Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

02:30 ބާވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 9, 2017 7 Mins Read
26 Comments

މިރޭ ވެސް އާދައިގެ މަތިން ރަޔާހީން އިރުފާނަށް ކިރުތަށި ދިނުމަށްފަހު ވަނީ ފާޚާނާއަށެވެ. ނިކުތްއިރު އިރުފާން އޮތީ ގަދަނިދީގައެވެ. ރަޔާހީން ހީލަމުން އަލަމާރި ކައިރިއަށް ޖެހިލިއެވެ. އަދި މަތީ ވަތްގަނޑުގައި ހުރި އޭނާގެ ބްރީފްކޭސް ނެގުމަށްފަހު އަލަމާރީގެ ކުޑަ ވަތްގަނޑަކުން ނެގި ތަޅުދަނޑިއަކުން އެފޮށި ހުޅުވާލިއެވެ. ފޮށި ނަގާ އެނދު ކައިރީގައި ތިރީގައި ބެހެއްޓުމަށްފަހު އަލަމާރި ދޮރުފަތް ލައްޕާލިއެވެ. އަދި އިރުފާނާއި ބާލީސް ދުރަށް ޖައްސާލުމަށްފަހު ރީތިކޮށް ހެޑްބޯޑުގައި ލެގިލިއެވެ. އިސްތަށިގަނޑު އެއްފަރާތަކުން ގެނެސް ކުރިމައްޗަށް ވައްޓާލުމަށްފަހު ދެކަކުލަންބާލާ ގެނެސް ހަށިގަނޑާ ކައިރިކޮށްލިއެވެ. އަދި އޭނާ ފޮށިން ނެގި ފޮތް ހުޅުވާލާ ބާއްވާލީ ކަކުލާއި ބަނޑާއި ދެމެދުގައެވެ. އެއަށްފަހު އެންމެ ފުރަތަމަ ގަނޑުން ފެށިގެން ކިޔަން ފެށިއެވެ.

ފަރުހީންގެ ހަޔާތުން ކުޑަ ތަންކޮޅެއް

އަހަރެން އެންމެ ދެރަވި ދުވަހަކީ މަންމަ ނިޔާވި ދުވަސް. ދެން ކާފަ ނިޔާވި ދުވަސް. ދެން ކުޑަމަންމަ އާއި އެކުގައި ބައްޕަ ނިޔާވި ދުވަސް. މާމަ އާއި އެކުގައި އަހަރެމެން ހަތަރުކުދިން އެކަނިވެރިވީމަ އަދި މާ ދެރަވި. ކޫއްތަ ހުރިކަން ނަސީބު. ދެން ނިޔާވާނީ މާމައޭ ހިތާ އަބަދުވެސް ހުންނަން ޖެހެނީ އެކަނިވެރިކަމުގައި. ދުވަހަކަށްފަހު ދުވަހެއް އެހާލަތަށް ބަދަލު އައިސް އަނެއްކާ ވެސް ވަރަށް ދެރަވި ދުވަހެއް އަތވެއްޖެ. އަހަރެން ބަހައްޓާފައި އަހަރެންގެ އެންމެ ލޯބިވާ ހީން ނަޔާ އަދި ނައު ބޭރަށް ކިޔަވަން ފުރައިފި. އެކުދިންމަތިން ހަނދާންވާވަރުން ހަމަނިދި ނުލިބޭ. ފާޑަކަށް ބަލިވެސް ވެއްޖެ. ފޯނުން ގުޅާ ވީޑިއޯ ކޯލް ކުރިއަކަސް ހިތަށް ހިތްހަމަޖެހުމެއް ނުލިބޭ. ނަމަވެސް ލޯބިވާ މާމައާއި ކޫއްތައަށްޓަކައި ވަރަށް ބަސްއަހައިގެން އުޅެންފެށިން. އެންމެ ފުރަތަމަ ވަޒީފާ ލިބުމުން ވަރަށް އުފާވިއެވެ. ފުރަތަމަ ދުވަހު ވެސް ވަޒީފާއަށް ނިކުތީ ހިނިތުންވެހުރެއެވެ. ވަޒީފާ މާހައުލުން ދިމާވާ ތަފާތު ބާވަތުގެ މީހުންނާއި ގާތް ގުޅުމެއް އުފައްދާ އެންމެންވެސް ލޯބިވާ ފަޚްރުވެރިވާ ދަރިއަކަށް ވާން ހިތުގައި އަޅައިގެންނެވެ. އެގޮތުން އަހަރެންގެ ހަޔާތުގެ ބައިވެރިޔާ ހުސެން އާއި ދިމާވި އެހެން އުޅެނިކޮށް އެއަރޕޯރޓުންނެވެ. އެންމެ ފުރަތަމަ ރަހްމަތްތެރިކަމަށް އެދުނީ ވެސް ހުސެންއެވެ. އަހަރެން ވެސް މާގިނަ އެކުވެރިން ނުހުންނާތީ ހުސެން އާއި ދާދި ފަސޭހައިން އެކުވެރިވީމެވެ. ހަޤޤަތުގައި ހުސެން އެންމެ ފުރަތަމަ ފެނުމުން ވެސް އަހަރެންގެ ހިތަށް ގޮތްތަކެއް ވީކަން އަހަރެންނަށް ހަމަ ޔަޤީނެވެ. ހުސެންގެ ފްރެންޑް ރިކްއެސްޓް އެހާ ފަސޭހައިން ގަބޫލުކުރި ސަބަބަކީ ވެސް އެއީއެވެ.

ދުުވަހެއް ދުވަހަކަށް އަހަރެމެންގެ ދެމީހުންގެ އެކުވެރިކަން ފަހަނައަޅާ ދިޔަސް ހަމައެއާއިއެކު ހުސެންއަށްޓަކައި އަހަރެންގެ ހިތުގައި އުފެދިފައިވީ ލޯބި ވެސް ހަމަ ބާރަށް ދިޔައ ކުރިއަށެވެ. އެންމެ ފުރަތަމަ ލޯތްބަށް ވެސް އެދުނީ ހުސެންއެވެ.  އުފަލުގެ ކޮޅެއް ނެތެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީ އެއްރެއަކު މެންދަމުގެ ވަގުތެއްގައި އުޑުމެދުގައި ރަނިކަން ކުރަމުން ދިޔަ ސާދަވިލޭރޭގެ ހަނދު ހެކިކޮށެވެ. އެހެން ލޯބިވެރިން ފަދައިން އެތައް ވަޢުދުތަކާއި އަޙުދުތަކެއް ވީމެވެ. އެކުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ނާންގާ އޮފީސްތެރޭގައާއި އަދި ބޭރުން ވަގަށް ދިމާވާ ކޮންމެ ތަނެއްގައި އަހަރެމެން ލޯބީގެ މާތަށް ފޮޅުވަމުން ދިޔައީމެވެ. އަހަރެންގެ ހަޔާތަށް އަހަރެން އެދޭ ކަހަލަ ލޯބިވެރިއެއް އައުމުން އެޚަބަރު އެންމެ ފުރަތަމަ ވެސް ދޭހިތްވީ ލޯބިވާ ކޮއްކޮ ރަޔާހީން އަށެވެ. ނަމަވެސް ހީން އަށް ސަޕްރައިޒެއް ދިނުމަށްޓަކައި މަޑުކޮށްގެން ހުރީއެވެ.

އެއްރެއަކު އެކުވެރިއެއްގެ ދަޢުވަތަކަށް އަހަރެންެ ހުސެންއާއެކު ކެއުމަކަށް ދިޔައީމެވެ. ޑަބަލް ޑޭޓަކަށެވެ. އެކުވެރިޔާއަށް ހުސެން ތާޢާރަފް ކޮށްދިނުމަށްފަހު އެކީގައި ވަގުތުތަކެއް ހޭދަކުރީމެވެ. އެކުވެރި މާހައުލެއްގައި ހުސެންއާއެކު ވަގުތުތަކެއް ހޭދަކުރުމަށްފަހު ހުސެން އަހަރެން ގޮވައިގެން އައީ ހަދަން ފަށާފައި ހުރި ގެއަކަށެވެ. ހުސެން ބުނި ގޮތުގައި އެއީ ހުސެންމެންގެ ހަދަމުންދާ ގެއެވެ. އަހަރެމެންގެ ދެމީހުން ކައިވެނިކުރުމުށްފަހު އުޅެން ތައްޔާރުކުރަމުންދާ ކޮޓަރި ދައްކާލުމަށްޓަކައި ހުސެން އަހަރެން ގޮވައިގެން ސިޑި ގިރާކޮށް މައްޗަށް އަރަން ފެށިއެވެ. ކޮންމެ ތަނެއް ދައްކަމުން އޮޅުންފިލުވަދެމުން ހުސެން ދިޔައެވެ. ހުސެންގެ އާއިލާ އަކީ ރާއްޖޭގެ ކިހާ ފޯރާ ބައެއްކަން އަހަރެންނަށް އެނގުނީ އެރެއެވެ. ހުސެން ކުޑަކޮށް ރެސްޓްކޮށްލުމަށް ބުނެ އަހަރެން ގޮވައިގެން ކޮޓަރީ ޓައިލްސްތައް މަތީގައި ޖައްސާލިއެވެ. ހުސެންގެ ދެއަތުގެ ތެރެއަށް އަހަރެންލީ ނުލާހިކު ލޯބިންނެވެ. މޫނުގައި ބޮސްދީ ލޯބީގެ އެކިއެކި ހަދިޔާތައް ދެފަރާތުން ބަދަލު ކުރަމުން ދިޔައީމެވެ. އަންހެނަކާއި ފިރިހެނަކު ތަނެއްގައި އެކަހެރިވެއްޖެ ނަމަ ދެމެދުގައި އިބިލީސް ހުންނާނެ ކަން މާމަ އަބަދުވެސް އަހަރެން ކައިރީގައި ބުނެފައިވެއެވެ. ނަމަވެސް އެރޭގައި އެކަން އަހަރެން ހަނދާންވީ އިރު މާ ލަސްވެއްޖެއެވެ. އަހަރެމެންގެ ދެމީހުންނަށް ހޭވެރިކަމެއް ވިއިރު އަހަރެން ލައިގެން ހުރި މުށިކުލައިގެ ޓޮޕް ކޮޅެއް ނެތެވެ. ހުސެން ވެސް ހަމަ އެފަދަ ހާލެއްގައެވެ. އަހަރެން ވަރަށް ލަދުގަތެވެ. ދެރަވެސް ވިއެވެ. ކައިވެނީގެ ފުރަތަމަ ރޭގައި އަންބެއްގެ ފަރާތުން ފިރިއަކަށް ލިބޭ އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބާ ކަން އަހަރެންނަށް ވެސް އެނގޭއެވެ. އަހަރެން އުފާވީ ޝައިތާނާ އަހަރެން ބޮލަށް ސަވާރުވެ އޭތީގެ އަތްދަށަށް އަހަރެމެންގެ މުޅި ކޮންޓްރޯލަށް ގެނައުމުގެ ކުރިން ކޮންމެވެސް ސަބަބަކާ ހުރެ ޝައިތާނާ އަހަރެމެން ދޫކޮށް ދިޔަކަމަށްޓަކައެވެ. އެހެންނަމަ މިރޭ އަހަރެން މާމަ އަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ. އަހަރެން ދެރަވެގެން ރުއީމެވެ. ހުސެން އަހަރެންނަށް ވިސްނާދިނެވެ. އެތައް ފަހަރަކު މާފަށް އެދުނެވެ. އެފަދަ ގޮތަކަށް ދެން އެކަހެރިނުވުމަށް ދެމީހުން ވެސް އަޒުމް ކަނޑައެޅީމެވެ. އެރޭ ހުސެން އަހަރެން ގެއަށް ގެނެސްދިނީ އެތައް ގޮތަކަށް އަހަރެންގެ ހިތް ހަމައަކަށް އަޅުވާފައެވެ. އެރޭ ނިދަން އޮވެ އަހަރެން ވަރަށް ވިސްނީމެވެ. ވެދިޔަ ފަދަ ކަމެއް ދެން ތަކުރާރު ވާން ނޭދޭތީ ކައިވެނީގެ މާތް ގުޅުމުން ގުޅެން ނިންމީމެވެ. އަހަރެންނަކީ ވެސް ފުރާ ފުރިހަމަ ވެފައިވާ އަންހެންކުއްޖަކަށް ވާތީ ކައިވެންޏަށް އެޅޭނެ އެއްވެސް ހުރަހެއް ނެތެވެ. ކައިވެންޏަކީ ފާފަތަކުން ރައްކާތެރިކޮށްދޭ އަޅުކަމެއްގެ ގޮތުގައި މާމަ އަބަދުވެސް ބުނެދެއެވެ. ނަމަވެސް މާމަގެ އަބަދުވެސް އެއް ޝަކުވާ އޮވެއެވެ. ހުސެން މާބޮޑަށް އުމުރުން ބޮޑުބުމެވެ. ހުސެން ކުރިން ކައިވެންޏެއްކޮށް ދަރިއަކު ހުރުމެވެ. ނަމަވެސް އަހަރެންގެ އުފަލަށްޓަކައި މާމަ ހުރީ ރުހި ޤަބޫލުވެގެންނެވެ.

ފަހު ދުވަހު އޮފީހަށް ގޮސް އަހަރެން ހުސެން އާއި ބައްދަލުކުރީމެވެ. ކައިވެންޏަށް އެދުނީ އަހަރެން އަމިއްލަ އަށެވެ. ޖަވާބުގައި ހުސެން ދިނީ އަހަރެން އެދޭ ފަދަ ޖަވާބެކެވެ. އޭނާ ވެސް ނުނިދާ އެކަމާއި ވިސްނި ކަމަށް ބުނުމުން އަހަރެން ނިހާޔަތަށް އުފާވިއެވެ. ދެފަރާތުގެ އާއިލާ އާއި ވާހަކަދައްކައިގެން ކައިވެނިކުރަން ރަނގަޅު ތާރީހެއް ކަނޑައަޅަން ނިންމީމެވެ.

އަހަރެންގެ އާއިލާގެ މަދު މީސްކޮޅު ނުލާހިކު ގަޔާވާ ކަމެއް ކަމުގައި އަހަރެންގެ ކައިވެނި ވިއެވެ. ހުސެންގެ އާއިލާ ވެސް އަހަރެން ބަލައިގަތީ ލޯތްބާއެކުގައެވެ. އަހަރެންގެ ކައިވެނީގައި ރަޔާހީން ކޮއްކޮ ނޫން ހުރިހާ އެންމެން ބައިވެރިވިއެވެ. އަހަރެން އެންމެ ދެރަވީ ކޮއްކޮ އަށް އަދި އެންމެ ފަހަރަކު ވެސް ހުސެން ފެނިފައި ނުވާތީއެވެ. ނަމަވެސް އަހަރެން ބޭނުންވީ ކޮއްކޮ އަހަރެން ކައިރިއަށް އަންނަންދެން ހުސެންގެ ފޮޓޯއެއްހާ ހިސާބުވެސް ނުދެއްކުމަށެވެ. އެގޮތަށް ބާކީ ތިބި ދެކޮއްކޮ އަށް ވެސް އެންގީމެވެ. ރަޔާހީން ކޮއްކޮ ފޯނުންގުޅާ އެތައް ފަހަރަކު ރުޔެވެ. ބޮޑާ ހޭކިއެވެ. ނުކިޔަވާނެ ކަމަށް ބުނެ އަހަރެންނަށް ބިރުދައްކަން ވެސް އުޅުނެވެ. އެއީ އަބަދުވެސް އަހަރެންގެ އެންމެ ތުއި ކޮއްކޮއެވެ. ނަމަވެސް އަހަރެންގެ އޯގާތެރި ބަސްތަކުން ކޮއްކޮ ހިތްހަމަ ޖައްސާދިނީމެވެ.

ހުސެންގެ އަންބެއްގެ ގޮތުގައި ހުސެންގެ ގޭގައި އަހަރެން އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައީމެވެ. ކޮންމެ ދުވަހެއް ނިމިގޮސް އާދުވަހެއްގެ އިރު އަރަނީ އަހަރެންގެ ހަޔާތަށް އެތައް އުފާތަކާއި ހިތްހަމަޖެހުން ގެނުވަމުންނެވެ. އަހަރެން ހީކުރި ގޮތަށް ހުސެން ވީ ވަރަށް އޯގާތެރި މާތް ފިރިއަކަށެވެ. އަހަރެމެންގެ ކައިވެންޏަށް އެއް އަހަރު ވެގެން ދިޔައިރު އަހަރެމެން އިންދި ގަހުގައި މޭވާ އަޅަން ތައްޔާރުވަމުން ދިޔައެވެ. އާއެނކެވެ. އަހަރެން ބަލިވެ އިނީއެވެ. އަހަރެންގެ ހުސެންގެ ދަރިއަކަށެވެ. އުފާވެރިކަމުގެ އިންތިހާއެވެ. އާއިލާ ހުރިހާ މެންބަރުން އެކަމާއި އުފާ ފާޅުކުރިއެވެ. ޙާއްސަކޮށް އަހަރެންނާއި ދުރުގައި ހުރި އަހަރެންގެ ލޯބިވާ ރަޔާހީން ކޮއްކޮއެވެ. ފޯނުން ހީން އަށް އެހަބަރު ދިން ދުވަހު ވެސް ދޮންތަބެ ދައްކާށޭ ބުނެ ހީން ވަރަށް އާދޭސްކުރިއެވެ. ހަމަހިލާ އަހަރެން އެއްބަހެއް ނުވީމެވެ. ދޮންތަބެ އަށް ވެސް ރަޔާހީން ކިޔާ ކޮއްކޮއެއް ހުންނަކަމެއް ނޭނގޭނޭ ބުނުމުން އެކަމާއި ހީން ވަރަށް މަޖާވެފައި ހީވެސް ހެދިއެވެ. ދެމީހުންނަށް ދެމީހުން ފެންނަ ދުވަހަކު ހާދަ މަޖާވާނޭ ކިޔާ ހީން ވަރަށް ޖޯކް ޖެހިއެވެ. ދޮންތަ ތިހެން ނާންގާ ހުއްޓާ އެންމެ ފަހަށް އޭނާ އަށް އިނދެވޭނީ ދޮންތަބެ އާއި ކަމަށް ބުނެ އަހަރެންގެ ސިކުނޑި އާއި ކުޅެލައިގެން ހުސެންގެ ފޮޓޯއެއް ދައްކާތޯ އެތަކެއް ސްޓޯރީއެއް ޖެއްސިއެވެ. އަހަރެން ހަމަ ގޮތުގައި ހިފެހެއްޓީމެވެ. ނަޔާ އާއި ނައު އާއި ވަކިން ހީން ކޮއްކޮ އޮސްޓްރޭލިޔާ އަށް ދިޔައީ އެއީ އަބަދުވެސް ހީން އެންމެ ކިޔަވާހިތްވާ ކޮލެޖުން ކިޔަވާލުމަށެެވެ. މާމަމެން ވެސް އެދިގެންނެވެ. ނައު އާއި ނަޔާ ކިޔަވާނިމިގެން އެނބުރި އައިރު ވެސް ހީން އަށް ނާދެވުނު ސަބަބަކީ އެއީއެވެ.

އެނގޭހެއްޔެވެ؟ އަހަރެމެންނަށް ލިބެނީ ޓްވިންސް ކަން އެންމެ ފުރަތަމަ ސްކޭނުން ވެސް ޑޮކްޓަރ އިޢުލާން ކުރިއެވެ. ފުރިހަމަ ސިއްޙަތެއްގައި ދުޅަހެޔޮކަންމަތީގައި ދުވަސްތައް ހޭދަވަމުން ގޮސް އަހަރެން ދުވަސްފުރާ ވިހެއީ ޞިއްޙަތު ރަނގަޅު ދެ އަންހެން ކުދިންނެވެ. އަނެއްކާ ވެސް އަހަރެމެންގެ އާއިލާގެ އުފާވެރިކަން ދެގުނު އިތުރުވީއެވެ.

*****************************************************************************************

ކުއްލިއަކަށް ރަޔާހީން ސިހުނީ ކައިރީގައި އޮތް އޭނާގެ ފޯނުގެ ރިންގުގެ އަޑަށެވެ. ފޮތް ލައްޕާލުމަށްފަހު ފޯނުގެ އަޑު ސައިލެންޓް ކޮށްލުމަށްފަހު ގަޑި ބަލާލިއެވެ. ހަތަރެއް ޖެހުމާއި ގާތްވަނީއެވެ. ނަމަވެސް މިގަޑީގައި މީނަ މިގުޅަނީ ކީއްކުރަންހެއްޔޭ ރަޔާހީން ހިތަށް އެރިއެވެ. އެކޯލް މިސްވަންދެން ރަޔާހީން ހަމަ އަޅާވެސް ނުލާ އިނެވެ. ފަރުހީންގެ ޑައިރީން ކުޑަކުޑަ ތަންކޮޅެއް ކިޔުނު އިރު ވެސް އޭނާގެ ހިތަށް ހާދަ އަސަރެއް ކޮށްފިއެވެ. ދޮންތައާއި އެކުގައި ހޭދަވި ދުވަސްތަކާއި މަޖާކުރި ކޮންމެ ދުވަހެއް ދޮޮންތަގެ ވާހަތަކުން ރަޔާހީންގެ ހަނދާނަށް އަންނަން ފެށިއެވެ.

ދެވަނަ ފަހަރަށް ފޯން ރިންގްވާން ފެށުމުން ރަޔާހީން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ހޫމް ކިހިނެކޭވީ؟ މީކީ މީހުންގެ އަނބިންނަށް ގުޅަން ރަނގަޅު ގަޑިއެއް ނޫން. ދެން ފަހަރަކުން މިކަމަށް ވިސްނައްޗެ” ރަޔާހީން ފޯނު ކަންފަތާއި ކޮނޑާއި ދޭތެރޭގައި ފިއްތާލައިގެން ހުރެ ފަރުުހީންގެ ފޮތް ކުރިން ނެގި ފޮށްޓަށް ލުމަށްފަހު އިހު ހުރި ގޮތަށް އަލަމާރިއަށްލާ ފޮރުވިއެވެ. މަޑުމަޑުން ކޮޓަރިން ނިކުމެ ބަދިގެއަށް ދިޔައީ ފޯނުން ވާހަކަދައްކަމުންދިޔަ ފަރާތާއި ބައްދަލުކުރުމަށެވެ.

“މާކިލް! ކިހިނެއްވީ؟ ޕްލީޒް! އުއްމީދުކުރަން ކުރިން އުޅުނު ގޮތަށް ނޫޅޭނެކަމަށް. މާކިލް އަށް ބަދަލުތަކެއް އައިސްފައިވާކަން މިހާރު މީހާ ތިހުރި ސިފައަށް ބަލާލުމުން ވެސް އެނގޭ. ހަށިގަނޑުގަ މަސްޖަހާ އިސްތަށިގަނޑު ވެސް ތިހުރީ މީހަކު ހަމަ އެންމެ ހިތްހަމަޖެހޭ ވަރަށް. އަވަހަށް ބުނޭ މާކިލްގެ ބޭނުމަކީ….” ރަޔާހީން މާކިލް އަށް ފުރަގަސް ދެމުން ވާހަކަދެއްކިއެވެ.

ކޮފީ ބޮއެ ހުސްކުރި ތަށި ޒިންކަށް ލުމަށްފަހު އައިސް އަލަމާރިން ފިނި ފެން ފުޅިއެއް ނަގާ މޭޒުމަތީގައި ހުރި ބިއްލޫރިތައްޓަށް އަޅާލުމަށްފަހު ކޯވަރެއް ބޯލިއެވެ. އެއަށްފަހު ހަށީފުރާ ނޭވައެއް ލުމަށްފަހު މާކިލް އެނބުރިލީ ރަޔާހީނާއި ވީ ފަރާތަށެވެ.

“ޔެސް ބަދަލުތަކެއް އައިއްސަ މިހިރީ. އަހަރެން ވެސް ޤަބޫލެއް ވެސް ނުކުރަން އަހަރެންނަށް މިފަދަ ބަދަލުތަކެއް އަތުވެދާނެ ކަމަކަށް. އެކަމަކު އަހަރެންގެ ވާހަކަތައް ފެށުމުގެ ކުރިން ބުނެދީބާ އަހަރެން މުހާތަބް ކުރަންވީ ކޮން ނަމަކުންކަން. އައި މީން މަމް ހޭ ނުވަތަ ހީން ހޭ. އެހެންނޫނީ ސިސް ހޭ…” މާކިލް އެހެން ބުނުމުން ރަޔާހީން ބަލާލީ މާކިލްގެ މޫނަށެވެ. އިރުކޮޅަކު މާކިލް އަށް ބަލަން ހުރުމަށްފަހު ރަޔާހީން ބުނެލިއެވެ.

“ކުރިން ވެސް ބުނިން މާކް މަށަށް ދޮންމަންމަ ކިޔަސް މަށެއް ލަދެއް ނުގަންނާނޭ. އެހެންވީމަ މިއަދު ތިހެން ތިއެހީ ކީއްވެ؟ ރަޔާހީން އަހާލިއެވެ.

“އެހެންވީމަ އަހަރެން ކިޔާނީ ހީން. އަހަރެންގެ ބައްޕަގެ އަންބަކަށް ވުމުގެ ކުރިން ތީ އަހަރެންގެ އެކުވެރިއެއް. އަދިވެސް ވަރަށް ހީވޭ ރުޅިއައިއްސަ ހުރިހެން. އަހަރެންގެ ފަރާތުން ހީން އަށް ކުރިމަތިވި އުނދަގޫތަކަށް އަހަރެން މާފަށް އެދެން. ވެވެން އޮތިއްޔާ އަހަރެންނަށް މާފްކުރޭ. އެރޭ ވީ ކަންތައް އަދިވެސް އަހަރެން ހަނދާން އެބަހުރި. ނުބައި ކަމެއް ކުރަން އުޅުމުން އަހަރެންނަށް ނުބައި ގޮތަށް ދިމާވީ. އެކަމު މިވަގުތު އެރޭގެ ވާހަކަދައްކަން އަހަރެން ބޭނުމެއް ނޫން. ހީން ބުނޭ އަހަރެންނަށް މާފް ކޮށްފީމޭ” މާކިލް މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ބުނެލިއެވެ. އަދި އެއް ގޮނޑި ދޫކޮށް ދެން ހުރި ގޮނޑިގައި އިށީންނަން ރަޔާހީނަށް ދަޢުވަތު ދިނެވެ.

“ތީ ހަމަ މާކްތަ؟ ޤަބޫލެއްވެސް ނުކުރެވޭ” ހަޤީޤަތުގައި ވެސް ރަޔާހީން ހުރީ ކުރިމަތިން ނިއުޅެމުންދާ މަންޒަރު ފެނި ޤަބޫލުކުރަން ދަތި ވެފައެވެ.

“ރަނގަޅަށް ތިހީވީ. މީ ހަމަ އަހަރެން. އިރާކޮޅުގެ ވަގުތެއްގައި ވެސް ގެއިން ބޭރުން ބައްދަލުކުރަން ހީން ކައިރީގައި އެދުނީ އަހަރެން. އެކަމު ނުދެވުނީ ނަމާދު ވަގުތު ފަހަނައަޅާ ހިނގައިދާނެތީ. އެކަމަށް ވެސް ސޮރީ” މަޑުމައިތިރިކަމާއެކު މާކިލް ބުނެލިއެވެ.

“ވަޓްއެވަރ. ބުނޭ އަވަހަށް ބުނަން އުޅޭ އެއްޗެއް. އަހަރެން ނިދިއައިއްސި” މާކިލް ދެއްކި ގޮނޑީގައި ކިރިޔާ ފޫ ޖައްސާލަމުން ރަޔާހީން ބުނެލިއެވެ. ފުލުފުލުގައި އޭނާ އާފުރެމުން ދިޔައީ ވެސް އެކަމަށް މާބޮޑަށް ގަޔާ ނުވުމުންނެވެ.

“އަހަރެން ހީން ކައިރީގައި އެދެން މިއުޅޭ ކަންތައް ހީން އަށް ކޮށްދެވޭނީ އެންމެ ފުރަތަމަ އަހަރެންނަށް ހީން ގެ މާފް ލިބިގެން. އެހެންނޫނިއްޔާ އަޅާނުލާ. ހީން ދިޔަސް އެންމެ ރަނގަޅު” މޭޒުމަތިގައި ހުރި ފެންފުޅި މޭޒުމަތީގައި އަނބުރަމުން މާކިލް ބުންޏެވެ.

“އަހަރެން މާކް އަށް މާފްކޮށްފިން. މާކް ގެ ތިވާހަކަތަކާއި ތިމޫނުމަތިން އެހެންޏާ އަހަރެންނަށް ފެނިފައިވާ ޝައިތާނީ ކަމެއް ނުފެނޭ. އެކަމަކަށް މާކް ގެ ތިލޯ ވެސް ހެކިދޭ. އެހެންވީމަ ބުނޭ. މާކް ބުނީ ކޮންމެ ކަމެއް ކުރާނަން. އެކަމަކު އެކަމަކީ އަހަރެންނަށް ކުރެވޭ ވަރުގެ ކަމަކަށް ވާންވާނެ. އެހެންނޫނީ އަހަރެން ވެސް ބުނާނީ ސޮރީއޭ” ރަޔާހީންގެ ވާހަކަ ދެއްކުމުގެ ރާގަށް ބަދަލު ގެންނަމުން ބުނެލިއެވެ.

“އޯ ހީން. ތެންކިއު ސޯމަޗް. އަހަރެން މެރީ ކުރަން ބޭނުންވަނީ. އަހަރެންދެކެ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި. އަހަރެން މިހާރު މިހުރި ހާލަތަށް ގެންނަން ހީން ގެ އިތުރުން ދެން އެހީވި މީހަކީ ޔޫމީ. އަހަރެން އިންނަން ބޭނުމީ ޔޫމީ އާއި. ހީން މިވާހަކަ މާދަން ސައި ގަޑީގައި ދައްކަދޭންވީ. އަހަރެން ބުނެފިއްޔާ ފަހަރެއްގައި މާމަމެން ޖޯކް ވެސް ޖަހާފާނެ” މާކިލް ވާހަކަދެއްކީ ލަދުން ރަޔާހީނަށް ނުބަލާ އިނދެއެވެ. އެހެނީ އޭނާ އަށް ކުރެވިފައިވަނީ ލަދު ނުގަންނާނޭ ފަދަ ކަންތަކެއް ނޫނެވެ.

“ރިއެލީ…..މުޅިން ވެސް ޤަބޫލުނުކުރެވޭ ކަންތައް. އެކަމު މާކް ޔޫމީ ދެކެ ލޯބިނުވަންޏާ ތި ކުރަން އުޅޭ ކައިވެނި ދާނީ ފަނުފުލުންެ. އެއްފަރާތުން ވެވޭ ލޯތްބަކީ ވޭން ހުރި އެއްޗެއް. ޔޫމީ އާއި މެރީ ކުރާ ފަހުން މާކް އަށް މާކްގެ ހަޤޤީ ލޯބިވެރިޔާ ފެނިޖިއްޔާ ދެން ވާނީ ކިހިނެއް؟ ރަޔާހީން ބުންޏެވެ.

“ހެހެހެ… އައި ލައިކް ހަރ. އެހެންވީމަ އޯކޭއެއްނު. އެހެންނޫނަސް މިހާރު މީ އެހެން މާކިލް އެއް. އަންހެންކުއްޖަކަށް ލަނޑެއް ނުދޭނަން” ޔަޤީން ކަމާއެކު މާކިލް ބުނެލިއެވެ. ރަޔާހީން ހީލިއެވެ. މާކިލް އަށް އެކަންތައް ކޮށްދިނުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. މާކިލް ގެ ހިތް ބަދަލުވީތީ އުފާ ކުރިއެވެ.

މާކިލް އެދުނު ގޮތަށް ހެނދުނު ސައި ވަގުތުގައި ރަޔާހީން އެވާހަކަ ދެއްކިއެވެ. އިރުފާން އުފާ ވިއެވެ. އޭނާގެ ފިރިހެން ދަރިފުޅާ އެދަރިފުޅުގެ ދޮންމަންމަގެ ގުޅުން ބަދަހިވެފައިވާ މަންޒަރު ފެނި އުފަލުން ރޮވުނެވެ. އެފަދަ ދުވަހަކަށް އެނާ ކިހާ އިންތިޒާރެއް ކޮށްފި ހެއްޔެވެ. ފީރޯޒާ އާއި އާސިރު ވެސް އުފަލުން މާކިލް ގެ ބުރަކަށީގައި ފިރުމިއެވެ. އަވަހަށް އެގެއަށް ޔޫމީ ގެންނަން އެދުނެވެ. ދުވަހަކު ވެސް މާލޭގައި މީހަކު ނުބާއްވާ ވަރުގެ ކައިވެނި ޕާރޓީއެއް ބާއްވަން ބޭނުންވާ ވާހަކަ އިރުފާން އެވަގުތު ހުރިހާ އެންމެންނަށް ހާމަކުރިއެވެ. އަދި އޭނާގެ ދަރިފުޅުގެ ވާންއުޅޭ އަންހެނުންގެ އެގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށް ބުނެލިއެވެ. މާކިލް ރަޔާހީނަށް ބަލާލީ ޝުކުރުވެރި ލޮލަކުންނެވެ. މާކިލް ގެ ދެތުންފަތް ދޭތެރެއިން ވައިއަޑުން ތެންކިއު މި ލަފްޒު ނިކުތް ތަން ރަޔާހީނަށް ފެނުމުން ހީލިއެވެ. އެގޭގައި ދިރުއުޅޭ މީހުންނަށްޓަކައި ރަޔާހީންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދިފައިވިއެއް ކަމަކު މާކިލްއަށްޓަކައި ރަޔާހީންގެ ހިތް ސާފެވެ. ސަބަބަކީ ރަޔާހީން ފަދައިން މާކިލް އަކީ ވެސް އުމުރުގެ ގޮތުން ދާދި އެއްވަރެއްގެ ކުއްޖަކަށް ވެފައި ގޭތެރޭގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަން މާކިލް އަށް އެނގިފައި އޮތުމަށްވުރެ ނޭނގި އޮތުން ކައިރިކަމަށް ވާތީއެވެ. ރަޔާހީނާއި ދާދި އެކުއެކީގައި މާކިލް ވެސް ވަނީ އެއްކޮލެޖުން ތަޢުލީމް ހާޞިލްކޮށްފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އަބަދުގެ އަބަދަށް ( ތިންވަނަ ބައި)

Next

އަގެއްނެތްލޯބި 12 ވަނަ ބައި

Next
September 9, 2017

އަގެއްނެތްލޯބި 12 ވަނަ ބައި

Previews
September 9, 2017

އަބަދުގެ އަބަދަށް ( ތިންވަނަ ބައި)

26 Comments!

  1. Juvey says:
    September 9, 2017 at 9:34 pm

    Yey me first dww ..

    1. Ushaali says:
      September 9, 2017 at 9:35 pm

      yes juvey mifaharu first 🙂

  2. Ushaali says:
    September 9, 2017 at 9:35 pm

    assalam alikum and alhamdhulillah….. haveeru mi bai nugenesdhevuny kuda kudhinge haveeregga ulhen jehumun. ekamahttakai huriha kudhinge kibain maafah edhen. dhn in bai maadhama havyru genesdheynan. insha allah 🙂 🙂 🙂 mi bai ves huriha kudhinnah kamudhaane kamaha heekuran 🙂

  3. Juvey says:
    September 9, 2017 at 9:36 pm

    Thanks ushaa doonee ?

    1. Ushaali says:
      September 9, 2017 at 9:44 pm

      welcome juvey dooneee 🙂

  4. Juvey says:
    September 9, 2017 at 9:38 pm

    Me first dww. V reethi mi part vx ??

  5. Petite says:
    September 9, 2017 at 9:43 pm

    V salhi

    1. Ushaali says:
      September 9, 2017 at 9:53 pm

      thankyou petite 🙂

  6. saanto says:
    September 9, 2017 at 9:44 pm

    varah varah reethi…when next part?? mi part haadha kuru hen heeveyey..

    1. Ushaali says:
      September 9, 2017 at 9:54 pm

      maadhama insha allah. yes mi bai kuruvaane. ekamu dhn in bai dhigukollaanan engey 🙂 and thankyou saanto 🙂

  7. Zaal says:
    September 9, 2017 at 9:49 pm

    Wow varah reethi…

    1. Ushaali says:
      September 9, 2017 at 9:55 pm

      thankyou Zaal 🙂

  8. Ainth says:
    September 9, 2017 at 10:01 pm

    Masha Allah…. Haadha furihamaey mi baives

    1. Ushaali says:
      September 9, 2017 at 10:09 pm

      thankyou Ainth 🙂

  9. Hafoo says:
    September 9, 2017 at 10:21 pm

    Jazaakah’llah haira ushaali. Miyadhuves haveerun feshigen mi balanee vaahaka aadheytho. Madhamaa haveeru gensdheveytho varah balaathi. Varah reethi mibaaves.

    1. Ushaali says:
      September 9, 2017 at 11:00 pm

      thankyou Hafoo 🙂 insha allah maadhan kiyaalan libeyne

  10. Ramko says:
    September 9, 2017 at 10:42 pm

    mi part haadha kurey. noony kiyaa hithun inn varun heevaa goiy tha? me. ushaa dhoonyaa thankew.

    1. Ushaali says:
      September 9, 2017 at 11:01 pm

      thankyou Ramko 🙂 kuruvaane mi bai

  11. Ruhoo says:
    September 9, 2017 at 10:51 pm

    Varah reethi… maadhan konirakun vahaka kiyaalanan libeyny

    1. Ushaali says:
      September 9, 2017 at 11:18 pm

      thankyou Ruhoo 🙂 maadhama haveeru libeyne insha allah 🙂

  12. Shabyyy says:
    September 9, 2017 at 11:09 pm

    Haadha kurukoh..maadhan thankolheh dhigu kohlahchey ushaali.

  13. Reet says:
    September 9, 2017 at 11:18 pm

    V reethi Egy

  14. HHHH says:
    September 9, 2017 at 11:45 pm

    I think mi bai thankolheh kuri??or maybe its not??
    Whatever ..
    Luv this prt n still cant believe its maakil..
    Lol
    Waiting for the next prt
    Keep it up plx

  15. Aikko says:
    September 10, 2017 at 8:12 am

    Mi part ves v reethi. kuda thankolheh kury. next part thankolheh avahah update kolladheeba puleeeeeeeez. And Can’t belive maakil :O

  16. Iyaa says:
    September 10, 2017 at 8:46 am

    Awwwn, ??reethi ey.

  17. mal-mal says:
    September 10, 2017 at 12:52 pm

    MashaAllah, mibai ves varah salhi!! ???
    update soon!????????

Comments are closed.

Next Episode02:30 ތޭވީސްވަނަ ބައި←


All Right Reserved!