Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (10)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 19, 2017 8 Mins Read
86 Comments

“ރުކޫ! ރުކޫ! އަވަސްކޮށްބަލަ. މިހާރު ކޮންއިރެއް؟” ރުކާން ފާޚާނާއަށް ވަތްގޮތަށް ލަސްވެގެން މިއުވާން ގޮވަން ފެށިއެވެ. އިސްކުރުން ފެންފައިބާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. ނަމަވެސް ރުކާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެވަގުތު ހިތަށް ވަތް ޚިޔާލަކުން ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެހެންކަމުން އޭނާ ފާޚާނާ ދޮރުގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ފާޚާނާ ދޮރު ހުޅުވާލިއެވެ. އެޔާއެކު އިސްކުރުދޮށަށް ވެއްޓިފައި އޮތް ރުކާން ފެނި އޭނާއަށް އެތެރެއަށް ވަދެވުނުގޮތްވެސް ނޭނގުނެވެ.

މިއުވާން ފުރަތަމަވެސް އިސްކުރު ބަންދުކޮށްލިއެވެ. ދެން ރުކާން އޭނާގެ އަތްދަނޑިމައްޗަށް ނަގައިގެން ނުކުމެ އެނދުމަތީ ބޭއްވީ ތެތް ހެދުންވެސް ބަދަލުނުކޮށެވެ. ރުކާންގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ގޮވަމުން ދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ރުކާން ނޭވާލާތޯ ބެލިއިރު ނޭވާލާތީ މިއުވާންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ރުކާން އެއޮތީ އަނބުރައިގަނެފައިކަން އެނގުމުން މިއުވާން އެކި ގޮތްގޮތުން ރުކާން ހޭއެރުވޭތޯ އުޅުނެވެ. އަތާއި ފައިގައި އަތްއުނގުޅައި ހޫނުކުރަމުން ދިޔައެވެ. އެހެން ހަދާތާ ފަސްވަރަކަށް މިނެޓް ފަހުން ރުކާންގެ އަނގައިން ފިނިބޮޑުވެގެން ލެއްވޭ ކަހަލަ އަޑެއް ލައްވާލިއެވެ. މިއުވާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީވެސް ދެނެވެ.

“ރުކޫ!” މިއުވާން އަވަސްއަވަހަށް ރުކާން އޭނާގެ މޭގައި ލައްކޮށްލިއެވެ. އެވަގުތު އޭނާގެ ގަޔަށް ފިނީގެ އަސަރުކުރުމުން ހާލަތާއިމެދު ވިސްނާލެވުނެވެ. ތެމިފައިވާ ގަމީސް ހެދުން ރުކާންގެ ގައިގައި ތަތްލަވާފައިވާއިރު އޭނާއަށް އަދި ކިހާ ފިންޏެއް ވާނެހެއްޔޭ މިއުވާންގެ ހިތަށްއެރިއެވެ. މިހުރިހާއިރު އޭނާއަށް އެކަން ނުވިސްނުނީ ހާސްވެ ކަންބޮޑުވެފައި ހުރިވަރުންނެވެ. ރުކާންގެ ދެއަތް އޭނާ ވަށާލެވިފައިވާއިރު އޭނާގެ ބުރަކަށީގައި އަތް ހިންގަމުން ދިޔަގޮތުންވެސް ރުކާން އެވަނީ ހޫނަކަށް ބޭނުންވެފައިވާވަރު މިއުވާންއަށް އެނގުނެވެ. އަނެއްކޮޅުން ރުކާންގެ އެ ބީހުންތަކުން އޭނާގެ ފިރިހެންވަންތަ ޒުވާން ހިއްސުތަކަށް އަސަރުކުރުވަމުން ދިޔައީ ކެތްނުކުރެވޭހާ ބޮޑަށެވެ.

“ރުކޫ! ތި ތެތް ހެދުން ބަދަލުކުރަން ހިނގާ.” ރުކާން އޭނާގެ ގަޔާއި ދުރުކޮށްލަމުން މިއުވާން ބުނެލިއެވެ. ނަމަވެސް ރުކާންއަށް އެއަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އޭނާ އަނެއްކާވެސް މިއުވާންގެ ގައިގައި ބައްދާލިއެވެ.

“ރުކޫ! ތި ތެތްހެދުން ބަދަލުކުރަން ހިނގާބަލަ.” ފިނި މޫސުމަށްވެފައި އޭނާއަކީ ފިންޏަށް ގަދަ މީހަކަށްނުވާތީ އެހާ ބޮޑަށް ފިނިވާންފެށުމުން އުނދަގޫވެގެން މިއުވާން އަނެއްކާވެސް ބުނެލިއެވެ. އަނެއްކޮޅުން ރުކާންއަކީ ތެމިގެން ގިނައިރު އުޅުފިނަމަ އަބަދުވެސް ރޯގާޖެހި ވަރަށް ބަލިވާ ކުއްޖެއްކަން އޭނާ ހަނދާނެއް ނުނެތެއެވެ. އެހެންކަމުން އޭނާ ބެލީ ރުކާންގެ އެއްޗެހި ބަދަލުކުރުވޭތޯއެވެ. ނަމަވެސް ރުކާން މިއުވާންގެ ގައިން ދޫކޮށެއްވެސް ނުލިއެވެ.

“ރުކޫ!” މިއުވާން ތަންކޮޅެއް ބާރަށް ގޮވާލަމުން ރުކާން އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އޭރުވެސް ރުކާން ހީކަރުވައިގަނެގެން އަނގައިން އަޑެއް ލައްވަމުން ދިޔައިރު ދެއަތް ދެއަތުގައި އުނގުޅަމުން ދިޔައެވެ.

“ގޮސް ތި އެއްޗެހި ބަދަލުކޮށްގެން އާދެބަލަ. އޭރުންނެއްނު ތި ހީކެރުވުން ފިލާނީވެސް.” މިއުވާން ކުޑަކުއްޖަކަށް ބުނެދޭފަދަ ގޮތަކަށް ބުންޏެވެ. މިއުވާންގެ އަމުރަށް ބޯލަނބައިގެން ރުކާން ގޮސް އެއްޗެހި ބަދަލުކުރަން ފެށިއެވެ. ނުބަލަން އުޅުނުނަމަވެސް މިއުވާންއަށް ރުކާންގެ ހަށިގަނޑަށް ބަލަން އިނދެވުނެވެ. ރުކާންގެ ލޫޅާފަތި ހަށިގަނޑު ފެނުމުން އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެން ފެށިއެވެ. ހިތް އޭގެ މަޤާމުން ބޭރުވެދާން އުޅޭހެންވެސް ހީވެއެވެ. ރުކާން އެއްޗެހި ބަދަލުކޮށްލައިގެން އެނބުރިލިތަނާ މިއުވާން އޭނާއަށް ބަލަން އިންތަން އޭނާއަށް ފެނުނެވެ. ނަމަވެސް އޭނާ ބަލާލުމާއެކު ނޫންކަމަށް ހެދެމުން ދުރަށް އެނބުރުނު ގޮތުން އޭނާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އޭނާ އަވަސް އަވަހަށް ގޮސް އެނދުގައި އޮށޯވެ ރަޖާ އަޅާލީ މިއުވާން އޭނާއާ ދުރުން އުޅެން ބުނެފައި ވާތީއެވެ. މިއުވާންގެ ރުހުން ހޯދަން ކޮންމެފަދަ ކަމެއް ކުރަންވެސް އޭނާ ހުރީ ޢަޒުމުކަނޑައަޅައިގެންނެވެ.

ރުކާން ރަޖާ އަޅައިގެން ދުރަށް އެނބުރި އޮތުމުން މިއުވާން ހައިރާންވިއެވެ. އޭނާ ހީކޮށްގެން ހުރީ އެހާ ފިނިވެފައި އޮތްއިރު އޭނާއާ ގާތްވާން މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް އޭނާ ނުރުހޭ ކަމެއް ކުރަން ރުކާން ބޭނުންނުވާކަން އެނގުމުން ރުކާން އޭނާދެކެ ހަޤީޤަތުގައިވެސް ލޯބިވާކަން ޤަބޫލުކުރެވުނެވެ. އޭނާދެކެ އެހާ ލޯބިވާ އަނތްބަކަށް މިދެވެނީ ހާދަ ބޮޑު އަނިޔާއެކޭ މިއުވާންގެ ހިތަށްއެރިއެވެ.

ރުކާން ރަޖާ އަޅައިގެން އޮތްއިރުވެސް ހީކަރުވާތީ އުޅޭކަން މިއުވާންއަށް ފާހަގަވިއެވެ. އޭސީ ނިއްވާލާފައި ހުރިއިރު ޚުދު އޭނާވެސް އޮތީ ހީކަރުވާފައެވެ. އޭނާ މަޑުމަޑުން ބޯހިއްލާލާ ރުކާންއަށް ބަލާލިއެވެ. ރުކާން އަރިއަށް އޮއްވާ ފަހަތުން އެއްޗެއް ފެނުނުހެން ހީވެގެން ސިހިފައި ފަހަތް ބަލާލިއެވެ. ރުކާން ކުއްލިއަކަށް އެހެން ކަންތައް ކުރުމުން މިއުވާންވެސް ދިޔައީ ސިހިގެންނެވެ. ލިބުނު ސިހުމުގައި އެނދުގައި ވިއްދާފައި އޮތް މިއުވާންގެ އަތް ނެއްޓިގެން ދިއުމާއެކު އޭނާ ރުކާންގެ ގައިމައްޗަށް ވެއްޓެން ދިޔައެވެ. ނަމަވެސް ގައިމައްޗަށް ނުޖެހެނީސް އޭނާ ދެއަތް ވިއްދާލިއެވެ. އޭރު ރުކާން އޮތީ ދެލޯ މަރާ ތަގުޅިކޮށްލައިގެންނެވެ. މިއުވާންގެ ހޫނު ނޭވާތައް އޭނާގެ މޫނަށް އެޅެމުން ދިޔައެވެ. މިއުވާންއަކަށް މާގިނައިރަކު ރުކާންއަށް ބަލާކަށް ނޯވެވުނެވެ. މަޑުމަޑުން ރުކާންގެ ތުންފަތުގައި ބޮސްދިނެވެ. މިއުވާންގެ ތުންފަތުގެ ބީހުން އިހުސާސްވުމުން ރުކާންއަށް ލޯހުޅުވާލެވުނެވެ. މިއުވާންގެ ދެލޮލުން ފެނުނު މަސްތުކަމަކުން ރުކާންގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔަހިނދު އޭނާގެ ދެއަތް މިއުވާންގެ ވަށާލެވުނީ ފުރިހަމައަށް އެހަރަކާތުގައި ބައިވެރިވަމުންނެވެ. އަރާމާއި އުފަލުގެ ވަގުތުތަކަކަށްފަހު ދެހަށިގަނޑަށް ވެރިވި ލޮޑުކަމުގައި ދެމީހުންނަށްވެސް ނިދުނީއެވެ.

މިއުވާންއަށް ފަތިސް ނަމާދު ވުމުގެ ފަނަރަ ވަރަކަށް މިނެޓް ކުރިން ހޭލެވުނެވެ. އޭނާގެ އަތުތެރޭގައި އަރާމުކޮށް ނިދާލާފައި ރުކާން އޮތެވެ. އޭނާގެ ދެއަތް ރުކާންގެ ވަށާލެވިފައިވާއިރު ރުކާންގެ ބުރަކަށިން ބައެއް ހާމަވާން އޮތުމުން ރޭގެ ހާދިސާ ހަނދާންވިއެވެ. އޭނާއަށް “ޝިޓް”އޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ރުކާން ގާތުގައި ދުރުގައި ހުރުމަށް ބުނެފައި އެގޮތަށް ކަންތައް ކުރެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް އިތުރަށް ވިސްނާލަން މަޖުބޫރުވިއެވެ. ރުކާންއަކީ އޭނާގެ ހަލާލު އަނބިމީހާއެވެ. ވީއިރު އެފަދަ ގުޅުމެއް ހިނގުމަކީ މައްސަލައެއް ނޫނެވެ. އެދެމީހުންގެ ކައިވެނީގެ ކުރިން ވެ ނިމިފައިވާ ކަމެއްގެ އަދަބު ރުކާންއަށް ދިނުމަކީ އިންސާފެއް ނޫނެވެ. އަނެއްކޮޅުން އޭނާއަށް ވެވިފައި މިވަނީ އަމިއްލަ އެދުން ބޮޑު ފިރިއަކަށެވެ. އޭނާ ބޭނުންވާ އަރާމު ލިބުމަށްފަހު ރުކާންއަށް ހެދެނީ ހަދާނެ ގޮތެކެވެ. ރީތިކޮށް ވާހަކަ ނުދައްކާތާ ރުހުމުގެ ލޮލަކުން ބަލާވެސް ނުލެވެއެވެ. އޭނާއަށް ރުކާންއާ ދޭތެރޭ ކަންތައް މިކުރެވެނީ ރަނގަޅަކަށް ނޫނެވެ. މިކަންކަމުގެ ސަބަބުން އޭނާ ފާފަވެރިވާނެކަން މިއުވާންއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. މާޒީ ހަނދާން ނައްތާލާފައި ރުކާންއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށް އޭނާ ހިތާހިތުން ޢަޒުމެއް ކަނޑައެޅިއެވެ.

މިއުވާން ފެންވަރައިގެން ނުކުތްއިރުވެސް ރުކާން އޮތީ ނިދާލާފައެވެ. މިރޭ ރުކާންއަށް ނުހޭލެވުނީތާއޭ މިއުވާންގެ ހިތަށްއެރިއެވެ. މިސްކިތުން އައިސްފައި ރުކާންއަށް ގޮވާނީއޭ ހިތާ އޭނާ މިސްކިތަށް ދާން ނުކުންއިރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެހެންކަމުން އޭނާ ކުޑައެއް ފެނޭތޯ ބަލާލިއިރު އެއްވެސް ކުޑައެއް ނެތުމުން ގޭގައި ނަމާދުކޮށްލަން ނިންމިއެވެ. އެހެންކަމުން އޭނާ ގޮސް ތަޅުދަނޑިން ކޮޓަރި ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނާ ރުކާންއަށް ގޮވަން އުޅެފައިވެސް އިހަށް ނަމާދަށް އެރިއެވެ.

ރުކާންއަށް ހޭލެވުނީ މިއުވާން ނަމާދަށް އަރާ ހުއްޓައެވެ. ފާޚާނާއަށް ދެވެނީ މިއުވާންގެ ކުރިމަތިންކަމުން މިއުވާން ނަމާދުން ފައިބަންދެން އޭނާއަށް މަޑުކުރަން ޖެހުނެވެ. މިއުވާންއަކީ އޭނާގެ ފިރިމީހާއަށްވިޔަސް މިއުވާންގެ ކުރިމަތި އެފަދަ ގޮތަކަށް ހުންނަންވުމުން އޭނާއަށް އަދިވެސް ލަދުވެތިކަން އިހުސާސްވެއެވެ. އެހެންކަމުން މިއުވާން ނަމާދުން ފައިބަންވާއިރަށް އޭނާ އަވަހަށް ހެދުންލިއެވެ. މިއުވާން ނަމާދުން ފޭބިއިރަށް އޭނާ އަވަސްއަވަހަށް ގޮސް ފާޚާނާއަށް ވަނީ މިއުވާންއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީއެވެ. މިއުވާން ހުންނާނީ އޭނާދެކެ ހިތްހަމަނުޖެހިފައިހެން އޭނާއަށް ހީވިއެވެ. ނަމަވެސް ރޭގައި އޭނާ ކުށްވެރިކުރުމުގެ ފުރުސަތެއް މިއުވާންއަކަށް ނޯންނާނެއެވެ. ހުރިހާ ކަމެއް ފެށީވެސް ޚުދު މިއުވާންއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ ރުކާން ފެންވަރާލައިގެން ނުކުތްއިރު މިއުވާން ކޮޓަރީގައި ނެތުމުން އޭނާގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާ އަވަހަށް ނަމާދުކޮށްލީ ވަގުތު ފާއިތުވެދާނެތީއެވެ.

ރުކާން ނަމާދުން އަވަދިވެގެން ކޮޓަރިން ބޭރަށް ނުކުތްއިރު މިއުވާން ސޯފާގައި ހަމަޖެހިލައިގެން އިނެވެ. އޭރު މާހިރު މިސްކިތުން އައިސް ގެއަށް ވަންނަނީއެވެ. އޭނާ ހުރީ ކުޑަކޮށް ތެމިފައެވެ. ރުކާން ކޮޓަރިން ނުކުތްތަނާ މުނީޒާވެސް ނުކުމެއްޖެއެވެ.

“ދަރިފުޅު މިސްކިތަށް ނުދަންތަ؟” ސޯފާގައި އިން މިއުވާން ފެނުމުން މާހިރު އަހާލިއެވެ.

“ލައްބަ. އަޅުގަނޑު ނުކުތްއިރު ވަރަށް ބޯކޮށް ވާރޭ ވެހޭ. ކުޑައެއް ފެނޭތޯ ބެލިއިރު ކުޑައެއްވެސް ނެތް.” މިއުވާން އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ އެންމެ ކުޑައެއްވެސް ނެތީ؟ އެހެންޏާ ކުޑަޔައިގެން އުނދަގޫވެފަ އޮންނާނީ. ދާ ކޮންމެ ދިމާއަކުން ކުޑައެއްގަ އަޅައިގަންނާނެ.” މާހިރު ސަމާސާ ރާގަކަށް އެހެން ބުނެލިގޮތުން މިއުވާން ގާތަށް ކުޑަކޮށް ހިނިވެސްއައެވެ. އެބުނީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫންވިއްޔާއެވެ. އެގޭ ކޮންމެ މީހަކަށް ކުޑައެއް ހުންނައިރު އެއިން އެއްވެސް ކުޑައެއް ގޭގައި ނެތުމުން އެހެންވެސް ބުނެވިދާނެ ނޫންހެއްޔެވެ؟

“އެވީގޮތަކީ އިއްޔެ ރައީފާމެން އައިސް ތިއްބާ ވިއްސާރަ އައީމަ އަހަރެން އެމީހުން އަތަށް ކުޑަ ދީފަ ފޮނުވީ. ދެކުޑަ ވީ އެގޭގަ.” މުނީޒާ އަވަސްއަވަހަށް ބުނެލިއެވެ. ރައީފާއަކީ މުނީޒާގެ ބޮޑުދައިތަގެ ދަރިއެކެވެ. އޭނާއާއި އޭނާގެ ދޮށީ އަންހެން ދަރި އިއްޔެގައި އެގެއަށް އައީ އެގެއަށް ނާދެވޭތާ ގިނަ ދުވަސް ވެގެންނެވެ.

“އަޅުގަނޑުމެން ގޭގަވެސް ވާނެ ކުޑައެއް. އިއްޔެ އަޅުގަނޑު ގެއަށް ގޮސްފަ އަންނަންވީއިރު ވާރޭ ހުއްޓާފަ އޮތީމަ ހަނދާންނެތި ބަހައްޓާފަ އާދެވުނީ.” ރުކާން ބުނެލިއެވެ.

“އާނ ދެން ހިނގާ ކޮފީ ބޮމާ. މުނީޒާ ކޮބާ މަލާމެން ދެކުދިން ހޭލައިފިތަ؟” މާހިރު މުނީޒާއާ ސުވާލުކުރިއެވެ.

“އާނ. އެދެކުދިން ނަމާދަށް އެރީމަ އަހަރެން މި ނުކުތީ.” މުނީޒާ އެހެން ބުނެފައި ހިނގައިގަތީ ކާގެއާ ދިމާއަށެވެ. ރުކާންވެސް ފަހަތުން ވަނެވެ.

“ހާދަ ވިއްސާރަވެއްޖޭ ދޯ؟ ޔަޤީން މިފަހަރު މަންމަ އިންދާފަ ހުރި ހުރިހާ މާގަސްކޮޅެއް ހަލާކުވާނެ.” މުނީޒާ އެހެން ބުނެލިގޮތުން އޭނާ ކަންބޮޑުވެފައިވާވަރު އެނގެއެވެ. މުނީޒާއަކީ ގަސް އިންދުމަށް ނުހަނު ފޯރި ހުންނަ މީހެކެވެ. އެގޭ ގޯތިތެރޭގައި ހައްދާފައިވާ އެކި ވައްތަރު ވައްތަރުގެ މާގަސްތަކާއި ބަގީޗާ ގަސްތަކުންވެސް އެކަން އެނގޭނެއެވެ. އެގަސްތައް އެހާ ރީތިކޮށް އެހުންނަނީ މުނީޒާގެ ބުރަ މަސައްކަތުންނެވެ.

“ފެން ލިބުނީމަ ގަސްތައް ރީއްޗެއް ނޫންތަ ވާނީކީ.” ރުކާން އެހެން ބުނެލުމުން މުނީޒާ ކުޑަކޮށް ހީލިއެވެ.

“ކޮންމެ ކަމަކަށްވެސް މިންގަނޑެއް އޮންނާނެއެއްނު. މާގިނައިން ކެއީމަ ކީއްވަނީ؟ ބަނޑު ފުރިގެން ހޮޑު ދޯ ލެވެނީ. ހަމައެގޮތަށް ފެންވެސް މާގިނަވީމަ ގަސްތައްވެސް ވާނީ ހަލާކު.” މުނީޒާ އެހެން ބުނެލުމުން ރުކާންވެސް ހީލިއެވެ. އޭނާ އެހެން ބުނީ ކޮންމެހެން އޭނާއަށް އެކަން ނޭނގޭތީކީ ނޫނެވެ. އޭނާ ބޭނުންވީ މުނީޒާގެ ކަންބޮޑުވުން ފިލުވާލާށެވެ.

“މާ ފޯރީގަ ދެވެރިން ކޮން ވާހަކައެއްތަ ތިދައްކަނީ؟” ބަދިގެއަށް ވަންނަމުން މާހިރު ބުނެލިއެވެ.

“މިދައްކަނީ ވިއްސާރަ ވާހަކަ. މިދާގޮތަށް ދަންޏާ މިފަހަރު އަހަރެންގެ ހުރިހާ ގަސްކޮޅެއް ހަލާކުވާނެޔޭ މިކިޔަނީ.” މުނީޒާ އެހެން ބުނެލުމުން މާހިރުވެސް ހީލިއެވެ.

“އާނ. ތިބުނީ ހަމަ ރަނގަޅު ވާހަކައެއް. ވަރަށް ވިއްސާރަވެ ގަދަވެއްޖެ. އެހެރަ ޖެހިލާ ވަޔަކުން ހީވަނީ ބޭރަށް ނުކުންނައިރަށް ވަޔާ ވިއްސާލަފާނެހެން.” މާހިރުވެސް ކަންބޮޑުވެފައި ބުނެލިއެވެ.

“މަންމަވެސް ތި ކަންބޮޑުވަނީ ގަހަކަށް ގޮތެއް ވެދާނެތީ. އަޅުގަނޑު މި ކަންބޮޑުވަނީ ރޯދައިގެ ކުރިން ދާން ރާވަމުން މިދާ ދަތުރު ކެންސަލްވެދާނެތީ.” މިއުވާން އެހެން ބުނެލުމުން މުނީޒާ ހައިރާންވިއެވެ.

“ކޮން ދަތުރެއް؟”

“އަޅުގަނޑު އެބަ ރާވަން އާއިލާ އެއްކޮށް ފަޅު ރަށަކަށް ދަތުރުދާން. އޯވަނައިޓަކަށް.” މިއުވާން އެހެން ބުނެލުމުން ރުކާންއާއި މުނީޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ފަޅު ރަށަކަށޭ!!؟ އުހުނ. ނުދެވޭނެ. މީހުން އުޅޭ ރަށަކަށް ދަންޏާ މައްސަލައެއްނެތް.” މުނީޒާ ވަގުތުން ދެކޮޅު ހެދިއެވެ. ފަޅު ރަށްރަށަށް ދިއުމަކީ އޭނާ ނުހަނު ބިރުގަންނަ ކަމެކެވެ. އަނެއްކޮޅުން އާއިލާ އެއްކޮށް ދާވާހަކަ ބުނުމުން އޭނާ ވަކިން ބިރުގަތެވެ. ފުރާވަރަށް އަރައިގެން އަންނަ ދެއަންހެންކުދިންނާއި ބޮޑުވެފައިހުރި އަންހެންކުއްޖަކު ގޮވައިގެން ފަޅުރަށެއްގައި ރޭކުރުމަކީ ރައްކާތެރިކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

“އަޅެ ދެން މަންމާ. އެންމެ ފަހަރަކު ހިނގާބަލަ. ޕްލީޒް! އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެޔޭ.” މިއުވާން ބެލީ މުނީޒާ ރުއްސޭތޯއެވެ.

“އުހުނ. ފަޅު ރަށަކަށް ނުދެވޭނެ.” މުނީޒާ ހަމަހިލާ އެއްބަހެއްނުވިއެވެ.

“އެންމެ ރަނގަޅު. މީހުން އުޅޭ ރަށަކަށް ދާނީ. އެންމެ ރަނގަޅެއްނު.” މުނީޒާ ގޮތްދޫނުކުރާނެކަން އެނގޭތީ މިއުވާން އޭނާގެ ރޭވުން ބަދަލުކޮށްލިއެވެ. އެޔާއެކު ރުކާންއަށްވެސް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާއަކީވެސް ފަޅު ރަށްރަށަށް ދާން ނިކަން ފޯރި ހުންނަ މީހަކަށްވިޔަސް އޭނާއަށް ދިމާވަމުން ދިޔަ އެކިއެކި ހާދިސާތަކުގެ ސަބަބުން އޭނާ ފަޅު ރަށްރަށަށް ދާން ޖެހިލުންވެއެވެ.

“ދޮންބެ ކޮންތާކަށްދާ ވާހަކައެއްތަ ތިދައްކަނީ؟” ބަދިގެއަށް ވަދެގެން އައި މަލާހާ އަހާލިއެވެ. މަލާހާއާ އެކުއެކީ މަލްހާވެސް އައިސް ވަނެވެ.

“ދަތުރުދާ ވާހަކަ.”

“އަސްލުވެސްތަ؟ ކޮން ރަށަކަށް؟” މަލާހާ ވަރަށް ގަޔާވެލާފައި އައިސް މިއުވާންގެ ކުރިމައްޗަށް ހުރި ގޮނޑީގައި އިށީނެވެ. މަލްހާ އިށީނީ މަލާހާ ގާތުގައެވެ.

“އަދި ވަކި ރަށެއް ނުނިންމަން. މީހުންއުޅޭ ރަށަކަށް.” މިއުވާން މަލާހާއާ ދިމާ ބަލާލަމުން ބުނެލިއެވެ. އެޔާއެކު މަލާހާއާ މަލްހާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

“ދެން މީހުން އުޅޭ ރަށަކަށް ދަތުރު ދިޔައީމަ ނޯންނާނެ ޕްރައިވެސީއެއްވެސް. ބީރައްޓެއްސެއް އަރައިފިއްޔާ ބަލާނެ ދުވަހަކުވެސް މީހަކު ނުފެންނަ ބަޔަކަށް މީހަކު ފެނިގެން ބަލާހެން. މަލާއަށް ވަރަށް އުނދަގޫވޭ އެހާވަރަށް ބަލަންޏާ. ފަޅު ރަށަކަށް ދާން ހެދިނަމަ.” މަލާހާ ބުނެލިއެވެ. މާހިރު އެއްވެސް އެއްޗެކޭ ނުބުނެ އެކުދިންގެ ވާހަކަ އަޑުއަހަން އިނީ ފަހުބަސް އިއްވަން ކަންނޭނގެއެވެ.

“މަންމަ ބުނީ ފަޅު ރަށަކަށް ގޮސްގެން ނުވާނެޔޯ.” މިއުވާން މުނީޒާއަށް ބަލާލިއެވެ.

“އެއްކަލަ މަންމަ. އެ ބިރުގަތީ.” މަލްހާ ބުނެލިއެވެ.

“މަލް ބިރެއް ނުގަނޭތަ؟ ފަޅު ރަށުގަ ބައިވަރު ޖިންނި އުޅޭނެ.” ރުކާން އެހެން ބުނެލުމުން މަލްހާއާ މަލާހާ ޖަހާލީ ހިނިގަނޑެކެވެ. މިއުވާން ބާރަށް ނުހީ އިންނަމަވެސް އިނީ ހިނިއައިސްފައެވެ.

“ދޮންބެދައްތަ ދައްކާ ވާހަކަ. ކޮންމެ ތަނެއްގަވެސް ޖިންނިން އުޅޭނެޔޭ. އެކަމް އަހަރެމެން އެޔަށް ގޯނާއެއް ނުކުރަންޏާ އެއެއްޗެހިވެސް އަހަރެމެންނަށް ގޯނާއެއް ނުކުރާނެ. ނޫންތޯ ބައްޕާ؟” މަލާހާ ނުހަނު ވިސްނޭ މީހަކު ފަދައިން އެހެން ބުނެލުމުން ރުކާން ރަކިވިއެވެ. އޭނާ އެހެން ބުނީ މަލާހާއާއި މަލްހާ ބިރުގަންނަވާލާށެވެ. އެދެކުދިން ބުނެފިއްޔާ އެދަތުރު ފަޅު ރަށަކަށް ދާން ހަމަޖެހިދާނެތީއެވެ .

“ރަނގަޅު ވާހަކައެއް ދަރިފުޅު ތިބުނީ. އެކަމް ބައްޕައަށްވެސް ފެންނަނީ މަންމަ ބުނިހެން މީހުން އުޅޭ ރަށަކަށް ދާން.” މާހިރު ފަހުބަސް އިއްވުމުން ދާނެ ތަނަކާ ބެހޭގޮތުން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.

“އެކަމް ވިއްސާރަކޮށް އުޅެންޏާ ނުދެވޭނެ. ކަނޑުވެސް އެހާ ގަދަވާނެ މިހާރު.” މާހިރު އެހެން ބުނެލުމުން މިއުވާންއާއި މުނީޒާވެސް އެކަމާ އެއްބަސްވިއެވެ. އޭރު މަލާހާއާއި މަލްހާ ތިބީ އެމީހުން ދާ ދުވަހު ވިއްސާރަ ނުވޭތޯ ހިތާހިތުން ދުޢާކޮށްލަކޮށްލައެވެ.

“ދަރިފުޅުމެން ސައި ބޮއިގެން އަވަހަށް ދޭ ސްކޫލަށް ދާން ތައްޔާރުވާން.” މާހިރު މަލާހާއާއި މަލްހާއަށް ބުންޏެވެ.

“ބައްޕާ! މިއަދު މީ ސްކޫލް ބަންދު ދުވަހެކޭ.” މަލްހާ އެހެން ބުނުމާއެކު މާހިރު އެހެންހޭ އަހާލިއެވެ.

“ލައްބަ. އެހެންވެއެއްނޫންތޯ އަޅުގަނޑުމެން ތައްޔާރުނުވެ ސައިބޯން އައީ.” މަލާހާ އެހެން ބުނެލުމުން މާހިރު ހީލިއެވެ.

“ތެދެކޭ ދޯ؟ ބައްޕަ ހަނދާން ނެތުނީއޭ މިއަދު މީ ސަރުކާރު ބަންދު ދުވަހެއްކަން.” މާހިރު އެހެން ބުނެލުމުން މަލާހާ ހީލިއެވެ.

ސައި ބޮއިގެން ނުކުމެފައި މިއުވާން ކޮޓަރިއަށް ދިޔައީ އޭނާ ކުޑަކަމެއް ކޮށްލަން ރާވާފައިވާތީއެވެ. އޭނާ ގޮސް އަލަމާރިން ނެގީ ފޮތެކެވެ. ނަމަވެސް ފޮތް ނެގިތަނާ ރުކާން އައިސް ވަނުމުން އޭނާއަށް ފޮތް ބާއްވަން ޖެހުނެވެ. ރުކާން މިއުވާންއަށް ބަލާލީ ހައިރާންކަމާއެކުގައެވެ. އޭނާ އެހާ ސިއްރުން އެ ގެންގުޅެނީ ކޮން ފޮތެއްބާއޭ ރުކާންގެ ހިތަށްއެރިއެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ މިއުވާން ލެޕްޓޮޕް ހިފައިގެން ގޮސް އެނދުގައި އިށީނދެލިއެވެ.

“ކިހިނެއްވީ؟” ރުކާން އެއްވެސް އެއްޗެކޭ ނުބުނެ، އެއްވެސް ކަމެއް ނުކޮށް ހުންނަން ފެށުމުން މިއުވާން އަހާލިއެވެ.

“މި… އަހަރެން ބުނީ ކީއްކުރަން ކުއްލިއަކަށް ދަތުރެއް ދާން ތި ރޭވީ؟” ރުކާން ޖެހިލުންވެފައި އަހާލިއެވެ.

“އެއީ އަހަރެމެން މިހާރު ވަރަށް ދުވަސްވެއްޖެއެއްނު އެކަހަލަ ކަމެއް ކޮށްނުލާތާ. ދެން އަހަރެން ބޭނުން އަހަރެމެން ދެމީހުންގެ ގުޅުންވެސް ރަނގަޅުކޮށްލަން. އެކަހަލަ ދަތުރަކު ދިޔައީމަ ވަރަށް ރަނގަޅުވާނެހެން އަހަރެންނަށް ހީވަނީ.” މިއުވާން އޭނާ ދަތުރު ރޭވި ސަބަބު ބުނެދިނެވެ.

“ކިތަންމެ ވަރަކަށް ދަތުރު ގޮސް، ތަންތަނަށް ދިޔަޔަސް އަހަރެމެން ދެމީހުންގެ ގުޅުން ދުވަހަކުވެސް ރަނގަޅެއް ނުވާނެ އަހަރެމެން ރަނގަޅުކުރަން ނެތިއްޔާ. ދެމީހުން ދެމީހުންނަށް މާފްކޮށް ދެމަފިރިންހެން އުޅެން ނޫޅެންޏާ ކިހިނެއް ގުޅުން ރަނގަޅުވާނީ؟” ކުއްލިއަކަށް ރުކާން އެހެން ބުނުމުން މިއުވާންގެ ބަސްހުއްޓުނެވެ. އޭނާ ހައިރާންވެފައި ރުކާންއަށް ބަލަން އިނެވެ. މިއުވާން އެހާވަރަށް ބަލަން ފެށުމުން ރުކާން ލަދުން އިސްޖަހާލިއެވެ.

“އާދެބަލަ. އައިސް މިތާ އިށީނދެބަލަ.” މިއުވާން އެހެން ބުނުމުން ރުކާން އައިސް މަޑުމަޑުން އެނދުގައި އިށީނެވެ.

“ރުކޫ ތިބުނީ ރަނގަޅަށް. މިހުރިހާ ކަމަކީވެސް އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން ވާހާ ގޮތްގޮތް. އަހަރެންވެސް ދެރަވޭ އަހަރެންނަށް ކަންތައް ކުރެވޭ ގޮތުން. އަހަރެން ހިތަށް އަރަނީ އަހަރެންނަށް ރުކޫއަށް މިދެވެނީ ވަރަށް ބޮޑު އަނިޔާއެކޭ. އަހަރެންނަށް ރުކޫ ފެންނަނީ ހަމައެކަނި ސެކްސް ފީލްވީމައޭ.” މިއުވާން އެހެން ބުނުމުން ރުކާންއަށް މިއުވާންއަށް ބަލާލެވުނެވެ.

“ރުކޫ ބުނެބަލަ. އަހަރެންނާއެކު މިހެން އުޅެން ރުކޫ ހިތްހަމަޖެހޭތަ؟ ތެދަށް ބުނައްޗޭ.” މިއުވާން ބުނެލިއެވެ.

“އެއްވެސް ކަމެއް ނުވިޔަސް ވާންގެ އަނތްބެއްގެ ގޮތުގަ އިނުމުންވެސް އަހަރެން ހިތްހަމަޖެހޭ. އަހަރެން އެހާވެސް ބޮޑަށް ވާންދެކެ ލޯބިވޭ.” ރުކާން އެހެން ބުނެލުމުން މިއުވާންއަށް ލޯމަރާލެވުނެވެ.

“އެކަމަކު އަހަރެން މިގޮތަށް އުޅޭކަށް ހިތްހަމައެއް ނުޖެހޭ. އަހަރެންނަށް ރުކޫއަކަށް ލޯތްބެއް ނުދެވޭ. ތަޅާ އަނިޔާ ނުކުރިޔަސް އަހަރެންނަށް ރުކޫއަށް އަނިޔާއެއް ނޫނީ ނުދެވޭ. އަހަރެން ރުކޫދެކެ އެގޮތަށް ލޯބިނުވިޔަސް އަހަރެން ރުކޫދެކެ އެކުވެރިއެއްގެ ހައިސިއްޔަތުން ލޯބިވޭ. އެހެންވީމަ އަހަރެން ބޭނުމެއްނުވޭ ރުކޫއަށް އެއްވެސް އަނިޔާއެއް ލިބޭކަށް. އަހަރެންނަށް އެނގޭ ރުކޫވެސް ތިހުންނަނީ ހިތްހަމަޖެހިފައެއް ނޫންކަން. ކިތަންމެ ރެޔަކު ރުކޫ ރޯއަޑު އަހަރެން އަހަން. ހިތްހަމަޖެހޭނަމަ އެހެން ހިތާމަކުރާނެތަ؟” މިއުވާން އެހެން ބުނެލުމުން ރުކާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މިއުވާން އެއުޅެނީ އޭނާ ދޫކޮށްލާށޭ ހިތަށްއެރުމުން ހިތްދަތިވީވަރުން އޭނާއަށް ހިންދިރުވާލަންވެސް އުނދަގޫވިއެވެ.

“އަހަރެން ދެރަވަނީ ވާން އަހަރެންނާ ތިގޮތަށް ވާހަކަދައްކާތީ. އަހަރެންނަށް ހެޔޮ އުޑުން ތަރި ނުބޭލިޔަކަސް. ނޫނީ ލޯބިވެރިން ކުރާ ކަހަލަ އެކި ވަޢުދުތައް ނުކުރިޔަސް. އެކަމް އަހަރެން އުފަލުގަ ބަހައްޓަން ބޭނުމިއްޔާ ތިގޮތަށް ވާހަކަ ނުދައްކާ.” މިއުވާންގެ ގާތަށް ޖެހި މިއުވާންގެ ކޮނޑުގައި ބޯއަޅާލަމުން ރުކާން ބުނެލިއެވެ.

“އެންމެ ރަނގަޅު. ރުކޫ ތިގޮތަށްވެސް އަހަރެންނާއެކު އުޅެން ބޭނުންތަ؟” މިއުވާން އެހެން އަހާލުމުން ރުކާން މިއުވާންގެ ކޮނޑުން ބޯނެގިއެވެ.

“އާނ. އަހަރެން ކޮންމެފަދަ ގޮތަކަށް އުޅެން ޖެހުނަސް ވާންގެ އަނތްބެއްގެ ގޮތުގަ އުޅެން ބޭނުން.” މިއުވާންގެ ދެލޮލަށް ބަލަން އިނދެ ރުކާން ބުނެލިއެވެ. އެހެން ބުނުމާއެކު ރުކާން މިއުވާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. މިއުވާން މަޑުމަޑުން ރުކާން އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި ރުކާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން މަޑުމަޑުން ރުކާންގެ މޫނާއި ގާތްވަމުން ދިޔައެވެ. ދެމީހުންގެ ހޫނު ނޭވާ އިހުސާސްވާހާ ގާތްވިތަނާ ޖެހި ބާރު ގުގުރިއަކާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ލިބުނު ސިހުމުގައި ރުކާންއަށް މިއުވާންގެ ގައިގައި ބައްދައިގަނެވުނު ގޮތްވެސް ނޭނގުނެވެ. އެފަދަ ގޮތެއް ވެދާނެކަމަށް ވިސްނާވެސްނުލާ އިންދާ ކުއްލިއަކަށް ރުކާން އެގޮތަށް ބައްދައިގަތުމުން މިއުވާންއަށް ހަށިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. މިއުވާން އެނދުމައްޗަށް ވެއްޓެން ދިޔަ ވަގުތު ފައިން ޖެހިފައި ލެޕްޓޮޕްވެސް ދިޔައީ ވިއްސައިގެންނެވެ. މިއުވާންއަށް ލެޕްޓޮޕް ވެއްޓެން ދިޔަ ދިމާއަށް ބަލާލެވުނު ވަގުތު ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު މަންޒަރުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯބި ވެވުމުން ……….18

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (35)

Next
May 19, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (35)

Previews
May 19, 2017

ލޯބި ވެވުމުން ……….18

86 Comments!

  1. Saandy says:
    May 19, 2017 at 6:54 pm

    Assalaam A’laikum!! Miothy “IUNAAS” vaahakaige 10 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves baajjaveri reyakah edhen… Love u all 🙂

    1. Saandy says:
      May 19, 2017 at 6:57 pm

      Next part “SUNDAY”ga… Insha Allah!! 🙂

    2. F()5 says:
      May 19, 2017 at 7:16 pm

      Saandy age bunedhyba!

    3. Saandy says:
      May 19, 2017 at 7:52 pm

      Sorry dear!! Publicga personal infos hissaa nukureveyne 🙂

    4. Amaa says:
      May 19, 2017 at 7:59 pm

      saandyge fonikamaaeve. age bunegen dhen kon kameh vaany .eyn .dhen hama hisaabah vureh kibureex eee .age bunegen vaane gehlumeh eboitha.hoon dhen v foohivey.meena ah den mabodah ingifa hunnanee.seriously saandy thee den boduvaru igey.huh????

    5. Saandy says:
      May 19, 2017 at 8:20 pm

      Amaage khiyaalahves ih’thiraam kuran… Ekam emeehehge personal kankan sirru kurumaky emeehakah libigenvaa haqqeh… So egothah mi kanthah kury fonivegeneh noon… Adhi kiburuveri vegenehves noon… V salaam 🙂

    6. F()5 says:
      May 19, 2017 at 11:44 pm

      It’s OK saandy..
      I respect ur opinion…. That was just a general question. Nothing serious.? and Amaa, you shouldn’t be so rude to him

    7. Saandy says:
      May 20, 2017 at 1:19 am

      ThanQ F()5 for understanding 🙂

  2. Aish says:
    May 19, 2017 at 7:08 pm

    Me first! Yey Yey Yey

    1. Saandy says:
      May 19, 2017 at 8:01 pm

      Yes Aish… Thy mifaharu first 🙂

  3. maroon says:
    May 19, 2017 at 7:10 pm

    Shweet ❤

    1. Saandy says:
      May 19, 2017 at 8:01 pm

      ThanQ Maroon 🙂

  4. nux says:
    May 19, 2017 at 7:14 pm

    wow kihineh vaan baan miulheny v kehmadhuvehje kiyaahithun well done my dear saandy

    1. Saandy says:
      May 19, 2017 at 8:02 pm

      ThanQ Nux… Vaan ulhey goiy en’geyne v avahah… Hehehe 🙂

  5. Appy says:
    May 19, 2017 at 7:18 pm

    Wow ….anehkaa koacheh e fenuny ..saandy abadhu vx enmen hiyy thalhuvaalaafa story nimmaamy ..??dhn abadhu inthixaaru kureveyny story ah….vvvvvvvvvvvvvvvvvvvvvvvvvvvv rythi ehaa ehaa biruveri noonas biruveri vaahaka eh v ma kiyaa iru v biruganey?

    1. Saandy says:
      May 19, 2017 at 8:03 pm

      ThanQ Appy… Hehehe… Ehaa biruveri noonas biruveri story eh veema biruganeytha hama 🙂

  6. Mystic gal says:
    May 19, 2017 at 7:19 pm

    Saandyyy… Waiting for sunday.. Alhe kn cheh tha ohnaanii ethanuga.. Anehkaa iunaas tha?? OMG… Hama waiting ingey.. Love the Story

    1. Saandy says:
      May 19, 2017 at 8:05 pm

      ThanQ Mystic gal… Next part in en’geyne ethaa onnaane ehchehves… 🙂

  7. Luhan says:
    May 19, 2017 at 7:20 pm

    Dhn kihinh vaany??koahcheh fenuny???alhe v kiya hiyy vey eba..

    1. Saandy says:
      May 19, 2017 at 8:06 pm

      ThanQ Luhan… Next partga en’geyne Miuvaane ah e fenunu ehchehves 🙂

  8. annoying reader says:
    May 19, 2017 at 7:21 pm

    mi vaahaka kiya iru sifa vani zee tv in anna ekthi rani ektha raja series, raja ge wife ves maruvefa hutta ghost eh ge sifaiga annani, ais udhagu kurani secnd wife ah,like rukoo ah vaa gothah, miharu miuvan ah fennani iunas dhw

    1. Saandy says:
      May 19, 2017 at 8:10 pm

      ThanQ Annoying reader… Vaahaka ekkoh nimendhen madukollaa goiy nuninmaa… Next partga en’geyne Miuvaan-ah e fenunu ehchehves 🙂

  9. Xum says:
    May 19, 2017 at 7:29 pm

    V v reethi

    1. Saandy says:
      May 19, 2017 at 8:10 pm

      ThanQ Xum 🙂

  10. Manje says:
    May 19, 2017 at 7:33 pm

    saandy ves haudhahaa vaa naughty ey dhw. sex feel veema o???? aslu ethankolhu kiyaafa varah hewun ingey. Awwwn saandy ???

    1. Saandy says:
      May 19, 2017 at 8:12 pm

      ThanQ Manje… Baeh faharu ekahala naughty dialogues annan vaane ehnu… Hehehe… Baeh faharu hama vaagothekey e-ee baeh meehunnah 🙂

  11. Zee says:
    May 19, 2017 at 7:35 pm

    V v v reethi ..

    1. Saandy says:
      May 19, 2017 at 8:13 pm

      ThanQ Zee 🙂

  12. Aarny says:
    May 19, 2017 at 8:12 pm

    varah varah nice..

    1. Saandy says:
      May 19, 2017 at 8:14 pm

      ThanQ Aarny 🙂

  13. Anonymous says:
    May 19, 2017 at 8:27 pm

    wowwww… thank u saandy buni dhuvahah up kohdinyma.. vvv salhi mi part,… inthizaaru kureveyny dhn hama.. nidhan onna irah vx hithah araa dhn vaany kihineh baaey.. up soon.. biruveri v ma aslu biruganey ekani inna thanthaanga mi vaahka keema .. bt vaahaka vvvvvv reethi..

    1. Saandy says:
      May 19, 2017 at 10:52 pm

      ThanQ Anonymous… Adhives hama bunaa dhuvahah up kohdheynan… Insha Allah!! V ufaavejje mivaahaka ehaa kamudhiyaeema 🙂

  14. Zee says:
    May 19, 2017 at 8:58 pm

    Wow vvvvv nice…mi part ves…

    1. Saandy says:
      May 19, 2017 at 10:53 pm

      ThanQ Zee 🙂

  15. Luju says:
    May 19, 2017 at 9:02 pm

    Plx ethaa biruveri ehcheh noanahche …. Dhw saandy

    1. Saandy says:
      May 19, 2017 at 10:54 pm

      ThanQ Luju… Balamaa dhw ethaa onna ehchehves 🙂

  16. Aarny says:
    May 19, 2017 at 9:16 pm

    your welcome.. asluves mi bai varah reethi. reethi v ma buneveyne dhw reethi vaahaka…

    1. Saandy says:
      May 19, 2017 at 10:55 pm

      ThanQ again Aarny… V ufaavejje Aarny ah mivaahaka ehaa kamudhiyaeema 🙂

  17. Aisha says:
    May 19, 2017 at 9:54 pm

    Alhe kihineh eviee kocheh fenuniee

    1. Saandy says:
      May 19, 2017 at 10:56 pm

      ThanQ Aisha… Next partga en’geyne e fenuny koachehkan 🙂

  18. Ummu Maleek says:
    May 19, 2017 at 10:04 pm

    Wow…… kihineh vaan baa mi ulhenyyy…. hiy thelhen fashaifi baaru baarah…. cant wait for the next part……. v obi…??????

    1. Saandy says:
      May 19, 2017 at 10:57 pm

      ThanQ Ummu Maleek… Next part Sundayga 🙂

  19. Aai says:
    May 19, 2017 at 10:12 pm

    Dhen abaduves emme salhi hisaabun nimeni? waiting for the next part. Saandy vvv molhu vaahaka liyan?

    1. Saandy says:
      May 19, 2017 at 10:59 pm

      ThanQ Aai… Next part Sundayga 🙂

  20. school kuhjaa says:
    May 19, 2017 at 11:02 pm

    vvv nice …saandy viber no plxxx..I love to ask about story writing …your the best writer…plxxxxxxxx viber no.

    1. Saandy says:
      May 19, 2017 at 11:21 pm

      ThanQ School kuhjaa… Publicga number nudheveyne ehnu dhw… Saandy viber use kurany Saandyge number in… Ehenve… ThanQ for ur support dear 🙂
      Saandyge fb id: https://web.facebook.com/SaandyAbdulla
      Saandyge fb page: https://web.facebook.com/SaandyStories/
      Mi-in Saandy aa dhimaa kollaa in’gey… Eyrun viber num dheynan… Insha Allah!! 🙂

  21. Noor says:
    May 19, 2017 at 11:25 pm

    Mi part hama varah varah salhi…???

    1. Saandy says:
      May 20, 2017 at 1:21 am

      ThanQ Noor 🙂

  22. who am i? says:
    May 19, 2017 at 11:31 pm

    wow nyc stwry ?

    1. Saandy says:
      May 20, 2017 at 1:21 am

      ThanQ Who am I? 🙂

  23. messi says:
    May 20, 2017 at 12:52 am

    wow haadha ryhchey mi inthizaaru kure ve ny hama next part up kuraane vagutha kah saandy next part up kohlaba

    1. Saandy says:
      May 20, 2017 at 1:23 am

      ThanQ Messi… 11 vana bai adhi nuliyevey… Sundayga up kolladheynan… Insha Allah!! 🙂

  24. ithoo says:
    May 20, 2017 at 2:27 am

    Mifaharu rukaan ge badhaluga miuvaan ah dww..anehkaa koacheh baa fenunee a kujja fakeerah..mi part vx v v salhi hama..keep it up saandy??

    1. Saandy says:
      May 20, 2017 at 4:52 pm

      ThanQ Ithoo… Aan… Mifaharu Miuvaan-ah e fenuny… Fenuny koachehkan en’geyne next partga 🙂

  25. Eeny says:
    May 20, 2017 at 7:49 am

    Varah reethi vaahaka????????????

    1. Saandy says:
      May 20, 2017 at 4:53 pm

      ThanQ Eeny 🙂

  26. Love says:
    May 20, 2017 at 8:05 am

    fen naani rukaange dhari kan nenge dhw. mi part ves v habeys.

    1. Saandy says:
      May 20, 2017 at 4:53 pm

      ThanQ Love… En’gidhaanethaa dhw fenna ehchehves 🙂

  27. Any says:
    May 20, 2017 at 11:06 am

    Saandy thyhama best anyways story hab

    1. Saandy says:
      May 20, 2017 at 4:54 pm

      ThanQ Any 🙂

  28. Jjeyツ says:
    May 20, 2017 at 11:09 am

    Nice. When is next part Sandy?

    1. Jjeyツ says:
      May 20, 2017 at 11:11 am

      Sundayga dho.. okay. Will wait?

    2. Saandy says:
      May 20, 2017 at 4:55 pm

      ThanQ Jjey 🙂

    3. Saandy says:
      May 20, 2017 at 4:57 pm

      Yes… Sundayga 🙂

  29. Zee says:
    May 20, 2017 at 12:41 pm

    Very v nice. Keep it up

    1. Saandy says:
      May 20, 2017 at 4:56 pm

      ThanQ Zee 🙂

  30. Princess Yaa says:
    May 20, 2017 at 2:41 pm

    Owwh. So sad mifaharu enme fahun dho comment kohlevunee mi. Story varah reethi. Saandy u r grt. Waiting for the next part. ?

    1. Saandy says:
      May 20, 2017 at 4:57 pm

      ThanQ Princess Yaa… Baeh faharu ehenves vaane… Next part maadhamaa… Insha Allah!! 🙂

  31. Fan says:
    May 20, 2017 at 5:06 pm

    Seems like past is goin to affect the present uhmm??keep it up sandy

    1. Saandy says:
      May 20, 2017 at 5:07 pm

      ThanQ Fan… Maybe dhw 🙂

  32. Mz says:
    May 20, 2017 at 7:55 pm

    Alhey kiyakiya nidhaa nimunyma v dhera vey. V shalhi

    1. Saandy says:
      May 20, 2017 at 8:55 pm

      ThanQ Mz… Maadhamaa next part up kolladheynan… Insha Allah!! 🙂

  33. Maree says:
    May 20, 2017 at 9:11 pm

    vvvvv reethi

    1. Saandy says:
      May 20, 2017 at 9:15 pm

      ThanQ Maree 🙂

  34. Aash says:
    May 20, 2017 at 10:29 pm

    V salhi.. Avahah up kohbala??

    1. Saandy says:
      May 21, 2017 at 1:17 pm

      ThanQ Aash… Mihaaru liyamun midhany… Enme lasvegen mirey 8-9 aa dheytherey up kolladheynan… Ekam eyge kurin liye ninmaalevijjeyyaa eyge kurinves up kolladheynan… Insha Allah!! 🙂

  35. xee says:
    May 21, 2017 at 2:26 am

    Aharen miadhu mivaahaka 1 to 10 ah mikiyaaly… vaahakaiga anehen maa bodu massalayeh noolhey.. but mashah kiriyaavx alhai gaiyn thankolhaky miuvaange bappa kurin buni e dhemafiringe familyga dhefaraathu ekakuvx nethey.. but fahun muneezaage bodu dhaithage dhariyaku vaahaka vx himanaafa inyma suvaalu ufedhuny.. saandy ehcheh hynukurahchey mee hama magey mivaahaka kee iru mashah alhaigaiy thankolhu v ma hama bunely.. ekamakuvx v v v v reeeethi. keep it up. waitng 4 nxt prt.

    1. Saandy says:
      May 21, 2017 at 1:21 pm

      ThanQ Zee… Aslu ethankolhah ehaa bodah visnaanulevi mibai liyevifa eothy… Ehenve egothah eothy… V bodah shukuriyyaa in’gey ethankolhu faahaga kolladhineema… Thihen faahaga kolladhineema dhw en’geyny dhen faharakun ekahala kanthahthakah bodah samaalukan dheyn… V ran’galhu pointeh thi faahaga kolly… Enme lasvegen mirey 8-9 aa dheytherey up kolladheynan… Ekam eyge kurin liye nimijjeyyaa eyge kurinves up kolladheynan… Insha Allah!! 🙂

  36. xee says:
    May 21, 2017 at 1:16 pm

    kobaa nxt prt..?? waitn..

    1. Saandy says:
      May 21, 2017 at 1:24 pm

      ThanQ Xee… Adhi nuliyevey… Mihaaru liyany mi… Asuru vumuge kurin up kolladheveythoa mi masakkaiy kurany… Asuru fahun Saandy bixy vaane iru ossendhen… So egady nuliyeveyne ehnu… Ekam enme lasvegen mirey 8-9 aa dheytherey up kolladheynan… Insha Allah!! 🙂

  37. shanna says:
    May 21, 2017 at 5:04 pm

    alhe haadha lahakuney thi up kuraneeee…

    1. Saandy says:
      May 21, 2017 at 10:34 pm

      ThanQ Shanna! Mihaaru up kollaafa innaany… Dhedhuvahun 1 dhuvahu up kurany… Miadhu network massalayakaa hedhi ehaa lasvy… Sorry for the late update 🙂

  38. pritty says:
    May 21, 2017 at 8:07 pm

    kuh kureveny vers insaanunnershey.. er baligernerny vers insaanuneve.. ervers meehakee fas igili eh varu meehaker nuverner eve. erkern ermern vers dhanernverner erver. sanndy v nice ingey mi part vers… v kiyaahithun kiyaa nimerly..
    v salaam n keep it up
    kuder kuddr mistake ther ranglhu kohlemer dhern anner part vers v nice verner hern heeverny………

    1. Saandy says:
      May 21, 2017 at 10:36 pm

      ThanQ Pritty… V ufaavejje vaahaka ehaa kamudhiyaeema… Mistakes faahaga kohdheyn vaaneyey… Eyrun ran’galhu kollan en’geyny 🙂

  39. lil grl says:
    May 23, 2017 at 5:01 pm

    awesome <3

    1. Saandy says:
      May 24, 2017 at 12:19 pm

      ThanQ Lil grl 🙂

Comments are closed.

Next Episodeއިއުނާސް (11)←


All Right Reserved!