Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……07

Noor💙 Level 710 Stories100 Comments100 Login500 Comments
July 2, 2017 7 Mins Read
63 Comments

ޔޫލްގެ ވާހަކައިން އެއްޗެއް އެނގުނު ކަމަށް ނުހަދާ ޒީލްގެ މޫނުމައްޗަށް ހައިރާންކަން ވެރިކުރުވަމުން ސުވާލު ކުރަން ފެށުމުން ޔޫލް ހަމައިން ނައްޓައި އޭނާގެ ފޯނުގައި ހުރި ފޮޓޯތައް ދައްކާލިއެވެ.އަދި އެޕާރޓްމެންގެ ދޮރު ޕައްކިޔާފައި ޖެހުމަށްފަހު ޔޫލް ނިކުމެގެން ހިނގައްޖެއެވެ.

***********

ފަލަކުވެސް ދުވެފައި ކަހަލަ ގޮތަކަށް ޔޫލްގެ ފަހަތުން ނިކުތެވެ.ނަމަވެސް އޭރު ޔޫލް ސައިކަލަށް އަރައި ދުއްވާލައިފިއެވެ.ޔޫލް ގޮސް އޮބާލަންދެން ބަލަހައްޓައިގެން ހުރި ފަލަކުގެ ދެލޯ ވަނީ ކަރުނުން ފޯވެފައެވެ.އެތަން ބަލަހައްޓައިގެން ދުރުގަައި ހުރި ޒީލް އައިސް ފަލަކު ކޮނޑުގައި އަތް އަޅައިލީ ހެޔޮއެދޭ ޔާރަކު ފަދަައިންނެވެ.ފަލަކުގެ ރޮއިރޮއި ރަތް ވެފައިވާ ދެލޮލުން ޒީލްއަށް ބަލައިލިއިރު އޭނާވަނީ ރުޅިއައިސް ރަތްވެފައެވެ.

“އަހަރެންގެ ކަރުގަ މިވާ ނިޝާންތަކާ ޒީލްއާ ގުޅުމެއް ވޭތަ؟އެހެންކަމަށް ވަންޏާ އަހަރެމެން ދެމީހުންގެ ދެމެދުގަ އެވަރުގެ ކަމެއް ހިނގީ ކިހިނެތް ކޮންއިރަކު؟ޕްލީޒް އަހަންނަށް ބުނެދީބަލަ…އަހަންނަށް ޔަޤީން މިކަމުގަ ޒީލްގެ އަތެއް ވާކަން…..ޕްލީޒް އަހަންނަށް ތިހެން ނުހަދާ ޕްލީޒްޒްޒްޒް”

ޒީލްއަށް ކުރިމަތިލަމުން ޒީލްގެ ގަމީހުގެ މޭމަތީގައި ހިފަހައްޓައިގެން ހުރެ ފަލަކު ރޮއި އާދޭސް ކުރަމުން ދިޔައިރުވެސް ޒީލް ހަމަ ދުލުން އެންމެ ބަހެއްވެސް ބޭރުކޮށް ނުލިއެވެ.އެންމެ ފަހުން ފަލަކު ގެއަށް ދިޔުމަށް ހިނގައިގަތީ ގޮތް ހުސްވެގެން މުޅި ދުނިޔެ މަތިންވެސް ފޫހިވެފައިވާ ޙާލުގައެވެ.އޭނާގެ މުޅި ދުނިޔެ ބަނަވެއްޖެއެވެ.ޔޫލްއާްއިއެކު ޙަޔާތެއް ފަށަން ދެކުނު ހުވަފެން ތަކުގައި ކުލަ ޖެހުމުގެ ކުރިން ވިއްސި ވިހާލި ވީއެވެ.އެވެސް އޭނާގެ އެއްވެސް ކުށަކާއި ނުލައެވެ.

************

ޒީލް ގުޅާފައި ޚަބަރު ދިނީއްސުރެ ޝައިބާ އިންތިޒާރު ކުރަމުން ދިޔައީ ފަލަކު ގެއަށް އަންނާނެ އިރަކަށެވެ.ޕޮޕްކޯން ތައްޓެއް ހިފައިގެން ޓީވީ ކުރިމަތީގަައި ސޯފާގައި ދެފައި ވަށްކޮށްލައިގެން އިން ޝައިބާ ހީވަނީ އޭނާގެ ޕްލޭން ކާމިޔާބު ވުމުން އެކަމުގެ އުފާ ފައުޅު ކުރަނީ ހެންނެވެ.

***********

މަޑު ފިޔަވަޅު ތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔަ ފަލަކުގެ މޫނު ވަނީ ރޮއިރޮއި ދުޅަވެފައެވެ.އެދިޔަ ގޮތަށްގޮސް ރޫމަށް ވަދެ ގޮނޑީގައި ހަމަޖެހިލުމަށްފަހު އޭނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ފޮހެލިއެވެ.އަދި ހޭންޑް ބޭގްތެރެއިން ފޯނު ނަގައި ފޯނު ހުޅުވާލުމަށްފަހު މޭޒުމަތީގައި ބާއްވާލިއެވެ.

ފަލަކު އައިސްފިތޯ ބަލާލަން ދޮރުހުޅުވާ ބޯދިއްކޮށްލި އަރޫޝާއަށް އެތެރޭގައި އިން ފަލަކު ފެނުމުން އެތެރެއަށް ވަދެގެން އައިސް ފަލަކުގެ ގާތުގައި ހުއްޓި އަނެއްކާ ކަމެއް ގޯސްވީތޯ ސުވާލު ކޮށްލިއެވެ.ނުރޯންވެގެން ކެތްކުރަމުން ދިޔަ ފަލަކުގެ ލޮލަށް އިސާހިތަކު ކަރުނަ ޖަމާވެ ރޮވިއްޖެއެވެ.އަދި ހިތުގައި ޖެހިޖެހިފައި އެވާހަކަތައް ކިޔައިދިންއިރު އަރޫޝާވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ.މީހަކު ހުންނަ ގޮތަކުން ބަލާލާފައެއް ނޭނގޭނެތާއެވެ.ޒީލް އެފަދަ ގޮތަކަށް ފަލަކު ދިރިއުޅުން ހަލާކު ކޮށްލާފާނެ ކަމަށް މީހަކު ހިތަށްވެސް އަރާފާނެ ހެއްޔެވެ؟

“ޕްލީސް ނުރޮއި ހުއްޓާލަބަލަ…އަހަރެން ޔޫލްއާްއި ވާހަކަ ދައްކާނަން…ވީ ވިލް ފައިންޑް އަ ވޭ…އެކަމަކު ހާދަވަރެކޭ ކޮށްލާފަ މިހުރީ…އާ ޔޫ ޝުއަރ ނަތިން އެލްސް ހޭޒް ހެޕަންޑް..”އަރޫޝާ ފަލަކުގެ ކަރުގައި އަތް ޖައްސާލަމުން އެ ދެއްކި ވާހަކައަށް ފުރަތަމަ ފަހަރަށް ފަލަކުއަށް ވިސްނާލެވުނެވެ.އެވަގުތު ރޮއިރޮއި ރަތްވެފައިވާ ދެލޮލުން ފަލަކުއަށް އަރޫޝާއަށް ބަލައިލެވުނެވެ.އާނއެކެވެ.އޭނާއަކީ ޑޮކްޓަރަކަށް ވާއިރު އެކަން ޔަޤީންކުރުމަކީ އެއްވެސް އުނދަގޫ ކަމެއް.ނޫނެވެ.

**********

“ފަލަކު ހުރީ ވަރަށް ރުޅި އައިސްފަ..ހީވޭތަ އޭނާ ދުވަހަކުވެސް އަހަންނާ ގުޅެން ގަބޫލު ވާނެހެން.،”ސައިކަލް މަތީގައި އިން ޒީލް ވަރަށް ހާސްވެފައި އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.”އެވަރަށް ހާސްނުވެބަލަ…މިހާރު އޭނައަށް ޔޫލް އެ ގެއްލުނީ….އޭނާގެ ކުރިމަތީގައި މިހާރު އޮތް ހަމައެކަނި އޮޕްޝަން އަކީ ޒީލް..ސޯ ކާމް ޑައުން…ވިލް ޓޭކް ސަމް ޓައިމް”ޒީލްގެ ސައިކަލް ކައިރީ ގޭދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ޝައިބާގެ މަކަރުވެރިކަން ޒީލް އަށް އަންދާޒާވެސް ކޮށްނުލެވޭނެއެވެ.ޝައިބާ ބޭނުންވީ ޔޫލްއާއި ފަލަކު ދުރު ކުރުވާށެވެ.ޒީލްއަށް ފަލަކު ހޯދައިދޭންށޭ ކިޔައިގެން އެއީ އޭނާ ދެއްކި ބަހަނާއެކެވެ.އަމިއްލަ އުފަލަށްޓަކައި އެއްބަނޑު އެއްބަފާ ކޮއްކޮގެ އުފާތައް ފޭރިގަތް މީހަކަށް އިތުބާރުކޮށް އެހާ ދަށް ފެންވަރަކަށް ވެއްޓުމީ ޒީލްގެ މޮޔަކަމެވެ.

**********

ޑިއުޓީ ނިންމާލާފައި ނިކުތް ޔޫލްއަށް ނިކުމެވުނީ ފަލަކު ޔޫލްގެ އިންތިޒާރުގައި ހޮސްޕިޓަލް ބޭރުގައި މަޑުކޮށްލައިގެން ހުއްޓައެވެ.އޭރު އަރޫޝާވެސް ފިރިމީހާ ބަލައި އައުމުން ގެއަށްދާން ހިނގަައި ގަނެފިއެވެ.ޔޫލް ކުޑަކޮށް ފަލަކުއަށް ބަލައިލުމަށްފަހު މޫނުމަތިން އެއްވެސް އަސަރެއްވެސް ދައްކާނުލާ އައިސް ސައިކަލަށް އަރައިފިއެވެ.

“ޔޫލް ޕްލީޒް…ލެޓްސް ޓޯކް..”ފަލަކުވެސް ވަރަށް ހިތްވަރު ކޮށްފައި ސައިކަލާއި ކައިރި ވެލުމަށްފަހު ޔޫލްގެ އަތުގެ މުލައްދަނޑީގައި ހިފައިލުމަށްފަހު ވާހަކަ ދެއްކިއެވެ.އެއަޑުގައި އެތައް ރިހުމަކާއި އާދޭހެއް ވިއެވެ.ނަމަވެސް އެވަގުތު ރުޅިއައިސް ރަތްވެފައިވާ ދެލޮލުން ޔޫލް ފަލަކުއަށް ބަލައިލި ގޮތުން ފަލަކުއަށް ބިރުންގޮސް ޔޫލްގެ އަތުން ދޫކޮށްލައި ދެފިޔަވަޅެއް ފަހަތަށް އަޅައި ލެވުނެވެ.ޔޫލް އިތުރަކަށް އެންމެ ސިކުންތެއްވެސް މަޑުކުރާކަށް ނުހަދައި ސައިކަލް ދުއްވާލިއެވެ.ފަލަކުގެ ލޮލުން ކަރުނަ ފާއްދާލީ ޔޫލްގެ އެ ދުރުކަމަށް ކެތްނުކުރެވިގެންނެވެ.މަޑު ފިޔަވަޅު ތަކެއްގައި ގެއަށްދާން ހިނގައިގެތް އިރު ރޭގަނޑު ބާރަޖަހަން ދަނީއެވެ.

ފަލަކުއައިސް ކޮޓަރިއަށް ވަތްއިރު ޝައިބާ އިނީ ލެޕްޓޮޕުން ފިލްމެއް ބަލާށެވެ.ފަލަކު ފެނުމުން ޝައިބާ އެކި ވާހަަތައް ދައްކަން ފެށިއެވެ.ނަމަވެސް ޝައިބާ އުއްމީދު ކޮށްގެން ހުރި ފަދައިން ފަލަކު ހިނގާދިޔަ ކަންތައްގަނޑުގެ އެއްވެސް ވާހަކައެއް ޝައިބާއާއި ހިއްސާކުރާކަށް ނޫޅުނެވެ.ފާޚާނައަށްވަދެ ނިދާ ހެދުން ލައިގެން ނިކުމެ ނިދަން އޮށޯތީ ވަރަށް ވަރުބަލި ވެފައި ހުރި ކަމަށް ބުނަމުންނެވެ.ނަމަވެސް ފަލަކުގެ މޫނުމަތިން މޮޅިވެރިކަމާއި ހިތާމަ ފައުޅުވޭވޭ ހުއްޓެވެ.ނިދަން ލޯމަރާލައިގެން އޮތް ފަލަކުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ބޯއަޅައިގެން އޮތް ބާލީސް ތެންމަމުން ދިޔައެވެ.ގެއަށް އައި މަގުމަތީގައިވެސް އޭނާ ޔޫލްއަށް އެތަށް މެސެޖެއް ކުރިއެވެ.ނަމަވެސް އެ ކޮންމެ މެސެޖެއް ޔޫލް ކިޔަމުން ދިޔަ ނަމަވެސް ހަމަ އެންމެ މެސެޖަކަށްވެސް ރިޕްލައިއެއް ނުކުރިއެވެ.ފަލަކުގެ ހިތުގައި އަޅައަޅާފައި ރޮވެމުން ދިޔައީ އޭނާއަށް ޔޫލްގެ ލޯބި ގެއްލުނީކަން އިޙްސާސް ކުރެވެމުން ދިޔައީތީއެވެ.ފަލަކުު ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވާތާ ޔޫލް މިހާރު ފަލަކުގެ ސޫރަވެސް ދެކެން ބޭނުން ނުވާ ކަހަލައެވެ.އެވަރަށް ރުއިމުގެ ސަބަބުން ފަލަކުގެ ދެލޮލުގައި ވަނީ ދިލަތަދެއް ހިފާލާފައެވެ.

*********

ބާލީހުގައި ބައްދާލައިގެން ފޯނުގައި ހުރި ފޮޓޯތަކަށް ބަލަމުން ދިޔަ ޔޫލްގެ ދެލޮލުގައި ވަނީ ރުޅިއާއި ނަފްރަތެވެ.އަސްލު ހަޤީގަތުގައި އޭނާ ފަލަކުދެކެ ހިތާއި ފުރާނައިން ލޯބި ވިއެވެ.ފަލަކުއަކީ އެހެން އަންހެން ކުދިންނާ ތަފާތު ކުއްޖެއްކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.ނަމަވެސް ފަލަކުގެ ގޮތްކުޑަކަން ފެނިފައި އޭނާގެ ހިތް ނާއުއްމީދު ވެއްޖެއެވެ.ލޯތްބޭ ކިޔޭ އިޙްސާސްމަތިން ވެސް ފޫހި ވެއްޖެއެވެ.އޭނާގެ ކުރިމަތީގައި މާ ޢިއްފަތްތެރިކަމަށް ހެދިގެން އުޅުނަސް ޔޫލްގެ ކުރިމަތީގައި ހުރި ފޮޓޯތަކުން ފަލަކުއަށްޓަކައި އެހިތުގައިވި ލޯބި ފަސްލާ ވަޅުލަން މަޖުބޫރު ވެއްޖެއެވެ.އާނއެކެވެ.މިރޭ މިސިކުންތުން ފެށިގެން ޔޫލްގެ ޙަޔާތުން ފަލަކުގެ ޗެޕްޓަރ ނިމުނީއެވެ.

*********

އެހިތާމައިގައި ދެހަފްތާއަށްވުރެ ގިނަދުވަސް ވެގެން ދިޔައީއެވެ.އަރޫޝާވެސް ޔޫލްއާއި ވާހަކަ ދައްކަން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވެފައި ވާއިރު، ޔޫލްއަކީ މިހާރު މުޅިން ތަފާތު އެހެން މީހެއް ކަހަލައެވެ.އެ ޙާދިސާއަށްފަހު ޔޫލްގެ މިޒާޖަށްވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ.އޭނާއަކީ ހަނީފްގެ ދަރިފުޅުކަން ހުރިހާ ސްޓާފުންނަށް އަންގާފައި ވާއިރު އެއްވެސް ސްޓާފަކާއި މާ ގާތްގުޅުމެއް ނުބާއްވައެވެ.ފަލަކު އޭނާގެ ކުށެއް ނެތްކަން ހާމަކުރަން އެތައް މަސައްކަތެއް ކުރިއެވެ.ނަމަވެސް ޔޫލްވަނީ ފަލަކުއާއި ހުރިހާ ގުޅުމެއް ކަނޑާލާ ފަލަކުގެ ނަމްބަރުވެސް ބްލޮކް ކޮށްލާފައެވެ.

*********

“ދަރިފުޅަށް ޔޫލް ކަމުދޭތަ؟މަންމައަށް ވަރަށް ކަމުދާ ކުއްޖެއް އެއީ…އެކަމަކު ދަރިފުޅަށް ކަމުދޭތޯ ބަލާފަ ސީމާއާއި ވާހަކަ ދައްކަންކަމަށް”.މަންމަ ކައިރީ އެނދުގައި އިށީނދެލައިގެން އިން ޝައިބާއަށް ހީވީ އަފީފާގެ އެ ބަސްތަކުން އޭނާއަށް މުޅި ދުނިޔެ އެއްކޮށް ލިބުނު ހެންނެވެ.އޭނާގެ ދުލުން ބޭރުކުރުމަކާއި ނުލާ އޭނާގެ ހިތުގެ އެދުން މަންމައަށް އިނގުނީތީ އުފަލުން ފޮޅުނެވެ.އަދި ތީ ހަމަ ވޯލްޑްސް ބެސްޓް މޯމް އޭ ކިޔައި އަފީފާގެ ގައިގައި ބައްދައި ލިއެވެ.ދަރިފުޅުގެ މޫނުމަތިން ބަބުޅަމުން ދިޔަ އުފާވެރިކަމުން އަފީފާގެ ހިތްވެސް ފުރުނެވެ.އޭނާ ބޭނުންވީ ވަގުތު ފާއިތުވުމުގެ ކުރިން ޝައިބާއާއި ޔޫލްގެ ކައިވެނި ކުރުވާށެވެ.އެދުވަހު ފަލަކު ޔޫލްގެ ގައިގައި ތަތްވެގެން އިން މަންޒަރު އޭނާގެ ހިތުން ފިލައިގެން ނުދެއެވެ.އަވަހަށް ފޯނުނަގައި ސީމާގެ ނަންބަރ ހޯދާލުމަށްފަހު ގުޅާލިއެވެ.އަދި ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއަދު އެގެއަށް ދާނެކަމަށް ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

ސީމާ ރައްޓެއްސަކާއި ބައްދަލް ކޮށްލަން މިއަދު ވިލިނގިއްޔަށް ދާން ނިންމައިގެން ހުއްޓަސް މާދަމާއަށް ފަސްކޮށްލީ އަފީފާ ގުޅާފައި މާބޮޑު ވާހަކައެއް ދައްކަން އަންނަ ވާހަކަ ބުނުމުންނެވެ.

********

އަރޫޝާއާއި ފަލަކު އިނީ ކެންޓީނުގައެވެ.ފަލަކުއިނީ އަރޫޝާ ދައްކަމުންދިޔަ ވާހަކަތަކަށް އިންތިހާައަށް ދެރަވެފައެވެ.ކައިވެންޏަށްފަހު މައިދައިތަގެ ނުރުހުމާއި އޭނާ ކުރިމަތިލަމުންދާ ގޮތުގެ ވާހަކައެވެ.ފިރިމީހާދެކެ ވާ ލޯބިން އެކަންތައް ސިއްރުކޮށްކޮށް އޭނާ ވަރުބަލި ވެފައިވާ ވާހަކައެވެ.މައިދައިތަ ނުރުހިއްޖެނަމަ އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ ހީވެސް ނުކުރާހާ އުނދަގޫ ކަމެކެވެ.ފަލަކުގެ ހިތާމައިގައި އެންމެ ގާތުން ބައިވެރިވި މީހަކީ އަރޫޝާއެވެ.ވީއިރު އެކުވެރިޔާގެ ދިރިއުޅުން ބަނަވަމުންދާތީ އޭނާއިނީ އިންތިހާއަށް ދެރަވެފައެވެ.

“ދެން ކޮންމެވެސް ގޮތަކުން އެޑަމްއާއި ވާހަކަ ދައްކަންވީނު..އޭނަ އަރޫދެކެ ކިހާ ލޯބިވޭ…”ފަލަކު އޭނައަށް ފެންނަ ގޮތް ބުނެލިއެވެ.

އެވަގުތު ޔޫލްއާއި ޝިނާންވެސް އައިސް ކެންޓީނަށް ވަދެ ފަލަކުމެން ތިބި މޭޒުގެ ކުރިމަތީގައި އިން މޭޒު ދަށުގައި އިށީނެވެ.އަދި ޔޫލް ފަލަކުއަށް ބަލަމުން ދިޔައީ މަލާމާތުގެ ޒާތަކަށެވެ.ފަލަކު އަރޫޝާގާތުގައި ދަނީ ކަމަށް ބުނެ އަވަހަށް ކެންޓީނުން ނިކުތުމަށް ހިނގައިގަތެވެ.ޔޫލްގެ އެ ހަރަކާތްތަކުން އޭނާގެ ވިސްނާދޭން މަސައްކަތް ކުރަމުން އެދާ ހިތް ޒަޙަމް ވެގެން އެދަނީ އެހިތް އަލުން ކުރީގެ ހާލަތަށް އިޔާދަ ނުވާނޭ ފަދައަކުންނެވެ.ޔޫލްއާއި އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމަކީވެސް މިހާރު ފަލަކުއަށް އުނދަގޫ ކަމެކެވެ.އަނެއް ކޮޅުން ޒީލް ފެނުނަސް އޭނާގެ ލޭ ކެކޭގޮތް ވެއެވެ.

**********

“ތިކަމާ އެއްޗެއް ބުނަން އެނގޭނީ ޔޫލްއާއި ވާހަކަ ދައްކާފަ..ޔޫލްގެ ދިރިއުޅުމުގެ ނިންމުންތަކަކާއި އަހަރެމެން އެއްގޮތަކަށްވެސް ނުބެހެން..އަދި އަމުދުން ކައިވެނިވީމަ….”ސީމާގެ ޖަވާބު އަޑުއަހާފައި އަފީފާ ހިތްހަމަ ނުޖެހޭ ގޮތްވިއެވެ.ނަމަވެސް މޫނުމަތިން އެކަމުގެ ކަންފުޅެއްވެސް ދައްކާ ނުލައެވެ.އަދި ޔޫލްއާއި ވާހަކަ ދައްކާފަ ޖަވާބެއް ދޭށޭ ބުނެލިއެވެ.

**********

ޔޫލްވެސް ފޯނެއް އަންނަކަމަށް ހަދާފައި ގޮސް ކެންޓީނުން ނިކުމެ ފަރާތް ފަރާތް ހޯދަމުން ދިޔައީ ފަލަކު ފެނޭތޯއެވެ.އެވަގުތު މެޑިކަލް ސްޓޯރ ރޫމްގެ ތެރެއިން މަޑުމަޑު ގިސްލުމެެއްގެ އަޑު އިވުނެވެ.އެ އަޑުން ޔޫލްގެ މޭގައި ރިއްސާލިއެވެ.އެތެރެއަށް ވަނުމަށް ފިޔަވަޅެއް ނަގާފައިވެސް ފަލަކުދެކެ އެއްވެސް ހައްދެއްނެތި ވީ ލޯތްބަށް ފަލަކު ބޭވަފާތެރި ވީގޮތް ހިތަށް އަރައި އަނބުރާލާފައި ގޮސް ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އަރައި ދުއްވާލީ އެއަޑު ނީވޭ ހިސާބަކަށް ދުރަށް ދިޔުމަށެވެ.

**********

ރޭގަނޑުގެ ވަގުތެވެ.ފުޓްބޯޅަ މެޗެއްބަލަން އޮތް ޔޫލް ތެދުވެ އެނދުގައި އިށީނދެ ހަމަޖެހިލީ ޓަކި ޖަހާލުމަށްފަހު މަންމައައިސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނުމުންނެވެ.މަންމަވަނީ މިރޭ ކާންތިބިއިރު ވާހަކައެއް ދައްކަން އޮތް ވާހަކަ ބުނެފައެވެ.އެހެންވެ ރިމޯޓްނަގައި ޓީވީ ނިއްވާލުމަށްފަހު މަންމަ ދައްކަން އުޅޭ ވާހަކައަކަށް ސަމާލު ވިއެވެ.

“ދަރިފުޅުވެސް މިހާރު ތިހުރީ މީހަކާ އިންނަ އުމުރަށް އަޅާފަ..މަންމަ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެއީ..އެބުހުރިތަ ދަރިފުޅަށް ކަމުދާ ކުއްޖަކު”.ސީދާ ޝައިބާގެ ވާހަކަ ދެއްކުމުގެ ކުރިން ސީމާ ބޭނުންވީ ދަރިފުޅުގެ ޙަޔާތަށް ގެންނަން ބައިވެރިއަކު އިޚްތިޔާރު ކޮށްފައި ހުރިތޯ ބަލާފައި އެވާހަކަ ދައްކާށެވެ.

“ލައްބަ މަންމާ…މަންމަމެން ރުހޭކަމުގައި ވަންޏާ އަޅުގަނޑުވެސް ބޭނުން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން”.ސީމާއަށް އެއީ ކޮން ކުއްޖެއްތޯ ސުވާލު ކޮށްލިއިރުވެސް އޭނާގެ މޫނުމަތީގައިވާ އުފާވެރިކަމުންވެސް އޭނާއަށް އެއީ ކޮން ކުއްޖެއްކަން އެނގޭ ކަހަލައެވެ.ޔޫލްގެ ދުލުން ފަލަކުގެ ނަން އިވިފައި ސީމާގެ މޫނުމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.

“އެންމެ ރަނގަޅު…ބައްޕައާއި ވާހަކަ ދައްކާފަ ކައިވެނީގެ ވާހަކަ ވީހާވެސް އަވަހަކަށް ފަލަކުގެ އާއިލާއާއި ހިއްސާ ކުރާނަން”.މަންމަގެ ވާހަކަ އަޑުއަހާފައި ޔޫލްގެ މޫނުމައްޗަށްވެސް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.

*********

އާދުވަހަކަށް އިރުއެރީ އެކި މީހުންގެ ޙަޔާތަށް އެކި ކުލަތައް ދައްކަމުންނެވެ.ހައްތަހާވެސް ތަޤުދީރުގެ ނިޔާއެވެ.އެއްބަޔަކު އުފަލުން ނަށާއިރު އަނެއްބަޔަކު ފަހު ނޭވާާއާއި ޖެހެންދެން ކެތް ކުރަނީއެވެ.ސީމާ ގުޅާފައި މިއަދު ކައިވެނީގެ ވާހަކަ ދައްކަން އެގެއަށް އަންނަ ވާހަކަ ބުނީއްސުރެ އަފީފާ އިންތިޒާރު ކުރަމުން އެދަނީ ހަވީރު ވާނެ ވަގުތަކަށެވެ.ޝައިބާވެސް ހީވަނީ އުފަލުން އެހެންފަދަ ކަމެއް ހެންނެވެ.

*********

“ފަލަކު ދެން ތިހެން އެންމެ މީހެއްގެ ހަނދާނުގަ މުޅި އުމުރު ނަގާލަނީތަ؟..ކަމް އޯން…ޔޫލް ފަލަކުދެކެ އެހާ ލޯބިވާނަމަ އެވަރަަށް އާދޭސް ކުރީމަ ހަމަ އެންމެ ފަހަރަކު ވިޔަސް އަޑު އެހީހެއްނު..”

ޑިއުޓީ ނިންމާލާފައި ނިކުންނަމުން އަރޫޝާ ދައްކަމުން ދިޔައީ ތެދު ވާހަކައެއްކަން ޚުދު ފަލަކުވެސް ޤަބޫލު ކުރެއެވެ.އެހެނަސް އޭނާގެ މޭގައި އެވާ ބަސްނާހާ ހިތަށް އެކަން ޤަބޫލު ނުކުރެވެނީއެވެ.އައިސް ގެއަށް ވަދެވުނުއިރު މުޅި ސިޓިން ރޫމްތެރޭގައި ވަނީ ހެދިކާ މީރުވަސް ހިފައިލާފާއެވެ.

“އަނހާ މިއޮއް އައީ ފަލްކީވެސް…އަވަހަށް އާދޭ…އެހެރީ ހަވާދުލީ ބިސް ހަދަން ރެޑީކޮށްފަ..އެންމެ މީރުކޮށް ސޯސްގަނޑު ހަދަން އިނގޭނީ ފަލްކީއަށް”ޝައިބާއަށް ފަލަކު ފެނުމުން އައިސް ފަލަކުގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.އަނެއްކާ މިއަދު މާ ޚާއްސަ ކަމެއް އޮތީހޭ ކިޔައި ފަލަކު ސުވާލު ކޮށްލުމުން ޝައިބާވެސް އިޓްސް އަ ސަޕްރައިޒް އޭ ބުނެލުމަށްފަހު ގޮސް އަވަނަށް ފިހަން ލާފައި އޮތް ކޭކު ބަލައިލިއެވެ.އަފީފާ ހަމަ މަސައްކަތުގައި އުޅެއެވެ.ފަލަކުއާއި ދިމާއަށް ބަލައިވެސް ނުލައެވެ.

އެންމެ ފަހުން ކެތްތެރި ކަމެއްނެތި ޝައިބާ އިންތިޒާރު ކުރަމުން ދިޔަ ވަގުތު އައިސް ޖެހުނީއެވެ.ހަނީފް ސަލާމް ގޮވާލުމުން ސިޓިން ރޫމުގައި އެމީހުންގެ އިންތިޒާރުގައި އިން ޒުހޭރު ސަލާމް ބަލައިގަތުމަށްފަހު އަފީފާއަށް ގޮވައިލިއެވެ.ހަނީފްގެ ދެމަފިރިންނާއި،ޔޫލް އަދި ޒުހޭރުގެ ދެމަފިރިން ސިޓިންގރޫމް ސޯފާގައި ތިބިއިރު، ފަލަކުއާއި ޝައިބާ ހުރީ ކާކޮޓަރި ކައިރީގައެވެ.ޔޫލް މަންމަމެން ގޮވައިގެން އެގެއަށް އައުމުން ފަލަކުހުރީ ހައިރާންވެފައެވެ.ވާނީވެސް އެހެންތާއެވެ.ޝައިބާ ސަޕްރައިޒެކޭ ބުންޏަސް މިއީކީ އޭނާ ކުޑަކޮށްވެސް އުއްމީދު ކުރިކަމެއް ނޫނެވެ.

“އަފީމެންގެ ދެމަފިރިން ޤަބޫލުކަމަށް ވާނަމަ އަހަރެމެން ބޭނުން ޔޫލްއާއި ފަލަކުގެ ކައިވެނި ހަމަޖައްސަން”.ސީމާގެ ދުލުން ބޭރު ކޮށްލި ބަސްތަކުން އަފީފާއަށް ޝޮކެއް ލިބުނުއިރު ޝައިބާވެސް ހުރީ ހަމަ ރަނގަޅަށް ގަނޑުވެފައެވެ.މިވީ ކިހިނެތް ހެއްޔެވެ؟އަނެއްކާ ޝައިބާއޭ ބުނަން އުޅެނިކޮށް ދޫ އޮޅިގެން ސީމާއަށް ފަލަކުއޭ ބުނެވުނީ ހެއްޔެވެ؟

“ފަލަކު މި ކައިވެންޏަށް ޤަބޫލިއްޔާ އަހަރެމެން ހަމަ ރުހި ޤަބޫލު.”އަފީފާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒުހޭރު ވާހަކަ ދެއްކިއެވެ.އެވަަގުތު އެންމެންގެ އިތުރުން އިސްދަށަށް ޖަހާލައިގެން އިން ޔޫލްވެސް ފާރުގައި ލައްގަނެލައިގެން ހުރި ފަލަކުއަށް ބަލައިލިއެވެ.ފަލަކު އިސްދަށަށް ޖަހާލީ ކުއްލިއަކަށް އިވިގެން އެ ދިޔަ ޚަބަރަކުން އޭނާގެ ހިތަށް އެކަން ބަލައިގަންނަން އެހާ ފަސޭހަ ނުވުމުންނެވެ.އަނެއްކޮޅުން އޭނާދެކެ ޔޫލް އެހާ ރުޅި އަންނައިރު ކައިވެންޏަށް އެދިގެން އަންނަންވީ ސަބަބެއް ފަލަކުއަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

“އަހަންނަށް ފެންނަނީ ފަލަކުއަށް ވިސްނާލަން ވަގުތު ދޭން”ފަލަކުގެ ހަމަހިމޭންކަމުގެ ފައިދާ ނަގައި އަފީފާ ދިން ޚިޔާލު ސީމާގެ ދެމަފިރިންނަށްވެސް ވަރަށް ކަމުދިޔައެވެ.ޒުހޭރުވެސް ހިނިތުންވެލީ އަފީފާ ފުރަތަމަ ފަހަރަށް ފަލަކުގެ ޙައްޤުގައި އެއްޗެއް ބުނީތީއެވެ.ނަމަވެސް ހަޤީގަތަކީ އޭގެ ފަހަތުގައި އޭނާގެ މަކަރުވެރިކަން ވާކަމެވެ.އެންމެން އެކުގައި ހަވީރު ސަޔަށް އިންސާފު ކުރަމުން ދިޔައިރު ޝައިބާގެ ހިތްވަނީ މާޔޫސްވެފައެވެ.ޔޫލްއާއި ފަލަކު ދުރުކުރަން ކުރިހާ މަސައްކަތް ފެނަށް ދިޔައީމައެވެ.ފަލަކު ހަމަ އެންމެ ފަހަރަކުވެސް ޔޫލްއަށް ބަލައިވެސް ނުލައެވެ.އެކަމުން ފަލަކު ބަލާލާތޯ ކެތްމަދު ވެފައިވާ ޔޫލްގެ ހިތަށް އުނދަގޫ ވަމުން ދިޔަކަން ގައިމެވެ.

ސީމާމެން ދިޔުމުން އަފީފާ ޝައިބާގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ޝައިބާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ.ނަމަވެސް ޝައިބާ ހުރީ އެއަށްވުރެ ރުޅިގަދަ ވެފައެވެ.އުމުރުގައި ފުރަތަމަ ފަހަރަށް ޝައިބާ މަންމައަށް ރުޅިމޫނު ދައްކާލާފައި ނުރުހިގެން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ގައިހުރިބާރުލާފައި ދޮރުޖެހި އިރު ހީވީ އޭނާގެ އެތެރެ ހަށީގައިވާ ހުރިހާ ރުޅިއެއް ދޮރަށް ބާލަން މަސައްކަތް ކުރި ހެންނެވެ.އަފީފާއަށް ނިތްކުރީގައި އަތް އަޅާލަމުން ހުރިތަނަށް ތިރިވެވުނީ އެހާ ލޯބިން ގެންގުޅެމުން ދާ ދަރިފުޅު އޭނާދެކެ ރުޅިއައިސްގެން އެގޮތަށް ދިޔައީތީ ދެރަވީ ވަރުންނެވެ.

“އަފީފާ ކިހިނެތްތަ ވެގެން ތިއުޅެނީ؟”ޝައިބާ ރުޅި އައިސް ގެންގޮސް ކޮޓަރި ދޮރު ޖެހި އަޑަށް ޒުހޭރު އައިސް އަފީފާއާއި ސުވާލުކުރީ ވެގެން އުޅޭ ގޮތެއް ނޭނގިގެންނެވެ.މިއީ ކަލޭގެ އެހެރަ ދަރިއާހެދި ވާ ކަންތަކޭ ކިޔައި ހަޅޭއްލަވައިގަނެފާ ތެދުވެގެންގޮސް ފާޚާނައަށްވަދެ ދޮރު ލެއްޕިއެވެ.ނަމަވެސް އަފީފާ ބުނަން އެއުޅޭ އެއެޗެއް ޒުހޭރުއަކަށް ނަގައެއް ނުގަނެވުނެވެ.

ޝައިބާގެ ފަހަތުން ވަދެ ފަލަކުވެސް ވަރަށް ސުވާލު ކޮށްފިއެވެ.ނަމަވެސް ޝައިބާ އެއްވެސް ކަމެއް ނުވެއޭ ކިޔައި ލެޕްޓޮޕުން ފިލްމެއް އަޅުވާލުމަށްފަހު ކަންފަތަށް ހެޑްސެޓް ޖަހައިލީ ފަލަކުގެ އެއްވެސް ސުވާލަކަށް ޖަވާބުދޭން ބޭނުން ނުވާތީއެވެ.ފަލަކު އައިސް އެނދުގައި އިށީންތަނާ ފަލަކު ފޯނު ރިންގުވާން ފެށިއެވެ.ފޯން ސްކްރީނަށް ލަވް އަރާފައި އިނުމުން ފަލަކުއަށް ދެލޯ ބޮޑުކޮށްލެވުނެވެ.އެހާ ދުވަސް ކޮށްފައި ޔޫލް ގުޅުމުން އެ ކޯލަށް އޭނާ ޖަވާބުދޭން ކިތަންމެހާވެސް ބޭނުމެވެ.ނަމަވެސް ޝައިބާ ކޮޓަރީގައި އޮއްވާ އޭނާއަށް ވާހަކަ ދައްކާކަށް ލާހިކެއް ނޫނެވެ.އެއީ ކައިވެނީގެ ވާހަކަ ދެކެވުނަސް ޝައިބާއަށް އެެދެމީހުން ރައްޓެހިވީކަން ސިއްރު ކުރެވިފައި ވާތީއެވެ.

ފަލަކު ފޯނަށް ޖަވާބު ނުދިނުމުން ޔޫލް ހައްތަހާ ރުޅިގަދަ ވާގޮތް ވިއެވެ.ކޮންމެ ހާލެއްގައިވިޔަސް ޔޫލްގެ ޙައްޤަކަށް ފަލަކު ހަދާނެއެވެ.ފަލަކު ރުހުނަސް ނުރުހުނަސް ހެވެ.އޭނާ އުފާވެރި ޙަޔާތަކަށް ކުރި ފޮނި އުއްމީދު ނެތިކޮށްލާ ދުނިޔެ މަތިން ފޫހިކޮށްލި މީހަކީ ފަލަކުއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސަތާރަވަނަބައި)

Next

ފަސްވަނަބައި:-

Next
July 2, 2017

ފަސްވަނަބައި:-

Previews
July 1, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސަތާރަވަނަބައި)

63 Comments!

  1. AKI says:
    July 2, 2017 at 12:11 am

    haadha rangalhey

    1. Noor says:
      July 2, 2017 at 12:20 am

      Thanx AKI

  2. AKI says:
    July 2, 2017 at 12:12 am

    mirey first libunee dho mi

    1. Noor says:
      July 2, 2017 at 12:20 am

      Yes dear

  3. Naana says:
    July 2, 2017 at 12:24 am

    Masha allah?
    vvv rythi mi part vx….
    mi vahaka hama superbb….
    Eagerly waiting 4 nxt part….❤❤

    1. Noor says:
      July 2, 2017 at 12:36 am

      Thanx Naana..thikahala appriciate kuraa readers thibeythy varah hiyvaru libey..thanx dear

  4. Nazu says:
    July 2, 2017 at 12:24 am

    Vr shali vashakae ☺avahan up kondheythi plx. Dhen oth part kiyaahith vany hama…….

    1. Noor says:
      July 2, 2017 at 1:19 am

      Thanx Nazu.will try dear

  5. Tutee ? says:
    July 2, 2017 at 12:28 am

    ??????????????????????????… Sometimes words are not enough .. Ehenwe ?.. Waiting for next part

    1. Noor says:
      July 2, 2017 at 12:40 am

      Awwwwwwhhh..Tutee..u r so sweet …varah ufaavejje mihaa loabi commenteh kiyaalan libunyma

  6. Adha? says:
    July 2, 2017 at 12:31 am

    Omg! Yool annehka falki aa marry kuran e ulheny badhalu hifumuge gothun baa! Varah furihama nd varah suprising mi part.. waiting for next part ?❤??

    1. Noor says:
      July 2, 2017 at 12:41 am

      Hama asluves varah ufaavey mikahala comment kiyaalevunyma…thanx dear..

  7. AKI says:
    July 2, 2017 at 12:34 am

    gadhakamun ves falak n yool marry kuruvaathi … v reethi next part avahah up kohla dheebaa pls

    1. Noor says:
      July 2, 2017 at 12:43 am

      Thanx AKI..Will try dear..??

  8. sam♥ says:
    July 2, 2017 at 12:48 am

    wow♡♡♡

    1. Noor says:
      July 2, 2017 at 12:52 am

      Thanx sam..??

  9. khajja says:
    July 2, 2017 at 12:48 am

    Oh wow masha allah v rythi v touching alhey falak ah dheragothennahadhah chey look kaivenyah ehikan zeel ah engunyma bunaane nama ekanthah kury shaibaa aa zeel raavaigenney dhw?? ekamves stry v v v rythi I luv it?? thanks 4 the luvly stry noor kon irakun nxt prt waiting n gud nyt❤❤❤❤???????

    1. Noor says:
      July 2, 2017 at 12:54 am

      Thanx 4 the lovely comment Khajja..u r always wc dear..In sha Allah Tuesday..

  10. Reen says:
    July 2, 2017 at 12:53 am

    Vaahaka v reethi konirakutha next part up kola dheynee avaha up kola dheebala pls pls pls

    1. Noor says:
      July 2, 2017 at 12:56 am

      Thanx Reen.. in sha Allah Tuesday…

  11. Andoo says:
    July 2, 2017 at 2:39 am

    Mee mihaathanah kiyaa emme touching n exciting vaahaka…hama asluves Noor this story is really nice. Feels like watching a movie!!

    1. Noor says:
      July 2, 2017 at 7:42 am

      Thanx for the lovely comment Andoo..❤❤❤

  12. Mathoo says:
    July 2, 2017 at 3:42 am

    Wowww… Its amazing.???
    Waiting for nxt part

    1. Noor says:
      July 2, 2017 at 7:43 am

      Thanx Mathoo..❤❤❤

  13. HARLEY quinn says:
    July 2, 2017 at 5:59 am

    woww, waiting for next episode…
    keep up the good work

    1. Noor says:
      July 2, 2017 at 7:44 am

      Thanx HARLEY quinn..❤❤❤

  14. Xxxx says:
    July 2, 2017 at 7:01 am

    Woooooowww???? amazing as usual☺?keep it up

    1. Noor says:
      July 2, 2017 at 7:44 am

      Thanx Xxxx..❤❤❤?

  15. sheen says:
    July 2, 2017 at 7:48 am

    nice waiting 4 the next part

    1. Noor says:
      July 2, 2017 at 8:07 am

      Thanx sheen

  16. Layaa says:
    July 2, 2017 at 8:01 am

    Ohh yess yool vaane konnehenvess thukankuran

    1. Noor says:
      July 2, 2017 at 8:07 am

      Hehe…dho Layaa..

  17. Afee says:
    July 2, 2017 at 8:29 am

    V v reeethi??

    1. Noor says:
      July 2, 2017 at 8:32 am

      Thanx Afee..???

  18. Naz says:
    July 2, 2017 at 8:30 am

    Aslu vvv salhi.miss my life

    1. Noor says:
      July 2, 2017 at 8:34 am

      Asluves tha….i will try to bring a happy ending dear…???

  19. Mishy says:
    July 2, 2017 at 8:58 am

    Afeefage majuboorun falky ekaivenyah inkaarukuria nudhehchey. Gina story thakuga vany egothah. Plz. Loabiva dhemyhun , rulhiaisgen indhegen ulhey story v reethi. Mi vaahaka heekuri gothah nuve misraabu enburigen dhiya goii v nice.

    1. Noor says:
      July 2, 2017 at 9:04 am

      Thanx Mishy…hope u will like upcoming parts too..❤❤❤

  20. Juvey says:
    July 2, 2017 at 10:10 am

    Wow wow v nice mi part ..???????

    1. Noor says:
      July 2, 2017 at 10:50 am

      Thanx Juvey..❤❤❤❤

  21. Ilha says:
    July 2, 2017 at 10:11 am

    Whoooow v reethi waiting for next pirt ???????

    1. Noor says:
      July 2, 2017 at 10:51 am

      Thanx Ilha..❤❤❤❤

  22. Mona says:
    July 2, 2017 at 10:31 am

    Alhey tuesday v ma haadha lahey…cant wait…monday ga up kuran v nun…plx plx plx

    1. Noor says:
      July 2, 2017 at 10:53 am

      Dear ur request is noted…In sha Allah Monday night around 12 i will up the 8th part..❤❤❤

  23. Chum handi says:
    July 2, 2017 at 11:12 am

    alhey….. vrh reeethi….. ekam yool ah bust kohlabala shaibaa gandaa zeel gandu ge vaahaka… i just hate them…. thenn yool ves falky aa marry kohfa aniyaaa kuraanee kanneynge…. anyways, wating….

    1. Noor says:
      July 2, 2017 at 11:44 am

      Thanx chum handi..happy to c ur comment dear..❤❤

  24. song joong ki..KOREAN says:
    July 2, 2017 at 12:44 pm

    wow noor! story is amazing, asluvx vvvvv reethi. v different mi story. keep it up, waiting for the nxt part

    1. Noor says:
      July 2, 2017 at 1:02 pm

      Ohh reallyy..thanx song joong ki..KOREAN.???

  25. ReeXa says:
    July 2, 2017 at 1:38 pm

    Wowwww

    1. Noor says:
      July 2, 2017 at 2:07 pm

      Thanx ReeXa..❤❤❤

  26. Neel says:
    July 2, 2017 at 1:44 pm

    Noor storythah vvv reethi yool n falky

    1. Noor says:
      July 2, 2017 at 2:08 pm

      Thanx Neel..happy to know that dear..❤❤❤

  27. nonns says:
    July 2, 2017 at 1:51 pm

    Haha. Adhi kiriya kiyaalevey varu mivee. Addhhe mi vee kihineiy. Yool ves haadha evil ey dhw aslu. And komme gotheh viyas edhe meehun marry kuranikoh ok

    1. Noor says:
      July 2, 2017 at 2:09 pm

      Haha…thanx nonns…happy to c ur comment dear..❤❤❤

  28. Falak says:
    July 2, 2017 at 2:26 pm

    Aaawww maaay gaaadd????❤❤❤❤
    Warah reethi mi part vss.. ??
    Falak ah vs dhaskohdhen vnun waahaka liyan ?❤❤ warah reethi ??????

    1. Noor says:
      July 2, 2017 at 2:36 pm

      Awwwhh..thank Falak..varah ufaavey thikahala sweet kiyun therinnaa dhimaavaathy…❤❤❤❤❤

  29. Uuyuu says:
    July 2, 2017 at 2:27 pm

    Alhe mirey next part gemesdhyba dhen kethehnuvaane

    1. Noor says:
      July 2, 2017 at 2:39 pm

      Ohh dear..i cant promise…liyevuniyyaaup kohdheynan..

  30. Eekko says:
    July 2, 2017 at 2:49 pm

    Wow vvv salhi???.. waiting for next part…

    1. Noor says:
      July 2, 2017 at 3:11 pm

      Thanx Eekko..❤❤

  31. merr says:
    July 2, 2017 at 3:42 pm

    Varah reethi. Alhe falak ge kusheh neih kan yool ah avahah anga bala

    1. Noor says:
      July 2, 2017 at 3:48 pm

      Thanx merr…he will know dear…❤❤❤

  32. Ainth says:
    August 18, 2017 at 10:40 pm

    Masha Allah. Thy molhu vaahaka liyun thrieh.

Comments are closed.

Next Episodeމިލްކު ކޮށްލީ ހިތޭ…….08←


All Right Reserved!