ޢެދެމޭ އުފާ….(3)
“ދަރިފުޅާ، އަލްޔާ މަންމަ ނެތީމަ ވަރަށް ދެރަވެފަދޯ ތިހިރީ؟، ހިނގާބަލަ އެތެރެއަށް މަންމަ ހުންނާނެ ދަރިފުޅަށް ހަދިޔާ ގެނެސްފަ” ބަދޫރާ ގެއަށް އާދެވުމާއެކު ހެވި ދިލިފަ ހުރެ އަލްޔާއަށް ގޮވައި ލަމުން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅުހިކިފައެވެ. އެހެން ނުވެ ހުރެ ދާނެހެއްޔެވެ؟ އޭނަގެ ހަނދާން ހުންނަން ފެށީއްސުރެ ދަރިފުޅާއޭ ކިޔާފަ ގޮވި ފުރަތަމަ ފަހަރަކީ މި ވިއްޔާއެވެ. “ބަލަ ދަރިފުޅާ މަންމަ މިވާހަކަ ދައްކަނީ ދަރިފުޅާއޭ، ދަރިފުޅު ހައިރާންވެފަ ދޯ ތާހިރީ މަންމަ މިހާ ލޯބިން ގޮވައި ވާހަކަ ދެއްކީމާ؟ މަންމަ އަބަދުވެސް ދަރިފުޅު ދެކެ ލޯބިވެޔޭ! އެކަމަކު ބައެއް ފަހަރު މަންމައަށް މާ ރުޅި ގަދަ ވާތީވެ އެހެން ކަންތައް ކުރެވެނީ، ދެން އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތާގައި ދެން އެހެންޏެއް ނުވާނެ، ދަރިފުޅު އުޅޭނީ ވެސް ވަރަށް އުފަލުގައި ބަދޫރާ ދެރަވާކަމަށް ހެދި ލޯބިން ބުނެލިއެވެ. ބަދޫރާއަށް ވެގެން އުޅޭ ގޮތެއް ނޭނގިގެން އަލްޔާ ހުރީ ބަސް ހުއްޓިފައެވެ. އަލްޔާ އެވަގުތު ހެއްދެވި ފަރާތަށް ޝުކުރުކޮށް މަންމައަށް ހެޔޮ ވިސްނުން ދެއްވީތީީ ޝުކުރު ކުރިއެވެ. އަލްޔާ ފުރަތަމަ ހީކުރީ މަންމަ މާލެ ދިޔާމަ މޮޔަވީ ކަމަށެވެ. އެހެން ނޫންނަމަ އެވަރުގެ ބަދަލެއް މަންމަޔަކަށް ނާންނާނެއެވެ. އެކަހަލަ ހިޔާލެއްގައި ހުއްޓާ ބަދޫރާ މާލެއިން ގެނާ ފޮށިގަނޑު ކަނޑައިގެން އަލްޔާއަށް ގެނާ ދެތިން ޖިންސާއި ޓޮޕުތަކެއް ނަގާ ދިއްކޮއްލިއެވެ. ފެންނަ ފެނުމުން ހީވަނީ އެއީ ކޮންމެވެސް މީހަކު ލައިފައި ހުރި ހެދުންތަކެއް ހެންނެވެ. “ޝުކުރިއްޔާ މަންމާ!” އަލްޔާ ދެހިޔާލެއްގައި ހުރެ އޭނާގެ މަންމައަށް ޝުކުރު ޢަދާ ކޮއްފައި އެ ހެދުންތައް ހިފައިގެން ވަނީ އޭނަ އުޅޭ ކޮޓަރިއަށެވެ. އެ ކޮޓަރިއަކީ ޖިފުޓިގަޑެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފެންނަ ފެނުމުން އެ ކޮޓަރި ހީވަނީ ގަދަ ވައި ޖެހިއްޖެނަމަ މިހާރުވެސް ބޯ މައްޗަށް ވެއްޓިދާނެހެންޏެވެ.
ދަރިފުޅާ ހިނގާ އަވަހަށް މެންދުރަށް ކައްކަން އުޅެމާ، މިއަދު ކައްކާނީ މަންމަޔާ ދަރިފުޅާ ދެމައިން!” އަލްޔާ އެއްޗެހި ބަހައްޓާފައި އޭނާގެ ކޮޓަރިން ނިކުތުމުން ބަދޫރާ އެެހެން ކިޔާ އަލްޔާގެ އަތުގައި ހިފާގެން ވަނީ ބަނދިގެއަށެވެ. އަލްޔާ އޭރުވެސް ވިސްނަމުން ދިޔައީ މިވެގެން އުޅޭ ކަންތަކާ މެދުގައެވެ. ބައެއްފަހަރު އަލްޔާ ހިތަށް އަރަމުން ދިޔައީ މިއީ އަނެއްކާ އޭނާޔަށް ފެންނަ ހުވަފެނެއް ބާއެވެ. އެހެން ހިތާ އަތުގައި ވަކިވެސް އަޅައިފިއެވެ. އަލްޔާ ކީތްކުރަން، އެހެން ކޮންމެ މީހަކަށް ވިޔަސް ވާނީ ހަމަ އެވަރެވެ. ދުވަހަކުވެސް ރުހުމުގެ ލޮލަކުން ބަލާވެސް ނުލާ މީހަކަށް ޓަސްލާފައި އެވަރު ބަދަލެއް އައިމަ ހައިރާން ނުވެ ހުންނާނެ އެކަކުވެސް ނުހުންނާނެއެވެ. އަލްޔާ އޭރު ވެސް ހުރީ ހައިރާންވެގެން ބަދޫރާގެ މޫނަށް ބަލައިގެންނެވެ” ދަރިފުޅާ މިއަދު ކުކުޅު ރިހަދޯ ކައްކާނީ؟ މަންމަ އެބަ އަންނަން ފިހާރަޔަށް ގޮސްފަ، މަންމަ އަންނަން ވާއިރަށް އެހެން ކަންތައްތައް ދަރިފުޅު ކުރޭ” ބަދޫރާ އެހެން ކިޔާފައި ކޮޓަރިއަށް ވަދެ އޭނާގެ ޕާރސް ނަގައިގެން ހިނގައްޖެއެވެ. ބަދޫރާ ދިޔަ މަންޒަރު ބަލައިގެން އަލްޔާ ހުރީ މިވަނީ ކީއްކަން ވިޔަ ނުވެފައެވެ. އެވަގުތު ޗުސް ތަޅަމުން އަލްޔާ ވަނީ ބަނދިގެއަށެވެ. ބަދޫރާ ދިޔަތާ ދިހަވަރަކަށް މިނިޓް ފަހުން ސާމާނު ބޮނޑިއެއް ހިފައިގެން އައިސް ބަނދިގެއަށް ވަދެއްޖެއެވެ. އަލްޔާ ހުރީ ކުޅިވަރު ބަލައިގެން އަންތަރީސް ވެފައެވެ.
ދެމައިން ވެގެން މެޝިނެއްހެން އަންމަތި އަވަސް ކޮއްލައިގެން މެންދުރަށް ކައްކާ ނިއްމާލިއެވެ. “ދަރިފުޅާ އަވަހަށް ދޭ ފެންވަރައިގެން އަންނަން، މަންމަ ރައްޓެހި މާލޭ ބަޔަކު އަންނާނެ މެންދުރު ކާން، މަންމަމެން ކިތަންމެ ނިކަމެއްޗަކަސް ފެންވަރުން ރީތިވެވިދާނެއްނޫންދޯ؟ އަވަހަށް ދޭ ތިއްތި ވެލާގެން އަންނަން” ބަދޫރާ އެހެން ބުނުމުން އަލްޔާ އާއޭ ކިޔާ ބޯޖަހައިލަފައި ހިނގައިގަތީ ގިފިލިޔާ ދިމާލަށެވެ. “ދަރިފުޅާ ރީތި ހެދުމެއް ލައްޗޭ!” އަލްޔާ ދާން ފެށުމުން ބަދޫރާ ގޮވައިފައި ބުނެލިއެވެ. އަލްޔާ ވަކި އެއްޗެއް ނުބުނެ ދިޔައެވެ.
އަލްޔާ ފެންވަރައި ރީތިވެގެން ނިކުތްއިރު ގޭތެރޭ އޮތީ ހަލަބޮލިވެފައެވެ. އަލްޔާ އަވަހަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާށެވެ. އޭރު ބަދޫރާމެން ހީީހީފަ ވާހަކަ ދައްކަމުން ދާ އަޑު އިވެއެވެ. “ހެހެ އަފީމެން ކައްކާހާ މީރު ކޮށް އަހަރުންނަކަށް ނޭނގޭނެ ކައްކާކަށް” ބަދޫރާ ހެމުން ހެމުން ބުނެލިއެވެ. “ހެެހެ ބަދޫރާ ކައްކާއެއްޗެހި މާމީރު މިރިހަ ގަނޑު ނުލާހިކު މީރު މަށަކަށް ނޭނގޭ މިގޮތަށް ކައްކާކަށް “އަފީފާ އަގަޔަށް ބަތް ކޮޅެއް ލަމުން ބުނެލިއެވެ. “އަހަ ދަރިފުޅާ ހާދަ ލަހޭ މަންމަ ބުނީމެންނޫން އަވަސް ކުރައްޗޭ އަވަހަށް އާދޭ ކާން” އަލްޔާ އައިސް ހުއްޓުމުން ބަދޫރާ ބުނެލިއެވެ. ބަދޫރާ އެހެން ބުނުމުން އަލްޔާ ހީލައިފަ އައިސް ކާން އިޝީނދެއްޖެއެވެ. “އަފީ މިއީ އަހަރެންގެ ދަރިފުޅު އަލްޔާ އެކޮޅުގައިވެސް ބުނީމެންނޫން؟” ބަދޫރާ އަލްޔާ ދައްކަމުން އަފީފާއަށް އެއްލޯ މަރަމުން ބުނެލިއެވެ. “ހާދަ ރީތި ކުއްޖެކޭ! ރާއްޖެތެރޭ ވެސް މިހާ ރީތި ކުދިން ތިބޭތަ؟” އެވަގުތު އަފީފާ ހިތައް އެރިއެވެ. އަފީފާ އެކަހަލަ ހިޔާލެއްގައި ހުއްޓާ ސިއްސައިގެން ދިޔައީ އަނެއްކާވެސް ބަދޫރާ ވާހަކަ ދައްކަން ފެށީމައެވެ. “އަފީއަށް އިނގޭތަ؟ އަލްޔާ ވަރަށް މޮޅުވާނެ ކައްކަން އެމަންޖެއަށް ކުރަން ނޭނގޭ މަސައްކަތެއް ނުހުންނާނެ!” ބަދޫރާ ފަހުރުވެރިކަމާއެކު ބުނެލިއެވެ. އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުބުނެ ކާންށެވެ. “އެހަންތަ؟ އަހަރުންގެ ދަރިންނަކަށް ނޭނގޭނެ ކައިގެން ތަށިގަނޑުވެސް ދޮވެލާކަށް” އަފީފާ ހީލަމުން ބުނެލިއެވެ. “އަހަރެންގެ އަލްޔާއަށް އިނގޭނެ، އެހެންނޫނަސް ދަރިން ބަލާބޮޑު ކުރަނީކީ މަސް ކާކަށް ނޫން ވިއްޔާދޯ؟” ބަދޫރާ ހެމުން ބުނެލިއެވެ. އެކަހަލަ އޮލަ ވާހަކައިގައި ތިބެ އެންމެން ކައި ނިންމާލިއެވެ. އަފީފާޔާ ސައުދު އާ ވެލިދޫއަށް އައީ ބަދޫރާގެ އެދުމަކަށެވެ. އެމީހުން އައިސް ތިބީ އެރަށު ގެސްޓު ހައުސް އެއްގައެވެ. ބަދޫރާމެން ގޭގައި އިތުރު ބަޔަކު ތިބޭނެ ތަނެއްވެސް ނެތުމާއި އެކީއެވެ. އަނެއްކޮޅުން އެ ގެއަކީ އެކަހަލަ މުއްސަނދި މަހުޖަނުންނަށް ތިބެވޭނެ ފެންވަރުގެ ގެއެއް ނޫނެވެ.
“އަލްޔާ ދާންވީ ނޫން ދައްތަ މެންނާއިއެކު މާލެ؟ އޭރުން އަލްޔާއަށް ވެސް ރަނގަޅަށް ކިޔަވާ ކޯހެއް އެއްޗެއް ވެސް ހެދިދާނެއެއްނޫން؟” އަފީފާ އަލްޔާގެ މޫނަށް ބަލަމުން ހިނިތުން ވުމާއިއެކު ބުނެލިއެވެ. އަފީފާ އެހެން ބުނުުން އަލަޔާ ވަކި އެއްޗެއް ނުބުނެ ހައިރާން ކަމުގެ ނަޒަރުން އެންމެންގެ މޫނަށް ބަލަން ފެށިއެވެ. “އޭއީތެދެއް! ދަރިފުޅާ ދައްތަމެންނާއިއެކު ދާންވީނޫން؟ ދަރިފުޅު ނުލާހިކު ކިޔަވާ ހިތްވޭއެއް ނޫން؟ ބައްޕަމެންގެ އެހާ ފޯރުންތެރި ކަމެއް ނެތީމަ ދަރިފުޅަށް ނުކިޔެވިވެސް ތިހިރީ” ވާފިރު އަލްޔާގެ މޫނަށް ބަލަމުން ބުނެލިއެވެ. އަލްޔާ ހުރީ މަންމަޔާ ބައްޕަޔަށް އެވަރުގެ ބޮޑު ބަދަލެއް އައީތީ އަންތަރީސް ވެފައެވެ.
“ނޫން ބައްޕާ އަޅުގަނޑު ނުދާނަން މާލެއަކަށް، އަޅުގަނޑު ހުންނާނީ މަންމަ މެންނާއެކު ރަށުގައި” އަލްޔާ އިސްޖަހައިގެން ހުރެ ދެކޮޅު ހެދިއެވެ. “އެއީކީއްވެ ދަރިފުޅާ؟ އެ ދައްތަމެންނަކީ ވަރަށް ހެޔޮބައެއް، މަންމަމެން މާލޭގައި އުޅުނީ ވަރަށް ހާލުގައި، އެދެމަފިރިން މަންމަމެންނަށް އެހީނުވިނަވަ މަންމަމެން އުޅެން ޖެހޭނީ ކިހާ ހާލަކު؟ އެވަރުގެ ހެޔޮކަމެއް ކޮއްދިން ބަޔަކު ކަމަކު ބުނީމާ އެކަމެއް ބޮލާލީ ޖަހާކަށް ނުވާނެއެއްނޫން؟!” ބަދޫރާ އަތުގެ ނުފުށުން ކަރުނަ ފޮހެމުން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި އިސް ޖަހައިގެންނެވެ.
އެއީތެދެއް ދަރިފުޅާ، ދަރިފުޅު ތިހެން ބުނީމަ އެމީހުން ކިހާދެރަވާނެ؟ އަނެއްކޮޅުން އެމީހުން އެހީނުވި ނަމަ ބައްޕަމެން ޖެހޭނީ އެއޮތް ބޮޑުމާލޭގައި ސަލާންޖަހަން!” ވާފިރުވެސް ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ. ހަގީގަތުގައި އެމީހުން އެހުރިހާ ވާހަކައައް އެދައްކަނީ އަލްޔާއަށް ހެޔޮ އެދިގެނެއް ނޫނެވެ. އެދެމީހުން އެއުޅެނީ ލާރީގެ ދަހިވެތި ކަމުގައެވެ. ވާފިރުމެން ރަށަށް ވެސް އައީ އަލްޔާ ވިއްކާލާފައެވެ. އަފީފާ ވެސް ބޭނުން ވަނީ އެގޭ ނޯކިރީ ކުރަން ދިވެއްސެއް ހޯދާށެވެ. ވާފިރު ބޭނުން ވަނީ އެމީހުންގެ ޖިފުޓި ގަނޑު ޒަމާނީ ފެންވަރަށް ހަދާލާށެވެ. ބައެއް އިންސާނުންގެ އެދުން ވެރިކަން ވެސް ހުރޭތާއެވެ.
“އެންމެ ރަނގަޅު މަންމާ އަޅުގަނޑު ގޮސްދާނަން” އަލްޔާ އެންމެ ފަހުން ގޮތް ހުސް ވުމުން އަލްޔާ ބުނެލިއެވެ. އެފަކީރު ދާން އެއްބަސް ވިއިރަކު މިއަކީ އަދި ބޮޑު ރޭވުމަކުން ހިނގާ ކަމެއް ކަން ނޭނގެއެވެ. މައިން ބަފައިންނަށްޓަކައި އިތުރު ގޮތެއް ނެތުމުން އަލްޔާ އެއްބަސްވިއެވެ. “ހާދަ ރަނގަޅޭ! މަންމަ ވަރަށް އުފާވެއްޖެ އަފީފާތްތަމެންގެ އެދުން ބޮލާލާ ނުޖަހާ ދަރިފުޅު އެއްބަސްވީތީ “ބަދޫރާ އުފަލުން ރޮމުން ބުނެލިއެވެ. “ޝުކުރިއްޔާ އަލްޔާ ދައްތަމެން ވަރަށް އުފާވެއްޖެ ދާން އެއްބަސް ވީމަ!” ސައުދު އެހެން ވީމާ މާގިނައިރަކު މަޑުކުރާނެ ކަމެއް ނެތެއް ނޫން؟ އަހަރުން މިކޮޅަށް އައި ލާންޗް އޮންނާނެއެއް ނޫން؟ އަވަހަށް ދާން އުޅެމާ، ހެހެ އަކަމަކު މިހެން ބުންޏަސް ހަވީރު އިނގޭ! އެއީ ކުޑަކޮށް ރަށުތެރެވެސް ބަލާލަން ވާނެތާ؟” އަފީފާ އަލްޔާއަށް ޝުކުރު ޢަދާކުރަމުން ސައުދު ކައިރީގައި ބުނެލިއެވެ. ސައުދު އެންމެ ރަނގަޅޭ ދެން ދަމާ ހިނގާށޭ ކިޔާ ތެދުވެގެން ނިކުންނަން ގޮސްފަ އަބުރާލައިފައި އައީ އުޑުމަތި ބަނަކޮށް ފެންނަން އޮތުމުންނެވެ. “ކިހިނެއް ފުރާނީ؟ އެހުރީ އުޑުމަތި ހުރި ގޮތް!” ސައުދު އެބުރި އައިސް ހުރިތާ އިޝީންނަމުން ބުނެލިއެވެ. “އާނ އެބުނާހެން ދޯ އެހެންވީމާ މިރެއަށް ބަލާފައި މާދަން ހެދުނުން ދޯ ފުރާނީ” ބޭރު ބަލައިލަމުން އަފީފާ ބުނެލިއެވެ. “ބަދޫރާ އަހަރުން ގޮސްލީއޭ، އެމަންޖެ މާދަން ހެދުނު ދިހައެއް ޖަހައި އިރަށް ތައްޔާރު ކުރުވާތި! އަހަރުން ދެން ގޮސްލީ، ވެހި ގަތުމުގެ ކުރިން ދެވޭނެ ކަމެއް ވެސް ނޭނގެ؟” އެހެން ކިޔާފައި އަފީފާގެ ދެމަފިރިން ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ ހުރީ ދެން ވާނޭގޮތަކާއި މެދު ފިކުރު ކޮއްލަ ކޮއްލާއެވެ. ބަދޫރާ ނުލަފާ ވަތްތަރަކަށް ހެމުން ވަނީ އެތެރެއަށެވެ.
އަލްޔާ އެތައް ހިޔާލެއްގައި ހުރެފައި އެންމެ ފަހުން ނިންމީ ޝަރާޔާ ހިއްސާ ކޮއްލަން އެގެއަށް ދާށެވެ. “މަންމާ! މަންމާ!” ބަދޫރާ ފެންނަން ނެތުމުން އަލްޔާ ތަން ތަން ހޯދަމުން ގޮވައިލިއެވެ. “އޯއި ކީީކޭ ދަރިފުޅާ؟ މަންމަ މިހިރީ ގިފިލީގައޭ” ބަދޫރަ ގިފިލީގައި އޮވެ އޯއިއޭ ބުނެލިއެވެ. “މަންމާ އަޅުގަނޑު އަތިރިއަށް ގޮސްފަ އަޔަސް އެންމެ ރަނގަޅުތަ؟، މާދަން އަޅުގަނޑު ފުރަން ޖެހެއޭ ނޫން ދެން އެކަހަލަ ރީތި އަތިރިއެއް ވެސް ނުފެންނާނެ” އަލްޔާ ދެރަވެފައި ހުއްދަޔަށް އެދުނެވެ. “އެންމެ ރަނގަޅު އެކަމަކު ހައެއް ޖެހުމުގެ ކުރިން އަންނައްޗޭ!” ބަދޫރާ ގިފިލިން ނިކުންނަމުން ބުނެލިއެވެ. އަލްޔާ ވީ އުފަލުން ލައްބައޭ ކިޔާފައި ދުއްވައި ގަތީ އަތިރި މައްޗާދިމާލަށެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސްފަ ހިގައިގަތީ ޝަރާގެ ގެއާ ދިމާލަށެވެ. ޝަރާމެންގެއަށް ދިޔައިރު ޝަރާ ފެންނަން ނެތުމުން ޝަރާގެ މަންމަ ކައިރީގައި ޝަރާ ކޮބައިތޯ އަހައިލިއެވެ.
“އަހަ އަލްޔާ! ހާދަ ދުވަހެއް ކޮއްލައިފަ، ވަނދެ އިށީނދެބަލަ” އަލްޔާ ނުފެނި ގިނަދުވަސް ތަކެއް ފަހުން އައުމުން ހައިރާންވެފައި ހުސްނާ އަހައިލިއެވެ. އަލްޔާ އެއްޗެއް ނުބުނެ ހުރީ ހިނި އައިސްފައެވެ. “މަންމަމެން އަތުވެއްޖެދޯ މިއަދު؟ މީހަކު ބުނި ލާންޗެއްގަޔޯ އައީވެސް، އެއީ ތެދެއްތަ.!؟” ހުސްނާ އަލްޔާ ކައިރި އެހެން އަހަމުން ޝަރާއަށް ގޮވިއެވެ. “އޭއީތެދެއް ދައްތާ މަންމަމެން އައީ ލާންޗެއްގައި، މާލޭ ބެއެއް އެއީ މަންމަ ބުނީ އެއީ ވަރަށް ހެޔޮ ބެއެކޯ!” ހުސްނާ އެހެން އެހުމުން އަލްޔާ އޮޅުންފިލުވައިދިނެވެ. ” އެހެންތަ؟ ރަނގަޅެއް ނޫންދޯ” އަލްޔާ އެހެން ބުނުމުން ހުސްނާ ބުނެލިއެވެ. އެވަގުތު ޝަރާ ވެސް ގޭތެރެއިން ނުކުންނަނީއެވެ.
“އޯއޯ އާދެވިއްޖެދޯ މިގެއަށް؟” ޝަރާ ނިކުންނަމުން އަލްޔާއާ ދިމާ ކޮއްލަމުން ބުނެލިއެވެ. “އާނ މިހިރީ އާދެވިފައެއް ނޫން، ހިނގާބަލަ އަތިރިމައްޗަށް ދާން އެބައޮތޭ ވަރަށް ބޮޑު ވާހަކައެއް” ޝަރާގެ އަތުގައި ހިފާ ދަމައި ގަންނަމުން އަލްޔާ ބުނެލިއެވެ. “ހުމް ހުމް ހިނގާބަލަ އަވަހަށް ތިބޮޑު ވާހަކައެއް ބުނަން ދާން” ޝަރާ ހިގައިގަންނަމުން ބުނެލިއެވެ. ދެމީހުން އޮލަ ވާހަކާގައި ތިބެގެން އަތިރަމައްޗައް ދެވުނެވެ.
“ދެން ކަމަނާ ތިދައްކަން އުޅޭ ވާހަކައެއް ދައްކާބަލަ، އަނެއްކާ ކަރަމްއާ ރައްޓެހިވާން ނިންމީތަ؟!” ޝަރާ ވެލިގަނޑު މަތީ ފޫކޮޅު ޖައްސަމުން އަހައިލިއެވެ. “ސާބަސް ތިކަމެއް ނޫނޭ އަސްލު މިހިރީ ހަދަން ވީގޮތެއް ނޭނގިފަ! އެކަމަކު އެކަމަށް އެއްބަސް ވެސް ވެވިއްޖެ!” އަލްޔާ ކުރެވުނު ކަންތަކާ ދެރަވަމުން ބުނެލިއެވެ” ސާބަސް ދެން ބުނަން ވެއްޖެއެއްނޫންދޯ މަހީކުރީ އަދި އެސޮރާ ހިތާވާން އެއްބަސް ވީކަމައް ވިއްޔާ!” ޝަރާ ދިމާ ކޮއްލަމުން ބުނެލިއެވެ.
…..ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Ummeedhu kuran mi part ves kamu dhaane kamah
Yey mee first dhw
Hehe dhw
Nice.. alheyy alyaa.. ?
Thanks ram alya dhw
vvv reethi
Thanks aloo
haadha reethi story ekay mee can’t wait avahah up kohladhehchey ??mi partvess v furihama suparb well done dear??????
Thanks nux insha Allah maadhan noonee Rey kuraanan
“Alyaa iny kaasheve*
Hehe aisha
V. Salhi thanks for the beautiful story??
Thanks
Adam thee velidhoo meehetha?
Varah salhi mi part ves…badhoora e ulheny alya faraathun konmes kameh beynunvegen..ehen nooney ehaa loabineh noolheyne kaneyge…Adam thi velidhoo meeheh tha?
Noon aishath
Haadha lahey mi vaahaka genesdheyle. Vr vr kiyaa hithun mihurii mivaahaka plz plz than kolhe avahah vaahaka genes dhiibaa.
Mirey kuraanan insha Allah iyye hajju dhuvas veema MAA buxy vegen up nukurevunas sorry ekamaa