Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…. (ދިހަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
August 20, 2017 5 Mins Read
12 Comments

18 އޮގަސްޓް 2017 ވަނަ ދުވަހުގެ ބަޔާ ގުޅޭ……

އިމީގެ މޫނަށް ބަލައިލަމުން ހިޝާން އެއަތުގައި ހިފިއެވެ.

” ތިއީ ދޮންބެ ގެ ފްރެންޑެއްދޯ! އެކަމް މީގެ ކުރިން ނުދެކެން! މިގެއަކަށްވެސް ނާންނަމެއްނު!” އިމީ ހުރީ ހިޝާންއާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ހިޝާން ބޭނުންވީ އަވަހަށް އެގެއިން ނުކުމެގެން ދާށެވެ. އިމީ އޭނާގެ އަތުން ދޫކޮށްނުލައި އެހުރި ގޮތަށް ހުރުމުން އޭނާއަށް އެކަން ކާމިޔާބުވާގޮތް ނުވީއެވެ.

“ސްކޫލް ނިންމި ގޮތަށް ލިބުނު، ސްކޮލާރޝިޕްގައި ކިޔަވަން އުޅެލާފަ، ނިންމާލިގޮތަށް މިއަދު މިއައީ؟! ” އިމީއާ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަނެތަސް މަޑުމައިތިރިކަމާއެކު ހިޝަން ބުނެލިއެވެ.

“އެހެންތަ؟! ދޮންބެވެސް ހަމަ މިއަދު އެއައީ… ކޮން ފީލްޑަކުން ތި ކިޔެވީ؟!” ހިޝާންގެ އަތުން ދޫކޮށްލަމުން އިމީ އެހިއެވެ. އިމީ ހުރީ އެރެއިން އެރެއަށް މި ޒުވާނާ ރަނގަޅަށް ދަސްކުރަން ބޭނުންވެފައެވެ.

“މެޑިސިން… ” ހިޝާން ދާން ހިނގައިގަން ނަމުން ބުނެލިއެވެ.

“އޯހް ނައިސް! ދޮންބެއާ ދެމީހުން އެއްފީލްޑެއް ދޯ ޗޫޒް ކުރީވެސް؟!” އިމީ އެހެން ބުނެ ލުމުން ހިޝާން އިމީއާ ދިމާލަށް އެނބުރިލަމުން ހިނިތުން ވެލާފައި ދެކޮނޑު އަރުވާލިއެވެ. ހަގީގަތުގަ ޖައިޝް ކިޔެވީ ކޮން ދާއިރާއަކުން ކަމެއް އޭނާ އަކަށް ނުވެސް އެނގެއެވެ. އެކަން ހޯދުމުގެ ޝައުގުވެރިކަމެއްވެސް އޭނަގެ ނެތެވެ. ދޮރާށިން ބޭރަށް ނުކުމެ ސައިކަލަށް އަރައި ހިޝަން ގޮސް އޮބާލަންދެން އިމީ ބަލަން ހުއްޓެވެ.

ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ގެއަށް ހިޝާން ގޮސް ވައިން އިރު އޭނާގެ މަންމަ އާ ބައްޕަ ޓީވީ ބަލަން ސިޓިން ރޫމްގައި ތިއްބެވެ. ހިޝާން ފެނުމާއެކު ދެމަފިރިން ކޮޅަށް ތެދުވިއެވެ. މިހާ ދުވަހު އެމީހުންނާ ދުރުގައި ހުރުމަށްފަހު މާލެ އައިގޮތަށް އައިސް އޭނާ އަވަހަށް ދިޔައީ ބަލްޚާއާ ބައްދަލުކުރާށެވެ. މަންމަ އާ ބައްޕަ އަށްވުރެ އޭނާ އަށް މުހިންމުވީ ބަލްޚާއެވެ. ނަމަވެސް ހިނދުކޮޅެއްތެރޭ އޭނާ ދެކެމުން އައި ހުރިހާ ހުވަފެނެއް ބިލާހަކަށްވީއެވެ. އޭނާއަށް ބަލްޚާ ވީ ވަޢުދުގެ ކުރިއަށް އަމިއްލަ އެދުން ނެރުނީތީ ބަލްޚާ ދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. ލޯބި ނުވާނަމަ، އެކަން އަންގާނެ އެތައް ފުރުސަތެއް ބަލްޚާއަށް ލިބިފައިވާނެ ކަމުގައި ހިޝާން ގަބޫލުކުރިއެވެ.

” ދަރިފުޅާ! ހިނގާ ކާން ދާން މަންމަމެން މިތިބީ ދަރިފުޅު ނައިސްގެން ނުކެވިފަ.. ދަރިފުޅާ މާލެ އައިގޮތަށް މާ އަވަސް އަރުވާލާފަ ކޮންތާކަށް ތަ ދިޔައީ؟!..” އެ ސުވާލާ ކުރިމަތިލާން ޖެހޭނެ ކަން މާކުރިންވެސް ހިޝާންއަށް އެނގުނެވެ.

” ގާތް ރައްޓެއްސަކާ ކުއްލިއަކަށް މުހިންމު ކަމަކު ބައްދަލުކޮށްލަން ވެފަ އޮތީމަ ދިޔައީ.. ދެން އެގެއަށް ގޮސް ކައިގެން މިއައީވެސް،،، ވަރަށް ވަރުބަލިވެސް ވެއްޖެ…މަންމާ! އެންމެ ރަނގަޅުތަ ނިދާލިޔަސް؟!…….” އިތުރު ވާހަކަ ދައްކާ ވަރަށްވުރެ އޭނާ މޫޑު ވަނީ ޚަރާބުވެފައެވެ. މަންމައާއި ބައްޕައާ މެދު އެގޮތަށް އަމަލުކުރަންޖެހުނީތީ އޭނާ ދެރަވިއެވެ. ނަމަވެސް ހިތަށް ލިބުނު ވޭނުން އޭނާގެ ހަށިގަނޑާއި ސިކުނޑިވަނީ މުޅިން ވަރުބަލިވެ ކަންނެތްވެެފައެވެ.

ކޮޓާރިއަށްވަދެ ޖީބުގައި އޮތް ރަން އަނގޮޓި އާއި ބޮނޑި ބޮނޑި ކޮށްލާފައި އޮތް ރަތް ފިނިފެންމާ ނަގަމުން ހިޝާން އެނދުގައި އޮށޯވެލިއެވެ. އިރުކޮޅަކު ބަލަން އޮތުމަށްފަހު އަނގޮޓިއާއި ފިނިފެންމާވެސް ދުރަށް ހޫރާލިއެވެ. ލިބުނު މާޔޫސްކަމުގައި ދެއަތަކަށް ފުރޮޅިލުމާއެކު އޭނާގެ ލޮލުގައި އަޅާއިގަތީ އެނދުކައިރީ ބަހައްޓާލާފައި ހުރި އޭނާގެ ދަބަހެވެ. އެ ދަބަހުގެ ކަނުން ޒިޕް ހުޅުވިފައިއިން ދިމާލުން ބަލްޚާގެ ފޮޓޯގަނޑު އޭނާއަށް ފެނުމާއެކު އެނދުން ތެދުވެ އެ ފޮޓޯ ފްރޭމް ނެގިއެވެ. އެނދުގައި އިށީނދެލަމުން ނިކަން ފަރުވާތެރިކަމާއެކު އެ ފޮޓޮއަށް އޭނާ ބަލައިލިއެވެ. ލޯބޮޑު ނަންބަރު އައިނެއް އަޅާއިގެން އިން އިރު ވާއަތުގެ ޝަހާދަތް އިނގިލީގައި ލުއި ގޮތަކަށް ދަތް އަޅާލައިގެން އިން ބަލްޚާގެ މައުސޫމްކަން އެ ފޮޓޯ އިން ނިކަން ރީއްޗަށް ހާމަވަމުން ދިޔައެވެ. ފޮޓޯ ނެގިއިރު ކެމެރާއަށް ބަލަހައްޓައިގެން އިންލެތް ހިތްގައިމުކަމުން އެރީތި މުށި ދެލޮލުގެ ވިދުން ގަދަހެން ހީވެއެވެ. އަލްމަންޑް ކުލައިގެ އިސްތަށިގަނޑުން ބައެއް އެރީތި ދޮންމޫނަށް ހިޔާ އަޅާފައިވާލެއް ފުރިހަމައެވެ. ހީވަނީ މޮޅު ކުރެހުން ތެރިއެއްގެ ޚިޔާލީ ތަސްވީރަކުން ކަނޑާ ނަގާފައިވާ ރީތި ތަސްވީރެއް ހެންނެވެ. އިރުކޮޅަކު ފޮޓޯއަށް ބަލަން އިނުމަށްފަހު ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތާއެކު ނިކަން ބާރަށް އެފޮޓޯ ފާރާދިމާއަށް ހިޝާން ހޫރާލުމާއެކު، ބިއްލޫރި ފްރޭމް ކުދިކުދިވިއެވެ. އެއާއެކު ކުނޑި ކުނޑިވެފައިވާ ބިއްލޫރި ތަކުގެ ތެރެއިން އެފޮޓޯނަގައި ވީދާލުމަށްފަހު އެނދުކައިރީގައި އިން ޑަސްޕިނަށް އަޅާލިއެވެ. އޭނާގެ ހިތުގައި ކަނޑާ ނެގިފައިވާ ބަލްޚާގެ ތަސްވީރު އެހިތުން އަބަދުގެ އަބަދަށް ފޮހެލުމަށް ބޭނުންވެފައިވާ ފަދައިންނެވެ.

ހަވީރުގެ ހިތްގައިމުވަގުތެވެ. ކާރޫބާރު ބޮޑު މާލޭގެ މަޖީދީމަގުން އެކުވެރި ދެތިން ކުއްޖަކާއެކު އިމީ ހިނގަމުންދިޔައީ ހީ ސަމާސާކުރަމުންނެވެ. ސައިކަލު މަތީގައި ޓްރެފިކްގައި ޖެހިފައި އިން ހިޝާން އިމީއަށް ފެނުނީ އެވަގުތުއެވެ. އިމީގެ ފިޔަވަޅަށް ކުއްލިއަކަށް ހުއްޓުންއައެވެ.

” ވާއު… ސަޅި ބިޓެއް! އިމީގެތަ؟” އިމީގެ ގާތުގައި ހުރި އައިޝައަށް އިމީ ބަލަމުން ދިޔައީ ހިޝާން އަށްކަން އެނގުމުން އިމީގެ ގައިގައި ވިކާލަމުން ބުނެލިއެވެ.

” އުހުނ… ބިޓެއް ނޫން… އެކަމް ބޭނުން އޭނާގެ ބިޓަށް ވާން!… އޭތް! ތިމީހުން ދޭ ބަލަ ކުރިއަށް އިނގޭ…” އިމީއަކި ހުޅުވާލެވިފައިވާ ފޮތެއްކަހަލަ ކުއްޖެއްކަމުން ހިތުގަ އޮންނަ އެތި ފޮރުވަން މަސައްކަތް ކުރުމަކީ އޭނާ އެއްވެސް ވަރަކަށް ކުރާ ކަމެއް ނޫނެވެ. އޭނާ އެހެން ބުނެލުމުން އޭނާގެ އެކުވެރިންވެސް ހެމުން ކުރިއަށް ހިނގައިގަތެވެ. ހިޝާން އިމީ ހުރި ފަރާތަށް ބަލައިލީ އެވަގުތުއެވެ. އެވަގުތު އިމީ އަތުން ހަނާއަޅާ ލުމުން ނިކަން ފަސޭހައިން ހިޝާންގެ ލޮލުގައި އިމީ އަޅައިގަތެވެ. ސައިކަލު އަނބުރާލުމަށްފަހު އިމީ ހުރި ދިމާއަށް ހިޝާން އައެވެ.

“އެކަނިތަ؟” ދެކޮޅު ހޯދާލަމުން ހިޝާން އެހިއެވެ.

“އެކަނިވެރިން އުޅޭނީ އެކަނިދޯ؟!” ހިޝާންއަށް ދޯ ދެމުން އިމީ ހިނިތުންވެލިއެވެ.

” އެހެންތަ؟! އެކަނިވެރިއެއްތަ ތިއީ؟! އަރަންވީނު؟!” ސައިކަލުގެ ފަހަތަށް އިޝާރާތްކޮށްލަމުން ހިޝާން ބުނެލިއެވެ. އިމީ ހުރީ އެފުރުސަތަށް އެދިއެދިކަމުން، އެއްމެ ސިކުންތެއްވެސް ގެއްލުވާނުލައި ހިޝާންގެ ފަހަތަށް އަރައި އޭނާ ހަމަޖެހި ލިއެވެ.

ހިޝާންއާއި އިމީ ތިބީ މޫދު ފެންނަހެން ހަދާފައިވާ ނިކަން ހިތްގައިމު ރެސްޓޯރެންޓެއްގައެވެ. ސީދާ ކަނޑުން އަންނަ ފިނި ފިނި ރޯޅިތައް ހަށިގަނޑުގައި ބީހިލާގޮތުންވެސް އެމާހަވްލާ އެމީހުންނަށް ގަޔާވެވުނެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ދެކޮޅަށް ދުއްވާފައިދާ ކަނޑު އުޅަނދުތަކުން ރެސްޓޯރެންޓް ހިމެނޭ ސަރަހައްދުގެ މަންޒަރު އިތުރަށް ފުރިހަމަ ކޮށް ދީފައިވެއެވެ. ދެ ޒުވާނުންވެސް އެހާ ގާތުން އެކަކު އަނެކެއްގެ ހަތަރުކަޅި ހަމަވާގޮތަށް ބައްދަލުވުމުން ފުރަތަމަ ތިބީ ދައްކަން ވީ ވާހަކަ ނޭނގިފައެވެ.

” އިމީ ސްކޫލް ނިމިއްޖެތަ؟” ތަނަށް ވެރިވެފައިވާ ހަމަ ހިމޭންކަން ފޫދުއްވާލަމުން ހިޝާން އެހިއެވެ.

“އިމީ މިދިޔަ އަހަރު މެދުތެރޭ ނިމިއްޖެ ސްކޫލް… ދެން އޮތީ ކިޔަވަން ދިއުން… އެކަމް ކުޑަ ދުވަސްކޮޅަކު މިކޮޅުގަ މަޑުކޮށްލާފަ ދާނީ؟!” ވަޔާއެކު ވިހުރެމުންދާ ފަން އިސްތަށިގަނޑު އަތުން ހައްޔަރުކޮށްލަމުން މޭޒުގައި ދެ އަތުގެ އުޅަނބޮށި އަޅުވާލަމުން އިމީ ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ވާހަކަ ހުސްވެގެން ބުނަންވީ ކީކޭ ކަމާމެދު އިމީ ވިސްނާލިއެވެ.

” ހިޝާންގެ ގާލް ފްރެންޑެއް ހުރޭތަ؟!” ޖެހިލުން ކުޑަކަމާއެކު އިމީ އެހެން އެހީ އެސުވާލުގެ ޖަވާބު ކޮންމެހެންވެސް ބޭނުންވެ ހުރެއެވެ. އެއާއެކު ހިނދުކޮޅެއްގެ ހަމަހިމޭނަކަމެއް އެ ދެދެމެދަށްވެރިވިއެވެ.

“ގާރލްފްރެންޑެއް ނުހުރޭ.. އެކަމަކު ކުއްޖަކު ދެކެ ވަރަށް ލޯބިވިން…..” ހިން ދިރުވާލަމުން ހިޝާން އެހެން ބުނިއިރުވެސް އޭނާގެ އަޑުގައި ރިހުމެއް ހުރިހެން އިމީއަށް ހީވިއެވެ. އިމީ ވަގުތުން މާޔޫސް ވާގޮތްވިއެވެ.

” ލޯބިވީމޭ ދޯ ތިބުނީ؟! މިހާރު ނުވޭތަ ލޯތްބެއް؟!”

” މިހާރު އެއީ އެހެން މީހެއްގެ ހައްގަކަށްވާން ތައްޔާރުވެފައި އިން ކުއްޖެއް! އަހަރެން ލޯބި ވިޔަސް ނުވިޔަސް ދެން ހެދޭނެ ގޮތެއް ނެތެއްނޫން!… ” ކުޑަކޮށް ހިނިތުން ވެލަމުން ހަމަޖެހޭ ގޮތް ދައްކާލަން ހިޝާން މަސައްކަތް ކުރިއެވެ.

“އިމީިގެ ހުރޭތަ ބީއެފް އެއް؟!” ޝާއުގުވެރިކަން ދައްކާލަމުން ހިޝާން އެހިއެވެ.

” ނުހުރޭ… އެކަމް ލައިކް ވާ ކަހަލަ ކުއްޖަކާ ދިމާވެއްޖެ މިހާރު!” މައުނަވީ ނަޒަރަކުން ހިޝާންއަށް ބަލައިލަމުން އިމީ ބުނެލިއެވެ. އެދުވަހުގެ ބައްދަލުވުން ނިމިގެން ދިޔައިރު ދެ ޒުވާނުންނަށްވެސް އެކަކު އަނެކެއްގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް ހިއްސާކުރެވި ދެނެގަނެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހިޝާންއާ އިމީގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ހިޝާންއަށް ހެދުނު ގޮތާމެދު ބަލްޚާ ދެރަވިއެވެ. އޮޅުވާލުމެއްގެ ތެރޭގައި އެހާ ދުވަހު ހިޝާން ބެހެއްޓުނީތީ އޭނާ ދެރަވިއެވެ. ހިޝާންގެ ކިބައިން މާފަށް އެދެން އޭނާ އާ ބައްދަލުވޭތޯ ކިތައްމެ ފަހަރަކު އޭނާ މަސައްކަތްކޮށްފިއެވެ. ނަމަވެސް މާލެއައި ރޭ ފެނުނުގޮތަށްއަދި އަދަށް ދާންދެންވެސް އޭނާއަށް ހިޝާން ނުފެނެއެވެ. އޭނާއާ ގުޅޭނެ ނަންބަރެއްވެސް ނޭނގެއެވެ. އެގެއަށް ދިޔަޔަސް ވަންނަން ނުކެރިގެން އަނބުރާލާފައި އަންނަނީއެވެ.

އިމީއާއެކު ހިޝާން އައިސް އައްސޭރިވިލާއަށްވަނީ ބަލްޚާ ގޭތެރެ ސާފުކުރުމުގައި އަވަދިނެތިވެ އުޅޭނިކޮށެވެ. ހިޝާން ސޯފާގައި އިށީނުމުގެ ދަޢުވަތު ދިނުމަށްފަހު “އެބަ އަންނަން” ކަމަށް ބުނަމުން އިމީ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އިމީއާއި ހިޝާންގެ ގުޅުން އެހާ ގާތްވީ ކޮން އިރަކުކަން ނޭނގުނީތީ ބަލްޚާ ހައިރާންވިއެވެ. އެއަށްވުރެވެސް ބޮޑަށް ހައިރާންވީ ހިޝާން އެއޮއްހާއިރު އެގޭގައި އިން އިރުވެސް ބަލްޚާއަކީ ދަންނަ މީހެއްކަމުގައިވެސް ހަދައި ނުލީތީއެވެ. ހިޝާންގެ ބަދަލުވެފައިވާ މިޒާޖް ފެނުމުން ބަލްޚާ ދެރަވިއެވެ. ޖައިޝް ގެއަށް އައިސް ވަނީ އެވަގުތުއެވެ.

” އަހަން… ހިޝާން! ހާދަ ދުވަހެއް ވެއްޖެއޭ ނުފެންނަތާ؟ ބަލްޚާ އާ ދިމާވެލަންތަ ތިއައީ؟!… އޭތް! އެބަ އޮތޭ ނިއުސް އެއްވެސް….. ޓޫ މަންތްސް ފަހުން މެރީ ކުރަމް މިއުޅެނީ!” އެއްޗެއް ބުނަން ހިޝާން އަށް ފުރުސަތު ދިނުމެއްނެތި ޖައިޝް ބުނެލިއެވެ. ހިޝާންގެ މޫނުމަތިން ފެނުނީ ހަމަ ހިމޭންކަމެވެ. ބަލްޚާ ދުރުގައި ހުރެ ހިޝާންގެ މޫނު މައްޗަށް ބަލަމުން ދިޔައިރު ހިޝާން ވާނެ ދެރަ ހިތަށް އަރާފައި އޭނާ ހިތުގައި ޖެހުނެވެ. ހިޝާން އޭނާ ދެކެ ވީ ލޯތްބަކީ އެ ލޯތްބަށް އެތަށް ޒަމާނެއް ވެފައިވާ ލޯތްބެއްކަން ބަލްޚާއަށްވެސް އެނގެއެވެ.

” މަރުހަބާ!!!” ހިނިތުންވެލަމުން ހިޝާން ބުނެލިއެވެ. އިމީ އެތަނަށް އައިސް ހުއްޓިލީ އެވަގުތުއެވެ. އިމީއާއި ހިޝާންގެ ވާހަކަ ތަކުން އެދެ މެދުގައި ގާތް ގުޅުމެއް ފައްކާ ވަމުން ދާކަން އެނގުމުން ޖައިޝް ހައިރާންވިއެވެ. އެހައިރާން ކަމާއެއްވަރަށް ޖައިޝް އުފާވެސް ވިއެވެ. ހިޝާންއަކީ ކޮންމެ ބޭބެއަކުވެސް އޭނާގެ އަންހެން ކޮއްކޮގެ ހަޔާތަށް އަންނަން އެދޭނެ ފަދަ ޒުވާނެކެވެ. އެދެމެދުގައި ވަނީ ކޮންކަހަލަ ގުޅުމެއްކަން އެގެން ޖައިޝް އެހާ ބޭނުންވީވެސް އެހެން ވެގެންްނެވެ. އިމީ ގޮވައިގެން ޖައިޝް ގޭގެ މަތީ ބުރީގައި ހުރި އިމީގެ ކޮޓަރިއަށް ދިޔައީވެސް އެދެމެދުގައިވާ ގުޅުމުގެ ހަގީގަތް ދެނެގަތުމަށް ބޭނުންވެގެންނެވެ. އިމީއާއި ޖައިޝް ސިޑިން މައްޗަށް އަރައިގެން ދާތަން ބަލަން ހުރުމަށްފަހު ބަލްޚާއައިސް ހިޝާން ގެ ކުރިމައްޗަށް ހއުްޓުނެވެ.

” ހިޝާންއާ އިމީއާ ދެމެދު އޮޓި ކޮން ގުޅުމެއް؟!” ބަލްޚާ އެހެން އެހުމުން ހިޝާން އެއިން ތަނުން ތެދުވެ ބަލްޚާ ފަސްދީ ކުރިޔަށް ދެތން ފިޔަވަޅު އެޅިއެވެ.

” ހިޝާން އަޅޭ މަށާ ވާހަކަ ދައްކަބަލަ! ކިހިނެތް ވެގެންތަ ތިއުޅެނީ!… މަށަށް ކުށެއް ކުރެވިއްޖިއްޔާ މާފުކޮށްދީބަލަ!” ބަލްޚާ އާދޭހާ އެކު އެހެން ބުނެލުމުން ހިޝާން، ކުއްލިއަކަށް ބަލްޚާގެ އަތުގެ މުލައްދަނޑީގައި ހިފައިގެންގޮސް ފާރާލާ ބަލްޚާ ފިއްތާލިއެވެ.

“މާފޭ! މާފަށް އެދެން މާރަނގަޅު މީހެއްނޫން ތިއީކީ… އަހަރެންގެ ކިތައް އަހަރު މި ބޭކާރުވީ ބަލްޚާއާހެދި!” ރުޅި އައިސްގެން ރޫޅޫ އަޅަމުންދިޔަ ހިޝާންގެ ދެއަތް ބަލްޚާގެ ދެއަތުން ފާރުގައި އަޅުވާލަމުން ވައިއަޑުން ބުނެލިއެވެ.

” ހިޝާން ޕްލީޒް ރުޅި މަޑުކުރޭ! އަހަރެން ދެކެ އަންނަ ރުޅީގަ އިމީއަށް ދެރައެއް ނުދޭތި!”

“އޯހް! ބަލްޚާ ހީކުރީ އަހަރެން ބަލްޚާގެ ލޯބީގަ ދީވާނާވެގެން ގޮސް އިމީއަށް ދެރަދޭ ވަރަށް ބަލްޚާ އާހެދި މޮޔވެފަަ ކަމަށްތަ ހުންނާނީ؟!”

“އަޅޭ ޕްލީޒް ހިޝާން ތިހާ ވަރަށް ރުޅި ނާދެބަލަ… އަހަރެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ލޯބިވީ ޖައިޝް ދެކެ… ހިޝާން އަހަންނަށް ލޯބި ހުށަހެޅުމުގެ ވެސް މާކުރިން އެއީ… އޭރު އަހަންނަކަށް ނޭނގެ ޖައިޝް އަހަރެން ދެކެ……..”

” އޯހްހްހް… މިހާރު މި އެނގުނީ… ޖައިޝް ލޯބިވާކަން ނޭނގޭތީ ޓައިމް ޕާސްއަކަށް ހިޝާންވެސް އޯކޭ ވާނެއޭ ދޯ ހީކުރީ….” ބަލްޚާ ބުނަން އުޅުނު ޖުމްލަ ފުރިހަމަވެސް ނުވަނީސް، އެހެން ބުނެލުމަށްފަހު ފާރުގައި އެއްއަތުން ގޮއްމުށުން ޖަހަމުން ހިޝާން ބަލްޚާއަށް ފުރަގަސް ދިނުމަށްފަހު އަނެއްފަރާތަށް އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި އެދެމީހުންނަށް ބަލަހައްޓާއިގެން ހުރި އިނާޒާ ފެނުމުން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ބިނާކުރުވަދޭ އެތިކޮޅުތައް – ތަޢާރަފް

Next

އަދިވެސް ބޭނުން… އެހެނަސް!

Next
August 20, 2017

އަދިވެސް ބޭނުން… އެހެނަސް!

Previews
August 20, 2017

ބިނާކުރުވަދޭ އެތިކޮޅުތައް – ތަޢާރަފް

12 Comments!

  1. khajja says:
    August 20, 2017 at 1:22 am

    Wow masha allah v v v rythi?? balkhaa ah dhera ellibuna nudhechchey when nxt prt avahah up kolladhybala gud nyt ly????❤❤????????

  2. ??? says:
    August 20, 2017 at 6:42 am

    waaaau??varah salhi…when next part?avahah upkoh dhehchey☺?

  3. some says:
    August 20, 2017 at 8:49 am

    Admin mi vaahakaige name nufennnaneee kyvetha. ekan rangalhukohla dheebala…
    admin pls reply

  4. . says:
    August 20, 2017 at 8:51 am

    vaahaka v furi hama.
    inaza ah bust v dho.
    dhen kihine baa vaani

  5. some says:
    August 20, 2017 at 8:59 am

    v intresting story eh. vvvv kamudhey mivaahaka thankx rau.
    ekm vaahakaige name nufeney mivaahakain. rauge profile ves nei engeykah

  6. NAAZ says:
    August 20, 2017 at 11:07 am

    މާޝާﷲ ވާހަކަ ވ.ރީތި

  7. aloo says:
    August 20, 2017 at 2:22 pm

    v intresting waiting.. 🙂 🙂

  8. ރައު says:
    August 20, 2017 at 2:50 pm

    hurihaa kudhinnah v bodah shukuriyyaa… vaakaha thikudhinnah kamudhaathy v ufaavey…adhives rangalhu kohlan hurikana kan faahaga koh cmments dhehchey…
    I really enjoy reading your comments… hahaha 😛 😛 🙂

  9. azeen says:
    August 20, 2017 at 4:24 pm

    varah furihama woww…

  10. @) says:
    August 20, 2017 at 6:00 pm

    This story is simply the best. I love the way u write this story. I hope upcoming parts will b more interesting .
    Waiting for next part

    1. @) says:
      August 20, 2017 at 6:04 pm

      Mi storyin ammilla love story komes varakaeba reflect vey aslu. That’s the reason I am reading this story

  11. Adha? says:
    August 20, 2017 at 11:01 pm

    Aaah adhi e inaazaa gandah dw mi fenunyves… dhen neynge hadhaane goiy ves…
    Mi part ves hama varah reethi ❤❤❤

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ… (އެގާރަ ވަނަ ބައި)←


All Right Reserved!