Skip to content
އެސްފިޔަ

އަންވާރު ސީސަން 2 (ތިނަވަނަ ބައި)

ޔަމީނާ ނަވާލުއާއި ކައިވެނި ކުރުމަށްފަހު އެދެމަފިރިން އުޅެމުންދަނީ ނަވާލުމެންގޭގައެވެ. ކުޑަ ހަފްލާއަކުން ދެމީހުންގެ ކައިވެނި ނިންމާލި ނަމަވެސް ދެފަރާތުގެ އެންމެންގެ ދުޢާ އަކީވެސް އެދެކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ލިބުމެވެ. މާތް ﷲ ގެ ނުވަދިހަ ނުވަ އިސްމުފުޅު ހިތުދަސްކޮށްފަ ކިޔައިދިނުމަށް ރަންކީ އިރު ނަވާލު އެކަން ކުރީ ޔަމީނާ ހީކުރިވަރަށްވުރެވެސް ފުރިހަމައަށެވެ. އެއްވެސް ކުށެއް ނުޖެހި ކައިވެނި ކުރެވުނު ވަގުތު ރަން ހަވާލުކޮށްދިނެވެ. ޔަމީނާ އެގޮތައް ރަން ކިޔުމުގެ މަޤްސަދަކަށްވީ ނުވަދިހަ ނުވަ އިސްމުފުޅު ހިތުދަސްކޮށްފައިވާ މީހުންނަށް ސުވަރުގޭގެ ހެޔޮ ޚަބަރު ދެއްވާފައި ވުމެވެ. އަދި ނަވާލުއަށް އެމަގު ތަނަވަސްކޮށްދިން ފަރާތަކަށް ޔަމީނާ ވުމުގެ ބޭނުމުގައެވެ.

އެތައް ދުވަހަކު އަމިއްލަ މައިންބަފައިން ކައިރީ އުޅުމަށްފަހު އެމީހުން ދޫކޮށްފައި ދާން ޖެހުމުން ޔަމީނާ ވަރަށް ދެރަވިއެވެ. ނަމަވެސް ނަސީބަކުން ދެ ގެ އެހާ ދުރެެއްނޫނެވެ. ނަވާލުގެ ބައްޕަ ކިތަމެ ރަނގަޅަސް މަންމަ ޔަމީނާއަކާއި އެހާ ގަޔާނުވާކަން ސަކީނާގެ އުޅުމުން އެނގެއެވެ. އެހެންނަމަވެސް ޔަމީނާ އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ އޭނާގެ ވާޖިބު ފުރިހަމައަށް އަދާ ކުރެވޭތޯ މަސައްކަތްކުރެއެވެ. ބައެއްފަހަރު ސަކީނާ ބުނެލާ ބަސްތަކުން އަސަރު ކުރުވިޔަސް ޔަމީނާ ކޮންމެކަމަކާއިވެސް ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްތިރިކަމާއި އެކުގައެވެ. އެންމެންނަކީ އެއްގޮތް ބަޔެއް ނޫންކަން ޔަމީނާ ދަނެއެވެ. ސަކީނާވެސް އެހެން ކަންތައްކުރަނީ ގަސްތުގައި ޔަމީނާ ދެރަކުރާކަށް ނޫނެވެ. އެއީ އެންމެ ކުރިންވެސް ސަކީނާގެ އާދައެވެ. އޭނާގެ ބަސްމޮށުންތެރިކަން ހުންނަގޮތެވެ. އެކަމާ ޔަމީނާ ނުރުހިގެން މައްސަލަ ޖައްސައިފިނަމަ އެންމެންގެ ދިރިއުޅުމަށް އެތައް މާޔޫސްކަމެއް އަންނާނޭކަން ޔަމީނާއަށް އެނގެއެވެ.

ނަވާލުގެ ބައްޕަ ޔައުޤޫބުވެސް މިއޮށް ހުރިހާ ދުވަހު ސަކީނާޔާއެކު އުޅެފައިއެވަނީ އެކަންތައްތަކަށް ކެތްކޮށް އެއީ ސަކީނާގެ ހުރި އުނި ސިފައެއްކަން ދަނެގެން ކަން ޔަޤީނެވެ. ކޮންމެ އިންސާނަކީވެސް ކޮންމެވެސް އުނި ސިފައެއް ހުންނާނެ މީހެއްތާއެވެ. އެކަން އޭނާގެ ބައިވެރިޔާ ނުދަނެ އަބަދު އެކަމަށް ޝަކުވާކޮށް އެއްޗެހި ކިޔަނީނަމަ ދެމީހުން އުފަލުގައި، ހަމަޖެހިގެން ދުވަސްތައް ކަނޑައްތު ކުރާނީ ކިހިނެއް ހެއްޔެވެ؟

ޔަމީނާ އުންމީދުކުރި ގޮތައް ނަވާލުވީ ވަރަށް ރުޅި މަޑު، މަސައްކަތްތެރި، އަދި ވަރަށް އޯގާތެރި ފިރިއަކަށެވެ. އެކަމާއި އޭނާ ﷲ އަށް ޝުކުރުވެރިވަނީ އިންތިހާއަށެވެ.

……………………

ފަންކާ އެންމެބާރު ކޮށްފައި ހުރިއިރު، މަޑުމަޑު އަޑެއް މިޔުސިކެއް ފަދައިން އިވެމުން ދިޔައެވެ. ދީނާ އެނދުމަތީ އިށީނދެގެން އެ ފަންކާއަށް ބަލަހައްޓައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައި އިންހެނެވެ. އެހެން އެތާގައި އިންނަތާ މިހާރު މިވީ ކިހާ އިރެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ އެތަނުން ތެދުވަން ކިތަންމެހާ ބޭނުމަސް އަމިއްލަ އިޚްތިޔާރެއް އެ ހަށިގަނޑުގައި ނެތް ފަދައެވެ. އާއެކެވެ. އޭނާ އެއިނީ ގަބުވެފައެވެ. އެ ޖިންނީގެ ބާރު އޭނާގެ ހަށިގަނޑަށް ކޮށްފައިވާއިރު އެއްވެސް ހަަރަކާތެއް ނުކުރެވި އެހެން އިންނަތާ މިހާރު ގާތްގަނޑަކަށް ބައިގަޑިއިރު ވަނީއެވެ. ހެޔޮ އެއްޗެއް ކިޔަން ކިތަންމެ ބޭނުންވިނަމަވެސް ދުލާއި ހިތައްވެސް އޭނާގެ ބާރެއް ނުފޯރުވެއެވެ. އޭތި ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ހުދު ދީނާއަކަށްވެސް ނޭނގެއެވެ.

އެކަހަލަ އެކިއެކި އުނދަގޫ މިދުވަސްކޮޅު އިންތިހާއަށް ގިނައެވެ. ބައެއް ފަހަރު އެސްފިޔަ ޖަހާލަން ލޯމެރޭ ފަޅި ސިކުންތު ކޮޅުގައިވެސް އެކި ކަހަލަ ބިރުވެރި ސިފަސިފައިގައި ތިބޭ އެއްޗެހި އޭނާއަށް ފެނިގެންދަނީ ބިރުވެރި ގޮތަކަށެވެ. އަބަދުވެސް ކައިރީގައި ކޮންމެވެސް އެއްޗެއް އުޅޭ ކަމަގެ އިހްސާސް ކުރެވޭވަރުން ދުޢާ ކިޔައިފައި ނަމަވެސް ހެދުން ބަދަލުކުރަން ނުވަތަ ބުރުގާ ބާލަންވެސް ދީނާ ޖެހިލުންވެއެވެ. ނިދާހޭލާ ގަޑީގައިވެސް މުޅި ހަށިގަނޑަށް ބަރުކަމެއް އިހްސާސް ކުރެވޭވަރުން އެނދުމަތިން ހިއްލާލަންވެސް އުނދަގޫ ކަހަލައެވެ.

އަބަދު މުޅިމީހާ ކަންނެތްވެ ލޮޑުވެފައި ހުންނައިރު އިރުއިރުކޮޅާ އާ ފުރެލެވެއެވެ. ފާޑުފާޑުގެ ހުވަފެންތައްވެސް ފެންނަނީ އެހާވަރަށެވެ. އެންމެ ގިނައިން ފެންނާނީ ކޮންމެވެސް މީހެއްގެ ކިބައިން ސަލާމަތް ނުވެވިގެން ތެޅިފޮޅޭތަނެވެ. ކޮންމެވެސް މީހަކާއި ފިލަންވެގެން އުސްއިމާރާތް ތަކުގެ މަތިން ދުވެ ފުމޭތަނެވެ. ނުވަތަ ފަރުބަދިމަތި ކަހަލަ އުސް، އާންމުކޮށް ނުފެންނަ ކަހަލަ ރީތި ތަނަކަށް ގޮސްގެން އުޅެވޭ ތަނެވެ. އަދި ގިނަ ހުވަފެންތަކުގައި އޭނާގެ ކުޑައިރުގެ ގާތް ރަހުމަތް ތެރިއެއް ކަމަށްވާ ރީނާ އަބަދުވެސް ފެންނާނެއެވެ. ހުވަފެނުގައި އުޅޭ އެހެން އެކަކުގެ މޫނު ސާފު ނުވިޔަސް އަބަދުވެސް ކޮންމެ ހުވަފެނެއްގައިވެސް ރީނާ އެހާ ސާފުކޮށް ފެންނަނީ ކީއްވެގެންބާއޭ ދީނާ ވަރަށް ހިތައް އަރައެވެ. ރީނާ ނުފެންނަ ދުވަސް ދުވަހު އެގޭ ކޮންމެވެސް އެހެން މީހަކު ފެނިދާނެއެވެ. އެގޭ މީހުންނާއި ރީނާގެ ހުވަފެންތަކާއި އެހާ ބޮޑު ގުޅުމެއް އޮންނަނީ ކީއްވެގެން ކަމެއް ހުދު ދީނާ އަކަށްވެސް ނޭނގެއެވެ.

އެކަންކަމުން ސަލާމަތްވާން ކުރަންޖެހޭ ހުރިހާކަމެއްވެސް ދީނާއަށް ވީވަރަކުން ކުރެއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރުގެ ދުޢާތަށް ބަރާބަރަށް ކިޔައެވެ. ބަރާބަރަށް ނަމާދުކޮށް، ކޮންމެދުވަހަކުވެސް ޤުރުޢާނުން މިންވަރެއް ކިޔައެވެ. އަދި ހަމަ ކޮންމެ ދުވަހަކުވެސް ސިހުރު ބާތިލް ކުރުމަށް ކިޔާ އާޔަތްތައް އޭނާ ތަކުރާރުކޮށް ކިޔަވައެވެ. އަދި ފާފަތަކުން ދުރުވެ ހުރުމަށް އޭނާއަށް ވީވަރަކުން މަސައްކަތް ކުރެއެވެ.

ދީނާ އަށް އެނގިފައިވާ ގޮތުގައި ސިހުރު ޖެހުމަށްފަހު އެ ސިހުރާއި ހަވާލުވާ ޝައިޠާނާ، އޭތީގެ މަސައްކަތާއިގެން އަބަދުވެސް ކުރިއަށް ދާނެއެވެ. ރައްކާތެރި ކަމަށް ކިޔަންވާ ދުޢާތަކުން އޭނާގެ މަސައްކަތައް މާ ބޮޑު ހުރަހެއް ނޭޅޭނެއެވެ. ސިހުރު އަދި ޝައިޠާނާގެ އުނދަގުލެއް ކުރިމަތި ވުމުގެ ކުރިން ދުޢާތަކާއި ޒިކުރުތައް ބަރާބަރަށް ކިޔަންޖެހެނީ އެހެންވެއެވެ. ނަމަވެސް ސިހުރު ޖެހުމަށްފަހުވެސް އަދި އެހެން ގޮތަކަށް ނަމަވެސް ޖިންނި ޝައިޠާނުން ކުރާ އުނދަގޫތަކަށް ދުޢާ އާއި ޒިކުރުކުރުމުން އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ޤަބޫލުކުރުމަކީ ވަރަށްބޮޑު ގޯހެކެވެ. އަހަރެމެނަށް ލޮލަށް ނުފެނި، އަދި އިހްސާސް ނުވިނަމަވެސް، ﷲ އާއި އެކަލާނގެ ފޮނުއްވި ރަސޫލާ އެކަމެއް ކުރަން އަންގަވާފައިވާ ކަންކަމުން އަހަރެމެންނަށް ފައިދާއެއް ނުކޮށް ނުހުންނާނެކަން ޔަޤީން ކުރަން ޖެހެއެވެ.

ދީނާ މިނިމިދިޔަ ރޯދަމަހު ހުއްޓާނުލާ ކޮންމެ ރެޔަކުވެސް ދަމުނަމާދަށްފަހު، މުޞައްލަ މަތީ އިނދެގެން ސިހުރު ބާތިލްގެ އާޔަތްތައް ތަކުރާރުކޮށް ކިޔަވާފައި ދުޢާ ކުރެއެވެ. ވީމާ އޭނާއަށް ޤަބޫލުކުރެވެނީ އެ ޝައިޠާނާއަށް އުނދަގޫވާލެއް ބޮޑުކަމުން އޭގެ އުނދަގޫ ދީނާއަށްވެސް ކުރުވަނީ ކަމަށެވެ. ބައެއް ފަހަރު ހިތުގައި ބިރުވެރިކަން އުފެދުނު ނަމަވެސް ﷲ މަތިން ހަނދުމަކޮށް، ހިތައް ސިފަވާ ބިރުވެރި ކަންތައްތައް މަތިން ހަނދުމަ ނައްތާލަނީއެވެ. އަދި ﷲ ގެ ކުރިފުޅުމަތީގައި އެހެން އެއްވެސް އެއްޗަކީ އެއްވެސް އާރެއް ބާރެއް ނެތް އެއްޗެއްކަން ހަނދުމަކޮށް ރައްކާތެރިކަމަށް ކިޔަވާ ދުޢާ އެއް ކިޔާލުމުން ގިނަ ފަހަރު އުނދަގޫތައް ވަގުތުން ކެނޑިދެއެވެ. ނަމަވެސް އޭނާގެ މުޅި ހަށިގަނޑަށް އޭތީގެ ބާރު ފޯރުވާފައި ވަނީނަމަ އެކަމުން ސަލާމަތް ވެވެނީ ތަންކޮޅެއް ގިނައިރުން ނެވެ. ނުވަތަ ކޮންމެވެސް މީހެއްގެ އެހީތެރިކަމާއެކުއެވެ.

ސާދިޔާ ދެތިން ފަހަރަކު ދީނާއަށް ގޮވާލުމުންވެސް އަޑެއް ބަޑެއް ނީވޭތީ އައިސް ކޮޓަރިއަށް ވަދެ ބަލާލިއެވެ. ދީނާ އިންގޮތުން ސާދިޔާވެސް ހީކުރީ ކަމަކާއި ފިކުރުކުރަން އިންކަމަށެވެ. ނަމަވެސް ދެންވެސް ކައިރީގައި ހުރެގެން ދެތިން ފަހަރަކު ގޮވާލުމުންވެސް އަދި ގައިގައި ކޮށްޓާލުމުންވެސް އެއްވެސް ހަރަކާތެއް ނެތި އެއިން ގޮތައް އިނުމުން ވެގެން އުޅޭގޮތް ސާދިޔާއަށް ވިސްނުނެވެ. އެހެންކަމުން އަވަހަށް ސަމާހުއަށް ގުޅާފައި ގެއަށް އައިސް ދިނުމަށް ބުންޏެވެ. ސަމާހު އަށް ގުޅުމުން ދީނާ ކުޑަކުއްޖެއްހެން ތުންދަމާފައި ކުކުރަން ފެށިއެވެ. އަދި އެނދުމަށްޗައް ވެއްޓިގެންފައި ރޯންފެށިއެވެ. ދެތިން މިނެޓްގެ ތެރޭގައި ސަމާހު އައިސްފިއެވެ. ސަމާހު އައިސް ކައިރީގައި ދެތިން ފަހަރަކު ބަންގި ގޮވުމުން ދީނާ ހަމައަކަށް އެޅިއްޖެއެވެ.

……………….

އާޔަން އަށް ދިމާވި ހާދިސާއަށްފަހު ބަރަކާ މެންގެ މުޅި ދިރިއުޅުން ބަދަލު ވެފައިވާ ކަހަލައެވެ. ބަރަކާގެ ބައްޕަ އަކީ މާލެއަށް އުފަން މީހެއްކަމުން އެމީހުން އުޅެމުން އެދަނީ ބައްޕަގެ ގެއިން ބަރަކާއަށް ދީފައިވާ ދެކޮޓަރީގެ އެޕާރޓްމަންޓެއްގައެވެ. ފަސްބުރިއަށް ހަދާފައިވާ ގޭގެ އެންމެ ތިރީބައި ބަރަކާއަށް ދީފައިވާއިރު އޭގެ ތެރެއިން އަނެއް ދެބައި ދެންތިބި ދެ ފިރިހެން ދަރިންނަށް ވަނީ ދީފައެވެ. ދެން އޮތް ދެބައި ތެރެއިން އެއްބައި ބައްޕަގެ ނަންމަތީގައިވާއިރު އަނެއްބައި ވަނީ މަންމަގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް މިހާރު މަންމަ ދުނިޔޭގައި ނެތުމުން ދެބައިވެސް ބައްޕަ ވަނީ ކުއްޔައްދީފައެވެ. އަދި ބައްޕަ ދިރިއުޅެނީ ލަންކާ މީހަކާއި އިނދެގެން ސިންގަޕޫރުގައެވެ.

ބަރަކާމެންގެ ބައިގައި އާދައިގެ ކޮޓަރިއެއްވަރު ތަންކޮޅެއް ގުދަނަކަށް ހަދާފައި ކުއްޔައްދީފައި ވެއެވެ. ވީމާ ދެން އެމީހުން އުޅެން ޖެހޭނީ އެތަނުން ލިބޭ ރުފިޔާކޮޅުން ހަމަޖައްސާލައިގެންނެވެ. އާޔަން ފައި ރަނގަޅުވެގެން ވަޒީފާއަށް ނިކުމެވެންދެއް އެހެން ގޮތެއް ނޯންނާނެއެވެ. ނަމަވެސް ބަރަކާ ވިސްނާފައިވަނީ އެމީހުން އުޅޭ ދެކޮޓަރިން ކުރެ އަތިއްޔާގެ ކޮޓަރި، އަންހެން ކުދިން ކުއްޔައް ބައިތިއްބާ ތަންކޮޅަކަށް ހެދުމަށެވެ. ހަމައެކަނި ލިބޭ ރުފިޔާކޮޅުން ފުއްދާލެވޭވަރަށްވުރެ އިތުރަށް އާޔަންގެ ފަރުވާއަށްވެސް ޚަރަދު ކުރަންޖެހޭނެތީއެވެ. ކުރިއަށް އޮތް ދުވަސްކޮޅުގައި އިތުރު ދަރިޔަކު ލިބި ތަންކޮޅު ދަތިވާނެކަން އިހްސާސް ކުރެވުނު ނަމަވެސް މިވަގުތު އެނޫން ގޮތެއް ނެއްވިއްޔާއެވެ.

………………………

މިއަދު އަންވާރު ސައިޓްގައި ހިމަނާލެވިފައިވަނީ އާންމުކޮށް އަހަރެމެންނަށް ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައި، އަހަރެމެންނަށް ކުރެވޭ ބައެއް އިހްސާސްތަކަށް ކީރިތި ޤުރުއާނުން ﷲ ދެއްވަވާފައިވާ ޖަވާބުތަކެވެ. އެއިހްސާސްތަކާއި މިއާޔަތްތަށް ގުޅުވާލުމުން ލިބޭ ޖަވާބުތަށް ކިތަމެހާވެސް ފުރިހަމައެވެ. ޝައްކެއްވެސް ނެތްގޮތުގައި ޤުރުއާނުގައި މާތް ﷲ ހުރިހާކަމެއްގެ ހައްލު ބަޔާން ކުރައްވާފައިވެއެވެ. އެއީ ހިތްތަކަށް ހަމަޖެހުން ގެނުވައިދޭ ދެގޮތެއް ނުވާ ފަރުވާއެކެވެ.

ޔާ ﷲ! މިއަޅާ މިވަނީ ދުލުން ބަޔާންކުރަން ދަތި ބޮޑު ހިތްދަތިކަމެއްގައެވެ.

” ތިޔައިބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ. ” (ޤުރުއާން 39:53)

މިއަޅާގެ ހިތުގައިވާ އެއްވެސް އެއްޗެއް އިބަރަސްކަލާނގެ ފިޔަވާ އެހެންފަރާތަކަށް އެނގިގެން ނުވެއެވެ.

” ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަ ކުރުމުން ނޫން ހެއްޔެވެ؟ ” (ޤުރުޢާން 13:28)

ޔާ ﷲ! އެތައް ބަޔެއްގެ ކިބައިން މިއަޅާއަށް ހިތްދަތިކަން ލިބިފައިވެއެވެ.

” އެއުރެންނަށް ކަލޭގެފާނު އަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަ ފުއްސެވުން އެދި ދަންނަވާށެވެ.” (ޤުރުޢާން 3:159)

މިއަޅާއަށް އިހްސާސްކުރެވެނީ، މިއަޅާއީ އެކަނިވެރިއެއް ފަދައިންނެވެ.

” އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުންތަންވެ ވޮޑިގަތުން ބޮޑެވެ.” (ޤުރުޢާން 50:16)

މިއަޅާއީ ފާފަތަކުން ފޯވެފައިވާ އިންސާނަކީމެވެ.

” ﷲ ފިޔަވާ ފާފަ ފުއްސަވާނީ ފަހެ ކާކު ހެއްޔެވެ؟ ” (ޤުރުޢާން 3:135)

މިއަޅާ އެންމެ ހިނދުކޮޅަކަށްވެސް މިއަޅާގެ އަމިއްލަ ނަފްސުގެ ކިބައަަށް ދޫ ނުކޮށްލާށެވެ.

“ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަ ކުރާހުށީމެވެ.” (ޤުރުޢާން 2:152)

މިއަޅާއަށް ދިރިއުޅުމުގައި އެތައް ބައިވަރު ދަތި އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

” އަދި ﷲއަށް ތަޤުވާވެރިވި މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނިކުންނާނެ މަގެއް ދައްކަވާނެއެވެ.” (ޤުރުޢާން 65:2)

މިއަޅާއީ ގޮތްހުސްވެފައިވާ މީހަކީމެވެ.

” ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ.” (ޤުރުޢާން 94:6)

މިއަޅާގެ ބައިވަރު ހުވަފެންތަކެއް ވެއެވެ.

” ތިޔަބައިމީހުން ތިމަން ރަސްކަލާންގެ އަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ.” (ޤުރުޢާން 40:60)

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Greeny

    Me first

    1. Faathii
      Greeny

      yes. u r. 🙂
      Jazaak Allah Khair

  2. Xxxx

    Maaasha Allah..v.rangalhu dhiriulhumah kommehen beynunvaa message thakeh..keep it up☺

    1. Faathii
      Xxxx

      Jazaak Allah Khair 🙂

  3. khajja

    Masha allah v rythi v furihama v ibraiytheri thank u so much 4 the luvly stry n keep it up waiting ???❤❤❤

    1. Faathii
      khajja

      Jazaak Allah Khairan 🙂

  4. Adha?

    Maasha allah.. haadha ibraiytheri ey.. thanks faathii for the adorable story .. waiting ???

    1. Faathii
      Adha?

      🙂 Jazaak Allah Khairan

  5. mary

    Maasha allah v ibrathun furigen vaa vaahakaeh

    1. Faathii
      mary

      Jazaak Allah khairan

  6. Psenhi

    Masha Allah. V rythi kiyahivvakahala vahakathakeh

    1. Faathii
      Psenhi

      Jazaak Allah Khair

  7. Shaai

    Ma Sha Allah <3

    1. Faathii
      Shaai

      Jazaak Allah Khair

  8. Jinn

    Vaahaka Varahves furihama. Maa Shaa Allah! Allah thibaa ah rahmaiy lavaashi! Mifadha furusatheh libumun kameh handhaan kolla dheyn gasthukuran.
    Sihurai, esfeenaa, ruqya aai gulhunhuri vaahaka thakaai mifadhakankamaai gulhigen fenna huvafenthakuge vaaha gennairu varah bodah samaaluvumah handhuma kohdhen. Shaithaanun abadhuves masakkaiy kuramundhaany insaanaa magufurehdhumah. Migothun thimaa ah emme heyoedhey thimaa dheke loabiva faraaiy thakaaimedhu hithugai kilanbukan ufehdhumuge gothun huvafennai vasuvaas thakun efadha meehunnaai dheythereygai hithugai shakkuthakaai vahumuthah ufahdhan masakkaiy kurey. Mifadha haalaiythakugai Allah attakai efadha faraaiy thakah hidhaayaiy dhekkevumashaai rahmaiy levvumah edhi dhua kurun muhimmu. Adhi faharugai huvafenugai fennany hasadhaveriyennamaves Allah aee hiythah badhalukuraavaa faraaiy. Thibaage dhua in thibaage akhaa nuvatha ukhuthaage hiy thibaa attaka hekuravvai saafukurevvumah ekalaange kulhadhunvantha.
    Allah thiyabaimeehunnashaai alhugandah faafafussava rahmaiy lavvaashi. Aameen!

    1. Faathii
      Jinn

      Aameen. Allah thibaa ahves heyo rahmai lavvaashi. thikanthah handhaan bahattaanan. InShahAllah.

  9. islaahuvaan edheymyha

    gaimu ekahala dhuaa eh liyalandhinnama kihaarangalhu haasakon esfeenaa kahalakamakah kuraa dhuaa eh liyelaidhinnama v rangalhuvys

    1. Faathii
      islaahuvaan edheymyha

      hendhunaai haveerugai kiyan hunna dhua thah aee thimaage rahkaatherikamah kiyan rangalhu thakethi. Haassakoh kurusi aai thiree thin surah. Jazaak Allah Khair

Comments are closed.