Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެގާރަވަނަ ބައި)

“ކަރީމްބެ ގޯއްޗާ އުޅެއެއްނު ނިކަން ދޮން ސޮރެއް…. އެ ސޮރު ދުއްވާ ސައިކަލު ހުއްޓޯ އެތާ ތަންކޮޅެއް ދުރުގައި…. އެކަމަކު، އަނދިރިކަމުން ޔާނީ ކައިރީ އިނީ ކޮން ސޮރެއްކަމެއް ނޭނގެއޯ” ހުސްނާ އޮޅުންފިލުވައިދިނެވެ.

“ހޫމް އެނގިއްޖެ އެސޮރަށް ކިޔަނީ އަފްލާކް….. އޭނައަށްވެސް އެނގުނީ މިއޮށްބޮޑު ރަށުން މަގޭ ދަރި ދޯ އަތުއަޅުވާލަން….. ހުސްނާ، ހިނގާބަލަ އެޖޯލިފަތިތަކާ ދިމާއަށް….. ފަރީޝާ އެބުނީ ތެދަކަށްވެއްޖެއްޔާ މިރޭ އަޔާނީއަށް ކުޅި ދައްކާލާނަން……” މިހެން ބުނެފައި އަމްހާ ސޯފާއިން ތެދުވެގެން ބޭރަށް ދާން ހިނގައިގަތުމުން ހުސްނާވެސް އޭނާގެ ފަހަތުން ދިޔައެވެ.


 

އަމްހާމެން މިސްރާބު ޖަހާފައިވަނީ ރަށުގެ ދެކުނުފަރާތުގައި ހުންނަ ޖޯލިފަތިތަކާއި ދިމާއަށެވެ. ރެއަކީ ހަނދުމަހުން ފަހުދިހައިގެ ކުރީކޮޅުގެ ރެއަކަށްވުމުން، ކޮންމެވެސް ވަރަކަށް ހަނދުގެ އަލިކަން ހުއްޓެވެ. ރަށްގިރުމުން ސަލާމަތްކުރުމަށް ޖަހާފައިވާ ހިލަތޮށިގަނޑާއި މާ ދުރުނޫން ހިސާބެއްގައި ހުރި ހޮޅިބުރިތަކުން، ފަނޑު އަލިކަމެއް ވެރިވެފައިވެއެވެ. ފުދޭވަރަކަށް ވައިގަދަކަމުން ބުރުގާ ވަޔާ އުދުހޭތީ ދެމީހުންވެސް ތިބީ ބުރުގަލުގެ ކަނުގައި ހިފަހައްޓާލައިގެންނެވެ.

 

“އެހެންވީމަ އެ ފަރީޝާ އެކީ ހަމަ ރަނގަޅު އެއްޗެކޭ….. ބަލާބަލަ….. އެހުރީނު އެ އަފްލާކްގެ ސައިކަލު….. ޖޯލީގައިވެސް ބަޔަކު އެބަތިބި….. އެކަމަކު، އަނދިރިކަމުން ކޮންބައެއްކަމެއް ނޭނގެ ދޯ….” އަމްހާމެނަށް ފުގަސްވާގޮތަށް ޖޯލީގައިތިބި ދެމީހުން ދައްކާލަމުން ހުސްނާ މިހެން ބުނުމުން އަމްހާވެސް ރީތިކޮށް ބަލާލިއެވެ. އެއާއިއެކު އަޔާނީދެކެ އައިރުޅިން އޭނާއަށް ދަތްވިކާލެވުނެވެ.

“ރޭގަވެސް އެހާ ރީތިކޮށް އެހީމަ ހެދީ ދޮގު….. ހުރެބަލަ ކުޅި ދައްކާލާނަން…..” އަމްހާ ބާރުގަންނަވާފައި އެދިމާއަށް ދިއުމަށް ހިނގައިގަތެވެ. އަމްހާގެ ފަހަތުން ހުސްނާވެސް ދިޔައެވެ.

“އަޔާނީ…” އެ ދިޔަ ބާރުމިނުގައި ގޮސް، ޖޯލީގެ ފުރަގަހުގައި މަޑުކޮށްލަމުން އަޑުގެ ކޮޅަށް އަޔާނީއަށް ގޮވައިގަތެވެ.

“މަންމާ…..” ދުރުން އަޔާނީގެ އަޑު އިވުމުން އަމްހާއަށް އަޑުއައި ދިމާއަށް ބަލާލެވުނެވެ. ޖޯލިފައްޗާ މާދުރުނޫން ހިސާބެއްގައި ހަދާފައިވާ ހަޓުން ނުކުމެގެން އައި އަޔާނީ ފެނުމުން އަމްހާގެ ދެލޯ ބޮޑުވިއެވެ. އަޔާނީގެ ފަހަތުން ޝިއުރީއާއި ޔަލްވީވެސް ނުކުތެވެ.

“ޔާނީ އެހުރީ…. އެހެންވެއްޖެއްޔާ ޖޯލިފަތީގައި އިނީ ކާކު….” ހުސްނާ ކިތަންމެ މަޑުން ބުނެލިކަމުގައިވިޔަސް އަމްހާއަށް އަޑުއިވުނެވެ. ހުސްނާގެ އިތުރުން އަމްހާއަށްވެސް ޖޯއްޔާއި ދިމާއަށް ނަޒަރު ހިންގާލެވުނީ ޖޯލީގައި އިނީކާކުތޯ ބަލާލުމުގެ ބޭނުމުގައެވެ. އޭރު އަމްހާގެ ބާރު އަޑަށް ސިހުނުވަރުން، ޖޯލީގައިތިބި މިޝްޔާއާއި ޒިކާންވެސް ތިބީ ކޮޅަށް ތެދުވެގެންނެވެ. ޖޯލި ކައިރީގައިހުރި މިޝްޔާ ފެނުމުން އަމްހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ދަރިފުޅަށް ޝައްކުކޮށް އެހިސާބަށް ދެވުނީތީ ލަދުވެސްގަތެވެ.

“މަންމާ މިތާ ކީއްކުރަނީ….؟؟؟؟” އަމްހާމެންގެ ގާތަށްގޮސް، ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުން އަޔާނީ ސުވާލުކޮށްލިއެވެ. އަމްހާއަށް ބަލާލެވުނީ ހުސްނާއާއި ދިމާއަށެވެ.

“މިތާ…. މިތާ ކަމެއް ނުކުރަން…… ވާދީ ފިހާރައަށް އައިއްސަ، ވައިޖައްސާލަން މިތަނަށް އައިތަނާ ދައްތައަށް އަޔާނީ ފެނުނީމަ ގޮވާލީ….. ދޯ ދައްތާ…….” ހުސްނާ އަވަސް އަވަހަށް ބުނެލިއެވެ. ހުސްނާގެ ބަހަށް އާނއެކޭ ބުނުމުގެ ގޮތުން އަމްހާ ބޯޖަހާލިއެވެ.

“އެކަމަކު ހާދަ ބާރަށޭ ގޮވީ…. އަހަރެން ހީކުރީ ބޮޑު ކަމެއްވީކަމަށް……” އަޔާނީގެ ގާތުގައި ހުރި ޝިއުރީ ބުނެލިއެވެ.

“ދެފަހަރަކު ގޮވާލާފަ އަޑު ނީވުނީމައޭ ބާރަށް ގޮވާލީ…..” ހަމަޖެހޭގޮތް ދައްކަމުން އަމްހާ ބުނެލިއެވެ.

“އެއީ ކާކު ސައިކަލެއް….؟؟؟” އަފްލާކްގެ ސައިކަލު ދައްކާލަމުން ހުސްނާ ސުވާލުކޮށްލިއެވެ.

“އެއީ އަފޫގެ…. އަހަރެން އައީ އޭގަ….” މިޝްޔާގެ ގާތުގައި ހުރި ޒިކާން ބުނެލިއެވެ.

“ޔާނީ ކޮންއިރަކުން ގެއަށްދަނީ….. މަންމަމެން މިދަނީ ގެއަށްދާން….” ކުރެވުނު ކަންތަކާ ލަދުގަތްނަމަވެސް، އެކަން ނުދައްކާވޭތޯ އަމްހާ މަސައްކަތް ކުރިއެވެ.

“މަންމަމެން ދޭ…. އަހަރެން ދާނީ އިރުކޮޅަކުން…. އަނބު ކާން ފެށިތަނާވިއްޔަ މަންމަ ތިގޮވީ….. ދެން ދެވޭނީ ކައިގެންނު…..” އަތުގައި އޮތް ހުތް އަނބު ދައްކާލަމުން އަޔާނީ ބުނެލިއެވެ.

ހުސްނާ ގާތުގައި ދާން ހިނގާށޭ ބުނެފައި، އަމްހާ އަނެއްކާވެސް މިޝްޔާމެންނަށް ބަލާލިއެވެ. އަދި އެމީހުންނަށް ހިނިތުންވެލުމަށްފަހު، ހުސްނާއާއިއެކު ގެއަށް ދިއުމަށް ހިނގައިގަތެވެ.

 

“ނޭނގުނަސް އެފަރީޝާ ޖެހޭނެ ކޮންމެވެސް އެއްޗެކޭ ކިޔާފައި ވާހަކަ ފަތުރަން…… ކާކުކަން ނޭނގެންޏާ އެވާހަކަ ނުދައްކާ ހުރީމަ ނިމުނީނު…. މަގޭ ދަރި ފަޟީހަތް ކުރަމުން ދުވަން ޖެހޭތަ…..” ދަމުން އަމްހާ ފަރީޝާއަށް ކުދިކިޔާލިއެވެ. އަޔާނީއާއި، މިޝްޔާ އެއްކޮށް އުޅޭތީ، ފަރީޝާއަށް އޮޅުނީކަމަށް ވެދާނެއޭ ހުސްނާ ބުނުމުން އަމްހާ އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ.

 

އަމްހާމެން ދާތަން ބަލަންހުރި އަޔާނީ، އެމީހުން މަގުން ލަނބާލުމުން ފުން ނޭވާއެއް ބޭރުކޮށްލާ ހަމަޖެހިލިއެވެ. ދެން ތިބި މީހުންވެސް ތިބީ އެފަދަ ހާލެއްގައެވެ.

“އާހް….. ކިރިޔާއެއްނު ޔާނީގެ މަންމައަށް ބަސްޓްނުވީ……” ޖޯއްޔަށް ވެއްޓިގަންނަމުން މިޝްޔާ ބުނެލިއެވެ.

“އަހަރެން މިހިތަށް އަރަނީ ޒީކްއަށް ކިހިނެއްބާއޭ އަހަރެންގެ މަންމަ މިތަނަށް އަންނަކަން އެނގުނީ…… އައި ނައި ތަނެއް ނޭނގި އަފޫއާއި ދެމީހުން ޖޯލީގަ ތިއްބަ އައިގޮތަށް އައިސް އަފޫ ފޮނުވާލައިފިވިއްޔަ…. ދެން އަހަރެން ޝިއުމެންނާއިއެކު ހަޓަށް ފޮނުވާލާފަ، މިޝް ގޮވައިގެން ޒީކް ތީނީ ޖޯލީގަ….. އަހަންނަކަށް ނޭނގެ ޒީކްއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް…. ޒީކްގެ ސަބަބުން މިރޭ މި ސަލާމަތްވީ….. މަންމައަށް ބަސްޓްވީނަމަ ނޭނގެވާނެ ގޮތެއްވެސް…… މަންމައަށް އެހުންނަނީ ފާޑަކަށް ޝައްކުވެފައި…..” މިޝްޔާގެ ގާތުގައި ޖޯލީގައި އިށީންނަމުން އަޔާނީ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ.

“އަސްލުވެސް….. އަހަރެންވެސް މިހިތަށް އަރަނީ ތިހެން…. މިރޭ މަސްބާނަން ދާން ކިޔާފައި ކުއްލިއަކަށް އަންގާވެސް ނުލާ ޒީކް މިތަނަށް އައީމަ އަހަރެންވެސް ހުރީ ވާނުވާގަ… ކޮންމެއަކަސް މިރޭ ޒީކްގެ ސަބަބުން ޔާނީ ސަލާމަތްވީ….” ޝުކުރުގެ ނަޒަރަކުން ޒިކާނަށް ބަލާލަމުން މިޝްޔާ އިތުރުކޮށްލިއެވެ.

“ތިކަމުގެ ޝުކުރު ޙައްޤުވަނީ އަހަންނަކަށް ނޫން….. އެހެން މީހަކަށް…..” ހަމަޖެހިލައިގެންހުރެ، ދެޖީބަށް އަތް ޖަހާލަމުން ޒިކާން ބުނެލިއެވެ.

“ކާކަށް….” ހަތަރު ކުދިންނަށް އެކުއެކީކަހަލަ ގޮތަކަށް އަހާލެވުނެވެ.

“މިހިރަ ލާނެއް ސޮރަށް…..” ފަހަތުން އަފްލާކްގެ އަޑު އިވުމުން އެންމެން އެކީ ފަހަތް ބަލާލިއެވެ. އަފްލާކްގެ ގާތުގައި ހުރި އިޔާޒް ފެނުމުން ޖޯލީގައި ތިބި އަޔާނީމެންވެސް ކޮޅަށް ތެދުވިއެވެ. އަފްލާކްމެން އައިސް އަޔާނީމެންގެ ގާތުގައި މަޑުކޮށްލިއެވެ. އެމީހުންގެ ފަހަތުން މިޝަލާއި ނަހީކްވެސް އައެވެ.

“މިރޭ އަހަރެމެން ބަސްޓުނުވެ ސަލާމަތްވީ އިޔާގެ ސަބަބުން….” އަފްލާކް މިހެން ބުނުމުން އިޔާޒް އޭނާގެ ގަމީހުގެ ގިރުވާނުގެ ކޮޅުގައި ހިފާލަމުން އަމިއްލައަށް ފަޚުރުވެރިވެލިއެވެ. އަދި ފޮނިވެލަމުން މޫނަށް ޖައްސާލި ވައްތަރު ފެނި، އަޔާނީމެންގެ ގާތުގައި ތިބި މިޝްޔާއާއި ޔަލްވީ ހޭންފެށިއެވެ. އަޔާނީ ހުރީ ދެކެވެމުންދާ ވާހަކަ ޤަބޫލުކުރަން ދަތިވެ، އަނގަހުޅުވިފައެވެ.

“ޔާނީއަށް އެހީވީ، ހަމަ މި އިޔާޒްތަ….؟؟؟؟ ޤަބޫލުކުރަން ވަރަށް ދަތި…..” ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލައިގެންހުރެ، އިޔާޒާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ޝިއުރީއަށްވެސް އަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ.؟ އިޔާޒް، އަޔާނީއަށް ކުރާ ޖެއްސުން އެންމެ ގާތުން ދެކޭ އެކަކީ އޭނާއެވެ. ކަމެއް ކޮށްދޭނީވެސް އޭގެ އަގު ދިނުމުން، ނޫނީ، ބަދަލުގައި އަޔާނީ ކަމެއް ކޮށްދިނުމުންނެވެ.  އޭނާ، އަޔާނީ ‘ ބްލެކްމެއިލް ‘ ކުރާކަންވެސް ޝިއުރީއަށްވަނީ އެނގިފައެވެ. ވީމާ، އެފަދަ މީހަކު އަޔާނީއަށް އެހީވެދާނެކަމަށް، އެހާ ފަސޭހައިން އޭނާއަށް ޤަބޫލުކުރެވޭނީވެސް، ފަހެ ކިހިނަކުން ހެއްޔެވެ.؟

“ތަންކޮޅެއް ސާފުކޮށް ވީގޮތް ކިޔައިދީބަލަ…. އިޔާއަށް ކިހިނެއްތަ އެނގުނީ އަމްހާއްތަމެން މިތަނަށް އަންނަ ކަމެއް…..؟؟؟؟” މޭމަތީ ދެ އަތް ހުރަސްކޮށްލަމުން، މިޝްޔާ ސުވާލުކޮށްލިއެވެ. އިޔާޒް ކަންވީގޮތް ކިޔައިދޭންފެށިއެވެ.

“މަސްބާނަން ދާން ހުރިހާ ކަމެއް ރެޑީކޮށްފައި، އަހަރެން ގެޔަށް ދިޔައީ އެއްޗެހި ބަދަލުކުރަން…. އެއްޗެހި ބަދަލުކޮށްގެން ނުކުންނަން ދަނިކޮށް އަހަންނަށް އިވުނީ މަންމައާއި، ބޮޑުމަންމައާއި ދެމީހުން އަފޫގެ ވާހަކަ ދައްކާ އަޑު… އެހެންވެ އަޑު އަހާލަން މަޑުކޮށްލީ…. އެއުޅޭ އަނގަބޮޑު ފަރީޝާއްތައަށް ފެނުނީއޯ ސިސީއާއި އަފޫއާއި މިތާ ތިއްބަ…. އެހެންވެ އެކަމުގެ ތެދު ދޮގު ބަލަން މަންމަމެން މިތަނަށް އަންނަން އުޅޭކަން އެނގިގެން، އަހަރެން އަވަހަށް ޒީކަށް ގުޅާފައި ކުރުގޮތަކަށް އެވާހަކަ ކިޔައިދިނީ….. ދެން އޭނާ ގާތުގައި ބުނީ އަފޫ ފޮނުވާލާފައި، މިޝީ ގޮވައިގެން އޭނަ އިންނާށޭ ޖޯލީގައި….”

“އޯހް…. އިޔާ….. ޔޫ އާރ ސޯ ސްވީޓް…..” އިޔާޒް ކަންވީގޮތް ކިޔައިދީ ނިމުމުން، ޝިއުރީ އިޔާޒްގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އިޔާޒް ދެކޮނޑު އަރުވާލަމުން ފޮނިވެލިއެވެ.

“އިޔާ…. އިޔާ…. އިޔާ….. ތޭންކްސް…. ތޭންކް ޔޫ ސޯ މަޗް……” މިއޮއްހުރިހާއިރު ހައިރާންވެ އާޝޯހުވެފައިހުރި، އަޔާނީ އިޔާޒްގެ ވާހަކަ އަޑުއެހުމަށްފަހު، އޭނާގެ ގައިގައި އޮޅުލައިގަންނަމުން ތޫލިއަޑަކުން ހަޅޭލަވައިގަތެވެ. އިޔާޒްގެ ފަރާތުން އެފަދަ އެހީތެރިކަމެއް ލިބުމުން އަޔާނީއަށް ބުނެދޭން ދަތި އުފަލެއް ލިބިގެން ދިޔައެވެ.

“ސިސީގަނޑާ….. ދޫކޮށްބަލަ…. މަ ވެއްޓިދާނެ…..” ގަދަކަމުންކަހަލަ ގޮތަކަށް އަޔާނީ ދުރުކޮށްލަމުން އިޔާޒް މިހެން ބުނުމުން އެންމެން އެކީ ހޭން ފެށިއެވެ.

“ހީނުކުރައްޗޭ އަހަރެން މި ކޮށްދިން ކަމަކީ ހިލޭ ސާބަހަށް ކޮށްދިން ކަމެކޭ….. އޭގެ ބަދަލު އަދި އަތުލާނަން…..” އިޔާޒު އޭނާގެ އާދައިގެ ލާނެއް ރާގުގައި މިހެން ބުނުމުން “ދުވަހަކު ބަދަލެއް ނުވާނެއޭ” ބުނެ އަޔާނީ، އޭނާގެ ގައިގައި ބޮނޑިއެއް އަޅުވާލިއެވެ.

“ލަވް ބާރޑްސް…. މިރޭ ދެން މާގިނައިރު، ވާހަކަ ދައްކަން ތިބޭކަށް ވަގުތެއް ނެތް…. ދެން އަވަހަށް ބައްދަލެއްވެސް ނުވާނެ…. އެހެންވީމަ ދައްކަން އޮތް ވާހަކައެއްވިއްޔާ ވަގުތު ބޭކާރުނުކޮށް، އަވަހަށް ދައްކާލާ….. މަސްބޭނުންވެސް ކެންސަލްކޮށްފަ އަހަރެމެންތިބޭނީ ސެކިއުރިޓީގަ… މިރޭ ކަންތައް މި ވީގޮތުން ސެކިއުރިޓީ ވަރުގަދަ ކުރަންވެސް އެބަޖެހޭ……” އަޔާނީމެނަށް އިޝާރާތްކޮށް، މިހެން ބުނެފައި ޒިކާން ހިގައިގަތުމުން، ދެންތިބި މީހުންވެސް އަޔާނީމެންނަށް ފުރުސަތު ދީފައި އެއްފަރާތަށް ޖެހިލިއެވެ.

އަޔާނީއާއި، އަފްލާކް، ދިގު މުއްދަތަކަށް އެކަކު އަނެކަކަށް ނުފެންނަ ހިސާބުގައި އުޅެންޖެހޭނެތީވެ، އެކަމާ ދެރަވެ ކަރުނަ އޮއްސިއެވެ. އަދި ދެން ދެމީހުނަށް ބައްދަލު ވެވޭންދެން އެކަކު އަނެކަކަށް ވަފާތެރިކަންމަތީ، ތިބުމަށް ވަޢުދުތަކާއި އަހުދުތައްވިއެވެ.

*********************

 

މެންދުރުގެ އަވިގަދަ ވަގުތެވެ. ޓިއުޝަން ނިންމާލުމަށްފަހު، ހޫނުގަދަކަމުން އަޔާނީމެން މިސްރާބު ޖަހާފައިވަނީ،  ލޮލީ ވިއްކާ ގެއާއި ދިމާއަށެވެ. އިރުގެ ދިލަހޫނުން ހަންގަނޑު ހީވަނީ ފިއްސާލަފާނެހެންނެވެ. އަތްވަށް ލޯ ދީލައިލަން ކެތްވަނީއެއް ނޫނެވެ. މޫނުތަކުގައި މުތީ ތަކެއްހެން ދާތިކިތައް ވިދާ ބަބުޅަމުން ދެއެވެ.

“ހާދަހާ ހޫނުގަދައޭ…. ހިތަށް އަރަނީ ދާގޮތަށްގޮސް ގަޔަށް ފެންއެއްޗެއް އޮއްސާލަފާނަމޭ……” ދާހިއްލާ ފޯވުމުގެ ސަބަބުން ގައިގައި ތަތްވެފައި އޮތް ނޫކުލައިގެ ހެދުން، ގަޔާއި ދުރުކޮށްލަމުން، ޝިއުރީ ބުނެލިއެވެ.

“އަހަރެން ބޭނުމީ ވަޅަށް ފުންމާލަން….” ޝިއުރީއާއި ވިއްދާފައި މިޝްޔާ މިހެން ބުނުމުން ޔަލްވީގެ އިތުރުން ޝިއުރީވެސް ހޭންފެށިއެވެ. އަޔާނީގެ ފަރާތުން އިޝާރާތެއް ނުވުމުން ތިން އެކުވެރީންނަށް އަޔާނީއާއި ދިމާއަށް ބަލާލެވުނެވެ.

“ދެން ޔާނީ ތިހާ މޫޑީވެފައި ނުހުރެބަލަ….. އިނގޭ އަފޫ މަތިން ޔާނީ މިސްވާނެވަރު…. އަހަރެންވެސް ޒީކް ލަންކާގައި ހުންނައިރު ހާދަ މިސްވެއޭ…. އެކަމަކުވެސް ކެތްކޮށްލައިގެން ހުންނަނީ…. އެހެން ގިނަ ދުވަހު ނުފެނި ހުރެފަ ދެން ފެނުނީމަ އެލިބޭ އުފާ ނޭނގެ ބަޔާންކޮށްދޭންވެސް….. އެހެންނޫނަސް އަފޫ އެ މަސައްކަތް ކުރަނީ އަމިއްލަ ފައި މައްޗަށް ތެދުވެވޭތޯ…. އެހެންވީމަ، ތިގޮތަށް ދެރަވެފައި ހުރުމުގެ ބަދަލުގައި ޔާނީ ވީ އެކަމާ އުފާކުރާކަންނު……” މިޝްޔާ ވަރަށް ވާހަކަ ދެއްކުމުން އަޔާނީ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“އޯ ޝިއްޓޫ….. އަހަރެން މިހުރީ އަދި ވާހަކައެއް ކިޔައިދޭން ހަނދާން ނެތިފައޭ….” ކުއްލިއަކަށް ހަނދާންވުމުން ޝިއުރީ އަމިއްލަ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

“މިޝޫ…. މިޝްއަށް ފަހަރިއެއް ލިބެން އުޅެނީނު…..” މަޖާވެލާފައި ޝިއުރީ މިހެން ބުނުމުން މިޝްޔާ އެވާހަކައާއި ވަރަށް ގަޔާވެލަމުން ކާކުތޯ އަހާލިއެވެ. ޝިއުރީ ޖަވާބު ދިނުމުގެ ބަދަލުގައި ލޮލުން އިޝާރާތްކޮށްލީ ޔަލްވީއަށެވެ. އެއާއިއެކު، ޔަލްވީގެ އިތުރުން މިޝްޔާއާއި، އަޔާނީގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ.

“ޝިއުގަނޑާ….. ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ….؟؟؟ ޝިއުރީގެ ގައިގައި ބޮނޑިއެއް އަޅުވާލަމުން ޔަލްވީ ބުނެލިއެވެ. މިޝްޔާއާއި، އަޔާނީ ތަފްސީލަށް އެދުމުން ޝިއުރީ، ނަހީކް އޭނާއަށް ކިޔައިދިން ވާހަކަ އެކުވެރިންނާއި ޚިއްސާކޮށްލިއެވެ.

“ދެން ނޫން….. އަހަންނާ މިޝަލްއާ ދެމެދު ތިމީހުން ތިހުކާރާކަހަލަ ގުޅުމެއް ނެތޭ… އިއްޔެ އަހަރެން އެކަނި ގެއަށް ދާތަން ފެނިގެން އޭނަ ކިޔަން ފެށީމަ އަހަރެން ސައިކަލް ފަހަތަށް އެރީ… ނަހީކްވެސް ހާދަ ގޯހޭ…..” ޔަލްވީ ތުން ދަމާލިއެވެ.

“އައްދޭ….. ޔާލް ދެރަވެއްޖެ……. ދެން އަހަރެމެންނަށްވެސް އެނގޭ އެކަހަލަ ގުޅުމެއް ނޯންނާނެކަން…. އެކަމަކު ޝިއު އެވާހަކަ ދެއްކީމަ، އަހަރެން ހިތަށް އެރީ ޔާލްއާއި، ދޮންބެއާއި ވަރަށް ގުޅެއޭ……” ޔަލްވީގެ ކޮލުގައި ހިފާލަމުން މިޝްޔާ މިހެން ބުނުމުން އޭނާ ލޯއަޅާލިއެވެ.

“އޭ އަނެއްކާ ދެމީހުންވެސް ތިބީ ހުސްކޮށް….. ތަތްކުރުވަމާ…..” މިޝްޔާގެ ވާހަކައަށް ތާއީދު ކުރަމުން އަޔާނީ ބުނެލިއެވެ. ޔަލްވީ ނޫނެކޭ ބުނެ އަޔާނީގެ އަތުގައި ވިކައިގަތެވެ. އެކުވެރިން ދިމާކުރަންފެށުމުން ޔަލްވީ ރަކިވީވަރުން، ދެކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ. އޭރު އެމީހުނަށް ތިބެވުނީ ލޮލީ ވިއްކާ ގެއާއި ހަމައިގައެވެ.

 

އެކުވެރިންނާއިއެކު، ލޮލީ ބޮމުން އެ ގެއިން ނުކުތް ޔަލްވީގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ، ޖެހިގެން ހުރި ފިހާރައިން ނުކުތް އީޝާއާއި، ޝަހްނާ ފެނުމުންނެވެ. އޭރު އެމީހުނަށްވެސް ޔަލްވީމެން ފެނިގެން އެދިމާއަށް އަންނަނީއެވެ. އީޝާމެން ފެނުމުން އަޔާނީމެންގެ މޫނުމަތިންވެސް ފޫހިކަން ފާޅުވާން މަދުސިކުންތުކޮޅެއްވެސް ނުނެގިއެވެ. ޔަލްވީވެސް ފޫހިވީނަމަވެސް، އޭނާހުރީ އާދައިގެމަތިން ކުޑަކޮށް ޖެހިލުންވެފައެވެ. އީޝާމެން އައިސް މަޑުކޮށްލީ ޔަލްވީމެންގެ ކުރިމަތީގައެވެ.

“ތިމާ މީހާއަށް ދެން ރީތިކަމެއް ލިބުނީމަ ތި ހިތަށް އަރަނީ އަހަރެންގެ ކޮއްކޮ ޖަހައިގަނެވިދާނެކަމަށްތަ……؟؟؟؟؟؟” ޝަހްނާގެ ކަންފަތްދޮށުގައި އީޝާ ސިއްރުން ބުނެލި ވާހަކައަކުން، ރުންކުރުގޮތަކަށް ޝަހްނާ ޔަލްވީއާއި މުޚާތަބު ކުރިއެވެ. ބޭނުން ނުވިޔަސް ޝަހްނާއަށް ޔަލްވީގެ ރީތިކަމަށް ނަފްރަތުގެ ސިފައިގައިނަމަވެސް ތަޢުރީފް ކޮށްލެވުނެވެ. ޝަހްނާ ކޮއްކޮއޭ ބުނުމުން ޔަލްވީ ހުރީ ވާނުވާ ނޭނގިފައެވެ. ޔަލްވީއަށް ވީގޮތް މިޝްޔާއަށް ނަގައިގަނެވުމުން ޝަހްނާއެއީ ޝައުންގެ ދައްތަކަމުގައި ބުނެލިއެވެ.

“ޖަހައިގަންނަން ބޭނުންވެގެން އުޅޭ މީހާ އެހުރީނު ވަކިހިއްޕާލާފަ…. ގެއްލިދާނެތީވެސް ނިކަން ބިރުގަނެއޭ ދޯ…..” އަޔާނީ ޔަލްވީގެ އަތުގައި ހިފާލަމުން، އީޝާއަށް އިޝާރާތްކޮށް، މިހެން ބުނެލީ މަލާމާތުގެ ރާގަކަށެވެ. އީޝާ، އަޔާނީއަށް ބަލާލަމުން ލޯއަޅާލިގޮތުން، ހީވީ އެދެލޮލުން އަޔާނީ އަންދާލަފާނެހެންނެވެ. އީޝާ ހުރިގޮތުން، އަޔާނީ ލާނެއް ގޮތަކަށް ހީލިއެވެ.

“އަމުދަކުން ޔާލް ނޫޅެއޭ ޝައުން ބޭނުންވެގެންނެއް….. ޝައުން އެކަނިތަ މިރަށުގަ ފިރިހެނަކަށް އުޅެނީ، އޭނަވަރެއް ނެތިގެން ދެމީހުން ތިއުޅެނީ…..؟؟؟” އަޔާނީއާއި އެއްބައިވެލަމުން ޝިއުރީވެސް ބުނެލިއެވެ.

“އެކަމެއް ނޭނގެ…. ޝައުން ފެންނައިރަށް ހުއްޓުން އަރާފަ އޭނައަށް ބަލަހައްޓައިގެން ނޫނީ ނުހުރެވޭ…..” އީޝާ އައިރުޅިން، ދަތްވިކާލަމުން ނިއްކުރިމަތީ ކުރުކޮށް ކޮށާފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލިއެވެ.

“ދެން ޖޭ ވިޔަސް ތީ ބޮޑުވަރު…. ޝައުން ގެއްލިދާނެތީ ހަމައެހާ ބިރުގަނޭތަ….؟؟؟؟ އަމިއްލައަށްވެސް އެނގެއޭ ދޯ ޔާލްކަހަލަ ރީތި ކުއްޖަކު ފެނުނީމަ، ޝައުންގެ ހިތްވެސް ބަދަލުވެދާނެކަން……” އަޔާނީ މިހެން ބުނުމުން ޝިއުރީއާއި މިޝްޔާ ހޭންފެށިއެވެ. ޔަލްވީ ހުރީ އަދިވެސް ޖެހިލުންވެފައެވެ.

“ޔާލް ބޭނުމިއްޔާ ޝައުންވެސް ހޯދިދާނެ…. އެކަމަކު އޭނަ އުޅެނީ އަހަރެންގެ ދޮންބެއާއި ރައްޓެހިވެގެން….. އެހެންވީމަ، ކީއްކުރާ ޝައުންއެއް….” މިޝްޔާގެ ޖުމްލައާއިއެކު ޔަލްވީ ސިހުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ މިޝްޔާގެ އަތުގައި ހިފާލިއެވެ. މިޝްޔާ ލޮލުގެ އިޝާރާތުން ހަމަޖެހުމަށް ބުނެލިއެވެ. މަޖަލަކަށް ނަމަވެސް މިޝްޔާ އެކަހަލަ ދޮގެއް ހެދުމުން ޔަލްވީއަށް ކަމަކު ނުދިޔައެވެ. ޝަހްނާއަށް މިޝްޔާގެ ޖުމްލަ އިވުނީ ހޮނު ގުގުރިއެއްގެ އަޑުހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ޔަލްވީއަށް ބަލަން ހުރިއިރު، އޭނާގެ މޫނުމަތީގައި ދެންމެއަކާއި ޖެހެންދެން ހުރި އާރޯކަން ފިލާ މުޅި މީހާއެކީ މޯޅިވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ ފުރާވަރަށް އެރީއްސުރެ ޝަހްނާ އެހުންނަނީ މިޝަލާއިހެދި މޮޔަވެފައެވެ. އޭނާ ގާތު ރައްޓެހިވާން އެހިވަރު އަދަދުކުރަންވެސް ނޭނގެއެވެ. ނަމަވެސް ޝަހްނާދެކެ މިޝަލް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ހިތުން ރުހުމުން ޝަހްނާއާއި ދިމާއަށް ބަލާވެސް ނުލައެވެ.

“އެންމެފަހުން ހުރެފަ ކޮށް ޖަހަން އެނގުނީ މަގޭ ކަނޑުގުރުވައަށް ދޯ….. އަހަންނަށް ނުވި ކަމެއް ކަލެޔަށްވެސް ކާމިޔާބުވިޔަކަ ނުދޭނަން….” ލިބުނު ކުއްލި ޝޮކް ފިލައި ދިޔުމުން ޝަހްނާ ޔަލްވީއަށް ކަޅިއަޅާލި ގޮތުން ޔަލްވީގެ މެޔަށް ހޫނުވެގެން ދިޔައެވެ. އެވަގުތު ބިން ފަޅާލާފައި އަޑިއަށް ދެވޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ޔަލްވީއާއި މިޝަލްގެ ގުޅުމުގެ ޚަބަރުވީ އީޝާގެ ހިތަށް ހަމަޖެހުންގެނުވި ޚަބަރަކަށެވެ. ޔަލްވީގެ ސަބަބުން އޭނާއަކަށް މިހާރު އެއްވެސް ބިރުވެރިކަމެއް ނެތެވެ. އެ ގުޅުމުގެ ސަބަބުން ޝަހްނާއަށް ކޮންމެފަދަ ދެރައެއް ލިބުނަސް އޭނާއަށް ހެވެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ހާލު އީޝާ މޫނަށް ދެއްކުންތެރިކަމުގެ ކުލަވަރު ފާޅުކޮށް، ޝަހްނާއަށް ހަމްދަރުދީވާކަމަށް ހެދިލަމުން ޝަހްނާގެ އަތުގައި ހިފާލިއެވެ. ޝަހްނާ އީޝާގެ އަތްފޮޅުވާލިއެވެ. އަދި ދަތްވިކާލަމުން ޔަލްވީއަށް ބަލާލީ އިންޒާރުދޭ ފަދައަކުންނެވެ. އެއަށްފަހު އޭނާ އެތަނުން ދިއުމަށްޓަކައި ހިނގައިގަތުމުން އީޝާވެސް އޭނާގެ ފަހަތުން ދިޔައެވެ.

********************

 

ގެއަށް އައިގޮތަށް ފޮތްތައް ކިޔަވާ މޭޒުމަތީ ބެހެއްޓުމަށްފަހު، މިޝްޔާ މިސްރާބު ޖެހީ މިޝަލްގެ ކޮޓަރިއާއި ދިމާއަށެވެ. “ދޮންބޭ” އޭ ކިޔާ ގޮވަމުން މިޝަލް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. މިޝަލް ފެންނަން ނެތުމުން ދޮރު ލައްޕާލުމަށްފަހު، އެނބުރުނު ވަގުތު ގޭގެ މައިދޮރުން ވަދެގެން އައި މިޝަލާއި ޒިކާން މިޝްޔާގެ ލޮލުގައި އަޅައިގަތެވެ.

“ދޮންބޭ ކޮންތާކުންތަ ތިއައީ…..؟؟؟؟ ކޮން އިރެއް މިޝް ދޮންބެ ހޯދާތާ….؟؟؟؟ ދެއުކުޅުގައި އަތް ވިއްދާލަމުން މިޝްޔާ ބުނެލިއެވެ.

“ހޯދާކަން އެނގެއޭ…. މަގު މައްޗަށްވެސް އެބަ އިވޭ މިޝް ދޮންބެއަށް ގޮވާއަޑު….. މިއަދު ކޮންކަމަކާތަ ދޮންބެއަށް މާ ވަރަކަށް ތި ގޮވަނީ….؟؟؟؟ ކަމެއް ބޭނުންވީދޯ….. ނޫނީ އެއްޗެއް ބޭނުންވީތަ……؟؟؟؟” މިޝްޔާ އާންމުގޮތެއްގައި އެގޮތަށް އަޑުހަރުކޮށް ގޮވާނީ ކަމެއް ބޭނުންވީމާކަން މިޝަލަށް ވަރަށް ރަނަގަޅަށް އެނގެއެވެ. މިޝަލް މިހެން ބުނުމުން މިޝްޔާ މޫނު ކުނިކޮށްލިއެވެ. އޭނާ މިޝަލާއި ދިމާއަށް ޖައްސާލި ވައްތަރު ފެނުމުން ޒިކާން ހޭންފެށިއެވެ.

“ހުއް….. ވަރަށް ފޫހިވޭ…. އަހަރެން ކަމެއް ބޭނުވެގެން ނޫނީ ދޮންބެއަށް ގޮވައިގެން ނުވަނީތަ…..؟؟؟؟؟” އެހުރިގޮތަށް ހުރެ މޭމަތީ ދެ އަތް ހުރަސްކޮށްލަމުން މިޝްޔާ ބުނެލިއެވެ. މިޝަލް ސޯފާއަށް ވެއްޓިގަންނަމުން ހޯދީ ކީއްކުރަންތޯ އަހާލިއެވެ. ޒިކާންވެސް ވަކިން އިން ސޯފާގައި އިށީންނަމުން ސޯފާތަކުގެ މެދުގައިހުރި، ކުޑަ މޭޒުމަތީގައި އޮތް ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ.

“ދޮންބެ ފަހަރިއެއް ހޯދައިދޭން އުޅޭ ވާހަކަ އަޑުއިވިގެން މިއުޅެނީ…..” މިޝްޔާ ވަރަށް ސިއްރުން އެހެން މީހަކު ފެންނަން ހުރިތޯ، ދެފަރާތް ބަލާލަމަށްފަހު، މިޝަލް އޮތް ސޯފާގެ އެއްކޮޅުގައި އިށީންނަމުން ވައި އަޑުން ބުނެލިއެވެ. މިޝްޔާ ބުނި ވާހަކައަކުން ހައިރާންވީވަރުން އޮށޯވެލައިގެން އޮތް މިޝަލަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.  ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ޒިކާނަށްވެސް ވީ އެކަހަލަ ގޮތެކެވެ. ދެލޯ ބޮޑުކޮށްލަމުން މިޝްޔާއާއި ދިމާއަށް އެނބުރުނުވަގުތު އަތުގައި އޮތް ރިމޯޓުވެސް ނުވެއްޓުނީ ކިރިޔާއެވެ. ކަންފަތަށް އިވުނު ވާހަކަ ޤަބޫލުކުރަން ދަތިވެފައި އިނދެ، ދެފަހަރު ދެމީހުންގެ މޫނަށް ބަލަމުންދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އަދި އެއީ ކާކު ދެއްކި ވާހަކައެއްހޭ މިޝްޔާގެ ގާތު އަހާލެވުނެވެ.

“ކިކިކި….. އެންމެ ގާތުގައި އުޅޭއިރު ދޮންބެ ޒީކަށްވެސް އަންގާނުލާ ދޯ…..” ޒިކާނަށް ވީގޮތް ފެނިފައި ލާނެއް ގޮތަކަށް ހީލަމުން މިޝްޔާ ބުނެލިއެވެ. ޒިކާނަށް ބަލާލެވުނީ މިޝަލާ ދިމާއަށެވެ. މިޝްޔާ އެކިޔަނީ ކީކޭތޯ އަހާލާފަދައިންނެވެ. މިޝަލް ކޮނޑު އަރުވާލަމުން ތުންކޮޅަށް ހަދާލި ގޮތަކުން، މިޝްޔާ ކިޔާ އެއްޗެއް މިޝަލަށްވެސް ނޭނގޭކަން ޒިކާނަށް ވިސްނުނެވެ. އެހެންކަމުން، ތަންކޮޅެއް ސާފުކޮށް ކިޔައިދިނުމަށް އޭނާ އެދުނެވެ. މިޝްޔާ ހަލުވިކަމާއިއެކު، ޝިއުރީ ކިޔައިދިންގޮތަށް، އެ ވާހަކަ ޒިކާނަށް ކިޔައިދިނެވެ. ކަންވީގޮތް އެނގުމުން މިޝަލްގެގާތަށް ހިނިއައެވެ.

“ކޮބާ ކޮބާ ދޮންބެ ގާތަށް ހިނިއައީނު…. އަހަރެން އޭރުވެސް ބުނީމެއްނު ދޮންބެ ފަހަރިއެއް ގެނެސްދެނީއޭ…. ޔޭ…..” މިޝްޔާ އުފާވީވަރުން ކޮޅަށް ތެދުވެ ކުޑަކޮށް ނަށާލަމުން ހަޅޭލަވައިގަތެވެ.

“ޕިސް… ޕިސް… އަހަރެން ދެން އޭނަ ގެއަށް ލައިދިނީމަ އޭގެ މާނައަކީ އެއީ އަހަރެންގެ ގާރލްފްރެންޑޭތަ….؟؟؟؟ އޭނަ އެކަނި ގެއަށް ދާތީއޭ، އަހަރެން އޭނަ ގެއަށް ލައިދޭން ދިޔައީ….” މިޝްޔާގެ އަތުގައި ހިފައި ސޯފާގައި ބައިންދަމުން މިޝަލް ބުނެލިއެވެ. އަދި އޭނާއާއި ޔަލްވީއާއި ދެމެދު އެކުވެރިކަން ފިޔަވައި އިތުރު ގުޅުމެއް ނެތޭވެސް ބުނެލިއެވެ. އެއާއިއެކު އުފަލުން ފޮޅިފައި އިން މިޝްޔާ މަލެއްހެން މިލާ މޯޅިވިއެވެ.

“ދެން ދޮންބޭ، ޕްލީޒް….. އަހަރެން ހާދަ ބޭނުމޭ ޔާލް އަހަރެންގެ ފަހަރިއަކަށް ހަދަން… އަހަރެންގެ ކްލޯޒް ފްރެންޑެއް އަހަރެންގެ ފަހަރިއަކަށްވީމަ ކިހާ މަޖާވާނެ…. އަހަރެން އަދި އެ ޝަހްނާގަނޑު ގާތުވެސް ބުނެފިން ޔާލް އުޅެނީ ދޮންބެއާއި ރައްޓެހިވެގެންނޭ….” ބުނެވުނު އެއްޗަކާއިމެދު މިޝްޔާއަށް ވިސްނާލެވުނީ މާފަހުންނެވެ. އޭނާ ކުށްވެރިއެއްފަދައިން ޒިކާނަށް ބަލާލިއެވެ. ޝަހްނާއަކީ ޒިކާންގެ ދެބެންގެ ދެދަރި ކުއްޖެއްކަމުން، ޒިކާންގެ ކުރިމަތީގައި އެފަދަ އެއްޗެއް ބުނެވުމުން އޭނާ ޖެހިލުންވިއެވެ. ނަމަވެސް ޒިކާންގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާން ނެތުމުން އޭނާވެސް ހަމަޖެހިލިއެވެ. މިޝްޔާގެ ވާހަކައިން މިޝަލް ބާރަށް ހޭންފެށިއެވެ. މިޝްޔާ އެހެން ބުނި ވަގުތު ޝަހްނާގެ މޫނުމައްޗަށް އަރައި ފައިބައިގެން ދާނެ ކުލަވަރު އޭނާއަށް ސިފަކޮށްލެވުމުންނެވެ.

“މިޝް ބޭނުމީ ހަމައެކަނި ޔާލް މިޝްގެ ފަހަރިއަކަށް ވާންތަ….؟؟؟  ނޫނީ މިޝްގެ އެހެން ކްލޯޒް ފްރެންޑްއެއްވިޔަސް މިޝްއަށް އޯކޭ ވާނެތަ…..” މިޝްޔާއަށް ފުން ނަޒަރަކުން ބަލާލަމުން މިޝަލް ސުވާލުކޮށްލިއެވެ. މިޝަލްގެ ސުވާލުން އޭނާ އޮޅުންފިލުވަން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ޒިކާނަށް ވަރަށް ރަނަގަޅަށް ވިސްނުނެވެ. އެހެންކަމުން އޭނާވެސް އިނީ މިޝްޔާ ދޭނެ ޖަވާބެއް އަޑުއަހާލާ ހިތުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. Eemyaa

    Hai Alll.. 🙂
    Heekuran mi baives kamudhaane kamah
    Kuhthah faahaga kohlaidhinun edhen
    Have a nice day… tgc all 🙂 🙂 🙂

  2. Ilha

    Hmmmm v reethi mipartves gud luck…❤❤❤❤❤❤

    1. Eemyaa
      Ilha

      Thanks Ilha ?

  3. Navya

    Vvv reethi mi part ves ? navy first tha?

    1. Eemyaa
      Navya

      Thanks Navya ?

  4. Navya

    Noon dhw?

    1. Eemyaa
      Navya

      Mi faharu second hehe

  5. Ram

    Yayyy… v v salhi.. yaany bust eh nyvi… ??

    1. Eemyaa
      Ram

      Thanks Ram ?
      Hehe naseebu dw ☺

  6. khajja

    Masha allah v rythi v furihama when nxt prt plx up soon ly???❤❤❤??????

    1. Eemyaa
      khajja

      Thanks khajja ?
      Next part on Monday ☺
      Ly too

  7. Yaal

    Mishalge fahariyakah ma nuhadhahchay anehka

    1. Eemyaa
      Yaal

      Enmen maa varakah e vaahaka dhakkanyaa e dhekudhin like nuvaane kameh ves neygeynu dw ?

  8. Jin

    Mi part v reethi.. ??? Keep it up.. Waiting for the next part..

    1. Eemyaa
      Jin

      Thanks Jin ?

  9. Coco

    Story is so nice yaal ge story reminds me of my self my crush dosnt know I like him n he has a gf n his gf acts just like eesha

    1. Eemyaa
      Coco

      Thanks Coco ?

      Dhn koba mihaaru crush n his gf??
      Neygumakun viyas coco ge life aa ves mivaahaka gulhu vifa dw mi othy ??

  10. Kenzin

    <3 <3

    1. Eemyaa
      Kenzin

      Oww ❤❤❤

  11. Kenzin

    when next part?

    1. Eemyaa
      Kenzin

      Next part on Monday ☺

  12. song joong ki..KOREAN

    nice 🙂 🙂

    1. click a shot ?
      song joong ki..KOREAN

      Song joong ki mihaaru Korea in vaahaka nudhakanytha..?

    2. click a shot ?
      song joong ki..KOREAN

      thank got..yaany slaamai vehje…e iyaaz alah heyokameh kohdheefi..Kiki.?☺️

    3. song joong ki..KOREAN
      song joong ki..KOREAN

      heheh dhn korean in hama vaahaka nudhahkany. 😀 n beyond that i’m a maldivian dhw. heheh 😉 😉 dhn thakolheh free velyma anehka vx korean in vaahaka dhehkeynee, now mind numbing scl days made me go to banana. 😀 😉 🙂

    4. click a shot ?
      song joong ki..KOREAN

      Hehe..

    5. Eemyaa
      song joong ki..KOREAN

      Thanks song ?

    6. Eemyaa
      song joong ki..KOREAN

      Haha naseebehnu alah viyas ekan kohdhinkan
      Dw click ?

    7. Eemyaa
      song joong ki..KOREAN

      Song rangalhah kiyavahchey ☺
      Good luck ?

    8. song joong ki..KOREAN
      song joong ki..KOREAN

      yess kiyavaanan eem. 🙂 🙂 thanks

    9. Eemyaa
      song joong ki..KOREAN

      Wc ☺

  13. Mai

    Woww.. nice…

    1. Eemyaa
      Mai

      Thanks Mai ?

  14. ???

    Vvvvvvv rythi adhivess than kolheh kuriii ??????

    1. Eemyaa
      ???

      Thanks dear ?
      Oww kurutha mi part ves meenee ehn part thah inna varah page in n words in belyma
      Scene madhuvefa scene thah dhigu v ma heevany kanne kuruhen dw ☺

  15. Aif

    Yaany that was a narrow escape… ? alhey mishal nd shiury gulhuvaba.. Naheek fonuvaalaa moon ah ? Thn yalvy nd shaun ???

    1. Eemyaa
      Aif

      Asluves dw
      Hehe lets see Aif beynunvaaa goiy veytho dw ?
      Haha naheek moon ah dhaasho Aif bunee hehe k tha Aif ?

  16. Zish

    Naseebennu ….. Afooo hama kiriyaa e slaamai v…easha gandu haadha amilla edhun bodey dhww..hama Aif bunihen moon ah fonuvaalanv…goibodu kamuge laamaseelu misaaleh…naseebu zish ah easha nufenna kan ves..ehen noon nama neyge vaane gotheh ves…emme kurinves moon ah kanneyge fovaa leveyny….hihihihiihhii…story is beautiful as always…

    1. Eemyaa
      Zish

      Hama kiriyaa ey dw e salaamai v
      Owww asluves naseebu Zish ah eesha nufennakan hehe ?
      Ehn nuny efakeeru onnaany moon ga thoache dw. ?
      Thanks alottt Zish ?

  17. Adha?

    Aaaah! Kiriyaa dw! Hehe.. ekam mihaaru miohgen vaagotheh balaaba.. boy group nd girls group ves e ulheny yaal nd mishal gulhuvan.. so sad?…..
    Btw varah reethi mi part ves..
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Haaaan dw ?
      Hehe thanks Adha ?

  18. shu...

    Thnk god naseebeh bust nuvi kan..v v nice mi part ves….waiting 4 next…

    1. Eemyaa
      shu...

      Dw ?
      Thanks shu ?

  19. Shin

    Salhi❤❤❤ enehka kon kujjehge namehba bunaani

    1. Eemyaa
      Shin

      Thanks Shin ?
      Kon kujjeh hen heevany ?? ?

  20. Maahy❤

    Maahy comment nukuriyas gavaaidhun story kiyamey..
    Anyways mi part Vx v salhi??
    Next Part ge Inthixaar ga ?
    Loads of love to yuh Eem ❤❤

    1. Eemyaa
      Maahy❤

      Happy to knw tht ❤❤
      Thanks Maahy ?
      Same to you dear ?

  21. ROMAN REGINS

    Wow nice keep it up and love it

    1. Eemyaa
      ROMAN REGINS

      Thanks Roman Regins ?

  22. ilsha

    Varah salhi waiting for next part….?

    1. Eemyaa
      ilsha

      Thanks ilsha ?

  23. Anonymous

    V rythi.

    1. Eemyaa
      Anonymous

      Thanks ?

Comments are closed.