Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 21, 2017 9 Mins Read
54 Comments

އަހަރެންނަށް އޮފީހަށް ދެވުނު ވަގުތަކީ ނާއިމް ސައިކަލުގައި އެތަނަށް މަޑުކުރި ވަގުތެވެ. ނާއިމްގެ ސައިކަލުގެ ފަހަތުގައި ޒަރާ އިނެވެ. އެތަން ނުފެންނަ ކަމަށް ހަދައި އަހަރެން އެތެރެއަށް ދާން އުޅުނީމެވެ.

“މުނާޒު.. ކަމެއް ކޮށްދީބަލަ” ނާއިމްގެ އަޑު އިވުމުން ގަދަކަމުން ހިނިތުންވެލަމުން އަހަރެން ބަލައިލީމެވެ.

“ޒަރާ މީޓިންގ ނިމެންދެން ތި އޮފީހުގައި ބޭންދިދާނެތަ. މީޓިންގް ނިއްމާފަ ދެމީހުން ތާކަށް ދާންވެގެން” ނާއިމް އެދުނެވެ.

“އޯކޭ..  ހަނީމޫނަކަށް ނުދަންތަ” އަހަރެންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

“ޒަރާ ބޭނުމެއް ނުވޭ ހަނީމޫނަށް ދާކަށް ދޯ” ޒަރާއަށް ދޯ އެއް ދެމުން ނާއިމް ބުނެލިއެވެ. ނަމަވެސް ޒަރާ އެޔަށް ޖަވާބެއް ނުދިނެވެ.

“ޒަރާ ދާންވީނު މުނާޒު އާއި އެކީ އޮފީހަށް. އަހަރެން އެބަ އަންނަން ވަރަށް އަވަހަށް” ޒަރާ ސައިކަލުން ފޭބުމުން ނާއިމް ދިޔައެވެ.

ޒަރާއާއި ދެމީހުން އެކަނިވީއެވެ.

ނާއިމް ދިޔުމުން އަހަރެން ޒަރާ ގޮވައިގެން ލިފްޓަށް އެރީމެވެ. ދެމީހުން އެކަނި މައްޗަށް އަރަމުން ދިޔައިރު އަހަންނަށް އިރުއިރުކޮޅާއި ޒަރާއަށް ބާލެވެއެވެ. ނަމަވެސް ޒަރާގެ ފަރާތުން އަހަންނަށް ފެންނަމުން ދިޔައީ ބީރައްޓެހިކަމެވެ. ލިފްޓުން ފައިބައިގެން އަހަރެން ޒަރާ ގޮވައިގެން ދިޔައީ އަހަރެންގެ ކެބިންއަށެވެ. ޒަރާއާއި ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޒަރާ އަހަރެންގެ ފަހަތުން އަންނަމުން ދިޔައީ ބަސްއަހާ ކުޑަ ކުއްޖެއް ފަދައިންނެވެ. ކެބިންއަށް ވަނުމަށްފަހު އެއް ފަރާތުގައި ހުރި ސޯފާގައި އިށީނުމަށް އަހަރެން އިޝާރާތްކޮށްލީމެވެ. ޒަރާ މަޑު ހިގުމެއްގައި ގޮސް އިށީނުމުން އަހަރެން ގޮސް އަހަރެންނަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އަހަރެން ބުރަކޮށް މަސައްކަތް ކުރާ ކަމަށް ހެދުނަސް ދޭތެރެއަކުން ޒަރާއަށް ބަލާލަމެވެ. ޒަރާގެ މޫނުމަތިން އެއްވެސް އިހްސާސެއް ފާޅުނުވެއެވެ. ނަމަވެސް އަތު ކުރީގައި އޮތް ގަޑިއަށް ބަލާލާ ގޮތުން ލަސްވެފައި އިންކަން ދޭހަވެއެވެ.

އަހަރެނަށް ޒަރާއާއި ވާހަކަ ދައްކަން ފުރުސަތު މިއޮތީ ލިބިފައެވެ. ނަމަވެސް ނުކެރި އިނީ ކީއްވެކަމެއް ނޭނގެއެވެ. ތެދުވެގެން ޒަރާއާއި ހަމައަށް ދާން ފައިގައި ވަނީ ވަރު ދޫވެފައެވެ. ދުލުގައި ވަނީ ތަޅުއެޅިފައެވެ. ހިތް ބިރުގަންނަނީ އެވެ. ކީއްވެ ހެއްޔެވެ؟ ޒަރާއަކީ ބޭވަފާތެރިއެކެވެ. އަނިޔާ ލިބެމުން މިދަނީ އަހަންނަށެވެ. ވޭނުގައި ރޭތައް ހޭދަކުރަމުން މިދަނީ އަހަންނެވެ. ޒަރާއަށް އެކަން އެނގޭނެއެވެ. ނަމަވެސް ބިރު މިގަންނަނީ އަހަންނެވެ.

މީޓިން އެއްގަޑި އިރަށް ފަސްވުމުން އަހަރެން ޒަރާއާއި ހޭދަކުރަން ލިބުނު ވަގުތު އިތުރުވިއެވެ. ނަމަވެސް އެވަގުތުވެސް އަހަންނަށް މަދުވިއެވެ. ލޯމަތިން ޒަރާ އަނެއްކާވެސް ގެއްލިދާނެތީއެވެ. ނަސީބުގައި ނެތަސް ހިތް އެދެމުންދަނީ ޒަރާއަށެވެ.

“ޒަރާ” އެތައް އިރަކު ޒަރާގެ ހަރަކާތް ގާތުން ބަލަން އިދެ އަހަރެން ގޮވާލީމެވެ.

ޒަރާ އަހަންނަށް ބަލައިލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ކިހިނެތް ޒަރާ” އަހަރެން ސުވާލުކޮށްލީމެވެ.

“ޒަރާ ރަގަޅު” ލުއިކޮށް ހިނިތުންވެލަމުން ޒަރާ ބުނެލިއެވެ.

“ޒަރާގެ ހަޔާތް ވަރަށް އުފާވެރިދޯ” އަހަރެން ވާހަކައިގެ ތެރެއަށް ދުރުދުރުން ވަންނަން އުޅުނީމެވެ. ޒަރާގެ ހަމަހިމޭންކަމުން އަހަންނަށް އުދަގޫވިއެވެ. އެހެންކަމުން އިން ގޮނޑިން ތެދުވެ ޒަރާ ގާތަށް ސޯފާއަށް ދިޔައިމެވެ.

“ޒަރާގެ ހަޔާތް ކާމިޔާބެއްނު. ޒަރާ ބޭނުންވި ކަހަލަ ފިރިއެއް ތިލިބުނީ.. ހިތް ހެޔޮ އޯގާތެރި. މޮޅަށް ކިޔަވައިގެން ހުރި ރަގަޅު ވަޒީފާއެއްގައި އުޅެނީ. ރީތިކަމުގައިވެސް އަހަރެމެން ކަހަލަ ހުތުރު މީހުންނަށް އަރައި ހަމަނުކުރެވޭ. ޒަރާ ބޭނުންވަނީ ތިން ކުދިންނެއްނު. ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެއްނު. އިން ޝާ ﷲ އެނަސީބުވެސް ޒަރާއަށް ލިބޭނެ. އަހަރެން ދުއާ ކުރާނަން ޒަރާގެ ހަޔާތް ބާޖަވެރިކަން މަތީ ދެމި އޮތުމަށް” ހިތްވަރުކޮށްލާފައި އަހަރެން ވާހަކަ ދެއްކީމެވެ. ހެޔޮ އެދިގެން ވާހަކަ ދެއްކިއަޔަސް އެއީ ހުސް ޝަކުވާއެވެ. ޒަރާއަށް އެވަރު އެގޭނެއެވެ.

އަހަރެންގެ އެވާހަކައަށް ޒަރާ އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އަހަރެންގެ މިޒާޖުގައި ރުންކުރުކަން ހުއްޓަސް ޒަރާ އަކީ ތަފާތު ކުއްޖެކެވެ. ރުޅި އަންނަން ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަޑުމައިތިރި އެކަމަކު މީހުންނާއި ގުޅޭ ކުއްޖެކެވެ.

އަހަރެންގެ ވާހަކައަށް ފަހު ދެމީހުންގެ މެދުގައި ހަމަހިމޭންކަމުގެ ސާލެއް ލެވުނެވެ. އަހަރެން އެއް އަތުން ބޮލުގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައިރު ޒަރާ އިނީ ދާން ލަސްވެފައެވެ. ދެއަތް މޮޑެލަ މޮޑެލައި ކެބިން ދޮރަށް ނަޒަރު ހުއްޓައިލައިގެން ހުރީ ނާއިމްގެ އިންތިޒާރުގައެވެ.

“ޒަރާ ކީއްވެ ނުވެސް ބުނެ..މަޖަލަކަށް ވިޔަސް ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު” ހިތާމާއިގެ މައްޗަށް ރުޅިވެރިކަން އިސްކުރަމުން އަހަރެން ބުނީމެވެ. ޒަރާ އަހަންނަށް ބަލައިލިއެވެ. އަދި ދާން ތެދުވިއެވެ. އަހަރެން ޒަރާ ދިޔަ ނުދީ ހިފަހެއްޓީމެވެ. “ޒަރާ އެއްމެ ކުޑަމިނުން ސަބަބު ބުނެދީ” އާދޭހުގެ ރާގަކަށް އަހަރެން ބުނެލީމެވެ.

“ކޯއްޗެއް” ޒަރާ ދެބުމަ ކައިރިކޮށްގެން ބުނެލިއެވެ. އަހަރެން ޖަވާބު ދޭން އުޅުނު ނަމަވެސް މަޑު ކުރަންޖެހުނީ ކެބިންގެ ދޮރު ހުޅުވާލި އަޑަށެވެ. އައީ ނާއިމްއެވެ. ޒަރާގެ ނާއިމްއެވެ. އަހަރެން ގާތަށް އައީ އަމަކަށު ރުޅިއެއްނޫނެވެ. ދެއަތް މުއްކަވާލެވުނީ ބޭއިހްތިޔާރުގައެވެ.

“ދެމީހުން ހާދަ އޮލަ ވާހަކައެއްގައި” ނާއިމް ވަދެގެން އައިސް ހުއްޓިލީ ޒަރާ ކައިރީގައެވެ. އަދި އަތުގައި އޮތް ކޮތަޅުން އަނބު ޖޫސް ފުޅިއެއް ޒަރާ އަތަށް ދިނެވެ. ޒަރާ ޖޫސް ފުޅި ބޮމުން ސޯފާގައި އިށީނެވެ. ނާއިމްވެސް ޒަރާއާއި ޖެހިގެން އިނެވެ.

“ހިނގާ ދާން ބޮސް ދުރުވެއްޖެ. އެބައިން މީޓިން ރޫމްގައި” ނާއިމް އަހަރެންނަށް ބަލައިލަމުން ބުނެލިއެވެ. އަހަރެން މީޓިންއަށް ދާން ތައްޔާރުވީމެވެ. ނޯޓު ކުރާ ފޮތާއި ގަލަން އަތަށް ނެގީމެވެ.

“ޖޫސްފުޅި އެއްކޮށް ހުސްކޮށްލައިގެން މި ބޭސް ގުޅަ ކާލާ.. އެބަ އަންނަން މީޓިން ނިއްމާފައި. އެހާ ގިނަ އިރެއް ނުނަގާނެ” ނާއިމް ދެއްކި ވާހަކައިން ދޮރުން ނުކުންނަން ދިޔަ އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

“ކީކޭ.. ޒަރާ ބަލީތަ” ހައިރާންވެފައި ހުރެ އަހަރެނަށް އަހައިލެވުނެވެ.

ނާއިމް އާއި ޒަރާ އެކަކު އަނެކަކަށް ބަލައިލިއެވެ. ކިތައްމެ ނުރުހުނަސް ޒަރާއަށް ކުޑަނަމަވެސް އަނިޔާއެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތް ތޮޅިލީ އެހެންވެއެވެ.

“އެހާ ބޮޑު ކަމެއްނޫން.. ޒަރާ ކުޑަކޮށް ބޮލުގައި ރިއްސަނީ” ނާއިމް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

“ވަރަށް ބޮޑަށް ބޮލުގަ ރިއްސާތަ” އިތުރަށް އޮޅުން ފިލުވަން އަހަރެން ބޭނުންވިއެވެ.

“އެހާ ބޮޑަށް ނޫން ދޯ ޒަރާ” ނާއިމް ޒަރާގެ އަތުގައި ބާރަށް ހިފާލުމަށްފަހު ތެދުވިއެވެ. އެމީހުންގެ ހަރަކާތްތަކުން ޒަރާއަށް އެވަނީ ބޮލުގެ ރިހުމަށްވުރެ ބޮޑު ކަމެއްކަން އަހަރެންނަށް ދޭހަވިއެވެ. ނަމަވެސް އެއިން ކަމަކާ ސުވާލުކުރެވޭނެ ވަގުތެއް ނެތެވެ. އިންތިޒާރުގައި ބަޔަކު ތިބުމުން އަހަރެންނާއި ނާއިމް އެދިމާލަށް ދިޔައީމެވެ.

މީޓިން ތެރޭގައި އެތައް ކަމެއް ނިމި ދިޔައިރު އަހަރެންގެ ސަމާލުކަން އެއިން ކަމަކަށް ދެވޭވަރެއް ނޫނެވެ. ޒަރާ އެބޭސް ކަނީ ކޮންކަމަކާއި ބެހޭ ގޮތުންކަން އިތުރަށް އެގެން ބޭނުންވިއެވެ. އަވަހަށް މީޓިން ނިމޭތޯ ދުއާ ކޮށްލަކޮށްލައި އިނީމެވެ.

“ނާއިމްއަށް އެނގޭ ދޯ އަހަންނާއި ކޮންމެ ކަމެއްވެސް ހިއްސާކުރެވޭނެކަން. އަހަރެން އެހީ ވެދޭނަން އެހީ ވެދެވެން އޮތް ކޮންމެ ގޮތަކުން” މީޓިން ނިއްމާލުމަށްފަހު ކެބިންއަށް ދިޔުމުގެ ކުރިން އަހަރެން ނާއިމް ކައިރިއަށް ޖެހިލީމެވެ. އަދި ޒަރާގެ ނަން ނުގެނެސް އަހަރެން ސުވާލުކޮށްލީމެވެ.

“އެގޭ ތިކަން.. އެވަގުތު ޒަރާ ކައިރީގައި ހުރުމުން ނުބުނެވުނީ. ޒަރާއަށް ވަނީ މީގެ ދެއަހަރެއްހާ ކުރިން އެކްސިޑެންޓެއް ކުރިމަތިވެފަ. އޭގެ ސަބަބުން ދެތިން އޮޕެރޭޝަން ކުރަން ޖެހުނު.. އޭގެން އެއް އޮޕެރޭޝަން ކުރި އިރު ދިމާވި މައްސަލަ އަކާއި ގުޅިގެން ޒަރާގެ ބޯންމެރޯއަށް ވަނީ ކުޑަ ގެއްލުމެއް ލިބިފަ. އެކަންތަކާއި ހެދި ޒަރާގެ ބްލަޑް ކައުންޓް ދަށްވާނެ. އެހެންވެ ބޭސްދެނީ.. އެކަމަށް އޮތް ހަމައެކަނި ފަރުވާ އަކީ ބޯން މެރޯ ޓްރާންސްޕްލާންޓެއް ހެދުން” ނާއިމްގެ ވާހަކަތަކުން އަހަރެން ޒަރާއާއި މެދު ހަމްދަރުދީވިއެވެ.

“ބޯންމެރޯ ޑޯނާރ އެއް ހޯދުމަކީ ކިހާ އުދަގޫ ކަމެއް. ތެލެސީމިއާ ކުދިންވެސް އެއުޅޭ ހާލު އެބަ ފެނެއެއްނު” ނާއިމްގެ ވާހަކައިގައި ވަނީ ހިތާމައެވެ.

“ކޮން ކަހަލަ އެކްސިޑެންޓަކުން ތިހާ ބޮޑު ގެއްލުމެއް ލިބެންވީ.. ޒަރާގެ އިތުރު ބައްޔެއް ހުރޭތަ” އަހަރެން ހާސްކަންމަތީ ހުރެ އަހައިލީމެވެ.

“އިތުރު ކަމެއް ނުހުރޭ…”ނާއިމް ޖަވާބު ދިނީ އަހަރެން ކުރި ސުވާލުގެ އެއްބަޔަށެވެ. އެހެންކަމުން އަހަރެން ކުރިން ކުރި ސުވާލު އަނެއްކާވެސް ކޮށްލީމެވެ.

“ނޭނގެ މަށަކަށްވެސް އެކަމާއި ބެހޭ ގޮތުން މާބޮޑަކަށް. އަހަރެން އުޅެފިން ޒަރާގެ ބައްޕަ ކައިރިންވެސް ތިވާހަކަ އަހަން. އެކަމަކު އަހަރެންގެ މަންމަ އެއްބަހެއް ނުވި. ބުނި އެއީ މާޒީއޭ. އެކަމާ އަޅާނުލާށޭ.. މަށަށް އެގޭހާވެސް އެއްޗަކީ ކާރު އެކްސިޑެންޓެއްގެ ސަބަބުން ދިމާވި ކަމެއްކަން”  އަހަރެން އިނީ ނާއިމްގެ ވާހަކަ ކަނުކަލައި އަޑު އަހާށެވެ.

އަހަރަމެން ދެމީހުން ޒަރާ އާއި ބެހޭ ގޮތުން ވަރަށް ވާހަކަ ދެއްކީމެވެ. ޒަރާއަށް އައިސްފައިވާ ބަދަލު އަހަންނަށް ނާއިމްގެ ވާހަކަތަކުން އެގުނެވެ. މާ ބޮޑު ކަންތަކެއް ނޫނެވެ. ކުދި އެހެން ނަމަވެސް ގިނަ ކަންތަކެވެ. އެއީ ކުދި ކަންތައްކަމުން އެކަންތަކަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ.

“ކިހިނެތް ދެމީހުން ދިމާވީ” އަހަރެން އަހައިލީމެވެ.

“ހޮސްޕިޓަލުން. އަހަރެންގެ މަންމައާއި ޖެހިގެން އޮތް އެދުގައި ޒަރާގެ ބައްޕަ އެޑްމިޓް ކޮށްފައި އޮތީ. ޑިޔުޓީގައި އެހާ ބުރަކޮށް އުޅޭތީ އަހަންނަށް ނުހުރެވޭ މަންމަ ކައިރިއަކު ގިނަ ވަގުތު. ޒަރާ އަހަރެންގެ މަންމައަށް ކަންތައް ކޮށްދީ ހަދަނީ. އަހަރެން އަންނައިރު މަންމައަށް ކާންދީ އެހެން ހުރިހާ ކަމެއްހެން ކޮށްދޭނެ. ފުރަތަމަ މަ ހީކުރީ ނަރުސް ކުދިން ކަމަށް. ފަހުން މަންމަ ކިޔައދިނީމަ އެގުނީ އެއީ ޒަރާކަން. އޭރު އަހަރެން ޒަރާއާއި ވާހަކަ ނުދައްކަން.  މަންމަ ގެޔަށް ބަދަލުކުރި ފަހުން ޒަރާ ގެޔަށް އަންނަން ފެށީމަ އަހަރެމެންގެ ދެމީހުންގެ ވާހަކަ ދައްކަން ފެށީ” ނާއިމް އޭނާއާއި ޒަރާގެ މާޒީ އަހަންނަށް ކިޔައިދިނެވެ.

ދެމީހުން ވާހަކައިގައި ތިއްބާ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށް ބަލާލިއިރު ޒަރާއެވެ. ޒަރާ އިންތިޒާރުގައި އިންކަން ދެމީހުންގެ ހަނދާނުން ކައްސާލީއެވެ. އަހަރެން އިސްވެ މާފަށް އެދުނީމެވެ. މާފު ގަބޫލުކުރިކަން ޒަރާ އަންގާލީ ހިނިތުންވުމަކުންނެވެ.

“ހިނގާ ދާން. ދަނީ އޭ މުނާޒު” ނާއިމް ޒަރާގެ އަތުގައި ހިފައިގެން ދާތަން ބަލަން އަހަރެން ހުރީމެވެ.


 

އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ގެޔަށް ދެވުނު އިރު އަހަރެން ހުރީ ލޮޑުވެފައެވެ. އެހެންނަމަވެސް ނިދާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. އެއްމެން އަރާމު ނިދީގައި އުޅުނު އިރު އަހަރެން އުޅުނީ ޒަރާގެ ބައްޔާއި ބެހޭ ގޮތުން އިތުރަށް  މައުލޫމާތު ހޯދާށެވެ. ގޫގުލްގައި ޖަހާލުމުން އެތައް ހާސް ލިންކްތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފާޅުވިއެވެ. ކޮންމެ އެއްޗެއް ކިޔުމުގެ ބަދަލުގައި މުހިއްމުހެން ހީވާ ލިޔުންތައް ހުޅުވާލީމެވެ. އަދި އޭގައިވާ ކޮންމެ ރިޕޯޓެއް މަޒުމޫނެއް ފަރުވާތެރިކަމާއި އެކު ކީމެވެ. ކޮންމެ އެއްޗެއްވެސް ގޮސް ނިމެނީ ބޯންމެރޯ ޓްރާންޕުލާންޓަށެވެ. އެއީ ހަމައެކަނި ޝިފާކަމުގައެވެ.

ފަތިސް ނަމާދުން ފައިބައިގެން ދެގަޑިއިރެއްހާ ވަރު ނިދުމަށްފަހު އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. އަދިވެސް ސިކުޑީގައި ވަނީ ޒަރާއެވެ. ރައްޓެއްސެއްގެ އެހީގައި އަހަރެންނަށް އޮޕެރޭޝަން ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓު ހަމަޖެހޭ ގޮތްވިއެވެ. ނަމަވެސް އެޕޮއިންޓްމެންޓް ހަމަޖެހުނީ މިއަދަށް ދައްކަން އައި ތިރީސް ނަމްބަރަށް ފަހުގައެވެ.

ގޮނޑީގައި ދިގު އިންތިޒާރެއް އަހަރެން ކުރަންޖެހުނެވެ. ދެއަތް މޫނާއި ކައިރިކޮށްގެން ގުދުވެލައިގެން އިން އިރު އަހަރެނަށް ހިތާއި ހިތާއި ޝަކުވާ ކުރެވެން ފެށުނެވެ. އެހާލު ޒަރާއަށް ޖެހުނު އިރު ޒަރާ އަހަންނަށް އަންގާނުލީ ކީއްވެބާއެވެ؟ ޒަރާގެ ކަމެއް ވެއްޖެއްޔާމުން އަހަރެން އަބަދުވެސް ޒަރާގެ ހިދުމަތައް ކައިރިއަށް އަންނާނެކަން ޒަރާއަށް އެގޭނެއެވެ. ޒަރާއަށް އަހަރެން އެހާ މުހިއްމު ނުވަނީ ހެއްޔެވެ؟ ނާއިމް ފެނުމުން އަހަރެންގެ އޯގާތެރިކަން މަތިން ހަނދާން ނެތުނީ ހެއްޔެވެ؟ މާޒީގެ ތެރެއަށް އަހަރެންގެ ހިޔާލުތައް ދައުރުވިއެވެ.


 

އެއީ އަހަރެން މާސްޓަރސް އަށް ކިޔަވަން ދިޔުމުގެ ކުރީ ރެއެވެ. ކިޔަވަން ދިޔުމުގެ ކުރިން ދެމީހުންގެ ފަހު ބައްދަލުވުން އޮތް ރެއެވެ.އަހަރެން އެރެއަށް ވަރަށް ތައްޔާރުވީމެވެ. ޒަރާ ގާތުގައި ބުނާނެ ހުރިހާ އެއްޗެއް އެދުވަހު ސިކުޑީގައި ކިޔެމުން ދިޔައެވެ.ޒަރާއަށް އެއްމެ ރީތި ސަންފުލާވަރ މާބޮޑިއަކާއި އެއްމެ މީރުވަސް ދުވާ ސެންޓް ފުޅިއެއް ގެންދިޔައީމެވެ. އަށެއް ޖެހުމުގެ ކުރިން އަހަރެން އެތަނަށް ދިޔައީ ކުޑަކޮށް ތަން ރެޑީކޮށްލައި ޒަރާއަށް ސަޕްރައިސްއެއް ދޭށެވެ. ނަމަވެސް ހައިރާންވެ އަންތަރީސްވާން ޖެހުނީ އަހަންނެވެ. އަހަރެމެންގެ ކުޑަ މަންޒިލްވަނީ އަހަރެން އައުމުގެ ކުރިން ތައްޔާރު ކުރެވިފައެވެ. ލެޑް އުއްބައްތިންނާއި ބޮޑު ކޭކަކާއި މާބޮޑިއެއް އޮތެވެ. އަދި އަހަރެންގެ އަތުގައި އޮތް ޕާރުސަލަށްވުރެ ދެގުނަ ބޮޑު ޕާރުސަލެއް އޮތެވެ.

“ޒަރާ” ހެވިފައި ހުރި ޒަރާއާއި ހަމަވުމުން އަހަރެން ލޯބިން ގޮވައިލީމެވެ.

“ސަޕްރައިސް ލަވް” ޒަރާ އަހަރެންނަށް މާބޮޑި ދިއްކޮށްލިއެވެ.

“ކުޑަކޮށް މޮޔަ ކުއްޖެއް ދޯ. ބަލަ ފިރިހެން ކުދިންނޭ އަންހެން ކުދިންނަށް މާބޮޑި ދެނީ” އަހަރެން ޒަރާގެ ކުޑަ ނޭފަތުގައި ހިފާލަމުން ބުނެލީމެވެ. ޒަރާ ކުނި މޫނު ހަދާލިއެވެ.

“އެހެންވެއްޖާ ނުލިބޭނެ” ޒަރާ މާބޮޑި ކައިރިއަށް ދަމައިގަތެވެ.

“އުހު… ތިހާ ލޯބިން ދިން އެއްޗެއް ވީމަ އުފަލުން ގަބޫލު ކުރާނަން. އެހެޔޮ ބާބީ ޑޯލްއަކަށް ވިޔަސް” އަހަރެން ޒަރާ އަތުން މާބޮޑި ނެގީމެވެ. އެކުވެރިޔާއެވެ. އެމާބޮޑި މިއަދުވެސް އަހަރެންގެ ކޮޓަރީގައި އޮންނާނެއެވެ. ފީވެ ހަލާކު ވާން ކައިރިވެފައި ހުއްޓަސް އެއީ އަހަރެންނަށް ރަނަށް ވުރެ އަގުބޮޑު ހަޒާނާއެކެވެ. ޒަރާގެ ކޮންމެ އެއްޗަކީ އަހަންނަށް އެހާ މުހިއްމު އެއްޗެކެވެ. އެހެންކަމުން ޒަރާގެ މުހިއްމުކަން އެކުވެރިޔާއަށް އަންދާޒާކޮށްލުމަށް ދޫކޮށްލާނަމެވެ.

އަހަރެން ޒަރާ ގޮވައިގެން ބެންޗުގައި އިށީނީމެވެ. އަދި އުޑުގައިވާ ތަރިތަކުގެ ހާޟިރުގައި ލޯބީގެ އާލަމަށް ޒަރާ ގޮވައިގެން ދަތުރުކުރީމެވެ. ކުރިން ބުނި އަހުދުތަކާއި ވައުދުތައް ވަމުންނެވެ.

“ޒަރާ.. އަބަދުވެސް ހަދާނުގައި ބަހައްޓާތި އަހަރެން ޒަރާ ދެކެ ލޯބިވާވަރު. ކައިރީގައި ނެތަސް ޒަރާއާއި އެއްމެ ކައިރީގައި އަހަރެން ވާނަން އިނގޭ” އަހަރެން ބުނެލީމެވެ.

“އޯކޭ ޒާން. އެކަމަކު މިސާލަކަށް ދެމީހުން މުސްކުޅިވާ ދުވަހު ޒަރާއަށް ހަނދާންނެތޭ ބައްޔެއް ޖެހިއްޖެއްޔާ ޒާން ކީއްކުރާނީ”ޒަރާ ބުނެލިއެވެ. ޒަރާއަކީ އަބަދުވެސް “ނަމަ”ގައި ރިހަ ކައްކާ ކުއްޖެކެވެ. އެއްމެ ނުވާނެ ކަންތަކަށް “ނަމަ” ލައިގެން ސުވާލުކޮށް ވާހަކަ ދައްކާނެއެވެ. ގިނަ ފަހަރު އަހަންނަށް އެކަންވަނީ މަޖާކަމަކަށެވެ. ޒަރާގެ ހުންނަ ކުޑަކުދިންގެ ވިސްނުން ހިތަށް އަރާފައެވެ.

“ހޭ…ދޫންޏާ… ތިކަހަލަ ވިސްނުން ނުގެންގުޅޭ.. މިސާލަކަށް އިނގޭ ޒަރާއަށް އެހެން ވިއްޔޯ ޒާން ކޮންމެ ދުވަހަކު ދެފަރަހަރު ޒަރާއަށް ކިޔައިދޭނަން ޒާން ޒަރާ ދެކެ ލޯބިވާވަރު. ހެދުނު ހޭލައިގެން އެއްފަހަރު ދެން ނިދަން ދަމުން އެއްފަހަރު. ބުނާނަން މީ ޒަރާގެ މުސްކުޅި ފިރިމީހާއޭ.. ދެމީހުން ބައްދަލުވީ މިތަނުންނޭ..” އަހަރެން ގެ ލޮލުން ކަރުނަ ހިލާލިއެވެ.

“އިން ޝާ ﷲ ދެމީހުން ކުރެ މީހަކަށް އެފަދަ ދުވަހެއް ނުދައްކަވާށި. އަހަރެން ބޭނުމީ ޒަރާއާއި އެކީ މުސްކުޅިވާން. ދެމީހުން އެއްކޮށް ހަޔާތުގެ ދުވަސްތައް ވޭތަކުރަން” އަހަރެން ޒަރާގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުނެލީމެވެ.

“ޒަރާވެސް ބޭނުމީ ޒާން” ޒަރާ ބުނެލިއެވެ.

އަހަރެން ޒަރާ އާއި އެކީ އުފާވެރި ވަގުތުތަކެއް ހިއްސާކުރަމުން ދިޔައީމެވެ. ޒަރާގެ މޫނު ނޫން ތަނަކަށް އަހަންނަށް ބެލޭ ވަރެއް ނޫނެވެ. މޫނުމަތިން ހިނިތުންވުން ދައްކައިގެން ހުއްޓަސް ގަޑީގެ ކަށީގެ ހިގާވަރަކަށް އަހަރެންގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. ޒަރާއާއި ދުރަށް ދާންޖެހޭތީއެވެ. އަހަރެން ޒަރާއާއި އިންނަންވެސް ހުށަހެޅީމެވެ. ނަމަވެސް ޒަރާ ބޭނުންވީ އަހަރެން ކިޔަވައި ނިމިގެން އައިސް މެރީ ކުރާށެވެ. އަހަރެން މާސްޓާރސް ނިމޭއިރު ޒަރާ ހުންނާނީ ޑިގްރީއަށް ކިޔެވައި ނިމިފައެވެ. ދެމީހުން އެއްކޮށް ބާޖަވެރި މުސްތަގުބަލެއް ބިނާ ކުރެވޭނެތީ އަހަރެންވެސް ޒަރާގެ ބަސް ގަބޫލުކުރީމެވެ. ތަގުދީރުގައިވާ މިއަދުގެ ހާލަތު އެގޭނަމަ އަހަރެން އެއްބަސް ނުވާނަމެވެ. މާޒީއަކީ ބަދަލުކުރެވޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ އެދުވަސް އަލުން ހޯދައިގެން އެކަންވެސް ކުރަން މިހިރީ ތައްޔާރަށެވެ. އަހަރެން ޔާރާ އަހަރެންގެ މިލްކަކަށް ހަދާނަމެވެ.

އެރޭ ޒަރާ މާގިނައިން ފެން ބޯކަން އަހަންނަށް ފާހަގަ ކުރެވުނެވެ. “ބަލީތަ” އަހަރެން ޒަރާގެ ނިތްކުރީގައި އަތް ޖައްސާލަމުން އަހައިލިމެވެ. ހުމެއް ނެތެވެ.

“ކުޑަކޮށް ކަރުގަ ރިއްސާތީ މިއުޅެނީ. ފެން ނުބޮއި ގިނައިރު ވެއްޖެއްޔާ ކެއްސައިގައްނަން ފަށާނެ” ޒަރާ ބުނެލިއެވެ. އެއީ މާބޮޑު ކަމަކަށް ނުވިނަމަވެސް އަހަރެން ހާސްވިއެވެ.

“ހިނގާ ޑޮކްޓަރަށް ދައްކަން ދާން” އަހަރެން ތެދުވީމެވެ. ނަމަވެސް ޒަރާ ތެދުވާން ގަސްދެއް ނުކުރެއެވެ.

“އެއީ އެވަރު ކަމެއްނޫނޭ… އެއްމެންވެސް ކެއްސައެއްނު. މީ ކުރިން ދުވަހު ރޯގާ ޖެހުނީމަ އެއްކޮށް ރަގަޅުނުވާތީ ވާކަމެއް” ޒަރާ ބަހަނާ ދެއްކިއެވެ. އަހަރެން ޒަރާގެ އަތުގައި ހިފައި ތެދުކުރަން އުޅުނީމައެވެ. ޒަރާއަކީ ގޮތުގައި ހިފަހައްޓާ ކުއްޖެކެވެ.

“ދެން މިރޭ ދާނެ ކަމެއް ނެތް.. އެތާނގަ ގޮސް ދިގު ކިޔޫއެއްގައި އިންނަން ފޫއްސެއްނު.. މާދަން ގޮސްދާނަން” ޒަރާ ބޮޑާ ހާކާލިއެވެ.

“އެކަމަކު އޭރަކު ޒާންއެއް ނުހުންނާނެއެއްނު”

“ޒާން ތިއުޅެނީ ތިން އަހަރަށް ދާން. ޒަރާ ބަލިވާ ކޮންމެ ފަހަރަކު ފުލައިޓަށް އަރައިގެން ވަގުތުން އަންނާނީތަ” ޒަރާ ކޮށްލި ސަމާސާއިން އަހަރެންގެ ހިތަށް ތަދުވެގެން ދިޔައެވެ. ޒަރާ އެބުނީ ތެދެކެވެ. އަހަންނަށް ޒަރާ ބަލިވާ ކޮންމެ ފަހަރަކު ކައިރީގައި ނުހުރެވޭނެއެވެ. ހުންނަން ބޭނުން ވިޔަސް މެއެވެ.

“ކިހިނެތްވީ.. އެއީ އެވަރު ކަމެއްނޫނޭ. ޒަރާގެ މަންމައާއި ބައްޕަވެސް އެބަހުއްޓެއްނު.. ބޭބެވެސް ހުންނާނެ. އެއްމެން ޒަރާއަށް ބަލާނޭ. ޒާން ހާސްވާނެ ވަރުގެ ކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ” އަހަރެންގެ ތަބީއަތް ބަދަލުވުމުން ޒަރާއަށް އުދަގޫވިއެވެ.

“ޒާން.. ދެން އެކަމާ މާބޮޑަށް ނުވިސްނާ އިނގޭ” ޒަރާ އަހަރެންގެ ނުތަނަވަސްކަން ކުޑަ ކުރެވޭތޯ އުޅުނެވެ.

“އޯކޭ މިރެއަށް އެކަނި… މިކަހަލަ ކުޑަ ކަންތަކަށް ޒާންއަށް ޒަރާ ކައިރީގައި ނުހުރެވޭނެ. އެކަމަކު ޒަރާ އަހަންނަށް ވައުދުވޭ.. ދުވަހެއްގެ ކޮޅުން ވިޔަސް ޒަރާ ބަލިވެއްޖެ ނަމަ އަހަންނަށް އަންގަންވާނެ.. އެހެޔޮ ކުޑަކަމެއް ވިޔަސް.. ޒަރާއަށް އަހަރެންގެ އެހީ ވެދެން އޮތް ކޮންމެ ގޮތަކުން އެހީވާނަން. ދުރުގައި ހުރެގެން ނުވެނޭ ނަމަ ޒަރާގެ އަރިހަށް އައުންވެސް އަހަންނަށް ބޮޑު ކަމަކަށް ނުވާނެ. އިން ޝާ ﷲ މަގޭ ޖާނަށް ހެޔޮ ސިއްހަތެއް ލިބޭނެ” އަހަރެން ޒަރާއަށް ވައުދުވީމެވެ. ދުލާއި ހިތުންނެވެ.

ޒަރާގެ ލޮލުން ކަރުނަ ހިލާލިއެވެ. “ކިހިނެތް ވީ” އަހަރެން އޯގާތެރިކަމާއި އެކީ އެހީމެވެ.

“ކަމެއް ނުވޭ.. ޒާން ލޯބިވާވަރު ފެނި އުފަލުން.. ޒާން ނޫން އެހެން މީހެއް ދެކެ ޒަރާއަށް ލޯބިނުވެވޭނެ. ދުވަހަކުވެސް ޒަރާ ނޫން އެހެން މީހެއްދެކެ ލޯބި ނުވައްޗޭ..ޒަރާއަށް އެތަން ބަލާކަށް ކެތްނުވެވޭނެ” ޒަރާ ލޮލުން ވެރުނު ކަރުނަ ފުހެލަމުން ބުނެލިއެވެ.

“ދޫންޏާ ނުރޮއި.. ޕްލީސް ޒާންއަށްވެސް ރޮވިދާނެ ކަންނޭނގެ. ބަލާބަ..” އަހަރެން އިސްޖަހައިގެން އިން ޒަރާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައި ދިނީމެވެ.

“ޒަރާ ނޫން އެހެން މީހެއް ދެކެ ދުވަހަކުވެސް ލޯބި ނުވާނަން. ޒާން ވެސް ތިޔަ ނޫން އެހެން ހިތެއް ނޭދެން” މީ ކޮންމެހެން ޒަރާ ހިތްހަމަޖައްސައިދޭން އަހަރެން ބުނި ބަސްތަކެއް ނޫނެވެ. މީ އަހަރެންގެ ހިތުގެ ހާލަތެވެ. ތެދެކެވެ. ޒަރާ ނޫން ހިތެއް ނޭދެމެވެ.


 

ހިޔާލީ ކަނޑުގައި ބެހެމުން ދިޔަ އަހަރެންނަށް ހޭވެރިކަންވީ އަހަރެންގެ ރައްޓެހި ކުއްޖާ ދެތިން ފަހަރަކު ގޮވާލުމުންނެވެ.

“ހާދަ ފުން ހިޔާލެއްގައި. އަވަހަށް އެތެރެއަށް ވަދޭ” އެކުވެރިޔާ ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ޑޮކްޓަރުގެ ކޮޓަރިއަށް ވަނީމެވެ.

އަހަރެން އައީ ހުސްނުވާނެ ވަރަށް ސުވާލު ހިފައިގެންނެވެ. އެއްގޮތް ނެތް ނަމަ އަނެއް ހިޔާލުވެސް ޑޮކްޓަރަށް ދޭށެވެ. އަހަރެންގެ ވާހަކަތަކުން ޑޮކްޓަރަށް އަހަރެން މިކަން ކުރަން ބޭނުންވެފައި ހުރި ވަރު ވަޒަންކޮށްލެވޭނެއެވެ. ބައެއް ފަހަރު ޑޮކްޓަރަށް ވުރެ މޮޅުވާންވެސް އަހަރެން އުޅެމެވެ.

“މީ ކޮއްކޮތަ.. އެއް އާއިލާގެ ކުއްޖެއް ވެއްޖެއްޔާ މިކަން ކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު” ޑޮކްޓަރު އެހި ސުވާލުން އަހަރެން ކުޑަ ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. ޒަރާއަކީ އަހަރެންގެ ކާކު ހެއްޔެވެ؟ އެއީ އަހަރެންގެ ހަޔާތަށް އަބުރާ އަންނާނެ ކުއްޖެއް ނޫނެވެ.

“ރައްޓެއްސެއް” މަޑުމަޑުން އަހަރެން ބުނެލީމެވެ. އެކަމަކު އެއީ ދޮގެކެވެ. ޒަރާއަކީ އަހަރެންގެ ރައްޓެއްސެއް ނޫނެވެ. ދެމީހުންގެ އެއްވެސް ގުޅުމެއް މިއަދު ނެތެވެ.

“ޓެސްޓެއް ހަދާލަން ޖެހޭނީ ދެމީހުންގެ ބޯން މެރޯ ދިމާވޭތޯ ބަލަން އެކަމަކު މިއީ ރާއްޖެއިން ހެދޭ ޓެސްޓެއް ނޫން. ޓެސްޓް ހަދަން ފޮނުވަން ޖެހޭނީ ބޭރަށް. ޓެސްޓްގެ އިތުރުން  އަދި މިކަމަކީ ވަރަށް ލާރި ހުރެގެން ވާނެ ކަމެއް. ” ޑޮކްޓަރު ކިޔައިދިނެވެ.

“ޓެސްޓް ހަދަން ކިހިނެތް ހަދަން ވީ..” އަހަރެން އަވަސް އަވަހަށް އަހައިލީމެވެ.

ޑޮކްޓަރު ހަދަން ވީ ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔައިދިނެވެ. މިކަމަށް އަހަރެންގެ އިތުރުން ޒަރާގެ އިގްރާރުވެސް ބޭނުންވެއެވެ. އެއީ ހޯދަން އުނދަގޫ ވާނެ އެއްޗެކެވެ. ނަމަވެސް ނާއިމްއާއި ވާހަކަ ދައްކައިގެން ގޮތެއް މެދުވެރިވެދާނެއޭ ހިތް ބުނަމުން ދިޔައެވެ.

ހޮސްޕިޓަލުން ނިމިގެން ލަސްނުކޮށް އަހަރެން ދިޔައީ ނާއިމްގެ ގެއަށެވެ.

ބާރު ހިގުމެއްގައި ގޭގެ ދޮރުގައި ޓަކި ޖަހާލީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ.

“ނާއިމް އެބައުޅުއްވާތޯ” ދޮރު ހުޅުވީ ނާއިމްގެ މަންމައެވެ.

” ނޫން، ނާއިމްގެ ރައްޓެއްސެއް ދޯ” އަހަރެން ދިޔަ ވަގުތަކީ ނާއިމް ބޭރުގައި އުޅުނު ވަގުތެކެވެ. ނާއިމް ނެތުމަކީ އަހަރެން އުއްމީދުކޮށްގެން ހުރި ކަމަކަށް ނުވި ނަމަވެސް ނާއިމް ނެތުމުން އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޒަރާއާއި ސީދާ ވާހަކަ ދައްކައިލެވޭނެތީއެވެ.

“ލައްބަ. ނާއިމް ނެތިއްޔާ ޒަރާއަށް ގޮވައިލެވިދާނެތޯ” އަހަރެން އެތެރެއަށް ވަންނަން ދައުވަތު ދެމުން ނާއިމްގެ މަންމަ ދިޔައީ ޒަރާ ހޯދާށެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޒަރާ އައެވެ.

“ނާއިމްއެއް ނެތް” އަހަރެން ފެނުމާއި އެކު ޒަރާ ބުނެލިއެވެ.

“އެނގޭ. އެކަމަކު ޒަރާއާއި ވާހަކަ ދައްކައިލެވިދާނެތަ” އަހަރެން ހިތްވަރުކޮށްލައިފައި އެހީމެވެ.

ޒަރާ ބޯ ޖަހާލަމުން އަހަރެންނާއި އެކީ ގޭގެ ސިޓިންރޫމުގައި ހުރި ސޯފާގައި އިށީނެވެ. އަހަރެން ހުރީ ވާހަކަ ފަށައިގަންނާނެ ގޮތް ނޭނގިފައެވެ.

“އަހަރެން…….. އަހަރެން މިއައީ ޒަރާއަށް އެހީ..ވާން” ޒަރާއަށް ބަލާލުމަށްފަހު އަހަރެން ބުނެލީ އަހަރެންގެ އެ ޖުމްލައިން ނުކުމެދާނެ ނަތީޖާއަށް ވިސްނުމެއް ނެތިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އެ ތޫފާނީ ރޭ (11)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ

Next
July 21, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ

Previews
July 20, 2017

އެ ތޫފާނީ ރޭ (11)

54 Comments!

  1. maroon says:
    July 21, 2017 at 4:51 pm

    2nd episode.. Hope you will like it. If so leave a comment. Ragalhu kuranvy kameh othiyaaves buneladhinun edhen…
    Loves tc readers ?

  2. Ainth says:
    July 21, 2017 at 5:15 pm

    V salhi waiting 4next part

    1. maroon says:
      July 21, 2017 at 8:34 pm

      Thanku ainth ???

  3. sam♥ says:
    July 21, 2017 at 5:19 pm

    alhey stry v lobii ♡♡♡xaraa kykeybaa bunaanyy dhww … thankooo roon .. love u …. waiting next part…

    1. maroon says:
      July 21, 2017 at 8:35 pm

      Thanku sam ???
      Zara bunaaany…… next episodun egeyne. ?

  4. azzadhil says:
    July 21, 2017 at 5:24 pm

    Masha Allah v nice.. Waiting for the next part 🙂

    1. maroon says:
      July 21, 2017 at 8:35 pm

      Thanku azza ???

  5. Axu says:
    July 21, 2017 at 5:39 pm

    V salhi keepit up

    1. maroon says:
      July 21, 2017 at 8:36 pm

      Thanku axu ???

  6. Lov says:
    July 21, 2017 at 6:17 pm

    Wow ???

    1. maroon says:
      July 21, 2017 at 8:36 pm

      Thanku lov ???

  7. Smile says:
    July 21, 2017 at 7:17 pm

    Masha allah vvvv reethi, dhen oiy part kon irakun??? Maroon ge vaahaka thah heevany hama hageegee haadhisa thakeh hen luv it 🙂

    1. maroon says:
      July 21, 2017 at 8:38 pm

      Thanku smile.. hopefully tmw ngey..maroonge stories ge baeh kanthakaky hagygai.. u made me smile ? ???

  8. Xxxx says:
    July 21, 2017 at 7:20 pm

    Wooow..avahah up kohdhey thee lots of love???????story v.reethi..keep it up

    1. maroon says:
      July 21, 2017 at 8:38 pm

      Thanku xxxx ???

  9. Eekko says:
    July 21, 2017 at 7:32 pm

    Vvv salhi.. next part plxxx ..

    1. maroon says:
      July 21, 2017 at 8:39 pm

      Thanku eekko.. tmrw ???

  10. song joong ki..KOREAN says:
    July 21, 2017 at 7:41 pm

    vvvv reethi mi part vx. ibaaraaiyy kurunvx hama obiness. 🙂 fantastic. vaahaka v salhi koh dhany. can’t wait to read the nxt part marooon !!!!!! 🙂 🙂 😀

    1. maroon says:
      July 21, 2017 at 8:40 pm

      Thanku song joong ki ????
      Read next part tmrw .. tc ?

    2. song joong ki..KOREAN says:
      July 21, 2017 at 8:52 pm

      mi story kiyaa iru hyvany hageegee haadhisaa eh kiyey hen. 🙂 aslahvx. vaahakaige therey ulheveyhen heevany. its so interesting

    3. maroon says:
      July 21, 2017 at 9:21 pm

      Thanku dear again.❤❤.. ryhchah sifakohdheveythw ulhen.. ?
      V happy vejje ngey comment kiyaalaafa. ???

    4. song joong ki..KOREAN says:
      July 21, 2017 at 9:25 pm

      ur welcome. hama hageegaiyy mi buny. actually, its becx of ur unique talent masha allah

    5. maroon says:
      July 22, 2017 at 3:25 pm

      ❤❤thanku❤❤

  11. lai says:
    July 21, 2017 at 8:01 pm

    Plx plx zaara aai naaim nugulhu vahchey…ly roon???..v miss vey “vaashey oaga hithah” stwry..??

    1. maroon says:
      July 21, 2017 at 8:41 pm

      Lai naaim and zara ulheny marry koggen… kommeves gotheh hadhaafa dhuru kuruvan jeheyny xaan ah liben beynumiyyaa ?
      I miss the story too ?
      Loves thanku lots ??

    2. thuhthi says:
      July 21, 2017 at 8:46 pm

      ohhhh dear … already they are connected .. zaara and naaim … but zaaraa enme gulheny munaaz aa dhw ..

    3. thuhthi says:
      July 21, 2017 at 8:48 pm

      dear marooon ….. when next part ??????
      nd miss you lots…

    4. maroon says:
      July 21, 2017 at 9:18 pm

      Thanku thuhthi.. tmrw hopefully.. see u then ☺???

  12. Fary says:
    July 21, 2017 at 9:22 pm

    Vara furihama ??

    1. maroon says:
      July 22, 2017 at 3:24 pm

      Thanku fary ???

  13. Almasa says:
    July 21, 2017 at 9:23 pm

    Next part ves rethi vaane kamah unmeedhu kuran…waiting for the next part…….
    INSHA ALLAH….

    1. maroon says:
      July 22, 2017 at 3:24 pm

      Thanku almasa ???

  14. Almasa says:
    July 21, 2017 at 9:29 pm

    Mi stry ves varah furi hama…..
    Kiyaa kiyaa foohi nuvaa kahala vaahaka eh miyakee…
    Varah furihama
    Unmedhu kuran mikahala baivaru vaahaka kuriah oeh thaaga fennaane kamah…:-)

    1. maroon says:
      July 22, 2017 at 3:25 pm

      ❤❤

  15. Mayish Dhonthi says:
    July 21, 2017 at 10:32 pm

    Page open eh nukurevey

  16. Adha? says:
    July 21, 2017 at 11:02 pm

    Varah varah reethi mi part ves.. its superb.? zaraa bunaane ehcheh nw mi vissnany…….
    Waitings❤❤❤❤loves..tc?

    1. maroon says:
      July 22, 2017 at 3:26 pm

      Thanku adha ❤❤❤

    2. Adha? says:
      July 22, 2017 at 5:27 pm

      Aah pls dnt call me like that adhaaaa kiyass ok aadha dnt call ?

    3. maroon says:
      July 22, 2017 at 6:23 pm

      Sorry ?

    4. Adha? says:
      July 22, 2017 at 6:48 pm

      It’s ok dear…?

  17. Maanu says:
    July 21, 2017 at 11:33 pm

    Haha.. gothaka dhn hindi film Mann

    1. maroon says:
      July 22, 2017 at 3:31 pm

      Okay…. ?
      Thanku kiyaalyma ???

  18. Addu manje says:
    July 21, 2017 at 11:52 pm

    Varah reethi mi baives.. kuree part ah comment kuran ulhe ulhe nuvi.. e baives varah reethi.. mi vaahaka komme dhuvahaku genesdhey gothah dhw??

    1. maroon says:
      July 22, 2017 at 3:26 pm

      Ehen kamah liyamun midhany ??? thanku

  19. Amy says:
    July 22, 2017 at 11:03 am

    Mi part ves hama super.?? Waiting for the next part. kiyaahithun indhaa nimeny.?? ❤❤❤
    Thanks maroon.

    1. maroon says:
      July 22, 2017 at 3:27 pm

      Thanku amy ???

  20. Some one says:
    July 22, 2017 at 12:48 pm

    Maroon!!! U r back!! Really happy!!! V salhi story dhaa goiyy! Huvaaa

    1. maroon says:
      July 22, 2017 at 3:28 pm

      Heheh yes some one!!?
      Thanku lots ???

  21. ninni says:
    July 22, 2017 at 4:19 pm

    Wow wow wowwow. V v v reethi mi vaahaka. N v v happy vejje maroon ge new stoty eh kiyaalan libuneema. Maroon thee hama ninni ge best ….

    1. maroon says:
      July 22, 2017 at 7:25 pm

      Thanku so much ninni ?❤❤❤
      Mirey anehbai upkohdheynan ngey.. see u then..tc ❤

  22. Aira says:
    July 22, 2017 at 4:24 pm

    V v salhi vaahaka. I love ur stories. Comment nukuriyas abadhuves maroon ge story thah kiyan. Kon irakun up kohdheyny. V v v wait kurevey eba next part ah 🙂

    1. maroon says:
      July 30, 2017 at 9:12 pm

      Thanku aira…

  23. Smile says:
    July 22, 2017 at 8:03 pm

    Maroon haadha lahey vaahaka update vaaleh 🙁

    1. maroon says:
      July 22, 2017 at 8:34 pm

      Sorry dear. Before 10 upkoh dheveythw balaanan

Comments are closed.

Next Episodeތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 3←


All Right Reserved!