އެންމެން ދަތުރުގެ ވާހަކަ ދައްކާތީ ޔަލްވީއަށް އުނދަގޫވިއެވެ. އޭނާ ދަތުރު ދާން ބޭނުން ނުވާތީއެއް ނޫނެވެ. އޭނާއަށް ދެވެން ނެތީމައެވެ. މަންމަގެ ހުއްދަ ލިބެން ނެތީމައެވެ.
“އަހަރެން ނުދަން….” ޔަލްވީގެ ޖަވާބު ކުރެވެ.
“ކީއްވެ؟؟؟؟ ހިނގާބަ ދާން…. ވަރަށް މަޖާވާނެ…..” ޝައުނަށް ބަލަހައްޓައިގެން ޔަލްވީއަށް ހުރެވުނީ، އެ ޖުމަލައިން ނަގަންވީ ކޮން މާނައެއްކަން ނުވިސްނުމުންނެވެ. އެހެން ހުއްޓާ ސިހުނީ ޝައުންގެ ނަމުން މީހަކު ގޮވާލުމުންނެވެ. ދެމީހުންނަށް އެއްފަހަރާ އަޑުއައި ދިމާއަށް ބަލާލެވުނެވެ.
އީޝާ، އެދިމާއަށް އަންނަތަން ފެނުމުން ޔަލްވީބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. އެހެންނޫނީ އީޝާ އައިސް ބޮޑު ކަންތައްގަނޑެއް ހިންގާލަފާނެއެވެ. އެއްޗެހި ގޮވަން ފަށައިފިއްޔާ އެހެންމީހަކާ ދޭތެރޭ އޭނާ ނުވިސްނާނެއެވެ. ލަދުގަންނާނީ އެހެން މީހުންނެވެ. އަވަސްއަރުވާލާފައި ޔަލްވީ އުޅުނީ ލައިބްރަރީއަށް ވަންނާށެވެ. އެހެނަސް ޝައުން ގޮވާލުމުން ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ފަސްއެނބުރި ބަލާލުމުން ޝައުން ބިންމަތިން ނެގި ފޮތް ދިއްކޮށްލިއެވެ. އެވަގުތު ޔަލްވީގެ ލޮލުގައި އަޅައިގަތީ ޝައުންގެ އަނެއް އަތުގައި އޮތް ކާޑެވެ. އޭގައި ބޮޑު އަކުރުން “ހެޕީ އެނިވަރސަރީ ބޭބް” ޖަހާފައިވާ ލިޔުންކޮޅު ފެނުމުން ޔަލްވީގެ ހިތަށް ތަދުވިއެވެ. މުޅި ދުނިޔެއިންވެސް އޭނާއަށް މިހާތަނަށް ފެނުނު އެންމެ ރީތި އަދި އެންމެ ކަމުދާ ފިރިހެނާއަކީ އެހެން މީހެއްގެ ޙައްޤަކަށްވުމުން ޔަލްވީ ދެރަވިއެވެ. ހިތުގައި ޖެހޭގޮތްވިއެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ޝައުންގެ އަތުން ފޮތް އަތުލުމަށްފަހު، އޭނާ ލައިބްރަރީއަށް ވަނެވެ.
“ކީކޭ ކިޔާފަ އޭނަ އެދިޔައީ…..” ޝައުނާއި އަރާ ހަމަވުމުން ލައިބްރަރީއަށް ވަދެގެންދިޔަ ޔަލްވީއަށް އިޝާރާތްކޮށް އީޝާ އަހާލިއެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައިކަން މޫނުމަތީގެ ކުލަވަރުތަކުން ހާމަކޮށްދެއެވެ.
“އެއީ ދަތުރު ދާވާހަކަ….” އީޝާއާއިއެކު މަދަރުސާއިން ނުކުންނަން ހިނގައިގަންނަމުން ފިނި ގޮތަކަށް ޝައުން ބުނެލިއެވެ.
“އޭނަވެސް ދަތުރު ދޭތަ….؟؟؟ އަހަރެން ވަރަށް ފޫހިވޭ ޝައުން އަބަދު އޭނައާއި ވާހަކަ ދައްކާތީ…. އިއްޔެވެސް ލައިބްރަރީގައި ދެމީހުން ވާހަކަ ދައްކަން ތިއްބާ ފެނުން ވާހަކަ ޖިނާ ބުނި….” އީޝާ ޝަކުވާ ކޮށްލިއެވެ.
“ހެހެހެ…. ކަމް އޯން ބޭބީ…. އަހަރެން އޭނައާއި ވާހަކަ ދެއްކީމަ އީޝް ކީވެތަ ރުޅިއަންނަނީ…. އެހެން އަންހެން ކުދިންނާވެސް އަހަރެން ވާހަކަ ދައްކަމެއްނު…. ކޮބާ އެހެން ކުދިންނާ އޭނައާއި ހުރި ތަފާތަކީ…..” ކަމަކަށް ނުވާކަހަލަ ކަމަކާ އީޝާ ޝަކުވާ ކުރުމުން ޝައުންގެ ގާތަށް ހިނިއައެވެ.
“ނޭނގެ އަހަންނަކަށްވެސް…. އެހެން އަންހެންކުދިން ބަލާ ގޮތަކަށް ނޫން އޭނަ ޝައުންއަށް ބަލަނީ…. އަހަންނަށް ފާހަގަ ކުރެވޭ….” އީޝާއަށް ވިސްނެމުންދިޔައީ ޔަލްވީއާއި ދޭތެރޭގައެވެ. ޔަލްވީގެ ނަން ކިޔަންވުމުންވެސް އޭނާގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
“ތިވާނީ އީޝްއަށް ހީވާ ގޮތަކަށް… އެހެން ނޫނަސް އޭނަ ދަތުރުގައިވެސް ބައިވެރިއެއް ނުވެއޭ….” ޔަލްވީ ދަތުރު ނުދާކަން އެނގުމުން ވީ އުފަލެއްގެ ބޮޑުކަމުން އީޝާ ދަތްތައް ފެންނަވަރަށް ހީލިއެވެ. އީޝާގެ ހަރަކާތްތަކަށް ބަލަން ހުރި ޝައުން ހިނިތުންވެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ކާޑު އީޝާއަށް ދިއްކޮށްލިއެވެ. އެއާއިއެކު އީޝާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީ އަތްއަޅާލިއެވެ. އޭނާ ހުރީ އުފަލުންގޮސް ހަދާނެގޮތެއްވެސް ނޭނގިފައެވެ. ތުއިވެލަމުން ކާޑުގައި ހިފިއިރު ފޮނިވެގެންގޮސް އުޅެވޭގޮތްވެސް ނޭނގެއެވެ.
**************************
މަދަރުސާއިން އައިސް ކޮޓަރިއަށް ވަން ޝިއުރީއަށް ހުއްޓުން އެރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. ކޮޓަރީގައިހުރި އަޅި ކުލައިގެ ހެދުން އަޅުވާ އަލަމާރީގެ ދެދޮރުފަތް ހުރީ ހުޅުވާފައެވެ. އަލަމާރި ކައިރީގައި ދެފައި ވަށްކޮށްލައިގެން ޝަނާޔާ އިނެވެ. ޝިއުރީ އެތެރެއަށްވަދެ އެއްފަރާތުގައި ބަހައްޓާފައި ހުރި އޭނާގެ ކިޔަވާ މޭޒުމަތީ ދަބަހާއި ފޮތްތައް ބެހެއްޓުމަށްފަހު ޝަނާޔާގެ ގާތަށް ދިޔައެވެ. އޭރު ޝަނާޔާ އިނީ އަލަމާރިން ނެގި ކުޑަ ލަކުޑި ފޮށްޓެއް އުނގަށްލައިގެން އެ ހާވާށެވެ. ކައިރީގައި ފަތްޖަހާފައިހުރި އަންނައުނުތަކަކާއި ބެޑްޝީޓްތަކެއްވެސް ބަހައްޓާފައި ހުއްޓެވެ.
“ދޮންތާ…. ތީ ކޮންކަމެއް…..؟؟؟؟” ޝަނާޔާ ކުރާކަމެއް ބަލާލުމުގެ ބޭނުމުގައި ކުޑަކޮށް ބޯ އަރިކޮށްލަމުން ޝިއުރީ ސުވާލުކޮށްލިއެވެ. ޝިއުރީ އެތަނަށް އައިކަން ޝަނާޔާއަށް ރޭކާލީވެސް ދެނެވެ. އެއްޗެއް ހޯދަނީކަމުގައި ބުނެ އޭނާ ޝިއުރީއަށް އަވަސް ނަޒަރެއް ދިނެވެ.
“ކޯއްޗެއް….؟؟؟؟ އަހަރެން ކައިރީވެސް ބުނެލައިގެން އުޅެބަލަ….” އެނދުގައި އިށީނދެ އިސްޓާކީން ބާލަމަން ޝިއުރީ އިތުރު ސުވާލެއް ކޮށްލިއެވެ.
“އަހަރެން ޔައީޝް އަތުން ގެނައި ޕެންޑްރައިވް ލެވުން ތަނެއް ނޭނގިގެން މިއުޅެނީ….” އަތުގައި ހުރި ލަކުޑި ފޮށި ލައްޕާލުމަށްފަހު، އަލަމާރިއަށްލަމުން ޝަނާޔާ އިންތަނުން ތެދުވިއެވެ. އަދި ތިރީގައި ބަހައްޓާފައިހުރި އަންނައުނުތަކާއި ބެޑްޝީޓްތައްވެސް ނަގާ އަލަމާރި ތެރެއަށް ގަންނުވާލުމަށްފަހު ދޮރުލައްޕާލިއެވެ.
“ޝިއު ދެކުނިންތަ އެ ޕެން….؟؟؟؟ އަލަމާރިއާއި ޖެހިގެން ހުރި ރީތިވާމޭޒުގެ ދަމާ ވަތްގަނޑު ހުޅުވާލަމުން ޝަނާޔާ އަހާލިއެވެ.
ޝިއުރީ އުޅުނީ “ނުދެކެމޭ” ބުނާށެވެ. އެނދުމަތީގައި އޮތް ލެޕްޓޮޕް އޭނާގެ ލޮލުގައި އަޅައިގަތީވެސް އެވަގުތުއެވެ. އެއާއިއެކު ޝިއުރީގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ޝަނާޔާ ހޯދަމުންދާ ޕެންޑްރައިވް އެއޮތީ ލެޕްޓޮޕަށް ޖަހާފައެވެ. “މީތަ ތި ހޯދާ ޕެންއަކީ…..” ޕެން ދައްކާލަމުން ޝިއުރީ އަހާލިއެވެ. ޝަނާޔާ ފުންނޭވާއެއް ބޭރުކޮށްލީ އެ ހުރިހާއިރެއްވަންދެން އޭނާ ހޯދި ޕެން ފެނުމުންނެވެ. އަދި ހިނިތުންވެލައިގެން ހުރެ ޝިއުރީއާއި ދިމާއަށް ދަމުން ބޯޖަހާލިއެވެ. ނަމަވެސް، ޝިއުރީ ހުޝިޔާރުކަމާއިއެކީ މުށުތެރެއަށް ޕެންލަމުން، ޝަނާޔާގެ އަތު ނުވާންވެގެން ކޮޓަރި ތެރޭގައި ދުވަންފެށިއެވެ. ޝިއުރީ ދުވަން ފެށުމުން ޝަނާޔާވެސް މަޖާވެފައި އޭނާގެ އަތުގައި ޖެހުން އެއްޗެއް ޝިއުރީއާއި ދިމާއަށް އުކަން ފެށިއެވެ. ސަކަރާތް ޖަހަމުންދިޔަ ދެމީހުންނަށް ހުއްޓުން އެރީ ޝަނާޔާ އެއްލި ބޮޑީސްޕްރޭފުޅިން ޖެހި ފާރުގައި ހަރުކޮށްފައިވާ ގަޑި ވެއްޓި ތަޅައިގެން ދިޔުމުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. ދުރަށް ވިއްސައިގެން ގޮސްފައިއޮތް ސްޕްރޭ ފުޅި ނެގުމަށްފަހު ޝިއުރީ އަވަސްވެގަތީ އެކި ދިމާއަށް ވިއްސައިގެން ގޮސްފައި ހުރި ބިއްލޫރިތައް ހޮވާށެވެ. ޝަނާޔާ ހަދާނެ ގޮތެއް ނޭނގިފައި އެނދުގައި އިށީނެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. އޭރު ދޮރުމަތީގައި ދެލޯ ބޮޑުކޮށްލައިގެން ހުރި ސަޖާޔާ ދެބުމަ ގާތްކޮށްލަމުން “ޗުސް” ތަޅާލިއެވެ.
“ނޫނޭވާ އަންހެން ދަރިއެއް މަށަށް ލިބިފައި މިހިރީ….” ދޮރުކަނީގައި އެއްއަތުން ހިފަހައްޓާލައިގެންހުރެ، އަނެއް އަތް އުނަގަނޑުގައި ވިއްދާލަމުން ރުޅި އައިސްފައިހުރި ސަޖާޔާ ވާހަކަ ދައްކަން ފެށިއެވެ. ޝިއުރީ އެއްފަހަރު ޝަނާޔާއަށް އަދި އަނެއް ފަހަރު ސަޖާޔާއަށް ބަލާލަމުން ކޮޅަށް ތެދުވިއެވެ. އެނދުގައި އިށީނދެލައިގެން އިން ޝަނާޔާވެސް ކޮޅަށް ތެދުވިއެވެ.
“ސްކޫލުން އައި ގޮތަށް ޔުނީފޯމްވެސް ނުބާލާ، އަތު ޖެހުނު އެއްޗެއް އެތަން މިތަނަށް އުކާފަ، އެވަރުން ނުވެގެން ކޮޓަރީގައި ހުރިއްޔާ ހުރި އެއްޗެއް ހަލާކު ކުރަން، ތީ އަޅެ ކުޑަ ކުއްޖެއްތަ ޝިއުރީ…؟؟؟” ސަޖާޔާހުރީ ވަރަށް ރުޅިގަދަވެފައެވެ. ޝިއުރީ ނުވެސް ކުރާކަމެއް އޭނާގެ ބޮލުގައި އެޅުވުމުން ދެރަވެ ހިތުގައި ޖެހުނެވެ. ޝަނާޔާއާއި ދިމާއަށް ބަލާލެވުނީ އޭނާގެ ދިފާއުގައި އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ޝަނާޔާ އެހުރި ގޮތަށް ހުރީއެވެ.
“މަންމާ…. އަހަ” ޝިއުރީ ބެލީ އޭނާގެ ދިފާއުގައި އެއްޗެކޭ ބުނެވޭތޯއެވެ. ނަމަވެސް ސަޖާޔާ ޝިއުރީއަކަށް އެފުރުސަތެއް ނުދިނެވެ. ޝިއުރީގެ ދެލޯ ފެންކަޅިވާންފެށުމުން ތިރީ ތުންފަތުގައި ދަތްއަޅާލަމުން ކަރުނަތައް ހިންދާލިއެވެ.
“ކޮން މަންމާއެކޭ ކިޔާކަށް…..ކަލޭގެ ބަފަޔަށް މާ ބައިވަރުތަކެއް ނުލިބެއޭ، ގޭގަ ހުރި އެއްޗެހި ހަލާކު ކުރަމުން ތިދުވަނީ…. ކަލޭ ކިޔެވުމުގެ ކަންތަކާއި، ގޭގެ ޚަރަދުތައް ހިފަހައްޓާލެވެނީމި، ޝައިމަން އާއި ޝަނާޔާ ވަޒީފާއަށް ގޮސްގެން ފައިސާ ހޯދާތީ….. އެވަރުންވެސް ކަލޭ ތިއުޅެނީ ގޭގަ ހުރިއްޔާ ހުރި އެއްޗެއް ހަލާކު ކުރެވޭތޯ…..” ސަޖާޔާ އޭނާގެ ދުލަށް އައިހާ އެއްޗެއް ގޮވަމުން ދިޔައިރު ރޮވެން ކައިރިވެފައިހުރި ޝިއުރީ ރުޅިގަދަވާން ފެށީ ސަޖާޔާގެ ވާހަކަ ތަކުންނެވެ.
“ހަމަ ކަމެއް ވާއިރަށް ދޮންބެއާއި ދޮންތަ ވަޒީފާއަށް ގޮސްގެން ފައިސާ ހޯދާ ވާހަކަ މަންމަ ދައްކާނެ….. އަހަންނަށް އަދި ފައިސާ ނުހޯދިފައެއް ނެތެންނު… އެހެން ނޫނަސް އަހަނެއް ނޫން…” މިފަހަރުވެސް ޝިއުރީ ވާހަކަ ދައްކަ ދައްކާ ހުއްޓާ ސަޖާޔާ އޭނާ ހުއްޓުވިއެވެ.
” މިހިރި ކުއްޖާގަނޑު އަދި ލަދުކުޑަކަމުން އެބަ މަށާ ޒުވާބުކުރޭ….. ގައިމު އަހަރެން އެހުރީ ތީގެ ދޮށްޓަށް ދެދަރީން ބޮޑު ކޮށްފައި…. އެމީހުން މަށާ ޒުވާބެއް ނުކުރޭ…. ލަދު ހަޔާތް ކުޑަކަމުން ޒުވާބުކުރަނީތި…..” ކުރިޔަށް ވުރެ ބާރަށް ސަޖާޔާ ވާހަކަ ދެއްކުމުން ޝިއުރީއަށް އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ނަމަވެސް އޭނާގެ ރުޅި ފިނިވާ ގޮތެއް ނުވިއެވެ.
“ޔުނީފޯމް ބަލައިގެން ތި އެއްޗެހިތައް ނަގައި ކޮޓަރި ސާފުކުރަން އުޅޭ….” މިހެން ބުނެފައި ސަޖާޔާ އެތަނުން ނުކުމެގެން ދިޔައީއެވެ. ސަޖާޔާ ނުކުމެގެން ދިޔުމުން ރުޅި މޫނު ހަދާލައިގެން ހުރެ ޝިއުރީ ބަލާލީ ޝަނާޔާއަށެވެ. ޝިއުރީ ހުރީ ޝަނާޔާދެކެވެސް ރުޅި އައިއްސައެވެ. މަންމަ އޭނާއާއި ދިމާއަށް އެހުރިހާ އެއްޗެއް ގޮވާފައި ދިޔައިރުވެސް ޝަނާޔާ އެއްޗެކޭ ނުބުނެ ހުރުމުންނެވެ. އަދި ޝަނާޔާ ކުރި ކަންތަކުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުމުންވެސް މެއެވެ.
“ޝިއު….” ޝަނާޔާ ކުރިޔަށް ފިޔަވަޅެއް އަޅާލަމުން ޝިއުރީއަށް ގޮވާލިއެވެ. ނަމަވެސް ރުޅިއައިސްފައި ހުރި ޝިއުރީ އެއަޑެއް ނޭހިއެވެ. އަތުގައި އޮތް ބޮޑީ ސްޕްރޭފުޅި ހޫރާލުމަށްފަހު، ޕެންޑްރައިވް އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ދުންޖަހާފައި ގޮސް ފާހާނާއަށް ވަދެ “ބަން”ލާފައި ދޮރު ލެއްޕިއެވެ.
****************************
ފެންވަރާލައިގެން ފާހާނާއިން ނުކުތް ޔަލްވީއަށް، އޭނާގެ ކިޔަވާ މޭޒުމަތީގައި އޮތް ޑެއިރީ މިލްކް ޗޮކްލެޓް ފެނުމުން އެއާއި ދިމާއަށް ހިނގައިގަނެވުނެވެ. ޑެއިރީ މިލްކް ޗޮކްލެޓަކީ އޭނާއަށް އެންމެ މީރު ޗޮކްލެޓެވެ. ޔަލްވީއަށް އެއީ އޭނާގެ މަންމަގެ ކަމެއްކަން އެނގުނެވެ. އޭނާ ރުޅިއައިސްގެން އުޅޭ ކޮންމެ ފަހަރަކު، އޭނާގެ ރުޅިމަޑުކުރުމަށް ނޫރައިން ބޭނުންކުރާ އުކުޅަކީ އެއީއެވެ. މޭޒުމަތީގައި އޮތް ޗޮކްލެޓް ނަގަމުން ޔަލްވީ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެހެންކަމުން އޭނާގޮސް ބޮޑަށް ދޮރު ހުޅުވާލުމަށްފަހު، އައިސް އެނދުގައި އިށީނެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދޮރާއި ދިމާއަށެވެ. މާގިނަ އިރެއްނުވެ، ދެން ފެނުނީ ނޫރައިން ދޮރުކަނިން ބޯ ދިއްކޮށްލިތަނެވެ. ޔަލްވީ އެގޮތަށް ކަންތައްކުރީ މަންމަ ދޮރު ކައިރީގައި ހުރިކަން އެނގުމުންނެވެ. އިރުކޮޅަކު ބޯދިއްކޮށްގެން ހުރުމަށްފަހު، ލަސްފިޔަވަޅުތަކެއް އަޅަމުން ނޫރައިން އެތެރެއަށްވެދެ ޔަލްވީއާއި ދާދި ގާތުގައި އެނދުގައި އިށީނެވެ.
“މަންމާ…. މިގޮތަށް ޔާލް ރުއްސާކަށް، ޔާލް މީ މިހާރު ކުޑަކުއްޖެއް ނޫނޭ…..” އަތުގައި އޮތް ޗޮކްލެޓް ދައްކާލަމުން މަޑުމައިތިރިކަމާއިއެކު ޔަލްވީ ބުނެލިއެވެ. ޔަލްވީއަށް ބަލަން އިން ނޫރައިން ހިނިތުންވެލިއެވެ.
“މައިންނަކަށް ދުވަހަކުވެސް ދަރިންނެއް ބޮޑެއް ނުވާނެ…..” ނޫރައިން ޔަލްވީގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ.
“މަންމައަށް ޔާލް ބޮޑު ނުވިޔަސް ޔާލް މީ މިހާރު ކުޑަކުއްޖެއް ނޫން…. ޔާލްއަށް އަށާރަ އަހަރު ފުރިއްޖެ…. އަނެއްކާ އަންނަ އަހަރު މެދުތެރޭ ކިޔަވާވެސް ނިމޭނެ….. ދެން ކީއްވެތަ މަންމަ، ޔާލްއަށް މިނިވަންކަން ނުދޭން ތިއުޅެނީ….” ޔަލްވީ ޝަކުވާ ކޮށްލިއެވެ.
“ދަރިފުޅަށް ހަމަ ރަނގަޅަށް އެނގޭނެ މަންމަ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންކަން……” ނޫރައިންގެ އަޑު ކުރެހިގެން ދިޔައެވެ. ޔަލްވީ އަބަދު އެގޮތަށް ޝަކުވާ ކުރާތީ އޭނާވެސް ދެރަވެއެވެ. އެހެނަސް ޔަލްވީގެ ޝަކުވާތަކަށްވުރެ އޭނާ އިސްކަންދެނީ ޔަލްވީގެ ރައްކާތެރިކަމަށެވެ.
“ސޮރީ މަންމާ…..” ނޫރައިން ދެރަވެފައި އިނުމުން ޔަލްވީވެސް ދެރަވިއެވެ. އަދި ނޫރައިންގެ ގައިގައި ބައްދާލަމުން މަޢާފަށް އެދުނެވެ.
“މަންމައަށް ހީވަނީ މަންމައަށްވެސް މާބޮޑަށްހެން ދަރިފުޅު ހިފޭއްޓެނީ…. އެހެންވެ މަންމަ މިއައީ ދަރިފުޅަށް ދަތުރު ދިޔުމުގެ ހުއްދަ ދޭން….” ނޫރައިންގެ ޖުމްލައާއިއެކު ޔަލްވީގެ މޫނުމަތި އުޖާލާވެ ތުންފަތަށް ފުޅާ ހިނިތުނވުމެއް ވެރިވެގެން ދިޔައެވެ. އަދި ޝުކުރުވެރިވަމުން އަނެއްކާވެސް ނޫރައިންގެ ގައިގައި ބައްދާލިއެވެ. އަދި އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް، ވައިބަރގެ ޒަރީޢާއިން އޭނާއަށް ދަތުރުދެވޭކަން އެކުވެރިންނަށް އަންގާލިއެވެ. ޔަލްވީގެ އުފާވެރި މޫނު ފެނި ނޫރައިންއަށްވެސް ހިނިތުންވެލެވުނެވެ. ނަމަވެސް ހިތްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ހިތާއި ދެކޮޅަށް ޔަލްވީއަށް ހުއްދަ ދެވުނީ އަބަދު ދަރިފުޅުގެ އުފާތަކަށް ހުރަސްއަޅަން ބޭނުންނުވާތީއެވެ.
**********************
“މަންމާ އަހަރެން ދަނީ…..” ކޮނޑުގައި ދަބަސް އަޅުވާލަމުން އަމްހާއަށް އަޑު އިވޭނެހެން އަޔާނީ ބާރަށް ގޮވާލިއެވެ. އަދި ހަލުވިކޮށް ގެއިން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ބަލާލެވުނީ އަމްހާ ގޮވާލުމުންނެވެ. އޭރު ކާގެއިން ނުކުމެގެން، އަމްހާ އޭނާއާއި ދިމާއަށް އަންނަނީއެވެ.
“ދަނީއޭ ބުނިއިރު އަދި ތިހުރީ ހުސްބަނޑާ…. އާދޭ ސައިބޯން….. މަންމަ މިއައީ ސައިތަށި ގިރާފަ….” އަޔާނީގެ އަތުގައި ހިފައިގެން ކާގެއާއި ދިމާއަށް އަމްހާ ހިނގައިގަތެވެ. އަޔާނީ ސައިނުބޯން ބަހަނާ ދައްކަމުން ދިޔައެވެ. ނަމަވެސް އަމްހާ އަޔާނީގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި، އޭނާ ގެންގޮސް ކާގޭ މޭޒުދޮށުގައިހުރި ގޮނޑިއެއްގައި ބޭންދިއެވެ.
“ދެން މަންމާ…. ދޯންޏަށް އަރަން އުޅޭއިރު ސައެއް ނުބޮވޭނެ…. އެކޮޅަށް ގޮއްސަ ސައިބޯނީ…. މިހާރު ޔާލްވެސް ހުންނާނީ ލަސްވެފައި…..”އަޔާނީ ސައިބޯން ބޭނުން ނުވާތީ އަނގަޔަށް ވައްތަރެއް ޖައްސާލައިގެން އިނެވެ. މޭޒުގެ އަނެއްފަރާތުގައި ސައިބޯންއިން އިޔާޒް އަޔާނީއަށް ބަލާލަމުން ލާނެއް ގޮތަކަށް ހެވިފައި އިނެވެ. އަޔާނީ އިޔާޒަށް ލޯއަޅާލަމުން އިންތަނުން ތެދުވިއެވެ.
“ޔާނީ….. ދަތުރުދާން ބޭނުމިއްޔާ ޖެހޭނީ ސައިބޯން…. އެހެން ނޫނީ ދޭ ކޮޓަރިއަށް…..” އަޔާނީ ތެދުވުމުން އަމްހާ އިންޒާރުދިނެވެ. އަޔާނީ ތުންކޮޅު ދަމާލަމުން އިށީނދެ ސައިތަށީގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާ ދަތުރުކުރަން އުޅޭއިރު، އެހާ ހެނދުނާ ސައިބޮއުމުން، މޭނުބައިކުރާތީ، އަރުން އެއްޗެއް އެތެރެކުރާހިތްނުވީއެވެ. ނަމަވެސް މަންމައަކީ ގޮތުގައި ހުންނަ މީހެއްކަމުން، މިއަދު ސައި ނުބޯހާ ހިނދަކު އެތަނުން ދިޔަ ނުދޭނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަމްހާ މޭޒުދޮށުން ދުރަށް ދިޔައީވެސް އަޔާނީ ސައިތަށީގައި ތުންޖެހުމުންނެވެ. ސައިތަށިން ކޯވަރެއް ބޯލުމަށްފަހު އަޔާނީ ކުރިމަތީގައި އިން އިޔާޒަށް ބަލާލިއެވެ. މާކުރިންވެސް އަޔާނީއަށް ބަލަން އިން އިޔާޒް، އަޔާނީ ބަލާލުމާއިއެކު އަޑު ނުވީއްލާ އޯކަށްދެމޭކަމަށް ހަދާ ވައްތަރު ޖައްސާލީ އަޔާނީ ރުޅިއަރުވާލުމަށެވެ. އައި ރުޅިން އަޔާނީ އިޔާޒަށް ކަޅިއަޅާލަމުން މޭޒު ދަށުން އޭނާގެ ފައިތިލައަށް އަރާ ފިއްތާލިއެވެ. ނުވިސްނާ އިން އިޔާޒަށް ހަޅޭލަވައިގަނެވުނީ ތަދުވީވަރުންނެވެ. އުނދުން ދޮށުގައި ތިބި އަމްހާއާއި ހުސްނާ އިޔާޒަށް ބަލާލިއެވެ. އޭރު އިޔާޒު އިނީ ފައިތިލައިގައި އަތުން ހިފަހައްޓާލައިގެންނެވެ. ތަދުވެފައިވާވަރު މޫނުމަތީގެ ކުލަވަރުތަކުން ހާމަވާން ހުއްޓެވެ. އަޔާނީ ލާނެއް ގޮތަކަށް ހީލައިގެން ސައިތަށީގައި ތުންޖަހާލައިގެން އިނީ ހިނިގަނޑު އެތެރެއަށް ހިންދާލައިގެންނެވެ. އަމްހާމެންނަށް ބޯހޫރާލެވުނީ، އެއީ އެމީހުންގެ އާދައަށްވުމުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ދެމީހުން ކޯޅިލާނެއެވެ. ކުރީކޮޅުގައި އެއްޗެކޭ ބުނިނަމަވެސް ފަހަކަށް އައިސް އެއްޗެކޭ ނުބުނަނީ އެހާވަރަށް ކިޔާއިރުވެސް ދެމީހުން މައިތިރި ނުވާތީއެވެ.
“ދަރިފުޅާ…. ރަނގަޅަށް އުޅޭތި….!!! ގޯސްކަމެއް ނުކުރާތީ….!!!! އަހަރެމެން ކުރާ ކޮންމެ ކަމެއް ދެނެވޮޑިގެންވާ ފަރާތެއްވާކަން ހަނދުމަކުރާތި…!!!! އިޔާ… ޔާނީއަށް ރަނގަޅަށް ބަލާތި… އަހަރެން ޔާނީ މިފޮނުވަނީ އިޔާގެ ޙަވާލުގައި….” ދެމީހުން އެއްކޮށް ތެދުވުމުން އަމްހާ އަޔާނީއަށް ނަޞޭހަތްތެރިވަމުން އިޔާޒަށް ބުނެލިއެވެ. އޭނާއާއި ވަކިން އަޔާނީ ރަށުން ބޭރަށް ދާން އުޅޭ ފުރަތަމަފަހަރުކަމުން އަމްހާ ހުރީ ކުޑަކޮށް ކަންބޮޑުވެފައެވެ. އަޔާނީ ފޮނުވާކަށްވެސް އޭނާ އެހާ ބޭނުމެއް ނުވެއެވެ. އެހެނަސް އެއްވަރުގެ ގިނަ ކުދިންތަކެއްދާތީ، އަޔާނީ ހިފަހައްޓަން ނުކެރުނީއެވެ. އެކުން ހުއްދަ ދެވުނީވެސް އިޔާޒް ދާތީއެވެ. އަމްހާގެ ބަހަށް ހިނިތުންވެހުރެ އިޔާޒް ބޯޖަހާލިއެވެ.
“އެ ކީއްވެ އިޔާއާއި އަހަރެން ޙަވާލުކުރީ…؟؟؟؟ އަހަރެން އޭނާއަށްވުރެ ބޮޑެއްނު….” އަޔާނީ ޝަކުވާކޮށްލީ އިޔާޒް ފޮނިވެލާފައި ނިއްއަރުވާލުމުންނެވެ.
“ޔާނީއަށްވުރެ އެންމެ މަހެއްނު އޭނަ ކުޑައީ…. އެހެން ނޫނަސް ތީ އަންހެންކުއްޖެއްނު… ޔާނީއަށް ރައްކާތެރިކަން ހޯދައިދިނުމަކީ އިޔާގެވެސް ޒިންމާއެކޭ…..” އަމްހާއަށް ދެފަރާތަށް ބޯހޫރާލެވުނީ އެކަހަލަ ކުދިކަންތަކާވެސް އަޔާނީ ޝަކުވާ ކުރާތީއެވެ. އަޔާނި ބަލާލުމުން އިޔާޒް އަމްހާއަށް ނުފެންނާނެހެން ވައްތާރުޖައްސާލިއެވެ. އައި ރުޅިން، އަޔާނީ އެތަނުން ނުކުމެގެން ދިޔައެވެ. އިޔާޒްވެސް ލާނެއް ގޮތަކަށް ހީލައިގެން ހުރެ އޭނާގެ ފަހަތުން ދިޔައެވެ.
********************
“މިޝް… ނަމާދުކުރާ އެއްޗެހި ދަބަހަށް ލީންތަ…؟؟؟” ދަބަސް ހިފައިގެން މިޝްޔާ ކޮޓަރިން ނުކުތުމުން ބޮޑުކޮޓަރީގައި އިން މެހެރީން ސުވާލުކޮށްލިއެވެ. މިޝްޔާ ބޯޖަހާލަމުން އައިސް މެހެރީންގެ ގާތުގައި އިށީނެވެ. އަދި ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލީ، އަދި އެއްވެސް ކުއްޖަކު ނާންނާތީއެވެ. އިރުކޮޅެއްނުވެ މިޝަލްވެސް ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ކޮޓަރިން ނުކުމެގެން އައިސް އެމީހުންގެ ގާތުގައި އިށީނެވެ.
“މިޝަލް، ދަރިފުޅުވެސް ނަމާދުކުރައްޗޭ…..”
“މަންމަ ނުބުންޏަސް އަހަރެން އެކަން ކުރާނަން…..” މެހެރީންގެ އަނެއް ފަރާތުގައި އިށީންނަމުން މިޝަލް ބުނެލިއެވެ. މެހެރީން ހިނިތުންވެލަމުން މިޝަލްގެ ބޮލުގައި ފިރުމާލިއެވެ.
“މަންމަވެސް ހިނގާ އަހަރެމެންނާއިއެކު ދާން…. ބައްޕަވެސް ރަށުގައި އުޅެނީއެއް ނޫން…. މަންމަ އެކަންޏެއްނު ގޭގަ އިންނަން ޖެހޭނީ…..” މެހެރީނަށް ބަލާލަމުން މިޝްޔާ ބުނެލިއެވެ. މިޝްޔާގެ އެދުމަށް މެހެރީން އިންކާރުކުރީ ދަތުރު ދިޔުމަކީ، އޭނާ ކުރާހިތްވާކަމަކަށް ނުވާތީއެވެ. އެވަގުތު ބައެއްގެ ހިލަންވެގެން ތިން މީހުން އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ތިބި އަޔާނީމެން ފެނުމުން މިޝްޔާ އެމީހުންގެ ގާތަށް ދިޔައެވެ.
ދަތުރު ދާކުދިން އެކި ބައިބަޔަށް މިޝްޔާމެންގޭ ދޮށަށް އެއްވަމުންދިޔައެވެ. ޝައުނާއިއެކު އެތަނަށް އައިސް ހުއްޓުނު އީޝާއަށް ޔަލްވީ ފެނުމުން މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ. ނުރުހުންވެފައިހުރެ އެހާ އަވަހަށް ބަލާލިއިރު ޝައުން ގާތުގައި ނެތުމުން އިތުރަށް ރުޅިގަދަވިއެވެ. ޝައުން ހުރީ އިޔާޒްމެން ގާތުގައެވެ.
އީޝާ ފެނުމުން ޔަލްވީގެ މޫޑުވެސް ސަކަރާތްވިއެވެ. އޭނާއަށް ދެން ހަމަޖެހިލައިގެން ޝައުނަށް ބަލާވެސް ނުލެވޭނެއެވެ. އީޝާ ހުންނާނީ އޭނާއަށް ކަޅިއަޅާލައިގެން، އޭނާގެ ހަރަކާތްތަކަށް ފާރަވެރިވެގެންނެވެ. މިހާރު މަދަރުސާގައިވެސް އީޝާ އުޅެނީ އެހެންނެވެ.
ހުރިހާކުދިން ހަމަވެ ޕިކަޕް އައުމުން ގެންދަން ބޭނުންވާ ސާމާނުތައް ޕިކަޕަށް އެރުވުމަށްފަހު، ދަތުރުގެ ހުރިހާ ބައިވެރިންވެސް ޕިކަޕަށް އެރިއެވެ.
********************
ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ކަފަމުންދިޔަ ދޯނީގައި ތިބި ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. ފަތިހުގެ ހިތްގައިމު ވަގުތުމ ޖެހެމުންދިޔަ ފިނިވައިރޯޅިތަކުން ނަފްސުތަކަށް އިތުރު ތާޒާކަމެއް ލިބެމުންދެއެވެ. ދަތުރުގެ ބައިވެރިންނަށް މާގިނަ އިންތިޒާރެއް ކުރަންނުޖެހި، އެއް ގަޑިއިރުތެރޭ އެމީހުންގެ މަންޒިލަށް ވާޞިލްވެވުނެވެ. ދިގު ރުއްތަކާއި ފެހިކަންގަދަ ބޯގަސްތަކުން ފުރާލެވިފައިވާ ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ބޯކިރުކޮޅެއްފަދަ ހުދު ފަސްގަނޑެވެ. ރަށުގެ ފަޅަށް ދޯނި ވަނުމާއެކު ދޯނިތެރެ ހަލަބޮލިވެގެން ދިޔައެވެ. ބިއްލޫރިކޮޅެއްހާ ސާފު މޫދު ފެނުމުން ވަގުތުން ފުންމާލަން ޔަލްވީގެ ހިތަށް އެރިއެވެ. އޭނާއަށް މިކަހަލަ ރީތި މޫދެއް ނުފެންނަތާ ހާދަ ޒަމާނެއްވެއްޖެއެވެ.
ރަށުގެ ތުނޑިއަށް ދޯނި ބީއްސާލުމާއިއެކު އެންމެން އަވަސްވެގަތީ ފޭބުމަށެވެ. ޔަލްވީވެސް އެކުވެރިންނާއިއެކު ފައިބަން ދިޔައެވެ. ރަށުގެ ހުދު ފަސްގަނޑުގައި ފައިޖެހުމާއިއެކު ޔަލްވީއަށް ކުރެވުނީ ބުނެދޭންދަތި އިޙްސާސެކެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލެވުނީ ހިތަށް ފިނިކަން ލިބުމުންނެވެ. ކުޑަ ވަގުތުކޮޅަކަށްނަމަވެސް އޭނާއަށް ލިބިފައިވާ މިނިވަންކަމުން، ހިތަށް އުފާލިބިގަންނަށް ޔަލްވީ ބޭނުންވިއެވެ. ފައިވާން އަތަށްލުމަށްފަހު އެކުވެރިންނާއިއެކު އެއްގަމަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއިއެކު، ފަސްގަނޑުގެ އޮލަކަން ޔަލްވީއަށް އިޙްސާސްކުރެވުނެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލް ބަދަލުވިއެވެ. އެކުވެރިންނާއިއެކު އެއްގަމަށް ދިޔުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެ ފަސްގަނޑުމަތީ ހިނގާލާށެވެ.
ނުނިމޭ
53 Comments
Comments are closed.
Hei All 🙂
Mi part ves kiyuntherinnah kamudhaane kamah ummeedhu kuran. kuri ekey ves ehgothah faahaga kohlevey kuhthah bunelaidhinun edhen 🙂
Have a nice day 🙂 🙂 🙂
wowww. vvv salhi. vv furihama. sifakurunthah habeys. yeyy picnic!”:)
Korea kujjeh haadha salhikn dhivehin talk kohlany..gud gud ???????
Thanks song ❤?❤
Finally picnic dhevuny dw ?
Haha ae half Korean half Maldivian eh dw song ???
hehe yes i am!! 😉 lol
korea in dhw dhn comment khlanvy. hmm dhn anna ep ehga khlaanan ingey. till then wait 😉 🙂
Haha
waiting ga hama kiki ??
hehe 😀
Yhhh OK I understand Korean..so let’s see..hama waiting ????????
hmm. 😀
wowww. vvv salhi. vv furihama. sifakurunthah habeys. yeyy picnic!”:)..
V reethi..??.eesha haadha jealous veyey dho?yalvee balan v shunah ginain.
dhww. 😀
Aanekey?.enmen boluga ?bahattafa eesha mihunanee.. ??
heheh. vazan neih kulhey kulhey badi thakeh thwcheh!! 😉
Thanks Xna ??
Haha asluvess dww ??
Mi eesha gandu moodha elaala fa enmen furaigen dheybala btw v rythi story
?
moodhah fahthailan vee hama. zeela gadha anhenekeyy!!
Thanks Coco ??
Dhn shaun hutta ehn hadhakah nukereynu dw ??
V v reethi ….. Alhey eeshaa thankolhrj bodah j kohlabaa erun m jaa vaaney ee manjey…..
Thanks Lily ??
Haha ? j kuruvyma huriha rulhi eh nikamethi yaal ah
V v v v v salhi..next part kn irakun up vaany?? Eeshaa haadha kanthah gandu fala Ey dhw..yalv hama Shaun ah balan v ginain~~~
Thanks Cher ?❤?
Next part on Sunday ☺
Asluves eeshaa kanthah v bodey dw Cher ?
Hahhahhahah yhhhhh ???
Mi easha gandu sappakah jahaa goalun beyrah aruvaalan v…maa kanthah fala vegen ney ulheny…huh..vvv foohivey..hehehehehehehehehe..yaal hama shaun ah belunu varakah balaathi ingey..hihihihi..btw story is beautiful as always..
Haha alhey zish hadha rulhi aisfa ey dw hehe ??
Zish mee yaal nama shaun noon dhimaa eh nubalaane kanne dw kiki ??
Thanks Zish ❤❤❤
Najilaa eshaaah keenama
Dear buni ehcheh adhi understand eh nuvi
Hahaha.. ppl really hate easha… btw story is awesome eemyaa
Asluves ey dww ?
Thanks maroon ?❤
eesha ulheygothun myhakah hureveyne tha rulhi nais. dhw eem 😉
Haan dw ?
Wow… I’m curious to know what will happen in the next part….?☺️??when next part…..mi part ves varah reethi
Oww Ash heenukuraa kahala gotheh ves vedhaane ??
Keep waiting ☺
Next part on Sunday ?
Thank you Ash ??
Alheyhh… mi part kiyaafa hama rashah dhaa hiy vany 🙁
Ohhh dear rah mathin maa bodah handhaan vany dw.. dnt worry ☺
Eid ga rashah dhaany dhn ?
Eesha ves ulhey vahthareh…..eyna jealous ? eyrah majaavaane…..
Haha dw click ?
Meehaku jealous nukuriyas amilla ah j vefa e hunnany ??
Hehe..ya .. ehenve dhw abadhu Yalvi aa jahsaalaafa ehunanee ?Not bad easha
Hahaa yes ?
Varah reethi mi part ves… Eeshaa ??????????
Thanks Aif ??
OMG ? poor Eeshaa?
Vvvvvv rythi hurihaa baeh avahah aneh baiiii nerehchey hama kiyaa hith vaniii dhathuruge foriiiiii inna baiii that☺☺☺???
Vvvvvv rythi hurihaa baeh avahah aneh baiiii nerehchey hama kiyaa hith vaniii dhathuruge foriiiiii inna baiii thah☺☺☺???
Thanks dear ???
So nice. ….when next part ❤
Thanks Sidhu ???
Next part maadhamaa
Shaun ves dw dhen keeh kuran rahtehi vegen ulhey anheneh eyee.. yaal e hadhany hama rangalhah gina ginain balanvee.. abadhu e easha gandu rulhi aruvaafa bahahtanvee? btw varah reeeeeeeeeeeeethi mi part ves.. varah kiyaahiyvey eba picnic therey vaane kanthah..??
Waitingss ❤❤❤❤
Hehe??
Thanks Adha ?❤?
Well am I the only one who thinks eesh is not wrong. Eyna bita dhimalah abadhu balanya hama rulhi annanvy dhw ? She did mention ehen girls balaaheneh nooney balany so that’s the reason she got upset with Yalvy
Girl u have a point ?
I agree with u ?
Knme kujjaku nama ves rulhi annaane dw