Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 5ވަނަ ބައި (ހިޔާވަހިކަން)

xaash Level 110 Stories
January 2, 2014 4 Mins Read
11 Comments

 ދަރިފުޅާއެވެ. ހިޔާވަހިކަމެއް ނެތި ވޭނުގައި މަގުތައްމަތީ ތިންދުވަސް ވަންދެން އިންއިރުވެސް މަންމަ އިނީ ކީއްވެފާތޯވެސް މީހަކު އަހާނުލައެވެ. ބީރައްޓެއްސެއްފަދައިން ނުދަންނަކަމަށް ހެދިގެން އެއްބަޔަކު އަޅާވެސް ނުލާދާއިރު، އަނެއްބަޔަކު މަންމައާއި ދިމާލަށް އެއްޗެހި ގޮވާ މަލާމާތްކޮށް ފޮށިހަދައެވެ. އެންމެ ދެރަވީ ކުރީގައި އެންމެ ގާތްކޮށް އުޅުން ރައްޓެހިން މަންމައަށް މަލާމާތްކޮށް އެއްޗެހިގޮވާ ފޮށުނީމައެވެ. ފާރުތަކުގެ ކައިރީގައި ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގާ މަންމަ އިންއިރު ތިމާގެ މީހަކުވެސް މަންމަގެ ހާލާމެދު ހަމްދަރުދީ ނުވިއެވެ. ބަނޑުހައި ހޫނުކަންމަތީ މިގޮތުގައި އިންދާ، މަންމަގެ ނަސީބު އަތުގައި ހިފިއެވެ.

“ކޮށްކޯ ކިހިނެތްވެފާ ތި އިނީ މިދަންވަރު މިތާ؟ ކޮށްކޮ ތީ ނުލާހިކު ރަނގަޅު ކުއްޖެއްނު. އަވަހަށް ދޭ ގެއަށް” މުސްކުޅި މީހަކުއައިސް މަންމަގެ ގާތުގައި ހަމްދަރުދީ އާއި އެކު ބުނެލިއެވެ. މިވީ ތިން ދުވަސް ތެރޭގައި މަންމަ އާއި މީހަކު އަނގައިން ބުނެލި މީފުރަތަމަ ފަހަރެވެ. “ދައްތާ. އަހަރެންނަކީ ދާނެތަނެއް ވަންނާނެ ގެއެއް އަޅާލާނެ ޔާރެއް އިޔާރެއް ނެތް ކުއްޖެއް، ބަނޑުހައި ހޫނުކަމާއި އެކު ފުރާނައާއި ހަނގުރާމަ ކުރަމުންދާ ނިކަމެއްޗެއް” މަންމަ އަށް ރޮއެ ގިސްލާ ހާލު އެ މުސްކުޅި މީހާގެ ގާތުގައި ބުނެލެވުނެވެ. ދެން އެވަގުތުވީ އެއްވެސްގޮތެއް މަންމަ އަކަށް ހަނދާނެއް ނުވެއެވެ. ހޭވެރިކަންވީއިރު މަންމަ އޮތީ ގެއެއްގެ ބޮޑާށީގައެވެ.

މަންމައަށް ހޭވެރިކަން ވުމާއި އެކީ ވަށައިގެން ހޯދާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަންމަ އޮތީ، ތެޅިގަލާއި އުވައިން ރާނާފައިވާ ކުޑަކުޑަ ގެއެއްގައެވެ. ހިޔާކޮށްފައިވަނީ އީޓުންނެވެ. ގެއަށް ބަލާލުމުންވެސް އެއީ ނިކަމެތި ފަގީރެއްގެ ގެއެއްކަން އެނގެއެވެ. ގޭގެ އެއްފަރާތުގައި ހުރި އެނދެއްގައި  މަންމަ އޮތްއިރު އަނެއްފަރާތުގައި ހުރީ ކުޑަކުޑަ އަލަމާރިއެކެވެ. ގޭގައި ދިއްލާފައިވާ ބޮކިން ގޭތެރެ އަލިކޮށްފައި ވީނަމަވެސް ވަރަށް އަނދިރިއެވެ. ބޮކި ކުޑަވެފާ ވޯޓު ދައްވީމައެވެ. މަންމަ ކުޑަކޮށް ބިރުގަންނަން ފެށިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތި އިރުގަނޑެއްވީމައެވެ. މަންމަގެ ގައިބާރު ދެރަވެފާވީނަމަވެސް މަޑުމަޑުން ތެދުވަން މަސައްކަތް ކުރީމެވެ. އެނދުން ތެދުވެ އިނށީދެވުމާއި އެކު ބޮޑާށީގެ ފައިލާކޮޅުގައި ހުރި ފެންފުޅިއަކާއި ތައްޓެއް މަންމަގެ ލޮލުގައި އަޅާއިގަތެވެ. އަވަސް އަވަހަށް އެފުޅިން ފެންފޮދެއް ބޯލީމެވެ. ކަރުހިއްކާފައިވާލެއް ބޮޑުކަމުންނެވެ. ބަނޑުހައިވެ ހާންތިވެފައިވާތީއެވެ.

“ކޮށްކޯ، ދައިތަމީ ވަރަށް ނިކަމެތި ފަގީރެއް. ކޮށްކޮމެން އުޅޭފަދަ ތަނަވަސް ދިރިއުޅުމެއް ދާއިތަމެން ހުވަފެނުގަވެސް ނުދެކެން. މީދައިތަގެ ގެ. ކޮށްކޮ ބަނޑުހައި ހޫނުކަމާއި އެކު ފުރާނައާއި ހަނގުރާމަ ކުރާވާހަކަ ބުނީމަ ދައިތައަށް ލިބުނު އެއްޗެއްހުންނާނެ ހަނދާފަ. ކޮޔަށް ކަމުދާނެކަމެއް ނޭނގޭ. އަންނާނަން ހިފައިގެން” މަންމަ ބޯން އިން ފެންފޮދު ބޮއެ ނިމުމާއިއެކީ މަންމައަށް އެދައިތަ ގޮވާލިއެވެ. އަދި ފަށްޗަކަށް ވާހަކަތައް އަނމުނާލިއެވެ. އޭގެފަހުގައި ކާނެ އެއްޗެއް ދިނެވެ. “ކޮޔާ، ދައިތައަކީ ކާކުކަން ކޮޔަށް އެނގޭނެ. މިރަށުއެންމެނަށްވެސް ދައިތަ އެނގޭނެ. އެންމެންވެސް ކިޔާނީ ކޮއެމެން ޅަކުދިން ކިޔާހެން ސަކިންތަ. ސަކިންތައަށްވެސް އެނގޭ ކޮއެގެ މަންމަމެން. ކޮއެވެސް އެނގޭ އެކަމަކު ނަމެއް ނޭނގޭ” މަންމަ ކައި ނިމުމާއިއެކީ ސަކިންތަ އަނެއްކާވެސް ވާހަކަ ފެށިއެވެ. “ސަކިންތާ. އަހަރެންނަށް ކިޔަނީ ނިޝްރާ” މަންމަގެ ދެލޮލުން ކަރުނަ ފައިބާ ހާލު ގިސްލަމުން މަންމަގެ ނަން ސަކިންތަގެ ގާތުގައި ބުނެލީމެވެ. “ނިޝްރާ ދޯ، ކޮއްކޯ. މިހާރު މާލަސްވެއްޖެ. ދެން ދޭ އަވަހަށް ގެއަށް. މަންމަ ހޯދާނެ”. މަންމަގެ ނަން ބުނުމާއި އެކީ އިތުރު އެއްވެސް އެއްޗެއްނުބުނެ ސަކިންތަ މަންމަ ފޮނުވާލަން މަސައްކަތް ކުރިއެވެ. އެކަމަކު މަންމަ ގޮސް ވަންނާނީ ކޮން ގެއަކަށް ހެއްޔެވެ؟ މަންމަގެ ގެއެއް އެބަހުރި ހެއްޔެވެ؟ ނެތެވެ. ދާނެތަނެއް އަޅާލާނެ މީހެއް ނެތެވެ. ސަކިންތަގެ، އެ ބަސްތައް އަޑުއިވުމާއި އެކީ މަންމަގެ ބަޑިފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގާފައި ރޯންފެށުނެވެ. ސަކިންތައަށްވެސް ވީނުވީ ނޭނގިގެން މަންމަގެ ގާތުގައި އަހާ އޮޅުން ފިލުވަން ފެށިއެވެ. ” ސަކިންތާ، އާދޭސްކޮށްފަ ބުނަން. އަޅުގަނޑު ނެރެނުލާ. ވަންނާނެތަނެތްނެތް. އަޅާލާނެ މީހަކުނެތް. އަޅުގަނޑުގެ އާއިލާއެއް ތިމާގެ މީހެއް ނެތް. ރަށްޓެއްސެއްވެސް ނެތް.” ރޮއި ގިސްލަމުން ސަކިންތަގެ ދެފައިގައި ހިފާ މަންމަ އާދޭސްކުރީމެވެ. އެންމެފަހުން ސަކިންތަ މަންމަ އެ ގޭގައި ބެހެއްޓުމަށް އެއްބަސްވިއެވެ. ޝަރުތެއް ކަނޑައަޅާފައެވެ. މަންމަގެއިން ނެރެލި ސަބަބު ބުނެދެން މަންމައަށް މަޖުބޫރު ކުރިއެވެ. މަންމައަށް އޮތީ ދެގޮތެވެ. ސަކިންތަގެ ހިޔާވަހިކަމުގައި ހުރުން ނޫނީ އެތަން ދޫކޮށް އަނެއްކާވެސް މަގުތައްމަށްޗަށް ދިއުމެވެ. މަގުމަތީގައި މަންމަ ޖެހެނީ ފުރާނައާއި ހަނގުރާމަ ކުރާށެވެ. ސަކިންތައަށް އެވާހަކަތައް ކިޔައިދިނަސް މަންމަ ޖެހެނީ ފުރާނައާއި ހަނގުރާމަ ކުރާށެވެ. ދެގޮތުންވެސް މަރާއި ހަނގުރާމަކުރުން ނޫން ގޮތެއް ނެތުމުން މަންމަ ސަކިންތައަށް އެވާހަކަތައް ކިޔައިދިނުމަށް އެއްބަސްވެ ސަކިންތަގެ ހިޔާވަހިކަމުން ޖާގައެއް ހޯދީމެވެ. “ކޮޔާ އެންމެ ރަނގުޅު. ތިވާހަކަތައް ދެން ކިޔައިދޭނީ މާދަމާ. މިހާރު މާދަން ވެއްޖެ. ދެން ހިނގާ ނިދަން” ސަކިންތަ މިހެން ބުނުމަށްފަހު އެތެރެގެއަށްވަދެ ބާލީހަކާއި ބެޑްޝީޓެއް ނެރެދިނެވެ. އަދި ބޮޑާށި ދައްކާ ނިދަން އިޝާރާތް ކޮށްލުމަށްފަހު އެތެރެއަށްވަދެ ނިދިއެވެ. ހިނގާދިޔަ ކަންކަމާއިމެދު ވިސްނާ ރޯން  މަންމައަށް އެ ބޮޑާށި މަތީގައި އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެހެން އޮއްވާ ވެފާވާ ވަރުބަލިކަމާއި އެކު މަންމައަށް ނިދުނެވެ.

ގަޑިން ފަހެއްޖެހީއެވެ. ސަކިންތަ ތެދުވެގެން އައިސް މަންމަ ނިދާފާއޮތް އެދުގެ ކައިރީގައި ހުއްޓިހުރެގެން މަންމައަށް ފަތިސްނަމާދަށް ގޮވިއެވެ. މަންމަ ގަވާއިދުން ނަމާދުކުރަމުން އައި ކަމުގައިވިޔަސް މިރެއަކު މަންމަ އަކަށް ހެއެއް ނުލެވުނެވެ. ސަކިންތަ ގޮވުމާއި އެކު މަންމައަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އަދި އަވަސްވެލައިގެން ނަމާދުކޮށް ސަކިންތައާއިއެކު ސައިހެދުމަށް ބަދިގޭގައި އުޅުނީމެވެ. ދަނޑިވަޅުބަލާ ސަކިންތަ މަންމައާއި ސުވާލުކުރިއެވެ. “ނިޝްރާ، ބުނެބަލަ، ކަލެއަށް ކޮން މުސީބާތެއް ޖެހުނީތަ؟” އޯގާތެރިކަމާއި އެކު ސަކިންތަ މަންމައާއި ސުވާލުކުރިއެވެ. މަންމަ ފެންކަޅިވިއެވެ. އެތަންފެނިފާ ސަކިންތަ މަންމަގެ ކޮޑުގައި އަތްޖައްސާ ސަކިންތަގެ ކޮޑުމަތީގައި ބާއްވާ ގާތްކޮށްލާ ބައްދާލަމުން ބުނެލިއެވެ. “ނިޝްރާ، ކަނބުލޮއަށް އެވާހަކަ ކިޔައިދެން މިހާރު އުދަގުލިއްޔާ ފަހުން ކިޔައިދިނަސް ސަކިންތަގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ސަކިންތަ ބޭނުން ކަނބުލޮ ގެއިން ނެރެލާވަރު ކޮންކަމެއްކަން ކުރީ އެނގެން” މަންމަގެ ކެތްތެރިކަން ކޮޅުންލިއެވެ. އަނެއްކާވެސް ބާރުބާރަށް ރޯން ފެށުނެވެ. ގިސްލަ ގިސްލާފާ ކަރުނަ އެޅުނެވެ. އެކަމަކު މިއަދު މަންމައަށް މަންމަގެ އުމުރުން މިވީހާދުވަހު، ދުވަހަކުވެސް މީހަކުފަރާތުން ލިބިފައިނުވާހާ ގާތްކަމަކާއި ރައްކާތެރިކަމެއް ލިބުނުކަމުގެ އިހުސާސް ލިބުނެވެ. ސަކިންތަ މަންމަގެ ގައިގާ ބައްދާލާ ގާތްކޮށްލިކޮށްލުމުން ހީވީ މަންމައަކު ދަރިއަކު ގާތްކޮށްލިހެނެވެ. ރަހުމުން ފުރިގެންވާ ފިރުމުންތަކެއް އެތަކެއްދުވަހަކަށްފަހު މަންމައަށް ލިބުނެވެ. ސަކިންތަ ދިން ހިތްވަރާއި ބެހެއްޓި އޯގާތެރިކަމުން މަންމަ ވަރަށް ފަސޭހައިން ހަމައަކަށް އެޅުނެވެ.

އެދުވަހުގެ މެންދުރެއްހާއިރެވެ. ސަކިންތަގެ ކުޑަކުޑަ ފަން ބަދިގެ ގަނޑުގައި މަންމައުޅުނީ މެންދުރަށް ބަތް ކައްކާށެވެ. އޭރު ސަކިންތަ ވީ ގެއިން ބޭރުގައެވެ. ބަތްކައްކަން އެއްޗެހިދައްކާފާ ސަކިންތަ ބޭރަށް ދިޔައީ އެކަން ނިމުނީމާ ގޭދޮށް ކުނިކަހާލާށޭ މަންމަ ގާތު ބުނެފައެވެ. ނަމަވެސް މަންމަ ކައްކަން އުޅެނިކޮށް ސަކިންތަ އަނބުރާ އައިސް ބާރުބާރަށް ގޮވާލިއެވެ. “ނިޝްރާ. ނިޝްރާ. ތެދޭ ކަލޭ ތިހިރީ އެ ނުބައި މުޑުދާރު އަމަލުކޮށްގެންތަ؟ ކަލޭތީ ހާދަހާ ވާ ނުބައި ނުލަފާ ކުއްޖެކޭ. ކަލޭގެ ކިބައިގާ ނެތެއްނު އަޚުލާގުގެ އެކަތިކޮޅުވެސް. ތިހާ ނުބައި މުޑުދާރު އަމަލެއްކޮށްފައި މަގޭ ގެއަކު އުޅޭކަށް ފުރުޞަތެއް ނޯންނާނެ.” ސަކިންތަ ބޭރުން އައިއިރު ހުރީ ރުޅިއައިސް ރަތްވެފައެވެ. ހީވަނީ ދެންމެ ދެންމެ އައިސް މަންމަގެ ގައިގާ ޖަހާފާނެހެނެވެ. ނޫނީ ދަމާނެރެ އެއްލާލަފާނެހެނެވެ. މަންމަ ގެއިން ނުކުތުމަށް އެންގުމުން މަންމަގެ މިނިކަމެތި ދިރިއުޅުން ހިތައްއަރާ އަނެއްކާވެސް ރޯންފެށުނެވެ. އެކަމަކު ސަކިންތަގެ، ގެއެއް ކަމުން އަމުރަށް ކިޔަމަންތެރިވަމުން ގެއިން ނުކުތުމަށް ގިސްލަގިސްލާފާ ރޮމުން ކެތްތެރިކަމާއި އެކު މަޑުމަޑުން ހިނގައިގަތީމެވެ. މިނޫން ދިރިއުޅުމެއް ލިބޭނެ ނަމައޭ ހިތައް އަރާހާލުގައެވެ.

މަންމަ އެ ގެއިން ނުކުތުމަށްޓަކައި ހިނގައިގަންތަނާ މަންމަ އަށް ސަކިންތަ ގޮވާލިއެވެ. “ނިޝްރާ، މަޑުކޮށްބަލަ. ތިހާ ވަރަށް ހިތުގައި ޖެހިޖެހިފައި ތިރޮނީ ކިހިނެތްވީތަ؟ ސަކިންތައަށް ކިޔައިދީބަލަ. ސަކިންތަ ނިޝްރާއަށް އެހީވެދޭނަން.” މަންމަގެ ރުއިމާއި ކޯތާފަތްމައްޗަށް ފައިބަމުންދިޔަ ކަރުނަތައް ފެނުމުން ސަކިންތަ ހަމްދަރުދީވިއެވެ. އަދި އެވާހަކަތައް ކިޔައިދިނުމަށް އެދި އާދޭސްކުރަމުން މަންމަ ގޮވައިގެން ގޭތެރެއަށްވަނެވެ.

މަންމަ ހިތްވަރުކޮށްފައި ސަކިންތައަށް އެވާހަކަތައް ކިޔައިދިނުމަށް ފެށީމެވެ. އެނުލަފާ ރަހުމުކުޑަ މީހާ މަންމަ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައިވަނިކޮށެވެ. ގިސްލާ ރޮމުން މަންމައަށް އެވާހަކަތައް ކިޔައިދެވުނީ ހަމަ ކިރިއާއެވެ. މަންމަ ދަރިފުޅަށް ބަލިވެ އިންކަން އެނގުމުން ސަކިންތަ މަންމައަށް ވަކިން ހަމްދަރުދީވިއެވެ. ” ސަކިންތާ …ސަކިންތާ އެ..އެމީ… އެމީހާ އަޅުގަނޑުގެ ބޭ… ބޭނުންކޮށްލީ. ގަދަ… ގަދަކަމުން އަޅު..ގަނޑުގެ އިތްފަތް ފޭ..ފޭ…ފޭރުނީ. އަޅުގަނޑުމިއިނީ ބަލިވެ. އަޅުގަނޑު ބަނޑު… ބަނޑުވެސް ބޮޑު.  އޭނާގެ ހުރިހާ އެދުމެއް ފުއްދާފާ ދިޔައީ މަރާލާނެކަމުގެ އިންޒާރުވެސް ދީފާ” ރޮވޭވަރުން ހުއްޓަހުއްޓާފާ ފަށަފަށައިގެން މަންމަ ސަކިންތައަށް އެވާހަކަތައް ކިޔައިދިނީމެވެ. ސަކިންތަ މަންމައަށް ހިތްވަރުދިނެވެ. އަދި އެމީހާ ގޮވައިގެން ޝަރީއަތައް ދާންހިތަވަރު ދިނެވެ. އެކަމަކު އެމީހުންގެ ބާރާއި ގަދަރު މީހުންގެ ތެރޭގައި ބޮޑުވީމާ އެކަން ނުވާނެކަން މަންމައަށް އެނގޭތީ މަންމަ އެކަން ނުކުރީއެވެ. ” ނިޝްރާ. ދަރިފުޅާ. ސަކިންތަ ދަރިފުޅުބަލާނަން. ކިތައްމެ ދުވަހަކުވެސް މިގޭގައި ސަކިންތައަށް ލިބޭ އެއްޗެއް ދީގެން ދަރިފުޅު ގެންގުޅޭނަން” މަންމައަށް ދަރިފުޅާއޭ ކިޔާ މުޚާތަބުކޮށްގެން ސަކިންތަ މަންމައާއި ވާހަކަ ދެއްކިއެވެ. އަދި މަންމައަށް އޯގާތެރިވެ ހިޔާވަހިކަމާއި ރައްކާތެރިކަން ދިނެވެ.

“ނިޝްރާ. ސަކިންތަ އެބައަންނަން. މަޑުކުރޭ. ނުރޮއެ ހިތްވަރުކޮށްގެން އިންނާތި” ސަކިންތަގެ ގައިގާ ބައްދައިގެން އިނދެ އެތައް އިރަކު ރުއިފަހުން، މަންމަގެ ލޮލުން ކޯތާފަތްމައްޗަށް ހޯސްލާފާ ފައިބަމުން ދިޔަ ކަރުނަތައް އޯގާތެރިކަމާއި އެކު ފުހެދެމުން ކުލުނާއިއެކު މަންމަގެ ގާތުގައި މިހެން ބުނެފާ ސަކިންތަ ދިޔައެވެ. ސަކިންތަ ގެއިން ނުކުމެގެން ގޮސް ގޭގެ ވަށާފާރުގެ ކެންޑުން ނުމުކެގެން މަގުމައްޗަށް ގޮސް އޮބާލަންދެން މަންމަ އިނީ ބަލާށެވެ. ސަކިންތަ ބާރުހިނގުމުގައި ގޮސްނިވާވިއެވެ. އެދިޔަތަނެއް ނޭނގޭތީ މަންމަ ހާސްވާން ފެށިއެވެ. ކެތްމަދުވެފާ އިނީ ސަކިންތަ ގެއަށް އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

ސަލާގެ ހަޤީޤީ ހާދިސާ : ހިތްފަނާ

Next

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ

Next
January 3, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ

Previews
January 2, 2014

ސަލާގެ ހަޤީޤީ ހާދިސާ : ހިތްފަނާ

11 Comments!

  1. xoo says:
    January 2, 2014 at 9:14 pm

    V teethi .dhen avahah ekan kuri meehaku bunedheeba plx.

  2. ainy says:
    January 2, 2014 at 9:41 pm

    adhives thankolheh avahah up kohdhehchey ingey xaash
    v reethi mi part ves 🙂

  3. niha says:
    January 3, 2014 at 12:08 am

    varah reethi ekamu thankolheh kuree

  4. Nanna says:
    January 3, 2014 at 1:57 am

    V reethi. Next part avahah update kohlahchey. :-):-)

  5. Naz says:
    January 3, 2014 at 12:10 pm

    Love this part too <3 . waiting for the next chapter. Keep up de good work 😀

  6. xaash says:
    January 3, 2014 at 2:53 pm

    v v v salhi…xaash alhe dhen bunebala ei kaakukan…

  7. xaash says:
    January 3, 2014 at 2:56 pm

    mihen ahaafa otheema hama hithah araneekaakukan bunefa vaahaka kurukohlan vee ey … ehen hadhan veetha

  8. minnn says:
    January 4, 2014 at 1:52 pm

    v v v v v v reethi vaahakaeh…. v kiyaahithun mihury… min ah hyvany aee schoolge principal hen dhw.anyways v v loabi vaahaka,, kyp it up..

  9. ahoo says:
    January 4, 2014 at 4:56 pm

    vaahaka habeys. noon Xaash, kuru kuraane kameh nei. veehaa ves dhigu kurey. eyrun interesting vaanee. 🙂 ekam avahah up kohdhehchey

  10. neem says:
    January 16, 2014 at 11:53 am

    V v v v reethi. Next part avahah update kohlahchey.. nice story… gud work

  11. neem says:
    January 16, 2014 at 12:01 pm

    noon Xaash bunaana kamah nei.. an kuru kuraane kamehves nei. adhives ves dhigu kurey. eyrun interesting vaane kiyun tharen kiyaa hiyvaane … varah varah obi story eh mi..

Comments are closed.

Next Episodeމަންމަގެ ޑައިރީ 6ވަނަ ބައި (ގުޅުން)←


All Right Reserved!