Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…

Rau Level 210 Stories100 Comments100 Login
August 13, 2017 5 Mins Read
20 Comments

( ހަވަނަ ބައި)

” އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް… ” ޔަގީންކަމާއެކު ބަލްޚާ އެހެން ބުނެލަމުން ހިޝާންގެ އަތްތިލަމަތީ އޭނާގެ އަތް ބާއްވާލިއެވެ. އެހިނދު ހިޝާންގެ ހިތުތެރޭ އުތުރި އަރަމުންދިޔަ ލޯބީގެ ޖަޒުބާތުތަކުގެ މައްޗަށް ގަދަވެގަންނަމުން، އޭނާގެ އެދުމުގެ ކުރިއަށް ބަލްޚާގެ ބޭނުން އިސްކުރިއެވެ. ބަދަލުވެފައިވާ ހާލަތުގެ ސަބަބުން ބަލްޚާގެ ކިބައިން އޭނާ ބޭނުންވި ޖަވާބު ހޯދަން އޭނާ ފަސްޖެހުނެވެ.

” ބަލްޚާ! ހަދަންވީ ގޮތަކީ… ތިގެއިން ނިކުންނަންވީ!” ފުން ނޭވާއެއް ބޭރުކޮށްލަމުން ހިޝާން އެހެން ބުނެލުމާއެކު ބަލްޚާ ދެލޯ ބޮޑުކޮށްލިއެވެ.

” އެކަމް ކިހިނެއް؟! ކޮންތާކަށް އަހަރެން ދާނީ ދެން؟!…” ހަގީގަތުގައި އެސުވާލަށް ދޭނެ ޖަވާބެއް ހިޝާނަކަށް ނޭނގުނެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އިރުކޮޅަކު ވިސްނަށް އިނދެވުނީ އެހެންވެއެވެ. ހަމަގައިމުވެސް އެކަމުގައި ހިޝާންއަކީ އެހީތެރިވެދެވޭނެ ވަރަށްވުރެ އުނދަގޫ ހާލަތެއްގައި ވާ މީހެކެވެ. ރައްޓެހިން ގެއަށް ގެނައުމަކީ އޭނާގެ ބައްޕަ ވަރަށް ނުރުހޭކަމެކެވެ. ހާއްސަކޮށް އަންހެން ރައްޓެއްސަކު ގެއަށް ވައްދަން ހިތަށް އެރިޔަސް ޢޭނާ ބިރުގަނެއެވެ. ކޮންމެ ކަމެއްގައި ވެސް ހިޝާންގެ ބައްޕަ ވިސްނާނީ ވިސްނަން ނުޖެހޭ މިންވަރަށެވެ. ހިޝާންގެ ދިރިއުޅުން ބަލްޚާ އަށް ރަނގަޅަށް ދަސްވެފައިވާތީ، އެކަން އޮތީ އެހެންކަން ބަލްޚާއަށްވެސް އެނގެއެވެ.

” އެބައޮތް ގޮތެއް… މިކަމުގައި އަހަރެމެންނަށް އެހީތެރިވެދޭނެ ތިބީ ދެމީހުން… މައްސަލައަކީ ބަޝީރު ނެތީމަ… ދެން ހުންނާނީ ޖައިޝް…” ހިޝާން  އިށީނދެ އިން ތަނުން ތެދުވަމުން، ކަނޑުން ނަގަމުންދިޔަ، ތުނި ރާޅުތަކަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ކުއްލިއަކަށް ހިޝާންގެ ދުލުން ޖައިޝްގެ ނަން އިވުމުން ބަލްޚާގެ ހިތުގެ ވިންދު އަވަސްވެލިއެވެ. އަތުގެ ލޯލިތަށް ކޮޅަށް ޖެހުނެވެ.

” ޖަ.. ޖައިޝް އަހަންނަށް ހެލްޕް ވާނެތަ؟!” އުންމީދެއް ނެތް ގޮތަކަށް ބަލްޚާ އަހާލިއެވެ.

” ސްކޫލުގަ އުޅުނު ދުވަސްކޮޅު އަހަރެން ހުންނާނެ ޖައިޝްއަށް ވަރަށް ހެލްޕް ވެދީފަ… ކިރިޔާވެސް ގޮތެއް ހުރިއްޔާ އޭނާ ޖެހޭނެ އެހީވެދޭން… ބަލްޚާ ބުނީމެއްނު ޖައިޝްގެ ފެމިލީއާވެސް ދިމާވިއޭ..” ހިޝާންއާ ޖައިޝްއާދެމެދު މާ ގާތް އެކުވެރިކަމެއް ނެތް ނަމަވެސް މި ދެޒުވާނުންނަކީވެސް “އެކުވެރީން”  ނޭ ބުނެވޭވަރުގެ ގާތް ކަމެއް ހުރި ދެ ޒުވާނުންނެވެ. ކުރިމަތިވަމުން އަންނަ މުސީބާތުން ނިކުތުމަށް ބަލްޚާ އެދި އެދި ހުރިވަރުން އޭނާ ހުރީ ކޮންމެ މީހެއްގެ އެހީތެރިކަންވެސް ބޭނުން ކުރަން ތައްޔާރުވެގެންނެވެ.

ހިޝާންގެ ފޯނުކޯލަށް ފަހު ފަސްވަރަކަށް މިނިޓްތެރޭ ޖައިޝް ހުރީ ބަލްޚާމެންގެ ކުރިމަތީގައެވެ. އޭރު ގަޑިން ރޭގަނޑު އެގާރަ ޖެހުމަކާވެސް ވަނީ ގާތްވެފައެވެ. މޫސުން ރީތި ރެއެއްކަމުން ފަލަކުގައި ރަނިކަން ކުރަމުންދިޔަ ތަރިތަކާއި ސާދަވިލޭރޭގެ ފުރިހަމަ ހަނދުގެ ހަނދުވަރު ފަނޑު ގޮތަކަށް ނަމަވެސް ލިބެމުން ދިޔައެވެ. ތިން ހިތުގައި ޖަހަމުން ދިޔައީ ލޯބީގެ ވިންދު ނަމަވެސް، ކުރިމަތީގައިވަނީ އެ ތިން ހިތްވެސް ކުދި ކުދި ވެދާނެ ފަދަ ބޮޑު ކަމެކެވެ. ބަލްޚާގެ ކައިވެންޏެވެ.

” އޭނައަށް ކޮން ހައްގެއް އޮތީ ބަލްޚާ މެރީ ކުރަން ފޯސްކުރުމުގެ… އެވެސް ބޮޑު މުސްކުޅިއަކާ..” ވެގެން އުޅޭގޮތް އެނގުމުން ޖައިޝް ރުޅިއައިސްގެން ރޫރޫ އަޅައިގަތެވެ. ޖައިޝްގެ މޫނުމަތިން ފެނުނު ރުޅިވެރިކަން ފެނިފައި، ޖައިޝްގެ ހިތުގައި އޭނައަށްޓަކައި ކޮންމެވެސް ވަރެއްގެ އިހްތިރާމެއްް އޮތްތަން ފެނުމުން ބަލްޚާ އުފާވިއެވެ. އޭނާއަށް ދެރައެއް ލިބެން ނޭދުނީތީ، ހިތުގެ އަޑިން ޖައިޝްއަށް ޝުކުރު އަދާކުރެވުނެވެ.

“ދެން ކިހިނެތްތަ ހަދަންވީ؟” މޫދާ ދިމާއަށް ކުރިމަތި ލައިގެން ހުރި ހިޝާންއަށް ބަލައިލަމުން އެހެން ބުނެލުމަށްފަހު ބަލްޚާ އިން ހިލަ ގޮނޑީގައި އިށީދެލި ވަގުތު ޖައިޝްގެ އަތް ބޭވުނީ ބަލްޚާގެ އަތް މަތީގައެވެ. ދެމީހުންނަށްވެސް ސިހިފައި އެކަކު އަނެކެއްގެ މޫނަށް ބަލައި ލެވުނެވެ.

“ސޮރީ..” ވައި އަޑުން ހިޝާންއަށް ނުއިވޭނޭހެން ބަލްޚާގެ ރީތި ދެލޮލަށް ބަލައިލަމުން ޖައިޝް ބުނެލިއެވެ. އެވަގުތު ބަލްޚާވެސް ހަމަ އެހާ ސިއްރުން ދެކޮނޑު އަރުވާލަމުން ” އިޓްސް އޯކޭ..” އޭ ބުނެލިއެވެ. އަދި ލަދުރަކި ގޮތަކަށް ބަލްޚާގެ ހިމަ އިނގިލިން ވަޔާއެކު ވިހުރެމުންދިޔަ އިސްތަށި ގަނޑު ހައްޔަރުކޮށްލުމަށްފަހު ބޮލުމެދަށް ހުޅިއެއްޖަހާލިއެވެ. އެހިނދު، ޖައިޝް އެ އިސްތަށިގަނޑު ނިއުޅުވާލަމުން ” އިސްތަށިގަނޑު ހާވާލާފަ އޮންނަ އިރު މާ ރީތި..” ކަމަށް ބުނެލުމުން، ބަލްޚާ ލަދުރަކި ހިނިތުން ވުމަކާ އެކު އިސްޖަހާލިއެވެ. ބަލްހާގެ މުނަށް ބަލަން ޖައިޝް އިން އިރު ތަނަށްވެރިވެފައި ވާ ހިމޭންކަމުން އެ ހިތް އިތުރަށް މަސްތު ކުރުވަމުން ދިޔައެވެ.

“…. އެހެންވީމަ ދެން އޮތް ގޮތަކީ ބަލްޚާ ތިގެއަށް ގެންދިއުން!”

“ވަޓްޓް؟!” ލޯބީގެ ކަނޑަކަށް ގަރަގުވަމުންދިޔަ ޖައިޝް ސިއްސައިގެން ގޮސް ކޮޅަށް ތެދުވެވުނެވެ. ހިޝާން އެހުރި ގޮތަށް ހުރެ ދެއްކި ހުރިހާ ވާހަކައެއްގެ ތެރެއިން އޭނާއަށް އިވުނީ ހަމައެކަނި އެ ބަސްކޮޅެވެ.

” މޮޔަވީތަ؟! މަ ކިހިނެތް؟!…” އެވަގުތު ސުވާލުގެ ނަޒަރަކުން ޖައިޝްއަށް ބަލަން އިން ބަލްޚާ ފެނުމުން ޖައިޝް ބުނަން އުޅުނު އެތި އެހިސާބުން ހުއްޓުނެވެ.

“ޖައިޝް ބުނީމެއްނު އެއްކަހަލަ ދުވަހަށްފަހު ބަލްޚާ ގެ ރަނގަޅު ވާހަކަ ޖައިޝްގެ ބައްޕަ ދައްކައޭ؟…ކޮއްކޮއަށްވެސް ވަރަށް ކަމުދެއޭ ބަލްޚާ…” ހިޝާން ޖައިޝްގެ ކޮނޑުގައި އަތް ބާއްވާލަމުން އާދޭހާއެކު ބުނެލިއެވެ.

“މަ ކޮން އިރަކު ހިޝާން ކައިރީ އެހެން ބުނީ؟!” ޖައިޝް ހައިރާންވެފައި އެހިއެވެ.

“މަގޭ ކައިރިއަކު ނުބުނޭ… އެކަމް ހުސެން ކައިރީ ޖައިޝް އެހެން ބުނި އަޑު މަ އެހީމޭ… ނަސީބެއްނު އެކަން އެނގުނުކަންވެސް… އެހެންވެ ޖައިޝް މަތިން ހަނދާންވީވެސް…”

ހުރިހާ ކަމަކާ ޖައިޝް ހަވާލުވަމުން މާބޮޑަށް ލަސްވެސް ވެފައިވުމާއެކު، އެރޭގެ ބައްދަލުވުން އެހާ ހިސާބަށް ކުރުކޮށްލުމަށްފަހު ތިންޒުވާނުންވެސް ގެއަށް ދިޔައެވެ. އެނދުގައި ދެއަތަށް ފުރޮޅިލަ ފުރޮޅިލާ ނުނިދިފައި އޮތީ ޖައިޝްއެވެ. ބައްޕައާ ކުރިމަތިލައި އެހީއަކަށް އެދޭނެ ގޮތަކާމެދު ވިިސްނަން އޮންނަތާ ވީއިރެއްވެސް އޭނައަކަށް ނޭންގެއެވެ. ބައްޕައާއި އޭނައާ ދެމެދު ކުރިން  އޮތް ގާތަކަމަށް އެޅިފައިވާ ހުރަހަކީ ހެދެން އުޅުނު ގޯހެވެ. ބައްޕަގެ ހިތުގައި އޭނާގެ އެކުށުގެ ސަބަބުން ލީ ޒަޚަމް ފަސޭހަވާން އަދި ދުވަސްކޮޅެއް ނަގާނެކަމުގައި ޚުދު އޭނަވެސް ގަބޫލުކުރެއެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނަން އޮއްވައި ކުއްލިއަކަށް މޮޅު ޚިޔާލެއް އައުމުން އޭނާއަށް ހިނިތުންވެލެވުނެވެ.

ހިމޭން ފަތިހަކުން އައު ހެނދުނަކަށް ދުނިޔެ ތަންދެމުން ދިޔަ ވަގުތެވެ.  ގޭގެ ފުރަގަހަށް ވާގޮތަށް ހައްދާފައިވާ ބަގީޗާގައި ފޮޅިފައިވާ މާތަކުގައި، ޖެހެމުންދިޔަ ފިނި ރޯޅިތައް ބީހިލައި މުޅިތަން މާމެލާމެލީގެ ވަހުން އެއްވަސް ކުރުވަމުން ގެންދިޔައެވެ. އެއީ އޯކިޑާއި ފިނިފެންމާފަދަ ތަފާތު މާތަކުން ފުރިފައިވާ ބަގީޗާއެކެވެ. ބިންމަތީފައި ފެހީގެ ސާލެއްހެން ފެތުރިފައިވާ ވިނަ ތަކުން އެ ބަގީޗާގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ބަގީޗާގެ މެދަށްވާގޮތަށް ހައްދާފައިވާ މިދިލި ގަހުގައި އެލުވާ ލާފައިވާ އުނދޯޏެއްގައި އާވިއަރައަރާ އިން ކޮފީ ތައްޓެއް ހިފައިގެން ޖައިޝް އިނެވެ. އެ އުނދޯލީގެ އެއްފަރާތަށްވާގޮތަށް މިދިލިގަހުގެ ހިޔާ ލިބޭ ހިސާބުގައި ބަހައްޓާލާފައިވާ ބެންޗްގައި އިމީ އޭނާގެ ޓެޑީ ބެއާގައި ބައްދާލައިގެން ނިދި ތާއްޔާ ޖެހިޖެހިއިނެވެ. ރަނގަޅަށް ނިދި ނުފިލަނީސް އެކުއްޖާފުޅު ނަގައިގެން މިތަނަށް ގެނައީ ޖައިޝްއެވެ.

“އިމީ ދެން ހޭލަބަލަ!!” ޖައިޝް ތިންވަނަ ފަހަރަށް އެހެން ބުނިލެއް ތަންކޮޅެއް ބާރުކަމުން އިމީ ސިހުނުވަރުން ޓެޑީ އޭނާގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

” ދޮންބޭ! މިއަދު މީ އިންޑިޕެންޑެންސް ޑޭ… އެކަމް އިމީ އަށް ނިދާ ލަންވެސް ނެތް ފްރީޑަމްއެއް… ސްކޫލު އޮންނަ ދުވަހެއް ވިއްޔާ މަންމަ އާ ހެދި ނޯންނާނެ ނިދާލެވޭކަށް” އިމީ އިނީ ރުޅިއައިސް ތުން ދަމާފައެވެ.

“ވަރަށް ބޮޑު ކަމަކުއޭ… ދޮންބެގެ ފްރެންޑަކަށް ވަރަށް ދެރަ ގޮތެއް ދިމާވެގެން މިއުޅޭނީ.. ” އިމީގެ ސަމާލުކަން ހޯދޭތޯ ބަލަމުން ޖައިޝް ބުނެލިއެވެ.

” ދެން އިމީއަށް ކޮށްދެވޭނީ ކޮންކަމެއް؟!” ޝައުގުވެރިކަން ކުޑަރާގެއްގައި އިމީ ބުނެލިއެވެ.

” އެނގެއެއްނު ބަލްޚާ… އޭނަ އުޅޭ ގޭމީހުން އޭނަ ގެއިން ބޭރުކޮށްލައިފި… އޭނަ ދާނެ ތަނެއް….”

” ބަލްޚާ.. އެއްކަލަ ބާރބީ ޑޯލް ދޯ… އެ ކީއްވެ ބޭރުކުރީ” ޖައިޝް ބުނަން އުޅުނު އެތި ނުބުނެވެނީސް، ދެލޯ ބޮޑުކޮށްލަމުން އިމީ އެހެން އެހިއިރު އެކުއްޖާފުޅުގެ ދެލޮލުން ނިދީގެ އަސަރުވެސް ފިލައިފިއެވެ.

” އެގޭ މީހުން ވަރަށް ގޯސްވީމައެއްނު ބޭރުކުރާނީ… އަސްލު ބަލްޚާއަކީ ދޮންބެގެ ކްލާސް މޭޓެއް… ދޮންބެ ބޭނުން އޭނާއަށް ހެލްޕްވާން… އެކަމް މައްސަލައަކީ ބައްޕަ…” ޖައިޝް ނޫންކަމަށް ހެދިލަމުން އިމީގެ ޝައުގުވެރިކަން އަތުލެވޭތޯ މަސައްކަތްކުރިއެވެ. ވީވެސް އެހެންނެވެ. އެ ކުޑަ ވަގުތުކޮޅެއްގެ ފެނިދެނިވުމުންވެސް، ބަލްޚާވަނީ ރަނގަޅަށް އޭނާގެ ޖާދޫގައި އިމީ ޖައްސުވާފައެވެ. އިމީއަށް ބަލްޚާއަކީ އޭނާގެ ބާރބީ ޑޯލްއެވެ.

” ތިކަމާ ދޮންބެ ހާސްނުވޭ… އިމީ ބައްޕަ ކައިރީ ބުނެގެން ބާރބީ މިގެއަށް ގެންނާނަން…” އިމީ އެހެން ބުނެލުމާއެކު ޖައިޝްއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

އަމިއްލަ ވިޔަފާރީގެ ކަންކަމުގައި ބިޒީވެގެން މިއަދު ޠައްޔިބުއަށް ގެއަށް އާދެވޭ ވަރުވީ ހަވީރު ސަޔަށެވެ. އެއިރު އިނާޒާހުރީ ވަރަށް ފުރިހަމަ ސައެއް ތައްޔާރުކޮށްލައިގެން ޠައްޔިބުގެ އިންތިޒާރުގައެވެ. ޠައްޔިބު އައުމާއެކު، ހަސީނާއާއި އިނާޒާގެ އިތުރުން އިމީ އާއި ޖައިޝްވެސް އައިސް އެމީހުން އަބަދުވެސް އިށީންނަ ތަރުތީބުން ކާމޭޒު ދޮށުގައި އިށީނެވެ. ކެތްތެރިކަން ކުޑަވެފައިވާ ޖައިޝް އިމީއަށް ލޮލުގެ އިޝަރާތުން އަވަސްކުރުމަށް ބުނަމުން ދިޔައެވެ. ކުޑަކޮށް ކަރު ކެހިލަމުން އިމީ އެންމެންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރިއެވެ.

“ބައްޕާ.. އެބައޮތް ވާހަކައެއް ބުނަންވެފަ.. އިމީއަށް އެނގޭ އިމީ ބުނާ ކޮންމެ ކަމެއް ބައްޕަ ކޮށްދޭނެކަން…” އިމީ އެހެން ބުނުމާއެކު އެންމެން ގެ ސަމާލުކަން ކުޑަ ކުޑަ އިމީއަށް ހުއްޓުނެވެ. އަނުމް އެގެއަށް އައިސް ވަނީވެސް ހަމަ އެވަގުތުއެވެ. ޖައިޝް ވީ ފޫހިން ބޯ ކަހާލިއެވެ.

” އަހަން ދަރިފުޅާ… އަވަހަށް އާދޭ… ރަނގަޅު ގަޑިއަކަށް ތިއާދެވުނީވެސް…” އިނާޒާ ކޮލު ދަތްތައް ފެންނަ ވަރަށް ހިނިއައިސްހުރެ އަނުމްއަށް ދަޢުވަތު ދިނެވެ. އެއާއެކު ޖައިޝްއާ ޖެހިގެން ހުރި ގޮނޑީގައި އަނުމް އިށީނދެލިއެވެ. އިނާޒާ އެ ދެ ކުދިންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު ހިނިތުންވެލީ ހަމަ ގައިމުވެސް އޭނަގެ ހިތުގައި ކުރަހަމުން ދިޔަ އުންމީދުގެ ކުރެހުމުގައި ކުލަ ޖައްސަން ދެން މާގިނަ ދުވަހެއް ނެތް ކަމަށް ނިންމަމުންނެވެ. ދެ ކުދިންނަށްވެސް 19 އަހަރުވުމާ ގާތްވެފައިވާތީ ދެން މަޑު ކުރަންޖެހުނަސް މަޑު ކުރަން ޖެހޭނީ ދެތިން އަހަރު ކަމުގައި އޭނާ ގަބޫލުކުރިއެވެ.

” އާން! ދަރިފުޅާ  އިމީ! ދަރިފުޅު ކޮން ވާހަކައެއްތަ ބުނަން އުޅުނީ؟!…” ސައިތަށިން އެތި ފޮދެއް ދަމާލުމަށްފަހު މޭޒުމަތީ ތަށި ބަހައްޓަމުން ޠައްޔިބު އިމީއަށް ބަލައިލިއެވެ. އެވަގުތު އިމީ ޖައިޝްގެ މޫނަށް ބަލާލުމުން މިގަޑީގަ އެވާހަކަ ނުބުނުމަށް ބޮލުން އިޝާރާތްކުރަމުން، ލޮލުގެ އިޝާރާތުން އަނުމް އިމީއަށް ދެއްކިއެވެ. އިމީ ދެ ލޯ ހަނިކޮށްލަމުން އަނުމް އާ ދޭތެރޭ އަޅަ ނުލުމަށް ބުނާފަދައިން އިޝާރާތކޮށްލުމަށްްފަހު އަނެއްކާވެސް ޠައްޔިބުއާ ދިމާއަށް އެނބުރުނެވެ.

” ބައްޕާ! ބައްޕައަށް އެނގެއެއްނު ބަލްޚާ!… ” އިމީ އެހެން ބުނެލުމާއެކު އަނުމް ބޯއިން ސައިތަށި ހީވީ އަރުގައި ތާށިވިހެންނެވެ. ކުއްލިއަކަށް އޭނާ ކޮށިއެރިއެވެ. އިނާޒާ ސިހިފައި ” ދަރިފުޅާ ކިހިނެތް ވީހޭ” ބުނަމުން، އައިސް އަނުމްގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާ ރަނގަޅުކަމަށް ބުނުމުން އިނާޒާ ގޮސް ގޮނޑީގައި އިށީނެވެ.

” ބަލްޚާ؟!.. ކޮން ބަލްޚާއެއް؟…….. އާން އެއްކަލަ ބަލްޚާ ދޯ؟!… ބައްޕަ ހޮސްޕިޓަލަށް ގެނެސް ދިން ކުއްޖާއެއްނު އެއީ؟!.. އެއީ ވަރަށް ރަނގަޅު ކުއްޖެއް،،، ކިހިނެތްތަވީ އޭނައަށް؟” ބަލްޚާގެ ނަން ކުއްލިއަކަށް ބުނުމުން ހަނދާން ނުވެގެން އިރުކޮޅަކު އިނުމަށްފަހު ކުއްލިއަކަށް ކަމެއް ހަނދާންވާހެން ދެ ލޯ ބޮޑުކޮށްލަމުން ޠައްޔިބު ބުނެލިއެވެ.

” ދޮންބެ ބުނި އެއީ ދޮންބެގެ ފްރެންޑެކޯ… އަދި އެއީ އިމީގެ ވެސް ފްރެންޑެއް މިހާރު… އެހެންވީމަ ފްރެންޑަކަށް ކަމެއްވީމަ ޖެހޭނެއެއްނު އެހީވާން ދޯ ބައްޕާ؟!…” ދުރުދުރުން ވާހަކަފެށިޔަސް ބައްޕަ އެއްބަސް ކުރުވާނެ ހުރިހާގޮތެއް ހޯދަން އިމީ މަސައްކަތްކުރިއެވެ. އެވަގުތު އަނުމް ޖައިޝްގެ ފައިގެ ފަލަ މަސް ގަނޑުގައި ވިކާލަމުން އެހެން މީހުނަށް ނުފެންނަހެން އެއީ ކޮންކަމެއްތޯ އެހިއެވެ. އަދި ބަލްޚާ ޖައިޝްގެ ” ފްރެންޑަކަށް” ވީ ކޮން އިރަކުތޯ ނިކަން ސިއްރުން އެހިއެވެ. ޖައިޝް އިނީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. ނުވަތަ ބުނަން ބޭނުން ނުވެފައެވެ.

” އާން ޖެހޭނެ އެހީވާން… އެކަމަކު ވީ ކީިއްކަން ބުނެބަލަ ދަރިފުޅާ…!” އިމީ ބުނަން އުޅެނީ ކީއްކަން ނޭނގިފައި ޠައްޔިބުއިނީ އެއީ ކޮންކަމެއްކަން އެނގެން ބޭނުން ވެފައެވެ.

” ބަލްޚާ އުޅޭ ގެއިން ބަލްޚާ ބޭރު ކުރީއޯ… އިމީ ބޭނުން ބަލްޚާއަށް ހެލްޕް ވާން… މިގެއަށް ގެންނަން. އިމީގެ ކޮޓަރީގަވެސް ހުރެވޭނެއެއްނު…” އާދޭހާއެކު އިމީ އެހެން ބުނެ ލުމާއެކު މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. އިނާޒާގެ މޫނުމަތިން ފެނުނު ހިތްހަމަ ނުޖެހުމާއެކު އަނުމްގެ ތުންފަތާ ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ގޮއްޔެ (ބާބު 2) ދެވަނަ ބައި.

Next

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 2 ވަނަ ބައި

Next
August 13, 2017

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 2 ވަނަ ބައި

Previews
August 12, 2017

ގޮއްޔެ (ބާބު 2) ދެވަނަ ބައި.

20 Comments!

  1. އިމް says:
    August 13, 2017 at 9:29 am

    މި ސްޓޯރީ ވަރަށް ރީތި 🙂

  2. Adha? says:
    August 13, 2017 at 10:08 am

    Varah reethi mi part ves ?
    Waiting for next part ❤❤❤❤

  3. Luv says:
    August 13, 2017 at 10:14 am

    Varugadha inaazaa akaa anum eh!!!!!
    Bodu kamehhh
    Please let these two outttt of the story
    Plsssss

    1. ރައު says:
      August 13, 2017 at 11:15 am

      hahaha “Luv”
      anum n inaazaage character aky v muhimmu dhe charecter mivaahakaige kuriah huri baithakah.. 🙂 😉

  4. Xxxx says:
    August 13, 2017 at 10:23 am

    V.Nice???

  5. Coco says:
    August 13, 2017 at 10:34 am

    Kihaa dhera kameh tha anum aa inaaza aka hure dheybala fara

  6. .. says:
    August 13, 2017 at 11:08 am

    nice

  7. ރައު says:
    August 13, 2017 at 11:16 am

    thanks all lovely readers. pls comment n guess what is going to happen in upcoming episodes of this story… have fun … love u allllllll

  8. im says:
    August 13, 2017 at 11:32 am

    i think inaazaa ei v bad meehehen mee first dhw

  9. Ayra says:
    August 13, 2017 at 1:49 pm

    Kobaa fasvana bai?? Nufeney ?

    1. tia says:
      August 13, 2017 at 2:10 pm

      https://www.esfiya.com/33526/

    2. ރައު says:
      August 13, 2017 at 2:15 pm

      5 vana bai innaany 10 august ga …
      https://www.esfiya.com/33526/

  10. Ram says:
    August 13, 2017 at 2:00 pm

    Amazing ??

  11. kk says:
    August 13, 2017 at 2:07 pm

    https://www.esfiya.com/33526/

    part 5 ge link

  12. Mai says:
    August 13, 2017 at 2:09 pm

    Stry vrh rythi…?? ekm mi anum aka hure vx boa halaaku… vrh kiyaa hithun indha e nimuny… dhn inna part than kolheh dhigukhlevenna dhigu khlahchey…?☺plxx

  13. warah vaahaka says:
    August 13, 2017 at 2:15 pm

    dhefolhuwathaa bai knme faharakuwes

  14. khajja says:
    August 13, 2017 at 3:29 pm

    Masha allah stry v rythi ??? balkhaa ah dheragothennuhadhachchey thoyyib balkhaa ege ah gennan ebbas vebala n anum aai inaazaa avves balkhaa ah gothen hedhumuge furusathu nudhechchey thoyyibge belumuge dhashuga balkhaa gengulhebala stry v v v awsome when nxt prt avahah up kollabala v interested ??❤❤❤????????

  15. shuaa says:
    August 14, 2017 at 12:37 pm

    when is the next part dear

  16. ރައު says:
    August 14, 2017 at 3:11 pm

    miadhuge part up kuran fonuvaafa mihaaru innaany… miadhu kuda kameh dhimaavegen vaahaka up kohdhinun lasvi kamahtakai hurihaa kudhinge kibain maafah edhen…

    1. Aish says:
      August 14, 2017 at 3:53 pm

      Thanks rau.
      Ekm adhives up nuveydhoa
      Waiting waiting
      V wait kurevey mihaaru mivaahaka ah

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ…←


All Right Reserved!