އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 8 ވަނަބައި
” ދުރުވެވޭނެ…. ޕްލީޒްމާން…. އަހަންނަށްޓަކައި… މި ދަރީންނަށްޓަކައި… މާން ބޭނުންތަ އަހަރެމެން ނިކަމެތިވެ ބިކަވާން؟ މާން ބޭނުންތަ މި ކުޑަކުޑަ އާއިލާ ހިތާމައިގެ ކަނޑަކަށް ދޫކޮއްލަން………..” ރާޔާ މަސައްކަތްކުރީ ލޯތްބާއި އެކު ވިސްނައިދޭށެވެ.
” ނޫން……. އެގޮތެއް ދެން ބޭނުމެއް ނުވާނެ އެއްނު………….” މާނިޝް ހެވިފައި ބުނެލިއެވެ. ރާޔާ ދެރަވީ މާނިޝް ސީރިއަސް ނުވުމުންނެވެ.
” ރަނގަޅުވާން ބޭނުންތަ؟” ރާޔާ އެހިއެވެ. މާނިޝްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުންނެވެ. މާނިޝްއަށް ރާޔާގެ ލޮލަށް ބަލާލެވުނެވެ. އަދި ބޯޖަހާލިއެވެ. ރާޔާ އަވަސް އަވަހަށް މާނިޝްގެ މޭގައި ލައްވެލިއެވެ.
*************************
ގަޑިން މެންދަމު ދެގަޑި ބައިވަނީއެވެ. ރާޔާ އިނީ ދަމުނަމާދުކުރާށެވެ. ސިޓިންގ ރޫމުން މަޑުމަޑުން ހޭ އަޑު އިވެންފެށިއެވެ. ސަލާމްދިނުމަށްފަހު ބުރުގާވެސް ނުބާލާ އޭނާ ހިނގައިގަތީ ކޮޓަރި ދޮރާއި ދިމާއަށެވެ. މަޑުމަޑުން ދޮރާއި ގާތްވާ ވަރަކަށް ހޭއަޑު ބާރަށް އިވެއެވެ.
” ހޫމ ދެން މާނިޝް ތިހެން ނުހަދަބަލަ……….” ހެމުން ހެމުން އަންހެން ކުއްޖަކު ބުނިއަޑަށް ރާޔާއަށް ދޮރުހުޅުވާލެވުނެވެ. އޭނާއަށް ހުއްޓެވުނެވެ. ދެލޯ ބޮޑުވިއެވެ.
” ހޫމް ހޫމް…. ރިޒޫ… ދެން …………” މާނިޝް ރިޒޫގެ ބަނޑުގައި ބައްދައިގަނެގެން އޮޅުލަނީއެވެ.ރާޔާއަށް ސިޓިންގ ރޫމަށް ނުކުމެވުނެވެ. މާނިޝްއަށްވުރެން ކުރިން ރާޔާ ފެނުނީ ރިޒޫއަށެވެ. ރިޒޫ މައިތިރި ވުމުން މާނިޝް ބަލާލިއެވެ.
މާނިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
” ހޭ…. ދޭ… ވަދޭ ކޮޓަރިއަށް………” މާނިޝް ހަޅޭއްލަވައިގަތެވެ. ރާޔާ ފަހަތަށް ޖެހެންފެށިއެވެ. ރާޔާ ކޮޓަރިއަށްވަދެ ދޮރުގައި ލައްވެގެން ހުރެ ވަރަށް ރުޔެވެ. އޭނާ މަޑުހިނގުމެއްގައިގޮސް މުސައްލަމަތީ ކުޑަކަކޫ ޖެހުމަށްފަހު ދުޢާއަށް އަތް އުފުލާލިއެވެ.
” އަޅުގެ ވެރި ރަސްކަލާކޮ…. މިއަޅާ ތިޔަފަދައިން އިމްތިހާން ނުކުރައްވާ… މިއަޅާ ނެތިގެން ހިނގައިދާނެ… ހިތާމައިން ހިތް ވިރިދާނެ… މިއަޅާގެ ފިރިމީހާއަށް ތެދުމަގު ދައްކަވާ ނުބައި މަގުން އެއްކިބާ ކުރައްވާށި! މިކުދިން ނިކަމެތިކޮއް ނުލައްވާށި! ކޮންމެ އިންތިހާނަކުންވެސް މިއަޅާ ފާސްވާނެ…މާތް ﷲ ކެތްތެރިކަމުގެ ސިފަ މިއަޅާގެ ކިބައިގައި އަށަގެންނުވީތީ ޝުކުރު ކުރަން… ” ގިސްލަ ގިސްލާފައި ރާޔާ ދުޢާކުރަމުން ދިޔައެވެ.
އެ ބޮޑު ބަނޑާއި އެކު ރާޔާ އެނދުމަތީ އިށީނީ ވަރަށް އުނދަގުލުންނެވެ. މެއަށްވެސް ތަދުވަނީއެވެ. މެއިން ދިލަނަގަނީއެވެ. އޭނާ ކުކުރަ ކުކުރާ އިންދާ މާނިޝް ވަރަށް ބާރަށް ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ. އައި ގޮތަށް އައިސް ރާޔާގެ އިސްތަށިގަނޑުގައި ހިފިއެވެ.
” ކީއްކުރަން ބޭރަށް ނުކުތީ.. ތިކުރާ ނަމާދުތައް ކުރަން މިތާ އިންނަމަ……”
” މާފްކުރޭ…. ދެން… ދޫކޮއްލާ… ތަ… ތަދުވޭ..” ރާޔާ ބަނޑުގައި އަތްޖައްސާލިއެވެ.
މާނިޝް ދޫކޮއްލުމަށްފަހު ރާޔާއަށް ފުރަގަސްދިނެވެ.
” އަހަރެންގެ މެއިން ދިލަނަގަނީ މާން………….” ރާޔާ ވަރަށް އުނދަގުލުން ބުނެލިއެވެ.
” އަހަރެން އުޅޭ ނޫޅޭ ގޮތް ބަލަންޏާ އެހެން ތަންތަނުންވެސް ދިލަނަގާނެ…..” ރާޔާ ދެރަވިއެވެ ވަރަށް ދެރަވިއެވެ. ދިރިއުޅުން ބަދަލުވެގެންދަނީ ކިހިނަކުން ހެއްޔެވެ؟ ތިންވަނަ ދަރިފުޅަށް ބަލިވެ އިނުމުން ރާޔާ ހީކުރީ މާނިޝް ރަނގަޅުވީކަމަށެވެ. އެކަމަކު މިހާރު އެހުރި މަގަކީ ދުރުކުރަން މާ އުނދަގޫ މަގެކެވެ.
” މާން ބުނީމެއްނު އަހަރެން ނޫން އެހެން އަންހެނެއް……………”
” ރާޔާ …. އަސްލުގަވެސް މިހާރު ރާޔާގެ ބޭނުމެއް ނެތް…….. އެކަމަކު އަހަރެންގެ ދަރީންގެ މަންމައަށް ވީތީ ދޫކޮއްލަން ބޭނުމެއްނޫން……. ދެންވެސް އަނގަމަޑުން ލައިގެން އިނދެވޭތޯ ބަލާ… ނޫނީ ބޭރުކުރަން ބޭނުން ނުވާ ބަހެއް މަގޭ އަނގައިން ނުކުމެދާނެ………” މާނިޝް ނުކުމެގެން ދަމުން އެބުނި ޖުމުލަތަކުން ރާޔާއަށް ބާރަށް ރޮވުނެވެ.
ރާޔާ އެނދުމަތީ އޮށޯވެލިއެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ބަނޑުގައި ފިރުމާލަ ފިރުމާލާ އެހެން އޮންނަތާ އެތައް އިރެއް ވިފަހުން އޭނާއަށް ނިދުނެވެ،
އޭގެފަހުން ކޮންމެ ރެއަކުވެސް ގެއަށް އަންހެން ކުދިން ގެނައުމުގައި މާނިޝް ވަގުތުތައް ހޭދަކުރެއެވެ. ކޮޓަރީގައި ރޮއިލާރޮއިލާ ރާޔާ ހުރެއެވެ. އެއް ރެއެވެ. މާނިޝް އާއިއެކު އަންހެން ކުއްޖަކު އުޅޭކަން ރާޔާއަށް އެނގުނެވެ. އެކަމަކު ބޭރަށް ނުނިކުތުމަށް އިންޒަރުދީފައި އޮތުމުން ނުކުންނާކަށް ރާޔާ ބޭނުމެއް ނުވިއެވެ. ބަނޑުގައި ރިހުން ގަދަވަމުންދެއެވެ. ކެތް ނުކުރެވުމުން ރާޔާ ވަރަށް ބާރަށް މާން އޭ ކިޔާ ގޮވާލިއަޑުއިވުނެވެ.
” އޭނަ ބަނޑުގަ ރިއްސަފާނެ އެއްނު…….” ސޯފީ ބުނެލިއެވެ.
” ދެން… ބަހައްޓާ……… ހޫނނނ ” ސޯފީގެ މޫނުގައި ފިރުމާލަމުން މާނިޝް ބުނެލިއެވެ.
” އެކަމަކުވެސް….. މަރުވެސް ވެދާނެ……. ތެދުވެގެން ދޭބަލަ………..” މާނިޝްގެ ބުރަކަށީގައި ޖަހާލަމުން ސޯފީ ދެވަނަ ފަހަރަށް ބުނެލިއެވެ.
” ހުއް ހޫ….. މިދަނިއްޔޭ………..” ފާޑަކަށް ހުރެ މާނިޝް ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ. ކޮޓަރި ދޮރު ހުޅުވުމާއި އެކު އެނދުމަތީގައި އޮތް ރާޔާފެނި އޭނާއަށް ދުއްވައިގަނެވުނެވެ.
*****************************
ލޯ ހުޅުވާލިއިރު ކައިރީގައި މާނިޝް އިނެވެ.
” ކޮބާ ބޭބީ؟ ” ރާޔާ އެހިއެވެ.
” މިއޮތީ.. އަންހެން ކުއްޖެއް…. ” މާނިޝް ކައިރީގައި ހުރި ކުޑައެނދުން ދަރިފުޅު ނަގަމުން ބުނެލިއެވެ. ރާޔާ ދަރިފުޅަށް ބުއްދޭން ފެށިއެވެ.
” ސޮރީ…” މާނިޝް ބުނެލިއެވެ. މަޑުމަޑުންނެވެ.
އެއްވެސް އެއްޗެއް ނުބުނެ އޭނާ ހީލިއެވެ.
” ކޮބާ މިޝްއަލްމެން؟ “
” ފާތުން ކައިރީގަ… ގޭގަ… ” މާނިޝްގެ ޖަވާބު ލަސްވެފައި ކުރެވެ.
” ގެއަށް ދޫކޮއްލާނެ މާދަމާ…………” މާނިޝް ރާޔާގެ ބޮލުގައި ފިރުމާލިއެވެ. ރާޔާއަށް ލޯމަރާލެވުނެވެ.
******************************
އަނެއްކާވެސް ރާޔާއަށް މާނިޝްގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެން ފެށިއެވެ. ރާޔާ އޮތީ މާނިޝްގެ މޭގައި ބޯއަޅާލައިގެންނެވެ.
” ފާތުން ވެއްޖެ އެ ކޮޓަރީގަ މީޝަމްމެން ގޮވައިގެން ނިންދަވަން ގޮސް… މިދުވަސްކޮޅު ފާތުން ކައިރީ ބުނިން އެއްކޮށް މިގޭގަ އުޅެން… އޭނަ ވަރަށް ރަނގަޅު……..” ރާޔާ އެހެން ބުނިތަނުން މާނިޝްގެ ފޯން ރިންގ ވިއެވެ.
” ސޯފީ އެއް މިއޮއް ގުޅަނީ……..”
” ބިޒީކޮއްލާ… ” މާނިޝް އެހެން ބުނުމުން ހިނިތުން ވެލަމުން ރާޔާ ފޯން ކަނޑާލިއެވެ.
” އަހަރެން ވަރަށް ދެރަވެއްޖެ ރެއިން އާއި މެދު ކަންތައް ކުރެވުނު ގޮތުން،،،،،،،،، ” އާދައިގެ ގޮތަކަށް މާނިޝް އެހެން ބުނުމުން ރާޔާ ވިސްނާލިއެވެ. އެއީ ވަގުތީ ރަނގަޅުވުމެއްކަން ރާޔާއަށް ޔަޤީންވިއެވެ. އަދިވެސް އެއީ ރާޔާ ލޯބިވި މާނިޝްއެއް ނޫނެވެ. ރާޔާ މާނިޝްގެ މޫނަށް ބަލާލިއެވެ.
” ރެއިންއަށްވުރެން ރާޔާ ކިއްޔާ މާ ރީތި މިހާރު……..” ރާޔާ އެހެން ބުނުމުން މާނިޝް ބަލާލިއެވެ. ރާޔާގެ ހިތައް ތަދުވެފައިވީ ވަރުން ރާޔާ ދެރަވީއެވެ. އޭނާއަށް މާނިޝް އޭނާ ދުރުކުރާކަން އިހުސާސް ވުމުން އަމިއްލައަށް ދުރުވަނީބާވައެވެ؟ ރާޔާ ވަރަށް ބޮޑަށް ހިތުގައި ޖެހިގެން ނޫނީ އެހެން ނުބުނާނެކަން މާނިޝްއަށް އެނގެއެވެ.
” އަހަންނަށް އެނގޭ ރެއިން އަހަންނަށް މައާފްނުކުރާކަން..” މާނިޝް ބުނެލިއެވެ. ރާޔާ މާނިޝްގެ މޭމަތިން ތެދުވެ އެނދުގައި ލެނގިލަމުން ބުނެލިއެވެ.
” ނޫނޭ…. އަހަރެން އަބަދުވެސް މާން އާއި މެދު ހިތްހެޔޮ…….. އަހަރެން ބޭނުންވަނީ މާން ތިއީ ރަނގަޅު ދީންވެރި ފިރިއަކަށް ވުމަށް.. އަހަރެމެންގެ މި އާއިލާ ބަލަހައްޓާ ހުރިހާ ޒިންމާއެއް އުފުލައިދިނުމަށް…. މިޝްއަލް އާއި މީޝަމްގެ އިތުރުން މާޝާވެސް ލިބުނީ… އާއިލާއަށް ކުރަންޖެހޭ ޚަރަދުތައްވެސް އިތުރުވާނެ….. އެހުރިހާ ކަމަކަށް ވިސްނަންޖެހޭނެ…… ” ރާޔާ ވާހަކަ ދައްކަމުން ދިޔައިރު ކަޅިޖަހާނުލާ ރާޔާގެ މޫނަށް ބަލަހައްޓައިގެން މާނިޝްއިނެވެ.
” ކީއްވެތަ ހުރިހާ ދަރިންނަށް އަހަންނާ ގުޅުވައިގެން ނަން ތިކިޔަނީ؟ ރެއިން އާއި ގުޅުވައިގެން އެންމެ ނަމެއްވެސް ކިޔާކަށް ރެއިން ބޭނުމެއް ނުވޭ.. އަހަރެން ބުނިހެން ރާނިޔާ ކިޔުނު ނަމަ ރެއިން އާއި ހާދަ ގުޅުނީހޭ ދޯ……”
” ދެން…… ތީ ކޮންވާހަކައެއް،،، އަހަރެން މިދެއްކި ވާހަކަ އާއި މެދު ވިސްނަބަލަ… ” ރާޔާ އަވސް އަވަހަށް ބުނެލިއެވެ. މާނިޝް ރާޔާގެ ތުންފަތުގައި އިނގިލި ޖައްސާލުމުން ރާޔާ މާނިޝްގެ އަތުގައި ހިފާލިއެވެ.
” އަހަރެން މާންދެކެ ވާ ލޯބިން ބޭނުންވަނީ އެކުދިންނަށްވެސް މާންގެ ނަމުން ނަންދޭން.. އޭރުން މާން އަހަރެން ކައިރީގަ ނެތްދުވަހަކުންވެސް އެކުދިންނަށް ގޮވާލާއިރުގައިވެސް އަބަދުވެސް މާން މަތިން ހަނދާންވާނެ،، ” ރާޔާ އެހެން ބުނުމުން މާނިޝް އުފާވިއެވެ.
**************************
ސޯފީ ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެނދުމަތީގައި ޒޫބީވެސް އިނެވެ. އެހެން މީހުން ތިބީ ނިދާފައެވެ.
” ދެން ސޯފީ…..ކީއްވެގެންތަ ތިއުޅެނީ؟ މާޓިން އެއީ މީހެއްގެ ފިރިއެއް.. ތިން ކުދިންގެ ބައްޕަ..އޭނަ އަންނާނެތަ އެ ލައިފް ދޫކޮއްލާފަ.. ކަޔެ މޮޔަވީތަ؟ “
” އާނ… މަގޭ މިހުރީ މޮޔަވެފަ… މަގޭ މާޓިން ބޭނުން… އޭނަ ކީއްވެތަ މަށާއެކު…. މަށާއެކު….. ” ސޯފީ ހުއްޓާލިއެވެ.
ޒޫބީ އެނދުން ތެދުވެގެން އައިސް ސޯފީއާއި ދާދި ގާތުގައި ހުއްޓުނެވެ.
” ކަޔެއަށް އޭނަ ކަމެއް ކުރީތަ؟ ކީއްވެގެންތަ ތިއުޅެނީ މާ ވަރުތަކެއްވެގެން… “
“އޭނަ އަހަންނާ ވަރަށް ގާތްވި.. އެކަމު އެއްވެސް ވަރަކަށް އަހަރެންގެ އެދުމަކަށް ފުރުސަތެއް ނުދިން.. އެކަމު މާޓިން އަކީ ވަރަށް އާދަޔާޚިލާފް މީހެއް.. ވަރަށް ލޯބިވަރުގަދަ މީހެއް… ” ސޯފީ ދުރަށް ބަލަމުން ދިޔައެވެ. ޒޫބީ ދެފަރާތަށް ބޯހޫރާލިއެވެ.
” އޭނަ އެރޭ ބޮއިގެން ހުރީމަ ނޭނގުނީ ކަންނޭނގެ… އޭނަ ހާދަ ލޯބިވެޔޭ ވައިފްދެކެ.. އަހަރެމެން މީހަކު އޭނަގެ ވައިފްއަށް އެއްޗެއް ބުންޏަސް ހޭއަރުވާލާނެ… ތިހިޔާލު ދޫކޮއްލާ… “
” އޭނަ ވައިފްދެކެ ލޯބިވިޔަސް އެހެން މާމަލުންވެސް ފޮނިބޮމުންދިޔައީ……. މަށަށް އެނގޭ އެކަން… ” ސޯފީ ޖޯޝާއި އެކު ބުނެލިއެވެ.
ޒޫބީ އިސްހަޖާލީ އިތުރަށް ބުނާނެ އެއްޗެއް ނެތިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Sala haadha molhey vaahaka liyan , ekamu raayaa thee boduvaru ingey , firimieehaa dheke loabi viyas amilla life halaaku kollafa hunnaka nujeheyne , adhi ekahala goas kantha kuraameehaka ekee ulhun hudda ehves nuvaane.amilla agevves onnan vaane dho,
hehehe thankx aju.. hmm raayaa ehuree hama maan aai hedhi moya vefa.. balahchey dhen vaane goiy ves inge
Sala vvvvvvv molhu vaahaka liyan…v happi ginain up kohdheythi thnx a lot… n keep it up
Mulhi eku kithah part himeneytha? Reethi mibaives <3
e neynge mihaaru bunaakah.. araamaguga genai varah vuren thankolheh thafaathukoh mi gennany.. mibuny nimmaa hisaabu thafaathuvaaney… ehenve bai bayah bahaalevey goiy thafaathuvefa meenee.. 15 varu vaanee hen heevey
????Next part when :'(
v reethi………… kn irakun nest part…. awaskurey mihaaru kiya hithun keh vany eh noon……
salhiyey!