Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީހުން…..(12)

Dhippi Level 4100 Comments10 Stories
August 11, 2017 6 Mins Read
14 Comments

” ކޮއްކޯ، އެއްވެސް މީހަކު ފެނޭތަ؟” އީސަބޭ ޔަގީން ކުރަންވެގެން އަހައިލިއެވެ.”ލައްބަ މިތާ އެބަ އުޅޭ ވަރަށް ގިނަމީހުން” ޒޫމީ ލޯމަރައިގެން އޮތަކަސް އެކި ތަންތަނަށް ކަޅި އުކަމުން ބުނެލިއެވެ.”އަހާބަލަ ތީކޮންބައެއްހޭ؟، ކީއްކުރާ ބައެއްހެޭ؟” އީސަބެ އެއްބުމަ އަރުވަމުން، ބޮނެލިއެވެ.” ބިލާލްގެ އާއިލާ މީހުނާ އޭނަގެ ރަށްޓެހިންނޯ” ޒޫމީ އޮއްގޮތަށް އޮވެ ބުނެލިއެވެ.” އަހައިބަލަ، ތީކޮންބިލާލެއްހޭ؟ބުނެެ ވާހަކަ ދައްކަ ބަލާށޭ!” އީސަބެ އެހެން ބުނުމުން ޒޫމީ އެއްވެސް އެއްޗެއް ނުބުނެ އޮތީއެވެ.” ކުދިންނޭ ކިޔެވެލި ބާރު ކުރޭ” އީސަބެ އެހެން ކިޔާ ކުންނާރު ކަށި އަޅާ ދޮންގަނޑު ބޮޑު ކޮއްލިއެވެ. ކިޔަވާ މީހުން ކިޔެވުން ވަރު ގަދަ ކޮއްފިއެވެ. ސަލީމުމެން ތިބީ އަގައިން ވެސް ނުބުނެ ބަލާށެވެ.”ކޮއްކޯ އަހައިބަލަ، އެ ބިލާލް ކޮބައިތޯ؟” އީސަބެ އަލިފާންގަނޑު ބޮޑު ކޮއްލަމުން ބުނެލިއެވެ. އީސަބެ އެހެން އެހިތަނާ ގޭތެރޭ ހުރި އެއްޗެހި ތެޅެން ފަށައިފިއެވެ. ގޭތެރެ އަށް ހީވަނީ ނަގޫ ރޯޅިއެއް އައިސްގެން އުޅޭ ހެންނެވެ. އީސަބެ އަނެއްކާ ވެސް އަތުގެ އިޝާރާތުން ކިޔެވުން ބާރު ކުރަން ބުނެފިއެވެ.” ކޮބައި އަދިވެސް ބިލާލު އެއް ނާދޭތަ؟ އީސަބެ އަނެއްކާވެސް އަހައިލިއެވެ. “މިއާ ބިލާލް އަކީ ކަލޭ ތިއުޅެނީ މަރުވާން ނޭގިގެންތަ؟؟” ބަރު އަޑަކުން ޖިންނި ބިލާލް ބުނެލިއެވެ. އަޑު އައީ ޒޫމީގެ އަގައިންނެވެ. އެއަޑަށް އެއްމެން ތިބީ ބިރުން ވިރި ވިރި އެވެ.” ހައްހައް…ކަލޭ ވެސް މިތާ މިތިބި އެންމެން ވެސް މަރާލާނަން، ކަލެއަށް އިގޭތަ މަގޭ އާއިލާ މީހުންގެ އަދަދު، ބިލިއަނުން ބިލިއަނުން އަރާނެ” ބިލާލް ފަޙުރު ވެރި ކަމާއެކު ބުނެލިއެވެ.”މަށަށް ހެވޭ ކަލޭގެ އާއިލާގަ ތިޔަށް ވުރެ މީހުން ގިނަޔަކަސް، މަބިރެއް ނުގަނޭ! ” އީސަބެވެސް މޮޅުވެފަ ގަދަބަސް ބުނެލިއެވެ.”ކަލޭ މަމިކުރާ ސުވާލަށް ޖަވާބުދީ” އެހެން ކިޔާ ސޫރަ އެއް ކުރަހައިފަ އޮއް ފިލާ ގަނޑެއްގަ، ގެންގުޅުނު ފިޔޮހި ޖަހާ ބާރު ކޮއްލިއެވެ.”ކަލޭދެން ކަލޭގެ، ތިހިރަ މޮޅުކަމަކާ ގަދަ ކަމެއް ދައްކާލަބަލަ، ކަލޭ މިހާރު ތިހިރީ މަގޭ ބެލުމުގެ ދަށުގަ މަބޭނުން އިރަކުން ކަލޭ ދޫކުރީމަ ނޫނީ ކަލޭއަށް ދެން ގުޑާވެސް ނުލެވޭނެ” އީސަބެ ޔަގީން ކަމާއެކު ބުނެލިއެވެ. އެވަގޮތު ޒޫމީ ބާރު ބާރަށް ތެޅެމުން ދަނީއެވެ. ކަރުން ބާރުއަޑު ތަކެއް ވެސް ލައްވަމުން ދެއެވެ. ސަލީމުމެން ތިބީ ޒޫމީގެ ގައިގައި ހިފައިގެންނެވެ. އެއީ އީސަބެ އަތުގެ އިޝާރަތުން އެންގި ގޮތެވެ.

” ކަލޭތެދުބަހުން މަކުރާ ސުވާލަށް ޖަވާބު ދޭނީތަ؟ ނޫނީ ގަދަކަމުން ބުނުވާނީތަ؟” އީސަބެ ހަމަޖެހިލަމުން އަހައިލިއެވެ. އަމީނާޔާ ރާބިއާޔާ އޭރު ތިބީ ބިރުން ގަޔަށް ގޮއި ރެވޭ ވަރުވެފައެވެ. ވާނީ އަހެން ނޫން ހެއްޔެވެ. ޒޫމީގެ އަގައިން އެވާހަކަ ދައްކަނީ އެ ބިރުވެރި އެތި ވިއްޔާއެވެ. މިއީކީ މީގެ ކުރިން އެމީހުން ދެކުނު ކަމެއް ނޫން ވިއްޔާއެވެ.”ކަލޭ ކީއްވެތެ ޒޫމީއާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިއުޅެނީ؟؟އޭނަ ކީއްކޮއްގެންތަ އޭނަޔަށް ތި ދުއްޕާން ކުރަނީ؟!” އީސަބޭ ތުން ތަޅުވަމުން ސުވާލް ކޮއްލިއެވެ.” ހައް ހައް ހައް ހުއް ހުއް، ކެކެކެކެ ކަކަކަ” އޭތި ހެމުން ނުލަފާ ވައްތަރު ތަކެއް ޖަށްސަން ފެށިއެވެ. އީސަބެގެ ސުވާލަކަށް ޖަވާބެއް ނުދިނެވެ” ކަލޭ ކައިރިއަކު މަ ނުބުނަން ދޯ ތިވަތްތަރު ޖައްސާށެކޭ! ކަލޭ ކައިރީގަ މަ ކުރިޖަވާބު ދޭށޭ ބުނީ!” އީސަބެ އެހެން ބުނަމުން އަނެއްކާވެސް އަލިފާން ގަނޑު ތެރެއަށް ކޮތަބެރާ އަޅާ ދޮންގަނޑު ބޮޑު ކޮއްފިއެވެ. “ހައް ހައް ޒޫމީ ދެކެ ލޯބިވާތީ މިއުޅެނީ އިތުރު އެއްވެސް ކަމެއް ނުވޭ!” ބިލާލް ތެދު ބަހުން ބުނެލިއެވެ.”ކަލެއަކަށް ނޭގޭތަ ތިއީ ދެނަސްލުގެ ދެމީހުން ކަމެއް؟! ” އީސަބެ ރުޅި އައިސް ބުނެލިއެވެ. ބިލާލް އެއްވެސް ޖަވާބެއް ނުދީ ހުރީއެވެ. ކަލެއަށް ނޭގެނީތަ، އިންސާނުންނާ ޖިންނިންނަކާ އެއްކޮށް ނުއުޅެވޭނެ ކަމެއް؟” އަނެއްކާވެސް އީސަބެ ސުވާްލް ކޮއްލިއެވެ.” ލޯބިވީމަ އިންސިއެއް ޖިއްނިއެއް ނޯންނާނެ! ޒޫމީ ދެކެ މަ ވަނީ ހަގީގީ ލޯބި!” ބިލާލް މިފަހަރު ޖަވާބު ދީފިއެވެ.”އެހެންކަމަށްތަ ކަލޭ ހީކުރީ؟! ޒޫމީއަށް ދުއްޕާން ކުރާނީތަ؟ ނޫނީ މަ އެކަން ހުއްޓުވާނީތީ؟ އެހެން ނޫނީ ކަލޭ ރީތި ގޮތުގަ އޭނާ ދޫ ކޮށްލާނީތަ؟؟” އީސަބެ ރުޅި އައިސް ބުނެލިއެވެ.”ނުހުއްޓާނަން! ނުވެސް ހުއްޓުވޭނެ!” ބިލާލް މޭ ފުއްޕާފަ ބުނެލިއެވެ. އެންމެން ތިބީ ހައިރާންވެ ހިރިލަން ނުކެރިފައެވެ.

“ހައް ހައް، ކަލޭތީ ކޮންދީނެއްގެ މީހެއްތަ.؟”އީސަބެ ހެމުން ބުންޏެވެ.”ކަލޭގެ ވެސްދީން މަގޭ ދީނަކީ” ބިލާލް ޖަވާބު ދިނެވެ”ކަލޭތީ މަގޭ ދީނުގެ މީހެއް ވިއްޔާ ކަލެއަށް އިގޭނެ، ކަލެއަށް ތިކުރެވެނީ ރަނގަޅު ކަމެއް ނޫންކަން” އީސަބެބުނެލިއެވެ.”ކަލޭ ކައިރީގަ މަ ބުނެފިން ދޯ ޒޫމީ ދެކެ ލޯބިވާތީއޭ މިއުޅެނީ” ބިލާލް އަނެއްކާވެސް ލޯބިވާ ކަމަށް ތަކުރާރުކޮށް ބުނެލިއެވެ.” އެންމެ ރަނގަޅު ކަލޭ ކޮން އިރަކުތަ ޒޫމީދެކެ ލޯބިވެގެން ތިއުޅެނީ،؟ ކޮންތާކުންތަ އޭނަ ފެނުނީ؟، ތެދު ބަހުން ޖަވާބު ދޭތި ކަލެއަށް އިނގޭނެ ދޮގު ހަދާމީހުންނަށް، އަޒާބު ހުރީ ކިހާވަރަކަށް ކަން” އީސަބެ ބިލާލް އަށް އެއްޗެއް ވިސްނޭ ކަހަލަ ގޮތަކަށް ބުނެލިއެވެ.” ައަހަރެން ނުއުޅެން ދޮގު ހަދާކަށް އަދި މިވީހާ ތަނަށް ވެސް ދޮގެއް ނުބުނަން، އަހަރެންނަށް ޒޫމީ ފެނުނީ މީގެ ސާދަ އަހަރު ކުރިން، އޭރު ޒޫމީއަށް ވާނީ ދިހަވަރަކަށް އަހަރު، ފުވަށްމުލަކު ކަޅު އަކިރި ގަނޑުން ފެނުނީ، އަހަރެން ހުކުރުން ފައިބައިގެން ދިޔަ މަގު މަތީގަ، އޭރު ޒޫމީ އާ އީތަން ތިބީ ކުޅެން، އެދުވަހުން ފެށިގެން އަހަރެން އަންނަނީ ޒޫމީގެ ހުރިހާ ކަމެއް ބަލަމުން، އެދުވަހު ޒޫމީއަށް އަހަރެން ފެންނަން ވެސް ފެނުނު އެކަމަކު ޒޫމީ އެއް ނުހުންނާނެ އެހަދާނެއް، އެދުވަހު އޭނަ، ބިއްމަށްޗަށް ވެއްޓިގެން، ތެޅުނީ އަހަރެން ކުޑަކޮށް އޭނަ ބިރު ގަންނަވާލީމަ” ބިލާލް ތެދު ބަހުން ޖަވާބު ދިނެވެ. އޭނަ އެބުނީ ތެެދެކެވެ. އޭ އެދުވަހު ކަން ހިގި ގޮތެވެ. އޭތީ އެހެން ބުނުމުން އަމީނާމެން ހައިރާންވެގެން ބަލަން ފެށީ އެކަކު އަނެކަކު މޫނަށެވެ.” އެންމެ ރަނގަޅު ޒޫމީ މިހާރު އެއުޅެނީ މީހަކާ ވެސް އިނދެގެން، ދެން ކީއްވެ އޭނަޔަށް ތި އުދަގޫ ކުރަނީ؟، އިސްލާމް ދީނުގައި އޭ ކިހާ ބޮބޮޑު ފާފައެއްކަން ނޭގެނީތަ؟، ބިލާލް އަށް އިގޭނެ ދެމަފިރިން ދޭތެރެއަށް ވަނީމަ، ލިބޭ އަޒާބާ އެއްޗެހި!” ބިލާލް ވެސް ރީތިކޮށް ވާހަކަ ދެއްކީމަ އީސަބެ ވެސް ވާހަކަ ދެއްކީ ރީތި ކޮށެވެ. “އަހަރެން ކުރިއަކު އޭނަޔަކަށް އެއްވެސް އުދަގުލެއް ނުކުރަން، އެކަމަކު އަހަރެންނަށް އެކަން މަޖުބޫރު ކުރުވީ އީތަން އާ އެމީހުންގެ އާއިލާ! އާނ.. މިހާރު ޒޫމީއަށް އުދަގޫ ކުރަން، އަހަރެން އުދަގޫ ކުރަން ފެށީ އޭނަގެ ކައިވެނި، ހަމަ ޖެއްސީމަ، އެދުވަހުން ފެށިގެން” ބިލާލް މިފަހަރު ވެސް ތެދު ބަހުން ބުނެލިއެވެ. އެކަމަކު މިހާރު ބިލާލް އިނީ ފެން ކަޅިވެފައެވެ. ޖިންނި ވެސް ވަނީ ލޯބި ވިއްޔާއެވެ. އެމީހުންގެ ވެސް ހިތެއް އޮވޭ ވިއްޔާ އެވެ. އަދި ހިތުގަ ޖަޒުބާެއް ވެސް ހިގާ ވިއްޔާއެވެ. “މިރެއިން ފެށިގެން ހުރެވޭނެތަ ޒޫމީއަށް އުދަގޫ ނުކޮއް” އީސަބެ ރީތި ކޮއް އަހައިލިއެވެ. އަހަރެންނަކަށް ޒޫމީއާ ދުރުގައެއް ނުއުޅެވޭނެ، އަހަރެން ޒޫމީ ދެކެ ވަނީ ހަގީގީލޯބި، ދެން ކިހިނެއް އަހަރެން ތިކަން ކުރާނީ؟ ޒޫމީ އެހެން މީހަކާ އެއްކޮށް އުޅޭ ތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވާނެ!” ބިލާލް ފެން ކަޅިވެފަ ބުނެލިއެވެ.”ތީގެ މާނައެކީ ކަލޭ އޭނަޔާ ދުރު ނުވާނަމޭތަ؟” ބިލާލް ނިތް އަރުވަމުން އަހައިލިއެވެ.”އަހަރެން ހުންނާނީ ކިތަންމެ ފަހުރަކު އޭނަގެ ފިރިމީހާގެ ސިފައިގަ އޭނަޔާ އެއްކޮއް ނިދާ ފެން ވަރާ ހަދާފަ، ދެން ކިހިނެއް އަހަރެން އޭނަޔާ ދުރުވާނީ؟” ބިލާލް މިފަހަރުވެސް ތެދު ބަހުން ޖަވާބު ދިނެވެ. ބިލާލް އެބުނީ ތެދެކެވެ. އެއީ އެކަން ހިގަމުން އައި ގޮތެވެ. ބިލާލް އެދައްކާ ވާހަކައިން އެންމެން ތިބީ އަންތަރީސްވެފައެވެ.”ކަލޭ އޭނަދެކެ އެހާ ލޯބިވާތިތަ، އޭނަގެ ގައިގަ ވަކިއަޅާ އޭނަޔަށް ބިރު ދައްކާ، އޭނަގެ އިއްފަތް ފޭރެމުން ލޫޓުވަމުން ތިދަނީ؟!” އީސަބެ އަހައިލީ ރުޅިވެރި ކަމާއިއެކުގައެވެ. “އަހަރެން ކުރާ ކޮންމެ ކަމެއް ކުރާނީ ލޯބިން، މިވީހާ ތަނަށްވެސް އޭނަޔަށް ނުހުންނާނެ، މަގޭ ފަރާތުން ލިބުނު ލޯތްބެއް، އެހެން މީހެއްގެ ފަރާތުން ލިބިފައެއް، އޭނަޔަށް، ލިބޭ އަނިޔާއެއް ލިބޭނީ އަހަރެންގެ އުފާތަކަށް ހުރަސް އަޅާތީ، އެހެން ނޫނަސް އަހަރެންގެ ދެމީހުންގެ ލޯބީގެ ނިޝާނެއް ވެސް އެބަހުރި، އަހަރެން ޒޫމީއާ ކިތަންމެ ދުރަށް ދިޔަޔަސް، އަހަރެމެންގެ ދަރިފުޅު އޭނަ ކައިރިއަށް އަންނާނެ!!!!، އަދި އަހަރެންނަކަށް އެކަން ނުވެސް ހުއްޓުވޭނެ” ބިލާލް އެކަކަށް ވެސް ނޭގޭ ބޮޑު ސިއްރެއް ބުނެލައެވެ. އެންމެން ތިބީ އަނގަ ހުޅުވި، ޖަހައިފަ ތިބި ބުދު ތަކެއްހެން ވެފައެވެ. ވާނީ އެވަރުތާއެވެ. އެބުނީ ދަރިއަކު ވެސް ލިބުނު ވާހަކަ ވިއްޔާއެވެ. މީހަކު ބަސް ހުއްޓި ކުޅު ނުހިކި ހުރެ ދާނެހެއްޔެވެ.”ދަރިފުޅަށް ކިޔާދީ ހުރިހާ ވާހަކަ، ކަލެއަށް އިގޭނެ، މަމިބުނީ ކީކޭކަން” އަޒީޒު ބުނެލިއެވެ.

” އަހަރެން އޭނަކައިރީގަ ބުނެފާނަން އެކަމަކު އަމަލު ކުރުމަކީ އޭނަގެ ކަމެއް، އެހެން ނޫނަސް ދަރިއަކާ މަޔަކާ އޮންނަ ގުޅުން ކަނޑުވާލުމަކީ މަށަށް ވެސް އޮންނަ ހައްގެއް ނޫން” ބިލާލް މާޔޫސް ކަމާއިއެކު ބުނެލިއެވެ.” ކޮންމެ ގޮތެއް ވިޔަސް ޒޫމީއަށް ހަމަޖެހިގެން އުޅެވެން އެބަޖެހޭ، އެހެން ވީމަ އެކަން އެހެން އޮތުމަށްޓަކާ ކުރަން ޖެހޭ ކޮންމެކަމެއް އަހަރެން ކުރާނަން” އީސަބެ ޔަގީން ކަމާއެކު ބުނެލިއެވެ. ބިލާލް އަގައިންވެސް ނުބުނެ ހުރީއެވެ.”އެހެންވީމަ ބިލާލް ވިސްނާ ވިސްނާފަ ޖަވާބެއް ދީ އަހަރެން ބޭނުން ވަނީ ވާހަކަ ދައްކައިގެން ރީތި ގޮތުގަ މިކަން ނިންމަން،” އީސަބެ ނަސޭހަތްތެރި ކަމާއެކު ބުނެލިއެވެ. “އަހަރެންނަކަށް ޒޫމީއާ ވައްކެއް ނުވެވޭނެ!” ބިލާލް އޭނަގެ ފަހު ނިންމުން އިއުލާން ކޮއްލިއެވެ.”ބިލާލްއަށް އަދިވެސް ވަގުުތު އެބައޮއް، އަދިވެސް ވިސްނާ ވިސްނާފަ ޖަވާބެއްދީ”އީސަބެ ބިލާލްއަށް ދެވަނަ ފުރުސަތެއް ދެމުން ބުނެލިއެވެ.”އަހަރެންނަށް ވެސް އަދި އަހަރެންގެ ދަރިއަށް ވެސް ޒޫމީ އަކާ ވައްކެއް ނުވެވޭނެ، ވަކިވެސް ނުކުރެވޭނެ!” ބިލާލް އެންމެ ފަހުވަގުތާ ހަމަޔަށް ވެސް ހިތްވަރު ކުރާ ހާލު ރޮމުން ފެން ކަޅިވެފަ ބުނެލިއެވެ. ލޯބިވާ މީހަކާ ދުރުވާން ވީމަ ޖިއްނިއަކަސް އަސަރު ކުރާނެތާއެވެ.”އެހެން ވީމަ ދެން އަހަރެންނަށް ޖެހޭނީ ބިލާލް އާ ބިލާލްގެ އާއިލާ ނެތި ކޮއްލަން އަންދާލަން!، މިކަމުގަ ނެތް އިތުރު ގޮތެއް، އަހަރެންނަށް ލައްކަ ވަރަށް ވިސްނާދެވިއްޖެ، އެކަމަކު ބިލާލް ބޭނުންވީ ބިލާލްގެ ގޮތުގައި ހުންނަން، އެހެންވީމަ މަވެސް ހުންނާނީ މަގޭ ގޮތުގައި، ކަލޭމެން އެންމެން އަންދާގެން ވިޔަސް ޒޫމީ ސަލާމަތް ކުރާނަން!، ޒޫމީގެ ހަޔާތުން މުޅި އުމުރަށް ކަލޭމެންގެ ވަސްވެސް ފޮހެލާނަން!” އީސަބެ ވެސް ނޭނަގެ ނިއްމުން ބުނެލިއެވެ

.” ކުދިންނޭ ކިޔެވުން ބާރު ކުރޭ، އަވަސްކޮށް ކިޔަވާތި” އީސަބޭ ފަތް ޖަހާފަ ހުރި ކަރުދާސް ތަކެއް ނަގާ، އަލިފާން ގަޑު ތެރެއަށް ކުންނާރު ކަށި އަޅަން ފަށައިފިއެވެ. ފަހަރަކު ކަރުދާސް ކޮޅެއް އަޅާ އަޅާ ހުރިހާ ކަރުދާސްތަށް ހުސްކޮއްލިއެވެ. އޭރު ހީވަނީ ގެވެސް ބޮލަށް ވެއްޓިދާނެހެންނެވެ. އަންހެން ވެރިން ބިރުން ރޯން ފަށައިފިއެވެ.”ކޮއްކޯ މިހާރު އެއްވެސް މީހަކު އެބަ ފެނޭތަ؟” އީސަބެ ޒޫމީ ކައިރި އަހަލިއެވެ.” ނޫން އެއްވެސް މީހަކު ނެތް މިހާރަކު” ޒޫމީގެ އަޑުން ޒޫމީ ޖަވާބު ދިނެވެ. އޭގެ މާނައަކީ ދެންމެ ޒޫމީގެ އަގައިން ވާހަކަ ދެއްކި ޖިއްނި ނެތީއެވެ. އަދައިގެން ދިޔައީއެވެ. “ކޮއްކޯ ހަމަ ޔަގީންތަ ނެތްކަން؟، ރަގަޅަށް ހޯދާ ބަލައިބަލަ، އެންމެން އެދިތޯ؟” އީސާބެ އެހެން ބުނުމުން ޒޫމީ ހުރިހައި ތަނެއް ބަލައި ޔަގީން ކޮއްފަ ބުނީ އެންމެން އަދައިފި ކަމަށެވެ. އީސަބެއަށް ވެސް އެކަން ޔަގީން ވާތީ ޒޫމީގެ މޫނަށް ފެންޖަހައި ތެދު ކޮއްފިއެވެ. ޒޫމީ ހުރީ ލޮޑުވެފައެވެ. އެހެން އޮންނަން ވީމަ ވާނީ އެވަރުތާއެވެ. އެ ޖިއްނިތައް މަރުވި އިރު ހުރިހާ ބާރެއް އެރީ އެފާކީރަށް ވިއްޔާއެވެ..” އަލް ހަމްދުލިއްލާހި މިއޮތީ އެ މުސީބާތުން ސަލާމަތް ވެފަ ދެން އިރާދަ ކުރެއްވިއްޔާ، އޭގެ އެއްވެސް އުދަގުލެއް ނުވާނެ!” އީސަބެ ޔަގީން ކަމާއިއެކު ބުންޏެވެ.” ދަރިފުޅާ ހިނގާ އައްޗެއް ކަމާދޯ އެއްވެސް ވަރެއް ނެތްދޯ މަންމަ އަންނާނަން ކާއެއްޗެއް ހިފާގެން” އެހެްން ކިޔާ އަމީނާ ދިޔައީ ބަދިގެއަށެވެ. އޭރު އެގޭ ގެން ގުޅޭ މީހާހުރީ ތަން ސާފު ކުރާށެވެ. ސަލީމުމެން ދިޔައީ އެންމެން ގޮވައިގެން ކޮފީއެއް ބޯލާށެވެ. އީތަން ހުރީ ޒޫމީ ކައިރީގަ މަޑު ކޮއްލައިގެންނެވެ.”މިރޭ ދަރިފުޅު ކާނީ މަންމަގެ އަތުންދޯ؟” އަމީނާ ޒޫމީގެ ބޮލުގައި ފިރުމައި ލަމުން ބުނެލިއެވެ. ޒޫމީ އާއޭ ކިޔާ ބޯޖަހައިލިއެވެ. ކުޑަކުއްޖެއްހެން ޒޫމީ އިނީ މަންމަ އަތުން ކާށެވެ. އީތަން ހުރީއެތަން ބަލައިގެން ހެވިފައެވެ. އިރާދަ ކުރެއްވީތީ ދެން ޒޫމީ އުމުރަށް އެ ބަލާވެރިކަމުން ސަލާމަތް ވީއެވެ. އޭތީގެ ގޮތްދޫ ނުކުރުމުގެ ސަބަބުން އޭނަޔާ އޭނަގެ އާއީލާ އިންދިރާސްވެ ނެތިފަނާވީއެވެ.

ތިންމަސް ފަސް

“ދަރިފުޅާ ހާދަ ވަރަކަށޭ، ހޮޑު ތިލަނީ ހިގާ ހޮސްޕިޓަލަށް ދާން، ދަރިފުޅު ގައިގަ ނެތެން ނޫން އައްވެސް ވަރެށް” އަމީނާ ޒޫމީ މާ ގަދައަށް ހޮޑު ލާތީ އިނީ ހާސްވެފައެވެ.”މަންމާ… ދިޔަޔަކަސް ހޮޑުލިއުމެއް ނުހުއްޓޭނެއް ނޫންތަ” އެހެން ކިޔާ ޒޫމީ ބަނޑުގައި ދެއަތުން ފިރުމާލިއެވެ. ޒޫމީ އެ މުސީބާތުން ސަލާމަތް ވީތަނާ ބަލިވި އެވެ. އެކަމާ ހުރެ ޒޫމީގެ އާއިލާޔަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ވާނީވެސް އެވަރު ތާއެވެ. މާމަ ކާފަ ދަރިއަކަށް އުއްމީދު ކުރާތާ އެތައް ދުވަހެއް ފަހުން ލިބެން އުޅެނީ ވިއްޔާއެވެ.
…ނުނިމެެ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ޔާރާއޭ

Next

ޒިޔާ

Next
August 11, 2017

ޒިޔާ

Previews
August 11, 2017

ޔާރާއޭ

14 Comments!

  1. niky says:
    August 11, 2017 at 4:13 am

    I am first v reethi keep it up

    1. Adam says:
      August 11, 2017 at 11:08 am

      Thanks niky

  2. Rym says:
    August 11, 2017 at 7:31 am

    Might part ves reethi

    1. Adam says:
      August 11, 2017 at 11:09 am

      Thanks rym

  3. TCgirl says:
    August 11, 2017 at 8:18 am

    bilal ah ehen vyma vvvvv dhera vejje…….. loabi vaa meehakaa dhuru ga ulhumaky vvvvvvvvv hiydhathi kameh

    1. Adam says:
      August 11, 2017 at 11:12 am

      Thanks tcgirl ,,,assu ves dhw

  4. Sara says:
    August 11, 2017 at 9:25 am

    Mikudhinnah mi vaahaka reethi vany kihinebbaa dhw…ehaa imlaa kuh gina…gina jumla thah hama nujehe…sifa kurunthah vx v kamu nudhey…ekm vx comment thah aisfa huri gothun heevany v fenvaruge vaahaka ekey…

    1. Adam says:
      August 11, 2017 at 11:18 am

      Thanks ,Sara thikahala comment libuneema ragalhu kuran ingenee vedhaane ekudhinnah than kolheh avahah bunan ulhey ehcheh get vanee kmah ves ehenve kanneyge comment salhi vaanee heevaa ehcheh Mee ingey

  5. Ram says:
    August 11, 2017 at 10:32 am

    Wow salhi..

    1. Adam says:
      August 11, 2017 at 11:33 am

      Thanks ram

  6. khajja says:
    August 11, 2017 at 12:04 pm

    Wow masha allah stry v rythi ?? kudhikudhi spelling mistakes hurikan faahagavi but oralkon stry hama v habeys liye nimmaafa up kollumuge kurin stry kiyaalaanama ekahala kanthah faahagavaane☺☺ bilaal ah dhimaavigothun v dheravejje aslu loabivaa dhemyhaku dhuruga ulhen jehumaky vvvvvv hiydhathi veynhurikameh ekam baen haalaiythakuga ehenves ulhen jehey dhw bilaal aky mu umin jinna akah vefa goiy dhoonukuryma massala aky eyge badhaluga allah ge hazurathun vaaiygan edhi madhadhu edhunnama dhw?? bilaal zoomy aa.marry ves nukoh thah kid eh libuny? Bilaal aee furihama muslimennama kaivenyge beyrun kanthakennukuraane adhi aee insievves noon egothah kanthavviyas thaubaa lavvavaafa vey dhw thaubaavikamevves neyngeun aslu ehisaabun v counfiuse vi dhariyaku hurivaahakabunyma ehisaabu ehaa hamaves nujehey kamah edhekky ekan engifanethyma bilaal naththaalyma dhen eyge hageegai nuves hoadheyne ehennoonas furathamarein hurihaakamennimmaalyma ehaadhekolhu nujeheny emyhun egothah bunaa kamugaviyas dhevana furusatheh dhinyma badhaluvun ekashygen vey real life gaves egothavvisnaafa 2 nd chance dheny dhw anyway stry anenhen hama v rythi when nxt prt avaskollachchey keep it up??❤❤??????

    1. Adam says:
      August 11, 2017 at 12:17 pm

      hanks khjja bilaal numaraa nethey ey ithuru gotheh eyna bunanee zoomy dhoonukuramey dhen konme gotheh viyas merun noon goteheh nei plus ey jinni eh and jinni aa zoomy as merry kuri Bai ithuru nukuree keekay bunaanee konna varakah fass Gina veyey bunaa usoolun ebai genesnama ethanah baivaru ehchehi thankE ithuru kuran jeheythee

  7. click a shot ? says:
    August 11, 2017 at 12:54 pm

    Varah reethi stry eh…waitting for next part ?

  8. Ainth says:
    August 24, 2017 at 9:38 pm

    Oh salhi

Comments are closed.

Next Episodeބީހުން….(13)←


All Right Reserved!