Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (7)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 13, 2017 7 Mins Read
66 Comments

“މިހުރީ ކިހިނެއްވެފަ؟” މިއުވާން ހައިރާންކަމާއެކު އަހާލިއެވެ. އެޔާއެކު ރުކާންއަށް ލިބުނު ހައިރާންކަން މާބޮޑެވެ.

“ކިހިނެއްވީ؟” ރުކާންއަށްވެސް ހައިރާންކަމާއެކު އަހާލެވުނެވެ.

“މިތަން މިހުރީ ފިހިފަ ކަހަލަ ގޮތަކަށް.” ރުކާންގެ ކަނދުރާއިން ފިހިފައިވާ ތަންކޮޅުގައި އަތް ޖައްސާލަމުން މިއުވާން ބުނެލިއެވެ. ރުކާންއަށް މަޑު އާހެއްގެ އަޑު ލައްވާލެވުނުއިރު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ހިތަށް ވެރިވި ޚިޔާލަކުންނެވެ.

“ފިހިފައޭ!! އެކަމަކު ކީއްވެ ތިތަން ފިހެންވީ؟” ރުކާންއަށް މިހާރު ކޮންމެވެސް އެއްޗެއް އެބަ ހީވެއެވެ. މިކަމާ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ސިއްރާއި ކޮންމެވެސް ގުޅުމެއް އެބަވެޔޭ އޭނާގެ ހިތް ބުނަނީއެވެ. އޭނާގެ އެބޮޑު ސިއްރު ފަޅާއަރަން ދެން މާގިނަ ދުވަހެއް ނެތްކަމުގެ އިންޒާރު އޭނާގެ ހިތުގެ ކަނަކުން އެބަދެއެވެ.

“އަހަރެންނަކަށް ނޭނގެ. ރުކޫއަކަށްނު އެނގޭނީ.” މިއުވާން ބުނެލިއެވެ. ރުކާން ދެކޮނޑު އަރުވާލީ އޭނާއަކަށް އެހެން ވާންވީ ސަބަބެއް ނުވިސްނެޔޭ ބުނާފަދަ ގޮތަކަށެވެ.

“ހޫމް. ދެން އެވާހަކަ ބާއްވާ. އާދެބަލަ. މިހާރު އޯކޭތަ؟” މިއުވާން އެބުނީ ކީކޭކަން އެނގުމުން ރުކާން ބޯޖަހާލިއެވެ. އޭރުވެސް އޭނާގެ ހިތުގައިވާ ބިރުވެރިކަމަކަށް ބަދަލެއް ނާދެއެވެ. މިރޭ އޭނާގެ އެންމެ ބޮޑު އެއް ސިއްރު ފަޅާއަރާނެއެވެ. ނަމަވެސް އިތުރަށް މިއުވާންއަށް ދަތިކަމެއް ދޭކަށް އޭނާ ބޭނުމެއްނޫނެވެ. އެހަޤީޤަތް ފަޅާއެރުމަށްފަހު މިއުވާން އޭނާ ދޫކޮށްލާނެޔޭ ހިތަށްއެރުމުން އޭނާގެ ހިތަށް ތަދުވިއެވެ.

މިއުވާން މަޑުމަޑުން ރުކާންގެ ވާތްފަރާތު ކަނދުރާގައި ބޮސްދިނެވެ. އަދި ރުކާންގެ ކަންފަތަށް ފުމެލުމުން ހީލިކަރާގޮތެއްވެގެން ރުކާން ތެޅިލިގޮތުން މިއުވާންގެ ހިތް ހަލަބޮލިވެގެން ދިޔައީ އޮބިނޯންނަވަރަށެވެ. މިއުވާން މަޑުމަޑުން ރުކާން އެނދުމަތީގައި ބޭންދިއެވެ. ދެން ރުކާންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެތުންފަތުގައި ބޮސްދިނެވެ. ރުކާންއަށްވެސް އެހަރަކާތުގައި ބައިވެރިވުން ނޫންކަމެއް ނުކުރެވުނެވެ. ބީހުންތަކާއި ބޮސްދިނުންތަކުން ދެޖިސްމުގައި ރޯވި ހުޅުގަނޑު އަނދާ ހުލިވާން އެތައްއިރެއް ނެގިއެވެ. އޭރު ކޮޓަރިއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އަވަސްވެފައިވާ ނޭވާތަކުގެ އަޑު ނޫން އަޑެއް ނީވެއެވެ. ހަށިގަނޑަށް ވެރިވި ވަރުބަލިކަމާއި ލޮޑުކަމާއެކު ދެޒުވާނުންނަށްވެސް ނިދުނީއެވެ.

މިއުވާންއަށް ހޭލެވުނީ މުނީޒާ ގޮވާ އަޑަށެވެ. އޭނާއަށް ހޭލެވުމާއެކު ގަޑި ބަލާލިއެވެ. އޭރު ގަޑިން ދިހަގަޑި ބައިވަނީއެވެ. އޭނާ ރުކާން އޮތްތޯ ބަލާލިއިރު ރުކާން ފެންނާކަށް ނެތެވެ. ފާޚާނާއިން ފެންވަރާ އަޑު އިވުމުން ރުކާން ފެންވަރަން އުޅެނީކަން އެނގުނެވެ. އެހެންކަމުން އޭނާ މުނީޒާއަށް އޭނާއަށް ހޭލެވިއްޖެކަން އަންގާލިއެވެ. އަދި އިރުކޮޅަކުން ކާން ނުކުންނާނެކަމަށް ބުނެލުމުން މުނީޒާ އެންމެ ރަނގަޅޭ ބުނެލި އަޑު އިވުނެވެ.

ރުކާން ފެންވަރައިގެން ނުކުތުމާއެކު މިއުވާން ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ރުކާންއަށް ބަލާވެސްނުލައެވެ. އޭނާއަށް ކައިވެނީގެ އެއްވެސް އުފަލެއް ނުލިބި މިހާ ދުވަސްވެފައި އެކަން ކާމިޔާބުވީއިރު އެއީ ތާޒާ މަލެއް ނޫންކަން އެނގުމުން ފޫހިވިއެވެ. މިޒަމާނުގައި ތާޒާ މަލެއް ލިބުމަކީ އުނދަގޫ ކަމެއްކަން އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ރުކާންގެ އުޅުމާއި މިޒާޖު ހުންނަގޮތުން އެފަދަ ކަމަކަށް ފާޑެއްވެސް ނޫނެވެ. މީހާ ހުންނަ ގޮތަކުން މީހާގެ ގޮތެއްވެސް ނޭނގޭނެތާއެވެ. އޭނާ އެންމެ ހައިރާންވީ ރުކާންގެ ފަރާތުން ޅަދަރިމައެއްގެ ފަރާތުން ނޫނީ ނުފެންނާނެ ކަމެއް ފެނުނެވެ. ވޭތުވެދިޔަ ފަސްއަހަރުތެރޭ ކޮންމެ ދުވަހަކުވެސް ރުކާންއާ އޭނާ ބައްދަލުވެއެވެ. ނަމަވެސް އެހާ ކުޑަކުއްޖަކު ހުރިއިރު، ދުވަހަކުވެސް ރުކާން ބަލިވެ އިންދާ އޭނާއަށް ފެނިފައިނުވުން އެއީ އޭނާ އެންމެބޮޑަށް އެކަމާ ހައިރާންވި ސަބަބެވެ. އަނެއްކޮޅުން އެކުއްޖާއެއްވެސް އޭނާއަކަށް ނުފެނެއެވެ. ދިރިއުޅުމުގައި ދިމާވަމުން މިދާ އާދަޔާ ޚިލާފު ކަންތައްތަކުގެ ސަބަބުން މިއުވާންގެ ހިތުގައި އެތައް ސުވާލެއް އުފައްދައިފިއެވެ.

ޚިޔާލުތަކުގައި ހުރެ ރަނގަޅަށް ފެންވަރައިގެން ނުކުތްއިރު ރުކާން އެނދުމަތީގައި އިންގޮތުން، އޭނާ އެއިނީ ވަރަށް ބޮޑު ފިކުރެއްގައިކަން މިއުވާންއަށް އެނގުނެވެ. އޭނާ އެވިސްނަނީ ކޮންކަމަކާކަން މިއުވާންއަށް ޔަޤީނާއި ގާތަށް ހީވިނަމަވެސް އޭނާ އެކަމާ އެއްވެސް ސުވާލެއް ނުކުރީ ރުކާންއާ ވާހަކަދައްކާހިތް ނެތުމުންނެވެ. އެހެންކަމުން އޭނާ ރީތިވެލައިގެން ބޭރަށް ނުކުތީ ބަނޑުހައިވެފައި ހުރިވަރުންނެވެ. އޭނާގެ ފަހަތުން ރުކާން ނުކުތްއިރުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. މިއުވާންއާއި ރުކާންއަށް ކުއްލިއަކަށް އައި ބަދަލު މުނީޒާމެންނަށް ފާހަގަވިއެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ނުދެއްކީ ފަހުން ރަނގަޅުވާނެކަމަށް ނިންމާފައެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ އެދެމީހުންގެ ދެމެދުގައި ދެބަސްވުންތަކެއް ނުހިނގި ނަމަވެސް ޖެހިގެންއުޅޭ މައްސަލައަކީ އެހާ ފަސޭހައިން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަމެވެ.

ހިމޭންކަމުގައި މާހިރުގެ ކުޑަކުޑަ އާއިލާ ކެއުމަށް އިންސާފުކުރަމުން ދިޔައިރު މަދީ މަލާހާއާއި މަލްހާއެވެ. ޖެހިގެން އޮތް ދުވަހަކީ ސްކޫލް ކިޔެވުން އޮތް ދުވަހަކަށްވުމުން އެދެކުދިން ނިދަން ފޮނުވަންވެގެން އަވަހަށް ކާންދިނީއެވެ. އަދި މިރޭ ނޫނީ ކާގަޑީގައި އެންމެން ހަމަނުވެއެއް ނުދެއެވެ.

“ދަރިފުޅާ! ކޮބާ ވަޒީފާ ކަންތައް ކިހިނެއް އޮތީ؟” މާހިރު އަހާލިއެވެ.

“މާދަމާ ނުކުންނަން ޖެހޭ. ޓީޗަރަކަށް.” މިއުވާން ކުރު ޖަވާބެއްދިނެވެ.

“އެހެންތަ؟ ރަނގަޅަށް މަސައްކަތް ކުރާތި އިނގޭ. ކުދިންނާ ވީހާވެސް ބޮޑަށް ގުޅިގެން ވީހާވެސް ހެޔޮކޮށް ކަންތައް ކުރާތި އިނގޭ. ދަރިފުޅު ރަނގަޅަށް ކަންތައްކުރި ވަރަކަށް އެކުދިން ރަނގަޅުވާނީ. އެހާ ހަރުކަށިވީމަ ކުދިންގެ އިޙުތިރާމް ކުޑަވެގެންދާނެ.” މާހިރު ވަރަށް ރަނގަޅަށް ކަންތައް ކުރަންވީގޮތް ކިޔައިދިނެވެ. މިއުވާންވެސް ބޯޖަހާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.

“ދަރިފުޅާ! މަންމަ ނާހާނަން ތިދެކުދިންގެ ދެމެދުގަ ޖެހުނީ ކޮން މައްސަލައެއްތޯއެއް. ދެމަފިރިން ދޭތެރޭ މައްސަލަ ޖެހޭނެ. އެކަމަކު މަންމަ ބުނަންތަ ވާހަކައެއް. މައްސަލަތައް ހައްލުކުރެވޭނީ ދެމަފިރިން ރީތިގޮތުގަ ވާހަކަދައްކައިގެން. މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ދެމީހުން ވާހަކަނުދައްކާ ފުސްމޫނު ހަދައިގެން ތިބީމަ މައްސަލަ ހައްލެއް ނުވާނެ. އޭރުން އޭގެ ތެރެއިން އިތުރު މައްސަލަތަކެއް ނުކުންނާނީ. މައްސަލަ ޖެހުނީމަ އެކަމެއް ހައްލުކުރަން އިސްވެ ވާހަކަދައްކަންވާނީ އެމައްސަލައެއްގެ މެދުވެރިއަކަށްވީ މީހާ. އޭރުން އަނެއްމީހާއަށް ވިސްނޭނެ ކުށްކުރެވުނު މީހާއަށް ކުށް އިހުސާސްކުރެވިގެން އުޅޭކަން.” ރުކާންއާއެކު އެކަނިވުމުން މުނީޒާ ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ. ރުކާން މުނީޒާގެ ވާހަކަތައް ކަނުލާ އަޑުއެހިއެވެ. އޭނާ ވިސްނާލިއެވެ. އޭނާގެ އަތުން މިއުވާން ބީވެދާކަށް އޭނާއަކަށް ނުރުހެވޭނެއެވެ. އޭނާ މިއުވާންއަށް އެހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭން ނިންމިއެވެ.

ރުކާން ބަދިގޭ މޭޒުމަތި ސާފުކޮށްލާ ހަދާފައި ގޮސް ކޮޓަރިއަށް ވަތްއިރު މިއުވާން އޮތީ ފޮތެއް ހިފައިގެންނެވެ. މިއީ މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. މިއުވާންއަކީ ފޮތާއި ނުހަނު ދުރު މީހެކެވެ. ރުކާން އެންމެ ހައިރާންވީ މިއުވާން ފޮތުގައި އެއްޗެހިތަކެއް ލިޔަމުން ދާތީއެވެ. އޭނާ ވަނުމާއެކު ފޮތް ލެއްޕިގޮތުން އެއީ މިއުވާންގެ ޑައިރީކަމުގައި ރުކާންގެ ހިތް ބުނެލިއެވެ. މިއުވާން އެފޮތް ހިފައިގެން ގޮސް އަލަމާރިއަށްލާފައި އައިސް އެނދުގައި އޮށޯވެލިއެވެ.

“ވާން! ނުވެސް ބުނަމެއްނު ވަޒީފާ ހަމަޖެހުނު ވާހަކައެއް.” ނުކެރި ހުރެފައިވެސް ރުކާން ޝަކުވާގެ ރާގެއްގައި ބުންޏެވެ.

“އަހަރެންނަށް ހީވަނީ ރުކޫ އަހަރެންނަށް ކިޔައިދޭންޖެހޭ މާގިނަ ވާހަކަ އެބަހުރިހެން.” މިއުވާންގެ އަޑުން އޭނާ ހިތްހަމަނުޖެހިފައި ހުރިކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. މިއުވާން އެހެން ބުނެލުމުން ރުކާންއަށް އިސްޖަހާލެވުނީ ކުށްވެރިއެއް ފަދައިންނެވެ.

“ވާން! އަހަރެން ބޭނުން ވާންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން.” ނުކެރި ހުރެފައިވެސް ރުކާން ބުނެލިއެވެ.

“އިތުރަށް ދެން ކޮން ވާހަކައެއް ދައްކަން އޮތީ؟” މިއުވާން އެހެން އަހާލުމުން ރުކާންއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“އަހަރެން އުއްމީދުކުރިން ރުކޫއާއެކީ ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެކަމަށް. އަހަރެން ރުކޫދެކެ ލޯބިނުވިޔަސް އެކުގަ އުޅެން ފެށީމަ ލޯބިވެސް ވެވިދާނެކަމަށް އަހަރެން ހީކުރިން. އަހަރެން ހީކުރިން ރުކޫއަކީ ތެދުވެރި އަނތްބަކަށް ވާނެކަމަށް. އެކަމަކު… މިރޭ އަހަރެންނަށް މި އެނގުނީ މިހުރިހާ ދުވަހު ރުކޫ އަހަރެންނާ ގާތްނުވާން އުޅުނީ ކީއްވެކަން. އަހަރެންނަށް މި ހަޤީޤަތް ފަޅާއަރާފާނެތީކަން. ކޮންމެހެން ދޮގު ވާހަކަތަކެއް ދައްކައިގެން ބަހަނާތަކެއް ދެއްކުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން ރުކޫއަށް ނުކުރަނީ ކޮން އިތުބާރެއް؟ އަހަރެން ރުކޫދެކެ ލޯބިނުވިޔަސް ރުކޫއަށް އެއްވެސް ކަމެއް އުނިވާކަމުގެ އިހުސާސްކުރެވުނަ ނުދީވޭތޯ އަހަރެން މަސައްކަތްކުރިން. އެކަމަކު ބަދަލުގަ މިލިބުނީ ކޯއްޗެއް؟ މިހާބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ؟” މިއުވާން ދެރަވެފައި ވާހަކަ ދެއްކިގޮތުން ރުކާންވެސް ދެރަވިއެވެ.

“ނޫން ވާން! އަހަރެން ވާންއަކަށް އެއްވެސް ކަމެއް އޮޅުވައެއްނުލަން. އަދި ދޮގެއްވެސް ނުހަދަން. އަދި ވާންއަށް އެނގިފަ ތިއޮތީ މުޅިން ރަނގަޅަކަށްވެސް ނޫން. އަހަރެން ވާންއަށް ކިޔައިދޭންޖެހޭ ވަރަށް ގިނަ ވާހަކަތައް އެބަހުރި.” ރުކާން އޭނާގެ ދިފާޢުގައި އެއްޗެއް ބުނެވޭތޯ އުޅުނެވެ.

“އަހަރެންނަށް އެނގިފަ މިއޮތީ ރަނގަޅަށް ނޫންކަމަށް ވަންޏާ ރުކޫ މިހުރިހާ ދުވަހު މިކަން ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ؟ އަހަރެމެން ދެއާއިލާގެ ގުޅުން ކެނޑިދާނެތީ ޖެހިލުންވީކަމަށްވާނަމަ މިހަޤީޤަތް އެނގުމުން ދެމީހުން ވަކިވެ ދެއާއިލާގެ ގުޅުން ކެނޑިދާނެކަން ނުވިސްނީ ކީއްވެ؟” މިއުވާންގެ އަޑު ކުޑަކޮށް ބާރުވިއެވެ.

“ވާން! އަޑުމަޑުކުރޭ. ޕްލީޒް! އަހަރެން ހުރިހާ ވާހަކައެއްވެސް ވާންއަށް ކިޔައިދޭނަން. މިތާ އިށީނދެބަލަ.” ރުކާން މިއުވާންގެ އަތުގައި ހިފުމާއެކު މިއުވާން އެއަތް ފޮޅުވާލިއެވެ.

“ހުހް! އިތުރަށް އޮޅުވާލަން. އަހަރެން ބޭނުމެއްނޫން ތިދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް. ރުކޫ ބޭނުންވަނީ ކޮންކަމެއްކަން ރީތިކޮށް ބުނިނަމަވެސް ވީހޭ. ކީއްކުރާކަށް ދޮގުހަދަންވީކީ؟ ރުކޫއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ދޮގަށް ނަފުރަތު ކުރާވަރު.” މިއުވާން ރުޅިއައިސްފައި ހުރިނަމަވެސް ވާހަކަދެއްކީ މަޑުންނެވެ.

“ވާން ޕްލީޒް! އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެން ވާންއަކަށް ދޮގެއް ނުހަދަން. އޮޅުވައެއްވެސް ނުލަން. އަހަރެން ވާންދެކެ ވަރަށް ލޯބިވޭ.” ރުކާން މިއުވާންގެ އަތުގައި ހިފަހައްޓަން އުޅުމުން މިފަހަރުވެސް މިއުވާން ރުކާންގެ އަތް ފޮޅުވާލިއެވެ.

“އަހަރެން ބޭނުންނަމަ ނާސްއާ އަހަރެންގެ ގުޅުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ރުކޫ ގާތު ނުބުނެވެސް މެރީކުރެވުނީސް. އެކަމަކު އަހަރެން ޤަބޫލުކުރާ ގޮތުގަ މަކަރުވެރިކަމުން އުފެދޭ ގުޅުމެއްގެ ނިމުން ވަރަށް ހިތިވާނެ. އެހެންވެ ހުރިހާ ވާހަކައެއް ހަޤީޤަތަށް ކިޔައިދިނީ. ދެން ކީއްވެ ރުކޫއަށް އެގޮތަށް ކަންތައް ނުކުރެވެންވީ؟ ދެން ތިބުނީ އަހަރެންދެކެ ލޯބިވާ ވާހަކަ. އަހަރެން ޤަބޫލުކުރާ ގޮތުގަ ލޯބިވާ މީހުންނަކީ ކަންކަން ސިއްރުކުރާނެ ބައެއްނޫން.” މިއުވާން އެހެން ބުނެލުމުން ރުކާންއަށް ގޮތްހުސްވިއެވެ. ނަމަވެސް އޭނާ ހަތިޔާރު ބަހައްޓާކަށް ބޭނުމެއްނުވިއެވެ. އޭނާ ކޮންމެގޮތެއް ހަދާފައިވެސް މިއުވާންއަށް ހަޤީޤަތް ކިޔައިދޭން ޖެހޭނެއެވެ. އޭރުން ފަހަރެއްގައި މިއުވާން އޭނާއަށް މާފްކޮށްފާނެއެވެ.

“ވާން! ހެޔޮނުވާނެ. އެންމެ ފަހަރަކުވެސް އަހަރެންގެ ވާހަކަ އަޑުއަހާބަލަ. ހެޔޮނުވާނެ.” ރުކާން އަނެއްކާވެސް އާދޭސްކުރަން ފެށިއެވެ.

“އަހަރެން ރުކޫގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން. މިއަދު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ ހުރިހާ ކަމެއްވެސް. މީ ރުކޫއާ ރުކޫގެ އާއިލާއިން ކުޅެލި ކުޅިގަނޑެއް. މިހާ ހިސާބުން އަހަރެން ބޭނުންވަނީ މިކުޅިގަނޑު ނިންމާލަން. ރުކޫއާ ރުކޫގެ އާއިލާއިން އަހަރެމެން ބެހެއްޓި ގާތްކަމުގެ ނާޖާއިޒް ފައިދާ ނެގީ. ނޫންނަމަ އަހަރެން މިހާބޮޑު އޮޅުންގަނޑެއްގެ ތެރޭގަ ބަހައްޓާކަށް އެމީހުންނަކަށްވެސް ނުޖެހޭނެ.” މިއުވާން ރުޅިއައިސްފައި އެހެން ބުނެލުމުން ރުކާންއަށްވެސް ހިމޭނަކުން ނުހުރެވުނެވެ. އޭނާއާ ދިމާއަށް ކޮންމެ އެއްޗެކޭ ކިޔަސް އޭނާގެ އާއިލާއާ ދިމާއަށް ކުޑައިމީސް ބަހެއް ބުނާއަޑު އަހާކަށް އޭނާއަކަށް ނުހުރެވޭނެއެވެ. އޭނާއަށް އައި ރުޅީގައި މިއުވާންގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލެވުނެވެ. މިއުވާންއަށް ލިބުނު ސިހުމުގައި ކޯމަތީގައި އަތްއަޅާލެވުނެވެ.

“ހުއްޓާލާ! ވާން ކިޔާ އެއްޗެއް އަހަރެންނާ ދިމާއަށް ކިޔާ. އަހަރެންގެ މައިންބަފައިންގެ އެއްވެސް ކުށެއްނެތި އެމީހުންނާ ދިމާއަށް ތިކަހަލަ ދަށު ދަރަޖައިގެ އެއްޗެއް ބުނާއަޑު އަހާކަށް އަހަރެން މަޑަކުން ނުހުންނާނަން.” މިފަހަރު ރުކާން ގާތަށްވެސް ރުޅިއައެވެ.

“ކުށެއްވާ ނުކުރޭ. އަހަރެން މިހާބޮޑު އޮޅުމެއްގެ ތެރޭ ބެހެއްޓިއިރުވެސް ތިބުނަނީ އެއީ ކުށެއް ނޫނޭތަ؟” މިއުވާންގެ އެންމެ ޖުމްލައަކުން ރުކާންގެ ދޫ ބަންދުކޮށްލިއެވެ. އޭނާ ވިސްނާލިއެވެ. އޭނާ އިތުރަށް ޖަދަލުކުރަން ވެއްޖެއްޔާ މިކަން މާ ގޯސްވެދާނެއެވެ. އޭރުން މިއުވާންގެ ދުލުން “ވަރި” މިލަފްޒު ނުކުތުން އޮންނާނީ ނުހަނު ގާތުގައެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. ވިސްނުންތެރިކަމާއެކު ހުރިހާ ވާހަކައެއް ކިޔައިދީ މާފަށް އެދެނިކޮށް މިއުވާންގެ ރުޅި ތަންކޮޅެއް މަޑުވެދާނެއެވެ.

“އައިމް ސޮރީ ވާން. އައިމް ރިއަލީ ވެރީ ސޮރީ. އަހަރެން މިދައްކާ ވާހަކަ އެންމެ ފަހަރަކުވެސް އަޑުއަހާލަދީ. އަހަރެންގެ މިވާހަކަ އަޑުއަހާފަ އަހަރެންނަކީ ކުށްވެރިއެއްކަމަށް ވާންއަށް ޤަބޫލުކުރެވެންޏާ ވާން އަހަރެން ދޫކޮށްލުމަކުން އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.” ރުކާން އިސްޖަހައިގެން އިނދެ ވިސްނުންތެރިކަމާއެކު ބުނެލިއެވެ.

“އަހަރެން ޤަބޫލުކުރަން ވާން އުއްމީދުކުރިފަދަ އަނތްބަކަށް އަހަރެންނަށް ނުވެވުނުކަން. އެކަމަކުވެސް އަހަރެންގެ މަޖުބޫރީ ހާލަތުގެ ސަބަބުން މިކަން ސިއްރުކުރަން ޖެހުނީ. އަހަރެންނަށް އެނގޭ މިވަގުތު ވާން ތިހުރީ ވަރަށް ރުޅިއައިސްފަކަން. މިވަގުތު ވާންއަށް އަހަރެން ދައްކާ އެއްވެސް ވާހަކައެއް ނުވިސްނޭނެކަން. އެހެންވީމަ ވާން ހަޤީޤަތް އޮޅުންފިލުވަން ބޭނުންވި އިރަކުން އަހަރެން ވާންއަށް ހަޤީޤަތް ކިޔައިދޭނަން.” ރުކާން އެހެން ބުނެފައި ގޮސް ވަނީ ފާޚާނާއަށެވެ. އޭނާ ފާޚާނާގައި ހުރެ އެތައްއިރަކު ރުޔެވެ. މީގެކުރިން ދުވަހަކުވެސް އޭނާގެ ހިތަށް މިހާ ފުންއަސަރެއް ކުރިކަމެއް ނޭނގެއެވެ. އޭނާގެ އަތުން މިއުވާން ބީވެދާނެކަމުގެ ބިރުވެރިކަން މިހާރު އޭނާގެ ހިތުގައި އެބައޮތެވެ. އޭނާ މޫނު ދޮވެލައިގެން ނުކުތީ ހަމަޖެހޭކަން ދައްކަން މަސައްކަތްކުރަމުންނެވެ.

ރުކާން ފާޚާނާއިން ނުކުތްއިރު މިއުވާން އެނދުގައި ދެކަކުލުގައި އުޅަނބޮށި ވިއްދާލައިގެން އިންގޮތުން އޭނާއަށް ވަރަށް އަސަރުކޮށްފިކަން ރުކާންއަށް އެނގުނެވެ. އެހެންވީ އޭނާގެ ސަބަބުންކަމަށްވީތީ ރުކާން ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާ މިއުވާންގެ ގާތަށް ދިއުމުގެ ބަދަލުގައި ގޮސް ސޯފާގައި އޮށޯވެލީ މިވަގުތު މިއުވާންއާ ވާހަކަދެއްކުން ރަނގަޅު ނުވާނެކަން އެނގޭތީއެވެ. އަނެއްކޮޅުން މިހާރު މިއުވާން އޭނާއާ އެއް އެނދުގައި ނިދަންވެސް ބޭނުން ނުވާނެކަން އެނގޭތީއެވެ.

މިއުވާން އިސްއުފުލާލީ ރުކާންގެ ޚަބަރެއް ނުވާތާ ގިނައިރުވުމުންނެވެ. ފާޚާނާއިންވެސް އެއްވެސް އަޑެއް ނުއިވުމުން އޭނާ ހާސްވާގޮތްވިއެވެ. އަނެއްކާ ރުކާން މޮޔަކަމެއް ކުރީބާއެވެ. އެހެން ހިތަށްއެރުމުން އޭނާއަށް އެނދުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭނާއަށް ފާޚާނާއާ ދިމާއަށް ހިނގައިގަނެވުނީ އަވަސް ފިޔަވަޅުތަކެއްގައެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ ސޯފާގައި އޮތް ރުކާން ފެނުމުން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ނިދިފައި އޮތްއިރުވެސް ގިސްލެވެމުން ދިޔަގޮތުން ރުކާންއަށް ނިދުނީވެސް ރޮއިރޮއި އޮއްވާކަން މިއުވާންއަށް އެނގުނެވެ. އޭނާއަށް ގޮސް ސޯފާ ކައިރީގައި އިށީނދެވުނެވެ. އޭނާ ފަރުވާތެރިކަމާއެކު ރުކާންގެ މޫނަށް ބަލާލިއެވެ. އެމޫނުގައިވާ ހިތާމައިގެ އަސަރުތަކުން މިއުވާންގެ ހިތަށް ރަޙުމުވަނެވެ.

މިއުވާންއަށް ވިސްނާލެވުނެވެ. އޭނާއަށް މިކަންތައް ކުރެވުނީ އަދި ރަނގަޅަށް ނޫނެވެ. ރުކާން އެވަރަށް އާދޭސްކުރިއިރު އޭނާއަށް ރުކާންގެ ވާހަކަތައް އަޑުއެހުމަށް އިންކާރުކުރެވުނީއެވެ. އެއީ ކޮންމެ މީހަކު ނަމަވެސް ވާނެ ގޮތެވެ. ވެދާނެކަމަށް ހިތަށްވެސް ގެނެވިފައިވާވަރު ކަމެއް އެފަދަ ގޮތަކަށް ހާމަވުމުން ވާނީ ހަމަ އެކަހަލަ ގޮތެކެވެ. އެވާހަކަތައް އަޑުއަހަން އުނދަގޫވާނެއެވެ. އެއީ ދޮގުވެރިއެއްކަމަށް ޤަބޫލުކުރެވޭނެއެވެ. ކެހިވެރިއެއްކަމަށް ޔަޤީންކުރެވޭނެއެވެ. އިތުބާރު ގެއްލޭނެއެވެ. ރުކާންއަށް ވާހަކަދައްކާނެ އެއްވެސް ފުރުސަތެއް ނުދެވުނީތީ އޭނާ ދެރަވިއެވެ. އޭނާއަށް އަދި ނޭނގޭ ސިއްރުތަކެއް އެކަމުގައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވީއިރު އޭނާ ރުކާން ދައްކާ ވާހަކަތައް ކޮންމެހެންވެސް އަޑުއަހަން ޖެހޭނެއެވެ. އޭނާ ރުކާންގެ ބޮލުގައި ފިރުމާލަން އަތް ނަގާފައިވެސް އަތް ތިރިކޮށްލެވުނީ ކުށްވެރިކަން އިހުސާސްވީ ވަރުންނެވެ. ރަނގަޅު ވަގުތެއް ހޯދައިގެން އެވާހަކަ ދައްކަން ނިންމައިގެން މިއުވާން ގޮސް އެނދުގައި އޮށޯވެލިއެވެ.

މިއުވާން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އޭނާއަކީ އިރުއޮއްސޭ ދަޅައަށް ނިދާ މީހަކަށް ނުވިޔަސް މިއަދު އެގަޑީގައި ނިދުނީތީއެވެ. ރުކާންއަކީ އޭނާ ހިކުރިފަދަ ބިކުރުވެރި އަންހެންކުއްޖަކަށް ނުވީތީ އޭނާ ދެރަވިއެވެ. ދަރިއަކު ލިބުނު ގޮތަކާމެދު މިއުވާންއަށް ވަރަށް ވިސްނުނެވެ. އެފަދަ އެއްވެސް އަޑެއް ރަށުތެރޭގައި ފެތުރިފައެއްވެސް ނުވެއެވެ. އެފަދަ ވާހަކަތަކަކީ ފަތުއަޑު ކިޔާފައި ރަށުތެރޭ ފެތުރޭ ކަހަލަ ވާހަކަތަކެކެވެ. މިއުވާން އެފަދަ ވިސްނުންތަކެއްގައި އޮއްވާ ފަތިސްވުމުން އޭނާ ތެދުވެ ފެންވަރާލައިގެން ދިޔައީ މިސްކިތަށެވެ. މިސްކިތުން އައިސް ވަތްއިރު ރުކާން އިނީ ފަހު އައްތަހިއްޔާތަށެވެ. މިމަންޒަރު ފެނުމުން މިއުވާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާއަށް ރުކާންއާމެދު ހާދަ ގޯސް ގޮތްގޮތަށް ވިސްނިއްޖޭ ހިތަށްއެރުމުން މިއުވާންއަށް ލަދުވެތިކަން އިހުސާސްކުރެވުނެވެ. އޭނާ މަޑުމަޑުން ދޮރު ލައްޕާލާފައި ބޭރަށް ނުކުތެވެ.

ސަލާމް ދިނުމަށްފަހު ރުކާންއަށް އެނދަށް ބަލާލެވުނީ އޭނާ ނަމާދަށް ހުއްޓާ ކޮޓަރި ދޮރު ހުޅުވި އަޑު އިވުމުންނެވެ. އޭނާ އުއްމީދުކުރީ މިއުވާން އެނދުގައި އޮންނާނެ ކަމަށެވެ. މިއުވާން ނެތުމުން އޭނާ މާޔޫސްވިއެވެ. މިއުވާން އޭނާ އުޅޭ ކޮޓަރިއަށްވެސް ވަންނަން ނުރުހެނީކަމުގައި ރުކާންއަށް ހީކުރެވުނެވެ. ނަމަވެސް މިއަދަކީ މިއުވާން ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަސްކަމުން އޭނާ ތައްޔާރުވާން އަންނާނެކަން ރުކާންއަށް އެނގުނެވެ. އެހެންކަމުން މިއުވާން އަންނައިރަށް އޭނާ މިއަދު ލާނެ އެއްޗެހި އިސްތިރިކޮށް ތައްޔާރުކުރަން ރުކާން އަވަސްވެގަތެވެ. އޭނާ އަލަމާރިން ނެގީ ދާދި ފަހުން މިއުވާން ގަނެފައިވާ ކަޅުކުލައިގެ ފަޓުލޫނަކާއި ހުދުކުލައިގެ އަތްދިގު ގަމީހެކެވެ.

ރުކާން އެ ހިފައިގެން ގޮސް އިސްތިރިކުރަން ހުއްޓާ މިއުވާން އައިސް ވަނުމުން އޭނާ ކުޑަކޮށް ސިހުނެވެ. އޭނާ ހީކުރީ މިއުވާން އޭނާއާ ދިމާއަށް އެއްޗެހި ކިޔައިގަންނާނީ ކަމަށެވެ. ނަމަވެސް މިއުވާން އެއްވެސް އެއްޗެކޭ ނުބުނެ ގޮސް އެނދުގައި އިށީނުމުން އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އިސްތިރިކޮށްފައި ގެންގޮސް އަލަމާރީގައި ގަމީހާއި ފަޓުލޫނު އަޅުވާފައި އޭނާ ދިޔައީ ބަދިގެއަށެވެ. މިއުވާން ވަޒީފާއަށްދާ ފުރަތަމަ ދުވަހަށްވުމުން ވަރަށް ރަނގަޅަށް ސައިހަދަން ބޭނުންވިއެވެ. ސައި ހަދަން ހުއްޓާ މުނީޒާވެސް އައިސް އޭނާއާ ބައިވެރިވިއެވެ. އަދި ރުކާންގެ ހީވާގިކަމާއި މިއުވާންއާ ދޭތެރޭ ބަހައްޓާ ފަރުވާތެރިކަމެއްގެ ސަބަބުން އުފާވާކަމަށް ބުނެލިއެވެ. އެކަމަކުން ރުކާންއަކަށް ހަޤީޤީ އުފަލެއް ނުލިބުނެވެ. އޭނާގެ ހަޤީޤަތް އެނގުމަށްފަހު، މިހާރު އެމީހުން އޭނާދެކެ ވާލޯބި ނަފުރަތަށް ބަދަލުވެގެން ދާނެކަމުގައި ހިތް ބުނަނީއެވެ.

މިއުވާން ތައްޔާރުވެގެން ސައިބޯން ދިޔައިރު މޭޒުމަތި ތިޔާގިކަމުން ހައިރާންވެފައި އިރުކޮޅަކު ހުރެވުނެވެ. އޭނާއަށް ރުކާންއާ ދިމާއަށް ބަލާލެވުނީ އެއީ ރުކާންގެ ކަމެއްހެން ހީވާތީއެވެ.

“ދަރިފުޅާ! ކީއްވެ ބަލަހައްޓައިގެން ތިހުންނަނީ؟ އަވަހަށް އިށީނދޭ ސައިބޯން. މިހުރީ މިއަދު ދަރިފުޅަށްޓަކާ ރުކާން ތައްޔާރުކުރިހާ އެއްޗެހި.” މުނީޒާ އެހެން ބުނެލުމުން މިއުވާންއަށް ބަލާލެވުނީ ރުކާންއަށެވެ. އޭރު ރުކާން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. މުނީޒާ އެހެން ބުނުމުން އޭނާ ކުޑަކޮށް ހިތް ނުތަނަވަސްވިއެވެ. އޭނާ ހަދާ އެއްޗެއް ކާންވެސް މިއުވާން މިހާރު ބޭނުމެއްނުވާނެއޭ އޭނާގެ ހިތަށްއެރިއެވެ. މިއުވާން އިށީނދެ ސައިބޯން ފެށުމުން ރުކާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ރޭގެ ހާދިސާއަށްފަހު އޭނާއަށް ކޮންމެ ކަމަކާމެދުވެސް ވިސްނެނީ އެންމެ ގޯސްކޮށެވެ. އެކަމާ އޭނާ އަމިއްލަ ނަފްސުދެކެވެސް ރުޅިއައެވެ.

ސްކޫލަށް ކިޔަވައިދޭން ދިޔަ ފުރަތަމަ ދުވަސްކަމުން އެދުވަހު އެއްވެސް ފިލާވަޅެއް ކިޔަވައެއް ނުދެއެވެ. އެދުވަހު އޮތީ ތަޢާރަފްވެ ކުދިންނާ ގުޅުން ބަދަހިކުރުމެވެ. އާ ޓީޗަރަކަށްވުމުން ހުރިހާ ކުލާހަކުންވެސް ލިބިގެން ދިޔައީ ހޫނު މަރުހަބާއެކެވެ. މިއުވާންއަކީ ގިނަ ކުދިންތަކެއް ދަންނަ މީހަކަށްވުމުން އެކުދިންނާ ގުޅުން ބަދަހިކުރާކަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާއަކީ ސާނަވީ ގްރޭޑްތަކަށް ދިވެހިބަސް ކިޔަވައިދޭން އައި ޓީޗަރެއްކަމަށްވެފައި ކުދިންނާ އެހުންނަ ގާތްކަމަކުން ހުރިހާ ކުދިންވެސް ތިބީ ނުހަނު ގަޔާވެފައެވެ. ސްކޫލުން ނިމިގެން މިއުވާން ގެއަށް އައިއިރު ރުކާން ފެންވަރައިގެން ނުކުންނަނީއެވެ. ބޮލުން ފެން ހިއްކަމުން ނުކުތް ރުކާންއަށް މިއުވާންގެ މޫނު ފެނުމުން ހަރަކާތަށް ލަސްކަމެއް އައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ކަކުނި 14

Next

ޝައިން (ޕާޓް_24)

Next
May 14, 2017

ޝައިން (ޕާޓް_24)

Previews
May 13, 2017

ކަކުނި 14

66 Comments!

  1. Saandy says:
    May 13, 2017 at 11:54 pm

    Assalaam A’lailum!! Miothy “IUNAAS” vaahakaige 7 vana bai… Lasvikamahtakai hurihaa kiyuntheringe kibainves maafah edhen… Ummeedhu kuran hurihaa kudhinnahves kamudhaane kamah… 8 vana bai “HOAMA” dhuvahu up kolladheynan… Insha Allah!! Hurihaa kudhinnahves baajjaveri reyakah edhen… Love u all 🙂

    1. Saandy says:
      May 14, 2017 at 11:25 am

      Assalaam A’laikum*

  2. Sidhu says:
    May 14, 2017 at 12:00 am

    Nice story…….saAndy …gud nyt bye

    1. Saandy says:
      May 14, 2017 at 11:26 am

      ThanQ Sidhu 🙂

  3. no ones fan says:
    May 14, 2017 at 12:03 am

    ????????

    1. Saandy says:
      May 14, 2017 at 11:27 am

      No ones fan!! Kihineh v? 🙂

  4. Leen says:
    May 14, 2017 at 12:16 am

    Mi part vs v salhi.. waiting for next part.. gud nyt saandy

    1. Saandy says:
      May 14, 2017 at 11:28 am

      ThanQ Leen… Next part Mondayga 🙂

  5. Sabs says:
    May 14, 2017 at 1:58 am

    Saandy vx Dhn haadha indirectly vahushy ey dhww ???..lhadhari ma’eh ge faraathun noonee nufenna kamekoa. ?

    1. Saandy says:
      May 14, 2017 at 11:29 am

      Sabs!! Baeh thanthan jeheyne censor kuranves… Ehenve indirectkoh bunefa eothy 🙂

    2. Tara says:
      May 14, 2017 at 3:41 pm

      ooohhh, Adhi mi get vee. Mioh hurihaairu i was thinking what that meant. ??

    3. Saandy says:
      May 15, 2017 at 12:01 am

      Hehehe Tara.. Dhen ran’galhuthaa get vikanves 🙂

  6. Lucifer says:
    May 14, 2017 at 2:39 am

    Rangalhu vaahaka eh Saandy dear thibuni. meehaa hunna gothakun neygeyne ehves eche…hahaha… v v v reethi vaahaka. dhn kon dhuvahakun genesdheyni…

    1. Saandy says:
      May 14, 2017 at 11:29 am

      ThanQ Lucifer… Next part Mondayga 🙂

  7. luhan says:
    May 14, 2017 at 5:36 am

    Nice..Nxt prt avas kohdheythi ingey..V kiya hiyy vey

    1. Saandy says:
      May 14, 2017 at 11:30 am

      ThanQ Luhan… Next part Mondayga 🙂

  8. Chanyeol says:
    May 14, 2017 at 6:42 am

    Wow.. amazing.. keep up the good work….????hii luhan

    1. Saandy says:
      May 14, 2017 at 11:31 am

      ThanQ Chanyeol 🙂

  9. rim says:
    May 14, 2017 at 7:07 am

    v v v v riithi ekam maakurii adhi dhigukohlahchey igey

    1. Saandy says:
      May 14, 2017 at 11:32 am

      ThanQ Rim… Kurutha? Hama hurihaa baehves eh dhiguminehga mi genesdheny… Masakkaiy kollaanan in’gey adhi miyahvure dhigukolleveythoa 🙂

  10. Love says:
    May 14, 2017 at 7:31 am

    v v v v reethi mi partves.

    1. Saandy says:
      May 14, 2017 at 11:33 am

      ThanQ Love 🙂

  11. Eeny says:
    May 14, 2017 at 7:47 am

    Varah nice mi story??

    1. Saandy says:
      May 14, 2017 at 11:33 am

      ThanQ Eeny 🙂

  12. Appy says:
    May 14, 2017 at 7:51 am

    V rythi mi part vx. …hama obines to the maxx. …..hoama dhuvahuge bayahh inthizaaruga. ….

    1. Saandy says:
      May 14, 2017 at 11:34 am

      ThanQ Appy 🙂

  13. ????? says:
    May 14, 2017 at 9:36 am

    Lha dhari mainge kibain nufennaane kanthah thakakee kobaa baa..???!! Someone plzz explain..adhii kujjehvxx hunna vaahaka ebaoiy…saandy keekeythr bunan eulhenee??????????????¿?????????

    1. Saandy says:
      May 14, 2017 at 11:40 am

      Dear!! Ran’galhah visnaalaa… Eynage feed kuraa kujjaku hunnany… Evaahaka eothy bunefa 🙂

  14. Luju says:
    May 14, 2017 at 9:41 am

    Waan just listen her at once…. Saandy eves roohaanee kamehtha anehka nun dhoa rukaan e ulheny konmes kameh kohgn dhw… Varah loabi story ????

    1. Saandy says:
      May 14, 2017 at 11:42 am

      ThanQ Luju… E-ee roohaany kamehthoa noony ehen kahala kamehthoa balan jeheyny kudakuda inthizaareh kollan… Next part Mondayga 🙂

  15. I luv u too says:
    May 14, 2017 at 11:41 am

    Wooooow… superb… just love it..

    1. Saandy says:
      May 14, 2017 at 11:43 am

      ThanQ I luv u too 🙂

    2. I luv u too says:
      May 14, 2017 at 12:45 pm

      Owwn saandy loves me..so sweet

    3. Saandy says:
      May 14, 2017 at 1:37 pm

      Hmm… I love all my readers… Not only u dear 🙂

    4. ? says:
      May 14, 2017 at 2:25 pm

      LOL!!!???

  16. Miuvaan says:
    May 14, 2017 at 11:55 am

    A now Eba ehcheh hyvey ehcheh rukaan aa jinni akaa gulhumeh onnanykanneynge ehnve rukaan aa mashaa kairi viya nudheyn e ulheny

    1. Saandy says:
      May 14, 2017 at 1:28 pm

      ThanQ Miuvaan… Thi kurevey heege hageegaiy v avahah en’gigen dhaane 🙂

  17. Rainy princess says:
    May 14, 2017 at 12:05 pm

    Stry vara vara reethi..waiting for the next part ❤❤

    1. Saandy says:
      May 14, 2017 at 1:28 pm

      ThanQ Rainy princess… Next part Mondayga 🙂

  18. Dhaleyka says:
    May 14, 2017 at 12:20 pm

    Lha dhari maehge kibain noony nufenna kanthaney?? Wot does dat mean??

    1. Please says:
      May 14, 2017 at 12:44 pm

      Aslu vx visnaa visnaa vx neygeynu..konme vx kuhjjak bunela dhyba

    2. Saandy says:
      May 14, 2017 at 1:36 pm

      @Dhaleyka @Please Rukaange milk huri vaahaka ebuny… Directkoh ehen bunun ehaa ran’galhu nuvaanethy nubunan hury… Ekam dhen hama ahaavarun mibuny… Don’t think in a bad way 🙂

  19. nonns says:
    May 14, 2017 at 12:54 pm

    Wooww. Marvellous. Rukaan ge hageegaiy inguneema anekkaa miuvaan rukaan dhookollaaneba. I hope not. Waiting for next part.. 😀

    1. Saandy says:
      May 14, 2017 at 1:30 pm

      ThanQ Nonns… En’gidhaanethaa… Next part Mondayga 🙂

  20. Zee says:
    May 14, 2017 at 12:58 pm

    V nice story

    1. Saandy says:
      May 14, 2017 at 1:30 pm

      ThanQ Zee 🙂

  21. ifu says:
    May 14, 2017 at 1:47 pm

    Lhadhari mainnaky.. Gaathun kirudhea anhenunne nun dhww.. egady emeehun sex kuri gady gaathun kiruannanya ehn bunevidhaane dhww.. Lol.. Kuhjjaku nuhunna meehunge gaathuga kiruhureatah… Visnan ves neage dhwe get ves nuvsny kanneage.. Pis

    1. Saandy says:
      May 14, 2017 at 2:42 pm

      Hehehe Ifu… U got the point :p

  22. Cat? says:
    May 14, 2017 at 2:30 pm

    Xcuse me authour!! R these ppl livin in an island o male?? Stry is awsom!!??????

    1. Saandy says:
      May 14, 2017 at 2:44 pm

      ThanQ Cat… In Male’… Adhi fahun kanthahthah en’gemun dhaany 🙂

  23. silver mist says:
    May 14, 2017 at 2:50 pm

    v v v reethi??

    1. Saandy says:
      May 14, 2017 at 11:59 pm

      ThanQ Silver mist 🙂

  24. Maree says:
    May 14, 2017 at 3:09 pm

    vvvv reethi next part ge inthizaaruga

    1. Saandy says:
      May 15, 2017 at 12:00 am

      ThanQ Maree… Hen’dhunu up kolladheynan… Insha Allah!! 🙂

  25. Fasss says:
    May 14, 2017 at 7:24 pm

    Vvvvvvvvvv vvvvvvv vvvvvvvvvv vvvvv salhi story waiting for next part ?

    1. Saandy says:
      May 15, 2017 at 12:02 am

      ThanQ Fasss… Next part morning ga… Insha Allah!! 🙂

  26. Arkaa says:
    May 15, 2017 at 12:43 am

    Wow wow..vara reethi hama ..hehe part 5 in feshign mikiyaalevunyh vrh bxy schedule ehga ulhefa ais…ehe..waiting for next part.

    1. Saandy says:
      May 15, 2017 at 1:39 am

      ThanQ Arkaa… Thihaa bixykoh ulhemunves vaahaka kiyaaleema v ufaavejje… Hen’dhunu up kolladheynan… Insha Allah!! 🙂

  27. araamagu dhonkamana says:
    May 15, 2017 at 9:44 am

    8 vana baii beynun… its mondayyyy now…. pls up kohba avahah….. plxxx

    1. Saandy says:
      May 15, 2017 at 9:50 am

      ThanQ Araamagu dhonkamana… Morning ga up kohdheynamey bunin… Ekam reyga 8 vana baige half liyevuny… Adhi kiriyaa free vegen lap kairy mi isheen’dhevuny… Miadhu mendhuru fahu 1-2 aa dheytherey up kohdheynan… Ekam eyge kurinves nimijjeyyaa up kohdheynan… Insha Allah!! 🙂

  28. dhaadu says:
    May 15, 2017 at 11:06 am

    kobaatha vaahaka. Saandy first may ga story up kury new story ah ready vaan break nagaafa ennu. Dhn keeve mihaaru ehaa lasvanee. Saandy ves readers inthizaaru kuraakan engey thee beynun irakun up kuran hunanee dho

    1. Chunky says:
      May 15, 2017 at 11:32 am

      E bunee ehnu miyadhu 1 aa 2 aa dheytherey up kohdheynamey.. Kehtheriveyy.. Its not that easy.. Hama ekani vaahaka eh nooney meehun liyaanee ehn kan kan ves kuraane. Mihen site thakuga vaahaka liyanee as a hobby.. Rude vanee eh nuun just bunelee.. ?

    2. Saandy says:
      May 15, 2017 at 1:39 pm

      Dhaadhu!! Mihaaru up kollaafa innaany… Nooney… Dhaadhu ah thi visnuny adhi ran’galhakah noon… Inthizaaru kuruvaakah noon… Saandy edhuvaskolhu ulhuny balikoh… Ehenve 5th part aa hamayah liyevuny May 1st ai iru… Dhen mihaaru mi hama konme episode eh liyefa mi up kurany… Ehenve baeh dhuvasdhuvahu lahun up kurevey goiy vany… Ummeedhu kuran understand vaane kamah 🙂

    3. Saandy says:
      May 15, 2017 at 1:40 pm

      Yes… Chunky thibuny ran’galhah… Hobby eh gothun Saandy vaahaka liyany… ThanQ for understanding 🙂

  29. Shifu says:
    October 5, 2017 at 9:02 am

    V reethi v kiyaahih vey.

    1. Saandy says:
      October 9, 2017 at 8:32 pm

      ThanQ Shifu 🙂

Comments are closed.

Next Episodeއިއުނާސް (8)←


All Right Reserved!