Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ******* (21)

DESTINY2020 Level 210 Stories
September 3, 2017 One Min Read
4 Comments

“ޢާޒިމް. ޢާޒިމް. ޢާޒިމް.” ޝާނާ ތަންކޮޅެއް ބާރަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

އަހަރެން މަޑުމަޑުން ޝާނާއާއި ދިމާލަށް ހިނގައިގަތީމެވެ. ގޮސް ޝާނާގެ ކުރިމަތީގައި ހުއްޓީލީމެވެ. ދެން އަހަރެން މަޑުމަޑުން ޝާނާއަށް ބަލާލީމެވެ. ޝާނާ ހިނިތުން ވެލިއެވެ، އަހަރެންވެސް ކުޑަކޮށް ހިނިތުންވެލީމެވެ.

” ދެން އިށީންނަންވީނު.” ޝާނާގެ ހޭންޑް ބޭގް ނަގާ އެއްފަރާތްކޮށްލަމުން އަހަންނަށް އިށީންނާނެތަން އަހަންނަށް ދެއްކިއެވެ.

އަހަރެން ޝާނާގެ ގާތުގައި އިށީނީމެވެ. ޝާނާ މަޑުމަޑުން ކެއުމަށް އިންސާފްކުރަމުން ގެންދިޔައެވެ. ކުޑަކުއްޖާ މަޑުމަޑުން އައިސްކުރީމް ބޮމުން ގެންދިޔައެވެ.

” ކޮން ކުއްޖެއްތަ މީ؟” އަހަރެން މަޑުމަޑުން ސުވާލުކޮށްލީމެވެ.

” މީ އަހަރެންގެ ލޯބި ދަރިފުޅު. ލޯބިތަ އޭނަ.” ޝާނާ ހެމުން ސަމާސާކޮށްލިއެވެ.

” ވަރަށް ލޯބި.” އެކުއްޖާގެ ކޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.

” މީ ހަމަ އަސްލުވެސްތަ ޝާނާގެ ކުއްޖެއްތަ؟ ހާދަ ހީނުވޭއެކަމަކު.” އަހަރެން ސީރިއަސް ރާގެއްގައި ސުވާލުކޮށްލީމެވެ.

” ކީއްތަވީ؟ އަހަންނަށް ވިއްޔާ ކުއްޖަކު ނުލިބޭނީތަ؟” ޝާނާ ޖަވާބުދިނެވެ.

” ނޫނޭ އެހެނެއްނޫން. އެކަމަކު ތިހާ ޅަ ޢަމުރުގަ މިޒަމާނުގަ ދަރިން ހޯދާތަ މިރާއްޖޭގެ އަންހެން ކުދިން. އަދި ޚާއްޞަކޮށް ތިހާ ރީތި އަންހެން ކުދިން.” ޝާނާ އާއި ދިމާލަށް ފުންކޮށް ބަލާލަމުން އަހަރެން ބުނީމެވެ.

” އަސްލު ޅަ ޢުމުރުގަ ދަރިން ހޯދީމަ އެކަމުގެ ފައިދާ ކުރާނެ ފަހުން. އައި ތިންކު މޯ އެޑްވާންސް ދޭން އަދަރ ޕީޕަލް.” ޝާނާ ބުނީވެސް ދޮގެއް ނޫނެވެ.

” ތީ ތެދެއް. ދެން ދޮގު ނަހަދާ ބުނެބަލަ. ހަމަ އަސްލުވެސް މީ ޝާނާގެ ކުއްޖެއްތަ؟” އަހަރެން ކުރު ނުކޮށް އަނެއްކާ ސުވާލުކުރީމެވެ.

” ނޫނޭ. މީ އަހަރެންގެ ދައްތަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު. ދައްތަ ބުނީމަ މީނަ ސުކޫލުން ގެއަށް ގެންދަން މިއައީ. ބައެއް ފަހަރު ވާނެ ދޯ ތިމާގެ މީހުން ބުނާ ކަންތައްތައް ކޮށްދޭންވެސް. މީ ދެން ޢާއްމު ކަމެއްނޫން.” ޝާނާ ބުނެލިއެވެ.

” އޯކޭ. ދެން އަހަރެން ދަނީ.” ބިލް ހިފައިގެން އަހަރެން އެތަނުން ތެދުވީމެވެ.

” ވެއިޓް.” ޝާނާ ބުނެލިއެވެ.

” ކީއްކުރަން.” އަހަރެން އަނހާލީމެވެ.

” ތިބިލް ދައްކާނީ އަހަރެން.” އެހެން ބުނުމަށްފަހު އަހަރެންގެ އަތުން ޝާނާ ބިލް ޖަހައިގަތެވެ.

” އޯކޭ. ދެން ދަނީ.” އެހެން ބުނުމަށްފަހު އަހަރެން ޝެލްބީންއިން ނިކުތީމެވެ.

އަހަރެން ގެއަށް އައިރު ހައެއް ޖަހަން ކައިރިވަނީއެވެ. އެހެންވެ އަވަސް އަވަހަށް އަހަރެން ދިޔައީ ފެންވެރުމަށްޓަކައި ފާޚާނާއާއި ދިމާލަށެވެ. ގޮސް ތަޅުގައި ހިފާލީމެވެ. ކަމަކު ދާކަށް ނެެތެވެ. ފާޚާނާގައި އުޅެނީ ސުހާއެވެ. ޒަހާ އިނީ މޭޒުކައިރީގައި ކިޔަވާށެވެ.

” ކޮން އިރަކު އޭނަ ވަނީ.” އަހަރެން ސުވާލުކޮށްލީމެވެ.

” މީގެ  ފަނަރަ މިނިޓްކުރިން.” ޒަހާ މަޑުމަޑުން ބުނެލިއެވެ.

” ކޮން އިރަކުންތަ އޭނަ ނިކުންނާނީ؟” އަހަރެން އަނހާލީމެވެ.

” ތީ އެއްވެސް މީހަކަށް އެނގޭ އެއްޗެއްނޫން. ދެތިން ބާލިދީ ފެން ހުސްކޮށްފަ ނޫނީ އޭނަ ނުނިކުންނާނެ.” ޒަހާ ބުނީވެސް ދޮގެއް ނޫނެވެ.

” ދެން ނެތެއްނު ކުރާނެ ކަމެއް.” އަހަރެން ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނީމެވެެ.

އަހަރެން ގޮސް ޓީވީ ހުޅުވާލުމަށްފަހު، މަޑުމަޑުން ސޯފާގައި ޖައްސާލީމެވެ. ދެން އެނޫން ގޮތެއް ނޯންނާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ސުހާ ނުކުތުމުން ނޫނީ އަހަންނަށް ފާޚާނާއަކަށް ނުވަދެވޭނެއެވެ. ވީމާ، ޝަކުވާނުކޮށް މަޑުން ހުރުމަށްވުރެ މޮޅުގޮތެއް ނޯންނާނެއެވެ.

ޓީވީން ދައްކަނީ ކޮންވެސް ހިންދީ ޑްރާމާއެކެެވެ. އެއީ އެކަން ވާންޖެހޭނެގޮތެވެ. އަހަރެން ނޫން އެންމެން ބަލާނީ ހިންދީ ޗެނަލްތަކެވެ. ޚަބަރު ގަޑިއެއް އެެހެން ގަޑިއެއް ނޯންނާނެއެވެ. މިރާއްޖޭގައި ކިތަންމެ ބޮޑުކަމެއް ހިނގިޔަސް އަހަރުން ގޭގައި އުޅޭ ބަޔަކަށް އެއްޗެކޭވެސް ހީއެއް ނުވާނެވެ. އެކަމާއި ޝަކުވާކުރާނީ އަހަންނެވެ. އޭގަައި ބުރަދަނެއް ނުހުންނާއެވެ. އަހަރެންގެ ކޮޅަށް ކޯރަމް ހަމައެއް ނުވާނެވެ. ގިނަވާނީ އަންހެނުންނެވެ. އެމީހުންގެ ޙައްޤްތަަކަށް އިޙްތިރާމް ކުރަންޖެހޭނެ ނޫންހެއްޔެވެ؟

އިރުކޮޅެއް ފަހުން އަނެއްކާ ގޮސް ފާޚާނާ ދޮރުގައި ހިފާލީމެވެ. ހޯސްލާފައި އިސްކުރުން ފެން ފައިބާ އަޑުއިވެއެވެ. ދެން އިވެނީ ހިންދީ ބަހުން ލަވަކިޔާ އަޑެވެ. މީވެސް ކުޑަކަމެއް ނޫންތާއެވެ. ފެންވަރާ ނިމޭއިރު ސުހަ ދިހަ ވަރަކަށް ލަވަ ކިޔާ ނިންމާލާނެކަން ނޭނގެއެވެ. އަހަރެން ކުޑަކޮށް ރުޅި ގަދަވާން ފެށިއެވެ. އެހެންވެ ބާރަށް ދޮރުގައި ޓަކިޖެހީމެވެ. ދެން މިހާރު މާލަސްވަނީއެވެ. އިންސާނުން ފެންވަރަންވެސް ހައްދެއް އޮންނާނެނޫން ހެއްޔެވެ. ނަޞީބަކުން އިރުކޮޅަކުން ސުހާ ފާޚާނާއިން ނުކުތެވެ.

ފެންވަރައިގެން ނުކުތް ތަނާހެން އިމާން ގުޅަން ފެށިއެވެ. އަހަރެން ހިތަށް އެރިއެވެ. ދެން އިތުރު ތާކަށް ދެވޭނީ ކުޑަކޮށް ހަމަޖެހިލައިގެންނެވެ. އެހެންވެ އެނދުގައި ޖައްސާލީމެވެ. މިހާ ބުރަކޮށް އުޅޭއިރު ކޮންމެވެސް ވަރަކަށް އަރާމްވެސް ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟ އަހަންނަށް ދިމާވެގެން މިއުޅޭނީވެސް ކުޑަކަމެއްނޫނެނެވެ. ފާޑެއްގެ ޝުދޫއެއްގެ ފަހަތުން ނުނެއްޓިގެން އުޅޭތާ މިހާރު ދެތިން އަހަރު ވަނީއެވެ. އަޅެ، އެނޫން އަންހެން ކުއްޖަކު ހަމަ ނެތީހެއްޔެވެ؟ މިޝުދޫ އަކާއި އަޅައިގަނެގެން ސަލާމަތްނުވެގެން އުޅެން މަމީ ކާކުހެއްޔެވެ؟ އެއަށްވުރެ މާ ރަނގަޅު ކުދިންވެސް ވާނެ ނޫންހެއްޔެވެ؟

ދިރިއުޅުމުގެ މިސްރާބް ބަދަލުކުރާކަށް ނުވޭ ބާވައޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެކަމަކު، ދެވަނަ ސިކުންތުގައި އަހަރެންގެ ޚިޔާލު ބަދަލުވެއެވެ. އެކަން އެހެން ވާން އެޖެހެނީ ކީއްވެގެން ހެއްޔެވެ؟މީހުން ބުނަނީވެސް ތެދެކެވެ. ކޮންމެވެސް މިސްރާބެއް މަންޒިލެއް ޙަޔާތުގައި  އޮންނަންވާނެއެވެ. ނޫނީ، ތިމާގެ މަންޒިލާއި މަޤްޞަދާއި ދުރަށް އިންސާނާ ގެންދާނެއެވެ.

ހިތަށް އެރިއެވެ. ކޮން ޝުދޫ އެއްހެއްޔެވެ؟ ޝުދޫގެ ނަން މުޅި ޢުމުރަށް ހިތުން ފުހެލަން ވީއެވެ. އެހެން ދިމާޔަކަށް ދިރިއުޅުމުގެ ނާގެ މިސްރާބް ބަދަލުކޮށްލަންވީއެވެ، އަހަންނަށްވެސް ކޮންމެވެސް މީހަކު ހުންނާނެ ނޫން ހެއްޔެވެ؟ އަހަރެންގެ އަންހެނުން ނަކީ ރީތިކަމުން ފަތްމިންޏަކަށް ވާކަށް ނުޖެހޭނެއެެވެ. އަހަރެންގެ އަންހެނުންގެ އަޑުގައި ޝުދޫގެ އަޑުގައިވާ ރީތި މަސްތީ ރާގެއް ހުންނާކަށް ނުޖެހޭނެއެވެ. އަހަންނަށް ކަމޭހިތާ މީހަކަށް ވީމަ ނިމުނީ ނޫންހެއްޔެވެ؟ ތިބުނީ ބުރަސޫރަ ރީތި އަންހެނުންނާއި އިނދެގެން އުޅޭ ފިރިހެނުން ތަޙައްމަލު ކުރާ ހިތްދަތި ޙަޔާތް އަހަަރެންގެ ލޮލުން ދެކެފީމެވެ. އަންހެނުންގެ ފަރާތުން އެމީހުންނަށް ލިބޭ އަނިޔާގެ އަޑު އަހަރެންވެސް އެހީމެވެ. އެކި ޚިޔާލުގައި އޮތްވާ އަހަންނަށް ނިދުނީ ކޮން އިރަކުކަން ޚުދު އަހަންނަށްވެސް ނޭނގެއެވެ.

އަހަންނަށް ހޭލެވުނީ ދެތިން ފަހަރަކު ފޯން ރިންގްވާން ފެށި ފަހުންނެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހަން ކައިރިވަނީއެވެ.

” ހިނގާ ކާން ދާން؟” ފޯނު ނެގުމުން ޝާނާ ބުނެލިއެވެ.

” އޯކޭ. ކޮންތާކަށް ދާންވީ.؟” އަހަރެން ބުނީމެވެ.

” ކުޑަ އިރުކޮޅަކުން މިދަނީ.” އަހަރެން ބުނީމެވެ.

ކުޑަކޮށް ފްރެޝް ވެލައިގެން އަހަރެން ދިޔައީ ޝާނާގެ ގޭ ކައިރިއަށެވެ. ގޮސް ގުޅާލި ތަނާހެން ޝާނާ ނިކުމެގެން އައެވެ. ޝާނާ އައިސް ސައިކަލްގެ ފަހަތަށް އެރިއެވެ. އަހަރެން މަޑުމަޑުން ދުއްވާލީމެވެ. ޝާނާ ޖަހައިގެން އިނީ ވަރަށް މަޑުމަޑު މީރުވަހެއް ދުވާ ސެންޓެކެވެ. އޭގެ ނަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝާނާއަކީ ސާފްތާހިރުކަމަށް ލޯބިކުރާ ކުއްޖެއްކަމެވެ. ފެނުނު ދެތިން ފަހަރަކުވެސް އަހަންނަށް އެކަން ފާހަގަވިއެވެެ. އެކަމަކު، މިޝާނާ އަހަންނަށް މިވަރަކުން ކާންދޭން މިއުޅެނީ ހިތުގައި ކޮން އެއްޗެއް ބާއްވައިގެންބާވައެވެ؟ ފެންނަ ފެނުނަމަށް ޝާނާ އަކީ ވަރަށް ފޯރާ ޢާއިލާގެ އަންހެން ކުއްޖެކެވެ. އަހަރެން ނޫން ކިތައްމެ ފިރިހެނެއްގެ ލޯ ޝާނާ އަށް އަމާޒްވާނެކަން ޔަޤީނެވެ. އެކަމު، ޝާނާގެ ހިތުގައި އަހަންނަށްވަނީ ކޮން އެއްޗެއް ބާވައޭ ހިތަށް އެރިއެވެ.

” ކުޑަކޮށް ސައިކަލް ދުއްވާލާފަދޯ ދާނީ؟” ޝާނާ ބުނެލިއެވެ.

” އޯކޭ. ކޮންތާކަށްތަ ދާންވީ؟” އަހަރެން ބުނީމެވެ.

” އޯކޭވާނެތަ ޝެލްބީން؟” ޝާނާ އަނހާލިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. ދިހަ ވަރަކަށް މިނިޓް ސައިކަލް ދުއްވާލުމަށްފަހު އަހަރެމެން ދިޔައީ ޝެލްބީން އަށެވެ.

” އަހަންތަ ވާޙަކައެއް؟” އޯޑަރ ދީ ނިމުމުން ޝާނާ ވާހަކަ ދައްކަން ފެށިއެވެ.

” އޯކޭ.” އަހަރެން ކުރު ޖުމްލައަކުން ޖަވާބު ދިނީމެވެ.

” ކޮން ޝުދޫއެއްތަ ކުރީރޭ ޢާޒިމްއަށް އެގުޅީ؟” ޝާނާ ސުވާލު ކުރިއެވެ.

” އެއީ ފަރުދާގެ ފުރަގަހުގައިވާ މެހެމާނެއް.” ކުޑަކޮށް ހެމުން އަހަރެން ބުނީ،މެވެ.

” ދެން ކީއްވެތަ އަހަރެން ފޯން ނިވާލީމަ އެހާ ކަންބޮޑުވީ ޢާޒިމް؟” ޝާނާ އަނެއްކާ ސުވާލު ކުރަން ފެށިއެވެ.

” ދެން އަޅާނުލާ. އެވާހަކަ ނުދައްކާ؟” ޝުދޫގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ

” އަސްލު އެވާހަކަ ދައްކަން މިރޭ މިބައްދަލު ކުރީވެސް.” ޝާނާ ބުނެލިއެވެ.

” ޝާނާ ކީއްކުރަންތަ ޝުދޫގެ ވާހަކަ ތި ދައްކަނީ؟” ޝާނާ މިދައްކަން އުޅޭ ވާހަކައެއްވެސް އަޑު އަހަން އަހަރެން ބޭނުމެވެ.

” އެވާހަކަ ނުދައްކާ ނެތެއްނު ކުރިޔަށް ދެވޭކަށް. ކިތައް އަހަރު ތިވަނީ ތި ޢާޒިމް ތި ޝުދޫ އަކާއި އަޅައިގަނެގެން އުޅޭތާ؟ ދުވަހަކުވެސް ތި ޝުދޫ ޢާޒިމްއާއި ބައްދަލުކޮށްލިތަ؟ ނޫނީ ފޭސްޓްފޭސްކޮށް ދިމާވިތަ؟ ޢާޒިމް ބޭނުންވަނީތަ ތިހެން ފޯނުން ވާހަކަދައްކާލާފަ ޚިޔާލާ ފޮލާ ކައްކާފަ ޙަޔާތް ނިންމާލަން. ތަންކޮޅެއް ހަރުދަނާ މީހަކަށް ވާކަށް ނުވޭތަ އަދިވެސް.” ޝާނާވެސް ދައްކަނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ.

” ޝާނާ ދަންނަންތަ ޝުދޫ؟” އަހަރެން ސީރިއަސް ރާގެއްގައި ސުވާލުކޮށްލީމެވެ.

” އަހަންނަށް ޝުދޫ އެނގޭތޯ ނުވަތަ ނޫންތޯ އެއީ އެއް ނޫން ބަލަންވި އެއްޗަކީ. ބަލަންވީ ޢާޒިމަށް ހެޔޮއެދިގެން އުޅެނީ ކާކުތޯ އެމީހަކާއި ދިމާލަށް ދެވޭތޯ ޢާޒިމް ދެން ބަލަންވީ. އިނގޭތަ މިބުނާ އެއްޗެއް؟” ފުން ނަޒަރަކުން އަހަންނަށް ބަލާލަމުން ޝުދޫ ބުނެލިއެވެ.

” ތިބުނާ މީހަކު އަހަންނަށް އަދި ދިމަލެއް ނުވޭ. ކޮބާތަ ތިބުނާ ކަހަަލަ މީހަކީ؟” ޝާނާގެ އަށް ބަލާލަމުން އަހަރެން ބުނީމެވެ.

” އަހަރެން. އަހަންނަށްވުރެ ބޮޑަށް ޢާޒިމަށް ހެޔޮއެދޭ އަދި އެދޭނެ މީހަކުވެސް މަދުވާނެ.” ޝާނާ އެހެން ބުނުމުން އަހަންނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ.

” ތީގެ މާނައަކީ؟” އަހަރެން ސުވާލުކޮށްލީމެވެ.

” މާނަ ހަމަ ބުނަންވީތަ؟” ޝާނާވެސް ސުވާލުކޮށްލިއެވެ.

” ބުނީމަ ދޯ އަޑު އިވޭނީ.” ޝާނާ ދައްކާ ވާހަކަ ރަނގަޅަށް އަޑު އަނހަން އަހަރެން ބޭނުމެވެ.

” އައިލަވްޔޫ ޢާޒިމް. އައި ރިއަލީ ލަވްޔޫ.” އަހަރެންގެ އަތުގައި ހިފާ އަތްޖޯޑުކޮށްލަމުން ޝާނާ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

” އަސްލުވެސްތަ ހަމަ؟” އަހަންނަށް ބޭނުމީ ޔަޤީންކަމެވެ.

އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. ގުޅާނީ ޝިފާއެވެ. ޝާނާ އަވަސް އަވަހަށް ފޯނު ނަގާ ބިޒީކޮށްލިއެވެ. އަހަރެން އަޅައެއް ނުލަމެވެ.

=ނުނިމޭ=

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިތުގެ މިލްކުވެރިޔާ ( ސައުވީސް ވަނަ ބައި)

Next

ލޯބިން އަންނާށޭ ކަލާ (ސަތާރަ ވަނަ ބައި)

Next
September 4, 2017

ލޯބިން އަންނާށޭ ކަލާ (ސަތާރަ ވަނަ ބައި)

Previews
September 3, 2017

ހިތުގެ މިލްކުވެރިޔާ ( ސައުވީސް ވަނަ ބައި)

4 Comments!

  1. DESTINY2020 says:
    September 4, 2017 at 1:10 am

    There are numerous reasons why this story is being updated so late. Thank you!!!

  2. khajja says:
    September 4, 2017 at 1:25 am

    Masha allah rythi n aazim dhen shaanaa aa gulhebala v hyvey shudhoo akyves aee hen anyway stry rythi whn nxt prt avahah up kolladhybala gud nyt n eid mubaarak??❤??❤?

  3. Shyla says:
    September 4, 2017 at 6:51 pm

    Koba writer!!!!

  4. Aish says:
    September 5, 2017 at 8:20 pm

    Vvvvv reethi…kon dhuvasthakegga mi story up kurany..

Comments are closed.

Next Episodeޝުދޫ**********(22)←


All Right Reserved!