Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 10ވަނަަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 15, 2017 3 Mins Read
46 Comments

ސްކޫލްގެ ފުރަތަމަ ދުވަހަށްވުމުން މާގިނަވަގުތަކު ސްކޫލްގައި ހޭދަކުރާކަށް މަލާކްއަށް ނުޖެހުނެވެ. ނަމަވެސް ކުލާހުން ނިކުމެ ނިކުމެ ހުރި މަލާކް އަށް ހުއްޓެވުނީ މާހިލްއައިސްް ކުރިމައްޗަށް އެރީމައެވެ. ކަޅިޖަހާނުލައި މާހިލް ބަލަންފެށުމުން މަލާކް އަށް ކިތަންމެ އުނދަގުވީނަމަވެސް އެއްޗެއްނުބުނެ ހިނގައިގަތީ ބޭރަށް ދާށެވެ. “މަލާ.. މަޑުކޮށްލެވިދާނެތަ..” މާހިލް ގެ މަޑުމައިތިރި ގޮވުމުން މަލާކް އަށް ހުއްޓިލެވުނީ އިޙްތިޔާރަކާއެކު ގައެއްނޫނެވެ. “މަލާ.. އަހަންނަށް މާފްކުރޭ.. އަހަރެން ގަސްތަކުނޫން.. އެރޭއެހެންހެދީ.. އެކަމަކު އެގޮތަށް ކަންތަށް ކުރެވެމުން މިއަދު އަހަންނަށް ކުއްވެރިކަން އިހްސާސްވޭ.. އިނގޭތަ އަހަރެެންގެ ޖީއެފް އެއްހުރޭ.. މިއަދު އަހަރެން ބޭނުމީ މަލާގެ އެކުވެރިކަން ވެދާނެތަ..” މާހިލް ހުރިހާވާހަކައެއް އެއްފައްޗަކަށް އަމުނާލުމުން މަލާކް “މާފްކޮށްފިން.. ” ބުނުންފިޔަވާ އެއްވެސް އެއްޗެއް ނުބުނެ އަވަހަށް ހިނގައި ގަތެވެ. މާހިލް ކަރުއެލުވާލާފައި ކުލާހަށް ވަނީއެވެ.

ގެެއަށް އައިސްވަނުމާއެކު މަލާާކްއަށް ކުށެއް ކުރެވުނުކަމުގެ އިހްސާސްވާންފެށިއެވެ. މާހިލް އެހާރީއްޗަށް ވާހަކަ ދެއްކުމުން ވެސް އެގޮތަށް ކަންތަށް ކުރެވުނީމައެވެ. ހިޔާލަށް ގެއްލިފައި އިންދައި ފޯނަށް މެސެޖްއެއް އައި އަޑުއިވުމުން ހަމަރަނގަޅަށްވެސް މަލާކް ސިހުނެވެ. އެމަންޒަރު ދުރުގައި ބަލަން ހުރި މިޝާގެ ހޭންފެށުމުން މަލާކްގަތީ އަމަށަކު ލަދެއްނޫނެވެ. ” ދެން އަޅެކުޑާ ހަމަ ހަމަަ ހީ ފާނޭ..” މަލާކް މޫނުހަދާލަމުން ބުނެލިއެވެ. ” ނުހެވޭނެތަ އަޅެމީހަކަށް.. މެސެޖްއެއް އައީމަވެސް މީހާ ތެޅިގަތްއިރު ހީވަނީ ކަރަންޓް ޖެހުންހެން ވީޔާ..” ހިނިގަނޑު މަތަކުރަމުން މިޝާ މަލާކުކައިރިއަށް އަންނަމުން ބުނެލިއެވެ. ” ދޭމަލްކޮ ޗޭންޖްކޮށްލައިގެން ފްރެޝްވެލައިގެން ނަމާދު ކޮށްލައިގެން އަންނަން.. މިހާރު ބައްޕަވެސް އަންނަން އުޅޭނެ.. އޭރަށް ކުޑާ ކާން ރެޑީކޮށްލާނަން..” މިޝާ މަލާކްކައިރީ އެހެންބުނެފައި ދިޔައީ ބަދިގެއަށެވެ.

“ހެއި .. ލޯބި މަލް މަލް.. ކިހިނެއްތަ.. މިއަދުކިޔެވުން ރަނގަޅުތަ.. ” ފޯނަށް އެވަގުތުއައިމެސެޖް މަލާކްއަށް ކިޔާލެވުނީ ނަމާދުކޮށް ހަދައިގެންނެވެ. އަރޫންގެެ އެލޮބުވެތި މެސެޖްއިންވެސް މަލާކްގެ މޫނުމަށްޗަށް ދިޔައީ ޖަންބުކުލަ އަރައިގެންނެވެ. މަލާކް އަވަހަށް މިއަދުވީ ކަންތައްތައް ލިޔެ ރިޕްލޭކޮށްލާފައި ނިކުތީ މިޝާ ކާން އައުމަށް ގޮވާންފެށުމުންނެވެ.

ކާމޭޒުދޮށުގައިވީ ހަމަހިމޭންކަމެވެ. ނަމަވެސް އެގޮތް މިޝާއަށް ކަމަކުނުދިޔައެެެވެ. ” ބައްޕައަށް އެނގިލައްވާތޯ.. އަންނަހަފްތާގަ ދޮންތަމެން މިކޮޅަށް އަދޭ.. މިހާރު އެމީހުންތިބީ އިޓަލީގަ ދޮންތަބެގެ މަންމަކައިރީ..” “އެހެންތަ .. ބައްޕަ އަށް އަދި މިއަދުމިއުޅެނީ ދޮންތައަށް ގުޅާނުލެވިގެން.. ކޮންއިރަކު ދަރިފުޅުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު އޮތީ..” ހިޝާމްވެސް މިޝާއާއި އެއްބައިވެ ވާހަކަ ދައްކަންފެށިއެވެ. “ގްރެޖްއޭޝަން ދެއްތޯ.. އެވެސް އަންނަ ހަފްތާގަ އެބައޮތް .. އަޅުގަނޑު އެއަށްވުރެ އުފާވެރިހަބަރެއް ދެއްވަންތޯބައްޕައަށް.. ” ފުޅާހިނިތުން ވުމަކާއެކު މިޝާއެހެންބުނުމުން މަލާކްއަށް ވެސް އެކަމަށް ސަމާލުކަން ދެވުނެވެ. “ބައްޕަގެ ކުޑާ އަވަހަށްބުނޭ.. ” ” އަޅުގަނޑަށް އޭޑީކޭ އިން ވަޒީފާ ހަމަޖެހިއްޖެ.. ޝަމާލް މިކޮޅުގަ ހުރިއިރު ތުންތޮންބެއާއެވާހަކަ ދެއްކީމަ އަޅުގަނޑަށްވެސް އަންގާނުލާ ތުއްތޮންބެ އެޕްލައިކުރީ.. ކުރީދެފަހަރުވެސް ކޯހުން އެއްވަނަ ލިބިފައޮތީމަ އެހާ ފަސޭހައިން ފަޒީފާ ހަމަޖެހުނީ..” މިޝާގެ އެވާހަކައިން މަލާކްއަށްވެސް ހިމޭނުން ނުއިނދެވުނެވެ. “ކޮންގްރާ ކުޑާ” އޭބުނެ ބައްދާލީ ވީއުފަލެއްގެ ބޮޑުކަމުންނެވެ.

ދުވަސްތައް މަޒީއާއިއެކުވެ އެއްމަސް ވެގެންދިޔައިރު ދުވަހެއް ދުވަހަކަށް އަރޫން އާއި މަލާކްގެ ގުޅުންވެސް ދިޔައީ ވަރުގަދަވަމުންނެވެ. ހަމައެގޮތަށް މިހާރު މަލާކް މަޑުމަޑުން މާހިލްއާއިވެސް ވާހަކަ ދައްކައެވެ. މާހިލްރައްޓެހިވެގެން އުޅޭކުއްޖާވެސް މަލާކް އާއި ވަނީ މިހާރު ގާތްގުޅުމެއް އުފައްދާފައެވެ. އެއްސްކޫލެއްގައި އުޅުން ކަމުގައިވިޔަސްް ލީޝާއަކީ ގްރޭޑް ނުވައެއްގައި އުޅޭ ދަރިވަރަކަށް ވުމުން މަލާކްއާ ގިނައިން ދިމާވަނީ ލައިބްރަރީންއެވެ. މިއަދުވެސް ލީޝާ ލައިބްރަރީއަށް ދިޔައީ މަލާކްއާއި ބައްދަލްކޮށްލުމިގެ ނިޔަތުގައެވެ. އޭރު މާހިލްއާއި މަލާކްތިބީ ފިލާވަޅަކަށް ގެއްލިފައެވެ. އެއްކުއްޖަކަށްނޭންގޭ އެއްޗެއް އަނެއްކުއްޖަކަށް އޮޅުންފިލުވާދެއެވެ. މިހާރު އެކަން އާދައަކަށް ވެފައިވާތީ ލީޝާވެސް އެކަމާ މާކަންބޮޑެއްނުވެއެވެ.

ގޭތެރޭގައި އެކަނި ދެކޮޅަށް ހިނގާލާ ހިނގާލަހުރި ބަލްޤިސް މިރޭވެސް އިންތިޒާރުކުރަމުން އެދަނީ އެއްކަލަ ޒުވާނާއަށެވެ. މިރޭވެސް އޭނާ އަށް އާހަބަރެއްލިބޭނެތީކަން ގައިމެވެ. ސަމީހުއައުމުން އެހެން ގެއަށް މީހުންގެނެވެން ނޯންނާނެކަން ބަލްޤިސްއަށް އެނގެއެވެ. ނަމަވެސް އޮފީސްކަމެއްގަ ކަމަށްބުނެވެސް ހަބަރުތަށް ހޯދުމަށް އެޒުވާނާއެގެއަށް ގެންނަން ބަލްޤިސްހުރީ ފައިވިއްދާލާފައެވެ.

ފެބްރުއަރީމަސް ފެށުމާއެކު ޖަޒްލާން ވެސް ކެތްތެރިކަމެއްނެތި ތިޒާރުކުރަމުން ދިޔައީ ބިންޔާއާއި ބައްދަލްވާނެ ދުވަހަކަށެވެ. އޭނާ ފުރީއެއްވެސް މީހެއް ކައިރީބުނެ ނުލައެބވެ. ބޭނުންވީ އެކޮޅުގައި ތިބިމީހުނަށް ސަޕްރައިޒްދޭށެވެ. ކަންވީވެސް އެހެނެވެ. ނަމަވެސް ސަމީހުގެ އެހީތެރިކަމާ އެކުގައެވެ. ޖަޒްލާން އަށް އެއަރޕޯޓްއިން ނިކުމެވުނީ ސަމީހުގެ ކުރިމައްޗަށް ކަމުން އެކަން އޭނަ ސިއްރުކޮށްދިނީ ލޯބިވާދަރިފުޅުވެސް އުފާކޮށްދިނުމަށެވެ.

އެރޭވަގުތެވެ. ” ބައްޕާ މިއަދު ހާދަލަސްވަނީ ބޭރުގަ.. އަވަހަށް އާދޭ އަޅުގަނޑުމެން މިއުޅެނީ ކާންވެގެން.. ” އަރޫން ވާހަކަދެއްކީ އޭޭނާގެ ބައްޕަ ސަމީހުއާއެވެ. “ހަމަޖެހޭދަރިފުޅާ މިހާރުދެން މިދަނީގެއަށް .. ކާންވާނީ ބައްޮަވެސް ދިޔާމަ އިނގޭ.. ކޮބާ ކޮއްކޮ..” ” ކޮއްކޮ އެބައުޅޭ ކެއުން ތައްޔާރުކޮށް އަޅުގަނޑުވެސް މިނިކުންނަނީ..” އަރޫން އެހެން ބުނުމާއެކު ސަމީހު  އަވަހަށް ފޯންކަނޑާލުމާއެކު ބެލްޖަހާލީ ހަމަޔަޤީނުންވެސް މިގަޑީގައި ދޮރުހުޅުވާނީ ބިންޔާކަން އެނގުމުންނެވެ. ކާންހަދައި ނިންމާލުމަށް ފަހުއައިސް ސިޓިންގްރޫމްގެ ސޯފާގައި އިށީން ބިންޔާ އަށް ބެލްޖަހާއަޑު އިވުމާއެކުބައްޕައައީކަން އެނގުނެވެ. އަވަހަށް ގޮސް ދޮރުހުޅުވާލުމާއެކު ދެލޯބޮޑުވެގެން ދިޔައީ ކުރިމަތީގައި ހުުރި ޖަޒްލާންފެނުމުންނެވެ. އުފަލުން ހަޅޭލަވައިގަނެވުނީ ގޭތެރޭގައި ދެންތިބިމީހުންވެސް ބިރުގަންނަވަރަށެވެ. ” ކިހިނެއްވީ.. ” “ކިހިނެއްވީ އަނެއްކާ ކޮއްކޯ.. ” ޝަމާލްއާއި އަރޫން އަށް އެކުއެކީގަހެން އައިސް އަހާލެވުނީ މީގެކުރިން ނީވޭ އަޑެއް އިވުމުންނެވެ. އޭރު ޖަޒްލާންއާއި ސަމީހުއެކުއެކީގަހެން އެތެރެއަށް ވަންނަނީއެވެ. “ހޭޑޫޑް.. މޯދޯމިވީގޮތަކީ.. ” އަރޫން އައިސް ޖަޒްލާގަި ބައްދާލުމާއެކު ވާހަކަ ދެއްކިއެވެ. ހަމައެގޮތައް ޝަމާލްވެސް ޖަޒްލާންއަށް މަރުހަބާކިިއެވެ. އެންމެން އެކީގައި ކާންތިބީ ލިބުނި އިތުރު މެހެމާނާއާއި ތަފާތު ވަާހަކަތައް ދައްކަމުންނެވެ. ” ބައްޕަބުނިން މިތާގަ ހުންނަން އެހެންވެ ޖަޒްލާން އިތުރުތާކަށް ނުދިޔައީ.. އެންމެރަނގަޅުތަ.” ސަމީހުގެ މިވާހަކައިން ހުރިހާ އެންމެންގެ މޫނުމައްޗަށް ވެރިވީ އުފާކަން ފެނި ސަމީހުއަށްް އޭގެ ޖަވާބުލިބުނެވެ. ” ޖަޒްލާން އާއި އަހަރެެން ރޫމް ޝެއަރ ކުރަން ހަމަރެޑީ.. އެއީ އަހަރުމެންދެމީހުން އެކައްޗެއް ކިޔަވަންޔާ ސްޓަޑީކުރަންވެސް ފަސޭހަވާނެއްނު.. ” ޝަމާލްގެ ހިޔާލަށް އަރޫން ވެސް ތާއީދުކުރީ އެހެން ގޮތެއްނެތުމުންނެވެ. ހުދުއޭނާވެސް ހުރީކޮޓަރި ހިއްސާކުރަން ތައްޔާރަށެވެ.

އެރޭގެ ކެއުން ނިންމާލުމަށްފަހު އަރޫން ކޮޓަރިއަށްވަނީ މަލާކްއަށް ގުޅާލުމަށެވެ. ހަމައެގޮތަށް ޝަމާލްވެސް މިޝާގެ ހަބަރެއްބަލާލުމަށް ދިއުމުން ސަމީހު ބިންޔާ އާއި ޖަޒްލާން ކައިރީ ވާހަކައެއް ދެއްކުމަށްބުނެ ސޯފާގައި ޖައްސާލިއެވެ. ދެކުދިންވެސް ކިޔަމަންތެރިކަމާއެކު ތިބީ ބައްޕަދައްކާ ވާހަކަ ކަނުލާ އަޑުއަހާށެވެ. ސަމީހު އަރޫންއަށް ކިޔާދިންގޮތައް ހުރިހާވާހަކައެއް ބިންޔާއަށްވެސް ހިއްސާކުރިއެވެ. ލޮލުން ކަރުނަ ނުހިކޭ ހާލު ޖަޒްލާންގެ ކޮނޑުގައި ބޯއަޅާލައިގެން އިންް ބިންޔާއަށް ބައްޕަގެ މަޖުބޫރީ ހާލަތަށް ވެސް ވިސްނުނެވެ. ” ދަރިފުުޅާ މިހުރިހަ ވާހަކައެއް ބައްޕަ ދޮންބެއަށްވެސް ކިޔާދިނިން.. އެހެންވެ ދޮންބެވެސް ދަރިފުޅިމިކޮޅަށް ގެންނަން ބޭނުންވެފަ ހުއްޓަ މިގޮތައްމިދިމާވީ..” ސަމީހުގެ އަޑުބެދޭގޮތްވާން ފެށުމުން އަވަހަށް ފެންތައްޓެއް ގެނެސްދިނީ އެމީހުނަށް ނުފެންނާނެހެން އަޑުއަހަންހުރި ޝަމާލްއެވެ. ހުރިހާވާހަކައެް ހިއްްސާކުރުމަށްފަހު ސަމީހު ބޭނުންވީ ވީއެންމެ އަވަހަކަށް ރާއްޖެ ދިއުމަށެވެ. ހަގީގަތުގައި މިހުރިހާދުވަހު އޭނާ މަޑުކުރީވެސް ޖަޒްލާން އައުމުން ދާންވެގެންނެވެ.

އެރޭނިދަން އުޅެއުޅެ ބިންޔާއަށް ނުނިދެއެެެވެ. ކުރީގެ ހަންދާންތައް އާވަނީއެވެ. ބައްޕަގެ ހާލަށްވިސްނެނީއެވެ. މަންމައެއީ ކޮންކަހަލަ އިންސާނެއްބާއޭ ހިތައްއެރުމުން އިތުރަށް ރޮވޭގޮތްވަނީއެވެ. ނަމަވެސް އެކަމުގައި ބައްޕަގެ ކުށެެއްނެތްކަން އެނގުމުން އެބައްޕައަށް މާފްކުރީ ހެޔޮހިތުންނެވެ. ބައްޕަގެފަރާތުން ލިބުނު ލޯތްބާއި އަޅާލުުމުން ދޮންބެގެ ލޯބިވެސް ިިއަދު އޭނައަށް ލިބުނީތީ ހިތާހިތުން ޝުކުރުވެވުނީ އޭގެ އިންތިހާއަށެވެ.

އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މަލާކް އާއި މާހިލް މިހާރު ހުރިހާ ފިލާވަޅުތައްހަދާ ގްރޫޕްސްޓަޑީ ހެދުން ވަނީ އާދައަކަށް ވެފައެވެެ. މީރާންމެން ވެސް އައުމާއެކު ގިނައިން މަލާކްމެންގެއަށްވެސް މިހާރު މާހިލްދަނީ މަލާކްގެ ވެސް ރުހުމުގައެވެ. ބައެއްދުވަސްދުވަހު ލީޝާވެސް ގޮވައިގެންނެވެ. ލީޝާވެސް މިހާރު އެގޭމީހުނާާ ގާތްކަމެއްއުފެދިފައި ވެއެވެ.

މިހާ އަމާން އޮމާން ކަމާއެކު ދުވަސްތައް ފާއިތުވަމުން ދާއިރު އެއްވެސްމީހަކަށް ކުރިއަށް އޮތް ތޫފާންގެ އެއްވެސް ކަމެއްނޭންގޭކަހަލައެވެ. އެތޫފާނުގައި ގެއްލުންވާނީ ކާކަށް ކިހިނެއްކަމެއްވެސް ނޭންގޭކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ދުރުގައިވިޔަސް…26 ވަނަ ބައި

Next

ކަކުނި 25

Next
June 15, 2017

ކަކުނި 25

Previews
June 15, 2017

ދުރުގައިވިޔަސް…26 ވަނަ ބައި

46 Comments!

  1. Unknown says:
    June 15, 2017 at 8:24 pm

    Yay me first dhww?

    1. Layaa says:
      June 15, 2017 at 8:37 pm

      Haha yess .. my dear unknown first ?

  2. Neekko says:
    June 15, 2017 at 8:25 pm

    alhey haadha kurukoh….. bt stry is awsm…….. curious to read next part…….????

    1. Layaa says:
      June 15, 2017 at 8:40 pm

      Assluvess kurudhw.. ehenvess vaane baehfaharu hama time nuvegen nuliyevunee.. Bt upkohdheyn bunaadhuvahah upkohladheynvegen.. kuruvee mibai.. insha Allah dhenfaharakun dhigguvaane? btw thank you dear Neekko??

  3. hajja says:
    June 15, 2017 at 8:29 pm

    V reethi mi part ves

    1. Layaa says:
      June 15, 2017 at 9:44 pm

      Thank you dear hajja ??

  4. m says:
    June 15, 2017 at 8:30 pm

    hey me first dhww

  5. m says:
    June 15, 2017 at 8:30 pm

    noon third dhww… hehe

    1. Layaa says:
      June 15, 2017 at 8:41 pm

      Asslugaves 3rd ? dhenfaharakun first dhw..?

  6. Adha? says:
    June 15, 2017 at 8:33 pm

    Mi maahil nuvaane dhuvahaku rangalheh.. ?varh heevey maahil malaa ah dhera gotheh hadhaafaanehen…? varah reethi mi part ves ekam kuruhen heevey dw?? Waiting for next part..??

    1. Layaa says:
      June 15, 2017 at 8:43 pm

      Awn thank you dear adha .. ? assluvess kuru. Ekamaku hama dhedhuvahun ehdhuvahu yageenunves upkuran bunefa otheema konmehenvess mid up Kohleee ?

  7. ?? says:
    June 15, 2017 at 8:43 pm

    Rythi… btw haadha kurey next miahvure dhigu kohlachey. Ithoo sis liyaavarah vaahakaige dhigu min behehtiyyaa varah ufaa kuran. Mi story genesdhyfa hurigoi varah rythi. Wish u da best..?

    1. Layaa says:
      June 15, 2017 at 8:46 pm

      Alhey than you so much dear.. ithoo ge fan eh layaa akeevess ? evarah dhigukoh nugenessdhevidhaane faharuga Bt miahvure dhiguvaane dhen pi part ???

  8. yaanaa says:
    June 15, 2017 at 9:25 pm

    Layaa varah reethi mi story I love it?

    1. Layaa says:
      June 15, 2017 at 9:45 pm

      Thank you my dear .. thanks alotx for the lovely comment.. ??

  9. Aishath says:
    June 15, 2017 at 9:44 pm

    Varah salhi ingey story….layaa…i love it

    1. Layaa says:
      June 15, 2017 at 9:47 pm

      Thank you dear Aishath .. thankyou so much.. ???

  10. ??? says:
    June 15, 2017 at 10:01 pm

    Layaa haadha ragalhey adhi nukiyaa miulheniii

    1. Layaa says:
      June 16, 2017 at 5:26 pm

      Ehentha ?avahah kiyaalaa ingey?

  11. Robin says:
    June 15, 2017 at 10:10 pm

    As usual mi part ves varah reethi?❤…dhn anna part kiyaalaa hithunn mi hunnany☺☺❤

    1. Layaa says:
      June 15, 2017 at 10:19 pm

      Awn thank you dear robin ??

  12. ??? says:
    June 15, 2017 at 10:16 pm

    Vvv rythi mibaiii vess

    1. Layaa says:
      June 16, 2017 at 5:27 pm

      Thank you my dear ??

  13. sam♥ says:
    June 15, 2017 at 10:31 pm

    alhe layaa aroon n malaa dhuru nukurahchey plx plx plx … stry hama perfect igey .. swt. lovely ♥ ..cute.. ahhaah … really stry v lovely igey ♥♥♥♥.waiting next part .. thank u layaa …

    1. Layaa says:
      June 15, 2017 at 11:18 pm

      Thank you dear sam♥ .. thanks for the lovely comment. . V happyvejje..??

  14. Some one says:
    June 15, 2017 at 10:51 pm

    V salhi! Hama waiting for nxt prt?

    1. Layaa says:
      June 15, 2017 at 11:19 pm

      Thank you my dear some one ??

  15. §ama? says:
    June 15, 2017 at 10:54 pm

    Love it❤

    1. Layaa says:
      June 15, 2017 at 11:21 pm

      Thank you dear §ama? ?

  16. kiaara says:
    June 16, 2017 at 12:30 am

    Speechless…? ekam dhn malaa ahh dhera gotheh nuhadhahche…. ?❤

    1. Layaa says:
      June 16, 2017 at 11:57 am

      Awwn thanks a lotx .. my dear kiaara .. ??

  17. nonns says:
    June 16, 2017 at 12:40 am

    Wow mi part ves hama varah reethi. Ekam next part dhigu kolla dhechey darling. And can somebody go and tell malaak that maahil is gonna ruin her life. Cox I cannot bear to see malaak and aroon seperate vaathan.

    1. Layaa says:
      June 16, 2017 at 11:52 am

      Insha allah dhenoi part dhiguvaane.. ly .. ? thank you dear nonns ?

  18. Aai says:
    June 16, 2017 at 12:10 pm

    Vv reeth layaa dhooni ??????

    1. Layaa says:
      June 16, 2017 at 1:01 pm

      Thanks dear aai??

  19. Zyth says:
    June 16, 2017 at 12:51 pm

    10 part genes dhin iru hurihaa parteh vx hama ehaa kuru bt komme partrh ge vx comment kuraa iru buney dhn inna part dhigukohlaanamey. ekam vaadhigeh noave. dhn vaahaka genesdhenyaa vx dhigukon genes dhineema dhw kiyun theringe support vx libeyni. vaahaka avahah nimidhaanethy dhw kuru kon up kurani..

  20. Sinaa says:
    June 16, 2017 at 4:14 pm

    Vrh laobi mi prt vx ??

    1. Layaa says:
      June 16, 2017 at 5:28 pm

      Awwn thankyou my dear sinaa ??

  21. Book Lover says:
    June 16, 2017 at 5:01 pm

    Hi Layaa!!! Kihinetha???
    Mi Shamaal ah ehen meehun foruvan ulhey hurihaa kameh feney dhooo!!! Pispis pis!! Yageen e Mahil e ulheny malaak ah kommeves gotheh hadhan vegen!!?? Mi part ves vvvvv reethi ingey Layaa…!!! Next part ah hama wait kureveny curious vaa varun!!! Waiting….??

    1. Layaa says:
      June 16, 2017 at 5:31 pm

      Alhey book lover ehaa maahil ah dheranukohbala ? hehe btw shamaalge hama boabodee dhe?, thank you dear book lover ly ??

    2. Book Lover says:
      June 16, 2017 at 8:58 pm

      yeah…ly too…Mahil dhrke foohi vey vvv aslu kohves!! Huh!!??

  22. Loabi kujja says:
    June 16, 2017 at 8:20 pm

    Salhi ingeyy varah layaaaaaa..next part kn irakuntha alhe??

    1. Layaa says:
      June 17, 2017 at 4:03 pm

      Thankyou dear loabi kujja ?

  23. Anonymous says:
    June 17, 2017 at 2:43 pm

    When next part

    1. Layaa says:
      June 17, 2017 at 4:04 pm

      Insha allah mirey

  24. Mysha says:
    June 18, 2017 at 4:12 pm

    Alhe mibaives vvvvvvvvvv reethi maasha allah……..

Comments are closed.

Next Episodeމަލާކް… 11ވަނަބައި←


All Right Reserved!