Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(6)

Dhippi Level 4100 Comments10 Stories
September 4, 2017 6 Mins Read
30 Comments

” ދަރިފުޅު ވަރަށް ވަރުބަލިދޯ؟” އަފީފާ ހީލަމުން ބުނެލިއެވެ. “އާނ ވަރު ބަލި ވާނެންނުުން، އެތައް އިރަކު ފުލައިކޮއްފަ ވިއްޔާމިއައީ” ވިނާން ހީލަމުން ބުނެލިއެވެ. “ހެހެ ދަރިފުޅުދޭ އަވަހަށް ފެން ވަރައިގެން އަންނަން ދަރިފުޅު އަންނަންދެން މަންމަމެން ވެސް މިތިބީ ސައި ނުބޮއެ، ވަރަށް ބަނޑުހައި ވެއްޖެ!” އަފީފާ ބަނޑުގައިއަތް ހާކަމުން ބުނެލިއެވެ. “އޯކޭ މަންމާ، އަޅުގަނޑު މިއަންނަނީ ވަރަށް އަވަސް ކޮއްލައިގެން، މަންމަމެން ބަނޑުހައި ވިޔަކަ ނުދޭނަން!” ވިނާން އެހެން ބުނެފަ އޭނާގެ ލަގެޖު ހިފައިގެން އެރީ މައްޗަށެވެ. ވިނާން މައްޗަށް އެރިތާ ދިހަވަރަކަށްމިނިޓު ފަހުން ފެން ވަރައިގެން ތިރިއަށް ފައިބައިފިއެވެ. “ހިނގާ އަވަހަށް ކާންދާން އަޅުގަނޑުވެސް ވަރަށް ބަނޑުހައި ވެއްޖެ!” ވިނާން އެހެން ބުނުމުން ސައުދުއާ އަފީފާ ހިނގައިގަތީ ބަނދިގެއަށެވެ. އެމީހުންގެ ފަހަތުން ވިނާންވެސް ބަނދިގެއަށް ވަނދެއްޖެއެވެ. އެތިން މީހުން ކައި މޭޒު ދޮށުގައި އިށީނުމުން ޖަޔާއާ އަލްޔާ ތެޅިގަތީ އެމީހުންގެ ޙާދިމުންނަށް ހިދުމަށް ކުރުމަށެވެ. “މަންމާ އަދިވެސް ކޮއްކޮ އަންނަންނުވޭތަ؟” ތަނުގެ ހިމޭންކަން ކުނޑަވުމުން ވިނާން އަހައިލިއެވެ. ” އާނ އަދި ނުނިމޭ އަންނަ އަހަރުގައި ނިމޭނީ، ދަރިފުޅު ހަނދާންވެސް ނެތްދޯ؟!” އަފީފާ ހައިރާންވެފައި ބުނެލިއެވެ. “ހެހެ އެހެންދޯ؟ ހަމަ އަސްލުވެސް ހަނދާން ނެތުނީއޭ” ވިނާން ހެމުން ބުނެލިއެވެ. “ހެހެ އެހެންނޫނަސް އެހެންވެ އަހަރުން އެކަހަލަ އެއްޗެހި، ނުކިޔަވަނީ” އަފީފާމެން ވަކި އެއްޗެއް ނުބުނުމުން ވިނާން އަނެއްކާވެސް ބުނެލިއެވެ. “ދަރިފުޅު ތިހެން ބުނާއިރު ދަރިފުޅު ވެސް ފަސް އަހަރު ވަންދެން ހަމަ ކިޔަވާފައެއް ނޫންތަ ތިއައީ، މިހާރު ހަނދާނެއްވެސް ނެތްދޯ؟” ސައުދު ހީލަމުން ބުނެލިއެވެ. “އާނ ތިއީވެސް ދޮގުވާހަކައެއް ނޫންދޯ؟” ވިނާން އަނގަޔަށް ވައްތަރެއް ޖައްސަމުން ބުނެލިއެވެ. އޭރު ވިނާންގެ ސައިތަށި ހުސްވުމުން ސައި އަޅަން ބުނުމުން އަލްޔާ ހުރީ ވިނާންގަ ތައްޓަށް ސައި އަޅަންށެވެ. އެވަގުތު ވިނާން ހުރީ އެސްފިޔަ ވެސް ޖަހައި ނުލާ އަލްޔާގެ މޫނަށް ބަލަންށެވެ. “ކޮންފަދަ ރީތި ކުއްޖެއްބާ؟! ހާދަ ލޯތްބޭ ހާދަ ފުރިހަމައޭ ނެތް ބުނެވޭނެ އެކައްޗެއްވެސް!” ވިނާން ހިތާހިތުން ކިޔާލިއެވެ. އަލްޔާއަށް ވެސް ވީހަމަ އެފަދަ ގޮތެކެވެ. ވިނާން ބެލި ގޮތަށް ނުބެލިއެއް ކަމަކު އޭނާވެސް ހިތަށް އެރީ ހަމަ އެހެންނެވެ. ވިނާންއަށް ސައި އަޅައިދިނުމަށް ފަހު އަލްޔާ މަޑު މަޑުން އެތަނުން ދުރަށް ޖެހިލިއެވެ. އޭރު އަފީފާ ހުރީ އަލްޔާއާ ދިމާލަށް ކަޅި އަޅައިގެން ރުޅި އައިސް ރަތުގައެވެ. ސައުދު ހުރީ އެމަންޒަރު ބަލައިގެން ބަނޑަށް ހެވިފައެވެ.

” މަންމާ މިއީ ކޮންކުއްޖެއްތަ؟” އަލްޔާގެ މޫނަށް ބަލައިގެން ހުރެ ވިނާން އަހައިލިއެވެ. “އެއީ ގޭގެ މަސައްކަތް ކުރަންވެގެން ގެނާ ކުއްޖެއް، ދިވެއްސެއް ވެސް ގެންގުޅެން ވާނެނޫން، ޖަޔާ ޗުއްޓީއެއް ނެގިއަސް އޭރުން ހުންނާނެއްނޫންދޯ” ސައުދުގެ މޫނަށް ބަލަމުން އަފީފާ ބުނެލިއެވެ. “އެހެންތަ؟ ތިއީވެސް ރަނގަޅު ވާހަކައެއް” އަލްޔާގެ މޫނަށް ބަލަމުން ވިނާން ބުނެލިއެވެ. “އެހާރީތި ކުދިން ގޭގެ މަސައްކަތް ކުރޭތަ؟! އެކުއްޖާޔަކާ ނުވެސް ގުޅޭ އެމަސައްކަތެއް” ވިނާން ހިތާހިތުން ކިޔާލިއެވެ. “އަފީފާ އެމަންޖެ ގެނައީ މިގޭ މަސައްކަތު މީހަކަށްތަ؟! އެކަމަކު އަފީފާ ބުނީމެއްނޫން އެމަންޖެގެނައީ ކިޔަވައިދީ ރަނގަޅު ގޮތުގައި ގެންގުޅެންށޭ؟!” ސައުދު ވަގުތުގެ ބޭނުންހިފާ ވަގުތުން ބުނެލިއެވެ. ހަގީގަތުގައި ސައުދު އެހެން ބުނީ އަލްޔާއަށް ޓިއުޝަން ނުދޭކަން އިނގޭތީ އެކަމަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ. އަފީފާ ހުރީ އެއްވެސް އެއްޗެއް ނުބުނެ އަނގަ މަޑުލައިގެންނެވެ. ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ. “އެއީތެދެއް އަލްޔާ ރަނގަޅަށް ކިޔަވަންތަ؟ ގޭގެ މަސައްކަތް ކުރިއަސް، ރަނގަޅަށް ކިޔަވާތި، މިޒަމާނުގަ ނުކިޔަވަންޏާ އެއްވެސް އެއްޗަކަށް ނުވާނެ!” ވާނުވާ ނޭނގޭ ހާލުގަވެސް ވިނާން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި އިސް ޖަހައިގެންނެވެ. އޭނަ ވަކިބުނާނީ ކީކޭ ހެއްޔެވެ؟. “އެއީތެދެއް އަލްޔާ ރަނގަޅަށް ކިޔަވާތި ވިނާން އެބުނީތެދެއް ލިބޭފުރުސަތުގެ ބޭނުން ހިފާތި” ސައުދުއަށް ކަނޑައެޅިގެން ހުރެވެސް އަލްޔާ އެއްޗެއް ބުނޭތޯ ގަސްތުގައި އަހައިލިއެވެ. އަލްޔާ ހުރީ ސައުދު އެހެން ބުނުމުން ފެންކަޅިވެފައެވެ. ސައުދުއަށް ރަނގަޅަށްވެސް އޭނާއަށް ޓިއުޝަން ނުލިބޭ ކަން އެގި ހުރެވެސް އެހެން އެހުމުން އޭނާ ހުރީ ވަރަށް ހިތުގައި ޖެހިފައެވެ. “ބޭބޭ އަދި އަޅުގަނޑަކަށް….” އަލްޔާއަށް އެހިސާބަށް ބުނެވުނުތަނާ އަފީފާ ކަޅި އަޅާލުމުން އަލްޔާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ސައުދުއާ ވިނާންއަށް އެކަން ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. “އަޅުގަނޑު ކޯއްޗެކޭ ތިކިޔަން އުޅުނު އެއްޗެއް ކިޔާބަލަ” އަލްޔާގެ މޫނަށް ބަލަމުން ސައުދު ބުނެލިއެވެ. އަލްޔާގެ ހިމޭންކަމުން ސައުދުއާ ވިނާންއަށް ރަނގަޅަށް އެއްޗެއް ވިސްނުން ކަހަލައެވެ. އަލްޔާއަށް އިތުރަށް އެއްޗެއް ބުނަން ނުކެރިގެން އެތަނުން ނިކުމެގެން ހި ގައްޖެއެވެ. “މަންމާ ކީއްވެ އެކުއްޖާ އެދިޔައީ؟ އެކުއްޖާ ވަރަށް ދެރަވެފައި ހުރިހެން ހީވަނީ!” އަލްޔާ ދިޔަ މަންޒަރު ބަލަން ހުރެ ވިނާން ބުނެލިއެވެ. “ނޭނގޭ މަންމައަށް؟ ހީވަނީ އޭނާގެ މަންމަމެން މަތިން މާ ހަނދާން ވީހެން” އަފީފާ މަތިޖަހުމުން ބުނެލިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. އަފީފާގެ ބޭނުންވެސް އޮތީ ފުދިފަ ވިއްޔާއެވެ. ނުވިތާކަށް އަލްޔާގެ މަންމަމެންގެ ބޭނުން ވެސް ވަނީ ފުދިފައެވެ. އަފީފާ ބޭނުން ވަނީ އެގޭ ގެންގުޅެން ދިވެހި ކުއްޖެއް ވިއްޔާއެވެ. އަލްޔާގެ މަންމަމެން ބޭނުންވަނީ ފައިސާއެވެ. ދެފަރާތުގެ ވެސް ބޭނުން ވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުދިފަ ވިއްޔާއެވެ. އިތުރު ވާހަކައެއް ނުދައްކާ އެންމެން ވެސް ކައި ނިންމާލައިފަ ނިކުތީ ބެޭރަށެވެ. އަލްޔާ ނިކުތް ގޮތަށް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“އަލްޔާ ކަލޭ ހޭބަލި ވެގެންތަ މިއަދު ވިނާންމެން ސައިބޯން ތިއްބާ އެތާގަ ހުރެ އޭނައަށް ތުއި ދެއްކީ؟، ކަލޭ ކިތަންމެ ތުއިއެއް ވިޔަސް ކަލެއަކާ އޭނަ ހިތާއެއް ނުވާނެ ކަލޭ ކިހިނެއްތަ ވިނާންއާ އަރާ އަރ ފޯދިގެންވަނީ؟ ކަލޭތިއީ ރާއްޖެތެރޭ ބައިކުޅަދެއް، ތިއުޅެނީ އޭބީސީ ކިޔަން ނޭނގިގެން ދެން ކަލޭ ކިހިނެއް އެކަހަލަ މީހަކު ހޯދާނީ؟ ކަލޭ ހަނދާންނެތުނީތަ؟ ކަލޭ އެކަން ހަނދާން ކުރާތި! އަދި ބުނަން، ހަނދާން ކުރާތި ކަލެއަށް ޓިއުޝަން ނުނަގާ ވާހަކަ އެއްވެސް މީހަކު ކައިރި ކިޔާގެން ނުވާނެ، ބުނެފިއްޔާމު ކަރުދަށުން ބުރި ކޮއްލާނަން!” އަލްޔާ ކޮޓަރީގައި އޮތްވާ އަފީފާ އައިސް ހަޅޭއްފަޅޭ ޖަހަމުން ދިޔައެވެ. “ދައްތާ އަޅުގަނޑު….” “ކޮން އަޅުގަނޑެއް ކިޔާކަށްތަ؟ ކޮން ދައްތައެއް ކިޔާކަށްތަ؟ކަލޭގެ އަމައެއްނޫންތަމީ؟” އަލްޔާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަފީފާ އަނެއްކާވެސް ހަޅޭއް ލަވައިގަތެވެ. އަފީފާ އެވަރަށް ހަޅޭއްލަވަން ފެށުމުން އެންމެ ފަހުން އަލްޔާއަށް ރޮވިއްޖެއެވެ. ވާނީ އެހެން ތާއެވެ. އެއީވިސް އިންސާނެއް ވިއްޔާއެވެ. ހިތެއްވެސް އޮންނާނެ ތާއެވެ. ލިބުނު މައިން ބަފައިންވެސް ކަންތައް ކުރިގޮތަކީ މިއީ ވިއްޔާއެވެ. ނުވިތާކަށް އެމީހުންނަށް ވެސް އަލްޔާއާ ހުރެ ބަލާވެރިކަމަކަށް ވެގެން ނުބަލަން ވެގެން ހަވާލު ކުރީވެސް އެފަދަ ނުލަފާ މީހަކާ ވިއްޔާއެވެ. ހިތްދަތި ނުވެ ހުރެ ދާނެހެއްޔެވެ؟. އަފީފާ ބަވާނެ ވަރަކަށް ބަވާލާފަ ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ އަޑުގެ ނެތްތަނަށް އަޑުން އަޑު ނަގާ ރޮމުން ދިޔައެވެ. އެފަކީރުގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އެހާވަރަށް އޭނާގެ ހިތަށް ތަދު ވެއްޖެ ވިއްޔާއެވެ. އެވަގުތު އަލްޔާގެ ބޮލުގައި މީހަކު ފިރުމާލުމުން އިސްއުފުލާ ބަލައިލި އިރު ސައުދު އިނީ ފެންކަޅިވެފަ އަލްޔާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “ބޭބޭ!!…” އަލްޔާ ހައިރާންވެ ގިސްލާރޮމުން ގޮވައިލިއެވެ. “ކޮއްކޯ ބޭބެއަށް އިމގޭ ދައްތަ ކަންތައް ކުރަނީ ރަނގަޅަކައް ނޫންކަން، ބޭބެއަށް ހުރިހާ އެއްޗެއްވެސް އިނގޭ! އިރާދަ ކުރެއްވިއްޔާ ބެބެ އެހީވާނަން، ދައްތައަކީ އަބަދުވެސް އެހާ ރުޅި ގަދަ މީހެއް އޭނާ މީހަކާ ދިމާލަށް އެއްޗެއް ބުނަން ވީމަ ތަނެއް ދޮރެއް ނުބަލާނެ، އޭނަ ހިތަށްއެރިއްޔާ އެރި ވަރެއް ކޮއްލާ!” އަލްޔާއަށް ހިތްވަރު ދެމުން ސައުދު ބުނެލިއެވެ. އަލްޔާވެސް ހުރީ އެވަގުތު މީހަކު ހަމްދަރުދުގެ ބަހެއް އަޑު އިވުނީތީ ކުޑަކޮށް ނަމަވެސް ހަމަ ޖެހުމެއް ލިބިފައެވެ. “ބޭބެއަށް އިނގޭ ކޮއްކޮއަށް ޓިއުޝަނެއް ވެސް ނުލިބޭކަން، އަދި ޓިއުޝަން ނަގައިދޭން މީހަކުވެސް ނާންނަކަން، އެކަމަކު ކޮއްކޮ ހިތްވަރު ކުރޭ! އިރާދަ ކުރެއްވިއްޔާ ބޭބެ އެކަން ހަމަ ޖައްސައި ދޭނަން” ސައުދު އަލްޔާއަށް ޔަގީން ކޮށްދެމުން ބުނެލިއެވެ. ސައުދު ހުރިހާ ވާހަކައެއް ދެއްކިއިރު ވެސް އަލްޔާ ހުރީ ފެންކަޅިވެފަ އަޑުއަހާށެވެ. ނަމަވެސް އޭނާގެ އެއްވެސް އުއްމީދެއް ނެތެވެ. އުއްމީދެއް އޮންނާނީވެސް ކިހިނެއް ހެއްޔެވެ؟. މިވީހާ ތަނައް އޭނާއަށް ފެނިފައި އޮތީ ހައްތަހާވެސް ހުވަފެން ވިއްޔާއެވެ. އެހެން ވިޔަސް ވެސް އަލްޔާ ހުރީ ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އެދައްކާ ވާހަކައެއް އަޑު އަހާށެވެ. އިތުރު އެހެން ގޮތެއް ވެސް ނެތް ވިއްޔާއެވެ. ވާނީ އެހެންތާއެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް މިއަދަކީ ސައުދުގެ ވިޔަފާރިއަށް ވިހި އަހަރު ފުރޭ ދުވަސް ކަމުން އެކަމަށްޓަކައި ހާއްސަ ޕާރޓީއެއް ބާއްވަން ހަމަ ޖެހިފައިއޮތް ރެއެކެވެ. އެހެން ކަމުން އަފީފާ ދުވަހަށް އިރު އެރީއްސުރެ ދަނީ އެކަމަށް ތައްޔާރު ވަމުންނެވެ. އެގޭ އެންމެން މިރޭ ބޭރަށް ދާނެކަން އެނގޭތީ އަލްޔާވެސް ހުރީ އިންތިހާޔަށް އުފާވެފައެވެ. އެމީހުން ދިއުމުން އަލްޔާ ހުރީ ޝަރާއަށް އެގޭ ފޯނުން ގުޅަން ނިންމައިގެންނެވެ. ރަށުން އައިފަހުން ވެސް އަލްޔާ އަކަށް އޭނާގެ އެންމެ ގާތް އެކުވެރިޔާއަކަށް ގުޅައި ނުލެވެއެވެ. އޭނާ އަތުގައި ފޯނެއް ނެތީމާ ގުޅާނީވެސް ކިހިނެއް ހެއްޔެވެ؟. އެއުުމުރުގެ ހުރިހާ ކުދިން އަތުގައޖ ފޯނު ހުއްޓަކަސް އޭނާގެ އަތުގައި ފޯނެއް ނޯވޭ ވިއްޔާއެވެ. ޖަޔާގެ ފޯނުންވެސް ގުޅައިދީފާނެކަން އޭނާޔަށް އިނގެއެވެ. ނަމަވެސް ޖަޔާއަށް ލިބޭ މަދުލާރި ކޮޅުން ފޯނަށް އަޅައިފަ ހުންނަ ލާރި ކޮޅު ހުސް ނުކުރަންވެގެން އަލްޔާ އޭނާ ކައިރީގައި ގުޅާދޭށޭ ނުބުނަނީއެވެ. “އަލްޔާ! އަލްޔާ! މިހާރު ކޮބައިތަ އެ ބުރާތީ؟ ގޮވައި ގޮވައި އަނގަ ވާލް ވާއިރުވެސް ނުހުންނާނެ އަޑު އިވޭ ހިސާބެއްގައި، މިއީވެސް ވަރުގަދަ ކަމެކޭ، އެހެނާ ފަހެ މި ހީވަނީ އޭނާގެ އަމާއާ ބަފާގެ ގެދޮރުހެން!” އަފީފާ މަޑުމަޑުން ތުން ތަޅުވަމުން ފޫޅަށް ވެސް ނުއިވޭހާ މަޑުން ކިޔަމުން ދިޔައެވެ. “ލައްބަ ދައްތާ ގޮވިންތޯ؟ އަޅުގަނޑު ހުރީ ނަމާދު ކުރަންށޭ، އެހެންވެ ގޮވިތަނުން ނާދެވުނީ” އަލްޔާާ އަވަސް ކޮއްލައިގެން ނިކުމެ ބުނެލިއެވެ. “މަށަށް ހެޔޮ ކަލޭ ނަމާދު ކުރިއަސް ނުކުރިއަސް، އަހަރެން ނާހަމެއްނޫން ނަމާދު ކުރިތޯއެއް ނުކުރޭތޯއެއް! މިރެއަކު އަހަރުން ގެއަކުން ނުކާނަން، ހުރި އެއްޗެއް ވިއްޔާ ހޫނު ކުރާތި، ޖަޔާ ވެސް ހިނގައްޖެ ބޭރަށް އޭނާވެސް އަންނާނީ ލަހުން ދެން ހަނދާން ކުރާތި ބޭރަށް ނުދާތި ގޭގެ ދޮރު ތަޅުލައިގެން ހުންނާނީ” ބޮޑާކަމާއިއެކު އަފީފާ ބުނެލިއެވެ. އޭނާ ހިތުން އޭނާއަކީ މަތިން ފައިބައި ހުރި މަލާއިކަތެކެވެ. އަލްޔާ ހުރީ މަޑު މަޑުން ލައްބަ ލައްބަ އޭ ކިޔާލަ ކިޔާލައެވެ. ކިޔާނީވެސް ވަކި ކީކޭ ހެއްޔެވެ؟. ސާހިބު މީހާ ބުނުމުން ނުބުނާ ގޮތަކަށް ހަދަން ވާނެތާއެވެ. އެހެންވެ ލައްބަ ކިޔާލަ ކިޔާލަ ހުރީއެވެ. އަވަގުތު ސައުދު ތިރިއަށް ފޭބުމުން އަފީފާ ފައިވާނުން ކަށްޓި އަޑު ގޮއްވަމުން ސައުދު ކައިރިއަށް ހިނގައްޖެއެވެ. ސައުދުއާ އަފީފާއާ ދެމީހުން ނިކުތުމުން އަލްޔާ ހަށިފުރާ ނޭވާއެއް ލަމުން އަވަހަށް ދުވެ ވަނީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަނދެފަޔާ އެއްކޮށް އަވަހަށް ނިކުތީ ޝަރާ ނަންބަރު ޖަހައިދީފަ ދިން ކަރުދާސް ކޮޅު ހިފައިގެން ޝަރާއަށް ގުޅާށެވެ. އަލްޔާ މަޑުކުރަން ނަހަދާ އަވަހަށް ފޯނުނަގައިގެން ޝަރާގެ ނަންބަރަށް ގުޅާލިއެވެ. ރިންގުވާތާ މާގިނަ އިރެއް ނުވަނީސް ޝަރާ ފޯނު ނެގިއެވެ. “ހަލޯ އޭ މަށޭ ކިހިނެއްތަ؟ މިއީ އަލްއޭ!” ޝަރާއަށް ކާކުކަން ނޭނގުމުން އަލްޔާ އޭ ކިޔާ ބަނެދިނެވެ. “ހުވާތަ؟ އަޅޭ ހާދަ ދުވަހަކުންނޭ ހަބަރެއް ތިވީ! ޝާ މިއިނީ އަލްއަށް ވީގޮތެއް ނޭނގިގެން ވަރަށް ކަންތައް ބޮޑުވެފައި، އަޅެ ކީއްވެތަ؟ ތިހާ ލަހުން ތިގުޅީ، އަލްއަށް އިނގޭންނޫން ޝާ ދެރަ ވާނެވަރު” އަލްޔާ އެހާ ދަުވަހުން ގުޅީމަ އެއްފަހަރާ އެތައް ޝަކުވާއެއް ޝަރާ ބަންޑުން ޖަހައިލިއެވެ. ޝަރާގެ ޝަކުވާ ބޮނޑި އިވުމުން އަލްޔާ ދިޔައީ ފަޅައިގެންނެވެ. ” ޝާ ބުނީ ހަމަތެެދެއް މިގޭ ދައްތަވެސް އަލްއަށް ވަރަށް ގޯސް އަބަދު އެއްޗެހި ކިޔަނީ ޓިއުޝަނެއްވެސް ނުދޭ މަންމަމެންނަށް ވުރެތަންފުކެއް ވެސް ދުލެއްނުދޭ، ޝާ ބުނެބަލަ އަލް ދެން ކިނެއް ހަދާނީ؟ އެކަމަކު އެމީހުން ކިޔާ މޮޅު ވާހަކައެއް ދެއްކިތަ؟” އަލްޔާ ގިސްލާ ރޮމުން ހުރިހާ ވާހަކައެއް ޝަރާއަށް ކިޔާދިނެވެ. ހުރިހާ ވާހަކައެއް ކިޔާދީ ނިމުނު އިރު އަލްޔާ ފަކީރުގެ ދެލޯ ހުރީ ރޮއެރޮއެ ދުޅަ އަރާފައެވެ. “އަލް ހިތްވަރު ކުރާތި އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ، އަލް އަކީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްކަން ޝާއަށް އިގޭ އަލްއަށް ހިތްވަރު ކުރެވޭނެކަން” އަލްޔާއަށް ހިތްވަރު ދެމުން ޝަރާ ބުނެލިއެވެ. “ހިތްވަރު ކުރަމޭ އެކަމަކު ޝާއަށް އިނގޭތަ؟ މިގޭ ދައްތަގެ ކަމަކީ އަބަދު އެއްޗެހި ކިއުން، އަލް ވަރަށް ދެރަވޭ އަބަދު އެއްޗެހި ކިޔާތީ، އެވަރަށް އެއްޗެހި ނުކިޔަސް ބުނާ ކަމެއް އަލް ކޮއްފާނަމޭ!” އަލްޔާ ރޮމުން ކިޔާދެމުން ދިޔައެވެ. “ޝާ ދެރަވޭ އިނގޭ ދެން ހުއްޓާލާ، މިވަގުތު ބޭއްވީއޭ ފަހުން ގުޅާނަން މި ނަންބަރުން އަލްއާ ގޮޅޭނެދޯ؟” ޝަރާ ދެރަވިވަރުން ވާހަކަ ދައްކަން އުނދަގޫ ވުމުން ބުނެލިއެވެ. “ނޫން ނުގުޅާތި މިނަންބަރަށް އަލް ގުޅާނަން އަނެއްކާވެސް ގުޅޭނެ ގޮތެއް ވީމަ” ވަގުތުން ދެކޮޅު ހަަދަމުން އަލްޔާ ބުނެލިއެވެ. “އޯކޭ ޝާ ނުގުޅާނަން، އެކަމަކު އަލްގެ ހަބަރެއް ނުވެ ގިނަ ދުވަސް ވަންޏާ ގުޅާނަން އިނގޭ! އޯކޭއެއް ނޫން؟” ޝަރާ ނުގުޅާނެކަން ޔަގީން ކަމާއިއެކު ބުނެލިއެވެ. އަލްޔާ ފޯނު ކަނޑައިލައިފައި އެބުރުނު ތަނާ ކުރިމަތީގައި ހުރި މީހާ ފެނިފައި އަލްޔާގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ.

….ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ކުޅަނދުންވަަންތަކަން

Next

ކުޅަނދުންވަންތަކަން(1)

Next
September 5, 2017

ކުޅަނދުންވަންތަކަން(1)

Previews
September 4, 2017

ކުޅަނދުންވަަންތަކަން

30 Comments!

  1. Adam says:
    September 4, 2017 at 9:25 pm

    Ummeedhu kuran mi part ves kamu dhiya kamah

    1. Aki says:
      September 4, 2017 at 9:56 pm

      v reethi ekamu thankolhe kuree

  2. Hawwi says:
    September 4, 2017 at 9:31 pm

    v reethi

    1. Adam says:
      September 4, 2017 at 9:53 pm

      Thanks hawwi

  3. Laii says:
    September 4, 2017 at 9:55 pm

    Vrh reethi vaahakaeh.. ekm ibaaraaii kuraairu flow hifahattaalaifiyya vrh reethi vaane.. good luck??

    1. Adam says:
      September 5, 2017 at 11:29 am

      Thanks laii

  4. ummuaan says:
    September 4, 2017 at 9:57 pm

    wow?

    1. Adam says:
      September 4, 2017 at 10:07 pm

      Thanks ummmuaan

  5. Shaina says:
    September 4, 2017 at 10:01 pm

    Mi part ves vrh reethii.. ??? next part avas kohladhehche. Kiyaa hithun keh madhuvefa ?

    1. Adam says:
      September 4, 2017 at 10:08 pm

      Thanks shaina insha Allah maadhan noonee reyga up kuraanan

  6. Girl says:
    September 4, 2017 at 10:06 pm

    Love this story ??♥️

    1. Adam says:
      September 4, 2017 at 10:09 pm

      Thanks girl

  7. Aish says:
    September 4, 2017 at 11:48 pm

    Nice adhi kithah part thr

    1. Adam says:
      September 5, 2017 at 12:40 am

      Thanks adhi kithah part kameh neyge hehe

  8. naayaa says:
    September 5, 2017 at 12:22 am

    Vr vr reethi. Kiivve thah vaahaka Haadha kurukoh thi genes dhenii. Plz plz next part miya vureh dhigu kohdheche.

    1. Adam says:
      September 5, 2017 at 12:42 am

      Thanks naayaa insha Allah next part dhigu kuraanan

  9. Amyy says:
    September 5, 2017 at 12:43 am

    V salhi. Vinaan dho e aiy

    1. Adam says:
      September 5, 2017 at 11:04 am

      Thanks Amyy vedhaane dhw

  10. khajja says:
    September 5, 2017 at 12:48 am

    Wow ?? masha allah v v obi?? mi stry v v rythi vinaan dhw ethaa e hury ehenkamavvaanama vinaan ah engeyne dhw mihaaru eynage mom alyaa egeyah genaee v huvafen dhakkaafakan vinaan dhen alyaa ah kiyavaidhey fashaa vinaan ge mom ah neyngi dhanvaravviyas eyrunves alyaa hiyhama jeheyne ennu dhw n alyaa ah vinaan phone eh dheyne henves v hyvey cant wait whn nxt prt maadhamaa up kolladhybala plx plx plx gud nyt ly????❤❤❤❤???????

    1. Adam says:
      September 5, 2017 at 11:31 am

      Thanks khajja mirey kuraanan hehe alya haadha unlucky ey dhw

  11. Ain says:
    September 5, 2017 at 8:22 am

    reethi.. but mistakes eba huri ingey.. ummedh kuranee kuri ah dhaa varakha rangakhu vamun dhaane kamah

    1. Adam says:
      September 5, 2017 at 11:27 am

      Thanks ain ragalhu kuran vaa kanthha buneema ragalhu kureveynee

  12. Nadheema says:
    September 5, 2017 at 8:31 am

    I love it very much????❤??????

    1. Adam says:
      September 5, 2017 at 11:27 am

      Thanks nadheema

  13. Sama dhonthi says:
    September 5, 2017 at 9:31 am

    V reethi ?

    1. Adam says:
      September 5, 2017 at 11:32 am

      Thanks sama dhonthi

  14. Hawwa says:
    September 5, 2017 at 9:35 am

    Varah rythi

    1. Adam says:
      September 5, 2017 at 11:33 am

      Thanks hawwa

  15. muna says:
    September 5, 2017 at 11:24 am

    nice story. waiting for next part

    1. Adam says:
      September 5, 2017 at 11:34 am

      Thanks muna insha Allah mirey up kuraanan

Comments are closed.

Next Episodeޢެދެމޭ އުފާ….(7)←


All Right Reserved!