Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(7)

Dhippi Level 4100 Comments10 Stories
September 6, 2017 7 Mins Read
13 Comments

އަލްޔާ ފޯނު ނިއްމާފައި ފަހަތަށް އެބުރުނު އިރު ކުރިމަތީގައި ހުރި މީހާ ފެނިފައި ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. “ވި…. ވިނާން” އަލްޔާއަށް ބުނެވުނެވެ. “އަލްޔާ ހާދަވަރަކަށޭ ތިރޮނީ ކިހިނެއްވީތަ؟! ކަމެއް ގޯސްވީތަ؟!” އަލްޔާ އިސް ޖަހައިގެން ރޯން ހުރުމުން ވިނާން ހައިރާން ވެފަ އަހައިލިއެވެ. އެވަގުތު އަލްޔާގެ ހާލަތު ވިނާންއަށް ރަނގަޅަށް ވެސް ސާފު ވިއެވެ. އަލްޔާ ދެއްކި ހުރިހާ ވާހަކައެއް ވިނާން ހުރީ ކަނުލައި އަޑު އަހައިގެންނެވެ. އަލްޔާ ހުރީ ބިރުން ބުނާނެ އެއްޗެއް ނޭނގުމުން އިސްޖެހިފައެވެ. “އަލްޔާއާއޭ މިވާހަކަ ދައްކަނީ ބުނެބަލަ ވީގޮތެއް ބުނީމަދޯ އިނގޭނީ!” ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު ކަމުގައި ވިޔަސް އަލްޔާގެ އަނގައިން ބުނުވަންވެގެން ވިނާން އެހިއެވެ. “އަޅުގަނޑު ރަ… ރަށަށް ގުޅީ” އަލްޔާ ތުރު ތުރު ލާ އަޑަކުން ބިރުން ހުރެ ބުނެލިއެވެ. އަލްޔާގެ އެ މައުސޫމް ގޮތް ފެނުމުން ވިނާންއަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވިއެވެ. ހަގީގަތުގައި ވިނާންއަށް ވަރަށް އަޅައިގަންނަ ގޮތެއް އެވަގުތު އަލްޔާގެ ހަރަކާތްތައް ވިއެވެ. “ސުވާލެއް ކޮއްލަންތަ؟” އަލްޔާގެ މޫނަށް ބަލަން ހުރެ ވިނާން އަހައިލިއެވެ. އަލްޔާ އިސްޖަހައިގެން ހުރެ އާއޭ ކިޔާ ބޯޖަހައިލިއެވެ. “އަލްޔާ ކީއްވެތަ؟ އަބަދު ދެރަވެފަ ހުންނަނީ، އަބަދު ވެސް ފެންނަނީ ނެގިމަޑުވެފަ ހުންނަތަން އެއީ ކީއްވެ؟ މިގޭތެރޭގައި އަލްޔާ ހިތްހަމަ ނުޖެހޭ ކަމެއް ވަނީތަ؟ ކޮބާތަ އަލްޔާގެ މައިންބަފައިން؟” ސީދާ އަލްޔާގެ ލޮލަށް ބަލަމުން ވިނާން އަހައިލިއެވެ. ވިނާން އެކުރި ސުވާލުން އަލްޔާ ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އޭނަ އެކުރި އެއްވެސް ސުވާލަކީ އަލްޔާއަށް ޖަވާބު ދިނުމަށް ނުކުޅެދިފައިވާ ސުވާލުތަކެކެވެ. އެހެންވީމަ އަލްޔާ ހުރީ އިސް ޖަހައިގެން ކަރުނަ ހިފަ ހައްޓައިގެންނެވެ. އަލްޔާއަށް ވަމުން ދިޔަ ގޮތްތައް ވިނާންއަށް ނުލާހިކު ރީއްޗަށް ވެސް ފެނުނެވެ. “މިއީ އަޖައިބެއް ކަހަލަ ކުއްޖެއް އަހަރެންނަށް އެގިހުރެ އަހައިއިރު ވެސް އެއުޅެނީ ނުބުނަން ވެގެން، މިކުއްޖާއަކީ ލައްކަ ހިތްދަތި ހާލެއްގައި އުޅޭ ކުއްޖެއް!” ވިނާން ހިތާހިތާ ބުނަމުން ދިޔައެވެ. “ކަމެއް ނުވޭ!” ކުރު ޖަވާބެއް ދިނުމަށް ފަހު އަލްޔާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލްޔާ ކޮޓަރިއަށް ވަން ގޮތައް އެދުމައްޗަށް ވެއްޓި ފެށީ ރޯންށެވެ. މިއޮތްހާއިރު ހިފެހެއްޓި ކަރުނަ ކެތްނުވެގެން ފައިބާގަތީއެވެ. އަލްޔާ ކިތަންމެ ބާރަށް ރުޔަސް އެއަޑު އިވޭނެ މީހަކު ނެތްކަން އިނގޭ ހާލު ވެސް އޭނާ ރޮމުން ދިޔައެވެ. ވިނާން ހުރީ އަލްޔާ ކުރު ޖަވާބެއް ދީފަ ދިއުމުން އެތަނަށް ބަލައިގެން ހުއްޓުން އަރާފައެވެ.

އެގޮތަށް އެތައް އިރަކު ރޮއެ ރޮއެ އޮތުމަށް ފަހު އަލްޔާ ފާހާނާއަށް ވަނދެ މޫނު ދޮވެލައިގެން ނިކުތީ ބޭރެށެވެ. ވެފަ ހުރި ބަނޑުހައިން އަލްޔާ މިސްރާބު ޖެހީ ބަނދިގެއާ ދިމާލަށެވެ. އަލްޔާ ބާރު ހިނގުމެއްގައި ގޮސް ބަނދިގެއަށް ވަނދެފައި ދިޔައީ ސިއްސައިގެންނެވެ. ވިނާން ހުރީ އެކަނި ކާއެއްޗެހި އަޅައިގެން ކާންށެވެ. “ކީއްވެތޯ ކާންވީމަ އަޅުގަނޑަށް ނުގޮވީ؟” އަފީފާ ރުޅި އަންނާނެ ވަރު ހިތަށް އަރައި ހައިރާންވެ ދެރަވެގެން އަހައިލިއެވެ. “ތިހާ ހާސް ނުވޭ މަންމައަކަށް ނޭނގޭނެ އަހަރެން އެކަނި ކަމައް ކާންއަޅައިގެން ކެއީކީ، އެހެން ނޫނަސް އަލްޔާ އެހާ ދެރަވެފައި ހުއްޓާ ނުގޮވަން ވެގެން އަމިއްލަޔަށް އެޅީ، މިއީ މައްސަލައެއް ނޫނޭ، ވިނާން ބޭރުގައި އުޅުނުއިރު ކައްކަނީވެސް އަމިއްލަޔަށް އެތާކު ނުހުރޭ ކަމެއް ކޮށްދޭނެ އެކަކުވެސް ، އެހެންވީމަ ކައްކާފަ ހުރި އެއްޗެއް އަތުން އަޅައިގެން ކެއުމަކުން ކޮބާ މައްސަލައަކީ؟” އަލްޔާ ދެރަވެފައި ހުރިކަން އިނގޭތީ އޭނަ ހިތްހަމަ ޖައްސަން ވެގެން ވިނާން ބުނެލިއެވެ. “ހެހެ އެެހެންތޯ؟” އަލްޔާ ލުއި ހިނިތުން ވުމަކާއިއެކު ބުނެލިއެވެ. އޭރު ވިނާންއަށް ވީގޮތް ބުނަންވެސް ނޭގެއެވެ. ވިނާން ހުރީ އަލްޔާ އަލަށް ހިނިތުންވި ތަންފެނި އަލްޔާއާ ދިމާލަށް ކަޅި ހުއްޓުނު ގޮތަށް އޭނާ ހުއްޓުން އަރާފިއެވެ. ވާނީ އެހެން ނޫން ހެއްޔެވެ. މިހާ ދުވަސް ވީއިރު ވެސް އަލްޔާ ހެވުނު ތަނެއް އޭނާ ނުދެކޭ ވިއްޔާއެވެ. “އެހެންވީމަ ވިނާން ވަރަށް މޮޅުވާނެތާ ކައްކަން!” އަލްޔާ އަނެއްކާވެސް ހީލަމުން ބުނެލިއެވެ. މިއޮތްހައި އިރު ކަރުނަ ބޭލި ހަނދާނެއްވެސް އަލްޔާ ނެތް ކަހަލައެވެ. “އާނ އެކަމަކު އަލްޔާހާ މޮޅެއްނުވާނެ ” ވިނާންވެސް ހެމުން ބުނެލިއެވެ. “އޯކޭދޯ އަލް ކިޔަސް އަލްޔާ ކީމަ އެހާ އެހާއެއް ނޫން” ވިނާން ހަމަ އެ މޫޑުގައި ބުނެލިއެވެ. “ލައްބަ! އަޅުގަނޑުގެ ބެސްޓްފުރެންޑް ވެސް ކިޔަނީ އަލް” އަލްޔާ ހީލަމުން ބުނެލިއެވެ. މިހާރު އަލްޔާ ހުރި އުފާވެރިކަން ފެނުނު މީހަކު އަލްޔާ އަކީ ހިތްދަތި ހާލުގައި އުޅޭ މީހެކޭ ނުބުނާނެއެވެ. “ހެެހެ… އެހެންތަ؟ މާ ރަނގަޅަށް ނޫން މިވީ، ކޮންނަމެއްތަ ބެސްޓް ފުރެންޑަށް ކިޔަނީ؟ ކޮންތާކުތަ އޭނަވީ؟” ވިނާން ހައިރާން ވެފައޖ އަހައިލިއެވެ. ހައިރާން ވާނެތާއެވެ. ވިނާން މާލެ އައިފަހުން ވެސް އަލްޔާ ގެއިން ބޭރަށް ދިޔަތަނެއް ނުދެކޭ ވިއްޔާއެވެ. ނުވިތާކަށް އަލްޔާ ހޯދަން މީހަކު ވެސް އެގެއަށް އައިތަނެއް ނުދެކޭ ވިއްޔާއެވެ. “އޭނަ ވީ ރަށުގައި، ޝަރާ ކިޔަނީ އަލް ކިޔަނީ ޝާ އޭ” އަލްޔާ ކުރު ގޮތަކަށް އޭނާގެ ބެސްޓް ފުރޭންޑު ތައާރަފު ކޮށްދިނެވެ. “އެހެންދޯ! އޯކޭ މިހާރު މި ފްރޭންޑު ވީނޫން ދެމީހުންދޯ؟ އަހަރެން ސުވާލެއް ކޮއްލަންތަ؟” ވިނާން ހީލަމުން ބުނެލިއެވެ. “ހޫމް..!” އަލްޔާ ބޯ ޖަހައިލަމުން ބުނެލިއެވެ.

“ޔަގީންތަ ތެދުބަހުން ބުނާނެކަން؟” އަލްޔާގެ މޫނަށް ބަލަމުން ވިނާން އަހައިލިއެވެ. ” ހޫމް” އަލްޔާ އަނެއްކާވެސް ބޯޖަހައިލަމުން ބުނެލިއެވެ. “އޯކޭ ތެދު ބުނާނެޔޯ، އަލްގެ މަންމަމެން ކޮބައިތަ؟” އަލްޔާގެ މޫނަށް ބަލަމުން ވިނާން އަހައިލިއެވެ. “މަންމަމެން ވީ ރަށުގައި” އަލްޔާ ހިތުން ހަމަ ޖެހޭ ގޮތް ދައްކަމުނު ބުނެލިއެވެ. ހަގީގަތުގައި ކިތަންމެ ވަރަކަށް އަލްޔާގެ އުދާސްތައް ފުރުވަން އޭނާ އުޅުނު ކަމުގައި ވިޔަސް ވިނާން އަކަށް އެކަމެއް ސިއްރެއް ނުވިއެވެ. ވިނާން ހުރީ އެޔަށް ވުރެ ހުށިޔާރުވެގެން އަލްޔާގެ މޫނަށް ބަލަންށެވެ” އެހެންދޯ؟ އެމީހުން ރަގަޅުދޯ؟” އަލްޔާގެ މޫނައް ބަލަމުން އަނެއްކާވެސް ވިނާން އަހައިލިއެވެ. އަލްޔާ ކިތައްމެ ކެތްކޮއްގެން ހުއްޓަސް މިފަހަރު އޭނާގެ ލޮލުގެ ތެރެއިން ކަރުނަ ފާއްދާލިއެވެ. “އެހެންދޯ؟ ދެން ކީއްވެ؟ އަލްގެ ލޮލުން ތިކަރުނަ ފައިބަނީ، ތި ކަރުނައެއް ނުބުނޭ އަލް އުޅެނީކީ މާ އުފަލުގައެކޭ!” ވިނާންއަށް މިރޭ އިވުނު އަޑުތަކާ އަލްޔާގެ ހިމޭންކަމާ މެދު ރިއާޔަތްކޮށް ބުނެލިއެވެ. ” ނޫނެކޭ މަންމަމެން ރަނގަޅޭ! އެމީހުންގެ ވާހަކަ ދެއްކީމަ މާބޮޑަށް ހަނދާންވީމަ ރޮވުނީއޭ” އަލްޔާގެ މޫނަށް އުފާވެރިކަން ގެންނަމުން ބުނެލިއެވެ. ހަގީގަތުގައި އެ ނުދަންންނަ ބީރަށްޓެހި މީހާ ކައިރީގައި މަންމަމެންގެ ވާހަކަ އޭނާ ކިޔާދޭނީވެސް ވަކި ކިހިނެއްހެއްޔެވެ؟. އެރޭ އެތައް އިރެއްވަންދެން އެދެމީހުން އެކި އެކި ވާހަކަ ދައްކަން ތިއްބެވެ. އެރޭ އެހެން ވާހަކަ ދައްކަމުންގޮސް އެދެމީހުން ވަނީ ވަރަށް ގާތް ދެރަހުމަތް ތެރިންނަށް ވެފައެވެ. ކޮންމެވެސް ވަރަކަށް އަލްޔާ އޭނަގެ ހާލަތުވެސް ވިނާންއަށް ކިޔާދިނެވެ. އަދި އަލްޔާއަށް އެކަމުގައި އެހީތެރިވެދޭނެ ކަމަށް ވިނާން ވަނީ ވައުދުވެސް ވެފައެވެ. އެރޭ ހަތަރު ދަމު ވިނާން ފަކީރު އޮތީ ލޮލައް ނިދި ނައިސް އަލްޔާއާ ދޭތެރޭ ވިސްނާށެވެ. އަލްޔާ އޮތީ ވިނާންގެ ވާހަކަތައް އަޑު އަހައި ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިފައެވެ.

ހެނދުނު ދިހައެއް ޖެހިއިރުވެސް ވިނާންއަށް ހޭނުލެވުމުން އަފީފާ ދިޔައީ ވިނާންއަށް ގޮވައިށެވެ. އަފީފާ ތަޅުގައި ހިފާ އެބުރުމާއިއެކު ދޮރު ހުޅުވިއްޖެވެ. އޭރު ވިނާން ފާހާނާއިން ނިކުންނަނީއެވެ. “ދަރިފުޅު ހާދަ ލަހަކުން ހޭލެވުނު ދުވަހެއް؟! އަނެއްކާ ރޭގަ މާލަހުން ނިދިރޭއްތަ؟!” އަފީފާ ހައިރާންވެފައި އަހައިލިއެވެ. ވިނާން އަކީ އެހެން ދުވަސް ދުވަހު އެންމެ ލަސް ވެގެން ހަތެއް ޖަހައި އިރު ހޭލާ މީހެއް ވިއްޔާއެވެ. “ނޫނޭ މަންމާ ރޭގަ ތަންކޮޅެއް ލަހުން ނިދުނީ އެކޮޅުގައި އެއްކޮށް ކިޔަވަން އުޅުނު ކުއްޖަކާ ފޭސްބުކުން ދިމާ ވެގެން ހޭލާ ހުރެވުނީ” ވިނާން ދޮގެއް ހަދައިލިއެވެ. “އެހެންދޯ؟ މަންމަ ހީކުރީ ލަސްވީމަ ރޭގަ ނުނިދަނީކަމަށް، ދަރިފުޅުގެ ބައްޕަ އެބަ ހުރި ދަރިފުޅުގެ އިންތާޒާރުގައި، އަވަސް ކޮއްލައިގެން އަންނައްޗޭ!” އަފީފާ ދޮރު ލައްޕާފަ ނިކުންނަމުން ބުނެލިއެވެ. ވިނާން ލައްބައޭ ކިޔާ އަވަހަށް ނިކުމެވޭތޯ އަލަމާރި ހާވާ ގަމީހަކާއި ފަޓުލޫނެއް ނަގައިގެން އެގެޔަށް ހެޔޮވަރު ކޮއްލައިގަން ވިނާން ނިކުތީ ބޭރަށެވެ. އޭރު ސައުދުއާ އަފީފާޔާ ދެމީހުން އޭނަގެ އިންތިޒާރުގައި ސޯފައިގައި ތިއްބެވެ. “މޯނިން ބައްޕާ!” ވިނާން ސޯފައިގައި އިށީންނަމުން ބުނެލިއެވެ. ބަދަލުގައި ސައުދު ވެސް މޯނިންއޭ ކިޔާލިއެވެ. “ދަރިފުޅާ ބައްޕަ ދަރިފުޅު ކައިރީގައި ކުޑު ވާހަކައެއް ދައްކަން ވެގެން މިހޯދަނީ” ސައުދު ވިނާން ހޯދި ސަބަބު ބުނެލިއެވެ. “ލައްބަ ބައްޕާ ވިދާޅުވޭ ދެއްވާ” ވީނާން ހީލަމުން ނަމަވެސް ބައްޕަޔަށް ކުރާ އިހުތިރާމާ އެކު ބުނެލިއެވެ. “ދަރިފުޅާ މިހާރު ބައްޕަ ވެސް ގައި ބާރުދޫވެ މުސްކުޅި ވެއްޖެއް، ހަގީގަތުގައި ބައްޕައަކަށް މިހާރު ވިޔާފާރީގެ ކަންތައް ބެލެހެއްޓޭ ވަރެއް ނޫން، ދަރިފުޅު ވެސް ތިހިރީ ނުލާހިކު މައްޗަށް ކިޔަވައިގެން، ބައްޕަ ބުނަން މިއުޅޭ އެއްޗަކީ މި ހުރިހާ ކަމެއްގެ ޒިންމާ، ނަގައިގެން ދަރިފުޅު ކުރިއަށް ގެންދަން ވީނޫންހޭ؟” ސައުދު ވަރަށް ރަނގަޅައް އޭނަގެ ހާލަތާއި ބޭނުން ކިޔާދިނެވެ. ސައުދު އަކީ ހަކުރު ހުންނަ މީހެއް ކަމުން އޭނަޔަކަށް މިހާރު އެހާ ބުރަކޮށް އުޅެވޭކަށް ނޯވެއެވެ. ބުރަކޮށް އުޅުނީމާ މާބޮޑަށް ލޮޑު ވާތީއެވެ. “ހެހެ ބައްޕާ އަޅުގަނޑު ތިހުރިހާ ކަމެއް ވެސް ކުރާނަމޭ، އަދި ރާއްޖެ އައިތާ ވެސް މާ ގިނަ ދުވަހެއްވެސް ނުވެއެއްނޫން، އަސްލު އަޅުގަނޑު ބޮޑު ރެސްޓެއް ނަގާފަ ތިކަމާ އުޅެންށޭ މިހިރީ!” ވިނާން ވަރަށް ސީރިއަސްކޮށް ބުނެލިއެވެ. “އެކަމަކު ބައްޕަ އެދި ލައްވަންޏާމު މިއަދު ވެސް އަޅުގަނޑު މިހިރީ އޮފީހަށް ނިކުންނަ ގޮތަށް، އެންމެ ރަނގަޅު ނޫންތޯ ބައްޕާ؟” ވިނާން ބުނެލިއެވެ. “އެންމެ ރަނގަޅު ދަރިފުޅަށް ފެންނަ ގޮތަކަށް ނިންމާ އެެހެން ވީމަ ބައްޕައަށް ފެންނަނީ މާދަމާއިން ފެށިގެން ހަވާލު ވާން” ސައުދު އޮފީހުގެ ކަންތައް އޮންނަ ގޮތް ކޮންމެވެސް ވަރަކަށް ވިޔަފާރީގެ ކަންތައް ވެސް ވިނާންއަށް ކިޔާދިނެވެ. “ދެން ތިދެބަފައިންގެ ވާހަކަ ނިމުނީނޫންތޯ؟، ވަރަށް ބަނޑުހައި ވެއްޖެ، ހިނގާބަލަ އެއްޗެއް ކާން!” އަފީފާ ބަނޑުގައި އަތް ހާކަމުން ބުނެލިއެވެ. އެހެން ކިޔާ އަފީފާ ތެދުވެގެން ހިނގައިގަތީ ބަނދިގެއާ ދިމާލަށެވެ. އޭނާގެ ފަހަތުން ސައުދުއާ ވިނާން ވާހަކަ ދައްކަމުން ގޮސް ބަނދިގެއަށް ވަނެވެ. ތިން މީހުން މޭޒު ދޮށުގައި ސައިބޯން އިށީނުމުން ޖަޔާއާ އަލްޔާ ސައި އަޅައިދީ ކައިރި ކޮށްދެމުން ދިޔައެވެ. އޭރުވެސް އެއްމެންނަށް ސިއްރުން އަލްޔާގެ މޫނަށް ކަޅި އުކަމުން ވިނާން ދިޔައެވެ. “އަލްޔާ މިތާ އިށީނދެބަލަ، ކުޑަ ވާހަކައެއް ދައްކާލަން ވެގެން” އެއްވެސް މީހެއްގެ މޫނަށް ބަލާލުމެއް ނެތި ވިނާން ބުނެލިއެވެ. އަލްޔާ ހުރީ ބިރުން އަފީފާގެ މޫނަށް ބަލަންށެވެ. “އޭތެދެއް ދަރިފުޅާ ތިގޮނޑީގައި އިށީނދެބަލަ!” ސައުދު އެހެން ބުނުމުން އަލްޔާ މަޑު މަޑުން ގޮނޑީގައި އިށީނދެއްޖެއެވެ. އަލްޔާ ހުރީ ބިރުން އިސްޖަހައިގެންނެވެ. އޭރު އަފީފާގެ މޫނު ހީވަނީ ވިއްސާރަ ވިލާ ގަނޑެއްހެންނެވެ. އަފީފާ ގަބޫލް ކުރާ ގޮތުގައި އެމީހުންނާ އެއްމޭޒެއްގައި އިށީނުމަކީ އަލްޔާ ކަހަލަ ނިކަމެތި ފަގީރަކަށް އެކަށީގެން ވާކަމެއް ނޫނެވެ. އަފީފާގެ މޫނަށް އަރައިފަ ހުރި ކުލަވަރު ސައުދުއަށް ވެސް ވިނާންއަށް ވެސް ސިއްރެއް ނުވެއެވެ. “އަލްޔާ ކިޔެވީ ގުރޭޑު ކިތަކަކާ ހަމަޔަށްތަ؟” ކަނޑައެޅިގެން އަލްޔާ ސުކޫލަށް ނުދާކަން އެނގި ހުރެ ވިނާން އަހައިލިއެވެ. ވިނާން އެވާހަކަ އެގޮތަށް އެއެހީ މަންމަމެންނަށް އެއްޗެއް ވިސްނަދޭންށެވެ. އޭނަގެ ބޭނުމަކީ މިޒަމާނުގައި ނުކިޔަވާ ހުރުމުން ހުރި ހިތްދަތި ކަމާ އަދި އެމީހުން ކަހަލަ މަހުޖަނުންގެ ފަރާތުން ނިކަމެއްޗަކަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ ކިހާ ރަނގަޅު ކަމެއްކަން އޭނަގެ މައިން ބަފައިންނަށް އެނގުމެވެ. އޭރު އަފީފާ ހުރީ އައި ރުޅިން އަނގަޔަށް ކާއެއްޗެއްވެސް ނުލާ ތުން ފިއްތައިގެންނެވެ. އަލްޔާ ހީކުރީ އޭނަގެ ނިކަމެތިކަން އިތުރަށް ހަނދާން ކޮށްދީ ދެރަ ކުރަން އުޅެނީހެންނެވެ. ރޭގަ ވިނާންއާ ދެއްކި ވާހަކަ ހަނދާން ހުރި ކަމުގައި ވިޔަސްމެއެވެ. ކަން ދިމާވި ގޮތުން އޭނާ އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟.

“އަ…ޅު.. އަޅުގަނޑު އަދި ދުވަހަކުވެސް ސްކޫލަކަށް ނުދަން! އަޅުގަނޑަކަށް އަދި ދުވަހަކު ވެސް އޭގެ ނަސީބެއް ނުލިބޭ!” އަލްޔާ އިސް ޖަހައިގެން ހުރެ ދެރަވެފައި ބުނެލިއެވެ. އޭރު އަފީފާ ހުރީ އައި ރުޅިއާ އެއްވަރަކަށް އިނީ ބަނޑުހައިވެސް ވެފައެވެ. “އޯ… ހާދަދެރައޭ! މަންމާ ހިނގާބަލަ އަހަރުން އެކުއްޖާއަށް އެހީއެއް ވަމާ އެކަމުގައި ޓީޗަރެއް ގެނެސްގެން ޓިއުޝަން ދެވުނަސް ލައްކަ ބޮޑުވަރުތާ” އަފީފާގެ މޫނަށް ބަލައިގެން ހުރެ ވިނާން ބުނެލިއެވެ. “އަހަރުންނަށް ކީއްތަ އޭނަ ނުކިޔެވިއްޔާ! ހުރެދާނެއްނޫން، އެހެންނޫނަސް އޭނައަކީ ގޭގެ މަސައްކަތްކުރަން ގެނާމީހެއް، ތިކަމެއް ބޮލުގަ އަޅައިގެން އަތުން ދާނީ ބޭކާރު ހަރަދު!” އަފީފާ ރުޅި އައިސް ރަތަށް އަރާގެން ބުނެލިއެވެ. “ބަލަ އަފީފާ އަހަރުންގެ ފަރާތުން އެމަންޖެއަށް ކަމެއް ކޮށްދެވުމަކީ އަހަރުންނަށް ވެސް ލިބޭ ކިހާ ހެޔޮ ކަމެއްތަ؟!، ވިނާންއާ ބައިވެރި ވަމުން ސައުދު ބުނެލިއެވެ. “ހޫމް މިދެން ކިހާ ދެރަ ވެއްޖެ ކަމެއްތަ؟ މި އެއްޗަކާހުރެ މިގޭތެރޭގެ ކާއެއްޗެއް ލެވޭކަށް ވެސް ނޯވޭ ކަލޭމެން ހަދާއެއްޗެއް ހަދާބަލަ! މަށާ ޖެހިފައި އޮތް މުސީބާތެއް މިއީ” އަފީފާ ރުޅިއައިސް ތަށި ޖެހުމަށް ފަހު ތެގުވެގެން ހިނގައްޖެއެވެ. އަލްޔާ ހުރީ ބިރުން ވިރި ވިރި އެވެ. ބިރު ގަންނާނެތާއެވެ. ފަހުން އެވަރު ބާލާނެކަން އެެނަޔަށް އިނގޭ ވިއްޔާއެވެ. އެތަން ފެނުމުން ސައުދު އަލްޔާއަށް ހިތްވަރު ދިނެވެ. “ދަރިފުޅާ އަޅާނުލާ! އެއީ ދައްތަގެ ވަތްތަރު، ބޭބެ ދަރިފުޅަށް ޓިއުޝަން ކަންތައް އެބަ ހަމަ ޖައްސަން، އެންމެ ރަނގަޅެއް ނޫންދޯ؟” ސައުދު އަލްޔާގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. ވިނާންވެސް އެއީތެދެކޭ ބުނާ ގޮތަކަށް އަލްޔާއާ ދިމާލަށް ބޯޖަހަމުން ދިޔައެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި އިސް ޖެހިފައެވެ. “އަލްޔާ ހާދަ ބޮޑު ފިކުރެއްގައި ދެންވެސް އުފާވެބަލަ!” އަލްޔާ ވިސްނުމަކަށް ގެއްލިފައި ހުރުމުން އިނގިލިން އަޑެއް ގޮއްވާލަމުން ވިނާން ބުނެލިއެވެ. އެއަޑަށް އަލްޔާ ދިއައީ ސިއްސާގެންނެވެ.

އަލްޔާ ހުރިތަނުން ތެދުވެގެން ދިޔައީ ތަށިތައް ހިފައިގެން ސިންކު ކައިރިއެށެވެ. “ދަރިފުޅަށް އިނގޭތަ މަންމަ އެމަންޖެ ގެނައީ ކިޔައިވާ ދޭންށޭ ކިޔާފަ؟، އެކަމަކު ހަރާން ވީކަމެއް، ގެނާ ގޮތައް ގޭ ބަނދިގެއަށް ވައްދާފައި އެހެރީ، އަނެއްކާ އެމަންޖެގެ މައިންބަފައިންނަކީ ވެސް ނުލާހިކު ނިކަމެތި ބައެއް ޓިއުޝަންވެސް ނަގާ ނުދޭކަން އެނގުނީވެސް ވަރަށް ފަހުން!” އިތުރަށް އޮޅުން ފިލުވައި ދެމުން ސައުދު ބުނެލިއެވެ. “އެކަމަކު ދަރިފުޅަށް އިނގޭތަ؟ ބައްޕަ މިއަދު ވަރަށް އުފާ ވެއްޖެ ދަރިފުޅު ތިވާހަކަ ފެއްޓީމަ! ހަގީގަތުގައި ބައްޕަ މިހިރީ އެކަމާ ވަރަށް ދެރަވެފައި މަންމަގެ ޒީލަ ގަދަވަރު ދަރިފުޅަކަށް ވެސް އޮޅިފައެއް ނޯންނާނެ، އަނެއްކޮޅުން ބައްޕަ ވެސް އުޅޭ ބިޒީކަމުން އެކަމާ އެހާ ނުއުޅެވުނީ” ސައުދު އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ވިނާން ހުރީ އެކަމާ ވިސްނާށެވެ. އިތުރު އެއްޗެއް ނުބުނެއެވެ. “ބައްޕަ އެބަ ބަލަން ޓީޗަރެއް ލިބޭތޯ، ދަރިފުޅުވެސް ބަލާބަލަ، ބައްޕައަށްވުރެ ދަރިފުޅަށް ފަސޭހަ ވާނެ އެކަން ކުރަން” ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ އަޅުގަނޑު މިއަދު ތިކަން ހަމަ ޖައްސާނަން، ބައްޕަ އެކަމާ އެވަރަށް ނުވިސްނާތި، އެކަމަކު ބައްޕަ މަންމަ ކީއްވެތަ އެވަރަކަށް އަލްޔާދެކެ އެ ރުޅި އަންނަނީ؟!” ވިނާން ވިސްނަން ހުރެފަ ބުނެލިއެވެ. “ކީކޭ ބުނާނީދޯ؟ ދަރިފުޅާ ބައްޕައަކަށް ވެސް ނޭނގެ ކީއްވެ ކަމެއް އެކަމަކު ބައްޕަޔަށް ވެސް އިނގޭ މަންމަ އެމަންޖެ ދެކެ ވަރަށް ރުޅި އަންނަކަން” ސައުދު ނިތް އަރުވާލަމުން ބުނެލިއެވެ. އޭރު އަލްޔާ ހުރީ ބަނދިގެ ތޭރޭގައި އެދެބަފައިން ދައްކާ ވާހަކަ އަޑުއަހައިގެން ސިއްރު ސިއްރުން އުފަލުން ހެވިފައެވެ. އެވަގުތު އަލްޔާ ހެއްދެވި ފަރާތަށް ޝުކުރުވެރި ވިއެވެ. ސައުދުގެ ދެބަފައިން ވަރަށް ގިނަ އިރު ވާހަކަ ދައްކަން ތިބެފަ ދިޔައީ އަލްޔާއަށް ރަނގަޅު ގޮތެއް ހޯދާދޭނެ ކަމުގެ ޔަގީން ކަމާއިއެކުއެވެ.

….ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

02:30 ވިހިވަނަ ބައި

Next

ތިޔަ ދިން އުފާ 10

Next
September 6, 2017

ތިޔަ ދިން އުފާ 10

Previews
September 6, 2017

02:30 ވިހިވަނަ ބައި

13 Comments!

  1. Adam says:
    September 6, 2017 at 5:22 pm

    Ummeedu kuran kamu dhaane kamah

  2. naayaa says:
    September 6, 2017 at 5:25 pm

    Vr reethi.

    1. Adam says:
      September 6, 2017 at 5:34 pm

      Thanks naayaa

  3. Shaii ? says:
    September 6, 2017 at 5:34 pm

    Reethi.. next part avas plx.. kyp it up…

    1. Adam says:
      September 6, 2017 at 5:52 pm

      Thanks shaii varah avahah kuraanan

  4. Hawwa says:
    September 6, 2017 at 6:36 pm

    Nice hyvany fahun v rythi vaanehen

    1. Adam says:
      September 6, 2017 at 7:03 pm

      Thanks hawwa

  5. U says:
    September 6, 2017 at 6:59 pm

    Bas thah beynun kurumugai thankolheh visnaalanu edhen,

  6. Reet says:
    September 6, 2017 at 7:04 pm

    V reethi alhe thankolheh dhigukon ganess dheebala kiyaahithun Huttaa nimemeney please degukohlaadheebala

    1. Adam says:
      September 6, 2017 at 7:08 pm

      Thanks reet miadhu dhigeh noon Tha?

  7. nux says:
    September 6, 2017 at 7:17 pm

    wow v reethi mi partvess hama suparbu????next part avass kohlahchay

  8. Sama dhonthi says:
    September 6, 2017 at 7:17 pm

    Reethi kann??

  9. Aisha says:
    September 7, 2017 at 10:38 am

    Wow varan reethi..next part kon eraku up konlani,,,,pls avahan up konba adam…

Comments are closed.

Next Episodeޢެދެމޭ އުފާ….(8)←


All Right Reserved!