Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ******* (20)

DESTINY2020 Level 210 Stories
September 2, 2017 5 Mins Read
3 Comments

 

އެހެން އަންހެން ކުދިން ގޮވައިގެން ރެސްޓޯރަންޓްގަ މަޖާކުރަނީ. އެހެން އަންހެން ކުދިން  ގޮވައިގެން ދަންވަރު މުޅި މާލެ ކުޑަކޮށް ސައިކަލް ދުއްވަނީ. އެކަމަކު މަމީ ޢާޒިމްގެ ޕްރިންސަސް. މަދެކެޔޯ ޢާޒިމް އެންމެ ލޯބިވަނީ. ހަވްކުޑް އައި ބިލީވް ޔޫ.” އަހަރެން ފޯން ނުނެގުމުން ޝުދޫ ފޮނުވާލި  މެސެޖްގައިވަނީ އެހެންނެވެ.

” ޝުދޫދޯ.” އިމާން އަނހާލިއެވެ.

” ރަނގަޅަށް ތިބުނީ” އަހަރެން އަވަހަށް ބުނީމެވެ.

” ތީ ވާ އަންހެނެއްދޯ.” ހެމުން ހެމުން އިމާން  ބުނެލިއެވެ.

” އަންހެނުން ތެރެއިންވެސް އަރާ ހުރި އަންހެނެއް އެއީ،” އަހަރެން އެއްބަސްވީމެވެ.

” ދެން ތިކަމާއި ނޫޅެންވީނު.” އިމާން ބުނީ ވެސް ތެދެކެވެ.

” ތިހެން ނުވެގެންދޯ މިއުޅެނީ. އަހަރެން ބޭނުމީ އެންމެ ފަހަރަކު ނަމަވެސް ބައްދަލުކޮށްލަން. އޭރަށް މިކަން ނިމޭނެ.” އަހަރެން ބޭނުމީ ޝުދޫ ދެކިލާށެވެ.

” ދެމީހުން ފީކޮއި ކުޅެނީދޯ. މިހާރު ކިތައް އަހަރު. ތީ އަނެއްކާ އަންހެނެއްތަ ނޫނީ ފިރިހެނެއްތަ ޝުދޫއަށް ވެގެން އެގުޅަނީ؟” އިމާން އަނހާލިއެވެ.

” އަޑުން އެނގޭ އެއީ އަންހެން ކުއްޖެއްކަން. އެކަމަކު ތީވެސް ދޮގެއްނޫން. މިކަން އެބަޖެހޭ އަވަސްކޮށް ނިންމަން.” އަހަރެން ބުނީމެވެ.

ވޭޓަރ ބިލް ގެނައުމުން އިމާން ބިލް ދެއްކިއެެވެ. ސައިބޮއެގެން އިމާން މިސްރާބްޖެހީ ލޭބަރ މިނިސްޓްރީއަށެވެ. އަހަރެން އައީ އޮފީހަށެވެ. ނަޞީބަކުން އެހާ ބިޒީ ދުވަހެއް ނޫނެވެ. ހީކުރި ވަރަށް ވުރެ މާ އަވަހަށް އޮފީހުގެ މަސައްކަތް ނިންމާލެވުނެވެ. އަހަރެން ހިތްހަމަ ޖެހުނެވެ. މަސައްކަތްތައް ނިންމާލެވުުމުންނެވެ. ދެން އިތުރަށް އޮންނާނީ ކުއްލިއަކަށް ކުރަން ޖެހޭ މަސައްކަތްތަކެވެ. އެކަން ކުރާނީ އެކަމެއް ޖެހުނީމައެވެ.

” ކިހިނެއްތަ ވެގެން ތިއުޅެނީ؟” ޝުދޫ ދެތިން ފަހަރަކަށް ގުޅީމަ އަހަރެން ފޯނު ނެގީމެވެ.

” ކަމެއް ވެގެންތަ  މިއުޅެނީ؟” ޝުދޫވެސް ކޮށްލީ ސުވާލެކެވެ.

” ކޮބާތަ މައްސަލަޔަކީ؟” އަހަރެން އަނެއްކާވެސް ސުވާލެއްކޮށްލީމެވެ.

” މޮޔަވެގެންތަ ޢާޒިމް ތިއުޅެނީ؟” ހިތް ހަމަ ނުޖެހުމުގެ ރާގަކަށް ޝުދޫ ސުވާލުކޮށްލިއެވެ.

” އަހަރެން ނޫޅެން މޮޔަވެގެނެއް. ބުނެބަލަ. ކީއްކުރަންތަ ތިވަރަކަށް ތިގުޅަނީ.” އަހަރެން އަނެއްކާވެސް އަނހާލީމެވެ.

” ލޯބިވާލެއް ބޮޑުކަމުން. އެވާހަކަ ބުނަން މިގުޅީ.” ހިނިގަނޑެއް ޖަހާލަމުން ޝުދޫ ބުނެލިއެވެ.

” އަސްލުވެސްތަ؟” އަހަރެން އަނހާލީމެވެ.

” ގައިމެއްނޫންތަ؟ ޢާޒިމް ކީއްވެތަ ޝުދޫ ދައްކާ ވާހަކަ ޤަބޫލު ނުކުރަނީ؟” ޝުދޫ މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.

” ކިހިނެއްތަ ޤަބޫލުކުރާނީ؟ ތީ ދެކޮޅަށް ދުވާ މަހެއް. ނޭނގެ ކޮން ކޮޅަކުންކަމެއް ދިމާކުރަންވީތީ.” އަހަރެން ބަހަކުން ޖަހާލީމެވެ.

” ރަނގަޅު ކޮޅާ ދިމާވިޔަސް ޢާޒިމަކަށް ނޭނގޭނެ. ތީ ވާހަކަ ދައްކަން މޮޅު މީހެއް. އެކަމަކު، ޢަމަލުން އެކަން ދައްކާކަށް ނޭނގޭ.” ޝުދޫވެސް ދެރައެއް ނޫންތާއެވެ.

” ތިބުނަން އުޅޭ އެއްޗެއް ސާފްކޮށް ބުނެބަލަ. ކިތައް އަހަރު ތިވަނީ ތި ޝުދޫ އަހަންނަށް ލޮލަށް ނުފެނި އުޅޭތާ؟ އަދި ލޯބި ނުވިޔަސް، ގަޔާ ނުވިޔަސް، ކުރިން ޝުދޫ ތިގޮވާ ޖެނެރޭޝަން ގެޕެއް އޮތަސް، އެންމެ ރަނގަޅެއްނު އަހަންނަށް އެންމެ ފަހަރަކު ނަމަވެސް ފެނިލަން. ކޮބާތަ މައްސަލަޔަކީ ޝުދޫ އަހަންނަށް ފެނުނީމަ؟ މަމީ އަރާ ކާއެއްޗެއްތަ ތިހާ ބިރުން ތިއުޅޭނީ؟” އަހަރެން ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ފަތިވަރަކަށް އަމުނާލީމެވެ.

” ލޯބި، ލައްޒަތު، ޢިސްޤް، އަދި ކުލުނު މީ އަހަރެން ޤަބޫލު ކުރާ ބަސްބަހެއްނޫން. ކާކުތަ ތިހާ ވަރަށް ލޯބިވާނީ؟ ތީ ހުސް ފޭކް. އަހަރެން ނުވެސް ފެނި، ނުވެސް ދެކި، ދުވަހަކުން ލޮލުން ނުދެކި ތިވަރަށް އަހަރެން ދެކެ ލޯބިވި ފުރަތަމަ މީހާތީ! ނޭނގެ އެވެސް އަދި ޙަޤީޤަތެއްކަމެއް!! މީ އަޅެ ހިންދީ ޑްރާމާއެއްތަ؟ ނޫނީ ކޮން ނަމެއްތަ މިޔަށް ދޭނީ؟ އަނެއްކޮޅުން ޢާޒިމް ތިބުނީ ޝުދޫދެކެ ލޯބިވެޔޭ. ކިހިނެއްތަ އެކަން ޝުދޫ ޤަބޫލުކުރާނީ؟ ނޫނީ އެއީ އަހަންނާއި ދިމާކުރަން ދައްކާ ޢުޒުރެއް ނޫންބާ؟” ޝުދޫވެސް ވާހަކަ ދައްކަން ފެއްޓިއެވެ.

” އަހަންނަކަށް ދެން ނޭނގެ ޝުދޫއާއި ވާހަކަ ދައްކާނެ ގޮތެއް.” އަހަރެން ކުރުކޮށް ބުނީމެވެ.

” ތިކަން އިނގޭ ވަރަށް ރަނގަޅަށް. އެއްރޭ ދެ އަންހެން ކުދިން ގޮވައިގެން އުޅެފަ ތިހުރީ. އެވަރުން ހިތްފުރުނީމަ ދެން ބުނާނީ ތިހެން. އަހަންނަށް އިނގޭ. ތީ ހަމަ ފިރިހެނުންގެ ވައްތަރޭ؟” ޝުދޫގެ ރާގުގައި ވަނީ ސީރިއަސް ކަމެވެ.

” ކީކޭތަ ކިޔަން ތިއުޅެނީ؟ ކޯއްޗެއްތަ ފެނިގެން ތިއުޅެނީ؟ ހިތަށް އަންނަ އެއްޗެއް ދުލަށް ގެންނައިރު، އެއީ ޙަޤީޤަތެއްތޯވެސް ބަލަންޖެހޭނެދޯ.” އަހަރެން ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނީމެވެ.

” ކޮން ޙަޤީޤަތެއް؟ ޙަޤީޤަތް އެއޮތީ ފެންނާށެއްނު. ޝާނާ ގޮވައިގެން ލެމަން ގްރާސް ސިޓްރޯން ރެސްޓޯރެންޓުުން ކައިގެން، ދަންވަރު ޝިފާ ގޮވައިގެން މުޅި މާލެ ކުޑަކޮށް ދުއްވީ. ދެން ޙަޤީޤަތް ފެންނަން އޮންނާނީ މިވަރަކަށްދޯ. ޢާޒިމެއްނޫންތަ މިކަންތައްތައްކުރީ. އަހަންނަށް އިނގޭ ޢާޒިމް އުޅޭގޮތް. ނޭނގޭ ކަމަށް ހީނުކުރާތި؟ އަހަރެން ދެކެ ލޯބިވާ  މީހަކު އެހެން އަންހެނުން ފަހަތުން ނޫޅޭނެ. އެއީ އެކަން އޮންނަންޖެހޭނެގޮތް.” ހަރުކަށި ރާގެއްގައި ޝުދޫ ބުނެލިއެވެ.

” ކޯއްޗެއް ކާލާއިގެންތަ ޝުދޫ މިއަދު ތިއުޅެނީ؟ މާވަރަކަށް މަށާ ހެދިގެން އުޅޭކަން ތިދައްކަނީ. މީ އަހަރެންގެ ލައިފް. އަހަރެންގެވެސް ތިބޭނެ ރައްޓެހިން. މީހަކާއި އެކު ކާން ގޮސްގެން، ނޫނީ މީހަކު ސައިކަލަށް އަރުވައިގެން ގެއަށް ގެންދިއުމުން އޭގެ މާނަ ތިނަގަނީ އެންމެ ނުބައިކޮށް. ތީ ތިބުނާހާ ރަނގަޅު މީހެއްނަމަ، ކީއްވެތަ އަހަންނާއި ދިމާނުކުރަންވީ.” އަހަންނަށްވެސް ވާހަކަ ދެއްކެން އެބައޮތެވެ.

” ދެން އޯކޭ. ތިބުނީ ރަނގަޅަށް. ތީ ޢާޒިމްގެ ލައިފް. މަމީ ކާކުތަ ދެން ޢާޒިމްގެ ލައިފަށް ފާޑު ކިޔަން؟ ވަރަށް ބޮޑަށް ސޮރީ ނުބެހެންޖެހޭ ކަންތައްތަކާއި ބެހެވުނީމަ. މާފްކުރޭ.” ޝުދޫ މަޑުމަޑުން ބުނެލިއެވެ.

” އެކަމާއި ދެން އަޅާނުލާ. ތެދެއް ބުނަންތަ؟ އަހަރެން ވަރަށް ބޭނުން ޝުދޫ އާއި ދިމާކޮށްލަން. ކީއްކުރަންތަ ޝުދޫ އަހަރެން އުޅޭ ހުރިހާ ގޮތެއް ތިބަލަނީ؟ އަހަންނަށް ހީވަނީ އަހަރެން އުޅޭ ގޮތް ޝުދޫ ބަލާނީ ކޮންމެވެސް ކަމެއް ވެެގެން. އެއް ގޮތަކީ، އަހަންނަށް ޖެއްސުންކުރަން، ނޫނީ ޝުދޫ ވެސް އަހަންނާއި ގަޔާވާތީ، ނޫނީ ލޯބިވާތީ؟” ބުނަން ބޭނުންވާ އެއްޗެއް ނުބުނެ ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

” ވެދާނެ ތިހެންވެސް. ދޮގުނަހަދާ ބުނެބަލަ. ޢާޒިމް ލޯބިވަނީ އަހަރެން ދެކެތަ؟ ނޫނީ ޝާނާ ދެކެތަ؟ ނޫނީ ޝިފާ ދެކެތަ؟ ކާކުދެކެ އެންމެ ބޮޑަށް ލޯބިވަނީ.” ޝުދޫ ސީރިއަސްކޮށް ވާހަކަ ދައްކަން ފެށިއެވެ.

” ޖަވާބަކީ ޝުދޫ. ދެން އެއީ ރައްޓެހިން.” އަހަރެން  ޖަވާބު ދިނޫ ކުރު ޖުމްލައަކުންނެވެ.

” ރައްޓެހިން. އޯ. ފްރެންޑްސް ވިތް ބެނެފިޓްސްތަ އަނެއްކާ؟” ހެމުން ހެމުން ޝުދޫ ސުވާލުކޮށްލިއެވެ.

” ތި ވިސްނަނީ މުޅިން ގޯސްކޮށް. އެއީ ހުސް ރައްޓެހިން.” އަހަރެން ބުނީމެވެ.

” އޯކޭ. ފަހުން ގުޅާނަން. ބާއީ.” އެހެން ބުނުމަށްފަހު، ޝުދޫ ކުއްލިއަކަށް ފޯން ކަނޑާލިއެވެ.

އިމާން އޮފީހަށް އައިސް ވަނީ ކޮން އިރަކު ކަންވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ޝުދޫގެ ކޯލްގައެވެ. މިފަހަކަށް އައިސް، އެހާ ތަފާތު ކޮށް ޝުދޫ އަހަންނާއި އަދި ވާހަކައެއް ނުދައްކައެވެ. ޝުދޫއަށް ޝިފާއާއި ޝާނާ އެނގެނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މީ ބަޔަކު ރާވައިގެން ކުޅޭ ކުޅިގަނޑެއް ނޫންބާވައެވެ؟ ދެން އެހެން ނޫނީ މީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން އުޅޭ ގޮތަކާއި، ދާހާ ތަނަކާއި، ކުރާ ހުރިޙާ ކަމެއް ޝުދޫއަށް އެނގޭނެ  ގޮތެއްވެސް އޮންނަން ޖެހޭނެއެވެ. އެކަންވެސް ހޯދަން އެބަ ޖެހެއެވެ.

” ހާދަ ވަރުގަދަ ކޯލެއް ތި ނިންމާލީ؟” އިމާން އަނހާލިއެވެ.

” ވަރުގަދަ މީހުންނާއި ޖެހޭނީ ވަރުގަދަކޮށް ވާހަކަ ދައްކަން. ދަނގަޑު ކެނޑޭނީ ދަނގަޑުންނޭ މީހުން ބުނެއްނުދޯ.” އަހަރެން ބުނީމެވެ.

” ތިހެން ތިކަން އޮންނަނީ. އަނެއްކާ ތިހެން ގޮސް ޢާޒިމް ކެނޑިގެން ނުވެއްޓެއްޗޭ.” އިމާންވެސް މީ ވާހަކަ ދައްކަން ދެރަ މީހެއް ނޫންތާއެވެ.

” އަހަރެން ކެނޑިގެން ވެއްޓުނީމަވެސް އިނގޭނެދޯ.” އަހަރެންވެސް ދެރަވާކަށް ބޭނުމެއް ނޫނެވެ.

” ތިކަންވެސް އިނގޭނެދޯ. އޭ. ދެން އަހަރެން ގެއަށް ދަނީ. އިތުރުކަމެއް އުޅެންޏާ ގުޅާތި.” އެހެން ބުނެފައި އިމާން އޮފީހުން ނުކުތެވެ.

އިރުކޮޅެއް ފަހުން އަހަރެންވެސް އޮފީހުންނުކުތީމެވެ. ގެއަށް ދިއުމުގެ ކުރިން ކޮފީއެއް ބޯލުމަށްޓަކައި އަހަރެން ވަނީ ޝެލްބީން އަށެވެ. ގޮސް އޯޕަން އޭރިޔާގައި ޖައްސާލީމެވެ. ކޮފީއަށް އޯޑަރު ދިނުމަށްފަހު ގޮނޑީގައި ހަމަޖެހިގެން ޖައްސާލީމެވެ. އަހަރެންގެ އާދައިގެން މަތިން، އަހަރެން އިށީނީ އެހެން މީހުންނަށް ފުރަގަސް ދީގެންނެވެ. ނަޞީބަކުން އަހަނަށް ލިބުނީ ކަނުގައި އިން މޭޒެކެވެ. އެއީ އަހަރެން ހަމަ ބޭނުންވި ގޮތެވެ، ތަންތަނަށް ގޮސް އުޅޭއިރު މާގިނަ މީހުންނާއި ފޭސްވާ ގޮތަށް އިނުމަކީ އަހަރެން އެހާ ހިތްހަމަ ޖެހޭ ކަމެއްނޫނެވެ. ސަބަބެއްވެސް އޮވެގެންނެވެ. މީހުން ބަލަން ތިބޭ އިރު އަހަންނަށް ހަމަޖެހިގެން ކައިބޮއެ، ކޮފީ ބުއިމަކީ ތަންކޮޅެއް އުދަނގޫކަމެކެވެ. ތަފާތު މީހުންގެ ވިސްނުންމާއި އުޅުން އެކި ކަންކަމުގައި ތަފާތުވެސް ވާނެތާއެވެ

ކޮފީތަށި ބޮމުން ދިޔައިރު، ހިތަށް އެރިއެވެ. ޝުދޫ މިއަދު އެހެން އެ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ ޝުދޫގެ ރާގު މިއަދު ބަދަލު އެވަނީ ކީއްވެގެން ހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު ޝުދޫ އެހެން އަންހެން ކުދިންގެ ވާހަކަ އެއް ނުދައްކައެވެ. ޝިފާއަކީ އަހަރެންގެ ރަނގަޅު ރައްޓެއްސެކެވެ. ދެތިން ފަހަރަށް ބައްދަލުވެސް ވެއްޖެއެވެ. ޝާނާއަކީ އަދި މުޅިން ތަފާތު ކުއްޖެކެވެ. މިއިން އެއްވެސް ކުއްޖަކާއިއެކު އަހަރެން އިންފަހަނަޅައެއް އަދި ނުދަމެވެ. އަނެއްކޮޅުން ފެންނަހާ ކޮންމެ އެއްޗަކަށް ހިތްދިއުމަކީ އަހަރެންގެ އާދައެއްނޫނެވެ. އަހަންނަކީވެސް ކޮންމެވެސް ގޮތެއް ހުންނަ މީހެކެވެ. އެގޮތުގައި އަހަރެން ހިފަހައްޓާނަމެވެ. އަނެއްކޮޅުން، ޝުދޫ އަހަންނަށް އެވަރަށް ޝައްކުކުރަން ޖެހޭ ބާވައެެވެ؟ ޝުދޫއަށް ފެނިގެން އެއުޅެނީ ކޮން އެއްޗެއްހެއްޔެވެ؟ އެހެން ޝައްކުކުރާނަމަ، މިރާއްޖޭގައި ޝައްކުނުކުރާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ކިތައް މީހުން، ހިލޭ އަންހެނުން ގޮވައިގެން ރެސްޓޯރަންޓްތަކަށް ކާން ނުވަތަ ކޮފީ ބޯންދޭ ހެެެއްޔެވެ؟ ކިތައް އަންހެން ކުދިން ހިލޭ ފިރިހެންކުދިން ގޮވައިގެން ކިތައް ތަނަށް ކޮފީބޯން ނުދޭހެއްޔެވެ؟ ދެން އޭގެ މާނަ އަހަރެމެން ނަގަންވީ އެންމެ ނުބައި ކޮށް ހެއްޔެވެ؟ ތެދެކެެވެ. އަހަރެންވެސް ޤަބޫލުކުރަމެވެ. އަހަރެމެންގެ ތެރޭގައި ތަފާތު ވައްތަރު މީހުން އެބައުޅެއެެވެ. އެކި ފިކުރާއި ވިސްނުމާއި މިޒާޖުގެ މީހުންނެވެ. އެއްބަޔަކީ ޝުދޫ ބުނިހެން ހުރިހާ މަލަކުން ފޮނިބޮމުން ދުވާ މީހުންނެވެ. އަނެއް ބަޔަކީ ޖެހުނުހާ ބަޔަކަށް ފޮނި ބޯންދެމުން ދުވާ މީހުންނެވެ. ހަމަ ގައިމުވެސް މިބުނި މީހުންގެ ތެރޭގައި އަހަންނެއް ނުހިމެނޭނެއެވެ. އަނެއްކޮޅުން ހުރިހާ މީހުން އެއް ނާޅިއަކުން މިނާކަށް ނުވާނެވެ. މިތާގައި ތެދުވެރި ވަފާތެރި އިޚްލާޞްތެރިންވެސް މަދެއް ނޫނެވެ. އޭގެ ދިމާ އިދިކޮޅަށް ވެސް ދިރިއުޅޭ ބަޔަކު މިތާ އުޅޭކަން އަހަންނަށްވެސް އެނގެއެވެ.

ކޮފީ ބޮއެ ނިމިގެން ބިލް ދައްކަން އަހަރެން ހިނގައިގަތީމެވެ. އަހަރެން ހިނގައިގަތް ތަނާހެން އަހަރެންގެ ލޮލުގައި އަޅައިގަތީ ޝާނާއެވެ. ޝާނާ އިނީ ޣިޔާޘުއްދީން ޔުނީފޯމްގައި އިން ކުޑަކުއްޖެއް ގޮވައިގެންނެވެ. ޝާނާ އިންގޮތުން  ޝާނާއަށް އަހަންނެއް ނުފެންނާނެއެވެ.  ކުޑަކުއްޖާ އައިސް ކުރީމް ބޮމުން ގެންދިޔައިރު، ޝާނާ އިންސާފް ކުރަމުން ދިޔައީ ސްޕެގެޓީއަށެވެ. އަހަރެން ހިތަށް އެރިއެވެ. ޝާނާގެ ގާތަށް ދާންވީއެވެ. ދެން ހިތަށް އެރިއެވެ. މިގަޑީގައި ޝާނާގެ ގާތަށް އަހަރެން ދިއުމުން އުދަނގޫ ނުވާނެ ބާވައެވެ؟ އެހެން ހިތަށް އަރާފައި އަހަރެން ހިނގައިގަތީ ތިރީގައި ހުރި ކޭޝްކައުންޓަރަށް ގޮސް އަވަހަށް ބިލް ދެއްކުމަށެވެ.

” ޢާާޒިމް.. ޢާޒިމް.. ޢާޒިމް..” ޝާނާ ތަންކޮޅެއް ބާރަށް އަހަަންނަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

=ނުނިމޭ=

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ވައިވީމަ – (2) އައު ހަޔާތެއް

Next

އަގެއްނެތްލޯބި 7 ވަނަ ބައި

Next
September 2, 2017

އަގެއްނެތްލޯބި 7 ވަނަ ބައި

Previews
September 2, 2017

ވައިވީމަ – (2) އައު ހަޔާތެއް

3 Comments!

  1. Shyla says:
    September 2, 2017 at 2:23 pm

    Ma las update kura Leah

    1. shelly says:
      September 2, 2017 at 9:23 pm

      yeahh ur right

  2. khajja says:
    September 3, 2017 at 12:20 am

    Masha allah rythi but haadhalahey up vaaleh mi stry??? whn nxt prt avas kollachchey eyrun readers ves kiyumah interest hunnaany dhw gut nyt ly eid mubaarak??❤????

Comments are closed.

Next Episodeޝުދޫ******* (21)←


All Right Reserved!