Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ….

Rau Level 210 Stories100 Comments100 Login
August 9, 2017 5 Mins Read
35 Comments

(ހަތަރު ވަނަ ބައި)

8 އޮގަސްޓް 2017 ގެ ބަޔާ ގުޅޭ…

އެހިނދު މުޅި މާހައުލު ފުސްވެ ޖައިޝްގެ ލޮލުގެ ފޯކަސް ދޮރާ ދިމާއަށް އަމާޒުވެ، މުޅިތަން ހިމޭން ވި ކަހަލަ އިހްސާސެއް ޖައިޝްއަށް ކުރެވުނެވެ. ގަދަ މެރޫންކުލައިގެ ގައުން އެއްގައި އިސްތަށިގަނޑު ހާމައަށް ދޫކޮށްލައިގެން މަޑު ހިނގުމެއްގައި ސްކޫލު ހޯލްތެރެއަށް ވަދެގެން އެ އަންނަނީ ބަލްޚާއެވެ. ލޮލުގައި އާއްމުކޮށް އަޅާ ނަންބަރު އައިނުން އެރީތި ދެލޯ މިންޖުކުރެވިފައިވާތީ އެ ދެލޮލުގެ ރީތިކަން އިތުރުކޮށްދެއެވެ. ލުއި މޭކަޕެއްގައި ބަލްޚާ ހުރިއިރު ގުދުރަތުން ދެއްވާފައިވާ ސިފައިގެ ފުރިހަމަކަން ގެއްލުވާލެވިފައެއް ނުވެއެވެ. ބަލްޚާ ފެނުމުން ޖައިޝްއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާގެ ހިތުގެ ސީދާކަން ހާމަވުމުން އަމިއްލަ ނަފްސަށް ހިނިތުންވުމެއް ރައްދުކުރެވުނެވެ. އޮލަވާހަކައިގައި ޖެހިފައި ހުރި އަނުމް ކައިރިން ދުރަށްް ދިއުމަށްޓަކައި ވަރަށް ސިއްރު ފިޔަވަޅުތަކެއްގައި ޖައިޝް ފަހަތަށް ސޮހެމުންގޮސް އަނުމްއާ ދުރަށްޖެހިލިއެވެ.

ބަލްޚާ ހޯލްތެރެއަށްވަނުމާއެކު ގާތުގައި ޖެހިގެންހުރި ބިޔަ އަނބުގަހާއި ފާރާއި ދެމެދުން ނުކުތް ބާރު ގަދަ އަތުގެ ހިމާޔަތުގައި ބަލްޚާ ބަންދުވިލެއް ބާރުކަމުން ހަލޭއްލަވައިގަންނަން އަނގަހުޅުވާލިވަގުތު އަނގަމަތި އަތްތިލައަކުން ހައްޔަރުވިއެވެ.

“ބުނީމެއްނު ދެން ނުފެންނާނޭ….” ބަލްޚާގެ ކަންފަތްދަށުގައި ވައިއަޑުން އެހެން ބުނެލަމުން ޖަައިޝްގެ އެއްް އަތުން ފުރަގަހަށްވާގޮތަށް ބަލްޚާގެ ދެ އަތް ހައްރުކޮށްލައިގެން ޖައިޝްގެ މޭމަތީ ޖައްސައި ބަލްޚާ ފިއްތާލިއެވެ.

“އަދި އަހަރެން ބުނީމެއްނު ހުރިތާކުން ވިޔަސް ހޯދާނަމޭ…” ބަލްޚާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ޖައިޝް ބުނެލިއެވެ.

” ދޫކުރޭ އަހަރެންގެ ގައިން… މީހަކަށް ފެނިދާނެ… ޕްލީޒް..” އަނގަމަތީގައި އަޅާފައިވާ ޖައިޝްގެ އަތުގައި ދަތްއަޅައި އެ އަތުތެރެއިން ގަދަކަމުން ބަލްޚާ ސަލާމަތްވެގަތެވެ.

“ކިހިނެތް ވެގެންތަ ތިއުޅެނީ… ކިތައްމެ އުނދަގުލެއް ކުރިޔަސް ނޭދޭނަން މާފަކަށް…. ” ޖައިޝްގެ މޭމަތީގައި އަތްއަޅަ ދުރަށް ކޮއްޕާލަމުން ބަލްޚާ ރުޅިވެރިކަމާ ހާސްކަން އެކުލެވިފައިވާ ރާގެއްގައި ބުނެލިއެވެ.

“އެނގޭތަ… އެދުވަހަށްފަހު އަހަރެންގެ ބައްޕަ އަދިވެސް ރަނގަޅަކަށް އަހަންނާ ވާހަކަ ނުދައްކާކަން… އަހަރެން ނުކުރާކަމެއްގަ އަހަރެންގެ ބައްޕަގެ އިތުބާރު ގެއްލުނީ ބަލްޚާއާ ހެދިއޭ…..” އެހިނދު އިހުނަށްވުރެ ހަރުކަށިކަމާއި ބާރުވެރިކަމާއެކު ޖައިޝް ބަލްހާގެނެސް އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. އެވަގުތު ނޭވާ ނުލެވިގެން ތެޅިފޮޅެމުން ދިޔަ ބަލްޚާ ގެ ގައިން ޖައިޝް ކުއްލިއަކަށް އަތް ދޫކޮށްލުމާއެކު އޭނާ ހުރި ދިމާއިން ބިންމައްޗަށް ތިރިވިއެވެ.

” ކޮންމެ ގޮތެއް ވިޔަސް އެދުވަހު ޖައިޝްއަށް ދެވެން އުޅުނީ ވަރަށް ނުބައި މަގަކުން…. އަހަރެން އެހެން ނުހެދިނަމަ ފަހަރެއްގަ ޖައިޝް މިއަދު އަހަންނަށް ނުފެނުނީސް… ޖައިޝް ބައްޕައަށް ވީގޮތުން އަހަރެންވެސް ވަރަށް ދެރަވި….” ބަލްޚާ ކުށްވެރިއަކު ފަދައިން ތެދުވެ ޖައިޝްގެ ކުރިމަތީހުރެ އިސްޖަހާލަމުން މަޑުމަޑުން އެހެން ބުނެލުމާއެކު ޖައިޝްގެ ހިތް ހިނދުކޮޅެއްތެރޭ މަޑު ފުށްކޮޅަކަށް ބަދަލުވި ފަދައެވެ. ހަގީގަތުގައިވެސް ދެވެން އުޅުނު ނުބައިމަގު ދޫކޮށްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބަލްޚާއެވެ. އަދި ބައްޕަދެކެ އޭނާ ވާ ލޯތްބެވެ.

“އޯކޭ ތިކަންވެސް ގަބޫލުކޮށްފިން.. ދެން ބުނެބަލަ ތަނަކަށް ދާންތަ ތިއުޅެނީ..؟” ކުއްލިއަކަށް ޖައިޝްގެ މިޒާޖު ބަދަލުވެ ހިމޭންވުމުން ބަލްޚާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މި ޕާޓީއަށް އައިއިރުވެސް އޭނާ ގަސްދުކޮށްގެން ހުރީ ޖައިޝްއާ އަނުމްގެ ކިބައިން ސަލާމަތްވެގެން ހުރުމަށެވެ. ޕާޓީއަށް އޭނާ އައީ ހަމައެކަނި ހިޝާންގެ އެދުމަކަށެވެ. މިރެއަކީ ހިޝަނުގެ މާ ހާއްސަ ރެއެއްކަމުގައި ބުނެ އޭނާ ކުރި އާދޭސްތަކުގެ ސަބަބުންނެވެ.

” އެހެން ކަމަށް ހީކޮށްލާ…” މާނަފުން ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބަލްޚާ އެތަނުން ދިއުމަށް ހިނގައިގަތްވަގުތު ޖައިސް ބަލްޚާގެ އަތުގައި ހިފައި ގަޔާދިމާއަށް ދަމައިގަތެވެ.

“ހާދަ އަވަހަކަށް ދެވޭތޯ ތިބަލަނީ…. އަސްލު ވަ ރަ ށް މި ސް ވޭ އިނ ގޭ….” ނުބުނަން ހުރެފަވެސް ހިތުގެ ހަގީގަތް ހާމަކޮށްދެވޭތޯ ހިތްވަރު ކުރަމުން ލަސްލަހުން ޖައިޝް ބުނެލިއެވެ. ބަލްޚާ ހުރީ ހައިރާންވެފައެވެ. އެއީ މީގެ ކުރިން ޖައިޝްގެ ކިބައިން ފެނުނު ސިފައަކަށް ނުވާތީއެވެ.

” ……… އެހެރަ އަންނަނީ އަނުމް…” އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އަގުބޮޑު އެއްޗެއް ގެއްލިގެން ހޯދާހެން އެކި ފަރާތް ފަރާތަށް ބަލަމުން އަނުމް އެދިމާއަށް އަންނަތަން ފެނުމުން އެމަންޒަރު ޖައިޝްއަށް ދައްކާލަމުން ބަލްޚާ ބުނެލިއެވެ. އަދި ހަމަ އެވަގުތު އެތަނުން ދާން ބަލްޚާ ހިނގައގަތެވެ. އެމީހުނާ ތަންކޮޅެއް ދުރުގައި އެމަންޒަރު ދެކެން ހިޝާން ހުއްޓިލައިގެން ހުރީ ހިތް ހަލާކުވެފައިވާ މީހަކު ފަދައިންނެވެ. އެހާ އެކަހެރިކޮށް ގަހެއްގެ ފުރަގަހުން ބަލްޚާ ނުކުމެގެން ދިޔައިރު ބަލްޚާގެ ފަހަތުން ނުކުތް ޖައިޝް ހިޝާާންއަށް ފެނުމުން އޭނާއަށް ނެގުނު މާނަ ގޯސްވީއެވެ.

އިރުގަނޑެއް ވަންދެން ހޯދުމަށްފަހު ބަލްޚާއަށް ހިޝާން ފެނުނު އިރު ހިޝާން އިނީ ދެތިން އަންހެން ކުއްޖެއްގެ ކައިރީގައި އިށީނދެލައިގެން ހީހީފައި ކޮންމެވެސް އޮލަވާހަކައެއް ދެއްކުމުގައެވެ. ފަހަތުންގޮސް ހިޝާންގެ ކޮނޑުގައި އަތްބާވާލަމުން ބަލްޚާ ހިޝާންއަށް ގޮވައިލިއެވެ.

“ހާދަ ހޯދައިފީމޭ… ކޮންތާކުތަ ތިއުޅެނީ؟” އެހިނދު ހިޝަނުގެ ގާތުގައި ތިބި އަންހެން ކުދިންތައް އެދެ އެކުވެރިންނަށް ހުރަސްނޭޅުމުގެ ގޮތުން އެތަން ދޫކޮށް ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

” އަހރެންތަ ހޯދީ ހަމަ…؟!” ހިތްހަމަނުޖެހުމާއެކު ހިޝަން އެހެން ބުނެލުމުން ބަލްޚާގެ ނިތްކުރިއަށް ރޫއަރުވާލަމުން ކިހިނެތްވީހޭ އަހާކަހަލަ ގޮތްކަށް ބަލްޚާ ދެއަތަކަށް ބޯހޫރާލިއެވެ.

” ކިހިނެތްވީ؟..ބުނީމެއްނު ވަރަށްބޮޑު ކަމަކުއޭ އަންނަންބުނީ… ދެން ބުނެބަލަ….މިހިރީ މަ.. ހިޝާންގެ ބެސްޓް ފްރެންޑް” ވަރަށްބޮޑަށް ހިނިތުންވެލަމުން ގާތްގޮތަކަށް ބަލްޚާ ބުނެލިއެވެ.

“ބެސްޓް ފްރެންޑް!” ހިންދިރުވާލަމުން އެ ލަފުޒު ހިޝަން ބުނެލީ ބުރަހެލިކަމާއެކުގައެވެ.

“ހޫމް…. އަސްލު ކީއްކުރަންތަ އެވަރަކުން އަންނަން ބުނީ.. މަ މިތަނަށް ނާނަންވެގެން އަސްލުހުރީ… ހިޝަން ނުބުނި ނަމަ ނުވެސް އަންނާނަން. ”

” ޖައިޝްއާ އެކު އެތާ ކީއްތަ ކުރީ…” ބަލޚާ ބުނި އެއްޗަކާމެދު ފަރުވާލެއް ނުބަހައްޓައި އަނބުގަހާ ދިމާއަށް އަތް ދިއްކޮށްލަމުން ހިޝާން އެހިއެވެ.

“ހަހަހހަ… އެތަނުގަދޯ… ދެން އިނގެއެއްނު… އޭނަގެ ވައްތަރު… އެއްކަލަ ދުވަހު ވީކަންތަކާ  އަދިވެސް އެހިފަނީ…” ބަލްޚާ އެހެން ބުނެލުމައެކު ހިޝާންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

” އަނެއްކާވެސް އަހަންވީތަ؟ އަޅޭ ކީއްވެތަ މަ އެވަރަކުން ގެނައީ…. ކޮބާތަ އެބޮޑުވާހަކަ؟” ކެތްތެރިކަން ކުޑަގޮތަކަށް ތުއްތު ކުއްޖެއްހެން ތުންކޮޅު އޫ ކޮށްލަމުން ބަލްޚާ އެހެން ބުނެލިގޮތުން ހިޝާންގެ ހިތް ބާލްޚާއަށްޓަކައި ލޯބިން ފުރުނެވެ. ބޭއިޚްތިޔާރުގައި އެ މަޑު ކޮލުގައި ހިފާލެވުނެވެ. ދެން ހަމަ އެވަގުތު ބަލްޚާގެ އަތުގައި ހިފައިގެންގޮސް މީހުންތިބި ދިމާލާ ތަންކޮޅެއް އެކަހެރިކޮށް ހުރި ގޮނޑިއެއްގައި ބަލްޚާ ބޭންދިއެވެ.

” އަސްލު މިއީ ވަރަށް ބޮޑު ވާހަކައެއް…. ފަށަން ވީގޮތްވެސް އަސްލު ނޭނގެ…” ހިންދިރުވާލަމުން ހިޝާން އެހެން ބުނެލުމުން ބަލްޚާގެ ޝައުގުވެރިކަން އިތުިރުވިއެވެ.

” އޭގެ ކުރިން އަހާލަންތަ ވާހަކައެއް… އެއްކަލަ ދުވަހު … މި ބުނީ ތަންކޮޅެއް ކުރިން އަނުމް ބަލްޚާގެ ސްކާރޓް… ހަނދާން ވޭތަ؟” އިތުރަށް  ވާހަކަ ނުދެއްކިގެން އަނެއްކާވެސް ހިޝާން ހުއްޓާލިއެވެ.

“އާން އެދުވަސްދޯ… އަނުމް އެހެން ހެދިޔަސް ހިތަކަށް ނާރާ އެއްޗެއް… އެންމެއްނަށްވެސް އެނގެެއެއްނު އެއީ ފޭކެއްކަން… އެހެންނޫނަސް ކޮންމެ އަންހެން ކުއްޖެއްގވެސްެ ހަގީގަތާ ގުޅިފައިވާކަމެއްގަ އަހަރެން ކީއްކުރަން ލަދުގަންނަންވީ ” ބަލްޚާ އިޝާރާތްކުރީ ސްކާރޓްގައި ހޭކި ރަތް ކުލައަށެވެ.

“މި ބުނީ…. މި ބުނީ ” މޭޑް ފޯރ އީޗް އަދަރ..” އެންމެ ފަހުން އަސްލު މައުލޫއަށް އެނބުރިލުމަށް އުނދަގުލާއެކުވެސް ހިޝާން މަސައްކަތް ފެށިއެވެ.

” އޯހް އަސްލު އެމީހުން ބުނި އެއްޗަކުން އަހަންނާ ހިސާންގެ ދެމެދުގަ އޮތް ގާތް ކަމަށް އެއްވެސް އަސަރެއް ނުކުރޭ ހަމަ ގައިމުވެސް މަގޭ ސައިޑަކުން..” ހިޝާން ބުނަން އުޅޭނީ ކީއްކަން ނޭނގިހުރެ ބަލްޚާ ބުނެލިއެވެ.

“އެކަމް މަގޭ ސައިޑުން… އެދުވަހުގެ ފަހުން އަދި ކުރިންވެސް ………” ޝައުގުވެރި ނަޒަރަކުން ބަލްޚާ ހިސާންއަށް ބަލައި ގޮތުން ބުނަން އުޅުނު ބަސް ނުބުނެވި ހިޝާން ގެ އަރުތެރެ ބެދޭގޮތްވިއެވެ.

“ކީކޭތަ ތިކިޔަނީ.. ތަންކޮޅެއް ސާފުކޮށް ބުނެބަލަ” ހިޝާންގެ އަތުގައި އަތް ބާއްވާލަމުން ބަލްޚާ ބުނެލިއެވެ. އެހިނދު ހިޝަންގެ ދެއަތްތިލައިން ބަލްޚާގެ އަތްތިލަ ބޮނޑިކޮށްލަމުން އޭނާގެ ކަކޫމަތީއަތް ބާއްވާލަމުން ހިން ދިރުވާލިއެވެ.

” ބަލްޚާ އަ  އި   ލަ  ވް  ޔޫ…..” ކުއްލިއަކަށް ހިޝާން އެހެން ބުނެލުމުން ބަލްޚާގެ އަތް ދަމައިގަނެ ކުއްލިއަކަށް އޭނާ ކޮޅަށް ތެދުވިއެވެ.

” ބަލްޚާ ރުޅި ނާންނާތި… އެނގޭ ބަލްޚާ އަހަރެން ދެކެނީ ގާތް ރައްޓެއްސެއްގެ ގޮތުގައިކަން. އެކަމް އެންމެ ފުރަތަމަ ބަލްޚާ ފެނުނު ދުވަހުން ފެށިގެންވެސް އަހަންނަށް ބަލްޚާދެކެ ލޯބިވެވުނު” ބަލްޚާ އެތަނުން ދިއުމުގެ ކުރިން ހިތުގެ ހުރިހާ ޝުޢޫރެއް އެއްފަހަރާ ބޭރުކުރެވޭތޯ ހިޝާން މަސައްކަތް ކުރިއެވެ.

” އެކަމް ހިޝާން…! އަހަރެން ދުވަހަކުވެސް ތި ނަޒަރުން ހިޝާން އާ ދޭތެރޭ ނުދެކެމޭ… ކުއްލިއަކަށް ތިހެން ބުނީމަ އަހަރެން ބުނާނީ ކީކޭ….” ހިޝާން ދެރަކޮށްލުމަކީ ބަލްޚާއަށް ކުރަން އުނދަގޫކަމެކެވެ. އެހިތުގެ އެދުން ފުރިހަމަ ކޮށްދޭން ބޭނުންނަމަ ބަލްޚާއަށް ޖެހޭނީ ބަލްހާގެ ހިތުގެ ކަނެއްގައި މުޅިން އެހެން މީހަކަށްޓަކައި ފޮރުވިފައިވާ ލޯބި ކަފުންކުރާށެވެ.

“އަހަންނަށްް ވިސްނާލަން ވަގުތުކޮޅެއް ދީ…” ބަލްޚާ އުނދަގުލާއެކުވެސް ހިނިތުންވެލަމުން މަޑުމަޑުން ބުނެލިއެވެ.

ޕާޓީ ނިންމާލުމަށްފަހު ހަނދާކޮށް ހަދާފައިވާ ގޯޅިއެއްތެރެއިން އުސްކޮށްހަދަފައިވާ ތނަވަސް އިމާރާތެއްގެ ތެރެއަށް ބަލްޚާވަނެވެ. އެއީ އޭނާ ގެ “ބައްޕަ” ގެ ގެއެވެ. މަޑު ހިނގުމެއްގައި ހިނގާފައިގޮސް ބަލްޚާ އޭނާގެ ކޮޓަރި ތެރެއަށްވަން އިރު އެގޭގައި ގެންގުޅޭ އިންޑއާގެ ރައްޔިތެއް ކަމުގައިވާ ބަސަންތީ އޭނާގެ އިންތިޒާރުިގައި ނުނިދިފައި އިނެވެ. ބަސަންތީއަކީ އޭނާގެ މަންމަ ފަދަ މީހެކެވެ. ބަލްޚާ ދެކެ އިންތިހާއަށް އޭނާ ލޯބިވެއެވެ. ބަލްޚާގެ ހަގީގަތް މިގޭ އެންމެންނަށް ފަރުދާކުރެވިފައި ވީނަމަވެސް ބަސަންތީއަށް ބަލްޚާއަކީ ކާކުކަން އެނގެއެވެ. ބަލްޚާގެ ނަސީބާދޭތެރޭ އެންމެ ހިތާމަ ކުރާ އެކަކީ ބަސަންތީއެވެ. ހުރިހާ ކަމެއް ތަހައްމަލް ކުރަމުންވެސް ބަލްޚާގެ ފުނފުޑު ފުނޑުވުމެއް ނުވާ އުއްމީދުތަކާއި ޝަކުވާއެއްނެތް ދިރިއުޅުމަކީ ބަލްޚާގެ ދިރިއުޅުމުގެ ހަގީގަތާ ހަމައަށް ފީނައިފި މީހަކަށް ނޭނގި ނުދާނޭ ކަންކަމެވެ.

” ދަރިފުޅާ ކައިގެންތަ ތިއައީ…”  އެކުޑަ ކޮޓަރީގެ ދެފަރާތުގައި ހުރި ކުނޑަ ދެ އެނދުގެ ތެރެއިން އެއް އެނދުގައި އޮށޯވެލައިގެން އޮތް ބަލްޚާގެ ނިތްކުރީގައި އޯގާތެރިކަމާއެކު ފިރުމާލަމުން ފަރިތަކަމާއެކު ދިވެހި ބަހުން ބަސަންތީ ބުނެލިއެވެ.

“ޕާޓިއަކުން އަންނައިރު ކައިގެންނެއްނު ހުންނާނީ ދައްތާ… މާދަމާ ސަޓަރ ޑޭ ވީމަ ޖެހޭނެ އެއްނު މޯނިންގަ ރަނގަޅު އެއްޗެއް ހަދާލަން… މަށަށް ނުހޭލެވިއްޖިއްޔާ ގޮވާލާ ދެއްޗޭ އިނގޭ” ދޮގެއް ހަދާލަމުން ބަސަންތީއަށް ހިނިތުން ވުމެއް ބަލްޚާ ރައްދުކޮށްލުމަށްފަހު ފާރާވީ ދިމާއަށް އެނބުރިލަމުން ބަލްޚާ ބުނެލިއެވެ. މިރޭ ބަލްޚާގެ ނިދިވަނީ އޭނާއާ ރުޅިވެފައެެވެ. އޭނާއަށް ވިސްނެމުން ދިޔައީ ހިޝާން އާ ޖައިޝްއާ މެދުގައެވެ. އެއްފަރާތުގައި ވަނީ އޭނާ ދެކެ އިންތިހާއަށް ލޯބިވާ ހިޝާންއެވެ. އަނެއް ފަރާތުގައި ވަނީ އޭނާ އެމީހެއްދެކެ އިންތިހާއަށް ލޯބިވާ ޖައިޝްއެވެ. ޖައިޝް އޭނާ ދެކެ ލޯބިވާ ކަމާމެދު އެއްވެސް ޔަގީން ކަމެއް އޭނާގެ ހިތުގައި ނެތެވެ. އަނުމްއާއި ޖައިޝްގެ ގައިގޯޅިކަން އެތައް ފަހަރަކު އޭނާ ވަނީ ދެކެފައެވެ. ޖައިޝްގެ ހަނދާނާއެކު ފާޅުގައި ޖައިޝް އެންމެ ފުރަތަމަ ބަލްޚާއަށް އުނދަގޫކުރަން ފެށި ސަބަބުގެ މަތިން އެވަގުތު ބަލްޚާގެ ހަނދާން އާވެލިއެވެ.

ސްކޫލް ގަޑި ނިމުމާއެކު ގެއަށް ދިއުމަށްޓަކައި ކޮނޑުގައި ދަބަސް އަޅުވާލައިގެން ބަލްހާ ކްލާސް ތެރެއިން ނުކުތީ ހަދަން ހުރި ފިޅާވަޅުތައް ހަދާ ނިންމާލުމަށް ފަހު އެހެން ކުދިންނަށްވުރެ ތަންކޮޅެއް ލަހުންނެވެ. އެހެންކަމުން އެއް ސެޝަނަށް ކިޔަވަދޭ އެ ސްކޫލުގެ ގޯތިތެރެ ވަނީ ފަޅުވެފައެވެ. ސްކޫލުގެ ފާހާނާ ބަރިކައިރިން ދެތިން މީހެއް ވައިއަޑުން ވާހަކަ ދައްކާ ހެން ހީވެގެން ބަލްޚާ އެމީހުނަށް ނުފެންނަހެން ފާރާ ނިވާވެލަމުން އެދިމާއަށްބަލައިލިއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއެކު ވަރަށް މިލަކޮށް ބޮލުގެ އިސްތަށިގަނޑު ހާވިޔާވެފައި ތިބި ޒުވާން ފުރައިގެ ދެފިރިހެންކުދިން ޖައިޝްގެ އަތަށް ހުދުކުލައިގެ ކުޑަ ރަބަރު ކޮތަޅެއް ދިއްކޮށްލާތަން ފެނުނީ އެވަގުތުއެވެ.

“މީތި އޭނާގެ އަތަށް ގެންގޮސް ދީފިއްޔާ ޓެން ތައުޒަން ދޭނަން… ވަރަށް ރަނގަޅު ވިޔަފާރިއެއްމީ” ޖައިޝްގެ ބޮލަށް ވަނުމަށް އެމީހުންގެ ފައިސާގެ ދަޅާދައްކާލިއެވެ.

” ތި ކުޑައެތިން… އެވަރު ލިބޭނެ؟؟؟ ” ޖައިޝް އެޕެކެޓްގައި ނުހިފައި ބުނެލިއެވެ. އެވަގުތު ބަލްޚާ އަވަސްވެގަތީ އޮފީހަށްގޮސް އެކަން އަވަހަށް ރިޕޯޓުކުރުމަށެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕްރިންސިޕަލްއާއި ދެތިން ސީނިޔާ ސްޓާފަކާއެކު ބަލްޚާ އެތަނަށ ްއައި އިރުވެސް ޖައިޝްމެން އެތިބިތަނުގައި ތިއްބެވެ. ޖައިޝްއާއެކު ތިބި ދެޒުވާނުންނާއި އެކު ޖައިޝްވެސް ހިފަހައްޓައިގެން ގެންގޮސް ސުކޫލުގެ އޮފީސްތެރޭގައި ބަންދުކުރިއެވެ. އެ ދެޒުވާނުންނަކީވެސް އެ ސްކޫލަށް ނިސްބަތވާް މިހާރު ސްކޫލަށް ހާޒިރު ނުވި ނަމަވެސް ސްކޫލުން ކަނޑާލާފައިވާ ދެކުދިންނަށްނުވާތީ ޕްރިންސިޕަލް ނިންމީ އަދިވެސް އެއީ އޭނާގެ ދަރިވަރުން ކަމުގައެވެ.

ފުލުހުން އައުމުގެ ކުރިން ޠައްޔިބު އައިސް ސްކޫލު އޮފީސްތެރެއަށްވަނެވެ. ދަރިފުޅު މަސްތުވާ ތަކެއްޗާ ގުޅުންހުރި ކަމަކަށް ޝައްކު ކުރެވުނީތީ އޭނާ ހުރީ ގޮތް ހުސްވެ ބުނާނެ ބަސް ހުއްޓިފައެވެ. ޖައިޝްއާ އެކަނި ބައްދަލުވާ ހިނދެއްގައި އައިސްފައިވާ ރުޅި ރަނގަޅާށް ޖައިޝްއަށް ދައްކާލަން ކެތްމަދުވެފައރެވެ. އެވަގުތު ފުލުހުންއައިސް ޖައިޝްއާއެކު ދެން ތިބި ދެކުދިން ގެންދަން ފެށުމުން ޠައްޔިބުވެސް ހާސްވެ ބިރުންހުރެ ޖައިޝްގެ ފަހަތުން ނިކުތެވެ.

” ބައްޕާ މިމީހުންނާ ދިމާވީ އަލަށް. އަހަންނާ އެއްވެސް ގުޅުމެއް ހުރި ބައެއްނޫން މިއީކީ…..” ޠައްޔިބުގެ ފަސްފަހަތުން ނިކުތް ޕްރިންސިޕަލްއަށްވެސް އަޑުއިވޭނެހެން ނިކަން ބާރަށް ޖައިޝް ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

އެމަންޒަރު ބަލަން ޠައްޔިބުއަށް ހުރެވުނީ ކުޑަ އިރުކޮޅަކަށެވެ. ވާތްފަރާތުން ހިތާ ދިމާލުގައި ބާރަށް އަތް އަޅަލެވުމާއެކު ޠައްޔިބު ބިއްމައްޗަށް ނިކަން ބާރަށް ވެއްޓިއްޖެއެވެ. އެ މަންޒަރު ހަނިގޮތަކަށް ޖައިޝްއަށް ފެނުނު އިރު ޖައިޝްއަށް “ބައްޕާ” އޭ ކިޔާ ގޮވާލުން ނޫން އެހެން ކަމެއް ނުކުރެވުނެވެ. އޭނާގެ ހުރިހާ ރުޅިއަކާއި ނަފްރަތެއް އަމާޒުވީ ބަލްޚާ އަށެވެ. ބައްޕައަށް ގޮތެއް ވެއްޖެ ނަމަ ބަލްޚާގެ ދިރިއުޅުމަށް ދަތިވާވަރު އޭނާ ކުރާނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ދެގަޑި ތިރީސް 3

Next

އައިކާ (7)

Next
August 9, 2017

އައިކާ (7)

Previews
August 9, 2017

ދެގަޑި ތިރީސް 3

35 Comments!

  1. Ram says:
    August 9, 2017 at 11:14 am

    Me first tha…v v v salhi.. ?

    1. ރައު says:
      August 9, 2017 at 2:40 pm

      thanks for being the first reader of my story..
      lots of love
      rau
      🙂

    2. Ram says:
      August 9, 2017 at 7:14 pm

      Rau eh nooney dear ram… heheh

    3. Ram says:
      August 9, 2017 at 7:16 pm

      Oooops rau.. heheh… mistake eh.. hehehe.. lots of love rau dww.. i thought ram ah rau eyy govaaly kamah… heheh

  2. AISHATH says:
    August 9, 2017 at 12:22 pm

    dhw vv………… nice i love it

    1. ރައު says:
      August 9, 2017 at 2:42 pm

      thanks dear <3

  3. khajja says:
    August 9, 2017 at 1:08 pm

    Masha allah v v v rythi obiness to the max ehaaves mi stry rythi when nxt prt avaskollachchey thanks 4 the luvly stry rau ly ??❤❤❤?????????

    1. ރައު says:
      August 9, 2017 at 2:44 pm

      thanks dear … INSHA ALLAH next part maadhan morning ga genesdheynan… keep commenting… 😉

  4. Ishi says:
    August 9, 2017 at 1:09 pm

    🙂 🙂

    1. ރައު says:
      August 9, 2017 at 2:45 pm

      🙂 😉 😉 😉

  5. Kareema says:
    August 9, 2017 at 1:12 pm

    Interesting dhw mi story
    Kaakah bal.ha libenjeheyny. Hishan o jaish.
    I will go with jaish.

    1. ރައު says:
      August 9, 2017 at 2:46 pm

      thanks dear… n i would love to know that too.. hehehe

  6. READER says:
    August 9, 2017 at 1:24 pm

    wow … nice story

    1. ރައު says:
      August 9, 2017 at 2:47 pm

      thanx dear 🙂

  7. Ham says:
    August 9, 2017 at 1:34 pm

    Maadhamaage part thankolheh avahah up kohdhehche. Vvvvvv kiyaa hivvehje. Vvv reethi mi story 😉

    1. ރައު says:
      August 9, 2017 at 2:48 pm

      thanx dear.. insha allah

  8. Ibam says:
    August 9, 2017 at 1:44 pm

    Wowww. Very nice . lovly story . love it hama.. Curiously waiting for the next part. 😀 😉 🙂 :*

    1. ރައު says:
      August 9, 2017 at 2:49 pm

      thanks… n thanksss dear 🙂 😉

  9. Balkha says:
    August 9, 2017 at 1:52 pm

    Vvv reethi. Jaish ge character v loabi. Hate anum

    1. ރައު says:
      August 9, 2017 at 2:50 pm

      thanks dear… I also hate anum… heheh

  10. Reen says:
    August 9, 2017 at 2:05 pm

    Lovely. Sofa kurunthakaa vaahaka gendhaa going v obi .. Vaahakaeh ga hunnanjehey hunnan jehe hurihaa sifaeh ebahuri. 🙂 Kiyaa hithun indha komme episode ehves nimeneeee

    1. ރައު says:
      August 9, 2017 at 2:52 pm

      thanks for the lovely n heart touching comment by u… it really touched my heart… ekm goas koh huri kankan ves faahaga kohla dhehchey ingey… 😉

  11. Aya says:
    August 9, 2017 at 2:12 pm

    Salhiii 🙂 🙂 🙂 🙂

    1. ރައު says:
      August 9, 2017 at 2:53 pm

      thanks dear 🙂

  12. Mai says:
    August 9, 2017 at 2:44 pm

    Wowww..??

    1. ރައު says:
      August 9, 2017 at 2:54 pm

      thanks dear… love u 😉

  13. ???? says:
    August 9, 2017 at 3:28 pm

    Salhi… maadhama up kohdheveyne tha rau?? mi story varah interesting ingey

    1. ރައު says:
      August 9, 2017 at 3:36 pm

      thanx n yes tmrw 5 vana part up kohla dheyna inshaa allah….. 😀

  14. Adha? says:
    August 9, 2017 at 3:31 pm

    Vvvvvvv reethi❤❤❤❤

    1. ރައު says:
      August 9, 2017 at 3:37 pm

      thanks dear… lov u 😉

  15. Coco says:
    August 9, 2017 at 3:40 pm

    Mi story vaki hisaabaka liyefa nuhutachey

    1. ރައު says:
      August 9, 2017 at 4:36 pm

      insha allah Coco dear… 🙂

  16. XAAN says:
    August 9, 2017 at 3:46 pm

    VAAHAKA V SALHI

    1. ރައު says:
      August 9, 2017 at 4:37 pm

      thanks dear

  17. Lucifer says:
    August 10, 2017 at 12:48 am

    V reethi vaahaka

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ…←


All Right Reserved!