ ދިޔައީ ރޭގަ އެރި ފާލަމަށެވެ. ފާލަން މަތިން މޫދަށް ފުންމާލަމުން މަޖާވާނެތީއެވެ. މަލަކާއަށް ފަތަން ނޭނގޭތީ އޭނާ ހުރީ ފަތަން ބޭނުންކުރާ ކަހަލަ ލައިފް ޖެކެޓެއް އަޅައިގެންނެވެ.

ޝައިމް ދުރުގައި މަލަކާގެ ހަރަކާތްތައް ބަލަން ހުއްޓެވެ. އެހެން އެއްމެން މޫދަށް ފުންމާލިއިރުވެސް މަލަކާ ބަލަހައްޓައިގެން މާ ގިނައިރު ހުރުމުން އެދިމާލަށް ދިޔައެވެ.

“ބިރުންތަ” މަލަކާއާއި އަރާ ހަމަކުރަމުން ޝައިމް އަހާލިއެވެ. މަލަކާ ޝައިމްއަށް ބަލާލިއެވެ. ރޭގަ އެއްވެސް ކަމެއް ވި ކަމުގެ ކުލައެއް ފެންނާކަށް ނެތެވެ.

“ކުޑަކޮށް. އެދިމާލުން ދާންވީ ކަންނޭނގެ” ސީދާ ވެލިގަނޑުން މޫދަށް ދާން ހިގައިގަންނަމުން މަލަކާ ބުނެލިއެވެ.

“ނޫން.. މިހެން” މަލަކާ ދޭނެ ޖަވާބެއް ނުބަލާ ޝައިމް މަލަކާ މޫދަށް ވައްޓާލިއެވެ. އެޔާއެކު މަލަކާ މަންމާއޭ ކިޔައި ގޮވައިގަތް އަޑު ފަޒާގައި ގުގުމާލިއެވެ. ދިޔަވަރު ބޮޑު ލޮނުގައި ޖެހުމާއި އެކު މަލަކާ ދިޔައީ ސީދާ އަޑިޔަށެވެ. ޝައިމް މަލަކާއަށް ވީވަރު ފެނިފައި ހެވިފައި ހުއްޓަސް ހިނިތުންވުން ފަޑުވެގެން ދިޔައީ މަލަކާ އަބުރައި މައްޗަށް ނޭރުމުންނެވެ.

“މަންމާ…” ދެއަތް މައްޗަށް ނަގައި މަލަކާ ބިރުން ގޮވަމުން ދިޔައެވެ. ކޮންމެ ފަހަރަކުވެސް އެހެން ބުނެ އަޑިއަށް ދަނީއެވެ. ޝައިމް ހީވީ ހިތް އަތަށް އައިހެންނެވެ. ފަސްޖެހުމެއް ނެތި މޫދަށް ފުންމާލިއެވެ. އޭރު އެހެން ކުދިންވެސް މަލަކާ ގޮވާ އަޑަށް އެދިމާލަށް އަންނަމުން ދިޔައެވެ.

ޝައިމް ކުޅަދާނަ ކަމާއި އެކީ ފެތެމުން ދިޔަ މަލަކާގެ އަތުގައި ބާރަށް ހިފަހައްޓައި އޭނާ އާއި ކައިރިއަށް ގެނައެވެ. އަދި މަލަކާގެ ގޮވައިގެން މަޑުމަޑުން ކިހިފަސްގަނޑާއި ދިމާލަށް ދިޔައެވެ. އޭރު މަލަކާގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. ނޭވާ ލެވެނީވެސް ކިރިއާއެވެ.

ވެލިގަނޑާއި ހަމައަށް ދެވެމުން ޝައިމް މަލަކާ އޭނާ ގަޔާލައި ބޮޑިކޮށްލިއެވެ.

“މަލަކާ ސޮރީ ވަރަށް ބޮޑަށް ސޮރީ” ޝައިމްއަށް ރޮވިއްޖެއެވެ. ހަމަހޭގައި ހުރެ އޭނާ މިކުރީ ކޮން ފަދަ ކަމެއް ބާވައެވެ.

“މަލަކާ.. ބަލާބަ.. ފުންކޮށް ނޭވާ ލާ އިނގޭ” މަލަކާއަށް ލޮނު ބޮވުމުން ނޭވާ ލާން އުދަގޫވިއެވެ.

“ނަސީބެއްނު ޝައިމް ހުރިކަން” މަލަކާއަށް ވެސް ރޮވުނެވެ.

“އައި އޭމް ސޮރީ މަލަކާ..” މަލަކާގެ ނޭވާ ހަމައަކަށް އެޅުމުން ޝައިމް އަނެއްކާވެސް މާފަށް އެދުނެވެ.

“ދެން ތިހާ ވަރަށް މާފަށް އެދޭނެ ކަމެއް ނެތޭ.. ޝައިމް ނެތް ނަމަ އަހަރެން ތެޅޭނެ ހާލެއްވެސް ނޭނގެ. ޝައިމް އެވަގުތު ނައިނަމަ އަހަރެން އުޅުނީ ފުއްމާލަން” މަލަކާ ޝައިމްގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.

މަލަކާ ޖެކްޓް ލައިގެން ހުރުމުން ޝައިމް ހީކުރީ މަލަކާއަށް ފަތަން ނޭނގުނަސް ރީތިކޮށް ލޮނުގަނޑުމަތީ އޮންނާނެ ކަމަށެވެ. ނަމަވެސް ލޮނުގައި ޖެހުމާއިއެކު ޖެކެޓުގެ ލޮކްތައް ނެއްޓުނީއެވެ.

ރޭގަ މަލަކާ ދެކެ ރުޅި އަޔަސް މިއަދު ހޭލިއިރު އެހިތް ވަނީ މަލަކާއަށްޓަކައި ސާފުވެފައެވެ. އާއަޒުމަކާއި އެކީ މަލަކާގެ ހިތް ހާސިލްކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް އެއްމެ ފުރަތަމަ ވެސް މިއެޅުނީ ކަތި ފިޔަވަޅެކެވެ.

“ޝައިމް. އަހަންނަށްވެސް ދެން ކެތެއް ނުވާނެ. އަހަރެންވެސް ބޭނުމީ ޝައިމްއާއި އެކީ އުޅެން.. އާން ޝައިމް، ވަރަށް ލޯބިވޭ. ބުނަން ޖެހިލުންވިޔަސް ވަރަށް ބޮޑަށް ލޯބިވޭ” މަލަކާ ޝައިމް ގައިގައި ބައްދާލަމުން ބުނެލިއެވެ. އެޔާއެކު ޝައިމް ހައިރާންވެގެން ދިޔައެވެ.

“ކީކޭ” ޝައިމްއަށް ގަބޫލުކުރަން ދަތިވިއެވެ. ދެންމެ އޭނާ މަލަކާއަށް ގެއްލުމެއް ދޭން އުޅުމަށްފަހުގައިވެސް ހެއްޔެވެ؟

“ކިހިނެތްވީ. ގަބޫލު ނުކުރެވެނީތަ” މަލަކާ ޝައިމްގެ އަޑުގައިވި ހައިރާންކަމުން އަހާލިއެވެ.

“އަނެއްކާ މޫދަށް ވެއްޓުނު ބޮޑީގަ މަލަކާގެ ސިކުޑިއަށް ގެއްލުމެއް ލިބުނީތަ” ޝައިމް ސަމާސާކުރިއަސް އަޑިގައިވަނީ ސީރިއަސްކަމެވެ.

“ސާބަސް އިނގޭ. ދުވަހަކުވެސް ޖެއްސުންކުރުމެއް ނުހުއްޓާނެ. ލޯބި ވެޔޭ ބުންޏަސް ކުރަނީ މަލާމާތް. ތިވަރު މީހަކާއި އެކީ ކިހިނެތް އުޅޭނީ” މަލަކާ ތުން އަބުރާލުމަށްފަހު ދާން ތެދުވިއެވެ.

“ހަމަ އަސްލުވެސްތަ. ޔަގީން ނުކުރެވޭތީ..” ޝައިމް ލަދުރަކި ގޮތަކަށް ހީލަމުން ބުނެލިއެވެ.

“އައްދިއްޔޯ” ޝައިމް އަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަލަކާ ޝައިމްގެ އަތުގައި ވިކައިގަތެވެ.

“މިހާރު އެގިއްޖެތަ މީ ހުވަފެނެއް ނޫން. މީ ހަގީގަތް” އެއްލޯމަރާލަމުން މަލަކާ ބުނެލިއެވެ.

ޝައިމްއާއި މަލަކާގެ ލޯބީގެ ސިލްސިލާ ފެށިގެން ދިޔައީ އެހިސާބުންނެވެ. ހަވީރު ފުރާ ގަޑި ޖެހެން ދެން ދެމީހުންވެސް އުޅުނީ އެހެންމީހުންނާއި ވަކިންނެވެ. ލޯބީގެ އަހުދަކާއި ވައުދުތައް ވަމުންނެވެ. އޯގާތެރިކަމުގެ ބަސްތަކުން އެކަކު އަނެކެއްގެ ހިތުގައި ފިރުމަމުންނެވެ.

“ޝައިމް ދުވަހަކުވެސް މަލަކާ ދޫކޮށް ނުލައްޗޭ އިނގޭ” ޝައިމްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މަލަކާ ބުންޏެވެ.

“އެހާ އަވަހަށް އަމުރު ކުރަން ފެށީތަ” ޝައިމް ހެމުން ބުނެލިއެވެ.

“ވަރަށް ފޫހިވޭ އިނގޭ. ޝައިމް އެކަނި އިދޭ ދެން” މަލަކާ ކުނި މޫނު ހަދާލަމުން ތެދެވިއެވެ.

“ލޯބިޔޭ ބުނެފަ އެހާ އަވަހަށް ފޫހިވީތަ. ވަރަށް ދެރަވެއްޖެ” ޝައިމްވެސް މަލަކާއި އެކީ ތެދެވިއެވެ.

“ދުވަހަކުވެސް ފޫހި ނުވާނެ، އެކަމަކު ޝައިމް ތިހެން މަލާމަތް ކުރަންޏާ ވަރުގަދަ ލަދެއް ލިބިދާނެ” މަލަކާ ޝައިމް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އަދި ޝައިމް ގެ އަތުގައި ހިފައި ކޮލުގައި ބޮސްދިނެވެ.

“ދެން ހިނގާ އަވަހަށް ދާން، ފުރާ ގަޑި ޖެހެނީއެއްނު” މަލަކާ ޝައިމްގެ އަތުގައި ހިފަމުން ޓެންޓުތަކާއި ދިމާލަށް ދިޔައެވެ. އޭރު އެހެންމީހުން ފުރަން ތައްޔާރު ވަނީއެވެ.

ރަށަށް ދެވުނު އިރު ހަވީރު ފަސްގަޑި ބައިވަނީއެވެ. މަލަކާމެންގެ ހުންނަނީ ބަދަރާއި މާ ދުރުނޫން ހިސާބެއްގައި ކަމުން ދެތިން މިނެޓުން ގެޔާއި ހިސާބަށް ދެވުނެވެ.

ގެ ފެނުމާއި އެކު މަލަކާ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ މަންމަ ހަނދާން ވުމުންނެވެ. ހަތަރު މީހުން ގެޔަށް ވަންނަން ދިޔައިރު މަލަކާ ހުރީ އެއްމެ ކުރީގައެވެ. މަލަކާގެ ފަހަތުގައި ޝައިމް ހުއްޓެވެ.

“މިއޮތް އައީނު އެކުދިން. ދަރިފުޅު އަންނާނެ އިރެއްގެ އިންތިޒާރެއްގައި ނިއަމް އިންނަތާ ކޮން އިރެއް. މަންމަ ދެތިން ފަހަރު ދަރިފުޅުމެންގެ ފޯނުތަކަށް ގުޅާވެސް ފިން. ޗާޖު ހުސްވެގެން ނިވުނީދޯ” ނިއަމްގެ ނަން އިވުމާއި އެކު މަލަކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“މަލަކާ.. ކިހިނެތް.. ދަތުރު މަޖާތަ” ސަމީހާގެ ފަހަތުގައި ހުރި ނިއަމް ކުރިއަށް ޖެހިލައި ބުނެލިއެވެ.

“ނިއަމް އަހަރެން ހީކުރީ” މަލަކާ އަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ލިބިފައި ހުރި ހައިރާންކަމުންނެވެ.

“މަލަކާ އަހަންނަށް މާފުކުރޭ… މަލަކާ ދޫކޮށްލެވުމަކީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ގޯސް ކަމެއް .. އެހެންވެ އަވަހަށް މަލަކާ ކައިރިއަށް މިއައީ މާފަށް އެދެން” މަލަކާގެ ސިކުޑިއަށް އަދިވެސް ވަމުންދާ ކަންތައް ނަގައި ގަނެވޭ ވަރެއް ނޫނެވެ.

“ނިއަމް އަހަރެން..ކީއްވެ” މަލަކާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވުނީ ބުނަންވީ ކީއްކަމެއް ނޭނގޭތީއެވެ.

“މަލަކާ ވިލް ޔޫ މެރީ މީ” ނިއަމް  ފަހަތުން މާބޮޑިއެއް ދިއްކޮށްލަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަގެއްނެތްލޯބި 22 ވަނަ ބައި

Next

އެދެމޭ އުފާ…..(16)

Next
September 19, 2017

އެދެމޭ އުފާ…..(16)

Previews
September 19, 2017

އަގެއްނެތްލޯބި 22 ވަނަ ބައި

63 Comments!

  1. Song joong ki... KOREAN says:
    September 19, 2017 at 10:21 pm

    Me first tha????

    1. maroon says:
      September 19, 2017 at 10:26 pm

      Yes love ? kihinei vany story

    2. Shudha says:
      September 19, 2017 at 10:43 pm

      song joong ki… aki v loabi myheh :-* U TOO <3

    3. Song joong ki... KOREAN says:
      September 20, 2017 at 10:02 am

      maroon love… ? hehe.. Story dhen ingeynudhw abadhuvx reethi vaane kan.. Maroon viyya writter aky? asluvx mi part varah interesting.. Mi vaahaka up veytho aslu bala balai iny, ehenve kanneynge first vx libuny ? anyways., next part avahah up khdhehchey.. Ly.. ? goodluck

    4. maroon says:
      September 20, 2017 at 3:08 pm

      Thanku SJKi. V ufaa vejje ? ❤
      Loves ..

    5. Song joong ki... KOREAN says:
      September 20, 2017 at 10:19 am

      Hehehe ehenthr SHUDHA…. Same here ??

  2. maroon says:
    September 19, 2017 at 10:31 pm

    Hello readers. If you like the story dnt forget to comment. If there is anything that you want me correct ,plz do tell so that i can improve . Loves. ?

  3. Shudha says:
    September 19, 2017 at 10:40 pm

    NONONONOOOOO… thihen nahadhaa.. malakaa say no to niam…oh.. malakaa beynumeh nuvaane mom dherakuraakah but shaim..? he will be heartbroken.. Niam thy beykaaru myheh… story hama best ingey maroon..aslu v ufaa vi shaim aa malakaa gulhunyma ekam shudha v dhera vejje niam malakaa ah propose kureema.. please shudha maru vaane shaim aa malakaa aa gulhunyma.. aadheys koffa mibuny shaim ashaa malakaa ah thihen nuhadhaa marooooon

    1. maroon says:
      September 19, 2017 at 11:15 pm

      Hey shudha. V ufaa vejje comment kiyaalaafa. But malaka mammage loabi shaim attakaa gurubaan kuraane ba? Lets see dhw. Niam maafah edhumun mayb malaka maaf gaboolves koffaane? ❤?

  4. Minha says:
    September 19, 2017 at 10:42 pm

    Ohh noo ??
    Niam.ah aanekey nubunachey ?
    Alhey

    1. maroon says:
      September 20, 2017 at 7:24 am

      Thanku minha.. neyge dhw vaane gotheh ?

  5. Naanii says:
    September 19, 2017 at 10:43 pm

    What??????

    1. maroon says:
      September 20, 2017 at 7:25 am

      ???

  6. Shudha says:
    September 19, 2017 at 10:45 pm

    BTW when is next part, maroon?

    1. maroon says:
      September 20, 2017 at 7:26 am

      Tmrw in sha allah ?

  7. Shaa says:
    September 19, 2017 at 10:55 pm

    Varah reethi…wen next part?

    1. maroon says:
      September 20, 2017 at 7:26 am

      Thanku shaa. Tmrw ?

  8. Xxxx says:
    September 19, 2017 at 11:06 pm

    V.nice???..say no to niam..????????

    1. maroon says:
      September 20, 2017 at 7:27 am

      Thanku xxxx .. maybe it is a no from malaka ?

  9. Ainth says:
    September 19, 2017 at 11:50 pm

    Very nice???
    Plxx say no to niam…….

    1. maroon says:
      September 20, 2017 at 1:22 pm

      lets see dhw thanku ?

  10. Zylmaa says:
    September 19, 2017 at 11:53 pm

    V Nice and humorous with good messages. Like the part ..Maraky thagu dheeruga liyevifa vaa echeh. Vaguthu aid jehumun eves meehaka madeh nukurevay ne.
    The reality of this temporary life..we are in a testing ground..we always have to b raedy for death..by doing as much of good deeds that we can do.

    1. maroon says:
      September 20, 2017 at 3:19 pm

      Thanku zylmaa. ? v ufaa vejje comment kollyma. May Allah guide us all in the right path ?

  11. Zuam says:
    September 19, 2017 at 11:54 pm

    Varah reethi. .. ❤❤❤❤

    1. maroon says:
      September 20, 2017 at 3:20 pm

      Thanku zuam ?

  12. khajja says:
    September 20, 2017 at 1:41 am

    Ohhh no ? malakaa bune bala noonekey plx shaim ah rahum koh alhaalaabala n mom mennah kiyaidhybala niyam kanthah kuri goiy shaim dheke loabivaa kanves angabala plx insha allah malakaage mom gabooluvaane ey shaim aa eyrun plx malakaa shaim kihaathelhumeh mihaaruves thelhefi ?? stry v v habeys whn nxt prt avaskolladhybala can’t wait plx gud nyt ly???❤??

    1. maroon says:
      September 20, 2017 at 3:21 pm

      Thanku khajja. Malaka mamma ah kiyaidhineema dhw truth egeynyves. Lets see if she does ?

  13. nux says:
    September 20, 2017 at 7:35 am

    thick ?thick ? thick ???alhey??i think malaka say yes???but fahun malakaa ah feel vaany niam dheke loabi nuvaakan?????v asaruga hisaabakah dhookohlaafa thi dhiya e rulhin????stry v habayse????????well done dr cant wait next part avass kohla dhehchey baby?????

    1. maroon says:
      September 20, 2017 at 3:05 pm

      Thanku thihen vun ves ekasheegenvey. Higaa dhw balama ??? thanku so much

  14. Psenhi says:
    September 20, 2017 at 8:10 am

    Hi maroon. Adhikiriya story kiyalevuny. N its v interesting. Looking 4ward 2 read the next part 🙂

    1. maroon says:
      September 20, 2017 at 3:06 pm

      Thanku psenhi.. ? psenhige story update kohlahchey ?

  15. Brainless says:
    September 20, 2017 at 9:01 am

    Omg???..kihineh e v…?
    Alhe dhn vaany keehbaa…story varah varah salhi..avahah up kohla dhehchey…

    1. maroon says:
      September 20, 2017 at 3:07 pm

      Thanku brainless ? will try my best ?
      Btw funny name

  16. Addu manje says:
    September 20, 2017 at 10:56 am

    Varah reethi mibaives..
    Kihineh mi v?? Maroon komme baeh ves nimmaalanee dhen vaane gothakaa dheytherey kiyuntherin ge hithuga suvaalu ufahdhaafa.. ???
    ehen ve mi vaahaka ah mihaa bodah inthizaaru kureveneeves..
    Keep it up Maroon..
    🙂

    1. maroon says:
      September 20, 2017 at 3:09 pm

      Thanku addu manje. ?
      Hehehe baeh faharu ehen hadhaalanves vaanu ?

  17. Adha? says:
    September 20, 2017 at 11:42 am

    Alhey kihinehtha miviy..? maroon alhe malakaa kn situation ehge there ah thi lee.. who will she choose?? love akee hama ehaa complicated ehchakeetha?.. mi niam gandah ves annan e enguny malakaa nd shaim rahtehiveema ey dw??.. malakaa pls dnt choose niam.. ehfaharu heart broke kohlaafa gossa.. kihineh yageen kuraany dhenves nudhaane kameh… so pls malaka ves shaim ge heart ehen broke nukuraathi.. efakeeru loabi mathin ves foohivedhaane?.. mom ves ebass vaane kanneynge hurihaa ehcheh rangalhah kiyaadhinyma..
    Maroon varah reethi mi part ves ?
    Waitingss ❤❤❤❤

    1. maroon says:
      September 20, 2017 at 3:12 pm

      Thanku so much adha ?
      Love can be complicated dhw baeh faharu. Malaka jeheyne ehnu mammage bas ahanves. Adhi malakage hithuge aduves ahan jeheyne. Shaimge heart broke vaane dhw ehenvejeyyaa.. lets see dhw next episode ga ? loves

  18. click a shot ? says:
    September 20, 2017 at 1:07 pm

    Alhey no way…kihineh mivy.?.niam akah malakaa shaim athun athulaehnuleveyne…eahvure emeehunge loabi maa strong vaane❤️?dhw maroon…neynge ehnun marry kohfiyaa niam malakaa ah hadhaane gotheves…malakaa you can’t trust niam…pure shaim..he’ll be heart broken ???mi part ves hama best..☺️?
    Avahah up kohdhechey next part..??
    I’ll wait ?

    1. maroon says:
      September 20, 2017 at 3:13 pm

      Emyhunge loabi kihaa baarugadha dhw test kollama next episode ga ? yh i blv niam does not deserve her
      Loves ??

  19. Boabi says:
    September 20, 2017 at 1:18 pm

    Good work?⚘?

    1. maroon says:
      September 20, 2017 at 3:13 pm

      Thanku boabi ?
      Nice nickname ?

  20. mal says:
    September 20, 2017 at 2:40 pm

    maroon bunyma mi comment kohly… mi v lowbi story eh… ey knmes kujjaku bunedhyba malaak story liyun author ge name

    1. maroon says:
      September 20, 2017 at 3:14 pm

      Thanku mal.. maroon ehen buny thi kudhinge hiyaal hoadhaalan. Neyge thi storyge author eh
      ?

    2. Adha? says:
      September 20, 2017 at 6:14 pm

      Malaak story ge aythor ah kiyany Layaa?..

  21. annoying reader says:
    September 20, 2017 at 2:47 pm

    i feel like tumbin 2 is about to repeat, bleh its so heart touching i dnt want stupid niyam and malaka getting married. like sheikar dnt let shaim leave his malaka for niyam. malaka deserves shaim, niyam doesnt deserve her in the first place

    1. maroon says:
      September 20, 2017 at 3:16 pm

      Thanku annoying reader. Maroon nubalan hindi drama and movies eh. Maybe thi drama/film ga vaa goiy noon gothahves vedhaane. Lets see dhw. ?

  22. reader says:
    September 20, 2017 at 7:09 pm

    alhe ???… Malakaa ah kereyne tha reject kollan?
    Dhen konme gotheh vias emyhun marry nukuraa gothakah hadhaathi

    1. maroon says:
      September 20, 2017 at 8:58 pm

      E hihvaru eba huribaa ??? Lets see dhw reader ??thanku

  23. mal-mal says:
    September 20, 2017 at 10:58 pm

    what a twist!!!!???
    a nice chapter, MashaAllah. ????
    waiting for an update!!

    1. maroon says:
      September 21, 2017 at 9:02 am

      Thanku mal… ? i love twists ?

    2. mal says:
      September 21, 2017 at 6:26 pm

      ey thi kujjaa ah aslu kiyaany kn name eh aneh kaaa

    3. maroon says:
      September 21, 2017 at 6:46 pm

      I think malsa

    4. mal says:
      September 22, 2017 at 6:09 am

      mi vx

  24. Anonymous says:
    September 21, 2017 at 1:29 am

    Nice ?

    1. maroon says:
      September 21, 2017 at 10:49 am

      Thanku dear ?

  25. mal says:
    September 21, 2017 at 7:57 am

    Ey maroon miadhu tha next part..☺

  26. Zaain says:
    September 21, 2017 at 9:22 am

    Today i have no mood to do anything…. im olso feeling v sad… ekmvs hitah hiyhama jehumey libeyto story up vito balaalee… story kiyaalyma vy iturah hiyydati…. heart broken… Marooo…. Story v v nice… bt mifaharuvs ebaan 1 jumlaiga aharen jahanvi taakah Malakaa jahaafa… ekm hama ehma jumlaehga… Saim duvahakuvs Malakaa dookoh nulahchey bunyma heevany saim ge fan ekey saim kairi ehen e buny… Maroo aslu hama bunanjeheyny Saim aharen dookohlaafa nudahchey…. B careful Maroo… Story hama fantastic… superb…

    1. maroon says:
      September 21, 2017 at 10:51 am

      Thanku zaain.. i ll be a lot careful next time. Thanku again for the huge support.?? Sorry dhera kollevunyma

  27. mal says:
    September 21, 2017 at 2:16 pm

    Maroon why mot replying to my comment?

    1. maroon says:
      September 21, 2017 at 3:03 pm

      Hey mal dhemme comment mi fenuny. Mirey las gadiehga up kohdheynan

    2. mal says:
      September 21, 2017 at 6:23 pm

      its ok maroon… madhama hedhunu heylaa iru kiyaalan libunyma happy vaane

    3. maroon says:
      September 22, 2017 at 3:05 am

      Hey mal. I have written chapter 8 upto word limit of other parts. But i want this part to be a bit longer. So i ll upload it around tmrw morning 10.

    4. mal says:
      September 22, 2017 at 6:10 am

      yayy,… ok babe… loabi vey

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 8←


All Right Reserved!