Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން ……….19

Noor💙 Level 710 Stories100 Comments100 Login500 Comments
May 19, 2017 4 Mins Read
73 Comments

ހުސްނާ ދިޔުމާއިއެކު ޝަނާޔާ އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ތަޅުލީ އޭނާ މިއަދު ގެއަށް އެއައި ބޭނުން ލަސްނުކޮށް ފުރިހަމަ ކުރާށެވެ.

ޝަނާޔާގެ ދެލޯ ވަނީ ކަރުނުން ފޯވެފައެވެ.އޭނާއާއި އެހާ ގާތުގައި ޖިއާން ވީއިރުވެސް ނޭނގުނީތީއެވެ.އެދުވަހު ހޮސްޕިޓަލުގައި ޖިއާން ރޯލިވަރު ހިތަށްއަރާފައި މޭގައި އަތް އަޅައިލެވުނީ ހަމަ ހިތުގައި ޖެހުނު ވަރުންނެވެ.ޝަނާޔާގެ ހަނދާނުގައި ޖިއާން ނެތްކަމުގައި ވިޔަސް ގައިމު މިއަދާއި ހަމައަަށްވެސް ޝަނާޔާއަށްޓަކައި ޖިއާން އެހުރީ އެހިތުގައި ޝަނާޔާއަށްޓަކައި ވީ ލޯބި ފަނޑު ނުވާތީތާއެވެ.ވީއިރު ޝަނާޔާ އެހެން މީހެއްގެ ޙައްޤަކަށް ވިޔަ ދިނީ ކީއްވެ ހެއްޔެވެ؟ޝަކުވާއިން ފުރިފައިވާ ޝަނާޔާގެ ހިތް ވަނީ ހިތާމައިގެ ކަނޑަކަށް ޣަރަޤުވެފައެވެ.

ޔާނިޢު ޝަނާޔާގެ އިންތިޒާރުގައި އިންނަތާ މިހާރު ދެގަޑިއިރު ވީއެވެ.ނަމަވެސް އިތުރަށް ކެތް ނުކުރެވިގެން ކެބިން އިން ނިކުތީ ޝަނާޔާ ފެނޭތޯއެވެ.ނަމަވެސް ނިޢުމާމެންގެ ކެބިންގައިވެސް ޝަނާޔާ ނެތުމުން ޔާނިޢު ހާސްވާގޮތް ވިއެވެ.އެންމެފަހުން ގޮސް އެޓެންޑެންސް ޗެކް ކުރިއިރު ޝަނާޔާ މިއަދު އޮފީހަށް ނާންނަކަން އެނގުނެވެ.

“ޖިއާން ކީއްވެ…ކީއްވެ މިހުރިހާ ކަމެއް ވީއިރުވެސް ބަލަން ތިހުރީ..އަހަންނަށް އިނގޭ މިހާރުވެސް ޖިއާން މިތަނުގައި އެބުހުރިކަން..އަހަރެންގެ ކުރިމައްޗަށް އާދެބަލަ…ޖިއާން”.ޝަނާޔާ ރޮއިރޮއިވަނީ އަޑުވެސް ކުރެހިފައެވެ.ޝަނާޔާ ފަސް އެނބުރި އޭނާގެ ފުރަގަހުގައި ހުރި ޖިއާންއަށް ބަލައިލިއެވެ.ޖިއާން ފެނުމުން ނުލިބުނު ލޯބި ހިތަށް އަރައި ޖިއާންގެ ޓީޝާޓު މޭގައި ހިފައި ރޮއިގަތެވެ.ނަމަވެސް ޖިއާން ހުރީ ޝަނާޔާގެ ގައިގައި އަތް ޖައްސާލަންވެސް ނުކެރިފައެވެ.ޝަނާޔާ ރޮމުން ރޮމުން ގޮސް ޖިއާންގެ ޓީޝާޓުން އަތްދޫކޮށްލާ ޖިއާންގެ ފައިބުޑަށް ވެއްޓި ރޮމުން ދިޔައީ އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތް ނުކުރެވިގެންނެވެ.އޭނާގެ ހަނދާނަށް ޖިއާން އައި އިރު މޭގައި އެވާ ހިތް އެވަނީ ޔާނިޢުގެ ލޯބިން ފުރާލާފައެވެ.ޖިއާންއަކީ އެހިތުގެ ޔާރަކަށް ވިޔަސް މިއަދު ޖިއާންއަށް ދޭނެ އެއްޗެއް އޭނާގެ އަތަކު ނެތެވެ.ޝަނާޔާއަށް ޖެހިފައިވާ ޙާލު ފެނި ޖިއާންގެ ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުން ޖިއާންއަށް ގޮށްމުށްކަވާލެވުނެވެ.އެ ކުށެއްނެތް ކުއްޖާއަށް މިއަދު ކުރިމަތިވެފައިވާ ހިތާމައިގެ އެންމެ ބޮޑު އަސްލަކީ އޭނާކަމަށް ޤަބޫލު ކުރެވުމުންނެވެ.

“ޖިއާން..އަހަންނަށް މާފުކުރޭ…އަހަންނަށް ނޭނގުމެއްގެ ތެރެއިން މިވަނީ ޖިއާންގެ އުފާތަށް ވިއްސިވިހާލި ކޮށްލެވިފަ…ޖިއާންގެ ގާތަށް މިޙަޔާތުގައި ދެން އެނބުރި ދެވޭވަރަށްވުރެ ދުރަށް އަހަންނަށް މިވަނީ އާދެވިފައި….އަހަރެންގެ ފިރިމީހާ ދެކެ އަހަންނަށް މިވަނީ އޭނައާއި ދުރުނުވެވޭ ވަރަށް ލޯބި…………….”ޖިއާންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ފާބައިގަތް ކަރުނަތައް ފެނި ޝަނާޔާގެ ދުލުގައި ގޮށްޖެހުނެވެ.

ޔާނިޢު ލިބުނު ހާސްކަމުގައި ވިސްނަމުން ދިޔައީ ޝަނާޔާ ގޮސްދާނެ ތަނަކާއި ދޭތެރޭގައެވެ.ޝަނާޔާގެ ފޯނަށްވެސް ގުޅުނު ވަރެއްވެސް ނޭނގެއެވެ.ނަމަވެސް ފޯނުވެސް އޮތީ ނިއްވާލާފައެވެ.އެންމެ ފަހުން ބައްޕަ ގާތު ބުނެލާފައި އޮފީހުން ނިކުމެ ކާރަށް އަރައި މިސްރާބު ޖެހީ ޝަނާޔާގެ މަންމަމެން ގެއަށް ދިޔުމަށެވެ.ފަހަރުގައި މަންމަ ކައިރިއަށް ގޮސްދާނެ ކަމަށް ހީކޮށެވެ.ޝަނާޔާ ބުނެވެސް ނުލާ ދިޔުމުން ޔާނިޢުގެ ހިތްވަނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ.ކާރު ދުއްވަމުން ދިޔަލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ އެއްޗެއްގައި ޖެހިދާނެ ހެންނެވެ.

ޖިއާން އަމިއްލަ ކަރުނަތައް ފޮހެލަމުން ޝަނާޔާގެ ދެކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ.އަދި އެކަމުގައި ޝަނާޔާގެ އެއްވެސް ކުށެއް ނެތްއިރު މާފަށް އެދިގެން ޖިއާންގެ ހިތަށް ބަރުނުކުރުމަށް އެދެމުން ޝަނާޔާގެ ކަރުނަތައް ފޮހެލައި ދިނެވެ.އަދި ޝަނާޔާއަށް ޔާނިޢު އާއިއެކު އުފާވެރި ޙަޔާތަކަށް އެދޭކަމަށް ބުންޏެވެ.ޖިއާން ވާހަކަަ ދައްކަމުން ދިޔައިރު އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނި ޝަނާޔާ ޖިއާންގެ ގައިގައި ބައްދާލީ އޭނާދެކެ އެހާ ލޯބިވާ މީހަކަށް ދެވިފައިވާ ފުން ހިތާމަ ހިތަށް އަރާފައި ނުހަނު ހިތާމަ އާއިއެކު ލޯބިންނެވެ.ޖިއާންވެސް ޝަނާޔާގެ ގައިގައި ދެއަތުން އެހާމެ ލޯބިން ބައްދާލީ މީ ޝަނާޔާގެ ގައިގައި ބައްދާލެވޭ އެންމެ ފަހު ފަހަރު ކަމަށް ވާތީއެވެ.އޭނާ އެއްވެސް ސިފައެއްގައި ޝަނާޔާގެ ގާތުގައި ވާހާ ހިނދަކު ޝަނާޔާއަށް ފުރިހަމަ ގޮތުގައި ޔާނިޢުގެ އަންބަކަށް ވާން އުނދަގޫ ވާނެތީއެވެ.އޭނާ ފަހަރެއްގައިވެސް ޝަނާޔާ ދޫކޮށްފައި އެދަނީ މާޔޫސް ހިތަކާއި ގެންނެއް ނޫނެވެ.ނަމަވެސް ޝަނާޔާ އެނާދެކެ ވީ ލޯބިވެސް ޝަނާޔާހާ ތެދުވެރިކަމަށް ހިތުގެ އަޑިން ޤަބޫލުކުރާ ޙާލުގައެވެ.ޝަނާޔާ ޖިއާންދެކެ ވީ ތެދުވެރި ލޯބިކަމަށް ޖިއާންގެ ބަކީވެފައިވާ ހިތްވެސް ޤަބޫލުކުރާނެކަން ގައިމެވެ.ތަޤުދީރުގައި އެދެ މީހުންނަށް ގުޅެވެން ނެތުމީ ޝަނާޔާ ބޭވަފާތެރި ވުން ކަމަކަށް ޖިއާން ނުދެކެއެވެ.

ޖިއާން ދިޔުމުން ޝަނާޔާގޮސް ފާޚާނައަށްވަދެ މޫނުދޮވެލައިގެން ނިކުމެ އެނދުގައި އޮށޯވެލީ ޖިއާންއާއި ވާހަކަ ދައްކާލެވުމުން އެހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމުންނެވެ.

އެތެރެއަށް ވަދެގެން އައި ޔާނިޢުއަށް ގޭ ދޮރުމަތީގައި އިން ޝަނާޔާގެ ބޫޓު ފެނުމުން ހާސްވެފައިވާ އޭނާގެ ހިތަށް ފިނިކަން ލިބުނެވެ.ފަހާފޮށި ދަށުގައި އިން ހުސްނާއަށް ޔާނިޢު ފެނުމުން އޭނާގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.އަދި ޔާނިޢު ގޮސް ސޯފާގައި އިށީންނަމުން ރިމޯޓް ނަގައި ޓީވީ ހުޅުވާލީ މަންމައަށް އެދެމީހުން މައްސަލައެއް ޖެހިގެން އުޅޭކަމަށް ޝައްކުވެދާނެތީއެވެ.ހުސްނާވެސް ފުރިޖުން ފޭރުފަނި ފުޅި ނަގައި ތައްޓަކަށް އަޅައިގެން ގެނެސް ޔާނިޢު އަށް ދިއްކޮށްލަމުން ވާހަކަ ދެއްކިއެވެ.”ޝަނާޔާ ވެއްޖެ ކޮޓަރީގައި..ވަރަށް ބަލިވެފަދޯ ހުރީ ދަތުރު ގޮސް އައިއިރު…އެއްވެސް އެއްޗެއްވެސް ނުކޭ..ފަނި ތަށިވެސް ފަހުންނޭ ބޯނީ ކިޔާފަ ބެހެއްޓީ…އަޅެ ދޭބަލަ އޭގެން އެތިކޮޅެއް ބޯލާތޯ…ވާވަރަކުން އެއްޗިހި ކައި ބޮއި ހެދީމައެންނު ހަށިގަނޑުގަ ވަރުވެސް ޖެހޭނީ”ލައްބަ މަންމާ އޭ ކިޔައި ފަނިތަށި ބޯލުމަށްފަހު ހުސްނާ އަތަށް ތަށި ދީފައި ގޮސް ޝަނާޔާގެ ކޮޓަރި ދޮރުގައި ހިފާލިއެވެ.ނަމަވެސް ދޮރުހުރީ ތަޅުލާފައި ކަމުން ޔާނިޢު ދެފަހަރަކު ޓަކިޖަހާލިއެވެ.ޝަނާޔާ ވަރުބަލި ގޮތަކަށް އެނދުން ތެދުވެގެން އައިސް ކޮޓަރި ދޮރުހުޅުވާލި އިރު ކުރިމަތީގައި ހުރި ޔާނިޢު ފެނުމުން އެތެރެއަށް ވަންނަން ތަން ދައްކަމުން ކުޑަކޮށް އެއްފަރާތް ވެލިއެވެ.ޝަނާޔާގެ މޫނުމަތިން ވަރަށް ރޮއިފައި ހުރިކަން އެނގެއެވެ.ޔާނިޢު އެތެރެއަށް ވަދެގެން ގޮސް ބެގީ މޮހާލާ ޓައީ ދޫކޮށްލަމުން އެނދުގައި އިށީނދެލުމަށްފަހު ޝަނާޔާއަށް ބަލައިލުމަށްފަހު މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކިއެވެ.”މިކޮޅަށް އާދެބަލަ ދޮރު ތަޅުލާފައި”.

ޝަނާޔާ ދޮރުތަޅުލުމަށްފަހު ކިޔަމަންތެރި އަންބަކު ފަދައިން އައިސް ޔާނިޢުގެ ގާތުގައި އިށީނދެލިއެވެ.ވަރުބަލިކަން ފައުޅުވާންހުރި ޝަނާޔާގެ މޫނަށް ބަލައިލަމުން ޝަނާޔާގެނެސް ޔާނިޢުގެ އުނގަށްލަމުން ފުރަގަހުން ވަރަށް ލޯބިން ބައްދާލުމަށްފަހު ސޮރީއޭ ބުނެލިއެވެ.ޔާނިޢު އިނީ ޝަނާޔާ އޭނާއަށް ގެއްލިދާނެ ކަމުގެ ބިރަށް ވަރަށް ކަންތައް ބޮޑުވެފައެވެ.ޝަނާޔާގެ އެ ޙަޤީގަތާއި އެއްކޮށް ޔާނިޢު ޝަނާޔާ ބަލައިގަތުމުން ޝަނާޔާގެ ވަރުބަލިވެފައިވާ ހިތަށް ރާހަތެއް ލިބިގެން ދިޔައެވެ.

ޔާނިޢު ޝަނާޔާ އެނދުގައި ބޭންދުމަށްފަހު ތެދުވެގެން ގޮސް ޑްރެސިން ޓޭބަލް މަތީގައި ބަހައްޓާފައި ހުރި ފޭރު ފަނި ތަށި ހިފައިގެން އައިސް ޝަނާޔާއަށް ބޯންދޭން އުޅުމުން،ނުބޯންވެގެން ވަރަށް ކުށްތެޅުމަށްފަހު އެންމެ ފަހުން އޭގެން އެތިކޮޅެއް ބޯލިއެވެ.ނަމަވެސް ޖެހިގެން އައި ސިކުންތުގައި ދުވެފައި ގޮސް ފާޚާނައަށް ވަދެ ބޯލި އެތިކޮޅު ހޮޑަށް ނެރެލިއެވެ.ޝަނާޔާގެ ނިތްކުރީގައި އަތްއަޅައިގެން ހުރި ޔާނިޢު އަނެއް އަތުން ޝަނާޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.ހިތްހަމަ ޖެހޭވަރަށް ހޮޑުލެވުނު އިރު ކޮޅަށް ހުންނާނެވަރުވެސް ޝަނާޔާގެ ގައިގައި ނެތެވެ.ވާނީވެސް އެހެންތާއެވެ.ރޭއްސުރެ ހަރު އެއްވެސް އެއްޗެއް ނުކައި ހުރިތާ ހެނދުނު ކުޑަގޮތެއް ހަދާލި ގޮތަށް އެހުރީ ހަމަ ހުސްބަނޑާއެވެ.

ޔާނިޢު ޝަނާޔާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި ޝަނާޔާއާއި ދިމާއަށް ނުހަނު ލޯބިން ބަލައިލީ އޭނާގެ ހިތުގައި އެވާ އެއްޗެއް ޔަޤީން ކޮށްލުމުގެ ގޮތުންނެވެ.ޝަނާޔާ ލަދުންގޮސް ދެއަތުން މޫނު ފޮރުވާލީ ޔާނިޢުގެ ޝައްކު ޔަޤީނަށް ބަދަލު ކުރަމުންނެވެ.ވަގުތުން އުފަލުންގޮސް ޔާނިޢުގެ ދެލޯ ފެންކަޅިވިއެވެ.ގުދުވެލުމަށްފަހު ޝަނާޔާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު ހޮޑުލާލާ ދެފުށްޖެހިފައިވާ ޝަނާޔާގެ ބަނޑުގައި އަތް އަޅައިލީ ފޮނި އުއްމީދު ތަކާއި އެކުގައެވެ.ޔާނިޢު ބޭނުންވީ އެ އުފާވެރި ޚަބަރު މަންމަ މެންނަށް އަވަހަށް ދޭށެވެ.ނަމަވެސް ޝަނާޔާ ބޭނުންވީ އިހަށް ޑޮކްޓަރަށް ދެއްކުމަށްފަހު އެ ވާހަކަ އެންމެނާއި ހިއްސާކުރާށެވެ.

ހަވީރު ފަހެއްޖަހާ ބޮޑުވީ އިރުވެސް ޔާނިޢުމެންގެ ޚަބަރެއް ނުވުމުން ފިރާޝާ ކަންތައް ބޮޑުވެގެން ޔާނިޢުގެ ފޯނަށް ގުޅިއެވެ.ޝަނާޔާވެސް ހުމާއި ހުރީތީ އޭނާ މާބޮޑަށް ފިކުރު ބޮޑުވީއެވެ.ޔާނިޢުގެ އަތުތެރޭގައި އޮތް ޝަނާޔާ ވަރަށް ބަލައިގެން ބާލީހުގައި ބޭއްވުމަށްފަހު ފޯނުނަގާ މަންމައާއި ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.ވަރުބަލިވެގެން ނިދިފައި އޮތް ޝަނާޔާއަށް ހޭލެވިދާނެތީއެވެ.”ލައްބަ މަންމާ!އަޅުގަނޑު މިހުރީ ޝަނާޔާމެން ގޭގަ.ޝަނާޔާ މަންމަ ކައިރިއަށް އަންނަން ބޭނުންވެފަ ހުރީމަ ގޮވައިގެން މިގެއަށް މިއައީ.ޝަނާޔާ ހުންގަނޑުގެ ވަރުބަލީގަ ނިދިފަ އޮތީމަ ހޭލަންދެން މިމަޑުކުރަނީ”.ފިރާޝާ ޔާނިޢުއާއި ވާހަކަ ދައްކާފައި ފޯނުބޭއްވުމަށްފަހު ދިޔައީ ޔާނިޢު ޝަނާޔާ ގޮވައިގެން އަންނަން ވާއިރަށް ރަނގަޅު ކާއެއްޗެއް ތައްޔާރު ކުރާށެވެ.

އޭ.ޑީ.ކޭ.ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ ޔާނިޢުއާއި ޝަނާޔާއަށް ޑޮކްޓަރަށް ދެއްކުމަށްފަހު ޓެޝްޓްތައް ހަދާނިމުނު އިރު ހުރީ ރޭގަނޑު ނުވައެއް ޖަހާފައެވެ.ޔާނިޢު ޝަނާޔާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރައިދުއްވާލީ އަވަހަށް ގެއަށް ދިޔުމަށެވެ.

ކުއްލިއަކަށް ވައިގަދަ ކޮށްލާ އޮއްސާލި ބޮޑުތިކި ވާރޭގެ ތެރެއިން ކުރިމަތިން ބާރު ސްޕީޑުގައި އައި ކާރެއް އެމީހުންގެ ކާރުގައިޖެހި މުޅި ފަޒާ ގުގުމާލީ ޝަނާޔާގެ ހަޅޭކުގެ އަޑުންނެވެ.

**ނުނިމޭ**

**ކުރިއަށް އޮތް 20ވަނަ ބަޔަކީ މި ވާހަކައިގެ ނިމުން ކަމަށް ވާތީ އިންތިޒާރު ކުރާނެ ކަމަށް ހީކުރަން**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (35)

Next

ބުނާށެލޯބިނުވަނީހޭ 2

Next
May 20, 2017

ބުނާށެލޯބިނުވަނީހޭ 2

Previews
May 19, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (35)

73 Comments!

  1. Aarny says:
    May 19, 2017 at 9:19 pm

    me first… nuves kiyan adhi comment kuraa hithun

    1. Noor says:
      May 19, 2017 at 9:22 pm

      Thanx Aarny..?

  2. nonnx says:
    May 19, 2017 at 9:25 pm

    wow thnk you noor…!!!waitin ga hama wen up kuraany next part???

    1. Noor says:
      May 19, 2017 at 9:35 pm

      Wc nonnx..n thanx for waiting so eagerly…hama liyevunuhaa avahakah up kohdheynan..?

  3. Axeenalily says:
    May 19, 2017 at 9:26 pm

    Kon dhuvahakun last ep kiyaalan libeyneee

    1. Noor says:
      May 19, 2017 at 9:38 pm

      May b tomorrow night..liyevunuhaa avahakah up kohdheynan..?thanx Axeenalily

  4. Aarny says:
    May 19, 2017 at 9:26 pm

    welocome Noor… mi srtory varah nice.. i feel sad to leave this story… cant wait for last episode ….. avaha up koh dhenchey..please.. thanks a lot mihaa reethi vaahaka eh kiyaalan dhiniithive…

    1. Noor says:
      May 19, 2017 at 9:41 pm

      Ohhh.i feel so happy to read such a lovely comment.will up the final part soooon..thanx Aarny?

  5. Niky says:
    May 19, 2017 at 9:27 pm

    Haha ,niky visni gothan dhw miyothy
    Eakanu konmeaves varankan thafaathu ,n thks vahaka up konleethi

    1. Noor says:
      May 19, 2017 at 9:44 pm

      Asluves dhw.Ur wc Niky…thanks for reading this part..?

  6. Zee says:
    May 19, 2017 at 9:31 pm

    Wow…. Salhi next part konirakun….inthizaaruga………..yeeee 2nd dho….

    1. Noor says:
      May 19, 2017 at 9:45 pm

      Thanx Zee..will try to up the final part soooon.?

  7. Cenhi says:
    May 19, 2017 at 9:41 pm

    V reethi

    1. Noor says:
      May 19, 2017 at 9:46 pm

      Thanx Cenhi..?

  8. haja says:
    May 19, 2017 at 9:42 pm

    Wow v nice mi part ves keep it up next part up kuraane irakah in thizaru kuran

    1. Noor says:
      May 20, 2017 at 10:20 am

      Thanx haja..??

  9. Jinn says:
    May 19, 2017 at 9:47 pm

    Ehentha? Adhi dhigukollanveenu…vaahak interest kamun nimmaahitheh nuvey….hehe…Ekam thikolhah hihhama jehunyma ok vaane….varah reethi vaahakaeh…thanks

    1. Noor says:
      May 20, 2017 at 10:21 am

      Thanx Jinn…happy to c ur comment dear..??

  10. AKI says:
    May 19, 2017 at 9:53 pm

    haadha rangalhey

    1. Noor says:
      May 19, 2017 at 9:54 pm

      Thanx for reading my story AKI..?

  11. Thaa says:
    May 19, 2017 at 9:53 pm

    Wow very nice abadhuves nooruge vaahakathah varah kiyaa hiy vey ehenstoryeh upkohdhehchey

    1. Noor says:
      May 19, 2017 at 9:57 pm

      Thanx Thaa.happy to know that..as its my very first experience…?

  12. Aisha says:
    May 19, 2017 at 10:04 pm

    Alhey kihineh eviee

    1. Noor says:
      May 19, 2017 at 10:17 pm

      …….happy to c ur comment Aisha..?

  13. lily says:
    May 19, 2017 at 10:06 pm

    Vvvvvv reethi adhives noor ge story eh kiyaalan libeyne kamah v ummeedhu kuran thanx noor

    1. Noor says:
      May 19, 2017 at 10:18 pm

      Thanx lily…happy to c ur comment..?

  14. nux says:
    May 19, 2017 at 10:24 pm

    alhey dhen vaany kihinehbaa how sad????????????knmevess dheragotheh nuhadhahchey plx plx plx waiting 4 the last part luv noor v reethi mibaivess so thanks 2times up kohdhiny maa ??????gl dear have a grt nite

    1. Noor says:
      May 19, 2017 at 10:28 pm

      Ur wc nux.happy to c ur cute comment…thanx for reading my story..?

  15. Lol says:
    May 19, 2017 at 10:31 pm

    Ahahah varah varah varah reethi..adhi mihaa nice story eh mulhi life ga vx nukiyan ur the best…btw just kidding ehvx reecheh noon..lol

    1. Noor says:
      May 19, 2017 at 10:39 pm

      Lol Thanx for reading this story even if u r not satisfied also..?

  16. Yal says:
    May 19, 2017 at 10:34 pm

    maybe last part ga yaniu will die,. nd shanaya and jiaan will be together.. i guess.. 🙂

    1. Noor says:
      May 19, 2017 at 10:45 pm

      Lets c dhw..n thanx Yal for the comment.?

    2. Thuthi says:
      May 20, 2017 at 12:26 am

      I agree with you yal .. But jiaan gulheyne hn hynuvany .. Jiaan v masahkaiy kuraane accident vaa gady yaniu salaamaiy kohdheveytho.. But I think he won’t be able to make him safe ??.. Hyvaa goiyy ??

    3. Noor says:
      May 20, 2017 at 7:04 am

      Thuthi…now im writing the final part…Lets c hw it ends..?

  17. rish says:
    May 19, 2017 at 10:36 pm

    Vrh vrh vrh reeeeethi

    1. Noor says:
      May 19, 2017 at 10:46 pm

      Thanx rish..?

  18. Faree says:
    May 19, 2017 at 10:38 pm

    Wow v v reethi story …hope kuran adhivx noorge new story eh fennanekamah ..pleeeeez noor❤❤

    1. Noor says:
      May 19, 2017 at 10:47 pm

      Thanx Faree..happy to c ur comment..?

  19. Luiz says:
    May 19, 2017 at 11:04 pm

    Alhe kihineh evee…

    1. Noor says:
      May 19, 2017 at 11:11 pm

      Thanx for reading this part Luiz..?

  20. Axoo says:
    May 20, 2017 at 12:21 am

    Alhe yaniu maraanulahche.waiting for the happy ? ending shanaya wit yaniu

    1. Noor says:
      May 20, 2017 at 7:07 am

      Will try to bring a happy ending..thanks Axoo..?

  21. Naju says:
    May 20, 2017 at 12:48 am

    Alhe plx yaaniu maraanulahchey … V reethi mi part ves … Waiting 4 last part… ❤❤❤❤

    1. Noor says:
      May 20, 2017 at 7:09 am

      Thanx Naju..??

  22. ithoo says:
    May 20, 2017 at 2:13 am

    Alhe kihineh mivany.. M stry hama nimenytha… Dhera vey ingey..so hope kuran noor ge ithuru stry ah kuriah oihthaa kiyan libeyne kamah..mi part vx v v reethi..keep it up noor????

    1. Noor says:
      May 20, 2017 at 7:11 am

      Thanx ithoo..very happy to c ur comment dear..?

  23. Yailee says:
    May 20, 2017 at 2:54 am

    Alhey dhn thihen nuhadhaa. Mivaahaka ehaa avahah nuninmaa
    ? ? ? ?.. Jian ves aee haadha rangalhu jinni ekey dho… Jian ehaa rangalhuiru dhn Sanaya ah aniya dhiny kon jinni eh baa…

    1. Noor says:
      May 20, 2017 at 10:25 am

      Thanx Yailee..mivaahaka kamudhiyaeema varah ufaavejje..shanaa ah aniyaa dhinee jian dheke loabivaa jinni eh shanaa ge hithuga jian ah nafrathu ufadhdhan…??

    2. Yailee says:
      May 20, 2017 at 12:05 pm

      Dhn ekamaku rap kuran ves ulhunehnu n kaiveni kuri rey ves yaniu ah hyvi ennu sanaya vergin eh nooney…

  24. Shai says:
    May 20, 2017 at 8:26 am

    Vvv.intersting vaahakaeh. V.dheravey vaahaka nimeytheee. Dhen konirakun noor ge vaahakaeh kiyaalan libeyneee. Konme baeh ves v.real. konme dhuvahakuves mivaahaka up kureytho v.ginafaharu balan. Unmeedhu kuran v.avahah noor ge ithuru vaahakaeh kiyaalan libeyne kamah. Thanks for the beautiful story

    1. Noor says:
      May 20, 2017 at 10:29 am

      Ohhhh..varah ufaavey thikahala kiyuntherin thibyma..thanx Shai…in sha Allah will b back with a new story..??

  25. Shaim says:
    May 20, 2017 at 8:28 am

    Vvv.intersting vaahakaeh. V.dheravey vaahaka nimeytheee. Dhen konirakun noor ge vaahakaeh kiyaalan libeyneee. Konme baeh ves v.real. konme dhuvahakuves mivaahaka up kureytho v.ginafaharu balan. Unmeedhu kuran v.avahah noor ge ithuru vaahakaeh kiyaalan libeyne kamah. Thanks for the beautiful story

    1. Noor says:
      May 20, 2017 at 10:30 am

      ??????

  26. shaayan says:
    May 20, 2017 at 9:11 am

    Alhey storynimeny Tha… Kiyakiya indhaa mi part e nimuny…avahaah anei part up kurwy…. Vv kiyaa hiyyvey EBA… So lovely story…..

    1. Noor says:
      May 20, 2017 at 9:29 am

      Thanx shaayan…i love ur comment dear…??

  27. nonnx says:
    May 20, 2017 at 9:34 am

    next part wen will upload??

    1. Noor says:
      May 20, 2017 at 9:59 am

      DEAR Still writinggg..??

  28. Shammy says:
    May 20, 2017 at 10:27 am

    Awwww….it’s very nice…Masha allah…?waiting for next part…☺

    1. Noor says:
      May 20, 2017 at 10:31 am

      Thanx Shammy..??

  29. Sheni says:
    May 20, 2017 at 11:14 am

    V reethi.. best of luck for last part NoOR…..?? ekam vaahaka nimythii vara deravey.. ??vaahaka v v reethi hurihaa part teves.. ?????????????

    1. Noor says:
      May 20, 2017 at 11:41 am

      Thanx for the cute cute comment Sheni..?????

  30. Princess Yaa says:
    May 20, 2017 at 11:16 am

    Mi story nimunas biruveri ehen story eh genesdhehchey anehkkaaves ingey noor pls. Varah reethi. Varah miss vaane mi story.

    1. Noor says:
      May 20, 2017 at 11:42 am

      Ohhh…so happy to c ur lovely comment Princess Yaa..??????

  31. Shaya says:
    May 20, 2017 at 11:59 am

    alhey nimenytha mioh reethi vaahaka haadha dhera ey..
    mi vaahaka kiyaa iru hama heevany manzaru thah filmehge sifaaga fenna hen.
    waiting for the next part

    1. Noor says:
      May 20, 2017 at 12:30 pm

      Ohhhh…so sweet of u. Just love ur comment Shaya..???????

  32. Rainy princess says:
    May 20, 2017 at 12:12 pm

    Last part v ma dhigukoh genesdhechey igey

    1. Noor says:
      May 20, 2017 at 12:31 pm

      Will try dear..??

  33. Anonymous says:
    May 20, 2017 at 2:01 pm

    wowwww.. vaahaka vvvv reethi.. haadha avahakah nimeny 🙁 noor ge ehn vaahkaeh avahah kiyan libeyne kamh heekuran.. up soon.. kihineh baaey vaany hithah araa mihar vx.. i think yaaniu maruvaany kanneynge.. jiaan ah sanaayaa libeyne hn heevany.. ekam kihineh dhw a 2 meehun gulhign ulheyny.. waiting for another part..

    1. Noor says:
      May 20, 2017 at 6:34 pm

      Thanx dear…just love ur comment

  34. Rau says:
    May 20, 2017 at 2:25 pm

    Yaniu mara nulahchey noor …n hadha avahey bimali leh

    1. Noor says:
      May 20, 2017 at 3:02 pm

      Thanx dear..Lets c dhw..??

  35. Zeekko says:
    May 20, 2017 at 2:29 pm

    Noor… Inthixaaru kureveny ehves noon mihaaru.. Havyrun up nuvaane tha..?? Puleex ???

    1. Noor says:
      May 20, 2017 at 3:03 pm

      Hey…just now i have published the final part…hope u will like.??

Comments are closed.

Next Episodeލޯބި ވެވުމުން ……….20 (ފަހުބައި)←


All Right Reserved!