އެވަގުތު ލިބުނު ޝޮކަކުން މަޖުދާގެ ނޭވާވެސް ތާށިވިކަހަލައެވެ. ކައިޝާގެ އަނގައި ދެފަރާތުން ރަތް ކުލައެއް ފޭދެމުން ދިޔައިރު ދެލޮލުގެ ކަޅިވަނީ ހުދުކުލައިގައެވެ. މަޖުދާ ދެފައި ތަޅުވަމުން ދިޔައީ ނޭވާ ހާސްވަމުންދާތީވެއެވެ. ކަޅިމައްޗަށް އަރަމުންދާ ވަރަކަށް މުޅި މީހާ ދިޔައީ ތުރު ތުރު ލަމުންނެވެ. އިސާހިތަކު ކަޅުވިލާތަކުން އުޑުމަތި ފުރާލިއެވެ. ވައިގަދަވެ ތޫފާނެއްގެ މަލަމަތި ދައްކާލީ ފަޅި ސިކުންތުކޮޅެއްގައެވެ. ހިތްތަކަށް ލޮޅުން ގެނުވާފަދަ ބާރު ގުގުރިތަކާ ވިދާލާ ވިދުވަރުތަކުން ރޭގަނޑުގެ ހަމަހިމޭންކަން ގެއްލިއްޖެއެވެ. ކުއްލިއަކަށް އޮއްސާލި ބޮޑުތިކި ވާރޭތިކިތަކުން ކައިޝާ ތެއްމަމުން ދިޔައެވެ. އަދިވެސް އޭނާ ހުރީ ކަނާއަތުގެ ކޮޅަށް މަޖުދާ ހިއްލާއިލައިގެންނެވެ. ކައިޝާގެ އަތުން މަޖުދާ ދޫކޮށްލުމާއެކު ބިންމައްޗަށް ގުޅައަކަށް ވެއްޓުނެވެ. އޭރު މަޖުދާގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ނޭވާ ކުރުވެ ކެއްސަމުން ދިޔައީ ވަރަށްވެސް އުނދަގުލުންނެވެ. މަޖުދާ ވަރުބަލި ކަމާއެކު ދެލޯ ހުޅުވާލީ ކައިޝާ ކޮބައިތޯ ބަލާލުމަށެވެ. ކައިޝާއެއް ފެންނާކަށް ނެތެވެ. ބޯކޮށްވެހެމުން ދިޔަ ވާރޭތެރެއިން ކައިޝާ ދުވަމުން ދިޔައެވެ. ފަސް އެނބުރި ބެލުމެއްނެތި އޭނާގެ މަންމަ މަރުވަން ދޫކޮށްލުމަށްފަހު ދުވަމުން އެދަނީ ބާރުވެރި ފަރާތެއްގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުންނެވެ. ކައިޝާގެ ހަށިގަނޑުގައި ހިނގަމުން އެދަނީ އެހެން ފަރާތެއްގެ ބާރެވެ. މަޖުދާވެސް ގައިގައި ނެތް ހިތްވަރެއް ލާފައި ދުވަމުން ދިޔައީ ކައިޝާގެ ފަހަތުންނެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މަޖުދާގެ ލޯކުރިމަތިން ކައިޝާ ގެއްލިގެން ދިޔައީ އޭނައަށް ވެސް ނޭނގިއެވެ. މަޖުދާ މާޔޫސްވެ ދެކޮޅުހޯދާ ބަލަމުން ދުވަމުން ދިޔައީ ދާނެ ވަކި މަންޒިލެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް އޭނާގެ ދަރިފުޅު ދެވަނަ ފަހަރަށް ގެއްލެންވެސް މަޖުދާގެ ހިތެއް ނުރުހެވުނެވެ. ކައިޝާއަށް ގެއްލުމެއް ވިއްޔާ މަޖުދާގެ ފުރާނަވެސް ގެއްލިދާފަދައެވެ. ރަޤީބު ބުނިފަދައިން ކަންތައް ކުރުމުންވެސް ވީކަމެއް ހަރާމެވެ. އޭނަ ހިތުން މާމޮޅު މީހަކަށް ވެގެން އުޅެނީއެވެ .މަޖުދާގެ ހިތުގައި ވަނީ ޝަކުވާއެވެ. ދުނިޔޭގެ ކަންތައް ހިނގާ ގޮތާ މެދު ހިތްހަމައެއް ނުޖެހެވުނެވެ. އެއްބަޔަކަށް ހިތާމަ ލިބޭ އިރު އަނެއްބަޔަކަށް އުފާލިބެންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ދިރިއުޅުމަށް ތޫފާނެއް އަތުވެދާނެއެވެ. ދުނިޔޭގެ ޤާނޫނަކީ މިފަދަ އެއްޗެކެވެ. އަބަދު އެއްގޮތަކަށް ކަންތަކެއް ނުހިނގާނެއެވެ. މަޖުދާއަށްވެސް އެކަން ވިސްނޭނެ ނަމައެވެ.
**
ހުސްނާގެ ލޮލުން ދިލަ ހޫނެއް އަރައިގެން ދިޔައީ ބޯމަތީގައިވާ އެކަޅު ހިޔަނީގެ ލޮލުން ފޮނުވާލި އަލި ކޮޅަކުންނެވެ. އެވަގުތު ވީތަދުން އަނެއްކާވެސް ރޮއެގަނެވުނެވެ. ހުސްނާ މިނަރަކައިން ސަލާމަތް ކުރަން ޒުއްނޫރު ނާންނާނެ ހެއްޔެވެ؟ ހުސްނާގެ ހިތުގައި ޒުއްނޫރާމެދު އެތައް ހާސް ޝަކުވާއެއްވިއެވެ. އެހާ ދުވަސް ފަހުންވެސް ޒުއްނޫރުގެ އެހީއަކަށް އެދި ގޮވުމުންވެސް އަންނާކަށް ނޭނގުނެވެ. ހުސްނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެންމެ ފަހު ވަގުތުގައިވެސް އީތަންއާ ބައްދަލުވެވޭނެ ގޮތެއް ނުވުމުންނެވެ. އޭނަގެ ލޯބިވާ ދަރިފުޅު އުޅޭ ހާލެއްވެސް އެފަކީރަކަށް އެނގެނީއެއް ނޫނެވެ. އީތަންއާ ދިމާ ނުވެ ހަފްތާއެއް ވޭތުވެގެން ދިޔައިރު މައިލަގޮނޑިއަށް އެތަށް ވޭނެއް ތަހައްމަލު ކުރަންޖެހުނެވެ. ދެލޯފަދައިން އެދޭ ދަރިފުޅު ފެނި ނުލާތާ އަޑެއްވެސް އިވުނީއެއް ނޫނެވެ.
ކުއްލިއަކަށް އެކަޅު ހިޔަނި ބިރުވެރި ސޫރައަކަށް ބަދަލުވެގެން ދިޔައީ ހުސްނާގެ ލޯ ކުރިމަތީގައެވެ. ފެންނަމުން މިދަނީ ހަޤީގަތެއްބާއެވެ؟ ހުސްނާގެ ކުރިމަތީ ހުއްޓި މިހުރީ އިފުރީތެއްބާއެވެ؟ ދެލޯ ބޮޑުކޮށްހުރި އިރު އެދެލޮލުން ރަތް ކުލައެއް ފޭދިފައި ވަނީ ކޯތާފަތް މައްޗަށެވެ. ބޯ ހާވާލެވިފައިވާ ވާއިރު ކަންފަތްވެސް ދިގުހެން ހީވެއެވެ. ބޮލުގެ ދެއަރިމަތިން ކަށިތަކެއް ނިކުމެފައިވާއިރު ދެފައި ބިންމަތީގައި ނުޖެހެއެވެ. ލައިގެން ހުރި ކަޅުކުލައިގެ ދޫހެދުން ވަޔާ ހޫރެމުންދާ ގޮތުން ހުސްނާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. “ކަލޭ ކީކޭ ހިތަށް އަރައިގެން ޒުއްނޫރު ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ؟ ” އެއިވުނީ އަންހެން އަޑެކެވެ. ބަރު އެހެނަސް އެއީ އަންހެނެއްގެ އަޑުކަން ހުސްނާއަށް ޔަޤީން ކުރެވުނެވެ. ނަމަވެސް ހުސްނާއަށް ނުވިސްނުނު ތަންކޮޅަކީ އެމީހަކު ޒުއްނޫރުގެ ވާހަކަ އެދެއްކި ސަބަބެވެ. އެމީހަކާ ޒުއްނޫރާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ ހުސްނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. ޒުއްނޫރު އޭނައަށް ބޭވަފާތެރި ވީހެއްޔެވެ؟ ލޯބިވެޔޭ ކިޔާފައި އޮޅުވާލީ ހެއްޔެވެ؟ އެއީ ކޮންފަދަ ބޮޑު ކެހިވެރިޔެއް ހެއްޔެވެ؟ ހުސްނާގެ ހިތުގައި ޒުއްނޫރާއި މެދު އޮތް ލޯތްބަށް ފަނޑުކަމެއް ނައިސް މިވޭތުވެދިޔަ އަހަރުތައް ވޭތު އެކުރީ ހާދަ ހިތްދަތި ކަމެއްގައެވެ. ދެނެ ހުރި ފަރާތަކަށް އެކަން ސިއްރެއް ނުވާނެއެވެ. ޒުއްނޫރުގެ ހަނދާނުގައި ހުސްނާ ކުރި ހިތާމައާއި އޮހޮރި ކަރުނަތަކުގެ އެއްވެސް އަގެއް ނެތް ކަމުގެ އިހުސާސް ހުސްނާއަށް ކުރެވުނެވެ. ” ކަލެއާ ކަލޭގެ ދަރިފުޅުގެ ސަބަބުން އަހަރެމެންގެ ހަޔާތް އަނދިރިވެގެން ދިޔައީ..އަހަރެން ޒުއްނޫރާއެކީ ކިހާ އުފާވެރިކޮށް އުޅެމުން ދިޔައީ އެކަމަކު ކަލޭގެ ސިހުރުގައި މަގޭ ލޯބިވާ ޒުއްނޫރު މަގު ގެއްލިގެން ދިޔައީ އަހަރެންގެ ކުރިމަތީގައި..އެތައް ބާރެއް ލިބިގެންވި އެކަމަކުވެސް ހަމައެކަނި ޒުއްނޫރަށްޓަކައި އަހަރެން ކެތްތެރިވީ..އެކަމަކު އަނެއްކާވެސް ކަލޭ ތިއުޅެނީ އެސިހުރު ޖައްސަންތަ؟ މިފަހަރު ހަމަހިލާ ޒުއްނޫރަށް ކަލޭ ސަލާމަތް ކުރަން އަންނާކަށް ނުކެރޭނެ..އޭގެ ކުރިން އަހަރެން ކަލޭގެ ވަސް މިދުނިޔެއިން ފޮހެލާނަން..” ހުސްނާގެ ކުރިމަތީގައި އެހުރީ ޒިމްރީނާ ފިޔަވާ ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާގެ ދެލޮލުން އަލިފާން ބުރަމުންދާއިރު ދެންމެ ދެންމެ ހުސްނާގެ ގަޔަށް ބޮލަށް އަރައިގަންނަން އުޅޭކަހަލައެވެ. ޒިމްރީނާ ދައްކަމުން އެދާ ވާހަކައިގެ ހަޤީގަތެއް ހުސްނާއަކަށް ނުވިސްނުނެވެ. އޭނައަށް އެނގިގެން ލޯބިވާ ދެމީހެއް ދުރު ނުކުރާނެއެވެ. ވީއިރު ޒިމްރީނާ މިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ.؟ ހުސްނާގެ ކިބައިގައި އެއްވެސް ސުވާލެއް ކުރުމުގެ ހިތްވަރެއް ނެތެވެ. ކުރިމަތީގައި މިހުރީ އިންސާނުންނަށް ނުކުރެވޭ އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަށް ލިބިގެންވާ ޖިންނިއެކެވެ. ވީއިރު އޭނަގެ ކުރިމަތީގައި ހުސްނާއަކީ އާރެއްނެތް މިހެކެވެ. އޭނައަށް ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ؟ ހުސްނާ އަނގައިން ނުބުނެ އެހެން އިނުމުން ޒިމްރީނާގެ ރުޅި ހައްތަހާ ގަދަވުން ނޫންކަމެއް ނުވިއެވެ. ޒިމްރީނާ އެހުރި ގޮތަށް ހުރެ ކޮށްލި އެންމެ އިޝާރާތަކުން އެގަހުގެ ގޮފިގަނޑެއް ވެއްޓި ހުސްނާގެ މޫނުމަތިން ތަންގަނޑެއް މަށައިގެން ދިޔައެވެ. މޫނުގެ އެއްފަޅިއަށް އެރި އައްސިއަކުން ހުސްނާއަށް ރޮއެގަނެވުނެވެ. އެމޫނުމަތިން ލެއިން ފޯވަމުން ދިޔައިރު ވަމުންދާ ތަދަށް ކެތްވަނީއެއް ނޫނެވެ. ހުސްނާގެ ހާލަތަށް މަލާމާތް ކުރަމުން ޒިމްރީނާ ބާރު ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ގަސްތައްވެސް މުލުން ލުހިގެންދާން އުޅުނު ކަހަލައެވެ. ހުސްނާ ދެކަންފަތުގައި އަތް އެޅީ އަޑު ގަދަވުމުންނެވެ. ” އަދިވެސް ޒުއްނޫރަށް ތިއްތިކަން ދެއްކޭތި!..ކަލެއަށް ކޮން ސިފައެއް ލިބިގެން ޒުއްނޫރު ކަލޭ މަތިން ހަނދާން ނުނެތިގެން އެއުޅެނީ؟…ތި މޫނުމަތި ނޮޅާލާނަން…ތި ދެލޮލުން ޒުއްނޫރަށް ބަލާލައިފިއްޔާ ދެލޯވެސް ކޮނެލާނަން..އަހަރެންވާ ކެތްކޮށްފިން..އެކަމަކު ދެން އިތުރަށް ކެތެއް ނުވާނެ..ކަލޭ އިންސާނަކަށްވެ ހުރެ ޒުއްނޫރެ ދިރިއުޅުމަށްއައި ކަން އެއީ ކުރެވުނު އެންމެ ބޮޑު ކުށް..އެހެން ވީމަ އެކުށަށް އަދަބު ލިބިގަނަން ތައްޔާރުވޭ..” ޒިމްރިނާ އޭނާގެ ދިގު ނިޔަފަތި ތަކުން ހުސްނާގެ މޫނުގެ ސަލާމަތުން އޮތް ފަޅީގައި ވަކި އަޅުވާލިއެވެ. ހުސްނާގެ އަނގައިން މަޑު އާހެއް ނިކުތް އިރު ދެލޯ ފޫދުވާލާފާއި ކަރުނަތައް ފައިބައި ގަތެވެ. ” ހެޔޮ ނުވާނެ..އަހަ..ރެންނަށް ތިހެން ނު..ހަދާ..” އެންމެފަހުން ހުސްނާއަށް ކެތެއް ނުކުރެވުނެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނުން އެހިތް ކުދިކުދި ވަމުންދަނީއެވެ. އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ ޒުއްނޫރުދެކެ ލޯބިވުން ހެއްޔެވެ؟ ނަމަވެސް ހަޤީގަތަކީ އޭނައަށްވެސް ޒުއްނޫރެ އެއްވެސް ކަމެއް ރޭކާ ނުލާކަމެވެ. މިއަދާ ޖެހެންދެންވެސް ހުސްނާގެ ހިތުގައި ފޮރުވިފައިވާ ސުވާލުތަކުގެ ޖަވާބެއް ނުލިބެއެވެ. ވީއިރު ޒިމްރީނާ އެއަޅުވަމުންދާ އިލްޒާމުތަކަށް ދޭނެ ޖަވާބެއް ހުސްނާއަށް ނުވިސްނުނެވެ.
ޒިމްރީނާ އުދުހިލާފައި މައްޗަށް އަރައިގެން ގޮސް ކުއްލިއަކަށް ބާރު ސްޕީޑެއްގައި ތިރިއަށް އައެވެ. އެއަތުގައިވާ ދޮންކޮށްފައިވާ ދިގު ދަގަނޑެއް އޮތެވެ. އެދަގަނދުގެ ކޮޅު ތޫނުކޮށްހުރި އިރު އޭގެ ކޮޅުން ދުންއަރަމުން ދިޔައެވެ. ގަދަ އޮރެންޖު ކުލައެއް އަރާފައިފާ އެދަގަނޑުގައި ޒިމްރީނާ ހިފަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ހުސްނާއާއި ދިމާއަށް ހޫރާލިއެވެ. ހުސްނާގެ ގައިގައި އެދަގަނޑުގަނޑު ޖެހުމުގެ ކުރިން ބާރުގަދަ އަތަކުން އޭތި ހިފަހައްޓާލިއެވެ. ދެލޯމަރާލައިގެން އޮތް ހުސްނާއަށް ހޫނުކަމެއް އިހުސާސްވުމުން ދެލޯ ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ޝޮކެއް ލިބުނުފަދައެވެ. އެނަގެ ކައިރީގައި ގުދަށް އޮތް މީހާގެ މޫނު ފިޔަވާ މުޅި ގައިގާ އަލިފާން ރޯވެފައިވާއިރު އެމީހަކު ލައިގެން ހުރި އެއްޗެހިތައް ވިރެމުން ދެއެވެ. ހުސްނާއަށް އެމޫނު ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. މިރޭ މިފެންނަނީ ކޮންކަހަލަ އޖައިބު ކުރުވަނި ކަންތައްތަކެއް ހެއްޔެވެ؟ އެވަގުތު އީތަން އޭނަގެ މަންމަގެ މޫނަށް ބަލާލަމުން ފަނޑު ހިނިތުންވުމެއް ދިނެވެ. އަނދިރީގެ ތެރެއިން އެދެލޯ ވިދާލީ ގަދަ އޮރެންޖު ކުލައިގައެވެ. އީތަން އެދަގަޑު ހިފަހައްޓާލަމުން ކޮޅަށް ތެދުވިއެވެ. ޒިމްރީނާވެސް ހުރީ އޖައިބުވެފައެވެ. ޒިއަދަންއާއި އެއްވެސް ތަފާތެއް ނެތް އެމޫނުން ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އީތަން ހަމަ ލޮލަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެފެނިލުމުގައި އެހުރި ޚާއްސަ ކަމަކުންވެސް ޒިމްރީނާގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނަގެ ހިތުގައި އޮތް ބިރުވެރިކަން ދެގުނަވެގެން ދިޔައީ އިތަންގެ އަތުގެ މުލައްދަނޑިން ފާޅުވަމުން އެދާ ކުރެހުމެވެ. ޒިމްރީނާގެ ތޫނު ނަޒަރަށް އެ ކުރެހުން ސިއްރެއް ނުވިއެވެ. އީތަން އޭނާގެ އަތަށް ބަލާލަމުން ޒިމްރީނާގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަމުން އެދާ ބިރާއި ސިހުން ފެނުމުން އީތަން ހައިރާންވިއެވެ. ޒިމްރީނާ ފަދަ ބާރުގަދަ ޖިންނިއެއް އޭނަ ކަހަލަ މީހެއްދެކެ ޖެހިލުން އެވަނީ ކީއްވެ ކަމެއް އީތަންއަށް ނުވިސްނުނެވެ. އީތަން އޭނަގެ މަންމަގެ ފައިގައި އޮޅާލެވިފައިވާ މޫތައް ނައްޓުވާލިއެވެ. އެއަށްފަހު އޭނަގެ މަންމަގެ ދެކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ” ދަރިފުޅާ…ތީ ހަމަ ދަރިފުޅުތަ؟” އީތަންގެ މޫނުގައި އަތް ޖައްސާލިއިރުވެސް ހުސްނާ ހުރީ ޤަބޫލު ނުކުރެވިފައެވެ. އީތަންގެ ފަރާތުން ދުވަހަކުވެސް އާދަޔާ ޚިލާފު އެއްވެސް ކަމެއް ހުސްނާއަށް ފެނިފައި ނުވުމުން އަދިވެސް ޤަބޫލު ކުރަން އުނދަގޫވަނީއެވެ. ޒުއްނޫރުގެ ފަރާތުން ވާރުތަ ކުރި ބާރުތަކެއް ކަންނޭނގެއެވެ. އޭނަގެ ލޯބިވާ ދަރިފުޅު އެއީ ޖިންނިއެއް ނޫނެވެ. އެކަމަށް ހުސްނާގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. ” މަންމައަށް ޤަބޫލު ނުކުރެވުނަސް އަހަރެންގެ ހަޤީގަތަކި މިއީ..” އީތަން އިސްދަށަށް ޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. އީތަން ހުރީ ހުސް ގަޔާއެވެ. އޭނަ ލައިގެން ހުރި ގަމީސް ވިރިގެން ދިޔައިރު ޖީންސުގެ ބޮޑުބައިވެސް ވަނީ އަނދާފައެވެ. ހުސްނާއަށް އިތަންގެ މޭމަތީގައިވާ ބޮޑު ކަޅުތިލަ ފެނުމުން ޒުއްނޫރުމަތިން ހަނދާންވިއެވެ. ޒުއްނޫރުގެ ވެސް މޭމަތީގައި އެފަދަ ބޮޑު ކަޅުތިލައެއް ހުންނާނެއެވެ. އީތަންއަށް އެވަނި އޭނަގެ ބައްޕަގެ ގޮތްގަނޑު ލިބިފައެވެ. ބައްޕަ ގޮތަށް ސިއްރުތައްވެސް އެހާ ގިނައެވެ. ހުސްނާގެ މޫނަށް ބަލަހައްޓައިގެން ހުރި އީތަން ސިހިގެން ދިޔައީ އޭނަގެ މަންމައާއި ދިމާއަށް އަންނަމުންދާ ޒިމްރީނާ ފެނިފައެވެ. އަތުގައި ބޮޑު ހަންޖަރެއް އޮތް އިރު ޒިމްރީނާ އެހުރީ ހަމައިގައެއް ނޫންކަން އީތަންއަށް ވިސްނުނެވެ. ހުސްނާ ފަހަތަށް ކޮށްޕާލަމުން އެދެމެދަށް ވަނީ އީތަންއެވެ. ޒިމްރީނާ މަޅާލި ހަންޖަރު ގޮސް ހެރުނީ އީތަންގެ ކަނާއަތު ކޮނޑަށެވެ. “ދަރިފުޅާ….!” ހުސްނާ ރޮއެގަންނަމުން އީތަންއާ ދިމާއަށް ދުއްވައިގަތެވެ. ވާއަތުން ކޮނޑުގައި އަތް އަޅައިގެނ އީތަންއޮތީ ގުދަށެވެ. ޒިމްރީނާ ހަރާލާފައިފާ ހަންޖަރު އެކޮނޑުގައި ހުރި އިރު ފެންކަޅިވެފައިވާ ދެލޮލުން އީތަން އޭނަގެ މަންމާއާއި ދިމާއަށް ބަލާލިއެވެ. އޭރު ޒިމްރީނާ ގޮސް ހުސްނާގެ ކަރަށް ވާން ކޮށްލިއެވެ. ހުސްނާ ގަދަ ހަދަމުން ދިޔައީ ސަލާމަތް ވުމަށެވެ. އީތަންގެ ކޮނޑުން ދުނި ޖަހާފައި ލޭބޮކި އަރަމުން ދިޔައިރު ހުސްނާގެ ކަޅި އަމާޒުވެފައިވަނި އީތަންގެ ކޮނޑަށެވެ. އީތަން ސީދާވެލަމުން ވާއަތުން ހިފާފައި އޭނަގެ ކަނާއަތު ކޮނޑައަށް ހަރާލާފައިވާ ހަންޖަރު ދަމާލިއެވެ. އެވަގުތު ކަރުބުޑުން ވޭނީ ހަޅެކެއް ނިކުތެވެ. އީތަން ހަށިގަނޑުގައި އާޅާވޭނަކަށް ނުބަލާ ދުވެފައި ގޮސް އެހަންޖަރު ކޮށްޕާލި ޒިމްރީނާގެ މައިބަދައާއި ދިމާއަށެވެ. ޒިމްރީނާގެ ހަރަކާތް ތަކަށް ހުއްޓުމެއް އައީ ކުއްލިއަކަށެވެ. އިތަންވެސް ހުރީ ކުރެވުނު ކަންތަކުން ސިހުމެއް ލިބިފައެވެ. ނަމަވެސް އޭނަ އެގޮތަށް ކަންތައް ނުކުރިނަމަ އީތަން އަށް ފެންނާނީ އޭނަގެ މަންމަގެ ފުރާނަނެތް މަސްގަނޑު ކަންނޭގެއެވެ. އިތަން ކޮނޑުގައި އަތް އަޅައިގެން ގޮސް ހުސްނާ ކޮޅަށް ނަގާ އޭނަގެ ގަޔާ ކައިރި ކޮށްލިއެވެ. ” މަންމާ…!!” މާދުރުން އިވުނީ ބަރު ފިރިހެން އަޑެކެވެ. އެވަގުތު އެދިމާއަށް ދުވެފައި އަންނަމުންދާ ޒިއަދަން ފެނި އިތަން ހާސްވިއިރު ހުސްނާ އެއްފަހަރު ޒިއަދަންގެ މޫނަށް ބަލާލަމުން އަނެއްފަހަރު އީތަންގެ މޫނަށް ބަލާލިއެވެ. ޒިއަދަން ދުމެއްޖަހާފައި އައިގޮތަށް އޭނަގެ މަންމަ ބިމަށް ތިރިވުމުގެ ކުރިން ހިފަހައްޓާލިއެވެ. އީތަން އެދިމާއަށް ބަލަހައްޓައިގެން ހުރީ ޒިއަދަންގެ ހާލަތަށް ހަމްދަރުދީވެހުރެއެވެ. ޒިއަދަން އިސްއުފުލާލަމުން އީތަންއާ ދިމާއަށް ބަލާލިއިރު ދެލޯ ދިއްލިފައިވަނީ ލޭރަތް ކުލައިގައެވެ. ޒިއަދަންގެ ސިފައަށް ބަދަލު އަންނަމުން ދިޔައިރު ހުސްނާ ހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ.
“އިތަން…….!” ހުސްނާއާއި އީތަންގެ ފަހަތުން އިވުނު އަޑަށް ދެމީހުން އެއްކޮށް ބަލާލިއިރު ތެމިފޯވެގެން ހުރި ކައިޝާ ފެނުމުން އީތަން ހައިރާންވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
59 Comments!
Comments are closed.




SORRY N ENJOY…
plx feel free to express ur views…i ll b looking forward to it…:) thank u all…hav a grt evening:)
Me frst dho. Haha❤. Adhi nues kiyan. Mikiyanee ingey. Nukias ingey interestimg vaanekan. Love u kaya?❤?
awwwnn jj…
salhi
thank u namoonaa 🙂
alhey ?????how sad haadha asarugadha hisaabakah dhookohlaafa ay kaya thi dhiya e??????????????btw v nice mipart?next part avass kohlahchey waitinga mihury ????kudhi kudhi vaa haalhuga??
alhey sorry dhookohlaafa aadhevuneema…:( btw thank u sooo much…hiyy kudhi kudhi nuvahchey ingey..insha allah we will meet soon…keep waiting dear..:)
Nice story……yes me 2nd ……
mifaharu 4th dhw…ehehe…thanks dear..:)
Alhey.v salhi. Sifa kurun hama habeus ingey. Vv salhi. V interesting. Waiting for next part. Keep up the good work kaya?❤
thank u soooooo much dear jj…keep waiting:)
WOW!! Gain heebihi nagaifi hama… Alhe next partah haadha inthizaaru kurevey gothakashey thi ninmaaly… Alhe kobaatha e Zunnooru… Eyna aadhebala Eathan aa Husnaa aa Kai salaamaiy kuran… Next partge inthizaaruga mihury… Keep it up Kaya 🙂
awwwwnnnn saandy v happy to c ur comment..:) keep waiting to knw wat will hpn next…..thank u soo much dear..:)
Wow.. just wow.. sifa kurun hama habeys.. hyvany hama loa kurimathin ekan hingaahn.. ??
v ufaavejje pinkish ah sifa kurevey gothkahmmi part genesdhevunyma…thank u sooo much dear..:)
vvvvv reethi heevee hama ethaga hurevunuhen ehaaves furihama
hehehhee…ehentha maree..aneikka faint nuvaathi…:) btw thank u dear..ufaavey abadhuves comment kohlaathyve..:)
V salhi
thank u shii:)
Love this story. Keep it up….
thank u jinn 🙂
wow wow wow! varah varah reethi.?? neyge bunaane ehcheh ves hama ehaa ves furihama..❣bt thankolheh kuree mi part vess?
thaank u dear…n yeah kuru dhw…aslu midhuvaskolhu v v v bxxy koh midhany…fahun rangalhuvaane insha allah..:) keep waiting:)
Wow…. Haadha rychey??… Neyvaa hifahattaalaigen indha e nimunii…Next part ah miinii hama keiy madhun vefaa?…
happy to c ur comment after a long time dear..keep waiting..thank u soooooo much 🙂
Varah salhi..hama heevany manzaruthah lolah sifa vaahen..i like the way u express dear…???
awwnn noor thaank u dear.. m glad dat u liked it..:)
Wow v v v reethi??
Can’t wait for next part?
thank u so much dear..:)
nimeny dhw mihaaru. v salhi ingey.keep it up!
yeah nimen eulheny…thank u dear
Wow…vvvvv reethi..sifakurun hama perfect..hyvany kurimathyga vaa kameh hen..ehaa vx furihama..vvv reethi..thank u mihaa rythi vhk eh genesdhinythyve..waiting for the nxt ep..☺️?
thank u soooooooo much sam…m happy dat u liked it..:)
miadhu mi vaahaka ekkoh mi kiyaaly ves.. V salhi
ooooohhh ehenthr dear..heekuran kuriah huri prts thahves kiyaane kamah…thank u:)
My support for kayashandy will never end
Your number one
Hope one day you will get successful
insha allah…thank u so much dear…i ll always remember u..:)
Adhi alah mi coment kury…. but regularly koh kiyan….huribaives varah reethi…….
But……haadha avahakah thi ninmaaly……. kiyaa hithun huhtaa thi ninmaaly….. alhey next part varah avahah up kohdheh chey……. thankolheh dhigu koh igey…..??
thaaank u sooooooo much story lover…ufaavejje dhimaaveema…heekuran wadhives dhimaavaane kamah..:)
This part is amazingly beautiful
Oh. Wow. I love this story.
Mifaharu vc emme rythi hisaabun thi nimmaaly….?
OMG!! Haadha excite v thankolhakun mi bai nimuny… Waiting eagerly for the next part…
nice as alwayx <3
mirey up vaane tha ?
mi vhk up vey tho mihaaru abadhu beleny..☺
??
sowree guys…vv bxxy dhuvaskolhei….helping out with some portfolio works..hardly i get time so will up as i get free…thanks all…btw login nuvevuneema mihen mi bunelanee…
It’s ok kayashandy
We will wait
Kayaa are you a teacher
please dhn avahah next part genes dhybala… plxxx please pleeeeeexxxxxx.. 🙁
Kaya knirakun next part up khla dhenee? Bt take ur time ingey…hama waiting ga☺
Kurin part ah comment eh kohnulevunyh bxy kh ulhenjehumuge sababun..bt as always mi story varah reethi n interesting too?
??????
bakaai theri Ramdham mahu ge heyo edhumaa thahu niyaa thibaa aa thiba ge Aailaa ah aris kiran Ramdhan mubaarak
Knirakun aneh part nukunnany?????
?????
Koniraku tha next part up kuranee
Mihaaru inthizaaru kuraa thaa kon dhuvaheh…….????
Pls avahah up koh bala…..
Mi vaahaka v reethi… ekam
V foohi vey vaahaka enme interesting hisaabah gosfa hunnairu baeh liyun Therin vaahaka hutta laathee
Ehenve mi vaahaka ves kiyan fehtte medhunukedi genes dry thee
Esfiya admin ah bunelan othee nimen dhen vaahaka genesdhey kuringe vaahaka up kuraashey…
Ehen nooni kiyaa kudhin v fooohi vaane mi site ga hunna vaahaka kiyan…
v salaan
alhe kaya story haadha las vany eyh.. story nimendhen up kohdhehchey part 19 lass viyas.?
My support will never end 4 u!?
Ramadan Mubarak.
Kaya Story pause kollaafa dhiyaima resume kollaane iregge inthizaaruga.
Written story eh namaves heevany Hama special effects aa back music laafa thayyaarukollafa va molhu filmeh Bodu screenga 3D koh Balaaleveyhen.
Ziyadhan ge mamma mara hanguraama kuramundhaairu hithaamaya rulhyga e dhelolun alifaankani buramumdhany. Anekkolhun ekanimaa ekani Ethan Balaa bodukuri mammage haalathu varahves dhera. Emammaves salaamaiy kuran ebajehey. Mikahala naazuku vaguthegga Kai evattaaly ranbuhdheega. Interesting…. Pls next part up kolla dheebala avahah.
ey mihaaru Kaishaa ah fennane dhw Ziadhan nd Ethan…sooo ehen vee ma…hmmm…next part kiyaaleema dhw ingeynee