ޢެދެމޭ އުފާ….(12)
” ހާދަ ދުރެއްގައި؟ މިތާ ކޮންކަމެއް؟! ” އަލްޔާގެ ފަހަތުގަ ހުއްޓިގެން ހުރެ ލީޒާ އަހައިލިއެވެ. އެއަޑަށް އަލްޔާ ދިޔައީ ސިއްސައިގެންނެވެ. “މީ ކިހާ އަރާމު ތަނެއްދޯ، އަސްލު ވަރަށް ރީތިދޯ މިރަށް؟ މަށަށް ކިޔަނީ ލީޒާ، އޯކޭ ލީ އޭ ކިޔަސް، މިހާރު މި ރަށްޓެހިވީނުން ދޯ؟ އަލްޔާ ދޯ ކިޔަނީ؟ އަލްޔާ އިތުރު އެއްޗެއް ނުބުނުމުން އަމިއްލަޔަށް ތައާރަފު ވަމުން ލީޒާ ބުނެލިއެވެ. ” އޯކޭތަ އަލް ކިޔަސް؟ ކީއްވެ ވާހަކަ ނުދައްކަނީ؟! ލީގެ އަނގަ ވާޅުމި އިރުވެސް އަލް ބަހެއް ނުބުނޭ” އަނެއްކާވެސް އަލްޔާ އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރުމުން ލީޒާ ބުނެލިއެވެ. “ހެހެ… އާނ އަސްލު ވަރަށް ސަޅި ރަށެއްމީ އަލް މާލެ ދާހިތެއްވެސް ނެތް ” ލީޒާގެ އަނގަ ވާޅު ވިފަހުން އަލްޔާ ބުނެލިއެވެ. “އާއޭ އެހެންނޭ ލީ ހިތައް ވެސް މިއަރަނީ ” ވަރަށް އުފާވެރި، ހިތް ހެޔޮ ހިނިތުން ވުމަކާއިއެކު ލީޒާ ބުނެލިއެވެ. ލީޒާ އަކީ ނަންނަގެ ރައްޓެސެކެވެ. ނަންނަގެ ފަރާތުން މިހާރު ލީޒާޔާ ވަޒުނާ އާ ވަނީ ގާތް ކަން އުފެދިފައެވެ. އޭގެ ކުރިން އެ ދެމީހުންނަކީ ދަންނަ ބައެއް ނޫނެވެ. ލީޒާ އަކީ ވަރަށް ހިތްހެޔޮ މަޑު މައިތިރި ކުއްޖެކެވެ. އަލްޔާ އަނެއްކާވެސް ހަމަހިމޭނުން ހުރުމުނު ލީޒާ ވާހަކަ ދައްކަން ފެށިއެވެ. “ލީ ވާހަކައެއް އަހަންތަ؟؟” އަލްޔާގެ ހިމޭންކަން ކަނޑުވައިލަމުން ލީޒާ އަހައިލިއެވެ. ހޫމް އޭ ކިޔާ އަލްޔާ ބޯ ޖަހައިލިއެވެ. އޭރު ވެސް އޭނާ އިނީ ބިން މަތިން ގާ ކޮޅު ކޮޅު ނަގައިގެން އެއްދިމާލަކަށް އުކާލަ އުކާލައެވެ. “އަލް ކީއްވެ އަބަދު މާދެރަވެފަ ހުންނަނީ؟ ކުރީދުވަހު ތިގެއަށް ދިޔައިރު ވެސް ލީއަށް އެކަން ފާހަގަވި، އަނެއްކާ މިއަދު ވެސް ހަމަ އެގޮތަށް މިފެންނަނީ އެއީ ކީއްވެ؟؟ ” އަލްޔާގެ ކައިރީގައި އޭނާ ގައި ޖެހޭހާ ކައިރިކޮށް އިށީންނަމުން ގާތް ގޮތަކަށް އަހައިލިއެވެ. އެވަގުތު އަލްޔާ ދިޔައީ ސިއްސައިގެންނެވެ. ލީޒާ އެހާ ހިތްހެޔުކޮށް ވާހަކަ ދެއްކުމުން އަލްޔާ ހުރީ ހައިރާންވެ ދެރަވެގެންނެވެ. ހަގީގަތުގައި އަލްޔާ ދެރަވީ ޝަރާ މަތިން ހަނދާންވީމައެވެ. އެހާ ލޯބިކޮށް އަބަދުވެސް އަލްޔާ އާ ވާހަކަ ދައްކަނީ ޝަރާ ވިއްޔާއެވެ. އެހެންވީމަ ހަނދާން ވާނެތާއެވެ.
އަލްޔާ އެއްޗެއް ނުބުނެ ހަމަ ހުރިގޮތަށް ހުއްޓެވެ. “އަލް ބުނަން ބޭނުން ނުވަންޏާ އޯކޭ ނުބުންޏަސް ލީވެސް ގަބޫލް ކުރަން އަލަށް ދިމާވާ ތަނުން އެއްވެސް މީހަކަށް އެމީހެއްގެ ދިރިއުޅުން ހިއްސާ ނުކުރެވޭނެކަން، އަސްުލު ހަމަ އަލްގެ މޫނު މަތިން އުފާވެރި ކަމެއް ނުފެންނާތީ ލީއަށް އަހާލެވުނީ، އަލް ހިތްހަމަ ނުޖެހުނިއްޔާ ވަރަށް ބޮޑަށް މާފަށް އެދެން” ލީޒާ މާފަށް އެދި ދެރަވެފައި ބުނެލިއެވެ. ހަގީގަތުގައި އަލްޔާ އޭނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ކިޔާދޭނީ ކިހިނެތް ހެއްޔެވެ. އޭނާ އިތުބާރު ކުރާނީވެސް ކިހިނެއް ހެއްޔެވެ. މިވީހާ ތަނަށް އޭނާޔަށް ލިބިފައި އޮތީ މަލާމާތާ ޖެއްސުމާއި އަނިޔާވެރި ކަމެވެ. އެފަދަ އިންސާނަކު އަނެކާއަށް އިތުބާރެއް ކުރާނީ ލައްކަ އިތުބާރު ކުރެވިގެން ތާއެވެ. “ނޫން ލީ އަލް ހަމަ ރަނގަޅޭ ތީ ލީއަށް ހީވާ އެއްޗެއް” އަލްޔާގެ މޫނަށް އުފާވެރިކަން ގެންނަމުން ބުނެލިއެވެ. “ހެހެ އޯކޭ އޯކޭ ގަބޫލް ކޮށްފިން އެކަމަކު އަލްއަށް އިތުބާރު ކުރެވުނު ދުވަހަކުން ލީއާ ކަންތައްތައް ހިއްސާ ކުރައްޗޭ، ލީ ދެކެނީ ތިއީ ލީގެ ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. ލީޒާ އަލްޔާއާ ގާތް ވަމުން ބުނެލިއެވެ. އަލްޔާ ވެސް ހީލާފަ އާއޭ ކިޔާ ބޯޖަހައިލިއެވެ.
“ޝުކުރިއްޔާ އަލް! ލީ ވަރަށް ހެޕީ ވެއްޖެ، އަލް ހިނގާބަލަ ރަށުތެރެ ބަލާލަން ދާން އަދި ކައްކާ ގަނޑިވެސް ނުޖެހެންނޫން، މިހާރު ލައްކަ ވާހަކަވެސް ދެކެވިއްޖެ” ޝުކުރު އަދާ ކޮއްފަ އަލްޔާގެ އަތުގައި ހިފާ ދަމައިގަންނަމުން ލީޒާ ބުނެލިއެވެ. އަލްޔާ ވެސް އުފާވެރިކަމާއިއެކު އިތުރު އެއްޗެއް ނުބުނެ ތެދުވެގެން ލީޒާއާ އެއްކޮށް ހިނގައްޖެއެވެ. ހަގީގަތުގައި އިރުކޮޅަކަށް ނަމަވެސް ހިތްހެޔޮ ރަހުމަތްތެރިއެއް ލިބުނީތީ އަލްޔާ ހުރީ އުފާވެފައެވެ. ދެކުދިން އެކި ވާހަކާގައި ތިބެ ހިނގަމުން ހިނގަމުން އާދެވުނީ އެމީހުންގެ ޖަގަހަ ޖަހައިގެން ތިބި ދިމާލަށެވެ. އޭރު ވަޒުނާމެން އެމީހުން ނުފެނިގެން ތިބީ ހޯދަ ހޯދައެވެ. “ކޮންތާކުން ތިއައީ!؟ ހާދަ ވަރަކަށް ހޯދައިފީމޭ ” ލީޒާމެން އައިސް އެތަނަށް ހުއްޓުުމުން ހާސްވެފަ ވަޒުނާ އަހައިލިއެވެ. “ހެހެ… އެހެންތަ؟ ނަސީބެއް ނޫން ފެނުނު ކަންވެސް، އަހަރުން މިއައީ ރަށުތެރެ ބަލާލާފަ، ދޯ އަލް” އަލްޔާއަށް ދޯދެމުން ފުޅާ ހިނިތުން ވުމަކާއިއެކު ލީޒާ ބުނެލިއެވެ. އޭރު ވިނާންގެ ދެބަފައިން ވެސް ތިބީ މަސް ބާނައިގެން އައިސްއެވެ. ވިނާން ހުރީ ޓީޝާޓު ނުލައިކަމުން އޭނާގެ ތަނަވަސް މޭމަތި އޮތީ ފެންނަންށެވެ. އެތަން ފެނި އަލްޔާއަށް ތަފާތު ގޮތެއް ވެއްޖެއެވެ. ވާނެތާއެވެ. ވިނާންގެ މޭމަތި ހީވަނީ ރާމާ މަކުނެއްހެންނެވެ. ރާމާ މަކުނު ގައިގަވެސް ކެހެރި ފަޅާނީ ވިނާންގެ މޭމަތީގަޔާ އަތުގައި އިސްތަށި ހުރި ވަރަށެވެ. މިޒަމާނުގެ އަންހެން ކުދިންނަށް ހަޑިޔަސް އަލްޔާއަށް ރީތީ ފިރިހެނުންގެ ގައިގައި އިސްތަށި ހުރީމައެވެ. އޭނާ ގަބޫލް ކުރާ ގޮތުން ވިއްޔާ ފިރިހެން ވައްތަރު ޖަހަނީ އޭރުންނެވެ. ހަމަ އެސިކުންތުގައި އަލްޔާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލް ކޮއްލިއެވެ. އެއީ އެހެން މީހަކަށް އޭނާ ވިނާންއާ ދިމާލަށް ބަލާކަން އެނގެން ބޭނުން ނުވާތީއެވެ.
“އަދިވެސް ބަލަންތަ ތި ހުންނަނީ ދެންވެސް އެއްޗެއް ރޯފިލުވޭތޯ އުޅެބަލަ” ފޮށި ގަނޑެއް ހާވަން ހުރެ އަފީފާ ބުނެލިއެވެ. އަފީފާ އެހެން ބުނީ އަލްޔާ ކައިރީގައި ކަމަށް ވީތީ އޭނާ ވެސް އެކަމާ އުޅެގަތެވެ އަފީފާ އެހެން ބުނުމުން ފުރަތަމަ އަލްޔާ ދިއައީ ސިއްސާގެންނެވެ. އަލްޔާ ހީކުރީ އޭނަ ވިނާން އަށް ބަލަން ހުރިކަން. އަފީފާ އަށް އިގުނީ ކަމަށެވެ އެކަމާ އަލްޔާ ވަރަށް ސިހުނެވެ.އޭރު ހޭވައްޓާފަ ޖަޔާ ދިޔައީ ފިޔާ ކޮށަމުންނެވެ. އެއްމެން ވެގެން ނިކަން ހަލުވިކޮށް ކައްކާ ނިއްމާލެވުނީީ އެކެއް ޖަަހަން އުޅެނި ކޮށެވެ. އެހެން ކަމުން އަވަހަށް އެއްމެން ވެސް އުޅެގަތީ ކައިގެން މޫދަށް ފޭބޭތޯއެވެ. ކައްކާ ނިމުމާއިއެކު އަލްޔާ ދިޔައީ އޭނާ ކުރިން ވެސް ހުރި ރުއްގަނޑު ކައިރިއަށެވެ. ހަގީގަތުގައި އޭނާ ވެސް ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެކަމަކު މިއަދު ވީ ކަންތަކާ ހުރެ އެއް މަޖިލީހެއްގައި ކާން އަލްޔާ ބޭނުން ނުވީއެވެ. އެއްމެން ސަކަރާތް ޖަހަމުން ކޭ އިރު ވެސް ވިނާން ހުރީ ރަން ގަނޑެއް ގެއްލިގެން ހޯދާހެން އަލްޔާ ފެންނަން ނެތީތީ އޭނާ ކޮބާތޯ ބަލާށެވެ. އެފަދަ ހާލެއްގައި ވިނާން ވެސް ފާޑަކަށް ކައި ނިއްމާލިއެވެ. އެހެން ކަމުން އެއްމެން ވެސް އަވަހަށް ތެޅި ގަތީ މޫދަށް އެރެން ދާންށެވެ. އޭރު ވެސް އަލްޔާ ހުރީ ހަމަ ހުރިތާ ޖެހި ބުދެއްހެން އޭނާގެ ބަދު ނަސީބު ކަމާމެދު ފިކުރު ކުރާށެވެ. އެހެން ހުރި އިރު އެންމެ ކުޑައިރުގެ ހަނދާންތަކާ އޭރާ މިހާރުގެ އެތައް އެތައް ކަމެއް އޭނަގެ ސިކުޑިއަށް ޖަމާ ވަމުން ދިޔައެވެ. އަލްޔާ ހީކޮއްގެން ހުރީ ވެދިޔަ ކަމެއް ވެގެން ދިޔަޔަސް އަލުން އެކަންތައް ދެން ތަކުރާރު ނުވާނެކަމަށެވެ. އޭނާ ހީކުރި ގޮތުން ވިއްޔާ އެއްމެން ވެސް އޭނާ ދެކެ މިހާރު ލޯބިވެއެވެ. އެކަމަކު މި ދަތުރުގެ ވަކި ހިސާބަކުން އެކަން އެކޮޅުކޮޅުން ޖެހިއްޖެއެވެ. އޭނާގެ ކުޑަ ކުޑަ އުމްމީދު ވެސް ފަނާވިއެވެ. އަނެއްކާވެސް ނާކަމީޔާބު ވީކަމަށް ޔަގީން ކުރިއެވެ. އެގޮތަށް އެތައް ހިޔާލެއްގައި ހުއްޓާ އެއްލި ކަޅިއަކުން ފެނުނީ ވިނާންއާ އެހެން އަންހެން ކުއްޖަކާ ދެމީހުން ހީހީފަ ސަކަރާތް ޖަހާ ތަނެވެ. އެތަން ފެނުމުން އަލްޔާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އޭނާ އަރައިގަތް ރުޅި ދުލަކުން ކީއްކުރަން ގަލަމަކުންވެސް ބަޔާން ކުރަން ނޭނގޭނެއެވެ” ބަޔަކު ކަމެއް ކުރިއޭ ކިޔާފަ އަހަރެންނަށް ކީއްތަ؟ ނުވަތަ ބަޔަކު ކަމެއް ކުރިއޭ ކިޔާފަ އަހަރެންނަށް ވޭތަ؟ އަހަރެންނަކީ ކާކު؟ މީހަކު ރުހުމުގެ ލޮލަކުން އަހަރެންނާ ދިމާލަށް ބަލާވެސް ނުލާނެ! ދެން އަހަރެންނަށް ކޮންކަމެއް! ވަރަށް ފޫހިވޭ ” އެކަނިމާ އެކަނި ހުރެ ހިތާ ހިތުން ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު އިހުތިޔާރަކާ ނުލާ އަލްޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގަތެވެ. ހަމަ އެވަގުތު އަލްޔާ އޭނަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އެވަގުތު އަލްޔާ ސިއްސައިގެން ދިޔައީ އޭނާގެ ލޮލުގައި އަތް އަޅައި ޕަސް ގޮވުމުންނެވެ. “ތިއީ ކާކު؟!” އެހެން ކިޔާ އަލްޔާގެ އަތުން އެމީހާގެ އަތް ނަގަން އަތް އުގުޅަން ފެށުމުން އެއީ ފިރިހެނެއްކަން އޭނަށް އެގުނެވެ. “ސާބަސް ދެން އަތް ނަނގާބަލަ މަށަށް ހެވޭ ކޮންމެ މީހަކަށް ވިޔަސް” އެހެން ކިޔާ އަލްޔާ ބާރަށް ހިފައިގަތެވެ. “ހެހެ އަޅެ އަޑަކުންވެސް ނޭނގުނުތަ؟ މިީ އަހުމުދު ވިނާން ސައުދުއޭ” އެހެން ކިޔާ ވިނާން ހިނިގަނޑެއް ޖަހައިލިއެވެ. އަލްޔާ ވެސް މޫނު މައްޗަށް ހިނިތުންވުން ގެންނަމުން އާއެ ބުނެލިއެވެ. “މިތާ ކީއްތަ ިތިކުރަނީ؟ ބިޓުމަތިން ހަނދާން ކުރަނީ ދޯ؟ ” އަލްޔާއާ ދިމާކުރަމުން ވިނާން ބުނެލިއެވެ. “އާނ ދެން ކާކު މަތިންތަ ހަނދާން ކުރާނީ؟” ވިނާން ދިމާ ކޮއްލީތީ ދެރަ ނުވާން ވެގެން އަލްޔާ ވެސް ބުނެލިއެވެ. “ހެހެ ގަދަ އިނގޭ އަލް އަހަރުން މިއުޅެނީ ބިޓު ގަޑެއް ވެސް ނުލިބިގެން، އޭ އަދި ތިއެއް ނޫނޭ އަލް ކީއްވެތަ މިއަދު ނުކެއީ” ހިނި ގަނޑަކާއިއެކު ޓަސްލާފަ ހަނދާން ވުމުން ވިނާން ބުނެލިއެވެ. “ވަކި ކަމެއް ވެގެނެއް ނޫން ހަމަ ކާހިތް ނުވީތީ ނުކެއީ” ހަމަ ޖެހެމުން އަލްޔާ ބުނެލިއެވެ. “ތިއީދެން ގަބޫލް ކުރެވޭ ވާހަކައެއް ނޫން އިނގޭ! ބަނޑުހައި ނުވެ އެއް ނުހުންނާނެ، ހިނގާ ކާންދާން މަށަށް ހަމަ ޔަގީން އަލް ބަނޑުހައި ވާނެކަން ” އެެހެން ކިޔާ އަލްޔާގެ އަތުގައި ހިފައި ނަގައި ގަންނަމުން ވިނާން ބުނެލިއެވެ. އަލްޔާވެސް އިތުރު އެއްޗެއް ނުބުނެ މަޑު މަޑުން ތެދުވެގެން ވިނާން އާ އެއްކޮއް ހިނގާގަތެވެ. ” ވިނާން ދެންމެ ހާދަ މަޖަލޭދޯ؟ ” ދެމީހުން އެއްކޮށް ދަމުން ދަމުން އަލްޔާ އަހައިލިއެވެ. “އާނ މަޖާ ކުރާނެެއެއްނޫން މިތަނަށް އައީ ވެސް މަޖާ ކުރަން ވިއްޔާ އަލް އެއް ނޫންތަ އެއްވެސް މަޖަލެއް ނުކޮށް މޫދަށް ވެސް ނޭރެން ހުވާ ކޮއްގެން ތިއިނީ ” މާޖާ މޫޑެއްގައި ވިނާން ބުނެލިއެވެ. އަލްޔާ ހުރީ ވިނާން އެެހެން ބުނީތީ ވަކިން ފޫހިވާ ގޮތް ވެފައެވެ. “އާނ ތިކަހަލަ މަޖާ ނުކުރެވުނަސް މަށަށް ހެޔޮ ” އަލްޔާ އައި ރުޅީގައި ހިތާ ހިތާ ކިޔާލިއެވެ. އެއަޑެއް ވިނާން އަކަށް ނުއިވޭނެއެވެ. “އެކަމަކު ކީއްވެ ތިހެން ތިއެހީ؟” ވިނާން ހައިރާން ވެފަ އަހައިލިއެވެ. ކަމެއް ނުވޭ ހަމައަހާލީ” ކުރު ޖަވާބެއް އަލްޔާ ދިނެވެ. އޭރު އެމީހުންނަށް ތިބީ އެމީހުންގެ ޖަގަހަޔާ ހަމަޔަށް އާދެވިފައެވެ. ލަސް ނުކޮށް އަލްޔާ އުޅެގަތީ އަވަހަށް ކާންށެވެ. ވާނީ އެވަރުތާއެވެ. ހުރީ ލައްކަ ބަނޑުހައި ވެފަ ވިއްޔާއެވެ. “ވިނާން ވެސް ކާނަންތަ؟” ތަށްޓަށް ކާއެއްޗެހި އަޅަމުން އަލްޔާ އަހައިލިއެވެ. “އާނ ކާނަން މޫދަށް އެރުނީމަ ވަރަށް ބަނޑުހައިވެފަ މިހިރީ، އަޅާބަލަ މަށަށްވެސް” ވެލި ގަނޑުމަތީ އިށީންނަމުން ވިނާން ބުނެލިއެވެ. ވިނާން އެހެން ބުނުމުން ދެތަށްޓަށް ކާއެއްޗެހި އަޅައިގެން އައިސް އަލްޔާ ވެސް އިށީނދެއްޖެއެވެ. “އަލް ވާހަކައެއް އަހަންތަ؟” ކަމުން ވިނާން އަހައިލިއެވެ. ” ހޫމް އަހައިބަލަ” ކޯކު ތަށި ބޯން ނަގަމުން އަލްޔާ ބުނެލިއެވެ. ” ހަމަ އަސްލުވެސް ފުރޮޅެނިކޮށްތަ ކަނޑަށް ވެއްޓުނީ؟! ” ވިނާންއަށް އެ ހާދިސާ ހިނގި ގޮތް ހަމަ ގަބޫލް ނުކުރެވޭތީ އަހައިލިއެވެ. ވިނާން އެހެން އެހުމުން އަލްޔާ ބޯންވެގެންޱނެގި ކޯކުތަށިވެސް އަތުން ދޫވެގެން ވެއްޓުނީ ވެލި ގަނޑުމައްޗަށެވެ. “އާއެކޭ…! ހަމަ އެހެންވެޔޭ ވެއްޓުނީ ވިނާން ހުރެ މަގޭ ކޯކު ތަށިވެސް ވެއްޓުނީ، އެހެން ނޫންތަ ވާނީ ހަނދާން ނެތިފަ ހުއްޓާ ވިއްޔާ އަނެއްކާ ތި ހަނދާން ކޮއްދިނީ” އަލްޔާ އަނގަޔަށް ވަންނިއެއް ވެސް ނާރުވާ އިތުރު ފުޅެއް ހެއްދެވިއެވެ. ވިނާން ނޫން ކޮންމެ މީހަކު އެހިއަސް އެކަން ވީގޮތް ބުނާ ކަށް އަލްޔާ ބޭނުމެއް ނޫނެވެ. “ހެހެ އޯކޭ ނަސީބެއް ނޫން ގަޔަށް ނުވެރުނުކަން” ހެމުން ހެމުން ވިނާން ބުނެލިއެވެ. އެވަގުތު ސައުދު ވެސް އައިސް އެތަނުގައި އިށީނދެއްޖެއެވެ. “ބައްޕާ ހާދަ އަވަހަކައް ތިއައީ! މާވަރުބަލިވީތަ؟” ސައުދު އާދިމާލަށް އެބުރެމުން ވިނާން އަހައިލިއެވެ. “އާނ ވަރުބަލިވެސް ވީ… ދަރިފުޅު ތިހެން ބުނާއިރު ތިހިރީ ބައްޕަޔަށް ވުރެ ކުރިން އަރައެއް ނޫން ” ވެލި ގަނޑު ތެރެއަށް ދެފައި ކޮއްޕަމުން ސައުދު ބުނެލިއެވެ. “އަޅުގަނޑުދޯ؟ އަސްލު ވީގޮތަކީ މާބޮޑަށް ބަނޑުހައިވީ އެެހެންވެގެން އެރީ” ބޯކަހައިލަމުން ވިނާން ބުނެލިއެވެ. ” އަލްޔާ މޫދަށް ވެސް ނޭރެނީތަ؟ މޫަދަށް އެރެން ވާނެންނޫން ” އަލްޔާއާ ދިމާލަށް ބަލަމުން ސައުދު ބުނެލިއެވެ. “ލައްބަ ބޭބޭ އަޅުގަނޑު މިއުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީ އެެހެންވެ މޫދަށް ނޭރުނީ” ފެން ކޯވަރެއް ބޯލަމުން އަލްޔާ ބުނެލިއެވެ.
” އެހެންދޯ؟ އަލްޔާ ބެބެއަށް ވެސް ކާއެއްޗެއް އަޅާ ދީބަލަ ވަރަށް ބަނޑުހައި ވެއްޖެ ” ބަނޑުގައި އަތް ހާކަމުން ސައުދު ބުނެލިއެވެ. އަލްޔާ ވަގުތުން ތެދުވެގެން ގޮސް ކާއެއްޗެހި އަޅައިގެން އައިސް ސައުދުގ އަތަށް ދިނެވެ. ” ކޮބައިތަ؟ އެއުޅޭ ޖަޔާ މޫދުން އެރި ގޮތަށް ނުފައިބާ” ޖަޔާ ފެންނަން ނެތުމުން ސައުދު އަހައިލިއެވެ. “ނޭނގެ ބޭބޭ އަޅުގަނޑު ނުދެކެން” އަލްޔާ ވެސް ޖަޔާ ނެތްކަން އިހުސާސް ވުމުން ތަން ތަން ހޯދަމުން ބުނެލިއެވެ. އޭރު މޫދުގައި އޮތް ގުރޫޕު ގަނޑުވެސް އެއްގަމަށް އަރައިގެން އެދިމާލައްށް އަންނަނީއެވެ. އެމީހުންގެ ތެރޭ ވެސް ޖަޔާ ފެންނަން ނެތުމުން ސައުދުމެން ހައިރާން ކަމާއެކު އެމީހުން އަންނަ ދިމާލަށް ބަލަން ތިއްބެވެ. އެއްމެން ހައިރާން ވެގެން އެދިމާލަށް ބެލިޔަސް އަލްޔާ އެދިމާލަށް ބެލީ ހިތްދަތި ކަމާއެކުއެވެ. އޭނާޔަށް ހަމަ އެވަގުތު ވެސް ސިފަވީ ކަނޑަށް ވެއްޓުނުގޮތެވެ. އަލްޔާގެ މޫނަށް އެރި ކުލަވަރު ކިތަންމެހާ ރީއްޗަށް ވިނާންއަށް ފެނުނެވެ. އެކަމަކު އެވަގުތު އެވާހަކަ އަލްޔާ ކައިރީގައި ނައަހަންވެގެން އަޅާނުލާ ހުއްޓެވެ. “އެ ޖަޔާ ކޮބައިތަ؟ އެއްގަމަށް އެރިގޮތަށް އޭނަ ބަޚަބަރު ” ވެލި ގަނޑު މަތީ އިށީންނަމުން އަފީފާ އަހައިލިއެވެ. “ތިވާހަކަތާ އަހަރުން ވެސް މިދައްކަނީ، އޭނަ މައްޗަށް އެރިތަން ދެކުނިން އޭގެ ފަހުން ނުދެކެން” ސައުދު ތަން ތަން ހޯދަމުން ބުނެލިއެވެ. “ތި އަނެއްކާ އަނެއް ހަކަމެއްނޫން ތިޖެހުނީ! އޭނަ ހޯދަން ތެޅިގަންނާކަށް ނޫންތަ މިޖެހުނީ؟ ރުޅި އައިސް ތަން ތަން ހޯދަމުން އަފީފާ ބުނެލިއެވެ. “އާނ ތިކަމާ އަޅުގަނޑު ވެސް މި ވިސްނަނީ، އެކަމަކު މިރަށުގައި އޭނަ ވަކި ދާނީވެސް ކޮންތާކަށްތަ؟” ވިނާން ވެސް ހޯދަމުން ބުނެލިއެވެ. “އަޅެ ދެން މިހެން ތިބީމަ ފެނޭތަ؟ ދެންވެސް ހިނގާބަލަ ދެބަޔަށް ބެހިލައިގެން ރަށުގެ ދެކޮޅަށް ހިނގައިގަންނަން” ވަޒުނާއަށް ފެންނަ ގޮތް އޭނާ ބުނެލިއެވެ. ވަޒުނާއަށް ވިސްނުނާ އެންމެ ރަނގަޅު ގޮތެވެ. ތިބިތާ ތިބެ ކިތަންމެ ވަރަކަށް ހޯދިއަސް ގެއްލިގެން ހޯދާ މީހަކު ފެނޭނެ ހެއްޔެވެ؟.
…..ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.



Readers varah sorry mi thin dhuvahakuves up nukurevunu Thee assu balive ulheythee nuvee
yeyy…me first…storie varah salhi???
Yet imtoa ur first thanks ingey
yah welcome writer☺
Nice waiting for the next part
Woow v v salhi
Thanks ahoo
Thanks
Salhi
GWS Adam
Btw next part when?
Thanks Chum handi insha Allah maadhan kureveytho balaanan
Thankolheh lasvehje dhw up vleh v salhi miprt ves ingey v kiyaahiy vey mi story?❤❤
Ya lass vehjje Bali Veema assu nuvee isnha Allah maadhan kuraanan thanks hawwa
V reethi mi part ves. Aikko heekury afeefa kamah alya kandah vattaaly. Ekam mihaaru jaaya ah shakku kurevey. Anekka afeefa jaya ah kameh kury baa?
Hehe thanks hingaa balamaa dhw vaa gotheh
Get well soon adam ❤ v salhi mi part vx.. waiting for next episode ❤❤
Thanks ram haadha Habareh nuveyey mihaaru
Ohh yeah dww.. kudakoh busy.. exams ? comment nukuriyas mi story kiyan.. hama habbu…
Hehe when ram ge vaahakaeh ananaanee waiting ingey
Exam nimey thanun up kuran fashaanan.. guess oct 20 hisaabu ga story kiyan libeyne… mihaaru story raavaafa innaanyy.. hehe… thankyou igeyy…
wow nice masha allah waiting for the next part…
Thanks
Varah salhi vahaka
Thanks
Get well soon Adam… Al hykury dhn story up nuvaane kamahh. Bt finally up vehje dhe…. V salhi mi part vex…
Oh…evves reader ei hithai nuaruvaathi Adam liyan feshi story ei huttanekamai….Anyways thanks…..
Mi story gavaidhun kiyan…bt adhi alah comment mikurany…v v furihama mi part vx…maasha Allah.
Thanks