Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (2ވަނަ ބައި)

“އެއީ ކޮންކުއްޖެއް….؟؟؟” ޔަލްވީގޮސް ގެއަށްވަނުމުން މިޝްޔާ އަހާލިއެވެ.

“މީގެ ކުރިން އަހަރެން ނުދެކެން އެކުއްޖާއެއް…. މިރަށު ކުއްޖެއް ނޫންކަންނޭގެ…..” ލައިގެންހުރި ގަމީހުގެ ކަނުން، އައިނުގެ ލޯކޮޅު ސާފުކޮށްލަމުން އަޔާނީ، މިޝްޔާގެ ސުވާލަށް ޖަވާބުދިނެވެ.

“އެކުއްޖާއަކީ ކާކުތޯ ބަލާނީ ފަހުން… ގަޑިޖެހެން ފަސްމިނެޓަށްވެއްޖެ…. ދެންވެސް ހިނގާބަލަ ދާން….” ދަބަހުގައި އޮތް ފޯނުން، ގަޑި ބަލާލުމަށްފަހު، މިޝްޔާއާއި، އަޔާނީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޝިއުރީ ބުނެލިއެވެ.

—————————-

ޖެހިގެން އައި ދުވަހެވެ. ޔުނީފޯމް ލައިގެން، މަދަރުސާއަށް ދާން ތައްޔާރުވެގެންހުރި އަޔާނީ، އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ޝިއުރީމެންގެ އިންތިޒާރުގައެވެ. އިރުއިރުކޮޅާ، އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. މަގުގެ ހުޅަނގަށް ބަލާލިވަގުތު، އަޔާނީގެ ލޮލުގައި އަޅައިގަތީ، މަދަރުސާއަށް ދާން ތައްޔާރުވެގެންހުރެ، އެކޮޅުން އައި ޔަލްވީއެވެ.

“ޔަލްވީ…” ޔަލްވީ، އަޔާނީމެންގެއާއި ހަމައަށް އައުމުން އަޔާނީ ގޮވާލިއެވެ. ފުރަތަމަ ޔަލްވީގެ މޫނުން ހައިރާންކަން ފެނިގެންދިޔަނަމަވެސް، ދެވަނަ ސިކުންތުގައި ހިނިތުންވެލަމުން، އޭނާ އަޔާނީއާއި ދިމާއަށް ހިނގައިގަތެވެ.

“ޔަލްވީ މިރަށު މަދަރުސާއަށް ބަދަލުވީތަ…؟؟؟” ޔަލްވީ އައިސް މަޑުކޮށްލުމުން، އަޔާނީ އަހާލީ ގާތްގޮތަކަށެވެ. ބޯޖަހާލަމުން، އޭނާގެ ނަން އެނގުނީ ކިހިނެއްތޯ ޔަލްވީ އަހާލިއެވެ.

“ރޭގައި ދިމާވިއެއްނު… ގޭތެރެއިން ނުކުތް ދައްތަ އެނަމުން ގޮވާލީމާ އެނގުނީ…. އަހަންނަށް ކިޔަނީ އަޔާނީ….” ޔަލްވީގެ ސުވާލަށް ޖަވާބުދިނުމަށްފަހު، އަޔާނީ އަމިއްލައަށް ތަޢާރަފްވެލިއެވެ. އެވަގުތު، އެގެއާއި ޖެހިގެންހުރި ގޯޅިން ނުކުތް މިޝްޔާއާއި، ޝިއުރީ ފެނުމުން، ޔަލްވީގެ އަތުގައި ހިފައިގެން އަޔާނީ، އެމީހުންގެ ގާތަށް ދިޔައެވެ. އަދި ޔަލްވީއަށް މިޝްޔާމެން ތަޢާރަފްކޮށްދިނެވެ. އަޔާނީއެކޭ އެއްފަދައިން މިޝްޔާމެންވެސް، ވަރަށް ގާތްގޮތަކަށް ޔަލްވީއާއި ވާހަކަ ދެއްކިއެވެ. ހަތަރު ކުދިން އެކުގައި މަދަރުސާއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.

“ޔަލްވީ ކޮން ކްލާހެއްތަ….؟؟؟” ޔަލްވީގެ އެއްފަރާތުގައި ހުރި ޝިއުރީ އަހާލިއެވެ.

“ބާރަ ބީ” ޔަލްވީ މިހެން ބުނުމާއިއެކު، ދެން ތިބި ތިންކުދިންނަށް އެއްފަހަރާ، އަހަރެމެން ކްލާސް ދޯ އޭ ބުނެލެވުނެވެ. އެއާއިއެކު، އެންމެން އެއްފަހަރާ ހޭންފެށީ މިވީ މާރަނގަޅަށްށޭ ބުނަމުންނެވެ. އެރަށު މަދަރުސާއަށް ދާން ނުކުތް ފުރަތަމަ ދުވަހުވެސް، މަދަރުސާއާއި ހަމައަށް ނުދެވެނިސް، އެހާ ގާތް އެކުވެރިންތަކެއް ލިބުމުން ޔަލްވީގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ.

********************

 

ހަތަރު ކުދިން ވާހަކައިގައިގޮސް ކްލާހަށް ވަންނަން ދިމާކޮށްލިވަގުތު، ކްލާސްތެރެއިން ބޮނޑިކޮށްފައިއޮތް ކަރުދާސްގަނޑެއް އައިސް ޖެހުނީ، ޔަލްވީގެ ނިއްކުރީގައެވެ. ދޮރުމަތީގައިހުރެ، އެ ކަރުދާސްގަނޑުން ރެކިގަންނަންވެގެން ތިރިވެލި އިޔާޒަށް، މިމަންޒަރު ފެނުމުން އަނގަމަތީ އަތްއަޅާފައި ހޭންފެށިއެވެ. އިޔާޒް ގައިގައި ޖަހަން އެއްލި ކަރުދާސްގަނޑު ޔަލްވީގެ ގައިގައި ޖެހުމުން ނުވާކަމަށް ހަދާލަމުން ބޯކަހާލުމަށްފަހު، ޝައުން އަވަހަށްގޮސް ގޮނޑީގައި އިށީނެވެ.

“އިޔާޒް…. ކޮންކަމެއްތަ ތީ…؟؟؟” ހުއްޓާނުލާ ހެވެމުންދިޔަ އިޔާޒަށް ލޯއަޅާލަމުން އަޔާނީ ބުނެލިއެވެ. އަދި ޔަލްވީގެ އަތުގައި ހިފައިގެން ކްލާހަށް ވަނެވެ. އެމީހުންގެ ފަހަތުން މިޝްޔާމެންވެސް ވަނެވެ.

“އަދި މި ޝައުންވެސް އެބައިނެއްނު ކަރުދާސްގަނޑު އެއްލާފަ ނުވާކަމަށް ހެދިގެން…..” ޝައުނާއި ހަމައަށް ދެވުމުން، މަޑުކޮށްލަމުން އަޔާނީ ބުނެލިއެވެ. އެވަގުތު ޔަލްވީއަށްވެސް ޝައުނާއި ދިމާއަށް ބަލާލެވުނެވެ. އެހިނދުމެ، ޝައުންގެ ރީތިކަމަށް ހިތުގެ އަޑިން ޔަލްވީއަށް ތަޢުރީފްކޮށްލެވުނެވެ. ޝައުނަށް، ޤުދުރަތުން ދޮންކަމެއް ލިބިފައިވީނަމަވެސް، އިރުގެ ދިލަހޫނުން އަނދާފައިވާއިރު، އެ މޫނުމައްޗަށް އަރާފައިވާ ރަތްކުލަ ނުހަނު ހިތްގައިމެވެ. ބޮލުގެ ދެއަރިމަތިން އިސްތަށިގަނޑު ތުނިކޮށް ކޮށާލާފައިވާއިރު، މެދުގައިހުރި އިސްތަށިތައްވެސް މާކަ ދިގެއްނޫނެވެ. ބޮލުގެ އިސްތަށިގަނޑަށްށާއި، އަތުގައި ފަޅާފައިހުރި ލޯލިތަކަށް އަރާފައިވާ ރަންކުލައިން ގިނަވަގުތު އަވީގައި ހޭދަކުރާ ޒުވާނެއްކަން ހާމަވެއެވެ. ހިމަ، ދިގު ލޮލުގައި ހިތްދަމައިގަންނަ ބާރެއްވާކަހަލައެވެ. އިސްކޮޅުގައި ހަފޫޓްވަރު ހުރިއިރު، ލިބިފައިވަނީ ކަސްރަތީ ހަށިގަނޑެކެވެ. ތުނިކޮށް ފަޅާފައިހުރި ތުނބުޅި މަތިމަހުން އޭނާގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

“މާފްކުރޭ…..” ޔަލްވީ ބަލަހައްޓައިގެން ހުންނަން ފެށުމުން ޝައުން މަޢާފަށް އެދުނެވެ. ޝައުންގެ އަޑަށް ހަމަހޭވެރިކަންވި ޔަލްވީއަށް އިސްޖަހާލެވުނީ ލަދުންނެވެ.

“ޔަލްވީ… ހިނގާ ދާން… މިތާ މާ ގިނައިރު ހުންނަންވެއްޖިއްޔާ ކްލާސްތެރެއަށް ތޫފާނެއް އައިސްދާނެ…..” ކްލާހަށް ވަދެގެން އައި އީޝާ ފެނުމުން ޔަލްވީގެ ކަންފަތްދޮށުގައި އަޔާނީ ބުނެލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެންގޮސް، އަޔާނީ އިށީނީ އެންމެ ފަހަތުގައި ހުރި ގޮނޑިބަރީގައެވެ. އަޔާނީ ބުނި އެއްޗެއް ފަހުމް ނުވިނަމަވެސް، އަޔާނީގެ ފަހަތުން ޔަލްވީ ދިޔައެވެ. އަޔާނީއާއި ޖެހިގެންހުރި ގޮނޑީގައި އިށީނުމަށްފަހު، ދަބަސް އުނގުމައްޗަށް ލަމުން ޔަލްވީއަށް އަނެއްކާވެސް ޝައުނާއި ދިމާއަށް ބަލާލެވުނެވެ.

“އެހާވަރަށް ނުބަލާ…. ތިހިރަ އަންނަ މަންޖެ ޔަލްވީ ކާލާކަށްވެސް ފަހަކަށް ނުޖެހޭނެ….” ޔަލްވީ ޝައުނާއި ދިމާއަށް ބަލާކަށް އެނގުމުން، އީޝާއަށް އިޝާރާތްކޮށްލަމުން ޝިއުރީ ބުނެލިއެވެ. އަދި ޔަލްވީގެ އަނެއްފަރާތުގައި ހުރި ގޮނޑި ދަމާލަމުން އިށީނެވެ. ޝިއުރީގެ ޖުމްލަ އަޑު އިވުމުން މިޝްޔާ ހިނިގަނޑެއް ޖަހާލަމުން ޝިއުރީއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭރު ޔަލްވީމެނާއި ދިމާއަށް ބަލަމުން ކްލާހަށް ވަދެގެން އައި އީޝާ، ޝައުންގެ ގާތުގައި މަޑުކޮށްލަނީއެވެ.

“ކޮން ވާހަކައެއް އެ އަންހެން ކުއްޖާގާތުގައި ތިދެއްކީ….؟؟؟؟” ޝައުންގެ ގާތުގައި މަޑުކޮށްލަމުން އީޝާ އަހާލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ޝައުން ކަންވީގޮތް ކިޔައިދިނުމުން އީޝާވެސް ގޮނޑީގައި އިށީނުމަށް ހިނގައިގަތެވެ. އީޝާގޮސް ޔަލްވީގެ ކުރިމަތީގައި ހުރި ގޮނޑީގައި ދަބަސް ބަހައްޓަމުން ޔަލްވީއާއި ކުރިމަތިލިއެވެ.

“އެއީ ޝައުން ތީނަ ގައިގައި ޖަހަން އެއްލި ކަރުދާސްގަނޑެއް ނޫން…. އެގޮތަށް ކަންތައްވީމަ ހިތަށް ނާރުވައްޗޭ ޝައުން ތީނައާ ހިތާވީއޭ… ޝައުން އެއީ އަހަރެން ރައްޓެހިވެގެންއުޅޭ ކުއްޖާ….. އެކަން ހަނދާން ބަހައްޓައިގެން އުޅޭތި…!!!!” ޝަހާދަ އިނގިލި ދިއްކޮށްގެންހުރެ، އީޝާ އިންޒާރުދިނުމުން ޔަލްވީ އަވަސް އަވަހަށް ބޯޖަހާލިއެވެ. އީޝާ ޝިއުރީމެންނާއި ދިމާއަށް ފާޑަކަށް ބަލާލަމުން ގޮނޑީގައި އިށީނެވެ. އަޔާނީގާތަށް އައި ރުޅީގައި، އަނގަޔަށް ފާޑަކަށް ވައްތަރު ޖައްސާލުމަށްފަހު، ހަމައެކަނި ޔަލްވީއަށް އަޑު އިވޭނެހެން އީޝާގެ ޖުމްލަތައް ތަކުރާރުކޮށްލިއެވެ. އެކަމާ މަޖާވީނަމަވެސް، އީޝާގެ އިންޒާރުން ޔަލްވީއަށް ހީލަންވެސް ނުކެރުނެވެ.

“ސިސީ… މީ ކޮންކުއްޖެއްތަ…؟؟؟ ހާދަ ރީތި ކުއްޖެކޭ….؟؟؟” އަޔާނީގެ މޭޒު ކައިރީގައި މަޑުކޮށްލަމުން، ޔަލްވީއަށް އިޝާރާތްކޮށް އިޔާޒް އަހާލިއެވެ. އިޔާޒަކީ، އަޔާނީގެ ދެބެންގެ ދެދަރި ކުއްޖެކެވެ. އިޔާޒްގެ ވާހަކަ ހުރިގޮތުން، އަޔާނީ ހިތްހަމަނުޖެހުނެވެ.

“އިޔާޒް، ބުނަން ވާހަކައެއް…. ޔަލްވީއަށް އުނދަގޫކުރަން ހިތުވެސް ނުލާތި…. ތަންކޮޅެއް ޞާލިޙުވެބަލަ…. އޭނައަށް އުނދަގޫކޮށްފިއްޔާ އަހަރެން ދޮންދައްތަ ގާތުގައި އިޔާޒްގެ ވާހަކަ ބުނާނަން…. އޭރުން ދެން ވާނެގޮތް އެނގެއެއްނު…..” ހަރުގޮތަކަށް ވާހަކަ ދައްކަމުން އަޔާނީ އިޔާޒަށް އިންޒާރުދިނެވެ.

“ހުއް…. އަހަރެން އެބައުޅެންތަ އޭނައަށް އުނދަގޫކުރަން… މި ކްލާހަށް އަދި އަލަށް އައީމައޭ، އަހަރެން މިއަހާލީ ކޮން ކުއްޖެއްހެއްޔޭ…؟؟؟” އަނގައިން ވައްތަރު ޖައްސާލަމުން މިހެން ބުނެފައި އިޔާޒް ގޮސް ޝައުންގެ ގާތުގައި އިށީނެވެ.

“އައްދޭ….. އަޔާ، ކޮންކަހަލަ މަންޒަރެއް މިފެނުނީ…. މިއަދު ޖަދަލުވެސްކޮށްނުލާ، ކީއްވެ އެހާ އަވަހަށް އެދިޔައީ…؟؟؟” އެހާ ފަސޭހައިން އިޔާޒް އެތަނުން ދިޔުމުން ޝިއުރީއަށް އަހާލެވުނެވެ. އެހެނީ، އިޔާޒަކީ، އެއްއިރެއްގައިވެސް އަޔާނީއަށް ދޫ ދޭ މީހެއް ނޫނެވެ.

“ކީއްކުރާނީ… ސައިކަލަކަށްޓަކައި އެފަކީރު އެހުންނަނީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް…” ހިނގަނޑެއް ޖަހާލަމުން އަޔާނީ މިހެން ބުނުމުން ޝިއުރީމެންވެސް ހޭންފެށިއެވެ.

********************

 

ސްކޫލުން ނިމިގެން ޔަލްވީ ގެއަށް އައިއިރު، އޭނާގެ މަންމަ ނޫރައިން، ކާގޭގައި ކާންހެދުމުގައި އަވަދިނެތި އުޅެމުންދެއެވެ.

“ހާދަ މީރުވަސް ދުވައޭ” ކާގޭ ދޮރުމައްޗަށް އަރާލުމާއިއެކު، ދުވި މީރު ވަހުން، ނޭފަތް އެތެރެއަށް ދަމާލަމުން ޔަލްވީއަށް  ބުނެލެވުނެވެ. ޔަނާލްގެ އަޑަށް ނޫރައިން ދޮރާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޔަލްވީ އައިސް ކާމޭޒުމަތީ ފޮތްދަބަސް ބަހައްޓަމުން ގޮނޑިއެއް ދަމާލުމަށްފަހު، އިށީނެވެ. ނޫރައިންވެސް، ކުރަންހުރި މަސައްކަތް ބެހެއްޓުމަށްފަހު، އައިސް ދަރިފުޅުގެ ގާތުގައި އިށީނެވެ.

“ދަރިފުޅާ މަދަރުސާ ކިހިނެއްވަނީ…. ކަމުދޭތަ…؟؟؟ އެކުވެރިން ލިބުންތަ…؟؟؟” ހިތް އަވަސްވެފައި އިނދެ، ނޫރައިންއަށް އަހާލެވުނެވެ. ޔަލްވީ ނިކަން ގަޔާވެގެން އިނދެ އަޔާނީމެންގެ ވާހަކައާއި، މަދަރުސާގެ ވާހަކަ މަންމައަށް ކިޔައިދިނެވެ. ޝައުގުވެރިކަމާއިއެކު، ޔަލްވީގެ ވާހަކަ އަޑުއަހަން އިން ނޫރައިންގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައީ، ދަރިފުޅުގެ މޫނުމަތީގައިވާ އުފާވެރިކަމާއި، ތުންފަތުގައިވާ ހިނިތުންވުން ފެނުމުންނެވެ. ވާނީވެސް އެހެންތާއެވެ. ޔަލްވީގެ ބައްޕަ ޔާމީން، ނޫރައިން ވަރިކުރުމުން ދަރިފުޅު ގޮވައިގެން ނޫރައިންއަށް އަންނަންޖެހުނީ އޭނާގެ އުފަން ރަށަށް، އޭނާގެ މައިންބަފައިންގެ ގާތަށެވެ. އެއީ ނޫރައިންގެ އުފަން ރަށްކަމުގައި ވީނަމަވެސް، ޔަލްވީ އެރަށަށް އެ އައީ މުޅީން އަލަށެވެ. ކިޔެވުމުގެ ވަކި ހިސާބަކުން އެހެން މަދަރުސާއަކަށް ބަދަލުވާން ޖެހުމުން ޔަލްވީގެ ކިޔެވުމަށް އެކަމުން އަސަރުކޮށްފާނެތީ، ނޫރައިން ހުންނަނީ ޖެހިލުންވެފައެވެ. ނަމަވެސް، ދަރިފުޅުގެ އުފާވެރި މޫނު ފެނި، އޭނާގެ ހިތުން، ހުރިހާ ބިރެއްވެސް އިސާހިތަކު ފިލައިގެން ހިނގައްޖެއެވެ.

މަދަރުސާގެ، ހުރިހާ ވާހަކައެއް މަންމައަށް ކިޔައިދިންއިރުވެސް، ޝައުންގެ ވާހަކަ މަންމަ ގާތުގައި ދައްކާކަށް ޔަލްވީއަކަށް ނުކެރުނެވެ. މީގެ ކުރިން ދުވަހަކުވެސް މަންމަގެ ގާތުގައި ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކާފައި ނުވާތީއެވެ.

“ދަރިފުޅާ އަނެއްކަހަލަ އުނދަގުލެއްވިތަ….؟؟؟” ޔަލްވީގެ މޫނުގައި ދެއަތުން ހިފާއްޓާލަމުން ނޫރައިން އަހާލީ އޭނާގެ ދެލޮލަށް ބަލަން އިނދެއެވެ. އެއާއިއެކު، ޔަލްވީގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އަދި މަޑުމަޑުން ދެފަރާތަށް ބޯހޫރާލަމުން ނޫނެކޭ ބުނެލިއެވެ. ދަރިފުޅަށް އައި ބަދަލު ފާހަގަ ކުރެވުމުން ނޫރައިން އަވަހަށް ޔަލްވީގެ ގަތާފައިވާ އިސްތަށިގަނޑު ނުހަނު ލޯތްބާއިއެކު މޮހާލަމުން، އަވަހަށް ފެންވަރާ، ނަމާދުކޮށްގެން، ކާން އައުމަށް ބުނެލިއެވެ. ޔަލްވީވެސް ފަނޑުގޮތަކަށް ހީލުމަށްފަހު، ދަބަސް ހިފައިގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ދަރިފުޅު ދިޔަ ދިމާއަށް ބަލަން އިނދެފައި ނޫރައިން އޭނާގެ ލޮލުން ނީރާލި ކަރުނަތިކި، އަތުގެ ބޮޑުވާ އިނގިލިން ފުހެލިއެވެ.

********************

 

މަދަރުސާއިން އައިސް ގެއަށްވަންނަން ދިމާކުރި މިޝްޔާއަށް، ހަޅޭލަވައިގަނެވުނީ ދޮރު ނިވަލުގައި ފިލާހުރި މިޝަލް، އޭނާ ސިއްސުވާލުމުންނެވެ. މިޝްޔާ ސިހިގެންދިޔުމުން، އެކަމާ މަޖާވެގެން، މިޝަލް ހޭންފެށިއެވެ. މިޝްޔާ ރުޅިއައިސްގެން މިޝަލްގެ ގައިގައި ޖަހަން އަތްމަޅާލުމުން، މިޝަލް ދުވެފައިގޮސް ސޯފާގެ ފުރަގަހަށް ވަނެވެ. ފޮތްދަބަސް ސޯފާއަށް އެއްލަމުން، މިޝަލްގެ ފަހަތުން މިޝްޔާ ދުއްވައިގަތެވެ. އަތުނުވާންވެގެން މިޝަލްވެސް އެ ބޮޑުކޮޓަރިތެރޭ ދުވަމުން ދިޔައެވެ. ގޭތެރޭގައި އަޑުގަދަވެގެން އެމީހުންގެ މަންމަ މެހެރީން، ކޮޓަރީން ނުކުތްއިރު މިޝްޔާއަށް، މިޝަލް އަތުވެގެން އޭނާގެ ގައިގައި ބޮނޑިއެއް އަޅުވާލަނީއެވެ.

“މިޝް، ތީ ކޮންކަމެއް….؟؟؟” މެހެރީންއަށް މިމަންޒަރު ފެނުމުން މިޝްޔާއަށް ގޮވާލިއެވެ.

“މަންމާ ބަލާބަލަ ދޮންބެ… މިއަދުވެސް މިޝް ސިއްސުވާލީ…..” މެހެރީން ފެންނައިރަށް މިޝްޔާ ދުވެފައިގޮސް ޝަކުވާ ކޮށްލިއެވެ. އޭރު ހެމުން ހެމުން މިޝަލް ސޯފާގައި އިށީންނަނީއެވެ.

“މިޝް ތީ ދެން ކޮން ސަކަރާތެއް…؟؟؟؟ ޔުނީފޯމްވެސް ނުބާލާ ތިދުވަނީ… ބަލާބަލަ ޔުނީފޯމްވެސް ހަޑިވީއެއްނު….” މިޝްޔާއާއި ދިމާއަށް މެހެރީން މިހެން ބުނުމުން ގަޑަގަޑަލާފައި މިޝަލް ހޭންފެށިއެވެ. މިޝްޔާ ތުންއަނބުރާލަމުން މިޝަލާއި ދިމާއަށް ލޯއަޅާލިއެވެ.

“މިޝަލް ކޮންކަމަކާތަ ތިހެނީ….؟؟؟ ތީ އޮފީހުގައި އިނދެފައި، ނަމާދުކޮށްގެން، ކާން ގެއަށް އައި މީހާއޭ…. ބަލާބަލަ ގަމީސް، ތިއޮތީ ދާހިއްލާ ފޯވެފައި… ބޮޑުވީމަވެސް ކުޑަކުދިން އުޅޭހެން ތިއުޅެނީ…..” މިޝަލް ހޭންފެށުމުން މެހެރީން މިޝަލާއި ދިމާއަށް ބުނެލިއެވެ. މިޝްޔާ މަޖާވެފައި މެހެރީނަށް ނުފެންނާނެހެން މިޝަލާއި ދިމާއަށް ދޫނެރެފައި ވައްތާރު ޖައްސާލިއެވެ.

“ދެމީހުން ނަމާދުކޮށްގެން އާދޭ ކާން…. މަންމަ މިދަނީ ކާންހަދަން…. އަނެއްކާ ދެމީހުންގޮސް އަރާރުންވާނީކީ ނޫން….” މިޝްޔާމެންނާއި ދިމާއަށް މިހެން ބުނެފައި މެހެރީން ހިނގައިގަތީ ކާގެއާއި ދިމާއަށެވެ. ވަކިހިސާބަކަށް ނުދެވި އުޅެނިކޮށް، ދެކުދިން އައިސް ކޮނޑުގައި އެލިގަތުމުން މެހެރީން ނުވެއްޓުނީ ކިރިޔާއެވެ. ދެކުދިން އެއްފަހަރާ މެހެރީންގެ ގައިގައި ބައްދާލުމަށްފަހު، އެކުއްޖެއްގެ ކޮޓަރިއަށް އެކުއްޖަކު ވަނެވެ. ދެކުދިންގެ ޙަރަކާތްތަކަށް ބަލަން ހުރެފައި، ދެފަރާތަށް ބޯހޫރާލަމުން މެހެރީން ހީލިއެވެ. މެހެރީންގެ ޢާއިލާއަކީ، އުފާވެރި، ހަމަޖެހޭ، ކުޑަކުޑަ ޢާއިލާއެކެވެ. މެހެރީންއާއި މާހިރުގެ ކައިވެންޏަށް ސައްބީސް އަހަރުވީއިރު ލިބިފައިވަނީ ދެކުދިންނެވެ. މިޝްޔާއާއި މިޝަލްގެ އުމުރުގައި ތިން އަހަރުގެ ތަފާތު ހުންނާނެއެވެ. ދެކުދިން ކިތަންމެ ވަރަކަށް އަރާރުންވެ، ޒުވާބުކޮށްއުޅުނަސް، އެދެކުދިން އެއްކުއްޖަކު، އަނެއްކުއްޖަކުދެކެ އިންތިހާއަށް ލޯބިވެއެވެ.

********************

 

ކޮޓަރިއަށް ވަދެވުމާއިއެކު، ފޮތްދަބަސް އެނދުމައްޗަށް އެއްލުމަށްފަހު، އަޔާނީ، އެންމެ ފުރަތަމަވެސް އަވަސްވެގަތީ ރީތިވާ އެއްޗެހި ބަހައްޓާ މޭޒުމަތީ އޮތް، އޭނާގެ ފޯނު ނެގުމަށެވެ. ފޯނު ހިފައިގެން ދިޔަގޮތަށްގޮސް، ޔުނީފޯމްވެސް ނުބާލާ ސޯފާއަށް ވެއްޓިގަންނަމުން ފޯނު ބަލާލިއެވެ. ފިޔާތޮށިކުލައިގެ ކުޑަކުޑަ ތުންފަތަށް، ހިނިތުންވުން ވެރިވެގެންދިޔައީ އޭނާގެ ލޯބިވެރިޔާ އަފްލާކް، ފޮނުވާފައިވާ މެސެޖު ފެނުމުންނެވެ. އިރުކޮޅެއްނުވެ ފޯނު ރިންގުވާންފެށިއެވެ. ގުޅަނީ އަފްލާކެވެ. އެންމެ ހިނދުކޮޅެއްވެސް މަޑުނުކޮށް އަޔާނީ ފޯންނަގާ ކަންފަތުގައި ޖައްސާލިއެވެ.

********************

 

ފެންވަރަން ކޮޓަރިއަށްދިޔަ އަޔާނީ، ކާން ނައިސް ލައިސްވުމުން، އަމްހާ، އަޔާނީގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރުގައި ޓަކިދޭ އަޑަށް އަޔާނީ، ސިހިފައި، އަވަހަށް ފޯނު ކަނޑާލިއެވެ. އަދި ކުޑަ އިރުކޮޅެއްތެރޭގައި “މިދަނީ” އޭ ބުނެ އަމްހާއަށް އިވޭ ވަރަށް ބާރަށް ގޮވާލިއެވެ. ހަލުވިކަމާއިއެކު މެސެޖެއް ލިޔެލާ، އަފްލާކަށް ފޮނުވުމަށްފަހު، އަޔާނީ، ފާޚާނާއަށް ވަނެވެ. އަޔާނީ، އަފްލާކާއި ރައްޓެހިވެގެން އުޅެނީ މަންމަމެންނަށް ސިއްރުންނެވެ. ކިޔަވާ ދުވަސްވަރު އަޔާނީ، ކުއްޖަކާ ރައްޓެހިވާން، މަންމަމެން ޤަބޫލުނުވާނެކަން، އޭނާއަށް، ޔަޤީންވާތީއެވެ. އަޔާނީއާއި، އަފްލާކް ރައްޓެހިވެގެން އުޅޭތާ މިހާރު ދެއަހަރު ވާން ކައިރިވަނީއެވެ. އެކަކު، އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ.

********************

 

ނަމާދުކޮށް ނިމިގެން މުސައްލާ އޮޅާލުމަށްފަހު، އަލަމާރިއަށްލާފައި އައިސް، ޝިއުރީ ހުއްޓިލީ ލޯގަނޑު ކުރިމަތީގައެވެ. އަދި ފުނާ ނަގާ ބޮލުގައި ޖައްސާލި ވަގުތު، ދޮރުގައި ޓަކިޖެހުމުން ގޮސް ދޮރުހުޅުވާލިއެވެ.

“ނަމާދުކޮށް ނިމުނީތަ…؟؟؟” ޝިއުރީ ދޮރުހުޅުވާލުމުން، ދޮރުމަތީގައި ހުރި އޭނަގެ މަންމަ ސަހީމާ، ސުވާލުކޮށްލިއެވެ. ޝިއުރީ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ކާން ހަދާފަ ހުންނާނީ…. ދޭ ކާން…. ކައިގެން އާދެބަލަ އަހަންނާއެކީ ގުޅަޖަހަން…. މިއަދު ސަމާ، ގުޅަ ކާހިތުން އުޅޭތީ، އަހަރެން މިއުޅެނީ ގުޅަކޮޅެއް ހަދާލަން…. ނިންމާފަ، އާދޭ އެފަރާތަށް…. އަހަރެން މިއިނީ އަތިރިމަތީގައި ހުރި ޖޯލީގައި….” މިހެން ބުނެފައި އަތުގައި ހުރި ތަށިތައް ހިފައިގެން، ވަލުދޮރުން، ސަހީމާ ނުކުތީ އަތިރިމައްޗަށެވެ. ސަހީމާ ދިޔުމުން ޝިއުރީ ބަންލާފައި ކޮޓަރީގެ ދޮރު ލެއްޕިއެވެ.

“ސަމާ… ސަމާ… ސަމާ… ވަރުގަދަ ސަމާއެއް… ހީވާކަހަލަ، މަންމަގެ ހުންނަނީ އެންމެ އަންހެން ދަރިއެކޭ…. އަހަރެން މީ އެއްވެސް މީހެއް ނޫން…..” އަތުގައި އޮތް ފުނާ ހޫރާލަމުން، އައިރުޅީގައި ޝިއުރީ އޭނާގެ ބުޅި އިސްތަށިގަނޑަށް އަމިއްލައަށް ދަމާ ވާންކޮށްލިއެވެ. ރުޅިއައިސްގެންގޮސް ދެއަތް މުށްކަވާލަމުން އަލަމާރީގައި ޖެހިއިރު، އޭނާއަށް ހުރެވުނީ ދަތް ވިކާލައިގެންނެވެ. ދެރަވުމުން، ރުޅީގެ ސިފައިގައި، ހުރިހާ އުދާސްތަކެއް ބޭރުކޮށްލެވުނީއެވެ. އެއީ، މިހާރު އޭނާގެ، އާދައަކަށް ވެއްޖެއެވެ.

********************

 

މިޝަލް އިނީ، އޭނާގެ ކޮޓަރި އެނދުމަތީ، ލެޕްޓޮޕް އުނގަށް ލައިގެން، ފިލްމެއް ބަލާށެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން ފިލްމަށް ގެއްލިފައި އިންވަރުން، މިޝްޔާ، އެ ކޮޓަރިއަށް ވަދެގެން އައިކަމެއްވެސް، އޭނާއަކަށް ނޭނގުނެވެ. މިޝްޔާ ދެފަހަރަކު ގޮވާލުމުންވެސް، މިޝަލްގެ ފަރާތުން އަޅާލުމެއް ނުލިބުމުނެވެ. އެހެންކަމުން މިޝްޔާ، އޭނާގެ ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ދަމައިގަތެވެ.

“ކިހިނެއްވީ….؟؟؟” މިޝްޔާ ހެޑްސެޓް ދަމައިގަތުމުން، މިޝަލް އަހާލިއެވެ. އޭރު މިޝްޔާ ހުރީ ރުޅިއައިސްގެން، އުނގަނޑުގައި ދެ އަތް ވިއްދާލައިގެންނެވެ. މިޝްޔާ ހުރިގޮތް ފެނުމުން، މިޝަލްގެގާތަށް ހިނިއައެވެ.

“ދެން މަޖަލެއް ނޫން ދޮންބޭ…..” އެނދުމަތިން ބާލީހެއް ނަގާ މިޝަލާއި ދިމާއަށް، އެއްލަމުން މިޝްޔާ ބުނެލިއެވެ. މިޝަލް ހެވުމުން އޭނާއަށް ކަމުނުދިޔައީއެވެ.

“ހެހެހެ…. މިޝް ހުރިގޮތުންނޭ ހިނިއައީ…..” މިޝަލް ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން، އަނެއްކާވެސް ހެޑްސެޓް ކަންފަތުގައި ޖަހަން އުޅުންވަގުތު، މިޝްޔާ އަނެއްކާވެސް ހެޑްސެޓް ދަމައިގަތެވެ.

“މިހާރު ކިހިނެއްވީ….؟؟؟؟” މިޝްޔާ އަނެއްކާވެސް އެގޮތަށް ކަންތައްކުރުމުން މިޝަލަށް އަހާލެވުނެވެ.

“އަޅެ މިޝް މިއައީ ދޮންބެ ބަލާ…. މިޝް ބުނީމެއްނު މިއަދު ކަމެއް ކޮށްދޭށޭ….. މިހާރު ހަނދާނެއް ނެތްދޯ….” މިޝްޔާ އެހެން ބުނުމުން މިޝަލް، އަނގަމަތީ އަތްއަޅާލަމުން، މަތި ބަލާލީ، އެއީ، ކޮންކަމެއްތޯ ހަނދާންކޮށްލަމުންނެވެ. ނަމަވެސް ވިސްނާ ވިސްނާ އޭނާގެ ހަނދާނަކަށް ނައެވެ. މިޝްޔާއަށް ބަލާލިއިރު އޭނާވެސް ހުރީ މިޝަލަށް ބަލަހައްޓައިގެން، މޫނު ކުނިކޮށްލައިގެންނެވެ. މިޝްޔާގެ ނަޒަރު އެހެން ދިމާއަކަށް ނުދިއުމުން، މިޝަލް ދެފަރާތަށް ބޯ ހޫރާލީ އޭނާގެ ހަނދާނަކަށް ނައޭ ބުނަމުންނެވެ. އައިރުޅީގައި، ދަތްވިކާލަމުން މިޝްޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު، ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން، މިޝްޔާގެ އިތުރުން މިޝަލްވެސް އެދިމާއަށް ބަލާލިއެވެ. ތަޅު އަނބުރާލުމަށްފަހު، ދޮރުހުޅުވާލީ ޝިއުރީއެވެ. މިޝަލާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރި މިޝްޔާ ފެނުމުން، ޝިއުރީއަށް ބޯ ހޫރާލެވުނީ، ދެމީހުން އަރާރުންވަނީކަން އެނގުމުންނެވެ.

“މިޝަލް ބަލާ އައި މީހާ ލަސްވެގެން އަހަރެން މިއައީ ކޮބައިތޯ ބަލާލަން…..” ދެމީހުންނަށް ބަލާލަމުން ޝިއުރީ މިހެން ބުނުމުން، މިޝްޔާ، މިޝަލަށް ލޯއަޅާލިއެވެ.

“އޯހް…. އެކައުންޓްތަން ހަދަން ނޭނގިގެން، އަހަރެން ބަލާ ދޯ ތިއައީ….. ކުރިންވެސް ތިހެން ބުނިނަމަ…..” މިޝްޔާ އެއްޗެކޭ ބުނުމުގެ ކުރިން މިޝަލް އަވަސްއަވަހަށް ބުނެލީ، ކުއްލިއަކަށް އެކަން، ހަނދާންވުމުންނެވެ. މިއަދު އޮފީހުން އައިސް ގެއަށް ވަންނައިރަށް، މިޝްޔާވަނީ އެކައުންޓް ފިލާވަޅެއް، އޭނާއަށާއި، އެކުވެރިންނަށް ކިޔައިދޭން ބުނެފައެވެ. މިޝްޔާއަށް އެއްޗެކޭ ބުނުމަށް ފުރުސަތުވެސް ނުދީ، އޭނާގެ އަތުގައި ހިފައިގެން، މިޝަލް ކޮޓަރިން ނުކުތުމުން، އެމީހުންގެ ފަހަތުން ޝިއުރީވެސް ނުކުތެވެ.

މިޝަލްމެން ކޮޓަރިން ނުކުތް ވަގުތު، ޝައުނާއި، އިޔާޒް އެގެއަށް އައިސް ވަންނަނީއެވެ. ދެމީހުންގެ އަތުގައިވެސް ފޮތެއް އޮތެވެ. މިޝަލްމެން ފެނުމުން، ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން، ހިނިތުންވެލިއެވެ.

“މިޝަލް ކޮބާ ފޯނު….؟؟؟ ހާދަވަރަކަށް ގުޅައިފީމޭ….” މިޝަލްމެންގެ ގާތުގައި މަޑުކޮށްލަމުން، ޝައުން އަހާލިއެވެ. ޝައުން، އެހެން ބުނުމުން މިޝަލް ލައިގެން ހުރި ޖީންސްގެ ޖީބުގައި އަތްޖަހާލިއެވެ. ޖީބުގައި ފޯނު ނެތުމުން ހާސްވާގޮތްވީނަމަވެސް، ދެވަނަ ސިކުންތުގައި ހިނިތުންވެލެވުނީ، އެއްލި ކަޅިއަކުން ސޯފާތަކުގެ މެދުގައިހުރި، ކުޑަ މޭޒުމަތީގައިއޮތް، ފޯނު ފެނުމުންނެވެ. އަދި ޝައުނަށް ފޯނު ދައްކާލަމުން، ގުޅީ ކީއްކުރަންތޯ އަހާލިއެވެ.

“އެކައުންޓް ފިލާވަޅެއް ހަދަން….. ހިނގާބަލަ އެތެރެއަށް….” މިހެން ބުނެފައި، ޝައުން މިސްރާބުޖެހީ މިޝަލްގެ ކޮޓަރިއަށް ވަނުމަށެވެ. އޭނާގެ ފަހަތުން އިޔާޒްވެސް ދިޔައެވެ.

“އަހަރެމެން މާކުރިން ބުނެފިން ދޮންބެގެ ގާތުގައި، އެތަން ކިޔައިދޭށޭ…..” ކޮޓަރިއަށް ވަންނަން ދިމާކުރި ޝައުންމެން ހުއްޓުނީ، މިޝްޔާގެ އަޑަށެވެ. އެހިސާބުން، ދެބައި މީހުންގެ ޒުވާބު ފެށުނީއެވެ. އެ އަޑަށް މިޝްޔާގެ ކޮޓަރީގައި ތިބި، ޔަލްވީއާއި، އަޔާނީވެސް ނުކުތެވެ. އެމީހުންވެސް، މިޝްޔާމެންނާއި އެއްބައިވެގެން، ޝައުންމެންނާއި ޖަދަލު ކުރަމުންދިޔައެވެ. ދެބައިމީހުންގެ މެދުގައި ބޯ ހާސްވެފައިހުރި، މިޝަލަށް، އެ ވަގުތު، މަންމަމެން ގޭގައި ނެތްކަން، ނަސީބޭ ހިތަށް އެރީ އަޑު ގަދަކަމުންނެވެ. ދެބައި މީހުން އެހާވަރަށް ހިފާލައިގެން އެއުޅެނީ، މާދަމާ، މަދަރުސާއަށް ދާންވާއިރަށް އެ ސުވާލުގެ ރަނގަޅު ޖަވާބު، ހޯދައިގެން އައުމަށް، މުދައްރިސް ބުނެފައި އޮތުމުންނެވެ. މިޝަލަކީ، މަދުރަސީ ދައުރުގައި، އެކައުންޓަށް މޮޅު މީހެއްކަން އެނގުމުން، ދެބައި މީހުންވެސް ދުވެފައި، އޭނާގެ ގާތަށް އައީއެވެ.

“ހުއްޓާލާ…..” އެންމެ ފަހުން ކަންފަތަށް ކެތް ނުވެގެން، މިޝަލް، ބާރަށް ބުނެލިއެވެ. އެއާއިއެކު، އެންމެން ހިމޭންވީނަމަވެސް، އެއް ބަޔަކު، އަނެއް ބަޔަކަށް، ވައްތަރު ޖައްސަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (65)

  1. Eemyaa

    Vahakaige dhevana part ves kiyuntherinnah kamudhaane kamah heekuran 🙂
    Rangalhu kohlan jehey kameh nuvatha kusheh vaanama bunelaa dhinun edhen
    🙂 🙂

  2. Izu

    Yey me first dhww. Adhi nueh kiyan ekm. Kiyaafa cmmnt eh kollaanan. Hyvany mi part vx nice vaane hen varah

    1. Eemyaa
      Izu

      Yes ?

  3. Ilut

    Its really nice… avahah ehen part eh kiyan libeyne kamah umeedhu kuran..love the story so far❤❤

    1. Eemyaa
      Ilut

      Thank Ilut ?
      Kuriah huri part thah ves reethu vaane kamah ummeedhu kuran ??

  4. khajja

    Masha allah v rythi v majaa mi prt???? kudakudhinves hiyennuvey dhw evarah araarunvaane heneh hahaha? when nxt prt avahah up kolladhechchey pls n luv this stry❤❤❤❤????

    1. Eemyaa
      khajja

      Thanks khajja ☺
      Asluves dw ??

  5. Anonymous

    bolah undhagu. maa haasaru bodee…. kiyan mijehuny varahfaruva kda gothakah. adhi varah foohi. mee ithoo liyunu kahala vahaka eh dhw. e vahaka ves furathama kiyaalevuny foohikama eku. fahun kiyaahiyvi. mi vahaka ves ehen vaany dhw

    1. TCgirl
      Anonymous

      Thihaa hiyhama nujehenyaa nukiun ragalhy
      Eki myhunnah kamudhaany eki kahala vaahaka thah.. liyaa hiy vaany ves eki kahala waahaka thah.. anonymous hiyhama nujehey kameh oi nama bunedhinyma dhw ragalhu vaany ves…thigothah vaahaka dhekkumuge badhaluga.?

    2. Eemyaa
      Anonymous

      Vaahaka eh fashaairu seedhaa kunna hama akah nudheveyne
      Knmeves varakah introduction ves dheegen kuriah dheveynee
      Ehnve kanne haasaru gina hen heevany
      Vaahaka rangalhah fashaigathyma kamudhaane kamah ummeedhu kuran ☺

    3. Eemyaa
      Anonymous

      Thanks TCgirl ☺

  6. Coco

    This is so cute ekam kuda koh confuse vey names thakun n can u tell who n who r in the pp of the story

    1. Eemyaa
      Coco

      Thanks coco ☺
      Dhethin part kiyaalyma names thah faritha vedhane kanne
      Fashaairu confuse vey dho sorry
      Pp thibi girls ingeyne first part kiyaalyma ?
      Dhn boys ge names thah kiyaa dheefiyya vaahakaiga vaagoi guess kohlan engeyne so
      Sorry Coco ?

  7. Izu

    Varah nice

    1. Eemyaa
      Izu

      Thanks Izu ?

  8. 1997women

    Baeh basthah beynun kohffa huri gothun jumla ah liben vaa furihama kan nulibey kan faahaga kuran. Misaalakah athuga huri ‘keherithah’ insaanehgge athuga keherieh nuhunnaane. Hunnaany loali, noony isthashi.. Thunbulhi kashi vaahaka liumah vuren thunyey jehinama odd goi kuda vaane.. Mi kan kamah visnaalahchey.. Other than that , this story is awsome… Try to improve ingey ?

    1. Eemyaa
      1997women

      1997women, faahaga kohla dhin than than innaany rangalhu kohlaafa mihaaru
      Thanks bunela dhinyma ☺
      Thigothah kuriah oiy part thakugaves kuh bunedheyne kamah ummeedhu kuran ☺☺
      Thanks alott ??

  9. Hhh

    Shaun kiyaa girl eh mi rashuga ulhey ehenve shaun sifa kureveny girl eh gothuga..
    Alhe e num name akah change kohladheebala plssssssssssssssssssssss ?

    1. Eemyaa
      Hhh

      Oh, ?
      Alhe shaun a e eem ah mi vaahakain enme reethi name
      N mirashuga shaun kiyany boy akah
      V dhera vey dissappoint kohleveythy bt i cant change tht name dear
      Sorry ?

  10. TCgirl

    I luv this story!!
    Am a big fan of teen stories and this one is so cuteee….
    Gud luck dear
    And if u can, please upload a part tomorrow. Hama kiyaahithun bunely ingey… if you can……

    1. Eemyaa
      TCgirl

      Thanks TCgirl ?
      Happy to knw tht ☺☺

  11. Ram

    V v reethi ??

    1. Eemyaa
      Ram

      Thanks Ram ?

  12. Addu manje

    Varah reethi.. but baivaru nanthah beynun koffa hureema olhey goii vey.. vaahaka ithurah kiyaaleema ok vaane kanneyge.. ???

    1. Eemyaa
      Addu manje

      Thanks Addu manje ?
      Yeah, i understand tht..
      Story aky baivaru charecters himeney story eh ehn v ma kurykolhu confuse vedhane kamah gabool kuran bt dhethin parts kiyaaleema ok vaane hen eema ah ves heevany ☺

  13. Song joong ki... KOREAN

    Vvv reethi mi part vx masha allah.. Next part v kiyaa hithun mihury.. Vv interesting mi story aslu. Plx up the nxt part sooooon. Good luck.

    1. Eemyaa
      Song joong ki... KOREAN

      Thanks Song ??
      Happy to knw tht ☺☺

  14. Chum handi

    vrh reethi…. n v majaaa….. waiting for the next part…

    1. Eemyaa
      Chum handi

      Thanks Chum handi ?

  15. Dill

    Varah reeti vaahaka

    1. Eemyaa
      Dill

      Thanks Dill ?

  16. Aif

    Varah reethi nd majaa.. 1997women faahanga kuri thankolhuthah rangalhu kohlyma ithurah furihama vaane. Waiting for the next part..?❤

    1. Eemyaa
      Aif

      Thanks Aif ?
      Ebaithah mihaar rangalhu kohlaifin ☺☺

  17. Maahy❤

    Woww… ??
    Mi Part Vx Habeys??
    Next Part Vx Avas Kohlahchey ❤

    1. Eemyaa
      Maahy❤

      Thanks Maahy ?
      Yeah ☺

  18. Adha?

    Varah majaa .. fighting thah hama varah best? waitingss ❤❤❤❤

    1. Eemyaa
      Adha?

      Happy to knw tht Adha ?

  19. Yaa

    Wow..waiting for the next part eem❤

    1. Eemyaa
      Yaa

      Thanks Yaa

  20. Saadhu

    V habeas vahakaye.kiyaahithu hudaa thi nimaali?next part kondhuvahakun.nimedhen vahaka genes dhecay ege.

    1. Eemyaa
      Saadhu

      Oww Thanks Saadhu ??
      Next part 27 ga ?
      Yeah, nimendhen genesdheynann
      In Sha Allah ☺☺

  21. Sidhu

    Vaahaka v salhi. ….school dhauru ge hadhaan aavaa kahala….eams story v salhi kuriyah gendhaa goi. ..keep it up

    1. Eemyaa
      Sidhu

      Thanks Sidhu ??
      Happy to knw tht ?

  22. Naaaanu

    V salhi… Waiting for the next part… ❤❤❤❤

    1. Eemyaa
      Naaaanu

      Thanks Naaaanu ??

  23. Ryyko

    Nice story… I love the starting.. N hope it wud be amazing story.. N waiting for the next part eagerly.. Good luck eem???

    1. Eemyaa
      Ryyko

      Thanks Ryyko ??

  24. Someone

    Mi story heevany hama me and my friends ah special stpry eh hen. Me ge ves hunnaany hama 3 friends dhen me aa ehkoh 4. Hama egothah ulheyny enmen ves. Hehe. Fashaigen kiyan mi vaahaka. Varah reethi. I love the characters names and the picture! Waiting for the next part ❤❤❤❤❤❤❤

    1. Eemyaa
      Someone

      Thanks someone ??
      Haha ☺ asluvestha
      V maja vaane dw frnds ekkoh ulhevenyaa ??
      Anyway thank alott ☺☺

  25. song joong ki..KOREAN

    vvv habeys hama. hyvany hagygy vaahakaeh kiyaaleveyhen. i mean image khlevey vaahaka kiyaa gadyga, hehe vv majaa emyhun ge fight thah, brilliat.. good luck, whn nxt part???

    1. Eemyaa
      song joong ki..KOREAN

      Thanks song ?
      Hehe
      Next part 27 ga

  26. Zau ?

    Wow this is getting so interesting ?
    Mi part ves varaaaah reethi ❤️
    Hama heevany film eh balaaleveyhen ??

    1. Eemyaa
      Zau ?

      Thanks Zau ??

  27. naff

    I’m confused..is it yalvy or yanal..

    1. Eemyaa
      naff

      Naff yanaal ge name yalvy ah change kohlaafa innaany
      Baeh kudhinnah name thah eh goiy v ma olheythy e name change kohly

  28. Ash?

    Mi vaahakaiga pic ga thibi kudhin ge real name bunedheeba

    1. Eemyaa
      Ash?

      Tyler blackburn
      Joe jonas
      Harshvardhan rane
      Kushal tandon
      Kajol agarwal
      Dhen thibi three girls ge name neyge

  29. Ash?

    Mi part vesvarah reethi….?keep it up .??…..next part kon irakun.?….will keep waiting? …..one of my fav stry??……nimendhen genesdhene kamah umeedhu kura…tc

    1. Eemyaa
      Ash?

      Thanks Ash ?
      Happy to knw tht ??
      Nimendhen genesdheynan In Sha Allah ☺

  30. Ash?

    Real name noon as engey name eh…..eager to know it ?

    1. Eemyaa
      Ash?

      Real names bunedhyfa innaane dear ?

  31. Ash?

    Oops sorry

    1. Eemyaa
      Ash?

      Why sorry Ash??
      Btw can i ask u y u want to knw the names

  32. Ainth

    V majaavefa indhe mibai kiyaa mi ninmaaly. Majaa GRP eh dhw

    1. Eemyaa
      Ainth

      Hehe thanks Ainth ☺

Comments are closed.