Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަވަނަ ބައި)

އަޔާނީމެން ގެއިން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި މިޝްޔާގެ އިތުރުން ޒިކާނާއި މިޝަލްވެސް ބޭރުގައި ތިއްބެވެ.

“ޔާނީ ހާދަ ލަސްވީ…. މިހާރު އަހަރެމެން މިތާ ތިބޭތާ ކޮން އިރެއް…؟؟؟ އަޔާނީމެން ފެންނަ އިރަށް މިޝްޔާ ބުނެލިއެވެ.

” ބަސްތާއެއްގެ ފުށްޖަހަންވީމަ، ލަސްވާނު….” ޝިއުރީއަށް މަޑުން ނުހުރެވިގެން ބުނެލިއެވެ.

“ދެން ޝިއު….. ދިމާ ނުކޮށްބަލަ….. އަހަރެން ބަލާނަމޭ ޝިއުވެސް ނަހީކްއާއި މީޓްކުރަން ދާއިރު ފުށް ނުޖަހާތޯ ދަނީ…..” ޝިއުރީއަށް ރައްދު ދެމުން އަޔާނީ ބުނެލިއެވެ.

“އަދިވެސް ތިތާ ބޮޑު ވާހަކައިގައި ތިބެނީތަ….؟؟؟؟ މިހާރު ލަސްވެގެން އަފޫ ގުޅިވަރު ނޭނގެ އަދަދުކުރަންވެސް…. ދެންވެސް ހިނގާބަލަ ދާން…….” އަޔާނީމެންގެ ވާހަކަ ހުއްޓުވަމުން މިޝަލް މިހެން ބުނެފައި ހިނގައިގަތުމުން އަޔާނީއާއި ޝިއުރީ އޭނާގެ ފަހަތުން ހިނގައިގަތެވެ. މިޝްޔާވެސް ޒިކާންގެ އަތުގައި ހިފައިގެންހުރެ އެމީހުންގެ ފަހަތުން ދިޔައެވެ.

——————–

 

މިޝަލްމެން މިސްރާބު ޖަހާފައިވަނީ ރަށުގެ ތުނޑިއާއި ދިމާއަށެވެ. މީހުން ނޫޅޭ ހިސާބަށް ދެވުމުން ހޮޅިބުރީގެ އަލިކަން ނެތްކަމުގައިވިޔަސް، ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުގެ ރިހިއަލިން މުޅި ހިސާބު ވަނީ ދިއްލާލާފައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތަށްވެފައި، އެމީހުން ފިޔަވައި އިތުރު ބަޔަކު އެހިސާބުން ފެންނަން ނެތުމުން، އަޔާނީގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. އޭނާ ބަލާފައި ހުރި އެކި ބިރުވެރި ފިލްމްތަކުގެ މަންޒަރުތައް ކުރިމަތިން ސިފަވާހެން ހީވަނީއެވެ. މުޅި ބޮލުތެރޭގައިވެސް އެނބުރެނީ ފެނިފައިވާ ބިރުވެރި ހުވަފެންތަކެވެ. އަޔާނީ ބިރުންހުރެ ޝިއުރީގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެވަގުތު ކުއްލިއަކަށް، އޭނާގެ ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމުން އަޔާނީ ބާރަށް ހަޅޭއްލަވައިގަތެވެ. ބިރުގަތްވަރުން ސިކުންތުކޮޅަކަށްނަމަވެސް، ހިތުގެ ހިނގުން މަޑުޖެހިލިހެން އޭނާއަށް ހީވިއެވެ. ދެލޯ މަރާލައިގެން ހުރެ އަތް ހޫރުވަމުން އަޔާނީ ބާރު ބާރަށް ހަޅޭލަވަމުން ދިޔައެވެ.

“ޔާނީ… ކީއްވެތަ ތި ހަޅޭލަވަނީ….؟؟؟ މީ އަހަންނޭ…..” އަޔާނީގެ ދެއަތުގައި ހިފައި ތަޅުވާލަމުން އަފްލާކް ބުނެލިއެވެ. އަފްލާކްގެ އަޑަށް އަޔާނީ ދެލޯ ހުޅުވާ ބަލާލިއެވެ. އޭރު އަޔާނީ އުޅުން ގޮތުން މިޝްޔާމެން މަޖާވެފައި ހެނީއެވެ. ކުރިމަތީގައި ހުރި އަފްލާކް ފެނުމުން އަޔާނީއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި އަފްލާކްގެ އަތު މުލައްދަނޑީގައި ހިފަހައްޓާލިއެވެ.

“އަދި ކިރިޔާ މިއެނގުނީ، އެންމެ ގިނައިން ބިރުވެރި ފިލްމް ބަލާ މީހާކަން އެންމެ ބިރުގަންނަނީ….” ހެމުން ހެމުން މިޝްޔާ ބުނެލިއެވެ.

“ހޫމް…. މިޝް ތިބުނީ ހަމަ ރަނގަޅަށް…. ދެންމެ އަހަރެންގެ އަތުގައި ހިފައިގެން ހުރިއިރުވެސް ހީވި، އަހަރެންގެ އަތް ފުނޑުފުނޑު ކޮށްލާފާނެހެން….. އެހާވެސް ބާރަށް ހިފަހައްޓާލާފައި ހުރީ….” ޝިއުރީވެސް މިޝްޔާއާއި ބައިވެރިވެގެން އަޔާނީއާއި ދިމާކޮށްލިއެވެ.

“ތިމީހުން ބިރުވެރި ފިލްމް ނުބަލާތީއޭ ބިރުނުގަންނަނީ…..” އަޔާނީވެސް ދެރަނުވާންވެގެން ޝިއުރީމެންނަށް ރައްދުދިނެވެ.

 

ތުނޑިއަށް ދެވުމުން އަޔާނީއާއި، އަފްލާކް ފަސްގަނޑުމަތީގައި އިށީނުމުން އެހިސާބާއި ތަންކޮޅެއް ދުރުގައި  މިޝްޔާއާއި، ޒިކާންވެސް ފަސްގަނޑުމަތީގައި އިށީނެވެ. ޝިއުރީއާއި، މިޝަލް މަޑުކޮށްލައިގެން ތިބީ ތަންކޮޅެއް އެއްގަމުގައި އޮތް ބޮޑު ގައުގަނޑެއްގެ ކައިރީގައެވެ.

 

ހަނދުވަރުގެ ރިހިއަލި މޫދަށް އެޅިފައިވާއިރު ފެންނަނީ ނުހަނު ހިތްގައިމު ގޮތަކަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ތަންތަންކޮޅަށް ހަނދުވަރުގެ އަލި އެޅިފައިވާއިރު ހީވަނީ މުތީތަކެއް ވިދާހެންނެވެ. ވިލާކޮޅެއް ފެންނަންނެތް ސާފު އުޑުގައި ބުރުހަމަ ހަނދު ރަނިކަން ކުރަމުން ދިޔައިރު ތަރިތައްވެސް ފަރިކަމާއެކު ފިޔަޖަހަމުން ދެއެވެ. އޮރެންޖް އަލިން ދިއްލާ އަޅާފައިވާ ރަށްތައް ދުރުދުރުން ފެންނައިރު މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޖެހިލާ ފިނިފިނި ވައިރޯޅިން ނަފްސްތަކަށް ތާޒާކަން ގެނެސްދެމުން ދެއެވެ. މުޅި އެހިސާބުގަނޑުގައި ހިފާލާފައިވަނީ މީރުވަސް ދުވާ އެކި ޒާތުގެ ސެންޓުގެ ވަހެވެ.

އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދަށް ބަލަހައްޓައިގެން އިން މިޝްޔާ ޒިކާނަށް ބަލާލީ ޒިކާން އޭނާގެ އަތުގައި ހިފާލުމުންނެވެ. އޭރު ޒިކާންވެސް އިނީ މިޝްޔާއަށް ބަލަހައްޓައިގެންނެވެ. މިޝްޔާ ބުމަ އަރުވާލަމުން ކިހިނެއްވީހޭ އަހާލިއެވެ. ޒިކާން ބޮލުގެ އިޝާރާތުން ކަމެއް ނުވެއޭ ބުނެލިއެވެ.

“މިޝީ އަށް އިނގޭތަ….؟؟ އަހަރެންގެ ހިތުގައި މިޝީއަށްޓަކައި ފުރަތަމަ ފަހަރަށް ތަފާތު ގޮތަކަށް ވިންދު ޖަހާލީ ހަމަ މިކަހަލަ ހަނދުވަރުދޭ ރެއެއްގައި… ހަނދާންވޭތަ….؟؟؟ މިޝީ ގްރޭޑް 10 ގައި އުޅެނިކޮށް އެއްފަހަރަކު ޗުއްޓީއެއްގައި އަހަރެން ރަށަށް އައިސް އުޅެނިކޮށް މިޝީގެ ދޮންބެއާއި އެންމެން އައިސްކޯން ބޯން ދިޔައީމެއްނު…..” މިޝްޔާގެ އަތުގެ އިނގިލިތަކާ ކުޅެލަމުން، ކުރީގެ ހަނދާނެއް އައުކޮށްލަމުން ޒިކާން ބުނެލިއެވެ. މިޝްޔާ ހީލަމުން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އަހަރެން އަދިވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި… އެރޭ މިޝީ ލާފައި ހުރީ އަހަރެންގެ ފޭވަރިޓް އަޅިކުލައިގެ ޓޮޕަކާއި މެރޫންކުލައިގެ ދިގު ސްކާޓެއް… މިޝީގެ އިސްތަށިގަނޑުވެސް ހުރީ އެއްވެސް ދައްޗެއް ނުޖަހާ މިނިވަންކަމާއިއެކު ވިހުރެން ދޫކޮށްލާފައި…. އެގޮތަށް ހުރީމަ އަހަނަށް ވަރަށް ރީތި… އެރޭ އަހަންނަށް މިޝީއާއި ދޭތެރޭ ތަފާތު ގޮތަކަށް ބެލެން ފެށުމުން ހިތަށް އެރި ކުރިންވެސް މިޝީ ފެނެއޭ…. ދެން ކީއްވެބާއޭ ކުރިން އަހަރެންގެ ހިތަށް ގޮތްތަކެއް ނުވަނީ…..  އެކަމަކު އެ ސުވާލުގެ ޖަވާބުވެސް އަހަންނަށް ހަމަ އެވަގުތުމެ ލިބުން…. ޖަވާބު އައީ އަހަރެންގެ ހިތުން…. ބޭނުންތަ އެސުވާލުގެ ޖަވާބު އެނގެން….؟؟؟” މިޝްޔާގެ ދެލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ޒިކާން އަހާލިއެވެ. ޒިކާނާއި ހަތަރުކަޅި ހަމަވުމުން މިޝްޔާ ލަދުގަތެވެ. ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލަމުން އިސްޖަހާލިއިރު، އޭނާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއްވެސް ވެރިވިއެވެ.

“އަހަންނަށް އެރޭ މިޝީ ފެނުނީ ބަރާބަރު 4 އަހަރު ފަހުން… ކުރިން އަހަންނަށް މިޝީ ފެނުންއިރު ހުންނާނީ ކުޑަކުއްޖެއްހެންނު….ދެން ހިތަށް ގޮތްތަކެއް ނުވާނެތާ…. އެކަމަކު އެރޭ ދޯ….. މިޝީ ހާދަ ރީއްޗޭ….. އެރޭގެ ފުރަތަމަ ފެނިލުމުންވެސް އެހެރަ ވީގޮތެއް…. މިޝީއަށް ބަލަހައްޓައިގެން އެރޭ އެއްކޮށް ހުންނަން ވިޔަސް އަހަރެން ފޫއްސެއްނުވާނެކަން ޔަޤީން…. އެރޭގެ ފަހުން މިގޮތަށް ހަނދުވަރުދޭ ކޮންމެ ރެއެއްގައިވެސް އަހަރެން ހަނދަށް ބަލަން ހުރެގެން މިޝީމަތިން ހަނދާންކުރަން…..” މިޝްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ޒިކާން ބުނެލީ އިޝްޤީ ގޮތަކަށް ހިނިތުންވެލައިގެން އިނދެއެވެ.

“ދެން ޒީކް… ތިހާވަރަށް ނުބަލާބަލަ….” ޒިކާން މާވަރަކަށް ބަލަން ފެށުމުން ޒިކާންގެ މޫނު އަނެއް ފަރާތަށް އަނބުރާލަމުން މިޝްޔާ ބުނެލިއެވެ.

 

“އަފޫ ކިހިނެއްވެފައިތަ ތިއިންނަނީ….؟؟ އަފޫ ބޭނުން ވެގެންނު މިރޭ އެވަރަކުން މީޓް ކުރީވެސް…..” އަފްލާކް އެއްޗެއް ނުބުނެ މާ މަޑުން އިންނަން ފެށުމުން އަފްލާކްގެ އަތުގައި ހިފަހައްޓާލައިގެން އިނދެ އަޔާނީ ވާހަކަ ދެއްކިއެވެ. ދެންވެސް އަފްލާކް އަނގަޔަކުން ނުބުނެއެވެ.

“އަޅެ އަފޫ… ބުނެބަލަ… ކިހިނެއްވީތަ…..؟؟؟؟” އަފްލާކްގެ އަތުގައި ހިފައި ތަޅުވާލަމުން އަޔާނީ އަނެއްކާވެސް އަހާލިއެވެ.

“ޔާނީ…. އަހަރެންނަށް ޖޮބް ހަމަޖެހިއްޖެ….” އަޔާނީއަށް ބަލާލަމުން އަފްލާކް ބުނެލިއެވެ.

“އަސްލުވެސްތަ…..؟؟؟ ކޮން އިރަކުން ދަނީ…؟؟” އަފްލާކް ދިން ޚަބަރަކުން އަޔާނީގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. އަފްލާކް ޖަވާބު ދިނުމުގެ ބަދަލުގައި އަޔާނީއަށް ބަލަހައްޓައިގެން އިނީއެވެ.

“ކީއްވެ ތި ބަލަނީ….؟؟؟” އަފްލާކް ބަލަހައްޓައިގެން އިން ގޮތުން އަޔާނީއަށް އަހާލެވުނެވެ.

“ޔާނީ ބޭނުންވަނީ އަހަރެން އަވަހަށް ފޮނުވާލަން ދޯ….. އާނ… އޭރުންނެއްނު މިގޮތަށް އަހަންނާ ބައްދަލުކުރަން ނުޖެހޭނީ…. ވަރަށް އުފާވެފައެއްނު ތި ހުރީ އަހަރެން ދާތީ…..” އަފްލާކް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި އިނދެއެވެ. އަފްލާކް ދެއްކި ވާހަކައަށް ނޫނެކޭ ބުނުމުގެ ގޮތުން އަޔާނީ ދެފަރާތަށް ބޯހޫރާލިއެވެ.

“އަފޫ ކީއްވެތަ ތިގޮތަށް ވާހަކަ ދައްކަނީތި…. އަހަރެންވެސް ދެރަވޭ އަފޫ ދާން އުޅޭތީ…..” އަފްލާކް އެގޮތަށް ވާހަކަ ދެއްކުމުން އަޔާނީ ދެރަވިއެވެ.

“އެހެންވެއެއްނު އަހަރެން ދާ ވާހަކަ ބުނާއިރަށް “ކޮން އިރަކުންހޭ ދަނީ ތިއެހީ…..” އަފްލާކް ދެންވެސް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.

“އަފޫ…. އަފޫއަށް ޖޮބް ހަމަޖެހުނީމަ އުފާވީވަރުން އަހަންނަށް އެހެން އަހާލެވުނީ…. އަހަރެން ވަރަށް ދެރަވޭ އަފޫ ދާތީ…. އެކަމަކު އަހަރެން އެހެން ބުނެފިއްޔާ އަފޫ ނުދާ ޚިޔާލް ކޮށްފާނެތީ އަހަރެން ނުބުނީ….. އެހެން ނޫނަސް ކޮންމެ މީހަކުވެސް ދިރިއުޅުމަށް އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތެއް ކުރަން ޖެހޭނެ…. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އަފޫ މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ހުންނާކަށް…. އޭރުން އަފޫގެ މައިންބަފައިންވެސް އަހަރެންދެކެ ހިތްހަމައެއް ނުޖެހޭނެ…. އަފޫ ބޭނުމެއް ނޫނެއްނު ދޯ އެހެން ވާކަށް….” އަޔާނީ ބެލީ ލޯބިން އަފްލާކަށް ވިސްނައިދެވޭތޯއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ.

“ދެން ބުނެބަ… ކޮން އިރަކުން ދާން ޖެހެނީ…..؟؟؟” އަޔާނީ ދެއްކި ވާހަކަ ޤަބޫލުކޮށް އަފްލާކް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން އަޔާނީ އަނެއްކާވެސް އަހާލިއެވެ.

“އަންނަ ހަފްތާގަ…. ވަރަށް ދުރު ރިސޯޓަކުން އަހަންނަށް ވަޒީފާ ލިބުނީވެސް… ނަހީކްމެން އެއަންނަ ގޮތަށް އަވަސް އަވަހަކަށް އަހަންނަށް ރަށަކަށްވެސް ނާދެވޭނެ…. އެހާ ދުވަސް ކޮށްފަ ޔާނީވެސް ފެންނާނީ… އެހެންވެ އަހަރެން ދެރަވީ…. ސޮރީ އެގޮތަށް ވާހަކަ ދެއްކުނީމަ….” އަފްލާކް އިނީ އަސްލުވެސް ވަރަށް ދެރަވެފައެވެ. އަޔާނީ ނުފެންނަ ހިސާބުގައި އުޅުމަކީ އޭނާއަށް މާ ފަސޭހަ ކަމެއް ނޫނެވެ. އަޔާނީދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ.

“އިޓްސް އޯކޭ…..” އަޔާނީ އަފްލާކްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން އިނދެ އޭނާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

 

ދެކޮޅަށް ހިނގާލަ ހިނގާލާ ޝިއުރީ ހުއްޓެވެ. އިރިއިރުކޮޅާ އަތުގައި އޮތް ފޯނަށްވެސް ބަލާލައެވެ. ހީވާ ގޮތުން ފޯން ކޯލަކަށް އިންތިޒާރުކުރަނީއެވެ. އެތާގައި އޮތް ބޮޑު ގަލެއްގައި ލެނގިލައިގެން ޝިއުރީގެ ޙަރަކާތްތަކަށް ބަލަން ހުރި މިޝަލް، ޝިއުރީއަށް ގޮވާލުމުން އޭނާ ބަލާލިއެވެ.

“ތިހާވަރަށް ހިނގަންޏާ ދެފައިން ވާގި ދޫވެދާނެ…. އާދެބަލަ މިތާ އިށީންނަން…..” ގައުގަނޑުމަތީގައި އިށީންނަމުން މިޝަލް މިހެން ބުނުމުން ޝިއުރީވެސް މިޝަލްގެ ގާތުގައި އިށީނެވެ.

“ނަހީކް ނުގުޅައިގެންތަ ތިއުޅެނީ…..؟؟؟؟” ޝިއުރީ މާވަރަކަށް ފޯނަށް ބަލާތީ މިޝަލް އަހާލިއެވެ. ޝިއުރީ “އާނ” އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އަދި ކުޅެގެން ނާންނަނީ ކަންނޭނގެ….” މިޝަލަށް ބަލާލަމުން ޝިއުރީ އިތުރަށް ބުނެލިއެވެ. ޝިއުރީ މިހެން ބުނެލިތާ އިރުކޮޅެއް ނުވަނީސް އޭނާގެ ފޯން ރިންގްވާން ފެށިއެވެ. ފޯންގެ ރިންގާއެކީ ޝިއުރީގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.

“ކުއްޖެއްގެ އިންތިޒާރަށް ނިމުން އައިއްސި….” ފޯނުގެ ސްކްރީންގައި އޮތް ނަހީކްގެ ނަން ފެނުމުން މިޝަލް ބުނެލިއެވެ. އެބައަންނަމޭ ބުނެ ހިނިތުންވެލައިގެން ހުރި ޝިއުރީ އެއްފަރާތަކަށް ޖެހިލަމުން ފޯން ކޯލަށް ޖަވާބުދިނެވެ.

 

“ހާދަ އަވަހަކަށް ނިންމާލީ……” ފަސްވަރަކަށް މިނެޓް ނުވަނީސް ޝިއުރީ ފޯންކޯލް ނިންމާލާފައި އައުމުން މިޝަލަށް އަހާލެވުނެވެ. ޝިއުރީ ވަކި އެއްޗެއް ނުބުނެ ފަނޑު ގޮތަކަށް ހީލަމުން މިޝަލްގެ ގާތުގައި އިށީނެވެ. މިޝަލް ފަރުވާތެރިކަމާއެކީ ޝިއުރީއަށް ބަލާލިއެވެ. ފޯންކޯލް އައިއިރު ޝިއުރީގެ މޫނުމަތީގައިވި އުޖާލާކަމެއް މިހާރު އެމޫނުމަތިން ފެންނާކަށް ނެތެވެ.

“އޯލް އޯކޭ….؟؟؟؟” ޝިއުރީއަށް ބަލަން އިން މިޝަލަށް މިހެން އަހާލެވުނީ ކަންތައްތައް ރަނގަޅު ނޫންހެން ހީވާތީއެވެ. ޝިއުރީ ދެންވެސް އަނގައިން ނުބުނެ ބޯޖަހާލީއެވެ.

“ދެން ކީއްވެ އެހާ އަވަހަށް ފޯން ބޭއްވީ……؟؟؟؟؟” ޝިއުރީއާއި ދޭތެރޭ ވިސްނިވަރަކަށް މިޝަލްގެ ސުވާލުތައްވެސް އިތުރުވަމުން ދިޔައެވެ.

“އޭނަ ނިދި އައިއްސަ ހުރީމަ….” ޝިއުރީގެ ޖަވާބުކުރެވެ. މިޝަލް ބަލަހައްޓައިގެން އިނުމުން ޝިއުރީ ގަދަކަމުން ހީލިއެވެ. އަދި ހަނދުގެ ރިހިއަލިން ޖަރީވެފައިވާ މޫދަށް ނަޒަރު ހުއްޓާލިއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ….؟؟؟؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝަލް މިހެން އަހާލުމުން ޝިއުރީ ބޯޖަހާލިއެވެ.

“ނަހީކް ރަނގަޅުތަ….؟؟؟ އަހަރެން މިބުނީ… ޝިއު އާއި ނަހީކްގެ ގުޅުން….” މިޝަލަށް އެސުވާލު ކުރަން އުނދަގޫވިއެވެ. ނުވެސް ވިސްނާ ހުއްޓާ މިޝަލް ނަހީކާއި ބެހޭ ގޮތުން ސުވާލުކުރުމުން ޝިއުރީ ކުޑަކޮށް ހާސްވާގޮތްވިއެވެ. އެހެންކަމުން މިޝަލަށް އެކަން ފާހަގަވުމުގެ ކުރިން ޝިއުރީ އަވަހަށް ބޯޖަހާލިއެވެ.

“އެކަމަކު ފޯންކޯލް ނިންމާލާފައި އައި ފަހުން ޝިއުގެ މޫޑު އެހާ ރަނގަޅުހެނެއް ހިޔެއް ނުވެ…..” ޝިއުރީގެ މޫނުމަތީގައިވާ ކުލަވަރުތައް ދެނެގަންނަން މަސައްކަތް ކުރަމުން މިޝަލް ވާހަކަދެއްކިއެވެ. މިޝަލް މާވަރަކަށް ސުވާލުކުރަންފެށުމުން ޝިއުރީ ނުތަނަވަސްވާގޮތްވިއެވެ.

“އެއީ.. އެއީ… މިޝްމެން އެގޮތަށް ތިބީމަ މާ ބޮޑަށް ނަހީކް މަތިން މިސްވީ… މިކަހަލަ ރީތި ހަނދުވަރުދޭ ރެއެއްގައި ނަހީކް ނެތީމަ އަހަރެންވެސް ދެރަވާނު ދޯ….” މިޝްޔާމެނަށް ބަލަންއިނދެ ޝިއުރީ ބުނެލިއެވެ. ޝިއުރީ އެހެން ބުނުމުން، މިޝަލް ބޯ ޖަހާލިނަމަވެސް ޝިއުރީގެ މޫޑު ގޯސްވުމުގެ ސަބަބަކީ އެއީ ކަމަކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

**********************

 

ބެލް ޖެހުމާއިއެކު ކޮންމެ ކުއްޖަކުވެސް އަވަހަށް ބެލީ ދަބަހަށް ފޮތްތައް އަޅައިގެން ކްލާހުން ނުކުމެވޭތޯއެވެ. އަޔާނީއާއި އޭނާގެ އެކުވެރިންވެސް އެކުއެކީހެން ކްލާހުން ނުކުތެވެ. އެހެން ކުދިންނާ ޚިލާފަށް، ހަތަރު އެކުވެރިން ލަސް ލަހުން ހިނގާލާފައި ދިޔައިރު، ދެކެވެމުން ދިޔައީ އިސްލާމް ގަޑީގައި ނަގައިދިން ފިލާވަޅުގެ ވާހަކައެވެ. ނަމަވެސް އެހެން ދުވަސް ދުވަހާ ޚިލާފަށް އަޔާނީ، މިއަދު މާ މަޑުން ހުންނަކަން އެކުވެރިންނަށް ފާހަގަކުރެވުނީ އެމީހުންގެ ވާހަކައިގައި ބައިވެރި ނުވުމުންނެވެ.

“ޔާނީ…. ކިހިނެއްވީ ބަހެއް ނުކިޔާ މާ މަޑުން ތިހުރީ….؟؟؟” އަޔާނީއާއި ޖެހިގެން ހުރި ޝިއުރީ އޭނާގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ. ދެން ތިބި ދެކުދިންވެސް އަޔާނީއަށް ބަލަހައްޓައިގެން ތިބީ ޖަވާބެއްގެ އިންތިޒާރުގައެވެ. އަޔާނީ ފުންނޭވާއެއްލުމަށްފަހު މަޑުޖެހިލުމުން ޝިއުރީމެންވެސް ހިނގުން ހުއްޓާލިއެވެ. އޭރު އެކުދިންނަށް ތިބެވުނީ ލައިބްރަރީއާއި މާދުރުނޫން ހިސާބެއްގައި ހުރި ބޮޑު ގަހެއްގެ ހިޔާދަށުގައެވެ.

“އަފޫއަށް ރިސޯޓުން ޖޮބް ހަމަޖެހިއްޖެ… އަންނަ ހަފްތާގަ އޭނަ ދާނެ….” ގާތުގައި ތިބި އެކުވެރިންނަށް ބަލާލަމުން އަޔާނީ ބުނެލިއެވެ.

“ފައިނަލީ…. އެކުއްޖާ ވަޒީފާއަށް ދާން އެއްބަސްވީތަ…..؟؟؟؟” ޝިއުރީއަށް މަޑުން ނުހުރެވިގެން ދެލޯ ބޮޑުކޮށްލަމުން ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެވަގުތު އެހެންލާފައި ދިޔަ ދެކުއްޖަކު ބަލާލިއެވެ. ރަކިވީވަރުން، ޝިއުރީއަށް އަނގަމަތީ އަތްއަޅާލެވުނީ، ވާހަކަ ދެއްކުނީ މާ ބާރަށްކަން، އަމިއްލައަށް ވިސްނުމުންނެވެ.

“އުފާވޭ އަފޫ ވަޒީފާއަށް ދާން އުޅޭތީވެސް…. އެކަމަކު ދެރަވެސް ވޭ…. ދެން އެހާ އަވަހަކަށް ނުވެސް ފެންނާނެ…. ވަރަށް ދުރު ރިސޯޓަކަށް ދާން އުޅެނީވެސް…” އަޔާނީ ދެރަވެފައިހުރިކަން އޭނާގެ އަޑާއި ރާގުންވެސް އެކުވެރިންނަށް ދެނެގަނެވުނެވެ.

“ދެން އެކަމާ ނުވިސްނާ…. ނަސީބެއްނު މި ވީކްއެންޑްގަ ދަތުރު ދާން ރޭވުނުކަންވެސް…. ދަތުރު ގޮސް ޔާނީއަށް އަފޫއާއިއެކީ ގިނަ ވަގުތު ހޭދަ ކުރެވޭނެއްނު…..” އަޔާނީގެ ކޮނޑުގައި އަތްބާއްވާލަމުން މިޝްޔާ ވާހަކަ ދެއްކީ އޯގާތެރިކަމާއިއެކީގައެވެ.

“ދަތުރޭ ބުނީމަ މި ހަނދާންވީ…… ޔާލް މަންމަގެ ހުއްދަ ހޯދައިފިންތަ….؟؟ ބުނީމެއްނު މަންމަ ހުއްދަ ދިނިއްޔާއޭ ދެވޭނީ….” ކުއްލިއަކަށް ހަނދާންވުމުން ޔަލްވީއަށް ބަލާލަމުން ޝިއުރީ ސުވާލުކޮށްލިއެވެ. އެއާއިއެކު ވަގުތުން ޔަލްވީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަމަވެސް އެކުވެރިންނަށް އެކަން ފާހަގަވުމުގެ ކުރިން ޔަލްވީ ގަދަކަމުން ހީލިއެވެ.

“ސޮރީ ގާރލްސް… ޔާލް އެހެންފަހަރަކުން ތިމީހުންނާއެކީ ދަތުރު ދާނަން…. މިފަހަރު ނުދެވޭނެ….”

” މިއަދު މިފޮތް ހަވާލުކުރަންޖެހޭނެ…. އަހަރެން މިދަނީ ލައިބްރަރީއަށް….” އަތުގައި އޮތް ވާހަކަފޮތް ދައްކާލަމުން ޔަލްވީ އަވަހަށް މިސްރާބުޖެހީ ލައިބްރަރީއަށް ދިއުމަށެވެ. އެކުވެރިންނަށް އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއްވެސް ނުދީއެވެ. މަންމަ ހުއްދަ ނުދިން ވާހަކަ އެކުވެރިންގާތުގައި ބުނަން ޔަލްވީ ބޭނުން ނުވީ ހުއްދަ ނުދިން ސަބަބު އެކުވެރިންނަށް ހާމަ ކުރަން ބޭނުން ނުވާތީއެވެ.

********************

 

ހަލުވިކޮށް ހިނގަމުން ދިޔައިރު، ޔަލްވީ ހުރީ މޫޑުގޯސްވެފައެވެ. އިސްޖަހާލައިގެން ހުރެ ލައިބްރަރީއަށް ވަންނަން ދިމާކޮށްލިވަގުތު ކުއްޖެއްގެ ގައިގައި ލައިގެންފައި އަތުގައި ހުރި ފޮތްތައް ވެރުނެވެ. “ސޮރީ” އޭ ބުނެލުމަށްފަހު، އެކުއްޖާ އަވަސް އަރުވާލާފައި އެތަނުން ދިޔައީއެވެ.

“އެއްކަލަ އަތުގައި ވަރު ނުހުންނަ ކުއްޖާ ދޯ މިއުޅެނީ….” ފޮތްތައް ނަގަން ތިރިވި ޔަލްވީ އިސް އުފުލާ ބަލާލީ ދާދި ގާތުން ޝައުންގެ އަޑު އިވުމުންނެވެ. އޭރު ޝައުންވެސް ބިންމަތީ އޮތް ފޮތެއް ނަގައި ހިންދެމިލަނީއެވެ.

“ދެންމެ ދިޔަ ކުއްޖާގެ ގައިގައި ޖެހިފައި …… …….” އެހެން ފޮތްތައް ބިންމަތިން ނަގަމުން ޔަލްވީ، ކަންވީގޮތުގެ ސުރުޚީ އަޅާލުމުން ޝައުން ހީލިއެވެ. އެ ރީތި ހިނިތުންވުން ފެނި ޔަލްވީގެ ހިތް، ހީވީ އުދުއްސައިގެން ހިނގައިދާނެހެންނެވެ. ހީލާއިރު ތުންފަތުގެ ދެކޮޅު އަޑިވެލާގޮތާއި، ހިމަދިގު ދެލޯ އިތުރަށް ހަނިވެގެންދާއިރު، ހިތްދަމައިގަންނަ ބާރެއްވާކަހަލައެވެ. މުށިކުލައިގެ ދެލޮލުން ބަލާލާ ކޮންމެ ފަހަރަކު، އެ ދެލޮލުގެ ތޫނުބެލުމުން ޔަލްވީގެ ގައިން ހީބިހި ނަގައިގެން ދެއެވެ.

“ކޮބާ ރެޑީތަ…؟؟؟” ޝައުންގެ ރީތިކަމަށް ގެއްލިފައިހުރި ޔަލްވީއަށް ސިހުން ގެނުވީ ޝައުންގެ ސުވާލުންނެވެ.

“ކޮންކަމަކަށް…..” ރަކިވީވަރުން ޔަލްވީއަށް އަހާލެވުނީ އިސްޖަހާލައިގެން ހުރެއެވެ. ޝައުން ފެނުމުން ނުބަލަން އުޅުނަސް ޔަލްވީއަށް ބެލެނީއެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް، ޔަލްވީގެ ހިތް، އޭނާގެ ބާރުގެ ދަށުން ދޫވެގެން ދާން އުޅޭހެން ހީވަނީއެވެ.

“ދަތުރު ދާކަންނު…” ޝައުން މިހެން ބުނުމާއިއެކު ޔަލްވީގެ މޫނުގެ ކުލަވަރު އަނެއްކާވެސް ބަދަލުވެގެން ދިޔައެވެ. ތުންފަތަށް ވެރިވި ހިނިތުންވުންވެސް ފަނޑުވިއެވެ. އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާއިރު، އެންމެން ދަތުރުގެ ވާހަކަ ދައްކާތީ ޔަލްވީއަށް އުނދަގޫވިއެވެ. އޭނާ ދަތުރު ދާން ބޭނުން ނުވާތީއެއް ނޫނެވެ. މަންމަގެ ހުއްދަ ނުލިބުމުން ދެވެން ނެތީމައެވެ.

“އަހަރެން ނުދަން….” ޔަލްވީގެ ޖަވާބު ކުރެވެ.

“ކީއްވެ؟؟؟؟ ހިނގާބަ ދާން…. ވަރަށް މަޖާވާނެ…..” ޝައުނަށް ބަލަހައްޓައިގެން ޔަލްވީއަށް ހުރެވުނީ، އެ ޖުމަލައިން ނަގަންވީ ކޮން މާނައެއްކަން ނުވިސްނުމުންނެވެ. އެހެން ހުއްޓާ ސިހުނީ، ޝައުންގެ ނަމުން މީހަކު ގޮވާލުމުންނެވެ. ދެމީހުންނަށް އެއްފަހަރާ އަޑުއައި ދިމާއަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (46)

  1. Eemyaa

    Hurihaakudhin 🙂 🙂
    Heekuran mi partves kamudhaane kamah
    Vahaka kiyamudhaairu kusheh vaanama faahaga kohdhinun edhen
    Thanks all, for ur support and love 🙂

  2. Adha?

    Eeem!❤ thank you… inthixaaruga huhta thi up kohdhiny….. hmm.. e eesha gandu dw e govee shaun ah.. hunnaane foari dhen.. i think shaun also like yaal?.. varah reethi mi ep ves.. hama superb? waiting 4 next ep❤❤❤❤

    1. Eemyaa
      Adha?

      Thanks Adha ? ?
      Hehe l

    2. Eemyaa
      Adha?

      Lets see dw a e eesha tho nuny ehn meehakutho ?
      Eyrun eeshaa rulhi annaanu kiki ??
      Thanks alott Adha ?

  3. Na

    Please please please please please please please please please please please please please please please please please please please please maadhan up khdheyn try kohdhybala please please please please please please please please please please please please please please please please please please please please, i cant wait 4 Friday!!!!!!!!

    1. Eemyaa
      Na

      Owwww ?
      Na alhe v bodah sorry maadhan up kohdheyn v undhaguvaane
      Eem ah aslu ehaa time eh nulibey job ah dhamun life ge ehn kanthaka ulhemun so sorry
      Bt In Sha Allah friday ga up kohladheynan ☺
      Morning ga up kureveytho v try kuraanan bt yageen kameh nudheveyne
      Anyway v v v happy vejje mi vaahaka ehaa kiyaalaa hithun huryma ???
      Kuriah huri part thah ves thiha kiyaa hithun kiyaalaane kamah heekuran ☺☺❤❤❤

  4. song joong ki..KOREAN

    Ehkala zeela gadha eesha gandu dhw e govy. pispis, hehe. vvvvv reethi mi part vx. picnic adhivx nudhey dhw. alhey yalvy ah picnic dheveynama dhw. waiting for the nxt part ..

    1. Eemyaa
      song joong ki..KOREAN

      Hehe lets see dw song ??
      Thank you ?
      Picnic ah adhi kuda inthizaareh kohlaa
      Eem ah heevany mi v gothun song ves emyhuna eky picnic fonuvaalan v kanne ??
      Asluves yalvy ah ves dheveyne nama dw ?

    2. song joong ki..KOREAN
      song joong ki..KOREAN

      vv dhaahiyyvey. fonuva dhyba. hehe 🙂 😉

    3. Adha?
      song joong ki..KOREAN

      Adha ves gendheba?

    4. Eemyaa
      song joong ki..KOREAN

      Haha be ready both of u dream ga picnic dhaan ??
      A e majaa engey

    5. song joong ki..KOREAN
      song joong ki..KOREAN

      ok ready hama. hehe its ok 🙂 Adha ready ve dhaan hingey. 🙂 😉

    6. Eemyaa
      song joong ki..KOREAN

      Hehe

    7. Adha?
      song joong ki..KOREAN

      Hehe? hama ready..

    8. Song joong ki... KOREAN
      song joong ki..KOREAN

      Ready vehjiyya avahah nidha. Eyrun dhw dream in dheveynee. Hehe 🙂 🙂

  5. Coco

    Story v nice kon irakun yanaal ge reason In geyny I mean adhi kitha part fahun hey

    1. Eemyaa
      Coco

      Thanks Coco ?
      Adhi 6 varakah part fahun kanne engeyvaru vaany

  6. Zish

    Woww!!vvvv reethi..eem ge hurihaa stories ves kiyaafin mi story reethi kamun..vvv reethi hurihaa stories ves…next part kon irakuntha??I just cant wait..

    1. Eemyaa
      Zish

      Thanks Zish ?
      Oww happy to knw tht
      Thank you ??
      Next part on Friday ?

  7. Shahoo

    Ohhh v salhi?? wen nxt part?

    1. Eemyaa
      Shahoo

      Thanks Shahoo ??
      Next part on Friday ?

  8. Gal

    Mee kitha part ge story eh

    1. Eemyaa
      Gal

      Exactly bunaakah adhi neyge
      Bt its a very long story
      More than 50 parts ?

  9. Xna

    Nice…yalv,.my fav in this stry..,Yalvy nulaa picnic nudhaane?..thalhuvaalaafa e ninmaalee.? Waitinggggg.

    1. Eemyaa
      Xna

      Thanks Xna ?
      Oww ?
      Haha Xna v yageen koh eba buney yalvy dhaaney dw dhn lets see.. hehe ☺☺
      Asluvs thalhuvaalaafa ey dw mi ninmaalevuny sorry
      Thanks alott Xna ?

  10. ???

    Baeh kudhinn nah kamaku nudhey vaahaka ge kusheh ragalhu kohlann buniima…..ekam vess vvvvvv rythi mibaii vess???

    1. Eemyaa
      ???

      Dear, Eem ah varah rangalhu kusheh iniyya faahaga kohla dheefiya cox i want to improve my writing skill
      Nd bunaathy adu ivey faadu kiyumakyves libey kuri erumekey
      So dnt hesitate jst point out the mistakes
      Hama gaimuves Eem rulhi eh naanaanan kusheh bunedhinas ???
      Anyway Thanks alott dear ???

  11. Naaanu

    Yalvee innathanah ebain yanaal levifa hehe.its okau dho ehenves vaane.vaahaka varah loabi .shaun varah loabikoh sifa kurevijje hahah.ekamu idk why i cant imagine aflaak and naheek.lmao.mishal fakeeru dho ekani mihunnany

    1. Ash ?
      Naaanu

      Idk ge meaning buneladhyba

    2. Eemyaa
      Naaanu

      Oww Naaanu, ethan rangalhu kohlaanan
      Haha Aslutha ?
      Adhi ekudhin sifa kohdheefa neenaane ehnve kanne sifa nuvany dw ?
      Asluves e fakeeru dw ekani vefa ?
      Anyway thanks alott Naaanu ?
      Thanks mistakes bunedhinymaves ☺☺ hehe

    3. Eemyaa
      Naaanu

      Ash Idk means I Dont Knw
      Dw Naaanu

  12. Ash ?

    Mi vaahakaige main character buneladhyba ? By the way mi part ves varah salhi?

    1. Eemyaa
      Ash ?

      Ash mi vaahakaiga ulheny 4 main character
      Ae Shiuree, Yalvee, Ayaanee nd Mishya
      Mi 4 grls ge life ga dhima vaa kanthah mi vaahakaiga annaany
      Adhi bodah e annany yalvee ge bai dw
      fahun ehn kudhinge bai thah ves adhi annaane ☺
      Thanks alott Ash??

  13. Aree

    Woww v nice mi part vex ? keep it up Eem? Waiting for the next part???

    1. Eemyaa
      Aree

      Thanks Aree ???

  14. Sidhu

    Ohhhhhhhhhhhh I love it..sidhuge favourite story. …..haadha salhiye. ..kihinakunhey buneladheyni mi vaahaka furihamakan. ..?kihinakunbaa madun hureveyni mi story kiyaa nulaa. ❤mi hithun shauguverikan vevunu eam ge yaaru mivany loabey hageegee aa nulaa. ….

    1. Eemyaa
      Sidhu

      Thanks Sidhu ??
      V happy vejje story thihaa kamudhiya eethee ☺
      Thanks alottt ❤❤❤

  15. Cher

    Woow varah salhi..part thah vx hyvany maa kuru hn mihaaru…dhn up vaany Friday ga dhw?? Waiting waiting ❤❤

    1. Eemyaa
      Cher

      Thanks Cher ?
      Alhe aslutha bt mi part v dhigu koh liyuny
      Yeah, next part on Friday ???
      Keep waiting ??

  16. Ash ?

    Bodah yalvee ge bai aeema reethi?

    1. Eemyaa
      Ash ?

      Ehentha Ash ☺

  17. Rahuma Abdulraheem

    4 5 part kiyaalan baanun

  18. Rahuma Abdulraheem

    Mi 2 part nukie vaatheeva

    1. Esfiya
      Rahuma Abdulraheem
    2. Rahuma Abdulraheem
      Rahuma Abdulraheem

      Thank you

    3. Eemyaa
      Rahuma Abdulraheem

      Rahuma 4th n 5th part kiyaalevijje tha mihaaru

Comments are closed.