Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަންވާރު (ސީސަން 01) ތިންވަނަ ޕާޓް

Faathii Level 410 Stories100 Comments100 Login
May 18, 2017 5 Mins Read
11 Comments

ސާރާ އަށް ހޭލެވުނީ ފޯނުން ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ. ނަމާދު ކޮއްލައިގެން ހެނދުނުގެ ޒިކުރުތައް ކިޔާ ނިންމާލާފައި ލެޕްޓޮޕް ހުޅުވާލީ މިއަދަށް ރާވާފައިވާ އާޓިކަލް ސައިޓައް ލުމަށެވެ. ނަމަވެސް ކުރިން ބުނެވިދިޔަ މައުޟޫގެ ސުރުހީއަށް ކުޑަ ބަދަލެއް ގެނައެވެ.

އައްސަލާމް އަލައިކުމް! އެންމެހާ އެކުވެރި އަޙުންނާއި އުޙްތުން، މިއަދުގެ މައުޝޫ ވަރަށް ގާތް އެކުވެރިއަކަށް ހާއްސަކޮއްލަމެވެ. ނަމަވެސް ދުއާ އަކީ މި އަލިކަމުގެ ދޯދިތަކުން ތި އެންމެހާ އަޙުންނާއި އުޙްތުންގެ ދިރިއުޅުންވެސް އަލި ކޮއްދިނުމެވެ.

މީހުންގެ ފަރާތުން ހިތްދަތިކަން ލިބޭ ހިނދު، އެކަމުން އަރައިގަންނާނެ ގޮތް

އިންސާނުންގެ ތޮބީއަތު ހުންނަ ގޮތުން ބޮޑަށް ވިސްނިފައި އޮންނަނީ ދުނިޔެއަކީ ވަރަށް ފުރިހަމަ ތަނެކެއެވެ. އަދި އެ އިންސާނާގެ ހަޔާތުގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ ވާންޖެހޭނެއެވެ. އަހަރެމެންގެ މާހައުލުން ބޮޑަށް އަހަރެމެންނަށް ދަސްކޮއްދީފައިވަނީ ހުރިހާކަމެއްވެސް ވާންޖެހޭނީ ވަރަށް އިންސާފުން ކަމަށެވެ. އެ ޤަބޫލުކުރުން އަހަރެމެން ލައްވާ އިންސާފު ހޯދުވަން މަސައްކަތްކުރުވައެވެ. އަމިއްލަ ޤަބޫލުކުރެވުންތަކުގެ ސަބަބުން ތިމާއާމެދު އެއްވެސް ކަމެއް އިންސާފުން ބޭރުން ދާނަމަ އަހަރެމެންނަކައް އެކަމަށް ކެތްކުރަންވަނީ އުނދަގުލަކަށެވެ. ނަމަވެސް އަހަރެމެންނަށް ނުވިސްނިފައިވާ ނުވަތަ ހަނދާން ނެތިފައިވާ އެންމެ ބޮޑު ހަޤީޤަތަކީ މި ދުނިޔޭގެ ހުރިހާ ކަމެއް ފުރިހަމަ ނޫންކަމެވެ. އިންސާނުންނަކީ ވެސް ފުރިހަމަ ބައެއް ނޫންކަމެވެ. އެހެންކަމުން އަހަރެމެން އިންސާނުންނަށް އަބަދުވެސް ގޯސް ހެދޭނެއެވެ. ގޯސްކޮއް ކުރެވޭ ކަންތައްތަކުގެ ސަބަބުން އެހެން މީހުންނައް އަނިޔާ ލިބި، ދެރަދެވޭތަން އަންނާނެއެވެ. ބައެއް ފަހަރު ގަސްތުގައެވެ. އަނެއް ބައިފަހަރު ނޭނގުމެއްގެ ތެރޭގައެވެ. މި ދުނިޔޭގައި އެއްވެސް އިރެއްގައި ހުރިހާ ކަމެއް އިންސާފަކުން ނުހިނގާނެއެވެ.

އޭގެ މާނައަކީ އަހަރެމެން އަނިޔާ އާއި ދެކޮޅައް އިންސާފު ހޯދަން މަސައްކަތް ކުރުން ހުއްޓާލަންވީ ހެއްޔެވެ؟ ނުވަތަ ހަޤީޤަތް ހަނދާން ނައްތާލަންވީ ހެއްޔެވެ؟ ޔަޤީނުންވެސް ނޫނެކެވެ. އެކަމަކު އޭގެ މާނައަކީ ދޭންނުޖެހޭ މަތިވެރި މަޤާމުތައް މި ދުނިޔެއަށާއި، ދުނިޔޭގެ ކަންކަމަށާއި އަދި އެހެން އިންސާނުންނައް ދިނުން ހުއްޓާލާށެވެ. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫނެވެ. އަހަރެމެން އެތައް ބައިވަރު ހިތްހަމަ ނުޖެހޭ ކަންތައްތަކާއެކު، އަދި ހާއްސަކޮއް އަމިއްލަ އާއިލާގެ ފަރާތުން ލިބިދެވޭ ހިތްދަތިވުންތަކާއި ކުރިމަތިލާން ޖެހޭ ހިނދުގައި، އެ ހިތާމަތަކާއެކު ހިތްހަމަޖެހިގެން ދުނިޔޭގައި އުޅުންވާނީ އުނދަގޫ ކަމަކަށެވެ.  ހާއްސަކޮއް އެންމެ އުނދަގޫ އެއްކަމަކައްވާނީ އަހަރެމެންގެ ކުށެއްނެތި އަނިޔާ ލިބިފައިވާ ހިނދު، އަނިޔާދިން ފަރާތައް މާފްކުރަން ދަސްކުރުމެވެ.

ހަރުކަށިކަން ނުދައްކައި ހިތްވަރުގަދަ މީހަކައްވާނީ ކިހިނެއް ހެއްޔެވެ؟ ނިކަމެތިކަން ނުދައްކާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ މީ މިކަމުގައި ހިފަހައްޓަންވީ ވަގުތުކަން ނުވަތަ ދޫ ކޮއްލަންވީ ވަގުތުކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ އަޅާލަން ނުވާ ވަރަށް އަޅާލެވޭކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ލޯބީގައި ހައްދު ފަހަނައެޅުންވޭ ހެއްޔެވެ؟

މި ސުވާލުތަކައް ޖަވާބު ހޯދަން ބޭނުންނަމަ ފުރަތަމަ ޖެހޭނީ އަހަރެމެންގެ އަމިއްލަ ދިރިއުޅުމުން ބޭރުގެ ކަންކަމައް ނަޒަރު ހިންގާލާށެވެ. ތިމާ މީ މިދުނިޔޭގައި ފުރަތަމަ އަނިޔާލިބޭމީހާ ހެއްޔެވެ؟ ނުވަތަ އެންމެ ފަހުން އަނިޔާ ލިބޭ މީހާތޯ ވިސްނާލާށެވެ. އަހަރެމެންގެ ކުރިން ދުނިޔޭގައި އުޅުނު މީހުންގެ އަނިޔާތައް ދެނެގަނެ އެމީހުން އެ ކަންކަމާ ކުރިމަތި ލީ ގޮތް ދަސްކުރާށެވެ. އަހަރެމެންނައް އެނގެންޖެހޭ ކަމަކީ ހިތްދަތިކަމާނުލާ ދިރިއުޅުމުގައި ކުރިއެރުމެއް ނުލިބޭނެކަމެވެ. ކާމިޔާބު ލިބޭނީ އެތައް ދާތަކަކާއި ކަރުނަތަކެއް އޮހޮރުވައިގެންކަމެވެ. އެދާތަކާއި ކަރުނަތަކުން ކަންކަމާއި ކުރިމަތިލައި، އެކަންކަމުން އަރައިގަންނަން އަހަރެމެންނައް ދަސްކޮއްދެއެވެ. އަހަރެމެންގެ ސިކުނޑި ކަންކަމަށް ހޭލުންތެރި ކޮށްދެއެވެ.

އަހަރެމެންގެ ލޮބުވެތި ރަސޫލުންގެ ދިރިއުޅުމުން މިސާލު ނަގައިފިއްޔާ މިފަދަ އެތައް ރީތި ނަމޫނާ ތަކެއް ފެނިގެންދާނެއެވެ. ހަނދާން ވޭ ހެއްޔެވެ؟ ނޫހުގެފާނުގެ ޤައުމުގެ މީހުންގެ އުނދަގޫތަކާއި ހިތްދަތި ބަސްތަކައް އެކަލޭގެފާނު 950 އަހަރު ވަންދެން ކެތްކުރިއެވެ. ޤުރުއާނުގައި ވެއެވެ. ” އެއުރެންގެ ކުރިން ނޫހުގެފާނުގެ ޤައުމުގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫ އެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކާ ހެދިއެވެ.” (54:09).  އެންމެފަހުން އެކަލޭގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދެންނެވީއެވެ. ” ފަހެ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް އެކަލޭގެފާނު ދުއާކުރައްވާ ވިދާޅުވިއެވެ. ހަމަކަށަވަރުން މިއަޅާވަނީ ދެރަކޮއްލައިފައެވެ. ފަހެ، (މިއަޅާއަށް) ނަސްރުދެއްވާނދޭވެ! ” (54:10.)

ނުވަތަ އަހަރެމެންގެ މާތް ނަބިއްޔާ މުހަންމަދު ސައްލައްލާހި އަލައިހި ވަސައްލަމްގެ ހަށިކޮޅައް ގާއުކައި، ލެއިން ޒަހަމްވެ އަދި އެކަލޭގެފާނުންގެ އަސްހާބު ބޭކަލުންގެ ހަށިކޮޅުތަކުގައި ތަޅާ އަނިޔާކޮއް، ހައިބަނޑާ ބަހައްޓާފައިވާ ހާދިސާތައް ހަނދާންކޮއްލާށެވެ. މިހުރިހާ ކަމެއްވެސް ކޮއްފައިވަނީ އެހެންމީހުންގެ އަތްތަކުންނެވެ.

މިފަދަ ހިތްދަތި އަނިޔާތައް އިންސާނުން އެކަކު އަނެކަކައް ދިނުމަކީ މިދުނިޔޭގެ ހިތާމަވެރި ހަޤީޤަތުންކުރެ ހަޤީޤަތެކެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ގިނައީ އެތައް ނިއުމަތްތަކެއްގެ އަހުލުވެރިންނެވެ. އެހެންމީހުން ދިރިއުޅުމުގައި އުފުލަން ޖެހިފައިވާފަދަ ބުރަ އަދި ހިތްދަތިކަން ކަނޑައްތުކުރަންޖެހޭ މީހުން އަހަރެމެންގެތެރެއިން ވަރަށް މަދެވެ. އަހަރެމެންގެ އަމިއްލަ އާއިލާ ހިތްދަތި އަނިޔާތަކުން ތަޅުވާ، މަރާތަން ބަލަން ޖެހިފައިނުވާ އެތައްބަޔަކު އަހަރެމެންތެރޭގައި އެބަތިއްބެވެ. އަހަރެމެންގެ ތެރެއިން ގިނަމީހުންނައް ބަނޑައްޖެހިގެން މަރުވާކަށް ނުވަތަ އެތައްދުވަހަކުން، އެތައް މަސައްކަތަކުން އިމާރަތްކުރި ގެތައް ވެއްޔައްވެ ނެތިގެންދާތަން ބަލާކައް ނުޖެހެއެވެ. ގިނަ މީހުންނަކަށް ގޮތްހުސްވެ ޒަހަމްވެފައިވާ ހިތަކުން އެހެންމީހުންގެ އެހީއަށްއެދި ރޯކައް ނުޖެހެއެވެ. އަދި އަހަރެމެންތެރޭގައި ދުވަހަކުވެސް އެހެންމީހެއްގެ ފަރާތުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނެތް މީހުންވެސް އުޅޭކަމީ ހަޤީޤަތެކެވެ.

ހިތާމަތަކުން ކޮންމެވެސް މިންވަރެއް ހަނދާން ނައްތާލާ، ދުރައްދެވިދާނެކަމަށް އަހަރެން ގަބޫލުކުރަމެވެ. ހުރިހާ ހިތާމައެއް ހަނދާން ނައްތާލުން ވާނީ ނާދިރުކަމަކަށެވެ. ނަމަވެސް އަހަރެމެންގެ އުންމީދުތައް މަދުކޮއް، އަހަރެމެން އެމީހަކާއި ނުވަތަ އެކަމަކާއި ދޭތެރޭ ބަދަލުގައި އަމަލުކުރާގޮތް ރަނގަޅުކޮށް، ވިސްނުން އެހެންކަމަކައް ގެންދިޔުމުން ވަރަށްބޮޑެތި މައްސަލަތައް ހައްލުވާނެއެވެ. މިސާލަކައް އަހަރެމެންގެ ހުރިހާ އުންމީދަކާއި، ލޯތްބަކާއި، އިތުބާރު އަދި ހުރިހާ ކަމެއްގައި އިންސާނަކައް ބަރޯސާވަނީނަމަ އެކުރެވެނީ ވަރަށްބޮޑު މޮޔަކަމެކެވެ. އަހަރެމެން އަބަދުވެސް ހަނދާންކުރަންވީ އިންސާނުންނަކީ ކަންކަމައް އަވަހައް ހެއްލޭ، ހަނދާންނެތޭ އަދި ފުރިހަމަ ބައެއް ނޫންކަމެވެ. އެހެންކަމުން އަހަރެމެންގެ ހުރިހާ އުންމީދަކާއި، ލޯތްބާއި، އިތުބާރު އަދި އެފަރާތަކައް ހުރިހާ ކަމެއްގައިވެސް ބަރޯސާ ވާންވީ ފަރާތަކީ ހަމައެކަނި މާތް ﷲ އެވެ. އެއީ ހުރިހާކަމެއްގައިވެސް އެންމެ ފުރިހަމަ ރަސްކަލާނގެއެވެ. ﷲ ވަހީ ކުރައްވާފައި ވެއެވެ. ” އަދި ﷲ ފިޔަވައި އެކަލާނގެއާއި އެއްފަދަ ޝަރީކުން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ. ﷲ ދެކެ ލޯބިވާފަދައިން، އެއުރެން އެ ޝަރީކުންދެކެ ލޯބިވެތެވެ. އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާ ބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (އާޙިރަތް ދުވަހުގެ) އަޒާބު ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކު ވެވޮޑިގެންވަނީ ﷲ އަށް ކަމާއި އަދި ހަމަކަށަވަރުން ﷲ އީ އަޒާބު ދެއްވުމުގައި ގަދަފަދަވެ ވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ.” (ޤުރުއާން 2:165)

މި ބުނަނީކީ ލޯބިނުވާށެކޭ ނޫނެވެ. އަދި ކުޑަކޮން ލޯބިވާށެކޭވެސް ނޫނެވެ. މި މުހިންމުވަނީ އަހަރެމެން ލޯބިވާ ގޮތެވެ. އެއްވެސް މީހަކަށް އެއަށްވުރެ ލޯބިވާ އެހެން ފަރާތެއް ނެތް ފަދައިން ލޯބިނުވާށެވެ. ﷲ ފިޔަވާއެވެ. އަހަރެމެންގެ ހިތުގައި ﷲ އަށްވުރެ އިތުރު މީހަކު މަތިވެރިވެގެން ނުވަތަ ހާއްސަވެގެން ނުވާނެއެވެ. ﷲ ފިޔަވާ އެހެން މީހަކު އަހަރެމެން އެ މީހަކު ދެކެ ލޯބިވާވަރުން އެ މީހަކާއި ނުލައި ނޫޅެވޭނޭ ކަމަށް ތިމާއަށް ޤަބޫލުކުރެވޭ މިންވަރަށް ލޯބިވުމަކީ ގޯހެކެވެ. މިކަހަލަ ލޯތްބަކީ ހަޤީޤަތުގައި ލޯތްބެއް ނޫނެވެ. އެވާނީ އަޅުކަންކުރުމަށެވެ. އަދި މިކަމުގެ ސަބަބުން އަނިޔާ ނޫން އެހެން އެއްޗެއް ނުލިބޭނެކަން ކަށަވަރެވެ. އަޅުކަންކުރުންވަނީ ހަމައެކަނި މާތް ﷲ އަށެވެ. އިންސާނުންނަކަށް، ކަމަކަށް ނުވަތަ އެއްޗަކަށް ނޫނެވެ.

އެކަމަކު އަހަރެމެން ތެދުވެރި ގޮތުގައި މިބުނާފަދައިން ލޯބިވެ، އެގޮތައް އަމަލުކުރާ ހިނދުވެސް އެހެންމީހުންގެ ފަރާތުން އަނިޔާ ނުަވަތަ ހިތްދަތިކަން ލިބެނީނަމަ ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ އެންމެ އުނދަގޫ ކަންތައް އަހަރެމެން ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެން މާފްކުރަން ދަސްކުރާނީ ކިހިނެއް ހެއްޔެވެ؟ އެމީހުން އަހަރެމެންނަށް ގޯސްކޮން ކަންތައް ކުރާއިރުވެސް، އަހަރެމެންނަށް ލިބިފައިވާ އަނިޔާ ތަކުގައި މަލަން އަޅައި، އެމީހުންނާއި ދޭތެރޭ ރަނގަޅުގޮތަށް އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟

އަބޫބަކުރުގެފާނުގެ (ރއ) ވާހަކައިގެ ތެރެއިން މިކަމަށް ވަރަށް ރީތި ނަމޫނާއެއް އެކަލޭގެފާނު ދައްކާފައިވެއެވެ. އައިޝާ (ރއ) އާމެދު ވަރަށް ނުބައި ގޮތަކަށް ދޮގުވާހަކަތަކެއް ފެތުރި ހިނދު، އަބޫބަކުރުގެފާނަށް (ރއ) އެނގިވަޑައިގަތީ އެވާހަކަތައް ފަތުރަންފެށީ އެކަލޭގެފާނުގެ އާއިލާގެ ބޭފުޅެއްކަމުގައިވާ މިސްތާހްކަމެވެ. މިބޭފުޅަކީ މިބޭފުޅަކަށް އަބޫބަކުރުގެފާނު އާންމުގޮތެއްގައި ފައިސާއިން ސަދަޤާތް ކުރައްވާބޭފުޅެކެވެ. މި ޙަބަރު ލިބުމާއެކު، ކޮންމެ މީހަކަށްވެސް ވާނޭ ގޮތައް އަބޫބަކުރުގެފާނުވެސް އެކަލޭގެފާނު މި މިސްތާހް އަށް ދެމުން އައި ސަދަޤާތް ދިނުން މެދުކަނޑާލިއެވެ. އެ ކަމާއި ގުޅިގެން ﷲ މިއާޔަތް ބާވާލެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތް ތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން އަފޫކޮއް މާފްކުރާ ހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމަކަށް ތިޔަަބައިމީހުން ނޭދެމު ހެއްޔެވެ؟ ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ.” (ޤުރުއާން 24:22)  މި އާޔަތް އަޑުއިވުމާއެކު، އަބޫބަކުރުގެފާނު(ރއ) ﷲގެ ފަރާތުން އެކަލޭގެފާނަށް ފާފަފުއްސެވުމަށް އެދި މިމީހާ އަށް އަނެއްކާވެސް ސަދަޤާތް ދޭންފެށިއެވެ. ހަމައެކަނި ދޭންފެށީކީ ނޫނެވެ. ދޭންފެށީ ކުރިއަށްވުރެ އިތުރަށެވެ.

މިފަދަ ގޮތަކަށް މާފްދެވޭނީ އަޤީދާ ވަރުގަދަ، ވަރަށް އީމާންތެރިކަންގަދަ ބޭފުޅުންނަށެވެ. މިފަދަ އީމާންކަންގަދަ މުއުމިނުންނާއި މެދު ﷲ ވަހީ ކުރައްވާފައިވެއެވެ. ” އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، ފާހިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެ ހިނދެއްގައި މާފް ކުރާ މީހުންނެވެ.” (ޤުރުއާން 42:37)

މާފްކުރުމުގެ ޤާބިލުކަން ހުންނާނީ ތިމާ އަމިއްލަ އަށް ހެދޭ ގޯސްތަކާއި، އެމީހެއްގެ ގައިގައި ހުންނަ ނުރަނގަޅު ސިފަތައް އެމީހަކަށް ރަނގަޅައް އެނގިގެންނެވެ. އެކަމަކު އެންމެ ފުރަތަމަ އަހަރެމެން ކުރަންޖެހޭނެ ކަމަކީ އަހަރެމެންގެ ނަފްސްގެ ނުރަނގަޅު އާދަތައް ފިލުވާލާ، ކޮންމެ ދުވަހަކު އަހަރެމެންނަށް ކުރެވޭ ފާފަތަކުން ދުރުވުމެވެ. ﷲ އާއި އަޅާ ކިޔާއިރު އަހަރެމެންމީ ކޮންބައެއް ހެއްޔެވެ؟ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއްގެ ވެރި ރަސްކަލާނގެ އަށްވެހުރެ، އެކަލާނގެ އަހަރެމެންގެ ފާފަތައް ފުއްސެވުމުގައި ދުވާލާއި ރޭގަނޑު ވޮޑިގެންވެއެވެ. އެހެންވީއިރު އަހަރެމެން މާފް ނުކޮއް ހިފަހައްޓަން މީ ކޮންބައެއް ހެއްޔެވެ؟ އަހަރެމެންގެ ފާފަތަކަށް ﷲ ގެ ފަރާތުން ފުއްސެވުން ބޭނުންވާ ހިނދު އެހެންމިހުންގެ ނުރަނގަޅު އަމަލުތަކައް މާފް ނުކުރަންވީ ކީއްވެ ހެއްޔެވެ؟ މި ސަބަބައްޓަކާ ރަސުލާ (ސައްލައްލާހި އަލައިހި ވަސައްލަމް) އަހަރެމެންނަށް ދަސް ކޮއްދީފައިވަނީ، “އެހެންމީހުންނަށް އޯގާތެރި ނުވާ މީހަކަށް ﷲ އޯގާތެރިއެއް ނުވާނެކަމެވެ.”

ﷲގެ ފަރާތުން އަހަރެމެންގެ ފާފަތައް ފުއްސެވުމަށް ބޭނުންވާ ބޭނުންވުން، އަހަރެމެންގެ ނަފްސައް އިތުރު ހިތްވަރަކަށް ހަދާ އެހެންމީހުންނަށް މާފްކުރަން ދަސްކުރާށެވެ. ހުރިހާ ކަމަކުން ފުރިހަމަވެގެންވާ ހަމައެކަނި ދުނިޔޭގެ، ދާއިމީ އުފާވެރިކަމަށް އެދިގެންވާ ހާލުގައެވެ.

ނޯޓް: www.yasminmogahed.com ގެ އާޓިކަލް އެއްގެ ތަރުޖަމާ އުނިއިތުރާއެކު.

……………………………………………

ސާރާ އަށް ސްކޫލަށް ގޮސް ވަދެވުނު އިރު ޕްރިންސިޕަލް އޭނާގެ ކެބިން އަށް ވަންނަނީއެވެ. ސާރާ ފެނުމުން އަތުގެ އިޝާރާތުން ކެބިން އަށް އައުމަށް ބުންޏެވެ. ސާރާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ؟ ނަމަވެސް ސާރާވެސް ޕްރިންސިޕަލް އާއި ދައްކަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ކުއްހީތައް ފިލުވާލާފައި މަޑުހިނގުމެއްގައި ގޮސް ކެބިން އަށް ވަނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (5)

Next

އެ ކޮޓަރީގެ ސިއްރު (01)

Next
May 18, 2017

އެ ކޮޓަރީގެ ސިއްރު (01)

Previews
May 18, 2017

ލޯބި އަހަރެން ވާނަމޭ (5)

11 Comments!

  1. rim says:
    May 19, 2017 at 12:16 am

    V v v v v v v v v v v ves furihama dhiriulhumugaa haadha muhimmu vaahakathakekey thii iburathun furigevaa thifadha gina dharin thakeh ufedhigen annaanenama konfadha alhey misait ga ulhey hurihaakudhin ves mivaahaka kiumah allah iraadha kurahvaanenama konfadha ginagunavegen vaamikala vaahakathah kiuntherinnaa hama ah genes dhinumu gaa abadhame thikuh jaa ah magu fahi koh dheh vumah edhi allah ge hasrathugaa miai alhaa aadheys dhannavan aamiin

    1. Faathii says:
      May 19, 2017 at 5:24 am

      Ameen. That’s so encouraging rim. Thibaa ahves Allah Rahmai lavvaandheyve. 🙂

  2. Lilyyy says:
    May 19, 2017 at 6:51 am

    ❤

  3. Niky says:
    May 19, 2017 at 8:43 am

    Varan furihama .masha allah

  4. Rifoo says:
    May 19, 2017 at 10:06 am

    Masha allah v reethi. V iburaiytheri

  5. jasmine says:
    May 19, 2017 at 10:07 am

    Allah thibaa ah heyo rahumaih lavvaashi faathii…thiyakahala iburathun furigenvaa liyunthah gina ginain foaru kohdhinumah edhn…vvvv iburaihtheri liumeh…

  6. Maree says:
    May 19, 2017 at 10:28 am

    insha Allah vvv furihama

  7. Faathii says:
    May 19, 2017 at 11:29 am

    Thi enmennahves Allah heyo rahumaih lavvaashi. Thanx all.

  8. Ammu says:
    May 20, 2017 at 1:34 am

    Vara furihama vra iburaiytheri vara salhi

  9. Zoona says:
    May 21, 2017 at 1:36 pm

    jazakillah khairan. This so nice Maa Shaa Allah.! varah iburaitheri.

  10. Faathii says:
    May 23, 2017 at 6:00 pm

    Jazaakum Allah Khair.

Comments are closed.

Next Episodeއަންވާރު (ސީސަން 01) ހަތަރުވަނަ ޕާޓް←


All Right Reserved!