Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ހަޤީގީ (އަށްވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 6, 2017 9 Mins Read
67 Comments

ރަށުގެ ތުނޑިއަށް ދޯނި ބީއްސާލުމާއިއެކު އެންމެން އަވަސްވެގަތީ ފޭބުމަށެވެ. ޔަލްވީވެސް އެކުވެރިންނާއިއެކު ފައިބަން ދިޔައެވެ. ރަށުގެ ހުދު ފަސްގަނޑުގައި ފައިޖެހުމާއިއެކު ޔަލްވީއަށް ކުރެވުނީ ބުނެދޭންދަތި އިޙްސާސެކެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލެވުނީ ހިތަށް ފިނިކަން ލިބުމުންނެވެ. ކުޑަ ވަގުތުކޮޅަކަށްނަމަވެސް އޭނާއަށް ލިބިފައިވާ މިނިވަންކަމުން، ހިތަށް އުފާލިބިގަންނަށް ޔަލްވީ ބޭނުންވިއެވެ. ފައިވާން އަތަށްލުމަށްފަހު އެކުވެރިންނާއިއެކު އެއްގަމަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއިއެކު، ފަސްގަނޑުގެ އޮލަކަން ޔަލްވީއަށް އިޙްސާސްކުރެވުނެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލް ބަދަލުވިއެވެ. އެކުވެރިންނާއިއެކު އެއްގަމަށް ދިޔުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެ ފަސްގަނޑުމަތީ ހިނގާލާށެވެ.


 

ކުރެދިގަހުގެ ހިޔަލުގައި އިށީނދެލައިގެން ވެއްޔާއި ކުޅެން އިން ޔަލްވީ އިނީ ވަށައިގެން ފެންނަމުންދިޔަ ޤުދުރަތީ މަންޒަރުތަކުގެ ރީތިކަމަށް ގެއްލިފައެވެ. ޖެހިލާ ފިނިފިނި ވައިރޯޅިއާއިއެކު އޭނާގެ ފަން އިސްތަށިގަނޑު މިނިވަންކަމާއިއެކު ވިހުރެމުންދިޔައެވެ. އިރުގެ ދަޅަ އެޅިފައިވުމުން އިސްތަށިގަނޑު ފެންނަނީ މުށި ކުލައިންނެވެ. އޭނާ ލައިގެން އިން ރަތް ކުލައިގެ އަތްދިގު ޓީޝާޓާއި ނޫ ޖިންސުގައި ވެލިފުއްތައް ހަރުލާފައި ވެއެވެ. ޖިންސުގެ ފައިކުރި ކުޑަކޮށް އޮޅާލާފައިވާއިރު ފައިގެ ދޮންކަން ހާމަވާން ހުއްޓެވެ. މަޑު އަޅިކުލައަކަށް ދާ ބޮޑު ދެލޯ ވަނީ އަވި އައިނަކުން ފޮރުވާލެވިފައެވެ. އަންނާރު ކުލައިގެ ލިޕްސްޓިކުން ފަވާލެވިފައިވާ ތުންފަތަށްވަނީ އުފާވެރި ހިނިތުންވުމެއް ވެރިވެފައެވެ.

ޤުދުރަތުގެ ފުރިހަމަކަމަށް ގެއްލިފައި އިން ޔަލްވީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ރާޅު ޖަހާ ހިސާބުން ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އީޝާއާއި އޭނާގެ ފަހަތުން ހިނގާފައި ދިޔަ ޝައުން ފެނުމުންނެވެ. އުފާވެރިކަން ރަސްކަން ކުރަމުންދިޔަ ޔަލްވީގެ ހިތް، ހަލަބޮލިވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އިންތަނުން ތެދުވެވުނީ ހިތަށް އުނދަގޫވާންފެށުމުންނެވެ. މީހެއްގެ ޙައްޤަކަށް އަރައިގަތުމަކީ ފަހަރެއްގައިވެސް ޔަލްވީ ކުރަން ބޭނުންވާކަމެއް ނޫނެވެ. ނަމަވެސް ޝައުން ފެނުމުން ޔަލްވީގެ ހިތަށް ގޮތްތަކެއް ވަނީއެވެ. ޝައުން ޙާޞިލް ކުރަން ބޭނުންވަނީއެވެ. އަބަދުމެ އޭނާގެ ރީތި ސޫރަ ދެކޭހިތްވަނީއެވެ. ވާހަކަ ދައްކާލާހިތްވަނީއެވެ. އެކުގައި ވަގުތު ހޭދަކުރަން ބޭނުންވަނީއެވެ. ޔަލްވީގެ ބަސްނާހާ ހިތް ޝައުންމަތިން ހަނދާން ނައްތާލުމަށް ހުރަސް އަޅަނީއެވެ. އެހިތަށް ވިސްނައިދޭނެ ގޮތެއް ޔަލްވީއަކަށް ނުވިސްނުނެވެ. އިތުރަށް އެތާ މަޑުނުކޮށް އޭނާ ހިނގައިގަތީ އެމަންޒަރު ބަލައިގެން ހިތްދަތިވާން ބޭނުން ނުވާތީއެވެ.

********************

 

“ބޭބް… ރުޅި ނައިސް ބުނީމައެއްނު އަހަންނަށް ތިވެގެން އުޅޭ ގޮތެއް އެނގޭނީ….!!!!!” އީޝާގެ ކުރިމަތީ މަޑުކޮށްލަމުން ޝައުން ބުނެލިއެވެ. މޫނު ކުނިކޮށްލައިގެން ހުރި އީޝާ މޫދާ ދިމާއަށް ބަލާލަމުން މޭމަތީ ދެއަތް ހުރަސްކޮށްލިއެވެ. އީޝާއަށް ބަލަން ހުރި ޝައުން ދެފަރާތަށް ބޯހޫރާލަމުން އަނެއްކާވެސް ވެގެން އުޅޭ ގޮތެއް އަހާލިއެވެ.

“ޝައުން ކީއްވެ ދޮގުހެދީ…..؟؟؟” ޝައުނާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން އީޝާ މިހެން ބުނުމުން ޝައުން ކޮން ދޮގެއްހޭ އަހާލިއެވެ.

“ޝައުން ނުބުނަންތަ އެއަންހެނާ މިދަތުރުގަ ބައިވެރިއެއް ނުވާނެއޭ…. ބަލާބަލަ އެދައިތަގަނޑު އެހުރީ އެންމެފަހުން އައިހެއްނު……” ނިއްކުރިމައްޗަށްވާގޮތަށް ކޮށާފައި ހުރި ކުދި އިސްތަށިތައް އެއްފަރާތްކޮށްލުމަށްފަހު، ޝައުނަށް ކުރިމަތިލަމުން އީޝާ ބުނެލީ ނިކަން އަޑުހަރުކޮށެވެ.

“ޗުސް…. ޔާލް ދަތުރު އައީމަ އެކަމާ ރުޅިއައިސްގެން ދޯ މިހާރު ތިއުޅެނީ….” ޝައުނަށް ޗޮކެއް ކަނޑާލެވުނީ އީޝާ އެވަރުކަމަކާ ރުޅިއައުމުންނެވެ.

“ދެން އަހަރެން ހޭންތަ ވީ….؟؟؟ ޝައުން ތިހުންނަނީނު އޭނާ ބަލާތީ އެކަމާ އުފަލުން، ދަތްޕިލަ ސޭލް އަޅުވައިގެން ހެވިދިލިފަ….. ވަރަށް ފޫހިވޭ…..” އީޝާ ދަތްވިކާލަމުން ކުދި ކިޔާލިއެވެ. އީޝާ ކިޔާ އެއްޗެހިން ޝައުންގެ ގާތަށް ހިނިއައެވެ.

“ހެހެހެ…. ދަތްޕިލަ ސޭލް އެޅުވީއޭ….. ހެވިދިލިފައޭ….. ހަހަހާ… ކޮންތާކުން ދަސްކުރި އެއްޗެއްތަ ތިކިޔަނީ….” ހެމުން ހެމުން ޝައުން އީޝާގެ ބަސްތައް ތަކުރާރުކޮށްލިއެވެ.

“ދެން ޝައުން….. މަޖަލެއް ނޫން……” ޝައުން ހޭންފެށުމުން، އީޝާ އިތުރަށް ރުޅިގަދަވިއެވެ. ޝައުނަށް ލޯއަޅާލަމުން އެތަނުން ދިއުމަށްޓަކައި އޭނާ ހިނގައިގަތެވެ. އެވަގުތު ޝައުން ހިނިގަނޑު މަތަކުރަމުން އީޝާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ސޮރީ…. އީޝް، އެހެންކީމައޭ ހިނިއައީ….. ދެން ތި ރުޅި މަޑުކޮށްބަލަ… ކުރިން އޭނަ ބުންޏޭ ނާންނަމޭ …. ވެދާނު ފަހުން ޚިޔާލް ބަދަލްވީކަމަށް…… އީޝް ބޭނުމީ ދެން އެކަމާ ހިތްހަމަ ނުޖެހިފައި ހުންނަންތަ..؟؟؟؟ ނޫނީ މިދަތުރުގައި މަޖާ ކުރަންތަ…..” އީޝާއަށް ބަލަން ހުރެ ސީރިޔަސްވެފައި ޝައުން ވާހަކަ ދެއްކުމުން އީޝާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.

****************************

 

ޔަލްވީ ދިޔައިރު މިޝްޔާމެން އުޅެނީ ހެނދުނުގެ ސައި ތައްޔާރުކޮށްގެންނެވެ. އޭރު އެއްބަޔަކު ސައިބޯންވެސް ފަށައިފިއެވެ.

“ޔާލް ނައިސްގެން ބަލަންދާން އުޅެނިކޮށް ތިއައީ…..” ޔަލްވީގޮސް މަޑުކޮށްލުމުން މިޝްޔާ ބުނެލިއެވެ. ޔަލްވީ ވަކި އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. ޔަލްވީ އަތަށް ކަޅުސައިތަށްޓެއް ދެމުން މިޝްޔާ އެދުނީ ތަންކޮޅެއް ދުރުގައި ސައިބޮން ތިބި ބައިގަނޑުގެ ތެރޭގައި އިން މިޝަލަށް އެ ގެންގޮސްދިނުމަށެވެ. ސައިތަށީގައި ހިފަމުން ޔަލްވީ މިޝަލްމެން ތިބި ދިމާއަށް ދާން ހިނގައިގަތެވެ.

 

“މިޝަލް ބިޓެއް ހޯދާކަން ނޫޅެންތަ…..؟؟؟؟” ސައިތަށި ދީފައި ޔަލްވީ ހިނގައިގަތުމުން އެދިމާއަށް ބަލާލަމުން ނަހީކް ބުނެލިއެވެ.
“އެ ތެދެއް…. މިހާރު މިޝަލް އެކަނި މި ގްރޫޕްގަ ބިޓެއް ނުނަގަނީ….. ދެން އަވަހަށް މަންޖެއެއް އަތު އަޅުވާލަން އުޅެބަލަ….” ޝައިމަންވެސް ނަހީކާއި އެއްބައިވަމުން މިޝަލާއި ދިމާކޮށްލިއެވެ. މިޝަލް ވަކި އެއްޗެއް ނުބުނެ ހީލީއެވެ. އަދި ދުރުގައި ތިބި މިޝްޔާމެނަށް ބަލާލިއެވެ.

“އަހަންނަށް ހީވަނީ މިސޮރުގެ ހިތުގައި ޓަކި ޖަހާލައިފިހެން…. އެދިމާއަށް މާވަރަކަށް ތިބަލަނީ ކޮންކަމަކާ….؟؟؟؟” މިޝަލް މިޝްޔާމެން ތިބި ދިމާއަށް މާވަރަކަށް ބަލަން ފެށުމުން އޭނާގެ ކޮނޑުގައި ޖެހިގަންނަމުން އިޔާޒް މަޖާވެލާފައި ބުނެލިއެވެ.

“މިޝް އެއީ ކޮއްކޮ…. ޝިއު އެއީ ނަހީކްގެ….. ޔާނީ އެއީ އަހަރެންގެ… އެހެންވީމަ ދެން ބާކީ އެއިން މަންޖެ އެކަނި ހުސްކޮށްހުރީ…. ސޯ، އޮބްވިއަސްލީ…. އޭނަ އެބަލަނީ ޔާލްއަށް…..” އަފްލާކްވެސް ނަހީކްމެންގެ ވާހަކައިގައި ބައިވެރިވިއެވެ. ބަހެއް ނުކިޔާ މަޑުން އިން ޒިކާން މިޝަލާއި ދިމާއަށް ބަލާލީ ހަޤީގަތް އެނގިހުރެ، އެކުވެރިޔާއަށް ޙަމްދަރުދީވާޙާލުއެވެ.

“މިޝަލް…. ޔާލް ސެޓް ކުރަންވީނު…  ހުރިހާ ގޮތަކުންވެސް ރަނގަޅު ކުއްޖެއް އެއީ…. ބޭނުމިއްޔާ އަހަރެމެން އެހީވެދީފާނަން….” މިޝަލްގެ ކޮނޑަށް އަތް ވައްޓާލަމުން ނަހީކް ބުނެލިއެވެ.

“އަހަންނަށްވެސް ވަރަށް ފެންނަކަމެއް ތީ……” ނަހީކްގެ ވާހަކައަށް ތާއީދު ކުރަމުން ޒިކާން މިހެން ބުނެލީ ސީދާ މިޝަލްގެ ދެލޮލަށް ބަލަން އިނދެއެވެ.

“ޒީކްވެސްތަ…..؟؟؟؟؟” މިޝަލް ޒިކާނާއި ދިމާއަށް ބަލާލީ ޒިކާން އެފަދަ އެއްޗެއް ބުނެފާނެކަމަށް ހީކުރެވިފައި ނެތުމުންނެވެ.

“ޔެސް… އެންޑް އައި މީން އިޓް…. އަބަދު ތިހެން ހުހަށް ކިހިނެއް ހުންނާނީ…؟؟؟؟؟ މިޝަލްގެ ޙަޔާތަށްވެސް ބައިވެރިއަކު ބޭނުންވާނެއެއްނު….” ޒިކާން ވާހަކަ ދެއްކީ ވިސްނައިދޭފަދައިންނެވެ. ޒިކާން އެވާހަކަ ފެށުމުން މިޝަލް އެކަމާ ދޭތެރޭ ވިސްނާނެކަމަށް ބުނެލިއެވެ.

********************

 

ސައިބޮއެ ނިމުމުން އަޔާނީއާއި އަފްލާކް ތބީ މޫދު ފެންނަ ހިސާބުގައި ގަހެއްގެ ހިޔާދަށުގައެވެ. އެހިސާބުގައި ދަތުރުގެ ބައިވެރިން ހޭލަމޭލަވަމުންދާތީ ފެނެއެވެ. އެއްބަޔަކު ކުޅެނީއެވެ. އަނެއްބަޔަކު މޫދުގައެވެ. ބައެއް ކުދިން ބައިބަޔަށް އެކިދިމާގައި ވާހަކަ ދައްކަންވެސް ތިއްބެވެ. ދެމީހުން އިށީނދެ ހަމަޖެހިލިތަނާ އިޔާޒް އައިސް އަޔާނީގެ އެއްފަރާތުގައި އިށީނެވެ. ދެކަކޫމަތީ ދެއަތް އަޅުވާލައިގެން އިންއިރު، އޭނާގެ މޫނުމަތީގައިވަނީ ލާނެއް ހިނިތުންވުމެކެވެ. އަޔާނީމެން، އޭނާއަށް ބަލަން ތިބީ ސުވާލުގެ ނަޒަރަކުންނެވެ.

“މިތާ ކީއްކުރަނީ…..؟؟؟؟” ނިތައް ރޫ އަރުވާލަމުން އަޔާނީ ސުވާލުކޮށްލިއެވެ.

“ބޮޑުމަންމަ ބުންޏެއްނު އަހަރެންގެ ޙަވާލުގައޭ ސިސީ ދަތުރު ފޮނުވީ…. ސިސީއަށް ރަނގަޅަށް ބަލާށޭ…. އެހެންވީމަ އަހަރެން ޖެހޭނެއްނު ސިސީ ދާހާ ތަނަކަށް ދާން….. އޭރުންތާ ރަނގަޅަށް ބެލޭނީ….” ލާނެއްގޮތަކަށް ހީލަމުން އިޔާޒް ބުނެލިއެވެ. އިޔާޒްގެ ލާނެއްކަމާއިހުރެ، އަޔާނީ ދެފަރާތަށް ބޯހޫރާލަމުން އޭނާގެ ގައިގައި ބޮނޑިއެއް އަޅުވާލިއެވެ.

“ދުރުގައި އިނދެގެންވެސް އަހަންނަށް ވާނުވާ ބެލޭނެދޯ…. ހަމަ މިހާރު މިތަނުން ދޭ…..” އިޔާޒްގެ ކޮނޑުގައި އަތްއަޅުވާ ކޮށްޕާލަމުން އަޔާނީ ބުނެލިއެވެ. ނަމަވެސް އިޔާޒަށް ކަހާތަން ހިރުވާލާހެންވެސް ހީނުވެއެވެ. އޭނާ އެތަނުން ތެދުވާ ޚިޔާލެއް ނުކުރިއެވެ. އަޔާނީ ރުޅިގަދަވީވަރުން އަނެއްކާވެސް އިޔާޒް ކޮށްޕާލިއެވެ. ދެންވެސް ހަމަހިލާ އޭނާ އެތަނުން ނުތެދުވިއެވެ.

“ބްރޯ ދެން އެހާވަރަށް ޔާނީ ރުޅިނާރުވާބަލަ ދޯ…..” އަޔާނީ ރުޅިއައިސްގެން ކޮޅަށް ތެދުވުމުން އޭނާގެ އަތުގައި ހިފާލަމުން އިޔާޒަށް ބަލާލަމުން އަފްލާކް ބުނެލިއެވެ. އަޔާނީ ރުޅިވެރި ނަޒަރަކުން ބަލާލުމުން އިޔާޒް ހެމުން ހެމުން ކޮޅަށް ތެދުވިއެވެ. އަދި އަޔާނީ ނުވިސްނާހުއްޓާ އޭނާގެ ދެކޮލުގައި ހިފާލުމަށްފަހު ދުއްވައިގަތެވެ. އަޔާނީވެސް އޭނާގެ ފަހަތުން ދިޔައެވެ. ނަމަވެސް އަތުޖެހޭ ގޮތް ނުވުމުން އަނބުރާ އައިސް އަފްލާކްގެ ގާތުގައި އިށީނެވެ. ދުރުގައި ހުރި އިޔާޒް، އަޔާނީ ބަލާލުމުން ވައްތަރުޖައްސާލާފައި އެހެން ދިމާއަކަށް ދިޔައެވެ.

“އަދިވެސް ރުޅިއައިސްފައިތަ…….؟؟؟” އަޔާނީ މޫނު ހަދާލައިގެން އިނުމުން އަފްލާކް ބުނެލިއެވެ. އަދި ލޯތްބާއިއެކު އަޔާނީގެ ދަތްދޮޅީގައި ހިފާލުމުން އަޔާނީ ބޯހޫރާލީ ހިނިތުންވެލަމުންނެވެ.

“ވަރަށް ހޫނުގަދަދޯ…..”ލައިގެން އިން އަޅިކުލައިގެ ޓީޝާޓް ގަޔާ ދުރުކޮށްލަމުން އުޑާ ދިމާއަށް ބަލާލަމުން އަފްލާކް ބުނެލިއެވެ. އަޔާނީ އަފްލާކަށް ބަލާލިއެވެ. އަފްލާކަކީ އިސްކޮޅުން ދިގު ބާމަތިފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. ރާއްޖޭގެ ނިސްބަތުން ބަލާނަމަ އެންމެ ދޮންމީހުންގެ ތެރޭގައި އޭނާވެސް ހިމެނޭނެއެވެ. ފަންއިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައިވުމުން ކަންފަތުގެ ބޮޑުބައެއްވަނީ ފޮރުވިފައެވެ. ރީތިގޮތަކަށް ތުނބުޅިމަތިމަސް އެއްވަރުކޮށްލާފައިވެއެވެ. މުށިކުލައިގެ ދެލޮލުގައި ހިތްދަމައިގަންނަ ބާރެއްވާކަހަލައެވެ. އުމުރު ދުވަހު އެދެލޮލަށް ބަލަން ވިޔަސް އަޔާނީ ފޫއްސެއް ނުވާނެއެވެ.

“ޔާނީ…. ކީއްވެ މާވަރަކަށް ތިބަލަނީ…..” އަފްލާކްގެ ރީތި ހިނިތުންވުން ހަދިޔާކޮށްލަމުން ސުވާލުކޮށްލިއެވެ. އަފްލާކްގެ ރީތިކަމަށް ގެއްލިފައި އިން އަޔާނީއަށް ހަމަހޭވެރިކަންވީ އޭނާ ވާހަކަ ދެއްކުމުންނެވެ. އެހާ ގިނައިރުވަންދެން އެގޮތަށް ބަލަން އިނދެވުމުން އޭނާ ރަކިވާގޮތްވިއެވެ. ލަދުރަކިގޮތަކަށް ހީލަމުން އަފްލާކް ދާން އުޅޭތީ ހިތްފުރެންދެން ބަލާލަނީއޭ ބުނެލިއެވެ. އަފްލާކް އަޔާނީގެ އަތްތިލައިގައި ހިފާލަމުން ހިނިތުންވެލިއެވެ.

********************

 

އަޔާނީ ރުޅިއަރުވާލުމަށްފަހު، އިޔާޒް ދެން ވިސްނީ އެހެން މީހަކަށް ޖެއްސުންކޮށްލުމަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފަސްގަނޑުމަތީ އަކުންބަކުން ކުޅެން ތިބި މިޝްޔާއާއި ޒިކާނެވެ. މޮޅު ޚިޔާލެއް އައުމުން އެއްގަމަށް އެރީ އޭނާގެ ދަބަސްހޯދުމަށެވެ.

“ތިއުޅެނީ ކީއްކުރަން…..؟؟؟؟” ދަބަސްތެރެއަށް އަތް ލައިގެންހުރި އިޔާޒް ސިހިގެން ދިޔައީ، ދާދިގާތުން ޔަލްވީގެ އަޑުއިވުމުންނެވެ. ތުންފަތުގައި ޝަހާދަ އިނގިލި ޖައްސާލަމުން “ޝްޝްޝް….” އޭ ބުނެލަމުން އަޑުއިވޭ ހިސާބުގައި އެހެންމީހަކު ހުރިތޯ ބަލާލީ ވައްކަން ކުރަން އުޅޭ މީހަކު ފަދައިންނެވެ. އިޔާޒް އުޅުންގޮތުން ހިނިއައިނަމަވެސް، އަމިއްލަ ތުންފަތުގައި އޭނާވެސް އިނގިލި ޖައްސާލިއެވެ. އަދި ވަރަށް ސިއްރުން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. ދަބަސްތެރެއަށް ބޯދިއްކޮށްލަމުން އިޔާޒް އޭގެން ނެގި މީދަލެއް ދައްކާލުމާއިއެކު ޔަލްވީ ދެލޯބޮޑުކޮށްލަމުން ހަޅޭލަވައިގަތެވެ. ނަމަވެސް އަޑުބޭރުވުމުގެ ކުރިން އިޔާޒް ޔަލްވީގެ އަނގަމަތީ އަތްއަޅާލިއެވެ.

“ޔާލް ހަޅޭނުލަވައްޗޭ…. މީ އަސްލު އެއްޗެއް ނޫން…. ފޭކެއް…..” އެއްއަތުން ޔަލްވީގެ އަނގަމަތީގައި އަތްއަޅައިގެންހުރެ އަނެއް އަތުގައި އޮތް ޕްލާސްޓީކް މީދާ ދައްކާލަމުން އިޔާޒް ބުނެލިއެވެ. އިޔާޒް އެހެން ބުނުމުން ޔަލްވީ މައިތިރިވިއެވެ. އަދި އަނގަޔަށް ގޮތްގޮތް ހަދަމުން އޭގައި އިނގިލި ޖައްސާލީ އިޔާޒް އެބުނީ ތެދެއްތޯ ޔަޤީންކޮށްލުމަށްށެވެ. އޭގައި އަތްޖެހުމުން އެއީ އަސްލު އެއްޗެއް ނޫންކަން އެނގުމުން ޔަލްވީގެ ގާތަށް ހިނިއައެވެ.

“ތި ހިފައިގެން މިރަށަށް ތިއައީ ކީއްކުރަން…..؟؟؟” ޔަލްވީއަށް މަޖާވުމުން ސުވާލުކޮށްލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އިޔާޒް އަތުން އިޝާރާތްކޮށްލީ އޭނާއާއިއެކު ދިއުމަށެވެ. އިޔާޒް ކުރަން އުޅޭކަމެއް އެނގެން ބޭނުންވެފައިހުރި ޔަނާލް އޭނާއާއިއެކު ދިޔައެވެ.

 

އިޔާޒްގޮސް މަޑުކޮށްލީ މިޝްޔާމެން ތިބި ދިމާލުން އެއްގަމަށްވާގޮތަށް ހުރި މަގޫގަހެއްގެ ކައިރީގައެވެ. ޔަލްވީވެސް އޭނާގެ ފަހަތުގައި މަޑުކޮށްލައިގެން ހުއްޓެވެ. މިޝްޔާމެންނާ ސީދާކޮށްލުމަށްފަހު، އިޔާޒް އެ މީދާ އެއްލިއެވެ. އަދި ޔަލްވީގެ އަތުގައި ހިފާލަމުން އެމީހުންނަށް ނުފެންނާނެހެން އެ ގަހާ ނިވާވެލިއެވެ. ކުޅުމަށް ގެއްލިފައި ތިބި ދެމީހުންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނީ އެމީހުންގެ މެދަށް އެއްޗެއް ވެއްޓުމުންނެވެ. އެއީ ކޯއްޗެއްތޯ ބަލާލީވެސް ކޮޅަށް ތެދުވެފައެވެ. ބިންމަތީގައި އޮތް މީދާ ފެނުމުން ތޫލި އަޑަކުން ހަޅޭލަވައިގެންފައި މިޝްޔާ އެއްގަމަށް ދުއްވައިގަތެވެ. އެ ފެނުމުން ޒިކާނަށްވެސް ފުރަތަމަ ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް އިރުކޮޅަކު ދުރުގައި ހުރެފައި އައިސް އެ މީދާ ނެގީ، ޙަރަކާތެއް ނުކޮށް އޮތުމުން، އެއީ އަސްލު އެއްޗެއް ނޫންކަން ވިސްނުމުންނެވެ. އޭރު މިޝްޔާއަށް ހުރެވުނީ އިޔާޒްމެން ފިލާތިބި މަގޫގަހާ ހަމައިގައެވެ. ގަސްތެޅިލުމުން އޭނާ އެދިމާއަށް ބަލާލިއެވެ. ގަހުގެ ނިވަލުގައި ހުރި އިޔާޒް ފެނުމުން އެއީ އޭނާގެ ކަމެއްކަން މިޝްޔާއަށް ވަގުތުން ޔަޤީންވިއެވެ. ދުރުގައި ހުރި ޒިކާން ބަލާލުމުން ލޮލުގެ އިޝާރާތުން އެދިމާއަށް ދިއުމަށް ބުނެލިއެވެ. މީދާ ބިންމައްޗަށް ވައްޓާލުމަށްފަހު، ދުވެލާފައި ޒިކާން މިޝްޔާގެ ގާތަށް ދިޔައެވެ. މިޝްޔާ، ޒިކާނަށް ގަހުގެ ނިވަލުގައި، ފިލާހުރި އިޔާޒް ދައްކާލިއެވެ. ހީލަމުން ޒިކާން ދެފަރާތަށް ބޯހޫރާލީ އިޔާޒްގެ ލާނެއް ކަމުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މީހަކަށް ޖެއްސުންކޮށްލެވޭތޯ އޭނާ ބަލާނެއެވެ. ޒިކާން ދިޔަގޮތަށްގޮސް އިޔާޒްގެ ކަންފަތުގައި ހިފާ އެތަނުން ނެރުނެވެ. ބަނޑަށް ހީ ހީ ހުރި ޔަލްވީ، އަޑު ވީއްލާ ހޭންފެށީ އިޔާޒް ކުރި ކަންތައް މިޝްޔާމެންނަށް ފަޅާއެރުމުންނެވެ. ޔަލްވީ އެތާ ހުރިކަންވެސް މިޝްޔާމެންނަށް އެނގުނީ ދެނެވެ. މާ ގިނައިން ހެވުމުގެ ސަބަބުން ޔަލްވީގެ ދެލޮލުން ފެންއައިސްފައިވެއެވެ. އޭނާގޮސް މަޑުކޮށްލީ މިޝްޔާގެ ގާތުގައެވެ.

“ޔާލްވެސްތަ……؟؟؟؟ ޔާލް ކޮންއިރަކު މި ޖޯކަރާއި އެއްބައިވީ….؟؟؟؟” ހައިރާންވީ ނަމަވެސް މިޝްޔާގެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ. އޭނާހުރީ ޔަލްވީއަށް ބަލަހައްޓައިގެންނެވެ. އޭރުވެސް ޔަލްވީއަށް ހެވެވެނީއެވެ. އޭނާއަށް ޖަވާބުދެވޭވަރެއް ނުވިއެވެ.

“ޔަޤީން…. މިހިރަ ޖޯކަރު ޔާލްގެ ބޯތެރެއަށް ވަނީ ދޯ…” ޔަލްވީއަށް އަނގައިން ނުބުނެވުމުން މިޝްޔާ ދެން ބަލާލީ އިޔާޒަށެވެ. އިޔާޒް ލާނެއްގޮތަކަށް ހެވިފައި ހުރުމުން މިޝްޔާއަށްވެސް ހެވުނެވެ.

“ދެވަނަ ދެގޮތެއްވެސް ނަހަދާނަން…. މިފަހަރު ހަމަ މޫދަށް ލާނީ…..” އިޔާޒްގެ ކަންފަތުގައި ހިފައިގެން ހުރި ޒިކާން އިޔާޒްގެ ޓީޝާޓް އަތަށް ބޮނޑިކޮށްލަމުން ބުނެލިއެވެ. އެހެން ބުނުމާއިއެކު އިޔާޒް ޖަހާލީ ހިނިގަނޑެކެވެ.

“މިޝަލް، ތީ ކޮންކަމެއް…؟؟؟” ޒިކާންގެ ފުރަގަހަށް ބަލާލަމުން އިޔާޒް މިހެން ބުނުމުން ޒިކާންގެ އިތުރުން މިޝްޔާމެންވެސް އެދިމާ ބަލާލިއެވެ. ނަމަވެސް އެތާކު މިޝަލެއް ނެތެވެ. އެނބުރި އިޔާޒަށް ބަލާލިއިރު އޭނާއެއް ނެތެވެ. އިޔާޒްގެ ޓީޝާޓް ޒިކާންގެ އަތުގައި އޮތެވެ. އޭނާހުރީ ދެތިން ފިޔަވަޅު ދުރުގައެވެ. އިޔާޒް އެމީހުން ހައްދާލީއެވެ. ޒިކާނަށް ވީގޮތް ރޭކާލުމުން އިޔާޒްގެ ފަހަތުން ދުއްވައިގަތެވެ.

 

ކުޅެން ހުރެފައި ޝައުން ހޯދަމުން އެއްގަމަށް އަރައިގެން އައި އީޝާއަށް ފައިން އެއްޗަކަށް އެރުމުން ބަލާލިއެވެ. ފައިދަށުގައި އޮތް މީދާ ފެނުމުން އޭނާ އަށް ވީގޮތްވެސް ނޭނގުނެވެ. ތޫލި އަޑަކުން ހަޅޭލަވައިގަންނަމުން އެއްގަމަށް ދުއްވައިގަނެވުނީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. އެދިޔަ ގޮތަށްގޮސް އޭނާ ލައިގަތީ އެކޮޅުން ދުވެފައި އައި އިޔާޒްގެ ގައިގައެވެ. އެއާއިއެކު ދެމީހުންނަށްވެސް ހަމައަށް ފައިނޭޅެވުމުގެ ނަތީޖާއަކަށްވީ ދެމީހުން އެއްކޮށް ބިންމައްޗަށް ގުޅައަކަށް ޖެހުމެވެ. ކުރިންވެސް ހިނިގަނޑު މަތަނުކުރެވިގެން އުޅުން ޔަލްވީއަށް މިމަންޒަރު ފެނުމުން ބަނޑުގައި އަތް އަޅާލެވުނީ ހިހީ ބަނޑަށް ތަދެއް އެރުމުންނެވެ. ގާތުގައި ހުރި މިޝްޔާވެސް ބިނދިބިނދިފައި ހެމުން ދިޔައެވެ. އިޔާޒްގެ ފަހަތުން ދުވެފައި އައި ޒިކާންވެސް ހެމުން އުނގަނޑުގައި ދެއަތް ވިއްދާލިއެވެ.

އީޝާ އޮތީ އިޔާޒްގެ ގައިމަތީގައެވެ. އިޔާޒް ބަލަން ނޯވެ އީޝާގެ އަތުގައި އަތް އަޅާ ބިންމައްޗަށް ކޮށްޕާލަމުން އޭނާ ތެދުވިއެވެ. ގައިން ވެލި ފޮޅާލުމަށްފަހު ބިންމަތީގައި އިން އީޝާއަށް އަތްދިއްކޮށްލީ އޭނާ ނެގުމަށެވެ. އިޔާޒް އަތް ދިއްކޮށްލުމާއިއެކު އީޝާވެސް އެއަތުގައި ހިފަން އަތްދިއްކޮށްލިއެވެ. ނަމަވެސް އީޝާ އެއަތުގައި ހިފުމުގެ ކުރިން އިޔާޒް އަތްދަމައިގަތުމަށްފަހު، ބޮލުގައި އަތް ހިންގާލިއެވެ. އިޔާޒް ކަންތައްކުރިގޮތުން ރުޅިއައިވަރުން އީޝާ ތުން އަނބުރާލިއެވެ. ގެނައި ކުއްލި ޙަރަކާތަކާއިއެކު އިޔާޒް ބިންމަތީގައި އޮތް މީދާ ނަގައި އީޝާއާއި ދިމާއަށް އެއްލިއެވެ. އޭތިގޮސް ޖެހުނީ އީޝާގެ އުނގަށެވެ. ހަޅޭލަވައިގަތް އީޝާ، އުނގުމަތިން އޭތި ފޮޅާލަމުން ތެދުވިއެވެ. އޭގައި އަތްޖެހުމުން އީޝާއަށްވެސް އެއީ އަސްލުއެއްޗެއް ނޫންކަން އެނގުމުން މައިތިރިވިއެވެ. ފަހުން އިޔާޒް އެކޮށްލި ކަމަކުން މަޖާވެގެން ޒިކާން އައިސް އިޔާޒްގެ ކޮނޑަށް އަތްލަމުން އަނެއް އަތުން އިޔާޒާއި އަތްޖަހާލިއެވެ. އީޝާ އައި ރުޅިން މީދާ ނަގައި އިޔާޒާއި ދިމާއަށް އެއްލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ޔަލްވީމެންނާއި އަރާ ހަމަވުމުން އޭނާ އެމީހުންނަށްވެސް ކަޅިއަޅާލީ އެމީހުން ހޭކަން އެނގުމުންނެވެ. އީޝާ ކަޅިއަޅާލިގޮތުން ޔަލްވީ ތަންކޮޅެއް މައިތިރިވިނަމަވެސް، މިޝްޔާ ހުއްޓާނުލާ ހެވެމުން ދިޔައެވެ. އީޝާ ފަސްދީ ދިއުމުން ޔަލްވީވެސް އަނެއްކާ މަޖާވެފައި ހޭންފެށިއެވެ.

********************

 

“މިގަހުގެ އޮފިގަނޑު މަތީ އިށީނދެލައިގެން ސެލްފީ ނެގީމަ ވަރަށް ރީތިވާނެ…..” މޫދާ ދިމާއަށް ވެއްޓިފައި އޮތް ހިކިގަސްގަނޑެއް އެކުވެރިންނަށް ދައްކާލަމުން އަޔާނީ ބުނެލިއެވެ. އަޔާނީ މިހެން ބުނެ އެގަހުގެ އޮފިގަނޑެއްމަތީގައި އިށީނުމުން ޝިއުރީމެންވެސް އިށީނެވެ.

“ނަސީބެއްނު ޒީކްމެން އެދިމާލުގައި ފުޓްބޯޅަ ކުޅެން ތިބިކަން… އެހެންނޫނީ އަހަރެމެން ސެލްފީ ނަގާތަން ފެނިއްޖެއްޔާ ހަމަ ޔަގީނުންވެސް އެއްޗެހި ކިޔާނެ……” ފޯނުން ދެތިން ސެލްފީ ނަގާލުމަށްފަހު މިޝްޔާ ބުނެލިއެވެ.

ކުއްލިއަކަށް ހަތަރު ކުދިން އެކީ ސިހިގެން ދިޔައީ މީހަކު އެކުދިން އިށީނދެގެން ތިބި ގަސްގަނޑު ގުޑުވާލުމުންނެވެ. ފަހަތް ބަލާލިއިރު ލާނެއް ފާޑަކަށް ހީގަނެގެން އެހުރީ އިޔާޒެވެ. އަނެއްކާވެސް އިޔާޒް އެގަސްގަނޑު ގުޑުވާލުމުން އަޔާނީމެން އެގަހުން ފޭބުމަށްފަހު، ހަތަރު ކުދިން އެކީ އިޔާޒްގެ ފަހަތުން ދުއްވައިގަތެވެ. އެކުދިންގެ އަތު ނުވާންވެގެން އިޔާޒްވެސް ދުއްވައިގަތީ ރަށުތެރެއާއ ދިމާއަށެވެ. ވަކި ހިސާބަކަށް ދިޔަތަނާ ބިންމަތީއޮތް މޫގަނޑެއްގައި އަޅައިގެންފައި ޔަލްވީ ވެއްޓުނެވެ. ތަންކޮޅެއް ކުރީގައި ހުރި މިޝްޔާއަށް މިމަންޒަރު ފެނިގެން އޭނާއާއި ދިމާއަށް އަންނަން ފެށުމުން، ޔަލްވީ އަތުގެ އިޝާރާތުން ދިޔުމަށް ބުނެލިއެވެ. އަދި އެތަނުން ތެދުވެ ގައިން ވެލިފޮޅާލުމަށްފަހު، ދާން ހިނގައިގަތްތަނާ ފަހަތުން ޝައުން ގޮވާލިއަޑު އިވުނެވެ. މަޑުކޮށްލައިގެން ހުރި މިޝްޔާއަށް ޝައުން ފެނުމުން ޔަލްވީ އެކަނި ނުވާނެކަން އެނގުމުން އަނެއްކާވެސް ދުވެފައި ގޮސް ޝިއުރީމެންނާ އަރާ ހަމަކުރިއެވެ.

 

“ޔާލް….. އިޔާޒް ފަހަތުން ދޯ އެމީހުން އެ ދުވަނީ…..” މިޝްޔާމެން ދިޔަ ދިމާއަށް ބަލާލަމުން ޝައުން އަހާލިއެވެ. ޔަލްވީ ބޯޖަހާލަމުން ޝައުން އައި ދިމާއަށް ބަލާލީ ފަހަތުން އީޝާ އާދޭތޯއެވެ. އީޝާ ފެންނަން ނެތުމުން ޔަލްވީ ހަށިފުރާ ނޭވާއެއްލުމަށްފަހު، މީހާ ހަމައަކަށް އެޅިލިއެވެ.

“ޝައުން ނުކުޅެނީތަ…..؟؟؟؟ މިތާ ކީއްކުރަނީ…..؟؟؟؟ އެކަނިތަ…..؟؟؟” ޔަލްވީ ބޭނުންވީ އަދިވެސް ޝައުނާއިއެކު އެތަނަށް އީޝާ އައިތޯ ޔަޤީން ކުރާށެވެ.

“އައްދޭ އަހަންނަށް މިއުޅެވެނީ ސުވާލު މުބާރާތެއްގައި ބައިވެރިވެވިގެންތަ….؟؟؟؟ އެއްފަހަރާ ހާދަ ސުވާލެކޭ ތި ބަންޑުންކޮށްލީ…..” ސަމާސާ ރާގަކަށް ޝައުންބުނެލިއެވެ. ޔަލްވީ ދެކޮނޑު އަރުވާލަމުން ހީލިއެވެ.

“އަހަރެން އައީ އިޔާޒްއާއި އެކީ….. ވަކި ހިސާބަކަށް އައިއްސަ ތިމީހުން ފެނިގެން އޭނަ މާބަރަށް ދުވެފަ އެއައީ، ޖެއްސުންކޮށްލަންވެއްޖޭ ކިޔާފަ….. ” ކުކުޅު ބިސް ކުލައިގެ ކަކުލާ ހަމައަށް އަރާ ސޯޓުބުރީގެ ދެޖީބަށް އަތްޖަހާލަމުން ޝައުން ބުނެލިއެވެ.

“ދެން ހިއެއްނުވެ އެމީހުން މިދިމާއަށް އަންނާނެހެނެއް…. ހިނގާ އަތިރިން ލާފައި އެދިމާއަށް ދަމާ…..” ލައިގެން ހުރި އޮރެންޖްކުލައިގެ އަތް ދިގު ޖާރޒީގެ އަތް ކުޑަކޮށް ކަހާލަމުން ޝައުން ބުނެލިއެވެ. ޔަލްވީ ޝައުނާއިއެކު އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ.

********************

 

ގައިގައި ހުރި ބާރެއްލާފައި ދުވަމުން ދިޔަ އިޔާޒް އެންމެ ގަސްބޯ ހިސާބަށް ވަނެވެ. ޝިއުރީމެންވެސް އެންމެ ތަންފުކެއްވެސް ދޫ ނުދީ އޭނާގެ ފަހަތުން ދުވިއެވެ. ގަސްބޯ ހިސާބަށް ވަދެވުމުން އަޔާނީގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. އެކި ދިމަދިމާއަށް ބަލަމުން އޭނާ ދުވީ ހިތަށް ބިރުވެރި ޚިޔާލްތައް ވަންނަން ފެށުމުންނެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ފެނުނު މަންޒަރުން އަޔާނީގެ ދެލޯ ބޮޑުވިއެވެ. އަޔާނީ ބިރުންހުރެ ގާތުގައި ހުރި މިޝްޔާއަށް ގޮވާލުމަށްފަހު އެމަންޒަރު ދައްކާލިއެވެ. އެއާއިއެކު، އިވިގެން ދިޔައީ މިޝްޔާގެ ތޫލި ހަޅޭކުގެ އަޑެވެ. މިޝްޔާ ހަޅޭލަވައިގަތުމުން އަޔާނީވެސް ހަޅޭލަވައިގަންނަމުން މިޝްޔާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. މިއަޑަށް ތަންކޮޅެއް ކުރީގައި ހުރި ޝިއުރީވެސް ފަހަތް ބަލާލިއެވެ. ފެނުނު މަންޒަރުން ޝިއުރީގެ ދެލޯވެސް ބޮޑުވެ ހަމަ އެހާބާރަށް ހަޅޭލަވައިގަނެވުނެވެ. ރަތް ކުލައިގެ ބިރުވެރި ސިފައެއްގައި ހުރި އެއްޗެއް، އަޔާނީމެންގެ ފަހަތުން އަންނަ މަންޒަރު ފެނުމުން ޝިއުރީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭރު އިޔާޒުވެސް މާދުރަށްގޮސް އޮބާލައިފިއެވެ. އަޔާނީމެން ޝިއުރީއާއި އަރާ ހަމަވުމުން ތިން ކުދިން އެކީ ދުއްވައިގަތެވެ. ފަޔަށް ލެވުނުހާ ބާރެއް ލައިފައި ތިންކުދިން ދުވަމުން ދިޔައިރު ބިރުންގޮސް ތިބީ ރޮވޭވަރުވެފައެވެ. ދުވެ ދުވެ ނޭވާވެސް ކުރުވާ ހިސާބަށް ގޮއްސިއެވެ. އަޔާނީއަށް އިރުއިރުކޮޅާ ފަހަތް ބަލާލެވެއެވެ. އޭރުވެސް އެބިރުވެރި އެތި ފަހަތުން އަންނަމުންދެއެވެ. އަޔާނީގެ ހަނދާނަށް އައީ ކުރީ ރެއަކު އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެވެ. އޭތީގެ ކިބައިން ސަލާމަތްކޮށްދެއްވުން އެދި، އޭނާ، ހިތާހިތުން މާތް ﷲ ގެ ޙަޟްރަތަށް ދުޢާކޮށްލިއެވެ.  ފަހަތް ބަލަމުން ދުވުމުގެ ސަބަބުން އަޔާނީގޮސް ލައިގަތީ ޝިއުރީގެ ގައިގައެވެ. ކުއްލިއަކަށް އަޔާނީ އައިސް ޖެހިގަތުމުން، ފައިހަމަ ނުކުރެވިގެން، ޝިއުރީ ބަނޑުވަތަށް ވެއްޓުނެވެ. ވެއްޓުންވަގުތު އެތާގައި އޮތް ގައުގަނޑެއްގައި ޖެހިފައި ޝިއުރީގެ ދަތްދޮޅި ފަޅައިގެން ގޮސް ލޭއަންނަން ފެށިއެވެ. ވީތަދުންނާއި ބިރުގެންފައި ހުރިވަރުން ޝިއުރީއަށް ރޮއިގަނެވުނެވެ. އަޔާނީއާއި، މިޝްޔާ ޝިއުރީއަށް ތެދުވުމުގައި އެހީވިއެވެ. އެވަގުތުކޮޅުވެސް އަޔާނީއަށް ބަލާލެވުނީ އެބިރުވެރި އެތި ކޮބައިތޯއެވެ. އޭރު އެ އެއްޗަށްވަނީ އަޔާނީމެންނާއި ދާދި ގާތަށް އާދެވިފައެވެ. އެހެން ކަމުން ތިން ކުދިން ބެލީ މިޝަލްމެން ތިބި ދިމާއަށް އަވަހަށް ދެވޭތޯއެވެ. އެރަށަށް ފުދޭ ވަރަކަށް ގިނައިން ދެވިފައިވުމުން، އެކުދިންނަށް އެރަށުގައި ކޮންމެވެސް ވަރަކަށް ހިނގަން އެނގެއެވެ. މާގިނައިރެއްނުވެ، ދެން، މިޝަލްމެން ތިބި ތަނަށް ދެވިދާނެކަން އެނގުމުން އެކުދިން އިތުރު ހިތްވަރެއްލާފައި ދުވެވުނު އެންމެ ބާރަކަށް ދުވަމުން ދިޔައެވެ.

******

 

“ދޮންބޭ…. ޒީކް…..” މިޝަލްމެން ފެނުމުން މިޝްޔާ ބާރަށް ހަޅޭލަވައިގަތެވެ. އޭނާގެ ގައިގައި ދެން އިތުރަށް ދުވާނެހާ ވަރެއް ނެތެވެ. އޭރު ޝިއުރީވެސް ވަރުބަލިވެފައިހުރިވަރުން ބިންމަތީ ދެކަކޫ ޖަހައިގެން އިށީނެވެ. އަޔާނީވެސް ބަނޑުގައި އަތްއަޅައިގެން ގުދަށްއޮވެ، ފަހަތް ބަލާލިއެވެ. ނަސީބަކުން އެބިރުވެރި އެތި ފެންނާކަށް ނެތެވެ. އަޔާނީއަށް ހަށިފުރާ ނޭވާއެއް ލެވުންއިރު، އަފްލާކް އައިސް ކުރިމަތީގައި ހުއްޓެނީއެވެ. ބިރުގެންފައި ހުރި އަޔާނީ އަފްލާކްގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލަމުން ކުޑަކުއްޖެއްހެން ފަހަތަށް އިނގިލި ދިއްކުރަންފެށިއެވެ. ބިރުގެންފައި ހުރިވަރުން އޭނާގެ އަނގައިން ބަހެއް ބޭރުވާގޮތެއް ނުވިއެވެ. މިޝަލަށް މިޝްޔާގެ ކައިރިއަށް އާދެވުނީ ހަމަކިރިޔާއެވެ. ވަރުދޫވެގެން ވެއްޓެންދިޔަ މިޝްޔާގެ ގައިގައި އޭނަ ހިފަހައްޓާލުމުން، މިޝްޔާ އޭނާގެ ގައިގައި ބާރަށް ބައްދާލަމުން އަޑުން އަޑުނަގާ ރޯންފެށިއެވެ. އޭނާއަށްވެސް ވީގޮތް ކިޔައިދެވޭ ވަރެއް ނުވިއެވެ. މިޝަލަށް ދެން ބަލާލެވުނީ ބިންމަތީ އިށީނދެގެން އިން ޝިއުރީއަށެވެ. އޭރު ޝިއުރީގެ ދެފަރާތުގައި ތިބެގެން ނަހީކާއި ޝައިމަން ވެގެން އުޅޭގޮތެއް އޮޅުންފިލުވޭތޯ ބަލަމުން ދިޔައެވެ. ޝިއުރީއަށްވެސް އަނގައަކުން ނުބުނެވުނެވެ. އަޑު ނުވީއްލިކަމުގައިވިޔަސް އޭނާގެ ދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ އަންނަމުންދެއެވެ. ދަތްދޮޅި ފަޅައިގެން ގޮސްފައިވާތަނުން ލޭ މަނާވެފައިވީނަމަވެސް، އެތަން ހުރީ ދުޅަވެފައެވެ. ނަހީކް އައިސްބޮކްސްއިން ގަނޑުފެންފުޅިއެއް ގެނެސް އެތާ ޖައްސަންފެށިއެވެ.

 

“މިޝް ނުރޮއި ބުނެބަ ވީގޮތެއް…..” ރޮމުން ދިޔަ މިޝްޔާގެ ބުރަކަށީގައި ފިރުމާލަމުން ޒިކާން އަހާލިއެވެ. މިޝްޔާ، މިޝަލްގެ ގައިން ދޫކޮށްލަމުން ވީގޮތް ކިޔައިދދޭން މަސައްކަތްކުރިއެވެ.

“އަންނަނީ…. އޭތި…. އޭތި……” ކުއްލިއަކަށް ހުރެފައި އަޔާނީ ގަސްތަކާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަފްލާކްގެ ފުރަގަހަށްވަދެ، އޭނާގެ އަތުގައި ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާ ބާރުކޮށްލިއެވެ. އޭރު އޭނާއަށްވެސް ރޮވިއްޖެއެވެ. އަޔާނީގެ އަޑަށް އެންމެން އެދިމާ ބަލާލިއެވެ. ގަސްތަކުގެ ތެރެއިން ނުކުތް ބިރުވެރި ސިފައެއްގައި ހުރި މަހްލޫގު ފެނުމުން އެންމެންވެސް ޖެހިލުންވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ސާޔާ..(3)

Next

ހިތުގެ މިލްކުވެރިޔާ (ތޭރަ ވަނަބައި)

Next
August 6, 2017

ހިތުގެ މިލްކުވެރިޔާ (ތޭރަ ވަނަބައި)

Previews
August 6, 2017

ސާޔާ..(3)

67 Comments!

  1. Eemyaa says:
    August 6, 2017 at 3:54 pm

    Hei friends 🙂
    kihinehtha hurihaakudhin??
    Vaahakaige 8 vana part, heekuran mi part ves kamudhaane kamah
    Mi partga kuh huredhaane, faahaga vejja bunela dhehchey 🙂 🙂
    Baaja veri dhuvahakah edhen
    V vedhun

  2. Navii says:
    August 6, 2017 at 4:13 pm

    Wow.. Vvvv nice

    1. Eemyaa says:
      August 6, 2017 at 8:07 pm

      Thanks Navii ??

  3. Miny says:
    August 6, 2017 at 4:32 pm

    Nice. Varah intresting. Komme dhuvahaku genesdhey nama

    1. Eemyaa says:
      August 6, 2017 at 8:07 pm

      Thanks Miny ??

  4. khajja says:
    August 6, 2017 at 5:55 pm

    Wow masha allah v rythi v interesting when nxt prt avahah up koh dhehchey plx plx??❤❤❤??????????????

    1. Eemyaa says:
      August 6, 2017 at 8:09 pm

      Thanks khajja ??
      Next part on Tuesday ?

  5. song joong ki..KOREAN says:
    August 6, 2017 at 6:25 pm

    hahahahahaha . heee heee halaaaaku. haadha majaleyyy. tst thereyvx mi vaahaka kiyaa hithun nuhurevigen site ah vadhely. mii hama adhi emme salhi part. yageen aee aslu jinni eh nun. e vaany miulhey myhunge therein myhakah. v salhi ingey mi part

    1. Cher says:
      August 6, 2017 at 6:58 pm

      hei where is your promise??
      u told u’ll comment in korean this time..
      btw vrh salhi mi part vxx..wonder what was that thing after them.. when next part??
      thankolheh avahah up kohdhehche~~

    2. song joong ki..KOREAN says:
      August 6, 2017 at 7:46 pm

      sorry dear. test there vyma handhaanvx nethuny n dhn anna part ehga surely i’ll try to comment. 🙂 🙂

    3. Adha? says:
      August 6, 2017 at 8:54 pm

      S.J.K u knw hw to talk in korean..? wow.. cool?

    4. Eemyaa says:
      August 6, 2017 at 9:28 pm

      Alhey asluves tha song ?
      Thanks alott ☺☺
      Haha lets see dw?
      Anyway good luck for ur exam

    5. Eemyaa says:
      August 6, 2017 at 9:29 pm

      Song handhaan nethuny ey dw mifaharu hehe ?
      Thanks Cher ?
      Next part on tuesday ?

    6. song joong ki..KOREAN says:
      August 6, 2017 at 10:14 pm

      yes Adha 😉 😀 thanks eem 🙂 dhn anna episode ehga korean in. 😉 😉

    7. 1997women says:
      August 7, 2017 at 12:11 am

      Aigesinmidha ??

    8. Eemyaa says:
      August 7, 2017 at 11:57 am

      1997women e buny kyko
      A e korean in dw

    9. 1997women says:
      August 7, 2017 at 12:30 pm

      Yea.. That means i understand ?

    10. Eemyaa says:
      August 7, 2017 at 1:33 pm

      Wow gadha ingey ???

  6. Blue lover says:
    August 6, 2017 at 6:46 pm

    Wow varah salhi
    When next part??

    1. Eemyaa says:
      August 6, 2017 at 9:30 pm

      Thanks Blue Lover ?
      Next part on tuesday ?

  7. Adha? says:
    August 6, 2017 at 7:06 pm

    E vaany e eashaa gandah.. ?eyee huri fureytha akee.. hehe.. ? eem.. haadha majaley mi part… heehee halaaku vejje.. best picnic ever in a story? varah handhaan vejje.. my first picnic with my classmates mathin?.. love this story❤ keep it up dear..
    Waiting eagerly for next part❤❤❤

    1. Eemyaa says:
      August 6, 2017 at 9:32 pm

      Haha v funny Adha ??
      Oww wow thank you ❤❤❤
      Thanks alot dear ☺☺☺

  8. Kiara says:
    August 6, 2017 at 7:35 pm

    Olhun bolhun araa..ehaa gina meehun viyya..
    Effaharu kiyaigen get nuvegen dhethin faharu kiyan jehey..
    Dhn anehhen drama gadeh viyya bodu..
    Ekmvs reethi ingey..
    Ehaa kanthah bodu nukoha mi vaahaka kuriyah dhaane kamah mi balanee

    1. Eemyaa says:
      August 6, 2017 at 9:39 pm

      Ohh ?
      Feshigen keenama understand vaane kanne
      Dhn 4 kujjehge life ge vaahaka liyaa iru meehun ves gina vaanethaa dw ☺
      Dhn ekmves vaahaka reethi v ma v ufaa vejje thanks ???
      Eem plan kohfa in gothah hama vaahaka kuriyah gendhaanan ?
      Heekuran kuriah huri part thah kiara ah kamudhaane kamah ??

  9. Zish says:
    August 6, 2017 at 7:42 pm

    Hama thedheh mi easha gandah rangalhu filaavalheh dheyn jeheyny..e fureytha aky ves easha gandu kamah vaany..easha gandaky asluves fureythaeh viyya..hahaaha…dhn zish dhaany easha gandah jessun kuran shaun easha gandah kameh vyma….hihihihihi…btw mi part kiyaafa hemun hemun gos bandah ves thadhu vejje..vvvvv reethi…mi vaahaka kiyaahithun maruvanyyyyyy

    1. Eemyaa says:
      August 6, 2017 at 10:08 pm

      Haha Zish ulhebala eesha ah rangalhu filaavalheh nagaidheyn.. eyna islaah kuran eba jeheynu kiki ?
      Owww alhe bandah thadhu v ma v dhera dw sorry
      Anyway v happy vejje vaahaka thihaa kiyaa hithun huryma ??
      Thanks alott Zish ???

    2. 1997women says:
      August 7, 2017 at 12:14 am

      Eesha rangalhu vaany iyaaz rr thai kuryma…. V majaa vaane eyrun adhi miah vuren vx ???

    3. Eemyaa says:
      August 7, 2017 at 11:58 am

      Haha asluves dw

  10. Zish says:
    August 6, 2017 at 7:45 pm

    E vaany hama e easha gandah…eii asluves fureytha eh viyya..hahahaha..shaun thi fureytha gandaa rulhi vebala..kekekeke…vvvv reethi

    1. Eemyaa says:
      August 6, 2017 at 9:40 pm

      Lets see dw Zish ? haha
      Thanks Zish ???

  11. click a shot ? says:
    August 6, 2017 at 8:03 pm

    V.reethi mi part ves…one of my fav?

    1. Eemyaa says:
      August 6, 2017 at 10:09 pm

      Owww thanks alott dear ???

  12. Xna says:
    August 6, 2017 at 8:56 pm

    V majaa?..?I think iyaaz GE kameh hen.eyna vihyya aee enmen biruganna dhuraalaa ready fake meedha ehcehhi ves hifaagen…nice stry

    1. Eemyaa says:
      August 6, 2017 at 9:43 pm

      Haha iyaz ge kamakah nuve ves hingaidhaanu ?
      Lets see dw dhn kiki ?
      Thanks Xna ???

  13. Aireen says:
    August 6, 2017 at 9:18 pm

    Omg hee hee halaaku vaavaru vehje?? v majaa and kaakubaa ayaani men fahathun eaee waiting for nxt part v cute stry eh☺☺

    1. Eemyaa says:
      August 6, 2017 at 9:45 pm

      Oww thanks Aireen ???
      Lets see dw. Gaimuves next part in engeyne ?

  14. song joong says:
    August 6, 2017 at 10:16 pm

    oppa .中国when next part mihaaru story kiyaaa hithun hurevey vareh vesss noon…. 囍11囍

    1. song joong ki..KOREAN says:
      August 6, 2017 at 11:11 pm

      hahaha v gina twins in libijje 😉

    2. Adha? says:
      August 6, 2017 at 11:37 pm

      Oh god.. i was that was u S.J.K.. nw mi ulheny S.J eh dw.. S.J can u translate that to english.. or korean in word kiyaa goiy english in nuliyeveynetha.. i love to learn new languages?

    3. Adha? says:
      August 6, 2017 at 11:40 pm

      Thought*

    4. Eemyaa says:
      August 7, 2017 at 12:02 pm

      Oww song joong another korean ?
      Next part on tuesday ?
      V ufaavejje vaahaka thiha kiyaa hiyy v ma ?
      Btw oppa muhaathab kurany firihenun ah nuntha ?

  15. .中国囍song joong.中国 says:
    August 6, 2017 at 10:26 pm

    oppa wn next part囍囍.中国☺??

  16. .中国囍song joong.中国 says:
    August 6, 2017 at 10:30 pm

    oppa wn next part囍囍.中国☺??oppa 囍囍O(-人-)O考神保佑

    1. song joong ki..KOREAN says:
      August 6, 2017 at 11:10 pm

      hahahaha

    2. Adha? says:
      August 6, 2017 at 11:43 pm

      Mi adhi ehen kujje dw.. huss song joong..

    3. Eemyaa says:
      August 7, 2017 at 12:04 pm

      Next part on tuesday ?
      Dhen liyefa huri ehchehi neyge kiyaakah dear

    4. song joong ki..KOREAN says:
      August 7, 2017 at 12:34 pm

      oppa. korean dhaskuran ulhey avahaa 😉 😀

  17. Aif says:
    August 6, 2017 at 10:56 pm

    Kon handi gandehtha eii? ? poor girls?? meedhaa bai was v majaa
    . ??keep it up l!! Waiting for the next part ..

    1. Eemyaa says:
      August 7, 2017 at 12:05 pm

      Haha asluves dw ??
      Thanks Aif ?

  18. Sidhu says:
    August 6, 2017 at 11:15 pm

    Obiness to the maxxxxxxxx story v salhi. ….bt 1 mistake faahaga vi yalvee name in thanenga yanaal beynun kurevifa iny bt v obi. .ok eam gud nyt bye

    1. Eemyaa says:
      August 7, 2017 at 12:07 pm

      Thanks Sidhu ??
      Oww e than rangalhu kohlaanan ingey..
      Thank you Sidhu ethanko bunelaidhinyma ☺?☺?

  19. cha,, says:
    August 7, 2017 at 2:12 pm

    Nice

    1. Eemyaa says:
      August 7, 2017 at 2:17 pm

      Thanks cha

    2. Eemyaa says:
      August 7, 2017 at 2:18 pm

      ?

  20. Lillyloly says:
    August 7, 2017 at 3:02 pm

    Mi parts vx v v v nyc cant wait for tommorow……… Love it ???

    1. Eemyaa says:
      August 7, 2017 at 7:49 pm

      Thanks lillyloly ??

  21. song joong ki..KOREAN says:
    August 7, 2017 at 3:44 pm

    eonje da- eum bubun-eun chin- aehaneun????? ( when next part dear????? 🙂 )

    1. click a shot ? says:
      August 7, 2017 at 7:00 pm

      (Da-eum bubun-I chin-as hal ttae)aee ehnuntha when next part dear ge Korean language aki..I think so

    2. song joong ki..KOREAN says:
      August 7, 2017 at 7:54 pm

      may be. lets consider both as correct 🙂 🙂 🙂

    3. click a shot ? says:
      August 8, 2017 at 3:23 pm

      Ehchekey hinukurachey….edhen i korean language dhaskuri gothaa and thafaarhu veema buneladhinee …actually even i also know some about korean languge….hehe…ya let’s consider both of us correct ?☺️

    4. song joong ki..KOREAN says:
      August 8, 2017 at 6:15 pm

      ofcourse ehkahchekeyvx hiyeh nukuran 🙂 😀 hey are u also a big fan if korean series??

    5. click a shot ? says:
      August 8, 2017 at 7:46 pm

      Yeah??same fans.

    6. song joong ki..KOREAN says:
      August 8, 2017 at 9:37 pm

      Ohh!! great. 🙂 😉

  22. Aree says:
    August 8, 2017 at 1:18 pm

    Mi part vex Vvv nice ingry eem
    Avahah next part up kohladheeeeba????????????

    1. Eemyaa says:
      August 8, 2017 at 5:56 pm

      Thanks Aree ??

  23. Shadhyha says:
    August 8, 2017 at 2:18 pm

    Vrh reethi
    Kiyaalaa hithun kiyaa levey

    1. Eemyaa says:
      August 8, 2017 at 5:56 pm

      Thanks Shadhyha ?☺?

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނުވަވަނަ ބައި)←


All Right Reserved!