Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ފަންސަވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 12, 2017 9 Mins Read
24 Comments

އަހަރެންނަކީ ފިލްމަކުން ވެސް ޖިންނިއެއް ފެނިއްޖިއްޔާ އެރެއަކު ބިރުން ނުނިދާ އުޅޭ މީހެކެވެ. އެކަނި ފާޚާނާ އަށް ވަންނަން ވެސް ހުންނަނީ ނުކެރިފައެވެ. ނަމަވެސް މިއަދު ހަޤީޤީ ޖިންނިއެއް އަހަރެންގެ ކައިރީގައި ލޯތްބަށް އެދިގެން ކައިރީގައި އިން އިރު ހިނދުކޮޅަކަށް ބިރުގަތް ނަމަވެސް ބީހާލްގެ އެންމެ ބީހިލުމަކުން ހުރިހާ ބިރެއް ނެތިގެން ހިނގައްޖެއެވެ.

 

 

ބީހާލް ބުނި ފަދައިން އޭގެ ފަހުން އަހަރެންނާއި  އެކީގައި ހުރިހާ ވަގުތުތަކުގައި ބީހާލް އެގޭ ތެރޭގައި އުޅޭއެވެ. އަހަރެން ނިދަން އެނަދަށް އަރާއިރުގައި ވެސް އެންމެ ކައިރީގައި ހުންނަނީ ބީހާލް އެވެ. ނިދިން ހޭލެވުމާއެކުގައި އެންމެ ފުރަތަމަ ދެލޮލަށް ފެންނަނީ ބީހާލް އެވެ. އަހަރެން އެއްދުވަހު އަހަން ވެސް އެހީމެވެ. “ބީ ކީއްވެ ނުނިދާ އިންނަނީ. އަހަރެން ނިދީމަ ބީ ވެސް ނިދާލާނަމަ” އަހަރެންގެ އެސުވާލުން ބީހާލް ގެ ފުރިހަމަ ހިނިގަނޑުގެ އަޑު އަހަރެންނަށް އިވިގެންދެއެވެ.

“ނޭނގޭތަ؟ ފަރޫ އުނދަގުލެއްނެތި ނިދީމަ އަހަރެންގެ ނިދި ފުރިހަމަވީ” އަހަރެން ބީހާލް އަށް ބަލާލެވުނީ ކަރުނަވީ ދެލޮލަކުންނެވެ. ހަޤީޤަތުގައި ވެސް ބީހާލް ހަމަ އެހާ ވަރަށް އަހަރެންދެކެ ލޯބިވަނީބާއޭ ހިތަށް އެރިއެވެ. ހުސެން އަށް ހަމަލާއެއް ނުދީ ބީހާލް ހުންނަނީ އަހަރެން ބުނީތީއެވެ. ހުސެން އަހަރެންނަށް ކުރަން ބޭނުންވާ އަނިޔާތައް ބީހާލް ނާކާމިޔާބު ކޮށްލާތީ އަހަރެންގެ ހިތަށް ބުނެދެން ނޭނގޭ އުފާވެރި ކަމެއް ލިބޭއެވެ. އަހަރެން އެންމެ އުފާވަނީ ރަހާ އާއި އިރާ އާއި ގޮވައިގެން ބީހާލް އުޅޭ މަންޒަރު ފެނުމުންނެވެ. ހުސެން އާއި އެކު އެކުދިން އެގޮތުގައި އުޅޭ މަންޒަރު ދުށުމަށް ކިހާ ވަރަށް އަހަރެންގެ ދެލޯ އެދުނު ހެއްޔެވެ؟

ބީހާލްގެ ރަނގަޅުކަމާއި ހިތްހެޔޮކަން ފެނި އަހަރެންގެ ހިތުން ބީހާލް އަށް މަޤާމެއް ހުސްކުރެވެން ފަށައިފިއެވެ. އަހަރެންނަށް ބީހާލް އަށް އެދެވެން ފެށުމުން ފުރަތަމަ އެކަން އަހަރެން ވެސް ޤަބޫލުކުރީމެވެ. ހުސެން މަތިން މުޅިން އަހަރެން ހިތް ކެނޑިއްޖެއެވެ. އިންސާނަކަށް ނުވިޔަސް ހުސެން އަށް ވުރެ އެތައް ތަނެއް ބީހާލް ހެޔޮއެވެ. ބީހާލް އަހަރެންގެ ފަރާތުން ލޯތްބަކަށް އިންތިޒާރެއް ނުކުރޭއެވެ. ދުވަހަކު ވެސް އަހަރެން ބީހާލް ދެކެ ލޯބި ނުވަނީ ކީއްވެގެންތޯ އަހާފައެއް ނުވޭއެވެ. ބީހާލް އަށް ނޭނގުނަސް އޭނާއަށްޓަކައި އަހަރެންގެ ހިތް  ދުވަހަކަށް ފަހު ދުވަހެއް ފިދާވަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވެގެން ގޮސް އަހަރު ދުވަސް ފާއިތުވީއިރު އަހަރެންނަށް ވަނީ ދުވަހަކު ވެސް ވަކިނުވެވޭ ވަރަށް ބީހާލް ދެކެ ލޯބިވެވިފައެވެ. އެވާހަކަ ބީހާލް ކައިރީގައި ބުނާނެ ގޮތަކާއި މެދު އަހަރެން ވިސްނަން ފެށީމެވެ. އެއްދުވަހު ދަންވަރު އަހަރެން ނިދާފައި އޮތް ވަގުތެއްގައި އަހަރެންނަށް ހޭލެވުނީ އަހަރެންގެ ނަމުން ބީހާލް ގޮވާލުމުންނެވެ. އަހަރެން ދެލޯ ހުޅުވާލީރު އެނދުގައި އަހަރެން ކައިރީގައި ބީހާލް ވަރަށް ލޯބިކޮށް ހީލައިގެން އޮތެވެ.

“ފަރޫގެ އިންތިޒާރަށް ނިމުމެއް ގެންނަން މިއަށްވުރެ ރަނގަޅު ގަޑިއެއް ނެތް ކަންނޭނގެ” ބީހާލް ކުރު އަތްމައްޗަކަށް އަހަރެންނަށް ބަލަން އޮވެ ބުނެލިއެވެ.

“ތިބުނީ… ކޮން އިންތިޒާރެއް” އަހަރެންނަށް ފުރަތަމަ ނުވިސްނުނެވެ.

“މިހުރިހާ ދުވަހަކު ފަރޫ ނުބުނެ ފޮރުވައިގެން ތިއުޅޭ ވާހަކަ. އަހަރެން ދެކެެ ލޯބިވާ ވާހަކަ” ބީހާލް ހާދަ ލާނެއް ވެއްޖޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ހިތް ގިރައިގެން ބޮއެގެން ހުރި މީހެކޭ ބީހާލް އެކޭ ތަފާތެއް ވެސް ނެތެވެ. އަހަރެން ދުލުން ނުބުންޏަސް އަހަރެން ހިތް ބުނަމުންދާ ހުރިހާ ވާހަކައެއް ބީހާލް ދެނެގަނެއެވެ. ބީހާލް މަޑުމަޑުން އަހަރެންގެ ތުންފަތުގައި ބޮސްދިނުމާއެކު އަހަރެން ލަދުން ބީހާލްގެ މޭގައި މޫނު ފޮރުވާލީމެވެ. އަހަރެންގެ ހަޔާތަށް އުފާވެރި ހަބަރަކައިގެން އައި މަދަދުޤާރަކީ ބީހާލް އެވެ.

އަހަރެމެން ދެމީހުންގެ ގުޅުމަކީ އިސްލާމްދީން ހުއްދަނުކުރާ ގުޅުމެއްކަން ބީހާލް ވެސް ޤަބޫލުކުރޭއެވެ. ބީހާލްގެ އަންބެއްގެ ގޮތުގައި އަހަރެން އޭނާގެ ހަޔާތަށް އައުމަކަށް އޭނާ ބާރެއް ނާޅައެވެ. އަހަރެން އެދޭ ކަމަށް ވަންޏާ އަހަރެން ދެކެ ލޯބިން އައި ކޮންމެ މީހަކާއި އަހަރެން ގުޅުމަށް ބީހާލް ހުރީ ހިތާއި ފުރާނައިން ޤަބޫލުވެގެންނެވެ. ނަމަވެސް ބީހާލް އެއް ޝަރުތު ކުރިއެވެ. އެއީ ދުނިޔެއަށް ނޭވާލާހާ ހިނދެއްގައި އޭނާ އާއި ގުޅުން ކަނޑާ ނުލުމަށެވެ. އަހަރެން ވެސް ބީހާލްގެ އެޝަރުތު ގަބޫލުކުރީމެވެ.

އިސާހިތަކު ހުސެންގެ ފަރާތުން އަހަރެންނަށް ކުރިމަތިވަމުން އައި ހިތްދަތިކަން ކެނޑި ބީހާލްގެ ފަރާތުން ލިބެމުން އަންނަ އުފާވެރިަކަމާއި ލޯބި އިތުރުވެގެން ދިޔައެވެ. ހުސެން އަހަރެންނަށް އަނިޔާ ނުކުރިޔަސް ދުވަހަކު ވެސް އިސްއުފުލާ އަހަރެންނަށް ބަލާނުލައެވެ. ކުރިން އެކަމާއި ދެރަވެ ހިތުގައި ޖެހުނަސް މިހާރު އަހަރެންގެ ހިތަށް އެކައްޗެއް ވެސް ނާރައެވެ. ނަމަވެސް އޭނާ އިންނަން ބޭނުންވާ ހީން އެއްގެ ވާހަކަ އަބަދުވެސް އޭނާގެ މަންމަ ކައިރގައި ދައްކާ ވާހަކަ އަހަރެންނަށް އިވެއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ސިކުނޑިގެ ކަނެއްގައި ކޮށްޓާލިހެން ހީވީ ހުސެން ލޯބިވެގެން އެއުޅޭ ހީން އަކީ އަހަރެންގެ ރަޔާހީން ކޮއްކޮއޭ ހިތަށް އަރާފައެވެ. ނަމަވެސް އެވަގުތުކޮޅުގައި އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދުވެލީ އަހަރެންގެ ރަޔާހީން ކޮއްކޮ ވަރަށް ލޯބިން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ ބުނެފައިވާތީއެވެ.

ބީހާލް އާއި އެކީގައި މަޖާ ދުވަސްތަކެއް ވޭތިކުރަމުން ދަނިކޮށް އެއްދުވަހަކު ވަރަށް މަޖާ ކަމެއް ހިނގައިފިއެވެ. އަހަރެން ބީހާލް ބުނި ބުނުމަކަށް ވިލިމާލެ ބީޗަށް ދިޔައީ އެފަދަ އުފާވެރި މާހައުލަކުން ބީހާލް ބައްދަލުކޮށްލަން އެދުމުންނެވެ. ފެރީން ފައިބައިގެން މާދުރަކަށް ހިނގާކަށް ނުޖެހުނެވެ. އަނދިރިމަގަށް ނިކުންނަން ނުކެރުމުން އަހަރެން ހިނގާފައި އައީ ވިލިމާލޭ ޕޮލިސް ސްޓޭޝަނާއިވީ ދިމާ ކައިރިންނެވެ. ކުއްލިއަކަށް އަހަރެންނަށް     އެއްލިކަޅިއަކުން މަގުގެ އަނެއް ފަރާތުގައި ހުއްޓި ހުރި ބީހާލް ފެނުނެވެ. އެހެންފަހަރުތަކާއި ޚިލާފަށް ބީހާލް މިފަހަރު ހުރީ މުށިކުލައިގެ އަތްދިގު ގަމީހަކާއި ޑާކް ބްލޫ ކުލައިގެ ޖީންސެއް ލާފައެވެ. އަހަރެން ހައިރާންވީ އަހަރެން ކައިރީގައި ގޮސް ހުއްޓުމުން ވެސް ބީހާލް ހީވެސް ނުލީމައެވެ. އަހަރެން ހީކުރީ ކަމަކާއި ރުޅި އައިސްފައި ހުރި ކަމަށެވެ. އެހެންކަމުން އަހަރެން އެންމެ ފުރަތަމަ ބެލީ ބީހާލްގެ ރުޅި ފިނިކުރެވޭތޯއެވެ.

“އައްދެ އައްދެ މިއަދު ހާދަ ރީއްޗޭ…… ހީވަނީ ހަމަ ލޯބި ބިޓެއްހެން” އަހަރެން ހަމައެކަނި ބީހާލް އަށް އިވޭ ވަރަށް ބުނެލީމެވެ. ނަމަވެސް ދެފަހަރަކު އަހަރެންގެ މޫނަށް ބަލާލާފައި ބީހާލް އަޅާވެސް ނުލިއެވެ. އަހަރެންނާއި ކުޑަކޮށް ދުރަށް ޖެހިލީ ޖީންސުގެ ޖީބަށް އެތް އަތް ޖަހާލަމުންނެވެ. މަގުމަތިން މަދުން ނަމަވެސް މީހުން ފެންނަން ހުރުމުން އަހަރެން ބީހާލްގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތީމެވެ. ޔަޤީނުން ވެސް މިހާރު ހުރި ތަނުން މީހަކަށް ފެންނާނީކީ ނޫނެވެ.

“އަހަރެން އަތުގައި އޮތް ފޯނުން ކުޑަކޮށް އަލިއަޅުވާލީ ބީހާލްގެ މޫނަށެވެ. ބީހާލް އަހަރެންގެ މޫނަށް ބަލަން ހުރީ ޖެހިލުންވެފައެވެ. އަހަރެން ހިނިއައެވެ. ބީހާލްގެ ތުނިކޮށް ފަޅާފައި ހުރި ތުނބުޅީގައި ލޯބިން ފިރުމާލީމެވެ. މޫނުގައި ލޯތްބާއެކު ބޮސްދިނީމެވެ. އެވަރުން ވެސް ބީހާލް ބަހެއް ނުކިއުމުން ހީލާފައި ބީހާލްގެ ކޮނޑަށް އަރާ ދެފައި ކުރިމަތިން ގެނެސް ގޮށްޖަހާލީމެވެ. އެކަމަށް ނުވިސްނާހުރި ބީހާލް އަހަރެންނާއެކު ބިންމައްޗަށް ވެއްޓުނެވެ. އަހަރެން އައި ރުޅީގައި ބީހާލްގެ މޭމަތީގައި ތަޅައިގަތީ އަހަރެން ވެއްޓެން ދޫކޮށްލީތީއެވެ. އަހަރެންގެ ވައަތް ފަރާތުން ކައިރީގައި އައިސް އިށިން ބީހާލް ފެނި އަހަރެން ލަދުން މަރުނުވީ ކިރިޔާއެވެ. ބީހާލް އިނީ އޭނާ އަބަދުވެސް ލޯބިކުރާ ކަޅު ފޭރާމުގައެވެ. އަހަރެންނަށް ބަލާލެވުނީ ބީހާލް ކަމަށް މިހުރިހާއިރު ގަޔަށް ބޮލަށް އެރުނު ޒުވާނާއަށެވެ. އޭރު އެޒުވާނާ ރަކި ހިނިތުންވުމަކުން އަހަރެންނަށް ބަލާލުމަށްފަހު ޖިންސުގެ ފުރަގަހުން ވެލި ފޮޅަމުން ހިނގައްޖެއެވެ. އަހަރެން ބަލާލީ ބީހާލް އަށެވެ. ބީހާލް ހޭތަން ފެނި ރުޅި އައިއްސާ އަހަރެންނަށް ހުރެވުނީ އިރުކޮޅަކުއެވެ. އަހަރެންނަށް ވެސް ހެވިއްޖެއެވެ.

ބީހާލް އާއި އެކުގައި އަހަރެންނަށް އުފާވެރިކަން ވަޒަން ކޮށްލަން ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. ވީނުވީއެއް ނޭނގި ކުއްލިއަކަށް އަހަރެންނަށް ބީހާލް ގެއްލިއްޖެއެވެ. ބައްދަލުނުކުރާތާ ފެނިވެސް ނުލައެވެ. އަނެއްކާ ވެސް ހުސެން އަށް މޮޅު ލިބުނީއެވެ. އަހަރެންނާއި ދެދަރިން ގެންގުޅުނީ ފައި ދަށުގައި އޮންނަ ފުޓްބޯޅަ ފަދައިންނެވެ. ކުއްލިއަކަށް އަހަރެންގެ ހަޔާތަށް ބަހާރު މޫސުން ގެނެސްދީފައި ބައިވެރިޔާ އަހަރެންނަށް ކެހި ދިނީ ކަމުގައި ހިތް ބުނަން ފެށިއެވެ. އަހަރެން ދެވަނަ ފަހަރަށް އެހިތާމަ ތަކުގައި ޤަރަގު ވެގެންދާ މަންޒަރު ފެނި ރަމްލާއްތަ އަހަރެންނާއި ސުވާލު ކުރަން ފެށިއެވެ. އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އަހަރެންނަށް ކުޑަ ވަގުތުކޮޅަކަށް ލޯބިދިން ޖިންނި ގެއްލުނީ ހެއްޔެވެ؟ނުވަތަ އަނދިރިކަން ވެރިވެފައިވާ އަހަރެންގެ ހަޔާތް އަލިކޮށްދިން ލޯބިވެރިޔާ ވަކިވީ ހެއްޔެވެ؟

ހުސެން އަހަރެންނަށް ދޭ ކޮންމެ އަނިޔާއަކަށް އަހަރެން އައީ ކެތްކުރަމުންނެވެ. ބީހާލް އަހަރެންނަށް މަކަރު ހަދާ އޮޅުވާލީ ކަމުގައި އަހަރެން މިހާރު އެއްކޮށް މިހުރީ ޤަބޫލު ކޮށްގެންނެވެ. ވަގަކަށް ހާސް ދުވަހޭ ވެރިޔަކަށް އެއްދުވަހޭ ބުނާ އސޫލުން އަހަރެންގެ ފޮރުވައިގެން އުޅުނު ހަޤީޤަތް މާމަމެން ކުރިމަތީގައި ފަޅާއަރާފިއެވެ. އަހަރެން އެގެއިން ގެންދަން ދުނިޔޭގައި ތިބި އާއިލާ ހުރިހާ މީހުން ދިޔައީ ބާރު އަޅަމުންނެވެ. ނަމަވެސް އަނެއްކޮޅުން ހުސެން ފައިވިއްދާފައި ހުރީ އެކޮޅުން ކިތަންމެ ބާރެއް ދެއްކިޔަސް ކުޑަވެސް ގުޑުމެއް ނާރާނެ ވަރަށެވެ. އަހަރެން މާމަމެން ކައިރީގައި އެދުނީ އަހަރެންގެ ރަޔާހީން ކޮއްކޮ އަށް އެކަންތައް ސިއްރު ކޮށްދިނުމަށެވެ. އެއީ އަހަރެންގެ ކޮއްކޮ ކިޔެވުން މެދުކނަޑާލާފައި އަހަރެންނަށްޓަކައި އަންނަން އަހަރެންގެ ހިތް ބޭނުންނުވާތީއެވެ.

މާމަމެން ފުލުހުން މެދުވެރިކޮށް އަހަރެން އެގެއިން ނެރެން މަސައްކަތްކުރަމުން ދަނިކޮށް އަހަރެންނަށް ހުސެންގެ ފޯނު ކޯލެއް ލިބުނެވެ. އަހަރެން މިފޮތުގައި މި ފޮޅުވަތް ލިޔަމުން ދަނިކޮށް ލިބުނު އުފާވެރި ޚަބަރަކުން އަހަރެންނަށް ހެވުނެވެ. ހުސެން އަހަރެންނަށް ދެވަނަ ފުރުސަތެއް ދޭން ބޭނުންވީއެވެ. ހުސެން އެދުނީ ރޭގަނޑު ބާރަޖަހާ ވަގުތު ޓެރަސް އިން ބައްދަލުކުރުމަށެވެ. އަދި އަހަރެމެން ކައިވެނި ކުރި ދުވަހު އަހަރެން ލައިގެން ހުރި ހެދުން ލުމަށެވެ. އަހަރެން އެންމެ އުފާވީ އެވަގުތު ޓެރަސް އަށް އަހަރެމެންގެ ދެދަރިން ގޮވައިގެން އައުމަށް ހުސެން އެދުނީމައެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ބޭނުމީ މިވާހަކަ ރަމްލާއްތަ ކައިރީގައި ބުނާށެވެ. ބީހާލް ފަދަ ޖިންނިއެއްގެ އަތްދަށުން އަހަރެން ސަލާމަތްވެ ކުދިންގެ ބައްޕަގެ ދިރިއުޅުމުން ދެވަނަ ފަހަރަށް ޖާގަ ލިބުމުން އަހަރެން ހުރީ އިންތިހާ އަށް އުފާވެފައެވެ. ދެވަނަ ފަހަރަށް ވިޔަސް ހުސެން ދެކެ ލޯބިވެވޭތޯ މަސައްކަތްކުރާނީއެވެ.

 

 

ފަރުހީން ލިޔެފައި އޮތް ހިސާބަށް ކިޔާ ނިމުނުތަނާ ރަޔާހީނަށް ރޮވެން ފެށިއެވެ. ކައިރީގައި އޮތް އިރުފާނަށް ބަލާލީ ރުޅިވެރި ިކަމާއެކުގައެވެ. ދޮންތަ އާއި ދޮންތަގެ ދެދަރިންގެ އިތުރުން ދެން ލިބެން އުޅުނު ދަރިފުޅު ވެސް މަރާލީއެވެ. މިފެންވަރަށް ވެއްޓުނު އިންސާނަކު މެރިޔަސް އެމީހަކު ފާފަވެރި ނުވާނޭ ރަޔާހީން ހިތަށް އެރިއެވެ. ނުބައި ނުލަފާ އިންސާނުން ދުނިޔޭގައި އުޅޭއެވެ. އެހެން ނަމަވެސް މިފަދަ ނުބައި އިންސާނެއްގެ ވާހަކަ އަޑު މިއެހީ އޭނާގެ ހަޔާތުން ފުރަތަމަ ފަހަރަށެވެ.

“ނޫން ލޯބިވާ ދޮންތާ… ބީ އަދިވެސް ދުނިޔޭގައި ހުރީ ހަމައެކަނި ދޮންތައަށްޓަކައި. ދޮންތަ ދެކެ ވަރަށް ލޯބިވޭ. ބީ ދޮންތަ އަށް ކެހި ދިނީއެއް ނޫން. ބީހާލްގެ އާއިލާ މީހުންނަށް އޭނާ އާއި އިންސިއަކާއި ގުޅުން އޮތް ކަން އެނގުނު ހިސާބުން ހިލިހިލާ ޖަހާ ހައްޔަރުކުރީ. ދޮންތަ ކައިރިއަށް ބީ އަށް ނާދެވުނީ އެހެންވެ. އަޅެ އެކަން ދޮންތަ އަށް އެނގުނުނަމަ…….” ދޮންތާ ދެރަނުވޭ. ދޮންތަ އާއި ދެކޮއްކޮ އަށް އިންސާފު ހޯދަދޭނަން. މީ އަހަރެން ދޮންތަ އަށް ވާ ވަޢުދެއް” ބާލީސްތެރެއަށް މޫނު ކޮށްޕާލައިގެން އޮވެ ރަޔާހީން ރޮމުން ދިޔައީ އޭނާގެ ދޮންތަގެ ހަޔާތުގައި ދިމާވެފައިވާ ހިތްދަތި ދުވަސްތައް ހިތަށް އެރުމުންނެވެ.

މެންދުރުގެ ކެއުމަށްފަހު ބަނޑު ދަމާލުމަށްޓަކައި ފީރޯޒާ އާއި އާސިރު ކޮޓަރިއަށް ވަނެވެ. މާކިލް ވެސް ސޯފާގައި އިރުކޮޅަކު އޮތުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ. ހެނދުނުން ފެށިގެން ވެސް އިރުފާން ގޭގައި ނެތުމުން ރަޔާހީން ބޮލަށް ތަންކޮޅެއް ފަސޭހައެވެ. ފަރުހީންގެ ޑައިރީ ކިޔުމަށްފަހު އިރުފާން ފެންނަ ކޮންމެފަހަރަކު ރަޔާހީން އޭނާގެ މޫނުމަތީ ލޭކޮށާލަން ހިތަށް އަރައެވެ. ކުރިއަށް ވުރެ ވެސް ބޮޑަށް އިރުފާނާއި މެދު ރަޔާހީންގެ ހިތުގައި ފޫހިކަމާއި ނަފްރަތު އުފެދިފައިވެއެވެ.

ކޮޓަރީގައި އޮންނަހިތް ނުވުމުން ރަޔާހީން ސިޓިންގްރޫމަށް ނިކުތީ ރަމްލާ އާއި ވާހަކަ ދައްކާލުމަށްޓަކައެވެ. މަތިން ތިރިއަށް ފައިބައިގެން އަންނަ ރަމްލާ ފެނުމުން ރަޔާހީން ހަނާ އަޅާލިއެވެ. ރަމްލާ ހީލަމުން ރަޔާހީން ކައިރީގައި ހުއްޓިލިއެވެ. ދެފަރާތް ބަލާލުމަށްފަހު ރަޔާހީން ރަމްލާގެ އަތުގައި ހިފައިގެން ތިރީގައި ހުރި ރަމްލާގެ ކޮޓަރިއަށް ވަނެވެ. ރަމްލާ އޭނާގެ މޫނުފޮތިކޮޅު ހިއްލާލަމުން ދެއަތުން މޫނުމަތި ފޮހެލިއެވެ. އަދި އެނދުގައި ރަޔާހީން ގޮވައިގެން އިށީނދެލިއެވެ.

“ރަމްލާއްތާ އަހަރެންނަށް ހުރިހާ އެއްޗެއް އެނގިއްޖެ. ދޮންތަގެ ޑައިރީ ކިޔައިފިން. ދޮންތަގެ އެންމެ ހިތްދަތިހާލުގައި ވެސް ދޮންތަ އާއި އެންމެ ކައިރީގައި ހުރީ ރަމްލާއްތަ ކަމުގައި އެތައް ފަހަރަކު ދޮންތަ ފާހަގަކޮށްފައި އެބައިން. ރަމްލާއްތަ ކީއްވެ އެހާ ރަނގަޅީ” ރޮވިފައިވާ އަޑަކުން ރަޔާހީން ސުވާލުކޮށްލިއެވެ.

“ރަމްލާއްތަ މީ އެއްވެސް އިރެއްގައި މީހަކަށް ނުބައި ވާނެ މީހެއް ނޫން. ރަމްލާއްތަ އަށް މީހަކު ނުބައިވެއްޖިއްޔާ އެމީހަކަށް ފެންނާނެ ރަމްލާއްތަގެ ވެސް ނުބައި ފަޅި. ތިބުނީ ފަރުހީންގެ ވާހަކަ. ރަހުމާ އެއީ މިދުނިޔޭން ރަމްލާއްތަ އަށް ލިބުނު ހަމައެކަނި ގާތްމީހަކީ. ރަމްލާއްތަގެ އެންމެ ގާތް އެކުވެރިޔާ. އެއްބަނޑުއެއްބަފާ ކޮއްކޮ އެއް ފަދަ ހިތްހެޔޮ އޯގާތެރިއެއް. ތަޤްދީރު ބަދަލުކުރުމުގެ ބާރު އިންސާނުންގެ އަތްމަތީގައި އޮތް ނަމަ ރަހޫ މިދުނިޔެ ދޫކޮށްފައިދާން އަހަރެން ދެކޮޅުވާނަން. ރަހޫ އޭނާގެ ދަރިން ދެކެ ވަރަށް ލޯބިވާނެ. އަހަރެން އެގޭގައި އެއްވެސް އަގަކާއި ނުލާ ހުންނަން އެތައް ފަހަރަކު ރަހޫ އެދުނު. އަހަރެން ބޭނުންނުވީ. އެހެންވެ މިގެއަށް ވަޒީފާ އަށް އައީ. ފަރުހީން މިގެއަށް އައުމުން ރަމްލާއްތަ ހާދަ އުފަލެއްވިޔޭ” ރަމްލާ ވެސް އޭނާގެ މާޒީ އިން ކުޑަ ދުވަސްކޮޅެއް ހަނދާންކޮށްލަމުން ރަޔާހީން އާއި ހިއްސާކޮށްލިއެވެ.

“ދޮންތަ ބުނެފައިވާ ގޮތުން އިރުފާން ދޮންތަ އަށް އިތުރު ފުރުސަތެއްދިން. އެހިސާބަށް ލިޔެފައި އިނީ. ޓެރަސް އަށް އަންނަން ބުނި ކަމަށްވަނީ ރަހާ އާއި އިރާ އާއި އެކުގައި. އޭގެ ފަހުން ވީގޮތް ރަމްލާއްތަ އަށް އެނގޭތަ؟” ރަޔާހީން އަހާލިއެވެ.

އާނ ދަރިފުޅާ! އެއީ އެރޭ. ރަމްލާއްތަ ބަނޑެއްގައި ރިއްސާތީ ނުނިދިގެން ބޭރު ޖޯލީގައި އިންދާ ފަރުހީން އައިސް ކައިރީގައި އިށީނީ. ރަމްލާއްތަގެ ގައިގާ ވަރަށް ލޯބިން ބައްދާލީ. އެމަންޖެ ތުންފަތްމަތީގައިވި ހިނިތުންވުން ރަމްލާއްތަ އަށް ބުނެދިން އެމަންޖެ ކަމަކާއި ވަރަށް ހިތްހަމަޖެހިފައި ހުރިކަން. އެހެންވެ ރަމްލާއްތަ އަހާލިން. ބުނީ އިރުފާން ދެއްކި ވާހަކަތައް. ރަމްލާއްތަ އަށް އެނގޭ އިރުފާނަކީ އެހާ ފަސޭހައިން ގޮތްދޫކުރާނެ މީހެއް ނޫން ކަން. އެކަމަކު އެމަންޖެ އާއި ދެކޮޅަށް ރަމްލާއްތަ އިރުފާނުގެ ގޯސް ވާހަކަ ދައްކަން އެވަގުތު ބޭނުންނުވީ.އެރޭ ގާތްގަނޑަކަށް ބާރަޖަހަން ދާދި ގާތްވެފައި ވަނިކޮށް ރަމްލާއްތަ ބޭރުގައި އިނދެފައި އެތެރެއަށް ވަނީ. ރަމްލާއްތަ އަށް ފެނުނު ކުޑަ ދެބެން އަތުގައި ހިފާލައިގެން ފަރުހީން ސިޑިން މައްޗަށް އެރިތަން. އިރުފާން އެމަންޖެ އަށް ކަމެއް ކޮށްފާނޭ އެވަގުތު ވެސް ރަމްލާއްތަގެ ހިތަށް އެރި. އެހެންވެ އެމަންޖެ ފަހަތުން ރަމްލާއްތަ ވެސް މައްޗަށް އެރީ. އިރުފާން ހުރި ޓެރަސްގެ އެންމެ ކޮޅުގަ. ކުޑަ ދެބެން ތަންކޮޅެއް ފަހަތުގައި ބެހެއްޓުމަށްފަހު ފަރުހީން ގޮސް އިރުފާން ފަހަތުން ބައްދާލީ. ދެމެދުގައި ދެކެވުނު ވާހަކައެއް ރަމްލާއްތަ އަށް މާބޮޑަށް ސާފެއް ނުވޭ. ރަމްލާއްތަ ހިތަށް އެރީ ވީޑިއޯ ވެސް ކުރާނަމޭ. އެހެންވެ ފޯނު ނަގައިގެން އެމަންޒަރު ވީޑިއޯ ކުރަމުން ދިޔައީ. ކުއްލިއަކަށް ރަމްލާއްތަ އަށް ފެނުނީ…….” ރަމްލާ އަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. ކޮޓަރި މެދުގައި ރަޔާހީނަށް ފުރަގަސްދީގެން ހުރި ރަމްލާގެ ފަހަތުން ކޮނޑުގައި އަތް ބާއްވާލިއެވެ. ރަމްލާ ރަޔާހީނަށް ބަލާލުމާއެކު ރަޔާހީން އިޝާރާތުން ކުރިއަށް ގެންދަން ބުނެލިއެވެ.

ކުއްލިއަކަށް އެނުބަިއ ޝައިތާނު އަހަރެންގެ ފަރުހީން ފަސްބުރީގެ އިމާރާތުން ތިރިއަށް ކޮށްޕާ ވައްޓާލީ. އަދި އެވަރަކުން ހުއްޓާލީކީ ނޫން. ފަހަތުގައި ތިބި ކުޑަކުޑަ ދެކުދިން ވެސް ބާބުޅާ ގަނޑެއް ހޫރާލާހެން އެއްލާލީ. ފަރުހީންގެ ރޮއެގަތް އަޑާއި އެދެކުދިން ރޯންފެށި އަޑު މިހާރު ވެސް ރަމްލާއްތަ އަށް އަށް އިވޭހެން ހީވަނީ. އެއާއެކު އެނުބައި އިރުފާން ބާރަކަށް ހެމުން ދިޔަ. ބާރަށް ގޮވަމުން ދިޔައީ މިހެން  ‘ހީން އަހަރެންގެ ލޯބިވާ ހީން އޭ. އަހަރެން މިހާރު މީ މީހެއްގެ ފިރިއެއް ނޫނޭ. އަހަރެމެން ދެމީހުން ދޭތެރޭ އެއްވެސް ހުރަހެއް ނެތޭ’ ލިބުނު ޝޮކްގައި ރަމްލާއްތަ އަށް ހުރި ތަނުން އެންމެ ފިޔަވިއްސެއް ވެސް ނޭޅުނު. ރަމްލާއްތަ އަށް ހޭވެރިކަމެއް ވީ ިއިރު އޮތީ ކޮޓަރީ އެނދުގައި. ކައިރީގައި ފީރޯޒާ އިނީ. ތަންކޮޅެއް ދުރުގައި އާސިރާއި އިރުފާނު ހުރި. ރަމްލާއްތަ ލޯ ހުޅުވާލި ކަމެއް ނޭނގެ އިރުފާނު އައީ ރަމްލާއްތަ އާއި ދިމާލަށް ކަތުރެއް ހިފައިގެން. ބުނީ ކަލެއަށް ކޯއްޗެއްހޭ ފެނުނީ. ރަމްލާއްތަ އެވަގުތު ހިތަށް އެރީ އެއްޗެއް ފެނުނު ކަމަށް ނަހަދާނަމޭ. ރަމްލާއްތަ ބުނީ ނިދީތެރެ ހިނގަމުން އެހިސާބަށް ދެވުނީކަމަށް. މީހަކު ވަރަށް ބާރަށް ރޮއެގަތް އަޑު އިވުމުން ރަމްލާއްތަ ބިރުން އަނބުރައިގަތީ ކަމަށް. ރަމްލާއްތަ އަނެއްކާ ކިހިނެއްވީހޭ އަހާލީމަ ބުނީ ރޭގައި ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގައިފިޔޭ. ފަރުހީން ދެކުދިން ގޮވައިގެން ޓެރަސް އިން ފުންމާލައިގެން އަމިއްލަ އަށް މަރުވެއްޖޭ. އެގޭތެރޭގައި ފުލުހުންން ހަރަކާތްތެރި އެބަވެޔޭ. ފުލުހުން ރަމްލާއްތަ އާއި ވެސް ސުވާލުކުރާނޭ. އެހެންކިޔާފައި އެމީހުން ނިކުމެގެން ދިޔައީ. އެދުވަހު އިރުއޮށްސެން އުޅުނުތަނާ އެމީހުން ވަޅުލައި ހުރިހާކަމެއް ނިންމައިފި. އާސިރުމެންގެ ބާރުގަދަކަން ނިކަން ދެކިބަލަ. އެހާދިސާވީ ހަމަ ފަރުހީން އަމިއްލަ އަށް ކުފުރު މަރަކުން މަރުވީ ކަމަށް. ފުލުހުންނަށް އެމީހުންނާއި ދެކޮޅަށް ހެކިތަކެއް ލިބުނަސް ފަހުން ދޫކޮށްލީ. ނޭނގޭ ކީއްވެ ކަމެއް. އޭރު ވެސް ރަމްލާއްތަގެ ހިތުން ފިލައިގެން ނުދޭ އެމަންޒަރު. އެންމެފަހުން ފީރޯޒާ އެކަނި ހުއްޓާ ބައްދަލުކޮށްފައި ރަމްލާއްތަ ބުނީ އެއީ ކަލޭގެ ނުބައި ފިރިހެން ދަރި ކުރި ކަމެކޭ. އަހަރެންގެ އަތުގައި ހެކި ވެސް އެބައޮތޭ. ކަލޭމެންނަށް އެކަމުން ބޯދަމައިގަންނަން ލާހިކެއް ނޫނޭ. އަހަރެން ސަލަމާތުން ހުރިހަ ދުވަހަކު ކަލޭމެންނަށް ސަލާމަތެއް ނެތޭ. ހިނދުކޮޅަކަށް ނަމަވެސް ރަމްލާއްތަ ހުރީ ރަމްލާއްތައަކީ އެމީހުންގެ ނޯކަރެއްކަން ހަނދާން ނެތިފައި. އެހުރިހާ ވާހަކައެއް ދެއްކިއިރު ރަމްލާއްތަ އަށް ކިހިނެއް އެނގޭނީ އެވަގުތުކޮޅު އެއީ ރަމްލާއްތަގެ އަމިއްލަ ފައިމައްޗަށް އެގޮތަށް ކޮޅަށް ހުރެވޭނެ އެންމެފަހު ވަގުތުކޮޅު ކަމެއް. އިރުފާނު ފަހަތުގައި ހުރެ ރަމްލާއްތަ ބޮލުގައި އެއްޗަކުން ޖެހިކަން އެނގޭ. ދެން ހޭވެރިކަމެއް ވީއިރު އޮތީ އެއްކަލަ ކުޑަ ކޮޓަރި ގަނޑުގައި. އެދުވަހުން ފަށައިގެން ދަރިފުޅު ރަމްލާއްތަ ސަލާމަތްކުރި ދުވަހާއި ހަމައަށް އެމީހުންގެ އަތްދަށުން ރަމްލާއްތަ ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރަމްލާއްތަ އަކަށް ނެތް” ރަމްލާ ވަހަކަތައް ދައްކާ ނިމުނުއިރު ފަހަތުގައި ހުރި ރަޔާހީނަށް ރޮއެރޮއެ އަވަދިވަނީއެވެ. ވެދިޔަކަންތައް ބަދަލުވުމަށް ހިތް އެދެވެނީއެވެ. ރަޔާހީން ރޯމަންޒަރު ފެނި ރަމްލާ އަށް ވެސް ރޮވުނެވެ. ރަޔާހީންގެ ކަރުނަތައް ފޮހެދީ ހިތްވަރު ދިނެވެ. ކެތްތެރިކަމާއެކު އަނިޔާވެރިންނަށް އަދަބު ދިނުމަށް މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވިއެވެ. ފަރުހީނުގެ ހިތްދަތި ދުވަސްތަކު ފަރުހީނަށް ވެސް ނަޞޭޙަތްެދިން ފަދައިންނެވެ.

ދެދުވަސް ފަހެވެ. މާކިލްގެ ވާން އުޅޭ އަނބިމީހާ ޔޫމީގެ ރަންކިޔުމުގެ ހަފްލާއަށް ގޭ ހުރިހާ މީހުން ޔޫމީ ދިރިއުޅޭ ގެއަށް ގޮސްގެން އުޅުނު ވަގުތެވެ. ރަންކިޔުމުގެ ހަފްލާ ނިމި ކައިވެނީގެ ފޯމް ފުރާ ހުރިހާ މީހުން އެކީގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. ރަޔާހީންގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން ރޯވަމުން ދިޔައިރު ވެސް މާކިލްއަށްޓަކައި ހުރީ ހިނިތުންވެލައިގެންނެވެ. ކާން އިން ވަގުތު ރަޔާހީން އޭނާގެ ކައިރީގައި ބެހެއްޓި ހޫނު ކަޅުސައިތަށީ އިރުފާންގެ އުގަނށް ބަންޑުންކޮށްލީ ހަމަ ގަސްދުގައެވެ. އޭނާ އަށް ވެވުނު ވަރަކުން އިރުފާނަށް ޖެއްސުން ކުރާނެއެވެ. ނަގައިގަތް ދިލައަކުން އިރުފާނަށް ކޮޅަށް ތެދުވެވުނެވެ. ރަޔާހީން ވެސް ގޮނޑިން ތެދުވީ ކުއްލިއަކަށެވެ. އިރުފާން ހިތްހަމަނުޖެހިފައި ރަޔާހީނަށް ބަލާލިއެވެ. ރަޔާހީން މާފަށް އެދުމުން އިރުފާން ހީލިއެވެ.

“އެހެންމީހުންގެ ހަށިގަނޑުގައި އަޅާ ވޭނާއި އިޙުޞާސް ކުރަމުންދާ ތަދު އިޙްސާސް ނުވާ މީހަކަށް އަދި ތީ ވަރަށް ކުޑަ ވަރެއް” އިރުފާނަށް ބަލަން ހުރެ އެހެން މީހަކަށް އަޑު ނީވޭނެހެން ރަޔާހީން ބުނެލިއެވެ.

“ހީން!!! ކީކޭ ތިބުނީ…..” ރަޔާހީންގެ އަތުގައި ހިފާލަމުން އިރުފާން ބުނެލިއެވެ. އޭނާ ފޮރުވައިގެން އުޅޭ ބޮޑު ސިއްރުން ރަޔާހީނަށް އެނގިގެން އުޅެނީ ކިހާ މިންވަރަކަށްބާއޭ ހިތަށް އެރިއެވެ.

“ހެހެހެ… އަށްދޯއި…. މިބުނީ… މަގޭ އަތް….އާހް….. އިރޭ! ތި އޫ ދުރަށްލާބާ ދެން” ރަޔާހީން އޭނާގެ އަތުގައި ހިފާލަމުން އިރުފާނަށް އަތް ދައްކާލިއެވެ. ތެދެކެވެ. ސައިތަށީގެ ސަބަބުން ދެފަޔަށް ކަށްގަނޑާއި އެއްކޮށް ނަގަންފެށި ދިލައަކުން ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ކާން އިން އޫ ވެސް ހިފައިގެންނެވެ. އެ އޫ ރަޔާހީންގެ އަތަށް ހެރިފައި އިން ކަމެއް އިރުފާނަށް ނޭނގޭއެވެ.

“ދަރިފުޅާ…..” ފީރޯޒާ ހިތްހަމަނުޖެހިފައި އިރުފާނަށް ގޮވާލިއެވެ. އޭރު ރަޔާހީން އޫ ހެރިފައި އިން ތަނަށް އަނގައިން ފުމެމުން ދިޔައެވެ.

“އޯވް… ސޯ ސޮރީ ސްވީޓްހާރޓް…..” ރަޔާހީން ކޮލުގައި ފިރުމާލަމުން އިރުފާން ބުންޏެވެ. ރަޔާހީން ދުރަށް ޖެހިލަން އުޅެފައިވެސް އިރުފާނަށް ހީލިއެވެ. ތަނުގައި ކަމެއް ވީހެން ވެސް އެއްފަރާތުގައި އިން ވިކްޔަން އަކަށް ނޭނގޭއެވެ.

ފީރޯޒާ ގުޅާފައި ގޭގައި މަސްނެތް ވާހަކަ ބުނުމުން އާސިރު އޮފީހުގައި ހުރެފައި މާރުކޭޓަށް ދިޔައީ މަސް ގަންނާށެވެ. ސައިކަލުގައި މެންދުރުގެ ހޫނުގަދަ ވަގުތު ދަނިކޮށް އަޅާލި ގޯޅިއެއްގެ ކަންމައްޗަށް ކުއްލިއަކަށް ހުއްޓާލަން ޖެހުނީ ކަންމަތީގައި އޮތް ބޮޑު ގެރިއެއް ފެނުމުންނެވެ. ކުއްލިއަކަށް ހުއްޓާލި ގޮތުން އަތަށް ކުޑަކޮށް އަނިޔާ ވެސް ވިއެވެ. ގެރި ކައިރިން ލާފައި މީހުން ދެކޮޅަށް ހިނގާފައި ދާއިރު އަޅެ އެހެން މީހަކަށް އުނދަގު ނުވޭބާއޭ ވެސް އާސިރުގެ ހިތަށް އަރަމުން ދިޔައެވެ. އެންމެފަހުން އާސިރު ނިންމީ އެއީ އެހިސާބު ގެއަކަށް ގެނެސްގެން އުޅޭ ގެރިއެއް ކަމަށެވެ. އޭނާ އެމަގު ނޫން އެހެން މަގެއްހިޔާރުކުރީ އެދިމާލުން ކުރިއަށްދާން ނުކެރުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކުޅަނދުންވަންތަކަން(3 ވަނަބައި)

Next

އަބަދުގެ އަބަދަށް ( ހަވަނަ ބައި )

Next
September 12, 2017

އަބަދުގެ އަބަދަށް ( ހަވަނަ ބައި )

Previews
September 12, 2017

ކުޅަނދުންވަންތަކަން(3 ވަނަބައި)

24 Comments!

  1. Ushaali says:
    September 12, 2017 at 2:44 pm

    Assalam alikum and alhamdhulillah… ushaali mi bai up mikolly varah masakkathun varah bizi koh ulhemun. mistake hurumaky ekasheegen vaa kameh. mathi mathin check kollafa mi up kury.
    mi bai ves huriha kudhinnah kamudhaane kamah heekuran. 🙂

    26 vana part ushaali ah up kureveynee friday morninga. ehen v ma e dhuvahah huriha kudhin ves shakuva eh nethi inthizaaru kurane kamah heekuran. mi dhe dhuvahu ushaali ah varah bura vaane. ehenve. 🙂
    huriha kudhinnah ves varah baajjaveri dhuvahakha edhen 🙂 🙂

  2. Kai says:
    September 12, 2017 at 2:45 pm

    kai mifaharu first dw… this story is best story ever… loved this story.. nd ushali ur besr writer.. 🙂

    1. Ushaali says:
      September 12, 2017 at 2:51 pm

      yes kai first mifaharu. thankyou so much kai 🙂

  3. Aaarthiiiii says:
    September 12, 2017 at 2:47 pm

    Nice

    1. Ushaali says:
      September 12, 2017 at 3:09 pm

      thankyou Aaarthiiiii 🙂

  4. Aish says:
    September 12, 2017 at 3:03 pm

    Me first..

    1. Ushaali says:
      September 12, 2017 at 3:12 pm

      noon third… better luck next time 🙂

  5. saanto says:
    September 12, 2017 at 3:06 pm

    varah bodah thanks busy kon ulhemun ves up kohdhineema….varah salhi mi part ves…aasiru ah e fenunee beehaal kanneynge dhw? friday ah inthizaaru kollaanan…

    1. Ushaali says:
      September 12, 2017 at 3:13 pm

      thankyou saanto 🙂

  6. hill says:
    September 12, 2017 at 3:11 pm

    am the first

  7. khajja says:
    September 12, 2017 at 3:42 pm

    Ohhh wow masha allah v v v rythi whn nxt prt v kiyaahiyvaa hisaabakun thinimmaaly avahah up kolladhybala pls????❤❤❤??????????

  8. nux says:
    September 12, 2017 at 3:48 pm

    v teethi mi partvess well done dr n nice work next part ge inthixaaruga mihury tc dr ly???

  9. mal-mal says:
    September 12, 2017 at 4:08 pm

    a nice part,MashaAllah. this story is awesome!!?? ???
    okay, dhen friday ah inthizaarukuraanee dhw. Shakuvaa eh nukurameyy, Ehenas…. haadha dhigu inthizaarekey ?????
    kon geri eh tha mee anehkaa?? geriyaa, Irufaan dhirihuhtaa kaalabala!!
    ???????

  10. Sheww says:
    September 12, 2017 at 4:45 pm

    Varaha loabi mi story.. Adhi mi part ves varah reethi… ❤?

  11. someone says:
    September 12, 2017 at 4:58 pm

    nice..waiting for next part..

  12. ??? says:
    September 12, 2017 at 5:41 pm

    u r storys r best ever this part is fabulous ❤❤❤❤ n this kuraa hiyy varah aseribaa saabas n waiting for nxt part….. ☺☺

  13. rym says:
    September 12, 2017 at 6:31 pm

    ushaali ur the best…this is the best story i have read so far…waiting for the next prt <3

  14. Shai says:
    September 12, 2017 at 6:54 pm

    Alhey varah reethi…. faruheen aa kuda dhe kudhin maru nuve beehaal libunu nama varah salhi vaane dho??

  15. Ainth says:
    September 12, 2017 at 8:03 pm

    Mi baives v v rythi..thihaa bxy koh ulhemunves vaahaka genesdheyhthi v bodah shukuru verivan..dhen Friday ah mihaaru mi inthixaaru kureveny…ushaali he story thah v v v v rythi kan faahaga kohlevey

  16. HHHH says:
    September 12, 2017 at 9:29 pm

    Varah reeethi
    …
    Thnks ushasli

    “Luv this stry”❤❤

  17. falagandu says:
    September 13, 2017 at 6:14 pm

    Where is the first 7 part of this story. I couldnt find it. Pls help

    1. Shain says:
      September 14, 2017 at 4:25 pm

      asluves

  18. Shain says:
    September 14, 2017 at 4:23 pm

    mivaahaka kiayan balaali iraku mi vaahakaige 2nd in feshigen 7th vana part akaa hama yakah nufenunu.. 🙁 ehenve vara dheravefa mihiry.. Ushaali plx do something 🙁

  19. usha says:
    October 5, 2017 at 6:57 pm

    Mibaiga heevey mistake eh eba in hen .. ehn mibuny kurin part ehga buneli kuda dhekudhin vahtaali 3 vana burinney but mi part ga e iny bunevifa 5 vana burinney .. am I right ya wrong?!?

Comments are closed.

Next Episode02:30 ސައްބީސްވަނަ ބައި←


All Right Reserved!