Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 14

seym Level 310 Stories100 Login100 Comments
September 14, 2017 4 Mins Read
8 Comments

އީރަމްގެ އަތުގައި ހިފައި ދަމަމުން އެގެއިން އެނިކުތީ ނާއިލް ނޫން ދެވަނަ މީހެއް ނޫނެވެ. އީރަމް ގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ލާމިހް ލޯ ކުޑަކޮއްލަމުން ފަރުވާތެރިކަމާއެކު ބަލާލީ ވެގެން އުޅޭ ގޮތެއް އޮޅުންފިލާތޯއެވެ. އެއީ ހަމަ އީރަމް ނޫން އެހެން ކުއްޖެއް ނޫނެވެ. ބޮލުގައި ޖަހާފައިވާ ދަތި ނެއްޓި އެ ރީތި އިސްތަށިގަނޑުން މޫނުގެ ބޮޑުބައި ފޮރުވިފައިވި ނަމަވެސް ލާމިހް އަށް އެއީ އީރަމް ކަން ޔަގީންވިއެވެ. ނާއިލް ފޮށި އީރަމް ކައިރީ ބަހެއްޓުމަށް ފަހު ހިނގައިގަތުމުން ލާމިހް ގެ ހިއްސުތަށް މަސައްކަތްކުރިކަހަލައެވެ. ވާރޭގެ ތެރޭ ދުވެލާފައި ގޮސް ލާމިހް އީރަމްގެ ކުރިމަތީ ހުއްޓިއްޖެއެވެ. އެރޭ އެވަގުތު ވާރޭ ވެހިގެން ލާމިހް އެތާ މަޑުކުރުން ވެގެން ދިޔައި އީރަމްގެ ނަސީބަށެވެ. ލާމިހް ގެ މޫނު ފެނުމާއެކު އީރަމްއަށް ހީވީ ގެނބެމުންދަނިކޮށް މީހަކު އޭނާގެ އަތުގައި ހިފާ މައްޗަށް އުފުލާލި ހެންނެވެ. ކުޑަކޮށް ތެމިފައިވާ އިރު ލާމިހްގެ ފިރިހެންވަންތަ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އީރަމް އެވަރަށް ރޯންވީ ކީއްވެހެއްޔެވެ. އަނެއްކާ ނާއިލް އީރަމް އެގޮތަށް އެ ނެރެލީ ކިހިނެއްވެގެންހެއްޔެވެ. ލާމިހް އައިސް ހުއްޓުމާއެކު އީރަމް އަށް ބޮޑަށް ރޮވުނީއެވެ. ތުއްތު ކުއްޖަކު މައިމީހާ ކައިރީ ޝަކުވާ ކުރާ ފަދައިން ނާއިލްގެ ނަން އަނގައިން ބޭރުވީ އިޙްތިޔާރަކާ ނުލައެވެ. އޭރުވެސް އީރަމްއަށް ރޮވޭވަރުން ނޭވާ ނުލެވިގެން އުޅޭ ހެންވެސް ހީވެއެވެ. ލާމިހް ވަގުތުން ހާސްވެއްޖެއެވެ. “އީމް..އޭތް..ކިހިނެއްވީ..ލުކް އެޓް މީ..ބްރީތް..ކީއްވެ ތި ރޮނީ..” ލާމިހް އީރަމް ކައިރިއަށް ޖެހިލަމުން އޯގާތެރިކަމާއެކު ވާހަކަދެއްކީ އީރަމް ހަމައަކަށްއެޅުވުމުގެ ބޭނުމުގައެވެ. “ލާމީ…ނާ..ނާއިލް..” އީރަމް ތަކުރާރުކޮށް ނާއިލްގެ ނަން ކިޔަމުން ދިޔައިރު އެލޮލުން އެތަށް ވާހަަކަތަކެއް ބުނެދޭން އުޅޭ ކަހަލައެވެ. ކަރުނައިގެ ސަބަބުން އީރަމްގެ ކޮލުގައި ނޫފައިގެންފައިވާތަން ލާމިހްގެ ލޮލުގައި އަޅައިގަތެވެ. އީރަމް ގަޔާއި ކައިރިކޮއްލަމުން އެ ކޮނޑުގައި އަތް ވަށާލީ ވަރަށް ލޯތްބާއެކުގައެވެ. ދުވަހަކުވެސް އަންހެން ކުއްޖެއް އެވަރަށް ރޯތަނެއް ލާމިހް ނުދެކެއެވެ. އީރަމް ގެ ރުއިން ހުއްޓުވާނެ ވަކި ގޮތެއްވެސް ލާމިހް އަކަށް ނުވިސްނުނެވެ. “އީމް..ވެގެން އުޅޭ ގޮތެއް ބުނެބަ..ޕްލީޒް..” ލާމިހް ގެ އަޑުގައި ވީ މޮޅިވެރިކަމެވެ. “ނާއިލް..ހީ ޑިވޯރސްޑް މީ..” އުދަގުލާއެކު އީރަމް އެބުނި ޖުމްލައިން ލާމިހް އަށް ދިޔައީ ޝޮކެއް ލިބިގެންނެވެ. މިވީ ކިހިނެއްހެއްޔެވެ. އަތް އުފުލާލަމުން އީރަމްގެ ލޮލުން ފައިބާ ކަރުނަތަށް ފުހެލަން ޖައްސާލި އިނގިލި މަޑުމަޑުން ގޮސް ހުއްޓުނީ އީރަމްގެ ކޮލުގައި ނޫފައިގަނެފައިވާ ތަނުގައެވެ. އަތް ދުރަށް ލަމުން ލާމިހް އީރަމް ގަޔާ ކައިރިކޮއްލިއެވެ.

ވާރޭ ތުނިކޮއްލަންދެން ލާމިހް އެހުރި ގޮތަށް އީރަމް ކައިރީގައި ހުއްޓެވެ. އީރަމްގެ ރުއިން ހުއްޓިފައިވިނަމަވެސް ގިސްލެެވެއެވެ. އެއްތާކަށް ކަޅި ހުއްޓާލައިން ހުރި އިރު އެއްވެސް ދިރުމެއް ހުރިހެނެއް އެ މޫނުމަތިން ހިޔެއްނުވެއެވެ. އީރަމް ގެނެސް އެމޭގައި ޖައްސާ ބާރުކޮއްލަން ލާމިހުގެ ހިތަށް އެތައް ފަހަރަކުއެރިއެވެ. އެ އަތުގެ ހިމާޔަތުގެ ދަށަށް އީރަމްގެނެސް ދުވަހަކުވެސް ހިތާމައެއް ނުދޭނަން ކަމުގައި ބުނެ ވައުދުވާން ބޭނުންވީ ކީއްވެ ކަމެއް ލާމިހްއަކަށް ނުވިސްނުނެވެ. އީރަމްގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކެއް ވީ ލާމިހުގެ ހިތުގައި އެޅުނު ކޫރުމަކަށެވެ.  މެންދަމުގެ އެވަގުތު މަގުމަތީ އީރަމް އާއި ލާމިހް ނޫން އިތުރު މީހަކު ފެންނާކަށް ނެތެވެ. ވާރޭ ހުއްޓާލުމާއެކު ފޮށީގެ އަތްގަނޑުގައި ހިފަމުން ލާމިހް ކުރިއަށް ހިނގައިގަތެވެ. ފަސްއެނބުރި ބަލާލިއިރު އީރަމް ހަމަ ހުރިތަނުގައި ހުއްޓިހުރުމުން ލާމިހް އީރަމް ގާތަށް ޖެހިލިއެވެ. “އީމް..ހިނގާ ދާން..މިތާ މަޑެއް ނުކުރެވޭނެއެއްނު..” ލާމިހް އީރަމް އަށް ވިސްނައިދޭ ފަދަ ގޮތަކަށް ބުނެލިއެވެ. އެކަމަކު އީރަމް ގޮވައިން އޭނާ ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ. ހަނާގެ ނަން ހިތަށް ވެރިވެގަތުމުން ހަމަޖެހުމެއް ލިބިގެންދިޔައެވެ. ލާމިހްގެ ހިތުގައި ނާއިލްގެ މައްޗަށްް ވާ ނަފްރަތު މިރޭ އިންތިހާއަށް ބޮޑުވެއްޖެއެވެ. ފިރިހެނަކަށް ވެހުރެ ނިކަމެތި އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކޮއްލިއިރު ހިތުގައި ހަމަ ކުޑަ ވެސް ރަހުމެއް ނެތީބާއޭ ލާމިހްގެ ހިތަށް އެރިއެވެ. ހިތާމައިގެ ތަސްވީރެއްހެން ފެންނަ އީރަމްގެ މޫނަށް ބަލަން ކެތްނުވުމާއެކު ލާމިހްގޮސް އީރަމްގެ އަތުގައި ހިފާލިއެވެ. ކުޑަކޮށް އަތަށް ދަމާލުމުންވެސް އީރަމް ހުރިތާހުރީއެވެ. އިސްޖަހާލާ ފަޔަށް ބަލާލިގޮތުން ކަމެއް ވެއްޖެކަން ލާމިހް ނަގައިގަތެވެ. އީރަމްގެ ފަޔަށް ބަލާލުމާއެކު ލާމިހް އަށް ބޭއިހްތިޔާރުގައި ފޮށިން ދޫކޮއްލެވުނެވެ. އެ ދޮން ފައިތިލައިގައި ވަނީ ލެއެވެ. ފައި ހަލާކުވެފައި ހުރުމުން ވީގޮތް އެހި ނަމަވެސް އީރަމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ލާމިހް ގޮސް ސައިކަލު މަޑި ދަށުން ނެނގި ފޮތިކޮޅު ގެނެސް ވަރަށް ބަލައިން އީރަމްގެ ފައިގައި އައްސާލަ ދިނެވެ. ފޯނު ނަގަމުން އީރަމް އާއި ދުރަށް ޖެހިލަމުން ހަނާ އަށް ގުޅާލިއެވެ. ވެގެން އުޅޭ ގޮތް ވީހާވެސް ކުރުކޮށް ކިޔައިދިނުމުން ހަނާ އެދުނީ އެގެއަށް އީރަމް ގެނެސްދިނުމަށެވެ. ޓެކްސީ އެއް ލިބޭތޯ ގުޅާލުމުން ވަރަށް ފަސޭހައިން ލިބޭގޮތް ވެއްޖެއެވެ. ޓެކްސީ އައުމާއެކު ފޮށި ލައިދިނުމަށް ފަހު އީރަމް ފަހަތަށް އެރުމުން ދޮރު ލައްޕާލަ ދިނުމަށް ފަހު ލާމިހް ގޮސް އެރީ ކުރިއަށެވެ. ހަނާ މެންގޭގެ އެޑްރެސް ބުނަން އުޅުނު ވަގުތު އީރަމް އަވަސް ކަމާއެކު އެޑްރެހެއް ޑުރައިވަރު ކައިރީ ބުނެލިއެވެ. އެއީ ކާކުގެ ގެއެއް ކަމެއް ނޭނގުމުން ލާމިހް އެނބުރި އީރަމް އަށް ބަލާލަމުން ކިރިޔާ އަޑު އިވޭނޭހެން ބައްޕަ އޭ ބުނެލިއެވެ.

ހެންވޭރު ގާރޑެން ލޭންގެ ދޮރުމައްޗަށް ކާރުމަޑުކޮއްލުމާއެކު ލާމިހް އީރަމް އިން ފަރާތުގެ ދޮރު ހުޅުވާލަދިނުމަށް ފަހު ފޮށި ނަގައިދިނެވެ. އީރަމް އެ ހާލުގައި ދޫކޮއްލަން ލާމިހް ނޭދުނަސް މިވަގުތު ކޮއްދެވޭނެ މާބޮޑު ކަމެއް ނެތެވެ. ލާމިހް ކައިރީ ހުރިހެންވެސް އީރަމްއަށް ހިޔެއްނުވެއެވެ. ކުޑަކޮށް ކޮރާލަމުން ފޮށި ދަމަމުން އީރަމްގޮސް ހުއްޓުނީ ނޫކުލަ ލާފައިވާ ބޮޑު ދޮރު ކުރިމަތީގައެވެ. ފަރިތަކަމާއެކު ބޭރުގައި ހަރުކޮއްފައިވާ ސެކިއުރިޓީ ސިސްޓަމްގައި ނަމްބަރު ތަކެއް ޖަހާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. އީރަމް ވަދެ ދޮރު ލައްޕާލުމުން ލާމިހް ހިނގައިގަތީ އޭނާގެ ސައިކަލު ނެގުމަށެވެ.

އެތެރެއަށް ވަތް އީރަމް އަށް ހީވީ ކުޑަ އިރު ހިޔާލެއް ފިކުރެއް ނެތި ހޭދަކުރިދުވަސްތަށް ލޯ ކުރިމަތިން ފެނުނުހެންނެވެ. ހިނގާލާފައި ދެވޭ ގޮތަށް ހަދާފައިވާ ހިމަމަގުގެ ދެފަރާތުގައި އެކިކުލަކުލައިގެ މާގަސްތަށް އިންދާފައިވެއެވެ. މާލެއިން ވަރަށް މަދުން ނޫނީ ނުފެންނާނެ ކަހަލަ މަންޒަރެކެވެ. ވާރޭ ވެހުމުގެ ސަބަބުން މާތަކުގެ މީރުވަސް އީރަމްގެ ނޭފަތުގައި ޖެހުނެވެ. މަޑު މަޑުން ހިނގާލާފައިގޮސް ގެއަށް ވަދެވޭނެހެން ހުރި ދޮރުގެ ބޭރުގައި ވާ ސްވިޗަށް ފިތާލުމާއެކު ބެލްގެ އަޑު އިވިގެންދިޔައެވެ. މިގަޑި އެންމެން ނިދާފައިވެސް ތިބެދާނެއެވެ. އެގެއަށް އޭނާ ނާންނަތާ ވަަރަށް ދުވަސްވެއްޖެއެވެ. ބައްޕަކައިރީ އޭނާ ބުނާނީ ކީކޭހެއްޔެވެ. ހުރިހާ ސުވާލުތަކެއް އީރަމްގެ ސިކުނޑީގައި އެނބުރެން ފެށުމާއެކު އަނެއްކާވެސް ބެލް އަޅާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލުމަށްފަހު ބޯ ދިއްކޮއްލި ދޮންމަންމަގެ މޫނު ފެނުމާއެކު އީރަމް ރޫރު އަޅައިގަތެވެ. އެ އަންހެން މީހާ ލައިގެން ހުރި އަތްކުރު ޓީޝާޓް ތިރިން ހަރުވާޅެއް ލައިން ހުރިއިރު ލޯ އުނގުޅާލާފައި އީރަމްއަށް ބަލާލިގޮތުން ނިދަން އޮވެފައި އަައިކަން އިނގެއެވެ. އީރަމް ފެނުމާއެކު ހީވީ ބިރެއް ފެނުނުއެހެންނެވެ. “އީރަމް ކަލޭތަ..ހޫން އަނެއްކާވެސް މި މި މުސީބާތްގަނޑު..” ސަލްމާ އެހެން ބުނިގޮތުންވެސް އީރަމްދެކެ ނަފްރަތުކުރާވަރު އީރަމްއަށް އިހްސާސްވެގެންދިޔައެވެ. “މީ..މި ބައްޕައަށް ގޮވާލަދެވިދާނެތަ..” އީރަމް ޖެހިލުންވެހުރެ އަހާލިއެވެ. “ކީއްކުރަން..އޮހޯ..ކަލޭ ތިޔައީ މިގޭގަ ހުންނަންވެގެންތަ..” ދޮރުމަތީގައި ހުރި ފޮށި ސަލްމާގެ ލޮލުގައި އަޅައިގަތެވެ. “ނާއިލް ނެރެލީދޯ ގެއިން..މަށަށް އޭރުވެސް އެނގުނޭ ކަލޭ އޭނަ އާއި އެހާ އަވަހަށް އިނީ ލާރިގަނޑުގެ ބޭނުމުގައޭ..ރީތި ގޮތެއް ވެއްޖެއެއްނު..ދާންއުޅޭ..މިގޭގަ ކަލެއަކަށް ނުހުރެވޭނެ..” ސަލްމާ ދޮރު ލައްޕަމުން ބުނެލިއެވެ. “ސަލްމާ..ކާކުތަ..” ފަހަތުން ޒާހިރުގެ އަޑު އިވުމާއެކު ސަލްމާ މީހެއްނޫން ކަމުގައި ބުނެލިއެވެ.  އެކަމަކުު އެގެއަށް ވަދެވޭނީ އެމީހުންނާ ގާތް މީހަކަށް ކަން ޒާހިރުއަށް އެނގުނެވެ. ސަލްމާ ދުރަށް ޖައްސާލަމުން ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރި އީރަމް ފެނީ ޒާހިރުއަށް ހުއްޓެވިއްޖެއެވެ. އެ މޫނުމަތިން ރޮއިފާ ހުރިކަން އެނގޭއިރު އީރަމްގެ ފޮށިވެސް ޒާހިރުއަށް ފެނުނެވެ. “އީރަމް..ކިހިނެތްވީ..ކޮބާ ނާއިލް..” ޒާހިރު ބޯ އަރިކޮއްލަމުން ފަހަތަށް ބަލާލީ ނާއިލް ހުރެދާނެކަމަށެވެ. ބައްޕަ ފެނުމާއެކު އީރަމްއަށް ރޮވުނީއެވެ. އަވަހަށް އެެތެރެއަށް ވަންނަން ބުނަމުން ޒާހިރު ސަލްމާ ކައިރީ އެދުނީ ފެންތައްޓެއްގެނެސް ދިނުމަށެވެ. އެ ބޮޑު ސިޓިންގްރޫމްގެ ސޯފާގައި އީރަމް ބައިންދަމުން ޒާހިރު ވެގެން އުޅޭގޮތެއް އީރަމްކައިރިން އޮޅުންފިލުވޭތޯ ބެލިއެވެ. ނަމަވެސް އީރަމްގެ ފަރާތުން ޖަވާބެއް ނުލިބޭއިރު ފަޔާއި އެ ކޮލުގައިވާ ނިޝާން ޒާހިރަށް ވެސް ފާހަގަވިއެވެ. ސަލްްްްމާ ގެނައި ފެންތަށި އީރަމްގެ އަތަށް ޒާހިރު ލައިދިނެވެ. “އީރަމްގެ ކޮޓަރި އަށް ދާންވީއެއްނު.. މާދަން ދެން ތިވެގެންއުޅޭގޮތެއް ވާނެ ކިޔައިދޭން..މިރޭ މާ ލަސްވެއްޖެ..” ޒާހިރުގެ ފުށުން މާ ބޮޑު ކަންބޮޑުވުމެއް ނުފެނުނަސް މާދަމާ ނާއިލްއަށް ގުޅަން ނިންމިއެވެ. ޒާހިރުގެ ފަހަތުން ހިނގައިގަތް ސަލްމާ އީރަމްއަށް ލޯއަޅާލިއެވެ.

ބައްޕަމެން ދިޔުމާއެކު އީރަމް ފޮށި ހިފައިން ގޮސް ހުއްޓުނީ ގޭގެ އެންމެ އެތެރޭގައިވާ ކޮޓަރީ ދޮރުމަތީގައެވެ. ފުންނޭވާއެއްލަމުން ދޮރު ހުޅުވާލަމުން އޭނާ އުޅެބޮޑުވި ކޮޓަރި ތެރެއަށް ނަޒަރުހިންގާލިއެވެ. ފޮޮށި އެތެރެކޮއްލަމުން އީރަމް ދޮރު ލައްޕާ ތަޅުލިއެވެ. އޭނާ މިގެއިން ދިޔައިރު އެއްޗެހި ބެހެއްޓިތަނުގައި ހަމަ އެއެއްޗެއް ހުއްޓެވެ. ހިނގާލާފައިގޮސް ޑްރެސިން ޓޭބަލް ލޯގަނޑު ކުރިމަތީ ހުއްޓުނުއިރު އޭގެން މީހެއްގެ ސޫރަ ނުފެންނާނެހާ ވަރަށް އޮތީ ހިރަފުހެވެ. އޭނާ ދިޔަ ފަހުން އެ ކޮޓަރި ސާފުކޮއްފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އެނދުގެ އެއްފަރާތުގައި ހުރި ކުޑަ ކަަބަޑުމަތީގައިވާ ފްރޭމް އީރަމްގެ ލޮލުގައި އަޅައިގަތުމާއެކު އެ ދިމާއަށް ހަލުވި ކަމާއެކު ހިނގައިގަތް ގޮތުން އެއި ކާކުގެ ފޮޓޯއެއް ކަން އީރަމްއަށް އިނގޭ ކަހަަލައެވެ. ފްރޭމްގައި ހަރުލާފައިވާ ހިރަފުސް އަތުން ފޮހެލަމުން އީރަމް އެއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ލޯބިވާ މަންމަގެ މޫނު ފެނުމާއެކު އީރަމްއަށް ރޮވުނީއެވެ. މަންމަ ހުރިނަމަ އޭނާގެ ހިތާމަތަކަށް ހާދަހާ ލުއިވީހެވެ. އެނދުމަތީ އިށީނދެ އެއަށް ބަލަހައްޓައިން ރޮއިރޮއި އިން އީރަމް އަށް ނިދުނީ ކޮންވަގުތަކު ކަމެއް ނޭނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ުުުއީލާމް

Next

އަވްލީން (9 ވަނަ ބައި)

Next
September 14, 2017

އަވްލީން (9 ވަނަ ބައި)

Previews
September 14, 2017

ުުުއީލާމް

8 Comments!

  1. Aki says:
    September 14, 2017 at 2:25 pm

    alhey haadha dhera gothe mivee kiyaahithun huhta e nimunee

  2. seym says:
    September 14, 2017 at 2:40 pm

    salaam hurihaa kudhinnah <3 reyga vaahaka up koh nudhevunyma v bodah sorry.. mi bai vx kurukoh dho mi genesdhevuny bt heekuran kamudhaane kamah. last part ah comment kuri hurihaa kudhinnah v bodah thank you.. <3 faadu kiyaa mistakes thah bunela dhey kudhinnah vx thankyou.. and i will be ignorings the hate comments. m writing not to compete with anyone. bx koh ulhemun vx libey free time ga vaahaka liyamun up kuramun mi gendhany ehnve aslu kuru koh liyeveny.. anyways have a nice day. <3 <3

  3. Papaya says:
    September 14, 2017 at 2:44 pm

    Kiyaa hithun inymi heevany varah kuru hen ? mi part vx varah reeethi

  4. Navya says:
    September 14, 2017 at 2:57 pm

    Thnx thnx thnx up kuryma? mi part ves v vvv reethi. .??????

  5. ??? says:
    September 14, 2017 at 3:29 pm

    Wow woooo woooo woooo vvvv nice ? ? ?❤❤❤???????? whn nxt
    part????

  6. xaan says:
    September 14, 2017 at 3:59 pm

    v reethi

  7. Imtoa? says:
    September 14, 2017 at 4:14 pm

    waaau…when next part?I really love this story..ekaku nukiyas I will read this storie…I apriciate your work…thankx thihaa bxy koh ulheny upkoh dheythy…I understand keevekan kurukoh liyeveny…anyway love this storie very much???

  8. ??? says:
    September 14, 2017 at 6:47 pm

    Vvvv rythi mibaii vess ehaa varah e kuhjja nurihva bala anehkaa dhenn dhonmama ge udhagoo??????

Comments are closed.

Next Episodeތިޔަ ދިން އުފާ 15←


All Right Reserved!