Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނަވާރަވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 28, 2017 9 Mins Read
51 Comments

މިޝަލް ހިތްހެޔޮކަމާއިއެކު ޔަލްވީގެ ހިތްހަމަޖައްސައިދިނުމަށް މަސައްކަތްކުރިއެވެ. އެ ވާހަކަތަކުން ޔަލްވީގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިއްޖެކަން މިޝަލަށް ޔަޤީންވީ، ޔަލްވީގެ ތުންފަތަށް ވެރިވި ހިނިތުންވުމުންނެވެ. އެ މަންޒަރު ފެނި މިޝަލަށްވެސް ހިނިތުންވެވުނެވެ.

“މިޝަލް އުޅުނީ ވާހަކައެއް ބުނާކަންނު……” ކުއްލިއަކަށް ހަނދާންވުމުން ޔަލްވީ ބުނެލިއެވެ. މިޝަލް ހީލަމުން ބޯޖަހާލިއެވެ.

“އަހަރެން ބޭނުން ޔާލްއާއި ރައްޓެހިވާން….” ނުވިސްނާ އިންދާ މިޝަލް ބުނެލި ޖުމްލައިން ޔަލްވީއަށް އިންތަނުން ތެދުވެވުނެވެ. މިޝަލާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކަންފަތަށް އިވުނު އިވުމާއިމެދު ޝައްކުވެފައެވެ.
_________________________________________

މިޝަލްގެ މި ހުށަހެޅުމުން ޔަލްވީއަށް އެފަދަ ސިހުމެއް ލިބިދާނެކަމަށް ކުރިންވެސް ވިސްނައިގެން އިން މިޝަލްވެސް ކޮޅަށް ތެދުވިއެވެ.

“މިޝަލް ސަމާސަ ކުރަނީ ދޯ….. މިޝަލްއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ ތީ ސަމާސަ ކުރަން ދައްކާ ކަހަލަ ވާހަކައެއް ނޫންކަން….” ޔަލްވީއަށް ލިބިފައިވާ ހައިރާންކަން އަދިވެސް ފިލައި ނުދެއެވެ. ހިތް ހަލަބޮލިވެ ސިކުނޑިއަށް ބާރުވާން ފެށުމުން ވިސްނަންވެސް އުނދަގޫވިއެވެ. އިސާހިތަކު ދެލޯ ފެންކަޅިވެގެން ދިޔައީ ނޭނގިހުއްޓައެވެ.

“ޔާލް މީ ސަމާސާއެއް ނޫން…..” ޔަލްވީގެ ދެލޮލަށް ބަލަންހުރެ މިޝަލް ބުނެލީ ޔަލްވީއަށް ޔަޤީންކަން ދޭފަދައިންނެވެ.

“ކީއްވެ….؟؟؟ ކީއްވެ ކުއްލިއަކަށް މިޝަލް އަހަންނާ ރައްޓެހިވާން ބޭނުންވީ….؟؟؟؟؟ މީގެ ކުރިން މިޝަލްގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއްވެސް އަހަންނަށް ލިބިފައެއް ނެތް…. ދެން ކީއްވެ ކުއްލިއަކަށް….؟؟؟؟” ޔަލްވީގެ ހިތުގައި އެވަގުތު އުފެދިގެން ދިޔަ ސުވާލު، އުނދަގުލުން ނަމަވެސް ދުލާއި ހަމައަށް ގެނައެވެ. ޔަލްވީގެ ސުވާލަށް ދޭނެ ޖަވާބެއް މިޝަލަކަށް ނޭނގުނެވެ. ނޫނެކެވެ. އެ ސުވާލަށް ޖަވާބު ދޭން އޭނާ ބޭނުން ނުވީއެވެ. އޭގެ ޖަވާބު އަޑު އިވިއްޖެނަމަ ޔަލްވީގެ ޙާލަތު އިތުރަށް ގޯސް ވެދާނެތީއެވެ. ޔަލްވީގެ ޙާލަށް ހަމްދަރުދީ ވެގެން އޭނާއާއި ގުޅެން ބޭނުންވާކަން އެނގިއްޖެނަމަ، އޭނާއަކީ ބަލިކަށި މީހެއްކަމަށް އަމިއްލައަށް ޤަބޫލުކޮށް ނަފްސާނީ ގޮތުން މިހާރަށްވުރެވެސް ބަލިކަށި ވެދާނެތީއެވެ. ލޯބި ނުވާއިރު ލޯބިވެއޭ ކިޔައިގެން ދޮގެއްގެ މައްޗަށް އެ ގުޅުމުގެ ބިންގާ އަޅަން ބޭނުން ނުވާތީއެވެ.

“މިޝަލް…..” ޔަލްވީއަށް ބަލަހައްޓައިގެން ގެއްލިފައި ހުރި މިޝަލަށް ހޭވެރިކަމެއްވީ ޔަލްވީ ގޮވާލުމުންނެވެ. އޭރު މިޝަލާއި ދިމާއަށް ބަލަހައްޓައިގެން ޔަލްވީ ހުރީ އޭނާ ކުރި ސުވާލުގެ ޖަވާބު ބޭނުންވެފައެވެ.

“ޔާލް….. އަހަންނަށް އެނގޭ ކުއްލިއަކަށް އަހަރެން ރައްޓެހިވާން އެހީމަ، ޔާލްއަށް ހައިރާންކަމެއް ލިބޭނެކަން….. ޙަޤީގަތުގައި ދުވަސްކޮޅެއްވެއްޖެ އަހަރެން ޔާލްގެ ގާތުގައި މިވާހަކަ ދައްކަން ހިތުލައިގެން އުޅެނީ….” އެހިސާބަށް ބުނެފައި މިޝަލް ވާހަކަތައް މަޑުޖައްސާލިއެވެ. ޙަޤީގަތުގައި އޭނާއަށްވެސް އެ ވާހަކަތައް ދައްކާކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ޔަލްވީއާއި ދޭރެތޭ ވިސްނާވަރަކަށް އޭނާގެ ހިތް ބުނަމުން ދިޔައީ ޔަލްވީއަށް އެހީވުމަށެވެ. ފުން ނޭވާއެއް ލުމަށްފަހު، މިޝަލް އަނެއްކާވެސް ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

” އަހަރެން ޔާލްއަކަށް ދެރައެއް ނުދޭނަން…. ވަރަށް އުފަލުގައި ގެންގުޅޭނީ…. ޔާލްއަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި ފުރިހަމައަށް ބައިވެރިވާނަން….. ޔާލް ދެރަވާ ވަރުގެ ކަމެއް ނުކުރާނަން…..” އިސްޖަހާލައިގެން ހުރެ މިޝަލް ވާހަކަ ދައްކަމުން ދިޔައިރު ޔަލްވީ ހުރީ ފަރުވާތެރިކަމާއިއެކު، މިޝަލަށް ބަލާށެވެ.

“މިޝަލް އަދިވެސް އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނުދެމެއްނު…. އަނެއްކާ އަހަންނަށް މި ހީވަނީ ރަނގަޅަށްތަ…..؟؟؟؟ މިޝަލްގެ ޙަރަކާތްތަކުން ޔަލްވީގެ ހިތުގައި ޝައްކުގެ އޮއިވަރެއް ދުވެލިއެވެ. ޔަލްވީގެ ސުވާލުން މިޝަލަށް ސިހުން ގެނުވިއެވެ. ހައިރާންވެފައި ޔަލްވީއަށް ބަލާލެވުންއިރު އޭނާގެ ނިއްކުރިއަށް ދާތިކިތައް ޖަމާވަމުން ދިޔައީ ހާސްވީވަރުންނެވެ.

“ކޯއްޗެއް ހީވި ވާހަކަ ތިބުނީ….” ހާސްވީ ނަމަވެސް އެކަން ސިއްރުކޮށްލަމުން މިޝަލް އަހާލިއެވެ.
“މިޝަލް ތިއުޅެނީ އަހަންނާ ދޭތެރޭ ޙަމްދަރުދީވެގެންނު….. ނޫނީ އެކުވެރީން އަހަރެމެންގެ ގުޅުމާމެދު ކުށްހީ ކޮށްފައިވާތީ، އެމީހުން އެކަމަށް އެދިގެން….” ކުރިޔަށް ފިޔަވަޅެއް އަޅާލަމުން ޔަލްވީ ބުނެލިއެވެ. މިޝަލަށް ހައިރާންވެފައި ބަލަން ހުރެވުނީއެވެ.
“ފުރަތަމަ ތިބުނި ވާހަކައަށް އަހަރެން މުޅިއަކުން އިންކާރެއް ނުކުރާނަން….. ތެދެއް….. މިހާރު ޔާލްއަށް ތި ދިމާވާ ކަންތައްގަނޑުގެ ސަބަބުން އަހަރެންގެ ހިތުގައި ޙަމްދަރުދީ އުފެދިފައިވޭ….. އެކަމަކު އަހަރެން ޔާލް ގާތުގައި ރައްޓެހިވާން އަހަން ފުރަތަމަ ހިތުލީއިރު އަހަންނަކަށް ނޭނގެ ޔާލްއަށް ތިހެން ވާކަމެއްވެސް….. އެހެންވީމަ، ތިކަމަކަށް މުޅިއަކުން އެއްބަހެއް ނުވެވޭނެ…. ދެން ދެވަނައަށް ތިބުނީ އެކުވެރީން އެދިގެންނޭ….. އަހަރެން ޔާލް ގާތުގައި ރައްޓެހިވާން މި އެހީ އަހަރެން ބޭނުންވެގެން….. ޔާލްއާއިއެކީ މުޅި އުމުރު އެކުގައި ހޭދަކުރަން ބޭނުންވާތީ….. އެކުވެރިންވެސް އަހަރެންގެ ގާތުގައި ޔާލްގެ ވާހަކަ ދެއްކި….. އެކަމަކު މިކަމުގައި އެއްވެސް މަޖުބޫރުކަމެއް ނެތް…. ޔާލް ޤަބޫލްކުރޭ……” ސީދާ ޔަލްވީގެ ދެލޮލަށް ބަލަން ހުރެ މިޝަލް ވާހަކަދެއްކީ ވަރަށް ޔަޤީންކަމާއި އެކީގައެވެ. މިޝަލްގެ ވާހަކައިން ޔަލްވީ ކީއްކުރަން އެހެން ކޮންމެ މީހަކަށްވެސް އެ ވާހަކަތަކުގައި އޮށްޓަރު ހުރިކަމަށް ޤަބޫލުކުރެވޭނެއެވެ.

“އަހަރެން މިޝަލްގެ ވާހަކަތައް ޤަބޫލްކުރަން…. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ މިޝަލް އަހަންނަށް ދެރައެއް ނުދޭނެކަން… އަދި އޮޅުވައެއްވެސް ނުލާނެކަން… އަހަރެން އުފަލުގައި ގެންގުޅޭނެކަންވެސް އެނގޭ…… އަހަރެން މިޝްމެންނަށް ކުރާ އިތުބާރު މިޝަލްއަށްވެސް ކުރަން….. އެކަމަކު…….” މިހިސާބަށް ބުނެފައި ޔަލްވީގެ ވާހަކަތައް ހުއްޓާލެވުނެވެ. އޭނާއަށްވެސް ވާހަކަ ދައްކަން އުނދަގޫވީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ހިންދިރުވާލަމުން އަނެއްކާވެސް ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

“އެކަމަކު އަހަންނަކަށް ނެތް މިޝަލްގެ ތި ހުށަހެޅުން ޤަބޫލުކުރެވޭކަށް…… މިޝަލްއަށްވެސް އަހަރެންގެ ޙާލަތު ވަރަށް ރަނަގަޅަށް އެނގޭނެ….. ތިފަދަ މާތް އިންސާނެއް، އެރޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް އަނދަވަޅަކަށް ވައްޓާލާކަށް އަހަންނަކަށް ހަމަހިލާ ނުކެރޭނެ….” މިހެން ބުނެލިއިރު، ޔަލްވީގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނީ އޭނާގެ ޙާލަތު ހިތަށް އެރުމުން ދެރަވީވަރުންނެވެ.

“ޔާލް ރަނގަޅުވަންދެން އަހަންނަށް އިންތިޒާރު ކުރެވިދާނެ….. ކިތަންމެ ގިނަދުވަހެއް ވަންދެން ވިޔަސް…..” ސީދާ ޔަލްވީގެ ދެލޮލަށް ބަލަން ހުރެ މިޝަލް ވާހަކަ ދެއްކީ އޭނާގެ ވާހަކައިގެ ތެދުކަން ޔަލްވީއަށް ހާމަކޮށްދޭން ބޭނުންވާތީއެވެ. މިޝަލް މިހެން ބުނުމުން ޔަލްވީއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި ދެލޯ ފުހެލުމަށްފަހު އަނެއްކާވެސް މިޝަލަށް ބަލާލިއެވެ.

“އަހަންނަށް މިޝަލްގެ ހުށަހެޅުން ޤަބޫލުކުރެވެން ނެތީ ހަމައެކަނި އެހެންވެއެއް ނޫން…. އެހެން ސަބަބުތައްވެސް އެބަހުރި….” ޔަލްވީ މިހެން ބުނުމުން، މިޝަލް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. މިޝަލްގެ ހިތުގައި ސުވާލު އުފެދުނުކަން ޔަލްވީއަށް ވިސްނުނީ ކަންނޭނގެއެވެ. އެހެން ކަމުން އޭނާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

“އަސްލު ޙަޤީގަތަށް ބުނަންޏާ ފުރަތަމަ މިޝަލްއާ ދިމާވި ދުވަހުއްސުރެ މިއަދާ ޖެހެންދެވެސް އަހަރެން މިޝަލްއާއިމެދު ދެކެމުން އައީ ބޭބެއެއް ގޮތަށް…. އަހަރެމެން ދެމީހުންނޭ ކިޔައިގެން އެކުވެރިން އޭރު މަޖަލަކަށް އެވާހަކަ ދެއްކި ނަމަވެސް ހަޤީގަތުގައި އެވާހަކަތަކުން އަހަންނަށް ވަރަށް އުނދަގޫވޭ…. މިޝަލްއާއި މިޝްއޭ ކިޔައިގެން އެކަހަލަ ވާހަކައެއް ދައްކަާފިއްޔާ މިޝަލްއަށް އެވާހަކަތައް އަޑުއަހާކަށް ފަސޭހައެއް ނުވާނެއެއްނު ދޯ… އަހަންނަށްވެސް ވީ އެކަހަލަ ގޮތެއް…. މިޝަލްގެ ރަނގަޅުކަމާއި އޯގާތެރިކަމުން އަހަންނަށް ކުރީއްސުރެވެސް ބޭބެއެއް ގޮތަށް ދެކެވެމުން އައީ….. އެހެންވީމަ، އަހަރެން ކިހިނެއް މިޝަލްއާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކޭނީ…..” ޔަލްވީގެ ވާހަކަތަކަށްފަހު، ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.

“އޭގެ އިތުރުން، އަހަރެން ލޯބިވާ ކުއްޖަކު ހުރޭ….. އޭނަ ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތްނަމަވެސް، ހިތް އެދެނީ އޭނައަށް…. އެނޫން މީހެއްގެ ދިރިއުޅުމަށް ދާކަށް އަހަރެންގެ ހިތް އެއްބަހެއް ނުވޭ….. ލޯތްބަކީ ވަރަށް ތަފާތު އެއްޗެއް…. އެއާއި ދުރުވާން މަސައްކަތް ކުރާވަރަކުން ކައިރި ވެވެނީ…… ހިތަށް ވިސްނައިދޭންވެސް ވަރަށް މަސައްކަތް ކުރެވިއްޖެ… އެކަމަކު އެކަން ކާމިޔާބުވާގޮތެއް ނުވި…. އެނގޭ މިވަގުތު، މި ވާހަކަތައް މިޝަލްއާއި ޚިއްސާކުރުން ރަނގަޅެއް ނުވާނެކަންވެސް….. އެކަމަކު އަހަރެން ބޭނުމެއް ނޫން މިޝަލްއަށް ދެން އެއްވެސް ކަމެއް ސިއްރުކުރާކަށް….. އަހަރެން ބޭނުމީ އަސްލު ސަބަބުތައް ހާމަކޮށްދޭން……” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ ޔަލްވީއެވެ. އެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި މިޝަލް އެނދުގައި އިށީންއިރު އޭނާގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވެފައިވެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޔަލްވީ ދެންމެ ކިޔައިދިނީ އޭނާވެސް ކުރަން އުޅެއުޅެ ނުވިކަމެއްގެ ވާހަކައެވެ. އެހެންކަމުން އޭނާއަށް ވަރަށް ރަނގަޅަށް ޔަލްވީގެ އިޙްސާސްތައް ދެނެގަނެވުނެވެ. ޔަލްވީ މިޝަލަށް ބަލަން ހުރީ އޭނާ އެއްޗެކޭ ބުނޭތޯއެވެ.

“ޔާލް ހުރިހާ ޙަޤީގަތެއް ކިޔައިދިނީމަ އަހަރެންވެސް ބޭނުން ވާހަކައެއް ޚިއްސާކޮށްލަން….. އަސްލު ޔާލް ތި ބުނިހެން އަހަރެންވެސް ވަރަށް ލޯބިވާ ކުއްޖެއް ހުރޭ… މުޅި ޙަޔާތުގައިވެސް ލޯބިވީ ހަމައެކަނި ކުއްޖާ…. އެކަމަކު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް….. ވަރަށް ގިނަ ދުވަހު ހުރެވިއްޖެ އޭނައަށް ވާވަރު ބަލަން….. މިހެން ހުހަށް ހުންނަންފެށީމަ ރައްޓެހިންގެ އެދުމަށް އަހަރެން ވިސްނީ ޙަޔާތަށް ކުއްޖަކު ގެނައުމަށް….. އެގޮތުން އަހަންނަށް ދެން ފެނުނު އެންމެ ރަނގަޅު ކުއްޖަކީ ޔާލް ވީމަ ޔާލްގާތު ރައްޓެހިވާން އެހީ….. އެހެންވީމަ، އަހަންނަށް ވަރަށް ރަނގަޅަށް ޔާލްގެ އިޙްސާސްތައް ވިސްނޭ….. މާތްﷲ އިރާދަ ކުރެއްވިއްޔާ ޔާލްއަށް ޔާލްގެ ހިތުގެ ވެރިޔާ ލިބޭނެ….. އަހަރެން ދުޢާ ކޮށްދޭނަން…..” ރީތި ހިނިތުންވުމެއް ޔަލްވީއަށް ހަދިޔާ ކޮށްލަމުން މިޝަލް ބުނެލިއެވެ. ބަދަލުގައި ހިނިތުންވެލަމުން މިޝަލަށްވެސް އޭނާގެ ހިތުގެ ވެރިޔާ ލިބޭތޯ ދުޢާ ކޮށްދޭނެ ކަމުގައި ޔަލްވީ ބުނެލިއެވެ.

“ދެން ހިނގާ ދަމާ….. މިޝް ހުންނާނެ މިހާރު އަހަރެމެން ނުނިކުމެގެން……” ކޮޓަރިން ނުކުންނަން ދާން ހިނގައިގަންނަމުން މިޝަލް ބުނެލިއެވެ.

“މިޝަލް……” ތަޅުގައި ހިފަން އަތް ހިއްލާލި މިޝަލް ފަސް އެނބުރި ބަލާލީ ޔަލްވީ ގޮވާލުމުންނެވެ.

“އަހަރެން ބޭނުމެއް ނޫން މިއަދު މި ދެކެވުނު ވާހަކައިގެ ސަބަބުން ކުރިން އަހަރެމެން ދޭތެރޭ އޮތް ގުޅުން ގެއްލޭކަށް……” ޔަލްވީ ބުނަން އުޅުން އެއްޗެއް މިޝަލަށް ވިސްނުނެވެ.

“މިގުޅުމަކަށް ބަދަލެއް ނާންނާނެ…. ދެން އަހަރެން ދެކޭނީ ތީ އަހަރެންގެ ކޮއްކޮއެއް ގޮތަށް… އެންމެ ރަނގަޅެއްނު….. ބޭބެއެއްގެ ޙައިޞިއްޔަތުން ޔާލް ބުނި ކޮންމެ ކަމެއް އަހަރެން ބަލާނަން ކޮށްދެވޭތޯ….. ކަމެއް ބޭނުންވިޔަސް ވާހަކައެއް ޚިއްސާކޮށްލަން ބޭނުންވިޔަސް އެއްވެސް ޖެހިލުމެއް ނެތި އަހަރެންގެ ގާތަށް އަންނާތި….. އަދި އެއްވާހަކަ….. ޔާލް ތީ އެކަނިވެރިއެކޭ ހީ ނުކުރައްޗޭ….. ޔާލްގެ މި ބޭބެ ޔާލްއާއިއެކު ހުރިކަން ހަނދާންކުރާތި…..” ޔަލްވީގެ ކޮލުގައި ހިފާލަމުން ހިނިތުންވެހުރެ މިޝަލް ބުނެލިއެވެ. ޔަލްވީވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

ކޮޓަރި ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މިޝްޔާގެ އިންތިޒާރަށް ނިމުން އައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއިން ނުކުތް މިޝަލްމެންގެ މޫނުމަތީގައިވާ ހިނިތުންވުމުން މިޝްޔާއަށް ނެގުނީ ގޯސް މާނައެކެވެ. އޭނާއަށް ހީކުރެވުނީ އެ ހިނިތުންވުމަކީ އެ ދެމީހުންގެ ގުޅުމުގެ ފުރަތަމަ ހަރުފަތް ކަމުގައެވެ. ވީ އުފަލެއްގެ ބޮޑުކަމުން އޭނާއަށް ޔަލްވީގެ ގައިގައި ބައްދާލަމުން ދެމީހުނަށް މަރުޙަބާ ކިޔާލެވުނެވެ. ނަމަވެސް އޭނާގެ އެ އުފާވެރިކަން ނިމުމަކަށް އައީ މިޝަލް އެ ދެމެދުގައި އޭނާ ހީކުރާކަހަލަ ގުޅުމެއް ނެތް ކަމުގައި ބުނުމުންނެވެ. ސަބަބު އަހަން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް އޭނާއަށް އެކަކު ގާތުންވެސް އަހާލާކަށް ނުކެރުނެވެ. އެހެންކަމުން މަޑުމަޑުން ހުރެގެން ޔަލްވީއާއިއެކު ގެއިން ނުކުންނަން ހިނގައިގަތީ އޭނާ އެ ކޮޓަރީގައި ރިކޯޑަށް ޖައްސާފައިވާ ފޯނުގެ އެހީގައި ހުރިހާ ޙަޤީގަތެއް ހޯދުމަށް ނިންމައިގެންނެވެ.
********************

މުދައްރިސް ފިލާވަޅު ނަންގަވައި ދެއްވުމަށްފަހު މަސައްކަތް ޙަވާލުކޮށްފައި ތަންކޮޅެއް އަވަހަށް ދިޔައީ މުޙިއްމު ކަމެއް ދިމާވުމުންނެވެ. ހުރިހާ ކުދިން ހޭބޯނާރާ ފިލާވަޅު ހެދުމައިގެން މަސްއޫލުވެފައި ވީނަމަވެސް ޝައުންގެ ނަޒަރު ސީދާވެފައިވަނީ ޔަލްވީއަށެވެ. އީޝާ، ޔަލްވީއާއި ދިމާއަށް އެއްޗެހި ކީފަހުން ޔަލްވީ ވަނީ އޭނާއާއި ދުރުން އުޅުމަށް ޝައުންގެ ގާތުން އެދިފައެވެ. އެ ފަހުން ޔަލްވީވެސް އުޅެނީ އޭނާއާއި ވަރަށް ދުރުންނެވެ. އެކުވެރިންނާއި އެކީ އެންމެން އެއްތަންވެ މަޖާކޮށް ހެދިކަމުގައިވިޔަސް ޔަލްވީ އޭނާއާއި ވާހަކައެއް ނުދައްކައެވެ. އެންމެ ކުޑަމިނުން އޭނާއަށް ބަލާވެސް ނުލައެވެ. ޔަލްވީ ވާހަކަ ނުދައްކާތީ، އޭނާވެސް ހުންނަނީ ވާހަކަ ދައްކަން ނުކެރިފައެވެ. ޔަލްވީގެ ދުރުކަމުން އޭނާއަށް އުނދަގޫވަނީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޔަލްވީ އެގޮތަށް ކަންތައް ކުރާތީ ދެރަވާ ކަމެވެ. ޔަލްވީއާއ ވާހަކަ ދައްކާލާހިތުން އެހިތް ބޭޤަރާރުވެފައިވާ ކަމެވެ.

ފިލާވަޅު ހަދަން އިނދެ ކްލާސްތެރެއަށް ނަޒަރު ހިންގާލި ޝިއުރީއަށް، ޝައުން، ޔަލްވީއަށް ބަލަން އިން މަންޒަރު ފެނި އޭނާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ޔަލްވީގެ ކަންފަތް ދޮށުގައި ސިއްރުން އެވާހަކަ ބުނެލުމުން ޔަލްވީއަށްވެސް އެދިމާއަށް ބަލާލެވުނެވެ. ޔަލްވީ ބަލާލުމާއިއެކު، ޝައުން އޭނާގެ ފޮތަށް ނަޒަރު ހުއްޓާލީ ވަގަކު ވައްކަން ކުރަން އުޅެނިކޮށް މީހަކަށް ފެނިގެން އުޅޭ ފަދައިންނެވެ. އޭނާގެ ޙަރަކާތްތައް އެހާވެސް އަވަސްވިއެވެ. ޝައުންގެ މި ޢަމަލުން މަޖާވީވަރުން ޝިއުރީއަށް ހެވުނެވެ.

“އަހަންނަށް ހީވަނީ އޭނާ ޔާލްއާއި ލައިކްވޭ ކަންނޭނގެ…. ހާދަ ވަރަކަށޭ އެ ބަލަނީ…..” މަޖާވެފައި އިން ޝިއުރީ ހަމައެކަނި ޔަލްވީއަށް އިވޭ ވަރަށް ބުނެލިއެވެ. އެއީ ޝިއުރީއަށް ހީވާ ގޮތޭ ބުނެ ޔަލްވީ ފިލާވަޅު ހެދުމައިގެން ކުރިއަށް ދިޔައެވެ.

“ހަމަ ތެދެއް މިބުނީ…. އޭނަ މިހާރު ޔާލްއަށް ބަލަނީ ވަރަށް ތަފާތު ގޮތަކަށް…. އަހަންނަށް ވަރަށް ހީވެ އޭނަ ޔާލްއާއި ލައިކްވާހެން…. ދެރައީ އެހާ ސިއްރުން ބަލަން ޖެހޭތީ…. ހިހިހީ އެހެންނު ވާނީ އެ އީޝާއަށް ފެނިއްޖެއްޔާ، އޭނާ ހޫނު ފެން އެއްޗަކަށް ލާ ކައްކާލާކަށްވެސް އީޝާ ފަހަކަށް ނުޖެހޭނެ ވިއްޔަ…….” ޝިއުރީގެ ބަސްމަގު ހުރިގޮތުން ޔަލްވީއަށްވެސް ނުހީއެއް ނީނދެވުނެވެ. އެވަގުތު އެދިމާއަށް ބަލާލި ޝައުނަށް ޔަލްވީގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ބޭއިޚްތިޔާރުގައި އޭނާއަށްވެސް ހިނިތުން ވެލެވުނެވެ.
*******************

ޝައިމަން ރަށުގައި އުޅޭ ދުވަހަކަށް ވުމުން މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށްޓަކައި ޢާއިލާ އެންމެން އެއްތަންވެ ތިއްބެވެ. ޝިއުރީގެ ބައްޕަ ހާރޫން ފިޔަވައެވެ. ހާރޫނަކީ މަސްވެރިއެއްކަމުން ޢާއްމު ގޮތެއްގައި މެންދުރުގެ ކެއުމުގައި ބައިވެރިއެއް ނުވެވެއެވެ. ކާމޭޒުމަތި ފުރާލެވިފައިވަނީ ދިވެހިވަންތަ ކާ ތަކެތިންނެވެ. ގަރުދިޔައާއި ބަތާއި ރިހާކުރެވެ. ތެލުލި ފަތާއި ލޮނުމިރުސް ހަވާދާއި ބޯކިރެވެ. ތަށިމަތި ފެނުމުންވެސް ބަނޑު ފުރޭހާވެއެވެ.

“ދޮންބެ ހެނދުނު މޫދަށް ދިޔަ އެއްޗެހި ދޮއުނީތަ މިހާރު……؟؟؟؟” ތަށްޓަށް ބަތް އަޅަމުން ސަޖާޔާ ސުވާލުކުރީ ޝިއުރީއާއިއެވެ. އޭރު އޭނާ އަނގަޔަށް ބަތްސުވާއެއް ލަނީއެވެ.

“އަދި ނުދޮންނަން…… އޭރު މަންމަ އެހެން ބުނިއިރު ޓިއުޝަން ގަޑި ޖެހިފައި އޮތީމަ ޓިއުޝަނަށް ދިޔައީ……” އަނގައިގައި ހުރި ބަތްތައް ހަފަމުން ޝިއުރީ ޖަވާބުދިނެވެ. މޭޒުގެ އެއްފަރާތުގައި ތިބި ޝަނާޔާއާއި ޝައިމަން ކަމުން ދިޔަނަމަވެސް ދެކުދިންނަށްވެސް ތިބެވުނީ ޝިއުރީމެންގެ ވާހަކައަށް ސަމާލުވެލައިގެންނެވެ.

“އަހަރެން ކަމަކު ބުނެފިއްޔާ ޝިއުރީއަށް ވާވަރެއްނު ތީ….. ދުވަހަކުވެސް ކަމެއް ވާކަމަކަށް ނަހަދާނެ…..” ހިތްހަމަ ނުޖެހިފައި އިނދެ ސަޖާޔާ ބުނެލިއެވެ.

“މަންމައަށްވެސް އެނގޭނެ މިއަދު އެގަޑީގައި އަހަރެންގެ ޓިއުޝަން އޮންނަކަން….. މަންމަ އެހާ އަވަހަށް އޭތި ދޮންނަން ބޭނުންވިއްޔާ ދޮންތަ ގާތުގައި ބުނިނަމަ….. މިއަދު ދޮންތަ އޮފް ދުވަހެއްނު…..”
ސަޖާޔާގެ ވާހަކަ ހުރިގޮތުން ޝިއުރީ ހިތްހަމަ ނުޖެހުނެވެ.

“ހޫމް ފެށުނީ…. ބަލަ އޭނަ ވަޒީފާގައި ބުރަކޮށް އުޅެފަ، އޮފް ދުވަހެއް ލިބުނީމަ އަރާމް ކޮށްލަން ބޭނުންވާނެއެއް ނޫންތަ….؟؟؟؟ އެތާ އިނދެ އިނދެ އޭނާ އުޅޭނީ އަބަދު ބުރަކަށްޓަށް ތަދުވާތީ….. އަހަރެން ބޭނުމެއްނޫން އޭނަ ލައްވާ ގޭގައި ބުރަ މަސައްކަތް ކުރުވާކަށް….. ޝިއުރީއަށް ކަންތައް ބޮޑުވަންޏާ ބުނެބަލަ ނުވާނޭ….. އޭރުން އަހަރެން ޝިއުރީ ގާތަކު ނުބުނާނަމޭ…..” ސަޖާޔާގެ އަޑު ދިޔައީ އިރެއް އިރަކަށް ގަދަވަމުންނެވެ. ސަޖާޔާގެ ވިސްނުން ހުރިގޮތުން ޝިއުރީ ދެރަވިއެވެ.

“ވަރަށް ރީތި ވާހަކައެއް މަންމަ ތިބުނީ….. އަހަރެންވެސް ސްކޫލްގަ ހަމަ އެހާ ގިނައިރު އިނދެ އިނދެފައި، ގެއަށް އައިސްވެސް އެހާ ވަރަށް ފިލާވަޅު ހަދަން ޖެހޭ….. އަނެއްކޮޅުން ޓިއުޝަންތަކަށްވެސް ދާންޖެހޭ….. އެވަރުންވެސް ދޮންތައަށްވުރެ ގިނައިން އަހަރެން ގޭގެ މަސައްކަތް ކުރަން…… އެކަމްވެސް މަންމަ އަބަދު އަހަންނާ ދިމާއަށް އެއްޗެހި ކިޔާނީ…. ދޮންފުތު ދަރި ބައިންދާނީ އަބަދުވެސް އާސްމާނަށް އަރުވާފައި…..” އާދައިގެ މަތިން ދެރަވީ ވަރުން ރުޅީގެ ސިފައިގައި ޝިއުރީ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. ރޮވެން އުޅޭހެން ހީވާން ފެށުމުން އަނގަޔަށް އަވަސް އަވަހަށް ބަތްސުވާތައް ލަމުން ހަލުވިކޮށް ކަމުން ދިޔައެވެ.

“ނޫނޭ ވާ ދަރިއެއް މީ….. މިހާރު އެ ފެށީ މަށާ ޒުވާބުކުރަން….. ބަލަ މި ތިބީވެސް ދެދަރިން…. އެކަމަކު މަގޭ ކުރިމައްޗަކު ޒުވާބެއް ނުކުރޭ….. މި ކުއްޖާގަނޑު ހާދަހާ ހަޔާތް ކުޑަވެއްޖޭ މިހާރު…… ދުނިޔެއަށް ނޭވާ ލީއްސުރެ މަށަށް ދުއްތުރާ ކުރަން ހިތު އަޅައިގެން އުޅޭހެން ހީވަނީ……. ހަމަ ދެވަނަ ބަފާ މީ…. އެއްވަރުގެ ދެމީހުން….. ފެންނަ ހިސާބުގައި އުޅެންޏާ ބޯ ފަޅައިގެން ދާވަރުވޭ……” އައި ރުޅިން ސަޖާޔާވެސް ހިތުގައި އުފެދިފައިވާ ނަފްރަތު ބޭރު ކުރަންފެށިއެވެ. ކަރުނަތައް ހިފަހައްޓަމުން ދިޔަ ޝިއުރީއަށް ކެތްވީ އެހިސާބަށެވެ. މަންމަގެ ދުލުން އިވެމުންދިޔަ ވިހަގަދަ ބަސްތަކުން ހިތަށް އަސަރު ކުރިވަރުން ލޮލުން ކަރުނަތައް ފައިބައިގަތެވެ. މަޑުމަޑުން ގިސްލެވެން ފެށުމުން ބަތް ތަށީގައި ކަނާތް ވިއްދާލަމުން އެ އަތުގައި ބޯ އަޅާލިއެވެ. ލޮލުންނާއި ނޭފަތުން އަންނަމުން ދިޔަ ކަރުނައާއި ފެނެއް ފައިބަމުން ދިޔައީ ބަތް ތަށްޓަށެވެ. ނަމަވެސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ. ޝިއުރީ ރޯން ފެށުމުން އައި ރުޅިން ސަޖާޔާ އަތުން ޖަހާ ކާން އިން ބަތްތަށި ކޮށްޕާލުމަށްފަހު، އެތަނުން ތެދުވެގެން ދިޔައެވެ. ޝަނާޔާއާއި ޝައިމަން އެތަނުން ތެދުވާން ނުކެރިފައި ތިބިއިރު ޝިއުރީ ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރެއެވެ.

މިއަދު ތަންކޮޅެއް އަވަހަށް މަހުން ލެފި ހާރޫނަށް ގެއަށް އާދެވުނީ އެ ވަގުތުއެވެ. ކާމޭޒު ދޮށުގައި ރޯން އިން ޝިއުރީ ފެނުމުން މިއަދުވެސް ކަންތައްގަނޑެއް ހިންގާލީކަން އޭނާއަށް އެނގުނެވެ. އެއީ އޭނާއަށް އައު ކަންތައްތަކެއް ނޫނެވެ.

“ސަޖާޔާ….. އެމަންޖެ ކީއްވެ އެ ރޮނީ…..؟؟؟؟” ޝިއުރީއަށް ބަލާލުމަށްފަހު، ހާރޫން އެންމެ ފުރަތަމަ ދިޔައީ ބޮޑު ކޮޓަރީގައި އިން ސަޖާޔާގެ ގާތަށެވެ.

“ރޯ ހިތުން ރޮނީއެއްނު….. ހަޔާތްކުޑަކަމުން މަ ކުރިމަތީގައި އަނގަ ހާވާފައި އަދި މަ ގޯސް ކުރަންވެގެން އެބަ އިނދެގެން ރޮއެއްނު…..” ސަޖާޔަ ވާހަކަ ދެއްކީ ބޮޑު ކޮޓަރީގައި އިންދެގެންނަމަވެސް، ކާގޭގައި އިން ޝިއުރީއަށް އެ އަޑު އިވެމުން ދިޔައެވެ. ހިތަށް ކޮށްފައިވާ އަސަރު އިތުރަށް ފުންވެ ގިސްލުމުގެ އަޑު ބާރުވަމުން ދިޔައީ އެހެންވެއެވެ.

“ސާބަސް ސަޖާޔާއަށް…. އަހަރެން ހަމަ ހައިރާންވެއްޖެ….. ބަލަ އެއީ ސަޖާޔާގެވެސް ދަރިއެއް ނޫންތަ….. ހިތުގައި ރަޙުމެއް ކުލުނެއްވެސް އެފަކީރާމެދު ނެތީތަ…..؟؟؟” ކޮންމެ ދުވަހަކު ގޭތެރެއިން މިފަދަ ކަންތައްތައް ފެންނަމުންދާތީ ހާރޫނުވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.

“މީ ކަލޭގެ ކަންތައް….. ކަލޭ ދޮންފުތު ކުރާތީ، އޭނާ އެހާ ފޮނިވެގެން އެ އުޅެނީ……” ސަޖާޔާ ދެންވެސް ކުށްވެރިކުރީ ހާރޫނެވެ. ސަޖާޔާއާއި ޒުވާބުކޮށްގެން ކުރިއެރުން ނުލިބޭނެކަން އެނގޭތީ އެކަން ހުއްޓާލުމަށްފަހު، އޭނާ ދެން ދިޔައީ ޝިއުރީގެ ގާތަށެވެ. އޭރު ޝިއުރީ އިނީ ރޮއެ ރޮއެ ބަލިވެފައެވެ. ގިސްލެވެމުން ނުލެވެމުން ދިޔައީ ވަރުބަލި ވީވަރުންނެވެ. ޝިއުރީ ރޮމުން ދިޔައީ ފެންނަ މީހަކުވެސް ހިތްދަތިވެގެން ރޮވޭހާ ހިތްދަތިކޮށްށެވެ.

“ތެދުވޭ ދަރިފުޅާ…..” ހާރޫނު ޝިއުރީގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އޭރު މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ. ދޮން މޫނުމައްޗަށް ލޭކުލަ ވެރިވެފައިވާއިރު ދެލޯ ރަތްކަމުން ބަލާލަން ނުކެރެއެވެ. މުޅި މޫނުގައި ކަރުނަތައްވާއިރު ބައެއް އިސްތަށިތައް ކަރުނައާއިއެކުވެ މޫނުގައި ތަތްލަވާފައި ހުއްޓެވެ. އޭރުވެސް ދަތްދޮޅިއަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ހާރޫނުގެ އެހީގައި ޝިއުރީ އަތް ދޮންނަން ދިޔައެވެ.

“ކަލޭމެން ދެކުދިންގެވެސް ހިތެއް ނެތީތަ….. ކޮއްކޮ ރޮއެރޮއެ ބަލިވާއިރުވެސް ދެމީހުން ބަލަހައްޓައިގެން ތިތިބީ ހިތުގައި ރަޙުމެއް ކުލުނެއްވެސް ނެތްދޯ….. ބަލަ އެއީ ކަލޭމެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ….. އަހަރެން ލަދުގަނޭ ތީ އަހަރެންގެ ދަރިންނޭ ބުނަންވެސް…..” ހާރޫނު ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް އަސަރު ކޮށްފައިވާވަރު، އޭނާގެ ކުރެހިފައިވާ އަޑުންވެސް ހާމަވެއެވެ. ޝަނާޔާމެން ބަހެއްވެސް ބުނަން ނުކެރިފައި އިސްޖަހާލައިގެން ތިބީއެވެ.

“ދަރިން ދޮންފުތު ކުރާ މީހަކު އެބަ އެނގެއެއްނު….. އެ ކުއްޖާގަނޑަށްޓަކައި ކަލޭ އެ ދެކުދިންނާ ދިމާއަށް ތި އެއްޗެހި ކިޔަނީ…. އަދި މިހިރަ ހަޔާތްކުޑަ ދަރި މަށާ ދިމާއަށް، ޝަނާޔާ ދޮންފުތު ކުރާ ވާހަކަ ގޮވާލާފިޔޭ…..” ދޮރުމަތީގައި މަޑުކޮށްލި ސަޖާޔާގެ އަޑަށް ހާރޫނު ފަހަތް ބަލާލިއެވެ. އެއާއިއެކު، ރުޅި އައިވަރުން އޭނާއަށް ދެބުމަ ގާތް ކޮށްލެވުނެވެ.

“ސަޖާޔާ ހުރޭ މަޑުން…. މިހުރިހާ ކަމެއްވެސް މިވަނީ ހަމަ ކަލެއާއި ހެދި….. ޝިއުރީވެސް އެބުނީ ރަނގަޅަށް…. ކަލޭ މާ ވަރަކަށް ޝަނާޔާ ދޮންފުތު ކޮށްފައި ބައިންދަނީ…. އޭނާ ލައްވާ ކަމެއް ނުކުރުވާތީ، އުމުރުން ވިހި ބާވީހަށް އެރީމަވެސް ކަމެއް ކޮށްލަން ނޭނގިފައި އެ އިންނަނީ……” ހާރޫނުވެސް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އެ ދެމީހުން ޒުވާބުކުރަން ފެށުމުން ޝިއުރީއަށް އިތުރަށް އަސަރު ކުރަމުން ދިޔައެވެ. އޭނާގެ ސަބަބުން މަންމަމެން ޒުވާބު ކުރާތީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ހިތާމައިގެ މައްޗަށް ރުޅި އިސްވާކަށް މަދު ސިކުންތު ކޮޅެއްވެސް ނުނެގިއެވެ. އަތް ދޮވެލުމަށްފަހު، އަތް ދޮންނަ ފުޅި އަތުން ޖަހާ ވައްޓާލިއެވެ. އަދި ބާރަށް ހިނގާލާފައިގޮސް އެތަނުން ނުކުމެގެން، ދުއްވައިގަތީ ހާރޫނު ގޮވަ ގޮވާ ހުއްޓައެވެ.

އެދިޔަ ބާރު މިނުގައި ޝިއުރީ މިސްރާބު ޖެހީ އެ ގެއާއި ޖެހިގެން ތިން ގޭ ދޫކޮށްފައި ހުރި މިޝްޔާމެން ގެއާއި ދިމާއަށެވެ. ނަސީބަކުން ގޭތެރެއިން އެއްވެސް މީހަކާ ދިމާނުވެ އެގޭގެ ބިއްދޮށް ފަރާތަށް ދެވޭ ގޮތްވިއެވެ. ފެހިކަން ގަދަ ވިނައިގެ ދޫލައެއް ފެތުރިފައިވާ އެ ތަނުގައި އެކި ކުލަ ކުލައިގެ މާގަސްތަކާއި، ބަގީޗާ ގަސްތައް ހައްދާލާފައިވާއިރު، ދެތިން ބެންޗު ބަހައްޓާފައި ހުރުމުން އެ ތަން ބޮޑަށް ވައްތަރުވަނީ ކުޑަ ބަގީޗާއަކާއެވެ. ހިތްތަކަށް އުފާވެރިކަން ގެނެސްދޭފަދަ މާހައުލެކެވެ. ނަމަވެސް ހަލަބޮލިވެފައިވާ ޝިއުރީގެ ހިތަށް މިއަދު އެ މާހައުލުންވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެތަނުން ބެންޗެއްގައި އިށީނދެލައިގެން އިންއިރު އޭނާއަށް ހުއްޓުމެއް ނެތި ރޮވެމުން ދިޔައެވެ. ގިސްލެވުމުގެ ސަބަބުން އަޑު ބޭރުވެދާނީ އަނގަމަތީގައި އަތްއަޅަލައިގެން އިންނަމަވެސް މަޑުމަޑުން ގިސްލުމުގެ އަޑިއިވެއެވެ.

ގޭތެރެއިން ބަގީޗާއަށް ނުކުތް މިޝަލަށް ފުރަގަސްދީގެން އިން ޝިއުރީ ފެނުމުން ހައިރާންވެފައި އެދިމާއަށް ހިނގައިގަނެވުނެވެ. ޝިއުރީއާއި ގާތްވީވަރަކަށް އޭނާއަށް ޝިއުރީގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ހައިރާންވީ ނަމަވެސް އޭނާގެ ހިތްވެސް ވަނީ އަވަސްވެފައެވެ. މިޝަލް ގޮސް މަޑުކޮށްލީ ސީދާ ޝިއުރީގެ ކުރިމަތީގައެވެ. ފެނުނު މަންޒަރުން ހީވީ މީހަކު އޭނާގެ ހިތުގައި އަތް އަޅާ ފިއްތާލީހެންނެވެ. އޭނާއަށް ވީގޮތްވެސް ނޭނގުނެވެ. ލޭކުލަ ވެރިވެފައިވާ ޝިއުރީގެ ދޮންމޫނާއި، ރަތްވެ ދުޅަވެފައިވާ ދެލޯ ފެނުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރިމަތީގައި ހުރި މިޝަލް ފެނުމުން ޝިއުރީ އަވަސް އަވަހަށް އަތުގެ ނުފުށުން މޫނު ފުހެލަމުން އެހެން ދިމާއަކަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުތައް ދެނެގަންނަން މިޝަލަށް އުނދަގޫވިއެވެ.

“މިޝަލް ދޭ މިތަނުން…. އަހަރެން ނޫޅެން އެކަކާވެސް ވާހަކަ ދައްކާކަށް…..” ޝިއުރީ އެއިންގޮތަށް އިނދެ ނޭފަތް އެތެރެއަށް ދަމާލަމުން ބުނެލިއެވެ.

“އުނހު ނުދާނަން…. އަހަންނަށް އެނގޭ އަހަރެންގެ ގާތުގައި ދާށޭ ބުންޏަސް އަސްލު މިވަގުތު ޝިއު ބޭނުންވާނީ އަހަރެން މިތާ މަޑުކުރަންކަން….. އަދި ޝިއު އެހެން ތިބުނީ ރުޅިއައިސްގެން ނޫންކަންވެސް އަހަންނަށް އެނގޭ…… މާ ބޮޑަށް ދެރަވެފައި އިނީމަ އެ ހުރިހާ އާހެއް ބޭރުކޮށްލުމަށްޓަކައި ޝިއުއަށް ރުޅި އިޚްތިޔާރު ކުރެވުނީކަންވެސް ވަރަށް ރަނގަޅަށް އެނގޭ…….” ޝިއުރީގެ ގާތުގައި އިށީންނަމުން މިޝަލް ބުނެލިއެވެ. ޝިއުރީ ފެނުމުން އޭނާގެ ހިތަށް ކުރި އަސަރުތައް ހިތުގައި ފޮރުވާލީއެވެ. އޭރު އޭނާގެ ދެލޯ ސީދާވެފައި ވަނީ ޝިއުރީއަށެވެ. މިޝަލްގެ ޖަވާބުން ޝިއުރީއަށް މިޝަލާއި ދިމާއަށް ބަލާލެވުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޢިބާދާ (ތިންވަނަ ބައި)

Next

02:30 ފަނަރަވަނަ ބައި

Next
August 28, 2017

02:30 ފަނަރަވަނަ ބައި

Previews
August 28, 2017

ޢިބާދާ (ތިންވަނަ ބައި)

51 Comments!

  1. Eemyaa says:
    August 28, 2017 at 9:17 am

    Kiyuntherin ??
    Hurihaa kudhinnahves mi part kamudhaane kamah heekuran ☺
    Kuhthah faahaga kohlaidhehchey ?
    Hurihaa kudhinnah ves varah baaja veri dhuvahakah edhen ???
    Tgc ?

  2. Anonymous says:
    August 28, 2017 at 9:23 am

    me first dhw

    1. Eemyaa says:
      August 28, 2017 at 9:26 am

      Yes u first ?

  3. Naaanu says:
    August 28, 2017 at 9:24 am

    Haaaitheryyyy.vaisary.waa waa.kiyaa baath hey heskiyaafa loabi.shaun falling in love hm hm.love is in the air ❤?

    1. Eemyaa says:
      August 28, 2017 at 9:28 am

      Thanks Naaanu ☺☺☺
      Hehehe ???

  4. Sidhu says:
    August 28, 2017 at 9:49 am

    Great. …..Vaahaka haadha reechey

    1. Eemyaa says:
      August 28, 2017 at 9:51 am

      Thanks Sidhu ☺☺☺

  5. aalaa says:
    August 28, 2017 at 10:19 am

    Vahaka vrh nice dhn..miadhu avahah up kohdhinyma vrh happy.. Dhn mipart ga iyaa n ayaany ge baeh nethyma dhw.. Ekam vx vrh vrh nice Mi part vx.. N vahaka kuriyah gendhaa goi vx.. Ly eem☺??☺

    1. Eemyaa says:
      August 28, 2017 at 12:36 pm

      Thanks aalaa ☺☺☺
      Hehe e dhe kudhin ge baithah kuri ah huri part thakun adhi fennaane aalaa ??
      Inthizaar kohlaa ?
      Thanks a lot dear ???
      Ly too ?

  6. Adha? says:
    August 28, 2017 at 11:09 am

    Dear shaun adhi kiriyaa hageegee loabi thi vevuny?..
    Dhen vese eesha gandaa rulhiveba…
    Mi part ge furathama bai kee iru varah happy vefa iny.. mishal nd yaal rahtehi nuveema?…. but fahubai keeiru iny hama rovefa shiu ge life huri gothun..?
    Mi part ves hama awesome ?
    Waitingss ❤❤❤❤

    1. Eemyaa says:
      August 28, 2017 at 12:38 pm

      Hehe dw Adhaa ?
      Thanks dear ☺☺☺

  7. Ram says:
    August 28, 2017 at 11:14 am

    Yayy… v v salhi.. ?

    1. Eemyaa says:
      August 28, 2017 at 12:38 pm

      Thanks Ram ☺☺☺

  8. azeen says:
    August 28, 2017 at 11:42 am

    WOWW HAMA V REETHI

    1. Eemyaa says:
      August 28, 2017 at 12:40 pm

      Thanks azeen ☺☺☺

  9. Appy says:
    August 28, 2017 at 12:02 pm

    V rythi vaahakaeh mee konme part eh vx baraabarahh kiyan ekam comment eh mi kury adhi alah ..v inthixaaru kurevey mi vaahaka ah …feshunysure vx adhi hama v rythi kon kuriyah dhany …..vvvv rythi mi part vx dhn in part ah inthizaaruga ☺☺

    1. Eemyaa says:
      August 28, 2017 at 12:41 pm

      Thanks Appy ☺☺☺
      V ufaavejje appy ge comment eh libunyma ?
      Thanks a lot dear ??

  10. Dhimu says:
    August 28, 2017 at 12:28 pm

    Photo in shiuree akii kobaa adhi mishal akii kobaa..
    Pls bunedheeba..
    Hamaekani ayaanii mi engeny..
    Dhen medhuga einii yaal dhw…

    1. Eemyaa says:
      August 28, 2017 at 12:43 pm

      Side ehga eyes close kohgen bodu koh fennan a iny shiu
      N yes medhuga a iny yaaal ☺

  11. Xidhan says:
    August 28, 2017 at 12:54 pm

    Varah salhi??
    Mi vaahaka emme salhi vaa thankolaki ekuverikamuge gadha fadha baaru fenaathi
    Keep it up eem??
    Iraadhakureviya avas musthagu balehgaa xidhan ge vaahakayeh mi site in fenidhaane?
    Next part avahah up kohlahcheyy varah kiyaa hithun mihiri

    1. Eemyaa says:
      August 28, 2017 at 1:31 pm

      Thanks Xidhan ☺☺
      Hehe adhi kuriyah oiytha ekuverikamuge laamaseel ethah misaaleh fenigendhaafadha haadhisaa thah annaane inthizaar kohlaa ??
      V ufaveri khabareh.. ? mihaarun feshigen xidhan ge vaahaikaige inthizaar ga hihi ?

  12. Maii says:
    August 28, 2017 at 1:06 pm

    Woww.. V nice mi part ves… Next part thankolheh avahah genesdhenchey plxxx….. Can’t wait to read next part……

    1. Eemyaa says:
      August 28, 2017 at 1:33 pm

      Thanks Maii ☺☺☺
      Hehe next part on wednesday ? keep waiting ???

  13. Some one says:
    August 28, 2017 at 1:19 pm

    Storyy v v riithi! When nxtprt?? N v realistic mi story! Hama kiyaa hiy vanii!

    1. Eemyaa says:
      August 28, 2017 at 1:37 pm

      Thanks Some one ☺☺☺
      Next part on Wednesday ?
      Mee hageegee haadhisaa thakehge mahchah binaa koh liyefaivaa vaahaka eh v ma hageegathaa ehgoi vaanethaa dw.. ?
      baeh haadhisaa thah genesdheefa hunnaany real haadhisaa thaka v eh goi koh.. v kuda koh change kohfa hunnaany ?
      V ufaavey ehaa kiyaa hithun mi story kiyaalaathy thanks dear ???

  14. click a shot ? says:
    August 28, 2017 at 1:29 pm

    Finally..yaal ah Shaun libumah magufahivehje..dhen shiury aa mishal gulhuvanvy..waiting for next part.when..mi part ves varah salhi

    1. Eemyaa says:
      August 28, 2017 at 1:42 pm

      Hehe click ?
      Pic nagan set kohfa click kohlaa iru set kuri gothaa thafaath vaa faharu ves annaane ??
      Thanks a lott click ☺☺☺
      Next part on Wednesday ???

    2. click a shot ? says:
      August 28, 2017 at 7:10 pm

      Hehe ?

  15. Merr says:
    August 28, 2017 at 2:35 pm

    Alhey wow ❤
    Abadhu mi story up vey tho bala balaa mi hunnanee ?
    Varah furihama ❤❤
    Finally mishal and shiuree
    Yaal shaun
    Next part avaskohdhehchey ??

    1. Eemyaa says:
      August 28, 2017 at 5:14 pm

      Thanks Merr ☺☺☺

  16. Al says:
    August 28, 2017 at 5:03 pm

    V mistake Gina… Nt nice..

    1. Eemyaa says:
      August 28, 2017 at 5:16 pm

      Al mistakes faahaga kohlaidhin nama v ufaavees

  17. Cher says:
    August 28, 2017 at 5:08 pm

    mifaharu faahaga vi mistakes hurikan..but varah habeys mi part ves..when next part? Cant wait
    and shaun finally yaal aa
    wooow cant wait ?????????

    1. love says:
      August 28, 2017 at 5:13 pm

      i want iyaax and yaal gulhen..but shaun aa thwhche gulheynii
      dhnn shiu and mishal

    2. love says:
      August 28, 2017 at 5:14 pm

      btw stry vrh salhi

    3. Eemyaa says:
      August 28, 2017 at 5:19 pm

      Cher mistakes faahaga kohlai dhevi dhaanetha
      Eyrun eem ah correct kohlan engeyny dw ☺
      Thanks a lot dear ☺☺☺
      Next part on Wednesday ?
      Keep waiting ???

    4. Eemyaa says:
      August 28, 2017 at 5:19 pm

      Hehe thanks love ☺☺?

    5. Cher says:
      August 30, 2017 at 4:55 pm

      haaroon liyan aadanu..dhn kudakoh fili massala…btw miadhu whn up vanii

    6. Eemyaa says:
      August 30, 2017 at 8:08 pm

      Ethan rangalhu kohlaafa mihaaru innaany ☺

  18. Ryyko says:
    August 28, 2017 at 6:12 pm

    I seriously love this story… Thnku soooooo much for bring such a lovely story to read.. We are lucky that we are getting a chance to read your story… This story is wat I wait all day.. Just love this.. ??? waiting for the next part..

    1. Eemyaa says:
      August 28, 2017 at 7:49 pm

      Ryyko eem v ufaa vejje ryyko ah eem ge vaahaka ehaa kamu dhiya eema ???
      Heekuran kuriah huri part thahves shauguveri kamaa eku kiyaane kamah ??
      U r mst wc n Thanks a lot dear ☺☺☺

    2. Ryyko says:
      August 29, 2017 at 10:08 pm

      Undoubtedly.. Mihaaru vx mi hunany anei part kiyaa hithun madu nukurevign??..?

    3. Eemyaa says:
      August 30, 2017 at 8:09 pm

      Ryyko ???

  19. Siyaa says:
    August 28, 2017 at 8:48 pm

    Haaroon liyan vaathanah aadanu liyevifa ebain v reethi mivaahaka comment nukurias baraabarah vaahaka kiyan misteykeh ineema bunelee keep it up

    1. Eemyaa says:
      August 29, 2017 at 9:22 am

      Haha ? siyaa, thanks e thanko faahaga kohla dhinyma.. ?mihaaru innaany e thanko rangalhu kohlaafa ☺☺
      Dhen faharakun ves mistake eh fenijja bunelahche ?
      Thanks a lot dear ???

  20. Song joong ki... KOREAN says:
    August 28, 2017 at 10:32 pm

    Hii eem. Miadhu thankolheh busy Veema lahun comment khlevuny. But the story is as fantastic as always.. V reethi. Mihaaru shaun vx yaal dheke loabi vevenydhw.. V salhi mi story dhaagoih… Welldone. Keep it up dear.. Waiting for the next part… 🙂 🙂 🙂

    1. Eemyaa says:
      August 29, 2017 at 9:25 am

      Hei song ?☺
      hehe lahun comment kurevunas a e massala eh nunehnu dw ?
      Thanks song ☺☺☺
      Haan shaun ah vs loabi veveny mihaaru hihi ?
      Keep waiting ???

  21. ??? says:
    August 29, 2017 at 1:37 am

    Mi baiii vvvvvvvvv rythi vvv kamudhey???? ey assluvess yalvy ge beybe dw???

    1. Eemyaa says:
      August 29, 2017 at 9:26 am

      Thanks dear ☺☺☺
      Hehe lets see dw ??

  22. ??? says:
    August 30, 2017 at 11:58 am

    Eemyaa konn irakunn vaahaka dhenn inn baiii nereniii???

    1. Eemyaa says:
      August 30, 2017 at 8:09 pm

      Dear nw up kohlaafa innaany ?

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ވިހިވަނަ ބައި)←


All Right Reserved!