Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާާމް- 03

Xeesh Level 110 Stories
September 16, 2017 3 Mins Read
5 Comments

އީލާމް ކައިރީ ޝާމް ހުއްޓިގެން ހުރިއިރު އޭނާގެ އެއްކަކޫ ބިންމަތީގައި ޖައްސާލާފައި ފިނިފެންމާ ދިއްކޮށްލަމުން  ބުންޏެވެ.” އީލާމް ވިލް ޔޫ ބީ މައި ގާރލް ފްރެންޑް” . އީލާމަށް ބުނާނެ އެއްޗެއް ނޭގިފައި ހުރީ ޝާމްގެ ފަރާތުން މިކަހަލަ ކަމެއް އުއްމީދު ނުކޮށް ހުއްޓާ ވުމުންނެވެ. ޝާމްގެ އަތުގައި ވާ މާ ހިފުމަށް އަތްދިކޮށްލުމަފަހު މަލުގައި ހިފާލީ އިތުރަށް އާނއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުނާންވެގެންނެވެ. ޝާމް ތެދުވެ އީލާމްގެ އަތަށް ދޮނެއް ދިނެވެ އަދި ބުންޏެވެ “ތޭންކް ޔޫ ފޯ ބީންގް މައި ގާރލް ފްރެންޑް “. އީލާމަށް ހިނިތުންވެވުނީ ޝާމްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގުމުންނެވެ. ނަމަވެސް ޝާމްގެ ހިތުގާ އީލާމްއަށްވާ ލޯތްބެއްގެ ބޮޑުކަމުން އޭނާއަށް އީލާމްގެ ހިތުގަ އަސްލު އޮތް އެއްޗަކާ ދޭތެރޭ ނުވިސްނުނެވެ. އީލާމް އަތުގައިވާ މަލަށް ފުންކޮށް އިރުކޮޅަކު ބަލަންއިނދެވުނެވެ، އެ ހިތްގައިމު މާހައުލްގައި ވާހަކަ ދައްކަން ތިބުމަށްފަހު ގެއަށް ދިއުމަށް ދެމީހުންވެސް ހިނގައިގަތީ  ބާރަ ޖެހުމުގެ ކުރިން ގެއަށް ވަނުމުގެ ނިޔަތުގައެވެ. އީލާމް ގެއާއި ހަމައަށް އައުމަށްފަހު ޝާމް އެގޭ ދޮރުކަނި ކައިރީ މަޑުކޮށްލީ އީލާމްގެ ކޮލަށް ދޮނެއް ދިނުމަށެވެ. އީލާމްގެ އަތުގައި ޝާމް ހިފާލުމަށްފަހު އޭނާގެ ރީތިކަމަށް ހިތާ ހިތުން ތައުރީފް ކޮށްލެވުނެވެ. އީލާމްގެ އުމުރުން 20 އަހަރުވިޔަސް އީލާމް ހުންނަނީ އެއުމުރުގެ އެހެން ކުދިންނަށް ވުރެ ޅަކޮށް ،މައުސޫމްވަންތަ ގޮތަކަށެވެ. ރީތި ދޮން ހަންގަޑެއް ލިބިފައިވާއިރު އެނާގެ ލޮލުގެ ކަޅީގައިވަނީ މަޑު ނޫކުލައެކެވެ. ހަށިގަނޑު ލޫޅާފަތިވެފައި ރީތި ބައްޓަމެއް ލިބިފައިވާއިރު މިހާރުގެ ފެޝަނަށް ހެދުން އެޅިއެއްކަމުގައިވިޔަސް ލާ ހެދުމަކީ މުޖްތަމައުގެ މިންގަނޑުތަކާއި ހިލާފް ނުވާފަދަ ހެދުމެއް ތޯ ބަލައެވެ. ވާހަކަ ދެއްކުމުގައި މަޑުމައިތިރި ކަމެއްވާއިރު ،އޭނާ ހިނިތުންވެލާއިރު އެއީ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއްކަން ފާހަގަވެއެވެ. ޝާމް އަށް އީލާމް އާއި ދިމާލަށް ކަޅި ނުޖަހާ ބަލަން ހުރެވުނީ ގަޑިންވީ ކިހާއިރެއްކަމެއްވެސް އޭނާއަށް ނޭނގިއެވެ، އީލާމް އިސްނަގައި އޭނާ ގެއަށް ވަންނަން ބޭނުންވާ ވާހާކަ ޝާމް ކައިރީ ބުނެލިއެވެ. ދެމީހުން ވަކިވީ މާދާވެސް ބައްދަލުވާނެ ތަނަކާއި ގަޑިއެއް ހަމަޖެއްސުމަށްފަހުއެވެ.  އީލާމް ގޭތެރެއަށް ވަދެގެން ދިޔައިރު ރާފިޔާ ޓީވީ ކައިރީ އަންނަމުންދިޔަ ސީރިއަލްއަކަށް ގެއްލިފައި އިނެވެ. އަމާރާ އިލާމްއަށް މުހާތަބު ކޮށް ދޮންތާއޭ ކިޔާ ގޮވާލުމުން އީލާމަށް ކުއްލި ހައިރާން ކަމާއެކު ބަލާލެވުނީ އެ އަޑުއިވުނީ ރަނގަޅަށް ތޯ ޔަގީން ކޮށްލުމުގެ ގޮތުންނެވެ . ވޭތުވެދިޔަ 15 އަހަރު އަމާރާ، އީލާމްއާއި ވާހަކަ ދައްކާފައިނުވާއިރު ، މިއަދު އީލާމަށް ” ދޮންތަ” ކިޔާފައި މިގޮވީ ކީއްވެތޯ ސުވާލުކުރުމަށް އޭނާ ބޭނުންވިއެވެ. ނަމަވެސް މަސްލަހަތަށްޓަކައި އީލާމް ހިތުގައިވާ ޝަކުވާތަށް ފޮރުވާލުމަށްފަހު އަމާރާ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކޮށްލިއެވެ. އަމާރާ އޭނާ ކިޔަވަން ބޭނުންވާކަމާއި ، މާލޭގައި އީލާމްކައިރީ މަޑު ކުރެވޭނެތޯ ސުވާލުކުރިއެވެ. އީލާމް ވިސްނާލަން ވަގުތުކޮޅެއް ދިނުމަށް އެދި ކޮޓަރިއަށްވަނީ ދޭންވީ ޖަވާބެއް ނޭނގޭތީވެ ބައްޕަ ކައިރިން ލަފައެއް ހޯދާލުމުގެ މަގްސަދުގައެވެ،

މުސްތަފާއަކީ މާލޭގެ މުއްސަނދި މީހުންގެ ތެރޭން ގުނާލެވޭނެ އެކަކެވެ. އަމިއްލަ ވިޔަފާރިއެއް ކުރަމުންދާއިރު ، އީލާމް އަކީ އޭނާގެ ހަމައެކަނި ދިރިހުރި ފުރާނައެވެ. ރާފިޔާ އާއި މުސްތަފާގެ 08 އަހަރުވީ ކައިވެނި ރޫޅާލީ ރަފިޔާގެ ފަރާތުން އީލާމްއަށް އެއްވެސް ކަހަލަ ލޯތްބެއް ނުލިބުމުންނެވެ ، އޭރު އީލާމް އަށް އެންމެ 04 އަހަރެވެ. އީލާމްގެ ބެލެނިވެރިކަމުގައި ކޯޓަށް ވެއްދި މައްސަލަ މުސްތަފާ ކާމިޔާބު ކުރަން އުނދަގޫކަމަކަށް ނުވީ ރާފިޔާ އަމިއްލައަށް އީލާމް އާއި ހަވާލްވާން ބޭނުން ނުވުމުންނެވެ. އޭގެ ބަދަލުގައި މުސްތަފާއާއި އީލާމްގެ ދިރިއުޅުމުން ދާން ރާފިޔާ ބޭނުންވީ ފަސް ލައްކަ ރުފިޔާއެވެ. ނަމަވެސް އެވަރުގެ ބޮޑު އަދަދެއް ދޭން މުސްތަފާ ދެކޮޅު ހެދުމުން ރާފިޔާ ރ.މީދޫއަށް ބަދަލުވީ އީލާމް ގޮވައިގެންނެވެ. ރާފިޔާއަށް އީލާމް ބަލަން އުނދަގޫވުމުގެ ސަބަބުން އަލުން އަނބުރާ މުސްތަފާ ކައިރިއަށް ފޮނުވަން މަޖުބޫރުވުމާއި އަދި އީލާމް އަނބުރާ މުސްތަފާ އާއި ހަވާލުކުރުމުން ރާފިޔާ ބުނިވަރަށް މުސްތަފާ ލާރި ދޭނޭ ކަމަށް އެއްބަސްވުމުންނެވެ .އަދި އެދެމީހުންގެ ދެމެދުގައި  ވެވޭ އެއްބަސްވުމާއި އެކަމާ ބެހޭ އެއްވެސް ކަމެއް އީލާމްއަށް ނޭންގުމަށާއި، އީލާމް ކިޔެވުމަށް މާލެ ބަދަލު ކުރުވީ ކަމަށް ބުނުމަށް އެދުނެވެ. އެއްބަސްވުމާއި އެއްގޮތަށް އީލާމް މާލެ ބަދަލުވިތާ ކުރީކޮޅު ރާފިޔާ އޭނާއަށް ގުޅައިގެން ވަރަށް ވާހަކަދައްކާ ހެދިއެއްކަމަކު ފަހުން ފަހުން އައިސް އެ ގުޅުން ހީނަރުވަމުން ގޮސް އެއްކޮށް އެ ގުޅުން ކެނޑުނީއެވެ .އީލާމް އެކަމާ ޝަކުވާ ކުރިޔަސް ، މުސްތަފާ ރާފިޔާއާއި ބެހޭގޮތުން ބުރަ ބަހެއްވެސް އެ ދެމީހުންގެ ދަރިފުޅު ކައިރީ ނުބުނެއެވެ. މުސްތަފާ ދެވަނަ ކައިވެނި ރޫޅާލަން މަޖުބޫރުވީ ދޮންމަންމައެއްގެ ސަބަބުން އީލާމް އަށް ލިބެންޖެހޭ އެއްވެސް ލޯތްބަކާއި އަޅާލުމަކަށް ބަދަލެއް އައިސްދާނެތީ ، އެކަން އެހެން ވިޔަ ނުދިނުމަށެވެ.

އީލާމް އެނދުމަތީ ދެކޮޅަށް ފުރޮޅެ ފުރޮޅެ އޮތް އިރު އީލާމް ގެ ހިތުގައިވަނީ ޝާމް އޭނާއަށް ލޯބި ހުށަހެޅިގޮތުގެ ހިޔާލުތަކެވެ. އޭނާ އެނދުން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ނަށާލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު އީލާމްވެސް އޭނާގެ ކޮޓަރީގެ ކުޑަދޮރު ހުޅުވާލީ މެންދަމުގެ ފިނިކަން އިހުސާސް ކޮށްލުމުގެ ބޭނުމުގައެވެ . ކުޑަދޮރު ހުޅުވާލުމަށްފަހު ގޮސް އެނދުމަތީގައި އިށީނދެލީ ޝާމް ދިން ރަތް ފިނިފެންމާ ފޮތުގެ ތެރެއަށްލާ ފޮތް ލައްޕާލުމަށްފަހު ،އިރުކޮޅަކުން އޭނާގެ ޑައިރީގައި  މިރޭ ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ ލިޔެލުމަށެވެ . އީލާމްގެ ކޮޓަރި ހުންނަނީ މަގާވީ ފަރާތުގައިކަމުން އެދިމާލުން މީހަކު ހުރަސް ކުރިޔަސް ކޮޓަރިތެރެއަށް ހިޔަނި އެޅޭއިރު އެގޭވަށާފާރު ތިރިކޮށް ހުރުމުން ގޭތެރެއަށް މީހުންނަށް ވަދެ ނިކުތުމަށް އެހާ އުނދަގުލެއް ނޫނެވެ . ލިޔުމުގައި ޝާމިލްވެގެން އީލާމް އިންއިރު ކޮޓަރިތެރެއަށް ވަންނަމުންދިޔަ ފިނި ވައިރޯޅިން އޭނާގެ ނިންކުރިމަތިން ހިއްލާފައިވާ ދަލަށް ފިނިކަމެއް ލިބެމުންދިޔައެވެ. ކުއްލިއަކަށް މީހަކު ކުޑަދޮރު ކައިރީ ހުއްޓުނުހެން ހީވުމުން އީލާމަށް ތެޅިތެޅި އޮތް ހިތަކާއިގެން އެދިމާލަށް ބަލާލެވުނެވެ. އަމިއްލަ ހިތަށް މިކުރެވުނީ މޮޔަކަމެކޭ ހިތާ އަވަސް އަވަހަށް ކުޑަދޮރާ ގާތް ވެލީ ދޮރު ލައްޕާލުމުގެ ނިޔަތުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ވައިވީމަ (6) – އާއިލީ ބާރު

Next

ތިޔަ ދިން އުފާ 15

Next
September 16, 2017

ތިޔަ ދިން އުފާ 15

Previews
September 16, 2017

ވައިވީމަ (6) – އާއިލީ ބާރު

5 Comments!

  1. ??? says:
    September 16, 2017 at 10:35 pm

    Me first dhw bt haada kurey pls digykolachley nxt part n mi part ves vrh reeti ?????????fabulous

    1. Xeesh says:
      September 16, 2017 at 11:28 pm

      Thanks 🙂

  2. Ilha says:
    September 17, 2017 at 12:23 am

    V reethi impart ves intresting ekan thankolheh kuree next part thankolheh dhigu kohlachey gud luck.❤❤❤❤❤❤

  3. liyuntheriyaa,, says:
    September 17, 2017 at 12:43 am

    e geyge “vashaa faaru” mi kahla thaakah bas beynunkuraagothakah noon kurevifa e inee..ragalhukohlahchey..
    baskoshaaru ithurah ragalhukohlan feney..
    bas durukurun ves…
    jumulathah kurukoh fonikohlunves… 🙂
    adhi agalhuvaane..
    v reethi..

  4. Laal says:
    October 26, 2017 at 10:31 pm

    Seerial aadheytha TV n?

Comments are closed.

Next Episodeއީލާމް-04←


All Right Reserved!