Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އައިރީން…(4)

Aufyy <3 Level 1100 Comments10 Stories
June 20, 2017 4 Mins Read
36 Comments

“ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން..” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ.”އައިރީނަށް ދެލޯ ބޮޑުކޮށްފައި ބަލައިލެވުނީ ކުއްލިއަކަށެވެ.”އަނެއްކާ މިމީހާގަނޑު އަހަރެންް ލައްވާ ކީއްކުރަން ހިތުލައިގެން އެހުރީ؟؟” އައިރީން ހިތާހިތުން ބުނެލިއެވެ.

“ލުކް މިސްޓާ…އަހަރެން މިތަނަށް މިއައީ ތިމީހާގެ ޝަރުތުތައް އަޑުއަހާ އެކަން ކޮށްދޭކަށް ނޫން…މާޢަފް ކުރުމާ ނުކުރުމާ އެއީ ތިމީހާގެ ކަމެއް…އަހަރެން ކޮންމެހެން ސޮރީ ބުނީވެސް ތިމީހާގެ ރަނގަޅު ކަމަކުން އެހެންނޫނީ ރީތި ކަމުންނާ މުއްސަނދި ކަމަކުންވެސް ނޫން…އެރޭ އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އަހަންނަށް ވިސްނުނީމަ….ސޯ ވެދާ ޔޫ ފޮގިވް މީ އޯ ނޮޓް އިޓްސް ނޮޓް މައި ޕްރޮބްލަމް..އަދި ހިތަށް ނާރުވައްޗެ އެހެން އަންހެން ކުދިންހެން އަހަރެންވެސް ތިމީހާގެ ކޮންމެ ބަހަކަށް އާއެނކޭ ބުނެގެން އުޅޭނެއޭ….ނޯ ވޭ….މި އައިރީން މުޙައްމަދެެއް ތިކަހަލަ ފިރިހެނުން ތަޅާހާ ބެރަކަށް ނުނަށާނަން!!!” އައިރީން އެއްނޭވާ މަތިން އިއްވާލި ބަސްތަކުން ލީވާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

އެހެން ނުވާންވީ ކީއްވެ ހެއްޔެވެ.އޭނަ މުޅި ހަޔާތުގައި ވެސް އަންހެން ކުއްޖެއްގެ ފަރާތުން އެފަދަ ބަސްތަކެއް އިވުނު މީ ފުރަތަމަ ފަހަރެވެ.ހައްތަހާ ވެސް ފެންނަނީ އޭނަގެ ރީތިކަމަށް ފިދާވެ އޭނަގެ އެންމެ އިޝާރާތަކަށް އިންތިޒާރުގެ ވަގުތު ގުނަމުންދާ އަންހެން ކުދިންނެވެ.އެހެން ކަމުން މިއަދު އައިރީންގެ ބަސްތަކުން އޭނަ ހައިރާން ނުވާނީ ކީއްވެ ހެއްޔެވެ.

ހުއްޓުން އަރާފައި ހުރި ލީވާން ހޭ ވެރިކަންވީ އައިރީންދާން ހިނގައިގަންނަން އުޅުމުންނެވެ.އަދި ހަމަ އެއާއެކު އައިރީނަށް ނުދެވޭނެހެން ދެފަރާތުން ފާރުގައި އަތް ވިއްދާ އެދޭތެރޭގައި އައިރީން ގައިދު ކޮއްލިއެވެ.”އަހަރެން މިއުޅެނީ އައިރީން ލައްވާ ގޯސްކަމެއް ކުރުވާކަށް ނޫނޭ….އަހަރެންނަށްވެސް އިނގޭ ތިކުއްޖާ އަކީ ފިރިހެނެއްގެ ރީތި ކަމަށް ހެއްލޭ ވަރުގެ ކުއްޖެނޫންކަން…އެންމެ ފުރަތަމަ ދުވަހުވެސް އެކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފި…” ލީވާންގެ ބަސްތަކުން މިފަހަރު ހުއްޓުން އެރީ އައިރީނެވެ.

އައިރީން އެހުރި ގޮތަށް ހުއްޓާ ދެންވެސް ވާހަކަ ދެއްކީ ލީވާނެވެ.”އަހަރެން ބޭނުންވީ އަހަރެންގެ ޕާރސަނަލް ސެކެޓްރީގެ މަގާމް އައިރީނަށް ދޭން…އެ ދުވަހު އައިރީނަށް އިންޓަރވިއު ދޫކޮށް ދާން ޖެހުނީ އަހަރެންގެ ސަބަބުން ކަން އަހަންނަށް ގަބޫލު ކުރެވޭ….އެންޑް މިހާރު އެމަގާމުގަ ހުރި ކުއްޖާ ރިސައިން ވާތީ އެހެން މީހެއް ބޭނުންވީ…އައިރީން ޖޮބަށް އެޕްލައި ކުރިއިރު އައިރީން ހުށައަަޅާފަ ހުރި ސެޓްފިކެޓް ތަކުންވެސް އިނގޭ އައިރީންގެ ގާބިލްކަން އެބަ ހުރިކަން…ސޯ ކީކޭ ބުނަނީ…ގަބޫލުތަ؟؟”

ލީވާން ދެއްކި ވާހަކަ ގަބޫލު ކުރަން ދަތި ވެފައި އައިރީނަށް ހުރެވުނީ ލީވާންގެ ސިހުރެއް ފަދަ އެ ރީތި ދެލޮލަށް ގެއްލިފައެވެ. އެހެންހުއްޓާ އައިރީނަށް ތެޅިގަނެވުނީ ލީވާން ކަރުކެހިލި އަޑަށަވެ. ހީވީ ވައްކަމެއް ކޮއްގެން ފަޅާއެރި ހެންނެވެ. އަދި ވަގުތުން އިސްޖަހާލެވުނެވެ. އޭނައަށް ލީވާންއާ ދޭތެރޭ ހީކުރެވުނީ މުޅިން ގޯސްކޮށް ކަމުން އޭނާ ލަދުވެސް ގަތެވެ.

“އަހަރެން ވިސްނާލާނަން..”އައިރީން އެއިން ގޮތަށް އިސްދަށަށް ޖަހާލައިގެން ހުރެ ބުނެލިއެވެ.”ވިސްނާލާފަ މާދަމައިން ފެށިގެން ހަމަ ޖޮއިން ކުރަންވީ…” ލީވާން ހިނިތުންވެފައި ބުނި ގޮތުން އައިރީނަށް އިތުރު ހައިރާން ކަމެއް ލިބުނެވެ.ލީވާނަށް އައިރީނާއި ދުރަށް ޖެހެން ހަނދާންވީ ވެސް އައިރީން އޭނާގެ މޭމަތީ އަތް އަޅާ މަޑުން ދުރަށް ޖައްސާލުމުންނެވެ.

އެއާއެކު ލީވާން އައިރީން ދާން ތަންދެއްކުމުން އައިރީން މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ.އައިރީން ދިޔަ މަންޒަރު ބަލަން ލީވާނަށް ހުރެވުނީ އާޝޯހު ވެފައެވެ.އެވަގުތު އައިރީން އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއްބާއޭ ވެސް އޭނަ ހިތައް އެރިއެވެ. ލީވާން ލުއި ހިނިތުންވުމަކާއި އެކު މަޑު މަޑުން ބޯ ކަހާލުމަށް ފަހު އޭނަ ނިންމަން ޖެހޭ ޕްރެސެންޓޭޝަންގެ މަސައްކަތް ނިންމުމުގައި ވަގުތު ހޭދަ ކުރަން ފެށިއެވެ.

ކެބިންއިން ނުކުމެގެން ދިޔަ އައިރީން ސިހުނީ މީހެއްގައިގާ ޖެހި އޭނަ ވެއްޓެން ދިއުމުންނެވެ.ނަމަވެސް އެމީހަކު ހުޝިޔާރު ކަމާއެކު އައިރީން ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެއް އަތުން އައިރީންގެ ކަނާތު އަތުގެ މުލައްދަނޑީގައި ހިފާލެވިފާވާއިރު އަނެއް އަތް އޮތީ އޭނަގެ އުނަގަނޑުގައި ވަށާލެވިފައެވެ.އައިރީން މެރިފައިވާ ދެލޯ ހުޅުވާލުމުން އެމީހަކު ބަލަން ހުރި ގޮތް ފެނުމުން ދެބުމަ ގޮށްޖެހުނެވެ.

ވަގުތުން އައިރީން ދެފައިމައްޗަށް ތެދުވެ އޭނަގެ ހަށިގަނޑު އެމީހެއްގެ އަތް ދަށުން މިނިވަން ކޮއްލިއެވެ.”ހައި…އައިމް ޝިމާއު..” ސަލާމަށް އަތް ދިއްކޮލަމުން ޝިމާއު އެހެން ބުނެލުމުން އައިރީން ބަލައިލީ ފޫހި ވައްތަރަކަށެވެ. އޭރުވެސް ޝިމާއުގެ ދަހިވެތި ނަޒަރު އަމާޒު ވެފައިވަނީ އައިރީންގެ ބައްޓަން ރީތި އަންހެންވަންތަ ހަށިގަނޑަށެވެ.

އައިރީން ޝިމާއުއާ ދިމާލަށް ބަލައިވެސް ނުލާ އޮފީހުން ނުކުމެގެން ދިޔައެވެ.އަތް ދިކޮއްލި ގޮތަށް ހުއްޓުން އަރާފައި ހުރި ޝިމާއު ހިތުގައި އައިރީންގެ ރީތި ސޫރަ ކުރެހިގެން ދިޔައެވެ.ކޮންމެހެން ހަދާފައި ވިއަސް އައިރީން އޭނަގެ ހައްޤަކަށް ހަދަން އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އޭނައަކީ އަދިއަދަށް ދާންދެންވެސް އޭނަ ބޭނުންވި ކޮންމެ އެއްޗެއް ހާޞިލްކޮށްފައި ނޫނީ ދޫކުރާ މީހެއް ނޫނެވެ.އޭނައަށް އަންހެނުންނަކީ ކުޅޭކުޅޭ ބުދުތަކެކެވެ.

ނަޢީމާގެ އަތުގައި އަލްބަމެއް އޮތްއިރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ލޯބިވާ ފިރިމީހާގެ ފޮޓޯގައި ފިރުމާލި އިރު އެތުންފަތުގައި ހިނިތުންވުމެއް ވީނަމަވެސް މޫނު މަތިން ފެންނަނީ ހިތްދަތިކަމެވެ. ނަޢީމާއަށް އޭނަގެ ހިތި މާޒީ ހަދާންވާ ކޮންމެ ފަހަރަކުވެސް ވަނީ މިވަރެވެ.އަމިއްލަ ނަފްސު ކުށްވެރި ކޮށްކޮށް އެފަކީރު ދަނީ ފުންމިން ނޭގޭ ހިތައިމާގެ ކަނޑަށް ގެބެމުންނެވެ.

ކޮޓަރިއަށް ވަދެގެންއައި އައިރީނަށް ނަޢީމާ ކަރުނަ ފޮހެލިތަން ވަރަށް ސާފުކޮށް ފެނުނެވެ.އަދި އޭނަ މަންމަ ބާލީސް ދަށަށް އެއްޗެއްލިތަން ވެސް ފެނުނެވެ.މިއީ ކޮންމެ ދުވަހަކު ކަހަަލަ ގޮތަކަށް އައިރީނަށް ފެންނަ މަންޒަރެއް ނަމަވެސް ސުވާލެއް ނުކޮށް ހުންނަނީ ނަޢީމާ އަމިއްލައަށް އޭނައަށް ހުރިހާ އެއްޗެއް ކިޔައިދޭތޯއެވެ.ނަމަވެސް މިއަދު ކޮންމެހެންނެއް ހަދާފަވިއަސް އައިރީން ނަޢީމާގެ މާޒީ ކޮންނަން ހިތުލިއެވެ.

“މޮމް ބޭސް ކެއީތަ؟؟” އައިރީން އާދައިގެ ގޮތަކަށް އަހާލިއެވެ. ނަޢީމާ ހިނިތުންވެފައި ބޯޖަހާލި ނަމަވެސް އެމޫނު މަތިން އައިރީނަށް ފެނުނީ މޮޅިވެރިމެވެ.އައިރީން ހިތަށްހީވީ މީހަކު ތޫނު ޙަންޖަރެއް ހަރާލިހެންނެވެ.އެހާވެސް އެ ބަލައިލުމުގައި ވީ އަސަރު ގަދައެވެ. ހިތްވަރު ކޮށްފައި އައިރީން ވާހަކަ ދައްކަން ފެށިއެވެ.”މޮމް ދޮގު ނުހަދާ ބުނެބަ..ރީން އަށް އެއްވެސް އެއްޗެއް ސިއްރު ކުރަންތަ އެބަ؟؟”

އެހިނދު ނަޢީމާގެ ހިތުގެ ކަނަކުން އޭނަގެ ފަސްއަޅާ ފޮރުވާލެވިފައިވާ ކަޅު މާޒީ ކޮނެގެން ނަގަން ޖެހޭ ވަގުތު އައީ ކަމުގެ ސިގްނަލް ލިބިގެން ދިޔައެވެ.ވަރަށް ހިތްވަރު ކޮށްފައި އޭނާގެ މާޒީގެ ފަތްފުއްތައް އައިރީން ކުރިމަތީ ހުޅުވާލިއެވެ.

***********************************************

“އަހަރެންނަކީ އޭރުގެ ނަންމަޝްހޫރު ހިތުގެ ޑޮކްޓަރެއް ކަމަށްވާ އަހުމަދު އާކިފްގެ ހުރި ހަމަ އެކަނި ދަރިއެވެ.އަދި ހަމައެހެންމެ އަހަރެންގެ މަންމަ ތާނިޔާ އަކީވެސް ކާމިޔާބު ވަކީލެކެވެ.އަހަރެން އުޅެ ބޮޑުވީ ގަނޑުވަރެއް ފަދަ މެހެލްގަ އަރާމާއި ލައްޒަތުގައެވެ.އަހަރެންނަށް އެންމެ އެއްޗެއްވެސް އުނިނުވާނެހެން މަންމަ އާއި ބައްޕަ އަހަރެން ގެންގުޅުނީ އިންތިހާއަށް ލޯބިދީގެންނެވެ.

އަހުމަދިއްޔާ ސުކޫލުން އޯ ލެވެލް ނިންމާފައި އިތުރަށް ކިޔަވަން އަހަރެން ބޭނުންވީ ރާއްޖެއިން ބޭރުންނެވެ.އެހެން ކަމުން އެއްވެސް ޝަކުވާއެއް ނެތި އެދެމަފިރިންވެސް ދިރިއުޅުން މެލޭޝިޔާއަށް ބަދަލުކުރީ ބައްޕަގެ ގެއެއް އެތާގައި އޮތުމާއި އެކުވެސްމެއެވެ.

ކޮލެޖްގެ އެންމެ ފުރަތަމަ ދުވަސް ކަމުން އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. ބައްޕަ އޮފީހަށް ދަމުން އަހަރެން ލާފައި ދާން އުޅުމުންވެސް އަހަރެން އެއްބަސް ނުވީ ބައްޕައާއި އެއްކޮށް ގޮސްގެން އެންމެންގެ ސަމާލުކަން އަހަރެންނަށް ހުއްޓެން ބޭނުން ނުވާތީއެވެ.މަންމަވެސް މެއެވެ.”އަޅުގަނޑުގެެ މޮމް އެންޑް ޑޭޑް ދެން އެހާ ފޭމަސްވީމަ އެންމެންގެ ސަމާލުކަން ލިބޭނެއެއްނު…”ލާނެތް ފާޑަކަށް އަހަރެން އިއްވާލި ބަސްތަކުން ބައްޕަ އަދި މަންމަ ވެސް ހިނިތުން ވެލިއެވެ.

ހެދުނުގެ ނާސްތާ ނިންމާލުމަށްފަހު އަހަރެން ދަބަސް ހިފައިން ދާން ނުކުތީމެވެ. ލައިސެންސް ކަންތައް ހަމަޖެހިފައި ނެތުނުމުން އަހަރެން ދާންޖެހުނީ ހިނގާފައެވެ. ވާރޭވެހި މަގުތަކުގައި ފެން ހެދިފައި އޮތުމުގެ ސަބަބުން ފެންގަނޑަކަށް އެރިދާނެތީ އަހަރެން ދިޔައީ ވަރަށް ބަލައިންނެވެ.

އެހެން ނަމަވެސް އަހަރެންގެ މަސައްކަތް ފެނަށް ވެގެން ދިޔައީ އަހަރެން ކައިރިންލައިފާ ބާރު ދުވެއްޔެގައި ދުއްވާފައިދިޔަ ކަޅުކާރުގެ ސަބަބުންނެވެ. ދުއްވާފައި ދިޔަލެއް ބާރުަކަމުން ކައިރީގައި އޮތް ފެންގަނޑުގެ ޝިކާރައަކަށްވީ އަހަރެންނެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ލައިގެން ހުރި މެކްސީ ހެދުމަށާއި ގަޔަށް އެއްކޮށް ފެންބުރައިގެން ގޮސް މީހާއެއްކޮށް ތެމިފޯވިއެވެ.

ކާރުގައި ތިން ފިރިހެން ކުދިން ތިބިއިރު އޭގެން ދެމީހުން އަހަރެންނާ ދިމާކޮށް ހީހެދިއެވެ. ނަމަވެސް ކާރު ދުއްވަންއިން ޒުވާނާ އަހަރެންނާ ދިމާލަށް ބަލައިވެސް ނުލިއެވެ. އަހަރެން ގާތަށް އައި ރުޅި ޙުދު އަހަރެންނަށްވެސް ބުނެދޭކަށް ނޭގުނެވެ.އަހަރެން ފަސް އެނބުރި ބަލައިލީ މީހަކު އަހަރެންނާ ވަހަކަ ދެއްކިހެން ހީވުމުންނެވެ.

“މިއަހަރު އަލަށް ދޯ މި ކޮލެޖަށް ޖޮއިން ކުރީ…ހައި އަހަރެންނަށް ކިޔަނީ ސަމީރާ…”ސަލާމަށް އަތްދިކޮލަމުން ހިތޮހެޔޮ ކަމާއެކު ސަމީރާ ބުނުމުން އަހަރެންވެސް ރައްދުގައި ބޯޖަހާލާ ތަޢާރަފް ވެލީމެވެ. އަދި ދެންމެ ކަންހިނގައި ދިޔަ ގޮތްވެސް ކިޔައިދިނެވެ.”އަޅާނުލާ… ފެންނަ ކޮންމެ އަންހެން ކުއްޖަކާ ބެހި ފޮށުމަކީ އެމީހުންގެ އާދައެއް…” ސަމީރާ ފޫހި ގޮތަކަށް ބުނެލުމުން އަހަރެންވެސް އިތުރަށް އެމީހުންގެ ވާހަކައެއް ނުދައްކަމެވެ.

އަހަރެން ކޮލެޖަށް ދިޔައީ ސަމީރާގެ އެދުމުގެ މަތިން އެނާގެ ގެއަށް ގޮސް އެއްޗިހި ބަދަލު ކޮށްގެންނެވެ.އަހަރެންގެ ނަސީބު ދިމާކުރިގޮތުން ސަމީރާއާއި އަހަރެން ޖެހުނީ އެއްކުލާހެއްގައެވެ. ނަމަވެސް އަހަރެން ހައިރާންވީ މިއަދު ކާރު ދުއްވަން އިން ޒުވާނާވެސް އަހަރެން ހުރި ކްލާހަށް ވަނުމުންނެވެ.

އަހަރެން ހީކުރީ އޭނަ އަހަރެން ކިބައިން މަޢާފް އެދޭނެ ކަމަށެވެ.ނަމަވެސް އަހަރެންނަށް ކިރެވުނީ ކުށްހީއެއްކަން ޔަގީންވީ އޭނަ އަހަރެންނާ ދިމާލަށް ބަލައިލަވެސް ނުލުމުންނެވެ. އަހަރެން އެކަން މާބޮޑު ނުކޮށް ފިލާވަޅަށް ސަމާލުކަން ދިނީމެވެ.

ބްރޭކް ގަޑި ޖެހުމުން ސަމީރާއާއި އެކު އަހަރެން މިސްރާބުޖެހީ ކެންޓީނާއި ދިމާލަށެވެ. ބޭނުންވާ އެއްޗިހި ތައްޓަކަށް އަޅާލުމަށްފަހު ކަނެއްގައި ހުސްކޮށް ހުރި މޭޒާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ.ހަމައެވަގުތު އަހަރެން ފައިދަށުގައި އޮތް އެއްޗެއްގައި އަޅައިގަނެގެން އަހަރެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

–ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

ވާށެ އޯގާ ހިތާ 4

Next

މަރުވެދާނޭ މާދަމާ ގައިމޭ (3)

Next
June 20, 2017

މަރުވެދާނޭ މާދަމާ ގައިމޭ (3)

Previews
June 19, 2017

ވާށެ އޯގާ ހިތާ 4

36 Comments!

  1. tara says:
    June 20, 2017 at 3:07 am

    nice part. can’t wait for the next update 🙂

    1. kiaara says:
      June 20, 2017 at 12:22 pm

      Thank you tara..

  2. Azuna says:
    June 20, 2017 at 3:11 am

    Nice butHàdha kurey?

    1. kiaara says:
      June 20, 2017 at 12:25 pm

      Thank you …but I want to say that mi baii kuryga up kohfa huri baithakahh vure dhigu vaane..and kuriahh oiithaaga miah vure dhigu vaane…m really sorry to disappointe yuh guyx… 🙁

  3. sem says:
    June 20, 2017 at 4:05 am

    Wow v nice mi part waiting for next part

    1. kiaara says:
      June 20, 2017 at 12:26 pm

      Thank you . . 🙂

  4. Afoo says:
    June 20, 2017 at 4:05 am

    Nice..bt thankolheh dhigukoh genex dhehchey next part..

    1. kiaara says:
      June 20, 2017 at 12:31 pm

      Thank you . . 🙂 yea…i will insha allah… 🙂

  5. Naana says:
    June 20, 2017 at 4:25 am

    Vrh rythi mi part vx…ekm maa kury…wiating 4 the nxt part……

    1. kiaara says:
      June 20, 2017 at 12:27 pm

      Thank you . . 🙂

  6. song joong ki..KOREAN says:
    June 20, 2017 at 4:47 am

    v reethi. thankolheh dhigukoh genesdheynama v furihama vaane

    1. kiaara says:
      June 20, 2017 at 12:32 pm

      Thank you dear. . 🙂 yea…i will insha allah… 🙂

  7. sam♥ says:
    June 20, 2017 at 8:31 am

    nice♥

    1. kiaara says:
      June 20, 2017 at 12:33 pm

      Thank you dear. . 🙂

  8. sheen says:
    June 20, 2017 at 10:04 am

    nice story waiting for the next part…

    1. kiaara says:
      June 20, 2017 at 12:37 pm

      Thnxx.. 🙂

  9. Shaain says:
    June 20, 2017 at 10:46 am

    Haadha kurey. Me dhen vaahakatha thi liyany

    1. kiaara says:
      June 20, 2017 at 12:39 pm

      Thnq 4 Reading … 🙂

  10. Hish? says:
    June 20, 2017 at 12:45 pm

    Salhi ekam thankolheh kuree

    1. kiaara says:
      June 20, 2017 at 3:48 pm

      Thank you..?

  11. Adha? says:
    June 20, 2017 at 1:14 pm

    Varah reethi mi part ves.. waiting for next part ?❣

    1. kiaara says:
      June 20, 2017 at 3:49 pm

      Thank you adha….?

  12. Tutee ? says:
    June 20, 2017 at 3:53 pm

    Awlhey vrh rythi ingey ??.. Varah kiyaa hithun hutta e nimuny … Awahah up kurahchey ?

    1. kiaara says:
      June 20, 2017 at 4:51 pm

      Hehehe…thank you…??

  13. magey hiyaalu says:
    June 20, 2017 at 5:06 pm

    mi vaahakaiga furathama mi dhemeehun badhdhaluvaa goiy e ee hindi film isqga juhie aa amir badhdhaluvaa goiy…same to same…copy kuri iruves haadha baa echche key thi copy kureem..meehunah neygeyne kamah kanneyge thankolheh kureege filmakun manzaru mi copy kuree

    1. kiaara says:
      June 20, 2017 at 9:08 pm

      Rangalhah thibuny…e film ge thankolheh eii…but same to same ehh nuvaane…ehves haalehga meehakahh olhuvaalakahh noon e manzaru story ahh lee…and thank you vr bodahh hiyaalu faalhukohly thy….kiaa ekanyehh noon kanneyge film thakuge scene story ahh lany….but anyways…e scene ehn huhtas ehn baithah eii hama kiaa amihla ahh liyefa….?

  14. maroon says:
    June 20, 2017 at 11:07 pm

    V reethi mi partves… btw i love ur name.. ??

    1. kiaara says:
      June 20, 2017 at 11:20 pm

      Awwwwnn…???
      Thank yuh maroon…?
      Your name vxx vr lwbi…?
      My fav color…?

  15. Shaima says:
    June 21, 2017 at 10:23 pm

    When next part??????

    1. kiaara says:
      June 22, 2017 at 12:05 am

      Maadhan up kurevey thoa mibalany…?

  16. gud girl says:
    June 22, 2017 at 2:22 am

    ރީތި

    1. kiaara says:
      June 22, 2017 at 2:42 pm

      Thank you…

  17. ayya says:
    June 22, 2017 at 11:06 am

    kiyaa kiyaaa kiyaaaa…. kobaatha vaahaka. plxxxx up kohbala dhen.

    1. kiaara says:
      June 22, 2017 at 2:43 pm

      Mirey insha allah up khla dheynan….thank you thihaa kiyaa hithun huryma…

  18. no name says:
    June 22, 2017 at 1:43 pm

    plxxxxx

  19. Ayya says:
    June 24, 2017 at 12:03 am

    Mirey ves faathu vegen dhiyaee kobaa story??? Kiyaa

Comments are closed.

Next Episodeއައިރީން…(5)←


All Right Reserved!