Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 22

ShaiShy Level 410 Stories100 Comments500 Comments
June 5, 2017 12 Mins Read
75 Comments

އެއަޑުގައި ހުރި ބާރަކުން އެރަށުގައިވާހާ ރުއްގަހެއް މުލުން ލުހިގެން މައްޗަށް އަރައިގެން ގޮސް ތިރިއަށް ފައިބައިގަތީ ނާމާން ގޮތަކަށެވެ. ހަމަ އެވަގުތު ކަނޑުގެ އަޑިން ފޮނުގަނޑެއް ކައްކާލުމަށްފަހުު ބޮޑު ކަކުނި ބައިގަނޑެއް އެރަށުގެ ގޮނޑުދޮށަށް ބީއްސާލިއެވެ. އެކަކުނިތަކުގެ އަމާޒު ހުރީ ޒިއަދަން ހުރި ގެއާ ދިމާއަށެވެ. އެއްވެސް އިތުރު ދިރުމެއް ނުވާ އެފަޅު ރަށުން އިވެނީ ބުޅާގޮވާ ފަދަ ނާމާން އަޑެކެވެ. އެހެން ނަމަވެސް އެއަޑު އަންނަނީ  ކޮންދިމާއަކުން ކަމެއް ނޭނގެއެވެ.

 

***

އޭޑީކޭ ދޮރުމަތީގައި އާދަޔާ ޚިލާފަށް މީހުން އެއްވެގެން އުޅުނެވެ. ކޮންމެ މީހަކުވެސް ފޯނު ނަގައިގެން އެންމެ ފޮޓޯއެއް ނަމަވެސް ނެގޭތޯ މަސައްކަތް ކުރަމުންދިޔައެވެ. މިއީ އަދުގެ ހާލަތެވެ. މީހަކު ކަނޑުވެގެން އުޅޭތަން ފެނުނަސް އެންމެ ފުރަތަމ  މީހުންްަ ބަލާނީ އެމަންޒަރު ފޯނުގައި ރައްކާ ކުރެވޭތޯއެވެ. އެމްބިއުލާންސްގެ ދޮރު ހުޅުވާލުމަށްފަހު އޭގެތެރެއިން ނެރުނު އެނދެއްގައި ދެލޯ މެރިފައި އެއޮތީ ހުސްނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ގައިމަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު ތެމިފައިވަނީ ލެއިންނެވެ. އެންމެންގަނޑުގެ ތެރެއިން އީތަންވެސް އޭނަގެ މަންމަގެ ފަހަތުން އެތެރެއަށް ވަނެވެ. އީތަންގެ ކޮނޑުމަތީގައި އިން ކުޑަ ބާޒު ވަނީ އެހެންމީހުންގެ ލޯތަކަށް ފޮރުވިފައެވެ. އީތަން ދުވަމުންގޮސް އިމަރޖެންސީރޫމުގެ ދޮރުމަތީގައި ހުއްޓުނެވެ. އެތަނުގައި ތިބި ގިނަބައެއްގެ ލޯ އަމާޒުވެފައިވަނި އީތަންއަށެވެ.ހަމަ އެކަނި ސޯޓް ބުރިއެއްގައި ހުރި އީތަންގެ އެކަސްރަތި ހަށިގަނޑުން އެތަނުގައި ތިބި ގިނަ އަންހެން ކުދިންގެ ހިތް ފަތަހަ ކޮށްލިއެވެ. އެއްދުވަސްވަރެއްގައި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއިން ގިނަ ބަޔަކަށް އެމޫނު ފާހަގަކުރަން އެނގުނެވެ. ބައެއް މިހުން ސިއްރުވެރި ވާހަކަތަކެއްވެސް ދެއްކިއެވެ.އީތަން އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތި ދޮރުމަތީގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރީ ކެތްތެރިކަމެއް ނެތަ ހާލުގައެވެ. “ސާހިބާ! ކައިޝާ ހޭއަރައިފި..ހާސްވެ ކަންބޮޑުވެފައި އިނީ..ކިހިނެއްތޯ ހައްދަވަންވީ؟” އީތަންގެ ކޮނޑުމަތީގައި އިން ބާޒުގެ ތުން ތަޅުވާލިއެވެ. އެއެތީގެ އަމިއްލަ ބަހުރުވައަކުން ބުނެލި އެވާހަކަ އީތަންއަށް ފަހުމް ވިއެވެ. އީތަން ކަންބޮޑުވިއެވެ. މަންމަ އެކަނި ދޫކޮށްފައި ދެވޭކަށްނެތެވެ. އަނެއްކޮޅުން ކައިޝާވެސް އެކަނި އެތަނުގައި ބޭންދުމަށް ހިތް ދެކޮޅު ހަދަމުން ދިޔައެވެ. ޒިއަދަންއަށް އެއްވެސް އިތުބާރެއްނެތެވެ. އޭނަ ގެންގުޅޭ މާރިދު ޖިންނިންތައް ފޮނުވައިގެން ކައިޝާގެ ދުވަސްވެސް ދުއްވާލަފާނެއެވެ. އީީތަން ހާސްވާގޮތް ވިއެވެ.

 

” ކޮބާ މިހާރު..ވަރަށް ވަރުވެފައިތަ އޮތީ…ކިހިނެއް ހިނގި އެކްސިޑެންޓެއްމީ؟ ” އީތަންގެ ކޮނޑުގައި މީހަކު އަތްބާއްވާލުމުން ސިހިގެންދިޔައެވެ. އީތަންގެ  ފަހަތުގައި މިހުރީ އަމްޖަދާއި ސަރަފިއްޔާއެވެ. އެދެމެފިރިންގެ މޫނުވެސް ވަނީ މިލާފައެވެ. އަމްޖަދުގެ ލޮލުގައި ކަރުނަ ވިދަމުންދާއިރު ސަރަފިއްޔާވެސް ދެލޯ ފޮހެލަނީއެވެ. އީތަންގެ ހިތް އެދެމަފިރިންނަށްޓަކައި ލޯބިން ފުރުނެވެ. ލޭގެ ގުޅުމެއްނެތަސް މިއަދާ ޖެހެންދެކަށްވެސް އީތަންއަށް އޯގާތެރިވި ހަމައެކަނި ބަޔަކީ އެމިހުންނެވެ. މިރޭވެސް އީތަންގެ އެންމެ ފޯނުކޯލަކުން އެދެމަފިރިންގެ ނިދިން މަޙްރޫމު ވެގެން އެހުރީ ހޮސްޕިޓަލަށް  އައިހެވެ. “ޝުކުރިއްޔާ ދައްތާ..އަޅުގަނޑަށް ނޭނގެ ބޭބެމެން ތި ކޮށްދެއްޥާ ކަންތައްތަކުގެ އަގު އަދާކުރާނެ ގޮތެއްވެސް..” އީތަންގެ އަޑު ބެދުނެވެ. ކިތައްމެ ހިތްވަރު ކުރަން ބޭނުންވިޔަސް އޭނަ މިވަގުތު އެވަނީ ބަލިކަށިވެފައެވެ. ސިކުނޑިވަނީ ވަރުބަލިވެފައެވެ. އަމްޖަދު އީތަންގެ ބުރަކަށީގައި ފިރުމާލި ލޯބިންނެވެ. އެކުޑަ ކުޑަ އަމަލުންވެސް އެމީހުންގެ ހިތުގައި އީތަން އަށް ދެވިފައިޥާ މަޤާމުގެ ފުންކަން ދޭހަވެއެވެ.

 

އިމަރޖެންސީ ރޫމުގެ ދޮރު ހުޅުވާލާފައި ނިކުތް ޑޮކްޓަރުގެ މޫނު ފެނިފައި އީތަންގެ ހިތަށް ނުބައި ގޮތްތަކެއް ވިއެވެ. “ޕޭޝަންޓްގެ ހާލު ދަނީ ދަށަށް..ވަގުތުން އޮޕަރޭޝަނެއް ކުރަން ޖެހޭނީ..އަޅުގަނޑުމެން ބެލި ބެލުމުން އެނގުނީ ފައިގެ ފަލަމަސްގަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައިކަން.. އިންފެކްޝަންވެސް ވެފައި ހުރީ..އެތަން އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ސްޕްރެޑްވެސް ވަމުން..އެކަމަށް އޮތް ހައްލަކީ ދެފައި ބުރިކޮށްލުން..އަދި ޕޭޝަންޓްގެ ގައިން ވަރަށް ބޮޑަށް ބްލީޑް ވެފައި ހުރުމުން ލޭވެސް އަޅަން ޖެހޭނެ..އަޅުގަނޑުމެންގެ ބްލަޑް ބޭންކްގައި މިވަގުތު އޯނެގެޓިވް ލޭ ހުރީ ހުސްވެފައި އެހެންވީމާ ވީހާވެސް އަވަހަށް ލޭ ހޯއްދަވާ..ފޯރމެލެޓީސްތައް ފުރިހަމަކޮށްލުމަށްފަހު މިކޮޅަށް ގެނެސްދެއްވާ..އަޅުގަނޑުމެން މިހާރު ތައްޔާރު މިވަނި އޮޕަރޭޝަނަށް..” ޑޮކްޓަރުގެ ބަސްތައް އީތަންއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. މީހަކު އޭނަގެ ހިތުގައި އެތިފަހަރެއް ވީއްލާލިފަދަ އިހުސާސްސެއް ކުރެވުނެވެ. ހިތުގައި ރިއްސައިލީ ކެތް ނުކުރެވޭވަރަށެވެ. ދެލޯ ފުސްވީ ހިތްދަތިވީވަރުންނެވެ. އީތަން ދެފަރާތަށް ބޯހޫރުވާލިއެވެ. އެވަގުތު ކަރުނައިގެ ރޮނގެއް އީތަންގެ ކޯތާފަތް މައްޗަށް ފޭބިއެވެ. އަތުގެ ނުފުށުން އެކަރުނަ ތިކި ފޮހެލީ ނިކަން އަވަހަށެވެ. މިއީ އޭނަ ބަލިކަށިވާންވީ ވަގުތެއް ނޫނެވެ. އީތަންއަކީ ހިތްވަރު ކުރަން ދަންނަ ކުއްޖެކެވެ. އޭނާ ކެތްތެރި ވާނެއެވެ. އޭނަގެ މަންމަ ފަދައިން ފަހުވަގުތާއި ޖެހެންދެންވެސް ހިތްވަރު ދުލެއް ނުކުރާނެއެވެ. އީތަން ހިނގައިގަތި ރިސެޕްޝަނާ ދިމާއަށެވެ. ސިކުނޑީގައި އެތައްހާސްކަމެއް  އެނބުރެމުން ދިޔަނަމަވެސް އެމޫނުމަތިން މިހާރު ފެންނަނީ ހަމަޖެހުމުގެ ކުލަވަރެވެ.

 

**

“އަހަރެން މިއަހަނީ އީތަން ކޮބައިހޭ؟ އަޖައިބެއް ނޫވާނެ..އަޅެ ތީ މަންމަނުންތަ؟” ކައިޝާ ހަޅޭލަވާގަތެވެ. މިހާރު އެސުވާލު އޭނަ އެކުރަނީ ކިތައްވަނަ ފަހަރު ކަމެއް ޚުދު އޭނައަށްވެސް ނޭނގެއެވެ. ބާވެފައިވާ ޖިފުޓިގަނޑެއްގައި އޭނަ ބަންދުކޮށްފައި އީތަން ދިޔަތަނެއް އިނގޭ މިހަކު އެތާކު ހުރި ކަމަކަށް ނުވިއެވެ. ކައިޝާގެ ރުޅި ހައްތަހާ ގަދަވުން ނޫންކަމެއް ނުވެއެވެ. އެޖިފުޓިަގަނޑު ތެރޭގައި ތިބި މިހުން އޭނަ ކުރާ ސުވާލަކަށް ޖަވާބު ނުދޭތާނގައި އޭނަ ބޭރަށް ނިކުތަވެސް ނުދިނެވެ. “އީތަން..!” އަނެއްކާވެސް ކައިޝާ ގޮވާލިއެވެ. މިރޭ ހިނގާދިޔަ ހަދިސާ ކައިޝާގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. އެތަށް ސުވާލެއް ހިތުގައި އުފެދިފައި ވެއެވެ. އެހެން ނަމަވެސް އެސުވާކުތަކުގެ ޖަވާބު ދޭނީ ކާކު ހެއްޔެވެ؟ އީތަން ކޮބައިބާއެވެ؟ އޭނަ އެވަރަށް ގޮވާއިރުވެސް ޚަބަރެއް ނުވަނީ ކީއްވެހެއްޔެވެ؟ ކައިޝާގެ ސިކުނޑިއަށް  އިތުރަށް ބާރު ކުރުން ނޫންކަމެއް ނުވެއެވެ. ހިތުގެ ކަނަކުން އީތަންއާ މެދު އެތަށް ޝައްކުތަކެއް ހުރިކަމުގައި ވީނަމަވެސް އަދިވެސް އެހިތުގައި ރަސްކަން ކުރަމުން އެދަނީ އީތަންއެވެ. މިރޭ ކައިޝާއަށް އެއްކަމެއް ވިސްނުނެވެ. އެއީ އީތަން އޭނައަށް ގެއްލުމެއް ނުދޭނެކަމެވެ. އެހެން ނަމަވެސް ކައިޝާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބެއް ލިބިގެން ނޫނީ އީތަންގެ ކުށެއް ނެތްކަން އޭނައަށް ޔަޤީނެއް ނުކުރެވޭނެއެވެ. ކައިޝާ އެތަނުގައި ތިބި ތިން އަންހެނުންނާ ދިމާއަށް ބަލާލިއެވެ. މޫނުފޮރުވައިގެން އެމިހުން އެތިބެނީ ކޮން ސިފައެއްގައި ހުރުމުން ކަމެއް ކައިޝާއަށް ނުވިސްނުނެވެ. އޭނައަށް އެމޫނުތައް ފެނުނަސް  ބިރުގަންނާނެހެން ހިޔެއް ނުވެއެވެ. ކައިޝާ އެވަނީ ބިރުވެރި  އެތަށް ކަމެއް މަދު ދުވަސްކޮޅެއްގެގައި އިހުސާސްކޮށްފައެވެ.

 

ފަތިހުގެ އަލިކަން ބިމަށް ފެތުރިގަންނަން ފެށުމާއެކު އެ ޖިފުޓިގަނޑުގެ ތެރޭގައި ތިބި ތިން މީހުންވެސް ގެއްލިގެން ދިޔައެވެ. ކައިޝާ ދިޔައީ ސިހިގެންނެވެ. މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ބިރު ނުގަންނަ ކަމަށް ހެދިގެން އިނަސް ހަޤީގަތުގައި އަދިވެސް އެހިތުން މާޒީގެ އެހިތި ހަނދާންތަކެއް ނުފިލައެވެ. ކައިޝާ އަށް ތިރިއަށް ބަލާލެވުނީ އަޑެއް އިވޭހެން ހީވުމުންނެވެ. އެވަގުތު އޭނައަށް ފެނުނީ ކަޅު ކުލައިގެ ބޮޑު ތިން ކަކުނި އެޖިފުޓިގަނޑުން ބޭރަށް ނިކުމެގެން ދާތަނެވެ. ކައިޝާ ބިރުން ހުރެނަމަވެސް އެކަކުނިތައް ފަހަތުން ބޭރަށް ނިކުތެވެ. ކޮންމެވެސް ވަރެއްގެ އަލިކަމެއް އުދަރުގައި ވީނަމަވެސް އެތަން ފެންނަނީ އަނދިރިކޮށެވެ. ކައިޝާ ދެލޯ ހަނިކޮށްލަމުން ކަކުނިތައްފަހަތުން ހިނގަމުން ދިޔައެވެ. އެކަކުނިތައް ފައިބައިގެން ދިޔައީ މޫދަށެވެ. ކައިޝާގެ ސިކުނޑީގައިވާ ސުވާލުފައްޗަށް ބޮޅެއް އިތުރުވެގެން ދިޔައެވެ. ގަހެއް ރުކެއް ފެންނަން ނެތް އެބޮޑު ދޮންވެލިތުނޑީގެ ކޮޅުގައި ކައިޝާ އިށީނދެލިއެވެ.  އީތަންއަށް އިންތިޒާރު ކުރުން ނޫން އިތުރުގޮތެއް އޭނައަށް ނެތެވެ. އެކަނި އިންނަން ވުމުން ކައިޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަވަރަކަށެވެ. އެހެންނަމަވެސް ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބެމުންދިޔައީ ރަތްވިލާތަށް ފެންނަން ފެށުމުންނެވެ. އިސާހިތަކު އިރުވެސް އަރާފާނެއެވެ. އޭރުން އީތަންވެސް އަންނާނެއެވެ. އޭނަ އެކަނި މިތާ އިންނަން ވިއްޔާ މޮޔަވެދާނެއެވެ. ކައިޝާ އެހާލުގައި އިނދެވެސް ދުޢާ ކުރީ އޭނަ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުމަށެވެ.

 

**

އީތަންގެ ހިތުގައި ކައިޝާ އުޅޭނެހެން ހީވާ ގޮތުގެ ފަނޑު ތަސްވީރެއް ކުރަހާލިއެވެ. ހިނިތުންވެލަމުން އީތަން ގޮނޑީގައި ލެނގިލީ ކައިޝާއަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީން ކަމާއެކުއެވެ. މިވަގުތު އޭނަ މިތާހުރުން މުހިއްމެވެ. އޭނަގެ ލޯބިވާ މަންމަ އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ކައިޝާ ދެކެ ކިތައްމެ ލޯބިވިޔަސް އީތަންއަކީ ހުސްނާގެ ހިތުގެ ދިރުމެވެ. ވީއިރު އެމަންމަ އެހާލުގައި އޮއްވާ އީތަންއަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ ހުސްނާއަކީ އީތަންގެ ދިރިއުޅުމުގެ އެއްބަޔެވެ. ދެމައިންގެ މެދުގައި އެވާ ލޯބި ވަޒަން ކުރެވޭނީ އެކަން އެނގޭ ބަޔަކަށެވެ.

 

ތިން ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަން ނިމުނީ ކާމިޔާބު ކަމާއެކުއެވެ. އީތަންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭބިއިރު އަމްޖަދާއި ސަރަފިއްޔާވެސް އިނީ އުފާވެ ހިތްހަމަޖެހިފައެވެ. ” އަލްހަމްދުލިﷲ! އެކަލާނގެއަށް ޙަމްދު ހުރި..އަހަރެމެންގެ ދުޢާ އިޖާބަކުރައްވައިފި..” ސަރަފިއްޔާ ދެލޯ ފޮހެލިއެވެ. އަމްޖަދުވެސް ބޯޖަހާލި އެވާހަކައާ އެއްބަސްވުމުގެ ގޮތުންނެވެ. އީތަން ވިސްނާލިއެވެ. ހަޤީގަތުގައިވެސް ހެއްދެވި ފަރާތަށް ޝުކުރު ހުއްޓެވެ. އެހެން ނަމަވެސް އޭނަގެ މަންމަގެ ފުރާނައަށް އެދި އީތަންއަށް އެކަލާނގެ ހަޞްރަތުގައި ދަންނަވަން ނުކެރުނީ ކީއްވެ ހެއްޔެވެ؟ އެކަލާނގެ އެންމެހާ އަޅުތަކުންގެ އަޑު އައްސަވާނެއެވެ. ވީއިރު އީތަންއަށް އެވަރުގެ ހިތްވަރެއް ނުކުރެވުނީ ކީއްވެހެއްޔެވެ؟ ހަށިގަނޑުގައި ކިތައްމެ ވޭނެއް އެޅިކަމުގައި ވިޔަސް އޭނަގެ މަންމަގެ ހައްޤުގައި އެވަރުގެ ކަމެއް ނުކުރެވުމުން އިީތަން އަމިއްލަ ނަފުސަށް އަޑުލިއެވެ. އީތަންގެ ހިތް ނުތަނަވަސް ވިއެވެ. އޭނަ މިގޮތުގައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އިންސާނުންގެ ތެރޭގައި އުޅުމަށް މިހާރު އޭނައަށް ވަރަށް އުނދަގޫވެއެވެ. ސަބަބެއް އޭނައަށްވެސްް ނޭނގެއެވެ.

 

ހުސްނާ ރޫމަކަށް ބަދަލު ކުރެވުނެވެ. އެހެން ނަމަވެސް އަދިވެސް އޮތީ ހޭނެތިފައެވެ. “ހާސްނުވޭ އިރުކޮޅަކުން ހޭއަރާނެ..ކޮންމެ ތިން ގަޑިއިރަކުން ޑޮކްޓަރ ޗެކްކުރަން ދުރުވާނެ ..އެއްވެސް މައްސަލައެއް އުޅެންޔާ އަޅުގަނޑުމެންނަށް އަންގާލާ..އަދި ބޭނުމަކު ޖެހުނަސް އަޅުގަނޑުމެން ތިބޭނީ ތިބޭފުޅުންގެ ޚިދުމަތުގައި..” ހުސްނާގެ ކައިރީގައި ހުރި ނަރުހަކު  ބުނެލިއެވެ. އެކަކު ހުސްނާގެ ބީޕީ ބަލަމުންދާއިރު އަނެއް ކުއްޖާ އީތަންކައިރިއަށް ޖެހިލިއެވެ. ” މިބޭސްތައް ގަޑިއަށް ދޭން ހަނދާން ބަހައްޓަވާތި..ދެން އަޅުގަނޑުމެން މިވަގުތަށް ގޮސްލަނީ..ކަމެއް ބޭނުމިއްޔާ ނަރސިންގް ސްޓޭޝަން 3 އަށް އަންގާލާތި އިނގޭ..”

“ޝުކުރިއްޔާ..” އީތަން ހިނިތުންވެލީ ޝުކުރުން ފުރިގެންވާ ބެލުމަކާއި އެކުއެވެ. “ދައްތާ ދެން ބޭބެއާއި އެކު ގެއަށް ދޭބަލަ..މިހާރު ކޮން އިރެއް މިތަނުގައި ތިތިބެނީ..އަޅުގަނޑު މަޑުކުރާނަން..ބޭބެމެން މިހާރު ތިބޭނި ވަރުބަލިވެސް ވެފައައެއްނު..” އަމްޖަދުގެ މޫނަށް ބަލައިލަމުން އީތަން ބުނެލިއެވެ. ދުރުހިލޭ ބައެއްގެ  އެހީތެރިކަން އީތަން ހިތުގެ އަޑިން ޤަބޫލުކުރިއެވެ. ހަޤީގަތުގައިވެސް ސަރަފިއްޔާގެ ދެމަފިރިން އެއީ ހިތްހެޔޮކަމުގެ މިސާލެކެވެ. އީތަން ކައިރީގައި ފަހުން އަންނާނަން ކަމަށް ބުނެ އެދެމަފިރިން ނިކުމެގެން ދިޔައެވެ. އޭގެ ގާތް ގަނޑަކަށް ބައިގަޑިއިރުފަހުން ހުސްނާގެ ދެލޯ ހުޅުވާލިއެވެ. ވަރުބަލިކަން ވެރިވެފައިވާ ދެލޮލުން ފެންނަނީ ހިތްދަތިކަމެވެ. ހަށިގަނޑުގައި އަޅާ ވޭނަށްވުރެ ހިތުގައި އަޅާ ވޭން މާ ބޮޑެވެ. ޒުއްނޫރުގެ ސަބަބުން ހުސްނާގެ ހިތް ވަނީ ފިސް ފިސް ވެފައެވެ. ހުސްނާގެ ދެލޮލުން ފޭދުނު ކަރުނައިގެ ރޮނގު ހިދުނީ ކަންފަތުގެ ކުޑަފޫޅަށެވެ. އީތަން ނުހަނު ލޯބިން އޭނަގެ މަންމަގެ މޫނުގައި ފިރުމާލިއެވެ. ހުސްނާއަށް އިހުސާސް ކުރެވުނީ ހަށިގަނޑުން ބައެއް މަދުހެންނެވެ. އޭނަގެ ދެފައި ހަރަކާތް ނުކުރަނީ ކީއްވެހެއެޔްވެ؟ ހުސްނާ އޭނާގެ ދެފައި ހަރަކާތް ކުރޭތޯ އުޅެ އުޅެ ވަރުބަލިވެއްޖެއެވެ. ތުރުތުރުލަމުން ދިޔަ އަތަކުން ހުސްނާގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ހިއްލާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ހުސްނާގެ ހިތް ފަޅައިގެންދިޔައެވެ. “ނޫން! ނޫން..އަހަރެންގެ ދެފައި..ކޮބާ އަހަރެންގެ ދެފައި؟..އެހެން ނުވާނެ..ދަރިފުޅާ..ކޮބާތަ މަންމަގެ ދެފައި..؟
” ހުސްނާ މޮޔަވިފަދައެވެ. އީތަން ކެތްތެރިވިއެވެ. ހިތުގެ އަޑިން އޭނާ މިހާރު ރޮއެރޮއެ ބަލިވެއްޖެއެވެ. އީތަން އޭނަގެ ލޯބިވާ މަންމަގެ ގައިގައި ބައްދާލިއެވެ. އަދި ބޮލުގައި ފިރުމާލަމުން އެދުނީ ނުރޮއުމަށެވެ. “ޕްލީޒް މަންމާ..ތިހެން ނުރޮއެބަލަ..މަންމަ ތިގޮތަށް ރޮންޏާ ކިހިނެއް ރަނގަޅުވާނީ؟..ޕްލީޒް މަންމާ..” އީތަންގެ އަޑުގައި ވަނީ ހިތާމައެވެ. “އަހަރެން ބޭނުމެއް ނން ރަނގަޅުވާކަށް..ކާކު ބޭނުންވާނީ މިފަދަ ވޭންދިނިވި ދިރިއުޅުމެއް އުޅެން؟..މިހާރު އަހަރެން ވަރުބަލިވެއްޖެ..ހިތާމަކޮށްކޮށް މިހިތުގައި ވަނީ އެތަށް ކޫރުމެއް އެޅިފައި..އަހަރެން ބޭނުމެސް ނޫން އެއްވެސް މީހަކަށް ބުރައަކަށްވާކަށް..އަހަރެންނަށް މިހެން ނުހަދާ މަރާލިނަމަވެސް މާރަނގަޅުވާނެ..” ހުސްނާއަށް ރޮވޭގޮތްވިއެވެ. އޭނަ ކަހަލަ މީހެއް ގެންގުޅޭ މީހަކުވެސް މާޔޫސް ވުން ނޫންގޮތެއް ނުވާނެއެވެ. ޒުވާން ފިރިހެންދަރީގެ ބޮލު ރިހުމަކަށްވާން ހުސްނާގެ ހިތެއް ނޭދެއެވެ. ” މަންމާ ތީދެން މިހުން ދައްކާކަހަލަގެ ވާހަކަތަ؟ އަޅުގަނޑު ނޫޅެން މަންމައާއި ހެދި އުނދަނގޫ ވާތީވެ..މަންމަގެ ހިތުގައި ތިވާ ކުށްހީތަށް ފިލުވާލާ..މަންމައަށް އިނގޭތަ ތިޔަށްވުރެ މާހާލުގައި އުޅޭ މީހުންވެސް މިދުނިޔޭގައި އެބަ އުޅެޔޭ..ބަލާބަލަ ސިރިޔާ އާއި ޔަމަނުގައި އެތިބަ ކުޑަކުދިންތަށް..އެކުދިންވެސް ވަރަށް ހިތްވަރުކޮށްގެން އެތިބެނީ..އެޅަހިތްތަކުގައި ކިހާ ވޭނެއް އަޅާނެ..ދުވާލަކު އެތައްހާސްފަހަރު އެމީހުން އެދަނީ މަރާ ހަނގުރާމަކުރަމުން.. ދެން ކީއްވެތަ މަންމައަށް އެފަދަ ހިތްވަރެއް ނުކުރެވެންވީ؟…އަޅުގަނޑަށް ހަމަ ޔަޤީން މަންމައަށް ތިކަންވެސް ވާނެކަން..މަންމަ އަބަދުވެސް ބުނަމެއްނު މަންމަ ވަރަށް ހިތްވަރުންނޭ އަޅުގަނޑުވެސް ބަލާބޮޑުކުރީ އެއްވެސް މީހެއްގެ އަޅާލުމެއް ނުލިބުނޭ..ދެން މިއަދު މަންމަ ގިވްއަޕް ކުރީމަ ކިހިނެއްވާނީ؟” އީތަން އޭނަގެ މަންމައަށް ވިސްނައި ދެވޭތޯ އުޅުނެވެ. އީތަންގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލީ އޭނަގެ މަންމަގެ ވިސްނުން ހުރިގޮތް އެނގުމުންނެވެ. އަނެއްކާ މާޔޫސް ވެގެން އަމިއްލަ ފުރާނަ ދުއްވައި ނުލާނެކަމެއްވެސް ނޭނގެއެވެ. އޭނަގެ މަންމަ ނަފުސާނި ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުމުގެ ކުރިން ސަލާމަތް ކުރަން އީތަން ބޭނުންވިއެވެ. “ދަރިފުޅާ އޭރާ މިހާރު ތަފާތޭ… އޭރު މަންމައަކީ ނުކުޅެދޭ މީހެއް ނޫނޭ..މިއަދު މަންމަ މިވަނީ އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި..މަންމައަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭނެ..މީހަކު ދީފިއްޔާ ކެވޭނި..ފެންވެރޭނީވެސް..ދެން ދަރިފުޅުތީ ފިރިހެން ކުއްޖެއް..ކިހިނެތް މަންމަގެ ކަންތައް ބަލަހައްޓާނީ..؟”

 

‘އަހަރެން ދީފާނަށް ވަރަށް މޮޅު ޚިޔާލެއް..” ހުސްނާ އާއި އީތަން ސިހިގެން ދިޔައީ މަޖުދާގެ އަޑަށެވެ. އޭރު މަޖުދާ ކޮތަޅެއް ހިފައިގެން އެތެރެއަށް ވަންނަނީއެވެ. ހުސްނާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “އަހަރެންގެ ވަރަށްބޮޑު އެދުމެއް އެއީ އީތަން އަހަރެންގެ ދަރިފުޅާ ކައިވެނި ކުރުން..އޭރުން ހުސްނާ ނުޖެހޭނެ ހާސްވާކަށް..އަހަރެން ކައިޝާއަށް އިތުބާރު ކުރަން..އޭނައަށް އެނގޭނެ މީހުންނަށް އޯގާތެރިވާން..އަހަރެންގެ ތަރުބިއްޔަތާމެދު ހުސްނާވެސް ދެބަސްވާނެހެން ހިޔެއްނުވޭ..ދެން ތިހެން ނުތިބެ ކޮންމެވެސް އެއްޗެކޭ ބުނެބަލަ..” މަޖުދާ ހިނިތުންވެލިއެވެ. ކައިޝާގެ ކައިވެނި އީތަންއާ ކުރެވުމުން މަޖުދާގެ ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ. އީތަންގެ ހުރިހާ ހަޤީގަތެއް އެނގިހުރެ މަޖުދާ އެނިންމުން ނިންމީ ވަރަށް ވިސްނާފައެވެ. މަޖުދާއަށް ރަޤީބުގެ ފަރާތުން މާކުރިންވެސް އީތަންއާއި ބެހޭ މަޢުލޫމާތު ވަނީ އެނގިފައެވެ. ނަމަވެސް އެކަންތައް މަޖުދާ ޔަޤީން ކުރީ ރޭ އަލިބެއާއި ބައްދަލު ކުރުމަށްފަހުއެވެ. އަލިބެ މާލެ އައި ގޮތަށް މަޖުދާއާއި ބައްދަލު ކުރީ ކައިޝާއަށް ކުރިމަތި ވެދާނެ މުސީބާތުގެ އިންޒާރު ދިނުމަށެވެ. އަލިބެގެ ފަރާތުން އީތަންއާ ބެހޭ މަޢުލޫމާތުތަށް ސާފުކުރެވުނު ހިސާބުންވެސް މަޖުދާއަށް ދެން އޭނާ ކުރަންވީ ކަންތައް އެނގުނެވެ. “ކީކޭ ދޯ ބުނާނީވެސް މިފަދަ ނުވަގުތެއްގައި މަޖުދާ ތިހުށައެޅީ އެންމެ ރަނގަޅު ޚިޔާލު..އަހަރެންވެސް ބޭނުންވޭ މަރުވުމުގެ ކުރިން މާމަ ކިޔާނެ ދަރިއެއް އުފަންވާތަން ދެކިލަން..ނޭނގެ ދެން މާގިނަދުވަހަކު ދުނިޔޭގައި އޮންނާނެހެންވެސް..ކީކޭ އީތަން ދަރިފުޅު ބުނަނީ..” ހުސްނާ ބަލާލީ އީތަންއާއި ދިމާއަށެވެ. އީތަންގެ ލޮލުން ހިތްދަތި ކަމާއިއެކު އުފާވެރިކަން ފެންނަން ހުއްޓެވެ. މަޖުދާވެސް އިނީ އީތަންގެ ޖަވާބަކަށް ކެތްތެރިވެގެންނެވެ. “ދަރިފުޅާ މަންމައަށް އެނގޭ ދަރިފުޅުމެންގެ އުމުރު އަދި ވަރަށް ހަގުކަންވެސް..އެކަމަކު މަންމަގެ އީތަންއަކީ ހަރުދަނާ ވިސްނޭ ދަރިއެއް ކަމާމެދު މަންމަގެ ހިތުގައި އެއްވެސް ޝައްކެތްނެތް..ވިސްނާލާފަ ޖަވާބެއް ދިނަސް މައްސަލައެއް ނެތް..އެކަމަކު މަންމަގެ އުއްމީދު ފުނޑުފުނޑުކޮށްނުލާތި..” ހުސްނާ ހީލިއެވެ. އެވަގުތު އީތަން ހިތުގެ އަޑިން ކަމެއް ނިންމިއެވެ. ވަގުތާ ނުބައްދަލު ހުށައެޅުމެއް ލިބުމުން އޭނަ އެހުންނަނީ ކަންތައް ކުރާނެ ގޮތެއް ނުވިސްނިފައެވެ. އީތަން އެކޮޓަރިން ބޭރަށް ނިކުތެވެ. މަޖުދާ ގެނައި އޭނަގެ ޓީޝާޓް ލައިގެން ހުރި އިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ހިތް އެދުނީ ކައިޝާގެ ސޫރަ ދެކިލުމަށެވެ. އީތަން ކުރިއަށް ހިނގައިގަތެވެ. މިސްރާބު ހުރީ ހޮސްޕިޓަލުން ބޭރަށެވެ. އީތަންގެ ކޮނޑުމަތީގައި އިން ބާޒު އޭނަގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިއެވެ. އީތަން ދެލޯ މަރާލަމުން ގެއްލިގެން ދިޔައީ އޭނަގެ ވަށައިގެން އެވާ އެއްވެސް މީހަކަށް އިހުސާސްވެސް ނުވާނެފަދަ ގޮތަކަށެވެ.

 

**

އިރުގެ ރަން ދޯދިތަށް ކައިޝާގެ މޫނަށް އެޅެމުން ދިޔައެވެ. ކުއްލިއަކަށް އިވުނު އަޑަކުން ކައިޝާއަށް ލޯހުޅުވާލެވުނެވެ. އޭނައަށް ތުނޑިމަތީގައި އޮވެ ނިދުނީ ހެއްޔެވެ؟ މިތަނަށް އިތުރު ބަޔަކު އައިސް އޭނަ ވަގަށް ނުނެގިކަން އެއީ ނަސީބެކެވެ. ކައިޝާއަށް ފުންމައިގެން ތެދުވެވުނީ މާމަތިން އުދުހެމުންދާ ބޮޑު ދޫންޏެއް ފެނިފައެވެ. ހީވާގޮތުން އެއީ ބޮޑު ބާޒެކެވެ. ރާއްޖޭގައި ބާޒު އުޅޭކަމެއް އޭނާއަށް އެނގިފައެއް ނެތެވެ. ކައިޝާއަށް ދެލޯ ބޮޑުކޮށްލެވުނީ އެބާޒު ތިރިއަށް އަންނަން ފެށުމުންނެވެ. އޭތި އެއަށްނަނީ އޭނާ ޝިކާރަކުރަންކަން ޔަޤީނެވެ. ހިތަށް ބިރުވެރިކަން ވަނުމާއިއެކު ކައިޝާއަށް ދުއްވައިގަނެވުނީ ޖިފުޓިގަނޑާ ދިމާއަށެވެ. ފަހަތް ބަލަމުން ކައިޝާ ދުވަމުން ދެއެވެ. އެބޮޑު ބާޒު ފަހަރަކަށް ފަހު ފަހަރެއް އަންނަނީ ތިރިވަމުންނެވެ. ކައިޝާ ދުވަމުންގޮސް ޖިފުޓިގަނޑުގެ ދޮރު ހުޅުވާލި ވަގުތު އެބާޒުމަތީގައި އިން މިހާ ހުށިޔާރު ކަމާއެކު ކައިޝާ ނަގާ އއެބޮޑު ބާޒުގެ މައްޗަށް އެރުވިއެވެ. އިސާހިތަކު އެބާޒު އުދުހިގެން މައްޗަށް އަރައިގެން ދިޔައެވެ. ކައިޝާ ދެލޯ މަރާލަމުން ކަރުބުޑުން ހަޅޭލަވާގަތީ ބިރުގަތް ވަރުންނެވެ. “އާތް..މަންމާ!ދޫކުރޭ..!” ކައިޝާއަދިވެސް އިނީ ދެލޮ މަރައިގެންނެވެ. އެބާޒު ވިލާތަކުގެ މަތިން އުދުހެމުން ދިޔައެވެ. އިރުގެ ރަން ދޯދިތަކުން ޖައްވު ވަނީ ހޫނުކޮށްލާފައެވެ. ކައިޝާ ދެލޯ ހުޅުވާލީ ފިނި އަތަކުން އެކޯތާފާތުގައި ބީހިލުމުންނެވެ. “އީތަން!..” ކުރިމަތީގައި ހިނިތުން ވެލައިގެން އިން އީތަން ފެނުމުން ކައިޝާގެ ހިތް ތެޅިލިއެވެ. އެހިނިތުންވުމަށް ހާސްފަހަރު ފިދާވިއެވެ. އީތަންގެ ތޫނު ނަޒަރުން ކައިޝާ ވިރިގެން ހިނގައިދާނެހެން ހީވިއެވެ. އެކޯތާފަތަށް ޖަންބު ކުލައަރައިގެން ދިޔައީ ލަދުންނެވެ. “ހާދަ ވަރަކަށް ބްލަޝް ވަނީ..އަހަރެން އަދި އެއްޗެކޭ ނުވެސް ބުނަން..” އީތަންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ކައިޝާގެ އެލަދުވެތިކަމަކީ އީތަންއަށް އަބަދުވެސް ކަމުދާ ސިފައެކެވެ. “އަސްލު ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މިއުޅެނީ..ހީކުރަން ކައިގެ ފަރާތުން އަހަރެން އުފާވާނެ ކަހަލަ ޖަވާބެއް ދޭނެކަމަށް” އީތަން ސީރިއަސްވެލަމުން ދެއްކި ވާހަކައަށް ކައިޝާ ސަމާލުވެލިއެވެ. “ވިލް ޔޫ މެރީ މީ.؟” އީތަންގެ ސުވާލުން ކައިޝާ އަށް ލިބުނީ ޝޮކެކެވެ. އީތަން މޮޔަވީ ހެއްޔެވެ؟ އޭނައަށް އަދި ކިރިޔާ 18 އަހަރު ފުރުނުކަމެވެ. އަނެއްކާ އީތަންވެސް އަދި އެހާ ޒުވާނެވެ. އެދެމިހުންގެ ކައިވެންޏަށް އެމީހުންގެ މަންމަ ރުހުން ނުދޭނެކަން ޔަޤީނެވެ. ކައިޝާ ވިސްނާލިއެވެ. އީތަން ސަމާސާވެސް ކޮށްފާނެއެވެ. ސިއްރުވެރިކަމުން ފުރިގެންވާ އިންސާނެކެވެ. އިންސާނެއް ކަމާމެދުވެސް ޝައްކެވެ. ކައިޝާއަށް އީތަންގެ ހަޤީގަތެއް ނޭނގެއެވެ. ވީއިރު ގޮތް ނޭނގޭ މީހަކާއެއްކޮށް ދިރިއުޅެން ހާދަ އުނދަގުލެއްވާނެއެވެ. ކައިޝާ ވިސްނުމެއްގެ ތެރޭގައި އިނދެ ދެފަރާތަށް ބޯހޫރުވާލިއެވެ. “ތިބުނީ ނޫނެކޭތަ؟” އީތަންގެ އަޑު ޖެހުމުން ކައިޝާ ސިހިގެންދިޔަވަރުން އޭނަ އިށީނދެގެން އިން ބާޒުމަތިން އަރިވެސް އަޅާލިއެވެ. “ކެއަރފުލް..ކައިއަށް ކަމެއްވިއްޔާ އަހަރެން އަމިއްލަ ނަފުސަށް މާފެއް ނުކުރެވޭނެ..” އީތަން ހުށިޔާރުކަމާއެކު ކައިޝާ ގެނެސް އެމޭގެ ތޭރޭގައި ފޮރުވާލިއެވެ. ކައިޝާ ދެލޯމަރާލިއެވެ. އީތަންގެ ހިތުގައި އެވާ ސާފު ތެދުވެރި ލޯތްބަށް އޭނައަށް ޝައްކު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އީތަންގެ ބަހާއި އަމަލުންވެސް އަންގައިދެނީ ދެގޮތެއް ނުވާ ލޯތްބެވެ. އެކުގައި މާގިނަ ވަގުތު ހޭދަކުރަން ނުލިބުނު ކަމުގައި ވިޔަސް އެދެމީހުންގެ ހިތުގައި އެވާ ލޯބި ވަނީ ވަރަށްވެސް ފުންވެފައެވެ. ދުލުން ބުނުމަކާ ނުލާ އެކަކު އަނެކެއްގެ ހިތުގެ ހާލު ލޮލުންވެސް ބަޔާން ކޮށްދެއެވެ. “އައި ވިލް މެރީޔޫ..”ކައިޝާ ދެލޯ ފުސްވިއެވެ. އުފާވެރިކަމުގެ ކަރުނަ އެލޮލުން ފޭދިގެން އެދޮން ކޯތާފަތުގައި ބީހިލިއެވެ. މާދަމާ ވާނެގޮތެއް ނޭނގުނަސް މިވަގުތުކޮޅުގެ އުފާވެރިކަން ގެއްލޭކަށް އޭނައެއް ނޭދެއެވެ. މިގޮތަށް އީތަންގެ ހިމާޔަތުގައި އުމުރުގެ ބާކީބައި ހޭދަކުރަން ކައިޝާ ހިތުގެ އަޑިން އަޒުމު ކަނޑައެޅިއެވެ. އީތަން ކައިޝާގެ ނިތުގައި ބޮސްދިނެވެ. ދެހިތްވެސް އުފަލުން ފޮޅިފައިވިއެވެ. “އެކަމަކު މަންމަ ހިޔެއް ނުވޭ އެއްބަސް ވާނެހެނެއް..” ކައިޝާ ކަންބޮޑުވިއެވެ. އޭނަގެ މަންމަގެ ނިންމުމާ ކައިޝާއެއް ދެކޮޅު ނުހަދާނެއެވެ. މަޖުދާގެ ވިސްނުން ހުރީ ކޮންގޮތަކަށްކަން ކައިޝާއަށް ބުނެދިނީ އީތަންއެވެ. ހުސްނާއާއި ދެމީހުން މަޝްވަރާކުރި ކަންތަކުގެ ވާހަކަ އީތަން ކިޔައިދިނެވެ. އަދި ކައިޝާގެ ކައިވެންޏަށްއެދި އީތަންގެ ކައިރިން އެދުނީވެސް މަޖުދާ ކަމުގައި ބުނެލިއވެ. ކައިޝާ އެވަގުތު ބޭނުންވީ ހަޅޭލަވާ ގަންނާށެވެ. އުފަލުގެ ކޮޅެއްނެތެވެ. ދެލޯވެސް އެކަމަށް ހެކިދެއެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ ލޯބިވާ ބައިވެރިއެއް ލިބުމެވެ. މިއަދު އެނަސީބު އޭނާގެ ހަޔާތުގައި ލައްވަވައިފިއެވެ. ކައިޝާގެ އިހުސާސްތަށް ދެނެގަނެވުމުން އީތަންގެ ހިތަށްވެސް ހަމަ ޖެހުން ލިބިގެން ހިނގައްޖެއެވެ. އެހެންނަމަވެސް ހިތުގެ ކަނަކުން ޒިއަދަންގެ ރުޅިވެރި ދެލޯ ސިފަކޮށްލެވުނެވެ.

 

“ކައި ލޯމަރާބަލަ..ޕްރޮމިސް ކައި ބިރުގަންނަ އެއްވެސް ކަމެއް ނުކުރާނަން” އީތަން ބުނެލިއެވެ. ކައިޝާ ދެލޯ މަރާލީ ތެޅިތެޅިއޮތް ހިތަކާއެކުއެވެ. އީތަން ކައިޝާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ސިކުންތުކޮޅަކަށްފަހު އެދެމީހުންވެސް ތިބީ އަމްޖަދުމެންގެ ގޭ ޓެރަސްމަތީގައެވެ. ކައިޝާ ދެލޯ ހުޅުވާލަމުން ވަށައިގެން ބަލާލިއެވެ. އެބޮޑު ދެލޮލުން ފެންނަނީ ހައިރާންކަމެވެ. އީތަންގެ ހަޤިގަތަކީ ކޮބައިބާއެވެ؟ ” އައި ނޯ ކައިގެ ހިތުގައި ވަރަށް ގިނަ ސުވާލު އެބަހުރިކަން..އެކަމަކު އަހަރެން މިއެދެނީ އެންމެ ކަމަކަށް..އަހަރެންނަށް އިތުބާރު ކުރުމަށް.. ވަގުތު ޖެހުމުން ކައިއަށްވެސް ހުރިހާ ކަމެއް ވިސްނޭނެ..އަދި ބުނަން އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ސިއްރުވަނީ ވަންހަނާ ކުރެވިފައި.. ޚުދު އަހަރެންނަށްވެސް އެއީ ކޮން ކަމެއްކަށް ނޭނގެ..އަހަރެންގެ ބައްޕަ ބުނިފަދައިން އަހަރެންގެ އުމުރުން 25 އަހަރު ވުމުން އެކަން އެނގިދާނެ..ސޯ ކައިއަށް މިވަގުތު ބުނެދެވެން އޮތް މިންވަރަކީ މިއީ..އަހަރެން މެރީކުރަން ބުނީ މަޖަލަކަށްނޫން..އައި އޭމް ސީރިއަސް އަބައުޓް އިޓް..އަހަރެން ބޭނުން ކައި އަހަރެންގެ ހައްޤަކަށް ހަދަން..ކައިއަށްވެސް މިހާރު ވިސްނިފައި ހުންނާނީ އަހަރެމެންގެ ދިރިއުޅުމުގައި ބައިވަރު ކަންކަން އެބަ ހިނގާކަން..އެކަންތަކުން ކައިއަށް ރައްކާތެރިކަން އަހަރެންނަށް ދެވޭނީ ތާއަބަދު އަހަރެންގެ ކައިރީގައި ހުރުމުން..އަހަރެން ނޭދެން ކައިގެ ހަށިގަނޑުގައި އެންމެ ކޫރުމެއް އެޅޭކަށްވެސް..  ތީ އަހަރެންގެ ހިތުން ޖާގަ ހޯދި ހަމައެކަނި ކުއްޖަކީ. .ކައިއަށް އިހުސާސެއް ނުކުރެވޭނެ އަހަރެން ކައިދެކެ ވާ ލޯބި..އެކަމަކުވެސް އަހަރެން ކައިއަށް އެއްވެސް ކަމަކަށް ފޯސް ނުކުރާނަން..މެރީ ކުރަން ބޭނުން ނޫން ނަމަވެސް ބުނޭ.. ވިސްނާފައި ޖަވާބެއް ދިނަސް އޯކޭ..ފަހުން ރިގްރެޓް ކުރަން ނުޖެހޭވަރުގެ ސްޓެޕެއް ނަގާތި..” އީތަންގެ ވާހަކަތަށް އަޑުއަހަން ހުރި ކައިޝާއަށް ދޭހަވީ މަދު ވާހަކަތަކެވެ. ކައިޝާ ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. އީތަން ހުރިހާ ހިނދަކު އޭނައަށް ރައްކާތެރިކަން ލިބިގެން ވާނެ ކަމާމެދު ޝައްކެއް ނެތެވެ. ” އަހަރެން ބޭނުމެއް ނޫން ވިސްނާކަށް..އައި ވޯންޓް ޝެއަރ މައި ލައިފް ވިތް ޔޫ” އީތަންގެ ކަނދުރާގައި އަތް އަޅުވާލަމުން ކައިޝާ އެތުންފަތުގައި ބޮސްދިނެވެ. އީތަންގެ ދެއަތުން ކައިޝާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އެހަރަކާތުގައި ބައިވެރިވެލިއިރު ހިތުގައި ފޮނި ރާގެއް ކުޅެވެމުން ދިޔައެވެ. އެދެމީހުންގެ ވަށައިގެން ކުދި ކުދި ކޮކާތަކެއް އުދުހެމުން ދިޔައިރު މަންޒަރު އިތުރަށް ފުރިހަމަވީ  ވެހެން ފެށި ވާރޭ ތިކިތަކުންނެވެ. ދެމީހުން ވެސް ދުރުވާކަށް ބޭނުމެއް ނުވިއެވެ. ވާރޭ ބޯކޮށްލިއިރު ދެހިތްވެސް ވަނީ މޮހާ ނުލެވޭވަރުގެ ގުޅުމަކުން ގުޅިފައެވެ.

 

**

 

ކައިޝާއާއި އީތަންގެ ކައިވެނި ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރުން އެގެއަށް ބަހާރު މޫސުން އައިފަދައެވެ. ހުސްނާވެސް ގެއަށް ދޫކޮށްލުމުން ހުރިހާ އެންމެންވެސް އުޅުނީ ކައިވެނީގެ ކަންކަމުގައެވެ. މާބޮޑު ހަފުލާއެއް ނުބޭއްވިކަމުގައި ވިޔަސް އެގޭ ޓެރަސް ތައްޔާރުކޮށްފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ. އީތަން އެތައް ޝަކުވާއެއް ކުރި އިރުވެސް އަމްޖަދާއި ސަރަފިއްޔާ އެވާހަކަތަށް އަޑެއް ނާހައެވެ. އެމީހުން ދެކެނީ އިތަން އެއީ އުފަން ދަރިއެއް ގޮތަށެވެ. އަނެއްކޮޅުން ކައިޝާ އެއީ އެގޭ ކުއްޖެކެވެ. ވީއިރު ސަރަފިއްޔާ އޭނަގެ ދެދަރިންގެ ކައިވެނިގެ ކަންތައް ފުރިހަމަ ނުކޮށް ހުންނާހެއްޔެވެ؟ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ކައިޝާ އަލަތު ކައިވެނީގެ ފޮނި ހުވަފެންތައް ދެކެންފެށީ ކުރިމަތިވަމުން އަންނަ ތޫފާނުގެ ހިލަމެއް ނެތިއެވެ.

 

ކައިވެނި ކުރަން ހަމަޖެހިފައި އޮތް ވަގުތަށް ޣާޒީންނާ އަދިވެސް ދަޢުވަތު ދެވުނު މަދު ބަޔަކު އެގޭ ޓެރަހަށް ޖަމާވިއެވެ. އެބޮޑު ޓެރަހުގެ މެދުގައި ދިގު މޭޒެއް ބަހައްޓާފައިވާއިރު އެތަން ޖަރީކޮށްފައިވަނީ ތަފާތު އެކި ކުލަ ކުލައިގެ މާމެލާމެލިންނެވެ. މޭޒުގެ އެއްފަރާތުގައި ޣާޒީން ތިބިއިރު އަނެއްފަރާތުގައި އީތަން އިނީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނެއްގައެވެ. އިސްތަށިގަނޑު ކޮޅަށް ހިއްލާލާފައި ހުރި ގޮތުން އެމޫނުގެ ފުރިހަމަކަން އިތުރުވެފައި ވިއެވެ. އެތަނުގައި މަޑު ރީނދޫ ކުލައެއްގެ ބޮކިތައް ދަމާފައި އޮތުމުން  ވެރިވެފައިވަނީ ތަފާތު ހިތްގައިމު ކުލައެކެވެ. އީތަންގެ މޫނަށް އެއަލި އެޅިފައި ހުރިގޮތުން އަންހެން ކުދިންގެ ހިތްކަތިލާނެހާ ފުރިހަމައެވެ. އެލޮލުގެ ޖާދޫގައި ކޮންމެ ކުއްޖަކުވެސް ޖެހެން ބޭނުންވާނެއެވެ. ނަމަވެސް އެހައްޤު މިރޭ އެހެން ފަރާތެއްގެ މިލްކަކަށް ވާނެއެވެ. ޓެރަސްގެ ދޮރު ހުޅުވާލާފައި ވަދެގެން އައި ކައިޝާގެ ފަހަތުގައި ހުރި ފިރިހެން މީހާއަކީ މީގެ ކުރިން އީތަން ނުދެކޭ މީހެކެވެ. ބަލާބެލުމަށް އަހުނަފާ ވައްތަރު ގޮތެއް އެބަހުއްޓެވެ. ކައިޝާގެ ބައްޕައަށްވެސް ވެދާނެއެވެ.  އެއިން އެއްވެސް ކަމަކަށް ފިކުރު ހިންގުމަށްވުރެ އިތަންގެ ހިތް އެދެމުން ދިޔައީ ކައިޝާ ރީތިކަން ދެކިލުމަށެވެ. ހިމަ ހަށިގަނޑަށް ފިޓްކޮށްލެވިފައިވާ އެސާދާ ހެދުމުގައި  ކައިޝާ ފެންނަ ގޮތުން ހީވަނީ ބޭރުގެ ސުޕަރ މޮޑެލް އެއް ހެންނެވެ. އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާފައިވާއިރު އެބޮޑު ދެލޯ އިތުރަށް ފުރިހަމަ ކޮށްފައިވަނީ ފަވާލެވިފާ އަނދުނުންނެވެ. ތުންފަތުގައި ގަދަ ރަތް ކުލައެއް ޖައްސާފައި ވާއިރު އީތަންގެ ހިއްސުތަކަށް ގޮތްތަކެއް ވެއްޖެކަން ގައިމެވެ. ކައިޝާ އައިސް އީތަން އާއި ޖެހިގެން އިން ގޮނޑީގައި އިށިންއިރުވެސް އީތަން އިނީ ބަސް ހުއްޓިފައެވެ. ކައިޝާގެ ރީތިކަން އީތަންގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލައިފިއެވެ. “ސާބަސް..މީހުން ބަލަނިއްޔޭ..އީތަންއަށް އަލަށްތަ އަހަރެން ފެނުނީ..؟” ކައިޝާ ސަމަސާ ކޮށްލިއެވެ. އޭނަ އިނީ ލަދުވެސް ގަނެފައެވެ. އީތަންވެސް އެބަލަނީ މާވަރަކަށް ވިއްޔައެވެ. “އެހެންނު ވާނީ ބޮޑިގާޑެއްވެސް ގޮވައިގެން ތިއައީ..ހޫމް ދެން ބުނެބަ ކާކުތަ އެއީ..؟” އީތަން އިޝާރާތް ކޮށްލީ މަޖުދާގެ ކައިރީގައި ހުރި މީހާއަށެވެ. ” އަދި މީޓެއް ނުވޭ ދޯ..ޑޭޑް އެއީ..ހަމަ ދެންމެގަ އެއައީ..ވަރަށް އުފަލުން ހުރީ..ބަޓް ދޮންބެ މަތިން މިސްވީމަ ކުޑަކޮށް މޫޑީވެފައި އެހުރީ..މޯމްވެސް ވަރަށް ރޮއެފަ އެއައީ..އައި މިސް މައި ބްރަދަރ..އަސްލުވެސް ދޮންބެ ހުރިނަމަ މިރޭ މީ އަހަރެންގެ ލައިފްގެވެސް އެންމެ ޕާރފެކްޓް ރެއަށް ވާނެ.. އީޝަލް މަތިންވެސް ވަރަށް މިސްވޭ” ކައިޝާގެ ލޮލުގައި ކަރުނަ ވިދާލިއެވެ. އަހުނަފު އެއީ ލާމަސީލު ބޭބެއެކެވެ. މިއަދު އެމީހުން ކައިރީގައި ނެތް ނަމަވެސް ކައިޝާގެ ހިތުގައި ފަނޑުވުމެއްނެތި އެލޯބިވެއެވެ. އޭނަގެ ދޮންބެއަށްޓަކައި ކައިޝާ ހެޔޮ ދުޢާ ކުރިއެވެ. ” އޭތް..ދެން މިގަޑިގައި ނުރޯތި..މީހުން ކީކޭ ހީކުރާނީ..އަނެއްކާ ތި މޭކަޕްތަށް ފޮހެވުނީމަ އެންމެން ބިރުން ދުވެ ފިލާނެ ސަފަރުކައްދައޭ ކިޔާފަ..” އީތަން ބެލީ އޭނަގެ ވާހަކަތަކުން ކައިޝާގެ މޫޑް ރަނގަޅުކޮށް ލެވޭތޯއެވެ. އެވަގުތު ކައިޝާގެ މަޑު ހީލުމުގެ އަޑު އިވުމުން އީތަންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

ކައިވެނީގެ ހަފުލާ ފެށިގެން ދިޔައީ ހުސްނާ އައުމުންނެވެ. އިތަން އޭނާގެ މަންމައަށްޓަކައި އުފާވިއެވެ. ހުސްނާ އެއީ އެފަދަ ދެވަނައެއް ނުވާ މަންމައެކެވެ. އީތަންގެ ހިނިތުންވުން ފުންވެގެން ދިޔައީ އުފާވެރިކަން ފެންނަން ހުރި ހުސްނާގެ މޫނު ފެނުމުންނެވެ. ޒުއްނޫރުވެސް އޭނައާއި އެކު ވާނެނަމައެވެ. އެކުޑަ ކުޑަ އާއިލާ ފުރިހަމަ ވާނެއެވެ. އީތަންއަށް ނޭނގުނަސް ޒުއްނޫރުވެސް އެތަނުގައި އެބަހުއްޓެވެ. މީހަކަށް ހިލަމެއް ނުވާނެހެން ލޯތަކަށް ކަޝްފުވެގެން ޒުއްނޫރު އެހުރީ ހުސްނާގެ ފުރަގަހުގައެވެ. ދެލޮލުން ފާޅުވަނި ވޭނާއި ހިތްދަތިކަމެވެ. ހުސްނާ އޭނައަށް އެންމެ ބޭނުން ޖެހުނު ދުވަހުގައިވެސް ޒުއްނޫރަށް ޖެހިފައި އެވަނީ ދުރުގައި މަންޒަރު ބަލަން ހުންނާށެވެ. ހިތްދަތި ކަމުގެވެސް އިންތިހާ އެވެ. ތަޤްދިރު ކުރާ ސަމާސާތަކެވެ. ޒުއްނޫރު ކެތްތެރި ވާނެއެވެ. ހުސްނާގެ ދިރިއުޅުމުގައި އޭނަގެ ނަން ލިޔެވިފައިވާނަމަ އަދި ކޮންމެވެސް އެއް ދުވަހަކުން އެނަސީބު ޒުއްނޫރަށް ލިބޭނެއެވެ.

 

“އަނބި ޤަބޫލުކޮށްފިން” އިތަންގެ ދުލުން ބުނެލި އެޖުމްލަ ކައިޝާގެ ކަންފަތަށް އިވުނީ ލުއި މިޔުޒިކެއް ފަދައިންނެވެ. ދެލޯ މަރާލުމާއެކު އެސްފިޔަތަށް ފޫދުވާލާފައި ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އަމާން ކަމާއި އޮމާން ކަމާއެކު ކައިވެނީގެ ހަފުލާ ނިމިގެން ދިޔައެވެ. މެހެމާނުންނަށް ޚާއްސަކޮށްފައިވާ ކެއުމެއް ޓެރަހުގެ އަނެއްފަރާތުގައި ތައްޔާރު ކޮށްފައިވާ ހުއްޓެވެ. ” އީތަން ދޯ ކިޔަނީ؟..އިނގޭ ދޯ އަހަރެން މީ ކާކުކަން؟..ޚަނީފް ކިޔަނީ..ކައިގެ ބައްޕަ..އަހަރެން ވަރަށް އުފާވެއްޖެ ކައިގެ ކައިވެނި އީތަން ކަހަލަ ރަނގަޅު ކުއްޖަކާ ކުރެވުނީމަ..މަޖޫ އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދިން..އަހަރެންގެ ހިތުގައި އިތަންއާ މެދު އެއްވެސް ޝަކުވާއެއް ނެތް..އެކަމަކު އަހަރެން އެދޭ އެދުމެއް އެބައޮތް..އެއީ ކައިޝާ އަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަޤީންކަން އަހަރެން ބޭނުން..” އިތަން ކޮޅަށް ތެދުވަމުން ސަލާން ކޮށްލިއެވެ. ޚަނީފު ހިނިތުންވެލިއެވެ. “އަޅުގަނޑުގެ ފަރާތުން ކައި ދެރަވާވަރުގެ ކަމެއް ނުފެންނާނެ ކަމުގެ ޔަޤީންކަން ދެން.. އަދި މަރު ފިޔަވާ އިތުރު އެއްވެސް ބާރަކުން އަހަރެމެން ވަކި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ދެން..” ކައިޝާގެ އަތުތެރެއަށް އަތް މަހާލަމުން އީތަން ބުނެލިއެވެ. އެއަޑުގައި ވަނީ ސާބިތުކަމެވެ. ޖެހިލުންކުޑަކަމާއި ކެރޭކަމެވެ. ކައިޝާގެ ހިތް އުފަލުން ފޮޅުނެވެ. އޭނަގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމުގައި ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ.

 

ކުއްލިއަކަށް ވައިގަދަވެ ކަޅު ވިލާތަކުން އުދަރެސް ބައްދާލިއެވެ. ހަމަ އެއާއިކު ވިދާލި ވިދުވަރަކުން ފޭދިގެން އައި ރަތް އަލިގުޅައެއްގެ އަމާޒު ހުރީ އީތަން މެން ތިބި ޓެރަހާދިމާއަށެވެ. އެއަލިގުޅަ ހަލުވި މިނެއްގައި އެދިމާއަށް ތިރިވަމުން އައި ވަރަކަށް އަލިބެގެ ކިޔެވުންވެސް ބާރުކޮށްލިއެވެ. މިވީހާއިރު އެއްވެސް މީހަކަށް ނުފެނި އެތަނުގައި ހުރި ބޮޑު ގަހެއްގެ ނިވަލުގައި އިން އަލިބެ އެތަނުން ނިކުމެގެން ދުއްވައިގަތީ އީތަން މެން ތިބި އުނދޯއްޔާ ދިމާއަށެވެ. އަތުގައި ކަޅު ކުލައިގެ ފުޅިއެއް އޮތް އިރު އެފުޅިން ދުން އަރަމުން ދިޔައެވެ. “މަންމާ…!” އަލިބެ ދުވެފައި އައި ގޮތް ފެނުމުން ކައިޝާ ހަޅޭ ލަވާގަތެވެ. އީތަން ކައިޝާ ގޮވައިގެން އުނދޯއްޔާ ދުރައްޖެހިލިއެވެ. ޚަނިފާއި މަޖުދާވެސް ދުވަމުން އެދިމާއަށް އައީ ކައިޝާގެ ހަޅޭކުގެ އަޑަށެވެ. ހުސްނާގެ ގޮނޑި ދަމަމުން ސަރަފިއްޔާއާއި އަމްޖަދުވެސް އެދިމާއަށް އާދެއެވެ. ޒުއްނޫރުގެ ނަޒަރު ހުރީ މައްޗަށެވެ. ވާން އުޅެނީ ކީއްކަން ރަނގަޅަށް އެނގި ހުރެވެސް ޒިއަދަންއަށް އެހިވާން ޒުއްނޫރު ބޭނުމެއް ނުވިއެވެ. އަލިބެގެ އަތުގައި އޮތް ފުޅީގެތެރެއަށް ގަދަ ރަތް ކުލައެއް ވެރިވެގެން ދިޔައީ ކުއްލިއަކަށެވެ. އޭރު ރޮނގެއްހެން މަތިން ފޭދިގެން އައިސް ހުރި ރަތް ކުލަ ފަނޑުވެގެން ދިޔައެވެ. އަލިބެ ތުން ތަޅުވާލަމުން އަވަސް ހަރަކާތާކާއެކު އެފުޅީގެ މަތި ބަންދު ކޮށްލިއެވެ.

 

“އަލްހަމްދުލިﷲ..މި ބަލާވެރިކަމުން ތި ދެކުދިން ސަލާމަތް ވެއްޖެ..ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން..ބޭބެގެ ދުޢާ ވަނީ ތި ދެކުދިންނާއެކު..” އަލިބެގެ މޫނުމަތި ވަނި އުޖާލާވެފައެވެ. އެތަނުގައި ތިބި ގިނަބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވީނަމަވެސް ކޮންމެ މީހަކުވެސް ޝުކުރު ކުރަމުން ދިޔައީ މުސީބާތުން ސަލާމަތް ވުމުންނެވެ. އަލިބެ އެފުޅިއަށް ބަލާލަމުން އޭތި ކަޅުކުލައިގެ ކޮތަޅަކަށްލައި އައްސާލިއެވެ. އެފުޅިއަށް ހަދަންވާގޮތް  އަލިބެއަށް އެނގެއެވެ. ކައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރި އީތަންގެ ހިތުގައި ޒިއަދަންއާއި މެދު ހަމްދަރުދީވިޔަސް އޭނާގެ އުނދަގުލުން ސަލާމަތް ވުމުން އުފާވެސް ވިއެވެ. ދެން އެއްވެސް ފިކުރެއް ނެތި ކައިޝާއާއި އެއްކޮށް އުފާވެރި ދުވަސްތަކެއް ހޭދަކޮށްލެވިދާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ކިޔުންތެރިންގެ ސަމާލް ކަމަށް

Next

ވޭނީ ލޯބި 2 ވަނަބައި

Next
June 6, 2017

ވޭނީ ލޯބި 2 ވަނަބައި

Previews
June 5, 2017

ކިޔުންތެރިންގެ ސަމާލް ކަމަށް

75 Comments!

  1. kayashandy says:
    June 5, 2017 at 10:30 pm

    plx leave a comment..enjoy 🙂

    thanks all for ur love n support:)

  2. Book Lover says:
    June 5, 2017 at 10:33 pm

    hi kaya!!

    1. kayashandy says:
      June 5, 2017 at 10:55 pm

      hi book lover:)

  3. Book Lover says:
    June 5, 2017 at 10:34 pm

    hi kaya!! ??

    1. Book Lover says:
      June 5, 2017 at 10:35 pm

      yey mee first dhoo…. adhi alah.. adhi nueh kiyan but kiyaalaafa comment kohlaanan ingey kaya dear…

    2. kayashandy says:
      June 5, 2017 at 10:56 pm

      hehe 🙂 arrn dhw..yippee..u must get an award for achieving 1st place:* hehe..waiting for ur comment on this part:)

    3. Book Lover says:
      June 5, 2017 at 11:18 pm

      Kayaa…. haadha reechey mi baives… ekam haadha avahah ethan aai kaisha e marry kury?? And Husna ah haadha dhera gothekey dho evee!! V dheravejje… but i dont understand Ziadhan dhiyayas adh fonuvaalevunas ibza adhives eba hutteh nun kobaa ibza?? Btw, kaya story haadhahaa reechey… kaya thi gengulheny kon kahala molhu skill eh jamevves neyngey.. v happy vey mi kahala reethi vaahaka evves kaya ge faraathun kiyaalan libeythee!!! THANKYOU!!!!!??

    4. kayashandy says:
      June 5, 2017 at 11:51 pm

      haadha ufaaveri comment ekey dhw..hehe:) book lover thee hama 1vanaige kiyuntheriei..v ufaavey thikahala rangalhu reader ei libuneema..btw booklover ge suvaaluthakaha javaabu libeyne v avahah..:) keep waiting:) thank u with lots of butterflies:*

    5. Book Lover says:
      June 5, 2017 at 11:20 pm

      Kayaa ves haadha majaley dhoo thihen bunyma hevijje!??

    6. kayashandy says:
      June 5, 2017 at 11:51 pm

      🙂 :*

  4. Anonymous says:
    June 5, 2017 at 10:37 pm

    Me second

    1. kayashandy says:
      June 5, 2017 at 10:57 pm

      congra dear..n thank u:)

  5. Adha? says:
    June 5, 2017 at 10:42 pm

    Varah reethi as always? mi story nimunytha mi?

    1. kayashandy says:
      June 5, 2017 at 10:54 pm

      noon..adhi nunimey..keep waiting Adha:)

    2. Adha? says:
      June 5, 2017 at 11:06 pm

      Ok waiting?

  6. shafu says:
    June 5, 2017 at 10:55 pm

    vvv reethi

    1. kayashandy says:
      June 5, 2017 at 11:17 pm

      thank u shafu:)

  7. Zail says:
    June 5, 2017 at 11:16 pm

    Vrh reethi n interesting too..kaya story nimenytha? Zaidhan ge kanthah ninmaaleedho theee..tbh thee zail ge fav writer mi site ah alah vadhun iruvx furathama mi story fenunyh n story ah kiyaa unique name ge sababun story kiyaa hihjehunyh n finally mi story mee vrh reethi n interesting story eh..kaya u r the best hama?
    Mi story ge sifakurunthah vx salhi… I like this story very much best of luck kaya?

    1. Zail says:
      June 5, 2017 at 11:18 pm

      Ziadhan*

    2. kayashandy says:
      June 5, 2017 at 11:48 pm

      awwnnn zail..:) v ufaavejje aneikaaves dhimaaveema..n i like ur name too..its unique n i might use in my next story but if u won’t mind it..hehe:) btww a v big thanks for always been so supportive…:)

    3. Zail says:
      June 5, 2017 at 11:52 pm

      Dhw..Hehe thanks kaya..my pleasure kaya ge story ehga zail ge name use kurumakeee….hope mi story ninmaafa kaya ge ehn story bkiyaalan libeyne kamah..

    4. kayashandy says:
      June 5, 2017 at 11:55 pm

      insha allah..dn liyaa vaahakeiga zail ulheyne:)

  8. princess says:
    June 5, 2017 at 11:23 pm

    V reeti

    1. kayashandy says:
      June 5, 2017 at 11:52 pm

      thank u princess 🙂

  9. Flower princess says:
    June 5, 2017 at 11:27 pm

    Varah reethi love it.

    1. kayashandy says:
      June 5, 2017 at 11:52 pm

      thank u so much dear:)

  10. laii says:
    June 5, 2017 at 11:40 pm

    Beautiful story.. just love it…..

    1. kayashandy says:
      June 5, 2017 at 11:53 pm

      thank u laii:)

  11. nonns says:
    June 5, 2017 at 11:52 pm

    Yayy. Atlast kaisha and eethan ah haapy life eh libuny. Oh my god I was so eagerly waiting for that. Mi part varah salhj ingey. Keep it up kayaa!!! Konirakun next part up kohdheynee

    1. kayashandy says:
      June 5, 2017 at 11:56 pm

      thank u nonns:) tbh i dnt get much time during this month..but i ll up next part ASAP…hope u ll b waiting:)

  12. Saandy says:
    June 6, 2017 at 12:14 am

    WOW… I like this part too… Ziadhan hayyaru kolly dhw thi… Salhi… Dhen vaany kihinehbaaey mi hithah arany… Waiting for the next part… Keep it up Kaya 🙂

    1. kayashandy says:
      June 6, 2017 at 12:15 am

      thank u soooooooooooooo much dear saandy:) m happy dat u liked this part too:) btw ziadhan hayyaruvee..hehe dn vaane gothei engidhaane v avahah..in sha allah:)

  13. Jjeyツ says:
    June 6, 2017 at 12:30 am

    Kayaa. Was waiting for ur story… finally its here dho. V salhi ingey mi part vs ..dhean alhe Ethan ah 25 years furuvaba please?. Cant wait for that day… v interesting ingey… waiting for next part??

    1. kayashandy says:
      June 6, 2017 at 12:29 pm

      happy to c ur commrnt dear:) hehehhe…miulheny thikamaa ey..:) btw thank u jj..keep waiting 🙂

  14. remoo says:
    June 6, 2017 at 12:51 am

    wow v reethi mi part…..ziadan salaamai viya nudheythi dhen….

    1. kayashandy says:
      June 6, 2017 at 12:30 pm

      thank u soooo much remoo:) ziadhan dhw.. keep waiting to knw wat ll hpn to him..

  15. Jinn says:
    June 6, 2017 at 12:52 am

    Alhey Ziyadhan Hayyaru kureetha???Adhi eves ehaa faseyhaintha?? Kobaatha ibza? Kobaatha Ziyadhange auvaanun???? Ethan ah haalathuge gothun mivaguthu eheenuvevidhaane ekam Zunnoorves dho? Dharin kithamme goas koh ulhunas edharinnah evaru bodukamevvaairu eheevaan vaane dho? Adhi islaah veytho masakkaiyves kuranvaane dho? Jinn ge aslaky varah bodavves blood bond and brotherhood dhamahatta baehveema aslu ummeedhu koggen hury bodu fight akah fahu namaves Ziyadhan ah visni emmen eggalakah araanekamah. Ekam Author ah ingeyny dhow. Hehe… Vaahaka varah reethi ingey. Kaya ah nimumeh neiy shukuru… Love this story❤?… Pls dont take this as a negetive comment…? Jinn eh veema hama sympathy veveny.?. Ekam story hama superb. ??

    1. kayashandy says:
      June 6, 2017 at 12:33 pm

      aaaahhhhhh!!! jinn ves dn dhw..hehee…adhi madukohba..fahun vaane gothei engeneeei noon..hehhe:) btw i ll never take u negeatively..:) i dnt think adhi mi end vee kamah so may b fahun nagaa raalhu boduves vedhaane dhw..keep waiting dear:) thaaaaaaaaaaaaaaaaaanku beeeeeeegggkoh:)

    2. Jinn says:
      June 7, 2017 at 10:56 pm

      Hehehehehehe. Ya dhow fahun Nagaa raalhu boduvaane…. Waiting for next part. Avahah up kuraanan dhow? Hehe

  16. who am i? says:
    June 6, 2017 at 1:15 am

    wow! kaya mi part ves hama perfect… keep it up❣
    aslu heekuree stwry nimuny kamah.. dhn v habu vaane ziadhan nukulhedhey,baareh neii meehakah vejjeiya ❣❣

    1. who am i? says:
      June 6, 2017 at 8:54 am

      i think adhi izba e ziadhan save kuraaneh ??

    2. kayashandy says:
      June 6, 2017 at 12:35 pm

      thank u so much..neynge dhw ziadhan ah thihenves vedhaane hama..hheheh..

  17. Khajja says:
    June 6, 2017 at 1:55 am

    Wow masha allah v rythi but husna ah evygothun v dheravejje?? fainaly kai n eethan ah life eh feshijje e 2 kudhinge life happy vaane kamah ummydhu kuran, thank u so much 4 the luvly stry waiting nxt prt n gud nyt ly????❤❤❤❤???

    1. kayashandy says:
      June 6, 2017 at 12:38 pm

      thank u khajja..husna ah dn mifaharu vee goi eii..keekuraanee..ethan n kai ge life feshunee dhw dn lets c hw dat one will b going..keep waiting:) ly

  18. ASH CHUM says:
    June 6, 2017 at 9:19 am

    Haadaha furihama vaahaka akey mi.hama obinoove.keep it up.

    1. kayashandy says:
      June 6, 2017 at 12:45 pm

      thank u so much ASH CHUM:) hope v ll meet again in next part:)

  19. LEO♥ says:
    June 6, 2017 at 11:41 am

    Love the story…thanks kaya..♥♥

    1. kayashandy says:
      June 6, 2017 at 12:45 pm

      welcome n thank u for reading this story:)

  20. Aisha says:
    June 6, 2017 at 12:19 pm

    Varah reethi mi part ves ❤ kuriah oiy part ga kihinehba vaani?? Waiting 4 the next part ?

    1. kayashandy says:
      June 6, 2017 at 12:44 pm

      thank u sooo much aisha:) u ll knw dat in next part..hehhe..:)

  21. Some one says:
    June 6, 2017 at 4:16 pm

    Best dhivehi story I have ever readed very intresting story. keep it up .

  22. Ethan says:
    June 6, 2017 at 4:59 pm

    OMG!!!ladhuves ganey.. hehehehe…dhn mi story ga mi ulhenee “Ethan” eh veema ehen ves vaane’ dhw . ..hehehe…anyway waiting for the next part nd Ethan ge’ 25th birthday….nd mi part ves OBINESS TO THE MAX!!!…hope kuran dhn anna parts ves vvvv salhi vaane’ kamah…dhn enoonas life eh feshii ma salhi vaane’ eh nu dhw .. <3 😉 :^*

  23. Ethan says:
    June 6, 2017 at 5:04 pm

    OMG!!! ladhuves ganey .. hehehe.. dhn mi story ga “Ethan” eh ulhey thii ehen ves vaane’ dhw…hehehe…. mi part hama obiness to to the max!!!..vvvv kamudhey..u r doing a great work!! keep it up!!!! <3 :^*

  24. hhh says:
    June 6, 2017 at 5:10 pm

    cool !!

  25. Ethan says:
    June 6, 2017 at 5:11 pm

    Obiness to the max!!

    1. Ethan says:
      June 6, 2017 at 5:13 pm

      ey kurin varah sweet koh 2 cmmnts kohlin.. ekamaku cmmnts visible eh noon…e vee gotheh ingey ehves kuhjaku eba huritha??

    2. Someone says:
      June 6, 2017 at 6:35 pm

      Nop neynge vee gotheh ehgothakah ves! Well, thee vaahakaiga ulhey ethan tha ? Hehe! Vaahakaiga ulhey ethan aa meet kohlaa hiyy vejje vaa gotheh balaalan. Ethan ge hunna reethi kamakun! Hehe! Jux fun ????

    3. Someone says:
      June 6, 2017 at 8:02 pm

      Hey ethan. I saw the comment jux now! Anekkaa thee vaahakaiga ulhey jinni ethan tha! Subhan Allah! Biruvess ganejje ???

    4. Ethan says:
      June 6, 2017 at 8:37 pm

      aslu ves neyge’ evii gotheh.. mihaaru commnts visible.. nd m nt a jinni .. hehehe.. mi ee hama Ethan kiyaa kuhjeh 🙂

    5. Someone says:
      June 7, 2017 at 10:05 am

      Ehentha! Even when I submit the comments sometimes comments visible nuvey! Fahun visible vaany! Even I also don’t know what is happening ? Ehentha… Name ga ethan jahaafa inyma heevejje ethan kiyaa kujje hen ?

  26. Someone says:
    June 6, 2017 at 6:31 pm

    Wow.. Varah reethi mi part ves kaya ? I am so happy that Ethan and Kai got married ? By the way story varah reethi as always. Story feshuneesure kiyan ekam comment nukuran ehaa varakah. This is my second comment for this story. And i will try to comment hurihaa baithakah ves hereafter ? Very happy to meet you kaya dear ? And waiting for the next part! So excited for the next part! Luv u ??

  27. Anonymous says:
    June 6, 2017 at 10:06 pm

    haadha reechey mi part vx.. mi vaahaka nimentha miulheny?
    waiting for another part.. up soon

  28. Reader says:
    June 6, 2017 at 11:11 pm

    Adhi varah baivaru part ebahuritha?
    Btw mee hama best story ever

  29. AN33 says:
    June 7, 2017 at 12:12 am

    Wow …varah reethi mi part ves ? And waiting for the next part!!! ??

  30. Naby says:
    June 7, 2017 at 11:58 am

    Yeyyy me last. V reethi.

  31. Kokaa says:
    June 7, 2017 at 8:02 pm

    Vvv rythi mi waahaka,,v interesting..
    Cant wait to read the next part,,

  32. aish says:
    June 9, 2017 at 5:18 am

    Next part koniraku?v salhi mi story.adhi ehaa unique.. Namah balaalafa ves engey story interesting vanekan ehenve aslu story kiyan feshuny..

  33. Anonymous says:
    June 9, 2017 at 10:47 am

    Kobaahey kobaahey kakuni vaahaka kobaahey haadha vaey haadha vaey kakuni vaahaka kiyen nethyma????????

  34. Jinn says:
    June 10, 2017 at 10:55 pm

    Hey Kaya koba next part? Fahun nagaaraalhu boduvaaneyey bunyma mihunnany beach ga raalhu gunaala gunaala boduraalhu aadheytho. Hehe. Kobaatha ibzeema…… Adhives Ziyadhan Salaamaiy kuraakah noolhentha?

    1. who am i? says:
      June 11, 2017 at 3:26 am

      hehe aan dhw..
      waiting 4 nxt part❣

  35. lil grl says:
    June 11, 2017 at 7:15 pm

    ufff.. ffohi vejje now vaahka ah wait koh koh… please avahah next part up kohdhyba

  36. xoo says:
    June 12, 2017 at 1:01 am

    Asluves dho

  37. Reader says:
    June 12, 2017 at 1:10 pm

    Kondhuvahakun tha next part?
    Waiting…

  38. Adha? says:
    June 12, 2017 at 4:30 pm

    Keep waiting ey bunyma adhives mihury waitinga…Alhe haadha dhigu inthixaareh thi kuruvany kaya.. kobaatha next part..?

  39. who am i? says:
    June 12, 2017 at 8:28 pm

    kaya kobaa tha stwry.?
    konirakun up kohla dheyny…☺

Comments are closed.

Next Episodeކަކުނި 23←


All Right Reserved!