Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ…..(13)

Dhippi Level 4100 Comments10 Stories
September 16, 2017 7 Mins Read
13 Comments

“އަދިވެސް ބަލަންތަ ތިބެންވީ؟ ދެން ވެސް ހިނގާބަލަ ދެބަޔަށް ބެހިގެން ރަށުތެރެ ބަލަންދާން، ގައިމުވެސް އޭނަައަކަށް މިރަށަކުން ބޭރެއް ނުވެވޭނެ ” ވަޒުނާ އޭނަޔަށް ފެންނަ ގޮތް ބުނެލިއެވެ. އެކަމާ އެއްމެން އެއްބަސް ވުމުން ވަޒުނާ ބައި ބަހަން ފެށިއެވެ. “މަންމަޔާ، ބައްޕަޔާ، ލީއާ އަމް ދޭ ރަށުގެ އެކޮޅަށް މަށާ ކުޑަބެއާ ނަންނަޔާ އަލް އާ ދާނަން މިކޮޅަށް” ވަޒުނާ އަތުގެ އިޝާރަތުން ދާންވީކޮޅު ދައްކާ ދިނުމުން ސައުދުމެން ހިނގައިގަތެވެ. ވަޒުނާމެން ވެސް މަޑު ނުކޮށް ހިނގައިގަތެވެ. “އެ ޖަޔާ އެއްވެސް ޖެހޭތަ ދެން ނުފެންނަ ހިސާބަށް ގޮސް އޮންނަން ބަލާވެރިކަމެއްނޫންތަ މިޖެހުނީ؟” ހިނގަން ބުރަޔަކަށް ވީމަ އަފީފާ ރުޅި ގަދަ ވެގެން ބުނެލިއެވެ. “ސާބަސް އަފީފާ ތިވަރު ނުކޮއްބަލަ! އެއީވެސް ހަމަ އަހަރުން ކަހަލަ އިންސާނެކޭ ” ސައުދު ހިތްހަމަ ނުޖެހި ބުނެލިއެވެ. ސައުދު އެހެން ބުނުމުން އިތުރު އެއްޗެއް ނުބުނެ އަފީފާ މަޑު މަޑުން ކުރިއަށް ހިނގައިގަތެވެ. ވަޒުނާމެން ވެސް ހުއްޓުމެއް ނެތި ރަށް ކުޑަ ކުރަމުން ދަނިކޮށް ރަށުގެ ރޭޅިފަށުގައި ހުރި މަގޫ ގަސްތަކުތެރޭ، ޖަޔާ އޮއްވާ ފެނުމުން ވަޒުނާ އެތަން އެއްމެންނަށް ދައްކަމުން ގޮސް ޖަޔާއޮއް ދިމާލަށް ހުއްޓިއްޖެއެވެ. އެމީހުން ވެސް ވަޒުނާގެ ފަހަތުން އެހިސާބަށް ގޮސް މަޑު ކޮއްލިއެވެ. “ޖަޔާ! ޖަޔާ! އޭ… ހޭލަބަލަ ޖަޔާ ދެން ހޭލަބަލަ ” ޖަޔާގެ ގައިގައި ކޮއްޓަމުން ވަޒުނާ ގޮވަމުން ދިޔައެވެ. އެތައް އިރަކު ގޮވުމުން ދެލޯ ކަހަމުން ޖަޔާގެ ދެލޯ ހުޅުވައިލިއެވެ. “ޖަޔާ ކީއްވެ މިތާތިއޮތީ؟ މިނޫން ތަނެއް ހަމަ ނެތީތަ އޮށޯންނަން!؟ ” ޖަޔާ ލޯހުޅުވުމުން ވަޒުނާ ހައިރާންވެފައި އަހައިލިއެވެ. “ސޮރީ ކޮއްކޯ ޖަޔާ ބަރާބަރު ބޮލުގައި ރިއްސަނީ އެހެންވެ މިތާ އޮށޯންނަނީމަ ނިދުނީ ” ވީގޮތް ޖަޔާ އޮޅުން ފިލުވައި ދިނެވެ. “ހޫމް… ދެން ވެސް ބުނެފަ އަންނާތި ޖަޔާ ބުނެފަ މިތާ އޮއްނަމަ އޯކޭޔޭ ދެން ވެސް ހިނގާ! މަންމަމެން އެބަތިބި ޖަޔާ ނުފެނިގެން ވަރަށް ހާސްވެފަ ” އެހެން ކިޔާފަ ވަޒުނާ ޖަޔާގެ އަތުގައި ހިފާ އޮތް ތަނުން ތެދު ކޮއްލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި ވަޒުނާމެން ހިނގައިގަތީ އެމީހުން ތިބޭ ތަނާ ދިމާލަށެވެ. އޭރު ސައުދުމެން ވަރުބަލިވުމުން އައިސް ތިބީ އެމީހުން ތިބޭ ތަނުގައެވެ. އަފީފާ އޮތީ އޭނާގެ ދެފާ ބަބުކެޔޮ ގަޑެއްހެން ބިމަށް ދަމާފައެވެ. “ސާބަސް ޖަޔާ ކަލޭ ކޮންތާކަށް ވަދެފަ އޮތީ؟ އަހަރުންގެ ދެލޯ ވެސް ކަލޭ ހޯދާ ހޯދާ ބާތާ ވެއްޖެ ނުވިތާކަށް ދެފައިވެސް ވާގި ނެތްވަރު ވެއްޖެ ” ވަޒުނާމެން އައިސް އެތަނަށް ހުއްޓުމުން ފުއްމާފަ ތެދުވެ އަފީފާ ހަޅޭއް ލަވައިގަތެވެ. އޭރު އަދި ވަޒުނާ އުުޅުނީ ވީގޮތް ވެސް ކިޔާ ނުދެވިގެންނެވެ. “ސާބަސް އަފީ ތިއީދެން ބޮޑުވަރު، ޖަޔާ އައީ ކޮންތާކުންތޯ؟، ކީއްކޮއްފަތޯ ވެސް ބަލާުނުލާ ތިވަރު ކުރަން ވޭތަ؟ ” ސައުދު މިފަހަރު ތަންކޮޅެއް ބާރަށް ބުނެލިއެވެ. “މަހަމަ އެއްޗެއް ބުނީމަ ގޯސްވަނީ، މަށަކަށް ނޯވޭ އެއްވެސް އެއްޗެއް ބުނެވޭކަށް، އެހެނެއް ނޫން ވަނީކީ ސައުދު ހިތްހަމަ ޖެހޭ ގޮތަށް މަށަށް އެއްވެސް ކަމެއް ނުކުރެވޭ، ބަހެއްވެސް ނުބުނެވެނީ އެއީ ވާގޮތަކީ! ” ހަމަ އެރުޅިގަޑާއި އަފީފާ ބުނެލިއެވެ. “މާތް ކަލާކޯ! މަ ކޮންއިރަންކުންތަ ބުނީ އަފީފާ ކުރާ ކަމެއް ކަމަކު ނުދެޔޭ؟! ޕިސް ޕިސް!” އަފީފާ ކިޔުނު އެއްޗަކުން ހައިރާންވެ ރުޅިއައިސް ސައުދު އަހައިލިއެވެ. އެތަން ފެނި ވަޒުނާ ހުރީ ލަދުން ހަލާކު ވާވަރު ވެފައެވެ. ވާނީ އެހެންތާއެވެ. އޭނާގެ ރައްޓެހިން ކުރިމަތީގައި މަންމަމެން އެފާޑަށް އުޅުނީމަ ލަދު ގަންނާނެތާއެވެ. ވަޒުނާގެ މޫނަށް އެރި ކުލަވަރު ފެނި ސައުދު ވަގުތުން މޫޑު ސަކަރާތް ވެއެޖެއެވެ. “ދަރިފުޅާ ކޮންތާކުތަ ޖަޔާ ހުރީ؟ ” މައުލޫ ބަދަލް ކޮއްލަން ވެގެން ސައުދު އަހައިލިއެވެ. ” ޖަޔާ އޮތީ އެފަރާތު މަގޫގަސް ތެރޭ ނިދާފަ ބުނީ ބޮލަށް ތަދުވާތީ އޮށޯތީ އޯ، އެހެން އޮއްވާ ނިދުނީޔޯ ” ވަޒުނާ ލަދު ގަނެފަ ހުއްޓެއް ކަމަކު ވީގޮތް ކިޔާދިނެވެ. “އެއީ ތެދެއް ޖަޔާ އެއްވެސް މީހަކު ބޭހެއް ވެސް ނުގެނޭ ދެން ކިހިނެއްތަ ހަދާނީވެސް ” ޖަޔާއަށް ވީ ގޮތް ވަޒުނާ ކިޔާދަނުމުން ސައުދު ބުނެލިއެވެ. ” ލައްބަ ބޮސް މިހާރު ކުޑަ ރަނގަޅު ” ޖަޔާ ބުނެލިއެވެ.

” ބައްޕާ ދެން މިހެން ތިބެން ވީތަ؟ ދެން ވެސް ހިނގާބަލަ މޫދަށް” އެންމެ ސިކުންތަކަށް ވެސް ހިމޭނުން ހުންނަން ބޭނުން ނުވާތީ ވަޒުނާ ބުނެލިވެ. “އެއީތެދެއް ބައްޕާ ހިނގާ އަވަހަށް ދާން ވަޒޫ އެއުޅެނީ ކަނޑު ޖިންނި އަވަލައިގެން! ” ވަޒުނާއާ ދިމާކުރަން ވެގެން ވިނާން ބުނެލިއެވެ. “މިހާރު މޫދަށް ފޭބިއްޖެއެއްނޫން ދެން ހިނގާ ވޮލީ ބޯލް ކުޅެން ދާން ” ވޮލީ ނުކުޅެވޭތީ ކުޅޭ ހިތުން ސައުދު ބުނެލިއެވެ. “އޯކޭ ލެޓްސްގޯ!” އެހެން ކިޔާފަ ބޯޅަ ނަގައިގެން ވިނާން ހިނގައިގަތީ ވޮލީ ދަނޑާ ދިމާލަށެވެ. “އަލްވެސް ކުޅޭނަން ދޯ؟ ހިނގާ ކޮޅެންދާން” ވިނާން ހިނގައިގަންނަމުން އަލްޔާއަށް ގޮވާފަ ބުނެލިއެވެ. ވިނާން ބުނީތީ ދެކޮޅު ހަދަން ނުކެރިގެން އަލްޔާ ދާން އެއްބަސްވިއެވެ. ވޮލީއަކީ ދުވަހުކު ވެސް އަލްޔާ ކުޅުނު އެއްޗަކަށް ނުވާތީ އަސްލު އޭނާ ކުޅޭކަށް ބޭނުން ނުވެއެވެ. “އޯކޭ… އެއްމެން އަވަހަށް އާާދޭ، މަންމަވެސް އާދޭ” އެެހެން ކިޔާފަ ވިނާން ދުއްވާގަތީ ދަނޑާ ދިމާލަށެވެ. ވިނާންގެ ފަހަތުން އެއްމެން ވެސް ދުއްވާގަތެވެ. “އަލް އޯ! ކޮން އަލްއެއްތަ؟ ބަލްޔާއޭ ކިޔަސް މާ ތާހިރު ވާނެ ވަރަށް ފޫހިވޭ! ” އެހެން މީހަކަށް ނުއިވޭ ވަރަށް ކުދި ކިޔަމުން އަފީފާ ވެސް ހިނގައިގަތެވެ. އަފީފާ ހީވަނީ މިއަދު އަލްޔާއާ ޖައްސާލައިގެން އުޅޭހެންޏެވެ.

އަފީފާ ވެސް އައުމުން ދެބަޔަށް ބައި ބަހައިގެން އެއްމެން ވޮލީ ކުޅެން ފަށައިފިއެވެ. ވޮލީ ކުޅެނީއޭ ބުންޏެއް ކަމަކު އެތަން ބަލަން ހުރި މީހަކު ހެމުން ހަލާކު ވާނެއެވެ. ކުޅެނީއޭ ބުނާ އިރު ވޮލީ ކުޅެން އިނގޭ އެކަކުވެސް އެތާކު ނެތެވެ. އަހަރުން ވެސް ވޮލީ ކުޅުނީމޭ ބުނަން ވެގެން އެއްމެން ކުޅެނީއެވެ. ގާތްގަޑަކަށް ގަޑިއެއްހާ އިރު ކުޅުމަށް ފަހު އަނެއްކާވެސް އެއްމެން ފޭބީ މޫދަށެވެ. އެކަމަކު އަލްޔާ މޫދަށް ނުފާބާނެ ކަމަށް ބުނެ ހުރީ ވެލިގަނޑު މަތީ އިޝީނދެގެނެވެ. އެވަގުތު ވިނާންއާ ލީޒާޔާ ދެމީހުން އައިސް އަލްޔާގެ ކައިރީގައި ހުއްޓިގެން ތިބިއިރު ވެސް އޭނާޔަކަށް ނޭނގެއެވެ. އޭނާ ހުރީ ކަމެއް އިނގޭ ވަރަށް ވުރެ މާ ބޮޑު ވިސްުނުމަކަށް ގޮސް ހުސް ވެފައެވެ. އެހެން ހުއްޓާ އަލްޔާ ސިއްސައިގެން ދިޔައީ އެދެމީހުން ވެގެން އޭނާގެ ދެއަތުގައި ހިފާ ނެގުމުންނެވެ. “މިފަހަރަކު ސަލާމަތެއް ނުވާނެ! އެއްފަހަރު ވެސް މޫދަކަށް ނުފައިބައި އެހެންވީމަ މިފަހަރު ހަމަ ސީދާ މޫދަށް ވައްޓާލާނީ!” ވިނާން އެހެން ކިޔާފަ ލީޒާޔާ ދެމީހުން ވެގެން އަލްޔާ ދޮންވެލިގަބު މަތީ ދަމާ ކޫއްތަމުން ގޮސް އަލްޔާ މޫދަށް ވައްޓާލިއެވެ. އަލްޔާ މޫދަށް ވެއްޓުމާއިއެކު ވަޒުނާމެން އޭނާގެ ބޮލަށާއި މޫނަށް ލޮނު ޖަހަމުން ދިޔައެވެ. އަފީފާ ހުރީ ރުޅި އައިސް ތުން ފިއްތާގެން ދުރުގައި އެ ކުޅިވަރު ބަލާށެވެ. އަފީފާ ތުން ދަމާގެން ހުރެ އަރަނީ ކަމަށް ބުނެ އެއްގަމަށް އަރައިފިއެވެ. އިސާހިތަކު އަލްޔާ ވެސް އެމީހުންނާ ބައިވެރިވެ ސަކަރާތް ޖަހާ ހަދަން ފެށިއެވެ. ސަކަރާތުގައި ވަގުތު ކޮޅެއް ހޭދަ ކޮއްފަ އަންހެން ވެރިން ސައި ހަދަންށޭ ކިޔާފަ އެރީ އެއްގަމަށެވެ. ސައުދުގެ ދެބަފައިން ތިބީ މޫދުގައި ފަތާލަ ފަތާލައެވެ.

ވަޒުނާމެން އެއްގަމަށް އެރި އިރު އަފީފާޔާ ޖަޔާއާ ހުރީ ސޭންޑު ވިޗު ހަދައިފަ ހަވީރުގެ ސައި ތައްޔާރު ކޮއްފައެވެ. “ވާވް… ސައި ހަދާ ނިއްމާލީތަ؟ މަންމަ ހާދަ ލޯބިއޭ! ސައިވެސް ރެޑީ ކުރީ!ސޯސުވީޓު! ” އެެހެން ކިޔާފަ ވަޒުނާ އުފަލުން އަފީފާ ގައިގަ އޮޅުލައިގަތެވެ. އަފީފާ ހުރީ އެއްވެސް އެއްޗެއް ނުބުނެ ހެވިފައެވެ. “ބައްޕާ ކުޑަބެ އާދޭ ސައި ރެޑީވެއްޖެ ” ވަޒުނާ ކުޑަކޮށް ތިރިއަށް ފައިބާފަ ސައުދު މެންނަށް ގޮވައިފަ ސައި ހެދުނު ކަމަށް ބުނުމުން އެދެބަފައިން ވެސް އެރީ އެއްގަމަށެވެ. “ބައްޕާ މި މަންމައެކީ ހާދަ ލޯބި މަންމައެކޭ އަހަރުން އަރަންވާ އިރަށް ހުރީ ސައިވެސް ރެޑީކޮއްފަ ” ވަޒުނާ އުފަލުން ބުނެލިއެވެ. އެއްމެން އޮލަ ވާހަކާގައި ތިބެގެން ސައި ބޮއެ ނިންމާލިއެވެ. “މަބޭނުން އަދި މޫދަށް އެރެން، ކޮންބައެއްތަ މަށާ ޖޮއިން ކުރަނީ ؟” ސައިބޮއެ ނިމިގެން އިރުކޮޅަކަށް ބަނޑު ދަމާލަން އޮވެފަ ވަޒުނާ ބުނެލިއެވެ. “އަހަރުން ފައިބާނަން ” ވަޒުނާގެ ރައްޓެހި ކުދިންތައް އެއް އަޑަކުން ބުނެލިއެވެ. ސައުދު ވެސް ދާނެ ކަމައް ބުނެލިއެވެ. އޭރު ވިނާން ކެހެމުން ކެހެމުން ގޮސް އޮތީ ވިނަ ގަސްތަކުތެރައަށް ވަނދެ ބޮނދައިގެންވެ. “އަލް އެއް ނުފައިބާނަން މިހާރުވެސް މިހިރީ ރޯގާ ޖެހިފަ ” ނޭފަތް ދަމާލަމުން އަލްޔާ ބުނެލިއެވެ. “އޯކެ އަލް ފައިބާނެ ކަމެއް ނެތޭ، މިއަދު ވާވަރަށް މޫދަށް ފޭބިއްޖެއެއް ނޫން؟ މިރަށަށް ނާދެވެނީސްވެސް މޫދަށް އެރޭ ހިތުން ތިހިރީ އެޔޮއް ސިންގާވާ ކަޅު ކަނޑައްވެސް ފުއްމާލާފަ ވިއްޔާ! އެެހެންވީމަ އިތުރަކަށް މޫދަށް ނުފޭބިއަސް ވާނެއެއްނޫން ؟!” ވަޒުނާ ހެމުން ހެމުން އަލްޔާއާ ދިމާ ކޮއްލިއެވެ. ވަޒުނާ އެހެން ބުނުމުން އެތާތިބި އެއްމެން ޕަކަ ޕަކަ ލާފަ ހޭންފެށިއެވެ. ނަމަވެސް އަފީފާ ފިޔަވައެވެ. އެވަގުތު އަލްޔާގެ މޫޑު އެއްކޮށް ހަރާބު ވެއްޖެއެވެ. އެތަން އެތާ ތިބި އެއްމެންނަށް ވެސް ފެނުނެވެ. “ސޮރީ އަލް ދެރަވީތަ؟ ވަޒޫ އެެހެން ބުނި އެއްޗެއް ނޫނޭ އެއަކީ! އަލްއާ ދިމާ ކުރަން ވެގެން ” އަލްޔާގެ މޫނަށް އެރި ކުލަވަރު ފެނުމުން ވަޒުނާ ދެރަވެފަ ބުނެލިއެވެ. “ހެހެ… އޯކޭޔޭ އަލް ދެރައެއް ނުވެޔޭ ” އަލްޔާ ގަދަކަމުން ހެމުން ބުނެލިއެވެ. އެހުރިހާ ވާހަކައެއް ދެއްކި އިރު އަފީފާ ހުރީ އެތާ ވާ އެއްވެސް ކަމެއް ނޭނގޭ ކަމައް ހެދިގެން ދުރު ބަލައިގެން ނުލަފާ ވަތްތަރަށް ހީހީއެވެ. ހެވޭނެތާއެވެ. މީހަކަށް ނުހީ ހުރެވޭ ވަރަށް ވުރެ ބޮޑު ލަޑެއްވިއްޔާ އަލްޔާއަށް ލިބުނީ ” ތޭންކްސް އަލް! އޭދެން ހިނގާ ދަމާ މިހާރު ރެސްޓު ކުރެވިއްޖެއެއް ނޫން ” ހުރި ތަނުން ފޫކޮޅު ނަގަމުން ވަޒުނާ ބުނެލިއެވެ. ވަޒުނާ ހިނގައިގަތުމުން އޭނާގެ ފަހަތުން އެއްމެން ހިނގާގަތެވެ. ޖަޔާވެސް މޫދަށް އެރިލާ ހިތުން ދާން ހިނގާގަތުމުން އަފީފާ އަލްޔާއާ ދެމީހުން ފޮށި ގަނޑުތައް ބަންދު ކުރުމަށް ބުނުމުން ޖަޔާ މަޑު ކުރިއެވެ. އަފީފާ ވެސް އެހެން ބުނެފަ ދިޔައީ މޫދަށެވެ. އެއްމެން މޫދަށް އެރި ފޯރި ނަގަން ފެށުމުން ހުރި ތަނުން ކުޑަކޮށް ބޭރަށް ޖެހިލާފަ ވިނާން އަލްޔާއަށް ގޮވައިލިއެވެ. އަލްޔާ ޗުސް އެއް ކަނޑާލާފަ އަޅާވެސް ނުލާ ހުއްޓެވެ. އަލްޔާ އަޅާ ނުލީތީ ވިނާން ޖަޔާއަށް ގޮވިއެވެ. ޖަޔާ ވިނާންއާ ހަމައަށް ދިޔުމުން ވިނާން މަޑު މަޑުން ޖަޔާ ގާތު އެއްޗެކޭ ބުނެލިއެވެ. ވިނާން ބުނި އެއްޗެއް ބުނެ ނިމުމުން ޖަޔާ އަލްޔާއާ ދިމާލަށް ހިނގައިގަތެވެ. “ވިނާން ކޮއްކު ގޮވަނީ، އަލް ކޮއްކޮ ދޭބަލަ އެކޮޅަށް! ޖަޔާ ހުރިހާ އެއްޗެއް ޕެކު ކުރަނީ” ޖަޔާ އެެހެން ބުނުމުން ހުރިހާ ދިމާލެއް ރަނގަޅައް ބަލާލުމަށް ފަހު ވިނާން ހުރި ތަނަށް އަލްޔާ ގޮސް ހުއްޓިއްޖެއެވެ.

“ކީއްކުރަންތަ މަށަށް ތިގޮވަނީ؟! މީހަކަށް ފެނިއްޖެއްޔާ ފާޑު ފާޑުގެ ވާހަކަ ދައްކާނެ” އަނެއްކާ ވެސް ތަން ތަން ހޯދަމުން އަލްޔާ ބުނެލިއެވެ. “ސާބަސް މަ ނުއުޅެމޭ އަލް ނޮޅައިގެން ކާލާކަށް، އަލް ކައިރީގަ ވާހަކައެއް އަހަންށޭ ގޮވީ” ނުލަފާ ފާޑަކަށް ހެމުން ވިނާން ބުނެލިއެވެ. “ހޫމް ވަރަށް ފޫހިވޭ، ދެން ބުނެބަލަ ތިވާހަކައެއް އެހެން ނޫނަސް މަ ނުލާހިކު ބިރު ގަނޭ މީހަކަށް ފެނިދާނެތީ” އަލްޔާ ބިރުން ހުރެ ބުނެލިއެވެ. “އަލް ރުޅިއެއް ނާންނާނެތަ މައެވާހަކަ ބުނީމަ؟!” ވިނާން ހެމުން ހެމުން އަހައިލިއެވެ. “ޕިސް ޕިސް އަޅެދެން ބުނީމައެއް ނޫންތަ އިނގޭނީ ރުޅި އަންނަން ވެސް ” ވިނާންގެ އަތުގައި ޖަހައިލަމުން އަލްޔާ ބުނެލިއެވެ. “އަސްލު ވިނާން ބުނަން މިއުޅޭ ވާހަކައަކީ… ވާހަކައަކީ އަލްދެކެ ވަރަށް ވަރަށް ލޯބިވޭ ވާހަކަ” އަކުރުތައް ވަކި ވަކިން ކިޔަމުން ވިނާން ބުނެލިއެވެ. “އެއްވެސް މަޖަލެއް ނޫން ވަރަށް ފޫހިވޭ” މޫނު މައްޗަށް ފޫހި ވައްތަރެއް ޖައްސާލައިފަ އަލްޔާ ބުނެލިއެވެ. “އޭދޮގެއް މަޖަލަކަށް ބުނި އެއްޗެކޭ! އަސްލު އަލްއަށް ވާގޮތެއް ބަލަން ވެގެން އެހެން ބުނީ ” ވިނާން ރަކި ފާޑަކަށް މަޖާ ވެފަ ބުނެލިއެވެ. ވިނާންއަށް އެހެން ބުނެވުނީތީ ހުރީ ވަރަށް ކުޑަ ވެފައެވެ. ހަގީގަތުގައި ވިނާން އެހެން ބުނީކީ މަޖަލަކަށް ނޫނެވެ. އެއީ ހަމަ އޭނާގެ ހިތުގައި އޮތް ގޮތެވެ. އޭނާގެ ހިތް އަލްޔާއަށްޓަކައި އެދޭތާ ކިތައްމެ ދުވަހެކެވެ. ނަމަވެސް މިއަދު އަނގަ އޮޅިގެން ވިޔަސް އެހެން ބުނެވުނީތީ ވިނާން ހުރީ ވަރަށް ސަކަރާތް ވެފައެވެ. ފަހަރެއްގައި އަދި ވަގުތު ނުޖެހެނީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ އޭނާގެ އާއިލާ މީހުން އެކަމާ ނުގަބޫލް ވެދާނެތީ ކަމަށް ވެސް ވެދާނެއެވެ.

“އަސްލު ވީނާން ބުނަން އުޅުނީ ވިނާންއަށް ވަރަށް ރީއްޗޭ އަލް ވަރަށް ލޯތްބޭ” ބުނެވުނު އެއްޗާމެދު ވިސްނާލައިފަ މައުލޫ އޮވާލަން ވެގެން ވިނާން ބުނެލިއެވެ. “ތިވަރުގެ ވާހަކައެއް ބުނަންތަ އެވަރަށް ތިގޮވީ؟ ޕިސް ޕިސް… ބޮޑު މޮޔައެއް! މޮޔަ ވިނާން” އަލްޔާ ޕިސް ކަނޑަމުން ބުނެލިއެވެ. “އަޅެ އެއީ ކުޑަވާހަކައެއްތަ؟ އަސްލު އަލްއަށް އިނގޭތަ؟ އޭ ވަރަށް ބައިވަރު ވާހަކައޭ، ބޮލެކޭ ކިޔާފަ ކާއްޓެއް ވިއްޔާ ތިހުންނަނީ، ދެން ކޯއްޗެއްތަ އިގޭނީ؟ ހެހެ… ” ވިނާން ހިނިގަނޑަކާއިއެކު އަލްޔާއާ ދިމާ ކުރަމުން އޮއްޓަރު ހުރި ބަހެއް ބުނެލިއެވެ. “ހޫމް ދެން ހެވޭ ނުވެސް އުޅެން އިނގޭކަށް ވެސް، ވަރަށް ފޫހިވޭ” އަސްލު ވީނާން ބުނަން އުޅުނީ، ވިނާއަށް ވަރަށް ރީއްޗޭ އަލް ވަރަށް ލޯތްބޭ ” ބުނެވުނު އެއްޗާމެދު ވިސްނާލައިފަ މައުލޫ އޮޅުވައިލަން ވެގެން ވިނާން ބުނެލިއެވެ. “ތިވަރުގެ ވާހަކައެއް ބުނަންތަ އެވަރަކަށް ތިގޮވީ؟ ޕިސް ޕިސް… ބޮޑު މޮޔައެއް މޮޔަ ވިނާން!” އަލްޔާ ޕިސް ކަނޑަމުން ބުނެލިއެވެ. “އަޅެ އެއީ ކުޑަވާހަކައެއްތަ؟ އަސްލު އަލްއަށް އިނގޭތަ؟ އޭ ވަރަށް ބައިވަރު ވާހަކައޭ، ބޮލެކޭ ކިޔާފަ ކާއްޓެއް ވިއްޔާ ތިހުންނަނީ، ދެން ކޯއްޗެއްތަ އިނގޭނީ؟ ހެހެ… ” ވިނާން ހިނިގަނޑަކާއިއެކު އަލްޔާއާ ދިމާ ކުރަމުން އޮއްޓަރު ހުރި ބަހެއް ބުނެލިއެވެ. “ހޫމް ދެން ހެވޭ ނުވެސް އުޅެން އިގޭކަށް ވެސް ވަރަށް ފޫހިވޭ! ” އެހެން ކިޔާފަ ވެލި މުށެއް ނަގާ ވިނާންއާ ދިމާލަށވ އެއްލަމުން އަލްޔާ ދުއްވާގަތީ އެމީހުން ތިބޭ ތަނާ ދިމާލަށެވެ. ވިނާން ވެސް ފަހަތުން ވެލި އުކަމުން އަލްޔާގެ ފަހަތުން ދުވެ އާދެއެވެ. އެ މަންޒަރު މޫދުގައި ތިބި މީހުން ބެލިއްޔާ ފެންނާނެއެވެ. ނަސީބު ދިމާ ކުރި ގޮތުން އެތަން ފެނުނީ ސައުދުއަށެވެ. އޭނާ ހުރީ އެތަން ބަަލައިގެން ހެވި ދިލިފައެވެ. ސައުދުއަށް އެދެ ކުދަންގެ މެދު އެކަހަލަ އެއްޗައް ހީވާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އެކަމަކު ދަރިންގެ އުފަލަށްޓަކައި ވަކި އެއްޗެއް ނުބުނަނީއެވެ.

ހަވީރު ފަހެއް ޖެހުމުން އެއްމެން ވެސް މޫދުން އަރައި އުޅެގަތީ އަވަހަށް މާލެ ދިއުމަށްޓަކާ ދޯންޏަށވ އެރޭތޯއެވެ. އެއްމެން ވަރަށް އަތްމަތި އަވަސް ކޮއްލައިގެން ހުރިހާ އެއްޗެއް ހަމަތޯ ބަލާފަ އެއްޗެހިތައް ދޯންޏަށް އަރުވަން ފެށިއެވެ. އެކަން ކުރަން ވެސް އެތައް ސަކާރާތެއް ޖަހުމުންނެވެ. އެއްޗެހި އަރުވާ ހަމަ ވުމުން އެއްމެން ދޯންޏަށް އެރުމުން މަޑު ނުކޮށް ދޯނީގެ ކައްޕި ދޯނި ދުއްވާލިއެވެ. ނަސީބަކުން ކަނޑު ގަދަ ނޫން ވީމަ ދޯނި ތެރޭ ލަވަ ބާޒީ ކުޅުމާ އެތައް ސަކަރާތެއް ޖެހިއެވެ. އެކަމަކު ދޯންޏައް އެރީއްސުރެ އަލްޔާ ހުރީ ނެގި މަޑުވެ ފާޑެއްގެ ބިރުވެރި ކަމެއް ހިތުތެރެއަށް ވަނދެފައެވެ. ވާނީވެސް އެހެންތާއެވެ. މިދާ މަގުމަތީގަ ވާނީ ކިހިނެއް ކަމެއް އެފަކީރައް ނޭނގޭ ވިއްޔާއެވެ. ދަތުރުގެ މަޖަލުގައި ތިބި ވަރުން މާލެ އާދެވުނު އިރުވެސް އެމީހުންނަށް ރޭކަވެސް ނުލައެވެ. “އިންޖީނު ނިވާލުމަށް ފަހު މިއޮތީ މާލެ އާދެވިފައޭ ކައްޕި ބުނުމުން އެއްމެން ހޭވެރިކަން ވެގެން ބަލާލިއެވެ. .”އެބުނާހެން ! އަޅެ އަހަރުންނަށް މިތިބީ ކިހިނެއް ވެފަތަ؟! ” އަނގަގަދަ ވަޒުނާ ހައިރާން ވެގެން ބުނެލިއެވެ. “ހޫމް ދެން ވެސް ހިނގާބަލަ ފޭބޭތޯ އުޅެމާ މަމިހާރު ވެސް ލޮޑުފުޅަ ވެއްޖެ” ނަންނަ ހިނި ގަނޑަކާއިއެކު ބުނެލިއެވެ. ނަންނަ އެހެން ބުނި އަޑާ އެކު އެއްމެން ޕަކަ ޕަކަ ލާފަ ހެމުން މަޑު މަޑުން ޖެޓީއަށް ފައިބާން ފެށިއެވެ. ޖެޓީއަށް ފޭބުމާއެކު ނަންނަގެ ރައްޓެހިން ކޮޅު ދަނީއޭ ކިޔާ އެއްމެންނަށް ބާއިއޭ ކިޔާފަ ޓެކުސީ އަކަށް އަރައިގެން ހިނގައްޖެއެވެ. ސައުދުމެން ތިބީ އެގޭ ޑުރައިވަރު ނާންނާތީ އޭނާގެ އިންތިޒާރުގައި މަގުމަތީގައެވެ. އޭރުވެސް އެއްމެންނަށް ސިއްރުން ވިނާން ދިޔައީ އަލްޔާގެ މޫނަށް ބަލާ ދޫނެރެގެން ވަތްތަރު ތަކެއް ޖައްސަމުންނެވެ. ރައްދުގައި ތުން އަބުރަ އަބުރާ އަލްޔާ ހުއްޓެވެ. އަލްޔާ ވެސް ހަމަ އެކަން ކުރީ އެހެން މީހުންނަށް ސިއްރުންނެވެ.

….ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

އަބަދުގެ އަބަދަށް ( ދިހަވަނަ ބައި )

Next

ވައިވީމަ (6) – އާއިލީ ބާރު

Next
September 16, 2017

ވައިވީމަ (6) – އާއިލީ ބާރު

Previews
September 16, 2017

އަބަދުގެ އަބަދަށް ( ދިހަވަނަ ބައި )

13 Comments!

  1. Adam says:
    September 16, 2017 at 9:17 pm

    Ummeedhu kuran mi part ves kamu dhaane kamah

  2. AHY says:
    September 16, 2017 at 9:27 pm

    Yaay..mee first…story vv.reethi

    1. Adam says:
      September 16, 2017 at 9:38 pm

      Thanks ahy yes ur first

  3. Shaaya says:
    September 16, 2017 at 10:13 pm

    Wow… Mi partvex v salhi… knirakun next part upvaany

    1. Adam says:
      September 17, 2017 at 12:35 pm

      Thanks shaaya insha Allah mirey kuraanan

  4. ??? says:
    September 16, 2017 at 10:29 pm

    Wow nice whn nxt part

    1. Adam says:
      September 16, 2017 at 11:01 pm

      Thanks v avahah kuraanan

  5. ipher says:
    September 16, 2017 at 11:10 pm

    V v v nice mi part vx…afeefa dhw alya kan’dah vattaaly…whn next part

    1. Adam says:
      September 16, 2017 at 11:54 pm

      Thanks…. Vedhaane dhw… Varah avahah vaatho balaanan…

  6. Alvyn says:
    September 17, 2017 at 2:52 pm

    Vinaan haadha swyt eh dhww. V nice story.

    1. Adam says:
      September 17, 2017 at 8:53 pm

      Dhw… thanks

  7. Laal says:
    September 17, 2017 at 8:28 pm

    Varah kuh gina mivaahakaige

  8. IsHa says:
    September 13, 2019 at 2:56 pm

    Salhi

Comments are closed.

Next Episodeޢެދެމޭ އުފާ….(14)←


All Right Reserved!