Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 10 ވަނަ ބައި (ކަތި ނަޒަރު)

xaash Level 110 Stories
January 15, 2014 4 Mins Read
9 Comments

 މަންމަގެ ލޯމަތިން ދަރިފުޅު ގެއްލުން މީ ފުރަތަމަ ފަހަރެވެ. މަންމަ ދަރިފުޅު ހޯދަން ނުކުމެ މާދުރަށް ނުދެވެނީސް ރާޝިދު ދަރިފުޅު ގޮވައިގެން ގޯޅިއަކުން ނުކުތެވެ. ހެމުން ސަމާސާކުރަމުން ދަރިފުޅާއެކު ކުޅެމުންނެވެ. މަންމަ ރާޝިދު ދެކެ އައިސް ހުރި ރުޅިން ދަރިފުޅު ގޮވައިގެން އޭނާ ދިޔައީ ކޮންތާކަށްތޯވެސް ނާހަމެވެ.ދުވެފައިގޮސް އެނާގެ އަތުން ދަރިފުޅު އަތުލައިގެން ގެއަށް އައީއެވެ. ރޮމުން ރޮމުންނެވެ.

މަންމަ ގެއަށް އައި އިރު މަންމަގެ ފަހަތުން ރާޝިދުވެސް އައެވެ. ވީގޮތް ކިޔައިދެން މަސައްކަތް ކުރިއެވެ. އެކަމަކު މިވީހާދުވަހު މަންމަގެ ލޯމަތިން ދަރިފުޅު ގެއްލިފައި ނުވާތީ މިއަދު އެކަން ހަޖަމުކުރަން މަންމައަށް އުނދަގޫވީއެވެ. ގެއަށް އައުމާއި އެކީ ސަކިންތަ ރާޝިދު އާއި ސުވާލުކުރިއެވެ. ރާޝިދު ވީގޮތް ކިޔައި ދިނެވެ. ދަރިފުޅާއެވެ. ކަމަކާއި ނުލާ އެދުވަހު މަންމަ ހާސްވީއެވެ. ރާޝިދު ދަރިފުޅު ގޮވައިގެން ދިޔައީ ފިހާރައަކަށެވެ. ދަރިފުޅު ކުޅޭނެ އެއްޗެއްސާއި ހެދުންކޮޅުތަކެއް ގަނެގެން ގެނައީ އެވެ. މަންމައަށް ކަމަކާއި ނުލާ މާބޮޑަށް ހާސްވެ ރުޅި ގަދަވެވުނީ އެވެ. ސަކިންތަ މަންމައަށް ވިސްނައިދިނުން މަންމަވެސް ރާޝިދުގެ ކިބައިން މާފަށް އެދުނީމެވެ. ރާޝިދު ހުރީ ވަރަށް ދެރަވެފައެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދެއެވެ. ރާޝިދުގެ ފުރިހަމަ އެހީތެރިކަމާއި އެކު މަންމައާއި ސަކިންތަ ދަރިފުޅު ގޮވައިގެން އުޅެމުން އައީމެވެ. ކޮންމެ ދުވަހަކުވެސް އެތައް ކަމެއް މަންމައަށް ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް މިހާރު ކޮންމެ ދުވަހެއްވެސް ނިމެނީ އުފާވެރިކަމުގެ ބައެއް މަންމަގެ މިނިކަމެތި ދިރިއުޅުމުގައި ހިމެނިފައެވެ. އެކަމަކު މަންމައަށް ކުރިމަތިލާންޖެހިފައިވާ ބޮޑު ސިއްރު މަންމަގެ މުޅި ދިރިއުޅުމަށް އަސަރުކުރަމުން ދެއެވެ. އެންމެ ބޮޑަށް މިހާރު ވިސްނެނީ ރާޝިދުގެ އެހީތެރިކަން ނެތިއްޖެއްޔާ ދެން  ކަންތައް ވާނެ ގޮތަކާއި މެދު އެވެ. އޭނާ ބަންނަމުންދާ ސަފާރީ ނިމުނީމާ ދެން ކަންތައްތައް ވާނޭ ގޮތަކާއިމެދު ވިސްނާ ފިކުރު ކުރެވުނެވެ. މި ލިބޭ އެހީ އާއި އޭނާ އެކުރާ ޚަރަދު، އެ ސަފާރީ ނިމުނީމާވެސް ލިބޭނެބާއޭ ހިތައް އަރާ ހިތްނުތަނަވަސް ވަމުންދިޔައެވެ.

މިކަންކަމާއި ވިސްނަން ނުޖެހޭނެ ސަބަބެއް ނެތެވެ. މިހާރު ސަކިންތަގެ ބަލި ހާލުވެސް އަންނަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ރާޝިދުގެ އެހީތެރިކަމާއި އެކު ސަކިންތަ ޑޮކްޓަރަށް ދައްކައިގެންވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. މާދަމާވެސް ރާޝިދުގެ އެހީތެރިކަން ނުލިބެންޏާ މަންމައާއި ދަރިފުޅު އަދި ސަކިންތަ ހުންނަން ޖެހޭނީ ބަނޑަށެވެ. އަނެއްކޮޅުން ރާޝިދު ދަރިފުޅަށްވެސް ކަންތައްތައް ކުރަމުން އައީ ނުލާހިކު ރަނގަޅަށެވެ. ބައެއްފަހަރު ކަންކަން ކުރާގޮތުން އެއީ ދަރިފުޅުގެ ބައްޕައެއް ނޫނޭވެސް ނުބުނާނެއެވެ. އެހާވެސް ރަނގަޅެވެ. އޯގާތެރިއެވެ.

ޝާލީ ކުޑަ ވަގުތު ކޮޅަކަށް ޑައިރީ ކިއުން ހުއްޓާލިއެވެ. މިވީހާތަނަށް ޝާލީ ކުރިހާމަސައްކަތުން އަދިވެސް އޭނާގެ އެ ނުލަފާ ބައްޕައަކީ ކާކުކަން ނޭނގެއެވެ. އެކަމަކު އޭނާއަށް މި ހިސާބުން އެއްކަމެއް އޮޅުން ފިލާ ސާފުވިއެވެ. މި ދުނިޔޭގައި ވާ އެތައް ފިރިހެނުންގެ ތެރެއިން އޭނާ ދަންނަ ރާޝިދުބެ އަކީ އޭނާގެ ބައްޕަ ނޫންކަން އެނގުނެވެ. އެކަމަކު ދެން އުޅޭ ކޮންމެ ފިރިހެނަކީވެސް ޝާލީގެ މަންމައަށް އެއަނިޔާދިން ޖާހިލަށް ވެދާނެއޭ އޭނާ ހިތައް އެރިއެވެ. މިކަހަލަ ވިސްނުމެއްގައި އޮވެފައި ޝާލީ އަނެއްކާވެސް ޑައިރީ ކިޔަން ފެށިއެވެ.

މިގޭގައި ރާޝިދު އުޅޭއިރު އޭނާގެ ކަންކަން ހުންނަގޮތުން އޭނާއަކީ މުއްސަންޖެއްގެ ދަރިއެކޭވެސް ނުބުނާނެއެވެ. އެހާވެސް ހިތްތިރި މަޑުމައިތިރި އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އޭނާގެ މިކަންކަމާއި މެދު މަންމަ ވަރަށް އަޖައިބުވިއެވެ. އަދި ސަކިންތައާއި އަހަރެމެން ދެމައިންނަށް ބަހަށްޓާ އޯގާތެރިކަމަށް އަބަދުވެސް ޝުކުރުވެރިވީމެވެ. އެހެންކަމުން ރާޝިދު މަންމެނަށް ކޮށްދިން ކަންކަމުގެ ބަދަލު އެންމެ ރަގަޅަށް ދެވޭތޯ މަންމަ މަސައްކަތް ކުރީމެވެ. އޭނާ ގެއަށް ގެންނަ ތަކެތިން މީރުހާ އެއްޗެހި ތައްޔާރުކޮށް ކާންދީ، ދޮވެ އިސްތިރިކުރުމުގެ އެންމެހާ ޒިންމާތައް މަންމަ އުފުލީ ސަކިންތައާއި ދަރިފުޅު ގޮވައިގެނެވެ. އޭނާއަށް ގޭތެރެއިން ދަތިވާ އެއްވެސް ކަމެއް ނުބެހެއްޓުން އެއީ މަންމަ އޭރު މަސައްކަތް ކުރި އެއްކަންތަކެވެ.

ދަރިފުޅާއެވެ. މަންމައަށް ކުށެއް ކުރެވިފައިވާނަމަ މާފުކުރާށެވެ. ރާޝިދުގެ އެންމެހާ ކަންކަން ކުރުމުގައި މަންމަ އަވަދިނެތި އުޅުނުއިރުވެސް ދުވަހަކުވެސް ދަރިފުޅަށް ކޮށްދެންވާ އެއްވެސް ކަމެއް ނުކޮށްދީއެއް ނޯންނާއެވެ. ހަމަ އެގޮތައް ރާޝިދުވެސް މަންމައާއި ދަރިފުޅުގެ ކަންކަން އެހާފުރިހަމައަށް ކޮށްދެއެވެ. މިގޮތައް ދެމީހުން އެކަކު އަނެކަކަށް އެހީވެ އެކެއްގެ ބޭނުން އަނެކަކަށް ފުއްދައިދިނުމުގައި ކޮންމެ ދުވަހަކުވެސް އެތައް ވަގުތެއް ހޭދަވެއެވެ. އެކެއްގެ ޚިދުމަތުގައި އަނެކަކު އުޅެމުންދިޔައީމެވެ. އެކަމަކު މަންމަގެ ހިތައް ނުތަނަވަސްކަން ވަންނަމުން ދިޔައީ ރާޝިދުއަށް މަންމައާއި ދަރިފުޅުގެ ހަގީގަތް އެނގޭ ދުވަހަކުން ކަންތައްވާނޭ ގޮތެއް ނޭނގޭތީއެވެ.

“ނިޝްރާ. އައިސްބަލަ. މިތާ އިށީދެބަލަ. ވާހަކައެއް ދައްކާލަން ވެގެން” ބަދިގެ ތެރޭގައި މެންދުރަށް ކެއްކުމަށް އަވަދިނެތި އުޅެފައި އައިސް މަންމަ ގެއަށް ވަނުމާއެކީ މަންމައަށް ސަކިންތަ ގޮވާލިއެވެ. ސަކިންތަގެ އެދުމުގެ މަތިން މަންމަ ސަކިންތަގެ ގާތުގައި އިށީނީމެވެ. އޭރު ދަރިފުޅު އިނީ ސަކިންތަގެ އުނގުގައެވެ. ދެންމެ ވީކަމެއްހެން އެދުވަހު ސަކިންތަ ދެއްކި ހުރިހާ ވާހަކައެއް މަންމަގެ ހަނދާން އެބަހުއްޓެވެ. ދަރިފުޅުގެ ބޮލުގައި އަތްޖައްސާ، ފިރުމާލަމުން ސަކިންތަ މަންމަގެ ގާތުގައި ބުނެލިއެވެ. “ދަރިފުޅާ ނިޝްރާ . މާދަމާވެސް ސަކިންތަ ނޭނގެ ދުނިޔޭގައި އިންނާނެކަމެއް. އޭރުން ތި ދެމައިން ވަރަށް އެކަނިވާނެ. މިރަށުގައި ތި ދެމައިންނަށް އަޅާލާ ހަމައެކަކުވެސް ނޫޅޭ. ސަކިންތައަށް ހީވަނީ ނިޝްރާވެސް ކުރިމަގާއި ދޭތެރޭ އިތުރަށް ވިސްނަން ޖެހޭހެން. މި ކުޑަކުޑަ ޝާލީގެ މުސްތަގުބަލާ ދޭތެރޭވެސް ވިސްނަން ވެއްޖެހެން” ސަކިންތަ މިދެއްކި ވާހަކާގައި ވަކި މީހެއްގެ ނަން ނުބުނި ކަމުގައިވިޔަސް ސަކިންތަ އެބުނީ ކާކުގެ ވާހަކައެއްކަން މަންމައަށް އެނގުނެވެ. އެކަމަކު މަންމައަށް އެކަމާއި ކުރިމަތިލާނެހާ ހިތްވަރު ނެތެވެ. ސަކިންތަ އެދުވަހު ދެއްކީ މަންމައާއި ދަރިފުޅަށް ހަމަ އެންމެ ރަނގަޅުގޮތުގެ ވާހަކަކަން މަންމަވެސް ގަބޫލުކުރަމެވެ. އެކަމަކު މަންމަ އެއްވެސް ޖަވާބެއް ނުދީ ކުޑަވަގުތުކޮޅަކު އިންދާ އަނެއްކާވެސް ސަކިންތަ އެވާހަކަ ފެށިއެވެ. “ސަކިންތަ މިދެއްކިވާހަކައާއި ދޭތެރޭ ވިސްނާލާތި އިނގޭ. ނިޝްރާއަށް ނުކެރެންޏާ ސަކިންތަވެސް އޭނާގާތު އެވާހަކަ ދައްކާފާނަން” މަންމައަށް އިނދެވުން ތަންވެސް ނޭނގުނެވެ. އަދި އަވަސް އަވަހަށް އެތަނުން ދާނޭގޮތެއް ހޯދުމަށް މަސައްކަތް ފެށީމެވެ. “ސަކިންތާ. ބަތްއެތި  ދުންގަންނަނީކަންނޭނގެ. ދަނީ އިނގޭ”. މަންމަ އެތަނުން ތެދުވެގެން ސަކިންތަގެ ކިބައިން ސަލާމަތްވުމަށް ލަދުރަކިކަމާއި އެކު ހިނގައިގަތީމެވެ.

އެދުވަހަށްފަހު މަންމައަށް ވަގުތުކޮޅެއް ހަމަ ލިބޭއިރަށް ވިސްނެނީ ސަކިންތަ ދެއްކި ވާހަކަ ތަކާއި މެދުއެވެ. ސަކިންތައަށް އެވާހަކަތައް މަންމަގާތު ދައްކަން ޖެހުނީވެސް މަންމަގެ ކިބައިން އެފަދަ ކަންތައްތަކެއް ފާހަގަ ކުރެވުމުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ދަރިފުޅަށް އެންމެ އަށްމަހުގައި މަންމަ އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ އެއީތޯ ވިސްނާ ފިކުރު ކުރެވެން ފެށިއެވެ. އަނެއްކޮޅުން ރާޝިދުގެ ވާހަކަ އެގޮތަށް މަންމަގާތު ދެއްކިފަހުން މަންމައަށް އޭނާއާއި ކުރިމަތިލާންވެސް ކުޑަކޮށް އުނދަގޫވާން ފެށިއެވެ. މަންމައަށް އޭނާއާއި ދޭތެރޭ ވިސްނެއްފެށިއެވެ. ކަތިނަޒަރަކުން ބެލުނެވެ. އޭނާގެ ގައިގައި ހުރި ހިތްކިޔާ ހުރިހާ ސިފައަކާއި އޭނާގެ ކޮންމެ އަދާއެއް ދުށުމަށް މަންމަގެ ލޯ އަބަދުވެސް ހަރަކާތްތެރިވާން ފެށިއެވެ. މަންމަގެ ހިތުގައި ރާޝިދުއަށް ޚާއްސަ ގަދަރެއް ދެވުނެވެ. އަދި އެކަން ރާޝިދުއަށް އަންގަން ބޭނުންވިއެވެ. އެކަމަކު މަންމައަށް އެ ހިތްވަރެއް ނުލިބުނެވެ. ކޮންމެ ފަހަރަކުވެސް މަންމަގެ އެ ހިތި މާޒީ އެކަން މަންމައަށް މަނާކުރާ ކަހަލައެވެ. ބުނަން ބޭނުންވިޔަސް ނުބުނެވެއެވެ. ކުރަން ބޭނުންވިޔަސް ނުކުރެވެއެވެ. ރާޝިދު ގާތުގައި މަންމަ އޭނާ އާދޭތެރޭ ހިންހަމަ ޖެހޭ ވާހަކަ ބުނަން ބޭނުންވިއެވެ. އެކަމަކު މަންމައަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާއާއި ވޭން އަދި ދަރިފުޅެ ހަގީގަތް ރާޝިދުއަށް ކިޔައިދެން ބޭނުން ނުވެއެވެ. އެއީ އެކަން އޭނާއަށް ސިއްރުކުރަން މަންމަ ބޭނުންވެގެނެއް ނޫނެވެ. އެކަމަކު އެއީ އެވާހަކަތައް އިތުރު މީހަކަށް ކިޔައި ދިނުމަށް މަންމައަށް ހިތްވަރު ނުލިބުނީމައެވެ. އެކަންކަން ހަނދާންކޮށް ފިކުރުބޮޑުވެ ރޯން ބޭނުން ނުވާތީއެވެ. އެންމެ ހާއްސަކޮށް ރާޝިދު މަންމައާއި ދޭތެރޭ ވިސްނާގޮތް ބަދަލުވެ މަންމައަށް މިހާރު މި ލިބެންފެށި އުފާތައް އަނެއްކާވެސް ހިތާމައާއި މޮޅިކަމަށް ބަދަލު ކުރަން ބޭނުން ނުވާތީއެވެ. ހަމަ ހަގީގަތުގައިވެސް މަންމަ އޭނާގެ ހިޔާވަހިކަމަށް ދާން އޭރު ހުރީ ބޭނުން ވެފައެވެ.

ދަރިފުޅާއެވެ. އޭނާގެ ހުރިހާކަމެއް މަންމައަށް ކަމުދާއިރު އޭނާ މަންމައާއި ދޭތެރޭ ދެކޭ ގޮތް ކުޑަކޮށްވެސް އޭރު މަންމައަކަށް ނޭނގެއެވެ. މަންމައާއި އެފަދަ ގުޅުމެއް ބާއްވަން އޭނާ ބޭނުންވާކަމެއް ނުވަތަ ނުވާކަމެއްވެސް މަންމައަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ މަންމައާއި ދޭތެރޭ ހުރިހާކަމެއްވެސް ކުރަނީ ވަރަށް ރަނގަޅަށް ކަމެވެ. އެއްބަނޑުއެއްބަފާ މީހަކަށްވުރެވެސް ގާތްކޮށްކަމެވެ. ދަރިފުޅުގެ ކަންކަން ކޮށްދިނުމުގައި ޒިންމާދާރު ބައްޕައެއްފަދައެވެ. ދަރިފުޅުދެކެވެސް އިންތިހާއަށް އޭނާ ލޯބިވެއެވެ. އެކަމަކު މަންމައާދެތޭރޭ އޭނާ ދެކޭގޮތް އޮތީ ސުވާލުމާކުގެ ތެރޭގައެވެ.

އެއްދުވަހެއްގެ ހަވީރެވެ. މަންމަ އިނީ ދަރިފުޅުގޮވައިގެން ނުކުމެ ގޯތިތެރޭގައެވެ. މަގުމަތިން ދާހާމީހެއް މަންމައަށް ފެންނަމުން ދެއެވެ. އެ އެންމެންވެސް މަންމައަށް އެނގެއެވެ. އެކަމަކު އެއިން އެކަކަށްވެސް މަންމަ ނެނގޭ ކަހަލައެވެ. އެހެންކަމުން މަންމަ އިނީ ފިކުރު ބޮޑުވެފައެވެ. މާދަމާ ދަރިފުޅު ބޮޑުވެ، ސުކޫލަށްގޮސް ކުދިންނާއި ބީރަށްޓެހިވާނެވަރު ހިތައްއަރާ ހާސްވަމުން ދިޔައެވެ. މަންމައަށް ދަރިފުޅު ކުރިމަތި ކުރި ހުރިހާ ސުވާލެއްވެސް ކުރިމަތިވާނެކަން އެދުވަހު މަންމަ ވިސްނީމެވެ. އެކަމަކު މަންމައަށް ހަމައެއްވެސް ކަމެއް ނުކުރެވުނީއެވެ. ދަރިފުޅާއެވެ. މަންމައަށް މާފުކުރާށެވެ. އެމީހުން މަގުމަތީގައި ހޭލަމޭލަ ވީއިރުވެސް މަންމަ މީ އިން މީހެއްކަންވެސް ނޭނގުމުން ދެރަވެފާ އިނީމެވެ. އެވަގުތު ގޭގެ ކެންޑުން ވަދެގެން ދުވަމުން ކަހަލަގޮތަކަށް މަންމައާއި ދިމާއަށް ރާޝިދު އަންނަތަން ފެނުނެވެ. ތުމުން ފުމެމުންނެވެ. ހަމަޖެހިފައި ހުރެގެނެވެ. މަންމަގެ އެމޮޅިކަން ފިލުވާލަދިނީ އޭނާގެ މޫނުމަތިން ފެންނަންހުރި ތާޒާކަމާއި އުފާވެރިކަމެވެ.

ރާޝިދު އައިސް މަންމަގެ ގާތުގައި އިށީނެވެ. އަދި ދަރިފުޅު އުރާ ސަމާސާކޮށް ދަރިފުޅު ހެއްވާހެދިއެވެ. ސަމާސާކުރަމުންގޮސް އޭނާ ދަރިފުޅުގާތު އަހާލިއެވެ. “މި ކަނބުލޮގެ ބައްޕަ ކޮބާތަ؟ އަދި ނުވެސް ފެނޭ.” ރާޝިދު ދަރިފުޅާއި ދިމާލަށް މިހެން ބުނެލުމަށްފަހު މަންމައާއި ދިމާއަށް ބަލާލިއެވެ. އަދި މަންމަގެ މޫނުމައްޗަށް އާރާފައިބަމުންދިޔަ ހުރިހާ ކުލަވަރެއް ބަލަން ހުރެފައި މަންމައާވެސް ހަމަ އެސުވާލުކޮށްލިއެވެ. “ނިޝްރާ. ބުނެބަލަ މީނަގެ ބައްޕަ ކޮބާތަ؟ އެއީ ކާކުތަ؟” މަންމައަށް ކުރި އަސަރު ބުނެދެންވެސް ނޭނގެއެވެ. އެވަގުތު ވީ ގޮތް ހުދު މަންމައަށްވެސް ނޭނގެއެވެ. ކުރިއަސަރުން އެ ހަގީގަތާއި ކުރިމަތިލާން ޖެހުމުން ބިންފަޅާ އަޑިއަށް ވަންނާނެނަމައޭ ހިތައްއެރިއެވެ. އެގޮތްވެސް މާރަނގަޅުކަމުގައި ވިސްނުނެވެ. މުޅިމީހާ ފިނިވާންފެށިއެވެ. ހީކަރުވަން ފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

ހިތަށް ތަދުވޭ

Next

އުއްމީދު ފެނަށް ވިޔަސް (1ވަނަ ބައި)

Next
January 16, 2014

އުއްމީދު ފެނަށް ވިޔަސް (1ވަނަ ބައި)

Previews
January 15, 2014

ހިތަށް ތަދުވޭ

9 Comments!

  1. aNglE says:
    January 15, 2014 at 6:59 pm

    Nyc……

  2. Hu-c says:
    January 15, 2014 at 7:19 pm

    v salhi….

  3. Bibbidhooni says:
    January 15, 2014 at 10:04 pm

    Alhey haadha dhera ey dho? Varah rythi Igey.. Ekm thankolheh kury adhives.. Avahah up nukh dheveynetha mi story alhe’.. Can’t wait to read the next part

  4. nauuuu says:
    January 16, 2014 at 12:04 am

    v reethi mi story thankoleh avahah upload kohdhybo plx

  5. kiyuntheriyaa says:
    January 16, 2014 at 10:27 pm

    plx plx plx plx avahah up kohdhehchey

  6. kiyuntheriyaa says:
    January 16, 2014 at 10:31 pm

    plx plx plx plx plx plx plx plx plx plx plx avahah upload kohdhehchey

    1. kiyuntheriyaa says:
      January 17, 2014 at 1:19 pm

      up kurahchey avavhah… v nyc

  7. reeshh.... says:
    January 18, 2014 at 2:10 am

    V v v vvvv v v v vv v v vvvv vv nyce .. thankolheh avahah upkodheeba

  8. Akuram says:
    January 18, 2014 at 8:21 pm

    Varah reethi

Comments are closed.

Next Episodeމަންމަގެ ޑައިރީ 11 ވަނަ ބައި (ސުވާލު)←


All Right Reserved!