Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 4

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
September 14, 2017 8 Mins Read
37 Comments

އަސްރާރު އެދުމުން ޝައިމް ތެދުވެ މަލަކާގެ ފަހަތުން ހިނގައިގަތެވެ.

މަލަކާ ހުރީ ބޮޑު ޓެރަސްގެ ފާރުގަޔާއި އެއްކޮށްހެން ގަސް އިންދާފައެވެ. މިރުސް ގަހުން ފެށިގެން އެކިކުލަކުލައިގެ މާ ގަސްތަކެވެ. ސަމީހާ ކުޑަ ބަގީޗާއެކޭ ބުންޏަސް އެތަން ކުޑައޭ ނުބުނެވޭނެއޭ ޝައިމް ހިތަށް އެރިއެވެ. ޓެރަހަށް ފެން ލިބޭ އިސްކުރު ހަލާކުވެފައި ހުރުމުން މަލަކާގެ ބައްޕަ ފާއިޒު ހުރީ މަލަކާގެ އިސްކޮޅުގެ ދެގުނައަށްވާ ވާވަރުގެ ބޮޑު ފެން ޓައްޕެއް އެއްކަނެއްގައި ބަހައްޓާފައެވެ.

މަލަކާ ފެންނަގަން ކުޑަ ޓައްޕަކާއި އެއްކޮށް ހަރުގަނޑަށް އެރިއެވެ. އޭރު އެދިމާލަށް ހިނގަމުން ޝައިމް އާދެއެވެ. މަލަކާ ޓައްޕު ފުރާ ފެން ނެގުމަށްފަހު ފައިބަން އުޅުނު ތަނާ އަރިއަޅާލައިފައި ވެއްޓެން އުޅުނެވެ. އެވަގުތު އަތުން ޓައްޕު ދޫވެގެން ގޮސް ވެއްޓުނީ ސީދާ ތިރީގައި ހުރި ޝައިމްގެ ބޮލަށެވެ.

ފެން ޓައްޕު ބޮލަށް ވެއްޓުމާއި އެކު ޝައިމް ދެއަށް ކޮނޑާއި ހަމައަށް އުފުލައިގެން ހުރި ގޮތަށް ހުއްޓުން އަރާފައި ހުރީއެވެ. މަލަކާ އަވަހަށް ހަރުގަނޑުން ފާބައި ޝައިމްގެ ކުރިމައްޗަށް އެރީ އެއްއަތް އަނގަ މަތީ އަޅައިގެންނެވެ. ޝައިމް އަންނާނެ ރުޅި އަންދާޒާ ކުރެވި ދެ ލޯ ކުޑަކޮށްގެން ހުރެއެވެ. ޝައިމްގެ ހަށިގަނޑު ހުއްޓުން އަރާފައި ހުރި އިރު މޫނުމަތިން ފެންނަނީ ޝޮކެއްގެ އަސަރެވެ. ދެލޯ ބޮޑުކޮށްގެން ހުރިއިރު އަނގަވެސް ކުޑަކޮށް ހުޅުވިފައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލަކާ ބޯ އަރިކޮށްލައި ޝައިމްއަށް ބަލާލަމުން ހޭން ފެށިއެވެ. ޝައިމްއަށް އޮޅުމަކުން ވިޔަސް ލަނޑެއް ދެވުނީތީއެވެ.

މަލަކާ ހޭން ފެށުމުން ޝައިމް އިތުރަށް ރުޅިއައެވެ. ނަމަވެސް ކަމެއް ކުރުމުގެ ބަދަލުގައި ބޮލުގައި ހުރި ފެންތައް ފޮޅާލަމުން އެތަނުން ދާން ހިނގައިގަތެވެ.

“ރުޅި އައީތަ” ޝައިމް ދާން ހިނގައިގަތުމުން މަލަކާ އަހައިލިއެވެ.

“ރުޅި އަޔަސް ކުރެވޭނެ ކަމެއް އެބަ އޮތްތަ” ހިނގުން މަޑު ޖައްސާލުމަށްފަހު ޝައިމް ބުނެލިއެވެ.

“ސޮރީ ވަރަށް ބޮޑަށް. މަލަކާ ގަސްތަކު ނޫން. ކައްސާލަން އުޅުމުން ބިރުން ޓައްޕު އަތުން ދޫވީ” މަލަކާ ޝައިމް އާއި ދިމާލަށް ހިނގަމުން ބުންޏެވެ.

” އަދި މަލަކާ ބޭނުން މާފަށް އެދެން އެހެން ކަމަކަށްވެސް. ހޮސްޕިޓަލުގަ މަލަކާއަށް ކަންތައް ކުރެވުނީ ރަގަޅަށް ނޫންކަން ވިސްނިއްޖެ. ހިތަށް އެރި މާފަށް އެދެން ދާނަމޭވެސް. އެކަމަކު އެތާ އިތުރު މީހުން ތިބުމުން ނުކެރުނީ. އެހެންނޫނަސް މަލަކާ ހީކުރީ ޝައިމްގެ މާފެއް ނުލިބޭނެ ކަމަށް” މަލަކާ އިހްލާސްތެރިކަމާއި އެކީ ޝައިމްގެ ކިބައިން މާފަށް އެދުނެވެ.

“މިހާރު މާފަށް ތި އެދެނީ އަހަރެން މާފުކުރާނެ ކަމުގެ ކިހާ ބޮޑު އުއްމީދަކާއި އެކީ” ޝައިމް ސީރިއަސް ރާގަކަށް ބުނެލީ މަލަކާގެ ތެދުވެރިކަން ކުރިމަތިން ފެންނަމުން ދާ ހާލުގައެވެ. މަލަކާ ސީދާ ޝައިމްގެ ލޮލަށް ބަލާލަމުން ދެކޮނޑު މައްޗަށް އަރުވާލީ ނޭނގެއޭ ބުނުމަށެވެ.

“އަހަރެންގެ މާފެއް މަލަކާއަށް އަދި ލިބޭކަށް ނެތް. މަލަކާއާއި ދިމާވާ ކޮންމެ ފަހަރަކު އަހަރެންނަށް ކޮންމެވެސް ޖެއްސުމެއް ނޫނީ ރުޅިއަރުވާލަން ކަމެއް ނުކޮށް މަލަކާއަށް ނުހުރެވޭ. ދެންމެ ދިމާވި ކަންތައް ވެދާނެ އޮޅިގެން ކަމަށް. އެކަމަކު މަލަކާ އަމިއްލައަށް އިއުތިރާފު ތިވީ ހޮސްޕިޓަލުގައ ދިމާވި ކަންތަކަކީ މަލަކާގެ ކުށެއްކަން. އަހަރެން މަލަކާ އާއި ދިމާވި ފުރަތަމަ ފަހަރު ހީކުރީ ތީ ވަރަށް އަހުލާގު ރަގަޅު ކުއްޖެއް ކަމަށް. އެކަމަކު މިހާރު އެގިއްޖެ މަލަކާއާއި އެހެން ކުދިންނާ ތަފާތެއް ނެތްކަން. މަލަކާއަށް އެއްވެސް ހައްގެއް ނޯންނާނެ އަހަރެންގެ އާއިލާއާއި ދޭތެރޭ އެއްވެސް އެއްޗެއް ބުނެވޭ ކަށް. އަދި ބުނަން، ވިދާ ކޮންމެ އެއްޗަކީ ޖަވާހިރެއް ނޫން. އަދި މަލަކާއަށް ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެއްޔާ އޭގެ މާނައެއް ނޫން މަލަކާ ބޭނުން ގޮތަކަށް އޭގެ މާނަ ނަގާށޭ” ޝައިމްގެ އަޑުގައިވާ ސީރިއަސްކަން މޫނުމަތިން ވެސް ފެންނަމުން ދެއެވެ. ޝައިމް އިތުރަށް އެއްޗެކޭ ނުބުނެ ދާން ހިނގައިގަތީ މަލަކާގެ ބަސް ހުއްޓުވާފައެވެ. ޝައިމް ދިޔުމުން އިރުކޮޅަކު ކޮޅަށް ހުރުމަށްފަހު މަލަކާ ގޮސް ބެންޗުގައި އިށީނީ ދެރަވެފައެވެ. ޝައިމްގެ މާފު ނުލިބުމުން މިހާ ދެރަވާނެ ކަމަށް މަލަކާ ހީނުކުރެއެވެ.

ޝައިމް ސިޓިންރޫމަށް ވަން އިރު އަދިވެސް އަސްރާރު އާއި ފާއިޒުގެ ދެމަފިރިން ތިބީ އޮލަ ވާހަކާއިގައެވެ. ޝައިމް ތެމިގެން ހުރުމުން ސޯފާގައި އިށީނުމުގެ ބަދަލުގައި ކޮޅަށް ހުއްޓެވެ. އޭރު ތެމިފައި ހުރި ގަމީހުން ފެން ތިކިތައް ތަޅުންގަނޑަށް ޖަހަމުން ދެއެވެ.

“ޝައިމް ގަމީސް ތެމިފަތަ. އަނެއްކާ ވާރޭ ވެހުނީތަ” މީހެއްގެ ހިލަމެއް ވެގެން ސަމީހާ ބަލާލިއިރު ސޯފާ ކައިރީގައި ހުރި ޝައިމް ފެނުމުން އަހާލިއެވެ.

“ވާރޭ ވެހުނީއެއްނޫން. ގަހަށް ފެންދޭން އުޅެނިކޮށް ގަމީސް ތެމުނީ” ޝައިމް ބޯކަހާލަމުން ބުނެލިއެވެ.

“އާދޭ މިތާ އިށީދެލަން. ފިނިވެފައެއްނު ތިހިރީ. ދައްތަ އެބަ އަންނަން ހޫނު ސައިތައްޓެއް ހިފައިގެން” ސަމީހާ ޝައިމްގެ އަތުގައި ހިފައިގެން ގޮސް ސޯފާއާއި ޖެހިގެން ހުރި ގޮނޑީގައި ބޭންދުމަށްފަހު ބަދިގެއާއި ދިމާލަށް ދިޔައެވެ. ޝައިމް ގެޔަށް ދާން ބޭނުން ވިޔަސް ބައްޕަ ފާއިޒުއާއި ވާހަކަ ދައްކަމުން ދިޔައީ އަވަހަށް ގެޔަށް ދާނެހެން ހީނުވާ ގޮތަކަށް ކަމުން މަޑުކޮށްލަން ނިއްމީއެވެ.

މަލަކާ ގަސްތަކަށް ފެންދީ ނިމުމަށްފަހު ތިރިއަށް ފޭބީ ޝައިމް ގޮސްދާނެކަމަށް ހީކޮށެވެ. ސިޓިން ރޫމުގެ ދޮރުން ބޯ ދިއްކޮށްލީ ޔަގީންކޮށްލާށެވެ.

“މަލަކާ އާދެބަލަ” މީހަކަށް ނުފެންނާނެ ކަމަށް ހީކޮށްގެން ހުރި މަލަކާ ސިއްސައިގެން ގޮސް ނިތްކުރި ދޮރުފަތުގައި ޖެހުނެވެ.

“ކިހިނެތްވީ ތޯ ބައްޕާ” ބޮލުގައި އަތް އުގުޅަމުން މަލަކާ ސޯފާ ސެޓާއި ދިމާލަށް ދިޔައީ ޝައިމް ފަހަނައަޅައި ދިޔައިރުވެސް ބަލާވެސް ނުލައެވެ.

“ދަރިފުޅު މިފަހަރު ޗުއްޓީއަށް ރަށަށް ދާއިރު ދަރިފުޅާއި އެކު ތިން ވަރަކަށް މެހުމާނުން ގެންދަން އެބަޖެހެއޭ. އަސްރާރު ބޭބެ އެބަ ކިޔާ އެގޭ ތިން ކުދިން ރާއްޖެތެރޭ ރަށަކަށް ނުދެވިގެން އުޅޭ ވާހަކަ. އެހެންވީމަ ދަތުރުގެ ހުރިހާ ކަމެއް ވަރަށް މަޖާކޮށް ގެންދަންޗޭ. ޝައިމް އަކީ ވަރަށް ފޮޓޯ ނަގާ ކުއްޖަކަށްވީމަ ރަށުގެ ރީތި ތަންތަން ދައްކާލައްޗޭ. ދެން އަޝްވާއާއި އަޝްވިންއަށްވެސް އެކުދިން ބޭނުންވާ ކަންތައް ކޮށްލަދީ ހަދައްޗޭ އިނގޭ” މަލަކާއާއި ޝައިމްއަށް އެއްފަހަރާ ދެމީހުން އެކަކު އަނެކަކަށް ބަލާލެވުނެވެ. ފާއިޒު މަލަކާގެ ޗުއްޓީ އެއްކޮށް ޕުލޭންކޮށް ނިއްމިއިރު މަލަކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފާއިޒު އަކީ ކޮންމެ ކަމެއްގައިވެސް މަލަކާގެ ހިޔާލު ހޯދާ މީހަކަށް ވެފައި މިކަންތައް މިހާ އަވަހަށް ރާވައި ނިއްމައިލުމުންނެވެ.

“އެކަމަކު ބައްޕާ، މާދަމާ ފުރުން އޮތީ ޓިކެޓް ހޯދާނީ ކިހިނެތް. ހުންނާނެ ތަނެއްވެސް” މަލަކާ ބޭނުންވީ ކޮންމެވެސް ބަހަނާއެއް ދައްކާށެވެ. ޝައިމް ކުރިމައްޗަށް ނާރަން އުޅޭއިރު ކަންތައް ދިމާމިވަނީ ދިމާ އިދިކޮޅަށެވެ.

“މިހާރު އެކުދިން ދާތީ ބައްޕަ ބުނެފިން ބޮޑުދައިތަ ކައިރީ ގެ ތައްޔާރު ކުރާށޭ. ފަސް ކޮޓަރި ހަތަރު މީހުންނަށް ނުވާނެތަ.” ފާއިޒު ހެމުން ބުނެލިއެވެ. “ދެން ޓިކެޓްގެ ކަންތަކާ ދަރިފުޅު ހާސްނުވޭ، ބައްޕަ ލޯންޗެއް ހަމަޖައްސަފާނަން އިނގޭ” ފާއިޒުއަށް އެކުވެރިޔާއަށްޓަކައި އެވަރު ކަމެއް ކުރަން ބޮޑު ކަމަކަށް ނުވިއެވެ. އަސްރާރު ވެދިން އެހީ ދުވަހަކުވެސް ހަނދާނުން ނުނެތޭއޭ ބުނާ ފަދައެވެ.

“އޯކޭ އެހެންވީމަ އަޅުގަނޑު ތައްޔާރުވާނަން” މަލަކާ ދައްކާނެ އިތުރު ބަހަނާއެއް ނެތުމުން ބުނެލިއެވެ. އަދި ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ހިތް ނުތަނަވެސްވެފައިވާ ހާލުގައެވެ.

“ބައްޕާ އަޅުގަނޑަކަށް ނެތް ތި ދަތުރު ދެވޭކަށް. ރައްޓެހިންތަކަކާއި އެކު ތައިލެންޑަށް ދާން ނިއްމާފަ އެބަ އޮތް މިއަންނަ ހުކުރު ދުވަހު” ޝައިމް  ދޮގު ނުހަދައި ސަލާމަތްވާން އޮތުމުން ބުނެލީ ކެރިގެން ހުރެއެވެ. ޝައިމް ހުރީ އެވާހަކަ ބުނަން ބައްޕައާއި އެކަނިވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

“ނޫން ތި ދަތުރު ކެންސަލް ކޮށްލާ. ފަހުން ތައިލެންޑަށް ދެވިދާނެ. ބައްޕަ ބޭނުމީ ތިން ކުދިންވެސް މަލަކާއާއި އެކީ ދާން. ދަރިފުޅަށް ނޭނގުނަސް ފާއިޒުއާއި ސަމީހާއަކީ ބައްޕައަށް އަގުނުކުރެވޭނެ ވަރުގެ ދެ ރަހުމަތްތެރިން. އަޝްވާ ވިހެއުމަށްފަހު މަންމަ މަރުވުމުން ތިން ކުދިން ބަލަން އެދެމީހުން ވަރަށް އެހީވެދިން ބައްޕައަށް. ބައްޕައާއި ފާއިޒު ޑިޔުޓީއަށް ދިޔުމުން ދަރިފުޅުމެން ބޮޑުދައިތައާއި އެކު ތިކުދިން ބެލުމުގައި ސަމީހާ އެހީވި މިންވަރު ބައްޕައަށް އެނގޭ. ސަމީހާ ތިކުދިން ދެކެ ލޯބިވީ މައެއް ފަދައިން. އޭރު ސަމީހާއަށް ދަރިން ލިބުމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލައިފައި އޮތުމުން އެކަންޏެއްނޫން، ސަމީހާ އެކަންތައް ކޮށްދިނީ ރަހުމާއި އެކު. މަލަކާ ލިބުމުން އެމީހުން ރަށަށް ބަދަލުވުމުން ބައްޕައަށް އެމީހުންނާއި އޮތް ގުޅުން ކަނޑާލެވުނީ ގަސްތަކުނޫން. ބައްޕަ އުޅުނު ބުރަކަމުން. ބައްޕަ މިއަދު ދެރަވޭ އެހެން ކަންތައް ކުރެވުނީމަ. އެހެންވީމަ އޭގެ އަގު އަދާކުރަން ބައްޕަ ބޭނުން، ބައްޕަ ހީކުރަން ދަރިފުޅު ދެކޮޅު ނުހަދާނެ ކަމަށް” ސައިކަލުގެ ފަހަތުގައި އިދެ އަސްރާރު ދިޔައީ އޭނާގެ ދަރިފުޅަށް ވިސްނައިދެމުންނެވެ. އަދި ޝައިމް ދިޔައީ އޭނާގެ ބައްޕަގެ ވާހަކަ ކަނުލައި އަޑު އަހަމުންނެވެ. ބައްޕަ މާޒީގެ ވާހަކަ ދައްކަނީ ވަރަށް މަދުން ކަމުން ނޭނގޭ ބައިވަރު ކަންތައް ހުންނާނެ ކަން އެނގޭތީއެވެ. އަދި ބައްޕަ އެކުދިންނަށްޓަކައި ވީ ގުރުބާނީ ހިކާ ބޮޑުކަން އިހްސާސް ކުރުމުން ހިތަށް ބަޔާންކުރަން ދަތި އިހްސާސެއް ވެރިވެގެން ދިޔައެވެ.


 

އޭގެ އަނެއް ދުވަހަށް އިރު އެރީ އިރުގެ ދޯދިތަކުން ޖައްވުގައި އުފާވެރިކަމުގެ ތަސްވީރެއް ކުރަހަމުންނެވެ. އުޑުމަތީގައި ހުދު ކަފަކޮޅުތަކެއްހެން ވިލާތައް ދަތުރުކުރަމުން ދިޔައެވެ. މިދިޔަ ދެތިން ދުވަހު އުޑުމަތި ބަނަކޮށްލައިފައި އޮތްއިރު މިއަދު ވިއްސާރައިގެ އެއްވެސް އަސަރެއް ނެތެވެ.

މަލަކާ ހެނދުނުގެ ސަޔަށް އިންސާފުކުރުމަށްފަހު ދިޔައީ ދަތުރަށް ބޭނުންވާނެ ތަކެތި ތައްޔާރު ކުރުމަށެވެ. ފޮއްޓަށް ބޭނުންވާނެ ހުރިހާ ތަކެތި އަޅާ ނިއްމާލުމަށްފަހު މަލަކާ އެނދު މަތީ އޮތް ފޯނު ނަގާ ލޮކް ހުޅުވާލިއެވެ. ނިއަމްގެ ހަބަރެއް ވެފައި ވޭ ތޯއެވެ.

މަލަކާ ޗުއްޓީއަށް ރަށަށް ދާތީ ނިއަމް ގާތުގައި އެކުގައި ދިޔުމަށް މަލަކާ އެތައް ފަހަރަކު އެދުނެވެ. ފުރަތަމަ އެކަމަށް ބީރު ކަންފަތެއް ދިން ނަމަވެސް ފަހުން ސީދާ ދެކޮޅު ހަދަން ފެށީ އޮފީހުގައި ނުނިމި ހުރި ގިނަ މަސައްކަތް ހުރިކަމަށް ބުނަމުންނެވެ.

މަލަކާ އެއްމެ ދެރަވަނީ ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތަކަކީ ބޭކާރު އެއްޗެކޭ ނިއަމްއަށް ހީވާތީއެވެ. ނިއަމްއާއި އެކްވެރިކަން ފެށުނީއްސުރެ މިއަދާއި ޖެހެންދެން މަލަކާއަށް އެއިން ކޮންމެ ސިކުންތަކީ އުފާވެރި ހަނދާނެކެވެ. ނިއަމް ފެންނަ ކޮންމެ ފަހަރަކު ހިތާއި މޭ ފުރިގެން ދަނީ ލޯބިންނެވެ. ދެމީހުން އެކުގައި ދެއްކި ވާހަކަތަކާއި ހިއްސާކުރި ފޮނި ހަނދާންތައް ހިތަކުން ފިލާނުދެއެވެ. އިއްޔެ ފެނުނަސް މިއަދުވެސް ދެކެން ބޭނުންވަނީ ހިތް އެދި ގޮވަނީ ނިއަމްއަށް ކަމަށްވާތީއެވެ. ނަމަވެސް ނިއަމްގެ ބަދަލު މިޒާޖުން މަލަކާގެ ފިކުރު ބޮޑުވުންތައް އިންތިހާއަށް ގޮސްފިއެވެ. ނިއަމް ބަދަލު ނުވެއޭ ސިކުޑި ހިތަށް ވިސްނައިދޭން އުޅުނަސް ކާމިޔާބު ވާ ގޮތެއް ނުވެއެވެ.


 

ޝައިމް، އަޝްވާ އަދި އަޝްވިން ފޯރިއާއެކު ތައްޔާރުވަމުންދާއިރު ގެ ވަނީ ހަލަބޮލިކޮށްލާފައެވެ. އަޝްވިން ނުދާން އުޅުނަސް ކަނޑު މަޑު ދުވަހަކަށް ވުމުން އީޝްވެސް ގޮވައިގެން ދާން ނިއްމީ ހުން އެއްކޮށް ތިރިވެ ބަލި ފަސޭހަވެފައިވާތީއެވެ. އަޝްވާ ދެކޮޅަށް ދުވެ ހަދަމުން ދިޔައީ ދެބޭބެ އިތުރުން އީޝްގެ ދަބަސްވެސް ތައްޔާރު ކުރަން އެހީވެދޭން ޖެހިފައިވާތީއެވެ.

އަޝްވާ ޝައިމްގެ ކޮޓަރިއަށް ވަންއިރު ޝައިމް އުނގުމަތީ ލެޕްޓޮޕް ބައިންދައިގެން ސްކްރީނަށް ގެއްލިފައި އިނެވެ. އަޝްވާ ހީކުރި ގޮތާއި ހިލާފަށް ޝައިމްގެ ދަބަސްވަނީ ތައްޔާރުކޮށް ނިއްމާ ތަޅުއަޅުވާފައެވެ. އަޝްވާ މަޑު ހިނގުމެއްގައި ގޮސް ޝައިމްގެ އެއްފަރާތުގައި އިށީނެވެ. މީހެއްގެ ހިލަމެއް ވީހެން ހީވެ ޝައިމް އަވަސް އަވަހަށް ލެޕްޓޮޕް ލައްޕާލީ ސިއްރުން ކަމެއް ކުރަން އިންދާ މީހަކަށް ފަޅާއެރިހެން ހީވުމުންނެވެ.

“ދާން ވީތަ” ޝައިމް އަވަސް އަވަހަށް އެހެން ބުނެލި އިރު ހަރަކާތްތަކަށްވެސް އަވަސްކަން ގެނުވައިފިއެވެ. އަޝްވާއަށް ޝައިމް މިހާލުގައި އިންދާ ފެނުނު ފުރަތަމަ ފަހަރު ނޫންކަމުން ދޮންބެއާއި މެދު ހަމްދަރުދީ އުފެދުނެވެ.

“ދޮންބޭ… ތިހިޔާލުތަކާއި ދުރުވެވޭނެ އެރަށަށް ދެވުނީމަ. ދޮންބެ ސަރާ ދެކެވާ ލޯބި އަޝްވާއަށް އެނގޭ. އެކަމަކު ދެން ސަރާ ނާންނާނެކަން..” އަޝްވާއަށް ބުނެވުނީ އެހާވަރަށެވެ.

“ހިނގާ ދާން” ޝައިމް އަޝްވާގެ ޖުމްލަ ފުރިހަމަކުރަން ބޭނުންނުވިއެވެ. އެއްވެސް މީހަކު ސަރާ ދެން ނާންނައޭ ބުނުމަކީ ޝައިމްގެ ހިތް ފޮތިކޮށްލާނެ ޖުމްލައެކެވެ. ސަރާ ނާންނާނެކަން ސިކުޑިން ގަބޫލުކުރެވުނަސް އަދިވެސް އެހަނދާންތައް ފަޑުވާކަށް ނެތެވެ. ހުވަފެނުން ނަމަވެސް އެސޫރަ ދެކޭ ހިތްވެއެވެ.


 

ނިޔާމަ ދަތުރަކަށް ފަހު ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކީ ފާއިޒުގެ ދައްތަ، މަލަކާގެ ބޮޑުދައިތަ ފަރީޝާއެވެ. އާދެވުނީ ހަވީރުގެ ވަގުތަށް ކަމުން އިރުގެ ހޫނުކަން ފަޑުވެ ޖައްވުގައި ފިނިކަން އެކުލެވިގެންވެއެވެ.  ހައްދާފައި ހުރި ގަސްތަކުގެ މާމެލާ މެއްޔާއި އެކުވެގެން ޖެހޭ މަޑު ވައިރޯޅިތަކުގައި ހުވަނދުލެވިފައި ވެއެވެ. މާލެއާއި ހިލާފަށް މަގުތަކުން އިވެނީ ކުޑަ ކުދިންގެ ހުނުމުގެ އަޑާއި މިނިވަންކަމުގެ މަންޒަރެވެ.

މަލަކާ ވަށައިގެން ހޯދާއިލީ އެއްވެސް ބަދަލެއް އައިސްފައިވޭތޯއެވެ. ތަރައްގީގެ ކުލަވަރު ފެންނަން ހުއްޓަސް ރާއްޖެތެރޭގެ ހިތްހަމަޖެހުން ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނާނީ އުފާވިއެވެ. އަޝްވާ އާއި އަޝްވިން އަދި ޝައިމްވެސް ރަށުގެ ޗާލުކަން ފެނި ހައިރާންވެފައި ތިބެވުނީއެވެ.

“ހިނގާ ދާން އަވަހަށް ދައްތަ ހުންނާނެ ސައި ތައްޔާރުކޮށްފަ” ދަބަސްތަކާއި ފޮށިތައް ގެނައި ބޮޑު ގާޑިޔަލަށް އަރުވައި ނިމުމުން ފަރީޝާ ބުނެލިއެވެ.

” ދައްތާ އަޅުގަނޑު އެބަ އަންނަން އަތިރި މައްޗަށް ގޮސްލާފަ. އިރުއޮއްސޭ މަންޒަރު ވަރަށް ބަލާލާ ހިތްވެއްޖެ” މަލަކާ ހީވީ ރަށަށް އާދެވުނުލެއް ލަސްވެފައި ހުރިހެންނެވެ.

“މަލަކާ ދާއިރު އަޝްވާމެން ގޮވައިގެން ދާންވީނު. މަންމަމެން އީޝް ގޮވައިގެން ގެޔަށް ގޮސްދާނަން. އެމަންޖެ ވަރަށް ނިދި އައިސްފިހެން ހީވަނީ” ކޮނޑު މަތީ ބޯ އަޅައިލައިގެން އޮތް އީޝްގެ ބޮލުގައި ފިރުމާލަމުން ސަމީހާ ބުނެލިއެވެ.

“އެހެންވީމަ މަޣުރިބަށް ފަހު ދޯ ސައިބޯނީ.. އަޝްވާއަށް އެނގޭނެތަ އަނެއްކާ ގެޔަށް އަންނަން” ފަރީޝާ މަލަކާއާއި ދިމާކޮށްލީ ރަށަށް ނާންނަތާ ދެއަހަރުވެފައިވާތީއެވެ.

މަލަކާ ނޫނެކޭ ބުނެ ހެމުން އިރު އޮއްސޭ ދިމާލަށް ހިގައިގަތެވެ. މަލަކާގެ ފަހަތުން އަޝްވާއާއި އަޝްވިން އެކަކު އަނެކަކާއި ވާހަކަ ދައްކަމުން ދިޔައީ ފެންމުންދާ މަންޒަރުތަކުގެ ރީތި ވާހަކައެވެ. އެމީހުންގެ ފަހަތުން ޖީބަށް އަތް ޖަހައިލައިގެން ޝައިމްވެސް ހިނގަމުން ދިޔައީ މިއިން ކަމަކަށް ޝައުގެއް ނެތިއެވެ. އެހެންޏާ ކަރުގައި އަޅުވާފައި އޮތް ކެމަރާއިން ރީތި މަންޒަރެއްގެ ފޮޓޯ ނުނެގިފައި ހުންނައިރު މިއަދު ހީވަނީ އެ ހުރިހާ ތަނެއް އެދެލޮލަށް ނުފެންނަ ހެންނެވެ.

އަތިރި މައްޗަށް ދެވުނުއިރު ކުޑަ ފިރިހެން ކުދިންތައް އެކުވެރިންނާއި އެކީ މަސްބާނަން ވަކިން ރާނައިފައި އޮތް ތޮށިގަނޑު މަތީ ގުރޫޕް ހަދާލާފައި ތިއްބެވެ. އަނެއްބައި ކުދިން ކިހިފައިވާ ލޮލުގަނޑުގެ މޫދުވިނަ މަތީގައި ސަކަރާތް ޖެހުމުގައި އުޅެއެވެ.

އެތަން ފެނުމާއި އެކު މަލަކާގެ ހަނދާނަށް އައީ ކުޑައިރުގެ ހަނދާންތަކެވެ. އެހެންކަމުން އިތުރަށް މަޑު ކުރުމެއް ނެތި ކައިރީގައި ހުރި އަޝްވާގެ އަތުގައި ހިފައި މޫދު ވިނަގަނޑުގެ މައްޗަށް އަރަން ހިނގައިގަތެވެ. ފުރަތަމަ އެރުމާއި އެކު ދެމީހުން ކައްސާލައިފައި ނުވެއްޓުނީ ކިރިއާއެވެ. އެތަން ބަލަން ދުރުގައި ތިބި އަޝްވިން އަށާއި ޝައިމްއަށް ހެވުނެވެ.

“ހޭނެ ކަމެއް ނެތް އިނގޭ ދެމީހުން. އާދެބަލަ ވަރަށް މަޖާ. ހީވަނީ ޖެލީ ގަނޑެއްހެން” އަޝްވާ ހުރީ މިކުރެވޭ އާ ތަޖްރިބާއިން ވަރަށް އުފަލުންކަން އަޑުގައިވި ފޯރިން އެގެއެވެ. އަޝްވާ އެބައަންނަމޭ ބުނެ ވެލިގަނޑު މައްޗަށް ފޭބީ އަޝްވިން އާއި ޝައިމްވެސް އެތަނަށް ގެންދިޔުމަށެވެ. އަޝްވާ އަންނަން އުޅުމުން ދެމީހުން ދުރަށް ދުއްވައިގަތުމުން އަޝްވާގެ އަތުގައި ޖެހުނީ ހަމައެކަނި ޝައިމްއެވެ. ޝައިމް ދާން ދެކޮޅު ހެދިނަމަވެސް އަޝްވާ ގަދަކަމުން ގެންދިޔައީ ދެން އިތުރުގޮތެއް ޝައިމްއަށް ނެތޭ ބުނަމުންނެވެ.

ޝައިމް މަޑުމަޑުން ފައި ޖައްސާލީ އެހުރިގޮތް ފެނުމުންނެވެ. ޝައިމް މޫނުމައްޗަށް ގެނައި ކުލަވަރުން އެތަން ބަލަން ހުރި މަލަކާއަށް ހެވެން އުޅުމުން އަވަހަށް ފުރަގަސްދިނެވެ. ޝައިމް އޭނާ ދެކެ އަންނަ ރުޅި މިހާރުވެސް ވަކި ކުޑައެއް ނޫންތާއެވެ. ޝައިމް ކޮންމެ ފިޔަވަޅެއް އަޅަމުން ދިޔައީ މަޑުމަޑުން ވަރަށް ސަމާލުވެގެންނެވެ. އެހެންކަމުން ކުރިމަތީގައި ހުރި މަލަކާ ހުރީ ކިހާ ހިސާބެއްގައި ކަން އަންދާޒާކޮށްނުލެވެއެވެ. މަލަކާ ހުރީ ޝައިމް އާއި މާދުރުގައި ނޫންކަމުން ފަސް ވަރަކަށް ފިޔަވަޅަށް ފަހު ޝައިމް ގޮސް ޖެހުނީ މަލަކާގެ ގައިގައެވެ. މަލަކާވެސް ހުރީ މީހެއް އޭނާ ގައިގައި ޖެހިދާނެ ކަމަށް ބަލައިގެން ނޫންކަމުން ޝައިމް ޖެހުމާއިއެކު މިހާ ކޮންޓުރޯލުން ނެއްޓިއެވެ.

މަންމާއޭ ކިޔައި މަލަކާ ބާރަށް ގޮވައިގަތީ ބިރުގަތް ބޮޑުކަމުންނެވެ. މަލަކާއަށް ދެލޯ މަރައި ތަގުޑޮކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. ދިޔަވަރު ކިހިފައި އޮތް މޫދުގައި މަލަކާ ޖެހުމުގެ ކުރިން އެއަތުގައި ހިފީ ކައިރީގައި ހުރި ޝައިމްއެވެ. އަތުގައި ހުރި ބާރެއް ލާފައި ޝައިމް މަލަކާ އޭނާއާއި ދިމާލަށް ދަމައިގަތީ ހުޝިޔާރު ކަމާއި އެކީގައެވެ. އެބާރު މިނުގައި ގޮސް މަލަކާ ޖެހުނީ ޝައިމްގެ މޭމަތީގައެވެ. އެޔާއެކު ދެމީހުން އެއްކޮށް އަނެއް ފަރަތާށް ނުވެއްޓުނީ ކިރިއާއެވެ. މަލަކާ ޝައިމްގެ ގައިގައި ބައްދާލައިގެން ހުރި އިރު މޭތެޅެމުން ދިޔައީ އިންތިހާއަށެވެ.

ދެމީހުން އެގޮތުގައި މަދު ސިކުންތުކޮޅެއް ހޭދަކުރީ ހަމައަކަށް އެޅުމަށެވެ. މަލަކާ ޝައިމްގެ ގައިން ދޫކޮށްލައި އިސް އުފުލައި ބަލައިލީ ޝައިމް ބުނާނީ ކީކޭ ބާއޭ ހިތަށް އަރުވަމުންނެވެ.

“ސޮރީ ނޭނގުނީ” ޝައިމް ދިނީ ކުރު ޖަވާބެކެވެ. މަލަކާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ޝައިމް ދާން ހިގައިގަތެވެ.

ޝައިމް ގޮސް ދުރުގައި އޮތް ގަލެއްގެ މަތީގައި ލެގިލައިގެން ދުރު ބަލަން ހުރިއިރު މަލަކާއަށް ސިއްރު ސިއްރުން ޝައިމްއަށް ބެލެވެމުންދެއެވެ. ދެން ނުބަލާނަމޭ ބުންޏަސް ބެލެނީއެވެ. ޝައިމްގެ އެ ނުރުހުންވުމުން ހިތަށް އުނދަގޫ ކުރުވަނީއެވެ.

ދުވާލުގެ ފަހު ރަންދޯދިތައް ދުނިޔެއަށް ހަދިޔާކުރަމުން އިރު މިއަދުވެސް އޮއްސެނީ މާދަމާ ބައްދަލުކުރާނެކަމުގެ ޔަގީންކަން ދެމުންނެވެ. ރަތްވިލާތައް ކަނޑާއި ބައްދަލުވެ އިރާއި މިއަދުގެ ވަދާއީ ސަލާމް ކުރަމުން ދެއެވެ. ދޫނު ސޫފާސޫފި އެތަކެތީގެ ހާލިތަކަށް ވަދެ ރައްކާތެރިކަން ހޯދަމުންދެއެވެ. މިއީ ދުނިޔޭގެ އާދަކަމުގައި ވިޔަސް ހިތަށް ވެރިކުރުވަމުން ދަނީ ތަފާތު އިހްސާސެކެވެ.


 

މައުރިބު ނަމާދުން ފާބައިގެން ގުރުއާން ކިޔަވަން އިންދައި މަލަކާއަށް ނިއަމްގެ ފޯނެއް އައެވެ. އެހެންކަމުން މުސްހަފުން ކިޔަވަމުން ދިޔަ ބައި ފާހަގަކޮށްލުމަށްފަހު ބޭރަށް ނުކުތީ ނިއަމްއާއި ވާހަކަ ދައްކާލުމަށެވެ. މަލަކާ ފޯނު ކަންފަތުގައި ޖަހަމުން ނިކުތީ މައިގޭގެ ފުރަގަހުގައި ހައްދާފައި އޮތް ކުޑަ ބަގީޗާއަށެވެ. ރޭގަނޑު ވިޔަސް ދިއްލާފައި ހުރި ފަސް ވޯޓްގެ އޮރެންޖު ބޮކިން އަލިކަން ގެނުވައިފައިވެއެވެ. މަލަކާ ގޮސް އިށީނީ އެލުވައިފައިހުރި ކުޑަ އިދޯލީގައެވެ.

ޝައިމްމެން މައުރިބު ނަމާދުން ފައިބައިގެން އައިއިރު ބަދިގޭގެ ސުފުރާމަތި ވަނީ އެކިކަހަލަ ކާތަކެތިން ފުރާލާފައެވެ. ކުޅިތާކެއްޗާއި ފޮނި ކާތަކެއްޗަކެވެ. އަދި އެކި ވައްތަރުގެ ބުއިންތަކެވެ.

“ޝައިމް ދޭބަލަ މަލަކާއަށް ގޮވާލަން. ދެނަމާދު ދޭތެރޭ ބޭރަށް ނުދާށޭ ބުންޏަސް އެމަންޖެއަކަށް ނުހުރެވޭނެ ނުނިކުމެ. ދެއްމެ ދުށިން ފޯނު ހިފައިގެން އެދިމާލަށް ނިކުތްތަން” މަލަކާއަކީ ހުރި ހަމައެކަނި ދަރިފުޅުކަމުން ސަމީހާ އަދިވެސް ދެވެން އޮތް އެއްމެ ފުރިހަމަ ރައްކާތެރިކަމެއް މަލަކާއަށް ދެއެވެ.

ޝައިމް ދެކޮޅު ހޯދަމުން ބޭރަށް ނިކުތް އިރު އުދޯލީގައި އިން މަލަކާ ފެނި އެދިމާލަށް ހިގައިގަތެވެ. މަލަކާ ހުރީ ޝައިމްއާއި ފުރަގަސްދީގެން ކަމުން މަލަކާ ހުރީ ފޯނެއްގައި ކަން ޝައިމްއަށް ނޭނގެއެވެ.

“ނިއަމް! މަލަކާ ބޭނުމީ އެއްމެ ސުވާލެއްގެ ޖަވާބު. ނިއަމް މަލަކާއަށް އިތުބާރެއް ނުކުރަންތަ. މިވީ ހުރިހާ ދުވަހެއްގެ ތެރޭގައި ދެމީހުން ބިނާކުރި ގުޅުން ނިއަމް ތި ނިއްމާލަނީ އެހެން މީހެއްގެ ބަހަށްތަ. އެއްފަހަރު ނަމަވެސް ކީއްވާނީ ހަގީގަތް އަހައިލިއްޔާ. މިއަދު ގުޅާފަ އިތުބާރު ކުރެވެން ނެތޭ ތިބުނަނީ ދައްކާނެ ބަހަނާ ހުސްވީމަތަ. މިއޮތް ހުރިހާ ދުވަހު ނިއަމްގެ މަލަކާއާއި ދުރުތިވާ ސަބަބު މިރޭ އެގިއްޖެ” މަލަކާއަށް ތުރުތުރު އަޅަމުން ހިތުގައި އުފެދިފައިވާ ޝަކުވާތައް ބޭރުކޮށްލެވުނީ ކިރިއާއެވެ. އަޑު ބެދިއްޖެއެވެ.

ޝައިމްގެ ފިޔަވަޅުތަކަށް ހުއްޓުން ގެނުވީ މަލަކާ ހުރީ ފޯނެއްގައި ކަން އެނގުމުންނެވެ. ދާން ހިގައިގަތަސް އަނެއްކާވެސް ހުއްޓުވީ މަލަކާގެ ކުރަކިވެފައިވާ އަޑެވެ. އަދި އެޔަށްފަހު އިވެން ފެށި ގިސްލުމުގެ އަޑެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޢެދެމޭ އުފާ….(12)

Next

އަގެއްނެތްލޯބި 18 ވަނަބައި

Next
September 15, 2017

އަގެއްނެތްލޯބި 18 ވަނަބައި

Previews
September 14, 2017

ޢެދެމޭ އުފާ….(12)

37 Comments!

  1. Zish says:
    September 14, 2017 at 10:35 pm

    Vvvv reethi…

  2. Zish says:
    September 14, 2017 at 10:37 pm

    Btw zish miadhu first dhw?…mi story a zish ge furathama comment mee….

    1. maroon says:
      September 14, 2017 at 11:04 pm

      Thanku zish. V happy vejje comment kollyma ?

  3. Adha? says:
    September 14, 2017 at 10:54 pm

    Malakaa nd shaim mee haadha stubborn dhemeehuney dw?… if they fall in love.. love ves ehaa strong vaane.. dhoonukuraane dw ekaku anekakah? e gothuga abadhu dhemithibeyne?
    Varah reethi mi part ves
    Waitingss ❤❤❤❤

    1. maroon says:
      September 14, 2017 at 11:05 pm

      Thanku adha ?
      Lets see dhw if they get there ?

  4. song joong ki..KOREAN says:
    September 14, 2017 at 11:02 pm

    me second tha?? vrh reethi mi part vx.. heevany thankolheh kuruhenn.. hehe 🙂 kiyaa hiyyvefa inleh bodukamun kanneynge dhw.. avahah nxt part up khdhrhcheyy.. 😀

    1. maroon says:
      September 14, 2017 at 11:07 pm

      Hey SJKi , adha dhw second ?
      Yh kuruvaane thankolheh. Next part ehenvyma avas vaane ngey. Thanku ?

  5. Ram says:
    September 15, 2017 at 12:05 am

    Hii maroon.. first comment on this story.. comment nukuriyas kiyan hama gavaidhun.. v interesting mi story.. waitingss ❤

    1. maroon says:
      September 15, 2017 at 9:05 am

      Thanku Ram ?

  6. Twinkle says:
    September 15, 2017 at 12:07 am

    Mi part vx varah nice. Emme rythi hisaabun e nimuny. Hehehe. Waiting waiting fr the nxt part igey maroon

    1. maroon says:
      September 15, 2017 at 9:05 am

      Thanku twinkle ?

  7. Xxxx says:
    September 15, 2017 at 12:17 am

    Hey v.nice dear..keep it up.. waiting ???????

    1. maroon says:
      September 15, 2017 at 9:06 am

      Hey xxxx
      Thanku ?

  8. ninni says:
    September 15, 2017 at 12:23 am

    Masha Allah. Mi part ves v v reethi. ??

    1. maroon says:
      September 15, 2017 at 9:06 am

      Thanku ninni ??

  9. khajja says:
    September 15, 2017 at 12:24 am

    Ohhh wow? masha allah v v rythi ?? v v interesting ? malakan shaim gulheyne mi stryga shaim ah keiynuveveyvarah malskaa dheke loabiveveyne hiyennuvey ekan othy maadhuruga henevves nafrathaky loabyge feshun kamuga vaanama shaim ah malakaa aa nulaa noolheveyne malakaa ge thi phone call nimey iru shaim ge hithah sunaamy araanehen v hyvey???? anywa stry v v v awsome ? when nxt prt avaskolladhechchey gud nyt ly???❤❤??????

    1. maroon says:
      September 15, 2017 at 9:08 am

      Thanku khajja ?
      Sunaamy araigen ihusaasathah bandun kollaifiyyaa ragalhu dhw ?
      Next part in sha Allah sooner than this part. Have a good day. Loves ?

  10. nux says:
    September 15, 2017 at 6:27 am

    wow wow v furihama mi part vess well done dr lafuzuthah athuraafai hurilheh v furihama ????v asarugadha story eh hen heevany ?????nw v reethi can’t waite next part avass kohla dhehchey dr plz plz plz maroo loabi??????????????

    1. maroon says:
      September 15, 2017 at 9:09 am

      Thanku nux ?
      In sha Allah. asaraugadha kureveythw mibalany. Sure next part avaskoh dheynan

  11. Zuam says:
    September 15, 2017 at 8:51 am

    Masha Allah. … varah reethi. … waiting. ….❤❤❤❤

    1. maroon says:
      September 15, 2017 at 9:09 am

      Thanu zuam ?

  12. boabi says:
    September 15, 2017 at 9:46 am

    Nice ??

  13. boabi says:
    September 15, 2017 at 9:47 am

    I like shaim ✨

    1. maroon says:
      September 15, 2017 at 9:52 am

      Thanku boabi?.. should i give him to u instead of malaka ?

  14. click a shot ? says:
    September 15, 2017 at 10:37 am

    Wow.?.varah reethi mi part ves…enme kiyaahivaa hisaabun enimuny…waiting for next part…ly maroon…❤️?

    1. maroon says:
      September 15, 2017 at 1:19 pm

      Thanku click ?
      Ly too?

  15. cherritw says:
    September 15, 2017 at 12:11 pm

    Woww maroon..story hama habeys..next part avas khlache..?

    1. maroon says:
      September 15, 2017 at 1:20 pm

      Thanku sure dear ?

  16. hai says:
    September 15, 2017 at 12:46 pm

    VVVVVVVVVVVVV lobi stry
    waiting????????

    1. maroon says:
      September 15, 2017 at 1:20 pm

      Thanku hai ?

  17. Kia says:
    September 15, 2017 at 1:33 pm

    .dhen konirakuntha next part. Wait kohgen hunnathaa kon ireh..??

  18. saadhu says:
    September 15, 2017 at 1:48 pm

    v reethi.abadhu ves maroon ge vahakatha v reethi.?avaha up kodheeba v kiyaa hithun mihuree

  19. mal-mal says:
    September 15, 2017 at 2:39 pm

    an amazing chapter, MashaAllah. keep up the good work!! ??????
    when is the next update??

  20. Pooky says:
    September 15, 2017 at 3:36 pm

    When next part? Cant waitt?

  21. maroon says:
    September 16, 2017 at 9:13 am

    Thanki mal kia andpooky ???
    Miadhu aneh bai upkohdheynan ?

  22. Zaain says:
    September 16, 2017 at 12:00 pm

    Waaaaoooo….. v nice…. romantic kohlahchey…. next part avahah upkohdeychey…. pls…. Aslu story ga Saim v firihenvantakoh v strong koh gengulheyty story hama v perfect ingey reader…. kyp it up…. sifakurun hama habeys…

  23. maroon says:
    September 16, 2017 at 2:20 pm

    Thanku saadhu and zaain. Mihaaru aneh part mi liyany. Nimunuha avahah up kohdheynan ??

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 5←


All Right Reserved!