Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 6

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 22, 2017 13 Mins Read
55 Comments

 

“ޒީން އަހަންނަކަށް ނުވިސްނުނު ޒީން ތިކިޔާ އެއްޗެއް. ތަންކޮޅެއް ސާފުކޮށް ބުނެދޭންވީނު” ޒިޔަމްވެސް އޭނާއިން ސޯފާއިން ތެދުވިއެވެ. ޒީން ތުހުމުތުގެ އިގިލި ދިއްކުރަމުން އެދަނީ ކީއްވެގެން ކަމެއް ހިޔާލަށް ނައުމުންނެވެ.

ޒީން ޒިޔަމްއަށް ބަލާލިއެވެ. އެބެލުމުގައި ވަނީ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކަކެވެ. ކުރަން ބޭނުންވާ ޝަކުވާތަކެވެ. އެރޭގެ އެއްވެސް ކަމެއް ޒިޔަމް ހަނދާން ނެތީ ހެއްޔެވެ؟ ވޭނުގައި ރޭދުވާ ބޭކާރު ކުރިއިރު ޒީންއަކީ ކާކު ކަންވެސް ޒިޔަމްއަށް ނޭނގެނީ ހެއްޔެވެ؟

ޒިޔަމްގެ ނަޒަރުވެސް ހުއްޓިފައި ވަނީ ޒީންއަށެވެ. ޒީންގެ ދެ ލޮލުގައި ބަބުޅަމުންދާ ކަރުނައިގެ ތިކިތައް ހީވަނީ ދެއްމެ ދެއްމެ އަކު ފައިބާފާނެ ހެންނެވެ.

“ކީއްވެ ޒީންއާއި ބެހޭ ގޮތުން ޔުމްނުއާއި ވާހަކަ ދެއްކީ.. ޒިޔަމްވެސް އަދި އަހަރެންގެ އެއްމެ ގާތް އެކުވެރިޔާވެސް އަހަންނަށް ދޮގު ހެދީ. ޒިޔަމް ބުނީމެއްނު އެއްވެސް މީހެއް ކައިރީ ޒީންގެ ވާހަކަ ނުދައްކާނަމޭ. ދެން ކީއްވެ ޒީން ކައިރީ ނުވެސް ބުނެ އެހެން ހެދީ. ޒީން އާއި ބެހޭ ގޮތުން ސުވާލެއް އޮތް ނަމަ ޒީން ކައިރީ އަހަންވީނު.. ކީއްވެ އެހެންމީހުން ކައިރީ އަހަންވީ..ޒީން އަކަށް ނޫންތަ އެގޭނީ ޒީންގެ ލައިފާއި ބެހޭ ގޮތުން އެއްމެ ރަގަޅަށް.. ހަމަ ޖެހޭތަ ކޮންމެ ފަހަރަކު..” ޒީން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލިއެވެ.

“ޒީން އައި އޭމް ސޯ ސޮރީ.. ޒީންއަށް ވީ ގޮތް ކިޔާދެންތަ” ޒިޔަމްއަށް ޒީން އެދައްކަނީ ކޮން ވާހަކައެއްކަން އެގުނީ ދެނެވެ. ޒިޔަމް ޒީން ކައިރިއަށް ޖެހިލީ ވީގޮތް ޒީންއަށް ކިޔައިދޭށެވެ. ނަމަވެސް ޒިޔަމް ކައިރިއަށް ޖެހުލުމާއި އެކު ޒީން ފަހަތަށް ޖެހިލައި ސޯފާގައި އިށީނެވެ. ޒީން އެއްމެ ނަފްރަތު ކުރަނީ ޒިޔަމްގެ ގާތްކަމަށް ކަން ޒިޔަމްއަށް ނުވިސްނެއެވެ.

“ޒީން.. ޒިޔަމް ޔުމްނު ކައިރީ ނުދައްކަމޭ ޒީން މިތާގައި ދެއްކި އެއްވެސް ވާހަކައެއް.. ހަމައެކަނި ޒީންގެ ކޮންޑިޝަންއާއި ބެހޭ ގޮތުން ވާހަކަ ދެއްކީ. ޒީންއަށް އާއި ބަދަލުތަކާއި ޒީންގެ ފިޓް ޖެހުމާއި ބެހޭ ގޮތުން ދެމީހުން ވާހަކަ ދެއްކީ.. ޒީން އަހަންނަށް ޓުރަސްޓު ނުކުރަންޏާ ޔުމްނު ކައިރީ އަހަންވީނު.. އޭރުން އެގޭނެ މީކަން ހަގީގަތަކީ. ޒީން މިތާ ތެރޭގައި ދައްކާ އެއްވެސް ވާހަކަ އެއް ދެމީހުން ފިޔަވާ އެއްވެސް މީހަކަށް ނޭނގޭނެ. އެހެޔޮ މިތާ ސްޓާފަކަށް ވިޔަސް. ޔޯ ސްޓޯރީ އިޒް ސޭފް ވިތް މީ އިނގޭ”  ޒީން ވާހަކަ ދައްކަމުން ދިޔައިރު ޒީން ކުޑަކޮށް ބޯދެފަރާތަށް ހަލުވާލިއެވެ. އަދި އުފާވެރިކަމެއް ނެތް ހިނިތުންވުމެއް މޫނުމަތީގައި ވިއެވެ. ޒިޔަމް ދައްކަމުންދާ އެއްވެސް ބަހަނާއެއް ޒީން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ދެމީހުންގެ މި ބައްދަލުވުމަށްވުރެ ކުރިން….އެތައް އަހަރެއް ކުރިން ޒިޔަމް ވަނީ އޭނާއަކީ ކާކުކަން ޒީންއަށް ސާފުކޮށްދީފައެވެ. މިއަދު އެ ހިތި މާޒީ ބަދަލުކުރެވޭނެ ގޮތެއް ނެތެވެ.

ޒީންގެ ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިތަން ފެނި ޒިޔަމްއަށް އޭނާއަށް ކުރެވުނީ ކުޑަވަރެއްގެ ކަމެއް ނޫންކަން އިހްސާސްވިއެވެ. އެހެންކަމުން ޒީންގެ ހިތް ރުއްސޭތޯ އަވަސްވެގަތެވެ.

“ޒީން… އަހަރެން ގަބޫލުކުރަން އެއީ އަހަރެންގެ މިސްޓޭކުކަން.. ވިލް ޔޫ ފޮގިވް މީ ޒީން.. ދެން އެހެން ނުހަދާނެ ކަމަށް ވައުދުވަން. ޒީން ކައިރިން ހުއްދަ ހޯދުމަށްފަހު ނޫނީ ޒިޔަމް ޒީންގެ އެއްވެސް ކަމަކާއި ބެހޭ ގޮތުން އެހެންމީހަކާއި ސުވާލު ނުކުރާނަން އިނގޭ…” ޒިޔަމް އައިސް ޒީން ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އިށީނެވެ. އެވަގުތު ރޫމްގައި ހުރި ޓިޝޫ ފޮށި ހުސްވެފައި ހުރުމުން ޖިބުގައި އޮތް ރުމާ ނަގައި ޒީންއަށް ދިއްކޮށްލިއެވެ.

“ނޫން ޒިޔަމް. ޒީންއަށް މާފެއް ނުކޮށްދެވޭނެ. ދެން މިކަން ތަކުރާރު ނުކުރާނެ ކަމެގެ ކޮން ޔަގީންކަމެއް އޮތީ. ކުރިންވެސް އެގޮތަށް ކަންތައް ނުކުރާނަމޭ ކިޔާފަ ކަންތައް ކުރީ. އަދިއެވެސް ސިއްރުން. ބުނެލަންވެސް ނުކެރުނު. ދެންވެސް އެގޮތަށް ކަން ނޭނގެ ޒިޔަމް ކަންތައް ކުރާނީ. މިފަހަރު ޒީންއަށް އެކަން އެނގުނީމަ މާފަށްވެސް ތި އެދެނީ.. އަހަރެން ބޭނުން މިތާ އިސްވެރިއެއް ކައިރީ މިވާހަކަ ދައްކަން. ޒިޔަމްގެ ތި ފަރުވާ ކުޑަ ކަމުން އަހަންނަށް އަދި އެހެން މީހަކަށް އޭނގެ ގެއްލުން ދޭކަށް ނެތިން” ޒިޔަމް ދިން ރުމާލުން މޫނު ފޮހެލައި ޒީން ވާހަކަ ދެއްކިއެވެ. ހިތާމާއިގެ ކުލަވަރު މަޑުވެ އަނެއްކާވެސް ނުރުހުން އެރާގުގައި ވިއެވެ.

ޒީން އެދެއްކީ ކޮންމެ މީހަކުވެސް އެފަދަ ހާލަތެއްގައި ކަންތައް ކުރާނެ ގޮތުގެ ވާހަކަ ކަން ޒިޔަމްއަށް އެނގެއެވެ. އެހެންނަމަވެސް ދެމީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭނެ ގޮތް ހޯދަން ޒިޔަމް އުޅުނެވެ.

ޒިޔަމް ދެތިން ފަހަރެއްގެ މަތިން މާފަށް އެދުމުންވެސް ޒީން ހުރީ ދޫދޭ ގޮތަކަށް ނޫންކަން ވިސްނުނެވެ. އެހެންކަމުން ޒީން އެދޭ ގޮތަށް އިސްވެރިޔާއާއި ބައްދަލުކޮށްދޭނެ ކަމަށް ޒިޔަމް އެއްބަސްވިއެވެ. ޒިޔަމް އެކަމާ ބޮޑަށް ޖެހިލުންވީ ކްލިނިކްގެ ސްޕަވައިޒަރާއި ބައްދަލުކުރުމުގެ ބަދަލުގައި ޒީން ބޭނުންވީ ސީދާ ޒިޔަމްގެ ބައްޕަ ޝާހިދުއާއި ބައްދަލުކުރަން ކަމަށް ވުމުންނެވެ.


 

ފޯން ނަގައި އެދުގައި އޮތް ޒައިނާ ކުއްލިއަކަށް ތެދުވީ ކަމެއް ހަނދާންވުމުންނެވެ. ރޭގައި ހިގާދިޔަ ކަންތަކަށްފަހު ސާއިމްއާއި ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބަ އޮތެވެ.

ސާއިމްގެ ސުވާލުތަކަށް ފިލަން ހަދައިގެން އުޅެގެން އެކަންވެސް ހަނދާނުން ކައްސާލީއެވެ. ނިކަން އަވަހަށް ތައްޔާރުވެލައިގެން ޒައިނާ ކްލިނިކަށް ދިޔައީ މަންމަމެން ކައިރީ ބޭސްގަނޑު ބަދަލުކުރުމަށް ބުނެއެވެ.

ޒައިނާއަށް ކްލިނިކަށް ދެވުނު އިރު ސާއިމްގެ ޑިޔުޓީ ފަށައިފިއެވެ. ސާއިމްގެ ޑިޔުޓީ ނިމޭނީ ލަހުން ކަމުން އެހާ އިރަށް އެތާގައި މަޑުނުކުރެވޭނެތީ މިހާރު އެތެރޭގައި ވީ ޕޭޝަންޓު ނުކުންނަންދެން ބޭރުގައި މަޑުކުރިއެވެ.

“ޒައިނާ…. ކީއްކުރަނީ މިތާ” ދޮރުން ވަދެގެން އައި ޒައިނާ ފެނުމުން ސާއިމް ހައިރާނެވެ ހުރެ އަހާލިއެވެ.

“މިއައީ ބޭސްގަނޑު ބަދަލުކޮށްލަންވެގެން. އަދި ޒައި ބޭނުން ސާއީ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން” ޒައިނާ ސާޢިމް ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.

” ހެހެހެ.. ހާދަ ލޯބި ނިކް ނޭމެއް ތިދިނީ ޒައިނާގެ ޑޮކްޓާރ އަށް. ތިހާ ގާތް ޕޭޝެންޓެއް އަދި ނުދެކެން..” ސާޢިމް ޒައިނާއާއި ސަމާސާކޮށްލަމުން ކަބަޑުން ބޭސް އަޅާ ޓުރޭ ނެގިއެވެ.

“އަހަރެން ހީކުރީ ޒައިނާ ދެން ވާހަކަ ނުދައްކާނެ ކަމަށް.. ރޭގަވެސް ފިލައިގެން ވިއްޔާ އުޅުނީ”

“ސާޢިމްއަށް ރޭގަ އަޑު އިވުނުތަ އެއްވެސް އެއްޗެއް “މޫނުގައި ބޭސްއަޅައި ދޭން ހުރި ސާއިމްއާޢި ޒައިނާ ސުވާލުކޮށްލިއެވެ.

“މޮޔަ ކުއްޖެއްތަ މީ. ސާއިމް މީ ބީރު މީހެއް ކަމަށްތަ ހީކޮށްގެން ތިއުޅެނީ. ރޭގަ އަޑު އިވުނު ބައިވަރު ވާހަކަ.. ކިޔައިދޭން ފަށަންވީތަ” ޒައިނާ އެދައްކަނީ ސީދާ ކޮން ވާހަކައެއްކަން އެނގި ހުރެވެސް ސާއިމް ސަމާސާއަކުން ޖަވާބު ދިނެވެ.

” މިދައްކަނީ ސާއިމް ގެއަށް ވަންނަން ދޮރު ކުރިމަތީ ހުރި އިރު އިވުނު ވާހަކަތަކޭ.. ޒައިއާއި އެ ކުއްޖާއާއި ދެއްކި ވާހަކަ” ސާއިމް ޒައިނާއަށް ބަލައިލީ އާއެކޭ ބުނާ ފަދަ ބެލުމަކުންނެވެ.

“ސޮރީ އަޑު އިވުނީމަ” އިހްސާސެއް ނެތި ސާއިމް މާފަށް އެދުނެވެ.

“އަޑު އިވުމަކީ މައްސަލައެއް ނޫނޭ..” ޒީން ސާޢިމްއަށް ބަލާލުމަށްފަހު ބުނެލިއެވެ. ސާޢިމް ހިނިތުންވެލިއެވެ.

ބޭސް އަޅާ ނިމުމުން ސާއިމް މޭޒާއި ލެގިލައިގެން އިށީނެވެ.

“ކޮން އިރަކުން ތި މޫނަށް ތިހެން ވަރުވީ ކިހިނެތްކަން ބުނާނީ”

“މީ.. ޒައިގެ ބީއެފް ރުޅި އައިސްގެން ކުރި ކަމެއް. އެކަމަކު ދެން އެހެން ނުވާނެ..” އިސްޖަހައިގެން އިދެ ޒައިނާ ވާހަކަ ދެއްކިއެވެ.

“ސާއި ޕްލީސް ބޭބެ ކައިރީ މިވާހަކަ ނުބުނައްޗޭ.. ބޭބެއަށް އެގިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެ” ޒިޔަމްއަށް ވީ ގޮތް އެގިއްޖެއްޔާ ބަދަލު ހިފާނެކަން އެނގިހުރެ ޒައިނާ ވާހަކަ ދެއްކިއެވެ. އަދީ އޭރުން މިހާރަށް ވުރެ މައްސަލަ އިތުރަށް ހޫނުވާނެކަން ޔަގީނެވެ.

” ޝަރުތެއްގެ މަތިން ނުބުނެ ހުރެދާނަން” ސާއިމް ދެ ޖީބަށް އަތް ޖަހާލައިގެން އިދެ ވާހަކަ ދެއްކިއެވެ. ޒައިނާ ސާއިމްއަށް ބަލައިލައި ދެބުމަ މައްޗަށް އަރުވާލީ ކޮން ޝަރުތެއްތޯ އެހުމުގެ ގޮތުންނެވެ.

“ތި މީހަކާއި ޒައިނާއާއި ދޭތެރޭ އޮންނަ ގުޅުން ކަނޑާލާ” ސާއިމްކޮށްލި ޝަރުތާއި އެއްކޮށް ޒައިނާ ދެބުމަ ކައިރިކޮށްލީ ހައިރާންވި ވަރުންނެވެ.

“ނޯ…” ކުޑަކޮށް ހެމުން ޒައިނާ ވާހަކަ ދެއްކިއަސް ސާއިމްގެ މޫނުމަތީގައި ވި ސީރިއަސްކަން ފެނި ޒައިނާ ހުއްޓާލިއެވެ.

“އިޓްސް އޯލް އަޕް ޓު ޔޫ ޒައި، މީ އަހަރެންގެ ޝަރުތު. ބަދަލުކުރަން ނޫޅޭތި. ވައިސްކޮށް ޗޫސްކުރޭ” ސާއިމް ތެދެވެގެން ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

“ސާއިމްއަކަށް ވިޔަސް އަހަރެންގެ ޕާސަނަލް ލައިފަކާއި ނުބެހެވޭނެ ދޯ، ތިނޫން އެހެން ކަމެއް ބުނޭ” މިފަހަރު ޒައިނާގެ އަޑު ބާރުވެގެން ދިޔައެވެ.

“ނޫން.. އަވަހަށް ޗޫސްކުރޭ. އަހަރެންގެ ވެއިޓިންގަ އެބަ ތިބި ބައިވަރު މީހުން. ޒައިނާއަށްޓަކައި މުޅި ދުވަސް ހޭދައެއް ނުކުރެވޭނެ” ދެފަރާތަށް ބޯ ހޫރާލަމުން ސާއިމް ވާހަކަ ދެއްކިއެވެ.

ސާއިމް އެހެން ބުނެލުމާއި އެކު ޒައިނާ ދާން ތެދުވިއެވެ.

“އަހަރެން ހީކުރީ ޒައިނާ ތިއަށްވުރެ ވިސްނުން ތޫނުވާނެ ކަމަށް” ސާއިމް އެހެން ބުނެލި އަޑަށް ޒައިނާ ފަހަތް ބަލާލިއެވެ.

“ޖަސްޓް ސްޓޭ އައުޓް އޮފް މައި ލައިފް ސާއިމް” ނުރުހުމާއި އެކު އެހެން ބުނެލުމަށްފަހު ޒައިނާ ދާން ހިގައިގަތެވެ. ނަމަވެސް ފަހަތުން އައިސް ޒައިނާގެ އަތުގައި ހިފައި ސާއިމް ޒައިނާ ހުއްޓުވިއެވެ.

“ނުދެވޭނެ.. ޒައިނާ ހީކުރީތަ އަދި ތެހެން ބުނުމުން އަހަރެން ދުރުގަ ޒައިނާއަށް އަނިޔާ ލިބޭތަން ބަލަން ހުންނާނެއޭ.. ތީ މީހުން ލޯބިން ކުރާ ކަހަލަ ކަންތައްތައްތަ؟ ލޯބިން ފިރުމާލި ވަރުން ދޯ މީހާގެ މޫނާއި އަތް ލެއިން ފޯވެފަ އޮތީ” ޒައިނާގެ ލޮލާއި ހަތަރު ކަޅި ހަމަކުރަމުން ސާއިމް ވާހަކަ ދެއްކިއެވެ.

” ކޮން ސިފައެއް ފެނިގެންތަ އޭނަ މާ ރަގަޅު ވެގެން ތިއުޅެނީ. އެއޮތް ބޮލެއް ދޯ . ހީވަނީ ނިކަ ގަހެއްގެ މޫ ތަކެއް ހެން.. ނިޔަފަތިތައް ކަނޑަން ވެސް ނޭނގޭ ވަރުގެ ކުޑަ ކުއްޖެއް ކަންނޭނގެ. އަހަންނަށް ޔަގީން ހަމައިގަ ހުންނަ މީހަކު އަންހެން ކުއްޖަކަށް ތިހާލު ނުޖައްސާނެހެން” ސާއިމްއަށް އެހާ ހިސާބަށް ބުނެވުނު ތަނާ ޒައިނާގެ އަތުގެ ހޫނު ހަމަލާއެއް ސާއިމްގެ ކޯތާފަތް މައްޗަށް އައެވެ.  ހާޝިމްއާއި ބެހޭ ގޮތުން ސާއިމް އެދެއްކީ ދޮގު ވާހަކަތަކެއް ނޫންކަން ހުދު ޒައިނާވެސް ގަބޫލުކުރެއެވެ. އަމިއްލަ ނަފްސު ދެކެ އައި ރުޅި ސާއިމްއަށް ބޭލުނީއެވެ.

ޒައިނާގެ އެ ހަމަލާއަށް ފަހު ސާއިމް މަޑުނުކޮށް އެކޮޓަރިން ނުކުމެގެން ދިޔައެވެ. ސާއިމް ދިޔުމުން ޒައިނާ ގޮސް ކުރިން އިށީދެގެން އިން ގޮނޑީގައި އިށީނެވެ. އަދި ދެއްމެ މިކުރެވުނު ކަންތަކަށް އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. ސާއިމް އައުމުން މާފަށް އެދެން މަޑުކޮށްލިއެވެ. ނަމަވެސް އެގޮތުގައި މާގިނަ އިރެއް ވަންދެން ނީދެ ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތީ ސާއިމް އެދިޔައީ ޒިޔަމް ގާތުގައި އެވާހަކަ ބުނަން ކަމަށް ހީކޮށެވެ. ޒައިނާ ތެޅިތެޅި އޮތް ހިތަކާއި އެކު ޒިޔަމްގެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު އެތާގައި އެއްވެސް މީހެއްގެ ހިލަމެއް ފެންނަން ނެތުމުން ހިތް އިތުރަށް ތޮޅިލިއެވެ. މިތާގައި ސާއިމް ނެތް ނަމަ ދާނީ ކޮންތާކަށްކަން ހީވެ ޒައިނާ އެދިމާލަށް ދުއްވައިގަތެވެ.


 

ޒީން އެދުނު ގޮތަށް ޒިޔަމް ޒީން ގޮވައިގެން ޝާހިދު ކައިރިއަށް ދިޔައެވެ. މަންޒަރު ސިފަވާ ގޮތުން ނަމަ ހީވަނީ ދަރިވަރަކު ބަސްނޭހުމުން މުދައްރިސު ސްކޫލުގެ ޕްރިންސިޕަލް ކައިރިއަށް ގެންދާހެންނެވެ. ޒީންގެ ފަހަތުން ޒިޔަމް ދިޔައިރު ތިރީ ތުންފަތުގައި ދަތް އަޅައިގެން ހުރެވުނީ ޒީން ކިޔާފާނެ އެއްޗެއް ހިތަށް ތަރައްސަފު ކުރެވޭލެއް ބޮޑުކަމުންނެވެ. ޒީންއަކީ ބުނާބަހުގައި ވަރުގަދައަށް ހިފާލާ ކުއްޖެއްކަން މިއަދު ޒިޔަމް އަށް އެގިއްޖެއެވެ.  ފުރަތަމަ ދުވަހު އެދެލޮލުން އޮހެރުނު ކަރުނަ އަކުން ޒީން އަކީ ބަލިކަށި ކުއްޖެއްކަން ސިފަ ވިޔަސް އެއީ ޒިޔަމްގެ ހީކުރުންތަކާއި މުޅިން ތަފާތު ކުއްޖެކެވެ.

ކެބިންގެ ދޮރު ހުޅުވާލި އަޑަށް ޝާހިދު ދޮރާއި ދިމާލަށް ބަލައިލި އިރު ޒީންގެ ފަހަތުން ޒިޔަމް އެތެރެއަށް ވަންނަނީއެވެ. ޒީން އަކީ ކޮން ކުއްޖެއްކަން ނޭނގުމުން ޝާހިދު ހުރީ ވާނުވާގައެވެ. ޒީން ހުރި ސީދަލަށް އައިސް ހުއްޓިލީ ޝާހިދުގެ މޭޒުގެ އަނެއް ފަރާތުގައެވެ.  ޝާހިދު ޒިޔަމްއަށް ބަލައިލީ މިވަމުންދާ ކަންތައް ކިޔާދޭށޭ ބުނާ ފަދަ ނަޒަރަކުންނެވެ.

“އަޅުގަނޑު ބޭނުން ޑރ.ޒިޔަމްއާއި ބެހޭ ގޮތުން ވާހަކައެއް ދަންނަވާލަން” ޒީން ފަސްޖެހުމެއްނެތި ބުނެލިއެވެ. ޒިޔަމް ހީކުރި ގޮތާއި ހިލާފަށް ޒީންގެ ރުޅިގަނޑު ހީކުރި ވަރާއި ހިލާފަށް މަޑެވެ.

“ބޮސް.. ވަރަށް އާރޖެންޓުކޮށް ވާހަކައެއް ބުނެލަން. ފަސްވަރަކަށް މިނެޓު ދެވިދާނެތޯ” ޝާހިދުއަށް ޒީންއަށް ޖަވާބު ނުދެވެނީސް ފަހަތުން ސާއިމްގެ އަޑު އިވުނެވެ. އެވަގުތު އެތެރޭގައި ތިބި އެއްމެން އެދިމާލަށް ބަލައިލި ވަގުތު ހަލުވި ހިގުމެއްގައި ޒައިނާވެސް އައިސް އެތަނަށް ވަންނަނީއެވެ.

“ކިހިނެތް ވެގެން މިއުޅެނީ.. މީ ކޮން ކުއްޖެއް” ޒީން އަށް ބަލަމުން ޝާހިދު ހައިރާންވެފައި ސުވާލުކޮށްލިއެވެ. އާއްމުކޮށް މީހުން އޭނައާއި ބައްދަލުކޮށްލަން އެޕޮއިންޓުމެންޓު ހެދި ނަމަވެސް ޒީން އެއައީ ސީދާ އެކެބިންއަށެވެ.

 

“ޒީން…” ޝާހިދު ކޮށްލި ސުވާލުން ސާއިމް ބޯ އަރިކޮށްލަމުން ބަލާލި އިރު ޒީން ފެނުމުން ގޮވާލެވުނެވެ.

“ޒީން އަކީ އަޅުގަނޑުގެ ޕޭޝަންޓެއް” މިފަހަރު ވާހަކަ ދެއްކީ ޒީންގެ ފަހަތުގައި ހުރި ޒިޔަމްއެވެ.

“އެހެންތަ.. ޑރ.ސާއިމް ކޮންކަމާއި ބެހޭ ގޮތުންތޯ ވާހަކަ ދައްކާލަން ބޭނުންވީ” ޝާހިދު ހުރީ ފުރަތަމަ ފުރުސަތު ދޭނީ ކާކަށް ކަމެއް ނޭނގިފައެވެ. އެއްކޮޅުގައި އެހެރީ ބަލިމީހެކެވެ. ދެން އެހެރީ މި ކްލިނިކްގެ އެއްމެ އިސް އެއް ޑޮކްޓަރެވެ. އާއްމުކޮށް ކްލިނިކްގައި ދިމާވާ ކަންތަކުގައި އޭނާއާއި ހަމައަށް މައްސަލަ ހިފައިގެން އަންނަނީ އެކަމަށް ކަނޑައަޅާފައި ތިބޭ ސްޕަވައިޒަރުންނެވެ. މިއަދު ކޮންކަމެއް ލައިގަތީއޭ ބާއޭ ހިތައި ހިތައި ކިޔާލެވުނެވެ.

“ނާސް ޒައިނާއާއި ބެހޭ ގޮތުން. އެހާ ގިނަ އިރެއް ނުވާނެ. ފަސްވަރަކަށް މިނެޓު” ސާއިމް އޭނާގެ އިންތިޒާރުގައި ތިބި ބަލިމީހުންމަތިން ހަނދާން ނުނެތެއެވެ.

“ޑރ.ސާއިމް އާއި ޒީން އިށީދެލައްވާ” ކުރިމަތީ އިން ދެ ގޮނޑިއަށް އަތުން އިޝާރާތް ކުރަމުން ޝާހިދު އެދުނެވެ. ފަހަތުގައި ޒައިނާ އާއި ޒިޔަމް ކޮޅަށް ތިއްބެވެ.

އެއްދުވަހަކު ދެދަރީންނާއި ބެހޭ ގޮތުން ޝަކުވާ ހިފައިގެން އައުމުން ޝާހިދުގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ. ނަމަވެސް އެކަން ސާއިމް އާއި ޒީންއަށް ދައްކަން ބޭނުންނުވާތީ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

“ޒީން ކިހިނެތް ތޯ ވީ”  ފުރަތަމަ އައީ ޒީން ކަމުން ޝާހިދު ފުރަތަމަ ފުރުސަތު ދިނީ ޒީން އަށެވެ.

ޒީން ޒިޔަމްއާއި ދެމީހުންގެ މެދުގައި ހިގައި ދިޔަ ކަންތައް ޝާހިދުއާއި ހިއްސާކުރިއެވެ. ބަލިމީހާ އާއި ޑޮކްޓަރާއި ދެކެވޭ ވާހަކަތަކަކީ އޭގެ ސިއްރު ޑޮކްޓަރު ހިފަހައްޓަން ޖެހޭ ކަމަށް ވާއިރު ޒިޔަމް އެގޮތަށް ކަންތައް ނުކުރުމުން ޒީންއަށް އޭގެން ލިބުނު ގެއްލުމެވެ. އަދި ޒިޔަމް އެކަންތައް ތަކުރާރު ކުރާ ނަމަ ޒީންގެ އިތުރުން އެހެން ބަލިމީހުންނަށް މިތަނަށް ކުރެވޭ އިތުބާރު ކުޑަވެގެން ދާނެ ކަމަށް ބުންޏެވެ. މިކަމުގައި އެޅެން އޮތް ފިޔަވަޅެއް ޒިޔަމްއާއި ދޭތެރޭ އެޅުމަށްވެސް ޒީން އެދުނެވެ.

ޝާހިދު ޒީންގެ ވާހަކަތައް ކަނުލައި އަޑުއެހިއެވެ. ޒީން އޭނާއާއި ބެހޭ ގޮތުން ބައްޕައާއި ވާހަކަ ދައްކަމުން ދިޔައިރު ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސްކަމުން ޒިޔަމް ހުރީ އެތާގައި ހުރުމަށް ކުޑަކޮށް ޖެހިލުންވެފައެވެ.  އުމުރުން ހަތާވީސް އަހަރު ފުރިގެން ދާ އިރުވެސް ބައްޕަގެ އެބެލުމަށް ޒިޔަމް ޖެހިލުންވެއެވެ. ކުރާ އިހްތިރާމެއްގެ ބޮޑުކަމާއި އެކީގައެވެ.

ޒީންގެ ވާހަކައަށްފަހު ޝާހިދު ސާއިމްއަށް އޭނާ ދައްކަން އައި ވާހަކަ ބުނުމުގެ ފުރުސަތު ދިނެވެ.

“އަޅުގަނޑު ބުނަން އުޅުނީ ، ޒައިނާއަށް…” ސާއިމް އިތުރަށް ވާހަކަ ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ފަހަތަށް އެބުރިލައި ޒައިނާއަށް ބަލައިލިއެވެ.

ހާސްވެފައި ހުރިވަރުން ޒައިނާ މާ ބިޒީވެ އުޅުނީ އަތުގެ ނިޔަފަތިތައް ކެއުމުގައެވެ. ހިތުގެ ތެޅުން ބާރުވެފައި ވަނީ ގޮސް ހުސްވެފައިވާ މީހެއް ފަދައިންނެވެ.

“ޒައިނާގެ ފަރާތުން އަޅުގަނޑަށް ވަރަށް ބޮޑަށް އުދަގޫވޭ. ކޮންމެވެސް ޖެއްސުމެއް ކޮށްނުލާ ދުވަހެއް ނުދާނެ. ކުރިން ދުވަހުވެސް އަޅުގަނޑު އައިނު ނަގައިގެން އަމިއްލަ ލޮލުގައި އަޅައިގެން އުޅުނީ” ސާއިމްގެ ވާހަކަތައް އަޑު އިވި ޒައިނާ ދިޔައީ ހައިރާންވެ ދެލޯ ބޮޑުވެގެންނެވެ. އެއީ ގާއިމު ސާއިމް ދައްކަން ހިތު ލައިގެންއައި ވާހަކަ ނޫނެވެ. ނިޔަފަތިތައް ކެއުން ހުއްޓާލުމަށްފަހު ސާއިމްއަށް ބަލާލި ވަގުތު ސާއިމް ފަޑު ހިނިތުންވުމަކާއި އެކު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.

ޒައިނާއަށް ވެފައި ހުރި ވަރު ފެނި ސާއިމްގެ ހިތަށް ހަމްދަރުދީ ވަދެ ވާހަކަ އޮޅުވާލީއެވެ.

“ދެން އަޅުގަނޑު ދަނީ އިނގޭތޯ” ސާއިމް އެހިސާބުން އޭނާ ދައްކަން އައި ވާހަކަ ނިއްމާލުމަށްފަހު ދާން އުޅުނެވެ.

“ހާދަ އަވަސްއަރުވާލާފަ  ޑޮކްޓަރ ސާއިމް. ޒައިނާއާއި ދޭތެރޭ ކޮން ފިޔަވަޅެއް އަޅަންތޯ ސާއިމް ބޭނުންވެ ލައްވަނީ.. ޒައިނާ އަކީ ގޭތެރޭގައި ވެސް ވަރަށް ހަލަނިކޮށް އުޅޭ ކުއްޖެއް. ފަސް މިނިޓް ވަންދެން ވެސް މަޑުން ނުހުރެވޭނެ. އަޅުގަނޑު ސްޕަވައިޒަރާއި ވާހަކަ ދައްކާލައިގެން ޒައިނާ ސާއިމްގެ ޑިޔުޓީން ވަކި ކުރެވޭތޯ ބަލާނަން. އެގޮތް ކިހިނެތް ވާނެ ތޯ” ޝާހިދު ސާއިމްގެ ހިޔާލު ހޯދިއެވެ.

” އަޅުގަނޑާއި އެއް ޑިޔުޓީއެއްގައި މަސައްކަތް ކުރިއަސް އެއްމެ ރަގަޅު. ހަމައެކަނި ސަމާސާތައް ހުއްޓާލަންވީ.. ޒައިނާގެ އެކަންތައް ފިޔަވައި އެހެން ހުރިހާ ކަމެއް އަޅުގަނޑަށް ވަރަށް ބަރާބަރު ކަމަށް ފެންނަނީ” ސާއިމް އެއްގޮތަށްވެސް ޒައިނާ އޭނާގެ ލޯކުރިމަތިން ގެއްލޭކަށް ބޭނުމެއް ނޫނެވެ.

“އެއްމެ ރަގަޅު ސާއިމްއަށް ފެނިލައްވާ ގޮތެއް..” ޝާހިދުގެ ވާހަކަ ނިމުމުން ސާއިމް އަވަސް ހިގުމެއްގައި އެތަނުން ނިކުމެގެން ދިޔައެވެ. ސާއިމް ނިކުމެގެން ދިޔައިރު ޒައިނާ އެތާ ހުރި ކަމަށްވެސް ހަދާނުލައި ދިޔުމުން ޒައިނާގެ ހިތަށް އުދަގޫވާ ގޮތްވިއެވެ. ސާއިމް އެކޮށްދިނީ ވަރަށް ހެޔޮ ކަމެކެވެ. ނަމަވެސް އެސީރިއަސް މޫނުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިކަން ޒައިނާއަށް ދެނެ ނުގަނެވުނެވެ.

ސާއިމްއާއި ޒައިނާގެ މައްސަލަ ހައްލު ކުރުމަށްފަހު ޝާހިދު އަވަސްވެގަތީ ޒިޔަމްއާއި ބެހޭ ގޮތުން ޒީން ކުރަމުން އެދާ ޝަކުވާތަކަށް ހައްލެއް ލިބޭތޯއެވެ.

“ޒިޔަމް ޒީން މިދައްކަނީ ކޮން ވާހަކައެއް. ދަރިފުޅަށް އެކަން ނޭނގިގެން ނޫންކަން ނޭނގެ އެހެން ކަންތައްކުރީ.. ބައްޕައަށް ސަބަބު ބުނެދޭން ވީނު” ސާއިމް ތެދުވެގެން ދިޔަ ގޮނޑީގައި އިށީނުމަށް ޝާހިދު ޒިޔަމްއަށް އަތުގެ އިޝާރާތެއް ކޮށްލިއެވެ.

“ބައްޕާ .. ޒީން އެދައްކަނީ ތެދު ވާހަކައެއް، އަޅުގަނޑަށް މިސްޓޭކް ހެދުނީ” ޒިޔަމް އަމިއްލަ ކުށަށް އިއުތިރާފްވީ ދެކޮޅު ހެދުމެއް ނެތިއެވެ.

“ޒީން އަޅުގަނޑު މިތަނުގެ އިސްވެރިޔާގެ ހައިސިއްޔަތުން ވަރަށް ބޮޑަށް މާފަށް އެދެން ޑރ.ޒިޔަމްގެ އެއަމަލަށް. ޒީން ބޭނުމިއްޔާ މިތަނުގައި އުޅޭނެ އެހެން ސައިކޭޓުރިސްޓެއް. އެބޭފުޅާއާއި ޒީން ހަވާލުކޮށްލެވިދާނެ. މިގޮތް ކިހިނެތް ވާނެތޯ” ޝާހިދު ވާހަކަ ދެއްކިއެވެ.

“ނޫން.. އަޅުގަނޑު ބޭނުމީ ޑރ.ޒިޔަމް ގެ ބަލިމީހެއްގެ ގޮތުގައި ފަރުވާ ދެވެން” ޒީން އަވަސްއަރުވާލާފައި ބުނި ގޮތުން ޒިޔަމް ކުޑަކޮށް ހައިރާންވިއެވެ. ޒީން މިތަނަށް އައި މަގުސަދަކީ ކޮބާ ހެއްޔެވެ؟ އޭނާ އާއި ދިމާލަށް ކުށްވެރިކަމުގެ އިގިލި ދިއްކުރުމަށްފަހު އަދިވެސް އެކުގައި މަސައްކަތްކުރަން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ ދާދި ދެންމެ އަކު އިތުބާރު ނުކުރަމޭ ބުނެ މިހާރު އިތުބާރު ލިބުނީ ޒިޔަމް ކޮންކަމެއް ކޮށްގެން ހެއްޔެވެ؟

“އަޅުގަނޑު ހަމައެކަނި ބޭނުންވަނީ ޒިޔަމްއަށް އެކުރި ކުށުގެ އަދަބު ލިބެން”

“ތިކަމާ ޒީން ހާސްވެ ނުލައްވާ.. އަޅުގަނޑުގެ ބެއްލެވުމުގެ ދަށުން ޒިޔަމްއަށް އެކުރި ކުށުގެ އެއްމެ ފުރިހަމަ އަދަބު ލިބޭނެ” ޝާހިދު ހިނިތުންވުމާއި އެކު ވާހަކަ ދެއްކީ ޒީންއަށް އެޔަގީންކަން ދިނުމަށެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދެން އަޅުގަނޑު ދަނީ އިގޭތޯ” ޒިޔަމްއާއި ޝާހިދުއަށް ލުއި ހިނިތުންވުމެއް ރައްދުކޮށް ލުމަށްފަހު ޒީން ދާން ހިގައިގަތެވެ. އޭރު ތުންފަތް މަތީ ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ޒީން ދިޔުމުން ޒިޔަމްއަށް ބައްޕަގެ ސުވާލުތަކާއި ނަސޭހަތް ތަކާއި ކުރިމަތި ލާންޖެހުނެވެ. އަދި  އަދަބެއްގެ ގޮތުން ދެތިން މަހަށް ޒިޔަމްގެ ހަމައެކަނި ޕޭޝަންޓަކީ ޒީން ކަމަށް ހަދައި ކްލިނިކް ހިންގުމުގައި ޒިޔަމް ގިނަ ވަގުތު ހޭދަކުރަން ޖެހޭނެ ކަމަށް ކަނޑައެޅިއެވެ. ސަބަބަކީ މެނޭޖްމެންޓު ދާއިރާއަކީ ޒިޔަމް އެހާ ޝައުގުވެރިވާ ދާއިރާއަކަށް ނުވެފައި މިގޮތަށް ޖެހޭ މައްސަލަތަކަކީ ކުޑަ ކަންތަކެއް ނޫންކަން ޒިޔަމްއަށް އަންގައިދޭން ބޭނުންވުމެވެ.

ސާއިމްގެ އެދުވަހުގެ ޑިޔުޓީ ނިމެންދެން ޒައިނާ ކްލިނިކްގައި މަޑުކުރިއެވެ. ސާއިމް އެކޮށްދިން ކަންތަކުގެ ބަދަލު ދޭނީ ކިހިނަކުން ބާއޭވެސް ހިތަށް އެރިއެވެ. ދެއަތް މޮޑެލަ މޮޑެލައި ކައުންޓަރުގައި އިން ޒައިނާ ކެތްތެރިކަމެއް ނެތި އިންތިޒާރު އެކުރަމުން ދަނީ ސާއިމް ނިމޭނެ އިރަކަށެވެ. ކިޔޫ ވަރަށް ދިގެއެވެ.

ޑިޔުޓީގައި އިނުމަށްފަހު މެންދުރު ނަމާދާއި ބުރޭކަށް ސާއިމް ވަގުތުކޮޅެއް ހުސްކޮށްލި ވަގުތު ޒައިނާ ގޮސް ސާއިމްގެ ފަހަތުން ޓީ ރޫމަށް ވަނެވެ.

“ސާއި.. ކީއްވެ ޑެޑް ކައިރީ ނުބުނީ” ފްރިޖުން އެއްޗެއް ހޯދަން ތިރިވެލައިގެން އޮތް ސާއިމްއަށް ޒީންގެ އަޑު އިވުމުން ފަހަތް ބަލާލިއެވެ.

“އަހަންނަށް ކެރޭ ކަން ޒައިނާއަށް އަންގާލީ.. ޕްލަސް ނައު ޔޫ އޯ މީ އަ ފޭވަރ” ސާއިމް ހިނިތުންވެލަމުން ބުނެލިއެވެ.

“އޯކޭ އޭ ތީ ކެރޭ މީހެއް.. ކޮން ފޭވާރ އެއް؟” ސާއިމް އެދެން ބޭނުންވާ ކަންތައް އެނގި ހުރެ ޒައިނާ ވާހަކަ ދެއްކިއެވެ.

” ވެދާނެ މީ ޒައިގެ ޒާތީ ކަންތަކާ އަހަރެން ބެހެނީ ކަމަށްވެސް. އެކަމަކުވެސް އަހަންނަށް ދުރުގަ ތިލޯބި ކުއްޖާއަށް އަނިޔާއަށް ލިބޭތަން ދެކެން ކެތްނުވާނެ. މިހާރު އެގިއްޖެ ދޯ ބުނަން މިއުޅޭ އެއްޗެއް” އަކުރުން އަކުރަށް ނުކިޔައި ދިނަސް ސާއިމް ގަބޫލްކުރަނީ ޒައިނާއަށް އޭނާ އެދެން ބޭނުންވާ ކަންތައްތައް ފަހުމް ވާނެކަމަށެވެ.

“ޔެސް އެގިއްޖެ. ކުޑަކޮށް ބިރުވެސް ގަނޭ ތިކަން ކުރަން. އެކަމަކުވެސް ކުރާނަން. އެންޑް ސޮރީ މޫނުމަތީގަ ޖެހުނީމަ. ޒައި އަމިއްލަ ނަފްސު ދެކެ އައި ރުޅި ސާއީއަށް ބޭލުނީ” އިސްޖަހައިގެން ހުރެ މަޑުމައިތިރި ކަމާއި އެކު ޒައިނާ ވާހަކަ ދެއްކިއެވެ. ކައުންޓަރުގައި އިދެގެން މިއޮތް ހާއިރު ޒައިނާ ވިސްނީ މިކަމާއިއެވެ. ހާޝިމްގެ ފަރާތުން މިއިން ދުވަހަކު ނުލިބުނު ލޯތްބަކަށް އިތުރަށް އިންތިޒާރު ނުކުރެވޭނެއެވެ. ލޯތްބަކީ ކަނު އެއްޗަކަސް އޭގެ ތަދު އިހްސާސް ކުރެވޭ ނަމަ ގުޅުމެއް އޮތުގެ ބޭނުމެއް ނެތެވެ. މި ހުރިހާ ކަންކަމަކީ ޒައިނާ ކުރިންވެސް ގަބޫލު ކުރި ކަންތަކެވެ. ނަމަވެސް ގޮތް ދޫނުކުރަން ހިފަހައްޓާލައިގެން ހުރެވުނީއެވެ.

“އިޓްސް އޯކޭ.. އެހެން ނޫނަސް އަހަރެން ބޭނުންވީ ޒައި ރުޅި އަރުވާލަން .. އެހެން ވީމަ މިފަހަރު ސާއިމް ދޯ މޮޅު މިވީ” ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހައިލައިގެން ހުރެ ސާއިމް ލާނެތް ރާގަށް ބުނެލިގޮތުން ދެރަވެފައިވާ ޒައިނާގެ މޫނު މައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ.

“މީ ޕްލޭން ކޮށްގެން ކުރިކަމެކޭތަ ތިބުނަނީ” ރަކިވެފައި ހުރެ ޒައިނާ މޫނުމަތީ އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ.

“އުހު.. އެކަމް ވަރަށް އުފާވެރި ގޮތަކަށް ނިމުނީ ދޮގެއް ނޫންތަ.. ” ޒައިނާ އައި ހަތަރު ކަޅި ހަމަ ކުރަމުން ސާއިމް ބުނެލިއެވެ. އެކުޑަ ވަގުތު ކޮޅު ތެރޭގައިވެސް އެފުން ދެލޮލުގެ އެތެރެއަށް ވަގެން ދާނެ ނަމައޭ ހިތަށް އެރިއެވެ. އެތޫނު ނަޒަރުގެ ތެރޭގައި ސާއިމްގެ ހިތް ނުކުޅެދުނު ކަހަލައެވެ. ޒައިނާއަށްވެސް އިތުރު ހަރަކާތެއް ނުގެނެސް ސާއިމްއަށް ބަލާނެ ވަރަކަށް ފުރުސަތު ދީގެން ހުރެވުނީއެވެ. ހުރިހާ އިހްސާސެއްހެން ހުއްޓުން އަރާފައެވެ.

“ޓޭކް ކެއަރ ޒައި” ސާއިމްއަށް އޭނާގެ ބަސްނާހާ ހިތް މަތަކުރަން މަޖްބޫރުވިއެވެ. އެހެންނޫން ނަމަ ޖަޒްބާތުތައް އުތުރި އަރައިގެން ގޮސް ފަހުން ދެރަ ވާނެވަރުކަމެއް ކުރެވިދާނެއެވެ.

ސާއިމް ނުކުމެގެން ދިޔައިރުވެސް ޒައިނާ ހުރީ ހަމަ އެ ފިޔަވަޅު މަތީގައެވެ. ހީވަނީ ސާއިމް އޭނާ ގަނޑުކޮށްލައިފައި ދިޔަހެންނެވެ.


 

އިޝާ ނަމާދުން ފައިބައިގެން މަޑުނުކޮށް އަމީރާ ގޮސް އަލަމާރީގެ ތިރީ ވަށްގަނޑު ހުޅުވާލިއެވެ. ތަޅުލާފައި ހުރި ވަށްގަނޑުގައި ބޭނުންވާ ދުއާ ފޮތެއް އޮތުމުންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ޝާހިދު ހައްޖުން ގެނެސްދިން ދެފޮތުން ކުރެ އެއް ފޮތެވެ. އޭގެ އަނެއް ފޮތް ބޭއްވުނު ތަން ހަނދާން ނެތުމުން މިފޮތް ނަގަން ޖެހުނީއެވެ. ހަޒާނާތައް ރައްކާކޮށްފައިވާ އެވަށްގަނޑު ހުޅުވާލައި އެތެރެ ހާވާލިއެވެ. ފޮތުގެ އަސަރު ފެންނަން ނެތުމުން ފަހަރަކު އެއްޗެއް ކަމަށް ނަގަމުން ދިޔައެވެ. ފުރަތަމަ ދެތިން އެއްޗަށް ފަހު ދެން ނެގުނު އެއްޗަކުން އަމީރާގެ ހަރަކާތްތަކަށް ބަދަލު އައެވެ. އެއީ ޒަމާންވުމުން ކުލަ ބަދަލުވެފައިވާ ސިޓީ އުރައެކެވެ. ނުވެސް ކަނޑައި އޮތް އެސިޓީ އުރައާއި އެއްކޮށް  ކުޑަ ފޮޓޯ ގަނޑެއްވެސް އޮތެވެ.  ނިކަން ލޯބިން ފުރިގެންވާ ބެލުމަކުން އަމީރާ އެޔަށް ނަޒަރު ހިންގާލިއެވެ. އަދި އަތުގެ އިގިލިތަކުން ދެތިން ފަހަރެއްގެ މަތިން އެފޮޓޯގަނޑުގައި ވާ ތަސްވީރުގައި ފިރުމާލިއެވެ.

ފޮޓޯ އަކީ ކިހާ އަގުހުރި އެއްޗެއް ހެއްޔެވެ؟ އޭގެން އެސިފަކޮށްދެނީ މީހާގެ މާޒީއެވެ. އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތަކެވެ. ގާތްކޮށް އުޅުނު މީހުންނެވެ. މާޖާކޮށް ހީސަމާސަކޮށް އުޅުނު ތަންތަނެވެ. ފޮޓޯއަކީ ހަނދާނެކެވެ. އިއްޔެ ނިމިގެން ދިޔަކަންތަކުގެ ތަސްވީރެވެ.

އަމީރާއަށްވެސް މިހާރު ކުރެވެމުން އެދަނީ އެފޮނި ހަނދާންތަކެވެ. އެތަސްވީރު  ގެނެސް މޭގައި ލައްކޮށްލިގޮތުން އެއީ ގާތް މީހެއްކަން އެގެއެވެ. ލޮލުން ނީރާލި ކަރުނައިން އެއީ މިއަދު ކައިރީގައި ނެތަސް ހިތުގެ އެއްކަނެއްގައި ރައްކާކޮށްފައިވާ މީހެއްކަން ހޭދަވެއެވެ.

“މާފްކޮށްދީ… ތީ މިހިތުގެ ޖާނު… ވަރަށް ހަނދާންވޭ.. އުއްމީދުކުރަން ކޮންމެވެސް ދުވަހަކުން ތިލޯބި މޫނު ދެކިލަން ލިބޭނެ ކަމަށް..”  އަސަރާއި އެކީ ހިތުގެ އުދާސްތައް އެފޮޓޯގަނޑަށް އިއްވާލިއެވެ.

ނަމާދު ކުރަން އެޅި ދޮޅި ނަގައިގެން ފުން ހިޔާލެއްގައި އިން އަމީރާއަށް ސިހުން ގެނުވީ ޝާހިދު އައިސް ކެއުމަށް ގޮވާލުމުންނެވެ. ލޮލުގައި ވި ކަރުނަތައް ފުހުލައި ތައްޔާރުވެގެން ނިކުތް އިރު ލޯބިވާ ދެދަރިންނާއި ފިރިމީހާ ކާމޭޒު ދޮށުގައި އޭނާގެ އިންތިޒާރު ތިއްބެވެ.

“މަންމާ.. މިޒައި ގަނޑު ވަރަށް ބަސްނާހަޔޯ ކްލިނިކުގަ” ޒިޔަމް ޖެހިގެން އިން ޒައިނާއަށް ޖެއްސުންކޮށްލިއެވެ.

ޒައިނާ ރައްދުގައި ލޯ ކުޑަ ކުރަމުން ޒިޔަމްގެ އަތުގައި ވިކައިގަތެވެ.

“އަޅުގަނޑު އެކަންޏެއް ނޫން ދެއްތޯ ބައްޕާ. މިބޭބެ ގަނޑުވެސް ބައްޕަ ކައިރިއަށް ގެންދަން ޖެހުނު” ޒިޔަމްއާއި ދިމާލަށް ޒައިނާ ދޫ ދިއްކޮށްލިއެވެ.

އަމީރާ އައުމުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވެން ފެށުނެވެ. އެމީހުންނާއި އެކު ހަސީނާވެސް ބައިވެރިވިއެވެ.

“ދައްތަ އަށް ނުފެނޭ ތީގެ ތެރެއިން ސަހަލު ކުއްޖެއް. އަބަދު ކޯޅެނީ” ހެމުން ހަސީނާ ވާހަކަ ދެއްކިއެވެ.

“މިއަދު ކިހިނެތްވީތަ ކްލިނިކްގަ” އަމީރާ ބަސްމަދުކޮށް އިން ޝާހިދު ކައިރިން އެހިއެވެ.

“ކުލިނިކްގަ ދެކުދިން އުޅޭ ގޮތުން ޝަކުވާ އަންނަނީ.. ޒައިނާއަށްވެސް ނުހުރެވޭނެ މަޑަކުން. ޒިޔަމްވެސް އެއްމެ މަހެއް މިވީ އެހާ އަވަހަށް ޝަކުވާ އަންނަން ފެށީ. ތިދެކުދިންނަށްޓަކައި ބައްޕަ އެހާ ބުރަކޮށް މަސައްކަތްކޮށްގެން ހުޅުވި ތަނެއްމީ. އެކަމަކު އޭގެ ބަދަލުގައި ދެކުދިންވެސް ބައްޕަ ލަދުގަންނަވާ ކަހަލަ ކަންތައް ކުރަނީ.. ތީ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަން ތިބި ބަޔަކީ. އެކަމަކު ބައްޕައަށް ފެންނަނީ ތިކުދިން އެހެން ކުދިން ފަރާތުން ނަމޫނާ ލިބިގަންނަން” ޝާހިދުގެ ހިތްހަމަ ނުޖެހުން މޭޒުމަތީގައި އޮތް ސަމާސާކަން ކަނޑުވާލިއެވެ.

ކެއުމުގެ ބާކީ ބާއިގައި ޒިޔަމްއާއި ޒައިނާ އިނީ އިތުރު ވާހަކައެއް ދައްކަން ނުކުރިފައެވެ. އަމީރާ އިސްވެ ދައްކާ ވާހަކަތައް ނޫނީ އެހެން މުއާމަލާތެއް ނުދެކެވެއެވެ. ޒައިނާ ބައްޕައަށް ބަލާލަން ނުކުރިފައި އިން އިރު ޒިޔަމް އިނީ ބައްޕަ ވާހަކައެއް ދައްކަވާނެ އިރެއްގެ އިންތިޒާރުގައެވެ.

“ޒިޔަމް ނިމިގެން އާދެބަލަ ބައްޕަ ކައިރީ ސޯފާއަށް. ވާހަކައެއް ދައްކާލަން އެބަ އޮތް. އަމީރާވެސް ނިއްމާލާފަ އާދޭ” ކުޑަ ގޮތަކަށް ކައިލައިގެން ޝާހިދު ތެދުވެގެން ދިޔައެވެ. ބައްޕަ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި ކަން އެނގި ޒިޔަމްވެސް ކާން އެޅި އެތިކޮޅު އަވަސް ގޮތަކަށް ހުސްކޮށްލުމަށްފަހު ޝާހިދު ކައިރިއަށް ދިޔައެވެ.

“ޒިޔަމް ކޮން ދުވަހަކުން މީހަކާ އިންނަނީ.. އިންނަން ކުއްޖެއް ހޯދައިފިންތަ” އަމީރާއާއި ތިން މީހުން ހާޟިރުވުމުން ޝާހިދު ވާހަކަ ދެއްކިއެވެ.

“ނޫން ބައްޕާ”

“ދެން ތިހެންތަ ހުންނަނީ.. ތި އުމުރުގެ ހުރިހާ ކުދިން މީހުންނާއި އިދެގެން ދަރިން ހޯދައިގެން އެއުޅެނީ.. ޒިޔަމް ގަޔާވާ ކުއްޖަކުވެސް ނެތީތަ” އެއްފަހަރު ކުރިމަތީ ހުރި ޓީވީ އަށް އަނެއް ފަހަރު ޒިޔަމްއަށް ބަލަމުން ޝާހިދު ބުނިއެވެ.

ބައްޕަ ކޮށްލި ސުވާލުން ޒިޔަމް މަޑު ޖެހުނެވެ، ގަޔާވާ ކުއްޖެއް ހުރިކަން ބުނާނީ ކިހިނަކުން ބާއޭ ހިތަށް އެރިއެވެ. ހުވަފެނީ އާލަމެއްގައި އޭނާގެ ހިތް ވަގަށް ނަގައިގެން އެއުޅެނީ ކާކުކަން ހުދު ޒިޔަމްއަށްވެސް ނޭނގެއެވެ. ޒިޔަމްގެ ހަމަހިމޭންކަމުން ނަގަންވީ ކޮން މާނައެއް ކަމެއް ދެފަރާތުގައި ތިބި އަމީރާއާއި ޝާހިދަކަށް ނޭނގުނެވެ.

“ދަރިފުޅާ . ބައްޕަ އެދައްކާ ވާހަކަ އަކީ ތެދު ވާހަކައެއްކަން ދަރިފުޅަށްވެސް ވިސްނޭނެ. މަންމަމެން ލޯ ބޯ ކޮށިވެގެން މިދަނީ.. މާދަމާ ވާނީ ކޮންކަމެއް ނޭނގޭ.. މަންމަމެނެއް އަބަދަކު ނުތިބޭނެ އެދުވަސް އައުމުގެ ކުރިން މަންމައާއި ބައްޕަގެ އެއްމެ ބޮޑު އެއް ހުވަފެނަކީ ދަރިފުޅާއި ކޮއްކޮ އަށް ރަގަޅު މުސްތަގުބަލެއް ހޯދައި ދިނުން. ދަރިފުޅު ތީ އެއްމެ ދޮށްޓަށް ހުރި މީހަކީ. ދަރިފުޅު ވާނެ ކޮއްކޮއަށް ނަމޫނާއަކަށް ވާން. ހެޔޮ ލަފާ އަނބެއް ހޯދާ އުފާވެރި ދިރިއުޅުމެއް އުޅެންވީ” ޝާހިދުއާއި ހިލާފަށް އަމީރާގެ ވާހަކަތަކުގައި ވީ އޯގާތެރިކަމެވެ.

“ބައްޕަ ދޭނަން ދަރިފުޅަށް ކުޑަ ދުވަސްކޮޅެއް.. އެހާ ހިސާބަށް ދަރިފުޅަށް އިންނާނެ ކުއްޖެއް ނުލިބިއްޖެނަމަ ބައްޕަ ދައްކާ ކުއްޖަކާ އިންނަން ތައްޔާރުވާތި” ޒިޔަމްއަށް އިތުރު ވާހަކައެއް ބުނަން ފުރުސަތު ނުދީ ޝާހިދު ތެދުވެގެން ދިޔައީ ވަރުގަދަ އަމުރެއް ނެރިލަމުންނެވެ.


 

ފަތިސް ނަމާދުކޮށްލައިގެން ދެވަނަ ފަހަރަށް ނިދި ޒީންއަށް ހޭލެވުނީ ކަބަޑު މަތީގައި ހުރި ސޯނާ ގަޑީގެ އެލާމްގެ  އަޑަށެވެ. ކަންނެތްކަމާއި އެކު ދެލޯ އުގުޅަމުން ކޮޅަށް ތެދުވި އިރު ފަޔަށް އެރި އައްސިކަމަކުން މީހާ ނުވެއްޓުނީ ކިރިއާއެވެ. ރަގަޅަށް ބަލައިލި އިރު އެކްސިޑެންޓުގައި ކަފައިގެން ދިޔަ ފައިގެ ކަކުލުން ތިރި އޮތީ ދުޅަވެފައެވެ. ނަމާދަށް ފަހު ނިދަން އެރި އިރު މިކަކުގެ އެއްވެސް ނިޝާނެއް ނެތި މިހާ އަވަހަށް ދުޅަވެފައި އޮތުމުން ޒީން ހައިރާންވިއެވެ.

ޒީން ބޭރަށް ނުނުކުމެގެ އެތެރޭގައި އޮތީ ޔުމްނު އޮފީހަށް ދާނެ އިރަކަށެވެ. ކައިވެނި ކުރާތީ ޔުމްނުއަށް ލިބޭ މަދު ޗުއްޓީ އޭނާއަށްޓަކައި ބޭކާރު ކުރާކަށް ޒީން ބޭނުމެއް ނޫނެވެ.

ޔުމްނު ދިޔުމުން ދަޑިގަނޑުގެ އެހީގައި ޒީން ކްލިނިކަށް ދާން ތައްޔާރުވިއެވެ. ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ކްލިނިކަށް ދިޔައީ ސީދާ ސާއިމްއާއި ބައްދަލުވާނެ ކަމުގެ އުއްމީދުގައެވެ. ނަސީބު ކަން ދިމާކުރި ގޮތުން އަވަސް ފަރުވާ ލިބޭ ބަލިމީހެއްގެ ގޮތުގައި ސާއިމްއަށް ދެއްކޭނެ ގޮތް މެދުވެރިވިއެވެ.

ސާއިމް އައުމުން ޒީންއަށް ފަރުވާ ދެވެން ފެށުނެވެ. ކްލިނިކުގެ ރިކޯޑުތަކުން ސާއިމްގެ އިތުރުން ޒިޔަމް އަކީވެސް ޒީންގެ  ޑޮކްޓަރެއް ކަމުން އެތަނަށް އައުމަށް ޒިޔަމްއަށްވެސް އެވަގުތު އެތާނގައި އިސްކޮށް އުޅުނު ނަރުސް ކުއްޖާ އެންގިއެވެ.

“ޒީން ކިހިނެތް ހަދާލާފަ މިއޮތީ.. ހިކާ އިރެއް ވެއްޖެ ދުޅަވެފަ އޮންނަތާ.. ތަދުވޭތަ” ދުޅަވެފައި އޮތް ތަން ސާއިމް ފަރުވާތެރިކަމާއި އެކު ބެލިއެވެ.

“ކުއްލިއަކަށްހެން ހީވަނީ ދުޅަވީ. ފަސްގަޑި ބައިގަ ނެތް ދުޅަވެފައެއް. އެކަމަކު ހަތެއް ޖެހި އިރު ތެދުވި އިރު މިހެން އޮތީ.  މިހާރު ހީވޭ ތަދުވާހެންވެސް” ޒީން އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރިއެވެ.

“ގަވައިދުން އަހަރެން ދިން އެންޓިބަޔޮޓިކު ބޭނުން ކުރަންތަ.. ފިސިޔޯ ހަފްތާއަކު ކިތައް ދުވަހު ހަދަން”

“އަޅުގަނޑު އަސްލު… މިތަން ރަގަޅުހެން ހީވާތީ ފިސިޔޯއަށް ނުދަނީ. ތަދުވެސް ނުވޭ ވިއްޔާ.. ދެން ބޭސް ކާން ހަނދާން ނުހުންނަނީ” ބޯ ކަހާލަމުން ޒައިނާ ވާހަކަ ދެއްކިއެވެ.

ސާއިމް މިހެން ދިމާވާން މެދުވެރިވި ސަބަބު ޒީންއަށް ކިޔާ ދިނެވެ. ފައިން ކަފައިގެން ދިޔަ ތަނުގެ ބޮޑުކަމުންނާއި ކަފައިގެން ދިޔައީ ދަގަޑު ކަހަލަ އެއްޗަކުން ކަމުން އިންފެކްޝަންގެ އަސަރު ވަރަށް ބޮޑު ވާނެކަމަށް ސާއިމް ކިޔާދިނެވެ. އެންޓިބަޔޮޓިކަކީ އެކަމަށް ދިން އެއްޗަކަށް ވުމުން ޒީން ގަވައިދުން ބޭނުން ނުކުރުމުގެ ސަބަބުން ޖަރާސީމު ފެތުރުން ގަދަވީއެވެ.

އެހެންކަމުން ޒީން ގެޔަށް ދޫކުރެވެން އޮތީ ކްލިނިކުގައި އެޑްމިޓު ކުރުމަށްފަހު ދުޅަވުން ކޮންޓުރޯލް ކުރެވުމުން ކަމުގައި ސާއިމް ބުންޏެވެ. ދުޅަ ތިރި ކުރުމަށް ސާއިމް ޒީންގެ ފައި ދަށަށް ދެތިން ބާލީސް ލިއެވެ.

ޒިޔަމްއަށް އެތަނަށް އާދެވުނު އިރު ސާއިމް ހުރީ ޒީންއަށް ބޭނުންވާ ޓެސްޓުތަކެއް ހެދުމަށް ލޭ ނަގާށެވެ. ޒިޔަމް އައިސް ވެގެން އުޅޭ ގޮތް އެހުމުން ސާއިމް ވީ ގޮތް ކިޔާ ދިނެވެ.

ދުޅަވެފައިވާ ތަން ބަލާލުމަށް ޒިޔަމް ޒީންގެ ފައިގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ކަހާލިއެވެ. ޒިޔަމް ޒީންގެ ދުޅަވެފައިވާ ފަޔަށް ބަލައިލުމާއި އެކު ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވީހެން ހީވިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމަށްފަހު ބެލި އިރުވެސް ފެންނަނީ ހަމަ ކުރިން ފެނުނު މަންޒަރެވެ. ޒިޔަމްގެ ހިތް ހުއްޓި މީހާ ގަނޑުވެގެން ދިޔަ ކަހަލަ އިހްސާސެއް ވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……03

Next

ޞަފަރު (1 ވަނަ ބައި)

Next
June 22, 2017

ޞަފަރު (1 ވަނަ ބައި)

Previews
June 22, 2017

މިލްކު ކޮށްލީ ހިތޭ……03

55 Comments!

  1. maroon says:
    June 22, 2017 at 8:52 pm

    Here is the sixth ep..
    Kommeves kujje bunedhybala “kinaara” adhi “saahil” ge maana…
    Baeh Answers libunutha mi episodun ???? Loves ???

    1. maroon says:
      June 22, 2017 at 8:55 pm

      And saaim ge nickname kamudheytha?

    2. Anonymous says:
      June 22, 2017 at 11:38 pm

      I think saahil’s meaning is “ahseyri(އަށްސޭރި” or “manzil(މަންޒިލް)!!!

  2. Lim says:
    June 22, 2017 at 8:53 pm

    Yay.. Me first.. Adhi nukiyan

    1. maroon says:
      June 23, 2017 at 9:20 am

      Yes lim first ?
      Thanku lim ?

  3. Noor says:
    June 22, 2017 at 9:03 pm

    Just wow dear..

    1. maroon says:
      June 23, 2017 at 9:21 am

      Noor thanku ?

  4. ashalashyam says:
    June 22, 2017 at 9:06 pm

    Me end YAYY

    1. maroon says:
      June 23, 2017 at 9:21 am

      Thanku dear kiyaalyma ?

  5. Lim says:
    June 22, 2017 at 9:13 pm

    V Nice..

    1. maroon says:
      June 23, 2017 at 9:22 am

      Lim ?

  6. Love says:
    June 22, 2017 at 9:28 pm

    Varah salhi stry…. Whn nxt part…

    1. maroon says:
      June 23, 2017 at 9:22 am

      Love thanku ?
      Next ep saturday or sunday ?

  7. Chim says:
    June 22, 2017 at 9:47 pm

    Vaahaka vvv reethi??
    Repeat koh kiyaalevey

    1. maroon says:
      June 23, 2017 at 9:42 am

      Glad u like it ? thanku chim ?

  8. Azuna says:
    June 22, 2017 at 9:56 pm

    Ziyam ah ingunee dho zeen faige keveli kolhu inny ma. Hoadhan ulhey girl kana. Ziyam huri tha rape kuri iru? Name ge maana neygun

    1. maroon says:
      June 23, 2017 at 9:44 am

      Thanku azuna… ?
      You remember the small details ? so happy to have such a good reader…read next ep for more answers

  9. Happy says:
    June 22, 2017 at 9:58 pm

    Wow!!! Next part kon irakun?

    1. maroon says:
      June 23, 2017 at 9:45 am

      Thanku happy?
      Sat or sun

  10. Some one says:
    June 22, 2017 at 10:25 pm

    Wow!!!! Alhe asssu xiyam n ziin kuriiga kon kmhtha othiii! Alhe v kiyaaahiy eba vey!!! When nxt prt???

    1. maroon says:
      June 23, 2017 at 9:47 am

      Thanku some one?
      Sat or sunday….kameh othiyyaaves egeyne dhw adhi

  11. cym says:
    June 22, 2017 at 10:29 pm

    V Salhi ??

    1. maroon says:
      June 23, 2017 at 9:47 am

      Thanku cym ?

  12. nonns says:
    June 22, 2017 at 10:30 pm

    Hey maroon!!! Varah obi ingey mi part.ves. Ziyam ah inguneebaa anekka zyn akee kaaku kan. Oh my gosh. Anekka konkahala twist ehbaa annaanee next ep ga. Btw when Are u gonna up next part

    1. maroon says:
      June 23, 2017 at 9:25 am

      Hey nonns ?
      Thanks alot…eguneetha anekkaa????
      Next ep in egeyne dhw thikan vess…
      Saturday or sunday kamah mibalany..see u then dear ?

  13. Xxxx says:
    June 22, 2017 at 10:41 pm

    Woooooowwwww…such a nice story.. Waiting.waiting..mihaa dhigu koh genesdhey thee v.like vey..thankx a lot..story iz just superb?

    1. maroon says:
      June 23, 2017 at 9:26 am

      Xxxx…thankz dear trying my best mihaa dhigukoh genesdheyn komme faharakuves with huriha kudhinge encouragement aai eky ??

  14. Desert Rose says:
    June 22, 2017 at 10:53 pm

    Mivaahaka varah reethi.. keep going. Saaim ge nick name akah Saai ah vure Sam kiyan maagulhey alhugadah..

    1. maroon says:
      June 23, 2017 at 9:27 am

      Thanku desert rose… ?
      Fahun badhalu vumakyves ekashygenvaa kameh.. ?

  15. HARLEY quinn says:
    June 22, 2017 at 11:06 pm

    woww. hope to read next episode soon. nice story

    1. maroon says:
      June 23, 2017 at 9:28 am

      Thanku harley quinn ? saturday or sundayga upkohdheynan?

  16. Some one says:
    June 22, 2017 at 11:26 pm

    Saaim ge nick name salhi!!!bt saakko maa lwbi!! Nuunii imko! Or imoo es !

    1. maroon says:
      June 23, 2017 at 9:29 am

      Some one ? thanku for the lovely comment and the lovely opinion ?

  17. Adha? says:
    June 22, 2017 at 11:36 pm

    Saaim ge nickname varah reethi…. ?? next part varah kiyaahiyvehje.. heevany ziyam ah engunyhen zeen akee kaakukan.. btw mi part ves hama varah reethi…love it..?❣

    1. Adha? says:
      June 22, 2017 at 11:58 pm

      Alhugandah heevaagoiy mee ingey.. saahil ge meaning akee.( shore, coastline/ a line that forms boundary between land and ocean or lake..) dhen kinaara meaning akee ( river, lake)..

    2. maroon says:
      June 23, 2017 at 9:30 am

      Adha glad u love it.. ?
      Next ep kiyaalama for more answers ?

  18. sam♥ says:
    June 22, 2017 at 11:39 pm

    roon alhey hama ehme lovelyy hisaabun e nihmaalyy … anehkaa inthixaar gaaa dhww hunan mijehunyyyy…. stry hama perfect roon …. wow.wow.wow …. i love it..♥♥saaim.ge nick name saee hyvany girl eh ge nick name hen ekm vess roon beynun gotheh dhww .ehhehhe….. kihineh vaanyy sam kiyaa … .. love u roon…♥ keep it up roon.. waiting next part …. when next part … thankx a lot roon….. sorry roon.. saaim ge nick name aaa dhey thery bunevun ethin …. sam ge hiyaal igey roon ….hope undastand vaane kamah ..hehehhe …

    1. sam♥ says:
      June 22, 2017 at 11:44 pm

      saaim ge nick name nice igey sam ehn buniikamugaa viyass ….. sam ge hiyaal sam bunelyy hama 🙂

    2. maroon says:
      June 23, 2017 at 9:33 am

      Aww komme faharakuves tha???
      Your comment is perfect. Never appologize for an opinion.. appreciate this alot..sam is a lovely name.. hehe.. ???
      Next ep saturday or sunday..

    3. sam♥ says:
      June 23, 2017 at 11:34 am

      conmefaharakuves ey thibunnyy kyveyooo rooon … thankxxx … wlc roon

    4. maroon says:
      June 23, 2017 at 11:40 am

      Komme faharakuves inthizaru kuran dhookohlaafaey dhw ey nimmaaly ?

  19. Orchid says:
    June 22, 2017 at 11:44 pm

    Story nice… saaim ge nick name ahh imm beynun kuryma i think maa reethi vaane

    1. maroon says:
      June 23, 2017 at 9:34 am

      Thanku orchid..? thanku for the opinion ?.. imm is cute

  20. zoya says:
    June 22, 2017 at 11:59 pm

    V nice vaahaka.
    Saahil ge maana aky ahseyri

    1. maroon says:
      June 23, 2017 at 9:35 am

      Zoya thanku ?

  21. khajja says:
    June 23, 2017 at 1:04 am

    Ohhh masha allah v rythi speachless v furihama ziyam n zeen gulhuvadhybala ziyam dad dhin.mudhdhthuge therey zeen ge hithuga ziyam aa dheytherey ihusaasthakeh lavvaabala plx v hyvey ziyam ge dream girl aky zeen hen alhe ehenhadhaabala n zeen ah handhaan kohdhybala ziyam avves sifakolladhybala plx plx plx stry v touching nxt prt kon irakun v waiting ly maroon 4 the luvly stry gud nyt ???❤❤❤

    1. maroon says:
      June 23, 2017 at 9:38 am

      Khajja ?
      Thanku ?
      Thihen vaa thw balama dhw.. hama vedhaane.. neyge bunaakah.. nuveves higaidhaane ?
      Hope u had a good night.

  22. Shaaa says:
    June 23, 2017 at 4:29 am

    V reethi. When next part?

    1. maroon says:
      June 23, 2017 at 9:39 am

      Shaa thanku ?
      Saturday or sunday

  23. Ssss? says:
    June 23, 2017 at 6:41 am

    Dhigukoh genes dhinii thii v happy vejje… Anekkaa ziyam tha zeen rape koh lii??… Next part kon dhuvahakun ??

    1. maroon says:
      June 23, 2017 at 9:40 am

      Thi hurihaa kudhinge supportaai eku dhigukoh mi genesdheveny.. ?
      Thiah bunaane ehcheh neyge adhi ?
      Saturday or sunday

  24. Reader says:
    June 23, 2017 at 7:32 pm

    Ziyam ah evee kihineh?

    1. maroon says:
      June 23, 2017 at 10:24 pm

      Dhwww.. hehe.. thanku reader ?

  25. kiaara says:
    June 23, 2017 at 10:22 pm

    Ziyam and zeen ge past vr ingen beynun vey eba…? story is awsome…?

    1. maroon says:
      June 23, 2017 at 10:26 pm

      Thanku kiaraa? kuriah huri baithah kiyaalama ?

Comments are closed.

Next Episodeވާށެ އޯގާ ހިތާ 7←


All Right Reserved!