Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 3ވަނަ ބައި

xaash Level 110 Stories
December 29, 2013 3 Mins Read
7 Comments

އަދި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. މަންމަގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ” އޭ! މިތާ ކީތްތިކުރަނީ؟ މީ ބަންދު ގަޑިއެއް. މިގަޑީގަ ވަނުން މަނާވާނެ.” މިހެން ބުނެލި އަޑު މަންމަގެ ކަންފަތުގައި ޖެހުމާއިއެކު މަންމައަށް މި މުސީބާތުން ސަލާމަތް ވީ ކަމުގައި ގަބޫލުކުރެވުނެވެ. ” އޯ. ސޮރީ. ހަމަ ބަލާލަން ވަދެލެވުނީ. މިނިކުންނަނީ.” ޖަވާބުގައި މިހެން ބުނެލިއެވެ. މަންމަ އަށް ކުއްލި ސިހުމެއް ލިބުނީ މަންމަގެ ގައިމަތީގައި އޮތް އެނުލަފާ މީހާ ޖަވާބެއް ނުދެނީސް އެހެން މީހަކު ޖަވާބު ދިނުމުންނެވެ. ދަރިފުޅާއެވެ. މަނާތަނެކޭ ކިޔާ ސުވާލުކުރީ ތަނުގެ ވޮޗަރެވެ. އެކަމަކު އޭނާ އެހެން އެހުމުން ދޮރުހުޅުވާލިމީހާ ދޮރުލައްޕާލިއެވެ. އަދި އެ ޑެގުމަތިން ހިގާފައިދިއައެވެ. އެ ފިޔަވަޅުތަކުގެ އަޑު ގޮސް ކެނޑެންދެން މަންމަ އެފިޔަވަޅުތަކަށް އަޑުއަހަން އޮތީ އަލުން އަނބުރާ އަންނާނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ.

އެމީހާ ދިއުމާއި އެކީ އަނެއްކާވެސް މި ނުލަފާމީހާ މަންމަގެ ގަޔަށް އަތްލާން ފެށިއެވެ. މުޅިހަށިގަނޑުގައި އެ ރަހުމުކުޑަ އަތުން ބީހުނެވެ. އަދި މަންމަ ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ ޓޮޕްކޮޅު ބޯމަތިން ނައްޓާލާ ޖީންސްވެސް ބާލުވާ ހެއްދެވި ގޮތަށް އޮންނަން މަޖުބޫރުކުރިއިރު މަންމަގެ މިނިކަމެތި ހަށިގަނޑު ނިވާކުރަން ކިތަންމެ ބޭނުންވިކަމުގައިވިޔަސް އެކަން ކުރެވޭކަށް ނެތެވެ. އެ ނުލަފާ މީހާގެ ވަކިތަކުގެ ޝިކާރައަކަށް މަންމަ ހަދާލަން ދެން ނެގީ މަދު ސިކުންތު ކޮޅެކެވެ. ފިރިހެނަކަށް އަންހެނެއްގެ ކިބައިން ހޯދޭނެ ހުރިހާ އަރާމެއް މަންމަގެ ނުގަބޫލުގައި އޭނާ ހޯދިއެވެ. ފިރިއަކަށް ދެވޭނެ ބިކުރުވެރިކަމުގެ އަގުބޮޑު ޖަވާހިރުވެސް މިނިކަމެތި މަންމަގެ އަތުން ފޭރިގަނެގެން އޭނާ ދިޔައިރު އެއީ އިންސާނެއްބާއޭ ވެސް ހިތައްއެރިއެވެ. ދެމަފިރިންނަށްވެސް ހުއްދަ ނުކުރާފަދަ ކަންކަން ޖޯޝުގައި އޭނާ ކުރަމުން ދިޔައީ މަންމަގެ މި ނިކަމެތި ހާލަށް ކުޑަވެސް ރަހުމެތް ނުބަހައްޓައެވެ. އޭނާ ބޭނުންވާހާ ގޮތެއް ހަދާލުމަށްފަހު މަންމަ އެ ސަފާރީގެ ތެރެއަށް އެއްލާލާފައި ދިޔައީ މަންމަގެ އުންމީދުތަކާއި ހުވަފެންތަކުގައި އަލިފާން ރޯކޮށް އަނދާ އަޅިއަށް ހަދާ، އުފާވެރިކަން ނާމާންކަމާއި ބިރުވެރިކަމުގެ ބިޔަ ޖަންގައްޔަކަށް ބަދަލުކޮށް އެކަނިވެރިކަމާއި އެކު ބަރަހަނާ ހާލުގައި ބާއްވާފައެވެ. “ކަލޭ ހަނދާން ކުރާތި. މިވާހަކަ މިކޮޓަރިން ބޭރުވާދުވަހަކުން މީހުނަށް ފެންނާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު. ހަމަ މަރާލާނަން” އޭނާ މަންމައާއި ދިމާލަށް މިހެން ބުނެލަމުން އަތް މޮހާލާ މަންމަގެ މޫނުގައި އައްސާފައިވާ ކަނު މޮހާލާ ފަޚުރުވެރިވެ އޭނާގެ މޫނު ދައްކާލަމުން އަނެއްކާވެސް ބުނެލިއެވެ. “ދެން ތިހެން މޮޅުވެގެން މީހުންގެ ލޯތްބާއި އިހްތިރާމާއި ގަދަރު ހޯދަބަލަ. ދެން ކަލެއަށް ލިބޭނީ ނަފުރަތާއި މަލާމާތް. އެކަނިވެރިކަމާއި ނިކަމެތިކަން. ދެން ސްކޫލަށްވެސް ދެވޭނީ ހަފްތާއެއްގަ. ދެން މޮޅުވަނަތައް އަޅެހޯދަބަލަ.” އެ މޫނު ފެނުމާއި އެކު މަންމަ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ހީވެސް ނުކުރާފަދަ މީހެއްކަމުން ސިކުނޑިވެސް މަސައްކަތް ކުރުން ހިނދުކޮޅަކަށް ލަސްވިކަހަލައެވެ. މި އަޑުތައް އިވުމުން މަންމައަށް އޮވެވުނީ ވިސްނާނޭ ގޮތްވެސް ނޭނގިފައެވެ. މި އަނިޔާވެރިކަން މި ލިބުނީ މަންމަ ކިޔަވަން މަސައްކަތް ކުރުމުންނޭ ހިތައް އެރިއެވެ. އަދި އެހެން ކުދިންނަށްވުރެ މޮޅުވީމައޭ ހިތައް އެރިއެވެ.

މިހާލުގައި މަންމަ ދޫކޮށްފައި މަރުގެ އިންޒާރު ދީފައި އޭނާ ދިޔައިރު މަންމަ އޮތީ އަތްފައިވެސް ގުޑުވާލަން ނޭނގޭ ހާލު މިކަމާއި ކުރިމަތިލާންވީ އެއްވެސް ގޮތެއް ނޭނގިފައެވެ. މިވާހަކަތައް މީހަކަށް ކިޔައި ދިނަސް މަންމައަށް މަރު ނޫން އިތުރު އެއްޗެއް ނެތް ކަމުގެ އިންޒާރު ދީފާ ދިއުމުން ހިރިލަންވެސް ނުކެރިފައި މަންމަ އެތައް އިރަކު އޮތީމެވެ. އަދި މަޑުމަޑުން ތެދުވެ ފައި މޮހާލާ ހިތްވަރާއި އެކު މިސިއްރު ހިފައިގެން ދިއުމަށް މަސައްކަތް ފެށީމެވެ. ހަށިގަނޑު ބަރަހަނާ ހާލުން ސަލާމަތް ކުރުމަށް މަންމަގެ ޓޮޕްކޮޅާއި ޖިންސް ލުމަސްފަހު ހިނގައި ގަތީމެވެ. ގިސްލަ ގިސްލާފާ ރޮވޭ ހާލުގައެވެ. އަތްފަޔާއި މުޅިހަށިގަނޑުން ވޭން ތަހައްމަލު ކުރަމުންނެވެ. ހިތާއި ނަފުސު އަނިޔާވެރިއެއްގެ ޝިކާރަޔަކަށްވުމުން ލިބުނު ހިތްދަތި ކަމުގައި ސިކުޑިވެސް ގޯސްވާވަރު ވެފާވާ ހާލުގައެވެ. އަދި ހިތާހިތާ ބުނެލީމެވެ. “އަޅެ މަށަށް މިހެން ހެދިއިރު އޭނާގެ ހިތެއް ވޭބާ؟ އޭނާ ދެން އެހެން މީހުނަށް ހާދަހާ އަހުވަ ދައްކާނެތާ. އެކަމަކު މިނިކަމެތި އަހަރެން ދެން ހަދާނީ ކިހިނެތް؟” މަންމައަށް ގިސްލަ ގިސްލާފާ ރޮވުނެވެ. އެކަންކަން ހިތައްއަރާ ހާސްވެ ކަންބޮޑުވަނީއެވެ. އެކަމަކު ހިތްވަރުކޮށްފައި އައިސް ގެއަށްވަނީމެވެ.

ދަރިފުޅާއެވެ. މީގައި އޮތީ މަންމަގެ ކޮން ކުށެއް ހެއްޔެވެ. ޝާހީން އާއި ލޯބީގެ ގޮތުން ގުޅުން ހެއްޔެވެ؟ ކުދިންނާއި ރައްޓެހިވުން އެއީ މަންމަ ނޫނަސް އެފުރައިގެ ކޮންމެ ކުއްޖަކުވެސް ކުރާ ކަމެކެވެ. ނޫނީ މަންމަ ކިޔެވުމަށް މޮޅުވުން ހެއްޔެވެ. ނޫނެކެވެ. ދަރިފުޅާއެވެ. މިކަމުގައި ފޮރުވިފައިވަނީ މާ ބޮޑެތި ސިއްރު ތަކެކެވެ. ގަބޫލުކުރަން ދަތި ކަންތައްތަކެކެވެ. ހިޔާލަށްވެސް ގެންނަން ނޭނގޭފަދަ ރޭވުން ތަކެކެވެ. ވީއިރު މަންމަ އާއި ދަރިފުޅުގެ އޮތީ ކޮން ކުށެއްހެއްޔެވެ. ދަރިފުޅާއެވެ. މަންމައަށް މާފު ކުރާށެވެ.

މިހިސާބަށް ކިޔާނިމުނުއިރު ޝާލީއަށްވެސް ގިސްލަގިސްލާފާ ރޮވެނީއެވެ. މަންމަ އުފުލި ބުރައާއި ތަހަންމަލް ކުރި ވޭން ހިޔާލަށް ގެނެވުމުން ހިތްދަތިވެގެންނެވެ. އެބިކަހާލުގައި މަންމަގެ ކެއްތެރިކަމާއި ހިތްވަރުގަދަކަން ހިތައްއަރާ ޝުކުރުކުރިއެވެ. އެކަމަކުވެސް މަންމަގެ ހަށިގަނޑުގައި އެޅިވޭން އަދި ދުނިޔޭގައި އުޅުނު އެކަނިވެރިކަން ހިތަށްއަރާވަރުން ކެތް ނުކުރެވުނެވެ. އެ ނުލަފާމީހާ އެއީ ހާދަ ރަހުމުކުޑަ ގޮތްކުޑަ މީހެކޭ ހިތައްއެރިއެވެ.

ޝާލީ އެ ޑައިރީއަށް ބަލަހައްޓައިގެން އިދެ އެތައްއިރަކު ގިސްލަ ގިސްލާފާ ރުއިއެވެ. ވާނީވެސް އެހެންތާއެވެ. އެ ޅަ ސިކުނޑިއަށް މި ވާހަކަތައް އަޑުއަހާނެ ހިތްވަރު ލިބޭނީ ކިހިނެތްހެޔެވެ؟.  އޭނާގެ ހިތް އެވަނީ ފަޅާއިގެން ގޮހެވެ. އޭނާ އެވަނި ވަރަށްބޮޑަށް ހިތުގައި ޖެހިފައެވެ.

އެތައްއިރަކު ރުއިމަށްފަހު ޝާލީ އެނާގެ ރަތްވެފައިވާ ދެލޮލުން ކޯތާފަތްމައްޗަށް ފައިބަމުން ދިޔަ ކަރުނަތައް ދެއަތުން ފުހެލިއެވެ. އަދި އިސް އުފުލާ ދުނިޔެއަށް ބަލާލިއެވެ. އޭރު އިރު އޭގެ މިއަދުގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެނީއެވެ. ހީވީ ޝާލީވެސް އިރަށް އަލްވަދާއު ކިޔަން ބަލާލިހެނެވެ. ޝާލީ މަންމަގެ ޑައިރީއިން ކިޔާލެވުނު ހިސާބާއި ދޭތެރޭ ވިސްނާލަން ފެށިއެވެ. އަދި ސުވާލުކުރަމުން ދިޔައެވެ. “މަންމައަށް އެފަދަ ނިކަމެތިކަމެއް ޖެއްސީ ކާކުބާއެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟” މިކަހަލަ އެތައް ސުވާލެއް ހިތައް ގެނެސް ވިސްނުމުގައި ޝާލީ ވަގުތު ތަކެއް ހޭދަކުރިއެވެ. މިގޮތުގައި ޝާލީ ވަގުތު ހޭދަކުރަމުން ދިޔަނަމަވެސް އިރުގެ ވާޖިބު އަދާކޮށްނިމުމާއިއެކީ ލަސްތަކެއް ނުވެ އަނދިރިވާން ފެށިއެވެ. ޝާލީ އޭނާގެ ލޯބިވާ މަންމަގެ ޑައިރީ ލައްޕާލުމަށްފަހު ތެދުވިއެވެ. އަދި ހަރުކަށިކަމާއި އެކު ޝާލީގެ މަންމައަށް އެހެން ހެދީކާކުތޯ ހިތާހިތާ ސުވާލުކޮށްލިއެވެ. “މަގޭ މަންމައަށް އަނިޔާވެރިވި އެ ނުލަފާ އިންސާނާއަށް ހައްގު ސަޒާ އަހަރެން ދޭނަން”. ޝާލީ އެ ބުޑުގަނޑުމަތިން ތެދުވަމުން އަމިއްލަ ނަފްސައް މިހެން ބުނެލިއެވެ. އަދި ދެރަވެހުރެ މަޑުމަޑުން ހިނގައިގަތެވެ. ގެއަށް ދިއުމުގެ އުންމީދުގައެވެ. އޭނާގެ މަންމައަށް އެ އަނިޔާދިން ކެހިވެރި ސުންޕާ މީހާގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައެވެ. މަންމަގެ ދިރިއުޅުމާއިދޭތެރޭ ވިސްނަމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

ޒަޙަމް (ޕްރޮލޮގް)

Next

ހަތިޔާރު (ފަސްވަނަބައިގެ 1) [ޝެނިން]

Next
December 29, 2013

ހަތިޔާރު (ފަސްވަނަބައިގެ 1) [ޝެނިން]

Previews
December 28, 2013

ޒަޙަމް (ޕްރޮލޮގް)

7 Comments!

  1. nunnu says:
    December 29, 2013 at 10:23 am

    Den k adhi.

  2. huxein says:
    December 29, 2013 at 2:42 pm

    haadha kurukoshey thi vaahaka liyanee..thankolheh thigu koh liye dhy bela

  3. maya says:
    December 30, 2013 at 12:21 pm

    :)salhi ekam maa kury waiting for the next part

  4. xaash says:
    December 30, 2013 at 9:55 pm

    next part thankolheh dhigukohlaanan. ok ehnu…. story kihinei….

    1. lampyyyyy says:
      December 31, 2013 at 9:59 am

      stort varah reethi thankolheg avahah up kohladhybaaaaaaaaaaaaaa

    2. yaal hanaa says:
      December 31, 2013 at 12:16 pm

      ya tedeh

  5. yaal hanaa says:
    December 31, 2013 at 12:15 pm

    v salhi ekm tn kolheh kuru tn kolhe avahah up kurhchey

Comments are closed.

Next Episodeމަންމަގެ ޑައިރީ 4ވަނަ ބައި (ސިއްރު)←


All Right Reserved!