Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފަނަރަވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
August 20, 2017 7 Mins Read
41 Comments

“އަހަރެން މިގޮވަނީ ޝިއު އަކަށް ނޫން….. ޔާނީއަށް…..ޔާނީ އާދެބަ……” ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ފާޑަކަށް ހީގަނެގެން އިނދެ ޔަލްވީ މިހެން ބުނުމުންނެވެ. ޙަމްދަރުދީވާހާލު، އޭނާއަށް ބަލާލެވުނީ މިޝްޔާގެ އަތުގައި ހިފަހައްޓާލައިގެން ބިރުގެންފައި ހުރި އަޔާނީއަށެވެ.


 

އަޔާނީ މިވަގުތު ބިރުގެންފައި ހުންނާނެވަރު އަންދާޒާކޮށްލަމުންނެވެ. އަޔާނީއަށް ބަލަހައްޓައިގެން ހުރި ޝިއުރީއަށް ހައިރާންކަމެއް ލިބިގެންދިޔައީ ލަސްފިޔަވަޅުތަކެއް އަޅަމުން އަޔާނީ ކުރިއަށް އަންނަން ފެށުމުންނެވެ. އަޔާނީއަށް އެފަދަ ހިތްވަރެއް ލިބުމުން އޭނާއަށް އަނގަ ހުޅުވައިގެން ހުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނީ ބިރުގެންފައި ހުރި މިންވަރު އެންމެ ރަނގަޅަށް އެނގޭ އެކަކީ އޭނާއެވެ. ދެއަތް ދެއަތާ މޮޑެމުން ލަސް ފިޔަވަޅުތަކެއްގައި ޔަލްވީއާއި ދިމާއަށް ދަމުން އަޔާނީ ޝިއުރީއަށް ބަލާލީއެވެ. ޝިއުރީ ހިނިތުންވެލުމުން، އަޔާނީވެސް މަސައްކަތްކުރީ ހިނިތުންވެލާށެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

 

އަޔާނީ އައިސް މަޑުކޮށްލުމުން ޔަލްވީ، އަޔާނީގެ އަތުގައި ހިފައި ލުއްކެއް ޖަހާލަމުން އޭނާގެ ގާތުގައި އަޔާނީ ބޭންދިއެވެ. ބާރު ބާރަށް ހިތް ތެޅެމުން ދިޔަ ނަމަވެސް އަޔާނީ މަޑުމަޑުން އިނެވެ. ޔަލްވީ، އަޔާނީގެ ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ދަމައިގަތީ އޭނާ ނުވިސްނާއިންދައެވެ. އަދި އެކޮޅުކޮޅުން އައިނު އަޅާލިއެވެ. އެއަށްފަހު އަނގަމަތީގައި އަތް އަޅާފައި ލާނެއް ގޮތަކަށް ހޭންފެށިއެވެ.

“މީތި އަޅައިގެން ބަލާލީމަ ޝިއުމެން ހީވަނީ ފަލަ ގުންޑާއެއްހެން….ހަހަހާ” ބޯއަރިކޮށްގެން ޝިއުރީއަށް ބަލަން އިން ޔަލްވީ، ލާނެއް ގޮތަކަށް ހީގަނެގެން އިނދެ ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް އިޔާޒްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަޑު ނުވީއްލި ނަމަވެސް އެހެންމީހުނަށްވެސް ހެވުނެވެ. ޝިއުރީއަށްވެސް މެއެވެ. އިޔާޒް ހޭން ފެށުމުން ޔަލްވީ އެދިމާއަށް ބަލާލިއެވެ. އިޔާވެސް އެބަފެނޭ ޑަބަލްކޮށް… އޯވްވްވް…. އިޔާގެ ޓްވިންސް އެއްތަ އެއީ….؟؟؟ އައިނު ރަނގަޅަށް އަޅާލަމުން، އިޔާޒާއި ދިމާއަށް އިނގިލި ދިއްކޮށްގެން އިނދެ ޔަލްވީ ބުނެލިއެވެ. އިޔާޒަށް ހިނިގަނޑު މަތަކުރުން ވީ އުނދަގޫ ކަމަކަށެވެ. އަނެއްކާވެސް އޭނާއަށް ބާރަށް ހެވެން ފެށުނެވެ.

ޔަލްވީ އައިނު ހިފައިގެން އެއާއި ކުޅެ ކުޅެފައި އަނބުރާ އަޔާނީއަށް ދިނެވެ. ޔަލްވީއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުން އަޔާނީގެ ބިރުވެސް ކޮންމެވެސް ވަރަކަށް ފިލައި މީހާ ހުރީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ.

********************

 

ޖެހިގެން އައި ދުވަހު ސްކޫލަށް ގޮސް ކްލާހަށް ވަދެވުމާއިއެކު، ޔަލްވީ އިށީންނަ ގޮނޑި ފެނުމުން މިޝްޔާމެންނަށް އިރުކޮޅަކު އެ ދިމާއަށް ބަލަން ތިބެވުނެވެ. ޔަލްވީ ނެތުމުން، އެ ކުދިންނަށް ފަޅުކަމެއް އިހްސާސް ކުރެވިފައި ވެއެވެ. މިޝްޔާމެންނަށް ބަލަހައްޓައިގެން އީޝާ އިނީ މަލާމާތްކުރާ ފާޑަކަށް ހީލައިގެންނެވެ. ޔަލްވީއަށް ދިމާވި ހާދިސާގެ ވާހަކަ އިވުނީއްސުރެ އޭނާއަށް ބުނެދޭން ނޭނގޭ އުފަލެއް ލިބިފައިވާކަހަލައެވެ. ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ.

“އެ އުޅޭ ޔަލްވީއަށް ޖިންނި އަވަލީއޯ…. އަޑު އެހިންތަ އެވާހަކަ….؟؟؟؟” ގާތުގައި އިން ޖިނާ ކައިރީގައި އީޝާ މިހެން ބުނެލީ ފަހަތުގައި ތިބި މިޝްޔާމެންނަށް އަޑު އިއްވަން ވެގެންނެވެ. މިޝްޔާމެން ހިތްހަމަނުޖެހިފައިތިބެ އީޝާއަށް ބަލާލިއިރު، އޭނާގެ ތުންފަތުގައި ރަސްކަން ކުރަމުން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. ރުޅި އައިވަރުން ޝިއުރީ ދަތްވިކާލަމުން އަތް މުށްކަވާލިއެވެ. ރައްދުގައި އެއްޗެކޭ ބުނަން ޝިއުރީ އަނގަ ހުޅުވާލިވަގުތު، މިޝްޔާ އޭނާގެ އަތުގައި ހިފެހެއްޓުމުން ޝިއުރީއަށް ބަލާލެވުނެވެ. މިޝްޔާ ބޮލުގެ އިޝާރާތުން އަނގައިން ނުބުނުމަށް އެދުނެވެ. ރައްދު ނުދިން ކަމުގައިވިޔަސް ޝިއުރީ، އީޝާއަށް ކަޅިއަޅާލިއެވެ.

“ހޫމް އަޑުއެހިން…. މިރަށަށް އައުމުގެ ކުރިންވެސް އެ ޖިންނި ހުންނަނީ އޭނައާއި އަވަލާފަޔޯ…..” ޖިނާވެސް އީޝާގެ ވާހަކައިގައި ބައިވެރިވަމުން ރާގު އަޅުވާލާފައި ބުނެލިއެވެ.

“ނާ ހަމަ ތެދެއްތަ…..؟؟؟؟” އީޝާގެ އަނެއްފަރާތުގައި އިން ކުއްޖާ އަނގަމަތީ އަތް އަޅާލަމުން އަހާލިއެވެ. އޭރު ކްލާހުގެ ގިނަ ކުދިންތަކެއް ގަޔާވެގެން އެ ވާހަކަ އަޑު އަހަން ތިބިއިރު، ޝިއުރީމެންނަށް މަޑުން ތިބެވެނީއެއް ނޫނެވެ. ނަމަވެސް އަނގައިން އެއްޗެއް ބުނެވިއްޖެނަމަ އިތުރު ޒުވާބުގަނޑެއް ފެށުން ނޫންކަމެއް ނުވާނެތީ، މުދައްރިސް އަވަހަށް ކްލާހަށް ދުރުވޭތޯ ހިތާހިތުން ދުޢާކުރާހާލު ކެތްކޮށްލައިގެން ތިބީއެވެ.

“އަނހަ އާނއެކޭ…. އަހަންނަށް ހީވަނީ ޖިންނި އަވަލާފަ ހުރީމަ އެ ރަށު މީހުންނަށްވެސް ދުއްތުރާވެގެން އެ ރަށުން ފައްސާލީހެން…..” ހިނިގަނޑެއް ޖަހާލަމުން އީޝާ މިހެން ބުނުމުން އޭނާގެ އެކުވެރިންވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

ޝިއުރީއަށް ކެތްވީ އެހިސާބަށެވެ. އެކުވެރިޔާއާއި ދިމާއަށް އެއްޗެހި ކިޔާ އަޑުއަހަން އިތުރަށް އޭނާއަށް ނީނދެވުނީއެވެ. ރުޅިގަނޑު މަތަނުކުރެވިގެން ފުންމައިގެން ތެދުވިއިރު އިށީނދެގެން އިން ގޮނޑިވެސް ވެއްޓުނެވެ. އެ އަޑަށް އީޝާމެން ސހިފައި ފަހަތް ބަލާލިއެވެ. ނަމަވެސް ޝިއުރީ ހުރިގޮތް ފެނި ދެވަނަ ސިކުންތުގައި އެމީހުންގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. ޝިއުރީ ތެދުވުމުން އޭނާގެ ދެފަރާތުގައި ތިބި އަޔާނީމެންވެސް ތެދުވިއެވެ. ޝިއުރީ ހިނގައިގަތީ އީޝާއާއި ދިމާއަށް ދިއުމަށެވެ. އެވަގުތު މިޝްޔާ އޭނާގެ އަތުގައި ހިފައި ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެެ އަތް ފޮޅުވާލަމުން ޝިއުރީގޮސް އީޝާގެ ގާތުގައި ހުއްޓުނެވެ. އީޝާވެސް ދެރަ ނުވާންވެގެން ކޮޅަށް ތެދުވިއެވެ. މިޝްޔާމެން ދުވެފައިކަހަލަ ގޮތަކަށް ގޮސް ޝީއުރީ އެތަނުން ގެންދަން އުޅުނީ ޒުވާބުގަނޑެއް ހިނގާފާނެކަމުގެ ބިރަށްޓަކައެވެ. ނަމަވެސް ޝިއުރީ ހުރީ ދާ ގޮތަކަށް ނޫނެވެ.

“ޔާލް އާއި ދިމާއަށް ކަލޭ ކިޔާނެހާ އެއްޗެއް ކިޔަންދެން އަހަނެއް މަޑަކުން ނުހުންނާނަން….. އެކަން ހަނދާން ކުރާތި!!!! އަދި ބުނަން…. ޔާލް އެއީ މީހަކު ބޮލަށް އުނދަގޫވެގެން ފައްސާލާވަރުގެ ކުއްޖެއް ނޫން…. އޭގެ ބަދަލުގައި ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހާވެސް ގާތުގައި އޭނާ ބަހައްޓަން…. އެއީ ކަލޭހެން ތަންތަން ފަސާދަ ކުރަން މަސައްކަތްކުރާ ސޫތްޕެއް ނޫނޭ…… އެކަމަކު ތިކަހަލަ ސޫތްޕެއް ފެނިއްޖެއްޔާ ކޮންމެ މީހަކުވެސް ފައްސާލަން ބޭނުންވާނެކަން ޔަޤީން…..”

މޭމަތީ ދެއަތް ހުރަސްކޮށްލައިގެން ހުރި ޝިއުރީ، ފަހު ޖުމްލަ ބުނެލިއިރު އޭނާގެ ތުންފަތަށް ވެރިވެފައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. ޝިއުރީގެ ބަސްތަކުން އީޝާގެ ގާތަށް ރުޅިއައެވެ. އަޔާނީއާއި މިޝްޔާގެ ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުންވީ އަނދައަނދާ ހުރި އަލިފާންގަނޑަކަށް ތެޔޮ އަޅާލުންފަދަ ކަމަކަށެވެ. އޭނާގެ ރުޅިގަނޑު އިތުރަށް ކެކިގަތެވެ.

“މަށާ ދިމާއަށްތަ ސޫތްޕެކޭ ތިބުނީ އޭން… ބޮޑު ބޯ ބުޅި ދައިތަގަނޑު….. ހީވަނީ ކުޅަނދުރު ހަތައެއްހެން….. މަށަށްވުރެ ބޮޑަށް ކަލޭ ސޫތްޕަކާ ވައްތަރީ…. އަދި މިތިބަ ދެ ހަންޑިގަނޑުވެސް އެބަ ހެވެއެއްނު…..މިތަނުން ދާން އުޅޭ……” ރުޅި ގަދަވީވަރުން އީޝާއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. ފަހު ޖުމްލަ ބުނެލުމަށްފަހު، އަޔާނީގެ ކޮނޑުގައި އަތް އަޅާ ކޮށްޕާލުމުން އަޔާނީގޮސް ޖެހުނީ އޭނާގެ ދާދި ގާތުގައި ހުރި މިޝްޔާގެ ގައިގައެވެ. ނުވިސްނާ ހުރި މިޝްޔާ ފައި ހަމަ ނުކޮށްލެވުމުގެ ސަބަބުން އަރިކަށިމަތި ގޮސް ޖެހުނީ މޭޒެއްގެ ކަނުގައެވެ. ތަދުވީވަރުން މިޝްޔާއަށް “އައްދޯއި” އޭ ކިޔާ ބާރަށް ހަޅޭލަވައިގަނެވުނެވެ. މި މަންޒަރު ފެނުމުން އަޔާނީއާއި ޝިއުރީ ދެފަރާތުން މިޝްޔާގެ ގައިގައި ހިފަހައްޓާލިއެވެ. ޝައުނާއި އިޔާޒަށް ކްލާހަށް އާދެވުނީ އެވަގުތުއެވެ.

“އީޝާ ކިހިނެއް ވެގެން ތިއުޅެނީ…..؟؟؟؟” ޝައުން އީޝާގެ ގާތުގައި މަޑުކޮށްލަމުން ނުރުހުންވެފައި އަހާލިއެވެ. އޭރު އިޔާޒް ހުރީ މިޝްޔާމެންގެ ގާތުގައެވެ. އޭނާގެ ރުޅިވެރި ނަޒަރުވެސް ސީދާވެފައިވަނީ އީޝާއަށެވެ.

“އަހަރެން ކަމެއް ކޮށްފިންތަ…..؟؟؟؟އެމީހުނަށް މަޑުން ނުހުރެވޭތީ ވާގޮތެއްނު….. ” އީޝާ އޭނާގެ ގޮނޑީގައި އިށީންނަމުން ރުންކުރު ގޮތަކަށް ޖަވާބުދިނެވެ.

“ބަލަ ތި ހީކުރަނީ ދެންމެ ވީ ކަންތައް އަހަންނަށް ނޭނގޭ ކަމަށްތަ…؟؟؟ އަހަރެން ދުށީމޭ އީޝާ އަޔާނީގެ ކޮނޑުގައި އަތް އަޅާ ކޮށްޕާލިތަން….. އެވަރުންވެސް އެމީހުން ދޯ ގޯހީ……” މިހާރަކަށް އައިސް އީޝާގެ ޢަމަލުތައް ހުންނަ ގޮތުން ޝައުން ހުންނަނީ އޭނާދެކެ ހިތްހަމަ ނުޖެހި ރުޅިއައިސްފައެވެ.

“އަހަންނަށް އެނގޭ މިހާރު ޝައުންއަށްވެސް ގޯސްވާނީ އަހަރެންކަން….. ޔަލްވީ އައި ފަހުން އަބަދުވެސް އަހަރެން ގޯސްވެފައި އޮންނަނީ…. ޝައުނަށް އަބަދުވެސް ރަނގަޅުވާނީ އެ ޔަލްވީގަނޑު…. އަހަންނަށް ހީވަނީ އަހަރެމެން ދެމީހުން ދުރުކުރުވަން އެ ދައިތަގަނޑު އެ ހުރީ ފަންޑިތަ ހަދާފަހެން…. އެހެންވެ ޝައުން އަހަރެން ދެކެ ތިހާ ފޫހި ވަނީ……” އީޝާ ދެންވެސް ވާހަކަ ދެއްކީ ހަމަ އެހާ ރުންކުރުކޮށެވެ.

“އަހަންނަށް އޮޅިއްޖެ….. މިކަމަކާ ޔާލްއާއި އޮތީ ކޮން ގުޅުމެއް…..؟؟؟؟ ކޮންމެ ކަމެއްގެ ތެރެއަށް އޭނަ ވައްދަން ޖެހޭތަ….؟؟؟؟ އަޖައިބު ހީވޭ… އެއްފަހަރުވެސް ހިތަކަށް ނާރާ ދޯ ތިމާ ކަންތައްކުރާ ގޮތުންނޭ އަހަރެން ފޫހިވަނީކީ…..” ޝައުންގެ ރުޅިވެސް ދިޔައީ ފަހަރެއް ފަހަރަކަށް ގަދަވަމުންނެވެ.

“ޝައުން މިސް އެބައާދެ……” ޝައުން ދެވަނަ ފަހަރަށް އެއްޗެއް ބުނަން އަނގަހުޅުވާލުމާއިއެކު ކުޑަ ދޮރުން މުދައްރިސް އަންނަ ތަން ފެނުމުން އިޔާޒް ބުނެލިއެވެ. އިޔާޒްގެ އަޑަށް އެތަނަށް އެއްވެ ތިބި ކުދިންތައް އެ ކުއްޖެއްގެ ގޮނޑީގައި އަވަހަށް ގޮސް އިށީނެވެ. މިޝްޔާވެސް އަޔާނީމެންގެ އެހީއާއިއެކު ގޮސް އިށީނެވެ. މި މަންޒަރު ބަލަން ހުރި ޝައުން ނުރުހުމުގެ ނަޒަރަކުން އީޝާއަށް ބަލާލުމަށްފަހު، އިޔާޒާއިއެކު ގޮސް އިށީނެވެ.

********************

 

އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ބަލަން ޖޯލީގައި އޮށޯވެލައިގެން އޮތް ޝިއުރީ ފާޑަކަށް ސިހިގެން ދިޔައީ އޭނާއާއި ޖެހިގެން ހުރި ޖޯލީގައި އޮތް ނަހީކް އޭނާގެ އަތްތިލަމަތީ އަތް ބާއްވާލުމުންނެވެ.

“ކޮންކަމަކާ ތި ވިސްނަނީ….؟؟؟ ޝިއުރީގެ އަތްތިލަ، ނަހީކްގެ ދެ އަތްތިލަ ދެމެދަށްލާ ފިއްތާލަމުން އޭނާ އަހާލީ، ޝިއުރީގެ ގަދަ އަޅިކުލައިގައިވާ ދެ ލޮލަށް ބަލަން އިނދެއެވެ. ޝިއުރީ ނަހީކަށް ބަލާލިއެވެ.

“އަހަންނަށް މި ވިސްނެނީ ޔާލްއާއި ދޭތެރޭ….. ޔާލް އެހާލުގައި އުޅޭތީ، އަހަރެން ވަރަށް ދެރަވޭ….. މި ހަފްތާވެސް ތިން ދުވަހު ސްކޫލަށް ނުދެވި ދިޔައީ….. އެކަމުގެ ސަބަބުން އޭނާގެ ކިޔެވުމަށް ކިހާ ބޮޑު ގެއްލުމެއް އެވަނީ…” ނަހީކްގެ އަތްތިލައަށް ބަލަން އިނދެ ޝިއުރީ ވާހަކަދެއްކިއެވެ.

“އާނ… ދޯ….. އަވަހަށް ރަނގަޅު ނުވަންޏާ އެތައް ދުވަހެއްގެ ކިޔެވުން ގެއްލޭނެ….” ޝިއުރީގެ އަތަށް އިތުރަށް ފިތާލަމުން ނަހީކްވެސް ބުނެލިއެވެ.

“ނޫރައިން ދައްތަވެސް ހާދަ ދެރަވާނެއޭ….. ޔާލްގެ ބައްޕަވެސް ހުރީކީ ނޫން…. ހުރި ހަމައެކަނި ދަރިފުޅަށް އެފަދަ ކަމެއް ދިމާވީމަ އެ މައިލަގޮނޑިއަށް ހާދަ އަސަރެއް ކުރާނެއޭ…. އަނެއްކާ ޔާލްގެ މަންމަ ޔާލްދެކެ ވަރަށް ލޯބިވޭ….. ޔާލް……” މިހިސާބަށް ބުނެފައި ޝިއުރީ ވާހަކަ މެދުކަނޑާލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ނަހީކަށް ސިހުންވީ އޭނާގެ އަތްތިލައަށް ފެން ތިއްކެއް ޖެހުމުންނެވެ. އުޑު މައްޗަށް ބަލާލިއިރު ވިއްސާރައިގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ދެވަނަ ފެން ތިއްކަށްފަހު ފުލުފުލުން ފެން ތިކި ޖަހަން ފެށިއިރު ޝިއުރީގެ ގިސްލުމުގެ އަޑުވެސް އިވެންފެށިއެވެ. ނަހީކް ހައިރާންވެފައި ޝިއުރީއަށް ބަލާލަމުން އޭނާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ. ޝީއުރީގެ ދެލޯ މެރިފައިވާއިރު، ދިގު އެސްފިޔަތައް ފޫދުއްވާލުމަށްފަހު، ކަރުނަތައް ފައިބަމުން ދެއެވެ. އޭރު މަޑުމަޑުން ޝިއުރީގެ ރުއިމުގެ އަޑުވެސް އިވެމުންދިޔައެވެ.

“ހޭއި ބޭބީ…. ނުރޮއެ….؟؟؟؟” ނަހީކް ލޯތްބާއިއެކު، ޝިއުރީގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ. އަދި ޝިއުރީގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. އޭރުވެސް ޝިއުރީ އިނީ ދެލޯ މަރާލައިގެންނެވެ. ރުއިމުގެ އަޑު ކެނޑުނު ނަމަވެސް ގިސްލެވެއެވެ.

“ޝިއު މާ ބޮޑަށް ވިސްނަނީއޭ ކަންތަކާ…. އެހާ ބޮޑަށް ނުވިސްނާބަ…. މާތް ﷲ އިރާދަކުރެއްވިއްޔާ ޔާލް ވަރަށް އަވަހަށް ރަނގަޅުވާނެ…. ދެން ނުރޮއްޗޭ އެނގޭ….” ކަނާތުން ޝިއުރީގެ ކޮނޑުގައި ފިރުމާލަމުން، ވާތުން ޝިއުރީގެ މަޑުމަޑު އަތްތިލައަށް ފިތާލަމުން ނަހީކް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ޝިއުރީ އޭނާގެ އަނެއް އަތުން ދެލޯ އިތުރަށް ފުހެލުމަށްފަހު، “އާނ”އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“ދެން އަވަހަށް ވަދޭ އެތެރެއަށް….. އެކަމާ އެހާބޮޑަށް ނުވިސްނާ ނިދާލެވޭތޯ ބަލާ…. އަހަރެންވެސް އެބަޖެހޭ ރައްޓެއްސަކާ ބައްދަލުކޮށްލަން ތަންކޮޅެއް އަވަހަށް ދާން…..” ޝިއުރީގެ ހިތުގައި ޝަކުވާތައް ފުނިޖެހެމުން ދިޔަ ނަމަވެސް ބޯޖަހާލަމުން އޭނާވަނީ ގެއަށެވެ. ކޮޓަރިއަށް ދިޔައިރު ނަސީބަކުން ޝަނާޔާވެސް ނޫޅެއެވެ.  އެނދުގައި އިށީންތަނާ އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. ހިތުގައި ޝަކުވާ އުފެދިފައިވަނީ އޭނާ ހަމައަކަށް ނޭޅެނީސް ނަހީކް އެހާ އަވަހަށް ދިއުމުންނެވެ. އެއީ އަބަދުވެސް ނަހީކް ކަންތައް ކުރާ ގޮތެވެ. ޝިއުރީ ކަމަކާ ދެރަވެގެން އެ ވާހަކައެއް ދައްކަން ފަށައިފިއްޔާ ނަހީކް ބަލާނީ އަވަހަށް ދެވޭތޯއެވެ. އޭނާގެ ހިތްހަމަ ޖައްސައިދެވޭތޯއެއް ނުބަލާނެއެވެ. ނަމަވެސް އެހެން ފަހަރުތަކާ ޚިލާފަށް މިރޭ އޭނާ ދެރަވުމުން ނަހީކް މާ ލޯބިން ވާހަކަ ދެއްކުމުން ޝިއުރީ ހީކުރީ އޭނާ ހަމައަކަށް އެޅެންދެން ނަހީކް ނުގޮސް މަޑުކޮށްލާނެ ކަމަށެވެ. ނަމަވެސް ނަހީކް ވީ ހަމަ ނަހީކަށެވެ.

********************

 

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. މިޝްޔާމެން މިސްރާބު ޖަހާފައިވަނީ ޔަލްވީމެން ގެއާއި ދިމާއަށެވެ. އެކި ވާހަކަތައް ދައްކަމުންގޮސް އެ ގެއާއި އަރާ ހަމަވުމުން ތިން ކުދިން އެކީ އެތެރެއަށް ވަނެވެ. ބަނބުކެޔޮ ގަސްދޮށުގައި ހުރި ޖޯލީގައި އޮތް ނޫރައިންއަށް އޮތީ ނިދިފައެވެ. އެހެންކަމުން އޭނާއަށް ގޮވަން ނުހަދާ މިޝްޔާމެން ގެއަށްވަނެވެ.

ގޭތެރެއަށް ވަދެގެންގޮސް ޔަލްވީގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، އެތެރެއަށް ވަނެވެ. ނަމަވެސް ކޮޓަރިތެރެއަކު ޔަލްވީއެއް ނެތެވެ. އެނދުގައި އަޅާފައި އޮތް ރަތާއި، ކަޅު އަދި ހުދު ގޮޅިތަކެއް ޖެހި ބެޑްޝީޓަށް ރޫޖެހިފައި އޮތުމުން މީހަކު އޮށޯވެ އޮވެފައިވާކަން ހާމަވެއެވެ. ރަތްކުލައިގެ އުރަލައްވާފައި ހުރި ބާލީސްތަކުން ބާލީހެއް ތަޅުން މައްޗަށް ވެއްޓިފައި އޮތެވެ. މިޝްޔާ ކުރިއަށް ޖެހިލަމުން، ބާލީސް ނަގައި އެނދުމައްޗަށް ލިއެވެ. އަދި އެނދުގައި އޮތް ބެޑްޝީޓަށް ދަމާލުމަށްފަހު، ރީތިކޮށްލަމުން އެނދުގައި އިށީނދެލިއެވެ.

“ޔާލް ފެންވަރަނީ ކަންނޭނގެ…..” ފާޚާނާއިން ފެންވަރާ މާގަނޑު ދޫކޮށްފައިވާ އަޑު އިވެން ފެށުމުން އަޔާނީ ބުނެލިއެވެ. އޭނާވެސް މިޝްޔާގެ ގާތުގައި އިށީނެވެ. ޝިއުރީ އެކުވެރިންނަށް ބަލާލުމަށްފަހު، ރީތިވާ މޭޒުކައިރީގައި ހުރި ކުޑަ ގޮނޑި ދަމާލަމުން އޭގައި އިށީނެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ޔަލްވީގެ ފޯނެވެ. ޝިއުރީ ފޯނުގައި އަތް ޖައްސާލުމުން ފޯނުގެ ސްކްރީން ދިއްލުނެވެ. ފޯނުގެ ޕެޓާރން ޖަހަން އެރިއިރު، އޭގެ ފުރަގަހުން ފެންނަމުން ދިޔައީ ދަތުރު ދިޔަ ދުވަހު، ހިކި ހޯލިތަކެއް ހުރި ގަހެއްގެ ކައިރީގައި ތިބެގެން އެ ހަތަރު އެކުވެރިން ނަގާފައިވާ ފޮޓޯއެކެވެ. ޝައުގުވެރިކަމާއިއެކު އެ ފޮޓޯއަށް ބަލަން ޝިއުރީ އިނެވެ.

 

ޔަލްވީ ފާޚާނާއިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ތިއްބާ ފާޚާނާ ދޮރުގެ ތަންޑު ނެއްޓި އަޑު އިވުމުން ތިން ކުދިންނަށް އެއްފަހަރާ އެ ދިމާއަށް ބަލާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހައިރާންވެފައި އެކަކު އަނެކަކަށް ބަލާލެވުނެވެ. ފާޚާނާއިން ނުކުތީ ޔަލްވީއެއް ނޫނެވެ. އޭނާގެ މާމަ ހަލީމާއެވެ. އެހެންވެއްޖެއްޔާ ޔަލްވީ ކޮބައިބާވައޭ އެކުދިންގެ ހިތަށް އެރިއެވެ. ހަލީމާއަށްވެސް ލިބުނީ ހައިރާންކަމެވެ. އޭނާ ފާޚާނާއަށް ވަން އިރުވެސް ޔަލްވީ އޮތީ ނިދާފައެވެ. ނަމަވެސް މިހާރު އޭނާ ކޮޓަރިއަކު ނެތެވެ. ތިން ކުދިންނަށް ބަލާލަމުން ޔަލްވީ ކޮބައިހޭ ހަލީމާއަށް އަހާލެވުނެވެ. ތިންކުދިންނަށް އަނެއްކާވެސް ހައިރާންވެ ތިބެ އެކަކު އަނެކަކަށް ބަލާލެވުނެވެ.

“އަހަރެމެން އައި އިރު ޔާލް ނޫޅެ ކޮޓަރިއަކު….. ފާޚާނާއިގެ މީހަކު އުޅޭ އަޑު އިވޭތީ އަހަރެމެން ހީކުރީ ޔާލްކަމަށް…. އެހެންވެ މަޑުކޮށްގެން މިތިބީ…..”ދެން ތިބި ދެ ކުދިން އަނގައިން ނުބުނެ ތިބުމުން ޝިއުރީ ބުނެލިއެވެ.

“މާމަ ފާޚާނާއަށް ވަންއިރު އޮތީ ދެލޯ މަރައިގެން….. މާމަ ހީކުރީ ނިދާފައި ކަމަށް….. ކޮންތާކަށްބާ އެކުއްޖާ އެދިޔައީ……؟؟؟” ހަލީމާ ކޮޓަރިން ނުކުމެގެން ގޮސް ޔަލްވީ ހޯދަން ގޭގެ އެކި ތަންތަން ބަލަން ފެށިއެވެ. ޝިއުރީމެންވެސް ގޭގެ އެކި ތަންތަން ބެލިއެވެ. ނަމަވެސް އެއްވެސްތާކުން ޔަލްވީއެއް ނުފެނުނެވެ. އޭރު ގޯތިތެރޭގައި ވާހަކަ ދައްކާއަޑު އިވިގެން ޖޯލީގައި ނިދިފައި އޮތް ނޫރައިންއަށްވެސް ހޭލެވިއްޖެއެވެ. އެންމެންގެ މޫނުމަތީގެ ކުލަވަރުތަކުން ކަމެއް ގޯސްވެއްޖެކަން ނޫރައިންއަށް ޔަގީންވިއެވެ.

“ކިހިނެއްވެފައި އެންމެން ތިތިބީ….؟؟؟؟ ކޮބާ ޔާލް….. އަނެއްކާ އޭނާއަށް ކަމެއް ވީތަ….؟؟؟؟؟ އެންމެނަށް ވަކިވަކިން ބަލާލަމުން ނޫރައިން ސުވާލުފަތި އަމުނާލިއެވެ. އެއަށްފަހު، ބުރުގަލުގެ ކަނުގައި ހިފައި ބުރުގާ ރަނގަޅުކޮށްލަމުން ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.

“އެ މަންޖެ ނެތް ގެޔަކު….. ހުރިހާ ތަނެއްވެސް ބެލިއްޖެ….. އެއްވެސް  ތާކު ނެތް…..” ހަލީމާ މިހެން ބުނުމުން ނޫރައިންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ފަސް އެނބުރި ބަލާލުމަށްފަހު، ޝިއުރީމެންގެ މޫނަށް ބަލާލީ އެ ވާހަކައިގެ ތެދު، ދޮގު ބަލަން ދިރާސާ ކުރާ ފަދައިންނެވެ.

“މަގޭ ދަރިފުޅު…..” ނޫރައިނަށް ބުނެވުނީ މިހާ ހިސާބަށެވެ. ކަނޑާ ވައްޓާލި ރުކެއްހެން ޚަބަރުހުސްވެގެން އޭނާ ބިންމައްޗަށް ދެމުނެވެ. އެންމެންނަށް އެއްފަހަރާ ނޫރައިންއާއި ދިމާއަށް ދެވުނެވެ. ޝިއުރީ ބިންމަތީ އިށީންނަމުން ނޫރައިންގެ ބޯ ހިއްލާލާ އޭނާގެ އުނގުމަތީގައި ބާއްވާލިއެވެ. އަޔާނީ ދިޔައީ ފެންތަށްޓެއް ބަލާށެވެ. ވަގުތަކީ ފަހުމީވެސް ގޭގައި ނޫޅޭ ވަގުތެއްކަމުން އެންމެންވެސް ތިބީ ހާސްވެފައެވެ. ހަލީމާ “ދަރިފުޅާ” އޭ ކިޔާ ނޫރައިންގެ ދެކޮލުގައި އަތުން ޖަހަމުންދިޔައެވެ. ނަމަވެސް ނޫރައިން ހޭވެރިވާ ގޮތެއް ނުވިއެވެ.

“މާތް ކަލާކޯ….. މަގޭ ދަރިންނަށް މިވަނީ ކީއް….. ޔާ ﷲ މަގޭ ދަރިން ހެޔޮ ހާލުގައި ލައްވާންދޭވެ…..” އުޑާއި ދިމާއަށް ބަލަން އިނދެ، ދެ އަތް ހިއްލާލަމުން، ހަލީމާއަށް ރޮއެގަނެވުނީ ނޫރައިން ހޭ ނޭރުމުން ވީދެރައެއްގެ ބޮޑުކަމުންނެވެ. އަނެއްކޮޅުން ޔަލްވީ ދިޔަ ތަނެއްވެސް އެނގެނީއެއް ނޫނެވެ. މިޝްޔާ ހަލީމާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން އިނދެ ހިތްވަރުކުރާށޭ ބުނެލިއެވެ. ނަމަވެސް އޭނާ ހިތްވަރު ކުރާނީ ކިހިނެއްހެއްޔެވެ.؟ އޭނާއަށް މިޖެހުނީ އެއްފަހަރާ ދެ އިމްތިހާނާ ކުރިމަތިލާށެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅާއި މާމަ ދަރިފުޅަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އޭނާއަށެވެ. އެހެން މީހުންގެ ކުރިމަތީގައި ހިތްވަރުކޮށްލައިގެން ހުރި ނަމަވެސް އެހިތަށް ކުރާ އަސަރު ދެނެވޮޑިގެންވަނީ މާތްﷲ އެވެ. އަޔާނީ ފެންތަށި ހިފައިގެން އައުމުން ހަލީމާ އޭގެއިން ފެންފޮދެއް ނޫރައިންގެ މޫނަށް ވިއްސާލިއެވެ. އެގޮތަށް ދެތިންފަހަރު ވިއްސާލުމުން ނޫރައިން އެސްފިޔަތައް ތަޅުވާލިއެވެ. އަދި މަޑުމަޑުން ދެލޯ ހުޅުވާ ބަލާލިއެވެ.

ނޫރައިންގެ ދެލޮލަށް ސާފުވެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށުމުން ފުންމައިގެން ތެދުވިއެވެ. އަދި ހަލީމާގެ އަތުގައި ހިފާލަމުން ޔަލްވީ ކޮބައިތޯ އަހާލިއެވެ. ހަލީމާ އޭނާ ފާޚާނާއަށް ވަންއިރު ޔަލްވީ ކޮޓަރީގައި އޮތްކަމަށާއި، ނަމަވެސް، ނިކުތްއިރު ނެތްކަމަށް ބުނެލިއެވެ. އަދި ގޭގެ އެއްވެސްތާކުން އޭނާ ފެންނާން ނެތް ވާހަކަ ބުނެލިއެވެ. ހަލީމާގެ ވާހަކަ އަޑު އަހާފައި “މަގޭ ދަރިފުޅާ” އޭ ކިޔާ، ނޫރައިން ބާރަށް ރޮއިގަތެވެ. އަދި ގޭގެ މައި ދޮރާ ދިމާއަށް ދުއްވައިގަތެވެ. ހަލީމާގެ އިތުރުން ޝިއުރީމެންވެސް އޭނާގެ ފަހަތުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

މަލާކް… 24ވަނަބައި

Next

ޢެދެމޭ އުފާ…..(ޓްރެއިލާ)

Next
August 20, 2017

ޢެދެމޭ އުފާ…..(ޓްރެއިލާ)

Previews
August 20, 2017

މަލާކް… 24ވަނަބައި

41 Comments!

  1. Eemyaa says:
    August 20, 2017 at 9:55 pm

    Kiyuntherinnah mi part ves kamudhaane kamah ummeedhu kuran 🙂
    kuhthah faahaga kohlai dhinun edhen 🙂 🙂
    Have a good nyt 🙂 TGC

  2. reen says:
    August 20, 2017 at 9:58 pm

    Yeyyiii me 1st

    1. Eemyaa says:
      August 20, 2017 at 11:56 pm

      Hehe ☺

  3. Him says:
    August 20, 2017 at 10:02 pm

    Varah nice. Komme dhuvahaku vaahaka kiyaalan libeyne nama ey hithah araa

    1. Eemyaa says:
      August 20, 2017 at 11:57 pm

      Thanks Him ☺☺

  4. ??? says:
    August 20, 2017 at 10:10 pm

    Hey mee first dhw vrh reeti ❤?

    1. Eemyaa says:
      August 20, 2017 at 11:58 pm

      Thanks dear ☺☺

  5. Juvey says:
    August 20, 2017 at 10:10 pm

    Wow ..when next part ..waitting eemya donee ???

    1. Eemyaa says:
      August 20, 2017 at 11:59 pm

      Thanks Juvey ☺
      Next part on Tuesday ??

  6. reen says:
    August 20, 2017 at 10:10 pm

    Vaahaka hama obiness to the mex ingey
    Its just wow waiting for the next part??

    1. Eemyaa says:
      August 21, 2017 at 12:00 am

      Thanks reen ☺☺

  7. ??? says:
    August 20, 2017 at 10:11 pm

    Vvvv rythi mibaii …alhey yalvy ah thihenn nahadhaa ??hama dheravanii mibaiii ga v gothunn avahah hodhaa eyna??vvv rythi

    1. Eemyaa says:
      August 21, 2017 at 12:19 am

      Thanks dear ☺ haan.. yaal hoadhan dhaan v dw kiki ??
      Thank a lot dear ?

  8. Yaal says:
    August 20, 2017 at 10:12 pm

    Thanks eem. Story varah reethi. Then huri part thah miah vure reethi vaane kamah unmeedhu kuran

    1. Eemyaa says:
      August 21, 2017 at 12:20 am

      Wc dear yaal ?
      Thanks a lot ☺☺

  9. Xidhan says:
    August 20, 2017 at 10:14 pm

    Saabahey eemyaa ?
    Varah salhi vaahaka mihaaru
    New cover pic hama habeys ??

    1. Eemyaa says:
      August 21, 2017 at 12:21 am

      Oww Thanks Xidhan ☺??
      Hehe thanks ?

  10. Dear says:
    August 20, 2017 at 10:54 pm

    Cover pic ga enmen fair skin hurefa mishya dark vyma hadi

    1. Dear says:
      August 20, 2017 at 10:55 pm

      And vv odd

    2. Eemyaa says:
      August 21, 2017 at 12:34 am

      Oww yeah ?, ebayah ehaa bodah visnaa nulevi a iny n pic edit kury varah vaguthu kudathan vefa ovva ehnve avahah fenun pic eh laigen cover hedhy
      I’ll try to change it ☺

  11. Adha? says:
    August 20, 2017 at 11:27 pm

    Konthaakahbaa yaal e dhiyaa?? .. ey eem yaal e eesha gandaa dhimaa vejjeyya rangalhu vaany.. eyrah hunnaane foari.. yageen birun dhuvaane???…
    Varah reethi mi part ves ingey..hama fabb?..
    Waitingss ❤❤❤❤

    1. Eemyaa says:
      August 21, 2017 at 12:38 am

      Neyge dw e dhiya thaneh ves
      Hehe hama dhimaa ves vedhaane Adha ? asluves eyrah v maja vaane dw.. ??
      Thanks a lot Adha ☺?

  12. Sidhu says:
    August 20, 2017 at 11:42 pm

    Vaahaka varah reethi. …shauguverikan ithuru kohfa thi ninmaalani…eam gud nyt waiting waiting for the next part ❤, ??❤❤❤❤❤

    1. Eemyaa says:
      August 21, 2017 at 12:47 am

      Thanks Sidhu ☺
      Hehe ???
      Good night Sidhu

  13. ޒީނާ says:
    August 21, 2017 at 2:41 am

    .ނަކީލް އާއި ސިއުރީ ޔަކާނުގުޅެ ވާހަކަޔަން އެއްވެސް ބަދަލެން ނާދެ

    1. Eemyaa says:
      August 21, 2017 at 4:18 pm

      zeena vaahaka ah badhaleh naadheytha?? Eem ah heevanee madu madun badhal annamun hen mi dhany.. Anyway, mihaa hisaabah ai iru zeenaa ah ehn heevanyaa a e massala eh nun.. Ekam kuri ah huri part thakugai hee nukuraa kahala bodethi badhal thakeh annaane.. Heekuran e badhal thah zeenaa ah kamudhaane kamah adhi vaahakaige kuriah huri part thahves kiyaane kamah ummeedhu kuran 🙂

  14. song joong ki..KOREAN says:
    August 21, 2017 at 6:04 am

    hahaha. heehee halaaku vaavaru vejje. yaal ayaanyge ainu alhaigen kee ehchihi v majaa. anehkaa knthaakah e dhiyaee yaal .. v reethi mi part. but, kudakh ibaaraathuge mahsala kolheh in. hevany type kuri vaguthu error eh ery hen. hope u’ll correct nxt time 🙂 🙂 well, waiting eagerly for nxt part 😉 😀 LOVE U!!

    1. Eemyaa says:
      August 21, 2017 at 4:24 pm

      Hehe asluvess dw 🙂
      Yaal dhiya thaneh balan jeheynee next part ah inthizaar kohlan 😉
      Thanks Song kuhthah faahaga kohlai dhinyma 🙂 Aslu reyga avas kuran vegen kiyaaves nulaa up kohlevuny ehnve ehaa mistakes gina ee… eeem rangalhuves kohlaifin dhe thin thakolhu.. adhives mistake eh inun ekasheegen vey.. eem liyun ehcheh veema ehaa faseyhain loluga alhai nugane hingaidhaane.. adhives mistake eh iniyyaa bunela dhehchey.. 🙂
      Dear, thanks a lot for ur support n love <3
      Ly too 🙂

    2. Song joong ki... KOREAN says:
      August 21, 2017 at 4:51 pm

      Welcome dear 🙂 🙂 mistake jehumaky mahsalaeh nuun. 🙂 every one can make mistakes. And others should help them to correct it. If u’re not making mistakes than u’re doing nothing.. 🙂 🙂 n yes! I’ll be always with u to give support n lots of love 🙂 ly!! Nxt part maadhan dhw?? Waiting eagerly for the next part dear!!! 🙂

    3. Eemyaa says:
      August 21, 2017 at 8:03 pm

      Yes next part on tomorrow ☺☺☺

  15. khajja says:
    August 21, 2017 at 8:17 am

    Ohhh wow masha allah v rythi v furihama?? alhe mi adhu upkolladhybala prt eh plx v interesting v kiyaahiyvaa stry evvyma mibuny plx n yaal ah dheragothennuhadhachchey avahah yaal ah faruvaakureveyne gothenhoadhabala shiumenmyhaku ruguyaa netun nagaigen viyas noorain ah gengosdhy e geyga ruguyaa jahan fashan ulhebala eyravves insha allah kommes varevvaane kommes kahala halleh libidhaane stry v awsome gud luck ly???❤❤❤?????????

    1. Eemyaa says:
      August 21, 2017 at 4:26 pm

      Thanks khajja 🙂
      Maadhan next part upkohlaanan In Sha Allah 🙂 miadhu hiyeh nuve vaane henneh sorry 🙁
      Yaal dhn v avahah rangalhu vedhaane 🙂 okay ehnnu dww
      Thanks a lot dear 🙂 ly too :):)

  16. azeen says:
    August 21, 2017 at 8:26 am

    vvvvvvvvvv reethi mi part vex.waiting for next part.:))):))

    1. Eemyaa says:
      August 21, 2017 at 4:27 pm

      Thanks azeen 🙂

  17. click a shot ? says:
    August 21, 2017 at 4:02 pm

    Shaun e hedhy hama rangalhah….eesha ge agabandhu kohlaifiehnun…..haha..yalvee ulhey majaa goteh…mi part ves varah salhi…???

    1. Eemyaa says:
      August 21, 2017 at 4:28 pm

      Hehe dw 😉
      Thanks click :):):)

  18. ??? says:
    August 21, 2017 at 4:13 pm

    Wow.
    Amazzzzzing. Vvvvvvvvvvvvvvv salhi story eh.????????????❣❤???

    1. Eemyaa says:
      August 21, 2017 at 4:29 pm

      Thanks Dear 🙂 🙂 🙂

  19. Rdfthhjj says:
    August 22, 2017 at 8:52 pm

    avvvaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss kohdhybala eem…mihaaru maa lahun up kurany…

    1. Eemyaa says:
      August 22, 2017 at 11:38 pm

      Sorry dear mihaaru up kohlaafa innaany
      Eem ge best eem eba dhen
      Eem ves beynun avahah up kuran bt vaguthu nulibeythy
      Hope u’ll understand
      ?

    2. click a shot ? says:
      August 23, 2017 at 12:45 pm

      We understand…don’t worry we’ll wait ?

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސޯޅަވަނަ ބައި)←


All Right Reserved!