Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 13 ވަނަ ބައި

Xiroo Thihthi Level 210 Stories
September 9, 2017 3 Mins Read
2 Comments

ދެމަސްފަސް
ނިސާދުއާ ހަނާ މާލެދިޔަތާ ދެމަސްވީއެވެ. ހަނާ ވިހަންވާއިރަށް ލާރިއެއް ހޯދުމުގެ ބޭނުމުގައި އޮފީހަކުން ވަޒީފާވެސް ނިސާދު ހޯދިއެވެ. ބަރާބަރަށް ނިސާދު އޮފީހަށް ދަމުން ހަނާއަށްވާ ވަރު ބަލަމުންގެންދެއެވެ. ޒިޔާދުގެ ހާލުވެސް ބަލަމުން ނިސާދު ދިޔައެވެ. ދުވަސްތައްމިހެން ފާއިތުވަމުން ގޮސް ހަނާގެ ބަނޑަށް 9 މަސް ހަމަ ވެއްޖެއެވެ. މިދުވަސްވަރަކީ އަންހެނަކަށް އަންނާނެ އެއްމެ އުފާވެރި އެހެނަސް ހިތާމަވެރި ދުވަސްވަރެވެ. ނިސާދު ރެއެއްދުވާލެއް ނުބަލާ އިންތިޒާރު ކުރަމުން ދިޔައީ އެލޯބިލޯބި މައުސޫމް ދަރިފުޅު މިދުނިޔެއަށް ނޭވާލާނޭ ވަގުތަކަށެވެ. އެދަރިފުޅު ބައްޕާއޭ ކިޔާފާ ގޮވާލާނޭ ވަގުތަކަށެވެ. ހަނާގެވެސް ގޮތަކީ މިއީއެވެ. ޒިޔާދުވެސް މަސައްކަތް ކުރަމުންދިޔައީ އެދުވަހަށް މާލެ އާދެވޭތޯއެވެ.
ވީނުވީއެއްނޭންގި ދިހަދުވަސް ފާއިތުވެގެން ގޮސްފިއެވެ. އެއްދުވަހެއްގެ ހެދުނުގެ ވަގުތެވެ. ހަނާ ތެދުވެގެންގޮސް ފާހާނާއަށް ވަނެވެ. އިރުކޮޅެއްކޮށްފަ ހަނާ ފާހާނާއިން ނިކުތެވެ. އޭރު ހަނާގެ މޫނުމަތިން ހާސްކަމުގެ އަސަރުފެންނަން ހުއްޓެވެ. އަތުން ބަނޑުގެ އެއްފަރާތުގައި ހިފަހައްޓައިގެން ހަނާ އައިސް އެދުކައިރީ މަޑުވިއެވެ. ކުއްލި ކުއްލިއަށް ހަނާގެ ބަނޑުގައި ރިއްސަނީއެވެ. އޭރު ނިސާދު އޮތީ ނިދާފައެވެ. “ސާދު…. ސާދު….” ހަނާ ނިސާދުއަށް ގޮވަންފެށިއެވެ. ހަނާގެ އަޑުގާވެސް ތަދުގެ އަސަރު ހުއްޓެވެ. އިރުކޮޅެއް ވަންދެން ގޮވިފަހުން ނިސާދުއަށް ހޭލެވުނެވެ. އަދި ހަނާ ހުރިގޮތުން ނިސާދު ފުއްމައިގެން ތެދުވިއެވެ. “ކިހިނެއްވީ ހަނާ. ބަނޑުގައި ރިއްސަނީތަ” ހަނާ ޖަވާބުދިނީ ބޮލުގެ އިސާރާތުން ނެވެ. ނިސާދު ފޯންނަގާ އެމްބިއުލާސްއަށް ގުޅިއެވެ. އެއައްފަހު ހަނާ ތައްޔާރުކޮށްލައިގެން ނިސާދު ބޭރަށް ނިކުތެވެ. “ދައްތާ… ދައްތާ….” ނިސާދު ގޮވަންފެށިއެވެ. “އާނ… ކިހިނެއްވީ” ކޮޓަރިތެރެން އަޑުއައެވެ. ހަމަ އެއާއެކު ރަމްލާ ކޮޓަރީދޮރު ހުޅުވާލިއެވެ. ނިސާދު ގޮވާލި ގޮތުން ކަމެއްގޯސްވިހެން ހީވެގެންނެވެ. “ދައްތާ. އަހަރެން މިދަނީ ހަނާގޮވައިގެން ހޮސްޕިޓަލަށް. ދައްތަވެސް ތައްޔާރުވެލައިގެން އާދޭ.” މިހެން ބުނިތަނާ އެމްބިއުލާސްގެ މީހުން އެދުހިފައިގެން ގޭތެރެއަށްވަނެވެ. ނިސާދު ވަރަށް އޯގާރެރިކަމާ، ލޯތްބާއެކު ހަނާ އަތްދަޑިމައްޗަށް އުފުލާލާ އެދުގައި ބޭންވިއެވެ. ފަރާތް ފަރާތުން ބެލްޓްއަޅުވާ ހަނާ ނުގުޑޭނެހެން ހައްޔަރު ކޮށްލިއެވެ. އޭރުވެސް ހަނާގެ ބަނޑުގެތަދަކަށް ބަދަލެއްނާދެއެވެ. އިރެއްއިރެއް ވިއްޔާ ތަދުބޮޑު ވަމުންދިޔައެވެ. އެމްބިއުލާސްއަށް ހަނާ އެރުވުމާއެކު ދުއްވާލިއެވެ. ނިސާދުގެ އަތުގާބާރަށް ހިފަހައްޓައިގެން ނަގަމުންދިޔަ ތަދުތަކަށް ހަނާ ކެއްކުރަމުން ދިޔައެވެ. ތަދުބޮޑުވާ ކޮންމެފަހަރަކު ހަނާއަށް ހީވަނީ ދެންމެ ދެންމެ ވިހާފާނެހެންނެވެ. ނިސާދު ހަނާގެ ބޮލުގާ ފިރުމަމުން ކެއްތެރިވުމަށް ނަސޭހަތްތެރި ވަމުން ދިޔައެވެ.
އައި ޖީ އެމް އެޗްގެ ގޯތިތެރެއަށް އެމްބިއުލާސް ވަތްއިރު އެހެންއެނދެއް ހިފައިގެން ވޯޑް ބޯއީ އައިސް ތިއްބެވެ. އެމްބިއުލާސް މަޑުކޮށްލުމާއެކު އެދުކައިރިކޮށް ހަނާ އެއެނދަށް ބަދަލުކޮށްލިއެވެ. އޭރު ހަނާގެ ބަނޑުގެ ތަދުބޮޑުވެ ތެޅިފޮޅެނީއެވެ. ބާރަށް އެނދު ދުއްވާފަގޮސް ވިއްސާ ކޮޓަރިއަށް ވެއްދުމުން ނިސާދު ބޭރުގައި މަޑުކޮށްލިއެވެ. މޫނުމަތިން ހިތްނުތަނަވަސްކަމުގެ އަސަރު ފެންނަން ހުއްޓަސް، އުފާވެރި ކަމުގެ އަސަރުވެސް ފެންނަން ހުއްޓެވެ. “ނިސާދު…..” ރަމްލާގެ އަޑަށް ނިސާދު ބަލާލިއެވެ. “ކޮބާ ހަނާ” ރަމްލާ ސުވާލުކޮށްލިއެވެ. “އެތެރޭގަވީ” ނިސާދު ޖަވާބު ދިނެވެ. ނިސާދުގެ ޖަވާބާއެކު ރަމްލާ ވިއްސާކޮޓަރީގެ ދޮރުކައިރި މަޑުކޮށްލިއެވެ. ކުއްލިއަކަށް ނިސާދުގެ ފޯން ރިންގްވާން ފެށިއެވެ. “ހަލޯ ޒިޔާ…! ކިހިނެއްތަ ހާލުއަހުވާލު” ނިސާދު އެއްމެ ފުރަތަމަވެސް ޒިޔާދުގެ ހާލު އޮޅުން ފިލުވާލިއެވެ. “އަހަރެން ރަނގަޅު….  ނިސާދު ކިހިނެއްތަ؟” ޒިޔާދުވެސް ސުވާލު ކޮށްލިއެވެ. “އަހަރެންވެސް ހަމަ ބަރާބަރު. ޒިޔާ މާލެ އަންނަވާހަކަ ބުނީމެއްނު. ކޮންއިރަކުންތަ އަންނަނީ” ނިސާދު އަހާލިއެވެ. “ދެންމާގިނައިރެއްނުވެ އަހަރެންފެނިދާނެ” ޒިޔާދު ބުނެލިއެވެ. “ކީއްކުރަން މާލެ ތިއަށްނަނީ” ނިސާދު އަހާލިއެވެ. “ކަމެއްކުރާކަށް ނޫން. ރަށުގަ ހުރެ ފޫހިވެގެން ހަމަ ގޮސްލަންވެގެން. މާލެ ދިޔައީމަ ވިއްޔާ ނިސާދު މެންނާވެސް މިހާރު ދިމާވާނީ. އަދިވެސް ހަނާ ވިހާދުވަސް ކައިރިނުވޭތަ؟ އަހަރެން ދަރުފުޅު ބަލާލާ ހިތުން މިހާރު ހުރެވެނީއެއްނޫން” ކެއްމަދުވެފާ ހުރި ޒިޔާދު އަހާލިއެވެ. “ނުނޭ. އިރާދުކުރެއްވިޔާ ދެންމާގިނައިރެއް ނުވެ ތިކަންވެސް ވެދާނެ. ހަނާ ވިއްސާކޮޓަރީގައިވީ” ހިނިތުންވެލަމުން ނިސާދު ބުނެލިއެވެ. “އެހެންތަ؟ އެހެންވީމަ މިއަދު އަހަރެންނާ މުޅިންއާ ކުއްޖަކާވެސް ބައްދަލުވާނެދޯ” ނިސާދުގެ އެއުފަލުގާ ބައިވެރި ވަމުން ޒިޔާދު ބުނެލިއެވެ. “އޭ ޒިޔާ!!! ހަނާ ވިހައިފި……….” ވިއްސާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ހަނާގެ ނަން ގޮވާލުމަށްފަހު ނަރުސް ކުއްޖަކު ހަނާ ވިހައިފި ކަމަށް ބުނުމުން ނިސާދު ބުނެލިއެވެ. އަދި އިރުކޮޅަކުން ކުއްޖާ ދައްކާލެވޭނެ ކަމަށް ވެސް ނަރުސް ކުއްޖާ ބުންޏެވެ.           “އަލްހަމްދު ލިއްލާހި ޝުކުރު….” ނިސާދުގެ އެޖުމްލައާއެކު ޒިޔާދުއަށް ހެއްދެވިފަރާތަށް ޝުކުރު އަދާކުރެވުނެވެ. ” ޒިޔާއަށް މާލެ އާދެވުނީމަ އަވަސްކޮށްލައިގެން އައި ޖީ އެމް އެޗް އަށް އާދޭ” ނިސާދު ފޯން ޖީބަންލާފަ ވިއްސާކޮޓަރިއާ ދިމާއަށް އެބުރިލިއިރުގަ ރަމްލާ އަތުގައި ވަރަށް ލޯބިލޯބި ފިރިހެންކުއްޖަކު އޮތެވެ. ނިސާދު އައިސް އެކުއްޖާ އުރާލިއެވެ. އަދި ގަޔާގާތްކޮށް ނިއްކުރިއަށް ބޮސްދިނެވެ. އުފަލުންނެވެ. ބަފައި ވަންތަކަމުގެ ލޯބި އެކުޑަކުޑަ ފުރާނަ ފެނުމުން ނިސާދުގެ ހިތުގައި ކެކިއުތުރި އަރައިގަތެވެ. “ކޮބާ ހަނާ…” އުފާވެރި ކަމުގެ ކަރުނަ ލޮލުގެ ތެރެއަށް ހިންދާލަމުން ދޮރުމަތީހުރި ނަރުސް ކުއްޖާ ކުރެން ނިސާދު އަހާލިއެވެ. “ކުޑައިރުކޮޅަކުން ވޯޑަށް ބަދަލުކުރާނެ” މިހެންބުނެ ނަރުސްކުއްޖާ ނިސާދުގެ ދަރިފުޅު ގޮވައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. “ދެންދޭ ކުޑަމިހާއަށް ބޭނުންވާނެ ބައެއް އެއްޗިއްސާ ހަނާކާނެ އެއްޗެއް ގަނެގެން އަންނަން. މިހާރު ހަނާ އޮށްނާނީ ވަރަށް ބަނޑުހައިވެފަ” ރަމްލާ މިހެންބުނުމުން ނިސާދު ހޮސްޕިޓަލުން ނިކުންނަން ދިޔަވަގުތަކީ ޒިޔާދު އައިސް ހޮސްޕިޓަލްގެ ތެރެއަށްވަތް ވަގުތެވެ. ނަމަވެސް ދެމީހުންކުރެން މީހަކަށް ފެންނަގޮތެއްނުވިއެވެ. ނިސާދު އަވަސް އަވަހަށް އެއްޗެހި ގަންނަންދިޔައީއެވެ. ޒިޔާދު އައިސް ވިއްސާކޮޓަރި ދޮރުމަތީހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެލިއެވެ. އޭރު ރަމްލާވެސް އެތަނުން ގޮޑިއެއްގައި އިނެވެ. ރަމްލާއަށް ޒިޔާދުއަކީ ކާކުކަމެއް ނޭންގެއެވެ. ޒިޔާދު ފޯނާކުޅެން އިސްދަށަށް ޖަހައިގެން އިންދާ ހަނާ ވިއްސާކޮޓަރިން ނެރެގެން ވޯޑަށް ގެންދިޔައެވެ. “ހަލޯ…. ނިސާދު ކޮންތާކު ތިއުޅެނީ” ލަސްވެގެން ޒިޔާދު ނިސާދުއަށް ގުޅާފައަހާލިއެވެ. “އަހަރެން ބޭރުގަ. މިދަނީ ހޮސްޕިޓަލަށް. ޒިޔާ ކޮންތާކުތަ؟” ނިސާދު އަހާލިއެވެ. “އަހަރެން މީނީ ހޮސްޕިޓަލްގަ. މިތާއިންނަތާ ވަރަށް ގިނައިރު ވެއްޖެ” ސަކުވާގެ ރާގަކަށް ޒިޔާދު ބުނެލިއެވެ.

 

މިހާރު ގެނެސްދެވޭ އެޕިސޯޑްތައް ކުރުވުމުގެ ސަބަބުން ކުރުކޮށް ގެނެސްދެވޭ ބައިގެ އިތުރުން، އިތުރު ބައެއްވެސް ގެނެސްދެނީ ކިޔުންތެރިންގެ އެދުމުގެމަތިން….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

އަގެއްނެތްލޯބި 12 ވަނަ ބައި

Next

އަގެއްނެތްލޯބި 14 ވަނަ ބައި

Next
September 10, 2017

އަގެއްނެތްލޯބި 14 ވަނަ ބައި

Previews
September 9, 2017

އަގެއްނެތްލޯބި 12 ވަނަ ބައި

2 Comments!

  1. Reet says:
    September 10, 2017 at 9:09 am

    First dhw v reethi

    1. Xiroo thihthi says:
      September 10, 2017 at 11:13 pm

      ya…. thanx REET

Comments are closed.

Next Episodeއަގެއްނެތްލޯބި 14 ވަނަ ބައި←


All Right Reserved!