Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (2)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 29, 2017 7 Mins Read
19 Comments

ދުވެފައި ދިޔަ އައިޒަން އަށް ނައިނާ އިތުރު ގޯޅިއެއް އެޅިތަން ފެނި ހުރި ބާރެއް ލާފައި ދުއްވައިގަތެވެ. ނައިނާ އާއި އަރާ ހަމަކުރެވުނީ ހަމަ ކިރިޔާއެވެ. އަތުގެ މުލައްދަނޑީގައި ހިފައިފާ ނައިނާ ހުއްޓުވުމާއި އެކު ނައިނާ ނުވެއްޓުނީވެސް ކިރިޔާއެވެ. އެނބުރުނު ވަގުތު އައިޒަން ފެނި ނައިނާ ދެލޯ ބޮޑުވެގެން ދިޔައެވެ. އައިޒަން ޖެހި ކުއްލިން ނައިނާ ގޮސް ޖެހުނީ އައިޒަންގެ މޭމަތީގައެވެ. އައިޒަން ވަގުތުން ދުރަށް ޖެހުނެވެ. އެވަގުތު ނައިނާގެ ދޮން މޫނު އޭނާއަށް ފެނުނެވެ. އައިޒަން ޓީޝާޓުގައި ހުރި ކުލަ ނައިނާގެ މޫނުގައި ވެސް ޖެހިފައި ހުއްޓެވެ. “މީ.. މީ ކީކޭ ހިތާ ކުރިކަމެއްތަ؟؟ ބަލާ މުޅި މޫނާއި ޓީޝާޓު….” އައިޒަން އައި ރުޅީގައި އެހެން ބުނެފައި އޭނާގެ ޓީޝާޓު ދައްކާލިއެވެ. ނައިނާ ބޯ އަރިކޮށްލައިގެން ހުރިއިރު އޭނާ ގެއްލިފައި ހުރީ އައިޒަންގެ ތޫނު ދެލޮލަށެވެ. ހައިރާންވެފައެވެ. ކަނޑެއްހާ ފުން ދެލޮލު ތެރެއަށް އޭނާއަށް ފީނައިގަނެވުނެވެ. އައިޒަން ސުވާލު ތަކުރާރުކޮށްލުމުން ނައިނާ ސިހިފައި ފަހަތަށް ޖެހެވުނެވެ. އަދި ވަގުތުން އިސްޖަހާލިއެވެ.

“ސޮރީ… ގަސްތުގައެއްނޫން… އަޅުގަނޑުގެ އެކުވެރިއެއްގެ އުފަންދުވަސް މިއަދު މީ.. ހެނދުނުއްސުރެ އޭނާ އަށް ލަނޑެއްނުލިބި އުޅެނިކޮށް ދެންމެއަކު ތިމީހުން ތިބި ގޯޅިއަށް ވަނީމާ ބަލައިނުލާ ފެންޕެކެޓު ޖެހުނީ… އެކަމް އޭނާ ނެތް އެ މަގުގައިވެސް. ޔަޤީން ކައިރި ކުރި ގޭގެ ފާރު ބުރިން ފުންމާލީކަން.. ދެން ނުކެރޭނެ ސަލާމަތްވާކަށް.. މިފަހަރު ރަނގަޅު ލަނޑެއް ދޭނަން….” ނައިނާ އައިޒަންއަށް ވީ ގޮތް އޮޅުން ފިލުވައިދެމުން ދަނިކޮށް އޭނާގެ ރާގު ބަދަލުވެ އަމިއްލަ ނަފްސާއި މުހާތަބު ކުރެވެން ފެށުނެވެ.
އައިޒަން ފާޑަކަށް ހިނިއައިއްސާ ނައިނާގެ މޫނަށް ބަލައިލިއެވެ. ދޮން އޮމާން ހަންގަނޑެކެވެ. ވައް މޫނަކާއ ދިގު އެސްފިޔަތަކުން ފޮރުވާލެވިފައިވާ ބޮޑު ލޮލެކެވެ. އެ ދެލޮލުގައި ވަނީ ދަގައްފާނު ދަމާކަހަލަ ބާރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ މޫނުގައި ކުލަ ހޭކިފައި ހުއްޓެވެ. “ތިހިރަ ޓްރެކް އިން ކެހުނީއޭ ރުޅިއައިސްގެން ގޮސް.. ހެހެހެ.. ތިކިޔާ ފްރެންޑަކަށް ވާނެ ވަރުގަދަ ލަނޑެއް ދޭން.. އަހަރެންނާއި އަހަރެންގެ އެކުވެރިޔާގެ ބަދަލަށް..” ހީލާފައި އައިޒަން އެހެން ބުނުމުން ނައިނާ އައިޒަން އަށް ބަލައިލިއެވެ. އައިޒަން އެނބުރި އޭނާ އައިދިމާލަން ދާންފެށިއެވެ. ނައިނާ އައިޒަން ދާތަން ބަލަން ހުރީ އާޝޯހުވެފައެވެ. އެހާ ރީތި ފިރިހެންކުދިން ދުނިޔޭގައި އުޅޭބާއެވެ؟ އަޑުވެސް އެހާ ފިރިހެންވަންތައެވެ. މުޅިއުމުރުދުވަހު އެ އަޑުއަހަން ޖެހުނަސް އަހާ ފޫހިނުވާނެއެވެ. އިހްތިޔާރަކާއި ނުލާ ނައިނާއަށް އައިޒަންގެ ފަސް ފަހަތުން ދެވުނެވެ.

އައިޒަން އެނބުރި އައިމަގަށް އާއިރު ޖިނާހް އަދިވެސް އެހުރިތާ ހުއްޓެވެ. ނައިނާ އެމީހުންނަށް ފިލާ ކަންމަތީ ހުއްޓެވެ. “ކޮބާ އެ ކުއްޖާ؟ ލަނޑެއް ދިނީތަ؟ އަނެއްކާ ކީއްކޮށްފަ ތިއައީ؟” ޖިނާހް އެހިއެވެ. އެއާއި އެކު އައިޒަން ހޭންފެށިއެވެ. “އެކުވެރިއެއްގެ އުފަންދުވަސް ވީމަ އޭނާގެ ގަޔަށް ޖަހަން އުޅުނު އެތި އަހަރެނެމްނެ ގަޔަށް ޖެހުނީއޯ.. ސޮރީ އޯ. ދެން އަޅައިނުލާ.. އެހެންވެސް ވާނެ…” އައިޒަން އެހެން ބުނެފައި ޖިނާހްގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނގައިގަތެވެ. އައިޒަން އެހާ ފަސޭހައިން އެކުއްޖާ ދޫކޮށްލީތީ ޖިނާހް ރުޅިއައިސްގެން އެއްޗެހިކިޔަމުން ދިޔައެވެ. އެގޮތަށް ކަންވުމުން އިރު އޮއްސޭ މަންޒަރު ބަލާލަންވެސް ނުދެވޭނޭ ޖިނާހް ބުންޏެވެ.

އިޝާ ނަމާދުކޮށް ކައި ނިންމައިގެން ޖިނާހް އާއި އައިޒަން އަނެއްކާވެސް ނިކުތީ ފިނި ބުރަކަށެވެ. މޯޅިއަކަށް ދެމިލަމުން އަންނަމުން ދިޔަ ފިނި ރޯޅީގައި އުފާ ހޯދާލި ޖިނާހް ބޭނުންވަނީ މަގުމަތީ އޮވެ ނިލާދާށޭ ބުނުމުން އައިޒަން ކައިރިއަށް ހިނިއައެވެ. ބަނދަރާއި ދިމާލަށް ހިނގަމުން ދަނިކޮށް ކަނާއަތަށް އޮތް ގޯޅިން އަންހެންކުއްޖެއް ހެމުން ހެމުން ނިކުމެގެން އެމީހުން ކައިރިން އަޅާފައި ދިޔައެވެ. އެކުއްޖާ އެހާ ހެވިފައި އެ ދިޔައީ ކީއްވެތޯ ބަލާލަން އައިޒަން އާއި ޖިނާހް ފަސްއެނބުރުނުއިރު އެކުއްޖާ ފެންނަންވެސް ނެތެވެ. ކުރިއަށް އެނބުރި ހިނގައިގަންނަން އުޅެނިކޮށް ހަތަރު ފަސްވަރަކަށް ފެންކޮތަޅުން މުޅި  ގައި ތެންމާލިއެވެ. ދެމީހުންނަށްވެސް އިރުކޮޅަކު ގަނޑު އަރާފައި ތިބެވުނީއެވެ. އެންމެންގެ ތެރޭގައި ހުރި ނައިނާ ބާރަކަށް ނިތުގައި އަތް ޖަހާލީ އެމީހުން އެއްލާމަޅި ދެވަނަ ފަހަރުވެސް ހަމަ އެމީހުން އަމާޒުވީތީއެވެ. އައިޒަން އާއި ޖިނާހް ދާދި އެއްވަރަކަށް މޫނުމަތީ ހުރި ފެންތަށް ފޮހެފައި ބެލިއިރު އެމީހުންގެ ޓީޝާޓުގެ އިތުރަށް މުޅިއަތުގައިވެސް ވަނީ ފެނާއި ކުލައެވެ. ހީވަނީ ދެންމެއަކު ކުލަ އެއްޗަކުން ދެމީހުންވެސް ފެންވަރާލީހެންނެވެ.

ގުރޫޕްގައި ތިބި އެންމެންވެސް ތިބީ އަނގަޔަށް ގޮތެއް ހަދައިގެންނެވެ. އައިޒަން އަށް ނައިނާ މެން ފެނުމާއި އެކު ވީ ގޮތް އިނގުނެވެ. އޭރު އެ ދުއްވައިގަތީ އެމީހުން ފެން ޖަހަން އުޅޭ ކުއްޖާއެވެ. މިފަހަރުވެސް ލަނޑު މިލިބުނީ އެދެމީހުންނަށެވެ. ޖިނާހް އާއި އައިޒަން ދާދި އެކު އެކީ ފުން ނޭވައެއް ދޫކުރިއިރު ނައިނާގެ ގުރޫޕް މީހުން ތިބީ އެމީހުންގެ ހަރަކާތަކަށް މަޑުކޮށްގެންނެވެ. އެމީހުންވެސް ތިބީ ސިހި ދެލޯވެސް ބޮޑުވެފައެވެ. ނޭވައިވެސް ހުއްޓިފައެވެ.

“ކިހާ ދެރަކަމެއްމީ ދެން؟ އޭ؟މިކަން ކުރަންވެސް ވަގުތެއް އޮންނާނެ” ޖިނާހް ރުޅިއައިއްސާ އެހެން ބުންޏެވެ. ކުރިމަތީ އެތިބީ އެމީހުންނާއި އެއް އުމުރެއްގެ ބައެއްކަމަކު އެ އުޅެނީ ކުޑަކުދިން އުޅޭހެންވިއްޔާއެވެ. މި މީހުން މެދުގައި އެއްވެސް ސީރިއަސްކަމެއް ހަމަ ނެތީބާއެވެ. “މަ ކުރިންވެސް ބުނީމެއްނު މިމީހުންނަކަށް ނޯންނާނެ ކޮށްފަ ނުކުރަންވީ ކަމެއް..” އައިޒަންވެސް ރުޅިއައިއްސާ އެހެން ބުނެލިއެވެ. އެއާއި އެކު އެންމެންގެތެރޭ ހުރި ނައިނާ އައިޒަންއަށް ބަލައިލިއެވެ. އެނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. “ސޮރީ…” ނައިނާ ވަރަށް ދެރަވެލާފައި ބުނެލިއެވެ. “ދެންމެ އެދިޔައީ އެ އަންހެންކުއްޖާ ދެން އޭ…………” “ބޭނުމެއް ނޫން އިތުރަށް އަހާކަށް…” ނައިނާގެ ވާހަކަ މެދުކަނޑާލާފައި އައިޒަން އެހެން ބުންޏެވެ. ނައިނާ އިސްޖަހާލިއެވެ. އިތުރަށް އެތާ ތިބެން ނުހަދާ ޖިނާހް އައިޒަން ގޮވައިގެން ދާން ހިނގައިގަތީ ގެޔަށް ދިޔުމަށެވެ. އެހެން ތިބެގެން ދެން އިތުރު ތާކަށް ދެވޭނެހެއްޔެވެ؟ “ސޮރީ…!!” ތަންކޮޅެއް ބާރަށް ނައިނާ ގޮވާލިއަޑު އިވުނު ނަމަވެސް އައިޒަން ފަސްއެނބުރި ބަލައި ނުލިއެވެ. އޭނާ ހުރީ ވަރަށް ރުޅިއައިއްސައެވެ. ކުރިންވެސް ކުލަޖަހައިގެން އެ ޓީޝާޓު ކުލަ ނުފިލިއެވެ. މިފަހަރު މިވީ އެއަށްވުރެ ބޮޑުވަރެވެ.

…………….

ދެދުވަސްވަރު ފަހެވެ. ހަވީރުގެ ފިނި ރޯޅީގައި ހިތްގައިމުކަން ހާސިލްކުރުމަށްޓަކައި އެކަނިމާއި އެކަނި އައިޒަން ހިނގައިގަތީ އޭނާއަށް އިނގޭނެ ގޮތަކަށް އަތިރިމައްޗާއި ދިމާލަށް ނިކުންނާށެވެ.  އެކަނިން ހިނގަމުންދިޔައިރު ވެލިގަނޑަށް ދޫކޮށްފާ ދާ ފިޔަވަޅުތަކަށް ބަލަމުން އައިޒަން ދިޔައިރު އޭނާ އަށް ސިފަވަމުން ދިޔައީ ނައިނާއެވެ. އެ މައުސޫމްކަމުން ފުރިގެންވާ މޫނާއި އެ ރީތި ދެލޮލެވެ. އޭނާ ކުރި ކަންތަކެވެ. މިފަހަރު ރުޅިއައުމުގެ ބަދަލުގައި އައިޒަންއަށް ހެވުނީއެވެ. މިއީ މާލޭން އާންމުކޮށް ފެންނަ މަންޒަރު ތަކެއް ނޫންވިއްޔާއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް މޫދާއި ދާދި ކައިރި އޭނާ މަޑުކޮށްލިއެވެ. ފެހި މޫދާއި ނޫ ކަނޑު ފެންނަމުން ދިޔައީ ކުރަހާލެވިފައިވާ ތަސްވީރެއް ފަދައިންނެވެ. ކުދި ކުދި ރާޅުތަށް އައިސް އޭނާގެ ފައިގައި ބީހެން ފެށިއެވެ.

އައިޒަން އޭނާގެ ފޯނާއި އަޅައިގެން ހުރި ރޭބަން ކަޅު އައިނު ބާލާފައި ބޭންދި ފައިވާން މަތީ ބޭއްވިއެވެ. އެއަށްފަހު ފައިތެމޭނެ ހިސާބުގައި މަޑުކޮށްލިއެވެ. އިރުކޮޅެއްފަހުން އޭނާ ސިއްސައިގެން ދިޔައީ ފަހަތުން ބަޔަކު ސަކަރާތް ޖަހަޖަހާފައި ދުވެ އުޅޭ އަޑެވެ. ފަސްއެނބުރުނު އިރު އެކަކުވެސް ނެތުމުން އެ އަޑު އަންނަނީ ބޯ ގަސްތައް އޮތް ވަލުތެރެއިންކަން އޭނާއަށް އިނގުނެވެ. ލޮނުގަނޑާއި ފައިން ކުޅެލަ ކުޅެލަ ހުރި އައިޒަން ސިހުނީ ވަރަށް ބާރަށް މީހަކު ހަޅޭޅަވައިގަތުމުންނެވެ. އޭނާ ބިރުން ހުރެ ފަހަތަށް އެނބުރުނުއިރު ފެނުނީ އަންހެންކުއްޖަކު ދުވެފައި ވަލުތެރެއިން ނިކުތްތަނެވެ. އޭނާ ހުރީ އައިޒަންއަށް ފަސްއެނބުރިއެވެ. އޭނާގެ ހަޅޭކަށްފަހު އިވިގެންދިޔައީ އޭނާ ހޭއަޑެވެ. “ހޫމްމް ދެން ދޭ އެހެންވިއްޔާ.. އަހަރެން ބޭނުމީ މިތާ އިރުކޮޅަކު އިންނަން…” ވަލަތެރެއާއި ދިމާ ބަލަންހުރެފައި އެ ކުއްޖާ އެހެން ބުނީ އުނަގަނޑުގައި ދެއަތް އަޅުވާލަފައެވެ. ފަސްއެނބުރުނު ނައިނާއަށް އައޒަން ފެނުމާއި އެކު ކުޑަކޮށް ސިހުނެވެ.

އައިޒަން އަށް އެ މޫނު ފެނުމާއި އެކު އެއީ ކާކުކަން އިނގުނެވެ. ނައިނާ ސިއްސައިގެން ދިޔަކަން އެނގުމުން އައިޒަން ހީލާފައި އަނެއްކާވެސް މޫދާއި ދިމާލަށް އެނބުރެލިއެވެ. އޭނާ ކައިރިއަށް ހިނިވެސް އައެވެ. ނައިނާ މޫނުމަތީ އަތް އަޅާލަމުން ހިތުގައި އަތް ޖައްސާލިއެވެ. އެހާ ބާރަށް ހިތް އެތެޅެނީ ހަމަ އެ ފިރިހެންކުއްޖާއަށްޓަކައިހެއްޔެވެ؟ ނައިނާ އައިޒަން އާއި ދިމާ ބަލައިލިއެވެ. ފަހަތުން ފެންނައިރުވެސް ހާދަ ރީއްޗެވެ. ހަމަ ފިދާވާހާއެވެ. އޭނާ އައިޒަން އާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އައިޒަން ފެނުނު ފަހުން އެ ހިތަށް އެވާ ގޮތް އޭނާއަކަށް ނޭނގެއެވެ. ނަން ނޭނގޭ ބީރައްޓެހި ޒުވާނަކަށްޓަކައި އެ ހިތް އެތެޅެނީ ކީއްވަކަމެއް ނޭނގެއެވެ. ކޮންމެއަކަސް އައިޒަން މިވަނީ އެދެމީހުން ދެމެދުގައި ހިނގި ކުޑަ ހަމަނުޖެހުމުގައިވެސް ނައިނާގެ ޒުވާންހިތާއި ކުޅެލާފައެވެ.

ނައިނާ ކުރިއަށް ފިޔަވަޅެއް އަޅަމުން ގޮސް އައިޒަން އާއި ތަންކޮޅެއް ކައިރީގައި ހުއްޓެލިއެވެ. ފުންނޭވައެއް އޭނާ ލާފައި އަނެއްކާވެސް ހިތުގައި އަތްލިއެވެ. އެ ހިތް ހީވަނީ ނިކުމެގެން އައިސް ދާނެހެންނެވެ. “އަމް ސޮރީ.. އެދުވަހު ދެފަހަރުވެސް އެގޮތަށް ހެދުނީމަ.. ގަސްތުގައެއް ނޫން އެކަމް އިނގޭ ރުޅިއަންނާނެކަން… ސޮރީ….” ނައިނާ ކަރުކެހިލާފައި އެހެން ބުނެލިއެވެ. “ކީކޭ؟ ތި ބުނި އެއްޗެއް ނޭނގުނު.. މިކޮޅަށް އައިސް ބުނެލަންވީނު..” އައިޒަން އެހެން ބުނީ ފަހަތަށް އެނބުރުމެއްނެތިއެވެ. އޭނާ ބޭނުންވީ ނައިނާއަށް ލަނޑެއް ދޭށެވެ. މި އަންހެންކުއްޖާއާއި ހެދި އޭޏާ ދެފަހަރަށް ކުލަފެނުން ފެންވެރިއްޖެއެވެ. މިފަހަރު މި އަންހެންކުއްޖާ ލޮނު ފެނުން ތެންމާނުލެވިއްޖެނަމަ އައިޒަން ފިރިހެނަކަށް ނުވާނޭ އޭނާ ހިތަށް އެރިއެވެ.

ދެކޮނޑު އަރުވާލާފައި ނައިނާ އައިޒަން އާއި ތަންކޮޅެއް ކައިރިވެލިއެވެ. “އަޅުގަނޑު ބުނީ، ވަރަށް ބޮޑަށް ސޮރީއޭ އިއްޔެ ދެފަހަ……..” ނައިނާ ދައްކަ ދައްކަ ހުރި ވާހަކަ މެދުކެނޑުނީ އައިޒަން ނައިނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި އައިޒަންއަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އޮތީ ލޮނުގަނޑުގެ އަޑީގައެވެ. އޭނާ އަށް ސިހުނުވަރުން ހަޅޭލަވައިގަނެވުނު ނަމަވެސް ލޮނުގަނޑުގެ އަޑިޔަށް ދިޔުމާއި އެކު އަޑު މުޅިންހެން ކެނޑިގެންދިޔައެވެ. ހަމަހިމޭންކަން އަނެއްކަވެސް ވަށާލިއެވެ. އައިޒަން ހުރީ ނައިނާ މައްޗަށް އަރާނެ އިރެއްގެ އިންތިޒާރުގައި ނަމަވެސް އޭނާގެ ހާސްކަން އިތުރުވާން ފެށީ ފެންގަނޑުން މައްޗަށް އެރުމެއްނެތި ނައިނާ އެ އޮތްތާ އަޑީގައި އޮތުމުންނެވެ. ބިއްލޫރި ފެންފުޅިއެއްގެ އެތެރެ ފެންނަ މިސާލުން އެ ލޮނުގަނޑުގެ އެތެރެވެސް އޮތީ ވަރަށް ރީއްޗަށް ފެންނާށެވެ. ނައިނާގެ ހަރަކާތް ނެތްކަންވެސް އައިޒަންއަށް ފާހަގަވީ ބަލަންހުންނަތާ އިރުގަނޑެއްވީފަހުންނެވެ. ލިބުނު ހާސްކަމާއި ވަށާލި ބިރުވެރިކަމުގެ ސަބަބުން އޭނާ އިތުރު ވިސްނުމަކާއި ނުލާ ލޮނުގަނޑުތެރެއަށް ދެމިގަތެވެ. އަވަސް ހަރަކާތަކާއި އެކު އަޑީގައި އޮތް ނައިނާގެ އަތުގައި ހިފައިފާ މައްޗަށް ނެގި ކަމެއް ނޭނގެ ހަޅޭލަވައިގަނެފައި ނައިނާ އައިޒަން ލޮނުގަނޑުގެ ތެރެއަށް ކޮށްޕާލިއެވެ.

އެއަށްފަހު އެހުރިތާ ހުރެ އޭނާ ދިޔައީ ހެމުންނެވެ. އައިޒަން ޖެހި ކުއްލިއަކާއި އެކު ލޮނުގަނޑުތެރެއިން ބޯ ހިއްލާލާފައި ތެދުވިއެވެ. އޭނާ އޭރު ހުރީ ސިހިފައެވެ. “ދެ..ދެންމެ އަޑީގައި……” އައިޒަން އެހެން ބުނެފައި މޫނުގައި ދެއަތް އުނގުޅާލިއެވެ. “ބަލަ މީ ރާއްޖެތެރޭ ކުދިންނޭ…. އަހަރެމެން ބޮޑުވެގެން އައީ މި ލޮނުގަނޑުތެރޭގައި….” ނައިނާ ހިނިގަނޑަކާއި އެކު އެހެން ބުނެފައި އައިޒަން އާއި ދިމާލަށް ފެންޖެހިއެވެ. އެއަށްފަހު ހޭންފެށިއެވެ. އައިޒަން އެއްމިޔަކަނިން ހީލީ އަމިއްލަ ހިތަށް އެވަގުތު ލިބުނު ބިރުވެރިކަމުގެ ސަބަބުން ކުރެވޭ ނުކުރެވޭ ނޭނގުނީތީއެވެ. އޭނާ ނައިނާއަށް ބަލައިލިއެވެ. ލައިގެން ހުރި ޓޮޕްކޮޅު ގައިގާ ހިފައިފާ ހުރިއިރު ލޫޅާފަތި ހަށިގަނޑުގެ ބައްޓަން ރީއްޗަށް ފާޅުވާން ހުއްޓެވެ. ދިގު އިސްތަށިގަނޑު ހުރީ ތެމި ގައިގާ ތަތްލާފައެވެ. ނައިނާގެ ފުރިހަމަކަމާއި މެދު އާޝޯހުވެފައި ހުރި އައިޒަން އަށް ޖައްވު އަނދިރިވަމުން ދާކަންވެސް ނޭނގުނެވެ. އަނދިރިކަން ވަށާލިނަމަވެސް ނައިނާ އެތަން އުޖާލާކޮށްދީފައި ވާކަހަލައެވެ. އައިޒަން ބަލަންހުރިކަން ފާހަގަވުމާއި އެކު ނައިނާ ލަދުގަނެފައި ހުނުން ހުއްޓާލިއެވެ. އަދި އަނެއްކާވެސް އައިޒަންގެ ގަޔަށް ފެންޖެހިއެވެ.

“ދެންވެސް އަހަރެންނާއި ނުބެހޭތި މާލޭ ކުއްޖާ…” ނައިނާ ތުން އަނބުރާލާފައި ހިނގައިގަތެވެ. އައިޒަން ނައިނާގެ އަތުގައި ހިފަހައްޓާފައި އޭނާ ކުޑަކޮށް ފަހަތަށް ކޮށްޕާލިއެވެ. އަދި އޭނާ އަވަހަށް ލޮނުގަނޑުތެރެއިން ފައިބައިގެން ވެލިގަނޑުމަތީ ހުއްޓުނެވެ. “އަހަރެންނެއް ނޫނެއްނު އުނދަގޫކުރީކީ… ވިސްނާނުލާ ދެފަހަރެއްގެ މަތިން ފެންކޮތަޅު އެޅީ ކާކު؟ ގަމާރު ރާއްޖެތެރޭ ކުއްޖާ…” އައިޒަން ހަމަ ނައިނާ ބުނި ރާގުގައި އެހެން ބުނެފައި ހޭންފެށިއެވެ. މޫދުން އެރި އެރި ހުރި ނައިނާ އަށް ވަގުތުން އައިޒަންގެ މޫނަށް ބަލައިލެވުނެވެ. އެ މަދު ސިކުންތުކޮޅުގައި މާޒީގެ އެތަށް ދުވަހެއް އެ ދެލޮލުގެ ކުރިމައްޗަށް ސިފަވެގެން ދިޔުމާއި އެކު އެ ހިތުގައި އެޅި ވޭން ކަރުނައިގެ ތިކިތަކެއްހެން ބޭރުވެގެން ދިޔައެވެ. އައިޒަން އަށް އެ މަންޒަރު ފެނުމާއި އެކު ބުނެވުނީ ގޯސް އެއްޗެއްކަން ދެނެގަނެވުނެވެ. “ހެއި… ސޮރީ… މަޖަލަށޭ އެހެން ބުނީ….” އައިޒަން ނައިނާގެ އަތުގައި ހިފަހައްޓާފައި އެހެން ބުނެލިވެ.

ނައިނާ އައިޒަންގެ އަތް ފޮޅާލާފައި ހިނގައިގަތެވެ. “އެ މަޖަލަކަށް ބުނި އެއްޗެއް ސޮރީ….” އައިޒަން އެހެން ގޮވާލިނަމަވެސް ނައިނާ ފަސްއެނބުރި ބަލާލުމެއް ނެތި ދުއްވައިގަތެވެ. އޭނާގެ ހިތުގައި އެވަގުތު ދިޔައީ ތަފާތު އެތަށް ކަމެއް ހިނގަމުންނެވެ. ނައިނާ ދިޔަތަން ބަލަހައްޓައިގެން ހުރި އައިޒަން ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. އަންހެނުންނަކީ އޭނާގެ ސިކުނޑިއަށް ދެނެގަނެވޭނެ ވަރުގެ ބައެއްނޫނެވެ. ކުޑަކަމެއް ވާއިރަށްވެސް އެ ތިބެނީ ރޯންވެފައެވެ. އެހާ ހިތްބައްޔެވެ. އަނެއްކާ އެހާވެސް ބާރުގަދަކަމަށްވެގެން ބަދަލުހިފަން ވެސް އުޅެވިފައެވެ. މިމީހުން ދެނެގަންނާނެހާ ވަރުގެ ބާރެއް އެ ބޮލަކުނެތޭ އައިޒަން ހިތަށް އެރިއެވެ.

……..

ދުވެފައި އައި ނައިނާ ގެޔަށް ވަދެގެން ދިޔަ ގޮތުންވެސް އޭނާގެ މަންމަ ޒާހިދާއަށް ކަމެއް ގޯސްވެއްޖެކަން އެނގިގެން ދިޔައެވެ. ބޭރު ޖޯލި ކައިރި ބައިންދާފައި އިން ކުޑަ ގޮނޑިއެއްގައި ޒާހިދާ އިނީ ފަންގިވިންނާށެވެ. ނައިނާ ބަލައިލުމެއްނެތި ވަދެގެން ދިޔަގޮތް ފެނި އޭނާ އެ ހުރިހާ އެއްޗެއް ބަހައްޓާފައި އެތެރެއަށް ވަނެވެ. ނައިނާ އެގޭ ގިފިލި ކައިރި ހަދާފައި ހުރި ފާހަނައަކަށް ވަދެ އަނގަމަތީ އަތް އަޅައިގެން ރޯންފެށީ އެ ވަގުތު އެ ހިތުގައި އަޅާވޭން ލޯބިވާ މަންމައަށް އިއްވަން ނޭދޭތީއެވެ. “ދަރިފުޅާ!! ނައިނާ!! ކިހިނެއްވީ؟ ކީއްވެ ތެމިފައި؟ މުޅި ތަޅުންގަނޑު މިއޮތީ ތެމިފައި މިހާރު… ކިހިނެއްވީތަ؟؟؟؟” ޒާހިދާ ދޮރު ކައިރި ހުރެ އެހެން ގޮވާލުމުން ނައިނާ ހަމަޖެހެން ފެށިއެވެ. ފުންނޭވައެއް ލާފައި ދެލޮލުގައިވާ ކަރުނަތަށް ފޮހެލިއެވެ. އަދި އިތުރު އެއްޗެއް ބުނުމެއްނެތި ހެދުމަކާއި ތުވާލި ގެނައުމަށް އެދުނެވެ.

އިރުގަނޑެއް ފަހުން ނައިނާ ފާހަނަތެރެއިން ނިކުތެވެ. ޒާހިދާ ފާހަނާ ކުރިމައްޗަށް ވާގޮތަށް އަށިމަތީ އިށީނދެ އިނީ ނައިނާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނައިނާ އަށް ކަމެއްވެއްޖެކަން ޔަޤީންވެ އެކަން އޮޅުން ފިލުވަން ބޭނުންވީ ނައިނާ ދެކެ ވާ ލޮތްބެއްގެ ބޮޑުކަމުންނެވެ. އެ ދަރިފުޅު އިތުރު ވޭނަކާއި އަނިޔާތަކެއް ލިބިގެން އުޅެން އޭނާ ބޭނުންނުވާތީއެވެ. ނައިނާއަށް ޒާހިދާ ފެނުމާއި އެކު މަޑުހިނގުމެއްގައި އައިސް ޒާހިދާގެ އުނގުގައި ބޯ އަޅާލަމުން އަށީމަތީ އޮށޯތެވެ. ޒާހިދާ ލޮތްބާއި އެކު އެ ނައިނާގެ ބޮލުގައި ފިރުމާލިއެވެ. “މަންމާ…. ރާއްޖެތެރޭ މީހުންނަށް ހަމަ މާލޭ މީހުންނާ އެއްސަފެއްގައި ހިނގާނުލެވޭނެހާ ވަރަށް ތަފާތުތަ؟ އަހަރެމެން އެހާ ގަމާރުތަ؟ ނައިނާ މަޑުމަޑުން އަހާލިއެވެ. “ނޫން ދަރިފުޅާ…! ކޮންމެ އިންސާނަކުވެސް އަނެއް އިންސާނާއާ އެތަށް ހާސް ތަފާތެއް ވާނެ.. މާލޭ މީހުން ކިތަންމެ ހިތްމޮޅުވެފައި އުޅުނަސް މިހާރުވެސް މާލޭގެ އެންމެ މަތީ ފެންވަރުގެ ކިޔެވުން ކިޔަވާ މަތީ ވަޒީފާތަށް އަދާކުރަމުން ދަނީ ރާއްޖެތެރޭ ކުދިން….ތިބޭނެ ވަރަށް ބޮޑައިވާ މީހުން އެކަމް އެންމެން އެއްގޮތަކަށް ނުވާނެ… ތިބޭނެ ވަރަށް ރަނގަޅު މީހުން… އަހަރެމެންނަށް އަދި ދުނިޔެ ނުފެންނަނީ ދަރިފުޅާ.. އެންމެ ނުބައި މީހުންގެ ތެރޭވެސް އެތަށް ރަނގަޅު ބައެއް ތިބޭނެ… އެއްދުވަހުން ދަރިފުޅަށްވެސް އެކަން އިނގޭނެ…” ޒާހިދާ މާޒީގެ އެތަށް ވާހަކައެއް ހަނދާންކުރަމުން ނައިނާ އަށް ވިސްނައިދިނެވެ.

“ދަރިފުޅު ކިހިނެއްވީ ކުއްލިއަކަށް؟ މީހަކު އެއްޗެއް ބުނީތަ؟” ޒާހިދާ އޯގާތެރިކަމާއި އެކު ސުވާލުކުރިއެވެ. ބޮޑުވެފައި ހުރި އަންހެން ދަރިފުޅުގެ މިފަދަ ގޮތަކަށް ހިތާމަކުރާނީ ވަރަށް ބޮޑަށް ހިތުގައި ޖެހުނީމަކަން ޒާހިދާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ނައިނާ އެ ގޮތް ނޭނގޭ ފިރިހެންކުއްޖާ އާއި ދިމާވިގޮތް މަންމައަށް ކިޔައިދިނެވެ. އެ ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނާ ފުރަތަމަ ދުވަހުވެސް ރާއްޖެ މީހުންނަށް ކުރަންވީނުކުރަންވީ ކަމެއް ނޭނގޭ ބުނެ ރުޅި އައިވާހަކަ ވަރަށް ރީއްޗަށް ކިޔައިދިނެވެ.

“އެއީވެސް ދަރިފުޅުމެންގެ ފުށުން ކުރެވުނު ކަމެއްގެ ސަބަބުންނެއްނު… އެހެން ހުރެފަކާ އޭނާ އެހެނެއް ނުބުނާނޭ.. އެ ފުރުސަތު ނައިނާއެއްނު ދިނީ… މާލޭ ކުދިންނަށް މިހުރިހާ ކަމަކީ އާ ކަންތަށް… އެމީހުން ބޮޑުވަމުން އައީ ޒިންމާދާރު ހަރުދަނާ ބަޔަކަށް ވުމަށް… އެ އިމަރާތްތަކުން ފުރި ބާރުވެފައިވާ މާލޭގައި ބޮޑުވަމުން އަންނަ ކުއްޖަކަށް މަޖަލާއި ކުޅިވަރާއި އަހަރެމެން މި އޮންނަ ފަދަ މިނިވަންކަމެއް ނޯންނާނެ.. އެމީހުންނަށް މީ އާންމުކޮށް ފެންނަކަމެއްނޫން.. ދަރިފުޅުމެންގެ އުމުރު މީހުންގެ ފަރާތުން އެމީހުންނަށް ފެނިފައި ވާނީ ރީތި ހެދުމެއް ލައިގެން އަތްދަބަހެއް ހިފައިގެން ސީރިއަސް މޫޑެއްގައި ވަޒީފާއަށް ދާ ބަޔަކު.. ތިހެން ކުޅެ ސަކަރާތްޖަހާ ބައެއް ނޫން.. އެހެންވެސް ވާނެ.. އަޅައިނުލާ..” ޒާހިދާ ނައިނާ އަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އޭނާ އަބަދުވެސް ބޭނުންވާ އެއްކަމަކީ ނައިނާގެ ދިރިއުޅުމުގައި އުފަލާއި ކުޅިވަރާއި މަޖާ ހިމަނާށެވެ. ކިތަންމެ ބޮޑުވިޔަސް ނައިނާގެ އެ އުފާވެރިކަން ވަކިނުވުމަށެވެ. އެހެނީ އޭނާ ކުޑައިރުވަނީ އެތަކެއް ބިރުވެރިކަންތަކާއި ދިމާވެފައެވެ. އެކަމާއި ވެގެން އެ ދަރިފުޅުގެ ޅަދުވަސްވަރުގެ މަޖަލާއި އުފާ ވަނީ އޭނާ އަތުން ފޭރިގަނެވިފައެވެ.

“ބައްޕަވެސް ބުންޏެއްނު… އަހަރެމެން މީ ގަމާރޭ… އަހަރެމެންނަކީ އެއްވެސް އުފަލެއް ދެވޭނެ ބައެއް ނޫނޭ.. އެއްވެސް އުފާވެރިކަމެއް ނުދެވެޔޭ.. އެހެންވެޔެއްނު އެހާ އަނިޔާވެރިވީ… ނޫޅެން.. ވަރަށް ފޫހިވޭ… މިދުނިޔޭގައި ނޫޅޭނެ އަމިއްލަ ފައިދާއަށް ނޫނީ ވިސްނާބައެއް..” ނައިނާ ފުން ނޭވައެއް ލާފައި އޭނާގެ ކޮޓަރިއަށް ދުއްވައިގަތެވެ.

އޭނާ ގެ ދެލޯ ކުރިމައްޗަށް ސިފަވެގެން ދިޔައީ އެ ބައްޕަ އޭނާ ދޫކޮށްފައި ދިޔަދުވަހެވެ. ކުރި އަނިޔާއެވެ. އެ ހިތަށް ދިން ވޭނެވެ. އަނިޔާއ ދީގެން ހިތާއި އެއްވަރަށް ހަށިގަނޑު ބަލިކަށި ކޮށްލިގޮތެވެ. އެ ބައްޕަގެ ނުބައިކަން އަދިވެސް އެ ހަށިގަނޑުގައި ލަކުނުތަކެއްގެ ސިފައިގައި އެ ހުންނަނީ ފެންނާށެވެ. އެއީ ދުވަހަކުވެސް އެ ހިތުން ފިލައިގެން ދާނޭ ދުވަސްތަކެއްނޫނެވެ. އޭނާގެ ހިތާ ކުޅެލި އެ ގޮތް ނޭނގޭ ފިރިހެންކުއްޖާ ދެކެވެސް އޭނާ ރުޅިއައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (ސާދަ ވަނަ ބައި)

Next

ގޮއްޔެ (ބާބު2) ހަވަނަ ބައި

Next
August 29, 2017

ގޮއްޔެ (ބާބު2) ހަވަނަ ބައި

Previews
August 29, 2017

ލޯބިން އަންނާށޭ ކަލާ (ސާދަ ވަނަ ބައި)

19 Comments!

  1. Ryn says:
    August 29, 2017 at 10:11 am

    Salaam. ?
    I will up thrice a week. And hope u guys like it ?
    Enjoy.

  2. Eenas says:
    August 29, 2017 at 10:30 am

    Love it…vvv reethi story masha allah

  3. Ram says:
    August 29, 2017 at 10:31 am

    Yayyyy… ryn is back.. story hama habbu.. waitingss.. ???❤

  4. zuvana Z says:
    August 29, 2017 at 10:39 am

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi ryn ,,,,,,,,,………………………………

  5. Naaanu says:
    August 29, 2017 at 11:51 am

    Aaachaaa .loabi ryn loabi vaahaka ?❤

  6. Xxxx says:
    August 29, 2017 at 2:54 pm

    Woooow …v.v.reeethi?

  7. ??? says:
    August 29, 2017 at 4:19 pm

    Vvvvv rythi ???

  8. Adha? says:
    August 29, 2017 at 4:28 pm

    V.v.v.v.v.v salhi❤❤❤❤

  9. click a shot ? says:
    August 29, 2017 at 6:35 pm

    Awesome.. When next part
    Waitting

  10. Sheny says:
    August 29, 2017 at 8:16 pm

    Vrah nice

  11. Mai says:
    August 29, 2017 at 8:38 pm

    yey.. ryn is back… ryn kn rasheh thr? R.Atoll tha?stry vrh reethi…

  12. ??? says:
    August 29, 2017 at 9:40 pm

    Wow!!!??. Hama habeyyyss!!! Luv ur stories always???. Avahah up kohdhehche . Luv u run. ???All the best??☺

    1. ??? says:
      August 29, 2017 at 9:43 pm

      Sorry . Ryn**☺☺☺

  13. ??? says:
    August 29, 2017 at 9:41 pm

    Sorry . Run**☺☺☺

  14. ??? says:
    August 29, 2017 at 9:42 pm

    Sorry . Ryn**☺☺☺

  15. XAAN says:
    August 30, 2017 at 9:07 am

    Maasha Allaah v reethi vaahaka avahah up kohlahchey Ryn…………………………………………………………………

  16. Addu manje says:
    August 31, 2017 at 3:53 pm

    Varah reethi.. so happy to c u after a long time. ☺

  17. yaan says:
    September 5, 2017 at 8:21 pm

    ryn is back… habbu story eh…. vrh wait kohfin ryn ge story akah…..

  18. Who knows who I am says:
    October 13, 2017 at 9:46 pm

    This was interesting af

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (3)←


All Right Reserved!