Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ާޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާވީސްވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 4, 2017 8 Mins Read
54 Comments

“އަޔާނީ……” ތަރުހީބުގެ އަޑު ކެނޑުމާއިއެކު އަޔާނީގެ ކަންފަތުގައި ޖެހުނީ އަމްހާގެ އަޑެވެ. ސިހިފައި ފަހަތް ބަލާލެވުންއިރު އަމްހާ އައިސް އެމީހުންނާއި އަރާ ހަމަވަނީއެވެ. އަމްހާ ފެނުމުން އަޔާނީގެ އިތުރުން އަފްލާކަށްވެސް އިން ތަނުން ތެދުވެވުނެވެ. ދެބުމަ ގޮށްޖަހާލައިގެން ރުޅިއައިސްފައި ހުރި އަމްހާ ފެނުމުން ދެކުދިންގެ ހިތަށް ސިހުން ގެނުވިއެވެ. ދެކުދިން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ދެން ވާނެ ގޮތް ހިތަށްވެސް ގެންނަން ނޭނގުމުންނެވެ.
______________________

“ހުރި މަކަރުވެރިކަން ދެކިބަލަ…. އަހަރެން އެހާ ވަރަށް އެހީމަވެސް ހެދީ ދޮގޭ….. އެންމެ ފަހުން ފާރަލީމަ، ޙަޤީގަތް މިއެނގުނީ…..” އަޔާނީގެ އަތުގައި ހިފާ އޭނާއާއި ދިމާއަށް ދަމާލަމުން ރުޅިއައިސްފައި ހުރެ އަމްހާ ބުނެލީ މީގެ ކުރިން ދުވަހަކުވެސް އަޔާނީދެކެ ރުޅިއައިސްގެން ވާހަކަ ދެއްކި ރާގެއްގައެއް ނޫނެވެ. އަމްހާ އެހާ ބާރަށް ވާހަކަދެއްކުމުން އަޔާނީ ސިހިގެން ދިޔަނަމަވެސް، އޭނާ އެހުރީ ވަރަށް ރުޅިއައިސްފައިކަން އަޔާނީ އަށްވެސް އަމްހާ ވާހަކަ ދެއްކި ރާގުން އެނގުނެވެ.

“އަދި އެބަހުއްޓެއްނު މަށާ ދިމާއަށް ބަލަހައްޓައިގެން…. މިހުރިހާ ކަމަކީވެސް ކަލޭގެ ކަންތައް…. މި ކުއްޖާއަކީ މީގެ ކުރިން މަށަށް ދޮގުހެދި ކުއްޖެއް ނޫނޭ…. ކަލެއާއި ޖެހުނު ފަހުން ދޮގުގެ މައްޗަށް އެތައް ދޮގެއްހަދާ، މަށަށް އޮޅުވާލަންވެސް ފަށައިފި….. މީގެ ފަހުން އަޔާނީއާއި އެކަހަލަ ގުޅުމެއް ކީއްކުރަން އެކުވެރިކަން ބާއްވަންވެސް ހިތު ނުލާތި….” އަފްލާކާއި ދިމާއަށް އިނގިލި ދިއްކޮށްފައި އަމްހާ މިހުރިހާ އެއްޗެއް ކިޔުމުން އަފްލާކަށް އިސްޖަހާލެވުނެވެ. އޭނާއާއި ދިމާއަށް އަމްހާ ކިތަންމެ އެއްޗެއް ކިޔަސްވެސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާ ކަންތައް ބޮޑުވީ އަޔާނީއަށް ވާނެގޮތަކާއިމެދު ވިސްނާލެވުމުންނެވެ.

“މަންމާ……” އަމްހާ އަފްލާކަށް އެއްޗެހިކިޔަން ފެށުމުން އަޔާނީއަކަށްވެސް މަޑަކުން ނުހުރެވުނެވެ.

“ކޮން މަންމާއެކޭ ކިޔާކަށް….. މަޑުން ހުރޭ…. ވަރަށް ދޮގު ހެދިއްޖެއެއްނު….. ދެން ކަންތައް ކުރަންވީގޮތް އެނގޭނީ މަށަށް…. ދެވަނަ ދެގޮތެއްވެސް ނުހަދާނަން…. ހަމަ މިރޭ ބައްޕައަށް މިކަން އަންގާނަން….” އެއްފަޗަކަށް ހުރިހާ ވާހަކައެއް އަމުނާލުމަށްފަހު، އަޔާނީގެ އަތުގައި ހިފައިގެން އަމްހާ ހިނގައިގަތެވެ. ކަރުނަތައް ޖަމާވަމުން ދިޔަ ދެލޮލުން އަޔާނީ ފަސްއެނބުރި އަފްލާކަށް ބަލާލިއެވެ. އޭރު އަފްލާކްވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ހީނުކޮށް ހުއްޓާ އަމްހާ އައިސް އެހުރިހާ އެއްޗެއް ކިޔާލުމަށްފަހު އަޔާނީ ގޮވައިގެން ދާންފެށުމުން އޭނާވެސް ހުރީ ދެރަވެފައެވެ. އަޔާނީ ހުއްޓުވަން ކިތަންމެ ބޭނުންވިނަމަވެސް އެފަދަ ހިތްވަރެއް ކުރާކަށް ހަމަހިލާ އޭނާއަކަށް ނުކެރުނެވެ.
********************

މީރާމެންގެ ލަވަ ނިމުމުން ޔަލްވީ އަނެއްކާވެސް ޝައުން ހުރި ދިމާއަށް ބަލާލިއެވެ. ނަމަވެސް ޝައުން ފެންނާކަށް ނެތެވެ. އެތާ ހުރީ މިޝަލް އެކަންޏެވެ. ޝައުން ފެންނަން ނެތުމުން ދިމަދިމާއަށް ބަލާލުމަށްފަހު، ފަހަތަށް އެނބުރި ބަލާލިވަގުތު އޭނާގެ މޫނުގޮސް ޖެހުނީ މީހެއްގެ މޭ މަތީގައެވެ. އެވަގުތު އެމީހެއްގެ ގައިން ދުވި މީރުވަހުން ޔަލްވީއަށް ނޯއްދަމާލުމާއިއެކު، ދެލޯ މަރާލެވުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުކޮށްލަމުން އެމީހާއާއި ދުރަށް ޖެހިލާ އެއީ ކާކުތޯ ބަލާލެވުނެވެ. އެއާއިއެކު މުޅި ގައިގައިހުރި ލޯލިތައް އެކީ ކޮޅަށް ޖެހިގެން ދިޔައީ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ޝައުން ފެނުމުންނެވެ. ދެފަހަރަކު އެސްފިޔަ ޖަހާލެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ކުރަން ދަތިވުމުންނެވެ. ޝައުން ދިގުކަމުން އޭނާގެ ބޯ އަރަނީ ޝައުންގެ މެޔާއި ހަމައަށެވެ. އެހެންކަމުން ޔަލްވީ ޝައުނަށް ބަލަހައްޓައިގެން ހުރީ ކަރުމައްޗަށް ހިއްލާލައިގެންނެވެ. އޭރު ޝައުންވެސް ހުރީ ސީދާ ޔަލްވީގެ ދެ ލޮލަށް ބަލަހައްޓައިގެންކަމުން ޔަލްވީއަށް މާ ގިނައިރަކު އެގޮތަކަށް ނުހުރެވުނެވެ. ޝައުންގެ ތޫނު ގަދަ ނަޒަރުން އޭނާގެ ހިތް ވިރިގެން ހިނގައިދާނެހެން ހީވުމުން އިސްޖަހާލެވުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅާލުމަށްފަހު، ޝައުނާއި ދުރަށް ޖެހިލިއެވެ.

“ސޮރީ…. އެހެރަ މީހާ މާ ވަރަކަށް ޔާލްއަށް ބަލާތީ، އަހަރެން މިތާ މިހުރީ… ހިތަކަށް ނާރަ ޔާލް ފަހަތް ބަލާލަފާނެއެކޭ…..” ޔަލްވީއަށް ވީގޮތް ފެނުމުން ޝައުން އަވަސް އަވަހަށް ބުނެލިއެވެ. އޭރު އޭނާގެ ހިތްވެސް އޮބި ނޯވެގެން ހީވަނީ ބޭރަށް ނުކުމެދާނެހެންނެވެ. ފަހަކަށް އައިސް އެ ހިތަށް ވަމުންދާގޮތް ޚުދު ޝައުނަށްވެސް ނޭނގެއެވެ. އީޝާއާއި ރައްޓެހިވެގެން އުޅޭއިރުވެސް ވިސްނެނީ ޔަލްވީއާއިމެދުއެވެ. އެރީތި ސޫރަ ދެކިލުމަށް އަބަދުމެ ދެލޯ ހުންނަނީ ބޭޤަރާރު ވެފައެވެ. ޔަލްވީގެ މަޑުމައިތިރިކަމާއި ރީތި އަޚުލާގުން އެހިތުންވަނީ ވަނީ ޔަލްވީއަށް މަޤާމެއް ހުސްކުރެވިފައެވެ.

ޝައުން މިހެން ބުނުމުން ޔަލްވީއަށް، އެ ދިމާގައި ހުރި މީހާއާއި ދިމާއަށް ބަލާލެވުނެވެ. ތެދެކެވެ. އޭރުވެސް އެ މީހާ ހުރީ ޔަލްވީއަށް ބަލަހައްޓައިގެންނެވެ. އެއީ މީގެ ކުރިން ޔަލްވީއަށް ފެނިފައިވާ މީހެއް ނޫންކަމުން އެއީ ޢީދަށް ރަށަށް އައިސް އުޅޭ ބީރައްޓެއްސަކަށް ވެދާނޭ އޭނާގެ ހިތަށް އެރިއެވެ.

ކޮންމެ ސަބަބަކާ ލައިގެންވިޔަސް ޝައުނާއި އެހާ ގާތްވެވުމުން ޔަލްވީގެ ހިތަށް ބުނެދޭން ދަތި އުފަލެއް ލިބިފައިވެއެވެ. ސްކޫލްގައި އީޝާ އެއްޗެހި ކީ ދުވަހަ ޔަލްވީ ޝައުންގެ ގާތުގައި އޭނާއާއި ދުރުން އުޅުމަށް ބުނުމުން ޝައުން އުޅެމުން ދިޔައީ ވީހާވެސް ދުރުންނެވެ. އެކުވެރިންނާއިއެކު އެއްތަންވަމުން ދިޔަނަމަވެސް އޭނާ ޔަލްވީއާއި ކުރިން ވާހަކަދައްކާ ގޮތަށް ވާހަކަ ދައްކާ ހަދައެއް ނޫޅެއެވެ. އެކަމުން ޔަލްވީގެ ހިތަށް ތަދުވީނަމަވެސް، އޭނާގެ ހިތަށް ވިސްނައިދެމުން ދިޔައީ އެކަމުން އޭނާގެ ހިތަށް ފަހުން ކުރާ އަސަރު ކުޑަވާނެކަމުގައެވެ. އެހެނަސް އެހާވަރުން ކޮންޓްރޯލް ކޮށްގެން އުޅުނު އިޙުސާސްތައް މިރޭ ކޮންޓްރޯލުން ނައްޓައިގެން ބޭރުވާން އުޅޭހެން ހީވަނީއެވެ. ޝައުންގެ ގާތުގައި ހުންނަން ބޭނުންވަނީއެވެ. އެ ރީތި މޫނަށް ބަލަން ހުންނަ ހިތްވަނީއެވެ. އެހެނަސް މިރޭވެސް އެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ޔަލްވީ ހަމަޖެހޭގޮތް ދައްކާލިއެވެ.

“ޔާނީމެން ކޮބައިތޯ ބަލާލަން ފަހަތް ބަލާލެވުނީ…..” އިސްޖަހާލައިގެން ހުރެ ޔަލްވީ ބުނެލިއެވެ. އޭރު ދުރުގައި މި މަންޒަރު ބަލަން އީޝާ ހުރިކަމެއް އެދެމީހުންނަކަށް ރޭކާ ނުލައެވެ. އެހެން ފަހަރުތަކާ ޚިލާފަށް އީޝާ މިފަހަރު އެތަނަށް ގޮސް އެ ދެމީހުން ދުރުކުރުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ އެތަނުން ދިޔައީ ބޮލުތެރޭ ވަރުގަދަ ރޭވުމެއް ރާވާލާމުންނެވެ. އޭނާގެ މަގުން ޔަލްވީ އެއްކިބާ ކުރަން ކޮންމެ ކަމެއް ކުރާން ޖެހުނަސް އޭނާ ފަހަކަށް ނުޖެހޭނެއެވެ.

ޔަލްވީ މިހެން ބުނުމުން ޝައުންވެސް ފަސްއެނބުރި ބަލާލީ އަފްލާކްމެން ކޮބައިތޯ ބަލާލުމަށެވެ. އެވަގުތު އެ ދިމާއަށް ހިނގާފައި އައި އަފްލާކް ފެނުމުން ޝައުންގެ ހިތުގައި ސުވާލު އުފެދުނީ އަފްލާކްގެ ގާތުގައި އަޔާނީ ނެތުމުންނެވެ. އޭނާ އެކަން، ޔަލްވީގެ އިތުރުން މިޝްޔާމެންނާއި މިޝަލްގެ ސަމާލުކަމަށްވެސް ގެނައެވެ.

“ކޮބާ ޔާނީ…..؟؟؟” އިސްޖަހާލައިގެން ހުރެ އެތަނަށް އައިސް މަޑުކޮށްލި އަފްލާކްގެ ގާތުގައި ޝިއުރީ އަހާލިއެވެ. އަފްލާކް ކަންވީގޮތް ކިޔައިދިނުމުން އެންމެންގެ މޫނުމަތިންވެސް މާޔޫސްކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ. އަޔާނީއަށް ވާނެގޮތާއިމެދު ވިސްނިވަރަކަށް އަފްލާކްގެ ބޯ ހާސްވަމުން ދިޔައެވެ.

މިޝްޔާމެންވެސް، އަޔާނީއަށް ވީގޮތެއް ބަލާލުމަށްޓަކައި އެގެއަށް ދާން އުޅުމުން އެކަން ހުއްޓުވީ މިޝަލެވެ.

“މިރޭ އަމްހާއްތަ ހުންނާނީ ވަރަށް ރުޅިގަދަވެފައި…. އެހެންވީމަ އެންމެ ބުއްދިވެރިގޮތަކީ މާދަމާ ހެނދުނު ދިޔުން…. އޭރުން އަމްހާއްތަވެސް ހުންނާނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި….” މިޝަލް ދެއްކި ވާހަކަތައް އެންމެންވެސް ޤަބޫލުކޮށް މާދަމާ ހެނދުނު އެގެއަށް ދިއުމަށް ނިންމުމަށްފަހު، ދެން އެކުދިންވެސް ދިޔައީ ގެއަށެވެ.
********************

ފަތިހު ފަތިސް ނަމާދުކޮށްގެން އަޔާނީ ބެލްކަންޏަށް ނުކުތީ ކޮޓަރިން ބޭރަށް ނުކުންނަން ބޭނުން ނުވާތީއެވެ. ރޭ އަފްލާކްގެ ގާތުގައި އިންދާ މަންމައަށް ފެނިގެން އެހާ ވަރަށް އެއްޗެހިކިޔުމަށްފަހު، އަދި އެވަރުން ނުވެގެން ގެއަށް އައިސް ބައްޕަގެ ގާތުގައި އެވާހަކަ ބުނުމުން ބައްޕަވެސް ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނުމުން އޭނާ ކޮޓަރީން ނުކުންނަން ބޭނުން ނުވީއެވެ. އައި ރުޅިން ބައްޕަވަނީ އޭނާގެ ފޯނުވެސް އަތުލާފައެވެ. އަފްލާކަށް ގުޅޭނެ ގޮތެއްވެސް އޮތީއެއް ނޫނެވެ. އަފްލާކް ހާސްވާނެވަރު ހިތަށް އެރުމުން އަޔާނީ ދެރަވިއެވެ. މަންމަމެންނަށް އެ ގުޅުމުގެ ޚަބަރު ލިބިއްޖެއްޔާ މިހެންވާނެކަން އޭނާއަށް މާ ކުރީންވެސް އެނގެއެވެ. އެހެނަސް އަފްލާކްދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެ ގުޅުން ކުރިޔަށް ގެންދަން ބޭނުންވީއެވެ.

އިރު އަރައިގެން ގޮސް ހަގަޑިބައި ހަތެއް ޖެހިއިރުވެސް އަޔާނީ ކޮޓަރީން ނުނިކުތުމުން އަމްހާ ކަންބޮޑުވިއެވެ. ރޭގައި އަޔާނީއާއި ދިމާއަށް ހިތްހަމަ ނުޖެހިގެން އެއްޗެހިކީނަމަވެސް، އެގޮތަށް ވާހަކަދެއްކުނީތީ އެކަމާ ދެރަވެ އޭނާ ރުއިރުއިން ދެނެވޮޑިގަންނަވާނީ މާތްﷲއެވެ. ދަރިންދެކެ ކިތަންމެ ލޯބިވީ ނަމަވެސް އަބަދު ދޫ ދީގެން އުޅުމަކީ އޭނާގެ އުސޫލެއް ނޫނެވެ. ދަރިންގެ ކުރިމަތީގައި ހަރުކަށިވާންޖެހޭ ޙާލަތްތަކުގައި ހަރުކަށިވެގެން ނޫނީ ދަރިންނަށް ހެޔޮމަގެއް ނުދެއްކޭނެކަން އޭނާއަށް ވިސްނެއެވެ. ނަމަވެސް އަޔާނީ ހުންނާނީ އޭނާދެކެ ހިތްހަމަ ނުޖެހިފައިކަން އެނގުމުން އަމްހާ ދެރަވިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު، އޭނާ އަޔާނީގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

ތަޅުގައި ހިފާލުމުން ދޮރު ތަޅުނުލާ ހުރުމުން ވަރަށް ފަސޭހައިން ހުޅުވުނެވެ. އަމްހާ އެތެރެއަށް ވަދެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ހައިރާންކަން ލިބުނު ނަމަވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެހެން ދުވަސްދުވަހާ ޚިލާފަށް ކޮޓަރިތެރެ ތަރުތީބު ކޮށް ސާފުކޮށްލާފައިވާ އޮތުމުންނެވެ. އަޔާނީ ކޮޓަރީގައި ނެތުމުން އޭނާ ހީކުރީ ފާޚާނާގައި ކަމަށްށެވެ. އެހެނަސް އެވަގުތު އެއްލި ކަޅިއަކުން ހަރުގައި ހުރި ތުވާލި ފެނުމުން ފާޚާނާގައި ނޫޅޭކަން އެނގުނެވެ. ދެން އޭނާ މިސްރާބުޖެހީ ބެލްކަންޏަށެވެ. ބެލްކަނީގައި ހުރި ސޯފާގައި ވާހަކަފޮތެއް ހިފައިގެން، އޮށޯވެލައިގެން އޮތް އަޔާނީއަށް މީހެއްގެ ހިލަންވެގެން ބަލާލި ވަގުތު އަމްހާ ފެނުމުން ތެދުވެ ސޯފާގައި އިށީނދެލިއެވެ. ނަމަވެސް އިސްޖަހާލިގޮތަށް ދެވަނަ ފަހަރަށް އިސްއުފުލާ އަމްހާއާއި ދިމާއަށް ބަލާވެސް ނުލައެވެ.

“މިއަދު ކޮޓަރި ހާދަ ރީތިކޮށްލާފައި އެއޮތީ… މަންމަ ވަރަށް އުފާވެއްޖެ…. އަބަދުވެސް އެގޮތަށް ސާފުކުރަން އާދަކުރާތި އެނގޭ…..” އަޔާނީގެ ބުރަކަށީގައި ފިރުމާލަމުން ލޯތްބާއިއެކު އަމްހާ ބުނެލިއެވެ. ހީކުރި ގޮތާ ޚިލާފަށް އަމްހާ، ލޯބިން ވާހަކަދެއްކުމުން އަޔާނީ ކުޑަކޮށް ހަމަޖެހުނެވެ. އަދި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިން އަމްހާއަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލިއެވެ. އެއަށްފަހު، އަނެއްކާވެސް އިސްޖަހާލައިގެން އިނދެ އަތުގައި އޮތް ވާހަކަ ފޮތުގެ ގަނޑުތައް އުކަން ފެށިއެވެ.

“މަންމައަށް އެނގޭ ރޭގަ މަންމަ ކަންތައް ކުރި ގޮތުން ދަރިފުޅު ތި އިންނަނީ ހިތްހަމަ ނުޖެހިފައިކަން….. އެކަމަކު މަންމަ އެހެން ކަންތައް ކުރީ ހަމަ ދަރިފުޅަށް ރަނގަޅަށް…. އެހެން ނޫނަސް މަންމަ ވަރަށް ރީތިކޮށް އެހިން ދޯ އަފްލާކާ އެކަހަލަ ގުޅުމެއް އޮތްތޯ… އެހީމަވެސް ދަރިފުޅު ދޮގު ހެދީ…. އެހެންވެ މަންމަ އެހާ ބޮޑަށް ރުޅިއައީ…..” އިރުކޮޅަކު އަޔާނީއަށް ބަލަން އިނދެފައި އަމްހާ ވާހަކަ ދައްކަން ފެށިއެވެ.

“މަންމަމެން ނުޤަބޫލުވާނެކަން އެނގޭތީ އަހަރެން ނުބުނީ….” އެއިންގޮތަށް އިނދެ އަޔާނީ ބުނެލިއެވެ.

“ރަނގަޅަށް ތިބުނީ…. މަންމަމެން ޤަބޫލެއް ނޫން ދަރިފުޅު ކިޔަވަމުން އެކަހަލަ ކަމެއް ކުރާކަށް…. ކިޔެވުން ހަލާކުވުން ނޫންކަމެއް ނުވާނެ…” އަމްހާ އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ.

“ތީ ކުށް ހީއެއް މަންމާ….. މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އަހަންނަށް ލިބުނު ނަތީޖާތައް އެކަމަށް ހެކިވާނެ….. ކުރިއެކޭ އެއްގޮތަށް އަހަރެން މިވީ ދެއަހަރު ދުވަހުވެސް މަންމަމެން އުފާވާނެފަދަ ނަތީޖާއެއް ހޯދާފައި ވާނީ…..” އަމްހާގެ ބަހަށް އަޔާނީ ފާޅުގައި އިންކާރުކުރިއެވެ. އަމްހާއަށް ބަލާލަމުން ކެރިހުރެ އޭނާ ޖަވާބުދިނީ ފާއިތުވެ ދިޔަ ދެއަހަރުވެސް އޭނާއަށް ރަނގަޅު ކާމިޔާބީތަކެއް ލިބިފައިވާތީއެވެ. އަޔާނީގެ ވާހަކަތަކުން އަމްހާ، ދެލޯ ބޮޑުކޮށްލަމުން އަޔާނީއަށް ބަލަން އިނދެވުނީއެވެ.

“އަޔާނީ ތިބުނަނީ މިވީ ދެއަހަރު ދުވަހުވެސް އަޔާނީ އުޅުނީ އޭނާއާއި ރައްޓެހިވެގެންނޭތަ….؟؟؟؟” އެއިންގޮތަށް ދެލޯ ބޮޑުކޮށްލައިންގެން އިނދެ އަމްހާއަށް އަހާލެވުނީ ޤަބޫލުނުކުރެވިފައި އިނދެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ.؟ އަޔާނީގެ ކިބައިން ޝައްކުވާފަދަ ކަމެއް ފަހަކަށް އައިސް ނޫނީ ފެނިފައެއް ނުވެއެވެ. އަޔާނީއަށް އެސުވާލުގެ ޖަވާބު ދޭން އުނދަގޫވުމުން އޭނާ އިސްޖަހާލިއެވެ. އަޔާނީގެ މިޢަމަލުން އަމްހާއަށް ޖަވާބު ލިބިގެންދިޔައެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނީ ދަރިފުޅު އަތް ނުފޯރާ ހިސާބަށް ގޮސްފައިވާކަމުގެ އިޙްސާސް ކުރެވުމުންނެވެ.

“ދަރިފުޅާ މަންމަ ބުނާ ބަސްއަހާ…. މިވީހާތަނަށް ރަނގަޅު ނަތީޖާއެއް ލިބުނަސް ތި ދެމެދުގަ ބޮޑުކަމެއް ހިނގާ ދެކުދިންގެ ދޭތެރޭ މައްސަލަ ޖެހޭނީ ބުނެފައެއް ނޫން…… އެހެންވެއްޖެނަމަ ދަރިފުޅުގެ ކިޔެވުމަށް އެކަމުން އަސަރުކުރާނެ…. ދަރިފުޅުމެން ޅަވީމަ މަންމަ ބުނާ އެއްޗެއް ނުވިސްނެނީ…. މަންމައަށް ވިސްނޭ ތި އުމުރުގައިވެސް ލޯބިވެވިދާނެކަމަށް…. އެކަމަކު މަންމަ މިބުނަނީ ކިޔަވާ ނިމެންދެން މަޑުކުރުމަށް…. ދަރިފުޅުދެކެ ލޯބިވަންޏާ ހަމަގައިމުވެސް އަފްލާކްވެސް ދަރިފުޅު ކިޔަވާ ނިމެންދެން މަޑުކުރާނެ….” އަމްހާ ބެލީ މަޑުމައިތިރިކަމާއިއެކު، ލޯބިން އަޔާނީއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް އަޔާނީ ވަކިއެއްޗެއް ނުބުނެ އިސްޖަހާލައިގެން މަޑުމަޑުން އިނީއެވެ. އަމްހާ ދެއްކި ވާހަކައާއި ދޭތެރޭ ވިސްނަނީކަމަށްވެސް ވެދާނެއެވެ.

“ދެން ހިނގާ ސައިބޯންދާން…. މަންމަ މިއައީ ދަރިފުޅު ކޮޓަރިން ބޭރަށް ނުނުކުންނާތީ، ދަރިފުޅު ބަލާ…..” އަޔާނީގެ އަތުގައި ހިފާލަމުން ލޯތްބާއެކު އަމްހާ ބުނެލިއެވެ. އެހެނަސް އަޔާނީ ސައިބޯން ދާން ޚިޔާލެއް ނުކުރިއެވެ. އަމްހާ އެހާ ވަރަށް ކިޔުމުންވެސް ބަނޑުހައި ނުވާކަމަށް ބުނެ އޭނާ އިނީއެވެ. އެންމެފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އަމްހާއަށެވެ.
********************

އަޔާނީގެ ކޮޓަރިން ނުކުތް އަމްހާއަށް ނުކުމެވުނީ ޝިއުރީމެންގެ ކުރިމައްޗަށެވެ. ޖެހިލުންވެފައި ތިބި ޝިއުރީމެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އަމްހާ ހިނިތުންވެލުމުންނެވެ.

“ދައްތައަށް އެނގޭ ރޭގައި ހިނގިކަންތައް ޝިއުމެންނަށް މިހާރު އޮންނާނީ އެނގިފައިކަން…. އަދި އަޔާނީ އަފްލާކާއި ރައްޓެހިވެގެން އުޅޭކަންވެސް ޝިއުމެންނަށް ސިއްރުވެފައި ނޯންނާނެކަންވެސް އެނގޭ….. އެކަމަކު އަޔާނީ އެ ކުރަނީ ބޭބެ އެހާ ހިތްހަމަޖެހޭކަމެއް ނޫން…. އެހެންވީމަ ދައްތައަށް ވަރަށް ރަނގަޅު އެކަމުގައި ޝިއުމެން އަޔާނީއަށް އެއްވެސްގޮތަކުން އެހީ ނުވިއްޔާ….. ދައްތަ މިބުނަނީ ކިޔަވާ ނިމެންދެން މަޑުކުރަން….. އެހެންވީމަ ޝިއުމެންވެސް އަޔާއަށް ވިސްނައިދީ…. ބޭބެ އައި ރުޅިން ރޭގަ ޔާނީގެ ފޯނުވެސް އަތުލައިފި….. ޔާނީ އެ އިންނަނީ އެކަމާ ހިތްހަމަ ނުޖެހިފައި…. ސައިބޮން އަންނާށޭ ބުނީމަވެސް ނައި…. ނިކަން ވާހަކަ ދައްކައިގެން އޭނަ ސައިބޮން ގެނެވޭތޯ ބަލާބަ…..” އަމްހާ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އެންމެފަހު ޖުމްލަ ބުނުމަށްފަހު ހިނިތުންވެލައިގެންހުރެ، އެތަނުން ދިޔައެވެ.
********************

ޝިއުރީމެން ފެނުމުން އެންމެ ފުރަތަމަވެސް އަޔާނީއަށް އަހާލެވުނީ އަފްލާކް ކޮބައިތޯއެވެ. އަފްލާކްގެ ޚަބަރެއް ނުވެގެން އޭނާ އެ އިންނަނީ ކުރާނެކަމެއް ނޭނގި ދެރަވެފައެވެ.

“އެނގޭ އެންމެ ފުރަތަމަވެސް ކުރާނީ ތި ސުވާލުކަން….. ރޭގަ ޔާނީއަށް ނުގުޅިގެން އަފޫވެސް އިނީ ވަރަށް ދެރަވެފައި…..” މިޝްޔާ އޭނާގެ ފޯނު އަޔާނީއަށް ދިއްކޮށްލަމުން ބުނެލިއެވެ. އަޔާނީ ފޯނުގައި ހިފުމުގެ ކުރިން ޝިއުރީ އެ ފޯނު ޖަހައިގަތެވެ. ޝިއުރީ އެގޮތަށް ކަންތައް ކުރުމުން އަޔާނީގެ އިތުރުން ޔަލްވީވެސް ހައިރާންވިއެވެ.

“ދެންމެއެއް ނޫންތަ ދައްތަ އެ ބުނީ އެއްވެސް އެހީއެއް ނުވާށޭ…. އެހާ އަވަހަށް ހަނދާން ނެތުނީތަ…..؟؟؟؟ ފޯނު ހިފަހައްޓައިގެން ހުރެ މިޝްޔާއަށް ބަލާލަމުން ޝިއުރީ ބުނެލިއެވެ.

“އަހަންނަށް އޭރުވެސް ހީވިއޭ މިހެން ވާނެއޭ….. ޝިއުއަށް މުހިއްމުވީ ދައްތަ ދެއްކި ވާހަކަތަ ނޫނީ އެކުވެރިޔާތަ…..؟؟؟؟؟ އަފޫގެ ޚަބަރެއް ނުވެގެން ޔާނީގެ ހިތް ތެޅިފޮޅޭވަރު ޝިއުއަކަށް ނުވިސްނޭތަ….” ޝިއުރީ އެގޮތަށް ކަންތައް ކުރުމުން މިޝްޔާ ހިތްހަމަ ނުޖެހުނެވެ.

“އަހަންނަށް އެނގޭ…. ވަރަށް ރަނގަޅަށް އެނގޭ….. އެކަމަކު ދައްތަ ޔާނީއާއި ދޭތެރޭ ވިސްނާވަރުވެސް އަހަންނަށް އެނގޭ…. ހަމަ ޔާނީއަށް ރަނގަޅުވާނެ ގޮތެއް ވިސްނާފައި ދޯ ދައްތަ އެ ނިންމުން ނިންމާނީ….. އެއްވެސް މަޔަކު ދަރިޔަކަށް ދެރަގޮތެއް ވާކަށް…….” މިޝްޔާއަށް ވިސްނައިދޭންވެގެން ވާހަކަދައްކަމުން ދިޔަ ޝިއުރީއަށް އޭނާގެ ޖުމްލަ ނިންމާލަން އުނދަގޫވުމުން ހުއްޓާލިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އެކުވެރިންނަށް ފެނިދާނެތީ އޭނާ އެނބުރުނީ އަނެއް ފަރާތަށެވެ.

“އަމްހާއްތަގެ ބަދަލުގައި ޝިއުގެ މަންމަ ޝިއުގާތު ނަހީކާ ދުރުވާން ބުނެފިއްޔާ ޝިއު ކިހިނެއް ކަންތައް ކުރާނީ…..؟؟؟؟” ރުޅިއައިސްފައި ހުރި މިޝްޔާ، ޝިއުރީގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލިއެވެ. އޭރު ޝިއުރީގެ އަޅިކުލައިގެ ބޮޑު ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހުރީ ފައިބައިގަންނަން ތައްޔާރުގައެވެ. ކަރުނަތައް އޮއްބަން މަސައްކަތް ކުރިވަރަކުން ދެލޯ ރަތްވަމުން ދިޔަހިނދު ހިންދިރުވާލަންވެސް އުނދަގޫވިއެވެ.

“މަންމަ ބުނެފިއްޔާ އަހަރެން ނަހީކާވެސް ދުރުވާނަން…. މަންމައަށްޓަކައި އަހަރެން ކޮންމެފަދަ ޤުރުބާނީއެއްވާންވެސް ތައްޔާރު…..” އެންމެފަހުން ދެލޮލަށް ކެތްނުވެގެން ކަރުނަތައް ކޯތާފަތުގައި ބޮސްދެމުން ފައިބަންފެށުމުން އިސްޖެހިފައި ހުރެ ރޮވިފައިވާ އަޑަކުން ޝިއުރީއަށް ބުނެވުނެވެ.

“ޝިއު ތިހެން ތި ބުނަނީ ޝިއުއަށް މަންމަގެ ލޯބި ނުލިބޭތީ….” މިޝްޔާ ހުރީ އަދިވެސް ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޔަލްވީއަށް މިޝްޔާގެ ނަމުން ގޮވާލެވުނީ ޝިއުރީއަށް ވަމުންދިޔަގޮތް ފެނިފައެވެ. މިޝްޔާއަށް ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީ މާ ފަހުންނެވެ. އެހެން ބުނެވުނީތީ އޭނާގެ އަމިއްލަ ނަފްސުދެކެވެސް ރުޅިއާދެވުނެވެ. މިޝްޔާގެ ޖުމްލަ އަޑުއަހަން ޝިއުރީއަށް ކިތަންމެ އުނދަގޫވީނަމަވެސް ޙަޤީގަތަކީ އެއީއެވެ. މަންމަގެ ލޯތްބަށް ފެން ބޮވައިގެންފައިވާވަރުން އޭނާ އެހުރީ އެ މަންމަ އެދުނު ކޮންމެ ކަމެއް ކޮށްދޭންވެސް ތައްޔާރަށެވެ. ހިތަށް ތަދުވީވަރުން ޝިއުރީއަށް އަޑުވީއްލާ ރޮވެން ފެށުނެވެ.

“މިޝް…. ކިޔޭ ނުކިޔޭ އެއްޗެއް އެނގޭތަ…؟؟؟؟” ޝިއުރީ ރޯންފެށުމުން ޔަލްވީއަށް ކެތްވީ އެހިސާބަށެވެ. ޝީއުރީގެ ގައިގައި ހިފަހައްޓާލަމުން އޭނާއަށް މިޝްޔާއާއި ދިމާއަށް މިހެން ބުނެވުނީ ހިތްހަމަ ނުޖެހިފައިހުރެއެވެ.

“ސޮރީ ޝިއު…. އަހަރެން ގަސްތަކު ނޫން އެހެން ބުނީކީ…. އަހަންނަށް ބުނެވުނީ….” މިޝްޔާ ދެރަވެލާފައި މިހެން ބުނުމުން ޝިއުރީ ކަރުނަތައް ފުހެލަމުން ދެފަރާތައް ބޯ ހޫރާލީ އޭނާ ހިތްބަރުނުކުރާކަން އަންގާލުމަށެވެ. އަދި ކުރިޔަށް ޖެހިލަމުން އަޔާނީގެ އަތަށް މިޝްޔާގެ ފޯނު ލައިދިނެވެ.

“އަހަރެން ބޭނުމީ އަހަރެން ރަނގަޅުކަން އަފޫއަށް އަންގާލަން…. ހަމަ އެންމެ ފަހަރަކު އަފޫއާއި ވާހަކަދައްކާލަން…. ދެން ކިޔަވާ ނިމެންދެން މަންމަގެ ބަސްއަހައިގެން އަހަރެން ހުރެދާނަން އަފޫއާއި ވާހަކަ ނުދައްކާ………” ޝިއުރީ ދިއްކުރި ފޯނުގައި ހިފަމުން އަޔާނީ މިހެން ބުނިއިރު އޭނާގެ ދެލޯވެސް ފެންކަޅީވީ އަފްލާކާއި ވާހަކަ ނުދައްކާ ހުންނަން ޖެހުމުން އެކަމާ ދެރަވީ ވަރުންނެވެ. ޝިއުރީ ބޯ ޖަހާލުމަށްފަހު، އަޔާނީގެ އަތަށް ފިތާލިއެވެ. އަޔާނީ ފޯނު ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
********************

ދެދުވަސް ފާއިތުވެ، ދިޔައިރު އަފްލާކާއި ވާހަކަ ނުދައްކާ ހުންނަންޖެހުމުން، އަޔާނީއަށް އެކަންވީ ބޮޑު ވޭނަކަށެވެ. އެހެނަސް މަންމައަށްޓަކައި އޭނާ މަންމަ ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނީއެވެ. އަފްލާކްގެ ޙާލަކީވެސް އެއީއެވެ. ނަމަވެސް އަޔާނީއަށް އަބަދުވެސް ދެރައެއް ވުމަށް ނޭދޭތީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިގެން އަޔާނީގެ ކިޔެވުން ނިމެންދެން އިންތިޒާރުކުރުމަށް އޭނާ ނިންމީ އެހިތަށް ކެތްކުރަން އުނދަގޫވާނެކަން އެނގިހުރެމެއެވެ.
********************

ޢީދުގެ ފުރަތަމަ ތިން ދުވަސް ނިމުމުން މެހެރީންމެން މާލެ ދިއުމުން މިޝްޔާ ޝިއުރީމެންގެއަށް ބަދަލުވިއެވެ. ކުރީދުވަހު ދެމީހުންގެ ދެމެދު ވެވުނު ދެބަސްވުމަށްފަހު، މިހާރު އަނެއްކާވެސް ދެމީހުން ތިބީ އެއްގަލަކަށް އަރައެވެ. މިޝްޔާ އެގެއަށް ބަދަލުވުމުން ޝިއުރީ ވަރަށް އުފާވިއެވެ. މިޝަލް ގޭގައި އުޅުނު ނަމަވެސް ކޮންމެ ފަހަރަކު ކާން ދަނީ ޝިއުރީމެންގެއަށެވެ. ކޮންމެ ދުވަހަކު އެހާ ގިނައިން ޝިއުރީ ފެންނާނެ ގޮތްވުމުން އޭނާވެސް ހުރީ ނުހަނު އުފާވެފައެވެ.
********************

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. މިޝްޔާއާއިއެކު ޝިއުރީ މިޝްޔާމެންގެ ގެއަށް ދިޔައީ ގޭތެރެ ސާފުކޮށްލުމަށެވެ. ޝިއުރީ ހުރީ ގޭގެ ބިއްދޮށް ފަރާތުގައިވާ ކުޑަ ބަގީޗާތެރެ ކުނިކަހާށެވެ. އެވަގުތު ޖީންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުން ނަގައި ބަލާލިއިރު ގުޅަނީ ޔަލްވީއެވެ. ފޯން ކަންފަތުގައި ޖަހާލަމުން “ހެލޯ” އޭ ބުނެލީ ހިނިތުންވެލަމުންނެވެ. އެހެނަސް އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފިލާ ދިޔައީ ޔަލްވީ ދިން ޚަބަރަކުންނެވެ. ދެލޯ ބޮޑުވެގެން ދިޔައިރު އަތުގައި އޮތް ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. އިވުނު ޚަބަރަކުން، ލިބުނު ކުއްލި ޝޮކުގައި އިރުކޮޅަކު ގަނޑުވެފައި ހުރުމަށްފަހު، އެތެރެއަށް ދުއްވައިގަނެވުނު ގޮތްވެސް ނޭނގެއެވެ. މިޝްޔާގެ ކޮޓަރިއާއި ދިމާއަށް ދުވެފައި ދިޔަ ޝިއުރީ އަޅައިގަތީ ހަމަ އެހާ ހަލުވި މިނުގައި ކޮޓަރިން ނުކުތް މިޝަލްގެ ގައިގައެވެ. ދެކުދިންނަށް އެކަކު އަނެކަކުގެ ލޮލުން ފެނުނީ އެއްކުލަވަރުތަކެކެވެ. ދެކުދިން އެކުއެކީގައިކަހަލަ ގޮތަކަށް މިޝްޔާގެ ކޮޓަރިއަށް ދިޔައިރު، މިޝްޔާއިނީ އަލްބަމެއް ނަގައިގެން އެ ބަލާށެވެ. ކުއްލިއަކަށް އެތެރެއަށް ވަދެގެން އައި ޝިއުރީއާއި މިޝަލް ފެނުމުން އޭނާއަށް ކޮޅަށް ތެދުވެވުނީ ދެމީހުންގެ މޫނުމަތީގައިވާ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް އޭނާގެ ހަވަނަ ހިއްސު ސިގްނަލް ދޭންފެށުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އަގެއްނެތްލޯބި 8 ވަނަ ބައި

Next

ކުޅަނދުންވަަންތަކަން

Next
September 4, 2017

ކުޅަނދުންވަަންތަކަން

Previews
September 4, 2017

އަގެއްނެތްލޯބި 8 ވަނަ ބައި

54 Comments!

  1. Eemyaa says:
    September 4, 2017 at 8:50 pm

    Assalaam Alaikum hurihaa kudhin ☺☺
    Sorry mi part las v ma ?
    Heekuran mi part ves kiyuntherinnah kamudhaane kamah ??
    Kuhthah faahaga kohlaidhehchey ?
    Tgggc all ☺ have a good nyt ??? ly

  2. .Noor says:
    September 4, 2017 at 9:03 pm

    Awsm story dear..❤❤

    1. Eemyaa says:
      September 5, 2017 at 12:12 am

      Thanks Noor ☺☺☺

  3. Hawwi says:
    September 4, 2017 at 9:08 pm

    me first tha..obiness to the max

    1. Eemyaa says:
      September 5, 2017 at 12:12 am

      Thanks Hawwi ☺☺☺

  4. Sama dhonthi says:
    September 4, 2017 at 9:13 pm

    V reethi

    1. Eemyaa says:
      September 5, 2017 at 12:13 am

      Thanks Sama ☺☺☺

  5. Anonymous says:
    September 4, 2017 at 9:14 pm

    nice, when next part?

    1. Eemyaa says:
      September 5, 2017 at 12:14 am

      Thanks dear ☺☺☺
      Next part on Wednesday In Sha Allah ???

  6. Mai says:
    September 4, 2017 at 9:14 pm

    Woww…stry vrh reethi eem gandaa…naheek ah knms kameh v dhw…?????

    1. Eemyaa says:
      September 5, 2017 at 12:15 am

      Thanks Mai ☺☺☺
      Hehe lets see dw ??

  7. shaaa says:
    September 4, 2017 at 9:22 pm

    wow. Maasha allah v reethi. Eeshaa kuri plan ge kameh dhw eiy?

    1. Eemyaa says:
      September 5, 2017 at 12:16 am

      Thanks shaaa ☺☺☺
      Hehe thee ves vedhaane gotheh ? dhn lets see dw ?

  8. Yaal says:
    September 4, 2017 at 9:26 pm

    Varah reethi. Haadha dherayey yaanee ah v gothun.

    1. Eemyaa says:
      September 5, 2017 at 12:18 am

      Thanks Yaal ☺☺☺
      Asluves dw ?
      Dhn ehn nunass yaany ah ehn v ma yaal dhera vaanethaa dw kiki ?

  9. Some one says:
    September 4, 2017 at 9:54 pm

    V riithi! Jst perrrrrfect! When nxt prt?

    1. Eemyaa says:
      September 5, 2017 at 12:19 am

      Thanks Some one ☺☺☺
      Next part on Wednesday In Sha Allah ??

  10. ??? says:
    September 4, 2017 at 10:02 pm

    Anehkaa kihineh v. Vvv rythi ekam maakurii???

    1. Eemyaa says:
      September 5, 2017 at 12:20 am

      Hehe lets see ??
      Thanks dear ☺☺☺

  11. aalaa says:
    September 4, 2017 at 10:10 pm

    Hi. Eem Mi part vx vrh rythi.. Kihineh baa Evy… ???? Hiyy thalhuvaalaafa dhw end kohly Mi part vx….. Waiting for up coming parts… Avahah genes dhehchey….ly eem_☺☺☺☺☺gd nyt..tc bye

    1. Eemyaa says:
      September 5, 2017 at 12:22 am

      Hei aalaa ☺
      Thanks a lott dear ☺☺☺
      Hehe dw ?
      Okay keep waiting ???
      Ly too ? tc

  12. Navya says:
    September 4, 2017 at 10:35 pm

    V reethi mi part ves.. v inthizaaru kurin mi part ah.. thnx..?

    1. Eemyaa says:
      September 5, 2017 at 12:24 am

      Thanks Navya ☺☺☺
      Sorry ehaa dhigu inthizaareh kuran jehunyma ?
      N v happy vejje m8 story ah thihaa inthizaar kohlaathy ☺☺
      Wc ???

  13. reen says:
    September 4, 2017 at 11:19 pm

    Alheydhn vaanee kihineh??cant wait its just perfect??

    1. Eemyaa says:
      September 5, 2017 at 12:25 am

      Dhn vaany kihinehbaa dw reen ? hehe next part ga v goi engeyne ?
      Thanks a lott dear ???

  14. Song joong ki... KOREAN says:
    September 4, 2017 at 11:52 pm

    Woww alhey haadsa reehchey masha allah. Ehaa kiyaa hithun hutta e nimuny….. So interesting…. Plx avas. Kihinehbaa evy anehkaa. Waiting waiting waiting waiting waiting waiting 🙂 🙂 🙂

    1. Eemyaa says:
      September 5, 2017 at 12:28 am

      Thanks Song ☺☺☺
      Oww ❤
      Evy goi next part in engeyne inthizaar kohlaa ??
      V happy vey song ge comments libeythy ???
      Keep waiting ?

    2. Song joong ki... KOREAN says:
      September 5, 2017 at 5:53 pm

      I’m here to make u happy…. 🙂 🙂 hehe welcome one n only dearest eeeem 🙂 🙂

    3. Song Hye-Kyo..KOREAN says:
      September 5, 2017 at 7:28 pm

      asluves song joong ki bunihen mi part varah salhi !!!
      by the way i’ve been really busy!!
      but i could’nt stop reading this story!!
      great work eemy?

    4. Eemyaa says:
      September 5, 2017 at 7:48 pm

      Thanks Song joong ???

    5. Eemyaa says:
      September 5, 2017 at 7:50 pm

      Thanks Song Hye ☺☺☺
      Ssoy ???

    6. Song joong ki... KOREAN says:
      September 5, 2017 at 8:36 pm

      Asluvx dhw song hye kyo.. Story is perfect 🙂

    7. Song Hye-Kyo..KOREAN says:
      September 6, 2017 at 11:55 am

      ??

    8. Song joong ki... KOREAN says:
      September 6, 2017 at 5:47 pm

      Song hye kyo kihinehtha??? 🙂 varah busy dhw mihaaru.. Ekamuvx mi vaahaka hama kiyanee ey dhw 🙂 hehe

  15. khajja says:
    September 5, 2017 at 12:26 am

    Ohhh wowo?? masha allah v v v rythi?? whn nxt prt cnt wait plx avaskolladhybaa plx alhey kihineiybaa vaan miulheny? Mihaaru heart beet vaanfashaifi ?? dheragothennuhadhaathi ly gud nyt.????❤???

    1. Eemyaa says:
      September 5, 2017 at 2:37 pm

      Thanks khajja ☺☺☺
      Next part on Wednesday In Sha Allah ?
      Vaan ulhey gotheh balaalan next part ah inthizaar kohlaa ?
      Ly too ???

  16. Xidhan says:
    September 5, 2017 at 12:44 am

    Emme salhi hisaabun eem thi nimaali??
    Varah salhi vaahaka..??
    Next part ah inthizaaru kuran
    Warah salhi plot twist eh genahcheyy eem ??

    1. Eemyaa says:
      September 5, 2017 at 2:40 pm

      Hehe sorry
      Thanks a lott dear ☺☺☺
      Heekuran eem genna twist Xidhan ah kamudhaane kamah ??

  17. Eesha says:
    September 5, 2017 at 1:49 am

    Eesha mirey mi story mi kiyaaly… Aslu varah salhi… Hurihaa baeh ves…. Dhn varah majaa eesha kiyaa kujje ulheythy… Hama heveny knme faharaku??
    Aslu eemyaa liyaa stories varah reethi eesha ah.. Raajje ge environment aa varah gulheyy☺☺ keep it up dear…?? I really love ur stories… Im a big fan of urs?? waiting for the next part?

    1. Eemyaa says:
      September 5, 2017 at 2:42 pm

      Thanks Eesha ☺☺☺
      Hehe vaahakaiga ulhey eeshaa aa mulhin thafaath eeshaa eh dw mee ?
      Thanks dear ???
      Keep waiting

  18. Yallu says:
    September 5, 2017 at 8:34 am

    Story is awesome ?
    I think mishyaa ge bf ah something happened. Juzt guessing hehe ?

    1. Eemyaa says:
      September 5, 2017 at 2:43 pm

      Thanks Yallu ☺☺☺
      Thee ves vedhaane gotheh dw hama ?

  19. muna says:
    September 5, 2017 at 11:46 am

    story v rythi.waiting for next part.

    1. Eemyaa says:
      September 5, 2017 at 2:44 pm

      Thanks muna ☺☺☺

  20. Unknown says:
    September 5, 2017 at 5:29 pm

    Vrh loabi mi part vx as lyk all other parts…
    Ekammu dhen oih part ah wait kuran vrh undhangoo…
    Hama kuyaalaa hih vany

    1. Eemyaa says:
      September 5, 2017 at 7:51 pm

      Thanks Unknown ☺☺☺
      Hehe eem ah v enme avahakah up kohla dheynan ?

  21. i love kpop says:
    September 5, 2017 at 7:01 pm

    hey this part is awsome…waoting for the next part…can u upload it a little fast…m so curious abt what would happen next…ur the bst eem…
    SARANGHE…???

    1. Eemyaa says:
      September 5, 2017 at 7:56 pm

      Thank you dear ☺☺☺
      I’ll try my best ?

  22. wish says:
    September 5, 2017 at 7:58 pm

    Wow…ossum mi part …waiting..?????????

    1. Eemyaa says:
      September 5, 2017 at 8:24 pm

      Thanks wish ☺☺☺

  23. Manna says:
    September 6, 2017 at 3:10 pm

    Next part?????

    1. Eemyaa says:
      September 6, 2017 at 4:05 pm

      nw up kohlaafa dear ☺☺☺

  24. Cher says:
    September 6, 2017 at 3:50 pm

    hei eem…today tha next part..i am late dhw comment kollan..btw story hama awsome as always..and i love it and i love you…u are so good..keep it up waiting fr the nxt part ??????

    1. Eemyaa says:
      September 6, 2017 at 4:06 pm

      Hei Cher ?
      Hehe
      Thanks dear ly too ☺☺☺
      ???

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭވީސްވަނަ ބައި)←


All Right Reserved!