Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީހުން….(7)

Dhippi Level 4100 Comments10 Stories
August 5, 2017 4 Mins Read
7 Comments

” އަމީނާ، އަމީނާ” ސަލީމު ގޮވަމުން ދިޔައެވެ. ” އޯއި ހާދަ ބާރަކަށް ތި ހަޅޭއްލަވަނީ ތަނެއްގަ ރޯވީތަ،؟ ކިހިނެތް ތަވީ؟ އަމީނާ ބަދިގެއިން ނިކުންނަމުން ބުނެލިއެވެ.” ތަނެއް ރޯވީކީ ނޫން، ޒޫމީ ގުޅި، ބުނީ މަންމަ ފޯނެއް ނުނަގަޔޯ މިރޭ މާލެ އަންނަމޯ” އެހެންވެ އެވާހަކަ ބުނަންވެގެން ކަމަނާޔަށް މިގޮވަނީ” ސަލީމު ގޮވި ސަބަބު ބުނެލިއެވެ.” އެހެންތަ؟ ފޯނު ވީ ކޮޓަރީގަ، އެހެންވެ ނޭގުނީ” އަމީނާ ބުނެލިއެވެ.”ކޮބަ؟ ރާބިއާ” ސަލީމު އަހައިލިއެވެ.” ވެއްޖެ އެތެރޭގައި ،ރަށަށް ދާކަހަލަ ވާހަކައެއް ބުނި، އާދަނު ވެސް ޗުއްޓީ ހަމަވެފަތާ، ހުންނާނީވެސްދޯ؟”އާނ ތީވެސް ތެދު ވާހަކައެއް، ކުދިވެރިން ވެސް މިރޭ އެއަންނަނީތާދޯ، އެހެން ވީމަ ދެން ފުރޭނެންނޯން” ސަލީމު ބުނެލިއެވެ. ” ކޮބާ އަޒީޒާ ގުޅިތަ؟.” ސަލީމު އެހެންބުނުމުން އާއޭ ކިޔާ އަމީނާ ބޯޖަހައިލިއެވެ. އަޒީޒައަކީ އަމީނާގެ ކޮއްކެއެވެ. އަޒީޒާ ދިރި އުޅެނީ ލަންކާގައެވެ.

” މި އަންހެން ވެރިންގެ، ތަތްކަން ހަމަ ބޮނޑީއޭ ދޯ، އެހެންނާ ފަހެ މިހާރު ކޮން އިރެއްތަ؟ ލޯގަނޑު ކުރިމަތީގަ ތުއި ވާން އިންނަތާ، އަޅެ ހަމަ ކުލަލާ ނުނިމެނީތަ؟” ޒޫމީ ރީތިވާން ލޯގަނޑު ކުރިމަތީ ހުރުމުން އީތަން ދިމާކޮއްލަން ވެގެން ބުނެލިއެވެ.” އާ ކީއްތަވީދެން، މަރީތިވީމަ ޖޭވަނީދޯ؟ އެހެން ނޫނަސް ޝޯލް އަޅަން ވިއްޔާ ލަސް ވާނެ، މި ފިރިހެނުން ވެސް ހާދަ ފަތަރާސީ ބޮޑޭ ދޯ،” ޒޫމީވެސް ދެރަވާކަށް ބޭނުމެއް ނުވިއެވެ. .،” ހޫމް ދެން ހެވޭ އަވަސް ކުރޭ މިހާރު ކާރު އޮންނާނެ އައިސް، މީ މާލޭ އެށް ނޫން ވިއްޔާ، ފަސް މިނިޓުން އެއާރޕޯޓަށް ދެވޭކަށް” އީތަންގެ ކަމަކީ ޒޫމީ ރުޅި އެރުވޭތޯ ބެލުމެވެ. ވާނީވެސް އެހެންތާއެވެ. އާކައިވެނީގެ ދުވަސް ކޮޅު ވިއްޔާއެވެ.” އޭ އަނެއްކާ ހުރިހާ އެއްޗެއް ފޮތްޓަށް ލެވުނުބާ؟! ފަހުން ގެނާ އެއްޗެހި އެޅުނުދޯ؟” ޒޫމީ ޔަގީން ނުވާތީ އަހައިލިއެވެ.” އެއްޗެހި ނޭޅުނަސް ހެޔޮތާ، މެޑަމްއަށް ތިއްތި ވެވޭއެއްނޫންއެބަ،” އެހެން ކިޔާ އީތަން ހެމުން ހެމުން ދޮރުހުޅުވާލީ އެމީހުން ބަލާ އައުމުންނެވެ.” ޕިސް ޕިސް ތިފިރެހެނާ އެއްކޮއް ދެން ތަންތަނަށް އައުން ނިމުނީ” ޒޫމީ އެހެން ކިޔާ އީތަން ފަހަތުން ނިކުތީއެވެ. ޒޫމީމެންނަށް މާލެ އާދެވުނު އިރުއިނީ ދަންވަރު ހަތަރެއް ޖަހާ ބޮޑު ވެފައެވެ. އެހާ ލަހުން އާދެވީތީ ގެއިން އެކަކު ވެސް އެއާރޕޯޓަކަށް ނުދެއެވެ. އާދެވުނު ލަސްކަމުން އެރޭ ޒޫމީމެން ގެއަށް އާގޮތަށް ނިދީއެވެ. ވާނީ އެވަރުތާއެވެ. ދަތުރު އެހާ ވަރުބަލި ވިއްޔާއެވެ. އިސާހިތަކު ނަސީބަކުން ޒޫމީ ފެން ވަރައިގެން އޮށޯތުމާއެކު ވަރަށް ފަސޭހައިން ނިދިއްޖެއެވެ. ހަނީމޫނުގަ ހޭދަވި ކޮއްމެ ރެއަކީ ޒޫމީ އަށް މުސީބާތެއް ފަދަ ރޭތަކެކެވެ.

އަނެއް ދުވަހު ހެދުނު ޒޫމީމެން ގެނާ ހަދިޔާަތަކާ އެއްޗެހި މަންމަމެންނަށްދީ ކުޅިވަރެއް ހުއްޓެވެ. “ކޮބާ ޑިއުޓީ އޮންނާނެން ނޫން؟ އިއްޔެއަށް ޗުއްޓީ ހަމަ ވެއްޖެ ވިއްޔާ”އީތަން ސާމާނުތަށް އަލަމާރި އަށް ލަމުން ބުނެލިއެވެ.”މަންމާ އަޅެ އެއްކަލަ ކަންތައް ބެލިންތަ؟ އަޅުަގަނޑު އެކޮޅުގައި ހުރިއިރު އެންމެ ރެޔަކުވެސް ނުނިދޭ، މަންމަ އަށް އިގޭތަ؟ އަޅުގަނޑު އެމީހާ ލޮލުންވެސް ދެކުނިން! އީތަން އަށް ދައްކާ ދައްކާ ނުފެނޭ” ޒޫމީ ހަނީމޫންގަ ކަންތައް ހިގި ގޮތުް މަންމައަށް ކިޔާދިނެވެ. “މަންމައަށް ހީވަނީ ދަރިފުޅު ކުރުސި ނުކިޔާ ނިދާތީ ވާގޮތެއްހެން” އަމީނާ ދުލު ކުރީގައި އޮންނަ ޖަވާބުދިނެވެ. ” ޒޫ ޑިއުޓީ އަށް ނިކުންނަން ޖެހެނީ މާދަންދޯ؟ އީތަން ޑިއުޓީއަށް ދާން ރެޑީ ވަމުން އަހައިލިއެވެ.” ހޫމް މަށަށް މިރޭވެސް ރެސްޓު”ޒޫމީ ބާލިހުގައި ބައްދާލަމުން ބުނެލިއެވެ. އީތަން ދިއުމުން ޒޫމީ ފޯނާކުޅެން އޮއްވާ ނިދުނީއެވެ. އީތަން ދިޔަތަތާ ފަނަރަވަރަކަށް މިނިޓު ފަހުން އައިސް ކޮޓަރިއަށް ވަދުނެވެ. އީތަން ވަން އަޑަށް ނިދާފަ އޮއް ޒޫމީ އަށް ހޭލެވުނެވެ.” ކީއްވެތިއައީ؟ ޑިއުޓީއަކަށް ނޫންތަ ދިޔައީ؟” އީތަން އަބުރައި އައުމުން ޒޫމީ ހުރީ ހައިރާން ވެފައެވެ.” ހައްހައް…ލަވް ހައްދާލަން އެހެން ބުނީ އަސްލު ޑިއުޓީއެއް ނެތޭ!” އީތަން އެހެން ބުނެފަ ވެއްޓި ގަތީ ޒޫމީގެ ގައި މަށްޗަށެވެ.” އަށްދިޔޯއި ތަދުވެޔޭ ތެދުވެބަލަ” ޒޫމީ އީތަން ކޮއްޕާަލަމުން ބުނެލިއެވެ. ޒޫމީ އީތަން ކޮއްޕާ ވަށްޓާލުމުން ބިށް ދޮށަށް އަރާ ނިދިއެވެ. ޒޫމީވެސްއޮތް ގޮތަށް އޮވެ ނިދީއެވެ. ހެދުނު ޒޫމީ ހޭލި އިރަކު އީތަން އެއް ނެތެވެ. ޒޫމީ މާ ބޮޑު އެއްޗެއް ހިތަށް ނާރުވާ ވަނީ ފާހަނަޔަށެވެ. ޒޫމީ ފެން ވަރައިގެން ދަތް އުގުޅަން ވެގެން ލޯގަނޑު ކުރިމަށްޗަށް ހުއްޓުނު ތަނުން ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. ޒޫމީގެ ހަށިގަނޑުގެ އެކިތަން ތަނުގަ ހުރީ ކަޅުކުލައިގަ ހުރި ނިޝާންތަކެކެވެ. ހީވަނީ މީހަކު ވަކި އަޅާފަ ހުރި ހެންނެވެ. ޒޫމީ އަތްމަތި އަވަސްކޮއްލައިގެން ނިކުތީ ބޭރަށެވެ.

” އަހަ ދަރިފުޅާ ހޭލެވުނީތަ؟، އާދޭ އަވަހަށް ސައިބޯން” އަމީނާ ސައިބޯން އަންނަން ބުނުމުން ޒޫމީ ގޮސް އިށީނީ ސައި ބޯންށެވެ. “ދަރިފުޅު ހާދަ ފާޑަކަށް” ޒޫމީ ނެގިމަޑުވެފަ ހުރުމުން އަމީނާ އަހައިލިއެވެ. “އަޅުގަނޑަކަށް ކަމެއްނުވޭ!” ޒޫމީ ކުރު ޖަވާބެއް ދީފަ ތެދުވެގެން ގޮސްވަނީ ކޮޓަރިއަށެވެ. ހަގީގަތުގަ އަމީނާ ކައިރީގަ ބުންޏަސް ގަބޫލް ނުކުރާތީ ޒޫމީ މިހާރު އެވާހަކަ ދައްކާކަށް ބޭނުން ނުވީއެވެ. “މިއަދު މިގޭ ޕްރިންސެސް ކޮޓަރިންވެސް ނުނިކުންނަ ދުވަހެއްތަ؟ އީތަން ކޮޓަރިއަށް ވަންނަމުން އަހައިލިއެވެ.”ކޮންތާކުން ތިއައީ؟ ކީއްވެމަށަށް ނުގޮވީ؟” ޒޫ ނިދާފަ އޮތީމަ އުދަގޫ ނުކުރަން ވެގެން ” “އެހެންތަ؟ ނޭގުނެއްނޫން މަމިއައީ ސައިވެސް ބޮއެގެން، މަ ނިކުތްއިރަކު އީތަން އެއްނެތް” ޒޫމީ ތުއިވެފަ ބުނެލިއެވެ.” ހެހެ މަނުހުންނާނެއެއްނޫން މަމިއައީ ރަށްޓެއްސައްކާ އެކު ކޮފީއެއް ބޮއެގެން ވިއްޔާ” އެހެން ކިޔާ އީތަން އަރާ އޮށޯވެއްޖެއެވެ. ރޭގަ ނައިޓު ޑިއުޓީގަ ހުރުމުން އީތަން ހުރީ ވަރަށް ވަރުބަލިވެފައެވެ. އީތަން ހެދުނު ގެޔަށް އައިއިރު ޒޫމީ ގަދަ ނިދީގައި އޮތުމުން ނުގޮވާ ދިޔައީއެވެ. އީތަން ނިދުމުން ޒޫމީ އަޅާއްނުލާ ނިކުތީ ބޭރަށެވެ. އީތަން ރޭގަވެސް ޒޫމީއާ އެއްކޮއް ނިިދިއެވެ. ދެން އީތަން އެހާވަރަށް އެނިދަނީ ކީއްވެ ކަމެށް ޒޫމީ އަކަށް ނުވިސްނުނެވެ. ހަގީގަތަކީ ރޭގަ އީތަން ގެޔަކަށް ނާންނަކަމެވެ. އީތަން ހުރީ ޑިއުޓީގައެވެ.

. ” މަންމާ ހިތްހެޔު ކުރާތި، އަދި އަންނާތި މިކޮޅަށް، ޒޫމީ ވަރަށް މިސްވާނެ މަންމަ މެން މަތިން” ރާބިއާމެން ފުރާތީ ޒޫމީ ހުރީ ވަރަށް ދެރަވެފައެވެ.” ދަރިފުޅާ އެހާ ދެރަނުވެބަލަ، މަންމަމެން އަދި އަންނާނަމޭ، އެހެން ނޫނަސް ދަރިފުޅު މެންނަށްވެސް ޗުއްޓީ ލިބުނީމަ ދެވޭނެއެއްނޫން” ރާބިއާ ޒޫމީގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. އެންމެންނާ ސަލާން ކޮއްފަ ރާބިއާމެން ފުރާގަޑި ޖެހުނު ކަން އެއްގުމުން ވަނީ އެތެރެއަށެވެ. އީތަންގެ ދެމަފިރިންނާ އަމީނާމެން އައީ އަވަހަށް މާލެއެވެ. ސަލީމް ބިޒީކަމުން އެމީހުން ފުރުވާކަށް އެއާރޕޯޓަކަށް ނުދެވުނެވެ.” ޒޫ ކަމަކާ ކަޓައިފަތަ؟ ހިނގާބަލަ ބޭރަށް ގޮސްލަން ” ޒޫމީ ފޫހި ވަށްތަރަކަށް ފޯނާކުޅެން އުތުމުން އީތަން ބުނެލިއެވެ. ” އާނ… ނޫން.. އާނ..، ގުޅާގުޅާ ވެސް މެސެޖު ކޮތްކޮތް ވެސް މަލާ ފޯނު ނުނަގާގެން މިއުޅެނީ، މަށަށް ހަމަ ޔަގީން ކޮއްމެވެސް ކަމެއް އޭނަޔަށް ވެއްޖެ އެހެން ނޫންނަމަ ކީއްވެތަ؟ ފޯނުނުނަގަންވީ؟ އަހަރުން ވެޑިން އަކަށް ވެސް ނާދޭ ވިއްޔާ،އަޅެ އީތަން ބުނެބަލަ، މަމިބުނީ ދޮގެއްތަ؟” ޒޫމީ ދެރަވެފަ ހުރެ އީތަން ކައިރީގަ ޝަކުވާ ކޮއްލިއެވެ.” އާނ..ތީދޮގު ވާހަކައެއް ނޫން ކޮންމެވެސް ކަމެއް ވީމަ، ހަބަރެއް ނުވާނީ، މިރޭ ނިކުމެފަ ބަލާނީ އެގެއަށް ވަނދެލެވޭތޯ، ދެން އަވަހަށް ރެޑީވެބަލަ” އީތަން ލޯއްބާއެކު ބުނުމުން އާނ މިދަނީއޭ ކިޔާ ޒޫމީ ހެދުމެއް ހިފާގެން ވަނީ ފާހާނަޔަށެވެ.

މިއަދަކީ އީތަންގެ އޮފްދުވަސް ކަމުން ދިހައެއް ޖެހިއިރު ވެސް އީތަން އޮތީ ނިދާ މަރުވެފައެވެ.”ކީކޭ؟؟؟! އެކުސިޑެންޓުވީއޭ! ކީއްވެ އެކުސިޑެންޓު ވާންވީ؟، ބައްޕަ ހިނގާފަދަނިކޮއްތަ!؟” އީތަން ހޭލެވުނީ ރާބިއާ ގުޅުމުންނެވެ. އީތަން ހުރީ ކުއްލިއަކަށް އެލިބުނު ހަބަރަކުން ވާނުވާވެފައެވެ. ” ބައްޕަ ސައިކަލުގަ ދަނިކޮއް އެކުސިޑެންޓުވީ އެތަން ފެނުނު މީހުން ބުނީ، އެހެން މީހަކު ގޯޅި އެޅިއިރު ސައިޑު ނާޅަޔޯ ހުރީ” ރާބިއާޔަށް އެގުނު މިންވަރަކުން ވީގޮތް ކިޔާދިނެވެ.” ޑޮކުޓަރު ބުނީ ސީރިއަސްއޯ މާލެ ގެންދަންޖެހެޔޯ” އަމީނާ ހާސްވެފަ އިތުރު ކޮއްލިއެވެ.” މަންމާ ދެން އެކަމާ އެހާ ނުވިސްނާތި، މަންމަ ހަމަޖެހޭތި އަޅުގަނޑު މިބަލަނީ ވީއެއްމެ އަވަހަކަށް ޓިކެޓު ހަމަ ޖެހޭތޯ” އީތަން އަވަހަށް ފޯނު ބާއްވާފަ ނިކުތީ ބޭރަށެވެ. އީތަން ބޭރަށް ނިކުތްއިރު އެންމެން ސިޓިންރޫމުގައި ތިބީ ޓީވީ ބަލާށެވެ.”ދަރިފުޅާ ރޮނީތަ؟ ކިހިނެއްވީ؟” އީތަން އަށް ނިކުމެ އެއްޗެއް ނުބުނެވެނީސް އަމީނާ ސުވާލް ކޮއްލާފިއެވެ. “ބައްޕަ.. ބައްޕަ.. އެކުސިޑެންޓު ވެއްޖެ.” އީތަން އެހެން ބުނުމުން އެއްމެން ދިޔައީ ތިބިތަނުން ނަގައިގެންނެވެ. ވާނީ އެހެންތާއެވެ. އާދަނުމެން ރަށަށް ދިޔައީ ރޭގަވިއްޔާއެވެ.” ކިހިނެއް ވީޔޯ” ޒޫމީ އަށް ރުވޭވަރުން ވާހަކަވެސް ނުދެއްކެއެވެ. ވަގުތުން އަމީނާ ފޯނު ނަގާ ރާބިއާ ޔަށް ގުޅާ ވެގެން އުޅޭ ގޮތް އޮޅުން ފިލުވަމުން ދިޔައެވެ.” ބައްޕަގެ ހާލު ސީރިއަސް މަންމު ބުނުއްވީ މިކޮޅަށް ގެންނަން ޖެހޭވާހަކަ، އަޅުގަނޑު މިބަލަނީ ޓިކެޓެއް ލިބޭތޯ” އީތަން ކިތައްމެ ދެރަވެފަ ހުއްޓަސް ހިތްވަރު ކުރަމުން ބުނެލިއެވެ.
“ހަލޯ މަންމާ އަވަހަށް ރެޑީވޭ ޓިކެޓު ހަމަޖެހިއްޖެ ތިއްތީބެ ދާނެ ޓިކެޓު ހިފާގެން، އަޅުގަނޑުމެން ދާނަން އެއާޕޯޓަށް މަންމަ އެހާ ހާސް ނުވައްޗޭ” މަންމަ ހާސްވާނެ ވަރާ ދެރަވާނެ ވަރު އެގި ހުރެވެސް އީތަން ރާބިއާޔަށް ހިތްވަރު ދެމުން ބުނެލިއެވެ.

އެދުވަހު ހަވީރު ރާބިއާ އާދަނު ގޮވައިގެން މާލެ އަތުވެއްޖެއެވެ. އެމީހުން އަންނަ ގަޑިއަށް އީތަންމެން ތިބީ ބަލާ އެއާރޕޯޓަށް ގޮހެވެ. މާގިނަ އިރެއް ނުވަނީސް މާލެ އަތުވެއްޖެއެވެ. އޭރު އެންބިއުލާންސް އޮތީ ޓާރމިނަލް ކައިރީކީގައެވެ. ވަގުތުން އެޔަށް އަރާގެން ދިޔައީ އައިޖީއެމްއެޗްއަށެވެ.
“ހިތްވަރު ކުރަން ވާނެ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ” ސަލީމުއާ އަމީނާޔާ ދެމީހުން ރާބިއާޔަށް ހިތްވަރު ދެމުން ބުނެލިއެވެ. އޭރު އާދަނުއަށް އެމެޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނީއެވެ. ރާބިއާ އޭރުވެސް އަޑުން އަޑުނަގާ ރޮނީއެވެ. .”އާދަނުގެ ހާލުރަގަޅު ތޯ؟؟ އެވަގުތު އެމެޖެންސީ ރޫމުން ނިކުއް ޑޮކުޓަރު ފެނުމުން ރާބިއާ ދުވެ ގޮސް އެހިއެވެ. އޭރު އެއްމެންވެސް ރާބިއާ ދިއުމުން އޭނަގެ ފަހަތުން ގޮސް އެތާގައި ހުއްޓުނެވެ.

….ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ދިހައެއް ( ފަސްވަނަ ބައި )

Next

ހިތުގެ މިލްކުވެރިޔާ (ބާރަ ވަނަބައި)

Next
August 5, 2017

ހިތުގެ މިލްކުވެރިޔާ (ބާރަ ވަނަބައި)

Previews
August 5, 2017

ދިހައެއް ( ފަސްވަނަ ބައި )

7 Comments!

  1. Merr says:
    August 5, 2017 at 4:02 pm

    First ❤

  2. Naa says:
    August 5, 2017 at 6:55 pm

    Kobaa sixth part?

    1. Shaai says:
      August 5, 2017 at 7:05 pm

      6th part ebain upload weds

    2. Shaai says:
      August 5, 2017 at 7:07 pm

      Iyyega

    3. shu says:
      August 5, 2017 at 11:13 pm

      6th part iny kevin ge namuga upload vefa iyye

  3. click a shot ? says:
    August 6, 2017 at 7:37 pm

    Varah salhi mi part

  4. Ainth says:
    August 24, 2017 at 3:16 pm

    Eethan ge sifaiga e ayee ehen ehcheh dhw. Rythi vaahakeh.

Comments are closed.

Next Episodeބީހުން….(8)←


All Right Reserved!