Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ހަވަނަބައިގެ 2)

Jaishan Level 110 Stories
January 30, 2014 4 Mins Read
17 Comments

އިރަމް

   “އަން މިއޮތީ ނުލިބިގެނ އުޅުން އެއްޗެހި!” ކުޑަ ކަރުދާސް ކޮޅެއް ޑެސްކުގައި ޖަހަމުން އަހަރެން ބުނީ އިދުރީސާއި ދިމާލަށެވެ. އަހަރެން ރުޅި އަންނަނީ މި ކީއްވެ ހެއްޔެވެ؟ މިއީ އަހަރެން އަމިއްލަ ފެށި ކަމެއް ނޫން ހެއްޔެވެ؟ އަހަރެންނަށް ރުޅި އާދެވެނީ އަމިއްލަ ނަފްސަށެވެ. ނަމަވެސް އަހަރެން މިކަމެއް ކުރި އިރު އިތުރު ގޮތެއް އޮތް ހެނެއްވެސް ހިޔެއް ނުވެއެވެ. އަމިއްލަ ނަފްސު ދެކެ ލަދު ގަންނަނީއެވެ. އަހަރެން މި އެޅި ފިޔަވަޅުން ދުވަހަކުވެސް ޝެނިންގެ މަޢާފެއް ނުލިބޭނެކަން އެނގެއެވެ.

   ޑެސްކުގައި ހުރި ގަނޑުތަކަށް ބަލަން އިން އިދުރީސް ދިޔައީ އަހަރެންގެ މިހަރަކާތުން ސިއްސައިގެންނެވެ. ނަމަވެސް ވަގުތުން ބަދަލު ކޮށްލިއެވެ. ވިހަ ހިނިތުން ވުމަކުންނެވެ. އަހަރެން އޭނަގެ ކަންކަށިމަތީ ޖަހާލާހިތްވާ ވަރު ދަނީ އިތުރު ވަމުންނެވެ. އިރުކޮޅަކުން އޭނާ ތެދުވިއެވެ.

   “މިއީ؟” އޭނާއަށް ކަނޑައެޅިގެން ޖަވާބު އެނގެއެވެ. ނަމަވެސް އޭނާ އެއްސެވެ. އަހަރެން އެއްޗެކޭ ނުބުނެހުރީއެވެ. އިރުކޮޅަކު ހުރުމަށްފަހު އޭނާ ފުން ނޭވާއެއް ލިއެވެ. ޑެސްކުގައި ބޮނޑި ކޮށްލާފައި އޮތް ގަނޑުކޮޅު ރޫޅާލަމުން ބަލާލިއެވެ. ކުލަވަރު ބަދަލު ވާން ފެށިތަން އަހަރެންނަށް ރީތިކޮށްވެސް ފެނުނެވެ. ނުލަފާ ހިނިތުން ވުމެއް އޭނާގެ ތުންފަތާއި ކުޅެމުން ދިޔައެވެ. ކުއްލިއަކަށް އެ މަންޒަރުން އިދުރީސް، އުމުރަށްވުރެ މުސްކުޅި ވައްތަރު ޖަހައެވެ. އަހަރެން ހަމަ މިހުންނަނީ ދެން ވާނެ ގޮތެއް ބަލާށެވެ.

   “ވެލް ޑަން! އަހަރެންނަށް ކުރިން ވެސް އެނގޭ ވާނެ ކަން” ހެމުން އިދުރީސް ބުންޏެވެ. އަހަރެން ދެންވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީއެވެ. އެއްޗެކޭ ނުބުނަމެވެ. ނަމަވެސް މާ ގިނައިރަކު ނުހުރެވޭނެއެވެ. ކުއްލިއަކަށް  އޭނާއަށް އެއްޗެއް ހަނދާންވިހެން ހީވިއެވެ. “އާން އަދި މިހުރީ ހަނދާން ނެތިފަ. އެބަ ހުއްޓެ ދައްކަން ބޭނުންވާ އެއްޗެއް. އެއަށްފަހު އިރަމް އަށް އިރަމް ބޭނުން ތާކުން އެޕާރޓްމެންޓް ލިބޭނެ. އެއަށްފަހު އޯކޭ ދިޔަޔަސް.” އިދުރީސް ބުންޏެވެ. އެއަށްފަހު ހިނގައިގަތެވެ. އަހަރެން ކައިރިން ދަމުން ގޮސް އޭނާ އަހަރެމެން ތިބި ކޮޓަރިން ނުކުތެވެ. އަހަރެން ގަމާރެއްހެން ދޮރަށް ބަލަން ހުރީ އޭނާ ފަހަތުން ދާނީތޯ ނޫނީ ނުދާނީކަމެއް ނޭނގިފައެވެ.

   “ތިތާ ހުންނަނީތަ؟” އިދުރިސް ދޮރުން ބޯ ދިއްކޮށްލަމުން އަހަރެން ކައިރީ އެއްސެވެ. އަހަރެން އެއްޗެކޭ ނުބުނެ ހިނގައިގަތީމެވެ. ކުރިއަށް ދިޔަ ވަރަކަށް މަގުތަށް ހިމަވުމާއެކު ދޮރުތަށް ދިޔައީ އިތުރު ވަމުންނެވެ. ފޮރެންސިކްގައި އެހާ ދޮރު ގިނަވާނެ ހެއްޔެވެ؟ އަހަރެން އެ ސުވާލެއް އެހެނަސް ނުކުރާނަމެވެ.

    ދެވުނީ ކިހާ ހިސާބަކަށް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އިދުރީސް ދޮރެއް ހުޅުވިއެވެ. އަހަރެން އެތެރެއަށް ބަލަން ހުރީ ކެތްމަދު ވެފައެވެ. ނަމަވެސް ބޯ ދިއްކޮށެއް ނުބަލަމެވެ. އިދުރީސް ވަނެވެ. އަހަރެންވެސް ފަހަތުން ވަނީމެވެ. ވަޓް ދަ……

    އަހަރެންގެ ސިކުނޑި އެންމެ ފުރަތަމަވެސް ހަޅޭލަވައިގަތީ އެހެންނެވެ. ކުރިމަތިން ފެންނަން ހުރީ އިނގިރޭސި ފިލްމެއްގެ ލެބޯޓްރީއެއް ކަހަލަ ތަނެކެވެ. ވަށައިގެން ހުދު ކުލައެވެ. އަހަރެންގެ ލޮލަށްވެސް އުނދަގޫ ވާކަހަލައެވެ. އެހެނަސް…

   އެހާ ގިނައިން އަރިމަތީގައި އަނދަގޮނޑި ކަހަލަ ގޮނޑި އެހުރީ ކީއްވެ ހެއްޔެވެ؟ ކަޅު ކުލައިގެ ގޮނޑިތަކެވެ. އަދި އެވެސް އަތާއި ފައި ބަންނަ ގޮތަށެވެ. މިކަލަ ގޮނޑި އަހަރެން ކިތަންމެ ފިލްމަކުން ދުށީމެވެ. އެއީ ތަހުގީގު ކުރަން ހުންނަ ގޮނޑިއެއް ނޫނެވެ. އެއީ މީހެއްގެ ބާރާއި ނުލާ އެމީހަކަށް ގަދަކަމުން “ތަހުގީގު” ކުރަން ހުރި  ގޮނޑިއެވެ. ގޮނޑިތަކެވެ.

    ހީވީ މީހަކު ކަންކަށިމަތީ ޖެހިންނެވެ. އެއްޗެއްގެ ހަމަ ހުރި ގޮތް އެނގުމުންނެވެ. ޝެނިން ގެންނަނީ އޭނާއަށް އެއްޗެހިތަކެއް ކިޔައިދޭކަށް ނޫނެވެ. ޖަނަވާރު ތަކެއްހެން ތަހުގީގު ކުރަންށެވެ. އަމިއްލަ ކުރެވުނު ކަމެއްގެ ބޮޑުކަންވެސް ވިސްނުނީ ދެނެވެ.

   އިތުރަކަށް އަހަރެންނެއް ނުވިސްނަމެވެ. ގައިގެ ހުރި ބާރެއް ލާފައި އަހަރެން އިދުރީސާއި ދިމާލަށް ފުންމައިގަތީއެވެ. އެންމެ ފުރަތަމަވެސް ބިންމަތީ ގަދާ އަޑަކާއެކު ޖެހުނީ އޭނާގެ ބޮލެވެ. އަހަރެންނަށް ހެވެވެ. އަތް އޭނާގެ ކަރަށް އަމާޒު ކުރަމުން ހުރިހާ ބާރެއް އަހަރެން އަތަށް ލީމެވެ. އަތް އޭނާގެ ކަރުގައި ވަށައިލީމެވެ. އިދުރީސްގެ ލޯ ވަގުތުން ބޑުވިއެވެ. “…. އަހަ….ރެން.. އީމާ…ން!” އަހަރެންގެ އަތް ވަގުތުން އޭނާގެ ކަރުން ނެގުނެވެ. އަހަރެންގެ ކޮއްކޮގެ ނަން އަޑު އިވުމާއި އެކުއެވެ.

    ބައްޔަކުން ދުރުވާހެން އަހަރެން ވަގުތުން ދުރަށް ޖެހުނީމެވެ. ކަރުގައި އޭނާ އަތް ކާތަމުން ތެދުވިއެވެ. އަހަރެންނަށް އިތުރު ކަމެއް ވިސްނުމުގެ ފުރުޞަތު ލިބުމުގެ ކުރިން އޭނާ އަތް ހަލުވާލިއެވެ. އެއާއި އެކު އިވުނީ ދޮރެއް ހުޅުވުން އަޑެވެ. އަހަރެންނަށް ވަގުތުން އެފަރާތަށް އެނބުރެވުނެވެ.  ދޮރުން އަންނަނީ ތިން ފިރިހެނުންނެވެ.

    ރީތިކޮށް ބުނަންޏާ ބިޔައީއެވެ. ނަމަވެސް އަހަރެންގެ ބަހުން ބުނަންޏާ ގެރިތަކަކާއި ކައިރިއެވެ. އަހަރެންނަށް އެކަމުވެސް އެތިން މީހުން ބަލި ކޮށްލެވޭނެއެވެ. ކަންނޭނގެއެވެ. އަހަރެންނަކަށް ޔަގީނެއް ނޫނެވެ. އެހެން ނޫނަސް އިދުރީސްގެ މީހުން ވެއްޖެއްޔާ ވަރުގަދަވެސް ވެދާނެ ކަމަކީ އެކަށީގެންވާ ކަމެކެވެ. ދެން ފަހަތަށް ޖެހެވޭކަށް ނެތެވެ. އަހަރެން މިފަހަރު ކުރިމަތި ލާނީއެވެ.

    އެންމެ ފުރަތަމަ އައި މީހާ އުނދަގުލަކާއި ނުލލާ ފޮޅުވާލެވުނެވެ. ނަމަވެސް ދެން އައި މީހާގެ ހަމަލާ އެންމެ ފުރަތަމަވެސް އަހަރެންގެ ބަނޑަށެވެ. ވަގުތުން ކުރިމައްޗަށް ޖެހުނެވެ. ފިލްމުގައި ވާގޮތެއް ނޫނެވެ. ބަނޑުގައި ޖަހާ އިރަށް އަވަހަކަށް ނުތެދުވެވެއެވެ. އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ނުވިއެވެ. އަހަރެންނަށް ނޭވާވެސް އަންނަނީ ކިރިޔާއެވެ. ނަމަވެސް ވަރަށް މަސައްކަތުން އެމީހުންގެ ހަމަލާ ތަކުން އަހަރެންނަށް ރެކެވޭ ގޮތް ވިއެވެ.

    ތެދުވަމުން އަހަރެން ކުރިމަތީ ހުރި މީހާގައިގައި ޖެހީމެވެ. ނަމަވެސް އަހަރެން މިހުރީ ވަރުބަލި ވެފައެވެ. އަހަރެން ތަންކޮޅެއް ދުރައް ޖެހިލުމަށް ދުއްވައިގަތީމެވެ.  އަހަރެންގެ ދުވެލީގައި ގޮސް ތަންކޮޅެއް ދުރުގައި މަޑުކޮށްލީމެވެ. އެތިން މީހުން އަހަރެންނާއި ދިމާލަށް އައެވެ. އަހަރެންވެސް އެމީހުންނާއި ދިމާލަށް ދުއްވައިގަތީމެވެ.

    އެންމެ ފުރަތަމަ ޖެހުން މީހާގައިގައި ޖެހީމެވެ. ދެން ދެވަނަ މީހައެވެ. އެއަށްފަހު ދެން އިން މީހާއެވެ. މީހަކަށްފަހު މީހަކު ބަރިބަރިއަށް ޖެހެމުން ދިޔައެވެ. އެއަށްފަހު އަހަރެންނަށް ކުރެވުނު ކަމަށް ބަލަން ހުރީމެވެ. އަހަރެންގެ ކަނދުރާގައި ފިނިއެއްޗެއް ޖެހުނުއިރުވެސް އެއަށް ސަމާލުކަމެއް ނުދެވި ހުރީ އެހެންވެއެވެ. ދެން އިތުރު ކަމަކަށް ނުވިސްނެނީސް މުޅި ގަޔަށް އައީ ލޮޅުމެކެވެ. އެނގުން އިރު އަހަރެންނާއި އަނދިރިކަން ވަށާލަން ފަށައިފިއެވެ. ދުނިޔެއިން އަހަރެންގެ ގުޅުން ކެނޑެމުން ދިޔައެވެ. އަހަރެންގެ ލޯމަތިން އެއްކޮށް އަނދިރިވާން ފެއްޓެވެ. އަހަރެން އަނދިރިކަމަށް މަރުހަބާ ކިޔަމުން އެކުވެރިއަކަށް މިފަހަރު ހެދީމެވެ.

**********************************************************

    އަހަރެންނަށް ހޭލުވުނީ ވަރުގަދަ އަޑަކުންނެވެ. ވަގުތުން ކޮޅަށް ތެދުވެވުނެވެ. ނަމަވެސް އަހަރެންނަށް ހިންދިރުވަން އުނދަގުލެވެ. މުޅި ކަރު ހީވަނީ ހިލަވެލިން ފުރިފައި ހުރި ހެންނެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ ތުންފަތް ތެތް ކޮށްލެވުނެވެ. ނަމަވެސް ތުންފަތްވެސް ހީވަނީ ހިލަ ކަރުދާސް ހެންނެވެ. ވަގުތުން އަހަރެންނަށް އޮވެވުން ތަން އެނގުނެވެ.

    އަހަރެން ލައިގެން އޮތް ހެދުމެވެ. އެހެންޏާ ނެތް ލައްގަނޑު ތަކެއް ހުއްޓެވެ. ލެޔެވެ. ނަމަވެސް ތަދެއް އެއިން އެއްވެސް ތަނަކަސް ނުވެއެވެ. އިން ދިމާ ކުރިއަށް ބަލާލީމެވެ. އަހަރެންގެ ކުރިމަތީ ހުރީ ބަންދު ކުރެވިފައިވާ ދޮރެކެވެ. ވަށައިގެން ބަލާލެވުނީ ދެނެވެ. ކުޑަ ހަތަރެސްކަން ގޮޅިއެކެވެ. އެއް އަރިއެއްގައި ބަންކް ބެޑެއް އިނެވެ. އަހަރެންނާއި އެކު މިތާ އިތުރު މީހަކުވެސް ވާނެ ހެއްޔެވެ؟

    އަހަރެންގެ ޖަވާބު އެއާއި އެކު ލިބުނެވެ. އެމީހަކު/ ކުއްޖަކު އިނީ ދެފައި ވައްކޮށްގެން ބިންމަތީގައެވެ. އަހަރެންނާއި ފުރަގަސް ދީގެންނެވެ. މުޅި ކޮޓަރި ހުރީ މުޑުދާރު ކިލާ އަޅި ކުލައެއްގައެވެ. އޭނާ ކަނެއްގައި އިނދެގެން ފާރުގައި ހާކައިފައިވާ ދަވާދަށް ދަމަނީއެވެ.

    “ހޭ!” އަހަރެން އަޑު އައީ އަންނަންވީ ވަރަށް ވުރެ ތޫނު ކޮށެވެ.  އަހަރެން އަނގައަށް އެއްޗެއް ނުލާތާ ކިހާ އިރެއް ވާނެ ހެއްޔެވެ؟ “މިފަރާތަށް އެނބުރިބަލަ!” މިފަހަރުވެސް އައީ ބިއްލޫރި ގާނާ އަޑެއް ކަހަލަ އަޑެކެވެ. ވަރުން ނަމަވެސް އަހަރެން އަޑު ނެރުނީމެވެ. “ވާހަކަ ނުދައްކާ. ގިނަ ދުވަހު ފެން ނުބޮއެ ވާހަކަ ދައްކަންޏަކާ ކަމަކު ނުދާނެ. އެހެން ނޫނަސް އެމީހުން އަންނާނެ ވަރަށް އަވަހަށް!” އޭނާ އަދިވެސް މިފަރާތަކަށް ނޭނބުރެއެވެ. ދުވަހޭ؟ އަހަރެން ހޭ ނާރާތާ ދުވަސް ވެއްޖެތަ؟

    “ދުވަހޭ؟ ކިތަށް ދުވަސް ވެއްޖެތަ؟ މިޔަދު މިއީ ކޮން ދުވަހެއް؟” އަހަރެން ވަގުތުން އެހީމެވެ. “އޭ! މިފަރާތަށް އެނބުރިބަލާ!” އަހަރެން ގާތަށް ރުޅި އާދޭއެބައެވެ. މިފަހަރު އަޑު ކުރިއަށް ވުރެ ރަނގަޅެވެ. ނަމަވެސް ދިލަ ނަގައެވެ.  އެންމެ ފަހުން ގޮސް އަހަރެން އެނާ އިން ތަނުން އަނބުރާލާ އަހަރެންނާއި ކުރިމަތި ފެންނަ ގޮތް ހެދީމެވެ. އޭނާ ފެނުމާއި އެކު އަހަރެންގެ އަތް ވަގުތުން ނެގުނެވެ. “ޝަހުދް؟” އަހަރެންނަށް ބުނެވުނީ ބޭއިޙްތިޔާރުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ފިކްޝަން

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 3ވަނަ ބައި

Next

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 4ވަނަބައި

Next
February 1, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 4ވަނަބައި

Previews
January 30, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 3ވަނަ ބައި

17 Comments!

  1. Jaishan says:
    January 30, 2014 at 3:20 pm

    މިބައި ޚާއްސަ ކޮށްލާނީ Maw އަށް…
    ކޮޒް ވާހަކައަށް އިންތިޒާރު ކުރީމަ.. 🙂

  2. thuthu says:
    January 30, 2014 at 5:18 pm

    dhn aharumen inthixaaru nukuraey dhw thi buny

  3. Anonymous says:
    January 30, 2014 at 5:28 pm

    Inthizaarkoko vasljuveje masu ekaanyeh noo vaahskaah inthizaarukuree .shaives vaahaka inthizaarkuri

    1. Jaishan says:
      January 30, 2014 at 6:41 pm

      ނޫނޭ ނޫނޭ! އެއްގޮތަކަށްވެސް އެހެނެއް ނޫން.. މައު ކޮމެންޓް ކޮށްފަ އިނީމަ..
      އެކަމު ހަމަ ހަގީގަތުގައި ވާހަކައަށް އިންތިޒާރު ކުރީމަ ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!!!
      އައި ލަވް ޔޫ ގާއިޒް! 🙂

  4. maw says:
    January 30, 2014 at 7:22 pm

    oh thankx maw ah mi part haassa kohlyma..:) ingey tha maw ge bio sir buni stomach ga daiphram inna hisaabuga jehyma e myhakah 5 varakah minutes vandhen nuthedhuveyneyo..hehe.. mi part ves salhi but thankolheh kuru

  5. Jaishan says:
    January 30, 2014 at 8:50 pm

    ތެންކިޔު.. ބޮޑުކޮށް…
    ތިދެއްވި އިނފޮއަށް ވެސް….
    އަޅުގަނޑަކީ މެކް ސްޓޫޑެންޓެއް، ސޯ ބައޮލޮޖީ، އޯލެވެލް ނޮލެޖް ހުންނާނީ…
    ދެން އިންނަ ބައި ދިގު ކުރާނަން… އިރާދަދުރެއްވިއްޔާ!!!
    🙂

  6. sophie says:
    January 31, 2014 at 3:34 pm

    jai haadha goahe jai ge kokko akakah vx vaahaka haassa eh nukuran tha
    dheravejje 🙁

  7. Jaishan says:
    January 31, 2014 at 7:47 pm

    ތިމީހުންނަށް އަބަދުވެސް ހާއްސަ ވާނެ… އެހެންވީމަ ކޮންމެހެން ބުނާކަށް ނުޖެހޭނެ އެންނު،… 🙂

  8. sopie says:
    January 31, 2014 at 8:06 pm

    thanks bro……like this story

    1. Jaishan says:
      January 31, 2014 at 9:38 pm

      ވެލްކަމް.. 🙂

  9. hhhhhhhhhhhhhhhh says:
    January 31, 2014 at 8:08 pm

    iam really a fan of you jai………….beautiful story

    1. Jaishan says:
      January 31, 2014 at 9:40 pm

      އެހެންތޯ؟ އެކަމު އަޅުގަނޑަށް ހީވި ތިފަރާތުން ވާހަކަ އޮޅުން ނުފިލައިން އުޅޭހެން..
      މިހާރު އޯކޭ ތޯ…؟
      އެހެން ކަމުގައި ވަނީ ނަމަ ވަރަށް ބޮޑަށް ޝުކުރު…
      ފޭން އަކަށް ވުރެ ރަނގަޅީ ފްރެންޑެއް… 🙂

  10. mau says:
    January 31, 2014 at 10:25 pm

    mi vaahaka nimeyka nuulheytha????????????/up kuraaleh maa lahy………hykuran next part avaha up kodheyne kamah

    1. Jaishan says:
      February 1, 2014 at 6:17 pm

      މިވާޙަކަ ދެން ނިމެން ކައިރި ވަނީ އެ..! ވީހާވެސް…
      ޝުކުރިއްޔާ.. 🙂

  11. hhhhhhhhhhhhhhhhhhh says:
    January 31, 2014 at 10:26 pm

    nice

  12. hhhhhhhhhhhhhhhhhhh says:
    February 1, 2014 at 5:53 am

    myy efaraate noon..new fan of you ………..liu

    1. Jaishan says:
      February 1, 2014 at 6:16 pm

      އެހެންތޯ؟ އަޅުގަނޑު ވަރަށް އުފާ ވެއްޖެ.
      ތެންކިއު ލިއު… 🙂

Comments are closed.

Next Episodeހަތިޔާރު (ހަތްވަނަބައިގެ 1)←


All Right Reserved!