Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 11 ވަނަ ބައި (ސުވާލު)

xaash Level 110 Stories
January 20, 2014 4 Mins Read
10 Comments

ރާޝިދު ފެނުމުން މަންމަގެ މޫނުމަތިން ފެނުނު ކުލަވަރު އެއްފަހަރުން ބަދަލުވިއެވެ. ހަމައެކަނި މޫނުމަތިން އުފާވެރިކަން ގެއްލުނީއެއް ނޫނެވެ. އޭނާގެ އެސުވާލާއިއެކީ މަންމައަށް ބާރުބާރަށް ރޯންފެށުނެވެ. މަންމަގެ ދެލޮލަށް ކަރުނަތަށް ޖަމާވެ، މިކޯތާފަތްމަތިން މަންމަގެ އުނގަށް ފައިބަން ސިކުންތެއްވެސް ނުނެގިއެވެ. އެބާރު ރުއިމުގެ އަޑު މަޑުކޮށް، ފައިބަމުންދިޔަ ކަރުތައް ހިފެހެއްޓުމަށް މަންމައަށް ކުރެވުނު ހަމައެކަނި ކަމަކީ މޫނުމަތީގައި އަތްއެޅުމެވެ. އެހެންނަމަވެސް އެކަންވެސް ވީ މި ރުއިން ގިސްލުމަކަށް ބަދަލުކުރުވިކަމަކަށެވެ. މަންމަގެ މި ރުއިމާއި ގިސްލުމަށް ރާޝިދުއަށް އެންމެ ހިނދުކޮޅަކުވެސް ކެތްނުކުރެވުން ކަހަލައެވެ. މަންމަގެ ބޮލުގައި ފިރުމާލަމުން ރުއިން ހުއްޓާލުމަށް އެދި އާދޭސްކުރިއެވެ. އެކަންވެސް ވީ އަލިފާނަށް އިތުރަށް ޕެޓްރޯލް އެޅުން ކަހަލަ ކަމަކަށެވެ. މަންމަގެ ރުއިމާއި ގިސްލުން އިތުރުވިއެވެ. ރާޝިދުވެސް ހާސްވާންފެށިއެވެ. އޭނާ އަޅައިގެން ހުރި އައިނު ނަގާބޯމަތީގައި އަޅުވާލިއެވެ. އޭނާގެ ކަނާއަތުން މަންމަގެ ބޮލުގައި ފިރުމަމުން މަޑުމަޑުން ކަނދުރާމަތިން ތިރިއަށް އަތްގެންނަމުންދިޔައެވެ.އަދި ކޮނޑާއި ހަމައަށް ގެނެސް ކޮނޑުގައި ފިރުމަމުން ދިޔައިރު އޭނާގެ އަނެއް އަތުގެ މުލައްދަނޑި މަތީގައި ދަރިފުޅު ބައިންދާފާ އިނެވެ. އޭނާގެ އެއަތުގައި ދަރިފުޅު ބައިންދާ ކޮނޑުމަތީގައި ދަރިފުޅުބާވާލާފާ އޮތްއިރު، މިތަނުގައި ހިނގާ ހުރިހާކަމެއްވެސް ދަރިފުޅަށް އެނގޭކަހަލަ އެވެ. މަޑުމަޑުން އަޑުއަހަން އޮތްކަހަލައެވެ.

ރާޝިދު އޭނާގެ ފިރުމުންތައް މަންމަގެ ކޮޑާއިހަމައަށް ގެނެސް މަންމަ ރުއިން ހުއްޓާލުމަށް އާދޭސްކުރަމުން ދިޔައިރުވެސް މަންމައަށް ބަދަލެއް ނާދެއެވެ. އެންމެފަހުން ރާޝިދު އޭނާގެ އެ ފަންވަރު ގަދަ ކަނާއަތުން މަންމަގެ ބުރަކަށީގައި ފިރުމަން ދެން އެސުވާލުނުކުރާނަމޭ ބުނަމުން ދިޔައެވެ. އެވަރުންވެސް މަންމަގެ ރުއިން ކުޑަކޮށްވެސް މައިތިރި ނުވިއެވެ. ރާޝިދު އޭނާގެ އެއަތް މަންމަގެ ފުރަގަހުންގެނެސް ކޮނޑުގައި ހިފާލިއެވެ. އަދި އޭނާގެ ގައިގައި މަންމަ ލައްކޮށްލިއެވެ. އޭނާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. އޭނާގެ މޭމަތިން މަންމައަށް ޖާގައެއްދިނެވެ. މިގޮތައް ރޯން އެތައް އިރަކު އޮތުމަށްފަހު ރާޝިދުގެ އެތައް އާދޭހަކާއި އޭނާގެ ފިރުމުންތަކުގެ ސަބަބުން މަންމައަށް ކުޑަކޮށް ލުއިކަމެއް ލިބުނެވެ. އެހެންކަމުން ލޯހުޅުވާލާ ދެލޯފުހެލަމުން ރާޝިދުގެ މޫނަށް ބަލާލީމެވެ. ރާޝިދުވެސް އިނީ ހަމަ މަންމައަށް ބަލަހައްޓާއިގެނެވެ.

ޝާލީއަކީ ނިސްރާގެ ހަމައެކަނި ދަރިފުޅުކަމުން އެތަނުގައި ހިނގާ ދިޔަ ހުރިހާ ވާހަކަތަކެއް، އެޑައިރީގައި ލިޔެގެންވެސް ކިޔައިދޭކަށް ނިޝްރާއަކަށް ނުކެރުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިދެ ރާޝިދު އޭނާގެ ހުވަފެނީ އާލަމުގައި ދިޔައީ ނިޝްރާއާއި އެކު އުފާހޯދަމުންނެވެ. ދެމީހުން އަތުގުޅުވާލައިގެން ދޮންވެލި ގޮނޑުދޮށުގައި ހިނގާލާފާ ދާމަންޒަރު އޭނާއަށް ސިފަވަމުންދިޔައެވެ. އަދި އެ ދޮންވެލިގަނޑުގައި ދެމީހުން މިހެން ބަލަހައްޓައިގެން ރާޝިދުގެ މޭމަތީގައި ނިޝްރާ ބާއްވާލާފައި އޮތްތައް އޭނާ ސިފަކުރަމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު ނިޝްރާއަށް އެނގޭނެ ނަމައޭ ހިތައްއަރަމުން ދިޔައެވެ. އަދި މަޑުމަޑުން ނިޝްރާގެ ތުންފަތާއި އޭނާގެ ތުންފަތް ކައިރިކޮށްލިއެވެ. އޭނާގެ އެ ހަށިގަނޑުން ދޫކުރަމުންދިޔަ ހޫނު ނޭވާތައް އައިސް ނިޝްރާގެ މޫނަށް އެޅޭވަރަށް ކައިރިވެ ދެމީހުން އެކަތިގަޑެއްފަދައިން ބައްދާލާ ގާތްވެލާ މަންޒަރު އޭނާގެ ކުރިމަތިން ފެންނަމުން ދިޔަކަހަލައެވެ. މަޑުމަޑުން ނިޝްރާގެ ތުންފަތުން އޭނާގެ ކަރުހިއްކާލުމަށް “ކިސް” ކުރިތަން އޭނާސިފަކުރަމުންދިޔައީ ނިޝްރާގެވެސް ފުރިހަމަ އެދުމާއި އެކުއެވެ.

ރާޝިދުގެ އެ ހުވަފެނީ ދުނިޔޭގައި އެގޮތައް ކަން ހިގަމުން ދިޔުމުން އޭނާއަށް ހީވީ ނިޝްރާވެސް އެގޮތް ބޭނުން ވާނެކަމަށެވެ. އޭނާ މަޑުމަޑުން ނިޝްރާގެ މޫނާއި ދިމާލަށް ބަލާލާ އެތުންފަތުގައި ލުއިލުއި ކޮށް ބޮސްދިނެވެ. އެކަމަކު ނިޝްރާ އަށް އެލުއިކަން ގަބޫލު ނުކުރެވުނެވެ. އޭނާ ރާޝިދުގެ މުނި ތުންފަތް ކާލަން އުޅުން ކަހަލައެވެ. ޝާލީގެ ކުރިމަތީގައި ދެމީހުން ހަމަ އެންމެ ”ޑީޕްކޮށް ކިސް” ކުރިއެވެ. އޮޅުލަ އޮޅުލާފާ ދެމީހުން ގައިގޯޅިވިއިރު ދެމީހުނަށް ތިބެވުނީ މަގުމަތިން ދާހާމީހަކަށް ފެންނަގޮތައްކަންވެސް ރޭކާނުލިއެވެ.

“ނޫން. ނޫން ރާޝިދު. ނޫން” އެޑީޕް ކިސްކުރުމުގެ ތެރޭގައި ދެމީހުން އެކަތި ގަނޑަކަށް ވެފައިވަނިކޮށް ނިޝްރާ އޭނާގެ ތުންފަތް ރާޝިދުގެ ތުންފަތުން ވަކިކޮށްލަމުން އޭނާގެ ނިތްކުރި ރާޝިދުގެ މޭގައި ޖައްސާލަމުން ދެއަތުން ރާޝިދުގެ ގައިގައި ހިފާއްޓަމުން ބުނެލިއެވެ. އަދި އަނެއްކާވެސް ރޯންފެށިިއެވެ.

ޝާލީ ޑައިރީކިޔަމުންދިޔައެވެ. ދަރިފުޅާއެވެ. މަންމައަށް މާފުކުރާށެވެ. މަންމައަށް އޭނާގެ މޫނަށް ބަލާލުމާއިއެކު ފެނުނީ އޯގާތެރިކަމާއި ލޯބިން ފުރިފައިވާ މީހެއްގެ ހިޔާވަހިކަމެވެ. އެކަމަކު އޭނާގެ އެ ލޯތްބަށް ހުރަސް އެޅީ މަންމަގެ ހިތި މާޒީއެވެ. މަންމަގެ ރުއިން މަޑުކުރުމަށް ރާޝިދު އެތަކެއް މަސައްކަތް ކުރިއެވެ. އެކަމަކު ފިރިހެނަކާއި މިހާގާތުގައި މަންމައަށް އިނދެވުމުން މަންމައަށް ސިފަވަމުން ދިޔައީ އެސަފާރީގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަންމަގެ މިނިކަމެތި ހަށިގަނޑު އެނުލަފާ މީހާ ބޭނުންކުރި ތަނެވެ. އެއަނިޔާވެރިޔާގެ ޝިކާރައަކަށް މަންމަ ވީ ގޮތެވެ. “ނިޝްރާ. ޕްލީޒް. ޕްލީޒް ދެން ހުއްޓާލަބަލަ. ސަކިންތައަށް ފެނިއްޖެއްޔާ މަދޭނީ ކޮން ޖަވާބެއް. ޕްލީޒް. ދެން ދުވަހަކުވެސް މަ އެސުވާލެއް ނުކުރާނަން. އެ ސުވާލުގެ ޖަވާބު ހޯދާކަށް ނުވެސް އުޅޭނަން. ޕްލީޒް ފޮގިވް މީ” ރާޝިދު ފެންކަޅިވެފައި އިނދެ މަންމަގެ ގާތު އެތައް އާދޭހެއް ކުރިއެވެ. އަދި މަންމަވެސް “އިޓްސް އޯކޭ. ބަޓް ޕްލީޒް، ދެން އެސުވާލުނުކުރާތި” މިހެން ބުނެލީމެވެ. އަދި އަވަސް އަވަހަށް އެތަނުން ދިއުމަށް މަސައްކަތް ކުރީމެވެ. ދަރިފުޅު އުރައިގެން އެތެރެއަށް ދާންވެގެން ދަރިފުޅު ދިނުމަށް ރާޝިދު ގާތުގައި މަންމަ އެދުނީމެވެ. އެކަމަކު އޭނާ ބޭނުންވީ ދަރިފުޅާއެކު ކުޅޭށެވެ. އޭނާގެ އެދުމުގެ މަތިން ދަރިފުޅު އޭނާގެ ގާތުގައި ބަހައްޓާފާ މަންމަ ދިޔައީ ރެއަށް ކާއެއްޗެއް ތައްޔާރުކުރާށެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހެންވާއިރަށް މަންމަ ދަރިފުޅު ނިންދަވާ އަވަދިވީމެވެ. ރާޝިދު އަށް އެންމެ މީރު ކާނާ މަންމަ ތައްޔާރުކުރީމެވެ. ކުޅިމަހާއި ރޮއްޓާ ތައްޔާރުކޮށް ކާންހެދުމަށް ރާޝިދު ގެނެސްފައިހުރި މޭޒުމަތީގައި ތަކެތި އަތުރާލާފައި މަންމަ އެންމެނަށް ކާން ގޮވީމެވެ. ސަކިންތަވެސް މަންމަމެނާއި އެކު ކާން އެރިއެވެ. ގޭގައި ދިއްލާލާފައި ހުރި ބޮކީގެ އަލިން މުޅިތަން ވަނީ އަލިކޮށްލާފައެވެ. ގޭތެރެ އަނދިރިކަމުން ރާޝިދު އަލިގަދަ ބޮއްކެއްގެނެސް ޖެހިފަހުން މިހާރު ގޭތެރޭގައި އަބަދުވެސް ދިއްލަނި އެ ބޮއްކެވެ.

ކެއުމަށް އިންސާފުކުރަމުން އެންމެންވެސް ދިޔައީ ހިންހަމަޖެހިގެން ތިބެއެވެ. އެކަމަކު މަންމަގެ މުޅި ހިތާއި ސިނކުޑިގައިވަނީ މިއަދު ހިނގާ ދިޔަ ކަންތައްތަކެވެ. “ރާޝިދޫ. ސަކިންތަ ކަމަކު ކިއްޔާ އެކަމެއް ކޮށްދޭނަންތަ؟” ކެއުމުގެ ތެރެއިން ސަކިންތަ ރާޝިދުއާއި މި ސުވާލު ކުރިއެވެ. މަންމަގާތުގައި ސަކިންތަ ދެއްކިވާހަކަތައް ރާޝިދު ގާތުގައި ދައްކަނީކަމުގައި ހީކޮށް މަންމަ އިނީ ވަރަށް ކަންތައް ބޮޑުވެފައެވެ. އަދި އެތަނުން ދާން މަންމަ ބޭނުންވިއެވެ. “ގިރި ފަނިޖަގު ހުންނާނީ ބަދިގޭގަ. އަންނާނަން ހިފައިގެން” މިހެން ބުނުމަށްފަހު މަންމަ ކާމޭޒުދޮށުން ތެދުވެ ހިނގައި ގަތީމެވެ. މަންމަގެ މޫނަށް ރާޝިދު އެވަގުތު ބަލާލިއެވެ. މަންމަހުރީ ލަދުން ކަން ހުދު ރާޝިދުއަށްވެސް އެނގުނެވެ. އެކަމަކު އަވަސް އަވަހަށް ތެދުވެގެން ގޮސް އެމީހުނާއި ނިވާވެގެން މަންމަ ހުރީމެވެ. އެމީހުން ދައްކާވާހަކަތަކަށް ކަންފަތްދީގެން އަޑުއަހަން ހުރީމެވެ. ސަކިންތަ ރާޝިދުގެ ގާތުގައި ބުނިއެއްޗެއް މަންމައަކަށް އަޑެއް ނީވުނެވެ. އެކަމަކު ރާޝިދުގެ ޖަވާބު މަންމައަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ. ރާޝިދުގެ ޖަވާބު އަޑުއިވުމާއި އެކީ މަންމައަށް އުފަލުން ނަށަން ނުފެށުނީކިރިޔާއެވެ. ޝުކުރުވެރިކަމާއި އެކު ހެމުން ދުވަމުން ގޮސް އޭނާގެ ގައިގައި ބައްދާލަފާނަމޭ ވެސް ހިތައްއެރިއެވެ. އެފަދަ އަޑެއް އިވުމުން އުފާނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. “ސަކިންތަ ތިކަމާ ކަންބޮޑުނުވޭ. އަހަރެން ނިޝްރާގެ ދެމައިން ބަލާނަށް. އިރާދަކުރެއްވިއްޔާ އެދެމައިންނަށް ދަތިވާ އެއްވެސް ކަމެއް އަހަރެން ނުބާއްވާނަން” ރާޝިދު ހިންހަމަޖެހިގެން އިނދެ ސަކިންތައަށް ޖަވާބުދިނެވެ.

ފަނިޖަގު ހިފައިގެން އައިއިރު ދެމީހުންވެސް ތިބީ ހަމަހިމޭންވެފައެވެ. ކަމުން ދިޔަކަމުގައި ވިޔަސް އެއްވެސް އަޑެއް ނެތެވެ. ޗުއްޕުވެސް ނުބުނެ ކެއުމަށް އިންސާފުކުރުމުގައި ދެމީހުން ތިއްބެވެ. މަންމަ އައިސް ފަނި އަޅައިދިނުމަށްފަހު އިށީނުމާއި އެކީ ތަނުގެ ހަމަހިމޭންކަން ފިލުވާލީ ރާޝިދުއެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ. “ސަކިންތާ. އަހަރެންވެސް ކަމަކު ކިޔަން ބޭނުން. ސަކިންތަގެ މައްސަލައެއް ނެތިއްޔާ ކަމެއް ކުރަންކަމަށް” ސަކިންތަގެ ޖަވާބުގައި ރާޝިދުކުރަން ބޭނުން ކޮންމެ ކަމެއްވެސް މިގޭގައި ކުރެވޭނެކަމުގައި ބުނެލިއެވެ. ސަކިންތަގެ ޖަވާބާއި އެކީ ރާޝިދު ކަތިނަޒަރަކުން މަންމައަށް ބަލާލިއެވެ. މަންމައަށް ހީވީ މަންމައާއި ރާޝިދު ގުޅެން ބޭނުންވާވާހަކަ ބުނަން އުޅުނީ ކަމުގައެވެ. އެހެންވެ މަންމައަށް ތެޅިގަނެވުނެވެ. އަދި ލަދުރަކިކަމާއި އެކި އިސްޖަހާލާއިގެން އިނީމެވެ. ސަކިންތަގެ ގާތުން ހުއްދަހޯދަނީ ކޮންކަމެއް ކުރަންކަން އެނގެން ބޭނުންވެ ކަނުލާ އަޑުއަހަން އިނީމެވެ. އެންމެފަހުން ރާޝިދު ސަކިންތައާއި ސުވާލުކުރިއެވެ.

ޝާލީ މަންމަގެ ޑައިރީ ކިޔުމުގައި މުޅިރޭ ހޭދަކުރަން މަސައްކަތްކުރިއެވެ. އެކަމަކު އޭނާގެ އެ ވަރުބަލިވެފައިވާ ސިކުޑިއާއި ދެލޯ އެކަމަށް އިންކާރު ކުރީއެވެ. މަޑުމަޑުން ދެލޯމެރެމުންގޮސް އެއްކޮށް މެރުނީއެވެ. އަތުގެ ބާރުވެސް މަޑުމަޑުން ދޫވަމުން ދިޔައެވެ. ހިފަހައްޓައިގެން އޮތް މަންމަގެ ޑައިރީ އޭނާގެ އަތުން ދޫވެ މޭމައްޗަށް ވެއްޓުނެވެ. އަދި އެޑައިރީގެ މައްޗަށް އޭނާގެ ދެއަތްވެސް އެއްވެސް ފަރުވަލެއްނެތި ދޫވިއެވެ. ހިތާމައިން ފޯވެފައިވާ ހިތަކާއި އެކު މޮޅީގެ ހުރިހާ ސާލެއް ވަށައިލައިގެން އޮވެ މަންމަގެ ޑައިރީކިޔުމުގައި ރޭނގަޑުގެ އެންމެ ދަން ވަގުތު ހޭދަކަކުރަމުން ދިޔަ ޝާލީއަށް މިހާރު އެއޮތީ ނިދިފައެވެ. އޭނާ ނިދާފައި އޮތްއިރުވެސް އޭނާގެ އެކަނިވެރިކަމާއި ހިތާ އޭނާ ވަށާލައިފާވެއެވެ. އެހެންކަމުން ނިދިގައިވެސް އޭނާއަށް ގިސްލެވޭކަހަލައެވެ.

-ނުނިމޭ-

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

ހުވަފެން

Next

އުއްމީދު ފެނަށް ވިޔަސް (2ވަނަ ބައި)

Next
January 20, 2014

އުއްމީދު ފެނަށް ވިޔަސް (2ވަނަ ބައި)

Previews
January 19, 2014

ހުވަފެން

10 Comments!

  1. ސާޒްލީ says:
    January 20, 2014 at 4:36 pm

    ވަރަށް ރީތީ. އަނެއްބއި ކިޔާހިތުން ކެތްމަދުވެފަ!

  2. Nanna says:
    January 20, 2014 at 8:48 pm

    V reethi. Anehbai kiyaalaahihvey varah 🙂

  3. zynaa says:
    January 20, 2014 at 9:44 pm

    V reethi…

  4. kiyuntheriyaa says:
    January 20, 2014 at 11:49 pm

    waitin 4 nxt part

  5. roxy says:
    January 21, 2014 at 3:21 pm

    i love this story <3
    waiting for next part

  6. bibbidhooni says:
    January 21, 2014 at 4:45 pm

    very very touching story… i love it… cant wait to read the next part of the story… plx upload fast 😀

  7. neem says:
    January 23, 2014 at 10:06 am

    nice story……. waitinggg for next part
    upload fast fast……

  8. Xubi says:
    January 23, 2014 at 7:58 pm

    V nice waiting for next part..

  9. ibrahim says:
    January 25, 2014 at 9:45 am

    Very nice story waiting for next part plz updat fast.

  10. Hu-c says:
    January 25, 2014 at 12:20 pm

    aneh bai up kuraany anna mahu dhwww

Comments are closed.


All Right Reserved!