Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (4ވަނަ ބައި)

Salaa Level 210 Stories100 Comments
January 26, 2014 7 Mins Read
18 Comments

ވިކާޝް ބޮލުގައި ދެއަތުން ތަޅަމުން ރޮމުންދާ މަންޒަރު ދެކެން އަހަރެންނަށް ކެތްނުވިޔަސް އަހަރެން އޮތީ އޭނާއަށް އަޅާލެވޭ ފަދަ ޙާލަތެއްގައެއް ނޫނެވެ. އަހަރެން ދެރަވިއެވެ. އެހެނަސް މިވަގުތު މުޙިއްމީ އެކަން ހާމަކުރުމެއް ނޫނެވެ. އަހަރެންގެ ހިތް ބުނަނީ އަހަރެންނަށް ދިމާވާ ކަންކަމުގެ ހަޤީޤަތް ވިކާޝްއަށް އެނގޭނެކަމަށެވެ.

” އަހަރެންނަށް މިހެން މި ވަނީ ކީއްވެ؟ އަހަރެން.. ދެންމެ ވިކާޝް އާއި މި ދެއްކި ވާހަކަތަކުގެ މާނައަކީ ކޮބާ ؟ “

އަހަރެން ވަރަށް އުނދަގުލުން ބުނީމެވެ. ވިކާޝް މައިތިރިވިއެވެ. އޭނާ ދެކޮނޑު އަރުވާލުމަށްފަހު ނޭނގެޔޭ ބުނެލިއެވެ.

” ޝަނޫ.. އަހަންނަކަށް ނޭނގެ.. ޝަނޫއަށް މި ދިމާވަނީ ކޮންކަންތައްތަކެއް ކަމެއް ނޭނގެ… އަހަރެން… ދެރަވަނީ ޝަނޫއަށް ވާ ގޮތްގޮތުން.. ލިބޭ އަނިޔާތަކުން… އަހަރެން.. ބޭނުމެއްނޫން މިތާ އުޅޭކަށް.. ޝަނޫއަށް ގެއްލުމެއް ވާކަށް އަހަރެން ބޭނުމެއްނޫން،،”

ވިކާޝް ބިރުން ރޫރޫއަޅާ ޙާލު އަހަރެންނާއި ވާހަކަ ދައްކަމުންދެއެވެ. އޭރު އަހަރެންވެސް ބިރުންގޮސް ފަތްފަތްޖެހެއެވެ. ބޭރުގޭތެރެއިން އިވުނީ ގަދަފަދަ އަޑެކެވެ. ދެ އަންހެނަކު ބިރުވެރި އަޑަކުން ހޭއަޑު އިވި އަހަރެން ބިރުން މަރުވެދާނޭ ހީވިއެވެ. އެހެނަސް އަހަންނަށް އޮތީ ގުޑިވެސް ނުލެވިފައެވެ. ހަމައެކަނި އަޑުއަންނަ ދިމާއަށް ބަލާލެވުން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ. ވިކާޝް އަހަރެންނާއި ދާދި ގާތުގައި އޮތެވެ. ކުއްލިއަކަށް ގަދަފަދަ ބާރަކުން ވިކާޝް ކޮޅަށް ނެގިއެވެ. އެއީ ދެންމެ ފިރުކިފައި އަހަރެންގާތަށް އައި ވިކާޝްއެވެ. ބަލާބެލުމަށް ހީވަނީ މީހަކު ކޮއްޕަމުން އޭނާ ކޮޓަރިން ބޭރުކުރާހެންނެވެ. އަހަރެންނަށް ބާރަށް ރޯންފެށުނެވެ. އަދި ތުރުތުރު އަޅާ ޙާލު އެދިމާއަށް އަތްދިއްކޮއްލެވުނެވެ. ވިކާޝް ކޮޓަރިން ނުކުތުމާއި އެކު އަހަރެންނަށް ދެލޯމަރާލެވުނެވެ. ކޮޓަރީގެ ދޮރުފަތް ބާރުބާރަށް ލެއްޕުމުން ހިތުގައިވާ ބިރުވެރިކަން އިތުރުވިއެވެ. މިރެޔަކީ ޙަޔާތުގެ އެންމެ ފަހުރޭ ކަމުގައި އަހަންނަށް ނިންމުނެވެ،

ވިކާޝްއަށް ހުއްޓެވުނީ ސިޓިންގރޫމުގެ މެދުގޭގައެވެ. ވާނުވާ ނޭނގޭ ޙާލުގައި އޭނާ ހޫރި ހޫރި ހުއްޓާ ކުރިމައްޗަށް ސިފަވި އަންހެން ކުއްޖާ ފެނުމާއި އެކު އޭނާއަށް ތެޅިގަނެވުނެވެ. ދެލޮލުގެ ނޫރު ގެއްލޭފަދަ ގޮތެއްވެއް ވިއެވެ. ގައިގައި އެއްވެސް ހެދުމެއް ނެތި އޭނާ ހުރިގޮތް ވަރަށްވެސް ބިރުވެރިއެވެ.އަނގަމަތީގައި އައްސާފައި އެވަނީ ހަމަ އެ ފޮތިގަނޑެވެ، ދެލޮލުގެ ކަޅި ނުވެސް ނެތެވެ. ބިރުން ފަހަތަށް ޖެހުނު ވަގުތު އޭނާގެ ބުރަކަށީގައި އަޅާ މީހަކު ކޮއްޕާލިއެވެ. ފަހަތުގައި ހުރީވެސް ހަމަ އެފަދަ ގޮތަކަށް ހުރި އަންހެންކުއްޖެކެވެ. އޭނާގެ ކަރުގައި އޮތް ވާފަށުން އެއީ ކާކުކަން ދޭހަވިއެވެ. ވިކާޝްއަށް ރޮއިގަނެވުނެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކު ޔަޤީންވިއެވެ.

” ހަނދާންވެއްޖެތަ މިއީ ކޮންބައެއްކަން؟ “

އެތަނުން އެކަކު ސުވާލު ކުރުމުން ވިކާޝްއަށް ހަޅޭއްލަވައިގަނެވުނީ ބިރުންނެވެ.

” ޝިކާ؟  “

އޭނާ އާއި ދިމާއަށް ވިކާޝް ބުނެލިއެވެ. ކަރުގައި އޮތް ވާފަށް ނަގާ ދުރަށް ހޫރާލަމުން އޭނާ ވިކާޝް އޮތްތަނަށް ތިރިވިއެވެ.

” އާނ.. މީ ޝިކާ.. ހަމަ އެ ޝިކާ..”

އޭނާ ގާތްވި ވަގުތު ދުވި ނުބައި ވަހުން ވިކާޝް ކޮށި އެރިއެވެ،

” މީ ކާކުކަން އޮޅިފައެއް ނުވާނެ.. “އަނގަމަތީގައި އޮތް ފޮތިގަނޑު ނަގާ އެއްލާލަމުން އޭނާ ވެސް ހަޅޭއްލަވައިގަތެވެ.

” އާނިޔާ؟ “

ވިކާޝްއަށް ބުނެވުނެވެ، އޭރު އޭނާ ތުރުތުރުލައެވެ. ޤަބޫލުކުރަން ދަތިވިނަމަވެސް ކުރިމަތީގައި އެހުރީ ޝިކާ އާއި އާނިޔާއެވެ.

” ހިތަށްވެސް ނާރާ ކަލޭ އަތުޖެހިދާނެކަމަކަށް..”

ޝިކާ އޮތީ ހަތަރު މޮއްގަނޑު ޖަހައިގެންނެވެ. އޭރު ވިކާޝްއަށް ރޮވެމުންދެއެވެ،

” ދެން ކަލެއަށް އަދި އެ އަންހެންމީހާއަށްވެސް މިތާކުން ބޭރެއް ނުވެވޭނެ..”

އާނިޔާގެ ބިރުވެރި އަޑުން އިތުރަށް ވިކާޝް ބިރުގަތެވެ. އަނބިމީހާއަށް ގޮތެއް ނުހެދުމަށް ބުނަން ބޭނުންވި ނަމަވެސް ބިރުގަނެފައި އޮތްވަރުން ވިކާޝްއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ދޫވަނީ ހައްޔަރު ވެފައެވެ.

” އަހަރެމެން ކަލޭގެ އަނބިމީހާގެ ކިބައިންވެސް ބަދަލު ހިފާނަން.. ހަނދާންކުރާތި.. އޭނަ ގާތު މިކަމުގެ ހަޤީޤަތް ކިޔައިދީގެން ނުވާނެ.. ކިޔައިދީފިއްޔާ އެއީ ތި ދެމީހުންގެވެސް އެންމެ ފަހު ދުވަސް… “

ޝިކާގެ އަޑު ބާރުވިއެވެ.

ވިކާޝް ދެލޯމަރާލީ އާނިޔާ އާއި ޝިކާއާއި  ދިމާއަށް ބަލަން ކުޅަދާން ނުވެގެންނެވެ. ދިރިހުރި އިންސާނަކަށް އެއީ ވާނޭކަމެއް ނޫނެވެ.

” އަހަރެމެން އުޅޭނަން މިތާ އަބަދުވެސް.. ކަލޭމެން ކުރާ ހުރިހާ ކަމެއް ބަލަންވެސް ބަލާނަން.. ކަލޭގެ އަނބިމީހާއަށް ކޮންކަމެއް ކޮއްދޭން އިނގެނީ؟ އަހަރެމެންނާ ބަލާފަ ސުމެއްނު އެއީ..”

ޝިކާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އޭނާ އެ ބުނީ ކީކޭ ކަން ވިކާޝްއަށް އެނގެއެވެ،

” އޭ މިހިރަ ގަމާރާ.. މިތަނަށް އައިސް ވަތް އިރު ހަމަ ހަނދާން ނެތީތަ މީގެ ދިހަވަރަކަށް އަހަރު ކުރީގެ ހާދިސާމަތިން.. ވަރަށް ކުޅަދާނަ މީހަކަށް ވެގެން ދޯ ރީތި އަންހެނެއް ގޮވައިގެން މިތަނަށް ތިއައީ…. އާނ.. އަހަރެމެންނަށް ވަރަށް މޮޅު އެހާ ޗާލާކީ މީހަކު ގެނައިމަ…”

ހެމުން ހެމުން އާނިޔާ ބުނި ޖުމުލައިން ވިކާޝްއަށް ދެލޯ ހުޅުވާލެވުނެވެ. އެކި ގޮތްގޮތުން އަހަރެންނަށް ކުރާ ޖިންސީ ގޯނާތައް މިހާރު ވިކާޝްއަށްވެސް އެނގޭނެއެވެ. ވިކާޝްގެ ހެޔަށް ގޮތްވަމުންގޮސް އޭނާގެ ޚަބަރު ހުސްވިއެވެ. ފަތިސްނަމާދު ބަންގީގެ އަޑާއި އެކު ގޭތެރޭގައި ހުރި ގަދަ އަލިވެސް ކެނޑިގެން ދިޔައެވެ،

***************************************

ވިކާޝްއަށް ހޭލެވުނު އިރު ހެނދުނު ވެއްޖެއެވެ. ގަދަކަމުން އޭނާ ތެދުވިއެވެ. ގައިގެ އެތަން މިތާ ރިއްސައެވެ. އަވަސް އަވަހަށް އަހަރެމެންގެ ކޮޓަރި އާއި ދިމާއަށް އޭނާ އައީ ނުހަނު ބާރަށެވެ،

ދޮރު ހުޅުވާލުމާއި އެކު ވިކާޝްގެ ދެލޯބޮޑުވިއެވެ. އަހަރެންގެ ޙާލު ފެނުމާޢި އެކު އޭނާއަށް ރޮވުނެވެ.

” ޝަނޫ… ޝަނޫ..”

އޭނާ އަހަރެންނަށް ގޮވާލުމުން އަހަރެން ދެލޯ ހުޅުވާލީމެވެ. އޭރުވެސް ދެލޮލުން ފެންތައް ފައިބަމުންދެއެވެ،

” އެ..އެއީ… ކޮންބައެއް؟  އަހަރެންނަށް އަނިޔާވެރިވަނީ ކޮންބައެއް؟ އަހަރެން މިހެން އޮއްވަ އަހަރެންނަށް ހަދާނެހާ ގޮތެއް ހަދާފަ އެދަނީ ކޮންބައެއް.. އަހަރެން .. އަހަރެން މަރުވިޔަސް މިއަށްވުރެން މާ ހިތައް ފަސޭހަ..”

އަހަރެންނަށް ގިސްލެވުނެވެ. ވިކާޝް އަހަރެންގެ ގައިމަތީގައި ބެޑްޝީޓްއެޅިއެވެ،

އަހަރެން ބުނާނީވެސް ކީކޭހެއްޔެވެ؟ އަހަރެންނަށް ބުނަން ކެރޭނީވެސް ކިހިނަކުން ހެއްޔެވެ؟ ބުނަންވެސް ބޭނުމެވެ. ދެން ސިއްރުކުރުމުގެ ބޭނުމެއްވެސް ނެތެވެ. އެހެނަސް އަހަރެން ބުނުމުން ވާނެ ނުރައްކާ ވަޒަންކުރެވިއްޖެއެވެ. ޝަނޫ މިގެއިން ދާންބޭނުންވާނެއެވެ. އެހެނަސް ދެވޭކަށްވެސް ނެތެވެ. ހުރިހާ ކޮޅަކުންވެސް އަހަރެންމިވަނީ ބަނދެވިފައެވެ،

ވިކާޝް ފުންހިޔާލްތަކުގައި އިނދެ ވިސްނަމުންދިޔައެވެ،

” ނޭނގެ… ނޭނގެ ކޮންބައެއް ކަމެއް؟ ނޭނގެ މިވަނީ ކީއްކަމެއް؟ މިޔަދު އަހަރެން މީހަކު ލައްވާ މިގެ ބަލާނަން… ކަމެއް އުޅެންޏާ ރަނގަޅުކުރެވޭނެ.. ދެން.. ނުވިސްނާ.. އަހަރެން ޝަނޫއަށް ގެއްލުމެއް ވިޔަކަ ނުދޭނަން..”

ވިކާޝްގެ ޖުމުލަތަކުން އަހަންނަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް ހިތުގައި ބައިވަރު ސުވާލު އެބަހުއްޓެވެ.

***********************

ވިކާޝް ބޭރަށް ނުކުންނަން އުޅުމުން އަހަރެން އޭނާ ހިފެހެއްޓީމެވެ.

” އަހަރެން މިދަނީ މީހަކުގާތަށް،، މިތާ ބޭރު ގަސްދަށުގަ އިނދޭ އިނގޭ.. ގޭތެރެއަށް ނުވަންނާތި އަހަރެން ނާންނަނީސް އިނގޭ..”

ވިކާޝް އަހަރެންގެ ކޮލުގައި އަތްޖައްސާލިއެވެ. އަހަރެން ޤަބޫލުކުރީމެވެ. ވިކާޝް ނުކުމެގެން ދިޔުމުން އަހަރެން އުނދޯލީގައި އިށީނދެ އެ ގެއާއި ދިމާއަށް ބަލަން އޮތީމެވެ. މިހާރު އަހަންނަށް އެގެ ފެންނަނީ ނުލާހިކު ބިރުވެރި ސިފައެއްގައެވެ. އަހަރެންގެ ހިތުގައި އަދިވެސް އެ ބިރުވެރިކަން ފިލާނުދެއެވެ.ވިކާޝް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އަހަރެން އޮތީ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަ ބަލާލައެވެ،

” ޝަނޫމް…”

ފަހަތުން އިވުނީ ވިކާޝްގެ އަޑެވެ. އަހަރެން ތެދުވީމެވެ. އެއީ ދުވަހަކުވެސް ވިކާޝް އަހަންނަށް ކިޔާ ނަމެއް ނޫނެވެ. އޭނާ އަބަދުވެސް ކިޔާނީ ލޯބިން ޝަނޫއެވެ. އަހަރެން އެކަމާ މާ ބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. ވިކާޝްހުރީ ދޮރުމަތީގައެވެ. އޭނާ ހުރީ ސާދާ ހިނިތުންވުމެއްގައެވެ. އަހަރެން ހައިރާންވީ އޭނާގެ އުފާވެރި މޫޑު ފެނުމުންނެވެ. ނުކުމެގެން ދިޔައީވެސް ނުހަނު ކަންބޮޑުވެ ހުރެއެވެ،

” މީހަކު ލިބުނުތަ؟ ކިހިނެތްވަނީ ؟ “

އަހަރެން ވިކާޝް އާއި ދިމާއަށް ހިނގައިގަންނަމުން އަހާލީމެވެ. އޭނާ ވެސް ހިނގައިގަތީ އަހަރެންނާއި ދިމާއަށެވެ.

” މިހާރު ގައިގަ އެއްވެސް ވޭނެއް އަޅާތަ ؟ “

ވިކާޝް އެހެން ބުނުމުން އަހަރެން ހުއްޓި އަހަރެންގެ ހަށިގަނޑާއި މެދު ވިސްނާލީމެވެ. ތެދެކެވެ. ގައިގެ އެއްވެސްތާކު ނުވެސް ރިއްސައެވެ. ހަށިގަނޑަށް ތާޒާކަން ލިއްބައިދީފައިވެއެވެ. އަހަރެންނަށް ހިނިތުންވެވުނެވެ.

” ނޫން.. “

ހިނިތުންވަމުން އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ،

” މީހަކާ ދިމާވި.. ވަރަށް ރަނގަޅު މީހެއް.. އަހަރެން ހުރިހާ ވާހަކައެއް ކިޔާދިނިން.. ބުނީ އެއީ އެހާ ބޮޑުކަމެއް ނޫނޯ.. އަދި އެއީ ހުސް ވަހުމޯ.. ހުވަފެނީ ބިރުވެރިކަމޯ.. އޭނަ އެއްޗެއް ކިޔަވާލިތަކުން އަހަރެންގެ ހަށިގަނޑުގަ އެޅި ވޭންތައްވެސް ފިލާދިޔަ.. އަދި ބުނި އަނބިމީހާވެސް މިހާރު ހުންނާނީ ރަނގަޅުވެފަޔޯ..”

ވިކާޝްގެ ވާހަކައިން އަހަންނަށް ހިތްހަމަ ޖެހުންލިބުނެވެ. އެހެނަސް އެހުރިހާ ކަންތައްތައް އެއީ ވަހުމް ނޫންކަން އަހަންނަށް ޔަޤީނެވެ،

” ވަހުމޭ؟ ހުވަފެނީ ބިރުވެރިކަމޭ؟ އެކަން ވިކް ޤަބޫލުކުރަންތަ؟ އަހަރެންނަށް ލިބުނު އަނިޔާޔޯ..؟ “

އަހަރެންނަށް ސުވާލު ކުރެވުނެވެ.ވިކާޝް އޭރުވެސް ހުރީ ބޭރުގައެވެ،

” އެއީ ހަމަ ހިތް..”

ވިކާޝް ޖީބަށް އަތްޖަހާލިއެވެ،

” ދެން ބޭރުގަ ނުހުރެ އެތެރެއަށް އަންނަންވީނު..”

އަހަރެން ގޮސް ވިކާޝްގެ އަތުގައި ހިފީމެވެ.އަދި އެތެރެއަށް ހިނގައިގަތީމެވެ،

” ތިހާ ލޯބިން ތި ގެންދަނީ ކޮންތާކަށް؟ “

ވިކާޝް އެހިއެވެ. އަހަރެން ހުއްޓުނީމެވެ. ވިކާޝްގެ ރާގުން އަހަރެންނަށް އާދަޔާޚިލާފް އަސަރުތަކެއް ކުރިއެވެ.

” އަދިވެސް ބިރުގަނޭތަ؟ ތެދަށް ބުނައްޗޭ..” އޭނާ އެހެން އެހުމުން އަހަރެން ނޫނެކޭ ބުނުމަށް ބޯޖަހާލީ ވިކާޝް ހިތްހަމަޖައްސައިދިނުމަށެވެ،

” ވިކް އަހަރެންނާއި އެކު ވާހާ ހިނދަކު އަހަރެން ހުންނާނީ އުފަލުގަ.. ކޮންމެ ކަމަކާވެސް އަހަރެން ކުރިމަތިލާނަން..”

އަހަރެން ވިކާޝް ގައިގައި ބައްދާލީމެވެ.އެއާއި އެކު އަހަރެންނަށް ދުރަށް ޖެހިލެވުނީ ގަޔަށް ހޫނު އަރައިގަނެގެންނެވެ.

” ކިހިނެތްވީ؟ “

ވިކާޝް އާދައިގެ ގޮތަކަށް އަހާލިއެވެ. އަހަރެންނަށް ހުރެވުނީ އޭނާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަދި އެއްފަހަރު ބައްދާލަން ބޭނުންވިއެވެ،

” ކަމެއްނުވޭ…”

އަހަރެން ބިރުންހުރެ ބައްދާލީމެވެ. ވިކާޝްވެސް އަހަރެންގައިގައި ބައްދާލިއެވެ. އެއީ ހީވިގޮތެއް ކަމަށް ހެދުމަށްފަހު އަހަރެން ބުނެލީމެވެ،

” ހިނގާބަލަ ކޮޓަރިއަށް..”

ވިކާޝް ހީލިއެވެ. އަހަރެންގެ ދަތްދޮޅީގައި ހިފާލުމަށްފަހު މޫނު ގާތްކޮއްލުމުން އަހަރެން ދުވެފައި ގޮސް ގެއަށްވަނީމެވެ،

ވިކާޝް ފަހަތުން އައިސް ވަނެވެ. އަހަރެން ތޫނު ނަޒަރަކުން އޭނާއަށް ބެލީމެވެ. އޭނާވެސް އަހަންނަށް ބަލަމުން ދިޔައީ އެހާ ލޯބިވެތި ގޮތަކަށެވެ. ވިކާޝް މަޑުމަޑުން ގަމީހުގެ ގޮށްތައް ނައްޓަން ފެށުމުން އަހަންނަށް ގޮތްތަކެއް ވާންފެށިއެވެ. ފަހަތަށް ޖެހެމުންދާ ވަރަކަށް ވިކާޝް ކުރިއަށް އާދެއެވެ. އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. ވިކާޝްވެސް ވަނެވެ. އޭނާ ލައިފައިވާ ގަމީސް ތަޅުމަށް ވައްޓާލަމުން އޭނާ އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ލަދުން މާނޭވާ ލާންފެށީމެވެ. ފަހަތަށް ދޫކޮއްލާފައިވާ އިސްތަށިގަނޑު އެއްފަރާތްކޮއްލަމުން ހެދުމުގެ ޒިބް ތިރިއަށް ދަމާލުމާއި އެކު ގައިން ހީނަގައިގެން ދިޔައެވެ. އޭނާ އަހަރެންގެ ބުރަކަށީގައި އަތްޖައްސާލިއެވެ.އަދި ފައިބުޑަށް އަހަރެންގެ ހެދުން ވައްޓާލުމާއި އެކު ތިރީގައި އޮތް ގޮދަނޑިމައްޗަށް އަހަރެންގެ ދެކޮނޑުގައި ހިފާ ތިރިކުރިއެވެ،

*************

އަނބިމީހާ ބޭރުގައި ބޭންދުމަށްފަހު ވިކާޝް ބޭރަށް ދިޔައީ އޭނާއަށް ދޮގުހަދާފައެވެ. ފަންޑިތަހަދާ މީހަކު ހޯދާކަށްވެސް ނޫނެވެ. ހިނގަމުންދާ ހާދިސާއަކީ ކީއްވެގެން ވާކަމެއްކަން ވިކާޝްއަށް އެނގެއެވެ. ހެނދުނު ގެއިން ނުކުމެގެން އޭނާ ގޮސް އިނީ ބަނދަރުމަތީގައެވެ. އެތައް އިރެއް ކޮއްފައި ގެއަށް އައި އިރު ހިތި ގަސްދަށުގައި އިން ޖޯލީގައި އަނބިމީހާ ނެތުމުން އޭނާ ހާސްވިއެވެ. މަޑުމަޑުން ގެއާއި ދިމާއަށް އޭނާ ހިނގަންފެށީ ބިރުވެރިކަން ހިތުގައި އުފެދުމުންނެވެ،

*****************

އަހަރެންގެ ގަޔަށް ހޫނުވާންފެށިއެވެ. ގައިމަތީގައި އޮތް ވިކާޝްއަށް ބަލާލުމަށް ދެލޯ ހުޅުވާލި އިރު އޭނާ އޮތީ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާށެވެ،އަހަރެންވެސް ބަލާލީމެވެ. ކުޑަކޮށް ދޮރު ހުޅުވިފައި ހުރުމުން އަހަރެން ހާސްވިއެވެ. އެހެނަސް މިއީ މީހަކު ނުވަންނާނޭ ގެއެއްކަމުން ކަންބޮޑުވުމެއްވެސް ނެތެވެ،

” ދެން ތެދުވެބަލަ.. ވަރަށް ހޫނުވެޔޭ އެބަ..”

އަހަންނަށް ކެތްނުވާވަރު ވުމުން ބުނެލީމެވެ. އެހެނަސް އޭނާ ތެދުވާ ހިޔާލެއް ނުކުރިއެވެ. އަހަރެންގެ ކަނދުރާގައި މޫނު ޖައްސާލައިގެން ދެއަތުން އަހަރެންގެ ގައިގައި ފިރުމަމުންދެއެވެ،

*************

ގޭތެރެއަށް ވަނުމަށްފަހު ވިކާޝް މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ކުޑަކުޑަކޮށް ހުޅުވިފައިވާ ދޮރާއި ފާރާއި ދޭތެރެއިން ވިކާޝް ބަލާލީ ކޮޓަރިތެރެއެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަމަތީގައި އަތްއެޅުމާއި އެކު އަނެއް އަތުން ބޮލުގައިވެސް އަތް އެޅުނެވެ. ޝަނޫގެ ގައިމަތީގައި އޮތީ ޝިކާއެވެ. ޝިކާ އާއި ޝަނޫގެ ދެމެދުން އަލިފާން ކަނި ބުރަބުރަ ހުއްޓެވެ،

” ދެން ވިކް ތެދުވެބަލަ… ހާދަ ހޫނުއަރައޭ،… ދެން އޯކޭ އޭ…ވިކާޝް… “

ބޭރުގައި ހުރި ވިކާޝްއަށް އިވުނެވެ. ދެލޮލުން ފެންތައް ބާލަމުން ވިކާޝް ދުއްވައިގަތީ ބޭރަށެވެ. އޭނާ ބޭރަށް ނުކުތުމާއި އެކު ހޮޑުލެވުނެވެ. ބޮލަށް އެނބުރުން އެރިއެވެ. އެކަންތައްތަކުން އޭނާގެ އަނބިމީހާ ސަލާމަތްކޮއްދޭން އޭނާ ކިތަންމެ ހާވެސް ބޭނުމެވެ. ފާރުގައި ލެނގިލައިގެން ހުރެ އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. މަރުވިޔަސް ހެޔޮކަމުގައިވެސް ދެވިދާނެއެވެ. އެހެނަސް ބަދަލުގައި ޝަނޫ މަރުވެދާން ބޭނުން ނުވާތީ ނުގޮސް ހުރުން މަޖުބޫރުވެއެވެ.

އެހެން ހުންނަތާ އެތައް އިރެއް ވީފަހުން ވިކާޝްއަށް ގޮވަމުން އަންނަ އަޑު އިވުމުން އޭނާ ތެޅިގަތެވެ، އަހަރެންނަށް ވިކާޝް ފެނުނީ ވަރަށް ހާސްވެފައި ހުއްޓައެވެ، ދެންމެ ކޮޓަރިން ނުކުމެގެން އޭނާ ދިޔައީ ނުލާހިކު ލޯބިން ހުރެފައެވެ.

” ހާދަ ހާސްވެފަ؟ ކަމެއްވީތަ؟ ފާހާނާއަށޭ ކިޔާފަ ދިޔަގޮތަށް ޚަބަރެއް ނުވީމަ މި ނުކުތީ،..”

އަހަރެން ވިކާޝް އާއި ވާހަކަ ދެއްކުމުން އޭނާ ގަދަކަމުން ހީލިއެވެ.

” ނޫން.. ކަ..ކަމެއްނުވެ.. ތަންކޮޅެއް ލަސްވެއްޖެ ދޯ…”

އޭނާ އައިސް އަހަރެންގެ ގައިގައި އަތްޖައްސާލިއެވެ،

” ނަސީބެއްނު ހުރިހާ ކަމެއްވެސް ރަނގަޅުކަން..”

އަހަރެންނަށް ބުނެވުނީ އުފަލުންނެވެ. ވިކާޝް ހައިރާންކަމާއި އެކު އަހަންނަށް ބަލާލިއެވެ،

” ކޮން؟ ކޮ…ކޮން ހުރިހާކަމެއް؟ “

އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ، އަދި މީގެ ދެތިން ގަޑިއެއްހާ އިރުފަހުން ވިކާޝް އައިސް ދެއްކި ވާހަކަތައް ތަކުރާރުކުރީމެވެ.

” އާނ.. އެވާހަކަ ދޯ.. ” ވިކާޝް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އަހަރެން އަލަމާރިން ހެދުމެއް ހިފައިގެން ފެންވަރަން ދަނީ ކަމުގައި ބުނެލީމެވެ. ވިކާޝް ބޯޖަހާލިއެވެ. އަހަރެން ނުކުންނަން ހިނގައިގަތުމުން ވިކާޝް ގޮވާލިއެވެ،

” އެ.. އޭ މަޑުކުރޭ.. މަވެސް ދާނަން.. ގިފިލީގަ މަޑުކޮއްލާނަން..”

އަހަރެން ހީލީމެވެ. އަންނާށޭ ބުނެ ހިނގައިގަތުމުން ވިކާޝް އައެވެ. ވިކާޝްއަށް ފަރާތްފަރާތް ހޯދެނީ ބިރުންނެވެ. އެކަމެއް އަހަންނަކަށް ނޭނގެއެވެ. ވިކާޝްއަށް ފެނުނު މަންޒަރުތަކުންނާއި ދެންމެ އަހަރެންގެ ފަރާތުން އިވުނު އަޑުތަކުން އޭނާގެ ހިތް ބިރުން ތެޅެންފެށިއެވެ. އޭނާ ކަންތައް ކުރާނީ ކިހިނެތްބާވައެވެ؟ ހަޤީޤަތާއި ކުރިމަތިލާނީ ބާވައެވެ؟ ނޫނީ އަނބިމީހާއަށް ކިޔައިދޭނީ ބާވައެވެ؟ ކިޔައދީފިނަމަ ކަންތައް ވާނެގޮތްވެސް އޭނާއަށް އެނގެއެވެ. އެހެނަސް ކުށެއްނެތް އަނބިމީހާއަށް އަނިޔާވެރިވުމަކީ އޭނާ ހިތްއެދޭ ގޮތެއް ނޫނެވެ. އަދި އެ ބިރުވެރި ގޭގައި އަބަދަށް އުޅުމަކީ ކުރެވޭނޭ ކަމެއްވެސް ނޫނެވެ.

އެކި އެކި ހިޔާލްތަކަށް ގޮސް ހުސްވެފައި ވަނިކޮށް ވިކާޝް ސިއްސުވާލީ އަހަރެންނެވެ.

” ކޮން ފިކުރެއްގަ؟ “

އަހަރެންނަށް ސުވާލުކޮއްލެވުނެވެ. ވިކާޝް ގަދަކަމުން ހީލިއެވެ. އޭނާ އަހަންނާއި ދިމާއަށް ފަރުވާތެރިކަމާއި އެކު ބަލާލިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

” ނިމުނިއްޔޭ މި… ދެން ހިނގާ ދަމާ.. މެންދުރަށް އެއްޗެއް ކާންވެސް ކެވޭނީ އެއްޗެއް ކައްކައިގެންނޭ..”

އަހަރެންގެ ވާހަކަ ހުރިގޮތުން ވިކާޝް ހައިރާންވިއެވެ. އޭނާއަށް ހީވިއެވެ. ހުރިހާ ކަމެއް މަތިން އަހަރެން ހަނދާންނެތުނީބާވައެވެ؟ މީގެ ކުރިން އަހަރެންނަކީ އެކަނި އެއްވެސް ތަނަކަށް ދާންކެރޭ ކުއްޖެއް ނޫނެވެ. އަހަރެންނަށް އައިސްފައިވާ ބަދަލު ޚުދު އަހަންނަށްވެސް އިހުސާސްކުރެވުނެވެ،

” ވަރަށް ހިތްހަމަޖެހިފައޭ މިހުރީ.. އެކަމާ މެދުއެއްނު ތި ވިސްނަނީވެސް.. “

އަހަރެން ގިފިލިން ނުކުންނަމުން ހިނގައިގަތީމެވެ. ފަހަތުން ވިކާޝްވެސް ހިނގައިގަތެވެ.

****************

ވިކާޝް އޮތީ ނިދާފައެވެ. އަހަރެން އިޝާނަމާދުކުރުމަށްފަހު ކާންހެދުމަށް ދާންވެގެން ވިކާޝްއަށް ގޮވާލީމެވެ. އަރާމު ނިދިން އޭނާ މަހުރޫމު ނުކުރާންވެގެން އަހަރެން ދެން ބޭނުންވީ އެކަނި ކާގެއަށްދިޔުމަށެވެ. ކާންހަދާ ނިމުމަށްފަހު ވިކާޝްއަށް ގޮވާނީއޭ ހިތާ އަހަރެން ކޮޓަރިން ނުކުތީމެވެ. ބޭރު އޮތްގޮތް ފެނި އަހަރެން ޖެހިލުންވިއެވެ. އެހެނަސް ހިތްވަރުކޮއްފައި ބާރުބާރަށް ގޮސް ބަދިގެއަށް ވަނީމެވެ. ތެލިން ބަތްއަޅަން ފެށުމާއި އެކު ބަދިގެ ދޮރުމަތީގައި އެއްޗެއް ހުރިހެން ހީވިއެވެ. އަހަރެންނަށް ކުއްލިއަކަށް ބަލާލެވުނެވެ. އެއްވެސް އެއްޗެއް ނެތެވެ. އަނެއްކާވެސް މަސައްކަތާއިގެން އުޅުނީމެވެ. ބޭރުގައި މީހަކު ހިނގާހެން ހީވެގެން ވިކާޝް އައީއޭ ހިތައް އެރިއެވެ. ދެފަހަރަކު ގޮވާލުމުން ހަބަރެއް ނުވިއެވެ. ބަތްކަހަނބު ބެހެއްޓުމަށްފަހު އަހަރެން  ބޭރަށް ނުކުތީމެވެ. މާ ދުރުނޫން ހިސާބެއްގައި ހުރި ހިތިގަހުގައި އެލުވާފައިވާ އުނދޯލި ވަރަށް ބާރަށް ހެއްލެއެވެ. އަނދިރިކަމުން އަހަރެން ރަނގަޅަށް ބަލާލުމަށް ދެލޯ ކުޑަކޮއްލީމެވެ. އޭގައި މީހަކުވެސް އެބައިނެވެ. ފަހަރެއް ފަހަރަކަށް ބާރަށް ހެއްލެމުންގޮސް މިހާރު އުދޯލި ހެއްލޭބާރުމިން ވަކިވެސް ނުވެއެވެ. އަހަރެންނަށް މާނޭވާ ލެވެން ފެށިއެވެ،ގައިގައި ހުރި ބާރެއް ލާފައި ގެއާއި ދިމާއަށް ދުއްވައިގަންނަން އުޅެނިކޮށް އަހަރެން ވެއްޓުނީ ފެންޑާގެ އޮޅިގަނޑުގައި އަޅައިގެންފައެވެ.

” ޝަނޫ…”

ގޭތެރެއިން ދުވެފައި އައިސް ވިކާޝް އަހަރެންނަގަން މަސައްކަތްކުރިއެވެ،

” ކިހިނެތްވީތަ؟ “

ވިކާޝް ހާސްވިއެވެ. އަހަރެންނަށް އިނގިލި ދިއްކޮއްލެވުނީ އުނދޯއްޔަށެވެ. އޭރު އުނދޯލި ހެއްލެނީ ވަރަށް މަޑުންނެވެ.

” ހާދަ ވައިވެސް ބާރޭ.. ވަޔާއޭ އެ ހެއްލެނީ.. ބިރުގަންނަވަރެއް ދޯ ދެން.. އަހަންނަށް ނުވެސް ގޮވައެއްނު ތި އައީ..”

އަހަރެން އަތުލަފިކޮއްގެން ވިކާޝް ވަނީ އެތެރެއަށެވެ.އުނދޯލި ހެއްލުނީ ވަޔާނޫންކަން އަހަންނަށް ޔަޤީނެވެ. އެހެނަސް މިވަގުތު އެކަމާ ބަހުސްކުރުމަށްވުރެން އަހަރެންހުރީ މާ ބޮޑަށްވެސް ބިރުގަނެފައެވެ. ދެމީހުން އެކުގައި ކާން އިން އިރުގައިވެސް އަހަންނަށްބެލެނީ އެކި ދިމަ ދިމާއަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (3ވަނަ ބައި)

Next

ޔަޝްމީ 1

Next
January 28, 2014

ޔަޝްމީ 1

Previews
January 25, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (3ވަނަ ބައި)

18 Comments!

  1. Hu-c says:
    January 26, 2014 at 10:04 pm

    aslu mee 2 wyku ge bae ehfahara genesdhyfa mihury…maa dhigu….

  2. liusha says:
    January 26, 2014 at 10:36 pm

    Nyc

  3. lady gaagaa says:
    January 27, 2014 at 9:47 am

    ehaa dhigeh nun ehme kiyaahivaa hisaabun nimeni kohme faharaku
    vrh reathi story <

  4. me says:
    January 27, 2014 at 10:13 am

    not dhigu :p, salhi

  5. me says:
    January 27, 2014 at 10:15 am

    dhen dhigu vegen kiyaa hiyy nuvanya nukiyan v nun, vahaka ehga innaany 3 folhuvatheh nooney :p

  6. ނާނީ says:
    January 27, 2014 at 8:39 pm

    ހާދިސާ ރީތި އެކަމަކު ވާހަކަ ގެނެސްދީފައި ހުރި ގޮތް އެހާ ކަމަކު ނުދޭ.. އެއްފަހަރު ފަސްޓް ޕާސަންއަށް ވެގެން އަނެއް ފަހަރު ތާރޑް ޕާސަންގެ ގޮތުގަ.. ޝައިންގެ މޮޔަހިތްމަގޭ ކިޔާލީމަ އިނގޭނެކަންނޭނގެ މިބުނާ އެއްޗެއް

  7. salaa says:
    January 27, 2014 at 9:01 pm

    aharen jahaigen liyefa hunnaanee shanoo ge baithah kiyaa dheyiruga… dhen vikaash shanoo ah muhaathab kuraairuga shanoo jahany… faharegga hama vedhaane ebai genevey goiy rangalhu nun kamahves.. adhi mee egothah liyaa furathama vaahaka. ehenve olhives dhaane.. v undhagoo aharen jahain liyanves.. ekam ehen feshunyma liyanymi.. change eh gennaa nana

  8. ainth says:
    January 27, 2014 at 9:20 pm

    varah salhhi ..adhivx dhigukohlaa 🙂
    .

  9. Anonymous says:
    January 28, 2014 at 1:40 pm

    mee varah fake vahaka eh…. Dhivehi nukiyava huri meehaku liyaa vahaka eh… vahakaige nazaru badhalu vefa othy

  10. unknown says:
    January 28, 2014 at 10:55 pm

    agree with u

  11. VikaasAimee says:
    January 29, 2014 at 12:45 am

    Varah reethi mi vaahaka

  12. Bibbidhooni says:
    January 29, 2014 at 7:44 pm

    Mashah fennanee Hu-c mi vaahaka nukiyan.. .. Vaahaka dhigey kiyaigen kutuvumah vureh ragalhu vaane nukiyaa huriyya.. Dho me…. …….. Salaa keep u the good work.. Nice story..

    1. salaa says:
      January 31, 2014 at 7:34 am

      thnx ol

  13. Nizooo says:
    January 31, 2014 at 5:00 pm

    mi ehves meehakaa jahssailaigen kuraa commenteh noon,,ekam ves ehcheh olhun filuva dhinumuge gothun bunaa ehcheh,,,mi vaahaka fake vaahaka akah vefa ini keehvetho ahaalan beynun,,,dhivehi bas nukiyavaa huri kaakutho suvaalu ufedhey,,mashakives maa molhah dhivehi kiyavaafa huri meeheh nun ekamves mashah ingey thimaa thimaage nafsah muhaathabu kuraa irukan MAGEY,AHAREN,ALHUGANDU,MA mi fadha nanthah beynun kuraani,,dhn thimaa yah e hen meehaku muhaathabu kuraanama, e meehehgge namun beynun kuraani,,mi buni misaalakah KALEY,YOU,THEENA,,MEENA,DHN EMEEHEHGGE NAN,,mivaahaka aki aslu SHANOO kiyaa kuhjjaku kiyaadhey vaahaka eh,,eynayah eynage firi govaa iru dho e kiyani namun?? dhn aharenge mudharisves buney konme ehcheh liyunas furathama beynun kuraa goi,a meehage nan dhenan sifavaane hen nuliyumah,,mi buni furathama magey dhn magey badhaluga alhugandu e gothah beynun nukurumah,,, mashakah mivaahaka ehves fakeh noon,sababaki mi vaahakaige vaa nuvaa mashah ingey thi,,,e hen mee heh dhimaayah ehcheh bunumuge kurin e buneveni kihaa varehgge ehcheh tho balaalun rangalhu,,dhn mashah bune dhi ba dhivehi nukiyavaa huri kaaku kan?????? neygen yaa faadu faaduge comment nukohbala,,,ekam faadu kiyumaki libey kuri erumeh,,,ekan gaboolu kurevey,,ahen namaves binaakuruvanivi faadu kiyunathakun e liyaa liyuntheriakah kuri erun libeyni,,,thi gothah faadu keema kithanme kuraahitun kuraa kamehves kuran foohi vedhaane,,,salaa aki kihaa varehgge liyun theri eh kan mashah ingey,,ahen ve dhifaauga vaahaka midhahkkani,,ekam mashakah neyge salaa a ee kaaku kameh ves,,mashaki eyna dhanna meeheh noon,ekam aharen v gadharu kuraa v rangalhu kiyun therin naa gulhey ekuveri v vvv rangalhu liyun theri eh,,ehves meehehgge commenteh hajam nuvegen zuvaab kuraa ne kuhjjeh noon,,, salaage hurihaa story ehves v salhi,,,adhi hama ehaame furihama,,,nikan hiyy gaimu,,, salaage thi massah kai ufalaa eku gaboolu kuran,,,thi dhaairaa in adhah vure fahi maadhamaa akah edhen,,, konme meehaku konme ehcheh kiyas mage abadhuves vaani salaa aa eku,,,dhivehi bas neygey meehun kuraa comment thakah faruvaaleh nubahahtta kuriyah dhiyumah hiyy varudheyn,,, dhn ba e tgc love you sweet heart,,,, 🙂 🙂 🙂

    1. salaa says:
      January 31, 2014 at 8:53 pm

      thanks a lot nizooo… v ufaa vejje mi comnt kiyaafa.. adhi v hiyvaru ves libijje.. thigothuga dhifaau kohfa vaahaka dhekkeema ingijje me dheke loabiva kudhin ves ulheykan… love u tooo sweet heart

  14. Zooooo says:
    January 31, 2014 at 5:10 pm

    Anonymous, unknown thi dhe meehunah kamu nudhanyya nukiyabala,,,konme hen faadu faaduge vaahaka dhahkkane kameh neh,,,thi dhe meehun nukiyakas kiyaane v gina meehun thibeyne,,,so plzzz salaage vaahaka thi dhemeehun nukiyun a ee magey ge v bodu edhumeh,,,salaage vaahaka fake vani dhivehi bas rangalhah beynun koh dhivehi bahaai english bas mashuni nukuraathi dho??????? a hen kamah vaanama buneveyni salaa a ee hama enme best liyuntheriyaa ey,,,aslu fake vegeneh noon kan fakey buni,,, vaahaka ithurah furihamavefai salhi v ma ey?????????? thi dhe meehunan LOL,,, a ee dhogeh salaa mi vaahaka vvvvv salhi,,adhi ehaame hiyy gaimu,,,vvv biruveri dho????????? meehun J vegen kiyaa ehchehi adu naahahchey ingey,,,, mi salaage v bodu faneh kuraa commenteh,,, mi comment kiyaafa salaa ah a ee kaakun kan e gihjje nama v ufaavane,,, love you salaaaaaa lobsssssssssssssssssss<3

    1. salaa says:
      January 31, 2014 at 8:56 pm

      heevejje kaaku kan.. hehe dhen ahaalaanan ekujjaku gaathu thy eyna tho inge. hehe v ufaa vejje thiya dhey hiyvarah… rangalhu fans abadhuves thibeynee thihen// dhifaauga.. hehehe. ehenveema haas vaakah nujeheyne ehnu dw… rply eh dheykah ves nujeheyne.. thi thibenynu dw loabin rply dheyne kudhin.. lobsssssssss bye

  15. sala's wellwisher says:
    February 8, 2014 at 6:36 pm

    hi sala, i think e meehun ebunaha mistake eh mivaahaka akun faahagaeh nuvey. dhivehi kiyavaafa hury kaakukan maa rangalhah ves egeyne vahaka kiya kudhinnah. aslu mi vaahaka bodah mi innany shanoo kiya dhey vahaka eh gothah. ehen vyma eyna ge baithah gennairu ‘AHAREN’ liyunas ei ragalhu gothaky. dhen vikash eyna ah govaairu ‘SHANOO’ liyefa inyma eives hama ragalhu goi. hama egothah shanoo noon ehen meehun buna vaahaka thah hury koma koalhi jahaafa liyefa ei ves ragalhu goi. dhen i don’t think emeehun ebunany ragalhah kamakah. ekam mi shanoo kiyadhey vaahaka eh gothah liyanya mi buni goithah ragalhuvaany ige. ehenvyma mi kanthah ragalhu kamah visney kudhin plx reply 4 this comment. story v interesting. kyp it up sala. tgc

Comments are closed.

Next Episodeބިރުވެރި ލޯބީގެ ވާހަކަ : މަރުޚަބާ 5←


All Right Reserved!