ދެކުދިންގެ ޚަބަރެއް ނުވެގެން ކަންތައް ބޮޑުވެފައިހުރި ސީމާއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެކުދިންނާއި ވާހަކަ ދައްކައި ލެވުމުންނެވެ.ފަލަކުވެސް ބޯޓަށް އެރުމުގެ ކުރިން ޝައިބާގެ ފޯނަށް މެސެޖު ކުރުމަށްފަހު ފޯނު ނިއްވާލިއެވެ.
***************
ބަލިމީހުން ބަލަމުން ދިޔަ ޝައިބާގެ ފޯނަށް މެސެޖެއް އައުމުން ބަލައިލިއެވެ.ފަލަކު މެސެޖު ކޮށްފައިވަނީ ބޯޓަށް އެ އަރަނީ ކަމަށެވެ.އަދި އެކޮޅަށް ގޮސް ހަމަޖެހިލައިގެން ގުޅާނެ ވާހަކައެވެ.ޝައިބާ ފޫހި ކަމާއިއެކު މެސެޖު ކިޔައިލުމަށްފަހު ފޯނު ބޭއްވިއެވެ.އޭނާއަށް ކޮން މެސެޖެއް ކުރާކަށް ހެއްޔެވެ؟އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖަހާލާފައި އަމިއްލަ އުފާތަކުގެ މަހަލް ބިނާ ކުރަމުންދާ ފަލަކުއަށް އޭނާ ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ.
**********************
ދިގު ދަތުރަކަށްފަހު ފަލަކުމެން ތިބީ ޝިމްލާގައި އެމީހުން ރޫމް ބުކް ކޮށްފައިވާ ސެވަން ހިލްސް ހޮޓެލްގައެވެ.ރިސެޕްޝަނުން ފުރަންޖެހޭ މަޢުލޫމާތުތައް ފުރުމަށް ފަހު ރޫމްގެ ތަޅުދަނޑި ޙަވާލުކުރުމުން ފަލަކުވެސް ޔޫލްގެ ފަހަތުން ރޫމަށް ދިޔުމަށް ހިނގައިގަތީ ވެފައިހުރި ވަރުބަލިން ތަނެއްގައި އޮށޯވެލަން ބޭނުންވެފައި ހުރީތީއެވެ.އެހާ ދިގު ބަސް ދަތުރެއް ކުރަން ޖެހުމުން ފަލަކު ހުރީ ހޮޑުލާލާވެސް ގައިން ވަރު ދޫވެފައެވެ.
ރޫމަށް ވަދެވުމާއި އެކު ކޮނޑުގައި އަޅުވާލާފައި އިން ހޭންޑްބޭގް ނަގައި އެނދުކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި ބޭއްވުމަށްފަހު ފަލަކުއަށް އެނދުމައްޗަށް ވެއްޓިގަނެވުނީ މުޅި ހަށިގަނޑު ގައިވެސް ރިހުމެއް ހިފާލާފައި ހުރީމައެވެ.އޭރު އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދެޖީބަށް އަތް ޖަހާލައިގެން ހުރި ޔޫލް ފަލަކުއަށް ނުވެސް ފެންނަ ކަހަލައެވެ.ފަލަކު ތެދުވެ އެނދުގައި ދެފައި ވަށްކޮށްގެން އިނދެ ދެއަތް ދެއަތަށް ހާކަމުން ދިޔައީ އޭސީ ނިއްވާލާފައި ހުރި އިރުވެސް ކޮޓަރިތެރެ ފިނިކަމުންނެވެ.
**********
އެނދުގައި ޔޫލްގެ ފޮޓޯތައް ބަލަން އޮތް ޝައިބާއަށް ހޭވެރިކަންވީ އޭނާގެ ކޮނޑުގައި މީހަކު އަތް އަޅައިލުމުންްނެވެ.ޝައިބާ ސިހިފައި ފޯނު ފޮރުވަމުން ކުޑަކޮށް ކަރު އަނބުރާލުމަށްފަހު ބަލައިލިއިރު އެނދު ކޮޅުގައި ހުރީ އަފީފާއެވެ.އަފީފާ ޝައިބާ ގާތުގައި އިށީނުމަށްފަހު ދަރިފުޅުގެ ބޮލުގައި ފިރުމާލީ ލޯތްބާއި އެކުގައެވެ.ފަލަކުގެ ސަބަބުން އެދަރިފުޅު ތަހައްމަލް ކުރަމުން އެދާ ވޭން އޭނާއަށްވުރެ ވަކިން ބޮޑަށް އިޙްސާސް ކުރެވޭނެ މީހަކު ނުހުންނާނެއެވެ.އެއީ ޚުދު އޭނާވެސް އެވަނީ އެހިތާމަތަކާއި ކުރިމަތި ލާފައެވެ.
“ދަރިފުޅާ…ކެތްކުރަންވާނެ….ދެން ޔޫލްގެ ހަނދާނުގައި އުމުރު ނަގާލުމުގެ އެއްވެސް މާނައެއްނެތް..ދަރިފުޅުގެ އުފާތައް ފޭރިގަނެފަ އެ ފަލަކުއަކަށްވެސް އުފަލަކު ނޫޅެވޭނެ..”.އަފީފާ ލޯބިވާ ދަރިފުޅަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.ކޮންމެ ގޮތެއް ވިޔަސް ކިތަންމެ ނުރުހުނަސް ސީމާއަކީ އަފީފާގެ އެހާ ގާތް އެކުވެރިއަކަށް ވެފައި ހިނގާދިޔަ ކަންތަކުގެ ރުޅި ސީމާއަށް ބޭލޭކަށް ވެސް ނެތެވެ.އެހެންކަމުން އެކަންތައް ހަނދާން ނައްތާލުން ނޫން ގޮތެއް ނެތެވެ.
**********
ފަލަކުއަށް ބަލަހައްޓައިގެން ހުރި ޔޫލްގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ.އޭރު އޭނާގެ މޫނުމަތީ ލާނެތް ހިނިތުން ވުމެއްވެސް ވިއެވެ.ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުމަށްފަހު ހުދުކުލައިގެ ދޮރުފޮތި ގަނޑު ކަހާލާފައި ދެފަރާތަށް ހުޅުވާ ގޮތަށް އިންދޮރު ހުޅުވާލުމަށްފަހު ގޮސް ސޯފާގައި ހަމަޖެހުމަށްފަހު ރޫމްގައި އިން ލައިން ފޯނުން ގުޅާލާފައި ފޯނުކައިރީ އޮތް މެނޫ ބަލާލުމަށްފަހު ކާއެއްޗަކަށް އޯޑަރުދިނެވެ. ބޭރުން ވިއްސަމުން ދިޔަ ސްނޯތަކުން ހީކަރުވައި ގަނެފައި އިން ފަލަކު އިތުރަށް ފިނިބޮޑުވެ ގުޑުގުޑު ލާން ފެށިއެވެ.ޔޫލް ހަމަ އިނގޭކަމަށްވެސް ހަދާނުލާ އިންގޮތަށް ބޭރު ބަލަހައްޓައިގެން އިނީއެވެ.ފަަލަކު އެންމެ ފަހުން ކެތް ނުކުރެވިގެން ފާހާނައަށް ވަނީ ހޫނުފެނުން ފެންވަރާލުމަށެވެ.އަވަސް އަރުވާލާފައި ގޮސް މާގަނޑު ދަށަށްވަނެވެ.ހަށިގަނޑަށް ވަމުން ދިޔަ އަރާމަކުން އެތައް އިރެއް ވަންދެން ފަލަކު މާގަނޑު ދަށުގައި ހުއްޓެވެ.
ސޯފާގައި ހަށިގަނޑު ދަމާލައިގެން އޮތް ޔޫލްވެސް އެންމެ ފަހުން ވަމުން ދިޔަ ފިންޏަށް ކެތް ނުކުރެވިގެން ގޮސް ދޮރުތައް ލައްޕާލިއެވެ.އަދި ފަލަކުގެ ޚަބަރެއް ނުވުމުން ގޮސް ފާޚާނަ ދޮރުގައި ޖަހާލުމަށްފަހު ކާއެއްޗިހި އައިސްފައިހުރި ވާހަކަ ބުނެލިއެވެ.ނަމަވެސް ފަލަކު ޖަވާބެއް ނުދިނުމުން ޔޫލް އަނެއްކާވެސް ގޮވައިލިއެވެ.މިފަހަރު ފަލަކު މަޑުމަޑުން ވާހަކަ ދެއްކިއެވެ.އަވަސްކޮށްލާފައި ފާޚާނައަށް ވަންނަން ހަދައިގެން ތުވާއްޔާއި ހެދުންވެސްނުލާ ވަދެވުނީއެވެ.ތުވާލި ދޭށޭ ބުނެލިއިރު އޭނާ ލަދުގަނެފައި ހުރި ވަރު ޔޫލްއަށް ހަމަ ރަނގަޅަށް އެނގުނެވެ.ޔޫލް ބޭނުންވީ ފަލަކު އިތުރަށް ލަދު ގަންނަވާށެވެ. ދަބަސް ހުޅުވާލުމަށްފަހު ތުވާލި ހިފައިގެން އައިސް ޔޫލް ދޮރުގައި ޓަކި ޖަހާލުމުން ފަލަކު ކުޑަކޮށް ދޮރު ހުޅުވާލިއެވެ.އެވަގުތު ޔޫލް ދިއްކޮށްލި ތުވާލީގައި ހިފަން ފަލަކު ނެގި އަތުގައި ޔޫލް ހުށިޔާރު ކަމާއިއެކު ހިފައިލުމަށްފަހު ފާހާނަ ދޮރު ހުޅުވާލާފައި ފަލަކުގެ އަތަށް ޖެހި ލުތްކަކާއިއެކު ފަލަކު އައިސް ލައްވީ ޔޫލްގެ މޭގައެވެ.ފަލަކު ގަތްލަދުން ޔޫލްގެ މޭގައި އަޅާ ކޮއްޕާލުމަށްފަހު ތުވާލި ހިފައިގެން ގޮސް ފާޚާނައަށް ވަދެ ތަޅުލިއެވެ.އޭރުވެސް ޔޫލް ހަމަ އެހުރިގޮތަށް ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުރި ފިޔަވަޅުމަތީ ހުރީއެވެ.އަސްލު އޭނާ ބޭނުންވީ ފަލަކު ލަދު ގަންނަވާލާށެވެ.ނަމަވެސް އެއްވެސް ނިވާކަމެއް ނެތް ފަލަކުގެ ރީތި އޮމާން ހަށިގަނޑުގެ އިޙްސާސް އެހާގާތުން ކުރެވުމުން ޔޫލްގެ ހަށިގަނޑުގެ އެންމެ ހިމަނާރަށް ދަންދެން އަސަރު ކޮށްފައިވާއިރު ހަށިގަނޑުގެ ހުރިހާ ސެލްތަކެއްވެސް ވަނީ ހަލަބޮލި ކޮށްލާފައެވެ.ފަލަކުއާއި ދޭތެރޭ ދެންމެ އެ ކަންތައް ކުރެވުނު ގޮތުން ޔޫލްގެ ހިތަށް އުނދަގޫ ވާން ފެށިއެވެ.ފަލަކުއާއި ޒީލްއާއި ވެގެން ޔޫލްގެ ހިތް ހަލާކު ކޮށްލުމުން އޭނާ ބޭނުންވީ ފަލަކުގެ ކިބައިން ބަދަލު ހިފާށެވެ.ފަލަކުއަށް އުނދަގޫ ކޮށް ލަދުގަންނަވާ ދެރަކުރަން ބޭނުންވިއެވެ.ނަމަވެސް އެކަމުން ޔޫލްގެ ހިތަށް އިތުރަށް ތަދުވުން ނޫންކަމެެއް ނުވެއެވެ.
ތުވާލިން ހަށިގަނޑު ނިވާކޮށްލައިގެން ދޮރު ދަށަށް ތިރިވެ އިން ފަލަކު އަނގަމަތީގައި އަތް އަޅައިގެން އިނީ އޭނާ ރޯއަޑު ޔޫލްއަށް އިއްވަން ބޭނުން ނުވާތީއެވެ.އެއީ ފަލަކު ރުއިމަކުން މިހާރު އެހިތަކަށް އަސަރެއް ނުކުރާނެކަން އެނގޭތީއެވެ.ޙަޔާތުގައި މިހާ ހިސާބަށް އައިއިރު އޭނާ ވަނީ އެތައް ހިތާމައަކާއި ކުރިމަތި ލާފައެވެ.ނަމަވެސް މިވަގުތު ފަލަކުގެ ހިތަށް ކޮށްފައިވާ އަސަރު އެހުރިހާ ހިތާމައާއި ވެސް އަޅާ ނުކިޔޭނެއެވެ.އޭނާ އެންމެ ލޯބިވާ މީހާގެ ނަޒަރުގައި އޭނާގެ އެއްވެސް ޤަދަރެއް ހަމަ ނެތީ ހެއްޔެވެ؟ކައިވެނި ކުރި ކަމުގައި ވިޔަސް އަންބެއްގެ ދަރަޖަ ޔޫލްގެ ހިތުން ފަލަކުއަށް ދުވަހަކުވެސް ލިބިދާނެ ބާވައެވެ.ފަލަކުގެ ހިތުގެ ރިހުން އިތުރުވެގެން ގޮސް އޭނާއަށް ބާރުބާރަށް ރޮވެން ފަށައިފިއެވެ.
ފަލަކުގެ ރުއިމުގެ އަޑު އިވުމުން ކުރެވުނު ކަންތަކާއި ދެރަވެފައިހުރި ޔޫލް އަޑުން ދެރަވިކަން އަންގާވެސް ނުލާ ފާޚާނަ ދޮރާއި ކައިރި ވުމަށްފަހު ގޮވާލިއެވެ.
“އަހަރެން މިދަނީ ބޭރަށް…ފަނަރަ މިނެޓްތެރޭގަ އަންނާނަން…”.ޔޫލް ދޮރު ތަޅުލުމަށްފަހު ނިކުމެގެން ދިޔައީ ފަލަކު ޗޭންޖުކުރަން ފުރުސަތު ދިނުމަށެވެ.ފަލަކު ދެކޯތާފަތުގައިވި ކަރުނަތައް ފޮހެލާފައި ކުޑަކޮށް ދޮރުހުޅުވާލާފައި ޔޫލް ނެތްކަން ޔަޤީން ވުމުން ނިކުމެ ދަބަހުން ހެދުމެއް ނަގައި އިސްތިރި ކޮށްލުމަށްފަހު އަވަހަށް ލައިގެން ތައްޔާރު ވެލިއެވެ.އަދި ބަނޑުހައިވެފައި ހުރި ވަރުން މޭޒުމަތީގައި ބަހައްޓާފައި ހުރި ސޭންޑްވިޗްތަށި ނަގައި ކާން ފެށިއެވެ.އެވަގުތު ޔޫލްވެސް އައިސް ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ.ޔޫލް ފަލަކުއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އައިސް އެނދުގައި އޮށޯވެލިއެވެ.ނަމަވެސް ފަލަކު ޔޫލްއަށް ބަލައިވެސް ނުލިއެވެ.ޔޫލް މިރޭ އެކުރި ކަމަކީ ފަލަކު ޔޫލްގެ ފަރާތުން ކުޑަކޮށްވެސް އުއްމީދު ކުރި ކަމެއް ނޫނެވެ.ޔޫލް ފަލަކުދެކެ އިންތިހާއަށް ރުޅިއަންނަކަން ފަލަކުއަށްވެސް އިނގެއެވެ.އަދި ޔޫލްގެ ނަޒަރުގައި މިކައިވެންޏަކީވެސް އެއްވެސް މާނައެއް އެކުލެވިގެންވާ ކަމެއް ނޫންކަން އޭނާ ދަނެއެވެ.ނަމަވެސް ފަލަކު އިޙްސާސްތަކާއި އެފަދަ ގޮތަކަށް ކުޅެލުމުން އޭނާގެ ހިތަށް ތަދުވެފައި އެވަނީ އިންތިހާއަށެވެ.
ފަލަކު ކައިނިމިގެން ގޮސް ފާޚާނައަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ އިޝާ ނަމާދު ކޮށްލިއެވެ.އެއަށްފަހު އެނދުގެ އަނެއް ފަރާތުގައި ޔޫލްއަށް ފުރަގަސް ދީގެން އޮށޯވެ ދެލޯ މަރާލިއެވެ.އޭރު ގަޑިން ދިހައެއް ޖަހަން ދަނީއެވެ.ފަލަކު ނިދޭތޯ މަސައްކަތް ކުރަމުން ދިޔައިރު ޔޫލްވެސް ދިޔައީ އުތުރި އަރަމުންދިޔަ އޭނާގެ އިޙްސާސްތަކާއި ހަނގުރާމަ ކުރަމުންނެވެ.ފަލަކުގެ ލޯތްބަކީ ދައްކާލި ދަޅައަކަށް ވީނަމަވެސް ޙަޤީގަތަކީ ޔޫލްގެ ހިތުން ފަލަކުއަށް ދެވިފައިވާ މަޤާމަށް މިއަދުވެސް ކުޑަނަމަވެސް ބަދަލެއް އައިސްފައި ނުވާކަމެވެ.ފަލަކުގެ ހިތުގައި ޖައްސާ ކޮންމެ ފަހަރަކު ޔޫލްގެ ހިތް ރޯކަން ގައިމެވެ.
***********
“އެކުދިން ޚަބަރެއް ވީތަ؟”.ފަތިސް ނަމާދުން އައި ހަނީފް ސީމާއާއި ސުވާލު ކޮށްލިއެވެ.”ހޫމްމް…..ރޭގަ ހަނީފް ހޮސްޕިޓަލަށް ދިޔަތަނާ އަށެއްވެސް ޖަހާފަ ހުއްޓަ ޔޫލް ގުޅީ…ބުނި މިހާރު އެތިބީ އެ ހޮޓަލުގަޔޯ…ފަލަކު ފާޚާނައިގަ އުޅޭތީ ވާހަކަ ދެއްކޭ ގޮތެއް ނުވި…އެކޮޅުގަ ހުރިހާ ކަމެއްވެސް ރަނގަޅޯ…ރޭގަ އަހަންނަށްވެސް މާ އަވަހަށް ނިދުނީއޭ…”ސީމާ މުސައްލަ އޮޅައިލަމުން ވާހަކަ ދެއްކިއެވެ.
*************
ފަލަކުއާއި ޔޫލްއަށް ދެލޯ ހުޅުވައިލެވުނީ އެކީކަހަލަ ގޮތަކަށެވެ.ދެމީހުންނަށް އެކަކު އަނެކެއްގެ ގައިގައި ބައްދައިގެން ތިބެވުނު ގޮތުން ޔޫލް ކުއްލިއަކަށް ފަލަކު ބަނޑުގައި އަޅާފައި އޮތް އަތް ދަމައިގަތުމަށްފަހު ފުންމައިގެން ތެދުވެ ތުވާލި ހިފައިގެން ގޮސް ފާޚާނައަށް ވަނެވެ.ފަލަކުވެސް ތެދުވެ ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގަންފެށީ އެވަގުތު މުޅި ހިތް ޙިޞާރު ކުރަމުން ދިޔަ ޚިޔާލު ތަކަކުންނެވެ.
އެދުވަހު އެއްކޮށް ދެމަފިރިން އުޅުނީ ޝިމްލާގެ ރީތި ތަންތަން ބެލުމުގައެވެ.އެންމެ ފަހުން އިރުއޮއްސެން ކައިރި ވުމުން އެމީހުން ތިބޭ ހޮޓަލަށްދާން ދިޔަ މަގުމަތީގައި ފަލަކު މާ ބަނޑުހައި ވެފައި ހުރީމައި ކެއުމަށްޓަކައި ތަނެއްގައި މަޑުކުރިއެވެ.މިހާރު ޔޫލްގެ ރުޅިގަނޑުވެސް ވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ.
ކައި ނިމިގެން ދެމަފިރިން ރެސްޓޯރެންޓުން ނިކުތްއިރު އެމީހުން ދަތުރު ކުރަމުންދިޔަ ޓެކްސީއެއް ނެތެވެ.އެހެންވެ މަގުމަތިން އެހެން ޓެކްސީއެއް ނެގުމަށްފަހު ޓެކްސީގެ ދޮރު ހުޅުވައި ފަލަކު އެރުވުމަށްފަހު ޔޫލް ހިނގައިގަތީ އަނެއް ފަރާތުން ޓެކްސީއަށް އެރުމަށެވެ.ނަމަވެސް ޔޫލް އަށް ގޮސް ޓެކްސީގެ ދޮރު ހުޅުވައި ނުލެވިގެން އުޅެނިކޮށް ޓެކްސީ ދުއްވާލައިފިއެވެ.
ފަލަކު ތެޅިގަނެފައި ޓެކްސީގެ ދޮރު ހުޅުވަން މަސައްކަތް ކުރަން ފެށިއެވެ.ނަމަވެސް ދޮރުހުރީ ލޮކްކޮށްފައި ކަމުން ހުޅުވޭނެ ގޮތެއް ނެތެވެ.ފަލަކު ބިރުންގޮސް ރޫރޫ އަޅަންފެށިއެވެ.އަދީ ދުއްވަންއިން މެދުއުމުރުގެ ފިރިހެން މީހާ ކައިރިން ކާރު ހުއްޓައި ދިނުން އެދި ރޮއި އާދޭސް ކުރަން ފެށިއެވެ.ނަމަވެސް ދުފާ ރަތްކޮށްގެން އިން އެމީހާއަށް ފަލަކުގެ އަޑުވެސް ނީވޭ ކަހަލައެވެ.ހަމަ ހިރުވާތާ ކަހާވެސް ނުލިއެވެ.ބިރުންގޮސް ދާހިތްލާ ފޯވެފައި އިން ފަލަކު ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ.
ފަލަކު އިން ޓެކްސީގެ ފަހަތުން ޔޫލްވެސް އެހެން ޓެކްސީއެއްގައި އާދެއެވެ.އޭރު ޔޫލްވަނީ އެ ޓެކްސީގެ ނަމްބަރ ފޮޓޯ ނަގައި ބައްޕައަށް ފޮނުވާ ވީގޮތް ކިޔައިދީފައެވެ.އެހެންވެ ހަނީފްވެސް މިހާރު ހުރީ ޝިމްލާއަށް އައުމަށް އެއަރޕޯޓުގައެވެ.އެ ކާރުގެ ފަހަތުން ޔޫލް ދުއްވަމުން ދިޔައިރު ހަނީފްވެސް އޭނާގެ އެޖެންޓަކާއި ވާހަކަ ދައްކައިގެން ފުލުހުންނާއި ގުޅިގެން ފަލަކު ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
************
ޓެކްސީއިން ފޭބި ގޮތަށް ދުވެފައި އައިސް ގޭތެރެއަށްވަތް ސީމާއަށް އަފީފާ ފެނުމުން އަފީފާގެ އަތުގައި ހިފައި ރޮއިގަނެފައި ފަލަކު ގެއްލިގެން އުޅޭ ވާހަކަ ކިޔައިދިނެވެ.ސީމާގެ ހިތާމާގައި ބައިވެރިވަމުން މަގޭ ދަރިފުޅޭ ކިޔައި އަޑުން އަޑު ނަގައި ރޮއިގަތް އަފީފާ ހިތާހިތުން އުފާކޮށް އެދެމުން ދިޔައީ އެމީހުންނާއި ފަލަކު މުޅި އުމުރަށް ވަކި ވުމަށެވެ.
***********
ޔޫލްގެ ހިތުގެ ޙާލު ބަޔާން ކުރަންވެސް ދައްޗެވެ.ދިޔަ ނުދިޔަ ތަނެއް ނޭނގި އެމީހުންގެ ލޯމައްޗަށް ކެހި ދީފައި އެ ކާރު ފިލައިފިއެވެ.ޔޫލްއަށް ކުރެވެމުން ދިޔައީ އޭނާގެ ހަށިގަނޑުގައި އެތަން މިތަނުގައި ކަޓަރުއަޅާފައި ވާކަހަލަ އިޙްސާސެކެވެ.އޭނާގެ ލޯމަތިން ލޯބިވާ އަނބިމީހާ ގޮވައިގެން އެހެން މީހަކު ފިލީއެވެ.
ކާރުން ފާބައިގެން ޔޫލް އެތަން މިތަން ހޯދަމުން ދުވަމުން ދިޔައީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.މިހާރު އެމީހުންނަށް އާދެވިފައި އެވަނީ ސެވެން ހިލްސް ހޮޓެލްސް އާއި އެތަށް މޭލު ދުރަކަށެވެ.މުޅިތަން ހޯދަމުން ދަނިކޮށް ޔޫލްގެ ލޮލުގައި އެ ޓެކްސީ އަޅައިގަތެވެ..އެއީ ހަމަ އެ ޓެކްސީއެވެ.ޔޫލް ދުވެފައި ގޮސް ބަލައިލިއިރު ޓެކްސީގައި އެއްވެސް މީހަކު ނެތެވެ.
ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިކޮޅުގެ ތެރެއަށް ދެއަތް މަހާލައިގެން ހުރި ޔޫލް ސިހުންވެގެން ގޮސް ފަހަތް ބަލައިލީ ޓެކްސީ ޑްރައިވަރުގެ އަޑަށެވެ.ރޭވެފައި ވާތީ ދެން އިތުރަަށް މަޑު ނުކުރެވޭނެ ކަމަށް ބުނުމުން ޔޫލް ޓެކްސީ ފޮނުވާލާފައި އެތަނުގައި މަޑުުކުރިއެވެ.ފަލަކު ނުލާ އޭނާއަށް ރޫމަށްގޮސް ރޭވިއްޔެކޭ ކިޔާފައި މިރޭ ނިދި އަންނާނެ ހެއްޔެވެ؟އަނެއްކޮޅުން އެ ނުލަފާ މީހާ ފަލަކުއަށް ހަދާލާފާނެ ގޮތެއް ހިތަށްއަރާ ޔޫލްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.
މުޅިތަން ހޯދަމުން ދިޔަ ޔޫލްއަށް ޓެކްސީ ތަކާއި ތަންކޮޅެއް ދުރުން ފިނިފެންމާ ފިޔަތަކެއް ބިންމައްޗަށް އަޅާލާފައި ހުރި ތަން ފެނުނެވެ.ފިޔައަކާއި ޖެހި ފިޔަކެވެ. ކޮންމެވެސް ކަހަލަ އިޝާރާތެއް ދޭން މަސައްކަތް ކޮށްފައިވާ ކަހަލައެވެ.އެއީ މިއަދު ޓްރެފިކް ލައިޓްގައި ޖެހިފައި ތިއްބާ އެތަނަށް އައި މީހަކު އަތުން ފަލަކުއަށް ރީތިވެގެން ގަތް މާބޮނޑިއެކެވެ.ޔޫލްއަށް އެއީ އެ މާތަށް ކަމަށް ވަރަށް ޔަޤީނެވެ.ސަބަބަކީ އެއީވެސް އޮރެންޖު ކުލައިގެ މާތަކަކަށް ވެފައި ބިންމަތީ އެހުރި ފިޔަތައްވެސް ހުރީ އޮރެންޖު ކުލައިގައި ކަމަށްވާތީއެވެ.ޔޫލް ބިންމައްޗަށް ބަލަމުން ވަކި ހިސާބަކަށް ދިޔަތަނާ ފިޔަތައް ހޯދަން އުނދަގޫ ވާވަރަށް އަނދިރި ވެއްޖެއެވެ.މީހުން ދިރިއުޅޭ ހިސާބު ދިޔުމުން ލައިޓެއް ހާވަރުވެސް އެހިސާބުގައި ނެތީއެވެ.ޖީބުން ފޯނު ނަގައި ބަލައިލިއިރު އޭރު ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ.އޭރު ބައްޕަގެ ފަސް މިސްޑްކޯލްވެސް އައިސްފައި އިނެވެ.އަވަހަށް ޔޫލް ބައްޕައަށް ގުޅައިލިއެވެ.އެކޮޅުން ފޯނު ނަގާފައި ހަނީފްވެސް ވަރަށް ހާސްވެފައި އަދިވެސް އެއުޅެނީ ފްލައިޓް ޑިލޭ ވެގެން އެކޮޅުން ނުފުރިގެން ކަމަށް ބުންޏެވެ.ނަމަވެސް މިހާރު ފަލަކު ހޯދުމުގެ މަސައްކަތުގައި ފުލުހުންވެސް ހަރަކާތްތެރިވާ ޚަބަރު ދީ ޔޫލްއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ޔޫލް ފޯނުން ބައްޕައާއި ވާހަކަ ދެއްކުމަށްފަހު ފޯނުގެ ލައިޓް އޮންކޮށްލާފައި ބިންމައްޗަށް ލައިޓް އަޅުވަމުން ކުރިއަށް ދިޔައެވެ.މަގުގެ މެދެއްހާ ހިސާބުން ފިޔަތައްވެސް ވަނީ ކޮޅުން ލާފައެވެ.ޔޫލްގެ ހިތުގައި އައުވި ކުޑަކުޑަ އުއްމީދުވެސް އެލޭގޮތް ވިއެވެ.ނަމަވެސް ޔޫލްގެ ހިތް ބުނަމުން ދިޔައީ ފަލަކު ވީ އެ ހިސާބާ މާ ދުރުގައިނޫން ކަމަށެވެ.
ފޯނުން އަލިކުރަމުން ވަކި ހިސާބަކަށް ދިޔަތަނާ މަގު ބެދިއްޖެއެވެ.ކުރިމަތީގައި އޮތީ ބިޔަ ގަސްތަކުން ފުރިފައިވާ ބޮޑު ޖަންގައްޔެކެވެ.އަނދިރި ކަމުގެ ތެރެއިގައިވާ ހަމަހިމޭންކަން ފޫއަޅުވަމުން ދިޔަ ފާޑުފާޑުގެ ޖަނަވާރުގެ އަޑުތަކުން މުޅި އެހިސާބަށް ވެރިވެފައިވަނީ ބިރުވެރިކަމެކެވެ.ޔޫލްވެސް ހުރީ ހިސާބަކަށް ބިރުގަނެފައެވެ.ނަމަވެސް ތުރުތުރު ލަމުން ދިޔަ އަތުގައި އޮތް ފޯނުން ވަށަގެން އެކި ދިމަދިމާއަށް އަލި ކުރަމުން ދިޔައެވެ.ފަހަތުން ހިލަމެއް ވީހެން ހީވެގެން އެނބުރި ފޯނުން އަލި ކޮށްލިތަނާ ޔޫލްގެ ބޮލަށް ފުންމާލީ ރާމާ މަކުނެކެވެ.އޭނާއަށް ބިރުންގޮސް ދެއަތުން ބޯ ފޮޅައިލެވުނުއިރު ފޯނުވެސް އެއްލާލެވުނު ދިމާއެއްވެސް ނޭނގުނެވެ.
އަނދިރިކަން ވެރިވެފައިވާ އެ ޖަންގަލީގެ ތެރެއިން ގަސްތައް ކިރިޔާ ވަކިކުރަން އެނގޭކަމެވެ.ނަމަވެސް ޔޫލް ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވެއެވެ.ލޯބިވާ އަނބިމީހާއަށްޓަކައި އޭނާގެ ފުރާނަ ނިކުމެގެން ދަންދެން ހިތްވަރު ކުރާނެއެވެ.މަޑުމަޑު ފިޔަވަޅު ތަކެއްގައި ޖަންގަލީގެ އެތެރެއަށް ވަންނަމުން ކުދިގަސްތައް އަތުން އެއްފަރާތް ކުރަމުން ދިޔަ ޔޫލްގެ ފައިގައި އެއްޗެއް ޖެހުމުން ގުދުވެ ބަލައިލިއިރު އޮތީ ފައިވާން ކިބައެކެވެ.އެއީ މިއަދު ފަލަކު އަރައިގެން ހުރި ފައިވާނުގެ އެއްކިބައެވެ.ވަގުތުން ޔޫލްގެ ދެލޯ ފެން ކަޅިވެގެން ދިޔައީ ފަލަކު ހުރި ޙާލެއް ނޭނގޭތީއެވެ.
ޔޫލް އަޑަށް ލެވުނުހާ ބާރެއް ލާފައި ފަލަކުއަށް ގޮވަން ފެށިއެވެ.މިވަގުތު ޔޫލްގެ ހިތުގައި ބިރުގެ ކަންފުޅެއްވެސް ނެތެވެ.ނަމަވެސް އެނުލަފާ މީހާ ފަލަކުއަށް ހަދާލަފާނެ ގޮތެއް ހިތަށްއަރައި ޔޫލްގެ ހިތް ހީވަނީ ދެފަރާތުން ފިތެމުން ދާ ހެންނެވެ.މިހާރު އެ ޖަންގަލީގެ ތެރޭގައި ފަލަކު ވާކަން ޔޫލްއަށް ޔަޤީނެވެ.އަނެއްކާވެސް ފަޔަށް ބާރުލާފައި ކަނު އަނދިރީގައި ފަލަކު ހޯދަން ކުރިއަށް ދުވަން ފެށިއެވެ.
ކުއްލިއަކަށް އެއްޗެއްގައި އަޅައިގަނެފައި ޔޫލް އަނގަ ބަންޑުން ވެއްޓި ޖެހުނީ ބޮޑު ޓިނުގަނޑެއްގައެވެ.ނިއްކުރިން ބޮޑުތަނެއް ކަފައިގެން ދިޔުމުން ހޯސްލާފައި ލޭތައް ފައިބަމުން ދިޔައެވެ.އިންތިހާއަށް ބޮލަށް އެނބުރުން އަރަމުން ދިޔައީތީ އެއް އަތުން ބޮލުގައި އަތް އަޅައިގެން ބޯހިއްލާލާފައި ތެދުވިއިރު ބަނޑުންވެސް ކޮންމެވެސް ވަރަކަށް ދިލަ އިޙްސާސް ކުރެވެމުން ދިޔައެވެ.ޔޫލްއަށް އޮވެވުނީ ގިނަދުވަސްވެ ދަބަރުވެސް ޖަހާފައިވާ ޓިނުގަނޑެއްގެ މަތީގައެވެ.
ޔޫލް އޭގެ މައްޗަށް ވެއްޓުމުގެ ސަބަބުން ޓިނުގަނޑު އޮތީ ކޮންމެވެސް ވަރަކަށް އެއްފަރާތަށް ޖެހޭގޮތް ވެފައިކަމުން ޓިނުގަނޑުގެ ދަށުން މަޑު އައްޔެއް ފާއްދާލަފައި ވެއެވެ.ބަނޑުގައި އަތް އަޅައިގެން ގުދުވެލާފައި ޔޫލް އެޓިނުގަނޑު ކަހާލިއެވެ.އެވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލާފައި އަނގަމަތީގައި އަތް އަޅައިލެވުނެވެ.
އަޑިއަށް ފޭބޭ ގޮތަށް ހަދާފައިވާ އެތަނުގެ ތެރެއަށް ޔޫލްއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާން ކަމާއި އެކުގައެވެ.އެވަގުތު ޔޫލްގެ ކަންފަތުގައި ޖެހިގެންދިޔަ ރުއިމުގެ އަޑަކީ ފަލަކުގެ އަޑުކަން ގައުމެވެ.ޔޫލްއަށް ތެޅިގަނެފައި އަވަސް އަރުވާލާފައި ތިރިއަށް ފޭބޭ ގޮތަށް ބަހައްޓާފައި ހުރި ހަރުގަނޑެއް ކަހަލަ އެއްޗެއްގައި ފައި އެޅުނު ކަމެއް ނޭނގެ އެ އެއްޗާއި އެއްކޮށް ވެއްޓިއްޖެއެވެ.
އެވަގުތު މިނިކާ ޖަނަވާރެއްހެން ފަލަކުގެ ގައިމައްޗަށް ޖެހިގަނެފައި އޮތް މީހާ ސިހިފައި އެދިމާއަށް ބަލައިލިއެވެ.ފަލަކު ހުށިޔާރު ކަމާއިއެކު އެމީހާ ކޮއްޕާލާފައި ހުއި ތަކުގެ ތެރެއިން ތެދުވެގެން ގޮސް ވެއްޓިފައި އޮތް ޔޫލްގެ ގައިގައި ބައްދާގަނެފައި ރޮއިގަތެވެ.ފަލަކު ލާފައި ހުރި ހެދުމުގެ ކޮނޑުން ބޮޑުބައެއްވަނީ ވީދާލާފައެވެ.އަނގައިން އައިސްފައިވާ ލޭތައް ހިކިފައިވާއިރު،ނޭފަތުން ވެސް ލޭ އަންނަމުން ދެއެވެ.
ފަލަކު ހުރި ޙާލު ފެނިފައި ޔޫލްގެ ހަށިގަނޑު އެތަން މިތަނުގައި އަޅަމުންދިޔަ ވޭން ވެސް ހަނދާން ނެތުނު ކަހަލައެވެ.ޔޫލް ފަލަކު ގޮވައިގެން ތެދުވެ ފަލަކު އޭނާގެ ފުރަގަހަށްލާ އެ ނުލަފާ މީހާއާއި ކުރިމަތި ލިއެވެ.ނުލަފާ ފާޑަކަށް ހިނިއައިސް ހުރެގެން އެމީހާ ޔޫލްއާއި ކައިރިވަމުން ދިޔައެވެ.އަދި ޖީބުން ލައްޕާލާފައި އޮތް ވަޅިއެއް ނަގައި ހުޅުވާލުމަށްފަހު ޔޫލްއާއި ދިމާއަށް ދިއްކުރަން ފެށިއެވެ.
“ހޭންޑްސް އަޕް…”އެތެރެއަށް ފުންމާލި ފުލުސް މީހާގެ އަޑާއިއެކު އެމީހާ ބިރުން ފިލަންދާން ތެޅިގަތެވެ.އެވަގުތު އިތުރު ފުލުހުންް އެތަނަށް ފައިބައި ތަން ރަނގަޅަށް ފާސްކުރަން ފެށިއެވެ.މީހަކަށް ޝައްކުވެސް ނުވާނެ ފަދައިން ހަދާފައިވާ ބިންގަރާހެއް ފަދަ އެ ތަނުގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ އަންހެން ކުއްޖަކުވެސް މަރާލާފައި ބޮޑު ފޮއްޓެއްގެ ތެރެއަށް ލާފައި އޮއްވާ ފުލުހުންނަށް ވަނީ ފެނިފައެވެ.
ފުލުހުންނަށް ގަޑިއަށް އެތަނަށް އާދެވުމަކީ އެމީހުންގެ ނަސީބެވެ.ހަނީފްވަނީ ޔޫލްގެ ނަމްބަރ ފުލުހުންނަށް ދީފައެވެ.އަދި ފުލުހުންގެ އެދުމުގެ މަތިން ޔޫލްގެ ފޯނުގެ ޖީޕީއެސް އޮން ކޮށްފައިވާތީ ފުލުހުންނަށް އެ ސަރަހައްދު ހޯދަން ފަސޭހަ ވީއެވެ.
ޔޫލް ފަލަކު ގޮވައިގެން އެ ޖަންގަލިން ނިކުމެގެންގޮސް މަގަށް ނިކުމެ ޔޫލް ލައިގެން ހުރި ގަމީސް ބާލާ ފަލަކުގެ ކޮނޑުގައި އަޅުވާލުމަށްފަހު ކޮނޑުމަތީގައި ވީދާލާފައިވާ ތަން ނިވައި ކޮށްދިނެވެ.ޔޫލްގެ ނިތްކުރީގައި ކެފިފައިވާ ތަނުން އޭރު ވަނީ ކޮންމެވެސް ވަރަކަށް ލޭމަނާވެފައެވެ.ފަލަކުއަށް އެތަން ފެނުފައި މަޑުމަޑުން ޔޫލްގެ ނިތްކުރީގައި އަތް ޖައްސާލުމަށްފަހު ރޯން ފެށިއެވެ.އަދި ޔޫލްގެ ގައިގައި ބައްދާލުމަށްފަހު ވަރަށް ވަރަށް ލޯބިވެޔޭ ކިޔައި އެހިތުގައިވި ރިހުންތައް ބޭރު ކުރަން ފެށިއެވެ.ޔޫލްވެސް ފަލަކުގެ ހަށިގަނޑުގައި ދެއަތުން ވަށާލާ އެތަން މިތަނުގައި ފިރުމަމުން ދިޔައީ ގަދަކަމުން ހިން ދިރުވަމުން ބަނޑުގައި މެށިފައިހުރި ތަނުން ނަގަމުން ދިޔަ ހޫނު ދިލަައަށް ގަދަކަމުން ކެތްކުރާ ޙާލުގައެވެ.
ދެމީހުންނަށް ހޭވެރިކަންވީ ފުލުހުންގެ މީހަކު އައިސް ޖިޕަށް އަރަން ބުނުމުންނެވެ.ފަލަކު އަވަހަށް ލަދުން ޔޫލްއާއި ދުރުވެލުމަށްފަހު ނޭވާ ހަމައަކަށް އަޅުވައި ލިއެވެ.ޔޫލްވެސް ޖިޕަށް އަރައި ހަމަ ޖެހިލުމަށްފަހު ބައްޕައަށް ގުޅާފައި ފަލަކު ފެނުން ޚަބަރު ދިނެވެ.އަދި މިކޮޅުގަައި މިހާރު ހުރިހާ ކަމެއް ރަނގަޅު ކަމަށާއި ބައްޕަ އަންނާނެ ކަމެއް ނެތް ކަމަށް ބުންޏެވެ.
**********
“ﷲ އަށް ޙަމްދުހުރި….ނަސީބެއްނު އެ ނުލަފާ މީހާގެ ކިބައިން މަގޭ ދަރި ސަލާމަތްވި ކަން….އެކަމަކު އެ މަރާލާފަ އޮތް ކުއްޖާގެ ޢާއިލާ މީހުންގެ ހިތަށް ހާދަ އަސަރެއް ކުރާނެޔޭ ދޯ….އެމީހުންނަށް ކެތްތެރިކަން ދެއްވާށި…”ސީމާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހަނީފުއާއި އެވެ.އޭރު ހަނީފްއިނީ މާލެ އަންނަން ފެރީއަށް އަރައެވެ.ފުލައިޓް ޑިލޭވެގެން ނުފުރިގެން އުޅެނިކޮށް ޔޫލް ބައްޕައަށް ގުޅާފައި ފަލަކު ފެނުން ވާހަކައާއި އެކޮޅުގައި ހުރިހާ ކަމެއްވެސް ރަނގަޅު ވާހަކަ ބުނީމައި ދަތުރު ކެންސަލް ކޮށްލީއެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
105 Comments!
Comments are closed.





Wow well done ..noor ..haadha ufaa ve ye thihaa avahah up kohdheythee ?????
???
migothah vaahaka up kohla dheythee varah ufaavey ….. thanks noor dhooni ???
???
me first
Thihaa interest aa eku mi vaahaka kiyaathy varah ufaavey..???
Hama bala bala mi inee..
Happy to hav such readers..???
vv reethi……
ThanQ shafu.???
Wow
?
ThanQ Nakhlahasscern.???
Yaayyy yaanaa first dho!ale Noor kiyaa vaahaka tha haadhahaa reeche varah sali keep it up Noor?
ThanQ yaanaa???
Oops not first ?
But for me all my lovely readers r same dear..???
I was waiting for this so long. Varah reethi mi part. Thank goodness falky salaamathun hutta fenun kan. Alhey I love this couple. Whe next ep
Thanx yuan..varah reethi thi name..mihaaru innaane 11th part up koffa.???
Wowww. Varha reethi mi part ves. And bless the cute couple. When next ep?
ThanQ nonns..mihaaru innaane 11th part up koffa..???
wowwwww… more interesting than previousss..
cant wait to read another episode…
thank u for uploading too fast, i really appriciate ur amazing work Noor,
i love it v v v v v v v muchhhh…one of best story on esfiya vaahaka site,n u r one of best writer.. i love ya workkk
Awwwwwhhh thanQ HARLEY quinn 4 the lovely comment…im glad to know that u like my story that much…thanQ dear.???
Mi part nimendhen Neyvaa hifahattalaigen hurevunee vvvv reethi mi part ves adhi kithah part onnanetha
Ohhhh.thanx cya…adhi hama ninmaalaakah nuvisnan.thanQ dear.???
Masha allah…vrh rythi…vrh interesting….
plus vrh ufaavey thihaa avahah up kohdheythyy….❤❤
Bcs i hav so many cute readers now.thanQ dear 4 enjoying with my story???
alhey haadha reechey mi partvess well done noor ??? kiyaa hithun indhaa enimuny how sad dhw e v gothun falak ge kusheh nehkan yool ah angabaa avahah waiting 4 the next part lvu nòor??
Varah ufaavey thihaa sweet readers aa dhimaa veema.ThanQ dear.???
V salhi. . Dhen kon irakuntha next part up kuranee
ThanQ Een…mihaaru innaane 11th part up koffa dear???
Wow!!!! Hama huva v obi.??????
ThanQ ummi???
Noor thihaa avass avahah up kuraathy varah happy vey.. thankyou? varah varah varah varah reethi mi part.. im speechless.. ❤ waiting for next ep?
Bcs thihaa support dhey readers thibeythy..ThanQ dear???
V v reethi kon irakun 11 vana episode nikun nany..
ThanQ zoya..mihaaru innaane up koffa???
Alhey vrh reethi avahan next part up koh dheeba
ThanQ Rish..mihaaru innaane up koffa???
Wow superrr ingey….thigothuga hifahattaa levethw balaathi…..
ThanQ ira???
Good job noor.keep it up.??????sooo lovely… avahah up Kohlla dhey thee thanks a lot…????
ThanQ Xxxx???
Alhe kehvanehyeh noon next part keyaa hethun
ThanQ Zaanaa…varah ufaavey thihaa inthizaaru kuraathy…mihaaru innaane 11th part up koffa???
Haveeru adhi eh part up vaane kamah unmeedh kuran…vaahaka v reethi….hurihaa writer migotha avaha up kuraanama dhaw…noor love u…u r the best…keep it up
ThanQ 4 the support Mona..mihaaru innaane 11th part up koffa dear???
saabahey noor . noor varehneh huriha writer in ves namoonayakah noor bala ????
ThanQ 4 the support dear???
Haadha loabi couple ekey ❤️
ThanQ dear???
Wow ??? masha allah gud job?? Noor u r great haadha rangalhey v v v happy thigothah stry up koh dheythy foohivegen ulhenikon thi up kollaadhinyves thanks thanks a lot noor thy hamabest?? anyway stry v habeys nxt prt mirey dhw ??? keep it up luv u bodukoh ?????❤❤❤❤?????????
ThanQ Khajja 4 the lovely comment…varah ufaavey thihaa cloze readers in libunyma..ThanQ dear???
Fabulous. Fantastic. Excellent. Creative. Interesting. Goodjob. Greatest and best ????????????????
ThanQ Khajja 4 the lovel???
& U R so Sweeeeeeeet..??????
Wow!! Hama neyvaa hifahattaalaigen in’dhevuny mibai nimendhenves.. Naseebehnu Yool ah gadiah dhevunukan.. Waiting for the next part.. Keep it up Noor 🙂
THANX Saandy???
V v v reethi mi part ves
ThanQ Naadhee???
thankoo inthixaar gaa indhaa .. up kohla dhinyy thiyaaa …. anehkaaa inthixaar gaa dhwww hunan mijehunyyy alhey nooor … heyonuvaaane avahaha next part up kohladhyyy plx plz plz
vvvvvv lobiii yool n falk ulhey goveh .♡♡♡…
ThanQ 4 the lovely comment sam♥.mihaaru innaane 11th part up koffa dear???
U r the best ?
ThanQ Aisha..??
Wow?….varah loabi…ekemaku bunan neyvaa hama hifahahtaalaigen indhevunee?…..so sweet noor?
ThanQ Falky???
V.reethi. avaha up kohbala next part. Tool ah hageegah angabala. Plz.next part ….
ThanQ malak..mihaaru innaane 11th part up koffa dear???
Plz next part…..m
Varah reeti mivahaka
Noor vareh neth
ThanQ Piss piss.mihaaru innaane 11th part up koffa dear???
Plz next part…..
Varah reeti mivahaka
Noor vareh neth
ThanQ Shaibaa.mihaaru innaane 11th part up koffa dear???
wow wow wow noor. hama hus surprise ehnu thidhenu. hama vvv happy vejje. n this part vv obi hama. noor haadha rangalheyy
*thidheny
Its possible bcs of my lovely readers…thanQ song joong ki..KOREAN???
Nice. but maa bodah kury
Thanx Shyn…konme dhuvahaku two parts geneveytho mibalanyves ehenve dear???
vv salhi mi partves next part varah kiyaahithun mihiree. ahhh avas kondhenchy
ThanQ nishaa..mihaaru innaane 11th part up koffa???
Masha allah. Noor darling obiness to the max.. Mihaaru emme inthizaaru kureveny mi story ah. Luv u bodukoh..?
AWWWWWWWHHH..varah ufaavejje..thanx dear???
Noooor haadha reehchey alhe.. next part ves awahah up kurahchey.. warahh kiyaahithun mihurii ??❤
AWWWWWWWHHH…thanx dear…mihaaru innaane 11th part up koffa???
Vvvvv reeethi…
ThanQ Naaaanu???
Saabahey noor?❤️Thee hama namoona beafulheh. ??? enme ufaavanee avahah story up kohdheathi? Thank u ?
ThanQ Nisha..but thihaa maaiykoh vaahaka dhekkyma maa dhuru gotheh heevany..now v r gud frnds dear.??
Vvvvv reeethi… V kiyaa hithun mihuree… Avahah up kohdhehcheyyy… ??
ThanQ Naaaanu…mihaaru innaane 11th part up koffa dear ???
Vvvvvvv nice. One more part today plzzzz
ThanQ Maa..mihaaru innaane 11th part up koffa dear ???
Masha Allah v rythi mi stry.? Great work Noor ??..well done ??nd thankooo thihaa avahah upkohdheythee ??…
ThanQ Xna..varah ufaavey thigothah appriciate kuraathy..thanQ dear ???
Woww ❤❤ lurrv this part too…❤❤ and thankxx thihaa avahah up kohdheythy?
Thanx & ur WC dear.??
Tq noor v salhi mipartves
Ur WC &.thanQ dear ???
Just wow.. ?
ThanQ Pinkish..happy to c ur comment dear ???
Wow… v v v reethi..
ThanQ Maly..???
speechless…. amazing…. waiting for the next part….
ThanQ Chum handi.mihaaru innaane 11th part up koffa .???
Woooow v v reethi
ThanQ Ilha.???
Wow haadha molhu n rythi vaahakaekey.. Thivareh neh hama