Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ނަވާރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 3, 2017 8 Mins Read
32 Comments

“ހެހެ… އެކަންޏެއްނޫނޭ ވާހަކަދެއްކީ… ބީހާލް  އާއޭ ވާހަކަދެއްކީ……” އެވަގުތު ރަޔާހީން ކުރިމަތީގައި ހުރި ބީހާލް އެއްއަތުން މުށްކަވާފައި އަނެއް އަތުގައި ޖަހާލީރު ހުރީ ހިނިވެސް އައިއްސައެވެ. ހީންގެ އެހުންނަ މަޢުސޫމު ކަމުން އެބުނެވުނު އެއްޗަކާއި މެދު ވިސްނާވެސް ނުލިއެވެ. ހީން އަމިއްލަ އަށް އެބެދުނީ ކޮންކަހަލަ މަޅިއެއްގަ ހެއްޔެވެ؟ ބީހާލް ހޭތަން ފެނި ރަޔާހީނަށް ހަމަބިމަށް އާދެވުނެވެ. މިބުނެވުނީ ކީކޭ ހެއްޔެވެ؟ ކޫއްތަ ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟ އޮޅުވާލަން ބުނާނެ އެއްޗެއް ވެސް ނޭނގެއެވެ. ރައިނީ ހުރީ މޭގައި އަތް އަޅާލައިގެން ރަޔާހީނަށް ބަލަން ކަންބޮޑުވެފައެވެ.

 

“މާތްކަލާކޯ.. މަގޭ ދަރި ރަނގަޅުތަ އަނެއްކާ” ރައިނީ ރަޔާހީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ރަޔާހީންގެ ނިތްކުރީގައި އާއި ކަރުދަށުގައި އަތް ޖައްސާލީ ހުން އައިސްތޯ ޔަޤީން ކޮށްލުމަށެވެ.

“ކޫއްތާ…. ހާދަ ބިރެކޭ ތިގަތީ… ފޯނެއްގައޭ އިނީ.. މިތާ މަޑުކޮށްގެން އިނީ ނަދޫ ގުޅީމަ ވާހަކަދައްކާލަން. އެތެރެއަށް ވަންނަން އުޅެނިކޮށް ކޫއްތަ ތިއައީ….” ރަޔާހީން ވާހަކަ އޮޅުވާލި ގޮތުން ބީހާލް ހިނިއައެވެ. ރައިނީ އަށް ނޭނގޭނެހެން ރަޔާހީން ބީހާލް އަށް ލޯ އަޅާލިއެވެ.

“އެހެންތަ؟ ދެން ކޫއްތަ ނޫނަސް އެވަގުތު ކޮންމެ މީހަކަސް އެންމެ ނުބައި ގޮތަށް ދޯ ހީކުރާނީ” ރަޔާހީން އަތުގައި ހިފާލަމުން ކުރީގައި ހުރެ ރައިނީ ހިނގައިގަތެވެ. އާބިދާ އަށް ރަޔާހީން ފެނުމާއެކު ލޯތްބާއެކު ބައްދާލަމުން މޫނުގައި ބޮސްދިނެވެ. ނަޔާޝީނާއި ނައުޝީން ވެސް ތިއްތާއޭ ކިޔާ އޮޅުލާންފެށި ގޮތަށް ދޫނުކުރިއެވެ.

އިށީނދޭ ތިއްތަ އަށް ވަރަށް ޙާއްސަ އެއްޗެއް ހިފައިގެން މި އަންނަނީ” ދެމީހުންގެ ޖާގަ ހުންނަ ސޯފާ ގޮނޑީގައި ރަޔާހީން އިށީނުމާއެކު ނައުޝީން އިށީނީ ރަޔާހީނާއި ޖެހި ފިތިގެންނެވެ. ގަޑި އަޅަމުން ކޮޓަރިން ނިކުމެގެން އައި ލާމިއު ވެސް ރައިނީ ކައިރީގައި ހުރި ހުސް ޖާގައިގާ އިށީނެވެ. ވަކިން ހުރި ސޯފާގައި އާބިދާ އިން އިރު ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ރަޔާހީން ސިހުނީ އާބިދާ ކައިރީގައި އިން ގޮނޑީގެ އަތް ގަނޑު މަތީގައި އެއް ފައިގެ ކަކޫ މައްޗަށް އަނެއް ފައި އަރުވާލައިގެން ހެވިފައި އިން ބީހާލް ފެނުނީމައެވެ. ރަޔާހީން ބަލާލުމާއެކު އިނގިިލި ތުންފަތުގައި ހުރަސް ކޮށްލުމަށްފަހު ބީހާލް އެންގީ އަނގައިން ނުބުނެ މަޑުން އިނުމަށެވެ. ބޭރުގައި ދެންމެ ރަޔާހީން ބުނި ފަދަ ޖުމްލަތަކެއް ތަކުރާރު ކޮށްފާނެތިއެވެ. ދާދި ދެންމެއަކު ވެސް މަޑުން ހުންނާށޭ ބުނި ފަހުން ކައިރީގައި ރައިނީ ހުރެ ރަޔާހީން ވަނީ ހަމައެކަނި އޭނާގެ ލޮލަށް ފެންނަ ބީހާލް އާއި ވާހަކަދައްކާފައެވެ.

“މީ ތިއްތަ އަށް ނައު އާއި ނަޔާ ވެގެން ތައްޔާރުކުރި މިލްކްޝޭކެއް…. މީރުވާނޭ… ސްޕެޝަލީ ތިއްތަ އަށް” ރަޔާހީން ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ހިމަދިގު ބިއްލޫރި ތައްޓެއްގައި ތައްޔާރު ކޮށްފައި ހުރި ވެނީލާ ކުލައިގެ މިލްކްޝޭކް ތަށި ބަހައްޓަމުން ނަޔާޝީން ބުނެލިއެވެ. ތަށީގެ ބޭރުން ފިނިހިފާލާފައި ހުރިއިރު ފެން ތިއްކަކަށް ފަހު ފެންތިއްކެއް ތިރިއަށް ދަތުރު ކުރާ މަންޒަރު ފެނުމުން ވެސް ރަޔާހީންގެ ކުޅު ދިޔާވިއެވެ.

“އަޅެ ވަރަށް މީރު. ތެންކިއު ތިއްތަގެ ކިއުޓީސް” ތަށިން ކޯވަރެއް ބޯލަމުން ރަޔާހީން ނަޔާޝީނާއި ނައުޝީން ގައިގާ ބައްދާލަމުން ބުނެލިއެވެ.

“މާމާ! ކޮންމެސް ވާހަކައެއް ދައްކަން ވެގެންނޭ ބުނީމެއްނު” ރަޔާހީން އާބިދާ އަށް ކުރިމަތިލަމުން ބުނެލިއެވެ.

“ކޫއްތަބެ ކިޔާދެންތަ؟ މިއުޅެނީ މިގޭ ހުރިހާ މީހުން އެއްކޮށް މެލޭ އަށް ބަދަލުކުރަން. ނައު ގެ ކިޔެވުން ނިންމާނީ އެކޮޅުން. ގެ ކުށްޔަށް ދޭނީ… ކޫއްތަބެ ހުންނާނަން ދެކޮޅަށް ދަތުރުކޮށްލަ ކޮށްލާ… އެހެންވީމާ މިވާހަކަ މީ ހީން އަށް އެނގުން ވަރަށް މުހިއްމު ވާހަކައެއް ވީމަ އެވާހަކަ ދައްކަން މިގެނައީ” ލާމިއު ދެއްކި ވާހަކަތަކުން ރަޔާހީން ދެރަވެ ކަރު އެލުވާލިއެވެ. އާއިލާ ނުފެންނަ ހިސާބުގައި އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އޭރުން އޭނާ މުޅިން އެކަނިވީއެވެ.

“އަޅޭ އަޅުގަނޑު އެކަނިވާނެ އޭރުން. މާމާ ވެސް ދަނީތަ” ރަޔާހީން ދެރަވެފައި އާބިދާ އަށް ބަލާލަމުން ބުނެލިއެވެ.

“ދަރިފުޅު ހީނުކުރައްޗެ މާމާމެން ދަރިފުޅު ދުރުކޮށްލަނީއޭ… މިވަގުތު ދަރިފުޅުގެ މައްޗަށް ބާރު އޮތީ އިރުފާނަށް. އިރުފާނުގެ އަންބެއްގެ މަގާމުގައި ދަރިފުޅު ވަނިކޮށް ގޮވައިގެން ދިޔުން އެއީ ރަނގަޅުކަމެއް ނޫން. އިރުފާނު ދަރިފުޅު ދެކެ ނުލާހިކު ލޯބިވެއެއްނު. ދަރިފުޅަށް އިރުފާނު ގޮތެއް ނަހަދާނެ ކަމުގެ ޔަޤީންކަން އޮތީމަ ދޯ ދަރިފުޅު އެދިރިއުޅުމަށް ވަނީ… މާމަމެން ފުރުމުގެ ކުރިން އަދި އިރުފާނާއި ބައްދަލުކުރާނަން. މާމަގެ މި ދަރިފުޅަށް ހިޔާނަތްތެރި ނުވުމަށް ބުނާނަން” އާބިދާ ވާހަކަދައްކަމުން ދިޔައިރު ރަޔާހީން އިނީ ރޮވިފައެވެ. ތެދެކެވެ. އިރުފާނަކީ އަބަދުވެސް އެނާ ދެކެ ލޯބިވާ ކަމުގައި ދަޢުވާ ކުރާ ފަރާތެކެވެ. ނަމަވެސް އޭނާގެ ލޯތްބެއް ރަޔާހީން ބޭނުމެއް ނުވޭއެވެ. މާމަމެން ކައިރީގައި އެހެން ބުނެވޭނެ ނަމައެވެ.

“ކޮންއިރަކުން ފުރަނީ” މަޑުން އިނދެފައި ހިމޭން ކަމާއެކު ރަޔާހީން އަހާލިއެވެ.

“އަންނަ ހަފްތާގަ” ލާމިއު ބުނެލިއެވެ.

“ދެން ވިޔަފާރީގެ ކަންތަކޯ… ކޮލެޖް ކަންތައް ކާކު ބަލަހައްޓަނީ” ރަޔާހީން ސުވާލުކޮށްލިއެވެ.

“ކޫއްތަބެ މިދަނީ ހަމައެކަނި މިމީހުން އެކޮޅު ހަމަޖެހިލަންދެން. އަނެއްހެން ގިނައިން އުޅޭނީ މިކޮޅުގައި. އެހާތަނަށް ހުރިހާ ކަމެއް ބަލަހައްޓަދޭނެ އޮފީހުގައި އެއުޅޭ އަޒަމް. އޭނަ އިރުކޮޅަކުން އަންނާނެ ފައިލްތައް ހިފައިގެން. އޭގެ ބައެއް ލިޔުންތަކުގައި ނަޔާ އާއި ހީން ސޮއި ކުރަންޖެހޭނެ” ރައިނީ ދިއްކޮށްލި ކޮފީތަށިގައި ހިފަމުން ލާމިއު ބުނެލިއެވެ.

“އެކަމު މާމަމެން ދިޔުމުން އަޅުގަނޑު ހާދަ އެކަނިވާނޭ. ހާދަ ދެރަވާނޭ… ވަރަށް ހަނދާންވާނެ. އިރުފާން އަޅުގަނޑު ދޫކޮށްލައިފިއްޔާ ވަންނާނީ ކޮންތަނަކަށް” ރަޔާހީން ދެރަވެފައި ވާހަކަދެއްކި ގޮތުން އާބިދާ އިންތިހާ އަށް ދެރަވިއެވެ. އޭނާ ވިސްނާލީ ވަރަށް ދުރަށެވެ. ކޮންމެގޮތެއް ވިޔަސް އެއީ އަންނާނެ ދުވަހެކެވެ. ކޮންވަގުތެއްގައި ކަމެއް ނޭނގުނަސް ޔަޤީންވާ ކަމަކީ އިރުފާން ބޭނުންނުވިޔަސް އަދި އޭނާގެ ރޭވުންގަނޑު ކާމިޔާބު ނުވިކަމުގައި ވިޔަސް އިރުފާންގެ އަންބެއްގެ ގޮތުގައި އޭނާ ނުހުންނާނެ ކަމެވެ.

“ދަރިފުޅާ ކެތްކުރަންވާނެ. މީ ދަރިފުޅުމެންގެ ތިން ކުދިންގެ ގެއެއް. މިގެއިން ކުށްޔަށް ލިބޭ ފައިސާ ވެސް ޖަމާވަމުންދާނީ ތިކުދިންގެ އެކައުންޓަށް. ދަރިފުޅު ބޭނުންއިރަކު މިގެއަށް އައިސް އުޅެވޭނެ. އެހެންނޫނަސް ދެން ގެ ބަހަލަހައްޓަން ވެސް ހުންނާނީ ދަރިފުޅެއްނު. ދެން ތިބުނީ އިރުފާން ވަރިކޮށްފާނޭ… އެހެން ހީވަނީތަ ދަރިފުޅަށް؟؟” އާބިދާ ހުރިހާ ވާހަކަތަކެއް ދެއްކުމަށްފަހު އެންމެފަހު ވަގުތު ސުވާލުކުރިއެވެ. ރަޔާހީން އަވަސް އަވަހަށް ތެޅިގަނެފައި ނޫނެކޭ ބުނެލިއެވެ. އޭނަ އަށް ބުނެވޭ ބަހަކުން މާމަ އަށް ކުޑަވެސް ޝައްކެއް ވާކަށް އޭނާއެއް ނޭދޭއެވެ.

“ދެން ހިނގާ. ކޮންމެސް ވަރަކަށް ކައިގެން ދެވޭނީ. ތި ތަށި ބުޔަސް މިރޭ މިގޭގައި ކައްކާފައި ހުރީ މުޅިން ވެސް ދަރިފުޅަށް ކަމުދާ އެއްޗެހި” ބަނޑު ފުރިފައި ހުރި ނަމަވެސް ރަޔާހީނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.  އެހެންނޫނަސް މިގޮތަށް އާއިލާ އެކުގައި އެއް ސުފުރާ މަތިން ދެން ކެވޭނެ ދުވަހެއް ވެސް އެނގެނީއެއް ނޫނެވެ.

އެންމެން ކާން ފެށިތާ މާގިނަ އިރު ނުވަނީސް ބެލް އަޅާ އަޑު އިވެންފެށިއެވެ. އެވަގުތު އެންމެ ފަސޭހައިން ތެދުވެވޭ ގޮތަށް އިނީ ރަޔާހީނަށް ވުމާއެކު ގޮނޑި ފޭކޮށްލުމަށްފަހު އޭނާ ތެދުވެގެން ދޮރާއި ދިމާލަށް ދާން ފެށިއެވެ. ޚިޔާލެއް ފިކުރެއްނެތި ދޮރު ހުޅުވާލުމާއެކު އޭނާ އަށް ސިހުމެއް ލިބިގެން ދިޔައެވެ. ކުރިމަތީގައި ހުރި މީހާ އަށް ބަލާލެވުނީ އަދި ދުވަހަކު ވެސް އެމީހަކު އަޅާފައިނުވާ ކަހަލަ ގޮތަކަށް ހެދުން އަޅާފައި ހުއްޓާ ފެނުމުންނެވެ. އައިސްބްލޫ ކުލައިގެ ޖީންސެއް ދަށުން ލާފައި ހުރިއިރު މަތިން މަޑުނޫ ކުލައިގެ ތުނި ޓީޝާޓުގައި އެހުރީ ބީހާލް ނޫނީ ދެވަނަ މީހެއް ނޫނެވެ. ރަޔާހީން ބީހާލް އަށް ހިނިތުންވުމެއް ދިނުމަށްފަހު އަވަސް ނަޒަރެއް މޭޒު ކައިރީގައި ކާން ތިބި މީހުންނަށް ވެސް ދިނެވެ.

“ދަރިފުޅާ ކާކު އައީ” ރައިނީގެ އަޑުން ރަޔާހީން ސިހިގެން ދިޔައެވެ.

“ނެތް… ނާދޭ.. ނާދޭ އެކަކު ވެސް” ކުރިމަތީގައި ހުރި މީހާއަށް ބަލާލަމުން ރަޔާހީން އަވަސް އަވަހަށް ބުނެލިއެވެ. ރަޔާހީންގެ އެ ޖަވާބުން ކުރިމަތީގައި ހުރި މީހާގެ މޫނުމަތިން ހައިރާންކަން ފާޅުވެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“ބީ…. އޯވް…..މިއަދު ހާދަ ރީތި ހެދުމެއްގައޭ ދޯ… އަދި ކިރިިޔާ މި އެނގުނީ އަހަރެންގެ ދޮންތަ މޮޔަވީ ކީއްވެކަން” ޒުވާނާ އާއި އެއް ހަމައަށް ނިކުންނަމުން ރަޔާހީން މަޑުމަޑުން ދޮރު ލައްޕާލިއެވެ. ރަޔާހީން އުޅޭ ގޮތުން ޒުވާނާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ.

“އައްދޭ… ކޮން ފައިލްތަކެއް. މިހާރު ކިޔަވަން ވެސް ފެށީތަ” ޒުވާނާ އަތުގައި އޮތް ކަޅު ކުލައިގެ ފައިލް ފެނުމުން ރަޔާހީން ހީލަމުން މާލާމާތުގެ ފާޑަކަށް ބުނެލިއެވެ. ޒުވާނާ ބުމަ އަރުވާލައިގެން ހުރެ ބަނޑަށް ހެމުން ދިޔައެވެ. އަންހެންކުއްޖާ އަށް ކޮންމެސް މީހަކު އޮޅިއްޖެކަމުގައި އޭނާގެ ހިތް ބުނަމުންދިޔައެވެ.

“ނު.. ނޫން.. މީ….. ލާ…..” ޒުވާނާ އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ކޮން މި މި މި ލާލާ އެއްތަ؟ ބުނެބަލަ. ގޭގެއަށް ވަނުމުން ކުރިން ބީ ކޮންއިރަކުތަ ބެލް އަޅަން ފެށީ” އަނެއްކާ ވެސް ރަޔާހީން ބުނެލިއެވެ.

“ނޫން.. އަބަދުވެސް ބެލް ހަރުކޮށްފަ ހުންނަންޏާ ބެލް އަޅަން. ނޫންނަމަ ޓަކި ޖަހަނީ” ޒުވާނާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

“ހެހެހެ…. މިރޭ ސޯފާ ގޮނޑީގައި މާމަ ކައިރިއަށް އަރާ އިނީ ކީއްކުރަން. ބީ ކީއްވެތަ ހެދުން ބަދަލުކޮށްގެން ތިއައީ. ކަޅު ކުލައިގެ ހުންނައިރު މާ ރީތި. ގައިމުން ދޮންތަ ވެސް ހުންނާނީ އެހެން ބުނެފަކަން ޔަޤީން” ރަޔާހީން ޒުވާނާގެ ވަށާ ހިނގާލަމުން ބުނެލިއެވެ. ޒުވާނާ ހުރީ މި އަންހެންކުއްޖާ އުޅޭ ގޮތުން މަޖާވެފައެވެ.

ބީއޭ… ކޮން ބީއެއްތަ؟ އަހަރެންގެ ނަން ވެސް ފެށެނީ އޭ އިން. އޭ އޭ ބުނި ނަމަވެސް ހެވެއްނު. އަހަރެން ސޯފާ ގޮނޑީގައި އިނީ ކޮންއިރަކު؟ ކަޅުކުލައޭ.. ޗި… އަހަރެން އެންމެ ގަޔާ ނުވާ ކުލަ އެއީ…. އަނެއްކާ މިކުއްޖާ އަށް އޮޅިގެންތަ އެއުޅެނީ” ރަޔާހީން ހެވިފައި ފާޑަކަށް ބަލަން ހުރުމުން ޒުވާނާ ނަފްސު ހަމައަކަށް އަޅުވާ ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް މެސެޖެއް ކޮށްލިއެވެ.

“އޯއެމްޖީ….ބީ ފޯނެއްގަތީ ކޮންއިރަކު؟ ވާއު…..ސަޅި އެނގޭ… ނަންބަރު ދެއްޗެ. އޭރުނެއްނު ފޫހިވީމަ……”

“ދަރިފުޅާ ހީން…. ތިއޯ…. ހީވެއްޖޭ އެތެރަށް ނުވަދެ ގިނައިރުވީމަ މިކަހަލަ ކަމެކޭ” ލާމިއު ހެވިލާފައި ރަޔާހީނަށް ބުނެލިއެވެ. ފަހަތުން ރައިނީ ވެސް ނިކުތެވެ. ރަޔާހީން ނޭނގޭކަމަށް ހަދާފައި ވަށްކަޅިއަކުން ކުރިމަތީގައި ހުރި ޒުވާނާ އަށް ބަލާލިއެވެ. އެމޫނުމަތިން ހިނތުންވުމެއް ފެންނަން ހުރިއިރު ބަލަން ހުރީ ލާމިއު އަށެވެ.

“ލާމީ… ކޮންކަހަލަ މޮޔަ ކުދިންނެއްތަ މިގޭގައި އުޅެނީ. ހަމަ އެއްގޮތަކަށް ވެސް އެތެރެއަށް ވަނަ ނުދިނޭ.. ކޮންމެސް ބީއެކޭ” ލާމިއު އާއި ސަލާން ކޮށްލަމުން އަޒަމް ބުނެލިއެވެ. މިވަގުތު ރަޔާހީން ހުރިގޮތް ހިތަށް ގެނެވުނު މީހެއް ވެސް ހިނިން ފަޅައިގެންދާނެ ކަން ކަށަވަރެވެ. އަނެއް ފަރާތަށް އެނބުރިގެން ދެދަތްޕިލަ ދޭތެރޭގައި ދޫ ފިއްތާލައިގެން ހުރިއިރު ދެލޯ ވެސް ހުރީ މަރާ ބާރުކޮށްގެންނެވެ.

“މީ އަހަރެމެންގެ ހީން. މިގޭ ކުއްޖެއް. އެވާނީ އޭނަ އަށް އޮޅުނީ ކަމަށް. ނޫނީ ނައު އާއި ނަޔާ ގޮޮތަށް ވަގެއް ކަމަށް ހީކުރީ ކަންނޭނގެ. ދޯ” ރަޔާހީން ބޮލުގައި ފިރުމާލަމުން ލާމިއު ބުނެލިއެވެ. ރަޔާހީން އަވަސް އަވަހަށް ބޯޖަހާލިއެވެ. އަޒަމް އާއި ނަޒަރު ސީދާކޮށްލަން ވެސް އޭނާ އަށް ނުކެރުނެވެ. މިފަދަ ލަދުވެތި ގޮތަކަށް އޭނާ ބޭޒާރުވި މީ ފުރަތަމަ ފަހަރެވެ. ހަޤީޤަތުގައި ވެސް އޭނާ ހީކުރީ ބީހާލް ކަމަށެވެ. ބީހާލް ބުނީ ތެދެކެވެ. ބީހާލް ދޮންތަ ކައިރިއަށް އައީ މި އަޒަމްގެ ސިފައިގަ ހެއްޔެވެ؟ އަސްލު މީހާ އަކީ މީ ހެއްޔެވެ؟ ރަޔާހީން އަމިއްލައަށް ބޮލުގައި ޖަހާލިއެވެ. އޭނާ އަށް ކުޑަކޮށް ހެވެންވެސް ހެވުނެވެ. ހަމަ ރަނގަޅަށް ވެސް އަޒަމް ހީކުރާނީ އޭނާ އަކީ މޮޔައެއް ކަމުގައެވެ.

“ހިނގާ ދަމާ އެތެރެއަށް. ކައިގެންނު ދެން ދާންވާނީ.. ދަރިފުޅު ވެސް އާދޭ” އެތެރެއަށް ވަންނަމުން ރައިނީ ބުނެލިއެވެ. ނަމަވެސް ރަޔާހީން އެތެރެއަށް ވަންނަން ނުކެރިގެން ބުނީ އިރުފާނަށް ކޯލެއް ކުރުމަށްފަހު ދާނެ ކަމުގައެވެ.

ރަޔާހީން އަށް ކުރެވުނު ކަންތަކުން މޮޔަ ހީވެފައި ހުރެ ޖޯލީގައި އިށީނދެލިއެވެ. ނިޔަފަތި ހަފަން ފެށުނީ ހާސްވިވަރުންނެވެ. ކުރިމަތީގައި ބިނދިބިނދިފައި ހޭން ހުރި ބީހާލް ފެނި ރަޔާހީން މޫނު ކުނިކޮށްލިއެވެ. ރަޔާހީނަށް ވެސް ހެވުނީ ބީހާލް ހުނުން ހުއްޓާ ނުލީމައެވެ. ކުރިމަތީގައި މަޖާވެފައި ހުރެ ބިނދިފައި މީހަކު ހޭއިރު ކެތްވާނީ މަދުބަޔަކަށެވެ. ހެއްވާ މަޖާކަމެއް އޭނާ އަށް ވަނީ ކުރެވިފައެވެ.

“ދެން ހުއްޓާލަންވީނުން. ހެވޭ މަލާމަތް ނުކުރިޔަކަަސް” ރަޔާހީން ތުން އޫ ކޮށްލަމުން ބީހާލް އަށް ދެލޯ އަލާލިއެވެ.

“ހެވޭނެއްނު. އަސްލު ބޮޑަށް ހެވުނީ ހީންގެ އަނގަ ހުރި ގޮތް ފެނިފަ. ހީން ކައިރީގައި ބުނަން ވެސް އުޅުނިން. އެކަމު ހަމަ މަޖާ ސީނެއްވީމަ ކާކު ޗެނަލް ބަދަލުކުރަން ބޭނުންވާނީ” ބީހާލް ވެސް ރަޔާހީން ކައިރީގައި ޖޯލީގައި އިށީންނަމުން ބުނެލިއެވެ.

“ހަމަ ހުވާ ވަރަށް ލަދުގަނެއްޖެ. އޭނަ އެތެރޭގަ ހުއްޓާ ނުކެރޭނެ ވަންނާކަށް ވެސް. ނަސީބެއްނު ޖިންނީންނާއި ގުޅުވައިގެން އެއްޗެއް ނުބުނެވުނުކަން. އެހެންބުނެވުނު ނަމަ މާމަމެން ވަގުތުން މަށަށް ފަންޑިތަ ހަދަން ފެށީސް” ރަޔާހީން ދެއަތް ދެއަތާއި މޮޑެމުން ވާހަކަދެއްކިއެވެ.

“އެނގޭތަ؟ ތި ލަނޑު ހަމަ ފަރޫ އަށް ވެސް އެއް ދުވަހު ލިބުނީ. އެރޭ ފަރޫވެސް ހުތްވެފަ ހުރީ ހަމަ ތިހެން. އަދި ހީން ވިއްޔާ މަޑުމަޑުން އަނގައިން ކިޔާ އެއްޗެއް ކިޔަން ހުރީނު. ފަރޫ އޭނަގެ ބޮލަށް އަރާ ކޮލަށް ދޮން ދީ. މަޖާ ރެއެއް އެއީ. ފަހުން އަހަރެން ދެކެ ވަރަށް ރުޅި ވެސް އައި” އެރޭގެ ހާދިސާ ބީހާލް ރަޔާހީނަށް ކިޔާ ދިނުމުން ރަޔާހީނަށް ވެސް ހެވުނެވެ. ދުނިޔެމަތީގައި ދޮންތަ ކުރި ކަންތަކުގެ ވާހަކަ އެގޮތަށް ކިޔާ އަޑު އިވުމުން ހިތް ރޯލިއެވެ.

“ދެން ގެއަށް ދަމާ… މާމައަށް ގުޅާފައި ބުނެލާ… އަދި މާދަމާގެ މިޝަން ކުރިއަށް އޮތީނު. އަދި އެކަމާއި ވާހަކަވެސް ދައްކާލަން ޖެހޭނު” ބީހާލް ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. ރަޔާހީން ވެސް ބީހާލް އާއި އެއްބައިވެލުމުގެ ގޮތުން ހީލަމުން ބޯޖަހާލިއެވެ.

 

އަނެއް ދުވަހު ފީރޯޒާގެ ކޮޓަރިއަށް ލުނބޯ ޖޫސްތައްޓެއް ހިފައިގެން ރަޔާހީން ދިޔައީ ފީރޯޒާ ބޮލެއްގައި ރިއްސާތީ އެދުވަހު ކޮޓަރިން ނުނިކުންނަކަން އެނގުމުންނެވެ. ރާނޯ އާއި އޯލާ ނެތުުމުން ބަދިގޭ ހުރިހާ މަސައްކަތެއް ކުރަން ޖެހުނީ ރަޔާހީނަށެވެ. އެގޮތުން ހުރިހާ މީހުންނަށް އެންމެ މީރު ކާނާ މިއަދު އޭނާ ތައްޔާރުކުރިއެވެ.

“މަންމާ! މިހާރު ކިހިނެއް؟ އެނދުގެ ހެޑްބޯޑުގައި ބޯއަޅާލައިގެން ވިސްނުމަކަށް ގެއްލިފައި އިން ފީރޯޒާ ސިހުނީ ރަޔާހީން ވާހަކަދެއްކި އަޑަށެވެ.

“އާނ… ދަރިފުޅަށް މިއަދު ވަރަށް ބުރަ ދޯ…. މިހާރު މީހަކު ލިބުނީތަ؟” ރަޔާހީން ދިއްކޮށްލި ފަނިތަށީގައި ހިފަމުން ފީރޯޒާ ބުނެލިއެވެ.

“ހޫމް…އޭނާ އަންނަން ބުނި ގަޑި އެޖެހެނީ. މަންމަ އަށް ތިރިއަށް ދެވޭނެތަ ކާން. ނޫނީ ގެންނަންވީތަ” ރަޔާހީން އަހާލިއެވެ.

“ނޫން. މަންމަ ދާނީ… އިރުކޮޅަކުން ބައްޕަ ވެސް އަންނާނެ. އިރުފާނު މިއަދު ބައްޕައާއެކު އޮފީހުގައި އުޅޭ ދުވަހެއްދޯ. ހާދަ ދުވަހެއް ފަހުންނޭ އެސޮރަށް ހެޔޮ ބަދަލެއް އެއައީ” ފިރޯޒާ ހުސްކޮށްލި ތަށި އަލުން ރަޔާހީން އަތަށް ދެމުން ބުނެލިއެވެ.

“ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ ބަދަލުތަކެއް އަދި ފެންނާނެ” ދެމާނަ އެކުލެވޭ ޖުމްލަ އެއް ފީރޯޒާ އަށ ްއަމާޒުކޮށްލިއިރު އޭނާގެ ނަޒަރު ސީދާވެފައި ވަނީ އެކޮޓަރި ތެރެން ފެންނަން ހުރި އިތުރު ދޮރަކާއި ދިމާލަށެވެ. އެވަގުތު އޭނާގެ ތުންފަތްމަތީގައި ދުވެލި ވިހަ ހިނިތުންވުން ފީރޯޒާ އަށް ވަނީ ވަންހަނާ ވެފައެވެ. އެދޮރުން އެތެރޭގައިވާ ހަޤީޤަތް ވެސް އޭނާ ހޯދާނެއެވެ. އެކަމަކު މިފަހަރު ބީހާލްގެ އެހީ ނެތިއެވެ.

މެންދުރު ކާން އެންމެން އައުމުން ރަޔާހީން އަތްމަތި ވަރަށް އަވަސް ކޮށްލިއެވެ. ހުރިހާ މީހުންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުރިއިރު ސީރިޔަސް ކަމާއެކު ފޯނާ ކުޅެން އިނީ ހަމައެކަނި ވިކްޔަން އެވެ. އެމީހަކު އެންމެ ގަޔާވާ ކާއެއްޗެއް އެމީހަކާއި ކައިރިކުރުމަށްފަހު ވިކްޔަން ކައިރީ ހުރި ތަށިތެރެއަށް އެޅީ ޗިކެން ސްޕެގެޓީ ކޮޅެކެވެ. އެއީ އެއްއިރެއްގައި ވިކްޔަން އަށް އެންމެ މީރު ކާނާއެވެ. އެވެސް އަދި ރަޔާހީން އަތުން ކައްކާފައި ހުރިއްޔާ އިތުރަށް ރަހަ ތަފާތު ކަމުގައި ވިކްޔަން އަބަދުވެސް ބުނާ މީރު ކެއުމެވެ. ތަށީތެރެއަށް ބަލާލުމުން އޭގެ ތެރެއިން އެއަށް މަސްހުނިކޮށް އަޅާފައި ހުރި ސާމާނާއި މީރު ވަސް ހުއްޓަސް ވިކްޔަން އެއަށް ފަރުވާތެރިވެ ބަލާލިނަމަ ފެންނާނީ ރަޔާހީންގެ ހިތުގައި ވިކްޔަންގެ މައްޗަށް އޮތް ދެގޮތެއްނުވާ ސާފު ލޯތްބެވެ.

“ދޮންދައްތާ… ނިހާމެންގެއިން ކައިގެން މިއައީ. މިއަދު ނިހާ ތައްޔާރުކޮށްފައި ހުރީ ވެސް މަށަށް އެންމެ މީރު ކުޅިމަހާއި ރޮށްޓާ. ވަރަށް ފުލްވެފަ މީނީ… ރޭގަނޑު ކާން މަޑުކުރާނީ…. ސޮރީ” ގަސްދުގައި ވިކްޔަން ބޭނުމީ ރަޔާހީނަށް ފުރަގަސް ދޭށެވެ. ރަޔާހީން ވަރަށް ދެރަ ކޮށްލާށެވެ. ރަޔާހީން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އިރެއްގައި އަހަރެން ތިއަތުން ކައްކާ އެއްޗެހި މީރުވެ ކެޔަސް މިހާރު ވަގުތާއި ޙާލަތު ބަދަލުވެއްޖެއެވެ. އަހަރެންގެ ދޮންބޭބެގެ އަނބިމީހާގެ މަޤާމުގައި ހުރެ އަހަރެންގެ ހިތް ރުއްސަން މަސައްކަތް ނުކުރާށެވެ. ވިކްޔަން ރަޔާހީނަށް ސިކުންތުކޮޅަކަށް ނަޒަރު ސީދާކޮށްލީ ދެލޯ އަޅާލަމުންނެވެ.

“ދެން އެކަމު ދަރިފުޅާ!!! ހީން އެހާ ލޯބިން ތައްޔާރުކޮށްދިނީމަ.. އޭނަ ކިހާ ދެރަވާނެ” ފީރޯޒާ ލޯތްބާއެކު ވިކްޔަން އަށް ބުނެލިއެވެ.

“އަޅުގަނޑު ކައިރީގައި އަހާވެސްނުލާ މީރީ ކޯއްޗެއްތޯ…. އެހެންނޫނަސް އަޅުގަނޑުގެ ފެމެލީ މީހުންނަކީ ތީ… އަޅުގަނޑު ގަޔާނުވާ ކާއެއްޗެއް ވީމަ މިހެން މިބުނީ. އެހެންނަމަތާ ކުޑަކޮށް ވެސް ކެވޭނީ” ފީރޯޒާ އަށް ފުރަގަސްދީގެން ހުރެ ވާހަކަދެއްކުމަށްފަހު ޖީބަށް ފޯން ކޮށްޕާލަމުން ވިކްޔަން އެތަނުން ދިޔައެވެ. އޭނާ އަށް ނޭނގުނީ އޭނާގެ ކޮންމެ ޖުމްލައަކުން ރަޔާހީންގެ ހިތަށް ކުރަމުންދާ އަސަރެވެ. ފަހަރެއްގައި ވެސް ކާމޭޒު ދޮށުގައި ވިކްޔަން އެގޮތަށް ކަންތައްކޮށް ފާނެ ކަމަކަށް ރަޔާހީން ހީކޮށްފައެއް ނެތެވެ. އިރުފާނާއި އާސިރު އަދި ފީރޯޒާ އިނުމުން ރަޔާހީން ހީކުރީ ވިކްޔަން އަށް ނުކައި ތެދުވަން ނުކެރޭނެ ކަމަށެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ ދެކުނު އެހާ ރީތި ހުވަފެނެއް ވެސް ކުޑަ ވަގުތުކޮޅެެއްގެ ތެރޭގައި ނެތިގެން ދިޔައީއެވެ.

ސިޑި އާއި ހަމައަށް ދިޔުމަށްފަހު ވިކްޔަން ރަޔާހީނަށް ބަލާލީ ލޮލުގައި އަވިި އައިނު އަޅާލަމުންނެވެ. އެވަގުތު ރަޔާހީން ވެސް ހުރީ ވިކްޔަން އަށް ބަލާށެވެ. އެމޫނުމަތިން އެވަގުތު ފެންނަން ހުރީ ގުނާ އަދަދު ނުކުރެވޭހާ ހިތްދަތިކަމެވެ. ރަޔާހީންގެ މޫނުމަތިން ފެންނަމުން ދިޔަ ޝަކުވާތައް ވިކްޔަންގެ ހިތާއި ހަމައަށް އަސަރުކުރިކަމެއް ވެސް ނޭނގެއެވެ. އެނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އޭނާގެ ދެލޯ ވެސް އަވިި އައިނުން ފޮރުވާލާފައެވެ. ހަޤީޤަތަކީ ކޮބާ ކަމެއް ރަޔާހީނަށް ނޭނގޭ ކަހަލައެވެ. އެންމެ ވަގުތުކޮޅަކު ވެސް ވިކްޔަން މަޑުނުކޮށް ސިޑިން އަރައިގެންދާ މަންޒަރު ބަލަން ރަޔާހީން ހުރީ ހިތުން ރޯލަ ރޯލައެވެ.

ތަން ހިމޭންވެފައި ވަނިކޮށް ދޮރުގެ ބެލް އަލާލި އަޑު އިވުމުން ރަޔާހީން ދޮރާއި ދިމާލަށް ދިޔައެވެ. އެވަގުތު ކައި ނިމިގެން ފީރޯޒާ އާއި އަދި އެހެނިހެން މީހުން އައިސް ގޮނޑި ތަކުގައި ޖައްސާލަނީއެވެ.

“މަންމާ މީއޭ މަސައްްކަތު އައި ދައްތައަކީ” ކުރިމަތީގައި އާދައިގެ ދަބަހެއް ހިފައިގެން ހުރި އަންހެނަކަށް ނިސްބަތްކޮށް ރަޔާހީން ބުނެލިއެވެ. އެވަގުތު ފީރޯޒާ އަށް ޚައިރާންކަމެއް ލިބިގެން ދިޔައެވެ. މޫނު ބުރުގާ އަޅާ މީހަކު ހޯދީ ކީއްކުރަން ހެއްޔެވެ؟

“ތީ… މިބުނީ…” ފީރޯޒާ އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރިއެވެ. އޭނާ އެކޭ އެއްފަދައިން އިރުފާނާއި އާސިރު ވެސް އިނީ ޚައިރާންވެފައެވެ.

“މަންމާ!! މީ މަރިޔަން ކިޔާ މީހެއް. މޫނު ބުރުގާ އަޅާފައި ހުއްޓަސް ގޭތެރޭގެ މަސައްކަތް ބަރާބަރަށް ފަރުވާކުޑަ ނުކޮށް ކުރީމަ އެވީނު. އެކަކުވެސް ހިތްހަމަޖެހޭ ވަރަށް މީނަ އަށް މަސައްކަތް ނުކުރެވެންޏާ ފޮނުވާލާނީ. އަޅުގަނޑު ބުނިން މޫނު ނަގައިގެންނޭ ގެއަށް ދާންވާނީ. އެކަމު އާދޭސް ކުރީމަ އަޅުގަނޑަށް ދެކޮޅު ހަދަން ނުކެރުނީ. އެހެންނޫނަސް މޫނުބުރުގާ އަޅާ މީހެއް ކައިރީގައި މަޖްބޫރުން މޫނު ކަޝްފު ކުރަން ބުނާކަށް ނުވާނެއްނު” ރަޔާހީންގެ ޖުމްލަ އަށް ފީރޯޒާ ވިސްނާލިއެވެ. ތެދެކެވެ. މިހާރު މޫނުބުރުގާ އަޅާ މީހުން އުޅެއެވެ. އެފަދަ މީހުންނަކީ ދީނަށް ވަރަށް ބޮޑަށް ލޯބިކުރާ މީހުންނެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލީ ކީއްވެކަމެއް ނޭނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ޢެދެމޭ އުފާ….(5)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (6)

Next
September 3, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (6)

Previews
September 2, 2017

ޢެދެމޭ އުފާ….(5)

32 Comments!

  1. Ushaali says:
    September 3, 2017 at 9:52 am

    Assalam alaikum and alhamdhulillah 🙂 varah varah baajjaveri dhuvahakah edhen mi vahaka kiyaala huriha kudhinnah. mi bai ves kamudhaane kamah heekuran. 🙂 🙂

  2. Sharu says:
    September 3, 2017 at 10:09 am

    kobahey part 1-7?

    1. Ushaali says:
      September 3, 2017 at 10:49 am

      sharu dheyba biruveri jahaafa in thanah. eyrun fennaane huriha part thakeh 🙂

  3. saadhu says:
    September 3, 2017 at 10:12 am

    oh saadhu first dhw.v v vsali.v kiyaahithun hutaa kome faharaku ves nimenee.eid mubaarik

    1. Ushaali says:
      September 3, 2017 at 10:50 am

      ya saadhu first…. 🙂 eid mubarik 🙂

  4. sai says:
    September 3, 2017 at 10:19 am

    Nice,vaahakaeh kiun therinnaa hama ah genesdhey nama thigothah abadhuves up koh dheythi eyrun kiyun therin foohi nuvaane

  5. §ama? says:
    September 3, 2017 at 10:23 am

    V reethi

    1. Ushaali says:
      September 3, 2017 at 10:51 am

      thankyou sama 🙂

  6. shiu says:
    September 3, 2017 at 10:43 am

    Ushaali ge namuga touch kohleema fennaane ehen baitha???

    1. Ushaali says:
      September 3, 2017 at 10:52 am

      thankyou shiu 🙂

  7. shiyana says:
    September 3, 2017 at 10:46 am

    Vvv reethi mibaives…..☺❤?

    1. Ushaali says:
      September 3, 2017 at 10:53 am

      thankyou shiyana 🙂

  8. Manna says:
    September 3, 2017 at 11:14 am

    Vrh reethi. I love this story. Mi story ah filmeh kulhefiyya Insha Allah world recordeh

  9. Manna says:
    September 3, 2017 at 11:17 am

    Vrh reethi story eh. I loved it. Mi story ah filmeh kulhefiyya Insha Allah world recordeh

  10. Aish says:
    September 3, 2017 at 11:36 am

    Ey ramla dho

    1. Ushaali says:
      September 3, 2017 at 12:54 pm

      nenge ehgothakah ves adhi 🙂 maadhama engidhaane faharegga

  11. khajja says:
    September 3, 2017 at 12:05 pm

    Ohhh wow?? masha allah v v v rythi v furihama stry?? aee ramla dhw ehenvejje nama dhen kihaavarekkollaanebaa emyhaayah b ramla ah rangalhah balachchey n hyn avves abadhu vikyan hyn dherakuraathy v sad vey?? anyway stry obiness to the max thank u sooo much ushaali 4 the luvly stry whn nxt prt avahah up kollachchey ly??❤❤??

    1. Ushaali says:
      September 3, 2017 at 12:56 pm

      awww..thankyou so much dear Khajja 🙂 vikyan adhi annaan size ah. ekamu varah fahun. next part maybe maadhama. insha allah 🙂

  12. Ramko says:
    September 3, 2017 at 1:19 pm

    ushaali ge mi vaahaka vx v reethi. mi vaahaka yah cmnt nukuriyas hama hurihaa parteh vx kiyan. Ramla dhw e’genaiy. aslu.

    1. Ushaali says:
      September 3, 2017 at 1:40 pm

      thankyou so much Ramko 🙂 balamaa kaakutho e genaee

  13. Fathun says:
    September 3, 2017 at 1:46 pm

    Waiting for next part v nice

  14. mal-mal says:
    September 3, 2017 at 1:49 pm

    wooowwwww, MashaAllah, mi part ves varah reethi! ???
    ramla tha e’ aii?? avahah up kohdhohcheyyy!

  15. Liaa says:
    September 3, 2017 at 1:57 pm

    Ushaali Dear.. Mi story v reethi Liaa ah 🙂
    Keep it up dear! <3

  16. Juvey says:
    September 3, 2017 at 2:40 pm

    Wow mi part vx v reethi. .????

  17. Juvey says:
    September 3, 2017 at 2:52 pm

    Wow mi part vx v reethi. .???? hama ramla hen heevanee e aee

  18. Fathun says:
    September 3, 2017 at 4:37 pm

    Dhen nimifa in story eh neitha ushaalI I want to read ?

  19. nux says:
    September 3, 2017 at 4:54 pm

    just wow ???v reethi mi partvess hama superb ????????????v ufaavehje up kohladhinymaa???tnx dr next partah v inthizaaru ebakurevay dhen vaany kihinehbaa ?

  20. raani says:
    September 3, 2017 at 9:25 pm

    Wooo nice. Mi stry ge kommw parte ves madhuvegem 5 faharu kiyhey. Ehaaves reethi. Ala mi coment kuree. Ur stry are v vvvv vvvv nice nd it touch my heart.

  21. Layaa says:
    September 3, 2017 at 9:52 pm

    Wow vrh salhi vrh kiyaahithun mi vaahaka mi kiyanee ekam 1-7 eh nufeney 8 vana part in feshiven mi kiyevenee

    1. mal-mal says:
      September 3, 2017 at 11:15 pm

      hey, “biruveri” e category ah dhiyaeema fennaane hurihaa part eh. ??

  22. kootha says:
    September 4, 2017 at 4:43 pm

    V salhi

  23. lalllllllll says:
    September 4, 2017 at 6:17 pm

    Alhey kobaatha???….mivaahaka kiyaa hiyy vaa varun dhefai ehthaa nujehey……
    ?????????

Comments are closed.

Next Episode02:30 ވިހިވަނަ ބައި←


All Right Reserved!